ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 6 ވަނަ ބައި )
މާޔާގެ އަޑެއް ބަޑެއް ނީވުމުން ޝާޔަންއަށް ގޮވާލެވުނެވެ. އޭރު މާޔާ ، ޝާޔަން އެތަނަށް ދޫކޮށްލާފައި އެނބުރި ދާމަންޒަރު އަނދިރީގެ ތެރެއަށް ހޭނެމުންދިޔަ ދެލޮލަށް ފެނުނެވެ. ގަތްފައިވާ ބިރާއެކު މާޔާގެ ފަހަތުން ދާންވެގެން ހިނގައިގަތް ވަގުތު ވަރުހުރި އަތަކުން ޝާޔަންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިކަމުގެ އިހްސާސް ކުރެވުނެވެ. މޭގަނޑު އަނގަޔަށް އައި ފަދައެވެ.
“ކާކު..ކާކު؟؟؟” ޝަޔަންއަށް ބުނެވުނެވެ.
“ޝްޝްޝްޝް..ބިރުނުގަނެބަލަ..މީމަށޭ..” އެއިވުނީ ރިފާއުގެ އަޑެވެ. ޝާޔަން އަށް ދެލޯ ބޮޑުކޮށް ލެވުނު އިރު ހިތަށް ވެރިވީ ހާސް ބިރުވެރި ކަމެވެ. ރިފާއު މިއުޅެނީ ކީއްކުރަންހެއްޔެވެ. އޮޅުވާލުމެއްގެ ތެރޭ އޭނާ ބަހައްޓައިގެން މިކަހަލަ ކަމެއް ތެރެއަށް އޭނާ ގެނެސް މިވެއްދީ މާޔާ މީ ކޮންކަހަލަ އެކުވެރިއެއް ހެއްޔެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުން މާޔާ ބާރުބާރަށް ހިނގާލާފައި އަނދިރި ގަޑުން ނިކުމެވުނީ ލަހުފާގެ ކުރިމައްޗަށެވެ.
“ތިއައީ އޭނާއަށް އެކަން ކޮށްދީފަތަ..ވަރަށް ފޫހިވޭ މާޔާ ތިހެން ހަދާތީ..” ލަހުފާ ހިތްހަމަ ނުޖެހިފަ ހަށަން ބަނދެލަމުން ބުންޏެވެ.
މިހާ ދެރަވެފަ ހުރި ވަގުތެއްގަ ލަހުފާ އެގޮތަށް ވާހަކަ ދެއްކުމުން މާޔާ އިތުރަށް ހިތްދަތި ވާގޮތްވިއެވެ.ހިތްހަމަވެސް ނުޖެހުނެވެ. ހިތުގަ ވާލޯބި އަމިއްލަ ދެއަތުން ފަސްއަޅާ ފޮރުވުމަކީ ހިތަށް ކިހާ ވޭން ލިބޭ ކަމެއްކަން ލަހުފާއަށް ނުވިސްނެނީ ހެއްޔެވެ. އޭނާގެ ލޯބިވެރިޔާ އެހެން މީހަކަށް ދީފަ އައިސް ހުންނަން ހިތަށް ހާދަ ތަދުވެއެވެ.
“ތިހެން ހެދީމަ އެ ޝާޔަން ހައްތާ ފޮނިވާނީ..ވަރަށް އިނޮސެންޓް ކަމަށް ހެދިގެން އުޅުނަސް ފިރިހެން ކުދިން އޭނާ ފަހަތުން ދުވާތީ އޭނަ ވަރަށް ފޮނިވެފަ ހުންނާނީ..މަށަށް ހަމަ ޔަގީން..މާޔާ ތިކުރި ކަމަކުން ހައްތަހާ ރިފާއު މާޔާއަށް ގެއްލޭނީ..ރިފާއު ބުންޏަސް އެކަން ނުކޮށް ދިން ނަމައެއްނު..މިހާރު ނޭނގެ ރިފާއު އާ އެ ޝާޔަން ގަނޑު ތިބީ ކޮންފަދަ ރޮމޭންޓިކް ގޮތަކަށް ކަމަށްވެސް..” ލަހުފާ ހީވަނީ ގަސްތުގަ މާޔާ ގެ ހިތް ރޮއްވަން އުޅޭހެނެވެ.
“ރިފާއު..ކީއްކުރަން އަހަރެން..” ބަސްހުއްޓިފަ ހިނދުކޮޅަކަށް ހުރެފަ ޝާޔަން ރިފާއުއާ ދުރަށް ޖެހެމުން ބުނެލިއެވެ.
” އަހަރެން ވާހަކައެއް ބުނަންވެގެނޭ ޝާޔަން..ކީއްވެތަ ދުރައް ތިދަނީ..މިތާ ކައިރީގަ ހުރެބަލަ..” ރިފާއު، ޝާޔަންގެ އަތަށް ދަމާލަމުން ގެނެސް އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ޝާޔަން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހުއްދަ ނެތި މިހެން ގަޔަށް ބޮލަށް އަރައިގަންނަންޏާ އޭނާ ވަރަށް ރުޅިއާދެއެވެ.
“ހަމަ މިހާރު ދޫކުރޭ މަގޭ އަތުން..މިބުނީނު ދޫކުރާށޭ..ވާހަކައެއް ބުނަންވީމަ ހަދަން ޖެހޭނީ މިހެންތަ..އަނދިރީގެ ތެރެއަށް ގެނެސް ގެންތަ..ތިޔަ ވާހަކައެއް ބުނަން މިނޫން ގޮތެއް ނުފެނުނީތަ…” ޝާޔަން ރުޅިއައިސް ގެން ހަޅޭއްލަވައިގަތެވެ.އޭނާގެ އަތް މިނިވަން ކުރެވޭތޯ އޭރުވެސް ކެނޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ.ހިނދެއް ހިނދަކަށް ރިފާއު ދިޔައީ އެއަތަށް ބާރުލަމުންނެވެ.
“އަހަރެން ދެކެ ރުޅި ނާދެބަލަ ޝާޔަން..އަހަރެން ހާދަ ލޯބިވެޔޭ..” ރިފާއު، ޝާޔަން ގެނެސް އޭނާގެ އަތު ތެރެއަށް ލަމުން ބާރަށް ބައްދާލިއެވެ. މޮޔައަކު ފަދައިން އޭނާ ޝާޔަން ގެ ގައިގަ އެތަން މިތާ އޮޅުލަމުން ދިޔައެވެ. ވީ އުނދަގުލުން ޝާޔަންއަށް ތެޅިގަނެވުނެވެ. މި ބާރުގަދަ ފިރިހެނާގެ ކައިރިން ފަހެ އޭނާ ސަލާމަތްވާނީވެސް ކޮން ހެނެއް ހެއްޔެވެ. ހިތުގަ އުތުރި އަރަމުން ދިޔަ ރުޅިވެރިކަން ކަރުނައިގަ ސިފައިގައި ލޮލުން ފައިބަމުން ދިޔައެވެ.އެވަގުތު އޭނާގެ ހިތާއި ދުލަށް އަންނަމުން ދިޔައީ ހަމަ އެންމެ ނަމެކެވެ.
“އާލިމް” ކަރުން ހަން ދާހާ ބާރަށް ޝާޔަން ހަޅޭއްލަވައިގަތެވެ. އެފަރާތަށް އެއަޑު އިވޭނެ ކަމުގަ އުއްމީދުގައެވެ.ވަގުތުން ރިފާއު ޝާޔަން ގެ ގައިން ދޫކޮށްލައިފިއެވެ.އޭރު އޭނާގެ މޫނު ރަތް ވަމުން ދިޔައެވެ. ބަލާކަށް ނުހުރެ އޭނާ ޝާޔަން ގެންގޮސް ފާރުގަ ތަތްކޮށްލަމުން އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އޭރު އޭނާގެ ދެބުމަވަނީ ގޮށް ޖެހިފައެވެ.
“އާލިމް އޭ؟؟…އެހެންވީމަ މަށަށް މީހުންގެ ފަރާތުން އެއިވުނު އަޑަކީ ހަމަ ތެދު އަޑެއްތާ..ތިދެ މީހުން ކަމެއް ކުރަންދޯ..ބުނަންތަ ޝާޔަން..ތީ މަގޭ ހައްގެއް..ލާހިކެއް ނޫން މަ ދުނިޔޭގަ ހުއްޓާ އެހެން މީހަކާ އިންނާކަށް..ހަނދާންކުރާތި..”ރިފާއުގެ އަޑު ރުޅިން ތުރުތުރު އަޅައެވެ. އޭނާ ހުރީ ޝާޔަންގެ މޫނާ ނޭވާ އެޅޭހާ ގާތްވެގެން ހަތަރުކަޅި ހަމަކޮށްލައިގެންނެވެ. އޭރު ޝާޔަންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. އެކަރުނަތަށް ކޯރު ހަދާލާފަ ގޮސް ބޮސްދެނީ ރިފާއުގެ އަތުގައެވެ.
ކުއްލިއަކަށް ފަހަތުން އައި މީހަކު ރިފާއުގެ ގަމީހުގެ ގިރުވާނުގަ ހިފާ ގައިހުރި ބާރަކާއެކު ދުރަށް ކޮށްޕާލިއެވެ. ” ކަލޭ ދެން ޝާޔަން ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ..”އާލިމް ދެ ބުމަ ގޮށްޖަހާލަމުން ރިފާއުގެ މޫނަށް އިނގިލި ދިއްކޮށްލާފައި ދިނީ އިންޒަރެކެވެ. ދެން އޭނާ ގޮސް ރޮއެރޮއެ ހުރި ޝާޔަންގެ އަތުގައި ހިފައިގެން ބަހެއް ނުކިޔާ ދާން ހިނގައިގަތެވެ.
އާލިމް ޝާޔަން ގޮވައިގެން ދިޔަ މަންޒަރު ބަލަން ރިފާއުއަށް ހުރެވުނީ ދެއަތް މުށްކަވައިގެނެވެ. ލޮލުން އަލިފާން ކަނި ބުރާކަހަލައެވެ.
އާލިމް، ޝާޔަން ގެންގޮސް ބެހެއްޓީ ޝާޔަންގެ ދެބެންގެ ދެދަރި ކުއްޖެއް ކައިރީގައެވެ. ޕާޓީއަށް އައި ގިނަ މީހުންތަށްވެސް ގެއަށް ގޮސް އޭރު ވަނީ ތަން ހުސްވާން ކައިރި ވެފައެވެ.
“މޯޑް..ޝާޔަން ގެއަށް ލާން ދޭބަލަ..” މޯޑް އާ ޝާޔަން ހަވާލު ކޮށްފަ މޯޑް އޭނާ ގެންގޮސް ގެއަށް ލަންދެން އާލިމް އެމީހުންގެ ފަސްފަހަތުން ދިޔައެވެ. ސީދާ އޭނާއަށް ޝާޔާން ގޮވައިގެން ދާން ނުކެރުނީ އެކަން މައްސަލައަކަށް ވެދާނެތީއެވެ.
ރިފާއުގެ މޫޑް މުޅިން ގޯސްވެއްޖެއެވެ. އޭނާ ވަލުމަގުން ލާފައި ގެއަށް ދާން ހިނގައިގަތީ އިތުރަށް ކުލާސް ކުދިންނާ ކުރިމަތިލާން ބޭނުންނުވާތީއެވެ.ލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ ޝާޔަން އޭނާއަށް ބީވެއްޖެ ކަމުގެ އިހްސާސް ކުރެވުމުންނެވެ. އޭނާ ،މާޔާ ގާތު އެހާވަރުން ކިޔައިގެން އުނދަގުލުން ނަމަވެސް ޝާޔަންއާ ބައްދަލުކުރީ ލޯބިވާ ވާހަކަ ފަށްފަށްކޮށް ބުނެދޭށެވެ. އެލޯތްބަށް އެދި އާދޭސް ކުރަންށެވެ. އާލިމް އާދެމީހުން ގުޅުމެއް އޮންނަ ކަމުގެ އަޑު ރައްޓެހި ކުދިންގެ ފަރާތުން އޭނާއަށް ފޯރި ދުވަހުން ފެށިގެން ރިފާއު މަސައްކަތް ކުރީ ޝާޔަންއާ ބައްދަލުކުރާށެވެ. މިރޭ އެފުރުސަތު ލިބި އޭނާގެ ހިތަށް އެހާމެ ތަދު ވެއްޖެއެވެ.
ޝާޔަން ރުޅި އަންނަ ފަދައަކުން އަތްލެވުނީތީ ރިފާއު މިހާރު ދެރަވެއެވެ. އޭނާ ޝާޔަންއާ ބައްދަލުކުރީ ކޮންމެހެން ޝާޔަންގެ ޖިސްމާ ކުޅޭކަށް ނޫނެވެ. ނަމަވެސް އެހާ އަނދިރި ތާކުން އެގޮތަށް ބައްދަލުވުމުން އޭނާއަށް ކެއް ނުވީއެވެ.
ރިފާއު މާފަށް އެދިފައި ޝަޔަންއަށް މެސެޖް ވެސް ކުރިއެވެ. އޭނާ ގެއަށްގޮސް އެއްޗެހިވެސް ބަދަލުނުކޮށް އެނދު މައްޗަށް ވެއްޓިގަތެވެ. އަމިއްލަ ނާކާމިޔާބު ކަން ހިތަށް އަރާފައި ހިތަށް ލިބެމުންދިޔައީ އިންތިހާ މާޔޫސް ކަމެވެ. އާލިމް ދެކެ އެވަރަށް ރުޅިވެސް އާދެވުނެވެ.ވަކި އާލިމްއަށް ޝާޔަން ކާމިޔާބު ކުރެވިގެން ނުވާނެއެވެ.އާލިމްއަށް ވުރެ ނުވަމަސް ދުވަސް ކުރިން ދުނިޔެއަށް ފުރަތަމަ އައީވެސް އޭނާއެވެ. އެހެންކަމުން ޝާޔަން އެންމެ ފުރަތަމަ ފެނި ފަވެސް ހުންނާނީ އޭނާއަށެވެ. އެންމެ ފުރަތަމަ ޝާޔަން ދެކެ ލޯބިވެވުނީ ވެސް އޭނާއަށެވެ. އާލިމްއަކީ ތިމާގެ ކުއްޖަކަށް ވިޔަސް ރިފާއުގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅެއް ރޯވީއެވެ. ލޯބީގެ މައްސަލަތަކުގައި އާއިލާއެއް ނޯންނާނޭ ހިތާ ހިތާ ބުނެލިއެވެ. މިއަދަށްފަހު ‘އާލިމް’ ކިޔާ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ނުހުންނާނެއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޝާޔަން ގޮސް އިށީނީ އެނދުގައެވެ. އޭރުވެސް ލޮލު ތެރޭގައި ފެންތަށް ގިނަވެފަ ހުއްޓެވެ. ތުންފިއްތާލައިގެން ކިތަންމެ އިރަކު އެގޮތަށް އޭނާއަށް ވިސްނަން އިނދެވުނެވެ. މިރޭ މިވީ ކަންތަށް މަންމައަށް ކިޔާދޭން ބޭނުންވިޔަސް މަންމަ ކަންތަށް ބޮޑުކުރާނެ ވަރު ހިތަށް އަރާފައި ފަސްޖެހެވުނީއެވެ. ޝާޔަން އަތަށް ބަލައިލިއިރު ރިފާއު ހިފެހެއްޓި ހިސާބު ހުރީ އެއްކޮށް ރަތްވެފައެވެ. ޝާޔަންގެ ހަންގަނޑު ދޮންވެފަ ނާޒުކު ކަމުން މީހަކު ކިރިޔާވެސް ބާރަށް އަތްލައިފިޔާ ހުންނަނީ ރަތް ވެފައެވެ. ރިފާއުގެ އިނގިލި ތަށް ޖެހުނު ހިސާބު ވަކި ވަކިން އެދޮން ހަންގަނޑުން ފާޅުވާން ހުއްޓެވެ.
ފޯނަށް އައިސް އިން ރިފާއުގެ މެސެޖްގެ ޑިލީޓް ކޮށްލާފައި ޝާޔަން ގޮސްވަނީ ފާހާނާއަށެވެ. އޭނާ ރިފާއުއާ ދުވަހަކުވެސް ދެން ވާހަކަ ދައްކާކައް ބޭނުމެއްނޫނެވެ. މާޔާ އަކީވެސް ދޮގު ހަދާ އޮޅުވާލުމުގެ އެއްވަނައެވެ.
ޝާޔަން އައިއިރު އެނދުމަތީ އޮތް ފޯނު ރިންގް ވެގެންގޮސް ކެނޑެނީއެވެ. ގުޅީ އާލިމްއެވެ.އިރުކޮޅެއްތެރޭ އާލިމް މެސެޖް ކޮށްފަ އޮތެވެ. އޭނާ ޝާޔަންއަށް އެތަށް ނަސޭހަތެއް ދިނެވެ. ބަލައިގެން އުޅުމަށާ މާޔާ އާމެދުވެސް ސަމާލުވެގެން އުޅުމަށެވެ. ކުޑަ އިރުކޮޅެއްގެތެރޭގައި ޝާޔަންގެ ތޮބީއަތު ރަނގަޅުވެލިއެވެ.
އެތަށް އިރަކު ވާހަކަ ދައްކަން ތިބެފައި ޝާޔަންގެ ފަރާތުން އިޝާރާތެއް ނައުމުން ހިއްވަރުކޮށްލާފައި އޭނާގެ ޖަވާބަކީ ކޮބާތޯ އާލިމް އަހާލިއެވެ. އޭނާ އެސުވާލު ކުރީ ޖަވާބަކަށް އިންތިޒާރު ކޮށްކޮށް ހިތް ވަރުބަލިވުމުންނެވެ.
ފުރަތަމަވެސް ޝާޔަންއަށް ހިނިތުން ވެލެވުނެވެ. އޭނާ އެހުރީ އާލިމް އެސުވާލު ކުރާނެ އިރެއްގެ އިންތިޒާރުގަ ކެއްމަދުވެފައެވެ. ނަމަވެސް ޝާޔަން ފުރަތަމަ ބޭނުންވީ އާލިމް ތަޅުވާލަށެވެ.އޭނާއަށް އެކަން ކާމިޔާބުވެސް ވިއެވެ. ޝާޔަން ކުރި ސަމާސާއިން އާލިމް ހުރީ ބިރުން ފިއްކެނޑިފައެވެ. ފަހުން ޝާޔަން ހޭން ފެށުމުން ވީގޮތް އޭނާއަށް އެނގުނެވެ.
އެދެމީހުންގެ ލޯބީގެ ހަޔާތް ފެށިގެންދިޔައީ އެރެއެވެ. ސެޕްޓެމްބަރު މަހުގެ އެގާރަ ވަނަ ދުވަހުގެ ރެއެވެ. ޝާޔަންގެ ދިރިއުޅުމަށް އުޖާލާކަމެއް އައެވެ. އޭނާގެ އެކަނިވެރި ފޫހި ދިރިއުޅުން މަޑުމަޑުން ބަދަލުވާން ފެށީ އުފާވެރި ދިރިއުޅުމަކަށެވެ. ނޭނގިނަމަވެސް އޭނާއަށް ވަރަށް ބޮޑަށް އާލިމްދެކެ ލޯބިވެވުނެވެ. ކޮންމެ ކަމެއްގަވެސް އާލިމް އަށް އާދަ ވެވުނެވެ. ނަމަވެސް ކިތަންމެ ލޯބިވިޔަސް ކުޑަކޮށްވެސް ކިޔެވުމާމެދު ޝާޔަން ފަރުވާ ކުޑައެއް ނުކުރެއެވެ. އޭނާއަށް ފޫހިވާނޭ އެންމެ ވަގުތުކޮޅެއްވެސް މިހާރަކު ނުލިބިއެވެ. އަހަރުގެ ބޮޑު އިމްތިހާނަށް ޝާޔަން ވަރަށް ރަނގަޅަށް ތައްޔާރުވިއެވެ. ކޮންމެ އިމްތިހާނެއްވެސް އޭނާ ހެދީ ފެސޭހަ ކަމާއެކުގައެވެ.
އާލިމްގެ ހަޔާތުން މުޅިން ހެން ރިފާއު ގެއްލިއްޖެއެވެ.އޭނާ ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް ރިފާއުގެ އެއްބާރުލުމެއް ނުލިބެއެވެ. މަގުމަތިން ހިނގާފަ ދާއިރުވެސް ޖެހިފަ ވެއްޓުނަސް ބަލައިނުލައެވެ. ދެމީހުންމެ ހަތުރުންނަށް ވީ ކުޑަ ހިނދު ކޮޅެއްގެ ތެރޭގައެވެ. އެރޭގެ އެހާދިސާއަށް ފަހު އެކަކު އަނެކަކާ ހަތަރު ކަޅިވެސް ހަމަނުކުރެއެވެ. މިކަން މިހެން ހިނގާކަން އާލިމްގެ މަންމައަށް އެނގިގެން ނަސޭހަތްދިނީ އާއިލާ ކަމުގެ ގުޅުން ކަނޑާނުލުމަށެވެ.
އެދުވަހު އާލިމް ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އެގެއަށް ދިޔައީ ރިފާއުއާ ވާހަކަ ދައްކާށެވެ. ރިފާއުއަކީ އޭނާގެ ބޭބެއަކަށް ވީހިނދު ރުޅި އައިސް ގެން އުޅެން އާލިމް ބޭނުންވެސް ނުވީއެވެ.
“އަހަރެންގެ ލޯބި ޖަހައިގަތް މީހަކަށް ދުވަހަކުވެސް އަހަރެން ގުޅުމެއް ނުބާއްވާނަން.. ތީ މަގޭ ދުޝްމަނެއް..އަހަރެންގެ ހިތަށް މިހާ އަނިޔާދީފަ ކަލެއަށް ވަކި އުފަލުގަ އުޅެވިދާނޭ ހީނުކުރާތި….” ރިފާއު ހުރީ ކުޑަދޮރު ކައިރީ އާލިމްއަށް ފުރަގަސް ދީގެނެވެ.
އާލިމްއަށް ބުނަންވި އެއްޗެއްވެސް ނުވިސްނުނެވެ. އޭނާ މަޑުމަޑުން ހިނގާލާފައި އައިސް ރިފާއުގެ އެނދުގައި އިށީނދެލިއެވެ. ރިފާއުގެ ހިތަށް ވަރަށް އަސަރުކޮށްފަ ވާކަން އާލިމްއަށް ވިސްނުނެވެ. ރިފާއުއާމެދު ހަމްދަރުދީވެސް ވެވުނެވެ. ނަމަވެސް އޭނާއަށް ރިފާއުއަށް ކޮށްދެވޭނެ ކަމެއްނެތެވެ. އޭނާވެސް ޝާޔަން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ އޭނާގެ ހިތެވެ. އެހިތުގެ ހަމަޖެހުމެވެ. ވީއިރު ރިފާއު އަށްޓަކާ ވަކި އޭނާއަށް ލޯބި ގުރުބާން ކޮށްލަން ކެރޭނެ ހެއްޔެވެ. އޭނާއަށް ޝާޔަން ލިބުނީވެސް އެތަށް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. އަބަދުވެސް އޭނަގެ ހިތް ދާން ބޭނުންވި މަންޒިލައަކީވެސް އެއީއެވެ. މިއަދު އެމަންޒިލަށް ވާސިލުވެވުމުން ދުވެފިލާނީ ކިހިނަކުން ހެއްޔެވެ. ތަގްދީރުގައި ޝާޔަން ލިބުން ލިޔެވިފައިވަނީ އޭނައަށް ކަމަށް ވާނަމަ މިހަގީގަތް ރިފާއު ޖެހޭނީ ގަބޫލު ކުރާށެވެ. ހިތި ނަމަވެސް ރިފާއު ޖެހޭނީ މިހަގީގަތާ ކުރިމަތި ލާށެވެ.
“ރިފާއު….އޭމް ސޮރީ..” އާލިމް ، ރިފާއުގެ ކޮނޑު މަތީ އަތް އަޅާ ބާރުކޮށްލިއެވެ.ރިފާއު އެއްވެސް އެއްޗެއް ނުބުންޏެވެ.ހަރަކާތެއްނެތި އޭނާ އެހުރި ގޮތަށް ދުރު ބަލަން ހުރީއެވެ.
“އެނގޭ މިހެން ބުނާއިރުވެސް ރިފާއު ވަރަށް ދެރަވާނެކަން..އަހަރެންމީ ރިފާއު ނަމަވެސް އެހާ ލޯބިވާ ކުއްޖެއް ގެއްލުނީމަ ރުޅި އާދެވޭނެ ހަމަ..އެއީ އަމިއްލަ އިހްތިޔާރުގަ ވާކަމެއްނޫން..ރިފާއުގެ އިހްސާސްތަށް ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ..ދެރަވޭ ރިފާއުއަށް ޝާޔަން ދެކެ ލޯބި ވެވުނީތީ..އެކަމް ޕްލީޒް ރިފާއު..މިހަގީގަތް ގަބޫލްކުރޭ..ޝާޔަން ލޯބިވަނީ އަހަރެންދެކެ..ބައެއްފަހަރު ހަގީގަތް ހިތިވާނެ..އެކަމު މިހަގީގަތާ ކުރިމަތިލާ..ޕްލީޒް ރިފާއު..ޕްލީޒް..” އާލިމްގެ ވާހަކަ މިހިސާބަށް ދިޔަތަނާ ރިފާއު، އާލިމްގެ އަތް ފޮޅުވާލާފައިގޮސް ފާހާނާއަށް ވަދެ ބަން ލާފަ ދޮރުޖެހިއެވެ. އާލިމްއަށް މާޔޫސް ކަމާއެކު އެނބުރި ގެއަށް ދާން ޖެހުނީ ގަޑި އިރެއް ވަންދެން އޭނާ މަޑުކުރުމުންވެސް ރިފާއު ނުނިކުތުމުންނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



hi..here is the sixth part..hope u guyzz will like this part too
mivaahaka aky zuvaan hatharu kujjehge medhuga higaafa vaa haadhisaa thakehge mahchah binaa kh reesham ge ithuru hiyaalu thaka kaaeku liye nimmaafa oi story eh..bt mi story ge ending v sad..coxx aslu haadhisaa aa ehgothah mi story gennan hedhyma sad vyy.so reesham hithah ery ending sad vyma kiyuntherin ehaa like nuvedhaane..so reesham mi visnanyy kuriah huri part thakah bodethi changes thakeh gennan..ehnvyma faharehga tmrw new part eh nugenes dhevidhrrne..bt v try kuraanan..aslu v dheraveyy..v beynun mi story dailyy kh up khdheynn.so reesham v balaan tmrw new part eh up khdheveythw
nycccc
vvvv. reethi
Alhey feel sad for them ….. stry v reethi
thanks sama and girl..
Nice me the first
thanks nyshh…reesham v ufaaveyy thikudhin mivaahaka kiyaala hithun kiyaathyy…mi vaahaka continue mi kurevenyy thi kudhinge support libeythy
Hurihaa faharaku happy ending eh naannaane. It’s ok leyevuneema. Up kohla dhee. Inthixaar kuraanan. Keep it up.
yes..ram..thibuny v bodu thedheh..haasakoh real life ga madhufaharehga noony happy ending eh naadheyy
No aslu beynumy sad ending eh viyas ok kamah kuryga liyefa oiy gothah kiyalan cx konme baehge storyeh nimeyny fairytale eh gothakah nun. Bt there are life stories where ewe have to accept the misfire and loss. Milahala stories liyunyma meehuhnah ekan accept kuran faseyhavane. Bt if ppl r always reading fairytale stories then obvio people wil think their life is the only one dull. So i opine that u shud rite the true story. Just my opinion
And if u r writing a happy one(which i dont want this time), tell us what hpnd to them ☺
V v salhi mirey ge part ves….
oh…okkk…so visnaanan..ehaabodah haadhisaage aslu nugelleynehen gennan..ok
ohhhh alhe Alim n shayan dhuru nukurahcheyyy
Very nice… waiting waiting….
Nys sad ending reehivave kahneyge
Sad ending eh viyas happy ending eh viyas vaahakah mihaaru liyefa in gothah genes dhinniyya rangalhee.. mihaa hisaabah vs vaaahakah varra salhi… mee shuhy ge hiyaal
v reethi?
vara reethi…next part when …waiting for next part…………………………………………………………………………………………….
Mawes Shuhy ge hiyaalah thaaeedhu kuran