Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 4 ވަނަ ބައި )

Loolu Level 110 Stories100 Comments
August 13, 2016 5 Mins Read
18 Comments

ސައިކަލް ދުއްވަން އިން ރިފާއުއަކަށް މާޔާއަށް ވަމުންދިޔަ ގޮތްތަކެއް ރޭކާއެއް ނުލައެވެ. ހިމަކޮށްލެވިފައިވާ ލޮލުގެ ނަޒަރު މަގަށް ހުއްޓާލައިގެން ސައިކަލް ދުއްވަމުން ދަނިކޮށް ހިތް ސިހޭ ގޮތް ވީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. އެއީ ހަމަ އެރީތި އަންހެންކުއްޖާއެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. އެލޯބި ޝާޔަން އެވެ. ޝާޔަން ހުރީ އެގޭ ގޯތި ތެރޭ ހުރި ގަހަކުން ދޮން ޖަނބުރޯލު ބިންނާށެވެ. ގޭގެ ވަށާ ފާރު ތިރިކަމުން ކިތަންމެ ރަނގަޅަކަށްވެސް އެމަންޒަރު އޭނާއަށް ފެނުނެވެ. ޝާޔަންއަށްވެސް އެއްލި ކަޅިއަކުން އެކުގައި ސައިކަލްގަ ދިޔަ މާޔާ އާ ރިފާއު ފެނުނެވެ. ޝާޔަންއަށް ހައިރާންވެވުނީ ގުޅުމެއް ނެތް ދެމީހުން އެގޮތަށް ސައިކަލްގަ ދިއުމުންނެވެ. އޭނާއަށް މާޔާގެ ބެންޑޭޖް ކޮށްފަ އޮތް އަތެއް ނުފެނެއެވެ.

އަނެއްކޮޅުން ރިފާއުގެ ހިތް ހާސް ވާން ފެށީ ފެނުނު އެމަންޒަރުން ޝާޔަން ނަގާނެ މާނައެއް ނޭނގޭތީއެވެ. އެމަންޒަރު އެފެނުނީ އޭނާ އެންމެ ފެންނަން ބޭނުންނުވާ އިންސާނާއަށެވެ. ވަމުން ދިޔަ އެއްވެސް ކަމެއް  މޭރުން ނުވެފާ މާޔާއަށް އިނދެވުނީ އޭނާގެ އަމިއްލަ ހިޔާލް ތަކެއްގައެވެ.

މާޔާމެންގޭ ދޮރުމައްޗަށް ސައިކަލް މަޑުކުރުމުން އޭނާ ފޭބިއެވެ. ” ބަލައިގެން އުޅޭތި ” މާޔާގެ މޫނަށް އެއްފަހަރު ބަލައިލާފައި މަގަށް ނަޒަރު ހުއްޓާލަމުން ރިފާއު ބުނެލިއެވެ. ދެން އޭނާ މާޔާ ބުނާއެއްޗެއް އަޑު އެހުމެއްވެސް ނެތި ސައިކަލް ދުއްވާލި ގޮތަށްގޮސް ލޯމަތިން ގެއްލިއްޖެއެވެ. ރިފާއު ދިޔަ މަންޒަރު ބަލަން މާޔާއަށް އިރުކޮޅަކު ހުރެވުނެވެ. ދެން އޭނާ ބެންޑޭޖް ކޮށްފަ އޮތް އަތަށް ބަލައިލަމުން ގެއަށް ވަންނަން ހިނގައިގަތެވެ.

 

ރޭގަނޑުގެ ކެއުން ނިންމާލާފައި ރިފާއު އައިސް ޖައްސާލީ އަނބުގަސްދޮށުގައި ހުރި ޖޯލީގައެވެ. އެއީ އުޑުމަތި ސާފު ރީތި ރެއެކެވެ. ރިފާއު ވައިފައި އޮން ކޮށްލާފައި ފޭސްބުކާ ވައިބާ އަށް އައިސް ހުރި މެސެޖް ތަށް ބަލައިލިއެވެ. ކުއްލިއަކަށް ޝާޔަން މަތިން ހަނދާންވެގެން ބަލައިލިއިރު ޝާޔަން އިނީ އޮންލައިންގައެވެ. އޭނާ ކިތަންމެހާވެސް ޝާޔަންއާ ވާހަކަ ދައްކާލަން ބޭނުމެވެ. މިއަދު މާޔާއާއެކު ސައިކަލުގަ ދިޔަ މަންޒަރު ޝާޔަންއަށް ފެނިފަވާތީ އޭރުންސުރެ ފަށައިގެން ރިފާއުގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. ފަހަރެއްގާވެސް އެކަމުން ނުބައި މާނައެއް ޝާޔަން ނަގާކަށް އޭނާ ނޭދެއެވެ.

“ހައި..ޝާޔަން” ކުރަން ނުކުރަން ދެހިޔާލެއްގާ ހިފަހައްޓާފަ އެންމެފަހުން ރިފާއު، ޝާޔަންއަށް މެސެޖް ކުރިއެވެ. އޭނާ ރިޕްލައި ކޮށްދާނެކަމުގެ މާބޮޑު ޔަގީންކަމެއް ނެތް ހާލުގައެވެ. ކެއްތެރި ކަމެއްނެތި ޖަވާބެއްގެ އިންތިޒާރުގައި އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. މެސެޖް އިނީ ޑެލިވަރ ވެފައެވެ.އިރުކޮޅެއްގެ ތެރޭގައި މެސެޖް ސީން ކަމަށް އެރީވެސް އޭނާ ފޯނަށް ބަލަން އޮއްވައެވެ. ނަމަވެސް މާޔޫސްކަމުގައި ކަރުއެލުވާލަން ޖެހުނީ މެސެޖް ބަލާފަވެސް ޝާޔަންގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުންނެވެ.

ފުންނޭވާއެއްލަމުން ރިފާއު ބަލައިލީ އުޑުމައްޗަށެވެ. ފުދޭވަރަކަށް ތަރިގިނަ ރީތި ރެއެކެވެ. ދޭތެރެއަކުން ފިނިވައިރޯޅި ވެލައެވެ. ތަރިތަކަށް ބަލަހައްޓައިގެން އެހެން އޮއްވާ ސިހިގެން ދެވުނީ ފޯނަށް މެސެޖްއެއް އައި އަޑު އިވުމުންނެވެ. އަވަސް ގޮތަކަށް ހިތް ތެޅެން ފެށީ ޝާޔަންގެ މެސެޖަކަށް ވެދާނޭ ހިތަށް އަރާފައެވެ. ފޯނަށް ބަލައިލިއިރަކަށް މޫނުގެ ކުލަ އޮއްސުނީ އެއީ މާޔާގެ މެސެޖަކަށް ވުމުންނެވެ.އެހެންމީހެއްގެ އިންތިޒާރުގަ އޮއްވާ މިވީ ގޮތަކުން މާޔާދެކެ އިތުރަށް ވެވުނީ ފޫއްސެވެ.

“ހޭ ރިފާއު..މިއަދު އަހަންނަށް އެހީތެރިވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ..ރިފާއު އާ ދިމާނުވިނަމަ ވާނެ ގޮތެއްވެސް ނޭނގެ..ރިފާއުއަށް އެވަރަށް އުނދަގޫ ކުރަން ޖެހުނީތީ ސޮރީ..އަދި ފަރުވާގެ ކަންކަމަށް ރިފާއު އަތުން ދިޔަ ހަރަދު މާދަން ދޭނަން..” މާޔާގެ މެސެޖް އޮތީ އެހެންނެވެ. ކިތަންމެ ފޫހިވީ ނަމަވެސް އެޔަށް ޖަވާބެއް ދޭންޖެހޭނެތީ އޭނާ މާޔާއަށް މެސެޖް ކުރީ އެފައިސާ ބޭނުން ނޫންކަމަށް ބުނަމުންނެވެ. އަދި މާޔާއަށް އެހީވީ އިންސާނިއްޔަތު ކަމަށްޓަކައޭވެސް ބުނެލިއެވެ.

 

ޝާޔަން ކައިހަދައިގެން އައިސް ފާހާނާއަށް ވަނީ ނިދަންވެގެން ދަތް އުނގުޅާލާށެވެ. އޭނާ ރީތިވެލައިގެން އައިސް ނިދާބޮކި ޖައްސާލަފައި އެނދުގައި އޮށޯވެލިއިރު މޫނުމަތީގައިވަނީ ތާޒާކަމެވެ. ހެނދުނު ބައްޕަ ފުރައިގެން ރަށަށް ގޮސް ވީތީ އޭނާއަށް ހަމަޖެހިލައިގެން މިއަދު ގޭތެރޭގައި އުޅެލެވުނެވެ. ބައްޕަ ނެތީޔާ މަންމަވެސް ހުންނަނީ ތަންކޮޅެއް ހަމަޖެހިލައިގެން މައިތިރިވެފަ ވިއްޔާއެވެ. ދުވާލު ޑިއުޓީ ހަދާފަ މަންމަވެސް މިރޭ ހުރީ ގޭގައެވެ. ޝާޔަން ނިދަން ވަތް އިރު މުނީރާއިނީ ފަހާފޮށިދޮށުގައި ޝާޔަންގެ ހެދުމެއް ފަހަންށެވެ.

ފަތިހު ހޭލަން ފޯން އެލާމް ކުރަން ހަދާލި އިރަކަށް ޝާޔަން ހަނދާންވީ ރިފާއު ކުރި މެސެޖް މަތިންނެވެ. އޭނާއެއަށް ރިޕްލައި އެއް ނުކުރީ ގަސްތުގައި ކުރާހިތްނެތީމައެވެ. އެއްގޮތަކަށްވެސް ރިފާއުއާ ވާހަކަދައްކާ އެކުވެރިކަން ބާއްވާކައްވެސް އޭނާ ބޭނުމެއް ނޫނެވެ. މާޔާ އެހާ ލޯބިވާކަން އެނގިހުރެ ރިފާއު އާ ވާހަކަދައްކައިފިޔާ އޭގެން މާޔާއަށް ނެގޭނެ ނުބައި މެސެޖް އޭނާއަށް ވިސްނެއެވެ. ޝާޔަން އަބަދުވެސް އެދެނީ މާޔާއަށް އޭނާގެ ލޯބި ކާމިޔާބުވުމެވެ. މިއަދު އެދެމީހުން ސައިކަލްގަ ފެނުން ސަބަބުވެސް އޭނާއަށް އޮތީ އެނގިފައެވެ. އެވާހަކަތަށް އޭނާއަށް ކިޔާދިނީ މުނީރާއެވެ. މުނީރާ ކޮންމެހެން އެވާހަކަ ދެއްކީ ލޯބީގެ ކަންތައްގަނޑެއް އެމީހުންގެ މެދުގައި އުޅޭކަމެއް އެނގިގެނެއްނޫނެވެ. އޭނާ އެވާހަކަތަށް ކިޔާދިނީ މާޔާއަކީ ޝާޔަންގެ އެކުވެރިއަކަށް ވީތީ މާޔާގެ އަތަށް އެވަރުގެ އަނިޔާއެއް ލިބުމުން ހަމްދަރުދީވެގެންނެވެ.

**********************************************

ދުވަސްތަށް އާދައިގެ މަތީން ފާއިތުވަމުން ގޮސް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހާ ބައްދަލުކޮށްފިއެވެ. އެއީ ޝާޔަންއަށް ނަވާރަ އަހަރު ފުރުނު ދުވަހެވެ. އެދުވަހު އޭނާ ކުލާހަށް ދިއުމުން ހުރިހާ ކުދިން ކަހަލަ ގޮތަކަށް އޭނާއަށް ތަހްނިޔާ ކިއެވެ. ވައިބާ ގްރޫޕްގައިވެސް އޭނާއަށް ތަހްނިޔާ ކިޔާފައޮތެވެ. އަބަދުވެސް ޝާޔަންއަށް އުނދަގޫ ކުރާ އިފްހާމްވެސް އޭނާއަށް އުފަންދުވަހުގެ ވިޝް ކުރިއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް ޝާޔަން ހިނިތުންވެފައިވާ މޫނަކައިގެން އިފްހާމްއަށް ބަލައިލާފައި ޝުކުރު އަދާކުރިއެވެ.

ޝާޔަން ހިނިތުންވެ ހުރެ އެސެމްބްލީ ނިންމާލަފައި ކުލާހަށް ވަންނަން އައިގަޑީގައި ގާކޮޅެއްގާ އަޅައިގަނެފަ އޭނާ ވެއްޓެން އުޅެނިކޮށް ހިފެހެއްޓީ ފަހަތުގަ ހުރި ފިރިހެން ކުއްޖާއެވެ. ޝާޔަން ބަލައިލިއިރަކަށް އޭނާގެ ގައިން ދޫކޮށްލާފައި އާލިމް ހިނިތުންވެލަމުން ބަލައިގެން އުޅޭށޭ ބުނެލިއެވެ. ޝާޔަން ހިނިތުންވެލިއެވެ.

ޝާޔަން އައިސް ގޮނޑީގައި އިށީދެފާ ބަލައިލިއިރު އޭނާގެ ޑެސްކް ވަތްގަނޑުގަ އުފަންދުވަހުގެ ވަރަށް ރީތި ކާޑެއް އޮތެވެ. ކޮޅުކޮޅަށް ނަޒަރު ހިންގާލެވުނީ އެއީ ކާކު ދިންއެއްޗެއް ކަމެއް ނޭނގޭތީއެވެ. އެކާޑް ހުޅުވާލައިގެން ބަލައިލުމުގެ ޝައުގު ވެރިކަން ހިތުގަ އޮތަސް އެކަން މަޑުޖައްސާލަން ޖެހުނީ ކްލާހަށް ޓީޗަރު އައިސް ވަނުމުންނެވެ.

އެދުވަހު ސްކޫލް ނިންމާފައި ޝާޔަންއަށް ގެއަށް ދެވުނީ ތަންކޮޅެއް ލަސްވިފަހުންނެވެ. ” އާދޭ އަވަހަށް މަންމައާއެކީ ބަތްކާން” ޝާޔަން ފެނުމާއެކު ކިޔުކަމްބާ ކޮށަން ހުރި މުނީރާ ބުނެލިއެވެ. ޝާޔަން އެއްޗެހި ބަދަލުކޮށްގެން އައިސް މަންމައާއެކު ކައިގެން ކޮޓަރިއަށް ވަނީ ފެންވަރާށެވެ. އޭނާ ހުރިހާކަމެއް ނިންމާލަފައި އައިސް ޖައްސާލީ ސްޓަޑީ ޓޭބަލްކައިރީގައެވެ. ފޮތްތަށް ހާވަނިކޮށް ކޮޓަރި ދޮރުހުޅުވާލާފައި މުނީރާ ބުނީ ޑިއުޓީއަށް ދަނީ ކަމުގައެވެ. އަދި ތަނަކަށް ކޮންމެހެން ދާންވެއްޖާ އޭނާއަށް ގުޅާފަ ބުނެފަ ނޫނީ ނުދިއުމަށެވެ. ޝާޔަން ބޯޖަހާލާފައި ބަޔޮލޮޖީ ފޮތުގެ ގަނޑުތަށް އުކަނިކޮށް ފެނުނީ މިއަދު އޭނާ އެފޮތް ތެރެއަށް ލީ ކާޑެވެ. އޭނާ އެހުރީ އެކާޑް މަތިން ހަނދާން ނެތިފައެވެ.

ކާޑް ހުޅުވާލުމުން ފެނުނީ އިނގިރޭސި އަކުރުތަކުން ލިޔެފައިވާ އުފަންދުވަހުގެ ތަހްނިޔާގެ ފޮނި އިބާރާތް ތަކެވެ. ޝާޔަން ކާޑްގެ ދެފަރާތް ބެލިއިރުވެސް އެދިން މީހެއްގެ ނަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ތިރީގައި ފޯން ނަމްބަރެއް އިނެވެ. އަދި އެނަމްބަރުގެ ތިރީގައި އައި ޖަހާފައި ހުސްތަންކޮޅެއް ދޫކޮށްލާފައި ޔޫ ޖަހާފައިނެވެ. އެމީހަކު ބުނަން މަސައްކަތް ކޮށްފައެއިނީ ކީކޭކަން ޝާޔަންއަށް ވިސްނުނެވެ. މިވާނީ އިފްހާމް ކަހަލަ ލާނެތް ސޮރެއްގެ ކަމަކަށެވެ.

ޝާޔަން އެނަމްބަރަށް ފަރުވާތެރިކަމާއެކު ބަލައިލުމުން އެއީ ދަންނަ ނަމްބަރެއްކަން އެނގުނެވެ. އޭނާ ފޯން ހާވަނިކޮށް އެނގުނީ އެއީ އާލިމްގެ ނަމްބަރުކަމެވެ. ޝާޔަންއަށް ހިނި އާދެވުނީ އެހާ މަޑުމައިތިރިކޮށް ހުންނަ އާލިމް މިކަހަލަ ކާޑެއް ފޮނުވާފައި ތިރީގައި ޖަހާފައިން އެތިންނެވެ. ނުސީދާ ގޮތުންނަމަވެސް ލޯބިވާކަން ހާމަކުރީތާއެވެ. އާލިމްއަށް އޭނާ ފަހަތުން އުޅޭކަން އެއީ ކޮންމެވެސް ވަރަކަށް ޝާޔަންއަށް އެނގިފަ އޮތް ކަމެކެވެ. ނަމަވެސް ދުވަހަކުވެސް ކްލާސް ތެރޭގައިވެސް އޭނާއަށް އުނދަގުލެއް ކޮށްފައެއްނުވެއެވެ. އިންނާނީވެސް އެހާ މަޑުމައިތިރިކޮށެވެ.

” ތެންކްޔޫ” އާލިމްގެ ނަމްބަރަށް ޝާޔަން ކޮށްލީ ކުރު މެސެޖެކެވެ. ޝާޔަންއަށް ނުވިސްނުނީ އެކުރު މެސެޖް ގެ ސަބަބުން އާލިމް ގެ ހިތަށް ލިބިނު ހާސް އުފާވެރިކަމެވެ.

 

ޝާޔަންއަށް ލޯހުޅުވާލެވުނީ ފަތިސް ނަމަދު ބަންގީގެ އަޑު ކައިރީ އޮތް ފޯނުން އިވުމުންނެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދު ނުކޮށް ނިދުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. މޯޅިއަކަށް ދެމިލާފައި އިސްތަށިގަނޑުގައި އަތް ކާއްތާލަމުން ޝާޔަން ގޮސްވަނީ ފާހާނާއަށެވެ. އޭނާ ނަމާދު ކޮށް ހަދާލައިގެން ބަދިގެއަށް ކޮފީބޯން ވަތްއިރު މުނީރާ ރޮށިފިހަން ފުށް މޮޑެން އުޅެއެވެ.

ޝާޔަން ކޮފީ ބޮއެގެން ގަޑި ބަލައިލިއިރު އަދި ކިރިޔާ ފަސްގަޑި ބައިވީއެވެ. އޭނާ ބޭނުންވީ ގޭމަގުމަތި ކުނިކަހާލާށެވެ. ފަތިހުގެ ވަގުތު ކަމުން ބޭރުތެރޭގައިވަނީ އަރާމު ފިނިކަމެކެވެ. ދޭތެރެދޭތެރެއިން ފިނި ވައިރޯޅި ވެލައެވެ. ދުނިޔެމަތި އަލިކުރަމުންދާ ކަމުގެ ނިޝާންތަށް އެކި ދިމަދިމާލުން ހުރީ ފެންނާށެވެ.

ކުނިކަހަން އޮވެފާ އެއްލިކަޅިއަކުން ޝާޔަންގެ ލޯއަމާޒުވީ މިސްކިތް ފެންޑާއިން ނުކުންނަން އައި ޒުވާން ފިރިހެންކުއްޖާއަށެވެ. ދުރުންވެސް އެއީ ކާކުކަން އޭނާއަށް ފާހަގަ ކުރެވިއްޖެއެވެ. ޝާޔަން ތެދުވެ ހިންދެމިލިއިރު އާލިމްވެސް މިސްކިތުން ނިކުމެ އޭނާއާ އަރާ ހަމަކުރަނީއެވެ. ކަޅުކުލަ ގަދަ ދެލޮލުން އޭނާ ޝާޔަންއަށް ބަލައިލި އިރު މޫނުމަތީގައި ވަނީ ފަތިހުގެ އިންތިހާ ތާޒާ ކަމެވެ. ލުއި ގޮތަކަށް އޭނާ ހީލީ ޝާޔަންގެ މޫނަށް ބަލަން ހުރެއެވެ. ބޭއިހްތިޔާރުގާ ޝާޔަންއަށްވެސް ހިނިތުންވެވުނެވެ. ޝާޔަންއަށް ނޭނގިނަމަވެސް އާލިމްއާ މެދު ހިޔާލްކޮށްލެވުނީ އޭނާގެ އަހްލާގް ރަނގަޅު ކަން ހިތަށް އަރާފައެވެ.މިޒަމާނުގަ ފަތިސް ނަމާދު މިސްކިތުގަ ޖަމާއަތުގަ ކޮށްލަން އަންނާނީވެސް މަދު ޒުވާނެކެވެ. ދީނަށް ލޯބިކުރާ މިންވަރު ކިތަންމެ ރަނގަޅަށް ވެސް ހާމަވެއްޖެއެވެ. އަނެއްކާ އެހުންނަނީ ކޮންފަދަ މަޑުމައިތިރި މިޒާޖެއް ހެއްޔެވެ. ކުލާސް ތެރޭގައިވެސް އެހާ ބަސް މަދު ވާނެއެވެ. އަންހެން ކުއްޖަކާ ވައިވެސް ނޭޅޭނެއެވެ. އަންހެނަކު ހުންނަ މަގަކުން އާލިމް ނުހިނގާ ވޭތޯ ބަލާނޭ ބަޔަކު ކީއަޑު ޝާޔަން އެހިއެވެ. ޝާޔަން ނޫން މީހަކާ ކުޑަކޮށްވެސް ގާތް ވާން ބޭނުންނުވާކަމަށް އާލިމް ބުނެފަވާކަމަށް ޝާޔަންގެ ކަޒިންސް ކުދިންތަކެއް އެއްއިރެއްގަ އޭނާ ކައިރި ކިއެވެ. ބައެއްފަހަރު ކުލާސް ތެރޭ އިނދެފަ އެއްލޭކަޅިއަކުން، އާލިމް ވަރަށް ލޯބިން އޭނާއަށް ބަލަން އިންނަތަން ޝާޔަންއަށްވެސް ވަނީ ވަރަށް ގިނައިން ފެނިފައެވެ. އޭނާ ބަލައިލުމުން އާލިމް އެހެންދިމާލަކަށް ނަޒަރު ބަދަލުކޮށްލަނީވެސް ފިސާރި އަވަހަށެވެ. އެހުރިހާ ކަމެއްވެސް ޝާޔަން ހަނދާންވިއެވެ. ހަގީގަތުގާވެސް އާލިމް، ޝަޔަން ދެކެ ހަމައެހާ ލޯބިވަނީ ހެއްޔެވެ.

ކަޅު ޓީޝާޓަކާއި ކަޅު ޖީންސްގަ ހުރެ ދެޖީބަށް އަތް ޖަހާލައިގެން ފަތިހުގެ ފިނީގައި އަނދިރީގެ ތެރެއިން ލަސް ހިނގުމުގައި ހިނގާލާފައި ދިޔަ އާލިމްއަށް ބަލަން ޝާޔާންއަށް ހުރެވުނެވެ. ފުރަތަމަ ފަހަރަށް އާލިމްގެ ރީތި ސިފައާމެދު ޝާޔަންއަށް ވިސްނާލެވުނެވެ. ހިނގުމުގައިވެސް ވަނީ ފިރިހެންވަންތަ ގޮތެކެވެ. ބައިމަތި ފުޅާ އިސްކޮޅާ ގުޅޭ ރީތި ހަށިގަނޑެކެވެ. ހަށިގަނޑުން ރިފާއުއާ ދެމީހުން އެއްގޮތް ކަންތައްތަކެއް ހުއްޓަސް ރިފާއުއަށް ވުރެ އާލިމްގެ ރީތި ސިފަތަށް ގިނައެވެ. ރިފާއުއާ ހިލާފަށް އާލިމްގެ ހަމުގެ ކުލަވެސް އައްޔެވެ. އާލިމްގެ މަޑުމައިތިރި މިޒާޖަކީ ފިރިހެންވަންތަކަން އިތުރުކުރުވާ ކަމެކޭ ޝާޔަންގެ ހިތަށް އެރިއެވެ.

“ސުބްހާނަﷲ..ކޮންކަހަލަ އެއްޗެހިތަކެއްތަ ހިތަށް މިއަރަނީ..ނޫން،،ނޫން” ޝާޔަންއަށް ކަންބޮޑުވެވިފާ ދެފަރާތަށް ބޯހޫރާ ލެވުނީ ފިރިހެނަކާ މެދު މިހާ ފުޅާކޮށް ހިޔާލް ކުރެވުމުންނެވެ. އޭނާ ނޫންކަމަށް ހަދާފަ އަތް މަތި އަވަސް ކޮށްލާފައި ކުނިކެހުން ކުރިއަށް ގެންދިޔައެވެ. ޝާޔަން އަށް ނުވިސްނުނު ކަމަކީ ތަންކޮޅެއް ދުރުގައި އާލިމް ސިއްރުން އޭނާއަށް ބަލަން ހުރި ކަމެވެ. އަދި ފޯނުން ޝާޔަންގެ ދެތިން ފޮޓޯ ގަނޑުވެސް ނެގިއެވެ. ފޯނަށް ބަލަމުން އާލިމް ގެއަށް ދާން ހިނގައިގަތް އިރު މޫނުމަތީގައިވަނީ ހިނިތުންވުމެވެ. މިއިން ދުވަހެއްގާވެސް އޭނާއަށް މިވަރުގެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުން ހެނެއް ހިއެއް ނުވެއެވެ.

( ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

ނުހައްޤު ލޯބި (3 ވަނަ ބައި)

Next

ނޭނގޭހެ ހާދަ ލޯބިވޭ 3

Next
August 14, 2016

ނޭނގޭހެ ހާދަ ލޯބިވޭ 3

Previews
August 13, 2016

ނުހައްޤު ލޯބި (3 ވަނަ ބައި)

18 Comments!

  1. sama says:
    August 13, 2016 at 9:57 pm

    nyc

  2. reesham says:
    August 13, 2016 at 10:03 pm

    thanks sama

  3. Afy says:
    August 13, 2016 at 10:04 pm

    V reethi ekamaku v kuru mi part

  4. ayya says:
    August 13, 2016 at 10:05 pm

    reesham vareh neii inge..thihen update kuranya aharemen dhuvahakuves fooseh nuvaane…keep it up reesham..vaahaka habeys

  5. Afy says:
    August 13, 2016 at 10:06 pm

    Aneh part avahah up kolladhee v salhi

  6. reesham says:
    August 13, 2016 at 10:08 pm

    thanks afy and ayya…yes next part tomorw night..mee ehkh liye nimmaafa oi vaahakaeh..so daily kh up kuraanan iraadhukurehviyya

  7. Hooo says:
    August 13, 2016 at 10:26 pm

    Varah salhi.

  8. reesham says:
    August 13, 2016 at 10:28 pm

    thanks hooo

  9. Shiny says:
    August 13, 2016 at 10:47 pm

    V v v salhi..

  10. ny says:
    August 13, 2016 at 11:53 pm

    V v v reethi v avaha upkodeythy thanks……..mi story nimendhn mihaa avaha hurihaapart thakeves kiyaalan libeynekama unmeedhukuran……….

  11. Jeem says:
    August 14, 2016 at 12:49 am

    V reethi.

  12. reesham says:
    August 14, 2016 at 1:31 am

    thanks shiny, ny and jeem.

  13. Mexxo says:
    August 14, 2016 at 8:08 am

    v v v reethi. keep it up.

  14. sabeeha says:
    August 14, 2016 at 10:16 am

    vvv reethi…??

  15. lai says:
    August 14, 2016 at 12:25 pm

    Vvv reethi keep it up

  16. Lovely girl says:
    August 14, 2016 at 4:30 pm

    Ekkoh liyefa othiyyaa ekkoh up ves kohdheebaa…anyways…vaahaka varah reethi….

  17. Anonymous says:
    August 14, 2016 at 6:16 pm

    V Nice

  18. maree says:
    August 14, 2016 at 6:17 pm

    V Nice

Comments are closed.

Next Episodeތެދުވެރި ހިތަކުން ލޯބިވީމެވެ. ( 5 ވަނަ ބައި )←


All Right Reserved!