Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ނުހައްޤު ލޯބި (3 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 13, 2016 7 Mins Read
53 Comments

“އާމިނާ ދޭބަލަ އޭނައަށް ކާއެއްޗެއް ދައްކަން….” ސައްތާރު އެހެން ބުނުމުން އާމިނާ ރާހުލް އަށް އައުމަށް އިޝާރާތް ކުރަމުން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އާމިނާ ގޮސް ރިހަތެލި މަތިނަގައި ބަލާލިއެވެ. އޭގައި މިހާރު އެހުރި ރިހަކޮޅުން އޭނާ އާއި ސައްތާރު ރެއިން ކާވަރު ވާނީ ކިރިޔާއެވެ. އެހެންކަމުން އޭނާ އޭގައި މަތިޖެހުމަށްފަހު ކުރިން ދުވަހު ކެއްކި ގަރުދިޔަ އެތީގެ މަތި ނަގައި ބަލާލިއެވެ. ފޫ ފޮރުވޭވަރުގެ ކުޑަ އެތިކޮޅެއް އޭގައި ހުއްޓެވެ. އޭނާ މިޔަދު ހެނދުނު އެ ހޫނުކުރާކަށް ވެސް ހަނދާނެއް ނެތެވެ. ވުމާއެކު އެ މިހާރު ހުންނާނީ ކުޑަކޮށް ސަކަރާތްވެފައިކަން ވެސް އޭނާއަށް އެނގެއެވެ. ނަަމަވެސް އޭނާ ރާހުލް އަށް އެ ދެއްކުމަށްފަހު ކާށޭ ބުނީ ރުންކުރުވެފައި ހުރެއެވެ. އަދި ބަތްތެލިވެސް ދައްކާލުމަށްފަހު ތަށިތައް ބަހައްޓާ ހަރުގަނޑުގެ އަޑިން އެންމެ ބާތަށި ނެގުމަށްފަހު ރާހުލް އަތަށް ދިނެވެ. ރާހުލް އެތައްޓަށް ބަލާލިއެވެ. އޭތި ހިރަފުސްވެ ހަޑިވެފައި ވުމުން އޭނާ ސިންކު ގާތަށް ޖެހިލައި އެ ރީތިކޮށް ދޮވެލިއެވެ. އާމިނާ ދިއުމުން އޭނާ ބަތްތެލިން ތިން ސަމުސާ ބަތް އަޅާލުމަށްފަހު ގަރުދިޔަ ތެލި އެތެރެއަށް ބަލާލިއެވެ. އެއީ ދުވަހަކުވެސް އޭނާ ކޭ އެއްޗަކަށް ނުވުމުން އޭނާ ތެލި ތެރެއިން ވަސްބަލާލިއެވެ. ދުވި ގަރުވަހުން އޭނާ ކުޑަކޮށް އޯކަށް ވެސް ދެމުނެވެ. ނަމަވެސް ހިންދިރުވާލާ ކުޑަކޮށް ހަމައަކަށް އެޅިލުމުން އަވަސް އަވަހަށް ތެލިން ކުޑަ މަސްކޮޅެއް ލައިގެން ގޮސް މޭޒު ކައިރީ އިށީނެވެ. އަދި ގަދަކަމުން ކަހަލ ގޮތަކަށް ބަތް ސުވާ އަނގައަށް ލައިގެން ހަފަން ފެށީ ވެފައިވާ ބަނޑުހައެއްގެ ބޮޑުކަމުންނެވެ. އޭނާގެ ހިތަށް އެވަގުތު ތަފާތު އެއްޗެހި ހިތަށް އަރަމުން ދިއައެވެ. ތަށިތައް ބަހައްޓާފައި ހުރި ހަރުގަނޑުގައި ބައިވަރު ރީތި ތަށިތައް އެބަހުއްޓެވެ. ދެން އެމީހުން އޭނާއަށް އެންމެ ބާ، އެންމެ ހަޑި ތަށި ދިނީ ކީއްވެގެން ހެއްޔެވެ؟ އެހާ ރީތި ބޮޑު ގެއެއް ހުންނަ އިރުވެސް އޭނާ އުޅެން ޖެހޭ ކުޑަ، ހަޑި ތަންކޮޅު ނިކަން ދެކިބަލާށެވެ. ދުވަހަކުވެސް އުޅެން ނުޖެހޭފަދަ ދަތި ހާލެއްގައި އޭނާ މިޔަދު މި ވަނީ މިތަނުގައި އުޅެން ޖެހިފައެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ނިރާލީ ކޮންމެ ފަދަ ހާލެއްގައިވެސް މިތަނުގައި އޭނާ ކެއްކުރަން ޖެހޭނެކަން އެނގުމުންނެވެ.

އަމިއްލަ ޤައުމު ދޫކޮއްފައި އޭނާ މިތަނަށް މަސައްކަތް ކުރަން އެއައީ އެނޫން ގޮތެއް ނެތިގެންނެވެ. އޭނާގެ ބަލި މަންމައަށް ފަރުވާކުރުމަށްޓަކައި މިކޮޅުގައި ހުރެގެން ލާރި ހޯދައި އެ ފޮނުވަން ޖެހެއެވެ. އޭނާ ވެސް ބައެއް އެހެން މީހުން ފަދައިން މަތީ ވަޒީފާއެއްގައި އަރާމުގައި މަސައްކަތް ކުރަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ނަސީބުގައި އެފަދަ ގޮތެއް ނެތީއެވެ. ކިޔަވާނެ މާގިނަ ފުރުސަތުތަކެއް އޭނާއަށް ލިބިފައި ނެތީއެވެ. އަމިއްލަ ޤައުމުގައި ރަނގަޅު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ނެތީއެވެ. އެހެންނޫންނަމަ އަމިއްލަ ވަޒަނާއި އާއިލާ އަދި ލޯބިވާ މީހުން ދޫކޮށް މިތަނަށް އޭނާ އަންނަންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި ދަލުން ތަތް ތެޅިގެން ކުރާފަދަ ހަޑި މަސައްކަތްކުރަން އޭނާއަކަށް ނުޖެހުނީއެވެ. ކޮންމެ މީހަކަށް ވެސް ކުރިމަތިލާން ޖެހޭނީ ތަފާތު ކަންކަމާއެވެ. ރާހުލް ވެސް އޭނާ ކުރިމަތިލާން ޖެހުނު ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތައްޔާރަށް އެހުރީ އޭނާގެ ލޯބިވާ އާއިލާގެ ދިފާއުގައެވެ. މިގޭ މީހުން އޭނާއާ މެދު ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ކެތް ކުރުމަށް އޭނާ އެވަގުތު އަޒުމްކަނޑައެޅިއެވެ. އެކަމުގެ ސަބަބުން އޭނާ ކިތަންމެ ދެރަވިޔަސްވެސް މެއެވެ.

ދެލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ރާހުލް އިން ތަނުން ތެދުވިއެވެ. އެއްބައި ހުސްވެފައިވާ ބަތްތަށި ހިފައިގެން އޭނާ ސިންކުދޮށަށް ޖެހެލިއެވެ. ކިތަންމެ ބަނޑުހައިވެފައި ހުރި ނަމަވެސް އޭނާ ގެ އަރުތެރެއިން ދިރުނީ ކުޑަ އެތިކޮޅެކެވެ. ރާއްޖޭގައި ހުންނަ ކާނާއަށް ހޭނުމަށް ދުވަސްކޮޅެއް ނަގާނެކަން އޭނާއަށް ވިސްނުނެވެ. ތަށީގައި ހުރި ބަތްކޮޅު ޑަސްބިނަށް އަޅާލުމަށްފަހު އޭނާ ރީތިކޮށް ތައްޓާއި އަތް ދޮވެލިއެވެ. އަދި ކުރިންވެސް އާމިނާ އެތަށި ނެގި ތަނުގައި ބެހެއްޓިއެވެ. ފެންފޮދެއް ހޯދަން އައިސްއަލަމާރި ހުޅުވަން ހިފާލިތަނާހެން އާމިނާ އައިސް އެތަނަށް ވަނެވެ.

“އޭ! ކަލޭ ނުހުޅުވާތި ތިތަން….. ތި އުޅެނީ އެއްޗެއް ވަގަށް ނަގަން ވެގެންނެއްނު؟” އާމިނާ ރާހުލް އަށް ބަލަމުން ބާރަކަށް އެހެން ބުނުމުން އޭނާ ވަގުތުން އައިސްއަލަމާރި ދޮރުގައި ހިފަހައްޓައިގެން ހުރި އަތް ދޫކޮށްލިއެވެ. ކިޔާ އެއްޗެއް ނޭނގުނު ނަމަވެސް އޭނާއަށް އާމިނާ ރުޅިއައިސްފިކަން އެނގުނެވެ. ވަގުތުން ކުށްވެރިއެއް ފަދައިން އިސްޖަހާލީ އޭނާ ކުރީ ކޮން ކުށެއްކަން ނޭނގޭ ހާލުގައެވެ.

“ކަލޭ އާދޭ!” އާމިނާ ރާހުލްއަށް އައުމަށް އިޝާރާތް ކުރުމުން އޭނާ މަޑުމަޑުން ހިނގައިގަތެވެ. އާމިނާ ގޮސް ދައްކާލީ އެގޭގައި ހުންނަ ފެން ތާންގީއެވެ. އަދި ލޯވައްޓެއް ރާހުލްގެ އަތަށް ދިނުމަށްފަހު ރާހުލް ފެން ބޯންޖެހޭނީ އެތާންގީން އެ ލޯވައްޓަށް އަޅައިގެން ކަމުގައި ކިޔައިދެމުން އިޝާރާތް ކުރިއެވެ. ރާހުލްގެ ހިތުގައި ޖެހުނު ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. މަޑުމަޑުން ހިނގާފައި ގޮސް ތާންގީ އިން ފެން އަޅައިގެން ބޯލިއެވެ. މިއޮއް ހޫނު ގަދަ ދުވަސްވަރު އޭނާ ވެސް ފިނިފެން ބޯހިތްވާނެކަމެއް އާމިނާއަށް ނޭނގެނީ ހެއްޔެވެ؟

“އައިސްއަލަމާރި ހުޅުވިޔަ ދީގެން ނުވާނެ… މި މީހުން ވަގަށް ނަގައިފާނެ އެއްޗެއް ވެސް….. މާދަމާ ސައްތާރު ގާތު ބުނެގެން ވާނީ އައިސްއަލަމާރި ތަޅުލެވޭ ގޮތް ހަދަން…” އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން އާމިނާ އެތަނުން އެނބުރެލިއެވެ. އަދި ރާހުލް އަށް ގެ ސާފުކޮށް މޮއްޕުލުމަށް އިޝާރާތް ކުރިއެވެ.

ރާހުލް ފިހިގަނޑު ނަގައި ކުނިކަހަން ފެށިއެވެ. އާމިނާ އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުން ދިއައެވެ. އޭނާ ވަގަށް އެއްޗެއް ނަގާފާނެހެން އާމިނާއަށް ހީވަނީއެވެ. ގޭތެރެއާއި އެގޭގައި ހުންނަ ހަތަރު ކޮޓަރި ކުނިކަހައި މޮއްޕު ލާ ނިމުން އިރު ހަވީރު 4 ޖަހަނީއެވެ. އޭރު ވެސް ރާހުލްގެ ބޮލުގައި ހުއްޓުމެއް ނެތި ރިއްސަމުން ދިއައެވެ. ނަމަވެސް އާމިނާ ބުނި ކަންތައް އޭނާ ކުރަމުން ދިއައީ ކެތްތެރިކަމާއެކުގައެވެ. އެގޭ ކޮޓަރިތަކުގެ ބޮޑުކަމާއި ރީތިކަމުން ރާހުލް ހުރީ ހައިރާންވެފައެވެ. އެހާ ބޮޑު އަދި ރީތި ކޮޓަރިތަކެއް އޭނާ ހަމަ ލޮލުން ދުއް މީ ފުރަތަމަ ފަހަރެވެ. ކޮޓަރީގައި ހުންނަ އެއް ކޮޓަރީގައި އާމިނާ އާއި ސައްތާރު ދިރިއުޅެމުން ދިއައިރު އަނެއް 3 ކޮޓަރި ހުންނަނީ ހުސްކޮށްކަން އޭނާއަށް އެނގުނީ އެވަގުތުގައެވެ. ދެން އެމީހުން އޭނާ އެއިން ކޮޓަރިއެއްގައި ނުބެހެއްޓީ ކީއްވެގެން ހެއްޔެވެ؟ އެމީހުންނަށް އޭނާ ކަހަލަ ނިކަމެއްޗަކު އެތަނުގައި ބަހައްޓަން ކަމުނުދަނީއޭ އެހިތަށް އެރިއެވެ. އެ ކޮޓަރިތަކާ އޭނާ ހުންނަންޖެހޭ ގުދަންގަނޑު އަޅާ ކިޔާލެވޭވަރުވެސް ނުވެއެވެ. އަނެއްކާ އެއިން ކޮންމެ ކޮޓަރިއެއްގައި ކިންގް ސައިޒް އެނދަކާއި އޭސީ ހަރުކޮށްފައި ހުރެއެވެ. ނަަމަވެސް އޭނާ އުޅެން ޖެހެނީ ކޮންފަދަ ތަނެއްގައި ހެއްޔެވެ؟ ކުޑަކުޑަ ފަންކާގަނޑެއް ލާފަައި ހުރި ހޫނުގަދަ ތަނެއްގައެވެ. އޭނާ އޮންނަން ޖެހެނީ ކޯއްޗެއްގައި ހެއްޔެވެ؟ ހަށިގަނޑަށް އެއްވެސް އަރާމެއް ނުވާފަދަ ކުޑަ ފަތްޖެހި އެނދު ގަނޑެއްގައެވެ. ނަމަވެސް އޭނާ ކެއްކުރާނެއެވެ. ލޯބިވާ މަންމައަށްޓަކައެވެ.

މަސައްކަތް ނިންމުމަށްފަހު ރާހުލް އާމިނާއަށް ބަލާލުމަށްފަހު ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. އަނެއްކާވެސް އާމިނާ އޭނާއަށް ގޮވާލާފިއެވެ. ރާހުލް އެނބުރި ބަލާލިއިރު އާމިނާ ހުރީ އެއްއަތުން ބަދިގޭގައި ހުރި ޑަސްބިން ހިފައިގެންނެވެ.

“އަން! މި އުކާލަން ދޭބަލަ….” އާމިނާ އޭތި ރާހުލްގެ އަތަށް ދެމުން ރުންކުރު ގޮތަކަށް ބުނެލިއެވެ. އާމިނާ އެބުނީ ޑަސްބިން އުކާލަން ދއުމަށްކަން ރާހުލްއަށް އެނގުނެވެ. ނަމަވެސް އުކާލަން ދާންވީ ކޮން ތަނަކަށްކަން ނޭނގުމުން އާމިނާއާ ދިމާއަށް ފާޑަކަށް ބަލަން ހުރީއެވެ.

“ބީޗް….ބީޗް… ސީ…” އާމިނާ އިނގިރޭސިން މޫދޭ ބުނުމުން ރާހުލްއަށް ވަގުތުން އެނގުނެވެ. ނަމަވެސް އޭނާ މިރަށަށް އެއައީ އަލަށެވެ. މޫދު ހުންނަނީ ކޮން ދިމާއެއްގައި ކަމެއް އޭނާ އަކަށް ނޭނގުނެވެ. ނަމަވެސް ރަށަކީ ކުޑަ ރަށެއް ކަމުން ވަށައިގެން އޮންނާނީ މޫދޭ ހިތަށް އެރުމުން އޭނާ އެ ޑަސްބިން ހިފައިގެން ބޭރަށް ހިނގައިގަތެވެ. ގޭގެ ދޮރާށި ހުޅުވާލުމަށްފަހު އޭނާ ބޭރަށް ކުޑަކޮށް ބޯ ދިއްކޮށްލިއެވެ. މުޅި ތަނަށް އެވަގުތު ދީފައިވަނީ މޫނުމަތިން ދިލަނަގުވާ ފަދަ އަތްވެކެވެ. ކުރިމަތީގައި ހުރި ގޭގެ ބޭރުގައި ހުރި ފޭރުގަސްދޮށުގައި އެލުވާފައި ހުރި އުނދޯލިތަކެއްގައި ކުޑަކުދިންތަކެއް ކުޅެން އުޅުނެވެ. އެތަނުގައި ހުރި ޖޯލިފަތީގައި އިން ޒުލޭހާގެ ލޮލުގައި ރާހުލް އަަޅައިގަތުމާއެކު އޭނާގެ ނަޒަރު އެދިމާއަށް ގޮސް ހުސްވިއެވެ.

ރާހުލް ޑަސްބިން ހިފައިގެން ހިނގަންފެށީ ނުބައި ދިމާއަކަށެވެ. އެހެންކަމުން ދަނޑިވަޅު ބަލާފައި ޒުލޭހާ ތެދުވެ ފައިވާން ހެޔޮވަރުކޮށްލަމުން ރާހުލްގެ ފަހަތުން ހިނގައިގަތެވެ. ހަލުވި ހިނގުމެއްގައި ގޮސް ރާހުލްއާ އަރާ ހަމަވުމުން އޭނާ ދަތްތައް އެއްކޮށް ފެންނަ ވަރަށް ހީލިއެވެ. ރާހުލްވެސް އުނދަގޫ ގޮތަކަށް ޒުލޭހާއަށް ބަލާލަމުން ހީލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. މިއަންހެންމީހާގެ ނަޒަރުން އޭނާއަށް އުނދަގޫވަނީއެވެ.

“ކަލޯ…! ތި ދިމާ އަކު ނޫނޭ…. ހިނގާ މިކޮޅަށް…. މި ކޮޅުގައި އިންނަ ބީޗަށޭ މީހުން ޑަސްބިން އުކަނީ!” ޒުލޭހާ އެހެން ބުނެ އެހެން ދިމާއަކަށް އިނގިލި ދިއްކޮށްލީ ޑަސްބިނަށް އިށާރާތް ކޮށްލަމުންނެވެ. ރާހުލް ހުއްޓި ހުރެ ޒުލޭހާއަށް ބަލާލިއެވެ.

“އާދޭ މަށާ އެކީ!” ޒުލޭހާ ރާހުލް އަށް އައުމަށް އިޝާރާތް ކުރިއެވެ. އެއާއެކު ރާހުލްވެސް އޭނާއާއެކު ހިނގައިގަތެވެ.

“ކަލޯ.. ކޮންނަމެއްތަ ކިޔަނީ؟” ޒުލޭހާ އެހެން އަހާލުމުން ރާހުލް އޭނާއަށް ބަލާލީ ތިކިޔާއެއްޗެއް ނޭނގެއޭ ބުނާ ފަދައަކުންނެވެ.

“ނޭމު! ނޭމު! ވަޓް އިޒު ޔުއާރު ނޭމު؟” ޒުލޭހާ އިނގިރޭސިން އެހެން އަހާލި ގޮތުން ރާހުލް ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ސްކޫލު ދުވަސްވަރު އިނގިރޭސި ކިޔަވާފައި ވުމުން ރާހުލްއަށް ވެސް ކޮންމެވެސް ވަރަކަށް އިނގިރޭސި ބަސް އެނގެއެވެ.

“ރާހުލް…” ރާހުލް ޒުލޭހާ އަށް ބަލާލަމުން ޖަވާބު ދިނެވެ. އެވަގުތު ޒުލޭހާ ބޯޖަހާލީ ރާހުލްގެ ހަށިގަނޑުގެ އެތައް މިތަނަށް ނަޒަރު ހިންގާލަމުންނެވެ.

“މީ ޒުލޭހާ އިނގޭ…” ޒުލޭހާ އޭނާގެ މޭގައި އަތްޖައްސާލަމުން ބުނެލިއެވެ. “ޒު…ލޭ…ހާ!” ރާހުލްއަށް ނޭނގިދާނެތީ އޭނާ ވަކިވަކިން އަކުރުތައް ކިޔާލިއެވެ.

“ޒުލޭހާ ދައްތަ…” ރާހުލް އެހެން ބުނެލީ ޒުލޭހާ އަކީ އޭނާއަށް ވުރެ ބޮޑު މީހަަކަށްވާތީއެވެ. އާމިނާވެސް އޭނާ ގާތު ބުނެފައި އޮތީ އާމިނާއަށް ‘އާމިނާ ދައްތަ’ ކިއުމަށެވެ.

“ހޫ… ދެން… އަހަރެން ވަރަށް ޔަންގްވާނޭ މިހެން ހުއްޓަސް… ދައްތަ ނޫން!” ޒުލޭހާ ތުއިވެލާފައި އެހެން ބުނެލި ގޮތުން ރާހުލް ގާތަށް ހިނިއައެވެ.

ރާހުލް އަތިިރިމައްޗަށް ގޮސް ޑަސްބިން އުކާލާފައި އައިއިރު ޒުލޭހާ އިނީ އަތިރިމަތީގައި ހުރި ރުކެއްގެ ދޮށުގައެވެ. ރާހުލް އައުމާއެކު ޒުލޭހާ އޭނާއަށް ގޮވައި އެތަނުގައި އިށީންނަން އައުމަށް އެދުނެވެ. ނަމަވެސް ރާހުލް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ލަސްވެއްޖިއްސާ އާމިނާ ރުޅި އަންނާނެކަން އޭނާއަށް އެނގެއެެވެ. އޭނާ ނޫނެކޭ ބުނުމުންވެސް ޒުލޭހާ ކުރުނުކޮށް އަންނާށޭ ކިޔަން ފެށުމުން ރާހުލް އެންމެ ފަހުން ގޮސް ޒުލޭހާ އާ ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުގައި އިށީނެވެ. މަޑު ވައި ރޯޅިތަށް އައިސް ރާހުލްގެ ފަން އިސްތަށިގަނޑު ހާވަމުން ދިއައިރު ޒުލޭހާ އިނީ ކަޅި ޖަހާނުލާ ރާހުލްއަށް ބަލާށެވެ. ރާހުލްއާ ދުރުގައި އިންނަން އޭނާއަށް ހަޖަމުނުވީކަންނޭނގެއެވެ. ޒުލޭހާ ތެދުވެގެން ގޮސް ރާހުލްއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނެވެ. ރާހުލް އުނދަގޫވެގެން ޒުލޭހާ އަށް ބަލާލިއިރު އޭނާ އިނީ ރާހުލްއަށް ބަލަން ހެވިދިއްލިފައެވެ.

ރާހުލް އެއިންތަނުން ތެދުވީ ޒުލޭހާ އެގޮތަށް އައިސް ކައިރީގައި އިށީނުމުން ހިތްހަމަނުޖެހި ހުރެއެވެ. އޭނާ ކައިރީގައި ބަހައްޓާފައި ހުރި ހުސް ޑަސްބިން ހިފައިގެން އެނބުރި އައިކޮޅަށް ދިއައީ ޒުލޭހާއާ ދިމާއަށް ބަލާވެސް ނުލައެވެ. ގެ ހުންނަނީ އެދިމާއާ މާދުރުގައި ނޫންކަމުން އޭނާއަށް ފަސޭހަކަމާއެކު ގޭދޮށަށް ދެވުނެވެ.

ރާހުލް ދާތަން ބަލަން ޒުލޭހާ އިނީ ދަތް ދޮޅީގައި އަތް ހާކާލަ ހާކާލައެވެ. ރާހުލް ގޮސް ލޮލުކޮޅަށް އޮބާލުމުން އޭނާ ތުންގަނޑު ބޮޑުކޮށްލިއެވެ. އަދި ލައިގެން ހުރި ހައުސްކޯޓުގެ ޖީބުން ފޯއްގަނޑެއް ނަގައި އަނގައަށްލައި އެ ހަފަން ފެށިއިރު އެ ތުންފަތް މަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

ރާހުލް ގޭގެ ދޮރާށި ހުޅުވާލަމުން އެތެރެއަށް ވަތް އިރު ތަފާތު ހިޔާލުތަކުން އޭނާގެ ހިތް ވަނީ ބިރުގަންނަން ފަށާފައެވެ. ޒުލޭހާ އުޅޭ ގޮތުން ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތަށް ވަނީ ވަދެފައެވެ. އޭނާ އައިސް ރާހުލްއާ ޖެހި ފިތިގެން އިށީނަށް ޖެހޭ ހެއްޔެވެ؟ އަދި އޭނާއަކީ ރާހުލްއާ އަޅާ ބަލާއިރު މާ ބޮޑުވެސް މީހެއް ނޫން ހެއްޔެވެ؟ މިކަހަލަ ހިޔާލުތަކެއްގައި ގޯތިތެރެއަށް ވަދެގެން އައި ރާހުލްއަށް އެރުނީ ހަރަން ބަނދެގެން ހުރި އާމިނާގެ ކުރިމައްޗަށެވެ.

“ކޮންތާކަށް ވަދެފަ ތިއައީ؟ ކޮންއިރެއްތަ މިހާރު ދިޔަ ފަހުން؟” އާމިނާ ދެބުމަ ގޮށްޖަހައިގެން ހުރެ އެހެން ބުނެލީ ގަޑިއާ ދިމާއަށް އިށާރާތް ކުރަމުންނެވެ. ރާހުލް އެވަގުތު ކުށްވެރިއެއް ފަދައިން އިސްޖަހާލީ މާފުކުރާށޭ ބުނާ ފަދައިންނެވެ. ޑަސްބިން ބަދިގޭގައި ބެހެއްޓުމަށްފަހު އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ވަރުބަލި ގޮތަކަށް ގޮސް އޭނާ ފަތްޖެހި އެނދުގައި ޖައްސާލިއެވެ. އެހިނދު އޭނާގެ ހަނދާނަށް އަންނަން ފެށީ އަމިއްލަ ޤައުމުގައި އޭނާ އުޅެފައިވާ ގޮތެވެ. އެ އުފާވެރި ވަގުތުތަށް ހަނދާންވުމުން އިޚްތިޔާރަކާ ނުލައި އޭނާގެ ދެލޯ ފުރިގެން ބަންޑުންވާން ފެށިއެވެ.

#~#~#~#

ސްކޫލު ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރެ ރާހުލް ދުވެފައި އައިސް ގެއަށް ވަނެވެ. އަދި މަޑުމަޑުން ގޭގެ އެކި ތަންތަން ހޯދާލީ އޭނާގެ ދައްތަ، ޝިޔާ ފެނޭތޯއެވެ. މިގަޑީގައި ޝިޔާ ހުންނާނީ ބަދިގޭގައިކަން އެނގޭތީވެ އޭނާ މަޑުމަޑުން ފިޔަވަޅު އަޅަމުން މިސްރާބުޖެހީ ބަދިގެއާ ދިމާއަށެވެ. ބަދިގެ ކައިރިއަށް ގޮސް އެތެރެއަށް ބޯދިއްކޮއްލި އިރު ކޮންމެވެސް އެއްޗެއް ހަދަންވެގެން ޝިޔާ އުޅުނެވެ. އޭނާ ހުރީ ރާހުލްއާ ފުރަގަހަށްވާ ގޮތަށެވެ. ރާހުލް ހަމައެކަނި ފައިގެ އިނގިލިކުރިތައް ޖައްސަމުން ގޮސް ޝިޔާގެ ފުރަގަހުގައި ހުއްޓުނެވެ.

“ބޫ!” ރާހުލް ޝިޔާގެ ފަހަތުން ކޮނޑުގައި ބާރަކަށް ޖެހިގަންނަމުން އެހެން ކިޔާލި ވަގުތު ޝިޔާ ސިއްސައިގެން ގޮސް އަތުގައި ހުރި ފެން އެތި ރާހުލްގެ ގަޔަށް އޮއްސާލީ ތޫނު އަޑަކުން ހަޅޭއްލަވައިގަންނަމުންނެވެ. ލައިގެން ހުރި ޔުނީފޯނު ތެމުނު ނަމަވެސް ރާހުލް އޭރު ހުރީ ހީހީ ބަލިވާ ވަރު ވެފައެވެ.

“ރާހުލް! މަންމާ! ބަލާބަ ރާހުލް!” ޝިޔާ ބާރަކަށް އެެހެން ގޮވާލަމުން ރާހުލްގެ ފަހަތުން ދުއްވައިގަތެވެ. ރާހުލްވެސް ހެމުން ހެމުން ދުވަމުން ގޮސް ވަނީ ސިޓިންގރޫމުގައި ފަހާފޮށިދޮށުގައި އިން އޭނާގެ މަންމަ، ނީލޫ ގެ ފަހަތަށެވެ.

“ރާހުލް ކީއްވެ ތެމިފަ ތި ހުރީ؟ އައި ގޮތަށް ކޮންމެވެސް ސަކަރާތެއް ޖެހީ ދޯ؟” ނީލޫ ރާހުލްގެ ބުރަކަށީގައި ޖަހާލަމުން އެހެން ބުނި ވަގުތު ޝިޔާ ދޭފަތް ހިފައިގެން ދުވެފައި އެދިމާއަށް އާދެއެވެ.

“މަންމާ! ރާހުލް އަހަރެން ސިއްސުވާލީ…. ވަރަށް ގޯސް ވާނެ….” ޝިޔާ އެތަނަށް އައިސް ހުއްޓި ހަރަން ބަނދެލަމުން ބުނެލިއެވެ.

“އަޅާނުލާބަލަ ދަރިފުޅާ… ރާހުލް ކޮއްކޮ އުޅޭނީ އެހެން … ދުވަހަކުވެސް ބޮޑެއް ނުވާނެ…” ޝިޔާގެ ބުރަކަށީގައި ފިރުމާލަމުން ނީލޫ ބުނެލިއެވެ. ޝިޔާ ނުލަފާ ގޮތަަކަށް ހީލަމުން ރާހުލްއަށް ބަލާލިއެވެ.

“އާނ ދޯ މަންމާ….! އެއީ މިގޭ ބޭބީ…” ޝިޔާ އެހެން ބުނެލަމުން ރާހުލްގެ ކޮލުގައި ހިފާލި ގޮތުން އޭނާއަށް ކުޑަކޮށް ތަދުވެސްވިއެވެ. އޭނާ މޫނަށް ވައްތަރެއް ޖައްސާލަމުން ކޮލުގައި ފިރުމާލިއެވެ.

“ޔުނީފޯމުވެސް އަނެއްކާ ދޮންނާކައްނު ޖެހުނީ…. އަވަހަށް ދޭ އެއްޗެހި ބަދަލުކުރަން…” ނީލޫ ރާހުލް ގާތު އެހެން ބުނުމުން ރާހުލް ޝިޔާ އާ ދިމާއަށް ދޫ ނެރެލުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

“މަންމާ! ހާސްނުވެބަލަ…. ބައްޕަ ބުންޏެއްނު މިމަހު މުސާރަ ލިބުނީމަ ދޮންނަމެޝިނެއް ގަންނާނަމޭ… އޭރުން މަންމައަކަށް ނުޖެހޭނެ އަތް ކާއްތަ ކާއްތައިގެން އެއްޗެހި ދޮންނާކަށް..” ޝިޔާ ނީލޫ ގައިގަ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. ނީލޫވެސް އެވަގުތު ހިނިތުންވެލިއެވެ. އޭނާގެ ފިރިމީހާ، މުހައްމަދުގެ މުސާރަ މިމަހުން ފެށިގެން ބޮޑުވާނެ ވާހަކަ އޭނާ ވަނީ ބުނެފައެވެ. ރާހުލްގެ އާއިލާ އަކީ އޭރު މާ ތަނަވަސް ނޫނަސް ފަޤީރު އާއިލާ އެކޭ ވެސް ނުބުނެވޭނެއެވެ. މުހައްމަދަށް ލިބޭ މުސާރައިން އެދެމީހުންނާއި އެދެމީހުންގެ ތިން ކުދިން ކައިބޮއި ހަދާވަރުވެއެެވެ. އިރާދަކުރެއްވިއްޔާ ޝިޔާ އެހުރީ ކިޔަވައި ނިމިފައެވެ. މިއަހަރު ރާހުލް ވެސް ކިޔަވައި ނިމޭނެއެވެ. މުހައްމަދާއި ނީލޫގެ ވެސް އުންމީދަކީ ރާހުލް ސްކޫލު ނިމިގެން ޔުނިވާސިޓީއަށް ކިޔަވަން ފޮނުވިއެވެ. އެދެމަފިރިން ބޭނުންވަނީ ރާހުލް މޮޅު އިންޖީނިއަރ އަކަށް ވުމަށެވެ. މިހާކުވެސް މުހައްމަދު ދަނީ ރާހުލް ކިޔަވަން ފޮނުވުމަށްޓަކައި ފައިސާ އެއްކުރަމުންނެވެ. އެދެމަފިރިންގެ ހުވަފެންތައް ހަޤީޤަތަކަށް ވާނެ ކަމުގެ ފޮނި އުންމީދުގައެވެ. އެދެމަފިރިންގެ އެންމެ ބޮޑު ކުއްޖާ، ރިޔާ ވަނީ މިދިޔަ އަހަރު މީހަކާ އިނދެގެން ފިރިމީހާގެ ގެއަށް ބަދަލުވެފައެވެ.

ރާހުލް ފެންވަރައި އެއްޗެހި ބަދަލުކޮށް ހަދައިގެން އައި އިރުވެސް ނީލޫ އިނީ ފަހާފޮށި ދޮށުގައެވެ. ޝިޔާ އޭރު ސިޓިންގރޫމުގައި ޓީވީ އަޅުވާލައިގެން އިނެވެ. ރާހުލް ގޮސް ސޯފާގައި ރަނގަޅަށް ނީށީންދެވެނީސް އިވެންފެށީ ފޯނު ރިންގުވާ އަޑެވެ. އެހެންކަމުން އޭނާ ތެދުވެ ހިނގައިގަތީ ފޯނާ ދިމާއަށެވެ.

“ހަލޯ…” ފޯނު ކަންފަތުގައި ޖެހުމަށްފަހު ރާހުލް ބުނެލީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ.

“ހަލޯ… ނީލޫ މުހައްމަދު އުޅުއްވާތޯ؟” އެކޮޅުން އެހެން ބުނުމުން ރާހުލް ފަހާފޮށި ދޮށުގައި އިން ނީލޫއަށް ގިވާލިއެވެ. ނީލޫ އައިސް ފޯނު ކަންފަތުގައި ޖަހައި ވާހަކަ ދައްކަން ފެށިއެވެ.

“ހަލޯ.. މިއީ މުހައްމަދު މަސައްކަތް ކުރައްވާ އޮފީހުން އިނގޭތޯ…. މުހައްމަދު ގެ ބޮލަށް ދަގަނޑު ހޮޅިތަކެއް ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެގެން އެކަން އަންގާލުމަށް މިގުޅާލީ….” ނީލޫއަށް އެކޮޅުން އިވުނު ބަސްތައް ކަންފަތުގައި ގުގުމާލީ ހޮނުގުގުރިއެއް ފަދައިންނެވެ. އޭނާ މަޑުމަޑުން އަނެއް ފަރާތަށް އެނބުރުމަށްފަހު ސޯފާގައި ޓީވީ ބަލަން އިން ރާހުލްއަށާ ޝިޔާއަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އަތުން ވަރު ހުސްވެގެން ފޯނުގެ އަތްގަނޑު ދޫވި ވަގުތު އޭނާގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓެން ދިއައެވެ.

ރާހުލް އާއި ޝިޔާއަށް ސިހިފައި ފަހަތް ބަލާލެވުނީ ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. ވެއްޓިފައިވާ އޭނާގެ މަންމަ ފެނުމުން ރާހުލް އަވަސް އަވަހަށް ދުވެފައި އެދިމާއަށް ދިއައިރު އޭނާގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. “މަންމާ!”

 

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 3 ވަނަ ބައި )

Next

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 4 ވަނަ ބައި )

Next
August 13, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 4 ވަނަ ބައި )

Previews
August 13, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 3 ވަނަ ބައި )

53 Comments!

  1. Liaa says:
    August 13, 2016 at 9:17 pm

    Hii 🙂 Mi bai ves kamudhaane kamah ummeedhu kuran
    Hurihaa kudhinge comment thakah maruhabaa 🙂

  2. aff says:
    August 13, 2016 at 9:30 pm

    alhey liaa.. mi vaahaka kiyaafa magey haadha dheraveyey.. rahul dhw.. adhi e ulhey zuleykhaa ey dhw.. varugadha anheneke.. muskulhinnah ves huthuru.. heheheee .. keep goin liaa ☺

    1. aff says:
      August 13, 2016 at 9:30 pm

      yayy.. tnight magey first dhw

    2. Liaa says:
      August 15, 2016 at 12:33 pm

      Thankyw Aff 🙂 yess ur first dhw

  3. ~minty~ says:
    August 13, 2016 at 9:31 pm

    Salhi ey Hama..next kiyr hithun meenee vrh…

    1. Liaa says:
      August 15, 2016 at 12:34 pm

      Thankss minty 🙂

  4. Sin says:
    August 13, 2016 at 9:33 pm

    Humm varah reethi

  5. meesha says:
    August 13, 2016 at 9:33 pm

    Tooo kuru

    1. Liaa says:
      August 15, 2016 at 12:35 pm

      Thannkss sin and meesha 🙂

  6. shiba says:
    August 13, 2016 at 9:50 pm

    Mihiry mi mujuthamau ge haalathakee… hats off to the one who wrote this story.. mujuthamauga hingaa mi fadha kanthakaa behey gothun gina ginain hama story liyan vee… vv reethi.. keep going darling ??

    1. Liaa says:
      August 15, 2016 at 12:35 pm

      yess shiba … Ur right..
      Thankyw fr ur support <3 🙂

  7. ayya says:
    August 13, 2016 at 9:51 pm

    vaahaka varah salhi lia…kuriah gendhaa goii v kamudhey

    1. Liaa says:
      August 15, 2016 at 12:35 pm

      Thankyw ayya 🙂

  8. shimaaa says:
    August 13, 2016 at 9:53 pm

    Warah hiy dhathi wahaka akah waane thaa dho mi… dhan eha sad sad nukurahchey liaa…

    1. Liaa says:
      August 15, 2016 at 12:40 pm

      thannks shima 🙂

  9. harry says:
    August 13, 2016 at 9:54 pm

    Baeh kudhin dhekeny bangaalhi eh mi story ga ulheythy kada kamah.. e kamun ves ingeny e kudhin ge hih thakugai bangaalhinnaa medhu ehvess kuluneh nuwaakan.. kury part ge comment thakun ves eba ingey bangaalhinnaa medhu dhuvehin dhekey goi.. bala eiy ves insaanunney… keevve vakin ethanun insaanaku mi storyga ulheythy kada vaan vee? Mi story nulaahiku reethi snd iburahtheri.. keep it up liaa

    1. Liaa says:
      August 15, 2016 at 12:40 pm

      I agree with u harry 🙂
      Thankyw fr the support <3

  10. xprincess says:
    August 13, 2016 at 9:58 pm

    Rovijje hama.. kuriakun ihusaas eh nuwey bangaalhin raajje ais ulhey dhathi haaleh… ?dhivehin hama hisaabah vure nulafaa ee.. vazeefaa gandeh nulibunas simenthi geshun fadha masahkatheh nukuraane. ?Emyhunna heevany thocche maa dhashuga ulhey meehuney hadi masakkai kurany.. v foohi vey dhn

    1. xprincess says:
      August 13, 2016 at 9:59 pm

      Story hama habeys ?

    2. Appy says:
      August 13, 2016 at 10:29 pm

      Asluvx thibuny thedhehh hama

    3. Liaa says:
      August 15, 2016 at 12:41 pm

      Ur right xprincess darling ..

  11. RaM says:
    August 13, 2016 at 10:22 pm

    Kureege partun Haadha bodu bayakun fashaafa eh prgrph eh kon vaahaka dhigu kuran dhw.

    1. Liaa says:
      August 15, 2016 at 12:42 pm

      nuney .. eiy vaanuvaa engeyny ehisaabun feshyma.. ehenve 🙂

  12. Appy says:
    August 13, 2016 at 10:25 pm

    Alhe haadha dhera ve ey mi vaahaka kiyaa iru aslu vx v goi hadhaa bidheysynnah e vx hama insaanun viyya ..adhi ehera zulheyha eh ulhey gotheh huhh……v rythi mibai vx inthizaaruga

    1. Liaa says:
      August 15, 2016 at 12:42 pm

      Thnakkss Appy 🙂

  13. MalMal says:
    August 13, 2016 at 10:27 pm

    Vaahaka v reethi.. V iburaitheri.. ??

    1. Liaa says:
      August 15, 2016 at 12:42 pm

      Thankyw MalMal

  14. Appy says:
    August 13, 2016 at 10:32 pm

    “Bangaalhin” eh ge nazarun genayas kamunudhaanvy kyve?? Mihaaru raaje myhunnaa eh varah emyhun ulhey ..adhi mivaahaka iga mionnany mi “mehumaanunah kameyhithan” dhanna dhivehin kanthah kuraagoii .. mi vaahaka v v rythi n interesting luv this

    1. Liaa says:
      August 15, 2016 at 12:43 pm

      Dhw Appy 🙂
      Thankyw

  15. Azu says:
    August 13, 2016 at 11:52 pm

    Haadha reehchey……??

    1. Liaa says:
      August 15, 2016 at 12:43 pm

      Thankyw Azu 🙂

  16. Niyer says:
    August 14, 2016 at 12:08 am

    Adhi kiriyaa Esfiyaiga reethi vahaka miliyanee. Good Luck.

    1. Liaa says:
      August 15, 2016 at 12:43 pm

      Thankss Niyer 🙂

  17. Rafa says:
    August 14, 2016 at 12:54 am

    Alheyy v dheraveyje ? …kykuraany dhw this is soo true…n whats wrong with this zuleyha ?

    1. Liaa says:
      August 15, 2016 at 12:44 pm

      Thankss Rafa darls 🙂
      hmm dhw .. wats wrong with that zuleyha? hehe

  18. lyn says:
    August 14, 2016 at 8:22 am

    This story touch my heart so badly..

    1. Liaa says:
      August 15, 2016 at 12:44 pm

      Thankss lyn

  19. sabeeha says:
    August 14, 2016 at 10:04 am

    v reethi…

    1. Liaa says:
      August 15, 2016 at 12:45 pm

      Thankss sabeeha

  20. Nern.. says:
    August 14, 2016 at 1:34 pm

    Nern thaaidhu harry ge vaahaka thakah.. Kobaa mahsala akee bangaalhy eh veema ??adhi maa muhsa’ndhi myheh vejjihyaamun maa goiyh boduvaane.. Hama ajaibu dhivehihnah.. Ladhuves ganeyyy.. ????????

    1. lynum says:
      August 14, 2016 at 3:24 pm

      Agree with u nern..

    2. Liaa says:
      August 15, 2016 at 12:45 pm

      dhw Nern 🙁

  21. teen girl says:
    August 14, 2016 at 3:40 pm

    haadha reehchey mivaahaka. aslu mee miadhu hama dhivehi mujthamau ge haalath. bangaalhi ge naxarun liyefihya ahchi di fakuru. aslu ei ves hama insaanun dhw. dhivehinnah vahtharu vahtha ru ge anmunkiyaafa mihen hedhima vaanegoi visnaalaane meeheh nolheyne. mivahakain rangalhu iburatheh libey..lia thi kurani v rangalhu kameh <3
    and raahul ah dhera gotheh nuhadhaathi

    1. Liaa says:
      August 15, 2016 at 12:45 pm

      Thankyw so much teen girl <3 🙂

  22. Issa says:
    August 14, 2016 at 5:52 pm

    Kobaa next part avahah up kohdheeba!!…
    V reethi mivaahaka…
    Keep it up!!

    1. Liaa says:
      August 15, 2016 at 12:46 pm

      veehaaves avahah up kuraanan
      Thankyw 🙂

  23. Metal0-1 says:
    August 14, 2016 at 6:50 pm

    Maazy maabodah dhigunukurahchey

    1. Liaa says:
      August 15, 2016 at 12:46 pm

      yeah.. I ll try Metal0-1

  24. Ihoo says:
    August 14, 2016 at 9:05 pm

    V habeys mi part vex.. V v v rythi. ?

    1. Liaa says:
      August 15, 2016 at 12:47 pm

      Thankss ihoo <3 🙂

  25. ba says:
    August 15, 2016 at 11:13 am

    I agree harry aslu vaagothaky dhivehin maa bodah foni mihaaru…ekaku kiyas nukiyas I will read this story for sure.. Keep writing girl ,.you did a great work story v nice 🙂

    1. Liaa says:
      August 15, 2016 at 12:47 pm

      Thankyw ba fr ur support 🙂

  26. Ree says:
    August 15, 2016 at 2:04 pm

    Varah kamudhey mivaahaka kuriah dhaa goeh. Keep up the gud work??

Comments are closed.

Next Episodeނުހައްޤު ލޯބި (4 ވަނަ ބައި)←


All Right Reserved!