Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 12

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 28, 2016 6 Mins Read
27 Comments

ގެއަށް ވަދެގެން އައި އިޒާން އަށާއި ސަނީމް އަދި ސުހައިލް އާއި ދިމާ ބަލައިލުމަށްފަހު އެންމެން އެދިމާލަށް ދިޔައެވެ. ނަމަވެސް އިޒާން އޭނާގެ އަތުގެ އިޝާރާތުން މަޑުކުރުމަށް ބުނީ އާޝާ މިގަޑީގައި ހުރި ގޮތަކުންނެވެ. އިޒާންގެ އެދުމަށް އެންމެންވެސް އެހަކަށް އިހްތިޔާރުކުރީ މަޑުމައިތިރިކަމެވެ. އިޒާން އާޝާ ގޮވައިގެން ސިޑީން މައްޗަށް އަރައިގެން ދިޔައެވެ. އެއަށްފަހު އާޝާގެ ކޮޓަރި ހުޅުވާލާ އާޝާ ގެން ގޮސް އެނދުމަތީ ބައިންދަން އުޅުނެވެ. އެ ހުރިހާ އިރުވެސް އާޝާ އޮތީ އިޒާންގެ މޭތެރޭ ބޮނޑިވެއެވެ.

….

އާޝާ މެން ދިޔުމާއި އެކު އެންމެން ސުވާލުކުރަންފެށިއެވެ. އާޝާ ސަލާމަތްވީ ކިރިޔާކަން ސުހައިލް ބުނުމާއި އެކު އެމީހުންވެސް ދެރަވިއެވެ. އާޝާއަށް މިފެންނަ ހިތި ދުވަސްތަކަކީ އެމީހުންގެ ސަބަބުން ކުރިމަތި ވާ ކަންތައްތަކެއްކަން އެމީހުންނަށް އިހްސާސްވިއެވެ.

އެންމެންވެސް ކައިގެން ނިދާށޭ ބުނުމަށްފަހު ސުހައިލް އޭނާ ގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އިޒާން އަށް އާޝާ ބެލޭނެކަން އޭނާއަށް އިނގޭތީވެ އާޝާއާއި މެދު އޭނާ ފިކުރުކުރާކަށް ބޭނުމެއްނުވިއެވެ.  ދެންމެ އިވިގެން ދިޔަ ވާހަކަތަކުގެ  ސަބަބުން އޭނާ އާޝާ ކުރިމައްޗަށް އަރަންވެސް ނުކެރުނީއެވެ. އާޝާއަށް އިތުރުވޭނެއް މިގަޑީގައި ލިބިދާނެތީއެވެ.  ނަމަވެސް މިއަދު ހިނގި ހާދިސާގެ ސަބަބުން އާޝާއަށް ވާނެ ވަރު އޭނާއަށް އިނގެއެވެ. ލިބުނު ހަބަރުން ޝޮކްވާނެކަންވެސް އިނގެއެވެ.

އެއްވެސް މީހަކު ކާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށްވަނެވެ.

…

އިޒާން އާޝާ ބޭންދުމަށްޓަކައި ދުރަށް ޖައްސާލަން އުޅުނެވެ. ނަމަވެސް އެކަމެއް ނުވިއެވެ. “އޭޝް… ހުރިހާ ކަމެއްވެސް އޯކޭ އޭ… ޕްލީސް ބަލާބަ ހުއްޓާލާފަ…. އެހެންނޫނަސް އައި އެމް އޯލްވޭސް ހިއަރ…. އަބަދުވެސް ހުންނާނަން…. ދެން ޕްލީސް އޭޝް..” އިޒާން ބުނެލިއެވެ. އާޝާ ދެފަރާތަށް ބޯ ހޫރާލިއެވެ. އިޒާން އަށް ދެން ކުރާނެކަމެއް ނޭނގުނެވެ. “އޭޝް…. އެންމެ ފަހަރަކު ދުރަށް ޖެހިލާފަ ބަލާބަ.. މިހާރު އޯކޭ ވެއްޖޭ އެންމެން.. އޭޝްއަށް އިނގޭތަ؟ ގޭ އެންމެން މިހާރު އޭޝް އަކީ މިގޭ ކުއްޖެއްކަމަށް އެކްސެޕްޓް ކޮށްފި.. މިހާރު ތީ މިގޭ ކުއްޖެއް….. އިނގޭ..” އިޒާން އެހެން ބުނެލުމުން އާޝާ އިޒާންއާއި ދުރުވެލިއެވެ. އެއަށްފަހު އާޝާ ބުނެލި އެއްޗަކުން އިޒާންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި އާޝާއާއި ދިމާލަށް ބަލަންހުރެވުނީ ގަބޫލުނުކުރެވިފައެވެ.

އިޒާން އެއްޗެއް ނުބުނެ ހުރުމުން އާޝާ އިޒާން ކައިރި އެދުނީ ސުހެއިލް ގޮވައިގެން ކޮޓަރިއަށް އައުމަށެވެ. އާޝާ ގެ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންތަކުގެ ސަބަބުން ދެންމެ ހިނގިކަންތަށް ހަނދާނުންފިލިފަދައެވެ. އިޒާން އައުމުގެ ކުރިން އާޝާ ފާހަނައަށް ވަދެލާ މޫނު ދޮވެލިއެވެ. އެއަށްފަހު ޓީސާޓެއް ލިއެވެ. ލޯގަނޑުން ފެނުނު އަމިއްލަ ސޫރައަށް އާޝާ ބަލައިލިއެވެ. މިހާރު އެއީ އެ އާޝާއެއްނޫނެވެ. އެއީ އެ ހިތްހެޔޮ މައުސޫމް އާޝާއެއްނޫނެވެ.

އިޒާން ސުހައިލް ގޮވައިގެން އައުމާއި އެކު އާޝާ ސުހައިލްއާއި ވާހަކަދައްކަންފެށިއެވެ. އާޝާ އެ ނިންމި ނިންމުމަށް ސުހައިލް އެއްބަހެވެ. ދެކޮޅު ހަދާނީވެސް ކިހިނެއްހެއްޔެވެ؟ އެއީ އާޝާ އަމިއްލައަށް ނިންމި ނިންމުމެކެވެ.

………….

އާޝާ އިޒާންގެ ފަހަތުން ސިޑިން ފައިބައިގެން އައީ ކޮނޑުގައި ބެކްޕެކެއް އަޅުވާލައިގެން ހުރެއެވެ. މޫނުމަތީ އެއްވެސް މައުސޫމްކަމެއް ފެންނާކަށް ނެތެވެ. އިޒާން މެންގެ ފަހަތުން ޑްރައިވަރ ފޮށިތަށް ހިފައިގެން ފައިބަންފެށިއެވެ. އިޒާންވެސް ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ފައިބަމުން ދިޔައިރު ސިކުނޑީގައި ވަނީ އެންމެ ސުވާލެކެވެ. މި ކަންތަށް ވަނީ ރަނގަޅަށް ހެއްޔެވެ؟ ނޭނގޭ ސަބަބަކާއި ހެދި އެ ހިތުގައި މިކަންތަށް ވަނީ ރަނގަޅަށް ނޫންކަން އަންގަމުންދިޔައެވެ.

ތިރިއަށް ފައިބައިގެން އައި އާޝާ ފެނި ފަޒީލާ ހައިރާންވިއެވެ. އާޝާ ދަނީހޭ ހިތާހިތުން ސުވާލުކޮށްލުމަށްފަހު ފަޒީލާ އާޝާއާއި ދިމާލަށް ދިޔައެވެ. ފަޒީލާ އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދެންވެސްހުރީ ބޭނުންވެފައެވެ. “ދަރިފުޅު ކޮންތާކަށް؟” ފަޒީލާ އަހާލިއެވެ. އާޝާ ހުއްޓިލިއެވެ. އެ ބަހަކީ އޭނާ އަޑުއަހަން ކެތްމަދުވެފައި ހުރި ބަހެކެވެ. ނަމަވެސް  މިއަދު އެ ބަހަކުން  އޭނާއަށް އަސަރެއް ނުކުރިއެވެ. ފަޒީލާއާއި ދިމާލަށް ބަލައިލުމެއްނެތި އޭނާ އިޒާންއާއި ދިމާލަށް ބަލައިލިއެވެ. ފަޒީލާއަށް އާޝާގެ އެ ހަރަކާތުން އާޝާއަށް އައިސްފައިވާ ބަދަލު ފާހަގަކޮށްލެވުނެވެ. ބަދިގެތެރޭ މަސައްކަތްކުރަން ތިބި ސާނިޔާގެ އިތުރުން ސާޒްވެސް ނިކުމެލިއެވެ. “އޭޝް.. ދަނީތަ؟؟؟” ސާނިޔާ އާޝާ މެންނާއި ކައިރިވެލަމުން އަހާލިއެވެ. އެމީހުންނަށް އެ ހުރިހާ ކަމެއް ހަނދާން ނައްތާލާ ރީއްޗަށް ވާހަކަދައްކަން ފަސޭހަވިޔަސް އާޝާއަކަށް ނުވާނެއެވެ. އެހެނީ އޭނާ އެކަނިވެރިކަމާއި އެކު ދިރިއުޅުމާއި ހަނގުރާމަކުރާތާ 15 އަހަރުވެއްޖެއެވެ. ހިތަކީ އަބަދު އެ އޮތްގޮތަކަށް އޮންނައެއްޗެއް  ނޫނެވެ. އާޝާ ދުރަށް ނަޒަރު ހިންގާލިއެވެ.

އަދި ސާނިޔާއާއި ދުރަށް ޖެހިލާ ހިނގައިގަތެވެ. އިޒާން ސާނިޔާއަށް ބަލައިލުމަށްފަހު ހިނގައިގަތެވެ.

ސަނީމްއާއި ސުހައިލްވެސް ފައިބައިގެން އައެވެ. ސުހައިލް ހުރީ އެއްޗެއް ނުބުނަންށެވެ. ސާނިޔާ ސުހައިލް ކައިރި އާޝާ ހުއްޓުވަން ބުނެލިކަމުގައި ވިޔަސް ސުހައިލް އެކަމެއް ނުކުރިއެވެ. “ކީއްވެ ސުހައިލް ތި ހުންނަނީ ސުހައިލްގެ އާޝާ އެދަނީ އޭ އޭނާ ހުއްޓުވާބަލަ.. މަންމާ ސުހައިލް ކައިރި ބުނެބަލަ އާޝާ ހުއްޓުވާށޭ… އާޝާ މިހާރު އެ ހުރިހާކަމެއްވެސް ހަނދާންނައްތާލައިފިން.. އާޝާ މިގޭގައި މަޑުކުރިޔަސް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ… އާޝާ ބުނެބަލަ ބޭނުންވަނީ ކޮންކަމެއްތަ؟ ބުނި ކަމެއް ކޮށްދޭނަން..” ސާނިޔާ ބުނެލިއެވެ. ސުހައިލްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުންނެވެ. ނަމަވެސް މަޑުކުރުމެއްނެތި އާޝާ ހިނގައިގަތެވެ. އެންމެން ބަލަ ބަލާ ތިއްބާ އާޝާ ދޮރުން ނިކުމެގެން ދިޔައީ ފަސްއެނބުރި ބަލައިވެސްނުލައެވެ. އޭނާ އެބަޔަކަށްޓަކައި  ކިތަށްފަހަރު ފަސްއެނބުރުނުހެއްޔެވެ؟ ނަމަވެސް މިއަދަު އޭނާ އެނބުރެން ބޭނުންނުވީއެވެ.

“ސުހައިލް ކީއްވެ އޭނާ ތި ދިޔަ ދިނީ؟؟؟” ސާނިޔާ ސުހައިލް ގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ސާނިޔާ ސާނިޔާ!!! އޭޝް އެދިޔައީ އަދި އަންނަން.. އޭނާ ރޭގައި ބުނީ ބޭނުމީ އިހަށް މިތަނުން ދުރަށް ޖެހިލާށޭ… އެކަމް އަންނާނަމޭ އަދި.. އެހެންނޫނަސް އޭނާގެ ޓްރީޓްމެންޓްވެސް އޮތީ ކުރިޔަށް.. އަސްލު އިޒާންއަކަށްވެސް މިތާކު ނުއެއްހުރެވޭނެއެއްނު… ވަޒީފާގައި އުޅެނީވެސް… އާޝާ އަންނާނެ ވަރަށް އަވަހަށް..” ސުހައިލް އެންމެން ކައިރި އެހެން ބުނެލިއެވެ. އެއީ އާޝާ ބުނެފައި އޮތްގޮތެވެ. ނަމަވެސް ސުހައިލްއަށްވެސް ނުވަތަ އިޒާންއަށްވެސް އާޝާގެ އަސްލުމަގުސަދެއް ނޭނގެއެވެ. “ދެން ވާހަކަނުދައްކަ؟ އިސްރާމެންނާއި ވެސް ބައްދަލުނުކޮށް ކަންނޭނގެ؟” ސާނިޔާ އަނެއްކާވެސް ބުނެލިއެވެ. “އޭނާއަށް ވަގުތު ދީ… ސާނިޔާ ބަލައްޗޭ.. އޭނާ ކޮމްފޮރޓޭބަލް ވާ އެންމެ އަވަހަށް ގުޅާފައިވެސް އެންމެންނާއި ވާހަކަދައްކާނެ.. މިތަނަށް ފޭބުމުގެ ކުރިން އޭނާ ދިޔައީ އިސްރާމެން ކޮޓަރިއަށް ވަދެފަ… އިސްރާމެން ތިބީ ނިދާފަ އެހެންވެ އެއައީ..” ސުހައިލް ބުނެލިއެވެ. އެއަށްފަހު ކޮފީއެއް ހަދާލާށޭ ބުނެ އޭނާ ސޯފާގައި އިށީނދެލިއެވެ. ސަނީމް ހުރީ ސުހައިލްއާއި ވާހަކަދައްކާ ހިތްވެފައެވެ. ސުހައިލްކައިރިން މާފަށް އެދެން ބޭނުންވެފައެވެ. އެހެންކަމުން ސާޒްއަށް ބަލައިލުމަށްފަހު ސަނީމް ސުހައިލް އާއި ދިމާލަށް ދިޔައެވެ.

“ދޮ…ދޮންބޭ….” ސަނީމް ގޮވާލިއެވެ. ޓީވީ ހުޅުވަން އުޅުނު ސުހައިލް އަށް ވަގުތުން ސަނީމްއާއި ދިމާ ބަލައިލެވުނެވެ. “ދޮންބެ އަހަރެންނަށް މާފްކުރާނަންތަ؟ އަހަރެން ވަރަށް ބޮޑު……” “ސަނީމް…. ދޮންބެ އެދުވަހުން އެދުވަހު ސަނީމްއަށް މާފްކުރިން… ދޮންބެ ރުޅިއައިއްސަ ހުއްޓަކަސް ހުރީ މާފްކޮށްގެން.. ސަނީމްގެ ކުށް ދޮންބެ ކައިރި ގަބޫލުކުރީތީ..” ސުހައިލް ސަނީމްގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ސާޒްއާއި ސާނިޔާ އެދިމާލަށް ފެންކަޅިވެފައި ބަލަން ތިއްބެވެ. “ދޮންބެ ވަރަށް މަސައްކަތް ކުރިން… ސަނީމްގެ އުޅުން އާޝާއަށް ދަސްކޮށްދެވޭތޯ.. ބޮޑަށް ހީކުރީ ސަނީމް ގެ އުޅުންކަމަށް ލިބޭނީ… އެކަމް ބުނަން އާޝާ އަކީ އާޝާގެ މަންމަކަހަލަ ކުއްޖެއް… މަޑުމައިތިރި… އެހެންމީހުންގެ އުފާތަކަށް ވިސްނާ ހެޔޮ ކުއްޖެއް…” ސުހައިލް ބުނެލިއެވެ. ސަނީމް ހިނިތުންވެލިއިރު ލޮލުގައި ވަނީ ކަރުނައެވެ. “ދޮންބެ.. އަޅުގަނޑުގެ ދަރިއެއްކަމުގައި ވިޔަސް…. ދޮންބެ އަކީ އާޝާގެ ހަޤީޤީ ބައްޕަ… ދޮންބެއަށް އިނގޭތަ.. އިޝާ އަށް އިޝާ ކީވެސް އޭނާގެ ދޮންތަ އާޝާ އާއި ގުޅުވަން.. އެދުވަހަށްފަހު ފޮޓޮއަކުންވެސް ނުފެނެ އާޝާއެއް.. ހިއެއްނުކުރަން އަހަރެންނާވެސް އެހާ… އެހާ ވައްތަރު ވާނެކަމަކަށް.. އިޝާ އާއި އާޝާ ވެސް އެހާ ވައްތަރު….” ސަނީމް ބުނެލިއެވެ. ސާނިޔާ އެމީހުންނާއި ގާތްވެލިއެވެ. “އާޝާ ހީވީ ސަނީމްއަށްވުރެ ސުހައިލްގެ ކުއްޖެއްހެން.. އެކަހަލަ ލޮލެއް … އިޝާ ވެސް އިންނަނީ އެކަހަލަ ލޮލެއްނު.. އެކަމް ނޭފަތާއި މޫނު އިންނަނީ ހަމަ ސަނީމްގެ..” ސާނިޔާ ބުނެލިއެވެ.

“އެކަމް ދޮންބެ ކީއްވެ ދޮންބެދައްތަ ކައިރި ނުބުނީ؟ ހަމަގައިމުވެސް ދޮންބެމެންގެ ގުޅުން މިހުރިހާ ދުވަހު ރަނގަޅުވެފައި އޮތިސް..” ސަނީމް އޭނާގެ ހިތުގައި އޮތް ސުވާލުކޮށްލިއެވެ. “ސަނީމްއަށް ކެތްވާނެތަ މިސާލަކަށް ސަނީމް ގެ އަންހެން ކޮއްކޮއެއް ހުއްޓާ އޭނާއަށް އޭނާގެ ފިރިމީހާ ބޭވަފާތެރިވިކަން އިނގުނީމަ؟ ނުވާނެ ހަމަގައިމުވެސް ދޯ.. އަނެއްކާ އޭރުންވެސް ސާޒްމެންގެ ގުޅުން ދޯ ކެނޑޭނީ.. ދެން ތިވާހަކަ ދައްކާނެ ކަމެއްވެސް ނެތް. މިހާރު އެކަން އެވީގޮތަކަށް ވެ ނިމުނީ.. ދޮންބެ ވަރަށް އުފާވެއްޖެ ސާޒް ވެސް އެކަން ހަނދާން ނައްތާލީމަ…. އަދި އުފަލުގައި އެކީ އުޅޭން ނިންމީމަ..” ސުހައިލް ސަނީމްގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. އެތަށް ދުވަހެއްފަހުން އެ އާއިލާ ފުރިހަމަ ވުމުން ފަޒީލާ ގެ ލޮލުން ކަރުނަ އައެވެ. ހިނިތުންވުމަކާއި އެކު އެމީހުންނަށް ބަލަން ދުރުގައި އޭނާ ހުއްޓެވެ. “ހުރިހާ ޝުކުރެއް އާޝާއަށް… އާޝާ ދެން އައީމަ ނުކެރޭނެ ދާކަށްވެސް… މި ފާއިތުވެ ދިޔަ އަހަރުގައި ނުދެވުނު ލޯބި ދޭނަން… ދެވުނު ހާ އަނިޔާތަށް ފޫބެދޭވަރަށް ލޯބި ދޭނަން..” ފަޒީލާ ބުނެލިއެވެ.

……

އޭގެ އަނެއްދުވަސް…

 

“ހަލޯ.. ހަ..ހަލޯ.. ބޭބޭ… އާޝާ… އާޝާ އެއް ނެތް.. އާޝާ ގޮއްސި… އާޝާ ގޮއްސި ބޭބޭ..” ހާސްވެފައި ހުރި އިޒާން ސުހައިލް ފޯނު ނެގުމާއި އެކު ވާހަކަދައްކަންފެށިއެވެ. “ކީކޭ؟ ކޮންތާކަށް ދިޔައީ؟؟” ސުހައިލް އަށް އެ ބުނި އެއްޗެއްގެ މާނައެއްނޭނގުނެވެ. “ބޭބޭ އާޝާ ދިޔައީ.. ނޭނގެ ކޮންތާކަށް ކަމެއް.. ލެޓަރ އެއް ބާއްވާފައި އާޝާ ދިޔައީ…” އިޒާން ބުނެލިއެވެ. އޭނާ އޭރު ތުރު ތުރު އަޅައެވެ. ސުހައިލް އިށީނދެ އިން ސޯފާއިން ތެދުވެވުނީ ކުއްލިއަކަށެވެ. “ވަޓް؟؟؟؟ ކޮންއިރަކު؟؟ ކިހިނެއް؟؟؟ އެކަމް އާޝާ ރޭގައިވެސް ވާހަކަ ދެއްކި…ކޮން ލެޓަރ އެއް؟” ސުހައިލް ހައިރާންވެފައި އަހާލިއެވެ. “ލަންކާއަށް އައުމާއި އެކު އޭޝް އުޅުނީ އޭޝްގެ ގެއަށް ދާން… އެކަމް އަޅުގަނޑު ބުނިން ބޭބެ އެ ގެ.. އެ ގެ ދޫކޮށްލައިފިޔޭ.. އެހެންވެ އަޅުގަނޑު ގެ ގޭގައި އިން ރޫމް އާޝާއަށް ދިނީ… އޭގެ ފަހުން އާޝާ ކޮޓަރިއަކުން ނުނިކުމެ…. ރޭގަނޑު ނިކުމެލާފަވެސް ވަނީ… އަޅުގަނޑު ހީކުރީ ވަގުތު ބޭނުންވަނީކަމަށް އެކަނި އުޅެން.. ދެން ހެނދުނު ވަރަށް އިރުވުމުން ގޮސް ދޮރުހުޅުވި އިރު އާޝާއެއް ނެތް.. އޮތީ ލެޓަރ އެއް އެނދުމަތީ..” އިޒާން ވީގޮތް ކިޔައިދިނެވެ.

ސުހައިލް ގެ އަޑު އިވިގެން ބަދިގޭގައި ހުރި ސާނިޔާއާއި ސާޒް ނިކުމެލީ ވެގެން އުޅޭގޮތެއް ހޯދާށެވެ. “ކީކޭ އޮތީ ލިޔެފަ؟؟” ސުހައިލް ބުނެލިއެވެ އެއަށްފަހު ހިންދިރުވާލިއެވެ. ސާނިޔާއާއި ސާޒް ހުރީ ވާނުވާގައި ސުހައިލްއަށް ބަލަންވެގެންނެވެ.

އިޒާން ފުން ނޭވައެއް ލިއެވެ. އަތުގައި އޮތް ގަނޑުކޮޅާއި ދިމާލަށް ބަލައިލިއެވެ. އޭނާގެ އަތާ އެއްވަރަށް ގަނޑުކޮޅުވެސް ތެޅެއެވެ. “އިޒާން… ޑޭޑް… އައި އެމް ގޮއިން… އައި ޖަސްޓް ކާންޓް ފިޓް ވިތު ޔޫ ޕީޕަލް…. އެންމެންނަށްވެސް ވަނީ އުނދަގޫ… ސޮރީ މިހެން ހަދަން ޖެހުނީމަ…. ލަންކާއަށް އައީވެސް ފަސޭހައިން ދެވޭނެ ގޮތެއް ލިބޭނީ އޭރުންކަން އިނގޭތީ… ޑޭޑް.. ހީކުރަން އަޅުގަނޑުގެ ޖާގަ އެއްވެސް މީހަކަށް ޑޭޑްގެ ދިރިއުޅުމުން ނުދޭނެކަމަށް.. އެކަމް އަޅުގަނޑު މަތިން މިސް ނުވަންޗޭ… އަޅުގަނޑު މިދަނީ ޑޭޑް ދެކެ ފެމިލީ ދެކެ ލޯބިނުވާތީކީނޫން…. މިދަނީ ވަރަށް ލޯބިވާތީ އެންމެންދެކެވެސް… އަޅުގަނޑަކީ ތިގެއާއި ތިގޭގެ އެއްވެސް މީހަކާއި ގުޅުން ހުރި ކުއްޖެއްނޫންކަން އިއްޔެއާއި ހަމާލަށް އެންމެންވެސް އައީ ދައްކުވައިދެމުން… އިހްސާސްކުރުވައިދެމުން… މިއަދު އަޅުގަނޑު ގަބޫލުކޮށްފިން.. އަޅުގަނޑަކީ ތި އާއިލާ އަށް ނިސްބަތްވާ ކުއްޖެއްނޫން.. ދައްތަ ބުނާހެން އެންމެންގެ ދިރިއުޅުމަށް ލިބުނު ވޭނެއް.. ޑޭޑް އަމް ސޮރީ…. އެކަމް މިގޮތަށް ކަންކޮށްގެން އަޅުގަނޑަށް ވެސް ހިތްހަމަޖެހޭނެ… އަޅުގަނޑުގެ ޑޭޑްއާއި ޑޭޑްގެ އާއިލާ އުފަލުގައި އުޅޭނެކަމުގެ ޔަޤީންކަން ލިބޭތީވެ.. ޑޭޑް އައި ވިލް ނެވަރ ފޮރގެޓް ޔޫ… ޔޫ އަރ ދަ ބެސްޓް ޑޭޑް އެވަރ…. އަޅުގަނޑުގެ ހަޤީޤީ ބައްޕައަކަށް ނުވުން އެއީ އަޅުގަނޑުގެ ބަދުނަސީބުވެރިކަން…. ޑޭޑް.. އަޅުގަނޑު ރޭގައި ތި އާއިލާގެ އެންމެ އަގުބޮޑު ދެ ހަޒާނާ ސަލާމަތްކޮށްދިނިން.. އޭގެ ބަދަލަށް އަޅުގަނޑު ބޭނުމީ އެންމެ ކަމެއް…. އަޅުގަނޑު ނުހޯދުން.. ކޮބައިތޯ ނުބެލުން…އާޝާ ކިޔާ ކުއްޖެއް ތި އާއިލާއަށް އައިކަންވެސް ހަނދާން ނައްތާލާ ރަނގަޅަށް އުޅުން…. ޑޭޑް ތެންކްސް ފޯރ އެވްރީތިންގް…. އަދި އެއްފަހަރު އަމް ސޮރީ…. އެން ޕްލީސް އަޅުގަނޑު ހޯދަން މަސައްކަތް ނުކުރާތި… ޑޭޑް އަޅުގަނޑަށް ހަރަދުކުރަން ތި ދިން ލާރި އަޅުގަނޑު އަމިއްލަ އަށް ލާރި ހޯދެން ފެށުމުން އަނބުރާ ދައްކައިދޭނަން އިން ޝާ ﷲ… އެއީ އަޅުގަނޑު ފުރަތަމަ ފަހަރަށް ޑޭޑްގެ ލާރިން ޑޭޑްގެ ހުއްދައަކާއި ނުލާ ކަމެއްކުރާތީ.. އަމިއްލަ ބޭނުމެއް ފުއްދާތީ.. މި ލާރިއަކީ އަޅުގަނޑު ޑޭޑްގެ އަތުން ނެގި ލޯނެއްކަމަށް ބަލައި.. އިރާދަފުޅާއި މިންވަރުފުޅުން މި ލޯނު އަދާ ކޮށްދޭނަން އަޅުގަނޑުގެ ލާރިން… އެން އައި ލަވް ޔޫ ސޯ މަޗް ޑޭޑް..

އިޒާން ޕްލީސް މީތި ޑޭޑްއަށް ޕާސްކޮށްދޭތި…. އެން ސޮރީ އިޒާން….. ތިއަށްވުރެ ރަނގަޅު ގާތް އެކުވެރިއެއް ދުވަހަކުވެސް ނުލިބޭނެ.. ތެންކިޔު ހުރިހާ ކަމަކަށް.. އެން ހާސްނުވޭ… އޭޝް ދެނެއް ނޫޅެން މަރުވާކަށް… ކޮޒް އައި ހޭވް ސޯ މެނީ މެމޮރީސް އޮފް އެވްރީވަން ހޫ ލަވްސްމީ ވިޗް ވިލް ޖަސްޓް ނޮޓް ލެޓް މީ ޑައި… ލޮޓްސް ލަވް… އާޝާ” އިޒާން ސިޓީ ކިޔައިނިންމާލި އިރު ހުރީ ރޮވިފައެވެ. ސުހައިލް އަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރިތާ ހުރެވުނެވެ.

ސާނިޔާ ސުހައިލްއަށް ގޮވާލީ އޭނާއަށް ވީގޮތް ފެނުމުންނެވެ. ސިހިފައި ސުހައިލް ސާނިޔާއަށް ބަލައިލިއެވެ. އެއަށްފަހު ސާނިޔާގެ ގައިގާ ބައްދާލީ އެ ދެލޮލުން ކަރުނަ އޮހޮރަމުންނެވެ. “ސުހައިލް ކިހިނެއްވީތަ؟؟؟ ސުހައިލް ހެޔޮނުވާނެ ބުނެބަލަ..” ސާނިޔާ ސުހައިލް އާއި ސުވާލުކުރަމުން ދިޔައެވެ. އިޒާންއަށް ކެތްނުވެގެން ފޯނު ކަނޑާލިއެވެ. އޭނާވެސް ހުރިތަނަށް ތިރިވެވުނެވެ. އާޝާ އަށް އެހާ ފަސޭހައިން ދެވުމުގެ ފުރުސަތު ހުޅުވުނީ އިޒާންގެ ސަބަބުންނެވެ. އިޒާންއާއި ހެދިއެވެ. އަމިއްލަ ނަފްސް ކުށްވެރިކުރަމުން އިޒާން ދިޔައީ ހިތާ ސިކުނޑިއާއި ދެމެދުގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ވެސް ކެތްނުވާތީއެވެ.

ސުހައިލް ކުރުގޮތަކަށް ސާނިޔާ ކައިރި ހުރިހާ ވާހަކައެއް ބުނެލިއެވެ. އޭރުވެސް އޭނާ އޮތީ ސާނިޔާގެ ކޮނޑުމަތީ ބޯ އަޅައިގެންނެވެ. އެ އަޑުއަހާފައި ސާނިޔާގެ އިތުރުން ސާޒްއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ދެމީހުންގެ ލޮލުން ކަރުނަ އައެވެ.

“ސުހައިލް ދެން.. ހުއްޓާލާ….. މާތް ﷲ އިރާދަފުޅުން ތަޤުދީރުގައި ލިޔެފައިވާނަމަ އާޝާ ލިބޭނެ.. އާޝާ ފެންނާނެ… ކެތްކޮށްލައިގެން ދުޢާ ކުރުން ނޫންކަމެއް ނޯންނާނެ..” ސާނިޔާ ބުނެލިއެވެ.

………………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަދިވެސް …

Next

3 ވަނަބައި

Next
August 29, 2016

3 ވަނަބައި

Previews
August 28, 2016

އަދިވެސް …

27 Comments!

  1. Ryn says:
    August 28, 2016 at 8:11 pm

    hello everyone…. here is the next part n its kuru… but dhn iny last part n it will b like 2000+ words…. eythi two parts ah split nukurevuny… so last part wil b next tuesday in sha Allah.. thnkywww for the endless support.. love u all 😉 tc

  2. sky says:
    August 28, 2016 at 8:21 pm

    Vvv nice …. asl ah vexx rovihje… nice .. waitng

  3. Sabeeha says:
    August 28, 2016 at 8:25 pm

    vv reethi..??

  4. Shaa xee says:
    August 28, 2016 at 8:27 pm

    Okay ryn…. waiting for next part.?. V reethi mi part vx. Aashaa ah dhera gotheh nahadhahcey…… izaan ah ashaa liben vaanee…. izaan v lobivey ashaa dheke.

  5. Shiny says:
    August 28, 2016 at 8:30 pm

    V salhi..

  6. Reesham says:
    August 28, 2016 at 8:31 pm

    Next part up vaany kn dhuvahakunn..???

    1. lai says:
      August 28, 2016 at 8:48 pm

      Thy thr vhk liyaa reesham aky

  7. Ninni says:
    August 28, 2016 at 8:33 pm

    Alhey…rovihjje hama.. aaaashaaa genesbr alun.. izaan n aasha gulhuvabr.. plxxxx.. e dhemeeehun gulhuvrrrr… eyrun story will b awesome.. ♡♡

  8. Xaa says:
    August 28, 2016 at 8:35 pm

    Vr vr reethi mi vahaka ?

  9. aal says:
    August 28, 2016 at 8:40 pm

    Damn ..this story ❤???..
    Avhah next part up khdhyyyy ??

  10. Nern.. says:
    August 28, 2016 at 8:43 pm

    VVVV reethi ??????

  11. eu says:
    August 28, 2016 at 8:47 pm

    Ohhhh..I just love

  12. hamnee says:
    August 28, 2016 at 8:59 pm

    “hamaalah: e wrng baheh… “hama ah” innaany.. v undhagu e bas nubai koh innaathy..
    btw vaahaka v nice <3

  13. Ayaath. says:
    August 28, 2016 at 9:23 pm

    Varah salhii. And hope kuran happy ending akah vaaneykamah.

  14. zoooo says:
    August 28, 2016 at 9:35 pm

    V v v v v reethi

  15. any says:
    August 28, 2016 at 11:21 pm

    Varah reethi mi baives..

  16. Aphy says:
    August 29, 2016 at 12:49 am

    Wow…..

  17. Meeko says:
    August 29, 2016 at 6:42 am

    Just ❤ this story.ummmmmmmmmmmmwaaxh ❤❤❤❤???

  18. Anonymous says:
    August 29, 2016 at 8:11 am

    ??

  19. Appy says:
    August 29, 2016 at 8:12 am

    Nice

  20. vishaa says:
    August 29, 2016 at 8:43 am

    vara reethi …

  21. ❤?????? says:
    August 29, 2016 at 8:57 am

    Haadha kurey

  22. Anonymous says:
    August 29, 2016 at 1:01 pm

    Hamnee I agree with u. Run kairy e bas rangalhu kohdheyn bune bune varubalivejje. Adhiwes rangalheh nukohdhin. BunaNchey ge badhaluga innany bunahchey, ebas wes wrong

  23. Anonymous says:
    August 29, 2016 at 1:02 pm

    Sorry Ryn*

  24. Shhh says:
    August 29, 2016 at 1:06 pm

    Mi story ga in dhe mistakes eh hamaalah rangalhu gothaky hama a’sh, bunanchey rangalhu gothaky bunahchey. Heyonuvaane Ryn mikan rangalhu kohdheebala. Kiyuntherin evarah bunaairuwes Ryn ekan rangalhu nukohdhe ????????????

  25. sam says:
    August 29, 2016 at 4:19 pm

    haadha reehcheyy

  26. Marin says:
    August 30, 2016 at 9:28 am

    Ryn kobaa story.??

Comments are closed.

Next Episodeއެދުނީމޭ ލޯތްބާއި އުފާ… ފަހު ބައި←


All Right Reserved!