Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 10

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 23, 2016 6 Mins Read
41 Comments

ގެއާއި ހަމާލަށް އައުމަށްފަހު އިޒާން އާޝާގެ އަތުން ދޫކޮށްލިއެވެ. އަދި އެތެރެއަށް ވަންނަން އާޝާއަށް ތަންދެއްކިއެވެ. އާޝާ ހިނިތުންވެލުމަށްފަހު އެތެރެއަށްވަނެވެ. ސިޓިންގް ރޫމްގައި އިން ސަނީމްއާއި ސާޒްއަށް އެމީހުން ވަތް ތަން ފެނުނެވެ. އާޝާ ސިއްރު ސިއްރުން ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަނެވެ. ސާޒްއާއި ސަނީމް އެދެމީހުންނާއި ދިމާލަށް ބަލައިލިއެވެ. އިޒާން އެމީހުންނަށް ހިނިތުންވެލުމަށްފަހު މައްޗަށް އަރަން ދިޔައެވެ. ނަމަވެސް އާޝާ ވަނީ ބަދިގެއަށެވެ. ފެންތަށްޓަށް ފެން އަޅާލާ ފެން ބޯލާފައި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ކުރިމަތީ ހުރި އިޒާން ފެނި އާޝާ ސިއްސައިގެން ދިޔައެވެ. އިޒާން ހޭންފެށިއެވެ. “ޔޫ ޝުޑް ނޮޓް ޑޫ ދެޓް.. ހާދަ ބިރުގަނެއްޖޭ.” ފުން ނޭވައެއް ބޭރުކޮށްލަމުން އާޝާ ބުނެލިއެވެ. “ބައިދަވޭ އިޒާން.. އެއްކަލަ ޖޮބް އޯ.. އޭޝްއަށް ލިބުނު ޖޮބް؟…” އާޝާ އަހާލިއެވެ. އިޒާން އާޝާއަށް ބަލައިލުމަށްފަހު ކޮނޑު އަރުވާލިއެވެ. އާޝާ ދެރަވިއެވެ. “އިޒާން.. ވީ ޝުޑް ލީވް ފުރޮމް ހިއަރ… މަންތެއް ފަހުން.. މިތާކު އަސްލުވެސް ނޫޅެވޭނެ.. އިޒާން އިނގޭތަ.. މާމަވެސް ބުނީ މާމައަށް މާމަ ނުކިޔާށޭ…. އެ އެންމެންނަކީވެސް މައި ފެމިލީ އެކަމް…..” އާޝާ ބުނެލީ އިޒާންއާއި އެއްވަރަށް ހިނގާފައި ދަމުންނެވެ. އިޒާން ބޯ ޖަހާލިއެވެ. އޭނާވެސް މިކަހަލަ ތާކު އާޝާ އުޅޭކަށް ބޭނުމެއްނުވެއެވެ. އާޝާ ފަޒީލާއަށް މަހަކަށްވާވަރަށް ލާރި ދެއްކި  ވާހަކަ  ބުނަން އުޅެފައިވެސް ނުބުނެއެވެ.

ދެމީހުން ދާދި އެއްވަރަކަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ގޭ އެއްވެސް މީހަކު އާޝާއަކާއި ރަނގަޅަކަށް ވާހަކައެއްނުދައްކައެވެ. ފަޒީލާއާއި ސާނިޔާގެ ކަމަކީ އަބަދުވެސް އާޝާއަށް އެއްޗެހި ކިޔުމެވެ. އޭނާ އެމީހުންގެ ހުއްދައާއި ނުލާ ފިޔަވަޅެއްވެސް އެޅޭކަމަކަށް ނުވަނީއެވެ.  ދުވަހަކަށްވުރެ ދުވަހެއް ދަނީ އެކަން ގިނަވަމުންނެވެ. ސުހައިލްވެސް ގިނަވަގުތު ބޭރުގައި އުޅޭތީ އެއިން ކަމެއް ވާ ކަންވެސް އޭނާއަށް ރޭކައެއްނުލައެވެ. އެންމެފަހުން ދިން އިންޒާރު އަށް ފަހު ސާނިޔާމެން އެއްޗެއް ނުބުނާނެކަމަށް އޭނާއަށް ހީކުރެވުނެވެ.

ގޭގައި އާޝާ ކުރަމުން ދިޔަ މަސައްކަތް ގިނަވާންފެށިއެވެ. ސާނިޔާއާއި ފަޒީލާ ޖެއްސުމަށް އާޝާއާއި ކަންތަށް ހަވާލުކުރަމުން ދިޔައެވެ. ސާޒް އެއްޗެއް ނުބުންޏަސް އާޝާއަށް ބައެއްކަންކަމުގައި އެހީވެދެއެވެ. ގޭގެ ކައިރި ހުންނަތަންތަން އާޝާ ދަސްކުރަމުން ދިޔައެވެ. ކައިރި ހުރި ފިހާރަތަކަށް އެކަނި ދެވޭވަރު ވިއެވެ. އާޝާއާއި އިޝާ އަދި އިސްރާގެ ގުޅުން ބަދަހި ވަމުން ދިޔައެވެ. ސާނިޔާ ގެ ރުޅިވެރި ބަސްތަކަށް މިފަހަރު އިސްރާ ސަމާލުކަމެއްނުދެއެވެ. ސަނީމްއާއި އާޝާ އާއި ސާޒްގެ މެދުގައި އޮންނަނީ ހަމައެކަނި ހަތަރުކަޅި ބައްދަލުކުރުމެވެ. ގިނަފަހަރު އާޝާ އިސްޖަހާލަނީ އެމީހުންގެ ފަރާތުން އޭނާ ބޭނުންވާ ކަހަލަ ގާތްކަމެއް ނުލިބޭނެކަން އިނގޭތީއެވެ. އިޒާންއާއި އާޝާގެ މެދުގައި އޮތް ގުޅުންވެސް ގާތްވަމުން ދިޔައެވެ. އިޒާން އޭނައަށް ވާވަރަކުން އާޝާ އުފަލުގައި ބެހެއްޓޭތޯ ބަލައެވެ. ނަމަވެސް ގޭގައި ކަންތަށް ހިނގާގޮތުން އާޝާ އަށް ވާނެވަރުއޭނާއަށްވެސް އިނގެއެވެ.

……….

އެއްދުވަހެކެވެ. ފަޒީލާ ބުނި ފަދައިން ރޭގަނޑަށް ވާވަރަށް ކައްކާ ނިންމާލުމަށްފަހު އާޝާ ކޮޓަރިއަށް ދާން ހިނގައިގަތީ އަވަހަށް ނަމާދުކުރުމުގެ ބޭނުމުގައެވެ. “އާޝާ… ކޮންތާކަށް މާ އަވަހަށް ތި ދަނީ؟ ކައްކާ ނިމުނީތަ އެހާ އަވަހަށް؟” ނުރުހުމާއި އެކު ސިޓިންގްރޫމްގައި ޓީވީ ބަލަން އިން ފަޒީލާ ބުނެލިއެވެ. އާޝާ ހުއްޓިލުމަށްފަހު ހިންދިރުވާލިއެވެ. “ނަ..ނަމާދުކުރަން…” އާޝާ ބުނެލިއެވެ. “ކޮން ނަމާދެއް ކިޔާކަށް.. މަށަށް ޔަޤީން އެއްކަމެއްވެސް ނުކުރާކަށް.. އަބަދު ފިރިހެނަކު ފަހަތު އަޅުވައިގެން އުޅޭއިރު ދީނާ ކޮން ގާތެއްތަވެވޭނީ.. މަށަށް ޔަޤީން މިހާރު އެ މީހާގަނޑާއި އެކު ނުކުރާކަށް ކަމެއް ނޯންނާނެކަން..” ފަޒީލާ ބުނެލިއެވެ. އާޝާ ގެ އަނގަ ހުޅުވުނީ ލިބުނު ހައިރާންކަމުގެ ސަބަބުންނެވެ. އެފަދަ އެއްޗެއް ފަޒީލާ ހިތަށް އެރީތީވެސް އޭނާ ހައިރާންވިއެވެ. “ނު..ނޫން.. އަޅުގަނ… އެއީ….” އާޝާ އެހެން ބުނެލުމަށްފަހު ހުއްޓާލީ ފަޒީލާ އާޝާއާއި ދިމާލަށް އަންނަތަން ފެނި ގަތްބިރެއްގެ ސަބަބުންނެވެ. “މިގެއަށް ފިރިހެނުން ގެނެސްގެން ކުޅޭ ކުޅި އެބައިނގެޔޭ… ގައިގާ ހޭކިގެން ނޫނީ ހިނގޭކަމަކަށްވެސް ނުވޭ…” އާޝާއާއި ދިމާލަށް ފަޒީލާ އެހެން ބުނެލިއެވެ. “މާމާ ޕްލީސް.. އެއީ އޭޝް ގެ ބެސްޓް ފްރެންޑް އެން އޭޝް ގެ ޑޮކްޓަރ… ތިކަހަލަ އެއްޗެހި ބުނަން ހެޔޮވެސް ނުވާނެ…” ސިޑިން ފައިބައިގެން އައި އިސްރާ ބުނެލިއެވެ. އިސްރާގެ ފަހަތުން އިޝާވެސް އައެވެ.
“އިސްރާ މަޑުން ހުރޭ…. އިސްރާއަކަށް ނޭނގޭނެ އަދި ބުނަން މަގޭ އެއްޗެއް ބުނާއިރަށް އޭގެ އިދިކޮޅަށް ނުވާނެ ހިފައިގެނެއް… މިހިރަ އަންހެނާއަކީ އިސްރާއާއި އިސްރާގެ މަންމަގެ ދިރިއުޅުން ހަލާކު ކުރި މީހާގެ ދަރި އެއްކަމެއް އިސްރާއަކަށް ނޭނގޭތަ؟؟” ފަޒީލާ ބުނެލީ އާޝާއާއި ދިމާލަށް އިނގިލިދިއްކޮށްލަމުންނެވެ. އޭނާގެ އަޑުކުރިއަށްވުރެ ބާރުވިއެވެ.  އާޝާ އިސްޖަހާލައިގެން ހުރެ ރޮވުން ނޫންކަމެއް ނުކުރެވުނެވެ. ކަރުނައަކަށް ފަހު ކަރުނައެއް އެ ދެލޮލުން ފައިބަމުންދިޔައެވެ. އެއިން ކޮންމެކަމެއްވެސް  އޭނާ ގަބޫލުކުރަމޭ  ހިތާހިތުން އޭނާ ކިޔަމުންދިޔައެވެ.

“އަޅުގަނޑަށް ރަނގަޅަށްވެސް އިނގޭ އޭޝް އެއީ ކާކުކަން… އަޅުގަނޑުގެ އެއްބަފާ ކުއްޖެކޭ މީ މާމާ.. އަޅުގަނޑު ގެ ކޮއްކޮއެއް…. އެހެން ނޫނަސް އަޅުގަނޑެއް ނޫން މިއުޅެނީ ކީ ނޭނގިގެން.. މާމައަށް… މާމައަކަށްނު ނޭނގެނީ މީ މާމަގެ ލޭ ހިނގާ ކުއްޖެއްކަން.. މާމަގެވެސް ދަރިއެއްކަން.. ސޯ ޕްލީސް އަޅުގަނޑަށް ތި ގުޅުންތަށް ދަސްނުކޮށް…………….” އިސްރާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އޭނާގެ ކޯމައްޗަށް އެރި ހޫނު ހަމަލާއެއްގެ ސަބަބުންނެވެ. އިސްރާ ކުރިމަތީ ހުރި ސާނިޔާއަށް ބަލައިލެވުނީ ސިހިފައެވެ. “މަ..މަންމާ!!!!” އިސްރާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ސާނިޔާ އިސްރާގައިގާ ޖަހާފާނެކަމަކަށް އޭނާ ހިއެއްވެސް ނުކުރެއެވެ. އާޝާގެ އިތުރުން އިޝާވެސް ސިހިފައި ސާނިޔާއަށް ބަލައިލެވުނެވެ. “މިއަދު ހެޔޮ އަޅުގަނޑު ބުނަން ބޭނުން އެއްޗެއް…….” “އި..އިސްކޮ ޕްލީސް..” އާޝާ އިސްރާގެ އަތުގައި ހިފާލަމުން އިސްރާ ހިފެހެއްޓުވިއެވެ. އޭނާގެ ސަބަބުން އިސްރާއަށް ކަމެއްވާކަށް އޭނާ ނޭދެއެވެ. ނަމަވެސް އިސްރާ އޭނާގެ އަތް ދަމައިގަތެވެ. “ނޯ އޭޝް…” އިސްރާ ބުނެލިއެވެ. “އިސްކޮ!! ޕްލީސް ޕްލީސް… މާމައާއި ދިމާލަށް އެ..އެއްޗެހި ނުވާނެ ބުނާކަށް…. އެއީ މާތްބައެއް… މާމައެކަނިއެއްނޫން… އިސްކޮގެ މަންމަވެސް… އިސްކޮ ޕްލީސް ދެން…. ޕްލީސް.” އާޝާ އިސްރާގެ އަތަށް ދަމަމުން ބުނެލިއެވެ. އަޑުވެސް ކިރިޔާ އަނގައިން ނިކުންނަކަމެވެ.  ފަޒީލާއަށް އާޝާގެ އެ މައުސޫމް މޫނަށް ބަލައިލެވި ހިމޭންވެވުނެވެ. މިވީ ހަފްތާގެ ދުވަސްތަކުގައި އާޝާގެ ކިބައިން ފަޒީލާ އެންމެ ބޭނުންވާ އުޅުން ތަށް ވަނީ ފެނިފައެވެ. އާޝާގެ ރަނގަޅުކަން ވަނީ ފެނިފައެވެ. ނަމަވެސް އެކަން ޤަބޫލުކުރަން އޭނާ ނޭދެއެވެ. ކޮންމެގޮތެއްވިޔަސް އެއީ ސާނިޔަގެ ދިރިއުޅުން ބަރުބާދުކުރުވި ހަމައެކަނި އިންސާނަގެ ނިޝާނެވެ. މިގޭގެ ނަން ހަޑިކުރާނެ ހަމައެކަނި މީހާއެވެ.

“މަށާއި މަގޭ ދަރި ވެސް ދުރުވެއްޖެ… ފިރިމީހާވެސް ދުރުވެއްޖެ.. މިހުރިހާ ކަމެއްވެސް މިވަނީ މިހިރަ އަންހެނާއާއި ހެދި..” އާޝާގެ ގައިގާ ޖަހަން ސާނިޔާ އެއްލި އަތުގައި މީހަކު ހިފަހައްޓާލިއެވެ. އާޝާ ދެލޯ މަރާލައިގެން އިރުކޮޅަކު ހުރުމަށްފަހު ލޯ ހުޅުވާލީ ކުއްލިއަކަށް އެންމެންގެ އަޑު މަޑުވެގެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ސިހިފައި އެންމެންނަށްވެސް ހުރެވުނީ ސާނިޔާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ސަނީމްއާއި ދިމާ ބަލަންށެވެ. ސަނީމް ސާނިޔާގެ އަތް ދުރަށްލިއެވެ.

ބޭރުން ގެއަށް ވަތް ސުހައިލްއަށް އެމަންޒަރު ފެނި ހުރި ފިޔަވަޅު މަތީ ހުރެވުނެވެ. އެ ދުވަސް އައީކަން އޭނާއަށް އިނގުނެވެ. ހިތުގައި ބިރުވެރިކަން އުފެދުނީ އެކަމުގެ ސަބަބުން އަންނާނެ ބަދަލުތަކާއި މެދު ވިސްނާލެވުމުންނެވެ.

“އަހަރެންގެ ދަރިފުޅު ގައިގާ ނުވާނެ އިނގިލި ކުރި ޖައްސާލައިގެންވެސް..” ސަނީމް ބުނެލީ ސާނިޔާއާއި ދިމާލަށް އިނގިލިދިއްކޮށްލަމުންނެވެ. އެންމެންނަށް ލިބިގެން ދިޔަ ހައިރާންކަމުގައި ސަނީމްއަށް ބަލަން ހުރެވުނެވެ. “ކީކޭ؟؟؟” ފަޒީލާ ސަނީމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސަނީމް ސިޑިމަތީ ހުރި ސާޒްއާއި ދިމާލަށް ބަލައިލިއެވެ. ސާޒް ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. އާޝާ ގެ ކަރުނަތަށް ލޮލުތެރޭގައި ހިފެހެއްޓިފައި ހުރިއިރު އޭނާގެ ނަޒަރު ވަނީ ސަނީމްއަށެވެ. އެ ބުނި އެއްޗެއްގެ މާނަ ނަގާކަށް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. ސަނީމް ފުން ނޭވައެއް ދޫކޮށްލިއެވެ.

“އާނ!!! އާޝާ އަކީ އަހަރެންގެ ކުއްޖެއް… އަހަރެންގެ ފަރާތުން އަހަރެންގެ ސަބަބުން މި ދުނިޔެއަށް އުފަންވި ކުއްޖެއް…. ނަހަލާލު ގުޅުން ހިންގީ އަހަރެން…. އާޝާއަށް ބަނޑުބޮޑުވިކަން އެނގުމަށްފަހު އަހަރެންވަރަށް ހާސްވި.. އެކަމަކު އާޝާގެ މަންމަ ބޭނުމެއް ނުވި އަހަރެންގެ ދިރިއުޅުމަށް ވަންނާކަށް.. އެއީ މާތް ހެޔޮ އިންސާނެއް… އާނ..! ކުށެއް ކުރެވުނު… ދެމީހުންނަށްވެސް ކުރެވުނު.. އެކަމް އާޝާގެ މަންމަ އަހަރެންދެކެ ވަރަށް ލޯބިވެ…. އާޝާ އަށް ބަނޑުބޮޑުވިކަން އެނގި އަހަރެން ހާސްވުމުން އާޝާގެ މަންމަ ވަގުތުން އަހަރެންނާއި ގުޅުން ކަނޑާލި…. އަހަރެންގެ ދިރިއުޅުން ހަލާކުވެދާނެތީ… އެކަމު ތަޤުދީރު ނިޔާކުރިގޮތް…. 9 މަސް ފަހުން އާޝާ ވިހި ރޭގައި ދިމާވެސްވީ އެވެސް އިއްތިފާގަކުން… މި ދެ އަތްމައްޗަށް އާޝާ ލާފައި ދުނިޔެ ދޫކޮށްފައި ދިޔައީ….  އެކަމް ކިހިނެއް އެ ދަރިފުޅު ގޮވައިގެން ގެއަށް އަންނާނީ؟؟  ސާޒް ކުރިމައްޗަށް އަރާފައި ތެދުބުނާނީ؟ އެހާ ހިތްވަރެއް ގަޔަކު ނެތް.. ދޮންބެއަށް ގުޅީ އެހީ އެއް ލިބޭތޯ… ދޮންބެ އެ ދަރިފުޅު އަތުން ނެގުމާއި އެކު އެއީ އަމިއްލަ ދަރިފުޅެއްކަމުގައި ދެކެންފެށި…. އަހަރެންނާއި އެކީ ގުޅުން ކަނޑާލުމަށްފަހު ފުރައިގެން ދިޔައީ އަހަރެންގެ ދިރިއުޅުމަށް އުފާވެރި ދުވަސްތަކެއް ދައްކުވައިދޭން..  އެކަމު އޭގެ ބަދަލަށް ދޮންބެއަށް ލިބުނީ ކޯޗެއް؟ ދޮންބެއާއި މި ވީ އެއްވެސް ދުވަހަކު ވާހަކައެއް ނުދައްކަން އެކަމު އިނގޭ ވާނުވާ ދޮންބެގެ ދިރިއުޅުމުގައި… ދޮންބެދައްތަ ދޮންބެއަށް އެއްޗެހި ކިޔާވަރު.. ދޮންބެދައްތަމެންގެ މެދުގައި އެޅިފައި އޮތް ފާރު….. މި ހުރިހާ އަހަރު ދޮންބެ އުޅުނީ ކޮއްކޮގެ ދިރިއުޅުން ސަލާމަތްކުރުމަށްޓަކައި ކޮއްކޮގެ ނަހަލާލު ދަރިއެއް ބަލައިގެން… ބޭވަފާތެރި ނުބައި މީހެއްގެ ނަންބޯޑު އަޅުވައިގެން…. ދޮންބެދައްތާ.. މަންމާ.. މީ އަހަރެންގެ ދަރިއެއް… އެކަމް އަހަރެން ހަމައެކަނި މި ދުނިޔެއަށް ގެނައިކަން…. ދޮންބެ ނުބެލިނަމަ…. ދޮންބެ މި ދަރިފުޅު ގަބޫލުނުކުރިނަމަ….” ސަނީމް އޭނާގެ ވާހަކަ ހުއްޓާލިއެވެ. ސާޒްއާއި ދިމާލަށް އޭނާ އަނެއްކާވެސް ބަލައިލިއެވެ. އޭރު އޭނާގެ ލޮލުގައި ވަނީ ތާޒާ ކަރުނައެވެ.  ނަމަވެސް ސާޒް އަކީ އޭނާގެ ހިތްވަރެވެ.

ބަހެއްވެސް ބުނެނުލާ އެންމެންނަށްވެސް ތިބެވުނީ ހިމޭންވެފައެވެ. ދެންމެ އެ އިވިގެން ދިޔަ ބަސްތަކަށް ދޭނެ ރައްދެއް ނޭނގިފައެވެ. “ސާ..ސާޒްއަށް އިނގޭތަ؟؟” ފަޒީލާ އަހާލީ ސަނީމްއާއި ސާޒްގެ ދެމެދުގައި ބަދަލުވެގެން ދިޔަ ނަޒަރުގެ ސަބަބުންނެވެ. ދޮރުމަތީ އިސްޖަހާލައިގެން ހުރި ސަނީމް ސާޒްއަށް ބަލައިލިއެވެ. ސާޒް ބޯޖަހާލިއެވެ. “ދެ..ދެން ކީއްވެ ނުބުނީ ސާޒް؟؟؟؟ ކީއްވެ ނުބުނީ… އަހަރެން މުޅި ދިރިއުޅުމުގައި މި ބަދު ދުޢާ ކޮށް އެއްޗެހި ކިޔުނީ ކުށެއްނެތް ދެމީހަކަށްތަ؟؟…” ސާޒްއާއި ދިމާލަށް ބަލާލަމުން ސާނިޔާ ބުނެލީ އަނގަމަތީ އަތްއަޅަލަމުންނެވެ. އޭނާ ހުރީ ބު1ނާނެ އެއްޗެއް ވިސްނާނެ އެއްޗެއް ނޭނގިފައެވެ. “ސާޒް އަށް އިނގުނީ އަހަރެން މިއަދު ބުނީމަ.. އެކަމް ސާޒް އަކީ ދޮންބެ ދައްތައެއްނޫން.. ފިރިމީހާ ކުރި ކުށް ގަބޫލުކޮށް އިތުބާރު ކުރަން އިނގޭ ރަނގަޅު އަނބިއެއް… އިނގޭ ސާޒް ދެރަވިކަން … އަދިވެސް ދެރަވެފައި ކަން އެ ހުރީ އެކަމް ދިރިއުޅުމުގައި އެ އެޅޭ ކަތި ފިޔަވަޅުތަކެއް ސީދަލެއް ނުކުރެވޭނެ… ކުށް ރަނގަޅު ކުރެވޭނީ އެ ކުށް ޤަބޫލުކޮށްގެން..އެކީ އުފަލުގައި އުޅެވޭނީ މާފްކޮށްގެން..” ސަނީމް ބުނެލިއެވެ. ސަނީމްއާއި ދިމާލަށް ބަލަން ހުރި އާޝާ ބިންމައްޗަށް ތިރިވެވުނެވެ. އަޑެއް ބޭރުނުވިއެއްކަމަކު އޭނާ ދިޔައީ ރޮމުންނެވެ. އާޝާ މޫނުމަތީ އަތްއަޅާލިއެވެ. އިޝާއަށާއި އިސްރާއަށް ލިބުނު ހައިރާންކަން ކުޑައެއްނޫނެވެ. އިސްރާގެ ދެލޯ ކުރިމަތީ ސިފަވެގެން ދިޔައީ މި ވެތުވެދިޔަ އަހަރުތަކެވެ. އޭނާގެ މަންމަ އާޝާއަށް ކުރިކަންތަކެވެ.

އެންމެންނަށް އެއްފަހަރާ އާޝާއާއި ދިމާ ބަލައިލެވުނެވެ. ކައިރި ހުރި ސަނީމް އާޝާގެ ނަގަން ގުދުވާން އުޅުނެއްކަމަކު ސުހައިލް ހިނގާފައި އާޝާއާއި ދިމާލަށް އަންނަތަން ފެނުމާއި އެކު ސަނީމް ދުރަށް ޖެހިލިއެވެ. ސުހައިލް ހުރިގޮތުން އޭނާއަށްވެސް ކަން ހިނގައިދިޔަ ގޮތް ފެނިފައިވާކަން ޔަޤީނެވެ. ސުހައިލް އާޝާއާއި އެއްވަރަށް ތިރިވެލިއެވެ. “ޕްރިންސެސް..؟” އާޝާގެ ބޮލުގައި ފިރުމާލަމުން ސުހައިލް ބުނެލިއެވެ. އެންމެންގެ ނަޒަރު އޭރުވަނީ އާޝާއަށެވެ. ސުހައިލް ނޫންމީހަކަށް އާޝާ ހަމައެއްނުޖެއްސުވޭނެކަން އެއީ އެންމެންނަށްވެސް އިނގޭ ހަޤީޤަތެކެވެ.  އެންމެންނަށް އެ ތެދު އިނގިގެން ދިޔައީ ބޮޑު ބޮމެއްފަދައިންނެވެ. އެންމެންގެ ހިތުގެ ހަމަޖެހުން ގެއްލުވާލިއެވެ. އެ ފަކީރަށް ވާނެ ގޮތް ވިސްނާލެވުމުން ހިތުގައި އާޝާއާއި މެދު އޮތް ނަފުރަތުގެ ހުޅުކޮޅުތަކަށް ފެން އެޅުނެވެ. ސާނިޔާ އަށް ސުހައިލް ފެނުމާއި އެކު އޭނާއަށް ކުރެވުނު ކަންތަށް އިހްސާސްވިއެވެ. އާޝާ ފަދަ ކުއްޖަކަށް ދެވުނު އަނިޔާ އަންދާޒާކޮށްލެވުނެވެ.

“ޑޭޑް..” އާޝާ ރޮއެގަންނަމުން ސުހައިލްގެ ގައިގާ އޮޅުލައިގަތެވެ. “ނޯ ނޯ…. ނޯ ޑޭޑް.. ނޯ…” އާޝާ ރޮމުން ރޮމުން ސުހައިލް ކައިރި ބުނަމުން ދިޔައެވެ. “ޕްލީސް.. ރިލޭކްސް ބޭބީ ގާލް… އިނގޭ ޝޮކުވާނެކަން އެކަމް އިނގެއެއްނު ސްޓްރެސް ވާން އޭޝްއަށް މަނާ ކޮށްފަވާކަން…” ސުހައިލް އާޝާގެ ގައިގާ ފިރުމަމުން ބުނެލިއެވެ. އެންމެންގެ ލޮލުން ކަރުނަ ހިލުނީ އާޝާއަށް ވާނެވަރު އިނގޭތީއެވެ. މިހުރިހާ ދުވަހު އާޝާއާއި އެއްކޮޅަށް ދެގޮތެއް ނުވެ ހުރީވެސް އާޝާއާއި ގުޅުމެއް ނެތް މީހެކެވެ. “ނޯ ޑޭޑް… މީ ޑޭޑް ގެ ދަރިއެކޭ ބުނޭ ޕްލީސް ޑޭޑް..ޕްލީސް ޑޭޑް… ޕްލީސް…” އާޝާ އަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ސަނީމްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ޔެސް ޔެސް ޕްރިންސެސް.. ތީ ބައްޕަގެ ދަރިއެކޭ… އެކަކަށްވެސް އެކަން ބަދަލެއް ނުކުރެވޭނެ.. ކުރެވޭކަށްވެސް ނޯންނާނެ… ޔޫ އަރ މައި ޕްރިންސެސް އޯކޭ..؟” ސުހައިލް އާޝާ ކައިރި ބުނެލީ އޯގާތެރިކަމާއި އެކުގައެވެ. ސުހައިލް އާޝާ ދުރަށް ޖައްސާލިއެވެ. އަދި އާޝާގެ ކަރުނަތަށް ފޮހެލަދިނެވެ. ނަމަވެސް އެ ކަރުނަތަކުގެ ޖާގަ ހޯދަމުން އާ ކަރުނަތަށް ފައިބައިގެން ދިޔައެވެ. “ތީ ހަމައެކަނި ބައްޕަގެ ކުއްޖެއް.. އިނގޭ؟” އާޝާ އާއި ހަތަރު ކަޅި ހަމަކޮށްލައިގެން އިން ސުހައިލް ބުނެލިއެވެ. އާޝާ އާއެކޭ ބުނެލަމުން ބޯ ޖަހާލިއެވެ. އަނެއްކާވެސް ސުހައިލް ގައިގާ ބައްދާލައިގެން އޮތީ ދެންމެ އިވިގެން ދިޔަ ބަސްތަށް އަދިވެސް ގަބޫލުކުރަން ނޭދޭތީއެވެ. ސަނީމް އަށް އެގޮތްވެސް އެންމެ ރަނގަޅެވެ. އަމިއްލަ ދަރިފުޅު އުފަލުގައި އުޅޭނީ ސުހައިލްގެ ކައިރީގައިކަން އޭނާއަށް އިހްސާސްވިއެވެ. މިހުރިހާ އަހަރުތަކުގައި ވެސް އެ އުޅުނީ އުފަން ބައްޕަގެ ބެލުމުގައެއް ނޫންތާއެވެ.

 

ސާނިޔާ ސުހައިލް ކައިރިއަށް ޖެހިލިއެވެ. ނަމަވެސް ސުހައިލް ސާނިޔާއާއި ދިމާލަށް އަތްދިއްކޮށްލުމަށްފަހު މަޑުކުރުމަށް އެދުނެވެ. ސާނިޔާ ހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ. ފަޒީލާ އަށް ހުރެވުނީ ކުރާނެ ކަމެއް ނޭނގިފައެވެ. އިޝާ ސާޒްއަށާއި ސަނީމްއާއި ދިމާލަށް ބަލައިލިއެވެ. އަދި އާޝާއަށް ބަލައިލިއެވެ.

ތިރީގައި އަޑުގަދަވެގެން ތިރިއަށް ފައިބަން ސިޑިކައިރި ހުރި އިޒާން އަށް ވެސް ހުރެވުނީ އެންމެންގެ މޫނުމައްޗަށް ބަލަންށެވެ. އޭނާއަށް އާދެވުނީ ސަނީމްގެ ވާހަކަތަށް ނިމުމުން ކަމުގައިވިޔަސް އެމީހުންގެ ހަރަކާތް ހުރިގޮތުން އެ ސިއްރު އެނގުނީކަން އިޒާންއަށް އިނގުނެވެ. އާޝާ އިންގޮތުން އޭނާއަށް ކޮށްފައިވާ އަސަރު އިޒާންއަށް އިހްސާސްވިއެވެ.

“ސާނިޔަ ތީ ދުވަހަކުވެސް އަހަރެމެންނަށް ރަނގަޅުގޮތް އެދުނު އަންހެނެއްނޫން.. ހާއްސަކޮށް އާޝާއަށް… އެހެންވީމަ ޕްލީސް…..” ސުހައިލް ބުނެލިއެވެ. އާޝާ ވަގުތުން ސުހައިލް އާއި ދުރަށް ޖެހިލިއެވެ. “ނޯ ޑޭޑް.. ނޯ… ދަ..ދައްތަ އަކީ ޑޭޑް ގެ އަންހެނުން.. އަ..އަޅުގަނޑު ގޮސްދާނަމޭ… އަޅުގަނޑަށް. އޯކޭ…. މީ އަޅުގަ.ނޑު ގެ ގެއެއްނޫނޭ ޑޭޑް.. މީ…. މީ އަޅުގަނޑާއި އެއްވެސް ގުޅުމެއް އޮތް ބައެއްވެސް ނޫނޭ…. މިހާރު.. މިހާރު ޑެ..ޑޭޑް އާއިވެސް ގުޅުމެއް ނެތްކަން އި..އިނގުނީނު.. އަޅުގަނޑު ނިސްބަތްވާ ގެއެއްވެސް ނޫން… ދައްތަ އާއި ޑޭޑް ދުރުނުވޭބަ ޕްލީސް.. އަޅުގަނޑުގެ ސަބަބުން އަނެއްކާވެސް… ޕްލީސް ޑޭޑް.. އަޅުގަނޑު ޕްރޮމިސް ކުރަން.. އަޅުގަނޑު މާދަމާ ފުރައިގެން ދާނަން.. އެއްވެސް އުނދަގުލެއް ނުކުރާނަން.. ނުވެސް ވަންނާނަން އެކަކު ދިރިއުޅުމަކަށްވެސް.. ޕްރޮމިސް.. ދައްތާ… އަޅުގަނޑު ދެން ނާންނާނަން…. ދައްތަ ޕްލީސް ޑޭޑް ކައިރި ބުނޭ… ޕްލީސް…ޑޭޑް ޕްލީސް… ދައް..ދައްތަ ދުރުނުކުރާތި.. ޕްލީސް ޑޭޑް.. އަޅުގަނޑުގެ ސަބަބުން މާމަމެންނާއި ވެސް ދުރުގައި އުޅެފީމެއްނު 20 އަހަރު ވަންދެން.. އަޅުގަނޑަށް އިނގިއްޖެ މިހާރު ޑޭޑް ރާއްޖެ ނާންނަނީ ކީއްވެކަން އެކަންވެސް ގުޅިފައިއޮތީ އަޅުގަނޑާއި… ޑޭޑް ގެ ހުރިހާ ކަމަކަށް ހުރަސްއަޅަނީ އަޅުގަނޑު.. އެކަމް ޑޭޑް… ނޯ.. މިހާރަކު ނޫން.. ދެން ނިމުނީ… އަޅުގަނޑު ދެން ދާނަން.. ޑޭޑްއަށްވެސް އުނދަގުލެއް ނުކުރާނަން.. އެކަމް އަޅުގަނޑު އަބަދުވެސް މީ… ޑޭޑް ގެ ޕްރިންސެސް. އެހެންމީހެއްގެ އެއްނޫން… ނުވެސް ވެވޭނެ.. ނުވެސް ވާނަން.. މީ ޑޭޑްގެ އެކަނި ކުއްޖެއް…. ތީ ހަމައެކަނި އަޅުގަނޑުގެ ޑޭޑް…” އާޝާ ބުނެލިއެވެ. އެއަށްފަހު ކޮޅަށް ތެދުވެލުމަށްފަހު ބޭރަށް ދުއްވައިގަތެވެ. އިސްރާއާއި އިޝާ ސުހައިލްގެ އެދުމަށް އާޝާގެ ފަހަތުން ދިޔައެވެ. އޭނާ ދައްކަންވެފައިވާ ވާހަކަތަށް އިސްރާއާއި އިޝާ ހުއްޓާ ނުވެސް ދެއްކޭނެކަން އޭނާއަށް އިނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިންސާފް.. 23 ވަނަ ބައި…

Next

ނުހައްޤު ލޯބި (7 ވަނަ ބައި)

Next
August 24, 2016

ނުހައްޤު ލޯބި (7 ވަނަ ބައި)

Previews
August 23, 2016

އިންސާފް.. 23 ވަނަ ބައި…

41 Comments!

  1. Ryn says:
    August 23, 2016 at 5:30 pm

    hey guys here is the next part.. n i guess there r just 3 more parts for this story.. n yeah m 1st o.. i feel very special thnkx for everyone who reads n loves my story 😉 enjoy tc

    1. Aanaa says:
      August 23, 2016 at 9:54 pm

      Very nice. Rovijje

  2. bad girl?? says:
    August 23, 2016 at 5:32 pm

    Hehehe ryn im second

  3. bad girl?? says:
    August 23, 2016 at 5:33 pm

    Varahhhhh reethi ingey ekam suhail ge part thahh kiyaa hithehh nuvey

    1. bad boy says:
      August 24, 2016 at 10:14 am

      bad girl keehve suhail ge part tha kiyaa hiyy nuvanee???

    2. Bad girl?? says:
      August 24, 2016 at 8:20 pm

      Thats not ur business mind ur own businesa okay?

  4. sabeeha says:
    August 23, 2016 at 5:37 pm

    nice..??
    geaa hamaala eh nooonn geaa. hama ah

    1. haha says:
      August 23, 2016 at 5:40 pm

      Sabeeha hurihaa vaahaka ehh kiyann dho?

    2. sabeeha says:
      August 23, 2016 at 6:07 pm

      dhen nukiyan v tha?

    3. Haha says:
      August 24, 2016 at 8:19 pm

      Hm nukiya

    4. Sabeeha says:
      August 24, 2016 at 9:21 pm

      haha… thyna v
      tlk kuraagoiy haadha vahttarey myhaka..?

  5. Rishh says:
    August 23, 2016 at 5:40 pm

    Salhi

  6. Ashi says:
    August 23, 2016 at 5:42 pm

    Oh varah reethi hama bunaane ehchehvex nengifa mi iny..witinn for next part

  7. HaaZii says:
    August 23, 2016 at 5:43 pm

    alhey vvv reethi..rovihje.vvv nice.
    aneh part when up kurani

  8. Mona says:
    August 23, 2016 at 5:46 pm

    Wow…..so touching…..rovije…
    Waiting for next part

  9. Zaanaa says:
    August 23, 2016 at 6:00 pm

    Vvvv deraravehje hama rohvaalaife

  10. Elena says:
    August 23, 2016 at 6:13 pm

    Vrh reethi…..???

  11. Shaa xee says:
    August 23, 2016 at 6:16 pm

    Wow….. v reethi mi part. Waiting for next part.? bunaane ehcheh vx neyngifa mi inee mi v gothun…. surprise…….

  12. Marsh says:
    August 23, 2016 at 6:23 pm

    V emotional story eh mee… V nice

  13. Meera says:
    August 23, 2016 at 7:04 pm

    v asaru gadha part eh. vv nice

  14. Dh@h@ says:
    August 23, 2016 at 7:11 pm

    Rovihjeh….v v v rythi..watin next part…alhe avaha up kohdheychey…

  15. ken? says:
    August 23, 2016 at 7:15 pm

    i already head a doubt on saneem from de beginning….hehe…so i did nt get surprised by hearing dat aasha is his daughter…but next parts thakuga izaan menge bai genaiyyaa maa rangalhuvaane…heheh…hope this one will b a happy ending…

  16. aal says:
    August 23, 2016 at 7:32 pm

    Waaau v touching ?

  17. Aphy says:
    August 23, 2016 at 7:53 pm

    Wow…v salhi…nxt part knirakun?

  18. Afy says:
    August 23, 2016 at 9:13 pm

    V v v v v salhi aneh part avahah up kolladhee

  19. Shara says:
    August 23, 2016 at 10:28 pm

    wowwww

  20. Faathee says:
    August 23, 2016 at 10:53 pm

    Wow v v reethi. Waiting n waiting for next part

  21. zoooo says:
    August 24, 2016 at 2:24 am

    V nice

  22. Shhhhhiffffff says:
    August 24, 2016 at 8:17 am

    y always write ‘hamaalah’ its difficult to read, write hamayah o some other dhivehi word.

  23. Chum chum girl says:
    August 24, 2016 at 8:58 am

    Alhey varah reethi story ?? Ekam ryn bunee mennu dho ehkala loabi aharen vaanamaey vaahaka i ga ryn varah like ve ey sad ninmun thah dheke ekam plxxx. Asha ah dhera gotheh nahadhachey ? Ekam ryn ehen ninmun baavan beynu miyya OK vaane ?☺️Cause I know every story of u is awesome ? And every starting and the ending will also be great? And next part avahah up kurahcheyyyyyy???????

  24. vishaa says:
    August 24, 2016 at 9:14 am

    vara niceee…dheravejje kiyaaafa…keep it up..waiting for next part

  25. Adeu says:
    August 24, 2016 at 5:08 pm

    Ehche nei thaaku mives goooheh noon

  26. Amin says:
    August 24, 2016 at 7:14 pm

    Wow vara reethi Hama rovije I read almost every story but this is the first comment I post vara vara vara reethi

  27. Ninni says:
    August 24, 2016 at 7:26 pm

    Alhey.. ninni yah rovihje hama..
    Maasha Allah.. story v furihama.. knirakun nxt part.? Avahah up kohdheeebr..

  28. The Arrow says:
    August 24, 2016 at 9:38 pm

    Vvvvvv nice hope next part will be nice too.. Waiting 4 the next…

  29. H?T B?Y says:
    August 25, 2016 at 4:02 am

    V salhi..ryn thihama ehwana?next prt awahah up kolladhehche

  30. vishaa says:
    August 25, 2016 at 2:28 pm

    when next part……….waiting for next part……………………………..

  31. Maa says:
    August 25, 2016 at 3:30 pm

    Waiting for next part…

  32. xenn says:
    August 25, 2016 at 10:39 pm

    Kobaaa tha story…mireyy up nukurany tha

  33. malya says:
    August 26, 2016 at 11:22 am

    Wowwwww wowwwwwwww rynuuuuuuuuuuuu…….. rythi eyyyyy mi stryyyyyyy…. wn nxt parttttt..mal malya is waittting?

  34. sam says:
    August 26, 2016 at 3:35 pm

    make it fast ryn

Comments are closed.

Next Episodeއެދުނީމޭ ލޯތްބާއި އުފާ 11←


All Right Reserved!