އެދުނީމޭ ލޯތްބާއި އުފާ 7
“ތެންކިޔު…” އާޝާ އަނެއްކާވެސް އިޒާންއަށް ޝުކުރު އަދާކުރިއެވެ. އިޒާން ބޯޖަހާލީ ހިނިތުންވެލަމުންނެވެ. އިރުކޮޅެއްނުވެ ވިކާސް އައެވެ. އިޒާން އާޝާގެ އެނދު އުސްކޮށްލަ ދިނެވެ. އަދި ޕެކެޓް އާޝާއަށް ދިނެވެ. އާޝާ ޕެކެޓް ބޯން ފެށިއެވެ. އޭނާގެ ހަށިގަނޑަށް ލުއިކަމެއް އައީ ދެނެވެ. “އަދި އޮންނާނެ އިނގޭ ކެއުން އިރުކޮޅަކުން” އިޒާން ބުނެލިއެވެ. އާޝާ ބޯ ޖަހާލިއެވެ. “އި..ޒާން… ގިޓާ ޖަހަން ހާދަ މޮޅޭ ލަވަ ކިޔާފަ…ނުވެސް ބުނަމެއްނު ގިޓާ ޖަހާވާހަކައެއް” އާޝާ ބުނެލުމުން އިޒާން ދެލޯ ބޮޑުކޮށްލިއެވެ. އާޝާ ހޭންފެށިއެވެ. އިޒާން އާޝާ ކައިރި ވަގުތު ހޭދަކުރާ ގަޑީގައި ގިނަވަގުތު އިންނަނީ އޭނާގެ ގިޓާ ޖަހަމުން ލަވަ ކިޔާށެވެ. “ވަރަށް ފޫހިވޭ އެބަ…. އިޒާން ބުނަމެއްނު.. އޭޝް ފޫހިވާނޭ އެހެންވެ ލަވަ ކިޔައިދޭންޖެހޭނޭ… ސޯ…!” އާޝާ ބުނެލިއެވެ. މައުސޫމްގޮތަކަށް އޭނާ އިޒާންއާއި ދިމާލަށް ބަލަން އިނެވެ. އިޒާން ބޯ ކަހާލިއެވެ. އިޒާން ގިޓާ ހޮސްޕިޓަލަށް ގެނައިފަހުން އެ ބައިންދަނީ އަބަދުވެސް އާޝާގެ އޮތް ކޮޓަރީގެ ވަކިން އޮންނަ އެނދުއަޑީގައެވެ. އިޒާން ގުދުވެލާފައި ގިޓާ ނަގައިލިއެވެ. އަދި އާޝާ ކައިރި އިށީނދެލިއެވެ. އާޝާ ހިނިތުންވެލައިގެން އިޒާންއަށް ބަލަން އިނެވެ.
“އޭޝް ބަލަންޏާ ނުކެރޭނެ އިނގޭ….” އިޒާން ރަކި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އާޝާ ހޭންފެށިއެވެ. “އެހެންވިއްޔާ މި ލޯ މެރީ…” އާޝާ ލޯ މަރާލަމުން ބުނެލިއެވެ. އޭރުވެސް އެ ތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. އިޒާން އިރުކޮޅަކަށް އެ މޫނަށް ގެއްލިފައި އިނދެވުނެވެ. އެއަށްފަހު ގިޓާ ޖަހާލިއެވެ.
“ހޭ.. އައި ޖަސްޓް މެޓް ޔޫ..
އެން ދިސް އިޒް ކްރޭޒީ..
ބަޓް ހިއަރ އިޒް މައި ނަމްބަރ.. ސޯ ކޯލް މީ މޭބީ.
އިޓްސް ހާޑް ޓު ލުކް ރައިޓް އެޓް ޔޫ ބޭބީ..
ބަޓް ހިއަރ އިޒް މައި ނަމްބަރ.. ސޯ ކޯލް މީ މޭބީ..
……
“އާ ކުއްޖެކޭ ދަސްވީ ފަހުން…. އަސްތާ މިހާރު ހޯދެނީ..
ބިރަކާ ނުލާ.. އޭނާ އިނގޭ.. ރެއާއި ދުވާލު ހޯދެނީ…
ލޯ މަތިން ދެން ފެނިލުމުން.. ވީ ގޮތެއް ވެސް ނޭނގުނޭ..”
އިޒާން ލަވަ ކިޔަމުން ދިޔައީ ލޯ މަރައިގެން އިނދެ ކަމުން އާޝާ ބަލާކަމެއް އޭނާއަކަށް ނޭނގެއެވެ. އާޝާ އޭނާގެ ބައްޕަ އެއްފަހަރަކު ބުނިބަސް ހަނދާންވިއެވެ. އެއީ ތެދުކަން އޭނާއަށް އިހްސާސްވިއެވެ. އިޒާން އޭނާދެކެ ލޯބިވަނީ ކަންނޭނގެއެވެ. އެކި ދުވަސްތަށް މަތިން އޭނާއަށް އެކަން އިހްސާސްވިއެވެ. އިޒާން ލޯ ހުޅުވާލުމާއި އެކު އެދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. އިޒާން ނިތްކުރިމަތީ ޖަހާލިއެވެ. އާޝާ ހޭންފެށިއެވެ. “ދަސްކޮށްދެންޗޭ އިނގޭ ގިޓާ ޖަހަން….” އާޝާ ހެމުން ހެމުން އެހެން ބުނެލިއެވެ. އިޒާން ހުމްމް އޭ ބުނެލިއެވެ. “އޭޝް…. އަސްލު ވަރަށް ގިނަ ވާހަކަތަށް އެބަހުރި އަހަން.. އެކަމް މިގަޑީގައި ބޭނުމެއްނުވޭ މި އުފާވެރި ވަގުތުކޮޅު ރުއިން ކުރާކަށް….” އިޒާން އެހެން ބުނެލިއެވެ. އާޝާ ހިމޭންވިއެވެ. އަދި ހިންދިރުވާލިއެވެ. އެއީ ޖަވާބު ދޭން ކޮންމެހެން ޖެހޭނެ ސުވާލެއްކަން އާޝާއަށް އިނގެއެވެ. އެކަމް އާޝާ ބޭނުމީ އެކަން ފޮރުވާށެވެ. އިތުރު މީހަކު ކުށްވެރިވެދާނެތީއެވެ. “ހަހް އޯކޭ ދެން… ބައިދަވޭ.. އައި ވޯންޓް މެންގޯސް އިނގޭ…” އެއްލޯ މަރާލަމުން އާޝާ ބުނެލިއެވެ. އިޒާން ހިނިތުންވެލިއެވެ. އަދި އިޒާން ހޮސްޕިޓަލުން ގެއަށް ދާއިރު ގަނެދޭނެކަމަށް ބުނެލިއެވެ.
އިރުކޮޅަކު އިޒާން ތަފާތު ވާހަކަތަށް ދައްކައިގެން އާޝާ އަނެއްކާވެސް ހަމަޔަކަށް އަޅުވާލިއެވެ. އިޒާން ދާންޖެހުނީ ބްރޭކް ގަޑި ނިމި އަނެއްކާވެސް އޭނާގެ މަސައްކަތަށް ރުޖޫއަވުމަށް ޖެހުމުންނެވެ. އާޝާ ކައިރި އަރާމުކުރުމަށް ބުނެ އިޒާން ދިޔައީ އޭނާގެ ފޯނު އާޝާ ކައިރި ބާއްވާފައެވެ. އަދި ކޮންމެ އެއްޗެއް ބޭނުންވިޔަސް އޭގައި އިން އިޒާންގެ ކެބިންގެ ނަމްބަރ އަށް ގުޅާލުމަށާއި ބޭނުމިއްޔާ ސުހައިލް އަށް ގުޅާލާށޭ ބުނެފައެވެ. އަދި އެކި ގޭމްވެސް ހުންނާނޭ އެވެސް ކުޅޭށޭ ބުނެލިއެވެ. އިޒާން ދިޔުމާއި އެކު އާޝާ އިޒާންގެ ފޯނު ހުޅުވާލިއެވެ. އިޒާން ޕާސްވޯޑަކަށް ބުނީ “އޭ” އަކުރެވެ. ފަސޭހަކަމާއި އެކު އާޝާ އެ ފޯނު ހުޅުވާލިއެވެ. އެންމެފުރަތަމަވެސް އޭނާ ބޭނުންވީ ފޯނު “ކޮނެލާށެވެ”. އެހެންކަމުން އެކި ބައިތަކަށް ވަންނަމުން ގޮސް ލަވަތަށް ހުރި ބަޔަށް ވަދެ ލަވައެއް ޖަހާލުމަށްފަހު ގެލެރީ ހުޅުވާލިއެވެ.
އޭގައި ވަނީ އިޒާންގެ އެކި ފޮޓޯތަކެވެ. އިޒާންއާއި އޭނާގެ މަންމައާއި ދޮންބެގެވެސް ފޮޓޯ އެބަހުއްޓެވެ. އޭގާއި އާޝާ އެދުވަހު އަނބު ކާން އިން ފޮޓޮއެއްވެސް އިނެވެ. އަދި ދެމީހުން އެކީ ނެގި ސެލްފީވެސް ހުއްޓެވެ. އާޝާ އެއާއި ދިމާލަށް ބަލަން އިނީ ހިނިތުންވުމަކާއި އެކުގައެވެ. އިޒާން އަކީ ހިތްކަތިލާވަރުގެ ރީތިކަމެއް ލިބިފައިވާ ރީތި ފިރިހެނެކެވެ. ނަމަވެސް ކަތިލެވިފައި އޮތް ހިތެއް އިތުރަށް ކަތިއެއްނުލެވޭނެތާއެވެ. އާޝާ އެގޮތަށް އިންތަނާ ކުއްލިއަކަށް އައީ ފޯނެކެވެ. އެއީ އިޒާންގެ މަންމައެވެ. އިޒާން އާޝާ ކައިރި އިނދެގެން އިޒާން މަންމައާއި ވަރަށް ގިނައިން ވާހަކަދެއްކިއެވެ. އާޝާގެ ވާހަކަވެސް އޭނާގެ މަންމަކައިރި ވަނީ ދައްކައިފާކަމުން އާޝާ ދެވަނަ ވިސްނުމަކާއި ނުލާ ފޯނުނެގިއެވެ.
“ހަލޯ ދަރިފުޅާ…” އެކޮޅުން ބުނެލިއެވެ.
“ހަ…ހަލޯ…” އާޝާ ކުޑަކޮށް ނުތަވަސްވިއެވެ.
“ހަލޯ…” އެކޮޅުން އަނެއްކާވެސް ބުނެލިއެވެ. މިފަހަރު އަޑުގައިވާ ސިހުން އާޝާއަށް އިނގުނެވެ.
“އިޒާ… އިޒާންވީ ކެބިންގައި.. އަޅުގަނޑު އަތަށް ފޯނު ދީފައި ދިޔައީ…” އާޝާ ބުނެލީ އެކޮޅުން ޖަވާބަކަށް އިންތިޒާރުކުރާކަން އިނގޭތީއެވެ.
“އެހެންތަ ކޮން ކުއްޖެއްތީ؟”
“އާޝާ…..”
“އާޝާ އޭ… އާޝާ… އެކޮއެ ރަނގަޅުވީތަ…؟ މިހާރު އިނގިއްޖެ މިވީ ގޮތް.. ދަރިފުޅު ހާލު ރަނގަޅުތަ މިހާރު؟ އިޒާން ނުވެސް ބުނެ..”
“ހެހެ.. ލައްބަ ރަނގަޅު އިރާދަކުރެއްވިއްޔާ… އިޒާން އަޅުގަނޑު ކައިރި އިނދެފަ ދެންމެ އެ ދިޔައީ ބްރެކް ނިމުނީމަ… އަޅުގަނޑު އަތުގައި ފޯނު ބާއްވާށޭ ބުނީ…”
“އެހެންތަ.. މާތް ﷲ ގެ އިރާދަ ފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވީނު…… އެކޮއެ އެއްޗެއް ކައިފިންތަ؟”
އިޒާންގެ މަންމަ އާޝާއަށް ވަރަށް ހެވެވެ. އިޒާންއަށް އާޝާ އަކީ ކިހާވަރެއްގެ މީހެއްކަން އޭނާގެ މަންމައަށް އިނގެއެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. އާޝާއަށް އިހްސާސްވީ އޭނާގެ މަންމައާއި ވާހަކަދެއްކޭހެންނެވެ.
އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު އިޒާންގެ މަންމަ ފޯނު ކަނޑާލީ އިޒާން އައުމުން ގުޅާށޭ ކިޔާފައެވެ.
……
…އަނެއްދުވަސް…
“ކޮބާ އޭޝް..؟. އިޒާން ވަރަށް ބޮޑަށް ޝުކުރިއްޔާ…… އޭޝް ރަނގަޅު ވީ ހަމައެކަނި އިޒާން ގެ ސަބަބުން.. އިޒާން އުއްމީދު ކަނޑައި ނުލީމަ ޑޮކްޓަރއިން ކަނޑާލިއިރުވެސް… ނޭނގެ ބުނާނެ އެއްޗެއްވެސް… ބޭބެ ހަމަ ވަރަށް އުފާވޭ އިޒާން ކަހަލަ އެކުވެރިއެއް ލިބުނީމަ އޭޝް އަށް..” އިޒާންގެ ކޮނޑުގައި ޖަހާލަމުން ސުހައިލް ބުނެލިއެވެ. އިޒާން ހިނިތުންވެލިއެވެ. “ބޭބޭ.. އެބަޖެހޭ އެކަމް އޭޝް ގެ ޓްރީޓްމެންޓެއް ހަދަން…. މިބުނީ ސައިކާޓްރީސްޓެއްގެ ގޮތުން ބަލަން ޖެހޭ އެތަކެއް ކަމެއް އެބަހުރި… އޭޝް ޑިސްޗާރގް ކޮށްލީމަ އަޅުގަނޑު އެކަން ފަށާނަން.. އެއްވެސް މައްސަލައެއް އެބައޮތްތޯ؟” އިޒާން އަހާލީ އަދިވެސް އޭނާ އަށް އާޝާ ރަނގަޅު ވެއްޖެކަމާއި މެދު ސުވާލުއުފެދޭތީއެވެ. “ބޭބެ ބޭނުންވަނީ މާލެ ގެންދަން.. ބޭބެގެ ބެލުމުގެ ދަށުގައި ބަހައްޓަން.. އެކަމު ތިކަންވެސް ކުރަން ކޮންމެހެން ޖެހޭނެތާ.. އިޒާން.. މާލެ އަންނަންވީނު….؟” ސުހައިލް ބުނެލީ އިޒާން އާއި ދާދި އެއްވަރަށް ހިނގައިފާ ދަމުންނެވެ. “އާދެ އެކަމް މާލެ ދާން.. އަޅުގަނޑު ޖެހޭނީ ޗުއްޓީއަކަށް އެދެން މިކޮޅުން… އެކަން ހަމަޖެހިއްޖެއްޔާ އަޅުގަނޑު އަންގާލާނަން.. ބޭބޭ އަދި އެއްވާހަކަ.. އާޝާ ކައިރި އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަށްޗޭ.. އެހަކަށް އޭނާ ހިތްހަމަޖެހޭ ކަހަލަ ވާހަކަދައްކާނީ އިނގޭ… ކިތަންމެ ވަރަކަށް އެ ދުވަހާއި ބެހޭގޮތުން ސުވާލުކުރިޔަސް އާޝާއެއްނުބުނެ.. އަޅުގަނޑު ދުރު ދުރުން އަހާލިންމެ… އެކަމް ބޭބެ އަހައިފިއްޔާ ފަހަރުގައި ގޯސްވެދާނެ… އަނެއްކާ ސިކުނޑިއަށް އެ ވިސްނުންތަކުން ފުރާލާނީ.. އެހެންވެ އެ ހިޔާލުތަކުން އޭނާ ދުރުކުރެވޭތޯ ބަލަންޖެހޭނީ.. .” އިޒާން ބުނެލިއެވެ.
އިޒާން ސުހައިލް އާއި އެކު އާޝާ އޮތް ކޮޓަރިއާއި ހަމާލަށް އައެއްކަމަކު އެތެރެއަށް ނުވަނެވެ. ބައްޕައާއި ދަރިއެއްގެ ދޭތެރެއަށް ވަންނަން ބޭނުންނޫނޭ ބުނެ އިޒާން ދިޔައީ ކެބިންއަށް ދަނީ ކަމުގައި ބުނެފައެވެ. އަދި އިތުރު އެއްވެސް އެއްޗެއް ބޭނުންނަމަ އާޝާ އަތުގައި އޮތް އިޒާންގެ ފޯނުން އިޒާންއަށް ގުޅާލާށޭ ބުނެލިއެވެ. ސުހައިލް އެންމެރަނގަޅޭ ބުނެ އާޝާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އިޒާން ގެ ފޯނާއި ކުޅެން ގެއްލިފައި އިން އާޝާ އަށް އެއަޑު އިވުމުން ހިނިތުންވެލިއެވެ. އޭނާ ހީކުރީ އެއީ އިޒާންކަމަށެވެ. “އިޒާން…. ހާދަ އަވަހަކަށް ބްރޭކް…. އޯއެމްޖީ.. ޑޭޑް….” އައީ އިޒާން ކަމަށް ހިތާ ވާހަކަ ދައްކަމުން ދިޔަ އާޝާ ދެލޯ ބޮޑުވިއެވެ. އަދި އެ ބޮޑު ދެލޮލުން ކަރުނަ އަންނަން ސިކުންތެއްވެސް ނުނަގައެވެ. ސުހައިލް ގެ ހާލަކީވެސް އެއެވެ. މަޑު ހިނގުމެއްގައި އައިސް އެނދުގައި އިށީނދެ އިން އާޝާ ގެ ގައިގާ ބައްދާލިއެވެ. “ޕްރިންސެސް… އައި މިސްޑް ޔޫ..” އާޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސުހައިލް ބުނެލިއެވެ. “އައި މިސްޑް ޔޫ ޓޫ ޑޭޑީ..” އާޝާ ބުނެލީ ތަންކޮޅެއް ބޮޑަށް ސުހައިލް ގައިގާ ބައްދާލަމުންނެވެ.
ސުހައިލް މާލޭން އާޝާއަށް ގެނައި ބައެއް ހަދިޔާތަށް ދައްކާލިއެވެ. އަދި އިސްރާވެސް ފޮނުވި ހަދިޔާ ދައްކާލިއެވެ. އެތަށްއިރަކު އެމީހުން ވާހަކަދައްކަން ތިއްބެވެ. އާޝާ ތެރަޕިސްޓަކަށް ދެއްކުމުގައި އެންމެ ބޮޑަށް އުޅުނީ އިޒާންއެވެ.
… 2 ހަފްތާ ފަސް….
“ހުމްމް.. އިރުކޮޅަކުން ދޫކޮށްލާނެ… ދެން ޑޭޑް ބުނަނީ ދާން ފްލައިޓްއިން.. ހަވީރަށް ޓިކެޓް ނަގައިފަ އެބައިން.. އެކަމް… އައި ޑޯންޓް ވޯންޓް ގޯ…އިސްކޮއަށް އިނގޭތަ އިޒާންވެސް ދާނެ.. އެން ޑޭޑް ބުނުއްވީ އިޒާން އުޅޭނީ އަހަރެމެން ގޭގައޭ… އެހެންވެއްޖެ ނަމަ މަންމަ އައި މީން ދައްތަމެން… މާމަމެން ވިލް ބީ ފޯސްޑް ޓު ޓޯކް ޓު މީ ދޯ… އޭޝް ބޭނުމެއްނޫން އެގޮތެއް.. އެއްވެސް މަޖުބޫރީ ކަމެއް ކުރިމަތިވާކަށް.. ސޯ އޭޝް އުޅޭނީ މުޅިންވެސް ރޫމްގައި… ނުނިކުންނާނަން އެމީހުންގެ ކުރިމައްޗަށް އަރާ ހިސާބަކަށް.. ދޯ އިސްކޮ… އެގޮތް ރަނގަޅެއްނު..” އާޝާ ފޯނުން އިސްރާއާއި ވާހަކަދައްކަން އިނެވެ. އިސްރާ އާޝާއާއި އެއްބަސްވެލިއެވެ. އޭނާގެ ހިތްހަމަޖައްސާލުމަށްޓަކައެވެ. އިސްރާ ފޯނުން އިޝާއާއި އާޝާ ވެސް ވާހަކަދެއްކުވިއެވެ. އެދެމީހުންގެ ގުޅުން ބަދަހިވީ އެހެންވެއެވެ. ސިއްރުންނަމަވެސް އެ ފަދަ ކުދި ކުދި އުފާތަށް ދިޔައީ ހޯދަމުންނެވެ.
…..
މާލޭގެ ބިމުގައި ފައި އެޅުނުވަގުތާއި އެކު އާޝާގެ ހިތް ތެޅިގަތެވެ. ކައިރި ހުރި އިޒާންގެ އަތުގައި ހިފައިލެވުނީ ބޭއިހްތިޔާރުގައެވެ. އާޝާ ހިންދިރުވާލިއެވެ. “އިޒާން.. މިވަނީ ރަނގަޅަކަށް ނޫން….” އާޝާ ބުނެލިއެވެ. އެ އަޑު ސުހައިލް އަށް އިވުނެވެ. އިޒާން ސުހައިލް އާއި ދިމާލަށް ބަލައިލިއެވެ. އާޝާ އަޅައިގެން ހުރި ދަބަސް ރަނގަޅުކޮށްލިއިރުވެސް ހުރީ ނެގިމަޑުވެފައެވެ. “ޑޭޑް… ޕްލީސް އެހެން ގެއަކު އުޅެން ބޭނުމީ.. ޕްލީސް ޑޭޑް.. ޕްލީސް…” އާޝާ ސުހައިލް ގެ އަތުގައި ހިފާލަމުން ބުނެލިއިރު ހުރީ ރޮވިފައެވެ. “އޭޝް.. ބޭބީ ގާލް.. ތީ ބައްޕަގެ ކުއްޖެއް. އެހެންވީމަ ބައްޕަ އުޅޭ ގެއަކު އުޅެންޖެހޭނީ.. ދެޓްސް އޯލް.. އެހެންމީހަކަށް ނުބެހެވޭނެ..” ސުހައިލް ބުނެލިއެވެ. އާޝާއަށް އެގޮތް ކަމަކު ނުދިޔައެވެ. ނަމަވެސް އެއްޗެއް ނުބުނެ ހުރި ގޮތަށް ހުރީއެވެ. ހިތުގައި އުފެދެމުން ދިޔަ ކަންތަށް އާޝާ ފޮރުވަމުން ދިޔައެއްކަމަކު އިޒާންއަށް އެކަން ފެނި އިހްސާސްވިއެވެ.
ޑްރައިވަރ ކާރުގައި އައުމާއި އެކު އާޝާއާއި އިޒާން އަދި ސުހައިލް ކާރަށް އެރިއެވެ. އާޝާގެ އަނގައިން އެއްޗެއް ބޭރުނުކުރިޔަސް ނެރެލަން ބޭނުންވާ އެތައް އެއްޗެއް އެބަހުއްޓެވެ. އުނދަގޫކުރާ އެތަކެއް އެއްޗެއް އެބަހުއްޓެވެ. “ދެން ޑޭޑް ނޫން…” އާޝާ އަށް ބުނެވުނެވެ. “ދަރިފުޅާ! ދެން އިތުރަށް ޝަކުވާ ނުކުރަންޗޭ.. ބައްޕަ ނިންމާފައި އޮތް ކަމަކަށް ޖެހޭނީ އެންމެންވެސް އެއްބަސްވާން..” ސުހައިލް ބުނެލިއެވެ. އާޝާ އިސްތަށި ކޮޅެއްގައި ހިފާލަމުން އަނބުރަންފެށިއެވެ. އިޒާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އެމީހުންގެ އަމިއްލަ ކަމެއް ވީމައެވެ.
ކުރިމަތީ ބޮޑު ގޭޓެއް ލާފައި ހުރި ގެއަށް އާޝާ ބަލައިލިއެވެ. އެއީ އޭނާގެ ބައްޕަ ގެ އުމުރުގެ ބޮޑުބައި ހޭދަކުރި ގެއެވެ. އޭނާ އުޅޭނެ ޖާގައެއް ލިބިފައި ނެތް ގެއެވެ. އޭނާ ދެކެ ރުޅި އަންނަ އެންމެންވެސް އުޅޭ ގެއެކެވެ. މިގޭގައި އޭނާއަށް އުޅެވޭނެބާއެވެ. އާޝާ އެގެއާއި ދިމާ ބަލަން ހުރީ ފެންކަޅިވެފައި ހުރެއެވެ.
އެތެރެއަށް ވަންނަމުން ދިޔަ ސުހައިލް ގެ އަތުގައި ހިފަހައްޓައިގެން އާޝާ ދިޔައީ ސުހައިލް ގެ ފަހަތަށް ފިލަމުންނެވެ. އިޒާން އެމީހުންނާއި ދާދި އެއްވަރެއްގައި ހިނގައިފާ ދިޔައިރު ފަހަތުން ޑްރައިވަރ ލަގެޖްތަށް ހިފައިގެން އައެވެ. އާޝާ އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ސުހައިލް ގެ އަތަށް ބާރުކުރަމުން ދިޔައެވެ. ދާދި ކައިރީގައި ހުރި އިޒާން އަށް ބަލައިލަމުން ބޯ ހަރަކާތްކޮށްލީ ބައްޕަ ހުއްޓުވާށޭ ބުނާފަދަގޮތަކަށެވެ. އިޒާން ބޯ ޖަހާލިއެވެ. “އޭޝް..ޓްރަސްޓް ހިމް..” އޭޝް ކައިރި ސިއްރުން އިޒާން ބުނެލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވީ އެވަގުތުއެވެ. އެކަކު އަނެކަކުގެ މޫނުން ނަޒަރު ވަކި ނުކުރެވި އުޅެނިކޮށް އާޝާ ގޮސް ޖެހުނީ ހުއްޓުނު ސުހައިލް ގެ ބުރަކަށީގައެވެ. އާޝާ ނޭފަތުގައި ހިފަހައްޓާލަމުން އިޒާންއާއި ދިމާ ބަލައިލިއެވެ. އިޒާން ފެށީ ހޭށެވެ. އާޝާވެސް ހޭންފެށިއެވެ. އެވަގުތު ފަހަތް ބަލައިލި ސުހައިލް އަށް ހިތްހަމަޖެހުމެއް ލިބުނީ އާޝާ ގެ ހިނިތުންވުން ފެނިފައެވެ.
ގޭގެ ބޮޑު ސިޓިންގް ރޫމްގައި ހުރެވުނުކަން އާޝާއަށް ރޭކާލީ ދެނެވެ. މުޅި ގެއާއި ދިމާލަށް ބަލައިލެވުނެވެ. އަލަށް އެއްޗެއް ފެނުނު ފަދައިން މުޅި ތަނަށް ނަޒަރު ހިންގަމުން ދިޔަ އާޝާގެ ނަޒަރު ހުއްޓުނީ ބަދިގެ ދޮރުމަތީ އާޝާއަށް ބަލަން ހުރި ފަޒީލާއަށެވެ. ފަޒީލާގެ ދެލޯ ހީވަނީ ރަތް އަނގުރުކޮޅެއްހެންނެވެ. އެހާވެސް ބޮޑަށް އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އާޝާ ތުރު ތުރު އަޅައިގަތެވެ. އަނގައިން އެއްޗެއް ބުނަން އުޅުނުކަމުގައި ވިޔަސް އެއްޗެއް ނުބުނެވުނެވެ. އާޝާ އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ. އިޒާން ގެ އިތުރުން ސުހައިލްއަށްވެސް އެ މަންޒަރު ފެނުނެވެ. ނަމަވެސް އޭނާ ފެނުނު ކަމަށް ނުހަދާ އާޝާއާއި އިޒާން ގޮވައިގެން މައްޗަށް އަރައިގެން ދިޔައެވެ. ބަދިގޭގައި ހުރި ފަޒީލާއާއި ސާނިޔާ ސިޓިންގް ރޫމްއަށް ނިކުމެލިއެވެ. “މަންމާ… އަހަރެން ބަލާނަން މީނަ މިގެއިން ވީހާވެސް އަވަހަށް ނެރެވޭތޯ…. އަނެއްފަހަރު ސުހައިލް އާއި އަހަރެންގެ މެދަށް ވަންނަން އެއައީ…. މިފަހަރު އޭނާ މޮޔަވާވަރު ކޮށްލާނަން…” ސާނިޔާ އެމީހުން ދިޔަ ދިމާލަށް ބަލަންހުރެބުނެލިއެވެ. ގަދަ އަޒުމެއް ކަނޑައަޅައިގެން ހުރި މީހެކޭ ސާނިޔާ އެކޭ ތަފާތެއް ނެތެވެ. “މަންމަވެސް ސާނިޔާއާއި އެއްބައި.. މަންމަ ކައިރި ބުނާތި އޭރުން އިނގޭނީ މަންމައަށްވެސް މޮޅެތި އެއްޗެހި ހަދަން..” ވިހަ ހިނިތުންވުމަކާއި އެކު ފަޒީލާ ބުނެލިއެވެ. ދެމީހުން އެކީ ހިނިގަނޑެއް ޖަހާލަމުން ބަދިގެއަށް ވަނެވެ.
އިޒާންއަށް އިޒާންގެ ކޮޓަރި ދެއްކުމަށްފަހު އާޝާއަށް އޭނާގެ ކޮޓަރި ދައްކަން ދިޔަ ސުހައިލް ހުރީ ފުން ވިސްނުމެއްގައެވެ. “ދަރިފުޅާ… ބައްޕަ ބޭނުމެއްނުވޭ އިނގޭ ދަރިފުޅު ދެރަކުރާކަށް އެކަމްވެސް ބުނެލަން ބޭނުމީ މާމަ މެން އެންމެން އުޅޭއިރު އިސްކޮއާއި އިޝާ ކައިރި ނޫޅެންޗޭ… ހުރިހާ ކަމެއް ރަނގަޅުވީމަ ބައްޕައަށް އޯކޭ.. އެކަމް މިހާރު… އިނގެއެއްނު ދޯ ޕްރިންސެސްއަށް ވާ ގޮތް؟ ދަރިފުޅު އިހަށް ރެސްޓްކުރޭ އެއަށްފަހު އިޝާމެންނާއި ބައްދަލު ކުރަން ބައްޕަ ގެންދާނަން އިނގޭ.. އޭގެ ކުރިން ފެންވަރައިލައިގެން ހުރޭ އިނގޭ” ސުހައިލް އާޝާގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. އާޝާ އާއެކޭ ބުނެލިއެވެ. އެމީހުން އޭރު ތިބީ އާޝާ ހުންނަން ހަމަޖެހިފައި ހުރި ކޮޓަރީގެ ކުރިމަތީގައެވެ. ދެމީހުން އެއްފަހަރާ ސިއްސައިގެން ގޮސް އެއްފަޅިއަށް ބަލައިލެވުނީ އާޝާގެ ކޮޓަރީއާއި ޖެހިގެން ހުރި ކޮޓަރިން ނިކުންނަމުން ސަނީމް ލައްޕާލި ދޮރުގެ އަޑާއި އެކުގައެވެ. އާޝާ ސަނީމްއާއި ދިމާލަށް ބަލައިލިއެވެ. ސަނީމް އަށް ހުރިތާ ގުޑައި ނުލެވިފައި ހުރެވުނެވެ. ވަކި ވަކިން ދެމީހުންގެ މޫނަށް ސަނީމްއަށް ބަލައިލެވުނެވެ. އެހަރަކާތުން އޭނާއަށް އެމީހުން އަންނަކަން ނޭނގޭކަން އާޝާއަށް ނަގައިގަނެވުނެވެ. އާޝާ ސަނީމްއަށް ހިނިތުންވެލިއެވެ. ސަނީމް އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވާލަމުން ސުހައިލް އަށް ބަލައިލިއެވެ. އެއަށްފަހު ހިނގައިގަތީ އާޝާއާއި ދިމާލަށް އެއްލިކަޅިއަކުން ބަލައިލާފައެވެ. “ޑޭޑް.. ކޫބެ ކީއްބެ ޑޭޑް އާއި…………” “އޭޝް.. ދޭ ދެން ފެންވަރަން… އިރުކޮޅަކުން ލަގެޖް ގެންނާނެ..” އާޝާ ކުރަން އުޅޭ ސުވާލު އިނގޭތީވެ ސުހައިލް އެހެން ބުނެލިއެވެ. އެހެންކަމުން އާޝާވެސް އެއްޗެއް ނާހަ އެތެރެއަށް ވަނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






hey guys.. hope u wil enjoy.. thnkx for the comments n support.. love u all.. i dnt knw u ppl but still ur the only ppl who never leaves me even tho i do mistakes.. thnkx for correcting it n being always on my side in every way telling me things i hve to improve… supporting me.. u guys r great.. n m in a place now where i just cant go back to a life where i dont know u ppl or a time where i dont upload my stories.. cx u ppl r now connected with my heart.. it is a big pleasure for someone like me to get comments n likes for my stories which is somehow my life…. u guys r my strength sumhw.. cx of u ppl now m here… improved but not the best yet.. but better than before… i love u all… tc nights
Wowwww. I love it. Gud work. Keep going. ??
Obiness to the max. Mee mihaaru One of the favorite story. Keep goin
story vv reethi n interesting,
waiting for the next part
v reethi…?
Nice
woooooooooowwwwwww vara reeethi…keeep it up..waiting for next part..
Just wow…..v v rythi mibai vx waiting dhn in part ah ……luv u tooo ???
Knirakun next part??
Mi story kiyr hithu hurevenee eh noon.. alhe avahah up kohdheebr..
Luv the story.. :-* ♡
V reethi.. v kiyaalaa hithun meenee nxt part ves…hope mi story las kameh nethi nimendhn kiyaalan libeyne kamah..
VVVV lobi mibaivas……………..
Luv RYN…………….
Run mistakes thah adhives rangalhu nukure. Hamaalah kiumuge badhaluga hama’ash kiyaany. NoolhNchey ge badhaluga kiyaany noolheHchey
Ryn mistakes thah adhives rangalhu nukure. Hamaalah kiumuge badhaluga hama’ash kiyaany. NoolhNchey ge badhaluga kiyaany noolheHchey
Next part koniraku alhe plz avas kiaa hithun hama
Next part when…plxx avaskoba…kiyaaahithun
Hi when next part. V eba inthizaaru kurevey