އެދުނީމޭ ލޮތްބާއި އުފާ 3
އާޝާ ހެނދުނު ހެނދުނާއި ތެދުވެ ސައި ހަދަ ތައްޔާރުކޮށްލިއެވެ. އެކަނި އުޅެން އާދަވެފައި ވާތީ ހުރިހާ ކަމެއްވެސް ހަލުވިކަމާއިއެކު ކޮށްލުމަކީ އޭނާއަށް އުނދަގޫކަމެއްނޫނެވެ.
އާޝާ ގެ ގޭ ފޯނު ރިންގްވާންފެށީ އޭނާ ސައިހަދާ ނިމި ކޮފީއެއް ބޯން އިންތަނާއެވެ. ތަށި ހިފައިގެން ދުވެފައި އާޝާ އައިސް ފޯނުނެގިއެވެ.
“ހަލޯ…. ދަރިފުޅާ ކޮބާ ފޯނު؟ މިހާރު ކޮން އިރެއް ގުޅާތާ ފޯނަށް…” ސުހައިލް ފުރަތަމަވެސް ކުރީ ޝަކުވާއެވެ.
“އަޅެ ސޮރީ ޑޭޑް ކޮޓަރީގަވީ…. އެބަ ގުޅަން ވައިބަރ އިން….” އާޝާ އަވަސް އަވަހަށް ފޯނު ކަނޑާލަމުން އެހެން ބުނެލިއެވެ. އަދި ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީ ކޮފީތަށި ގޭ ފޯނު އިން ކުޑަ ކަބަޑުމަތީ ބަހައްޓާފައެވެ.
އާޝާ ގޮސް ވައިބަރ ހުޅުވާލުމަށްފަހު ސުހައިލް އަށް ގުޅާލިއެވެ. “ހޭ ޑޭޑް.. ކޮބާ ދަތުރު ރަނގަޅުތަ؟” އާޝާ ފުރަތަމަވެސް އަހާލިއެވެ.
“ހުމްމް ރަނގަޅު އެކަމް ބައްޕަ އެއްކޮށް ސަކަރާތްވެއްޖެ… ރޯގާ ޖެހުނީއެއްނު.. ނޭފަތްވެސް ބެދިއްޖެ…”
“އޯހ ޑޭޑް އާވިއަރުވަންޗޭ ޕްލީސް އެން ބޭސްވެސް ކާތި.. ކޮބާ ދައްތަ ރަނގަޅުތަ އަނެއްކާ އެން އިސްކޮ؟؟”
“ހެހެ އޯކޭ ޕްރިންސެސް…. ހުމްމް ރަނގަޅު ދެމީހުންވެސް…….”
“ޑޭޑް…. އޯކޭތަ؟؟ ހީވަނީ ވަރަށް އޮފްހެން… އަރ ޔޫ އޯކޭ؟؟”
“އެއީ ރޯގާ ޖެހުނީމަ ހީވާގޮތްކަންނޭނގެ.. ދެން ބުނެބަލަ ޕްރިންސަސް ކޮންކަމެއް އޮތީ މިއަދު؟ ބޮޑު ޗުއްޓީއެއް ލިބުނީއެއްނު ތިގެން.. އައިނަމަ ރާއްޖެ….”
“އެކަމް ހީވަނީ ޑޭޑް ކަމަކާ ފިކުރުބޮޑުވޭހެން.. ހެހެ އަޅުގަނޑު މިތާ މާ ހިތްހަމަޖެހޭ ޑޭޑް.. ކޮބާ ކޫބެއްތަ؟ އެން ކޫބޭ؟؟ ވަރަށް އުފާވެފަތަ ތިބީ؟؟؟ އެން މާމަ މެން…”
“އެންމެންވެސް އެބައުޅޭ….. ބައްޕަ ބޭނުންވޭ އެންމެންނާއި ވާހަކަ ދައްކުވަން އެކަމް…. ސޮރީ ޕްރިންސެސް……”
“އިޓްސް އޯކޭ ޑޭޑް.. އަޅައިނުލާ.. އެންމެން އުފާވެފައި ހެޔޮހާލުގައި އުޅެންޏާ އެ ވަރުން އަޅުގަނޑަށްފުދޭ.. އެންމެން ވާހަކަ ނުދެއްކިއެއްކަމަކު އެމީހުންގެ ހާލުބަލައިލެވޭތީވެސް އުފާވޭ.. ޑޭޑް މާ ދެރަނުވަންޗޭ..”
ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު އާޝާ ފޯނު ބާއްވާލިއެވެ. ދެއަތުން ފޯނު ހިފަހައްޓާލައިގެން އާޝާ ހުރިތާ ހުއްޓެވެ. އަދި އަތުގައި އޮތް އޭނާގެ އޭނާގެ އާއިލާގެ ފޮޓޯ އަށް ބަލައިލިއެވެ. “އަޅެ ދެވޭނެނަމަ….. އައި ވިޝް..ހާދަ މަޖާވާނޭ.. އަ ބިގް ފެމިލީ.. އިސްކޮ ޔޫ އަރ ރިއަލީ ލަކީ…..” އާޝާ އަމިއްލަ ނަފްސާއި ވާހަކަ ދައްކާލަމުން ނިކުތެވެ. އަދި ކޮފީތަށީގައި ތުންޖަހާލީވެސް އެ ވިސްނުމުގައި ހުރެފައެވެ.
އިރުކޮޅެއްނުވެ ގޭގެ ބެލްޖެހި އަޑަށް އާޝާ ދޮރުހުޅުވިއިރު ކުރިމަތީ ހުރީ އިޒާން އެވެ. އާޝާ ހިނިތުންވެލަމުން އިޒާން އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އިޒާން ހުރީ ކަޅުކުލައިގެ ސޯޓަކާއި ކަޅު ޓީސާޓެއް ލައިގެންނެވެ. އެ ރީތި ހަށިގަނޑުގައި އެ ޓީސާޓް ހިފައިފާ ވުމުން ވަރަށް ކަސްރަތީ ހަށިގަނޑެއްކަން ހާމަވެއެވެ. “ކޮބާ.. މޭންންންންގޯސް…” އިޒާން ސޯފާގައި އިށީނދެލަމުން ބުނެލިއެވެ. “ޕިސް ޕިސް.. އައި ގޮތަށް އައިސްވެސް އެ… އިނގުނުދޯ ނަސީބަކުން ގެއަށް އަންނަން.. ހެހެ.. ހީކުރީ ގުޅާނެކަމަށް.. ބައިދަވޭ ކޮފީއެއް ހަދަން؟” އާޝާ އިޒާން އާއި ވާހަކަދައްކަމުން ދިޔައިރު އިރު އިރުކޮޅާ ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. “ހުމްމް ކޮފީއެއް ހަދާބަ… މިއަދު ކަމެއް ވީތަ؟ ހާދަ ހެޕީވެފައޭ…” އިޒާން ބުނެލިއެވެ.
“ހެހެ ނޯ އަނެއްހެން ނުވޭ ބަޓް މޭބީ މިއަދު އޮފީހުން ގުޅާފާނެ.. ޖޮބް ލިބުނު ތޯ ނުވަތަ ނޫންތޯ ބުނެލަދެން..އެހެންވެ ލިލް އެކްސައިޓެޑް…ޖޮބްއަކަށް އެޕްލައި ކޮށްގެން މިއުޅެނީ…. ދެން އޮތީ މާސްޓާސް ހެދުން… އެ ހެދުމުގެ ކުރިން ޖޮބްއެއްގަ އުޅެން ވިސްނާތީވެގެން…. ދެން ޖޮބްގަ އުޅެމުންވެސް ކިޔެވިދާނެތާ ދޯ ހެހެހެ..ޑޭޑްވެސް ވަރަށް ބޭނުންވޭ އޭޝް ޖޮބްއަކަށް ދާން.. މިހެން އެކަނި އުޅޭތީ.. ޑޭޑް އެތަނަށް އެޕްލައި ކޮށްދިނީވެސް…..” އާޝާ ބަދިގެއަށް ދަމުން ބުނެލިއެވެ. އިޒާން އާޝާއާއި މެދުވިސްނާލިއެވެ. މިކުއްޖާ މިގޮތަށް އެކަނި އުޅުމުގެ ސިއްރަކީ ކޮބައިބާއެވެ؟ އެއްބައި ފަހަރު މި އަންހެންކުއްޖާއަށްވުރެ އުފާވެރި އަންހެންކުއްޖެއް ނުހުންނާނެއެވެ. އަނެއްބައިފަހަރު…………… އިޒާން ސިޓިންގްރޫމްއަށް ބަލައިލިއެވެ. ސިޓިންގްރޫމްގެ ވަކި ކަނެއްގައި ބައިވަރު ފޮޓޯ ފްރޭމްތަކެއް ހުރި ކަބަޑަކާއި އެ ކަބަޑު މަތީގައި އެކި ފޮޓޯ ތަކެއް ފާރުގައި ހިތްޕައިވާ ހުރިތަން ފެނުނެވެ. އިޒާން އެދިމާލަށް ދިޔައެވެ. އެ ފޮޓޯތަކު މަތީގައި ބޮޑު އަކުރުން “މައި ފެމިލީ” ޖަހާފައި އިނެވެ. އިޒާން ވަކި ވަކިން ކޮންމެ ފޮޓޮއަކަށް ބަލައިލިއެވެ. އެއިން އެންމެ ފޮޓޮއަކުވެސް އާޝާއެއް ނެތެވެ. އާޝާގެ އިނީވެސް ފިރިހެނަކާއި އަދި އަންހެންކުއްޖަކާއި އެކު ނަގާފައި އިން ފޮޓޮއެއް އެކަނިއެވެ. އާޝާ ކޮފީ ގިރައިގެން އެތަނަށް އާއިރުވެސް އިޒާން ހުރީ އެތާއެވެ. އާޝާ އައިސް އިޒާން ގެ ގައިގާ ކޮށްޓާލިއެވެ. އަދި ކޮފީތަށި ދިއްކޮށްލިއެވެ. އަދި އާޝާވެސް އެ ފޮޓޯ ތަކަށް ބަލައިލިއެވެ. “މީ…. މީ ޑޭޑް… އަދި އިސްކޮ.. ދެއަހަރު ބޮޑުވާނެ އޭނާ.. އެކަމް ދުވަހަކުވެސް ނުކިޔަން ދޮންތައެއް އޯރ……!! ދައްތަ ދުވަހަކުވެސް ނުދޭ އެ ހައްޤެއް….” އާޝާ ސުހައިލް އާއި އިސްރާ އަދި އާޝާ އިން ފޮޓޯ ދައްކާލަމުން ބުނެލިއެވެ. ހިނިތުންވެލިއިރު އެ ދެލޮލަށް ކަރުނަ ޖަމާވެފައި ހުއްޓެވެ.
“ދެން މީ… މަންމަ…. އޭޝް ދެކެނީ އަބަދުވެސް މަންމައެއް ގޮތަށް… ދައްތަ އެހެން ނުދެކުނަސް.. ދެން މީ ހަމަ ޑޭޑް އެން އިސްކޮ.. ޑޭޑް އެން ދައްތަ ގެ ހުންނަނީ އިސްކޮ އެކަނި..އޭޝް މީ ހަމައެކަނި ޑޭޑްގެ ދަރިއެކޭ ބުނަނީ… ހަޤީޤަތެއް ނޭނގެ.. އެންމެން އެހާ ރުޅި އަންނަނީ ވެދާނެ ދައްތަގެ ބަނޑުން ނުވިހެއީމަ ކަމަށް.. އެކަމް އޭޝް އަކަށް ކުޑަކޮށްވެސް ހިއެއްނުވޭ ޑޭޑް އެކަހަލަ ކަމެއް ކޮށްފާނެހެނެއް… ހީ ލަވްސް ހާރ އަލޮޓް… އެކަމް އިންސާނުންނަށް ދޯ ކުށްވެސް ކުރެވޭނީ… ދައްތަ އަދިވެސް އަދިވެސް މާފެއްނުކުރެ ބޭބެއަކަށް.. އެކީ އުޅުނަސް ދެ ބީރައްޓެހިން ފަދަ…. ގޭ އެންމެން ޑޭޑްއާއި ވާހަކަދައްކާ… އެހެންނު ވާނީ ދޯ ދޮށީ ދަރިފުޅު.. އެހެންނޫނަސް މަންމައާއި ބައްޕަ ކުއްޖާ ކުރާ ކުށްތަކަށް މާފްކޮށް އެންމެ ފަސޭހައިން އެކުއްޖާ ބަލައިވެސް ގަންނާނީ… އެންމެ އަވަހަށް އިތުބާރުހޯދޭނީވެސް އެމީހުންގެ… މާފްވެސް ލިބޭނީ އެމީހުންގެ.. ދައްތަ އަށް މިވީ 15 އަހަރުގައިވެސް އެކަމެއްނުވޭ…. އޭޝް ނަމަހީވެސް އެހެންވާނީ.. ވަރަށް ދެރަވިސް…އަންހެނަކަށް ދޯ އިނގޭނީ އަނެއް އަންހެނާއަށް ވާނެ ވަރެއް.. ދައްތަވަރަށް ޓްރައި ކުރޭ ހެޕީކޮށްއުޅެން.. އިސްކޮއަށް ޓަކައި.. އެހެންވެ އަދިވެސް އެ ހުންނަނީ… އެއީ މާތް އަދި ހެޔޮ އިންސާނެއް. ކެތްގަދަ.. 10 އަހަރުވަންދެން އޭޝްވެސް ބެލީނު.. ޝަކުވާކުރުމަކީ އިންސާނުންގެ ތަބީއަތުގައި ހުންނަކަމެއް… އަންހެނުން ސްޕެޝަލީ… ދައްތަ ޝަކުވާކުރިއަކަސް އޭޝް ބެލީ ހަމަ އެ ދައްތަ… ކެތްތެރިކަމާއި އެކު… ކިތަންމެ އޭޝް ދެކެ ރުޅިއަޔަސް ދުވަހަކުވެސް ގޯސްކަމެއް ކުރިއަކަ ނުދޭ…. ނަމާދުކުރަން ބުނާނެ.. ޤުރުއާން ކިޔަވަން ބުނާނެ… މިއަދު މިހެން މި ގޮތަށް ތަރިބިއްޔަތު ވެފައި ހުރީ ހަމަ ދައްތަ ގެ ސަބަބުން… ހަމަ އިސްކޮއަށްވެސް ދޭ ނަސޭހަތްދެނީ…
ތަފާތަކީ އެ ލޯތްބާއި އަޅާލުން ނެތްކަން… އެ 10 އަހަރުގައިވެސް ދައްތަ ވަރަށް ރަނގަޅު ތަރުބިއްޔަތެއް ދެއްކި.. ދައްތަ ނަމޫނާއަކަށް ދެކިގެން ދައްތަ ހެން ވަރަށް އުޅޭހިތްވޭ އޭރުވެސް.. އައި ޖަސްޓް ވޯންޓް ބީ ލައިކް ހާރ.. ސްޓްރޯންގް އެން ހަމްބަލް.. އަންހެނަކަށް ވަރަށް އުނދަގޫވާނެ އަމިއްލަ ފިރިމީހާއާއި އެހެންމީހެއްގެ ނިޝާނެއް ގެންގުޅެން.. ދައްތައަށްވެސް ވީ އެވަރު… ވަރަށް ރުޅިއާދޭ އޭޝްދެކެ.. އެކަމް ޝީ އިޒް ދަ ބެސްޓް… އެއީ އޭޝްއަށް ވިސްނޭގޮތް.. ދެން މީ… މީ މާމައާއި ކާފަ….. ދެން މީ ކޫބެ… ޑޭޑްގެ ކޮއްކޮ.. މީ ކޫބެއްތަ…. ދަ ފަނީ ތިންގް އިސް ކޫބެއްތައާއި ދައްތަ އަކީ ސިސްޓާރސް… އެއްބަނޑުއެއްބަފާ.. ވައްތަރެއްނު ދޯ.. ހެހެ. ދެން މީ އިޝާ… އޭނާއަށް މިހާރު 15 އަހަރު ވާނެ.. އިސްކޮ ބުނީ އިޝާ ވައްތަރީ އެންމެ އާޝާއޭ.. ހުރޭ ދެން ވައްތަރެއް ދޯ ހެހެ.. މީ އަދި އޭނާގެ އުމުރުން އެންމެ 5 އިޔާސްގެ… ދެން ނުހުންނާނެ އިތުރު ބައެއް…. ދެޓްސް އޯލް.. ދެން ހުސް އެމީހުންގެ ފޮޓޯތަށް މިއީ އެކި އިރު އިރުގެ…” އާޝާ ވަކި ވަކި ފޮޓޯތަށް ދައްކަމުން ދިޔައެވެ. އިޒާން ވެސް ކޮފީ ބޮމުން ދިޔައިރު އެ ފޮޓޯތަކަށް ބަލަން ހުއްޓެވެ.
“ދެން ތިހާ ބޮޑު ފެމިލީއެއް އޮންނައިރު، އޭޝްގެ ބައްޕަ އެކްސެޕްޓް ކުރިއިރު ކީއްވެ އޭޝް ނުކުރެވެންވީ؟؟ އެހެން މީހެއްގެ ފަރާތުން ލިބުނު ނިޝާނެއްވިޔަސް އޭޝް ބުނިހެން އެއީ ހަމަ އެ އާއިލާގަ ހުރި ދޮށީ ދަރިފުޅު….އެ ދަރިފުޅުގެ ދަރިވެސް ވާނީ ހަމަ އެގޭ ދަރިއަކަށްނު…. ކުށްކުރީ އޭޝްގެ ބައްޕައެއްނު އޭޝްއެއްނޫނެއްނު….. މައިންބަފައިންނަށް ދަރިންކުރާ ކުށްތަށް ޤަބޫލުކޮށް ނަސޭހަތްދީ އެކަން ނުކުރުމަށް ބާރުއަޅާ އެކަން ހަނދާންނައްތާލެވޭއިރު އެމީހުންނަށް ކީއްވެ ހަމައެކަނި ބައްޕަގެ ކުށްމާފުކޮށް ހަނދާންނައްތާލެވުނީ؟؟ އެ ކުށް ގަބޫލުނުކުރެވެންވީ؟ ކުށޭ މިބުނަނީ އޭޝްއަށް…ކީއްވެ އޭޝް ގަބޫލުނުކުރެވެންވީ؟؟ ބައްޕަ އަށް މާފުކުރިއިރު ޖެހޭނެ އޭޝްވެސް ބަލައިގަންނަން ދޯ.. މާފުކުރުމަކީ އެއީ ކަންނޭނގެ… އެހެންނޫނަސް އޭޝްގެ މައްސަލައެއްނޫނެއްނު އެއީކީ… އޭޝްއަށްވެސް ލިބެންޖެހޭނެ އިސްކޮއަށް ތިލިބޭ ހައްޤު… ” އިޒާން އަހާލީ ސަނީމްއާއި ޝާޒް އަދި އިޝާ އިން ފޮޓޯ ފްރޭމް ނަގާލަމުންނެވެ. އެއަށް ފަރުވާތެރިކަމާއި އެކު އިޒާން ބަލަމުން ދިޔައެވެ. އާޝާ ހިމޭންވިއެވެ. “އުޅޭ ދާން ގަސް ކައިރިއަށް…” އާޝާ ވާހަކަ އޮއްބާލަމުން ފަސް އެނބުރި ދާން ހިނގައިގަތީ ލޮލަށް ޖަމާވެ ފައިބަމުންދާ ކަރުނަތަށް ފޮހެލަމުންނެވެ. އިޒާން އާޝާގެ ފަހަތުން ދިޔައެވެ. އޭނާގެ ނަޒަރު މުޅިންހެން ވަނީ އާޝާއަށެވެ. އާޝާގެ ހަރަކާތްތަށް ބަދަލުވާހެން އޭނާއަށް ފާހަގަވަމުން ދިޔައެވެ. އާޝާ ގޮސް އަނބުގަސްދޮށުގައި މަޑުކޮށްލިއެވެ. އިޒާންވެސް ކޮފީތަށި ހިފައިގެން އެތާ މަޑުކޮށްލީ އާޝާއަށް ބަލައިލަމުންނެވެ.
އާޝާ އަވަސް ނޭވާތަކެއް ލަމުން ދިޔައެވެ. ނަމަވެސް އެކަން ފޮރުވަން މަސައްކަތްކުރާކަށް ރަނގަޅަށް އިޒާން އަށް އިނގުނެވެ. އިޒާން ވެސް މާ ބޮޑަށް އަޅައިނުލާ އަނބުގަހާއި ދިމާލަށް ނަޒަރުހިންގާލިއެވެ. އަނބު ކޯޅިތަށް އެ ގަހުގައި އަޅާފައިވާއިރު އެ ގޭގެ ފަހަތުގެ ބޮޑުބައި ވަނީ އަނބުގަހުގެ ސަބަބުން ހިޔާވެފައެވެ. އެއްބައި ގޭގެ ޓެރަސްއާއި ދިމާލަށް އެލިފައި އޮތެވެ. އިޒާން ގަސްދޮށުގައި ހުރި ޓޭބަލް އެއް މަތީ ތަށި ބަހައްޓާލިއެވެ.
އާޝާ ދެއަތް ދެއަތާއި މޮޑެންފެށިއެވެ. އޭނާގެ އެތެރެ ހައްޓަށް އުނދަގޫތަކެއް ވާންފެށިއެވެ. ސިކުނޑި ބާރުވަމުންދިޔައެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން ދިޔައީ އެކަން ނުދައްކާށެވެ. މޫނުމަތީ ދާތިކިތަށް ހިލި މީހާ ދާހިތްލާ ފޯވިއެވެ.
“އަނެއް.. މި.. މި ޓެ..ޓެރެސްއަށް އަރަންވީނު…. އެތާ…. ހު..ހުންނާނެ ރަނގަޅު އަނބު.. އޭނީ ބޭ..ރުން އަރާ ސި…ޑި…….” އާޝާ ސިޑިއަށް އިޝާރާތްކޮށްލަމުން އެހެން ބުނެލިއިރު އަޑުގައިވެސް މަޑު ތުރުތުރެއް ހުއްޓެވެ. އިޒާން އާޝާއާއި ދިމާ ބަލައިލުމަށްފަހު ސިޑިއާއި ދިމާލަށް ދިޔައީ ހިތާއި ދެކޮޅަށެވެ. އާޝާ އެކަން ފޮރުވަން އެ އުޅެނީވެސް ސަބަބަކާއި ހެދިއެވެ. އިޒާން ވެސް ނުފެންނަ ކަމަށް ހަދައިގެން އުޅެން ނިންމީއެހެންވެއެވެ. އިޒާން ޓެރަސްއަށް އެރުމާއި އެކު އާޝާ ގަހުގެ ފަހަތަށް ގޮސް ގަހުގައި ލައްގަނެލިއެވެ. އަދި މޭމަތީ އަތްއަޅައިގެން ހުރެ ފުން ނޭވާތަކެއް ލާންފެށިއިރު ހީވީ ބިރެއް ފެނިގެން އުޅޭ ކުއްޖެއްހެންނެވެ. އޭނާގެ މޫނުމަތީ ހުރި ދާތިކިތަށް ފޮހެމުން ދިޔައިރު އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތަކަށް ނިމުމެއް ނުވާކަހަލައެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް އޭނާއަށް ކުރެވެނީ އެއް ޝަކުވާއެކެވެ. ދެއްކެނީ އެންމެ މީހެއްގެ ވާހަކައެކެވެ.
“ޝޭން…. ޝޭން.. މިހާ އެކަނިވެރިކޮށް އުޅޭއިރު ކީއްވެ؟ ކީއްވެ ދިޔައީ ޝޭން…އިނގޭނު ވާނެގޮތް…ކީއްވެ ޝޭން…. ލޯބިވާއިރުގަވެސް ހަމަ ދިޔައީ…. އުފަލުގައެއް ނޫނޭ އުޅެނީކީ ޝޭން.. ޝޭން ދަސްވެސް ކޮށްދިނީ އުފަލުގައި އުޅެން… އުފާ ވާން…. ހިނިތުންވާން…. އަނެއްކާވެސް ހަމަ މިހާލުގައެއްނު ތި ދޫކޮށްލީ.. ކީއްވެ އައީ ތިހެން ހަދަން ބޭނުންނަމަ.. ކީއްވެ އުފާވާން ދަސްކޮށްދިނީ.. ކީއްވެ މި ހިނިތުންވުމުގެ ސަބަބަކަށްވީ.. ކީއްވެ ފޮހެނުލެވޭ ވަރުގެ ޒަހަމްތަކެއް ދިނީ.. ޝޭން….. އައި ލަވް ޔޫ… އެމީހުން ނެތަސް ޝޭން ހުރީމެއްނު.. ހުންނާނަމޭ ބުނީމެއްނު… ދެން؟؟ ” އާޝާ ބާރުބާރަށް އެހެން ކިޔަމުން ރޮއެގަތީ މޭގައި އަތްއަޅައިގެން ހުރެއެވެ. އެ ހިތަށްވާގޮތް ދެނެގަންނާނީ ހަމައެކަނި އެކަލާނގެއަށެވެ. ގަހުގެ ފަހަތުގައި ލައްގަނެލައިގެން ހުރި އިޒާންއަށް އެ ހުރިހާ އެއްޗެއްވެސް އަޑުއިވުނެވެ. ހިތުގައި ރިއްސައިގަތީ އެއްވެސް ސަބަބަކާއި ނުލައެވެ. އިޒާން ލޯމަރާލިއެވެ. އާއިލާގެ މި މައްސަލަތަކުގެ އިތުރުންވެސް އެތަކެއް ކަމެއް އާޝާއާއި ދިމާވެފައި އެބަހުއްޓެވެ. އޭނާ މިހާރު ގޮއްސާ ހުރި ހާލަތުން ސަލާމަތްކުރުން އެއީ އިޒާންމެން ކަހަލަ ޑޮކްޓަރުންގެ ޒިންމާއެކެވެ. އިޒާން އާޝާގެ ހަރަކާތްތަކަށް ބަލަން ހުރީ އެހެންވެއެވެ. އާޝާ އިނގިގެންނޫނީ އެހިތުގެ ހާލު ނޭނގޭނެ ކަމަށް އިޒާން ހީކުރިނަމަވެސް ދެން ލަސްކުރުން ރަނގަޅެއްނުވާނެއެވެ. މިހާރުން ފަށައިގެންވެސް އޭނާ މަސައްކަތްކުރަންވީއެވެ.
އިޒާން އިރުކޮޅަކު އެހެން ހުރުމަށްފަހު މަޑު މަޑުން ޓެރަސްއަށް އަރައި ސިޑިއާއި ހަމާލަށް ގޮސް ސިޑިން އެރިއެވެ. އަދި ޓެރަސްގައި ހުރުމަށްފަހު ބާރަކަށް އާޝާއަށްގޮވާލިއެވެ. “އޭޝްޝް… ބޮޑު ތަށްޓެއް ޕްލީސް……….” އިޒާން ގޮވާލިއެވެ.
އާޝާ ސިއްސައިގެން ދިޔައެވެ. އަވަސްއަވަހަށް ކަރުނަތަށް ފޮހެލުމަށްފަހު ނޭފަތް ދަމާލިއެވެ. އަދި އަމިއްލަ ނަފްސް ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. “މަ..މަޑުކޮށްލަންޗޭ…” ގަދަކަމުން އަނގައިން އަޑުނެރެމުން އާޝާ އެހެން ބުނެލިއެވެ. އޭރުވެސް އޭނާ ރަނގަޅެއް ނުވެއެވެ. ނޭވާ ހާސްވާހެން ހީވާންފެށިއެވެ. ނަމަވެސް އާޝާ ދުވެފައި އެތެރެއަށްވަނެވެ. އަދި ތަށިހަރުގަނޑު ކައިރިއަށް ދިޔައެވެ.
އާޝާގެ ނަޒަރު ހުއްޓުނީ އަޅުވާފައި ހުރި ވަޅިތަކަށެވެ. އާޝާ އެއަށް ނުބަލަން މަސައްކަތްކުރީ އޭނާގެ އަމިއްލަ ނަފްސް ކޮންޓްރޯލް ނުވެދާނެތީއެވެ. އާޝާ ތަށިތަކަށް ނަޒަރު ހިންގާލިއެއް ކަމަކު އިރު އިރުކޮޅާ ބަލައިލެވެނީ ވަޅިތަކަށެވެ. “ނޯ….ނޯ އޭ..ޝް…..” އާޝާ ލޯމަރާލިއެވެ. ސިކުނޑިއަށް އަނެއްކާވެސް ބާރުވަމުން ދިޔައެވެ. ސިކުނޑި އިޖާބަދެމުން ދިޔައީ އެ ވަޅި ނަގާ އަމިއްލަ އަތުގައި އަޅާލުމަށެވެ. އެތަން މެރިފައިވާ ލޮލުން ސިފަވުމާއި އެކު އާޝާގެ ގައިން ހީބިހި ނަގައިގަތެވެ. “ނޯ….ނޯ..” އާޝާ އަވަހަށް އެތަނުން ދާންއުޅުނެވެ. އެހެންކަމުން ލޯ ހުޅުވާލުމަށްފަހު އަތުޖެހުނު ތައްޓެއް ނަގައި އެތަނުން ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭނާގެ އަތުން ތަށި ވެއްޓި ތަޅައިގެން ދިޔައެވެ. އެ ބިއްލޫރި އެތިކޮޅުތަށް ފެނިފައިވެސް އާޝާގެ ސިކުނޑި ބާރުކުރަމުން ދިޔައީ އެއްކަމަކަށެވެ. އާޝާ އިށީނދެލިއެވެ. އަދި ރޯންފެށީ އޭނާއަށް އަމިއްލަ ނަފްސް ކޮންޓްރޯލުން ނައްޓާކަން އިހްސާސްވާތީއެވެ.
ތަށިތެޅުނު އަޑުއިވިގެން އިޒާން ތިރިއަށް ފައިބަން މިޝްރާބްޖެހީ ކަމެއް ވެއްޖެކަމަގެ ސިގްނަލް ސިކުނޑިއަށް ނަގައިގަނެވުމުންނެވެ. އިޒާން ގޭތެރެއަށް ވަންނަ ދޮރުކުރިމަތީ މަޑުކޮށްލިއެވެ. އޭނާއަށް ފިޔަވަޅެއްވެސް ނާޅަ އެ ހުރިތާ ހުރެވުނީއެވެ. ތެޅިފައިވާ ބިއްލޫރިތަކާއި ދިމާލަށް ބަލަން އިނދެ ރޮމުން ދިޔަ އާޝާ ފެނި އޭނާވެސް ހައިރާންވިއެވެ. ވީގޮތް ހިތާހިތުން އަންދާޒާކޮށްލަމުން އާޝާއާއި ދިމާލަށް އިޒާން ދިޔައެވެ. “އޭޝް…. ހޭ.. ކިހިނެއްވީ؟؟ ހުއްޓާލަބަ؟ ހޭ އަދި ތަށްޓެއް ތަޅައިގެން ދިޔަޔަސް ރޯކަށް ނުވެއެއްނު… އޭޝް….” އިޒާން އާޝާ ކައިރި އިށީނދެލަމުން ބުނެލިއެވެ. އާޝާއަށް އެއިން އެއްވެސް އެއްޗެއް އަޑެއްނީވޭފަދައެވެ. އެއްވެސް ހަރަކާތެއް ނުކޮށް އޭނާ ރޯން އިނީއެވެ. “އޭޝް….. ޕްލީސް….. އޭޝް..” އިޒާން އާޝާ ގައިގާ ކޮށްޓާލަމުން ބުނެލިއެވެ. އާޝާ ކުއްލިއަކަށް އިޒާންއާއި ދިމާލަށް ބަލައިލުމަށްފަހު އޭނާގައިގާ ބައްދައިގަވެ. އެކަހަލަ ކަމަކަށް ތައްޔާރު ނުވެ އިން އިޒާން ނުވެއްޓުނީ ކިރިޔާއެވެ. އެއް އަތް ތަށިމުށިމަތީ ވިއްދާލިއެވެ. “އޭޝް….” އިޒާންއަށް ގޮވައިލެވުނެވެ. އެއަޑުގައިވާ ހިތާމައާއި ރިހުން އާޝާއަށް ނަގައިނުގަނެވުނުސް އަޑުއަހަން އިތުރު މީހެއް ހުރިނަމަ ފާހަގަވީސްކަން ޔަގީނެވެ. އާޝާ އެހެން އިނދެ ރޮމުން އަތުން އިޝާރާތްކުރަމުން ދިޔައީ އެ ބިއްލޫރިކޮޅުތަކަށެވެ. އަޝާ ތަންކޮޅެއް ބޮޑަށް އިޒާންގެ މޭގައި ބޮނޑިވެލިއެވެ. އޭނާ ހިތްފުރެންދެން ރޯލަން ބޭނުންވެއެވެ. ބޯ އަޅާލާނެ ކޮނޑެއް ބޭނުންވެއެވެ. ހުރިހާ ވާހަކައެއް ހިއްސާކުރާނެ އެކުވެރިއެއް ބޭނުންވެއެވެ.
އާޝާ އަށް ގިސްލެވެން ފެށުނެއްކަމަކު އޭނާ ހުއްޓާލާކަށް ގަސްތެއް ނުކުރިއެވެ. އިޒާންވެސް އެއްއަތުން އާޝާގެ އުނަގަނޑުގައި އަތްއަޅާލައިގެން އިނީ އާޝާގެ ބޮލުގައި އޭނާގެ ދަތްދޮޅި ވިއްދާލައިގެންނެވެ. “އޭޝް… ޕްލީސް ދެން ހުއްޓާލާފަ ވީ ގޮތް ކިޔާލަދީބަ…. ކިހިނެއްތަ ވީ؟؟” އިޒާން އަހާލިއެވެ. އެވަރުންވެސް އާޝާގެ ފަރާތުން ޖަވާބެއް ނައެވެ. އިރުކޮޅެއްނުވެ އިޒާންއަށް އިހްސާސްވީ އާޝާގެ ހަބަރުހުސްވިކަމެވެ. އެހެނީ އިޒާންގެ ގައިގާ ބާރަށް ހިފަހައްޓާލައިގެން ހުރި އާޝާގެ ދެއަތް ނައްޓާލައިގެން ދިޔައެވެ.
“އޭޝް. އޭޝް؟؟؟؟ އޭޝް… ޝިޓް.. ޝިޓް…” އާޝާ އަށް ގޮވަމުން އިޒާން ދިޔައެވެ. އެންމެފަހުން އޭނާ އަމިއްލަ އިސްތަށިގަނޑުގައި ހިފައި ދަމާލިއެވެ. އަދި ފެންތަށްޓެއް ބަލައި ދިޔައީ އާޝާ ތަޅުންގަނޑުމަތީ ބިއްލޫރިތަކާއި ދުރުގައި ބާއްވާލާފައެވެ. ޖޯޑެއްގައި ފެން ގެނެސް އިޒާން އާޝާއަށް ގޮވަމުން ދިޔައީ މޫނަށް ފެންކޮޅެއް ބުރުވާލަމުންނެވެ. އާޝާ ދެލޯ ތަޅުވާލިއެވެ. އަދި ތެދުވެލާ އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. އިޒާންއަށް ހަމަނޭވައިލެވުނީ ދެނެވެ. “އޭޝް….. މިކަމަށް މަނާ ނުކުރާތި އެކަމް އައި ހޭވްޓް ޗެކް ޔޫ….ޓްރީޓްމެންޓެއް ހަދަން އެބަޖެހޭ… ޕްލީސް…” އިޒާން އާޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އާޝާ ވާނުވާ ނޭނގޭ ފަދަގޮތަކަށް އިޒާންއާއި ދިމާލަށް ބަލަންހުރުމަށްފަހު ތެދުވެލިއެވެ. އޭނާ ހުރީ ހަމަޔަކަށް އެޅިފައެވެ. “ކޮން ޓްރީޓްމެންޓެއް އިޒާން؟؟” އާޝާ ބުނެލިއެވެ. “އޭޝް… އައި ނޯ ވަޓް ޔޫ އަރ ގޮއިންގް ތުރޫ. ޕްލީސް… ޗާންސެއް ދޭންވީނު..” އިޒާން ކަންބޮޑުވެލަމުން އެހެންބުނެލިއެވެ. “ހެހެ ޕްލީސް އިޒާން…” އާޝާ މާ ބޮޑުކަމަކަށް ނުހަދާ އައިސް ބިއްލޫރިކޮޅުތަށް ނަގަން އިށީނދެލިއެވެ. މިހާރުއޭނާއަށް ކަމެއްވެފައި ހުރިހެންވެސް ހީނުވެއެވެ. އިޒާން އިރުކޮޅަކު އެހެން ހުރުމަށްފަހު އާޝާ ކައިރިއަށް އައިސް އެ އެތިކޮޅުތަށް ނެގުމުގައި އެހީވެދިނެވެ. “ހިނގާ ދެންވެސް.. މިއޮތީ ތަށި…” އާޝާ ތަށްޓެއްނަގަމުން ބޭރަށް ނިކުންނަން މިޝްރާބްޖެހިއެވެ. އިޒާން އާޝާ ދިޔަދިމާލަށް ބަލަން ހުރުމަށްފަހު ފުންނޭވައެއް ދޫކޮށްލީ މިހާރު އޭނާ ރަނގަޅުވެއްޖެކަން އޭނާއަށް ޔަގީންވުމުންނެވެ. އިޒާން އޭނާގެ މޭމަތީ އަތްއަޅާލިއެވެ. ކަރުނައިން ތެމިފައި ހުއްޓެއްކަމަކު އެއްވެސް ވަރަކަށް ފާހަގަނުވީ ކަޅު ޓީސާޓަކަށްވީމައެވެ. އިޒާންވެސް އާޝާ ދިޔަ ދިމާލަށް މިޝްރާބްޖެހިއެވެ.
އަނބުކޯޅިން އަނބުކޮޅެއް ބިނުމަށްފަހު ތަށްޓަށް އަޅައިގެން ދެމީހުންވެސް ބަދިގެއާއި ދިމާލަށް މިޝްރާބްޖެހިއެވެ. ތަފާތު ވާހަކަތަށް ދައްކަމުން އާޝާ ދިއައިރު މީގެ ކުރިން ކަމެއްވީހެންވެސް ހީނުވެއެވެ. ކުޅިކޮށް ރިހާކުރުކޮޅެއް ހަދާ ލުމަށްފަހު ދެމީހުންވެސް ކާންފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.






yo here it is.. hope like vaane kamah.. thnkyww 😉 😉 lots love n miss
ryn. this is v nice story:)
Ryn aishu vx raw mango kaan beynun… V kulhudhiyaa vehje… Vaahaka v reethi
Waai waai…. Hama habeys ingey… Mi story furathama get nuvyma dhevana faharah alun kiyaalyma enguny.. Hehe. Anyways varah loabi ibaaraaith kurun…
Vrh reethi…??☺knirakun thr dhin in prt up kohladhenyh???
V rythi mi story vx rynoo …bt emyhun tk kuraa iru maa ginain “hehe” beynun kurany ebai madhukohlahchey?☺ekam story hama superb ingey
V v reethi mi vaahaka ..
Knirakun nxt part up vaani
V avas
Story v nys..Kyp it ip dear…N one more thing…Name liyefa in iru eynynu loihbaa ufaa..Dear obofilyge badhalu oaboafili eh jahaala…N nt mishraab..Misraab kiyaanyy…Hope rangalhu kollaane kamah…???
Vaahaka reethi… Bt aifu sukun jahan vaa than thanthaagai noonu sukun huri kan faahag vi. Like aavi aruvahchay innan v thaaga aavi aruvanchay iny… N dhera nuvahchay inan vee thaaga dhera nuvanchay iny… Hpoe dhn rangalhu kuraane kama…
Kokko vaaaahaka liyan neyngenyaa nuliye hurebala.. thiyoh nan thakeh dhw … Ass ey ..ladhu