Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (20)

layaal Level 310 Stories100 Comments
July 30, 2016 9 Mins Read
42 Comments

މަލަން ފޮޗެއް ނަގައިގެން އިނގިލީގައި އަޅަމުން އަޒުރާ ސިޓިން ރޫމަށް ނިކުންނަން ދިޔައީ އައީ ކާކުތޯ ބެލުމަށްށެވެ. “ކާކުތަ ދަރިފުޅާ؟” އަޒުރާ ވާހަކަދައްކަމުން ސިޓިން ރޫމަށް ނިކުއިން އިރު ދޮރުމަތީގައި ހުރި ލުތުފީ ފެނި އޭނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ސައްބީސް އަހަރުފަހުން ލުތުފީ އެގޮތަށް ހަމަލޮލަށް ފެނުމުން އަޒުރާއަށް ހިންދިރުވާލަން ވެސް އުނދަގޫ ވިއެވެ.

“ލުތުފީ.” އަޒުރާއަށް ބުނެވުނީ މިހެންނެވެ. ލުތުފީ ކުރިއަށް ޖެހިލަމުން އަޒުރާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހަނދާނަށްއައީ އަޒުރާގެ ޅަ ދުވަސްވަރެވެ. އޭރެކޭ މިހާރެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އުމުރުން ދުވަސްވެފައި ހުރި ނަމަވެސް އެމޫނަކީ ހަމަ ލުތުފީ ހިތްކީ ސާދާ މޫނެވެ. “އަޒުރާ.. އަހަރެން.” ލުތުފީ މިހެން ބުނުމުން އަޒުރާ ދެބުމަ ގޮށްޖެހުނެވެ.

“ނިކުމޭ! ހަމަ މިހާރު ނިކުމޭ!” އަޒުރާ ރުޅިވެރި ކަމާއިއެކު ބުނެލިއެވެ. ލުތުފީ ކަންތަން ކުރިގޮތް ހަނދާން ވުމުން އަޒުރާ އެންމެ މިނެޓަކުވެސް އެގޭގައި އޭނާ ހުންނާކަށް ނޭދުނެވެ. “އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ..” ލުތުފީ އާދޭސް ކުރާ ރާގެއްގައި ބުނެލިއެވެ.

ދުރުގައި މިތަން ބަލަން ހުރި އާލިމް އެތަނުން ދާން ހިނގައިގަތީ ދެމީހުން އެކަނި ވާހަކަ ދެއްކުމަށް ފުރުސަތު ދެމުންނެވެ. “ކޮން ވާހަކައެއް ދެން މިހައި ދުވަހަށްފަހު އަޑުއަހަންވީ؟ ކުރެވުނު ކަންތައް ކުޑައީތަ!” އަޒުރާގެ އަޑުގައިވި ހަރުކަށިކަމާއިއެކު ހިތާމަ އެކުލެވިގެން ވިއެވެ.

“އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނީ.. އެކަން ޤަބޫލު ކުރަން… އެކަމާއި މަޢާފަށް ވެސް އެދެން. އެކަމަކު އޭރު ހިނގި ކަމަކުން އަހަރެމެންގެ ދަރިންގެ މުސްތަޤްބަލް ހަލާކުކޮށް ނުލައި.” ލުތިފީ ވިސްނައިދެމުން ބުނެލިއެވެ.

“މަޢާފޭ؟ އަދިކިރިޔާތަ ލުތުފީއަށް މަޢާފަށް އެދެން ކެރުނީ؟ އަހަރެން ހަމަ ހައިރާން ވެއްޖޭން..” އަޒުރާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަޒުރާގެ ބަސްތަކުން ލުތުފީ އިސްޖެހުނެވެ. އޭނާ ހަޤީޤަތުގައި ވެސް މިހާރު މަޢާފަށް އެދެން ވެސް ލަދުގަތެވެ. ނަމަވެސް އޭނާގެ ކުށުން ލޫތްގެ އުފާތަކަށް ހުރަސް އެޅޭކަށް އޭނާ ނޭދެއެވެ.

“ލުތުފީއަށް އިނގޭތަ އަހަރެން އުޅުން ހާލު؟ އަހަރެންގެ އާއިލާ މީހުން ކިހާއި އެއްޗެހި.. އެކަމަކު ލުތުފީއަށް ކީތް. އަހަރެން ނުވެސް ކުރާ ކުށެއްގެ އަދަބު ދިނީކީ.. އެނގިހުރެ އަހަރެން އެ އަލިފާން ގަނޑު ތެރެއަށް ވައްޓާލީ.. އެދުވަހު ލުތުފީ އަހަރެންނަށް ހަޤީޤަތް އެންގި ނަމަ.. މިއަދު..” އަޒުރާގެ އަޑު ކުރެހުމުން އޭނާ ވާހަކަ ހުއްޓާލިއެވެ.

“އަހަރެންނަށް އިނގޭ އަޒުރާ.. އެކަމުގައި އަޒުރާގެ އެއްވެސް ކުށެއް ނެތް.. އަހަރެންގެ ޅަ ސިކުނޑިއަށް އެވަރު ނުވިސްނުނީ.. އަމިއްލައަށް ލޯބީގެ ފޮލާ ކެއްކި އިރު އަޒުރާގެ އިހުސާސްތައް ދެނެ ނުގަނެވުނީ.. އަހަރެންނަށް މަޢާފްކުރޭ.. އިނގޭ މިހެން ބުންޏަސް މަޢާފް ކުރަން އުނދަގޫ ވާނެކަން. މަޢާފް ނުކުރި ކަމަކު އައިފާގެ އުފާތަށް އޭނައަށް ހޯދައިދީ.. ލޫތްއެއީ އަހަރެން ކަހަލަ މީހެއް ނޫން. އޭނާއަކީ ހެޔޮ ވިސްނޭ ލޯތްބަށް އިޚުތިރާމް ކުރަން ދަންނަ ކުއްޖެއް.. އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނީ ވެސް އޭނާގެ އެއްވެސް ކުށެއް ނެތި. އެހެންވީމަ އޭނައަކީ އައިފާއަށް އެކަހަލަ ހިތްދަތި ކަމެއް ދޭން މީހެއް ނޫން.. އެތަށް ދުވަހަކަށްފަހު ލޫތް ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނީ އައިފާ.. އަމިއްލަ ދަރިއެއް ކަމަށް ދެކިގެން އުޅުނު ދަރިފުޅު މަރުވެ ދިޔަފަހުން މި އިނގުނީ އެއީ ލޫތްގެ ދަރިއެއް ވެސް ނޫންކަން.. އަޒުރާ ވިސްނާލަބަލަ އޭނާއަށް ކުރާނެ އަސަރު.. އަހަރެން އާދޭސް ކުރަން. ލޫތްގެ އުފާތަށް ނިގުޅައި ނުގަނޭ.” ލުތުފީ ދެރަވެފައި ހުރެ ވާހަކަ ދެއްކިއެވެ.

ލުތުފީގެ ވާހަކަތަކުން އަޒުރާ ހިތުގައި ޖެހި މިކުރެވޭ ކަންތަކާއި މެދު ވިސްނާލެވުނެވެ. އޭނާއަށް ކުރިންނެއް ލޫތްއަށް ދިމާވި ކަންތަކެއް ނޭނގެއެވެ. ނަމަވެސް ލޫތްގެ ކުށަކާއި ނުލައި މިގޮތަށް ކަންތައް ކުރުން މިއީ ގޯހެއްކަން އޭނާއަށް ވިސްނުނެވެ. އައިފާގެ އުފާތަކަށް ކޮޅުފައިން އަރަން އަޒުރާއަށް ކެރުނީތީ ވެސް އޭނާ ދެރަވިއެވެ.

“ލުތުފީ.. އަހަރެން. އަހަރެން ކީކޭ ބުނަނީ.. އައިފާ ތި އާއިލާއާއި ގުޅެން ބޭނުން ނުވީ އަހަރެންނަށް ވީގޮތް ވެދާނެތީ.. ލުތުފީ ކުރި ކަންތައް ބަދަލު ނުކުރެވުނަސް އަހަރެން ނޭދެން އައިފާގެ އުފާތަށް ހަލާކުކޮށްލާކަށް.. އަހަރެން މިކައިވެންޏާއި އެއްބަސް ވެދާނަން.. އެކަމަކު.” އަޒުރާ މިހެން ބުނުމުން ލުތުފީގެ މޫނުމަތިން ފާޅުވި ހިނިތުންވުން ފަނޑުވިއެވެ.

“އެކަމަކު؟” ލުތުފީ ކެތްތެރިކަން ކޮޅުން ލުމުން ބުނެލިއެވެ. “އެކަމަކު އަހަރެން ލުތުފީއަށް މަޢާފް ކުރާކަށް ނެތިން.. މިހާ ދުވަސް ވިއީރުވެސް މި ހިތުގައި ވީ ލަކުނު ތަކެއް ނުފިލާ.. ލުތުފީ ކަންތައް ކުރި ގޮތުގެ މަތިން ހަނދާނެއް ނުނެތޭނެ..” އަޒުރާ ލޮލުން ކަރުނަ ނިރާލިއެވެ.

“މައްސަލައެއްނެތް އަޒުރާ.. އަހަރެން ކުރި ކަންތަކަށް މަޢާފް ކުރުން ހައްޤެއް ވެސް ނޫން.. އެކަމަކު އަހަރެމެންގެ ދަރިންނަށް ހެޔޮ މުސްތަޤްބަލެއް ލިބޭނެތީ އުފާކުރަން..” ލުތުފީ މިހެން ބުނެފައި އެތަނުން ދާން ހިނގައިގަތެވެ. ވަކި ހިސާބަށް ގޮސްފައި ލުތުފީ މަޑުޖެހިލިއެވެ. އަދި ފަސްއެނބުރި އަޒުރާއަށް ނަޒަރު ހުއްޓާލިއެވެ.

“އަހަރެންނަށް ކުރިން މިވާހަކަ ނުބެނެވުނީތީ ހިތާމަ ކުރަން.. އަހަރެން އަޒުރާދެކެ ވަރަށް ލޯބިވީން.. ތިއީ އަހަރެންގެ ފުރަތަމަ ލޯބި.. އޭރުވެސް އަދި މިހާރުވެސް މިހިތުގައި ފޮރުވިފައި އޮތް ލޯތްބަކީ ތިއީ.” ލުތުފީ މިހެން ބުނެ އެގެއިން ނިކުތެވެ. ލުތުފީ ނިކުތުމުން އަޒުރާގެ ލޮލަށް ޖަމާވި ކަރުތަށް ކޮތާފަތަށް ފޭބިއެވެ.

****

“ހަލޯ.. ބައްޕާ. ކީކޭ ބުނީ؟.. ހޫމް.”ފޯނުން ވާހަކަ ދައްކަމުން ދިޔަ ލޫތަށް ނަޒަރު ހުއްޓާލައިގެން އިން އައިފާ އިނީ އެދައްކަނީ ކޮން ވާހަކައެއްކަން ނޭނގި ކެތްމަދުވެފައެވެ. ކާން ގެނެސްފައި ހުރި ފްރައިޑް ރައިސް ތަށީގައި ސަމްސާ ހާކަލަ ހާކާލަ އިން އައިފާ ތަށި ދުރަށް ލީ ލޫތް ބެލްކަންޏަށް ނިކުތުމުންނެވެ.

ސޯފާގައި އިން އައިފާއަށް ލޫތް މިހާރު އެ ދައްކަމުން ދަނީ ކޮން ވާހަކައެއް ކަމެއް ވެސް ނޭނގެއެވެ. އެންމެފަހުން އެތަނުގައި ނީދެވިގެން ތެދުވެ ކޮޓަރީގައި ދެކޮޅަށް ހިނގަންފެށިއެވެ. އަތުގައި އޮތް ވޫލްކޮޅުން އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލުމަށްފަހު އޭނާ ބެލްކަންޏަށް ނިކުމެ ލޫތަށް ނަޒަރު ހުއްޓާލިއެވެ.

“އޯކޭ.. ތޭންކްސް.” ލޫތް ފޯނު ބޭއްވުމަށްފަހު އައިފާއަށް ބަލާލިއެވެ. އޭރު އޭނާގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ފާޅު ނުވުމުން އައިފާ ހާސްވިއެވެ. “ކީކޭތަ ބައްޕަ ބުނީ؟” އައިފާ ކެތްތެރިކަން ކޮޅުން ލުމުން އަހާލިއެވެ. ނަމަވެސް ލޫތް ޖަވާބުގައި ދިނީ ހިމޭން ކަމެވެ.

އައިފާ ގޮސް ލޫތްގެ އަތުގައި ހިފައި ތަޅުވާލަމުން އަނެއްކާ ވެސް ވާހަކަދެއްކިއެވެ. “ލޫތް ދެން ބުނެބަލަ؟ މަންމަ އޯކޭއެއް ނުވި ދޯ..” އައިފާއަށް ރޮވޭގޮތް ވުމުން ލޫތް ވަގުތުން އެކްޓުކުރުން ހުއްޓާލިއެވެ. “އަހާ އަދި ނުވެއެއްނުން ރޯކަށް.. މަންމަ އޯކޭ ވެއްޖެ… ސްމައިލް.” އައިފާގެ މޫނުގައި ދެއަތުން ހިފާލަމުން ލޫތް ބުނެލިއެވެ.

“އަސްލު؟ ސީރިއަސްކޮންތަ.. މަޖާ ނުކުރައްޗޭ.” އައިފާ ޤަބޫލު ނުކުރެވިފައި ހުރެ ބުނެލިއެވެ. “ޔެސް ބޭބް.. ސީރިއަސްކޮން ހަމަ.. ލެޓްސް ގެޓް މެރީޑް..” ލޫތް ހިނިތުން ވެލަމުން މިހެން ބުނެލިއެވެ. އައިފާ އުފަލުން ކުއްލިއަކަށް ފުއްމާލުމަށްފަހު ލޫތްގެ ކަރުގައި އޮޅުލައިގަތުމުން ލޫތް އޭނާ ލުއި ފަތެއްހެން އުފުއްލާލިއެވެ.

“އޯ އައި އެމް ސޯ ސޯ ހެޕީ ލޫތް.. އަޅެ ހަމަ އަސްލުތަ؟” އައިފާ އަދިވެސް އިނީ ޤަބޫލުކުރަން ދަތިވެފައެވެ. “ހޫމް.. ދެން ލިޔެފަތަ ދޭންވީ..” ލޫތް އައިފާގެ އުނަގަނޑުގައި އެބާރުގަދަ ދެއަތުން ހިފައްޓާލަމުން ބުނެލިއެވެ. “ވީ އާ ގެޓިން މެރީޑް..” ކަރުނުން ލޯ ފުސްވެފައި ލޫތްގެ އުރުގައި އިން އައިފާ ބުނެލިއެވެ.

“ޔެސް.. ވިއާ ގެޓިން މެރީޑް.” ލޫތް ޔަޤީންކަން އެރުވިއެވެ. އައިފާ ކަރުކައިރީގައި ލޫތްގެ ބޯވެފައި ހުރި ތުބުޅި ހާކާލުމުން އޭނާ ހީލިކަރައިގެން ގޮސް ހޭންފެށިއެވެ. ބެލްކަނީގައި ދެލޯބިވެރިން ސަކަރާތް ޖަހަމުން ދިޔައިރު އައިފާގެ ހިތްގައިމު ހުނުމުގެ އަޑު މުޅި ފަޒާގައި ހަރުލާފައި ވިއެވެ.

****

މެންދުރުގެ ކެއުމަށް އެންމެން މޭޒު ދޮށުގައި ތިބިއިރު އެތަނުގައި ނެތީ ލޫތް އެކަންޏެވެ. ތައްޓައް ބަތް އަޅަމުން ދިޔައިރު ލުތުފީގެ ޚިޔާލުގައި އެނބުރެމުން ދިޔައީ މިއަދުގެ ކަންތަކެވެ.

ލޫތްއާއި ވާހަކަ ދެއްކުމަށްފަހު މާދަމާ ރޭ އައިލާ އެންމެން އެއްކޮން ރޭގަނޑުގެ ކެއުމަކަށް އަންނަ ބުނެ ލޫތްގެ ކައިވެނީގެ ވާހަކަ އަންގަން އޭނާ ނިންމިއެވެ. މިއީ ލޫތް ވެސް ބޭނުންވާ ގޮތް ކަމުން ލުތުފީ އެކަމަށް އެއްބަސްވިއެވެ.

“ނާއިލް ކޮބައި ކައިވެނީގެ ކަންތައް ކިހިނެތް ކުރިއަށް ދަނީ؟” ލުތުފީ އަހާލިއެވެ. އޭރު ފޯނުން ވާހަކަ ދެއްކުމަށްފަހު އެ ކަނޑާލާއި ނާއިލް ލުތުފީއަށް ސަމާލުކަން ދިނެވެ.

“ހަމަ ރަނގަޅު. ހުރިހާ ކަމެއް ރެޑީ ވަނީމި.. ދެންމެ ވެސް އެ ގުޅީ ތަނުގެ ކޭޓާރިންއާއި ހަވާލުވެފައި އޮތް މީހުން..” ނާއިލް ހިނިތުން ވެލަމުން ބުނެލިއެވެ. “ކޮބާ ލޫތް؟” ނާއިލް އަހާލިއެވެ. “އޭނަ.. އޭނަ ވީ ބައްޕަ ބުނެގެން އޮފީސް ކަމަކު ބޭރަށް ގޮސް..” ލުތުފީ ހަޤީޤަތް ފޮރުވީ ވެގެން އުޅޭގޮތް ކޮންމެހެން އެހެން މީހުންނަށް އިނގުން މުހިއްމު ނުވާތީއެވެ.

“ރޭގަ ވެސް ނާދެ ނިދާކަށް..” އާޒިމާ ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ. “ދެން އެވެސް ބޮޑު ވެފައި ހުރި ދަރިއެއްނުން.. އޭނަ ރޭގައި ހުރީ ހޮޓެލްގައޭ.. އަހަރެން ކައިރި ބުނި.” ލުތުފީ އެވާހަކަ ހިންދާލުމުގެ މަޤްސަދުގައި ބުނެލިއެވެ. ނަމަވެސް އާޒިމާއަށް ލުތުފީ ކޮންމެ ވެސް ކަމެއް ސިއްރު ކުރާހެން ހީވިއެވެ.

“މާދަމާރޭ އޮންނާނެ ކެއުމެއް މިގޭގައި.. ދަރިފުޅުވާނެ ނާޒް ވެސް ގެންނަން.. ވަރަށް މުހިއްމު ކެއުމެއް މީ.” ލުތިފީ މިހެން ބުނުމުން ނާއިލް ބޯ ޖަހާލިއެވެ. “އައިފާ ވެސް އަންނާނެ ދޯ..” ފޯނާއި ކުޅެން އިން އާލާ އެއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

“އާނ.. ދަރިފުޅު ދެން ތި ކާގަޑީގައި ފޯނާއި ނުކުޅެބަލަ.. ކިތަށް ފަހަރު ބުނާނީ..” ލުތުފީ މިހެން ބުނުމުން އާލާ ފޯނު ޖީބަށް ލިއެވެ.

“އެދެން މިޒަމާނުގެ ކުދިންގެ ގޮތެއްނުން ލުތުފީ.. އާޒިމާ ޖޫސް ބޭނުންތަ؟” ފަނި ޖަގު ނަގަމުން ޒުލޭހާ ބުނެލިއެވެ. ޖަވާބުގައި އާޒިމާ ނޫނެކޭ ބުނެ ބޯ ހޫރުވާލިއެވެ. އޭނާ އިނީ ލުތުފީ އެބުނި ކެއުމަކާއި ދޭތެރޭ ވިސްނާށެވެ. އަނެއްކާ މިކެއުން މާ ހާއްސަ ވާންވީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ.

“ކޮބާތަ ޒޭން؟ ކާން ނާންނަނީތަ..” ކާން އިން ލައިޝާ އަހާލިއެވެ. “ނޭނގެ.. މަންމަ އައިރު އިން ފިލްމެއް ބަލަން.. ބުނިން އަންނާށޭ.. ވަރެއްގެ ދަރިއެއް އެ ވެސް.” ޒުލޭހާ ގޮނޑީގައ އިށީނދެލަމުން ބުނެލިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި ޒޭން ފެނި ޒުލޭހާ ހިނިތުންވެލިއެވެ.

“މިހިރައާއި އެއްނުން.. މިކިޔަނީ ދަރިފުޅު ނާންނަ ވާހަކަ..” ޒުލޭހާ ބުނެލިއެވެ. “މިއައީ އެއްނުން.. އޭ ގޭމް އޮފް ތްރޯންސް ބަލަން އިނދެފައޭ މިއައީ..” ޒޭން އައިސް އާލާގެ އަތުގައި ކޮއްޓާލަމުން ބުނެލިއެވެ. “އޯ ޕްލީޒް ޑޯންޓް ސްޕޮއިލް އިޓް..” އާލާ މޫނު ކުނިކޮއްލަމުން ބުނެލިއެވެ.

“ޖޯން ސޮނޯ މަރެއް ނުވެޔޯ..” ނާއިލް ޖެއްސުމަށް މިހެން ބުނެ ޒޭންއާއި ހައި ފައިވްއެއް ޖަހާލިއެވެ. “ދެން! ވަޓް ސީ ރިއަސް ކޮންތަ.. އޯ މައި ގޯޑް!!!” އާލާ ކުއްލިއަކަށް ތުއި ގޮތަކަށް މިހެން ބުނުމުން އެންމެން ހޭން ފެށިއެވެ. “ސާބަހޭ ދެން.. ތިވަރު ނުވިޔަސް ވެދާނެ..” ލައިޝާ ކަންފަތުގައި އަތް އަޅަމުން ބުނެލިއެވެ.

“ހޭއި ޒޭން.. މާދަމާ ރޭ ކެއުން އޮތީ މިގޭގައި އިނގޭ.. އަންނަންވާނެ.. އަނެއްކާ ބޭރުން ކާނީކީ ނޫން..” ލައިޝާ މިހެން ބުނުމުން ޒޭން އާނއެކޭ ބުނެ ބޯ ޖަހާލިއެވެ. އައިފާ ވެސް ކެއުމަށް ގެނައުމަށް އޭނާ ހިތަށް އެރިއެވެ. އޭނާ އިއްޔެ ވެސް ވައިބާ އިން އައިފާއަށް ދެތިން ފަހަރުން މެސެޖު ކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.

ޒޭންގެ ހިތުން މިހާރު އައިފާ ވެސް އޭނާ ދެކެ ލޯބި ވާކަން ޤަބޫލު ކުރީއެވެ. ހުވަފެނުގައި ވެސް ފެންނަނީ އައިފާއެވެ. ހަޤީޤަތަށް ބުނާނަމަ އެކަކަށް ނޭނގުނަސް ޒޭން ވަނީ އަމިއްލަ ދުނިޔެއެއް ހަދާފައެވެ.

އޭގައި އޭނާ އެއުޅެނީ އައިފާއާއި ރައްޓެހިވެގެންނެވެ. ބައެއް ފަހަރަށް އިންސާނާއަށް ނޭނގި އަމިއްލަ ޚިޔާލާއި އެއްގޮތަށް ކަންތައް ވާކަމަށް ޤަބޫލު ކުރެވެއެވެ. މިކަމުގެ ސަބަބުން މެންޓަލް މައްސަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

****

ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަޒުރާ ދިޔައީ އައިފާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ލޫތް ގުޅާފައި އައިފާ ގޮވައިގެން އެބަ އަންނަ ކަމަށް ބުނުމުން އަޒުރާ ހުރީ އައިފާމެން އަންނަން ވާއިރަށް ސައިބޯ އެއްޗެހި ވެސް ތައްޔާރު ކޮށްފައެވެ. ރޭގައި ކަންތައް ކުރެވުނު ގޮތާއި މެދު އޭނާ އިންތިހާއަށް ދެރަވިއެވެ.

އައިފާ ގެ ކައިރިއަށް ޕާކުކޮށްލި ކާރުން ފޭބި ލޫތް މިސްރާބުޖެހީ އައިފާގެ ފަހަތުންނެވެ. އޭނާގެ އަތުގައި ހިފާލަމުން މަގު ހުރަސް ކުރިއިރު ދެމީހުންގެ މޫނުމަތިން ވެސް ފާޅުވީ ހިނިތުން ވުމެވެ. “މާދަމޭ ރޭ އެބައޮތް ޑިނާއެއް.. އެންމެންނަށް މެރީ ކުރާ ވާހަކަ އަންގަން ވާނުން ދޯ.” ލޫތް މިހެން ބުނުމުން އައިފާ ހިނިތުންވެލިއެވެ.

“އަސްލު ވެސް ލޫތް.. އައި އެމް ސޯ ހެޕީ.. ވަރަށް ލޯބިވޭ..” އައިފާ ލޫތް ގެކޮލުގައި ހިފާލަމުން ލޯބި ގޮތަކަށް ބުނެލިއެވެ. ދެމީހުން އެކީގައި ގެއަށް ވަންނަން ދިޔައިރު އައިފާ ހުރީ އަޒުރާއާއި ބައްދަލު ކުރާ ހިތުން ކެތްމަދުވެފައެވެ.

ގޭގެ ރަނގަބީލު ޖެހުނު އަޑަށް އަޒުރާ ދުވެލާފައި ކަހަލަ ގޮތަކަށް ދޮރު ހުޅިވި އިރު ކުރިމަތީގައި ހުރި އައިފާ ފެނި އުފަލުން އޭނާ ގައިގައި އޮޅިލައިގަތެވެ. “މަންމަގެ ރަންގަނޑު..” އަޒުރާ މިހެން ބުނުމުން އައިފާގެ ދެލޯ ކަރުނުން ފުސްވިއެވެ. އޭރު އޭނާގެ ފަހަތުގައި ހުރި ލޫތް ދެމައިން ފެނި ހިނިތުންވެފައި ހުއްޓެވެ.

“މަންމައަށް މަޢާފްކުރޭ.. އޭރު ނުވިސްނުނީ.. ވަރަށް ހަޅޭލެވުނު ދޯ ރޭގައި.. ތަދުވިތަ ތަނަކަށް..” އަޒުރާ އުޅުން ގޮތުން އައިފާއަށް ރޮވުނެވެ. “ނޫން މަންމާ.. ތަދެއްނުވޭ.. އެއީ އެއްވެސް ކަމެއްނޫން.. އަޅުގަނޑަށް ހުރިހާ ކަމެއް އިނގިއްޖެ.. ލޫތްގެ ބައްޕަ ކިޔައިދިން. އެއީ މަންމަގެ ކުށެއް ނޫން. އަޅުގަނޑު ނަމަވެސް ކަންތައް ކުރެވޭނީ އެހެން..” އައިފާ މިހެން ބުނުމުން އަޒުރާ ހިނިތުން ވެލިއެވެ.

“އަވަހަށް ވަދޭ އެތެރެއަށް..” އަޒުރާ މިހެން ބުނުމުން އައިފާއާއި ލޫތް ގޭތެރެއަށް ވަނެވެ. އޭރު ދުރުގައި ހުރި އާލިމް ވެސް އައިސް އައިފާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމަ ދަރިފުޅަށް ހަޤީޤަތް ސިއްރު ކުރީ އެވާހަކަ ދައްކަން ބޭނުން ނުވާތީ..” އަޒުރާ ބުނެލިއެވެ. “މަންމާ.. މިހާރު އެކަންތައް ނިމުނީއޭ ދެން.. ދޯ އައިފާ” އާލިމް ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ.

“ނޫނޭ.. ލޫތް. ދަރިފުޅާ.. މަންމައަށް މަޢާފް ކުރޭ.. ލޫތްގެ އެއްވެސް ކުށަކާއި ނުލައި އެގޮތަށް ކަންތައް ކުރެވުނީ ހަމަ އައިސްފައި ހުރި ރުޅީގައި.. މަންމައަށް ޔަޤީން ދަރިފުޅު އައިފާއަށް ދެރަގޮތެއް ނަހާދާނެކަން..” އަޒުރާ ދަރިފުޅާއޭ ކިޔައި ވާހަކަ ދެއްކުމުން ލޫތްގެ ހިތަށް ބަޔާން ކޮށްދޭން ނޭނގޭ ވަރުގެ އުފާވެރި ކަމެއް ލިބުނެވެ.

“މަންމަ މަޢާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނުވޭ.. މަޔަކަށް ވީމަ އެހެން ވެސް ވާނެ. އަމިއްލަ ދަރިއަށް ދެރަގޮތެއް ވާކަށް އެކަކު ވެސް ނޭދޭނެ..” ލޫތް ހިނިތުންވެލަމުން ބުނެލިއެވެ.

“އެހެންވީމަ އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސަމާ ހިނގާ.. ދޯ ދަރިފުޅާ.” އައިފާގެ ބޮލުގައި ފިރުމާލަމުން އަޒުރާ ބުނެލިއެވެ. އައިފާ ލަދުން އިސްޖަހާލަމުން ލޫތްއަށް ބަލާލިއެވެ.

“ހިނގާ ސައިބޯން.. މަންމަ ހުންނާނެ ދަރިފުޅުމެން އަންނަން ވާއިރަށް ސައި ހަދާފައި..” އަޒުރާ މިހެން ބުނުމުން ލޫތް ކާގެއަށް ދާން ހިނގައިގަތެވެ. “މަންމާ އަޅުގަނޑު އެބަ އަންނަން އިނގޭ..” އައިފާ މިހެން ބުނެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

އައިފާ ކޮޓަރިއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ ފޯނު ހޯދަން ފެށިއެވެ. ރޭގައި ދެވުނީ ފޯނުވެސް ކޮޓަރީގައި ބާއްވާފައެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި ހުޅުވާލި އިރު ރައްޓެހިގެން ކޯލުތަކާއި ވައިބާ މެސެޖުތަކެއް ވެސް ހުއްޓެވެ.

ވައިބާގެ މަސެޖުތައް ބަލަމުން ދަނިކޮން ނުދަންނަ ނަމްބަރަކުން މެސެޖުކޮށްފައި އިނެވެ. ހުޅުވާލިއިރު އެއީ ޒޭންއެވެ. ދެފަހަރަކު ހާއި ޖަހާފައި އިން އިރު ކިހިނެއްހޭ އަހާފައި އިނެވެ. އައިފާއަށް ހީވީ ލޫތްގެ ކޮއްކޮ ކަމުން ހަމަ މެސެޖުކޮށްލީ ކަމަށެވެ. އޭނާ މިކަން މާ ބޮޑު ކަމަށް ނަހަދައެވެ.

އައިފާ ވެސް ހާއިއޭ ބުނެ މެސެޖުކޮށްލީ ސީން ޒޯން ނުކުރާށެވެ. ޒޭންގެ ޖަވާބު ވަގުތުން ލިބުނެވެ. އޭގައި އައިފާގެ ހާލު އަހާލާފައިވެއެވެ. “ވިލް ޔޫ ކަމް ޓު ޑިނާ އެޓް މައި ޕްލޭސް ޓުމޯރޯ ނައިޓް އެޓް އެއިޓް؟” ޒޭން ކޮށްލި މެސެޖަށް އައިފާ އާނއެކޭ ބުނެ ޖަވާބު ދިނެވެ. ޒޭންއަށް ހީވީ އޭނާ ދިން ދަޢުވަތް އައިފާ ޤަބޫލު ކުރީ ކަމަށެވެ.

އޭނ އުފަލުން އަންނާނީ ކިހިނެތްހޭ އަހާލައި ބަލާދަން ހޭ ބުނުމުން އައިފާ ހައިރާން ވިއެވެ. ޒޭން އެގޮތަށް ވާހަކަ ދެއްކި ނަމަވެސް އޭނާ ނިންމީ އެއީ ޒޭން ހިތްހެޔޮކަމުން ބުނެލި އެއްޗެއް ކަމަށްށެވެ. “ނޯ އިޓްސް އޯކޭ.. އައި ވިލް ބީ ދެއާ. ޑޯންޓް ވޮރީ..” އައިފާ ހިތުގައި އެއްވެސް އިތުރު އެއްޗެއް ނެތި މިހެން މެސެޖު ކޮށްލުމަށްފަހު ދަނީ ކަމަށް ބުނެ ކޮޓަރިން ނިކުތެވެ.

****

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އެންމެން ކޮޓަރިއަށް ވައިން ވަގުތެވެ. ލޫތް ވެސް ގެއަށް އައިސް އެންމެންނާއި އެކީ ކެއި އިރު އާޒިމާ އެތަށް ސުވާލެއް ކުރިއެވެ. ނަމަވެސް ލޫތް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނުމުން އާޒިމާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

އެނދުމަތީގައި އޮތް ލުތުފީގެ ނަޒަރު ވަނީ އެނބުރެމުން ދިޔަ ފަންކާއަށް ހުއްޓިފައެވެ. ނިތްކުރި މަތީގައި އެއް އަތް ބާއްވާލައިގެން އޮތް އިރު އޭނާ އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ފާޚާނާއިން ނިކުއިން އާޒިމާ އައިސް އެނދުގައި އިށީނދެ ލުތުފީއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ނިންމީ ވެގެން އުޅޭ ގޮތެއް ލުތުފީ ކައިރިން އޮޅުން ފިލުވާށެވެ.

“ލުތުފީ..” އާޒިމާ ގޮވާލިއެވެ. ނަމަވެސް ލުތުފީ ހަމަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. “ލުތުފީ.. ލުތުފީ..” ލުތުފީގެ އަތުގައި ކޮއްޓާލަމުން އާޒިމާ ގޮވި އިރުވެސް އިވޭ ކަމަކަށް ނުވިއެވެ. “ބަލަ އޭ ލުތުފީ!” އާޒިމާ ތަންކޮޅެއް ބާރަށް ގޮވާލުމުން ލުތުފީ ސިހިފައި ތެދުވިއެވެ.

“ކީކޭ.. ކިހިނެތް ވިއްޔޭ؟” ލުތުފި ވާނުވާ ނޭނގި އިނދެފައި އަހާލިއެވެ. “ސާބަސް އަޅެފަހެވާ.. މިވަރަށް ގޮވާއިރު ވެސް ކޮން ޚިޔާލަކަށް ގެއްލިފައި ތިއޮންނަނީ..” އާޒިމާ މިހެން ބުނުމުން ލުތުފީ އެއްވެސް ޖަވާބެއް ނުދިނެވެ.

“ލުތުފިއާއި ލޫތް ވެގެން ކޮންމެ ވެސް ކަމެއް ފޮރުވަނީތި.. އަހަރެންނަށް އިނގޭ.. ކިހިނެތް ވީތަ؟” އާޒިމާ އެވާހަކަ ފެށުމުން ލުތުފީ ފުންނޭވާއެއް ލިއެވެ. އޭނާ ވެގެން އުޅޭގޮތް ކިޔައިދޭން ނިންމީ އާޒިމާ ދައްކަން ފަށައިފި ވާހަކައެއް ކުރުނުކުރާނެކަން އިނގޭތީއެވެ.

ލުތުފީ ވެގެން އުޅޭގޮތް ކިޔާ ދިން އިރު އޭނާއާއި އަޒުރާގެ ދެމެދުގައި ހިނގި ކަންތަކުގެ ވާހަކަ ކިޔައެއް ނުދެއެވެ. އާޒިމާއަށް އެކަންތައް އިނގިއްޖެނަމަ އަނެއްފަހަރު ކަންތަކާ ޖެހޭނިއްޔޭ ލުތުފީ ހިތަށް އެރިއެވެ. ލުތުފީގެ ވާހަކަ ނިމުމުން އާޒިމާ ހަމަ އަނގައިން ވެސް ނުބުނެ ފާޑަކަށް އިނެވެ.

“އެމީހުން އިންނަނިއްޔޭ؟؟!” އާޒިމާ އިރުކޮޅަކު އިނދެފައި މިހެން އެހުމުން ލުތުފީ ދެފަރާތަށް ބޯހޫރުވާލިއެވެ. މުޅި ވާހަކައިން ވެސް އާޒިމާއަށް ނަގައިގަނެވުނު ތަންކޮޅަކީ އެއީއެވެ.

“ހޫމް.. ނިދަނީ މި.. އިތުރު ސުވާލެއް ނުކުރާތި. މާދަމާރޭ ދެން މިވާހަކަ ދައްކާނީ.. ދެން މި ކިޔައިދިން ވާހަކަ އެކަކު ކައިރި ވެސް ނުބުނާތި. މިހާރު އަޒުރާ ވެސް ޤަބޫލުވެ ހުރިހާ ކަމެއް ހަމަޖެހިއްޖެ.” އާޒިމާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ލުތުފީ އަވަހަށް ބޮލުގައި ރަޖާގަނޑު އަޅައި އަނެއް ފަރާތަށް އެނބުރުނެވެ.

****

ރޭގަނޑުގެ ކެއުމަށް ސުފުރާ މަތި ވަނީ އެކި ވައްތަރުގެ ކާތަކެތިން ފުރާލެވިފައެވެ. ނޯކަރުން ތަށިތައް ރާވަމުން ދިޔައިރު އެތަނުގައި ގޮތް ފާޑު ކިޔަން އާޒިމާ ހުއްޓެވެ. އޭރު ލައިޝާއާއި އާލާ ވީ އެއްޗެއް ގަންނަން ބޭރަށް ގޮހެވެ. ލޫތް ބެލްކަނީގައި އައިފާއާއި އެކީ ހުރިއިރު ނާއިލްވީ ނާޒް ބަލާ ގޮހެވެ.

ލުތުފީ ކޮޓަރީގައި ތައްޔާރު ވަމުން ދިޔައިރު ޒޭން އަދި ނާދެއެވެ. “ބަލާ.. ކިހާ ރީތި ހަނދެއް..” އުޑުގައި އިން ހަނދު ދައްކާލަމުން އައިފާ ބުނެލިއެވެ. “އެކަމަކު މި ހަނދަށް ވުރެ ރީއްޗެއް ނޫން..” އައިފާގެ ކޮލުގައި ބީހިލަމުން ލޫތް ބުނެލިއެވެ. އައިފާ ވަގުތުން ދުރަށް ޖެހިލަމުން އިސްޖަހާލިއެވެ.

“ދެން ލޫތް.. މީހަކު އައިސްދާނެ.” އައިފާ މިހެން ބުނުމުން ލޫތް ހިނިގަނޑެއް ޖަހާލިއެވެ. “ދެން ފެނިދާނުން.. ” ލޫތް އިތުރަށް ކައިރިވެލި ތަނާ އެތެރެއިން އާޒިމާ ގޮވާލި އަޑަށް އޭނާ ސިހިފައި ދުރަށް ޖެހިލިއެވެ. “ކޮބާ..” އައިފާ ހެމުން ހެމުން ބުނެލިއެވެ.

“ދަރިފުޅާ ލޫތް.. ދޭބަލަ ތިރިއަށް ގޮސް ކައިރި ފިހާރައަކުން ކޯކު ފުޅިއެއް ގަނެގެން އަންނަން.. ލައިޝާމެން އެކަކު ވެސް ފޯނެއް ނުނަގާ.. ދެން މި ނޯކަރުން މިގަޑީގައި ނެތް ބޭރަށް ފޮނުވޭކަށް، ވަރަށް ބިޒީ.. އުނދަގުލިއްޔާ ބުނޭ.” ބެލްކަންޏަށް ނިކުއިން އާޒިމާ ބުނެލިއެވެ.

“ނޯ އިޓްސް އޯކޭ މަމް.. މިދަނީ. އެބަ އަންނަން އިނގޭ ބޭބް..” ލޫތް މިހެން ބުނެފައި އެތަނުން ދާން ހިނގައިގަތެވެ. ލިފްޓުގެ ދޮރު ލެއްޕުނު ތަނާ ސިޑިން ތިރިއަށް ފޭބި ޒޭން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ފޯނުން އައިފާއަށް މެސެޖު ކުރަން އުޅެފައި އިރުކޮޅަކުން މެސެޖުކުރަން މަޑުކޮށްލިއެވެ.

ގޭތެރެއަށް ވައިން ޒޭން ފެނި އާޒިމާ ޒުލޭހާ ކޮބައިތޯ އަހާލިއެވެ. ޖަވާބުގައި އެބަ އާދޭ ކަމަށް ބުނެ ޒޭން ބެލްކަންޏަށް ނިކުތީ އައިފާއަށް ގުޅާލުމުގެ މަޤްސަދުގައެވެ. މާގަސްތައް ހައްދާފައި އޮތް ބޮޑު ބެލްކަނީގެ ތަންކޮޅެއް ދުރުގައި އުޑަށް ނަޒަރު ހުއްޓާލައިގެން ހުރި އައިފާ ފެނި ޒޭންގެ ފިޔަވަޅުތައް ހުއްޓުނެވެ.

އައިފާ އެހައި އަވަހަށް އައިސްދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ޒޭން އެދިމާއަށް ހިނގައިގައިން އިރު އޭނާ ހުރީ އައިފާގެ ރީތިކަން ފެނި އާޝޯޚުވެފައެވެ. އައިފާ ލައިގެ ހުރި ކަކުލާ ހަމައަށް އަރައި ހުދު ހެދުމުގައި އޭނާ ފެންނަލެއް އެހާމެ ހިތްގައިމެވެ. އެފަން އިސްތަށިކޮޅު ފަހަތަށް ދޫކޮށްލެވިފައި އޮތުމުން ޖެހެމުން ދިޔަ މަޑު ވައިރޯޅިތަކުން ވިހުރި ލައެވެ.

“ހާއި..” ޒޭންގެ އަޑަށް އައިފާ އެދިމާއަށް އެނބުރުނެވެ. “ހާއި ޒޭން.” އައިފާ ހިނިތުން ވެލަމުން ބުނެލިއެވެ. “ޔޫ ކޭމް.” ޒޭން ހުރީ އައިފާ އައުމުން އިންތިހާއަށް އުފާވެފައެވެ. އޭނާ ބޭނުންވީ މިރޭ އާއިލާއަށް އައިފާ ތަޢާރަފް ކުރަން ނިންމައިގެންނެވެ. “ވަރަށް ރީތި..” ޒޭން މިހެން ބުނުމުން އައިފާ ހިނިތުންވެލިއެވެ.

“ތޭންކްސް.. ޒޭން ވެސް ވަރަށް ސްމާޓް.” އައިފާ މިހެން ބުނެލީ ބަދަލުގައި ޒޭން ވެސް ރީތި ކަމަށް ބުނެލުމަށްށެވެ. “އައިފާ..” ޒޭން ކައިރި ވާން ފެށުމުން އައިފާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ހުރީ މިވަނީ ކިހިނެތްކަން ނޭނގިފައެވެ.

“އަހަރެން ވަރަށް އުފާ ވެއްޖެ އައިފާ އައީމަ. އައި ކާންޓް ވެއިޓް ޓު އިންޓްރިޑިއުސް ޔޫ..” ޒޭން ދައްކަމުން ދިޔަ ވާހަކަތަކުން އައިފާ ހައިރާން ވިއެވެ.

“ޒޭން..” އައިފާގެ ވާހަކަ ޒޭން ހުއްޓުވިއެވެ. “ޝޫޝް.. އިނގޭ.. އަހަރެން ވެސް ވަރަށް ލޯބިވޭ.” އައިފާގެ ހާމައަށް އޮތް އަތުގައި ފިރުމާލުމުން އޭނާ ސިހިފައި ފަހަތަށް ޖެހުނެވެ. ޒޭންގެ އަމަލުތަކުން އައިފާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. “ޒޭން އަހަރެން..” އައިފާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒޭން ކުރިމަކަން އޭނާގެ އަޑު ބެދުނެވެ.

ހަމަ އެސިކުންތުގައި އައިފާ ޒޭންގެ މޭގައި އަޅައި ކޮށްޕާލުމަށްފަހު އޭނާގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ ދެފިޔަވަޅު ފަހަތަށް ޖެހެވުނު އައިފާގެ ލޮލުން ފާޅުވީ ރުޅިވެރިކަމެވެ.

“ހައު ޑެއާ ޔޫ!” އައިފާ މިހެން ބުނިއިރު ޒޭން ހުރީ އައިފާ އެކުރި ކަމަކުން ޖެހި ބުދެއްހެން ހުއްޓިފައެވެ. އެއްއަތުން އޭނާ ކޮލުގައި ފިރުމާލި އިރު އެ ތުންފަތުގައި އައިފާގެ ތުންފަތުގައިވީ ރަތްކުލަ ފޭދިފައި ވިއެވެ.

“އައިފާ!” ދުރުން އިވުނު ލޫތްގެ އަޑަށް އައިފާގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެއްފަހަރު ޒޭންއާއި ދިމާއަށް ބަލާލުމަށްފަހު އަނެއްފަހަރު ލޫތްއަށް ބަލަމުން ދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

އަސަރު ގެ ކިޔުންތެރިންނަށް……

Next

އަހަރެންގެ ވާހަކަ (ތެއްތިރީސްވަނަ ބައި)

Next
July 30, 2016

އަހަރެންގެ ވާހަކަ (ތެއްތިރީސްވަނަ ބައި)

Previews
July 30, 2016

އަސަރު ގެ ކިޔުންތެރިންނަށް……

42 Comments!

  1. Akky says:
    July 30, 2016 at 3:53 pm

    V inthixaaru kohffa hutta. :)))))) me first

  2. Youme says:
    July 30, 2016 at 3:56 pm

    Speechlesss

    1. layaal says:
      July 30, 2016 at 4:35 pm

      thanks

  3. Aroo says:
    July 30, 2016 at 4:03 pm

    “bala ey luthufee”!! haha! that was so funny!! but wow lyaaaaaa!! ur so good! vvvvv salhi. hama hiy thalhuvaalafa thi ninmaali. ❤️❤️

    1. layaal says:
      July 30, 2016 at 4:35 pm

      thanks dear??

  4. Lovely girl says:
    July 30, 2016 at 4:11 pm

    Thi zeyn ah kameh kuran vejjennun….he’s a bad boy….. story hama habeys….
    ?????❤❤❤❤❤????

    1. layaal says:
      July 30, 2016 at 4:35 pm

      thanks ?

  5. Nauher says:
    July 30, 2016 at 4:13 pm

    Haadha kureyy…whn nxt prt!????stry hama habeys..????

    1. layaal says:
      July 30, 2016 at 4:36 pm

      Next part tomorrow in sha allah ?

  6. Lam says:
    July 30, 2016 at 4:15 pm

    Huh looth plx zayn gaiga thalhaigannaathi…dhn vrh foohii… Story vvvvv rythi nd aifaa ge hiy ekanyehnun ingey negi negifa jeheny…mi story kiyaairu lam ge hiy vx negi negifa jehey…????hehe next prt kn irakun?

    1. layaal says:
      July 30, 2016 at 4:36 pm

      thanks lam ?

  7. raani says:
    July 30, 2016 at 4:18 pm

    Wooooo dhen kihine vaanee

  8. Uniquexol says:
    July 30, 2016 at 4:18 pm

    Vvvv reethi

  9. Uniquexol says:
    July 30, 2016 at 4:19 pm

    Someone plx tell me esfiya ah register vaane goiy

    1. layaal says:
      July 30, 2016 at 4:38 pm

      when you open the site there is banner up in blue that says to register. click it and you go from there ?

    2. Uniquexol says:
      July 30, 2016 at 4:57 pm

      Thnxs layaa

  10. Meesham says:
    July 30, 2016 at 4:22 pm

    Ey looth aifa ge kolha bahattaathi ingey laya . Vv nice

  11. mooon says:
    July 30, 2016 at 4:22 pm

    Alhey…dhn vaany khnh baa…

  12. Your's says:
    July 30, 2016 at 4:31 pm

    Happy birth day to the lovly author. Have a blast.. its really nice that u wrote the mixed emotions.

    1. layaal says:
      July 30, 2016 at 4:40 pm

      thank you love ❤️❤️

  13. Faathi says:
    July 30, 2016 at 4:32 pm

    I cannot stop laughing at aazima’s dialogue! ??? vvvv salhi igey. ?

    1. layaal says:
      July 30, 2016 at 4:41 pm

      thanks ??

    2. maiha says:
      July 31, 2016 at 3:56 pm

      yeah…hama sifavegendhey?

  14. maiha says:
    July 30, 2016 at 4:41 pm

    wooow… layaa haadha molhey kiyuntheringe hiy dhamaigannah, aifa looth ge hiy dhamaigaiy gothah? … anyway v nyc mi prt vx… v v interesting..ekam zeyn dheke rulhi aisfi?

    1. layaal says:
      July 30, 2016 at 4:42 pm

      Thank you maiha ??

  15. Mar Sha Marsha says:
    July 30, 2016 at 5:09 pm

    Its your birthday layaal??
    Happy birthday!!!!!
    And story is as always awsome… azura gaboolu vma vv happy vejje..n i also dont like zane.. anekka looth aifa dheke rulhi naannahchey.. hithah eba araa story nimey iru luthufy ge 3rd wife ehves hunnaaneyey.. hehe.. inthizaaring for tomorrow..

    1. layaal says:
      July 31, 2016 at 1:29 pm

      thank you Marsha ?

  16. Shaai says:
    July 30, 2016 at 5:19 pm

    Haadha reychey story. Hama superb. ..

  17. Pinky says:
    July 30, 2016 at 5:21 pm

    Varah kiyaa hithun myny. Looth aifaa dheke rulhi naix zeyn dheke rulhi ahna gothah hadhaaba . Loothu and aifa. . Aifaa aee looth ge kaaku kan zeyn ah rangalhah dhas kohdhybala

  18. arumee says:
    July 30, 2016 at 6:25 pm

    vvvvv salhi igey ❤️❤️❤️ ur the best

  19. oppo says:
    July 30, 2016 at 6:26 pm

    wow!! habeyy. ur the best hama

  20. aimin mau says:
    July 30, 2016 at 6:54 pm

    Oh!!! That ws awsome!!! CNT wait 4 tomorrow!!!! ? N” Ey bala luthufyy” it ws an awsome dialogue!!!! ? ? Waiting 4 nxt part of this story!!!!!

  21. Saajidh says:
    July 30, 2016 at 7:08 pm

    WOW… v v reethi… Next part avas kollahchey… next part ah eba v inthizaaru kurevey…

  22. Faathun says:
    July 30, 2016 at 7:14 pm

    Looth aiifa kolhah bahahttahchey.. aiifa ah dhera gotheh nahadhaathi ingey..

  23. Twinkle says:
    July 30, 2016 at 10:25 pm

    Woow.. jxt wooow

    Cant wait for tomorow 🙂

  24. aisha says:
    July 30, 2016 at 11:51 pm

    v v v salhi mi part ves

  25. Sana says:
    July 31, 2016 at 7:13 am

    V v salhi?

  26. shaya says:
    July 31, 2016 at 8:51 am

    Layaa miadhu kihaairakutha… Hama keh madhuvefa?

  27. naju says:
    July 31, 2016 at 10:27 am

    Alley dhn Aifaa deragotheh nuhadhachr looth

  28. layaal says:
    July 31, 2016 at 1:29 pm

    hey guys. new part tonight in sha allah ?

  29. maiha says:
    July 31, 2016 at 3:52 pm

    oooohhh…nxt paaaaaarrrrrrttttt?

  30. Kia says:
    July 31, 2016 at 5:14 pm

    Wowwwwwwwwwww. Next parttttttt. Heekaru vanyyyy. Hehe :))))))))))

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (21)←


All Right Reserved!