އަހަރެންގެ ވާހަކަ (ބައްތިރީސްވަނަ ބައި)
” ހަލޯ ސަރ ޝިމާލް… ޕްލީޒް ހެލްޕްމީ..” ފޯނުގެ ބެޓެރީ ލޯވުމުގެ ސަބަބުންނިވުނީއެވެ. އެކަމަކުވެސް އަހަރެން އުންމީދު ކަނޑާލާކަށް ގަސްތެއްނުކުރަމެވެ. ޝާޔަލްނަގާ އަތްދަނޑިމައްޗަށް އުފުލާލަމުން ކުރިއަށް ހިގައިގަތީމެވެ. ދޮރާއި ހަމައަށް ދެވޭވަރުވީއިރަށް ދެމީހަކު އައިސް އެތެރެއަށް ވަދެގަނެފިއެވެ. ޝާޔަލް އެއްފަރާތެއްގައި ބާއްވަމުން ކައިރީގައިހުރި ދަގަނޑު ހޮޅިތަކުގެތެރެއިން ހޮޅިއެއްނަގާ އެކަކުގެ ބޮލުގައި ޖެހީމެވެ. އޭރު ފަހަތުން އައިސް އަހަރެންގެ އުނަގަނޑުގައި އަނެއްމީހާ ޖަހައިފިއެވެ. ބަލާކަށްނުހުރެ އޭނަގެ ބޮލުގައިވެސް ބާރުގަދަ އެތިފަހަރެއް ޖަހައިފީމެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަކަށް ނުބަލާ ޝާޔަލް ގޮވައިގެން ބޭރަށް ނިކުތީމެވެ. ދެފައިގަޔާއި އުނަގަނޑުގައި ރިއްސަމުންދިޔައީ ވަރަށް ގަދައަށެވެ. ބައެއް ފަހަރު ތަންދޮރު ނޭނގޭވަރުވަމުންދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލުމަށްފަހު އެތަނުން ބޭރަށް ނިކުމެވުނެވެ. މާލޭގެ ހަލަބޮލި މަގަކަށް ނިކުމެވުނުކަން އެނގުނެވެ.
“ޝިމާލް..” ޔުނީފޯރމުގައި ހުރި އަދްހަމް ކުރިމައްޗަށް އެރިއެވެ.
” އަދޫ ޝާޔަލް ހޮސްޕިޓަލަށް ވަރަށް އަވަސް..” އަދްހަމްގެ އަތްމައްޗަށް ޝާޔަލް ލެވުނުކަންއެނގުނެވެ.
ހޭވެރިކަންވީއިރު އޮވެވުނީ ހޮސްޕިޓަލްގެ އެނދެއްގައެވެ. އާއިލާގެ އެންމެންގެ ކަންބޮޑުވެފައިވާ މޫނުތައް ފެންނަމުންދިޔައެވެ. ތަންކޮޅެއް ދުރުގައި މާނިއު އެހެން ޕޮލިހަކާއި ވާހަކަދައްކަންހުއްޓެވެ. މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބޭރަށް ނިކުތީ މާނިއުމެންނަށް ފުރުސަތުދެމުންނެވެ. އެންމެ ފުރަތަމަވެސް އޭނަނެގީ އަހަރެންގެ ބަޔާނެވެ. ވެދިޔަ ހުރިހާ ކަމެއް އަކުރެއް ފިއްޔެއް ވައްޓާނުލާ އަހަރެން ކިޔާދިނީމެވެ.
“ޝާޔަލް ކޮބާ؟ އޭނަ ރަނގަޅުތަ؟” އެނދުން ތެދުވަމުން އަހާލީމެވެ. އުނަގަނޑަށް ތަދުވަމުންދާތީ އުދަނގޫތަކެއްވިއެވެ.
” އިރާދަކުރެއްވީތީ އޭނައަށް މާބޮޑު ގެއްލުމެއް ނުވޭ.. އެންޑް އެއެންމެން ހައްޔަރުކުރެވިފަ މިހާރުވަނީ.. ޔޫ ޑިޑް އަ ގްރޭޓް ޖޮބް ސަރ..” މާނިއު އަހަރެންގެ ކޮޑުގައި މަޑުމަޑުން ޖަހާލިއެވެ.
“އައި ވޯންޓް މީޓް ހާރ..” އަހަރެން އެދުނީމެވެ.
” ސަރ އަށް ހީވޭތަ ތިހާލުގަ ހުރެގެން ދެވޭނެހެން..” އަމިއްލަ ނަފުސާއިމެދު ވިސްނާލެވުނީ އޭގެފަހުންނެވެ. ނިތްކުރިމަތީގައި ބޭސްއަޅާފައިވާއިރު ކަނާއަތުގައާއި ފައިވެސް ވަނީ ބެންޑޭޖުކޮށްފައެވެ. އަހަރެންނަށް ހަމައެހާވަރަށް އަނިޔާވެއްޖެ ހެއްޔެވެ؟ ލިބުނު ހިތްވަރާއި ޖޯޝުން ލިބިފައިވާ އަނިޔާތަކާއި އަޅަމުންދިޔަ ވޭންތަކުގެ އިޙްސާސްވެސް ނުކުރީއެވެ.
“ޑޮކްޓަރ ހުއްދައެއް ނުދޭ ސަރ ހިނގާއުޅޭކަށް.. މައިބަދައަށް ގެއްލުން ލިބިފައި ހުރުމުން އެންމެ މަދުވެގެން ދެހަފްތާ ރެސްޓުކުރުމަށް ޑޮކްޓަރ ލަފާ ދެއްވާފައިވަނީ..” މާނިއު ހީވަނީ ބޭބެއެއްހެންނެވެ.
“އެކަމަކު އަހަރެން ޝާޔަލް ގާތު ވަރަށް މުހިއްމު ވާހަކައެއް އަހާލަން ބޭނުން..” އެސިޓީގެ ވާހަކަ ދެއްކީއްސުރެ އަހަރެންގެ ކެތްތެރިކަން ކޮޅުންލާފައިވަނީ އެސިޓީގައިވާ އެއްޗެއް ދެނެގަތުމަށެވެ. ޝާޔަލްގެ މުޅި ދިރިއުޅުން ނުރައްކާތެރިކަމަކަށް ވެއްޓިގެންދިޔައީ އެސިޓީކަމަށްވީމައެވެ.
“އެންމެ ރަނގަޅު..” ހިނިތުންވެލަމުން އޭނަ ނިކުތެވެ. މަންމަމެން އައިސްވަނީ އެވަގުތެވެ.
“ދަރިފުޅާ..” ކަރުނުން ފުރިފައިވިދެލޯ އަހަރެންނަށް ފެނުނެވެ. ދަރިންނަށް ކުޑަ އަނިޔާއެއްވިޔަސް މަންމައަށް އަސަރުކުރާނެއެވެ.
” މަންމާ އަހަރެން ރަނގަޅޭ.. މާބޮޑު ކަމެއް ނުވޭނު..” މަންމަގެ އަތްތިލައިގައި ހިފާލަމުން އަހަރެން ބުނީމެވެ.
“އާން ހޮސްޕިޓަލުގަ ތިބި ނަރުހުން ކުރާނެ މަސައްކަތެއް ނެތިގެން ދޯ އެހުރިހާ ބެންޑޭޖުތަކެއް ގައިގަ އޮޅާފަ ތިހިރީ..” އަދްހަމް އަހަރެންގެ ފައިގައިޖަހާލިއެވެ. އެންމެންގެ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރުވެރިވިއެވެ.
“ތިއްތީ..” ޝިއުޒް ކުޑަކުއްޖެއްހެން އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އެންމެން އެބަތިއްބެވެ. ދޮންބެ ކޮބާ ހެއްޔެވެ؟
“މަންމާ ދޮންބެ ކޮބާ؟” ވަށައިގެން ހޯދާލަމުން އަހަރެން އެހީމެވެ.
” ޓެސްޓުގެ ނަތީޖާ ބަލާ ގޮސްވީ..” މަންމަ ބުނެދިނެވެ. ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ.
“މަންމަ ވަރަށް ކަންބޮޑުވެފަ މިހުންނަނީ ދަރިފުޅަށް ކަމެއް ވެދާނެތީ.. އަބަދު ދުޢާކޮށްލަ ކޮށްލާ ހުރެވެނީ ދަރިފުޅު ރައްކާތެރިކޮށްދެއްވާތޯ..” މަންމަގެ ފިރުމުންތަކަކީ ޝިފާއެކެވެ.
“މަންމަގެ ދުޢާގެ ސަބަބުން ކަންނޭނގެއެއްނު އަހަރެން ސަލާމަތްވީ.. އެމީހުން އުޅުނީ..” މަންމަ ދެރަވެދާނެތީ އަހަރެން ޖުމްލަ ފުރިހަމައެއްނުކުރަމެވެ. ދޮރު ހުޅުވާލާފައި އެތެރެއަށްވަނީ ދޮންބެއެވެ. ހިނިތުންވެލަމުން ކުޑަ ގޮތަކަށް އަހަރެންގެ ގައިގާ ބައްދާލިއެވެ. ޑޮކްޓަރ ގޮވައިގެން މާނިއުވަނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އެންމެން ބޭރަށް ނިކުމެއްޖެއެވެ. ޑޮކްޓަރ ބެއްލެވުމަށްފަހު ގެއަށްދިޔަޔަސް އެންމެ ރަނގަޅު ކަމަށާއި ގެއަށް ދިއުމުގެ ކުރިން އޭނައާއި ބައްދަލުކުރުމަށް ބުނެލިއެވެ.
“ތެންކްސް މާނިއު..” ޑޮކްޓަރ ނިކުތުމުން އަހަރެން ބުނެލީމެވެ. އޭނަ އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެފައި އެނބުރިއައީ ފުރޮޅުލީ ގޮނޑިއެއް ހިފައިގެންނެވެ.
“ވަޓް؟” އަހަރެންނަށް ލިބުނީ ޙައިރާންކަމެވެ.
” ސަރ ޑިސްޗާރޖުވިޔަސް ޑޮކްޓަރ ހުއްދައެއްނުދޭ ހިނގާކަށް.. މައިބަދައަށް ލިބިފައިވާ ގެއްލުމަކުން ކުޑަދުވަސްކޮޅަކަށް މި ވީލްޗެއަރގެ އެހީ ބޭނުންވާނެ.. ” އަހަންނަށް ވިސްނައިދޭން މަސައްކަތްކުރާފަދައިން އޭނަ ބުނެދިނެވެ. ބޯޖަހާލަމުން އޭނަގެ އެހީއާއިއެކު އެގޮނޑީގައި އިށީނީމެވެ.
އަހަރެން ގޮވައިގެން އޭނަ ވަނީ ޝާޔަލް އޮތް ކޮޓަރިއަށެވެ. އޭނަގެ އެއްވެސް އެހީތެރިޔަކު ނެތުމުން އަހަރެންނަށް ލިބުނީ ސިހުމެވެ. ދެލޯމަރާލައިގެން އޮތްއިރު އޭނަގެ އެއްފައިގައިވަނީ ޕްލާސްޓަރ އަޅާފައެވެ. ބޮލުގެ ވަށައިގެން ބެންޑޭޖުއޮޅާފައިވެއެވެ.
“ޝާޔަލް..” އޭނަގެ އަތުގައި ހިފާލަމުން މަޑުމަޑުން ގޮވާލީމެވެ. އެވަގުތު އޭނަގެ ދިގު އެސްފިޔަތައް ހަރަކާތްކޮށްލުމާއެކީ ދެލޯ ހުޅުވާލިއެވެ. އެއާއެކު އޭނަގެ އެސްފިޔަތައް ފޫދުއްވާލުމަށްފަހު ކަރުނަތައް ސައިލެއްހެން އޮހިގަތެވެ.
“ޝިމާލް.. އައިއެމް ސޯ ސޮރީ.. އަހަރެންގެ ސަބަބުން ޝިމާލްއަށް ތިހުރިހާ އަނިޔާއެއް ލިބުނީ.. އަހަރެން އެމީހުން ގާތު ޝިމާލްގެ ނަންނުބުނިނަމަ މިހެނެއްނުވީސް..” އޭނަ ކުޑަކޮށް ތެދުވަމުން އަހަރެންގެ ކަރުގައި އޮޅުލައިގަތެވެ. އިސްޖަހާލަމުން މާނިއު ނިކުތީ ބޭރުގައި މަޑުކޮށްލާނެކަމަށް ބުނަމުންނެވެ.
“ޝޫ.. ނޫން.. ޝާޔަލްގެ ސަބަބުން މިއަދު އެއެންމެން ހައްޔަރު ކުރެވިފަ އެވަނީ.. ތޭންކްސް ޓު ޔޫ..” އޭނަގެ އަތަށް ފިއްތާލަމުން އަހަރެން ބުނީމެވެ.
” ކޮން ސިޓީއެއްގެ ވާހަކައެއް އެމީހުން އެދެއްކީ؟” ޝާޔަލްގެ ދެލޮލަށް ބަލާލަމުން އަހަރެން އެހީމެވެ. އޭނަ މަޑުމަޑުން އެވާހަކަތައް ކިޔައިދިނެވެ.
“ޑޯންޓް ވޮރީ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. އަހަރެން ފަހުން އަންނާނަން.. މިހާރު ވަރަށް މުޙިއްމުކަމެއް ނިންމާލަން އެބަޖެހޭ..” ވައަތުން އޭނަގެ މޫނުގައި ހިފަހައްޓާލީމެވެ. ކުޑައިރުކޮޅަކަށް ނަމަވެސް އެރީތި ދެލޮލުގެ ތެރެއަށް ގެބިގެންދިޔައެވެ. ދޮރުގައި ޓަކިޖެހުމުން އޭނަގެ އަތުންދޫކޮށްލުމަށްފަހު އަހަރެން މާނިއުއަށް ގޮވާލީމެވެ. މާނިއު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އަހަރެމެންނަށް ބޭރަށް ނުކުމެވުނުއިރު ޝާޔަލްގެ ކާފަ އެދިމާލަށް އާދެއެވެ. ފޯނެއް އައުމުން އަހަރެން އެއްފަރާތަށް ގެންގޮސް މާނިއު ނިކުތީ ބޭރަށެވެ.
“އަހަންނަށް އިނގޭ މީ ކަލޭގެ ކަމެއްކަން.. މިހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހަކީ ތީކަން.. ކަލޭ ބޭނުންވަނީ ޔާލްގެ ބޮލަށް އެރިގެން އޭނަގެ ހުރިހާ މުދަލެއް ހޯދާކަށްނު.. އެކަމަކު އެހެންވިޔަކަ ނުދޭނަން..” ރުޅިވެރި ބަސްތައް އިއްވާލުމަށްފަހު އޭނަ ވަނީ ޝާޔަލް އޮތް ކޮޓަރިއަށެވެ. އަހަރެން މިއުޅެނީ ޝާޔަލްގެ މުދަލުގެ ދަހިވެތިކަމުގައި ކަމަށް އެމީހުންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟ މާނިއު އަވަސް ފިޔަވަޅުތަކެއް އަޅަމުން އަތުވެއްޖެއެވެ.
“އަޖްވަދު ސަރގެ ފޯނެއް އައިސްފި ހަމަދެންމެ.. ވީހާވެސް އަވަހަކަށް ސަރ ގޮވައިގެން އަންނަން އެދުނީ..” އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟
“މާނިއު ވަރަށް މުޙިއްމުކަމެއް އަދި އެބައޮތް..” ކަންތައްކުރަންވީ ގޮތް ވަރަށް ރަނގަޅަށް އޭނައަށް ކިޔާދިނީމެވެ.
ގަޑިއެއްހާއިރުފަހުން އަހަރެމެން ތިބީ އޮފީހަށް ދިޔައީ ކޮންމެހެން ކުރަންޖެހޭ މުޙިއްމު މަސައްކަތެއް ނިންމާލާފައެވެ. އޭރު އަހަރުމެންގެ އިންތިޒާރުގައި މުޅި ޑިޕާރޓްމެންޓުގެ އެންމެން ތިއްބެވެ. ޓީމުގެ އެންމެން އަހަރެންގެ މަސައްކަތަށް ތަޢުރީފުކޮށް ވާހަކަދެއްކިއެވެ.
“ވެލް ޑަން ބޯއީ.. އައެމް ޕްރައުޑް އޮފް ޔޫ..” ސަރ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އޭނަގެ ދެލޮލުން ފެންނަމުންދަނީ އުފާވެރިކަމެވެ. ސަރގެ އިޝާރާތާއެކު މާނިއު އަހަރެން ގޮވައިގެން އެތެރެއަށްވަނެވެ. އޭރު ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި ގޮނޑިއެއްގައި ޝާޔަންގެ ޤާތިލު އިނެވެ.
“އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެންގެ ބޮލުގަ އަޅުވާފައި ތުޙުމަތުތަކަކީ ދޮގު ތުޙުމަތުތަކެކޭ.. އެއީ ބައެއްގެ ރޭވުމެކޭ… އަހަރެން މީ..” ދޮރު ހުޅުވާލިއަޑަށް އޭނަ ބުނަމުންދިޔައެވެ. އޭނަ ދައްކަމުންދިޔަ ވާހަކައަށް ހުއްޓުމެއް އައީ އަހަރެން ފެނުމުންނެވެ.
“ދެން ތިބުނީ އަހަރެންނަށް ފެނުނު ކަންތައްތަކާއި އަހަންނަށް ލިބިފައިވާމިވާ އަނިޔާތަކަކީވެސް އަހަރުމެންގެ ރޭވުމޭދޯ..” ހުރިހާ ކަމެއް ލޯމައްޗަށް ފެނިފައިވުމުން އޭނަ ފެނުނަސް ރުޅިގަދަވިއެވެ. ޝާޔަންއަށް ދީފައިވާ ވަކިވަކި އަނިޔާތައް ލޮލުގެ ކުރިމައްޗަށް ފެންނަ ފަދައެވެ. އެފަކީރު ޙަޔާތުގެ ފަހު ދުވަސްތައް ހަނދާންނަށް އަންނަންފެށިއެވެ. ނުލަފާ ބައެއްގެ އަތްދަށުވެ އޭނައަށް ހާދަ އަނިޔާއެއް ލިބިފައިވެއެވެ.
“އެއްވެސް ޙެއްކެއްނެތި ތިހެން ތުޙުމަތެއް ނޭޅުވޭނެ.. ޝިމާލްގެ އަތުގަ އެއްވެސް ޙެއްކެއް އެބައޮތްތަ މަށާއި ދެކޮޅަށް؟” އޭނަ ފުންމައިގެން ތެދުވިއެވެ. ނަމަވެސް ދެއަތުގައި ބިޑިއަޅުވާފައިވުމުން މާބޮޑު ކަމެއް ނުކުރެވުނެވެ.
“ހެކި ބޭނުންވަނީ ދޯ.. މިއޮތީ ޝާޔަންގެ ޕޯސްޓްމޯޓަމް ރިޕޯރޓް.. ޝާޔަން ފޯނުން ރިކޯރޑްކޮށްފައިވާ ވީޑިއޯ… ޝާޔަންއަށް ހަމަލާ ދެވުނުރޭ ކަލޭ ފޯނުގެ ލޮކޭޝަނަކީ ހުޅުމާލެ ހަމަ އެއިމާރާތް.. ޕޯސްޓްމޯޓަމު ރިޕޯރޓުން އެނގޭ އޭނަގެ މޫނާއި އަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއްގައި އަލިފާން ޖައްސާފަ ހުރިކަމުގެ ނިޝާންތައް ފެންނަން އެހެރީ.. އޭނަގެ ޖިންސީގޮތުން ގިނަގުނަ އަނިޔާކޮށްފަ ތޫނު އެއްޗިއްސާ އެކި ފާޑު ފާޑުގެ ނުރައްކާތެރި ކެމިކަލުތަކުން.. ޗީ ލަދެއްވެސް ނުގަނޭތަ؟ ޙަލާލުކޮށް ކުރެވެންހުރި ކަންކަން ޙަރާމު ގޮތްގޮތަށް ކުރަންވީ… ކެމެރާތައް ހަރުކުރި މީހުންގެ ބަޔާން އެބަހުރި.. އެމީހުންވަނީ އެކަންކުރި ކަމަށް އެއްބަސްވެފަ..” ޝާޔަންގެ ހަލާކުވެފައިވާ ފޯނުން ރިކޯރޑްކުރެވިފައިވާ ވީޑިއޯ އަހަރެން ޕްލޭކޮށްލީމެވެ.
“އަދިވެސް ހެކި ބޭނުންތަ؟ ހޮސްޕިޓަލުގެ ސީސީޓީވީ ފޮޓޭޖު.. ޝާޔަންގެ ރޫމަށް އެދުވަހު އެންމެފަހުން ވަތް މީހަކީ ތީ.. މިއޮތީ ޝާޔަން އޭނަގެ ކޮއްކޮއަށް ލިޔެފައި އޮތް ސިޓީ.. ޝާޔަލްގެ ބަޔާން.. މިހުރިހާ އެއްޗެއް ހުރީ ކަލެއާއި ދެކޮޅަށް..އަދިވެސް އިތުރު ހެކި ބޭނުންވަނީ އަޙްމަދް ޒައިކް…” ޒައިކްގެ ކުރިމައްޗަށް ހުރިހާ ލިޔުންތަކެއްގެ ކޮޕީ ޖެހީމެވެ.
“ޝާޔަންގެ ސިޓީ ކޮންތާކުން ލިބުނީ ކަލެއަށް؟” އޭނަ އުޅުނީ އަހަރެންގެ ގިރުވާނުގައި ހިފައިގަންނާށެވެ. ނަމަވެސް މާނިއު އޭގެކުރިން އޭނަ ހިފެހެއްޓިއެވެ. އެމީހުން ބޭނުންވީ ހުރިހާ ހެއްކެއް ނައްތާލާށެވެ. އެސިޓީއަކީ އެމީހުންނަށް ހުރި ނުރައްކަލެއްކަން އެނގުމުން އޭނަ ބޭނުންވީ އެސިޓީއާއި ހަމައަށް ފޯރާށެވެ. ނަމަވެސް މާތްﷲގެ އިރާދަފުޅުން ޒައިކްއަށްވުރެ ކުރިން ޝާޔަލްއަށް އެސިޓީ ފެނުނީއެވެ.
“މިއީ ޝާޔަން އޭނަގެ ކޮއްކޮއަށް ލިޔެފައިވާ ސިޓީއެއްވީމަ އެސިޓީ އޮންނަންވާނީވެސް އޭނަގެ އަތުގައެއްނު..” ސިޓީ އޭނަގެ މޫނުމައްޗަށް ޖެހީމެވެ.
ޝާޔަންގެ ސިޓީ
“ލޯބިވާ ކޮއްކޮ ޔާލްއަށް..
ފަހަރެއްގައި ކޮއްކޮއަށް މިސިޓީ ލިބޭއިރު ދޮންތަ ވާނީ ކޮއްކޮއާއި އެތައް މޭލެއް ދުރުގައިކަމަށްވުންވެސް އެކަށީގެންވެއެވެ. ނޫނީ ކޮއްކޮއާއި ހަމައަށް މިސިޓީ ފޯރާނެކަމެއް ނޫނީ ނޫންކަމެއްވެސް ނޭނގެއެވެ. ނަމަވެސް ކޮންމެ ހާލެއްގައިވިޔަސް މިޙަޤީޤަތް ކޮއްކޮއާއި ހަމައަށް ފޯރުމަކީ ދޮންތަގެ އެދުމެކެވެ. ފަހަރެއްގައިވިޔަސް އަހަރެން ތަޙައްމަލުކުރި ދުވަސްތަކެއް ތި ލޯބިވާ ކޮއްކޮއަށް ހޭދަކުރަންޖެހުމަކީ ފަހަރެއްގައިވެސް އަހަރެން އެދޭނެކަމެއް ނޫނެވެ.
ކޮއްކޯއެވެ! ދޮންތައަށް މާފުކުރާށެވެ. މާޒީވެގެން ދިޔަ ދުވަސްތަކުގައި މިނިކަމެތި ދައްތަގެ ފަރާތުން ވި ހުރިހާ ކަމަކަށް މާފުކޮށްދޭށެވެ. ފަހަރެއްގައިވެސް ކޮއްކޮގެ ހަޔާތުން މާޒީވެ ދިޔަ ދުވަސްތަކާއި ކުރަމުންދިޔަ ހިތާމަތަކެއް ދޮންތައަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަބަދާއި އަބަދު އެލޯތްބަކަށް ކޮއްކޮ ރޮމުންދިޔަ މައިންބަފައިންގެ ލޯތްބެއްވެސް ދޮންތައަކަށް ހޯދައެއް ނުދެވޭނެއެވެ. ދޮންތައަށް ވެގެންވާނަމަ މުޅި ދުނިޔޭގައިވާ ހުރިހާ އުފަލެއް ތިޔަ ކޮއްކޮއަށް ހޯދައިދިނީމުހެވެ. ނަމަވެސް ހިތާމައަކީ އެއިން އެއްވެސް ކަމަކީ އަހަރެމެން އިންސާނުންގެ އިޙްތިޔާރުގައިވާކަމަކަށް ނުވުމެވެ.
ނިވެމުން ކަނިވަމުންދާ ދޮންތަގެ ހަޔާތުގައި ފޮރުވިފައިވާ ސިއްރު މިއަދު ކޮންމެހެންވެސް ކޮއްކޮގެ ކުރިމައްޗަށް ގެނައުން މުޙިއްމެވެ. ނޫނީ އަހަރެން މިދުނިޔެއިން ވަކިވެގެންދިޔަޔަސް އެކަން އޮންނާނީ ފޮރުވިފައެވެ. ދެވަނަ ފަހަރަށް މިފަދަ ޝާޔަންއެއް ވާކަން ބޭނުމެއްނޫނެވެ. ހަނދާންކޮށް ސިޓީ ލިބޭއިރަށް ޝިމާލްއާއި ހަވާލުކުރާށެވެ.
ކޮއްކޮ އަބަދު ބުނާނެއެވެ. ދޮންތަ ހާދަ ނަސީބުގަދައެވެ. މަންމައާއި ބައްޕައާއި އާއިލާގެ އެންމެންވެސް ދޮންތަދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ ދޮންތަގެ ހަޔާތުގައި ހުރިހާ ކަމެއް އޮތީ ކިހާ ފުރިހަމައަށް ހެއްޔެވެ؟ ބޭނުން ހުރިހާ އެއްޗެއް ވަނީ ލިބިފައެވެ. ޒައިކްފަދަ ދޮންތަދެކެ އެހާ ލޯބިވާ، ރީތި ސްމާޓް ފިރިއެއް ލިބޭނީ ހަމަޤައިމު ނަސީބުވެރިއަކަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއެއްނޫނެވެ. މީހެއްގެ ބޭރުފުށުގެ ރީތިކަމަކުން ނޫނީ އެމީހަކު އުޅޭގޮތަކުން މީހެއްގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އެރީތިކަމުގެ ފުރަގަހުގައިވަނީ ކޮންފަދަ އަނިޔާވެރިކަމަކާއި މަކަރުވެރި ރޭވުންތަކެއްކަމެއް ބަލާލާ މީހަކަށް ނޭނގޭނެއެވެ.
އަހަރެންވެސް އުންމީދުކުރީ އަހަރެންގެ ޒަވާޖީ ހަޔާތަކީ ދިރިއުޅުމުގައި ކުރެވޭނެ އެންމެ ރީތި ތަޖުރިބާކަމަށެވެ. މުޅި ޙަޔާތުގައިވެސް އަހަރެންނަށް ލޯބިވެވުނު ހަމައެކަނި ބައިވެރިއާއެކީ އުފާވެރި މުސްތަޤުބަލެއް ލިބޭނެކަމަށެވެ. އެހެންނަމަވެސް އެހީ ކުށްހީއެކެވެ. އަހަރެންގެ ޒަވާޖީ ޙަޔާތަކީ ބައެއްގެ ވަރުގަދަ ވިސްނުންތަކަކުން ކުރެވިފައިވާ ހަމައެކަނި ޕްލޭންއެކެވެ.
ޒައިކްއާއި ފުރަތަމަ އެއަރޕޯރޓުން ދިމާވުމަކީވެސް އިންތިފާޤެއްނޫނެވެ. އޭގެ ފަހުން އަހަރުމެން ދެމީހުންނަށް ގިނަ ތަންތަނުން ދިމާވަމުން އައުމަކީ އިންތިފާޤެއްކަމަށް ހީކުރެވުނަސް އެއީ ހަމަ މާކުރިން ރޭވިގެން ކޮށްފައިވާ ޕްލޭންތަކެވެ. އެހުރިހާ ކަމެއްގެ ފުރަގަހުގައި ހުރީ އެހެންމީހެއްނޫނެވެ. އެއީ އެމީހެއްދެކެ އަހަރެން ހިތާއި ފުރާނައިން ލޯބިވާ ޒައިކްއެވެ.
ކައިވެނީގެ ފުރަތަމަ ތިންވެސް ވޭތުވެގެން ދިޔައީ ނުހަނު އޮމާންކަމާއެކީގައެވެ. އޭނަގެ ލޯބިން އަހަރެންގެ ހިތް ފުރާލަދިނެވެ. ޝަކުވާކުރާނެ ޖާގައެއްނުދީ އިންތިހާއަށް އުފާވެރިކަން ހޯދައިދިނެވެ. އެކަމަކު އޭގެ ފަހުން އޭނަގެ ޙަޤީޤީ ސިފަ ފެނުނެވެ. ފެނުނީއެއްނޫނެވެ. އޭނަ އަމިއްލައަށް އެސިފަ އަހަރެންގެ ކުރިމައްޗަށް ގެނައީއެވެ.
ކޮއްކޯއެވެ. އޭގެފަހުން ދުވާލަކު ކިތަންމެ ފަހަރަކު ދޮންތަ މަރުވެއެވެ. އަނިޔާގެ ސަބަބުން ކޮންމެ ދުވަހަކު އަހަރެންގެ ހަށިގަނޑުގައި އެތައް ލަކުނެއްލައެވެ. މޫނާއި އަތްތިލަފިޔަވާ އެހެން ހުރިހާ ތަނެއް އަނިޔާގެ ޝިކާރައަކަށްވިއެވެ. އޭނަ ކޮށްފައިވާ ހަޑިމުޑުދާރު ކަންތަކުގެ ވާހަކަ ބުނަން އަހަރެން ލަދުގަނެއެވެ. ސަލާމަތްވާ އެތައް ފަހަރަކު ހިތަށްއެރިއެވެ. ނަމަވެސް އަހަރެންގެ ސަބަބުން ލޯބިވާ މަންމައާއި ބައްޕަގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާކަށް ބޭނުމެއްނޫނެވެ. އަހަރެން އޭނައާއި ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އަދަބު ލިބޭނީ މަންމަމެންނަށްކަން އޭނަ ބުނަމުންދިޔައެވެ. އޭނަ ދިޔައީ އަހަރެންގެ ހުރިހާ ހަރަކާތަކަށް ފާރަވެރިވަމުންނެވެ. މުޅި އެޕާރޓުމެންޓުގައިވަނީ ކެމެރާ ހަރުކޮށް އަހަރެންގެ ހަރަކާތްތައް އަބަދު ފެންނާނެގޮތް ހަދާފައެވެ. އަހަރެންގެ ފޯނަށް އަންނަ ހުރިހާ ކޯލެއް އޭނައަށް އެނގެއެވެ. ކްލިނިކްގައި އަޅާ ކޮންމެ ފިޔަވަޅެއް އޭނައަށް އިނގެއެވެ. ޝިމާލްގާތު ހަޤީޤަތް ހާމަކޮށްފާނެތީ އޭނަގެ ސެޝަންތައް ނެގުންމަނާކުރިއެވެ. އެކަން ނުހުއްޓައިފިނަމަ ދެން ފެންނާނީ ޝިމާލްގެ މަރުވެފައިވާ މަސްގަނޑުކަމަށް ބުނެ އިންޒާރުދިނެވެ. ހަށިގަނޑު ދިރިހުރިނަމަވެސް އަހަރެންގެ ރޫޙު މަރުވިތާ ކިތަންމެ ދުވަހެކެވެ. ފާފައަކަށް ނުވާނަމަ އަމިއްލައަށް މަރުވާނެތާ ކިތަންމެ ދުވަހެކެވެ.
ނަމަވެސް އަހަރެންނަށްފަހު މިކަން ކޮއްކޮއަށް ކުރިމަތިލާންޖެހިދާނެތީ އަހަރެންނަށް އިންތިޙާއަށް ބިރުވެތިވަމެވެ. އަހަރެން މަރުވެދިޔުމަށްފަހު އާއިލާއިން ޝާޔަލްއާއި ޒައިކްގެ ކައިވެނި ކުރުމަށް ބާރުއަޅާނެކަން އަހަންނަށް އެނގެއެވެ. އެއީ އޭނަގެ ޕްލޭންގެ ބައެކެވެ. ނަމަވެސް ކޮންމެ ޙާލެއްގައިވެސް ކޮއްކޮ އެކަންވިޔަ ނުދެއްޗެވެ. ދޮންތަގެ ވާހަކަ އެނގިފައި ފިރިހެނުންނަށް އޮތް އިތުބާރު ގެއްލިއްޖެއޭ ކޮއްކޮއަށް ހީވާނެއެވެ. ނަމަވެސް ޔަޤީންކުރާށެވެ. ޝިމާލްއަކީ ވަރަށް ރަނގަޅު މީހެކެވެ. ކޮއްކޮއަށްވުރެ ބޮޑަށް ދޮންތައަށް އޭނަ އިނގެއެވެ. އޭނަގެ ޙަޔާތުގެ ހިތި މާޒީގެ ދުވަސްތަކާއި އޭނަ އުޅެމުންދިޔަ ދިރިއުޅުމެވެ. ދީނުގައި ކަންކަން އޮތް އެނގުމަށްފަހު އޭނައަށް އުޅެވިފައިވާ ގޮތުން މާތްﷲގެ އަޒާބަށް ބިރުވެތިވެ ރުއީ އަހަރެންގެ ކުރިމަތީގައެވެ. އެދުވަހު އޭނަ އުޅުނުގޮތް މިހާރުވެސް ހަނދާނަށް އާދެއެވެ. ރަނގަޅު މަގު އެނގުމަށްފަހު އޭނަ ކުރިން އުޅުނުގޮތް މުޅިން ދޫކޮށްލިއެވެ. ﷲގެ ހަޟްރަތަށް ބިރުވެތިވާ މީހާ އޭނައަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނެއެވެ. އެއީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.
ޝިމާލްގެ ހިތުން މަޤާމެއް ލިބޭވަރަށް ކޮއްކޮ އޭނައަށް ލޯބިދޭށެވެ. އޭނަގެ މާޒީގެ ހުރިހާ ކަމެއް ހަނދާންނެތޭވަރަށް ކޮއްކޮގެ ފަރާތުން އޭނައަށް ލޯތްބާއި އަޅާލުންދޭށެވެ. އޭނައަށް ބޭނުންވަނީ ކޮއްކޮ ފަދަ ހިތްވަރުގަދަ މަގު ދައްކައިދޭނެފަދަ ބައިވެރިއެކެވެ. މާތްﷲ އިރާދަކުރެއްވިއްޔާ ކޮއްކޮވާނީ ނަސީބުވެރިއަކަށެވެ. ޝިމާލްފަދަ ފިރިއެއް ލިބޭނީ ނަސީބުވެރިންނަށެވެ. ފައިސާއާއި މުއްސަނދިކަމަކުން އުފާވެރިކަމެއް ނުހޯދޭނެއެވެ. ޝިމާލްގެ ކިބައިގައިވާ ރީތި އަޙްލާޤީ ސިފަތައް އެނގުނު ދުވަހަކުން ކާފަވެސް ބުނާނެއެވެ. “ޝާޔަންއަށްވެސް ޝިމާލްފަދަ ފިރިއެއް ލިބުނުނަމައެވެ.”
މިވަގުތުފެށިގެން އަހަރެންނަށް ލިބިފައިވާ ހުރިހާ މުދަލަކާއި ހުރިހާ އަގުހުރި އެއްޗަކީ ކޮއްކޮގެ ޙައްޤެކެވެ. އެއަށް ބާރުފޯރުވޭވަރުގެ އެހެންމީހަކު ނުހުންނާނެއެވެ. އަބަދުވެސް ހަނދާންކުރާށެވެ. ކޮއްކޮދެކެ ދޮންތަ ވަރަށް ލޯބިވެއެވެ.” ސިޓީއާއެކު ޝާޔަންގެ ހުރިހާ މުދަލެއް ޝާޔަލްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުންވެސް އޮތެވެ.
” ކަލޭ ބޭނުންވި އެއްވެސް ކަމެއް ނުވިއެއްނު.. ޝާޔަންގެ ހުރިހާ މުދަލެއް އެވަނީ ޝާޔަލްގެ ނަންމަތީގަ.. ހުރިހާ ޕްލޭންތަކެއް ފެއިލްވީނު.. ދެން ކީއްކުރާނީ؟” އަހަރެން އޭނަގެ މޫނަށް ބަލާލީމެވެ. އެވަގުތު އޭނަ ބާރުބާރަށް ހޭންފެށިއެވެ. އޭނަ ބޭނުންވި ގޮތަށް ކަންތައް ނުވުމުން އޭނައަށް ޝޮކެއްލިބި މޮޔަވީ ހެއްޔެވެ؟
” ތިހީކުރަނީ އަހަރެން މިހުރިހާ ކަމެއް ކުރީ ޝާޔަންގެ މުދާތައް ހޯދަންކަމަށްތަ މޮޔަޔާ؟ އަހަރެން ކީއްކުރަން އެމީހުންގެ މުދާތައް ހޯދަންވީ؟” އޭނަގެ މޫނުމަތީގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނުވެއެވެ. ފައިސާއާއި މުދާ ބޭނުންނުވާކަމުގައިވަންޏާ އޭނަގެ މަޤުސަދަކީ ކޮބައިހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.



mi vee kihineh ? alhey angel next prt avahah upkohlla dhehchey puleezz
am waiting for your comment aff 🙂
hehe .. long time dhw .. miss more angel .. story hama varah habeys .. keep going .. mee hama ehvanaige story eh ☺☺ ..
Dhogeh nun mi v kihineh….but vvv reethi
Thankss Saadhu
V rreeethi next part avahah up koh dhechchey.
Thankss Same
A aslu ves mi v kihineh? Varah reethi mi part ves. Next part avas koh dheh chey..
Thankss Mendhamuge raanii.. In Shaa Allah Tuesday nuny Tuesday night ga next part
Haadha salhi a next part avas kndhenchey
Thankss Rish
wattt.. zaik dhn kohcheh beynun wegen eulhenyy….
Next part ga igeyne Zaik beynun vegen ulhey kame 😉
Thi ah vureh reethi koh ves buneveyne
Salhi….zaik…thee dhen fukeh bodu varu…??????…koncheh tha beynun vegen e ulheny??? Very curious to know??? Zaik ge vaan ulhey wife akah ves neyge that? ???
LOL….??????????
Thankss Love.. Next part ga igeyne Zaik beynun vaa goi.. keep reading
Salhi….zaik…thee dhen fukeh bodu varu…??????…koncheh tha beynun vegen e ulheny??? Very curious to know??? Zaik ge vaan ulhey wife akah ves neyge tha? ???
LOL….??????????
Nulafaa zaik gandeh…hama marah maru hifan vashafaru. ..??????
Nulafaa zaik gandeh…hama marah maru hifan v. ..??????
Nice
Thankss Lovely girl
upkohdhyy .. varah avass.. zaik ge wife ah e varu neygey.. thi dhn joke eh nunthrr… bodkam…??????
Veehavx avahaka upload kurevey thw mibalany 🙂
vvvvvvvvvv reethi…..knirakun next part othy
V nise .. V beynuh then vaagothen balaalan.. Pls pls Avahan up kola dhey thi..?????????
v salhi vaahaka
kon irakun den udate kohdeyny
vyhaaa ves avas kod deythi ingey
Varah reethi?
I think shaayal menge kaafa ah badhal hifan kuri kamehhen..
Wattt ?? mi vy kihine…any ways v nive story ☺
When is the next part.
kn irakun next part angelooo … inthixaarin engey ☺
Todays wednesday… Plxxx upload the story
Aslu vaahaka update lasvaathi varah dhera vey….