Skip to content
އެސްފިޔަ

އަސަރު 26

ޝިކާ ކައުންޓަރާ ދިމާއަށް ދިޔައިރު އޭނާ ގެ ހިތުގައި ތަފާތު ސުވާލުތަށް ފުނިޖެހެމުން ދިއައެވެ. އަމީން މެން ފުލުސް އޮފީހުން އޭރު ދޫކޮށްލީ ކޮންއިރަކު ހެއްޔެވެ؟ އަދި އަމީންގެ އަންހެނުންނަށް މިފަދަ ބައްޔަކާ ކުރިމަތިލާން ޖެހުނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް ރީތި އަންހެން ކުދިންނާ އެކު އުޅެން ބޭނުންވާ އަމީން އެފަދަ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކާ ކައިވެނި ކޮށްގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިޔަދު އޭނާ މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދާނެއެވެ.

ކައުންޓަރު ކައިރިއަށް ގޮސް ވާހަކަ ދައްކާލުމުން އެކަންތައް ވަރަށް އަވަހަށް ހަމަޖެހުނު ނަމަވެސް އެގަޑީގައި ހުސްކޮށް ހުރި އެއްވެސް ޑޮކްޓަރުގެ އެހީތެރިއެއް ނެތެވެ.

“ނެތް މިވަގުތަކު އެއްވެސް އެހީތެރިއެއް… އެކަމް ޝިކާ ބޭނުންވެލައްވައްޏާމު މައްސަލައެއް ނެތް..” ކައުންޓަރު ކައިރީގައި އިން ކުއްޖަކު ބުންޏެވެ.

“މައްސަލައެއް ނެތް… ” ޝިކާ އެހެން ބުނެލުމަށްފަހު އަމީންމެންނާ އެކު މިސްރާބު ޖެހީ އޭނާއަށް ބަލި މީހުން ބަލަން ޚާއްސަކޮއްފައިވާ ކޮޓަރިއާ ދިމާއަށެވެ. އޭނާއަށް ރަނގަޅީވެސް އެވަގުތު އެއްވެސް އެހީތެރިޔަކު އެ ކޮޓަރީގައި ނުހުރިއްޔާއެވެ. ހަމަޖެހިލައިގެން އަމީންއާ ވާހަކަ ދައްކާލެވޭނީ އޭރުންނެވެ.

ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ޝިކާ އަމީންއާ ވާހަކަ ދައްކަން ފެށިއެވެ.

“ކިހިނެއްތަ އަސްލު ލައި އަށް ވީ؟” ޝިކާ އަމީން ގާތު އަހާލިއެވެ. އެއާއެކު އަމީން ވާނުވާ ނޭނގިފައި އިން ލައިލާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާގެ އަތުގައި އޮތް ފައިލްތައް ޝިކާއަށް ދެމުން ބަލާލާށޭ ބުނެލިއެވެ. ޝިކާ ފަރުވާތެރި ކަމާއެކު އޭގައި ހުރި ލިޔުންތަކަށް ބަލަމުން ގެންދިއައެވެ.

“މިއީ ކުރިން ދެއްކި ޑޮކްޓަރުންތަކުގެ ރިޕޯޓްތަކެއްނު؟ އަހަރެން ބޭނުން އަމީންގެ ދުލުން ހުރިހާ ވާހަކައެއް އަޑު އަހަން…. އެކަމު ލައި މިވަނީ ވަރަށް ބޮޑުތަން އިންޕްރޫވް ވެފަ ދޯ…” ފައިލް ތެރޭ ހުރި ގަނޑުތައް ބަލަމުން ޝިކާ ބުނެލިއެވެ.

“އާ.. އަހަރެންގެ ލައި ވަރަށް ބޮޑުތަން ރަނގަޅު މިހާރު…” އަމީން ލައިލާގެ ކޮލުގައި ހިފާލަމުން އެހެން ބުނެލީ އޭނާ ވާނުވާއެއްގެ ތެރޭ ބަހައްޓަން އަމީން ބޭނުންނުވާތީއެވެ. އެއާއެކު ލައިލާ ތުއިވެފައި ހީލިއެވެ.

“12 އަހަރު ކުރީގެ ރިޕޯޓް ވެސް އެބަހުރި…. އެހާ ކުރިންތަ ލައި އަށް މިހެންވީ؟” ޝިކާ ހައިރާންވެފައި އަހާލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެގަނޑުތަކާ ދިމާއަށެވެ.

“އާނ.. އެއީ ވަރަށް ދިގު ވާހަކައެއް…” އަމީން ދެރަވެފައި ލައިލާއަށް ބަލާލަމުން ބުނެލިއެވެ. ލައިލާގެ އެ މައުސޫމް މޫނުމަތީގައި އެވަގުތު ވަނީ ސުވާލުމާކު ތަކެކެވެ.

“ކިޔާދީބަލަ…” ޝިކާ ޝަޢުޤުވެރި ވެފައި އަހާލިއެވެ. ފުން ނޭވައެއް ދޫކޮއްލުމަށްފަހު އެވަގުތު އަމީން އޭނާގެ ވާހަކަ ކިޔައިދޭން ފެށީ ލައިލާގެ ބޮލުގައި މަޑުމަޑުން ފިރުމާލުމަށްފަހުގައެވެ.

#~#~#~#

އަމީންއަށް ހޭލެވުނީ ހޫނުވެގެންނެވެ. ވަރުބަލި ކަމާއެކު ދެލޯ ހުޅުވާލިއިރު އޭނާއަށް އޮވެވުނީ ކޮޓަރިއެއް ފާޑު ތަނެއްގައެވެ. އޭނާގެ މުޅި ހަށިގަނޑުގެ އެތައް މިތާންގައި ރިހުން އެފެދިފައިވެއެވެ. އެއާއެކު އޭނާގެ ހަނދާނަށް އައީ ރޭގައި ވީ ކަންތަކެވެ. އެތަނުގައި ތެރޭގައި މީހުން ތަޅާފޮޅަމުން ދާ މަންޒަރު އޭނާގެ ދެލޯ ކުރިމަތީގައި ސިފަވެގެންދިއައެވެ. އަދި ޕޮލިސްޓޭޝަނަށް ގެންދެވުނު ހަނދާންވެސް އާ ވެގެން ދިއައެވެ. އެއާއެކު އޭނާއަށް މި އޮވެވުނީ ކޮންތަނެއްގައިކަން ވިސްނުނެވެ. ވަށައި ހޯދައި ބަލާލިއިރު އޭނާ އާއެކު އެރޭ އެ މާރާމާރީގައި ބައިވެރިވި ގިނަ ކުދިންތަކެއް ތިބި ތަން ފެނުނެވެ. އޭނާ ހޭލުމާއެކު އެދިމާއަށް އެމީހުން ބަލަމުން ގެންދިއައީ ރުޅިވެރިކަމާއެކުގައެވެ. އޭނާ އެމީހުންނާ ދިމާއަށް އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ކޮޓަރީގެ ކަނުގައި ގޮނޑިއެއް ބަހައްޓައިގެން އިން ފުލުސް މީހާ ފެނި އޭނާގެ ހަރަކާތަށް ހުއްޓުން އެރިއެވެ. އޭނާ ވިސްނާލިއެވެ. ދެން އޭނާ އާ މެދު ކަންތައް ވެގެން ދާނީ ކިހިނެއް ހެއްޔެވެ؟ ވެފައިވާ ވަރުބައްޔާއެކު އޭނާ ގައިގައި އެވަގުތު ހިރިލާނެހާ ވަރެއް ވެސް ނެތެވެ.

އެތަނުގެ ތެރޭގައި ހުރި އިރު ވަގުތު ދިޔަ ނުދިޔަ ގޮތް ވެސް އޭނާއަކަށް ނޭނގުނެވެ. އިރުކޮޅެއް ފަހުން ބޭރުން އެހެން ފުލުހަކު އައިސް އޭނާއަށް އައުމަށް އިށާރާތް ކުރިއެވެ. ލޮޑުކަމާއެކު ތެދުވެގެން އޭނާ އެތަނުން ބޭރަށް ނިކުތެވެ. ނިކުތުމާއެކު އޭނާއަށް ހިން ދިރުވާލެވުނީ ކުރިމަތީގައި ނުރުހުންތެރި ކަމާއެކު އޭނާއާ ދިމާއަށް ދެލޯ އަޅައިގެން ހުރި އޭނާގެ ބައްޕަ، މޫސާ ފެނުމުންނެވެ.

“މިހާރު އާދޭ..!” އަމުރުވެރިކަމާއެކު މޫސާ އެހެން ބުނެލީ އަތުގެ އިށާރާތުން އޭނާގާތު އައުމަށް ބުނަމުންނެވެ. ގައިގައި ހަކަތަ ނެތުމާއެކު އަމީން ކިޔަމަންތެރިކަމާއެކު މޫސާގެ ފަަހަތުން ނިކުތެވެ. ހިނގަމުން ގޮސް ޕޮލިސްޓޭޝަނުން ބޭރަށް ދެވުމާއެކު އަމީން ހުއްޓުނެވެ. ކަމެއް ހަނދާންވާ ފަދައިންނެވެ.

“ބައްޕާ.. ކީއްވެތޯ މިދަނީ؟ އަޅުގަނޑު އެހާ އަވަހަށް ދޫކޮށްލަނީތޯ؟ އަޅުގަނޑު ބަޔާން ދޭކަން ނުޖެހޭތޯ؟” އަމީން އޭނާގެ ސިކުނޑީގައި ފުނި ޖެހުނު ހުރިހާ ސުވާލެއް އަމުނާލިއެވެ. އެއަޑުގައި ކުރަކި ކަމެއް އެކުލެވިގެންވިއެވެ.

“އަންނާށޭ ބުނީމަ އާދެބަލަ… މަ ހަމަޖައްސައިފީމޭ ހުރިހާ ކަމެއް… އަމީން ބަޔާން ދޭކަށް ނުޖެހޭނެ…” މޫސާ ބުނެލިއެވެ. އޭރުވެސް އެއަޑުގައި ރުޅިވެރިކަމެއް ވިއެވެ.

އަމީން އިތުރު ސުވާލެއް ނުކޮށް އޭނާގެ ބައްޕަގެ ފަަހަތުން ހިނގަމުން ދިއައެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. އޭނާ ކުރި ބައިވަރު ކުށްތައް އެބަހުއްޓެވެ. އެކުށްތަކަށް އޭނާއަށް ހައްޤު އަދަބު ލިބޭކަށް ނުޖެހޭނެ ހެއްޔެވެ؟ ބައްޕަ އަނެއްކާ އޭނާ މިކަމުން ސަލާމަތްކުރުމަށްޓަކައި އެ ކުރީ ކީއްބާވައެވެ؟ މިކަހަލަ ވިސްނުންތަކެއްގެ ތެރޭ ހުރެގެން އަމީންއަށް އޭނާގެ ބައްޕަގެ ފަހަތުން ދެވުނީ އެރަށު ޖެޓީ ދޮށަށެވެ. އޭރު މޫސަ ހިފައިގެން އައި ލާންޗު އެތަނުގައި އަޅާފައި އޮތެވެ. އޭނާގެ ފޮއްޓާއި ހަލީމާ ގޭގައި އުޅުނު އިރު ގެންގުޅުނު ހުރިހާ އެއްޗެއް މޫސަ ހުރީ އޭރު ލޯންޗަށް އަރުވާ ނިންމާފައެވެ. މިހާ އަވަސްއަރުވާލައިގެން ބައްޕަ އެއުޅެނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް އޭނާ އެ ލޯންޗަށް އަރައި ހަމަޖެހެލިއެވެ. މޫސަވެސް ލޯންޗަށް އަރައި ފަޅުވެރި ކުދިންނަށް އިޝާރާތް ކޮއްލުމާއެކު މަނަދޫއިން އެ ލޯންޗު ނައްޓާލިއެވެ. މާފަރު ބަނދަރަށް ލޯންޗު ގާތް ކުރިއިރު ވެސް މޫސަ އަމީން އަކާ އަނގައަކުން ނުބުނެއެވެ. އަމީންވެސް މާ ވަރަކުން އޭނާގެ ބައްޕައާ އެވަގުތު ވާހަަކަ ދައްކާކަށް ނޫޅުނުވެ.

ރަށަށް ލަފައިގެން ގެއަށް ދިޔަ މަގުމަތީގައި ގިނަ ބައެއްގެ ލޯތައް ދިއައީ އަމީންމެންނާ ދިމާއަށް އަމާޒުވަމުންނެވެ. އަމީންމެން އެމަގަކުން ހިނގަން ފަށާއިރަށް އެތާނގައި ތިބޭ މީހުން އެކަކު އަނެކަކު ގާތު ސިއްރުސިއްރުން ވާހަކައެއް ބުނެލައެވެ. އަމީން މިކަމާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ އެވަގުތު ބޭނުންވީ ގެއަށް ގޮސް އަރާމުކޮށްލާށެވެ.

އަމީން ރަށަށް އައި ނަމަވެސް އޭނާގެ މަންމަ އޭނާ އަކާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދެއްކިއެވެ. ބައްޕަ ވެސް އޭގެ ފަހުން ކޮންމެހެން އަނގައިން ބުނެލަންޖެހޭ ހާލަތްތަކުގައި ނޫނީ އެއްޗެކޭ ނުބުނެލައެވެ. ވާނީވެސް އެހެންތާއެވެ. ރަށުގައި ހުރި ޤަދަރުވެރިއެއްގެ ޢާއިލާގައި ހުރި ހަމައެކަނި ދަރިފުޅުގެ ސަބަބުން އެރަށުގައި އެޢާއިލާގެ އަގު އެވަނީ ވެއްޓިފައެވެ. މަންމަ ވާހަކަ ނުދައްކާތީ އަމީން ދެރަވި ނަމަވެސް އެއީ އޭނާ ކުރި ކުށުގެ ސަޒާ ކަމުގައި ދެކިގެން އުޅުނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަމީން އަތިރިމަތީގެ ދޮން ވެލިގަނޑު މަތީގައި އިށީންދެގެން އިން އިރު މަޑުމަޑު ވައިރޯޅިތަށް އައިސް އޭނާގެ ފަންއިސްތަށިގަނޑާ ކުޅެމުން ގެންދިއައެވެ. ހުދު ބޯކިރުކޮޅެއް ފަދަ ދޮންވެލިގަނޑުގައި ރާޅަކަށް ފަހު ރާޅެއް ފިރުމަމުން ދިޔަ މަންޒަރު ވީ އަމީންގެ ނުތަނަވަސްވެފައިވާ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ކަމެއް ކަމުގައެވެ. ރަށަށް އައި ފަހުން އޭނާ ޢާއްމު ގޮތެއް ގައި ގެއިން ބޭރަށް ގޮހެއް ނޫޅެއެވެ. އޭނާގެ އެއްވެސް ރައްޓެއްސެއް މިހާރު އެރަށުގައި ހުރިހެން ހީނުވާތީއެވެ. އޭނާ ކަހަލަ ނުބައި ކުއްޖަކާ އެކު އުޅެން އެއްވެސް މީހަކު ނޭދެނީއެވެ. އޭނާގެ ކުރީގެ އުފާވެރި ދިރިއުޅުން ނެތިގޮސް މިހާރު އޭނާ ވަރަށް ވެސް އެކަނި ވެރި ވެއްޖެއެވެ. ވާހަކަ ދައްކާލާނެ މީހަކު ނެތެވެ. ބައެއް ފަހަރު އޭނާއަށް އެކަނި އިނދެގެން އަމިއްލަ ނަފްސާވެސް ވާހަކަ ދެއްކެއެވެ. އެކަނިވެރިކަން އިހުސާސްކުރެވޭލެއް ބޮޑުކަމުންނެވެ.

ތަފާތު ޚިޔާލުތަކެއްގައި އޭނާ އެތަނުގައި އިންދައި ފެނުނީ ގަސްތަކުގެ ތެރެއިން ނިކުތް އަންހެން ކުއްޖެކެވެ. ބޯހާވާލައިގެން ހުރި އެކުއްޖާ މިސްރާބު ޖެހީ މޫދާއި ދިމާއަށެވެ. ރާޅުޖަހާ ހިސާބަށް ދެވުމާއެކު އޭނާ އެތާނގައި ދެފައި ވައްކޮށްލައިގެން އިށީނެވެ. އެއާއެކު ދެން އިވިގެންދިޔައީ އެކުއްޖާގެ ބާރު ހެއުމުގެ އަޑެވެ. ކަރުގެ ބުޑުން އޭނާ ހޭން ފެށުމުން އަމީންއަށް ކުޑަ ސިހުމެއް ލިބުނު ނަމަވެސް ތެދުވެގެން އޭނާ އެކުއްޖާއާ ދިމާއަށް ހިނގައިގަތީ އެއަޑަކީ އޭނާ ދަންނަ އަޑެއްހެން ހީވެގެންނެވެ. އެކުއްޖާ ހުރި ހިސާބާ އަރާ ހަމަވުމާއެކު ޖަހަމުން ދިޔަ ރާޅާއެކު އަމީންގެ ފައިތިލަ ތެންމާލިއެވެ. އެއާއުކު އެކުއްޖާ އަމީންއާ ދިމާއަށް ބަލާލިއެވެ. ފާޑަކަށް ހިނިތުންވެލައިގެން އޭނާއާ ދިމާއަށް ބަލަން ހުރި ގޮތުން އެކުއްޖާގެ ސިކުނޑި ހަމަ ނޫންކަން ދޭހަަވެއެވެ. އަމީންއަށް އެވަގުތު ހިން ދިރުވާލެވުނެވެ. އެއީ ލައިލާއެވެ. އޭނާ މީގެ ދުވަސްތަކެއްގެ ކުރިން ރައްޓެހިވި ކުއްޖެކެވެ. އެކުއްޖާފުޅު އޭނާ ދެކެ އެވަރަށް ލޯބިވީ އިރު ވެސް އެކުއްޖާގެ ޢިއްފަތް ފޭރިގަނެފައި ދޫކޮށްލީއެވެ. އެކަމުގެ ސަބަބުން އެކުއްޖާ ފަކީރު ދުނިޔެއިން މޮޔަވެ ދިއުމުން ވެސް އޭނާގެ ހިތަށް އޭރު އެކައްޗެކޭ ވެސް ހިތަކަށް ނޭރިއެވެ. އޭނާ އެންމަފަހުން މަނަދޫއަށް ދިޔަ ދުވަހު ލައިލާ އުޅުނު ގޮތް އޭނާގެ ލޯ ކުރިމަތީގައި ސިފަވާން ފެށުމުން އޭނާއަށް ދެއަތަށް ބޯހޫރާލެވުނެވެ. އެކުއްޖާފުޅަށް އެހެން ވެފައި އެއިނީ ހަމަ އޭނާގެ ސަބަބުންނެވެ. މިހެން ހިތަށް އެރުމާއެކު އޭނާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އޭނާ އާ ހެދި ހާދަ ބައިވަރު އަންހެން ކުދިންގެ ދިރިއުޅުން ހަލާކުވެފައި ވާނެތާއެވެ. މިހާރު އޭނާ ކުރެވުނު ހުރިހާ ކަމަކާ މެދު ދެރަވެއެވެ. ލައިލާ ގާތު އުޑުފައިން އޭނާ އެވަގުތު އިށީނެވެ.

“ލައި.. އައި އެމް ސޮރީ…” އަމީން ފެންކަޅިވެފައިވާ ދެލޮލާއެކު އެހެން ބުނި ނަމަވެސް ލައިލާ އެކަމަކާ އަޅައެއް ނުލިއެވެ. ފެންތަކުތެރޭގައި އޭނާގެ އަތުން ބަކަތަޅަމުން ދިޔައިރު ހީވަނީ ކުޑަ ކުއްޖެއް ހެނެވެ.

“ލައީ..!” އަމީން ލައިލާގެ ދެކޮނޑުގައި ހިފައި އޭނާއާ ވީފަރާތަށް އަނބުރާލަމުން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއކު އޭނާއަށް ލައިލާގެ މޫނު ރީތިކޮށް ފެނުނެވެ. އެ ރީތި ދޮން މޫނުކޮޅު މިލާފައިވާއިރު އެ ދެލޯ ދޮއް ވަނީ ކަޅުވެ ދުޅަވެފައެވެ. ތުންފަތް ހިކިގެންގޮސް އެކި ތަންތަނުން ފެޅިފައިވާ ހިނދު ކޯ ވަނީ ވަޅުވަދެފައެވެ. ލައިލާގެ މި ސިފަ ފެނުމުން އަމީން އިތުރަށް ދެރަވިއެވެ. މިނިކަމެތި އަންހެންކުއްޖާގެ ހާލު ނިކަން ދެކިބަލާށެވެ.

“އަހަރެން އަދި އޭނަ މަރާލާނަން… އޭނަ އަހަންނަށް އެހެން ހެދީ….” ލައިލާ ފަތިވަރެއްހެން މަޑުމަޑުން އެހެން ކިޔަމުން ގެންދިޔައިރު އެއްފަހަރު ވެސް އަމީން ގެ މޫނަށް ރަނގަޅަކަށް ބަލައެއް ނުލައެވެ.

“ދަރިފުޅާ ލައިލާ!” މީހަކު އެހެން ގޮވާލި އަޑު އިވުމުން އަމީން ފަސްއެނބުރި އެދިމާ ބަލާލިއެވެ. އޭރު ލައިލާގެ ބައްޕަ، ޚާލިދު ދުވެފައި އަތިރިޔާ ދިމާއަށް އަންނަމުން ގެންދިޔައެވެ. އަމީން އެވަގުތު އެއިންތަނުން ތެދުވިއެވެ. ލައިލާގެ ބައްޕަ ފެނުމުން މިޔަދު އޭނާ ވަރަށް ލަދުގަނެއްޖެވެ. ކުރީގައި އެންމެން އޭނާ ދެއްކި ވާހަކަތައް ޤަބޫލުކުރި ކަމުގައި ވިޔަސް މިޔަދު އޭނާ މިވަނީ ބޭޒާރުވެފައެވެ.

“ލައިލާ… އަވަހަށް ހިނގާ ދާން ދޯ… މިތާ ހުންނާކަށް ނުވާނެއްނު؟” ޚާލިދު އައިސް އަމީންއާ ދިމާއަށް ލޯ އަޅާލުމަށްފަހު ލައިލާގެ އަތުގައި ހިފައި ނަގަން މަސައްކަތްކުރި ނަމަވެސް ލައިލާ ގަދަ ދައްކާލިއެވެ. އެތައް ވާހަކައެއް ދެއްކުމުން ވެސް ލައިލާ އެއިން ތަނުން ގުޑާވެސް ނުލިއެވެ. އޭރުވެސް އޭނާގެ އަނގައިން ކުރިން ވެސް ކިޔަމުން ގެންދިޔަ ފަތިވަރު ކިޔަމުން ގެންދިޔައެވެ. އަމީން ފެންކަޅިވެފައިވާ ދެލޮލާއެކު އެމަންޒަރު ބަލަން ހުރި ނަމަވެސް ޚާލިދު ގާތު އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

“ކަލޭ ވަރަށް އުފާވެފަ ދޯ ތި ހުންނަނީ؟ މަގޭ ދަރި ހަލާއްކޮއްފަ…” ޚާލިދު އަމީންއާ ދިމާއަށް އެއްޗެކޭ ނުބުނަން ހުރި ނަމަވެސް ބޭއިޚްތިޔާރުގައި އެ ބަސްތައް އޭނާގެ އަނގައިން ބޭރުވިއެވެ. އެއަޑުން ހިތްދަތިކަމާ ވޭން ފާޅުވޭވޭ ހުއްޓެވެ.

“ކަލެއަށް އެނގޭތަ އަހަރެން މިކުއްޖާ ބަލާބޮޑުކުރީ މަޔަކާ ނުލާ ކޮންފަދަ ހާލެއްގައި ކަން؟ އެކުއްޖާ ވިހާފައި އޭނަގެ މަންމަ ނިޔާވީ… އެފަކީރު އޭނާގެ މަންމަގެ ސޫރައެއް ހަމަ ލޮލަކަށް ދުވަހަކުވެސް ނުދެކޭ،،،، އަހަރެން ހާދަ މަސައްކަތެއް ކުރީމޭ ރަނގަޅު ގޮތުގައި އޭނަ ބަލާބޮޑުކުރުމަށް…. އަހަރެން ހާދަ ހުވަފެނެއް ދުށީމޭ މިކުއްޖާއަށްޓަކައި… މިކުއްޖާގެ މުސަތަޤުބަލް…” މިހާ ހިސާބަށް ބުނެވުނުތަނާ ޚާލިދުއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެވެ. އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މިހާލުގައި އުޅޭތަން ބަލަން ހުންނަތާ މިހާރު ކިހާދުވަހެއް ހެއްޔެވެ؟ އެކުއްޖާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދުމައްޓަކައި ގައިން ދަލާއި ލޭ އޮހޮރުވައިގެން ކުރި ހުރިހާ މަސައްކަތެއް މިވަނީ ބޭކާރުވެފައެވެ. މާލެ ގޮސް ލައިލާ ޑޮކްޓަރަށް ވެސް ދައްކާފިއެވެ. އެތަނުން ބުނެފައި ވަނީ ސްޕެޝަލިސްޓެއްގެ ކައިރިން ތެރަޕީ ދޭން މަޑުކުރަން ޖެހޭނެ ކަމުގައެވެ. ނަމަވެސް ޚާލިދުގެ އަތުގައި ދުވާލަކު އެއްފަހަރު ތެރަޕީ ދެވޭނެ ވަރުގެ ތަނަވަސް ކަމެއް ނެތުމުން އޭނާ އަނެއްކާވެސް ރަށަށް އައީ މާޔޫސްކަމާއެކީގައެވެ. ރޮމުން ރޮމުން އޭނާ ދެކަކޫ މައްޗަށް ތިރިވިއިރު މަންޒަރު ބަލަން ހުރި އަމީންގެ ހިތަށް ފުން އަސަރުތަކެއް ކުރަމުން ދިއައެވެ. ބޮޑު ފިރިހެނަކު މިފަދަ ގޮތަކަށް ރޯތަން އޭނާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.  އެ ހިތްދަތި މަންޒަރު ފެނިއްޖެ ކޮންމެ މީހެއްގެ ދެލޮލުން ވެސް ކަރުނަ ނިރާލާނެކަން ޔަޤީނެވެ.

“ބޭބޭ…. ނުރޮއި ހުއްޓާލަ….” އަމީން ތިރިވެ ޚާލިދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނަ ފައިބަމުން ދިައައެވެ. އެހަރު ހިތުގެ ވެރިޔާގެ ހިތް މިހާރު މަޑު ކަފަކޮޅަކަށް ބަދަލުވެފައިވާ ފަދައެވެ. “އަހަންނަށް މާފު ކުރޭ…. ބޭބޭ…. އަހަންނަށް މާފު ކުރޭ..” އަމީން މަޑުމަޑުން ކިޔަމުން ގެންދިއައެވެ. އެ އަޑުގައި ރިހުމެއް އުފެދިފައި ވިއެވެ.

“އަހަރެން ދެން ކިހިނެއްތަ ހަދާނީ…؟ އަހަރެން މާފު ކުރިޔަސް ލައިލާއެއް ރަނގަޅެއް ނުވާނެ….” ޚާލިދު ގޮތް ހުސްވެފައިވާ މީހެއް ފަަދައިން ބުނެލިއެވެ. އޭރުވެސް އޭނާ ހުއްޓުމެއް ނެތި ރޮމުން ގެންދިއައެވެ. “މަގޭ ދަރި… މަގޭ ލައިލާ…” އޭނާ އެހެން ކިޔަމުން ދެއަތުން ބޮލުގައި ތަޅަން ފެށިއެވެ. ކައިރީގައި ހުރި އަމީންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެމުން ދިއައެވެ.

“ބޭބޭ… ބޭބޭ ހުއްޓާލާ… ބޭބޭ އަހަރެން ލައިލާއަށް އެހީވާނަން… އަހަރެން ބޭބެ ބުނި ކޮންމެ ކަމެއް ކުރާނަން….” އަމީން ޚާލިދު ގާތު ކިޔަމުން ގެންދިއައެވެ. އޭނާއަށް ކުރެވުނު ކުށުގެ ހައްޤު ސަޒާ ލިބިގަންނަން އޭނާ ބޭނުމެެވެ. ލައިލާއަށް އެ ދެވުނު އަނިޔާގެ ބަދަލު ދޭން އޭނާ ބޭނުމެވެ.

“ކަލެއަށް ކީއް ތަ ކުރެވޭނީ…؟ މަގޭ ދަރި އިން ހާލު ފެނޭތެ؟ ފެނޭތަ އެބަ؟” ޚާލިދު އަޑަށް ތަންކޮޅެއް ބާރު ލާފައި އެހެން ބުނީ އިށީންދެގެން އިން ލައިލާއަށް އިށާރާތް ކުރަމުންނެވެ.

“އަހަރެން ލައިލާއަށް ފަރުވާ ކުރާނަން ބޭބޭ… ބޭބޭ… އަހަރެން ލައިލާ ރަނގަޅުކުރާނަން…. ބޭބޭ އަހަންނަށް އިތުބާރު ކުރޭ… އޭރު އަހަންނަށް ގޯސްކޮށް ކަން އެނގޭ ކަންތައް ކުރެވުނީ… އެކަމު މިހާރު ވިސްނިއްޖެ…. ބޭބޭ…. އަހަރެން ލައިލާއަށް ދެރަގޮތެއް ދެން ދުވަހަކުވެސް ނުހަދާނަން…. ހުވާކޮށްފަ މި ބުނީ….” އަމީން ޚާލިދުގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އޭރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

އަމީންގެ އެތައް ވާހަކަތަކަކާ އާދޭސްތަކަކަށް ފަހު ޚާލިދު ހަމައަކަށް އެޅުނެވެ. އަމީން އެތައް ފަަހަރަކު އެވާހަކަ ތަކުރާރު ކުރަން ފެށުމުން އޭނާއަށް ވެސް އެވާހަކަތައް ޤަބޫލުކުރެވުނީއެވެ. ކިތަންމެ ގޯސް މީހަކުވެސް ރަނގަޅު މަގަށް އެޅިދާނެކަމަށް އޭނާގެ ސިކުނޑިވެސް ޤަބޫލުކުރެއެވެ.

****

ގެއަށް އައިސް އަމީން ކޮޓަރިތެރޭގައި އެތައް އިރެއް ވަންދެން ވިސްނަން އިނެވެ. ލައިލާގެ ވާހަކަ އޭނާގެ މައިންބަފައިން ގާތު ދައްކާނެ ގޮތަކާ މެދުގައެވެ. އޭނާއަށް ލާރި ލިބެނީކީ ނޫން ވިއްޔާއެވެ. ލައިލާއަށް އެހީތެރިވެވޭނީ ބައްޕަމެން އަތުން ފައިސާގެ އެހީތެރިކަމެއް ލިބުނިއްޔާއެވެ. އޭނާ ގަސްތުކުރީ ކޮންމެ ގޮތެއް ހަދާފައި ވެސް އެރޭ އެމީހުން ގާތު އެވާހަކަ ދެއްކުމަށެވެ. އޭނާ ޚާލިދުއަށް އެކަން ކޮށްދިނުމަށް ވަޢުދު ވެފައި ވާތީއެވެ.

“ބައްޕާ…” އަމީން ކާން އިނދެފައި އޭނާގެ އަނެއްފަރާތުގައި އިން މޫސައަށް ގޮވާލިއެވެ. މޫސަ ހޫ އަޅުވާލުމާއެކު އަމީން އޭނާގެ ވާހަކަ ފެށީ ޖެހިލުންވެފައި ހުރެއެވެ.

“ބައްޕާ… އަޅުގަނޑު ބޭނުން ޚާލިދުބޭގެ ދަރި ލައިލާއަށް އެހީވާން….” އަމީން އެހެން ބުނުމާއެކު މޫސަ ފާޑަކަށް އަމީން އާ ދިމާ ބަލާލިއެވެ.

“ލައިލާއަށް އެެގޮތަށް އެވީ އަޅުގަނޑުގެ ސަބަބުން… ބައްޕާ… އަޅުގަނޑު ބޭނުން އޭނާއާ އެހީވާން…” މޫސަ އެއްޗެކޭ ނުބުނުމުން އަމީން އަނެއްކާ ވެސް ބުނެލިއެވެ. އެއަޑުގައިވާ ރިހުން ޚުދު މޫސައަށް ވެސް ފާހަގަކުރެވުނެވެ. މޫސަ ހިތަށް އަރަމުން ދިއައެވެ. އޭނާގެ ދަރި ހަމަ ރަނގަޅުވީ ހެއްޔެވެ؟ ކުރިން އެއުޅުނު ގޮތްގަނޑު ދޫކޮށްލީ ހެއްޔެވެ؟ އަމީން ޓެސްޓުކޮށްލުމައްޓަކާ މޫސަ ގަސްތުކުރީ ސުވާލެއް ކޮށްލާށެވެ.

“އަމީން ލައިލާ އާ ކައިވެނި ކޮށްފާނަންތަ؟” މޫސަ އަމީންގެ މޫނުގެ ކުލަވަރަށް ބަލަން ހުރެ އަހާލިއެވެ. އޭނާގެ މަޤްސަދަކަށްވީ އަމީން އަސްލުވެސް ރަނގަޅުވީތޯ ބެލުމެވެ. އަމީން ކޮށްފައިވާ ކުށްތަކާ މެދު ދެރަވީތޯ ޔަޤީންކުރުމެވެ. މޫސަގެ މި ކުއްލި ސުވާލުން އަމީންއަށް ކުޑަ ސިހުމެއް ލިބުނު ނަމަވެސް އޭނާ ހަމަޖެހިލަމުން ޖަވާބުދިނެވެ.

“ބައްޕާ…. އަޅުގަނޑަށް އަދި ކިރިޔާ 19 އަހަރު މި ފުރުނީ…. އަޅުގަނޑު ލައިލާ އާ ކައިވެނި ކުރުމުން ބައްޕަ ލައިލާއަށް އެހީވާނެ ނަމަ އަޅުގަނޑު ތިޔަ ކައިވެނި ކޮއްފާނަން….. ލައިލާއަށް ލޯބި ދީގެން އަޅުގަނޑު އޭނާ ރަނގަޅުކުރެވޭތޯ ބަލާނަން….” ކުޑަކޮށް ވިސްނާލުމަށްފަހު އަމީން ބުނެލިއެެވެ. އޭނާ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ލައިލާ ރަަނގަޅުކުރަން ބޭނުމެވެ. އެހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

“މައްސަލައެއް ނެތް…. އަހަރެން ކައިވެނީގެ ވާހަކަ ދައްކަން މިޔަދު ޚާލިދު ގާތަށް ދާނަން…” މޫސަ އެހެން ބުނެލީ މި ކައިވެންޏަށް އަމީން ދެކޮޅު ހަދާތޯ ބަލާލުމަށެވެ. ނަމަވެސް ބޯ ޖަހާލުން ފިޔަވާ އެއްވެސް ހަރަކާތެއް އަމީންއެއް ނުކުރިއެވެ. މޫސަ ކުޑަކޮށް ހައިރާން ވެސް ވިއެވެ. އޭނާގެ ދަރިފުޅު ހަމަ ތަންދޮރު ނުދަންނަ މޮޔަ ކުއްޖަކާ އިންނަން އެއްބަސްވީ ހެއްޔެވެ؟ ނަމަވެސް އޭނާ އުންމީދުކޮށްގެން ހުރީ އެންމެ ފަހު ވަގުތު އަމީން އެކަމާ ދެކޮޅު ހަދާނެ ކަމަށެވެ.

އޭގެ ހަފްތާއެއް ފަހުން އަމީން އާ ލައިލާގެ ކައިވެނި ކުޑަ ގޮތަކަށް ކުރެވިގެން ދިއައެވެ. މި ހުރިހާ ކަމެއް ވެގެން ދިޔަ އިރުވެސް މޫސަ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ހިނިތުންވެފައިވާ މޫނެއް ދައްކައިގެން ކައިވެނީގެ ހުރިހާ ކަމެއްގައި ވެސް އަމީން އުޅެމުން ގެންދިއައީތީއެވެ. އޭނާ އެވަގުތު ހަމަ އަސްލުވެސް އަމީން ބަދަލުވެއްޖެ ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. އަދި ލައިލާ އެއްކޮށް ރަނގަޅުވަންދެން ފަރުވާ ކުރުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ނިންމިއެވެ. ކައިވެނިކުރިތާ ދެދުވަސް ފަހުން އަމީން ލައިލާ އާއި ޚާލިދު ގޮވައިގެން ފުރީ މެލޭޝިޔާއަށެވެ. އެތަނުގައި 8އަހަރު ދުވަސް ވަންދެން ފަރުވާ ކުރަން ތިބުމަށްފަހު އެމީހުން މާލެ އައީ ލައިލާ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅުވުމުންނެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ އަމީންގެ ލޯތްބާއި އޯގާތެރިކަން ލައިލާއަށް ލިބުމެވެ. ޚާލިދުވެސް އަމީން ލައިލާ އާ ދޭތެރޭ ކަންތައްކުރާ ލޯބިވެތި ގޮތް ފެނި އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ އާދެއެވެ. އޭނާގެ ދަރިފުޅު ހާލުގައި ޖެހުނު ދުވަހު އޯގާތެރިވެ އަޅާލާނެ ކަހަލަ ފިރިއެއް ލިބުމުން އޭނާ އެކަމާ މާތް ރަސްކަލާންގެ އަށް ޝުކުރު ދަންނަވައެވެ. މާލެ އައުމަށްފަހު ވެސް ހަފްތާ އަކު އެއްފަހަރު ލައިލާއަށް ސައިކޭޓްރިސްޓެއްގެ އެހީ ބޭނުންވެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (38)

  1. Liaa

    Hii… Mi baives reethi vaane kamah ummeedhu kuran 🙂
    Dhen ekamaku liaa ah next part up kureveyny dhen anna FRIDAY ga ingey… This week v busy vaane.. Hope u all will be understanding 🙂
    Love u all <3

  2. someone

    Wow wow….hrdha reehchey mi story…next part kn irakn thr???

    1. Liaa
      someone

      Next part on friday.. Liaa mi week busy vaanethy

  3. Abhy

    Wow.. varah reethi mi bai ves.. dhen shikaa ge minneh masakkathun lai rangalhu vaany… oh. God .. varah reethi…

  4. Zee

    VVVVV REETHI

  5. Same

    v reeethi. waiting 4 friday…

  6. Liaa

    Thankyw all <3

  7. Thaany

    Wow v v v v reethi mi baives hurihaa kameh vx igemun midhany v salhi koh liaa v molhu…keep it up
    Luv yu toooo…❤
    Friday van dhn dhn inthizaaru kuran dw mijehunee ekm vx okey dhn…

  8. The Arrow

    Vvvvvv REETHI… Next part vx Reethi vaane kamah heekuran…

  9. phathun

    Liyun theriaa ah engi lahvaathoa kaieni kureveyni hama buhdhi huri meehakaa kan. Lai iny moya vefa noonthoa. Anyways vaahaka hadieh nun

  10. Harry

    Wow. V v reethi… lailaa aa ameen ge bai genasdhyfa in goi v v habeys… dhen mi veegorhun mijehuny friday vandhen inthixaar kuranthaa dhww… ??? lov this storyy

  11. Nern..

    salhi kannnn..??????????????love this story..

  12. ny

    V v v loabi

  13. queen

    Haadha reechay

  14. MinSuga

    Buddhi salaamathun hurumakee kaiveneege sharitheh. When they got married, her mental status was not fit to be accepted as aligible to be married… Kaiveni hudhdha vaanee ekan ragalhu veema. Because at the beach, she was clearly not mentally stable.

    1. Liaa
      MinSuga

      i know darl 🙂 But mi zamaanuga shari athaa hilaafu baivaru kanthah kurey dhw… Kaiveni ves kurey ehen now <3 Ingey thihen baeh kudhin bunaane kan ves… But, anyway ekamaa maa bodah alhaa nulaa story ge ehen baithah kiyaalaa 🙂 Thankyw fr ur comment

  15. Shaai

    Ameen haadha rangalhey. …
    Story v rythi.

  16. Liaa

    Thankyw hurihaa kudhin 🙂 <3

  17. Ushaa

    Vvvvvv nyc.. Kmmeheneh hrdhrfavx mistwrii kiyey thw balan.. Gud luk liaa.. Asluvx mihaaru heevanyy ehn stwrii eh kiyaaleveyhen.. 12 yrs bk ge bai hrdhr ey ryythii.. Luv dis…

  18. Rafa

    Nice…rana n reena ah vygoivx balan v beynun ? waiting for the nxt part

  19. Thaam

    Liaa maves vaahaka ebakiyan

  20. Appy

    Kiya kiyaafa ekahcheh mi kiyan jeheny …..wow …awesome superb fabulous. …..hehe aslu vx v v v rythi mi story. ..hurihaa kameh engigendhaagoii …….ok dhen wait kurantha dhw jeheyny busy v ma ……luv uuuu. ..

  21. Iky

    Budhi salaamathun hurumaky kaiveni kuraa firihenaa nuvatha anhenaa ge kibaiga hurun laazimu sharuthehnoon. Mibuny moya akahvx kaiveni kurevidhaaney.

  22. Iky

    Liaa story vvvvvvvvvvvvvvv rythi

  23. Ahmed13

    Reethi dhn kondhuvahakun

  24. Asurumaa

    Its heart touching varah varah reethi liaa…..all the best thankolgeh lahy ingey up vaaley i knw its nt that much easy ekamuves kiyaa hihvaaley bodukamun ehen kiyeny i knw how much difficult work its

  25. naaii

    Aslu vx varah reeethi…..waiting aneh bayah ingeyyyy☺☺☺☺☺☺

  26. Nusha

    miah vure maasalhi vaahaka hurey dhivehivaaha gai.

  27. waasim

    wow… mi story vareh neih hama… lov diss….. waiting waiting

  28. xprincess

    Archaa <3 Mi ameen haadha rangalhey dhw 🙂 He is like a hero to me .. Even if he hurt her, he is trying to help her dhw…. Leaving his studies and evrything :'( So heart touching
    V v v v reethi mi baives
    Waiting 4 friday <3

  29. kokkee

    Alhey Ameen ves dhw… Ekahala bodu gurubaanee eh vee.. So sweet <3 hehe…. Shikaa dhen lailaa rangalhu kurahchey…. Eyrun haadha salhi vaaney…. Bt, lailaa ah ameen hedhi goi handhaan vejjiyaa vaanii kihinehbaaa?? Lailaa ameen dhookollaafa dhaanetha eyrah?
    Nice <3 Keep it up

  30. shikaa

    Iraadha kurehviyyaa shikaa lai rangalhu kuraane 🙂 Eyrah Ameen v ufaa vaane…. Alhe liaa plx shikaa e Raul aa marry nukuruvahchey 🙁 Eyrah Thaamin eh ves ahoo ves dhera vaane.,.. Shikaa liben jeheyny thaamin ah aslu …
    Story v v vv nice <3

  31. Ahusan

    wowowowowoowowowoowooooooooowwwwwwwwwwwwwwwwwwwwwwwwwoooooooooooooooooooowwwwwwwwwwwwwwwwwwwwwwwwwwwwWWWWWWWWWWWWWWWWWWW!!! <3

  32. reema

    Hama mi bai ves v furihama… Keep it up and good luck <3

  33. harry

    <3 <3 loved it 🙂

  34. harry

    Waiting 4 friday 🙂 Haadha dhigu inthixaar ekey dhwwww

  35. vaahaka kiyaa meehaa

    miyadhu mi vaahaka 1 in feshigen 26 ah mi kiyaalee… V v v habeys hama 🙂 Kuriyah oiy bai ves shauguveri kamaa eku kiyeyne fadha gothakah genas dheyna kamah ummeedhu kurameve

  36. vaahaka kiyaa meehaa

    Mi story ehen story thakaa v thafaathu.. ehenve aslu kiyaa hiy vany

Comments are closed.