Skip to content
އެސްފިޔަ

ދޭނަން ހިތާ ޖާނާ (16)

ކުރިމަތިން ފެނުނު މަންޒަރުން އާޒިމާ އަދިވެސް ހުރީ ސިހިފައެވެ. އާއިލާ އެންމެން އެދިމާއަށް ދިޔައިރު އާޒިމާ ހުރީ ޖެހިބުދެއްހެން ހިރިލަން ވެސް ނޭނގިފައެވެ. ލޫތް ފަހަރެއްގައި ވެސް އައިފާއާއި ގުޅިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެއީ ނާއިލްކަމަށް ޔަޤީން ކުރެވުނީ ކުށްހީ އަކުންނެވެ. ލޫތް ބޯ ކޮށާލި ފަހުން ނާއިލް އާއި ދެމީހުން އޮޅުނީކަން އާޒިމާއަށް ޔަޤީންވިއެވެ.

“އަޅޭ އައި އެމް ސޯ ހެޕީ..” އައިފާގެ ގައިގައި ބައްދައި ގަންނަމުން އާލާ އުފަލުން ހުރެ ބުނެލިއެވެ. އޭރު ނާޒް ވެސް އައިސް އައިފާ ގައިގައި ކުޑަކޮން ބައްދާލަނީއެވެ. “ޕިސް ޕިސް.. އޮފީސް ކުދިންނަށް ދޯ މި އެންމެން ހިތް ކިޔަނީ.” ލައިޝާ މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. “ދެން އެމީހުން ލަދު ނުގަންނަވާ.” ލުތުފީ މިހެން ބުނުމުން ލޫތް ރަކި ގޮތަކަށް ހީލިއެވެ.

“އާޒިމާ.. އާދެބަލަ.” ދުރުގައި ވަކިން ހުރި އާޒިމާ ފެނި ލުތުފީ ގޮވާލި އަޑަށް އޭނާ ސިހިފައި އެދިމާއަށް ބަލާލިއެވެ. އޭރު ލުތުފީ އޭނާއަށް އައުމަށް ހަނާ އަޅާލަނީއެވެ. “މަންމާ. މިއީ އައިފާ. އިނގެއެއްނުން ދެން..” ލޫތް ތަޢާރަފް ކޮށްދިނުމުން އާޒިމާ ފިނި ގޮތަކަށް ހީލިއެވެ. އޭނާ މިކަމާއި އިންތިހާއަށް ހިތްހަމަ ނުޖެހުނަސް މިވަގުތު އެއްޗެކޭ ބުނުން ރަނގަޅު ނުވާނެތީ އޭނާ މަޑުން ހުރީއެވެ.

އެންމެން ކުކުޅު ފިހެވުމުން ކެއުމަށް ތައްޔާރުވިއެވެ. ސުފުރާމަތި އެއްވަސް ކޮށްލާފައި ވީއިރު ޖެހެމުން ދިޔަ މަޑު ފިނި ވައިރޯޅިތަކުން ގަޔަށް ފިނިކަން ދެމުން ދިޔައެވެ. އާލާ ފޯނުން ފޮޓޯ ނެގުމުގައި އުޅުން އިރު ލައިޝާ އޭނާގެ ފޮޓޯތަށް އިންސްޓަގްރާމް ކުރަމުން ދިޔައެވެ. “ދެން ތި ފޯނުތަށް ބާއްވާފައި ކެއުމައިގެން ކުރިއަށްދަމާ..” ލުތުފީ މިހެން ބުނުމުން އެންމެން ކެއުން ފެށިއެވެ.

“ސޯ ޓެލް އަސް. ކިހިނެތް ތި ކަންތައް ފެށުނީ.” ނާއިލްގެ ކޮނޑުގައި ކުޑަކޮން ޖަހާލަމުން ލައިޝާ އަހާލިއެވެ. އެވަގުތު ކައިރީގައި އިން ނާޒްގެ ކޮލަށް ޖަންބު ކުލަ އަރައި ލަދުން އިސްޖަހާލިއެވެ. “މިދެން އެއްދުވަހު ހޮޓެލްއަށް ދިޔައިރު ލޫތްގެ އޮފީހުގައި ނާޒް ހުއްޓައި ފެނުނީ..” ނާއިލްގެ ވާހަކަ ލޫތް މެދުކަނޑާލިއެވެ.

“ދެން ހަމަ ލަވް އެޓް ފަސްޓް ސައިޓް ވީ ދޯ…” ލޫތް މިހެން ބުނުމުން ނާއިލް ކައިރިގައި އޮތް ކުޑަ ރުމާ ކޮޅު ލޫތްގެ ގަޔާއި ދިމާއަށް އެއްލުމުން އެންމެން ހޭންފެށިއެވެ. އޭރު ނާޒް އިނީ ލަދުން އިސްއުފުލާލަން ވެސް ނުކެރިފައެވެ. “އަޅޭ ނާޒް ބަލްޝްވީއެ..” އާލާ މިހެން ބުނުމުން ނާޒް ކުޑަކޮން ހީލިއެވެ.

މިވާހަކަތައް ދެކެވުނު އިރު އައިފާ އިނީ ލޫތްގެ ހަރަކާތްތަކަށް ކަޅި ހުއްޓިފައެވެ. ލޫތް މިގޮތަށް އާއިލާއާއި އެކީ ހީ ސަމާސާކޮށް އުޅޭތަން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ކުރިން އަބަދުވެސް މަޑުމަޑުން އިންނަ ލޫތް މިރޭ އިނީ ވަރަށް އުފާވެރި މޫޑެއްގައެވެ. ލޫތްގެ އިސްތަށިކޮޅު ކޮށާލުމުން އެ މޫނުގެ ބައްޓަން ބޮޑަށް ފާޅުވެ އެ ރީތިކަން ފުރިހަމަކޮށްދެއެވެ.

ލޫތްއަށް އައިފާގެ ނަޒަރު އޭނާއަށް ހުއްޓިފައި އިންތަން ފެނުމުން އޭނާ އައިފާއާއި ހަތަރުކަޅި ހަމަ ކުރަމުން އެއްބުމަ އަރުވާލިއެވެ. އައިފާ ވަގުތުން އެހެންތަނަކަށް ބަލަންފެށީ ލޫތްއަށް ރީތިކޮން ބޭޒާރުވެމުންނެވެ. “ބައްޕާ. އަޅުގަނޑު އެބައޮތް ވަރަށް މުހިއްމު ވާހަކައެއް ބުނަންވެފައި..” ނާޒްގެ އަތުގައި ހިފާލަމުން ނާއިލް ބުނެލިއެވެ.

“އަޅުގަނޑުމެން ދެމީހުން ކައިވެނި ކުރަން ނިންމައިފިން.. ވިހާވެސް އަވަހަކަށް މިކަން ކުރަން ބޭނުމީ.” ނާއިލް މިހެން ބުނުމުން ޒުލޭހާ ހުރިހާ ދަތްދަކެއް ފެންނަވަރަށް ހީލަމުން ނާޒްގެ ކޮނޑުގައި ހިފައި އޭނާ ގަޔާއި ކައިރި ކޮށްލިއެވެ. “މަންމަ ހަމަ ތިކަމާއި ވަރަށް ޤަބޫލު. ދޯ ދަރިފުޅާ.” ނާޒްގެ ބޮލުގައި ފިރުމާލަމުން ޒުލޭހާ ބުނެލިއެވެ.

“ބައްޕަ މިރޭ ވަރަށް އުފާވެއްޖެ.. އިރާދަކުރެއްވިއްޔާ އަނެއްކާ ވެސް މި އާއިލާއަށް އުފާވެރިކަން މި ލިބެނީ.. ހަމަ ތި ދެކުދިން ބޭނުން ދުވަހަކަށް ކައިވެނި ހަމަޖައްސަންވީ. ނާޒްގެ އާއިލާއާއި ވެސް ބައްޕަމެން ބައްދަލު ކޮށްލަން ވާނުން.” ލުތުފީ ހިތްހަމަޖެހިފައި އިނދެ މިހެން ބުނިއިރު އާޒިމާ އިނީ ރުޅި އައިސް ރަތްވެފައެވެ. ކިތަންމެ މަޑުން އިންނަމަ ވެސް ހިވަނީ ހަމަ ދެންމެ ދެންމެ ބޮމެއްހެން ފަޅައިގެން ހިނގައިދާނެ ހެންނެވެ.

“ތެންކިޔު ޑޭޑް.. ކޮބާ ލޫތް ވެސް އަހަރެންމެންނާއި ޖޮއިން ކުރަން ވީނުން. އެއްކޮން ޕާޓީ ބާއްވާނީ..” ނާއިލް ޖެއްސުމަށް މިހެން ބުނުމުން އެންމެން ހިނިތުންވެލި އިރު ޖޫސް ބޯން އިން އާޒިމާ ކޮށިއެރިއެވެ. “އަހާ.. ފެންތައްޓެއް ގެނެސްބަލަ.” އާޒިމާގެ ބުރަކަށީގައި ފިރުމާލަމުން ލުތުފީ ބުނެލިއެވެ.

“ކޮބާ ރަނގަޅު؟” އާޒިމާ ފެން ބޮމުން އާއެކޭ ބުނެ ބޯ ޖަހާލިއެވެ. އޭރު ލޫތް އިނީ ނާއިލް ބުނި ވާހަކައިން ފާޑަކަށް ހެވިފައެވެ. “ތެދެއް ލޫތް ވަރަށް ސަޅިވާނެ އޭރުން. ދޯ އައިފާ.” ސައިލަމް ސަމާސާއަކަށް މިހެން ބުނުމުން އައިފާ ކުޑަކޮން ރަކިވިއެވެ. ކެއުން ނިމުނު އިރު އެންމެންގެ މޫނުމަތިން ވެސް އުފާވެރިކަން ފާޅުވި ނަމަވެސް އާޒިމާ އަދިވެސް އިނީ މޫނު ކުނިކޮށްގެން ނެވެ.

ލައިޝާމެން އައިފައާއި އެކީ ފޮޓޯ ނަގަމުން ދިޔައިރު މިތަން ބަލަން ދުރުގައި ލޯ އަޅައިގެން އާޒިމާ އިނެވެ. “އޯކޭ އޯކޭ.. ފެމެލީ ފޮޓޯއެއް.. އެންމެން އާދެބަ ސެލްފީއެއް ނަގަން…” އާލާ މިހެން ބުނުމުން އެންމެން އެދިމާއަށް ދިއުމުން އާޒިމާ ވެސް އިތުރު ގޮތެއް ނެތިގެން އެތަނަށް ދިޔައެވެ.

އާއިލާ އެއްކޮން ފޮޓޯއަށް ހުއްޓި ލުމުން އާލާ ފޯނުނަގައި ސެލްފީ ނަގަން ތައްޔާރުވެލިއެވެ. އައިފާ ލޫތް ކައިރީގައި ހުއްޓެލިއިރު ފަހަތުގައި ނާޒްއާއި ނާއިލް ހުއްޓެލިއެވެ. ލުތުފީ ގޮނޑީގައި އިން އިރު ޒުލޭހާއާއި އާޒިމާ ދެފަރާތުގައި ތިބިއިރު ސައިލަމް އާއި ލައިޝާ ވެސް އެތަނުގައި ހުއްޓެލިއެވެ. “ސޭ ޗީޒް!” އާލާ ކުރިއަށް އަރައި މިހެން ބުނެ އެ މަންޒަރު ފޯނުގައި ފޮރުވާލިއެވެ.

****

ލޫތްގެ ޕްރައިވެޓް ކާރު އައިފާ ގެ ކައިރިއަށް މަޑުކޮށްލިއިރު ވާރޭ ކަނި ޖަހަމުން ދިޔައެވެ. “ހޫމް މިވީ ކިހިނެތް؟ އެހައި ރީތިކޮން އޮވެފައި އެ ވެހެން ފެށީ.” ލޫތް ބޭރު ބަލާލަމުން ބުނެލިއެވެ. އޭރު އައިފާ ވެސް ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. “އައިފާ..” ލޫތް އައިފާގެ ފިނި އަތުގައި ހިފާލަމުން ބުނެލިއެވެ.

“ކިހިނެތް މިރޭ؟ ޑިޑް ޔޫ އެންޖޯއި؟” ލޫތް ހިނިތުންވެފައި އިނދެ އަހާލިއެވެ. “ޔެސް.. އިޓް ވޮސް ވޮންޑާފުލް.. ލޫތްގެ ފެމެލީ ވަރަށް ނައިސް.. އައި މީން ކުރިން ވެސް އިނގޭ އެކަން. އެކަމަކު މިރޭ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ.. ތޭންކްސް” އައިފާ މިހެން ބުނިއިރު އެ އަޑުގައި ވީ އުފާވެރި ކަމެވެ.

ލޫތް މަޑުމަޑުން އައިފާގެ ކޮލުގައި ބީހިލުމުން އައިފާ ލަދުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. “އައިފާ.. އައި.. އައި ލަވް ޔޫ.” ލޫތްގެ މިބަސްތަށް އައިފާއަށް އިވުނީ މަޑު ރާގެއް ހެންނެވެ. އޭރު ވެހެންމުން ދިޔަ ވާރޭ ވެސް ކުޑަކޮން ބޯކޮށްލައިފިއެވެ.

މިވީހާ ދުވަހު ލޫތް އަދި އެއްފަހަރު ވެސް އެބަސްތަކެއް ބޭނުމެއް ނުކުރެއެވެ. ލޫތް އެހެން ނުބުނި ކަމުގައި ވިޔަސް ލޫތްގެ އިހުސާސްތަށް އައިފާއަށް ރަނގަޅަށް އިނގެއެވެ. ކޮންމެހެން އެ ބަސްތައް ދުލުން ހާމަކުރުން އައިފާއަކަށް މުހިއްމެއް ނޫނެވެ. އެހެނީ އެދެމެދުގައި ވީ ޖަޒްބާތް ކޮންމެހެން ލަފްޒުން ބަޔާން ނުކުރިއަސް އެމީހުންނަށް ފުދެއެވެ.

“ޝޫޝް.. އައި ނޯ.” އައިފާ މިހެން ބުނުމުން ލޫތް ހިނިތުންވެލިއެވެ. އައިފާއަކީ ހާދަ ތަފާތު ކުއްޖެކޭ ލޫތް ހިތަށް އެރިއެވެ. “ވާހަކައެއް އަހާލަންތަ؟” ލޫތް މިހެން ބުނުމުން އައިފާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“މިރޭ ނާއިލް މެރީ ކުރާ ވާހަކަ ދެއްކީމަ ހަމަ ހިތަށް އެރީ.. އައިފާ މިކަމާއި ދޭތެރޭ ދެކެނީ ކިހިނެތް؟ މޭބީ އިން އަ ނިއާ ފިއުޗާ؟” ލޫތް ޖެހިލުންވެފައި އިނދޭ އަހާލިއެވެ.

“ލޫތް ޔޫ އާ ސްޕެޝަލް. މިއީ ކޮންމެހެން ޓައިމް ޕާސްއަށް ކުރާ ކަމެއް ނޫން.. އެހެންނޫންނަމަ ކީއްކުރަން ފެމެލީއަށް އިންޓްރޮޑިއުސް ވާންވީކީ ވެސް.. ދިސް އިޒް ސީރިއަސް.. އައި ވޯންޓް ޔޫ.. ނޯ އެކްޗުއަލީ އައި ނީޑް ޔޫ.. ޖަވާބު ލިބިއްޖެ؟” އައިފާ ހިނިތުން ވެލަމުން ބުނެލިއެވެ.

ލޫތް އުފަލުން އައިފާގެ މޫނުގައި ދެއަތުން ހިފާލިއެވެ. “އައި އެމް އޯލް ޔުއާޒް ބޭބީ.” ލޫތް މިހެން ބުނެ ހަމަ ކައިރި ވެލިތަނާ އައިފާގެ ފޯނު ރިންގުވާން ފެށިއެވެ. އައިފާ ދުރަށް ޖެހިލުމުން ލޫތް ފުންނޭވާއެއް ލަމުން ސީޓުގައި ލެނގިލި އިރު އެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. “މަންމަ އެގުޅަނީ.. ސޮރީ. ދަނީ، ބާއި.” އައިފާ މިހެން ބުނެ ލޫތްގެ ކޮލުގައި ބޮސްދިނުމަށްފަހު ކާރުން ފޭބިއެވެ.

“ބަލައިގެން ދައްޗޭ..” އައިފާ ނިކުތުމުން ލޫތް ބުނެލިއެވެ. އޭރު އައިފާ އަތުގައި އޮތ ދަބަސް ބޯމަތީގައި އަޅައިގެން ދުވެލާފައި ގެއަށް ވަންނަން ދިޔައިރު ވާރޭ ބޯކޮށްލައިފިއެވެ.

އައިފާ އަވަސް ފިޔަވަޅު ތަކެއްގައި އެތެރެއަށް ވައިން އިރު ލައިގެން ހުރި ހެދުމުގެ ކޮނޑުމަތި ވަނީ ތެމި ގައިގައި ތަތްލަވާފައެވެ. ތެތް އިސްތަށި ކޮޅުތަށް މޫނުމައްޗަށް ވެރިފައި ވީއިރު އައިފާ ނަޒަރު ހުއްޓުނީ ގޭގެ ސިޓިން ރޫމުގައި އިން އަޒުރާއަށްށެވެ.

“އާދެވިއްޖެ.. ދޭ އަވަހަށް ގައި ހިއްކަން.. އެހެން ނޫނީ މާދަން ވާއިރަށް ހުން އަތުވެދާނެ..” އަޒުރާ މިހެން ބުނިއިރު އެ އަޑުގައި ވީ ހިތްހަމަ ނުޖެހުން އައިފާއަށް ސިއްރެއް ނުވިއެވެ.

މިރޭ ލޫތްއާއި އެކީ އެގެއަށް ދާކަން އިނގުމުން އަޒުރާ މޫނު ހަދާފައި ހުރި ނަމަވެސް އައިފާ ހުއްޓުވާކަށް ނޫޅެއެވެ. އެހެނަސް އަޒުރާއަށް އެކަން ކަމުނުދިޔަކަން އައިފާއަށް އިނގެއެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔައީ އަވަހަށް އެއްޗެހި ބަދަލު ކޮށްލައިގެން ނިދާލުމުގެ ބޭނުމުގައެވެ.

****

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާޒިމާ ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. އޭނާ ހުރީ ލުތުފީއާއި އެވާހަކަ ދައްކަން ދެ ޚިޔާލެއްގައެވެ. ފާޚާނާއިން ނިކުއިން ލުތުފީއަށް އާޒިމާ އުޅޭގޮތް ފެނުމުން ކޮންމެ ވެސް ކަމަކާއި ވިސްނަނީކަން ޔަޤީންވިއެވެ. އޭރު އާޒިމާއަށް އަދި ލުތުފީ ނިކުއިން ކަމެއް ނޭނގެއެވެ.

“އާޒިމާ.. ކިހިނެތްވީ މާވަރަކަށް ހާސްވެފައި ތިހުންނަނީ.” ލުތުފީ ލައިގެން ހުރި މުންޑު މަތިން ޓީޝާޓެއް ގަޔަށް މަހާލަމުން އަހާލިއެވެ. އޭރު ދެކޮޅަށް ހިނގަން ހުރި އާޒިމާ އެ އަޑަށް ލުތުފީއާއި ދިމާއަށް ބަލާލިއެވެ. “ކީކޭ؟” އާޒިމާއަށް ބުނި އެއްޗެއް ނޭނގުމުން އަހާލިއެވެ.

“މިބުނީ ކިހިނެތްވީހޭ މާ ހާސްވެފައި ތިހިރީ” ލުތުފީ މިހެން ބުނުމުން އާޒިމާ ވާހަކަފެށިއެވެ. “ލުތުފީ ހަމަ މިކަމާއި އެއްބަސްތަ؟” އާޒިމާ މިހެން ބުނުމުން ލުތުފީ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.

“ކޮންކަމެއްތަ؟” އޭނާ އަހާލިއެވެ. “ލޫތް. އޭނަ މިހާ އަވަހަށް އެހެން މީހަކާއި ގުޅުނީމަ. އެވެސް އައިފާ.” އާޒިމާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.

“ދެން ކިހިނެތްވީތަ؟” ލުތުފީ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. “ކިހިނެތްވީހޭ؟ މީހުން ކިޔާނީ ކީކޭތަ؟ އެވަރު ވިސްނާލަން ވާނުން.” އާޒިމާ އެނދުގައި އިށީނދެލަމުން ބުނެލިއެވެ.

“ކީކޭތަ މީހުން ކިޔާނީ؟” ލުތުފީ މިފަހަރު ވެސް ސުވާލެއް ކުރުމުން އާޒިމާ ދެއަތުން ބޮލުގައި ހިފައްޓާލިއެވެ. އާޒިމާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ލުތުފީ އަނެއްކާވެސް މި ކުރަނީ އިތުރު ސުވާލެކެވެ.

“ޕިސް ޕިސް.. ލުތުފީ ކީއްވެތަ ތި ސުވާލު ކުރަނީ؟ އަހަރެން ދޯ މި އަހަނީ.” އާޒިމަ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.

“ހޫމް.. އެވާހަކަ ދޯ.. ބުނަން އާޒިމާ، ލޫތް އެހެރީ އުފަލުން. އެހެންވީމަ އަހަރެން ނެތިން އޭނާގެ އުފާތަކަށް ހުރަސް އަޅާކަށް.. އޭނާގެ އުފަލަކީ އައިފާ ކަމަށް ވާނަމަ އަހަރެން އެކަމާއި ވެސް ރުހި ޤަބޫލު.” ލުތުފީ ލޯގަނޑު ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ.

“އެކަމަކު ލުތުފީ..” އާޒިމާގެ ވާހަކަ ލުތުފީ މެދު ކަނޑާލިއެވެ. “މިވަގުތު ދެން އިތުރަށް ތިވާހަކަ ދައްކާނެ ކަމެއްނެތް..” ލުތުފީ ބޯ ފުނާ އަޅާލަމުން ފޯނު ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.

“ކޮންތާކަށް ތިދަނީ؟” އާޒިމާ އަހާލިއެވެ. “ޒުލޭހާ ކައިރިއަކަށްނުން.. ދެން ރުޅި ނާދޭ.. މާދަން ރޭ އަޒިމާ ބޭނުން ވަރަކަށް ތިވާހަކަ ދައްކާ. އޯކޭ.. ގުޑް ނައިޓް.” ލުތުފީ މިހެން ބުނެ ކޮޓަރިން ނިކުތެވެ.

“ޒުލޭހާއަށް ބޭނުން އިރަކު ވާހަކަ ދެއްކޭ.. ހަމަ އަހަރެންވީމަ. ހުމް. ވަރަށް ފޫހިވޭ..” އާޒިމާ ތުން އަބުރާލަމުން މިހެން ބުނެފައި އެނދަށް އަރައި ނިދަން އޮށޯތެވެ.

****

ވެހުނު ބޯވާރޭ ހުއްޓާލުމުން މުޅި ޖައްވުގައި ވަނީ ފިނި ހިފާފައެވެ. އަތިރިމަތީގައި ޒޭންއާއި އޭނާގެ ރަޚުމަތްރެރިން ބާބަކިއު ހަދަން އުޅުނު އިރު އެ މީހުން ނޫނީ މި ދަންވަރު އެތަނުން އެހެން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ.

ސޮސެޖެއް ހިފައިގެން ޒޭން އެތަނުން ދުރަށް ޖެހިލަމުން ގޮސް ހިމުން ދޮންވެލިގަނޑު މަތީގައި އިށީނދެލިއެވެ. އޭރު ރާޅު ބީއްސާލާ އަޑު އިވެމުން ދިޔައިރު ރޯކޮށްފައި ހުރި އަލިފާނުގެ އަލި އެތަނަށް ވެރިވެފައި ވެއެވެ. ނަގާފައި ހުރި ބޯ ވިލާތަށް މިރޭ ހަނދުގެ އަލި ފަނޑުކޮށްލީއެވެ.

ޒޭން އޭނާގެ ޖީބުން ފޯނު ނަގައި އައިސްފައި އޮތް މެސެޖް ހުޅުވާލިއެވެ. އެ މެސެޖުގައި ލިޔެފައި އިން ނަމްބަރު ފެނުމުން  އެތުންފަތަށް ލާނަތް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެ ނަމްބަރު ފޯނުގައި ސޭވް ކޮށްލީ އައިފާ ޖަހާފައެވެ. އަދި އެނަމުގެ ފަހަތުގައި ދެހިތް ލީއިރު ޒޭންގެ ތުންފަތުން ނުފިލާ ހިނިތުންވުމެއް ވެއެވެ. ސޮސެޖް ކޮޅު ކާލަމުން ޒޭން އެ ނަމްބަރަށް ގުޅާލަމަށްފަހު ކަންފަތުގައި ފޯނުޖެހިއެވެ.

ނިދިފައި އޮތް އައިފާއަށް ހޭލެވުނީ ބާލިސް ދަށުގައި އޮތް ފޯނު ރިންގުވި އަޑަށްށެވެ. އޭނާ މޯޅިއަކަށް ދެމިލަމުން ފޯނު ނަގައި ބަލާލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އޭރު ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. އައިފާ ނިދި މޯޅީގައި ހުރެ ފޯނުނެގިއެވެ.

“ހަލޯ.. ހަލޯ.” އައިފާގެ އަޑު ކަންފަތުގައި ޖެހުމާއިއެކީ ޒޭންގެ ހިތް އުފަލުން ފޮޅެލި ކަހަލައެވެ. އޭނާ ވަގުތުން ކޯލް ރެކޯޑިންއަށް ޖެއްސިއެވެ. “ހަލޯ.. ކާކު؟ ހަލޯ. ހަލޯ.. ކާކު. ހަލޯ؟” އައިފާގެ އެ އަޑު އަހަން އޮތް ޒޭންގެ ތުންފަތުގައި ވަނީ ހިނިތުންވުމެވެ. އިރުކޮޅަކު އެގޮތަށް ގޮވުމަށްފަހު ޒޭން އެއްވެސް ވާހަކައެއް ނުދެއްކުމުން އައިފާ އެކޮޅުން ފޯނު ކަނޑާލިއެވެ.

ޒޭން އޭނާ ރެކޯޑް ކުރި ކޯލް ޕްލޭ ކޮށްލަމުން އެ ދޮންވެލި ގަނޑުމަތީ އޮށޯވެލިއެވެ. އައިފާގެ އެ ހިތްގައިމު އަޑު އެތަށް ފަހަރަކު އަޑު އެހިއިރު ވެސް ޒޭންގެ ހިތެއް ނުފުރުނެވެ. “އޭ ބްރޯ” ޒޭން ކައިރީގައި އިށީނދެލި މީހަކު މިހެން ބުނުމުން ޒޭން ހިނިތުން ވެލިއެވެ. “އޭ ބިޓަށް ގުޅައިގެންތަ؟” އެމީހަކު އަހާލިއެވެ.

“އަދި ނުވޭ ބިޓަކަށް.. އެކަމަކު މިއީ ހަމަ ފައްކާ ޖަންބެއް އިނގޭ. ހަމަ ހޯދާފައި ދޫކޮށްލާނީ.” ޒޭން މިހެން ބުނުމުން އޭނާގެ ރަޚުމަތްތެރިއާ ހޭން ފެށިއެވެ. “ފަހަރީ ދޯ ހަމަ.” އޭނާ އެހެން ބުނުމުން ޒޭން ވެސް ހޭން ފެށިއެވެ. “ޔަޤީނެއްނުން.” ޒޭން މިހެން ބުނުމުން އޭނާގެ ރަޚުމަތްތެރިއާ ކާން އައުމަށް ބުނެ އެތަނުން ދިޔައެވެ.

ފޯނު ކަންފަތުގައި ޖަހައިގެން އޮތް ޒޭން އަދިވެސް ދިޔައީ އައިފާގެ އަޑު އަހަމުންނެވެ. “އޯ އައިފާ. ޔޫ އާ މައިން.. އޮންލީ މައިން.” ޒޭން އޭނާގެ މޭގައި އަތް އަޅާލަމުން ވިހަ ގޮތަކަށް ބުނެލިއެވެ.

****

ރޭގައި ނެގި ބޯވިލާތަށް މަޑުމަޑުން ފިލައި އިރުގެ އަލި ދޯދިތަށް ޖައްވަށް ވެރިވެގެން ދިޔައެވެ. އޮފީސް އޮފީހަށް ދާ މީހުން ނިކުތުމުން މަޑުމަޑުން މަގުތަކުގައި ކާރުބާރު ގިނަވާން ފެށިއެވެ. ލޫތް ހެނދުނުގެ ނާސްތާ ކުރަމުން ދިޔައިރު އާޒިމާ ބަދިގޭގައި ބިސްގަނޑެއް އެޅުމުގައި އުޅުނެވެ.

“ކޮބާ ބައްޕަ މިއަދު؟” ލޫތް އޭނާގެ ކޮފީތަށި ބޮމުން އަހާލިއެވެ. ކުރު އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލް ކުރެވިފައި ވީއިރު އެލޮލުގައި ވަނީ ހަތަރެސް ކަނަށް އިންނަ ބޮޑު ނަންބަރު އައިނެއް އަޅާލެވިފައެވެ. ހުދު ކުލައިގެ ގަމީހެއްގައި ތުނބުޅި ޝޭވް ކޮށްލާފައި ހުރުމުން އޭނާގެ ގައިން އާފްޓާ ޝޭވްގެ ހިތްގައިމު ވަސް ދުވަމުން ދިޔައެވެ. ކުރީގެ ލޫތްއާއި މިހާރުގެ ލޫތްއާއި އެތަށް ހާސްބައެއް ތަފާތެވެ.

“ބައްޕަ މިއަދު މަތިން ސައިބޮއެގެން ދިޔައީހެން ހީވަނީ.. ކޮބާތަ ލައިޝާ؟ ލައިޝާ، ދަރިފުޅާ އާދެ ސައިބޮއެގެން ދާން.” އާޒިމާ ބިސްގަނޑު ގެނެސް ލޫތްގެ ތައްޓަށް ލައިދެމުން ބުނެލިއެވެ.

އޭނާ ގޮނޑިއެއް ދަމާލަމުން އިށީނދެލީ ލޫތްއާއި ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. “ދަރިފުޅު ކީއްވެ އައިފާގެ ވާހަކަ މަންމަ ކައިރި ނުބުނީ؟” އާޒިމާ މިހެން ބުނުމުން ލޫތްއަށް އޮޅުމެއް ނުފިލިއެވެ.

“އައިފާގެ ކޮން ވާހަކައެއް؟” ބިސްގަނޑު ކަމުން ލޫތް އަހާލިއެވެ. ލުތުފީއެކޭ ލޫތްއެކޭ ތަފާތެއް ނެތޭ އެވަގުތު އާޒިމާ ހިތަށް އެރިއެވެ. ހަމަ ލުތުފީ ހެން ލޫތް ވެސް ޖަވާބު ދިނުމުގެ ބަދަލުގައި އެކުރީ ސުވާލެކެވެ. “އައިފާއާއި ގުޅުނު ވާހަކައެއްނުން. ދެން ކޮން ވާހަކައެއް.” އާޒިމާ މިހެން ބުނުމުން ލޫތް ބޯ ޖަހާލިއެވެ.

“އޯ އެވާހަކަ ދޯ.” ލޫތް އިސްޖަހައިގެން އިނދެ ބިސްގަނޑު ކަމުން ބުނެލިއެވެ. “ކޮން ވާހަކައެއް؟ އޯ ވާއޮ ލޫތް. ހާދަ ސަޅި އައިނެއް.. ވަރަށް ހޮޓް އިނގޭ މިހާރު.” އެތަނަށް އައި ލައިޝާއަށް ލޫތް އަޅައިގެން އިން އައިނު ފެނުމުން ބުނެލިއެވެ. “މިކިޔަނީ ލޫތް މަންމަ ކައިރީގައި އައިފާގެ ވާހަކަ ނުބުނީމަ އެވާހަކަ.” އާޒިމާ ބުނެލިއެވެ.

“އައިފާ ކިހާ ނައިސް.. އައި އެމް ސޯ ހެޕީ.” ލައިޝާ ޕާން ފޮޗެއް ނަގަމުން ބުނެލިއެވެ. “އެކަމަކު އެ އައިފާ އެއީ އަހަރެމެން ފެންވަރުގެ ކުއްޖެއް ވެސް ނޫން.. މީހުން ކިހާ އެއްޗިއްސެއް ކިޔާނެ” އާޒިމާ މޫނު ކުނިކޮށްލަމުން ބުނެލިއެވެ.

“ތިހެން ވިއްޔާ ނާޒް ވެސް އެއީ މަންމަ ތިބުނާ ޓައިޕް ކުއްޖެއް.. އެކަން ކީއްވެ މައްސަލަ އަކަށް ނުވީ. ހަމަ އައިފާ ވީމަ. ވީ އޯލް ނޯ މަންމައަށް ކުރިން އައިފާ މިގެއަށް އައިރު ވެސް ކަމުނުދާކަން.. އިޓްސް ނޯ ސީކްރެޓް. މިޒަމާނުގައި މީހުން ނުކިޔާނެ އެއްޗެކޭ.. ދެން ކިޔަސް ހޫ ކެއާސް މޯމް.. ތިގޮތް ދޫކޮށްލަން ވީނުން.” ލައިޝާ ޖެހިލުމެއްނެތި ހުރިހާ އެއްޗެއް އެއްފަހަރާ ކިޔާލިއެވެ. އޭރު ލޫތް އެއްވެސް އެއްޗެކޭ ނުބުނެ ސައިބޮއެ ނިންމާލިއެވެ.

“ލޫތް..” ލޫތް ދާން ތެދުވުމުން އާޒިމާ ގޮވާލިއެވެ. “މޯމް ޕްލީޒް. އައި ރެސްޕެކްޓް ޔޫ. އެކަމަކު އަޅުގަނޑުގެ ޕާސަނަލް ކަންތަކާއި ނުބެހުނިއްޔާ ރަނގަޅީ.” ލޫތް މިހެން ބުނެފައި އެތަނުން ދިޔައެވެ. އާޒިމާ ކުރި މަސައްކަތް ބޭކާރު ވުމުން ދެން މިކަމާއި އިތުރު ގޮތެއް ނުހެދޭނެކަން އޭނާއަށް ޔަޤީންވިއެވެ.

****

ދުވަސްތަށް ހަލުވި މިނެއްގައި ވޭތުވަމުން ދިޔައެވެ. އެއްމަސްފަހުން ނާއިލްގެ ކައިވެނި ހަމަޖެހިފައި ވީއިރު ލުތުފީ ދިޔައީ އޭގެ ކުރިން އޮފީހުގެ މުހިއްމު ކަންތައްތައް ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ. ކޮންފަރެސް ރޫމްގައި ލުތުފީ ބައްދަލުވުމެއް ކުރިއަށް ގެންދަމުން ދިޔައިރު ތަނުގެ ދެތިން މެނޭޖަރުން އިތުރުން ލޫތް ވެސް އެތަނުގައި އިނެވެ.

“އެހެންވީމަ މި ބައްދަލުވުން ހަމަޖެހިފައި މިއޮތީ ދާލު އަތޮޅުގެ ރިސޯޓެއްގައި. މި ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ލޫތް ދެން އޭނައާއި އެކީ ޝާން ކޮމްޕެނީ ރިޕްރެޒެންޓް ކުރަން ދާގޮތަށް އޮތީ.. އެކަމަކު ޝާން ކުއްލިއަކަށް ބަލިވުމުން އެބަޖެހޭ އެހެން މުވައްޒަފެއް ހަމަޖައްސަން. އެހެންވީމަ ކާކު ދާނީ؟” ލުތުފީ ބައްދަލުވުން ނިންމާލަމުން އަހާލިއެވެ.

“އަޅުގަނޑު ހިނގައިދާނަން..” ބައްދަލުވުމުގައި އިން މީހަކު މިހެން ބުނުމުން ލޫތް ވަގުތުން އެކަމާއި ދެކޮޅުހެދިއެވެ. “އެކްޗުއަލީ މިކަމަށް އަޅުގަނޑު މިސް އައިފާއަށް ރިކުއެސްޓް ކޮށްލާފައި އިންނާނީ.” ލޫތް މިހެން ބުނުމުން ލުތުފީ އޭނައާއި ދިމާއަށް ބަލާލަމުން އެއްބުމަ އަރުވާލިއެވެ.

“އޯކޭ ލޫތް. މިސް އައިފާ އިޓް އިޒް ދެން.” ލުތުފީ ފާޑަކަށް ހީލަމުން މިހެން ބުނެލިއެވެ. ބައްދަލުވުން ނިމުމުން ލޫތް ވަގުތުން ތެދުވެ މިސްރާބުޖެހީ އައިފާ ހޯދުމަށްށެވެ. އޭނާ އައިފާ ދިއުމަށް އަދި ރިކުއެސްޓެއް ވެސް ނުކުރެއެވެ. ނަމަވެސް މި ދަތުރުގައި އައިފާ ނޫން އެހެން މީހަކު ގެންދާކަށް އޭނާ ނޭދެއެވެ.

ޝާންއަށް ނުދެވޭނެކަން އިނގުމުން އޭނާ ހުރީ މި ދަތުރުގައި އައިފާ ގެންދިއުމަށް ކެތްމަދުވެފައެވެ. އައިފާގެ އޮފީހަށް ވައިން އިރު ދުރުގައި ހުރި އައިފާއަށް އެތަނަށް މީހަކު ވައިން ކަމުގެ ހިލަމެއް ވެސް ނުވެއެވެ. ދޮރާއި ދިމާއަށް ފުރަގަސް ދީގެން ހުރެ ފައިލް ތަކެއް ބަލަމުން ދިޔައިރު އޭނާ ވަނީ އެކަމަކަށް ގޮސް ގެއްލި ހުސްވެފައެވެ.

ލޫތް މަޑު ފިޔަވަޅު ތަކެއްގައި ގޮސް ވަރަށް ސިއްރުން އައިފާގެ އުނަގަނޑުގައި ކޮއްޓާލިއެވެ. އޭނާ ސިހިފައި ތެޅިގެން އިރު އަތުގައި އޮތް ފައިލް ނުވެއްޓުނީ ކިރިޔާއެވެ. “ލޫތް.. ކިރިޔާއެއްނުން ނުވެއްޓުނީ. ސިއްސައިގެންނޭ ދިޔައީ.” އައިފާ ފަސްއެނބުރި ބަލާލަމުން ބުނެލިއެވެ.

“ހެހެހެ. ސޮރީ މިސް އައިފާ.” ލޫތް މިހެން ބުނުމުން އައިފާ އޭނާ އަޅައިގެން ހުރި ބޮޑު ނަންބަރު އައިނު ނަގައި އެލޮލުގައި އަޅާލިއެވެ. “ހައު ޑޫ އައި ލުކް.” އައިފާ އެއްބުމަ އަރުވާލަމުން ބުނެލިއެވެ. “ބުނަންވީތަ؟ ބުނެފިއްޔާ ލަދުގަންނާނީ..” ލޫތް މިހެން ބުނުމުން އައިފާ އެ އައިނު ނަގައި ލޫތްގެ ލޮލުގައި އަޅުވައި ދިނެވެ.

“ބުނާނެކަމެއްނެތް.. އެހެން ނޫނަސް ދީސް ސްޕެކްސް ސޫޓްސް ޔޫ ބެޓާ.” އައިފާ ހިނިތުން ވެލަމުން ބުނެލިއެވެ. “ކަމަކު އެދެން މިއައި.. އަހަންނާއިއެކީ ރިސޯޓަކަށް ދާނަންނަތަ؟ އިޓްސް އަ ބިޒްނަސް މީޓިން. ދެ ދުވަސް ވާނީ. ވީ ކެން އެންޖޯއި. މާދަން ހަވީރު ފުރުން އޮތީ” ލޫތް މިހެން ބުނުމުން އައިފާ ކުޑަކޮން ވިސްނާލިއެވެ.

“އާ ޔޫ ޝުއާ..” އައިފާ މިހެން ބުނުމުން ލޫތް އޭނާއަށް ޔަޤީންކަން ދިނެވެ. “އޯކޭ އެހެންވިއްޔާ.. ހެޕީ. ދެން ދޭ.” އައިފާ މިހެން ބުނެ ދުރަށް ޖެހިލިއެވެ. “ތޭންކްސް އައިފާ. ދިސް ވިލް ބީ އަ މެމޯރިއަބަލް ޓްރިޕް.” ލޫތް މިހެން ބުނެފައި އެތަނުން ދިޔައެވެ.

****

އަލަމާރިން ދެތިން ހެދުން ނެގުމަށްފަހު ކުޑަ ދަބަހަކަށް އައިފާ އެއެއްޗެހި އަޅަމުން ދިޔައެވެ. ކޮޓަރިއަށް ވައިން އަޒުރާއަށް މި މަންޒަރު ފެނުމުން ވެގެން އުޅޭގޮތް އޮޅުން ފިލުވާލުމަށް އޭނާ އެރެތެރެއަށް ވަނެވެ. “ދަރިފުޅާ.. ކޮންތާކަށްދަނީ އަނެއްކާ.” އަޒުރާ ހިނިތުންވެލަމުން އަހާލިއެވެ.

ދަބަހަށް ހެދުން ލަމުން އެނދުގައި އިށީނދެލި އައިފާ އިނީ ދެ ޚިޔާލެއްގައެވެ. އޭނާ އަޒުރާ ކައިރީގައި ލޫތްއާއި އެކީ ރިސޯޓަށް ދާ ވާހަކަ ނުބުނެވިގެން އުޅެނީ ވެސް އަޒުރާ ހިތްހަމަނުޖެހި ދާނެތީއެވެ.

“މަންމާ.. މިއުޅެނީ މާދަން ހަވީރު ދާލު އަތަޅުގެ ރިސޯޓަކަށް ދާން.. ކޮމްޕެނީ ފަރާތުން މީޓިންއަކަށް.” އައިފާ ހަމަޖެހިލަމުން ބުނެލިއެވެ.

“އެހެންތަ.. މަންމަގެ ދޫނި މިހާރު ހާދަ މޮޅުވެއްޖެއޭ.. އެކަނިތަ ދަނީ؟” އައިފާގެ ބޮލުގައި ފިރުމާލަމުން އަޒުރާ އަހާލިއެވެ. އައިފާ ދެ ޚިޔާލެއްގައި އިނދެފައި ވެސް ތެދަށް ބުނަން ނިންމިއެވެ. މަންމައަށް ދޮގު ހަދާފައި އެއްވެސް ކަމެއް ކުރާކަށް އޭނާ ނޭދެއެވެ.

“އެކަންޏެއް ނޫން. ލޫތްއާއި އެކީ.” އައިފާ މިހެން ބުނުމުން އަޒުރާގެ މޫނުމަތިން ފާޅުވި ހިނިތުންވުން ފަނޑުވިއެވެ. އޭނާ ވަގުތުން ތެދުވެ އައިފާއާއި ދުރަށް ޖެހިލިއެވެ.

“ދަރިފުޅު އެ ލޫތްއާއި އެކީ އެއްވެސް ތަނަކަށް ދާކަށް މަންމައެއް ނުހުއްޓުވަން. އެކަމަކު ރަށުން ބޭރަށް އަދި އެވެސް ރިސޯޓަކަށް އޭނައާއި އެކީ ދާން މަންމަ އެއްވެސް ގޮތަކަށް ހިތްހަމައެއް ނުޖެހޭ.” އަޒުރާ މިހެން ބުނުމުން އައިފާ އެނދުން ތެދުވިއެވެ.

“މަންމާ މިއީ މީޓިންއެކޭ.. އަޅުގަނޑު ކައިރީ ދާން އެދިފައި އޮތުމުން ނޫނެކޭ ނުބުނެވޭނުން. އެކަމަކު މަންމަ ނުރުހެންޏާ..” އައިފާގެ ވާހަކަ އަޒުރާ މެދުކަނޑާލިއެވެ.

“މަންމަ ނުބުނަން ނުދެވޭނެޔެކޭ.. ދަރިފުޅު ދޭ. އެކަމަކު މަންމަ ލޫތްއަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރަން.. ކިހިނެތް އިނގެނީ ބިޒްނަސް މީޓިންއޭ ކިޔާފައި އޭނަ އެހެން ކަމެއް ނުރާވާ ކަމެއް ވެސް.” އަޒުރާގެ އަޑުގައިވީ ނުރުހުމެވެ.

“ލޫތްއެއީ އެކަހަލަ މީހެއް ނޫނޭ މަންމާ.” އައިފާ މިހެން ބުނުމުން އަޒުރާ ރުޅިއައެވެ. “އައިފާއަކަށް ނޭނގޭނެ. ހަމަ ފިރިހެނަކު އައިސް ކުލަ ހުވަފެންތަކެއް ދައްކާލީމަ އެވީ އެކަން ޤަބޫލު ކުރަންތަ.. ބަލަ މަންމަ މިއީ ތިކަންތައް ތަޖުރިބާކޮށްފައި ހުރި މީހެއް.. ތި ލޫތެއް އެހާ ރަނގަޅިއްޔާ ކީއްވެ އަދިވެސް މަންމައާއި ބައްދަލު ކޮށްލަން ނާދެވިގެން އެއުޅެނީ. އައިފާ ގޮވައިގެން އެއާއިލާ ކައިރިއަށް ގެންދެވޭ.. އެކަމަކު އޭނާ ތިބުނާހެން އައިފާ އެދޭނަމަ މަންމަގެ ރުހުން ހޯދަން އެބައުޅޭތަ؟” އަޒުރާގެ ރުޅި ފެނި އައިފާ ދެރަވިއެވެ.

“އައިފާ ދަންޏާދޭ.. އެކަމަކު އެ ލޫތް އެއުޅެނީ ކޮންމެހެން މާ ލޯބިވެގެންނެއް ނޫން.. އެކަހަލަ މުއްސަނދިންގެ ވައްތަރުއެއީ. މާދަން ވެސް އޭނާ ކޮޅުފައިން ޖެހީމަ ރޮއެފައި އަންނާނީ ހަމަ މި މަންމަ ކައިރިއަށް އެކަމަކު މިއަދު އަހަރެންގެ ބަސް މިއީ އެއްވެސް އެއްޗެއް ނޫން.” އަޒުރާގެ ދެލޯ ކަރުނުން ފުސްވިތަން ފެނުމުން އައިފާގެ ހިތަށް ތަދުވިއެވެ. އަޒުރާ އިތުރަށް އެތަނުގައި މަޑު ކުރުމެއްނެތި ދިއުމުން އައިފާއަށް އޭނާގެ މަންމަ ހުއްޓުވާނެހާއި ހިތްވަރެއް ނުލިބުނެވެ.

އޭނާ އެގޮތަށް މަންމަ ރޮއްވާކަށް ނޭދެއެވެ. މަންމަގެ ނުރުހުމުގައި ލޫތްއާއި ގުޅިގެން އޭނައަށް ފައިދާއެއް ނުކުރާނެކަން ހިތުގެ ކަނަކުން އަންގަމުން ދިޔައެވެ. އެހެނަސް މިއީ ވަޒީފާގެ ފަރާތުން ވެސް ދާން ޖެހޭ ދަތުރެއްކަމުން އޭނާ ދާން ނިންމި އިރު މިކަމާއި ފަހުން ލޫތްއާއި ވާހަކަދައްކަން އޭނާ ނިންމިއެވެ.

****

އަނެއްދުވަހު ހަވީރު އައިފާ ލޫތްއާއި އެކީ ދާލު އަތޮޅަށް ދާން ފުރިއެވެ. ސީ ޕްލޭންގައި ދަތުރުކޮށްފައި ދިޔައިރު އެދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް އައިފާގެ މާ މަޑުން އިންނާތީ ލޫތް އެވާހަކަ އޮޅުން ފިލުވާލަން ބޭނުން ވިއެވެ.

“ހޭއި އޯކޭތަ؟” ސީ ޕްލޭން އިން ފައިބަމުން ލޫތް އަހާލިއެވެ. “ޔާ.. ދަތުރުކުރީމަ ބޮލަށް ބަރުވެފައި މިހުންނަނީ.” އައިފާ ކުޑަކޮން ހިނިތުންވެލަމުން ބުނެލިއެވެ.

“އޯކޭ. ދޭ ފްރެޝް ވެލައިގެން އޮށޯވެލަން.. ޑިނާއަށް ދާން ވީމަ ބަލާދާނަން. ދެ ރޫމެއް ދީފައި އިނީ ސޯ މިހެން ހަދާލަން ޖެހޭނީ ދެން.” ލޫތް މިހެން ބުނުމުން އައިފާ އެކަމާއި އެއްބަސް ވިއެވެ.

ރޭގަނޑުގެ ކެއުމުގައި ރިސޯޓުން ބައްދަލު ކުރަން އައި މީހުންނާއި ވާހަކަދެކެވުނު އިރު އައިފާ ވެސް ހުރީ ރަނގަޅު މޫޑެއްގައެވެ. ކެއުން ނިންމާލުމަށްފަހު ލޫތް އައިފައާއި އެކީ އޭނާ ކޮޓަރިއާއި ހަމައަށް ގެންގޮސްދޭން ދިޔައެވެ.

“މާދަން ހެދުނު މީޓިން އިނީ. ދެން ހަމަ އެއްކޮން ފްރީ. ހުންނާނެ ބައެއް ކަންތައްތައް ޕްލޭން ކޮށްފައި.. ޔޫ ލައިކް ޖެޓް ސްކީއިން؟” ލޫތް މިހެން އަހާލުމުން އައިފާ ހިނިތުންވެލިއެވެ. “ޔެސް! އެކަމަކު އަދި ދުވަހަކު ވެސް ނުކުރަން.” އައިފާގެ ކޮޓަރިއާއި ހަމައަށް އާދެވުމުން ދެމީހުން މަޑުކޮށްލިއެވެ.

“އައި ވިލް ޓީޗް ޔޫ. އައި ވިލް ޓީޗް ޔޫ ސޯ މެނީ ތިންގްސް.” ލޫތް މިހެން ބުނެފައި ކައިރިއަށް ޖެހިލުމުން އައިފާ ފަހަތަށް ޖެހި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އޭރު އައިފާ ހުނުމުގެ އަޑު ލޫތްއަށް އިވެމުން ދިޔައެވެ. “ނޮޓް ފެއާ! އަބަދު ތިހެން ހަދަނީ.” ދޮރުގައި ލެނގިލަމުން ލޫތް ބުނެލިއެވެ.

އައިފާ ކުޑަކޮން ދޮރު ހުޅުވާލުމަށްފަހު ލޫތްއަށް ކައިރިއަށް އައުމަށް އިޝާރާތް ކުރިއެވެ. ލޫތް ކައިރިވުމުން އައިފާ ވަރަށް ލޯބިން ލޫތްގެ ނޭފަތުގެ ކޮޅުގައި ބޮސްދިނެވެ. “ދެޓްސް އޯލް ޔޫ ގެޓް ފޯ ޓުނައިޓް. ބާއި ބާއި.” އައިފާ ހިނިތުންވެލާފައި މިހެން ބުނެ ދޮރު ލެއްޕިއެވެ. “އޯކޭއޭ ދެން. ދެރަވެއްޖެ..” ލޫތް މިހެން ބުނެފައި އެތަނުން ދިޔައެވެ.

އާދުވަހަކަށް އަރައިގެންއައި އިރާއިއެކު ލޫތްއާއި އައިފާ ތިބީ ބައްދަލުވުމަށް ތައްޔާރު ވެއެވެ. ހެނދުނުގެ ނާސްތާއާއި އެކު ބައްދަލުވުން ނިމިގެން ދިޔައީ ވަރަށް ފުރިހަމައަށްށެވެ. އެއަށްފަހު ލޫތް ބޭނުންވީ އޭނާ މި ދަތުރުއައި އަސްލު މަޤްސަދު ކާމިޔާބު ކުރާށެވެ.

ލޫތް އައިފާ ގޮވައިގެން ޖެޓް ސްކީ ދުއްވަން ދިޔައިރު އައިފާ އުޅުނީ ވެއްޓި ދާނެތީ ބިރުންނެވެ. ނަމަވެސް އިރުކޮޅަކު ދުއްވާލުމުން އައިފާއަށް މިކަން މާ މަޖާ ކަމަކަށްވެ އެންމެފަހުން ލޫތް ކައިރިން އަމިއްލައަށް އެ ދުއްވަން ވެސް ދަސްކުރިއެވެ. އެއަށްފަހު ޑޯލްފިންތަކަށް ކާންދީ ޑައިވިންއަށް ދިޔައިރު އައިފާ އެތަށް ފޮޓޯއެއް ނެގިއެވެ. ގިނައީ ހުސް ލޫތްގެ ފޮޓޯތަކެވެ.

ދުވާލު އެއްކޮން އެކަމުގައި އުޅުމަށްފަހު ރޭގަނޑުގެ ކެއުމަށް ދެމީހުން ދިޔައިރު އައިފާ ހުރީ އިންތިހާއަށް އުފާވެފައެވެ. އައިފާގެ އަތުގައި ހިފާލައިގެން ލޫތް ކެއުމަށް އެރީ މިއިން ދުވަހަކުވެސް ހިތަށް ނުލިބޭހާ ހިތްހަމަ ޖެހުން ލިބިހުރެއެވެ. “ސޯ. މަޖާތަ މިއަދު.” ލޫތް ކެއުން ކުރިއަށް ދިޔައިރު ސުވާލުކޮށްލިއެވެ.

“އޯ ލޫތް އިޓް ވޮޒް އަމޭޒިން.. ތޭންކްޔޫ.” އައިފާ ހިނިތުންވެލަމުން ބުނެލިއެވެ. ދެމީހުން އެކީގައި ލޫތްގެ ފޯނުން މިއަދު ނެގި ފޮޓޯތަކަށް ބަލަމުން ހެމުން ދިޔައެވެ. އެތަނުގައި މަޑު ރާގެއް ޖަހަން ފެށުމުން އެކި ފަތުރުވެރިންތަން އެމީހުންގެ ލޯބިންވެރިންނާއިއެކު ނަށަން ފެށިއެވެ. ލޫތް ވެސް އިރުކޮޅަކު އިނދެފައި އައިފާއަށް ނަށަން ދިއުމަށް އަތް ދިއްކޮށްލިއެވެ.

އައިފާ އެއްވެސް ދެކޮޅު ހެދުމެއް ނެތި ލޫތްއާއި އެކީ މަޑު ރާގަކަށް ނަށަން އެރިއެވެ. ލޫތްގެ އެއް އަތް އައިފާގެ އުނަގަނޑުގައި ހިފައި ކައިރި ކޮށްލެވިފައި ވާއިރު އައިފާގެ އަތްވަނީ ލޫތްގެ ކޮނޑުގައެވެ. “ޔޫ އާ ސޯ ބިއުޓިފުލް.” އައިފާގެ ރީތިކަމަށް ލޫތް ތަޢުރީފް ކުރުމުން އޭނާ ލަދުން އިސްޖެހުނެވެ.

އައިފާ ލާފައި ހުރި ރަތް ކުލައިގެ ދިގު ލޭޒް ފޮތީގެ ހެދުމުގައި އޭނާ ފެންނަލެއް ވަރަށް ވެސް ހިތްގައިމެވެ. އަދި މިއަދު އަވީގައި މޫދަށް އެރިއުޅުމުން އެހަންގަނޑުގެ ކުލަވަނީ ގަދަ ޓޭންއަކަށް ބަދަލުވެފައެވެ. އެއް ކަންފަތް ކައިރިއަށް ޖަހާލެވިފައި އިން ބޮޑު ރަތް ކުލައިގެ ސައިމަލުން އެރީތިކަން ފުރިހަމަކޮށްދެއެވެ.

އިރުކޮޅަކު އެގޮތަށް ތިބުމަށްފަހު ލޫތް އައިފާގެ އަތުގައި ހިފައިގެން އެތަނުން ދިޔައީ ލަވަކުޅޭ މީހެއްގެ އަތުން ގިޓައެއް ވެސް ހިފައިގެންނެވެ. ހިނގަމުން ހިނގަމުން ގޮސް އަތިރިމައްޗަށް ދެވުމުން މީހުން މަދު ހިސާބެއްގައި ލޫތް މަޑުކޮށްލިއެވެ. ސާދަވިލޭރެގެ ހަނދުވަރުން މުޅި ތަން އަލި ކުރެވިފައި ވާއިރު ރާޅު ބީއްސަމުން ދިޔަ ދޮންވެލިގަނޑު ބަބުޅަމުން ދިޔައެވެ.

“މިތާ އިށީނދެބަ..” އައިފާ ގެންގޮސް ރުއްބުޑެއްގެ މަތީގައި ބައިންދަމުން ލޫތް ބުނެލިއެވެ. އޭރު އައިފާ ހުރީ ލޫތް މި ކުރަން އުޅޭ ކަމެއް ނޭގިފައެވެ. ލޫތް އޭނާގެ އަތުގައި އޮތް ގިޓާ ނަގައި އެ ކުޅެން ފެށިއެވެ. އޭނާ ކުޅެމުން ދިޔަ ހިތްގައިމު ރާގުން އައިފާ އިނީ ގެއްލިފައެވެ.

“ހަސްތީ ތެރޭ ތިޔަ މާ ދުށިން، ހައިރާން މަވީ އެހިދުން

ތިޔަނޭވާޔާ ފަތުރާލަމޭ މީރުވަސް ހުވަދުން

ލޯބިން ޤުރުބާން ވެދާނަން އުމުރަށް އުޅޭނަން، ވަޢުދާ ހުވާ ކޮށްލަން

ލޯބިން ޤުރުބާން ވެދާނަން އުމުރަށް އުޅޭނަން، ވަޢުދާ ހުވާ ކޮށްލަން

ދޭނަން ހިތާ ޖާނާ، އާދޭ ނުދޭ ލޯބިވާ

ދޭނަން ހިތާ ޖާނާ، އާދެ ނުދެ ލޯބިވާ

ހިތްވެ ދިވާނާ ބީވެ މިފުރާނާ، ޖާނު ދަނިއްޔޭ މީތެދެކޭ

ދޭނަން ހިތާ ޖާނާ، އާދޭ ނުދޭ ލޯބިވާ

ހިތްވެ ދިވާނާ ބީވެ މިފުރާނާ، ޖާނު ދަނިއްޔޭ މީތެދެކޭ

ދޭނަން ހިތާ ޖާނާ، އާދެ ނުދެ ލޯބިވާ

ދޭނަން ހިތާ ޖާނާ…”

ލޫތްގެ ޖާދުވީ ހިތްގައިމު އަޑުއިވި އައިފާ އިނީ އާޝޯޚުވެފައެވެ. ޖެހެމުންދިޔަ ވައިރޯޅިތަށް ވެސް ހީވަނީ ލޫތްގެ އަޑު މުޅި ފަޒާގައި ދައުރު ކޮށްދިން ހެންނެވެ. އެ ފިރިހެންވަންތަ އަޑުއިވި ގައިން ހީބިހި ނަގައިގެން ދިޔައިރު އައިފާ އިނީ އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ލޫތްއަށް އެހާ މޮޅަށް ލަވަ ކިޔަން އިނގޭކަމެއް މީގެކުރިން އައިފާ ނުދެނެ ހުއްޓެވެ.

ލަވަ ނިމުމާއިއެކީ ލޫތް އެއްކަކޫ މައްޗަށް ތިރިވެ އަތުގައި އޮތް އަނގޮށްޓި ދިއްކޮށްލުމުން އައިފާގެ ހިތް ހީވީ އުދުއްސައިގެން ދިޔަހެންނެވެ. “އައިފާ ނާޒިމް، ވިލް ޔޫ ބީ މައިން؟” ލޫތް މިހެން އެހުމާއި އެކު އައިފާގެ ލޮލުން ކަރުނަ ނިރާލިއެވެ. ވީ އުފަލުން ހީވީ އަޑު ވެސް ކަރުތެރޭގައި ބެދުނު ހެންނެވެ.

އައިފާ ހިނިތުންވެފައި އިނދެ އޭނާގެ އަތް ދިއްކޮށްލަމުން ބޯ ޖަހާލި އިރު އެލޮލުން ފޭބި ކަރުނަތަށް އެ ކޯތާފަތުގައި ބޮސްދިނެވެ. ލޫތް ވަގުތުން އައިފާގެ އިނގީލީގައި އަނގޮށްޓި އަޅުވައި ދިނެވެ. އަދި އޭނާ ގެނެސް އެ އުނގަށްލަމުން އަތްދަނޑިމައްޗަށް ނެގިއިރު އައިފާ ލަދުން ލޫތްގެ ކަރުދޮށުގައި މޫނު ފޮރުވާލިއެވެ. އޭނާ ސިއްރުން އެކަންފަތް ދޮށުގައި ވަރަށް ލޯބިވެއޭ ބުނެލުމުން ދެން ލޫތްގެ ހަރަކާތްތައް ހުރިގޮތުން އުޑުގައި އިން ހަނދު ވެސް ލަދުން ވިލާތަކުގެ ނިވަލުގައި ފޮރުވުނެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (80)

  1. layaal

    hey guys. I’m back!! here it is finally. and thank you so much for those who waited patiently for a week. thanks for your support. next part on TUESDAY in sha allah. enjoy let me know how it is
    Love.

  2. Ameesha❤

    Varah nice…. Ekam she meehun ge mom dhw??!!! Adhi emeehunah visneyne….eagerly waiting…

  3. mai

    Haadha heeveyey looth gameh jassaneehen.aifa ah dheragotheh nahadhahchey.vvvvreethi

  4. maiha

    woow…v nyc..

  5. Rau

    Loabi

  6. MarSha

    Welcome back… mi baives vv rythi… next ep tomoro dho.. aifa ge mom kihineh hadhaaneba.. n wats her reason for not liking looth… waiting to know all these… loved this ep too..

  7. Naaa

    Wow hama v super v reethi abadhu story ah inthizaaru kurevene hop hurihaa kamen ves gud kh dhaane kaman and aifa and looth marry kuraa hisaabah dhiyaeema v cute vaane

  8. Blue Lady

    Fab. Thankolheh avahah up kohdhechea. Mi vaahaka daily kon kurin up veema.

  9. ?

    Emyhun maa bodah close nukurahchey ..aifage mom looth ah trust kuraany eyrunnehnu n looth e jahsany drama akah nahadhahchey ….btw story v rythi. ….waiting. …

  10. Zee

    VVV LOBI MIBAIVAS

  11. Narash ❤️

    Heyligothah furathama ves mibelee miadhu up kuraanamey bunefa ineema up vithoa. Thank you so much dear. Vaahaka varh reethi. Keep going. Good luck. Alhe anehbai avas nukureveyne tha. Can’t wait ☹️

  12. Saajidh

    WOW… V v reethi… Aazimaage cut khiyaaleh dho mi hunnany… Zuleykhaa kihaa baraabaru… Aifaa aa Looth goaheh nuhadhahchey… Mihaaruves maabodah thi close vany… Tuesday ah no inthizaaru kureveny…

  13. Nish

    Wow too good

  14. xiban

    Heyli gothah mibely mi inthoa haha..plx maakari nuveyy..reethi gothakah nimmaa iru nimaahcheyy plx..i think adhi fani giran leena anna ne hen

  15. Faathee

    Looth aifaa ah landed dhina nu dhechey alhe. It should be pure love. Ehnves kahala makaru veri kameh nethi. V v reethi. Loved it

  16. Xaan

    Wow v salhi mivaahaka kiyaahithun kehmadhuvefa

  17. Amm

    Wow nice ???
    Waiting for next part

  18. AIFA NAZIM

    Looth i love youuuuu
    Ekm dheragotheh nuhadhahche

  19. Thaany

    V nice

  20. Same

    v reethi mipartves…

  21. Axu

    Vvvvvvvv nice story ?
    I just love it….keep it up!
    Waiting 4 the next part☺

  22. Laali

    I love u looth……..u r so romantic n hot

  23. Shaai

    Layaal story hama v furihama. V ufaavehjje up kohdhiniyma. ..

  24. Milly

    Nyc…♡♡

  25. Vishaa

    Wow nice…hama kiyaa hivanee…

  26. miroo

    wow!! varah romantic and love the song!! hama sifa vey looth lava kiyaa than. love you layaaal ❤️❤️❤️

  27. lurvv

    Just lurvv it

  28. maain

    vara dhigu inthi zaareg ge fahun. Finally!Sooooooooooooooooooooooooooooooooo nice. Waiting for tuesday. thank Layaal. Love u!

  29. aifa

    Wow… V nice

  30. azooo

    V reethi…

  31. naju

    Leena fanditha hadaanee kahneyge looth ah nys waiting waiting

  32. ...........

    *Thumbs up *

  33. Marsh

    Vvvv cute mi part ves… waitn 4 nxt part…. layaal thankolheh avahah up kuraa thi…

  34. maiha

    layaal ge hihvarah saabas.. dhuvahah up kohdheythy.. thnx… waitin 4 nxt prt..☺

  35. Maain

    Kobaa layaal. Vara best. Kobaa mi Tuesday kihaa iraku up vany. Can’t wait. I’m getting impatient.

  36. maiha

    yess..kobaatha alhe..kehmadhuvefa mihury…?

  37. Chapii

    Whn.?

  38. Chapii

    Kn irakn up kohdheny….. Waiting waiting

  39. shaya

    ???????..kobaatha

  40. Shaa

    Plz up fast…. love this story

  41. Aashi

    Layaa knirakunn vaaahaka up vaneee kiyaaahithunn

  42. maiha

    alhe kobaatha vaahaka.. kiya hithun …kehnuvey hama????????????????layaaaaaaaaaaaaaaaa???????????

  43. maiha

    up vi tho balaala balaala mihureveny…. neyge belunu adhadhvx…??

  44. Flower

    Alheyyyy kobaatha storyyyyy???????

  45. aaaal

    Hello where u

  46. aaaal

    avahah up kohladhyba pls

  47. Meeko

    layaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaal… where are u. missing the story and u. pls avahah up kohdhyba

  48. Chapii

    If yu can’t also let us know

  49. Faathee

    Hey layaal.. where are u girl. It’s Tuesday n we all are waiting.

  50. Siraa

    Wher is the story.. tuesday is goin to end.. abadhu beleny upveytho.. avahah up kohdhyba.. v nyc story.. kyp it up layaaa

  51. Thukko

    Layaa storyy kobaaa… V inthixaaru eba kureveyy plxxxx avahah up koh dhybaa

  52. vishaa

    kobaa tuesday higajje…dhen kondhuvahakun tha up kuraneee..

  53. Faathee

    ??. Keehve tha Las vanee. Hama belenee ey alhe up vi tho

  54. dhonnn

    aslu vx vara dhera vey thihaa las vaathy please upload soon

  55. Akky

    Bunaa bahuge ithubaaru onnanvaane!!!!!’ Mihaaru mivaahaka up vithw belunu adhadhehvves neyge.

  56. Kiyuntheriya

    Nw v kada kome vaagaka eh fashaafa 2 part varu up kohfa dhn habareh nuweyyy e gothah mihaaru eba ulheyy 6 varakah storyy
    Esfiya eba jeheyy m ah wure harudhanaa kurann

    1. Chapii
      Kiyuntheriya

      True

    2. Shau
      Kiyuntheriya

      6 eh noon eahvure gina… mi site ga up kuraa gina vaahaka kiyaa hithun kiyan fashaafa ovva huttalee kithah vaahaka kameh neyge… mashah engigen 10.varakah ulheyne ???

  57. naju

    Hello layaa kobaatha storyyyy avahah up kohdheeba. Baliveethr anehkaaaass

  58. Jasmine

    layaal!! i hope you are fine… story ah varah inthizaaru kurevey eba.. miveni dhuvahakah nereynamey bunefa huhta ves kameh dhimaave dhaane kamah gaboolu kuran.. hope u will upload it soon

  59. Aminath Ramziyya

    koba next part

  60. meeko

    hello layaal. are u fine, i have commented a lot cause im getting impatient. please avahah up kodhyba

  61. Ardhii Mahmoodh

    Waiting waiting 😛

  62. layaal

    hey guys. i’m so sorry for the delay. i always try to update it on the given date even though i”m busy. but this time due to some personal issues i didn’t have time to write. again i apologize for the delay. i will start updating regularly from next Sunday onwards in sha allah. i just need sometime. thank you for your support and sorry for keeping you guys waiting. hope all the readers would understand.
    LOVE.

    1. Raaxa
      layaal

      Cant u upload it a little bit sooner? 🙁

    2. Faathee
      layaal

      Mmmm. Okk.. khonme meehakah ves kameh jehidhaane hama. E kan enmen ves vaane gaboolu kuran. Dhiri ulhumuga annaane adi gandu thakaa usgandu tha. Next Sunday ge fahun baraabarah story up vaane kama heekuran. Mi story mee mi site ga himeney enme reethi 1 vaahaka. Huttaa nulaa kuriyah gendhiyun edhen

  63. Faathee

    Mmm…okkk. hurihaa kiyun therin ves vaane layaal ge situation understand vaan. Dhiri ulhumuga dhimaa vaane eki kahala kan kamaa.. adi gandu thakaa usgandu tha ves annaane khonme meehe ge dhiri ulhumuga ves. Anyway next Sunday ge fahun baraabarah story up vaane kama heekuran ☺. Mi vaahaka mee mihaaru mi site ga himeney enme reethi 1 vaahaka. Huttaa nulaa kuriyah gendhiyun edhen.

  64. Faathee

    Mmmm. Okk… hurihaa kiyun therin ves vaane layaal ge situation understand vaan. Dhiri ulhumuga annaane adi gandu thakaa usgandu tha ves. Kameh dhimaa vaani bunefa eh nun. Anyway next Sunday in feshigen baraabarah up kuraane kama heekuran ☺. Mi vaahaka mee mi site ga himeney enme reethi 1 vaahaka. Huttaa nulaa kuriyah gendhiyun edhen.

  65. Faathee

    Mmm okk. Hurihaa kiyun therin ves vaane layaal ge situation understand vaan. Dhiri ulhumuga annaane adi gandu thakaa usgandu tha ves. Kameh dhimaa vaani bunefa eh nun. Anyway next Sunday in feshigen baraabarah up kuraane kama heekuran ☺. Mi vaahaka mee mihaaru mi site ga himeney enme reethi 1 vaahaka. Huttaa nulaa kuriyah gendhiyun edhen

  66. layaal

    No dear. as i said its personal. from next week onwards i will update it regularly like before in sha allah. sorry Raxaa.

  67. Yool

    oh layaal. its ok. personal kantha ves dhimaa vaane. take your time dear. we will be waiting for our favorite writer to return. we love you so much. dhw readerss?? keekey bunani? layaal always updates regular koh. but kame dhimaa vedhaane hama. its ok dear. we will wait. love you as always ❤️❤️???

  68. xeees

    Yool ebony thedheh….. your the best layaa…???????❤❤❤❤❤

  69. Riu

    finally some news. ok layaal. we will wait. ?? no worries

  70. maiha

    thank you layaal… late v sabab buneladhineethee..wl wait 4 nxt prt..☺

  71. Asma

    v ufaa vejje v gotheh bune dhinyma .. ehn liyun therin vx mihen vaanama dhw.. v gothehvx bunelaanam ok dhw

  72. Meeko

    Yes. Thanks layaa. We will be waiting 4 u.

  73. aimin mau

    Its okay I’ll b waiting ryt guys!!!!! By the way it ws soooooooooooooooooooooooooooooo fab!!!!!

  74. Eeman

    ok layaal. thanks for letting us know. we will wait for our best writer to return. love you as always ❤️❤️ and hope the issues get sort out.

  75. azooo

    Thanks Layaal… waiting waiting for your Loving story:-) story :-[:-) :-[

  76. Miroo

    layaaal.. waiting for tomorrow impatiently. huvaa mirey nuves nidheyne. mi vaahaka kiyaa hithun mihaaru keh vani kee noon. ??

Comments are closed.