Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ތިރީސްވަނަ ބައި)

Mysterious Angel Level 110 Stories100 Comments
July 14, 2016 7 Mins Read
11 Comments

“ސަރ އައި ތިކް ޝީ އިޒް ކިޑްނެޕްޑް..” އަހަރެންނާއި ދިމާލަށް އެނބުރެމުން މާނިއު ބުންޏެވެ. އެހެންވެދާނެއެވެ. ޝާޔަލް އަހަރެންނަށް ގުޅީ މުޙިއްމުކަމެއްގެ ވާހަކަ ބުނަން ކަންނޭނގެއެވެ. ފަހަރެއްގައި ޝާޔަންގެ ކޭސްއާއިބެހޭ މުޙިއްމުކަމެއް އޭނައަށް އެނގިފައި އޮވެދާނެއެވެ. އަނެއްކާ ޝާޔަން ދިޔަމަގުން އޭނަވެސް.. ނޫން ނޫނެކެވެ. ﷲ އިރާދަކުރެއްވިއްޔާ އެހެންވިޔަކަ ނުދޭނަމެވެ. ޝާޔަންއަށްވި ވައުދަށްޓަކާވެސް އަހަރެން ޝާޔަލް ސަލާމަތްކުރާނަމެވެ.

ޝާޔަލްގެ ކާފަގެ ކަމެއްނޫންބާއެވެ؟ ޒައިކްއާއި ކައިވެނިކުރަން އެއްބަސްނުވުމުން ބިރު ދައްކައިގެން އެކަން ކުރަން އުޅެނީ ކަމަށްވެސް ވެދާނެއެވެ.

“އެހެންވީއިރު ޝާޔަލްވާނީ ހުޅުމާލޭގައިކަމަށް ވެދާނެ…” އީވާ ކުރިއަށްޖެހިލިއެވެ.

“އަހަރެންގެ ހިތް ބުނަނީ އޭނަވާނީ ހުޅުމާލެއަކު ނޫނޭ.. ފަހަރެއްގަ މާލޭގަ ނޫނީ އެހެންތަނެއްގައިވެސް ވެދާނެ.. އެމީހުން ވަރަށް މަސައްކަތްކުރާނެ އަހަރުމެން ކޮންފިއުޒްކުރެވޭތޯ..” އަހަރެންނަށް ފެންނަގޮތް ހާމަކުރީމެވެ. މުޅިމާލެތެރެއާއި މާލެ ކައިރި ރަށްތައް ބެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވިޔަސް ޝާޔަލް ސަލާމަތުން ހުއްޓާ ހޯދުމަކީ އަހަރެމެންގެ ޒިންމާއެކެވެ. މާލޭގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރުމަށް އަޙްސަނުއާއި އޭނަގެ ޓީރމު ފޮނުވުނުއިރު މާނިއު ވިލިމާލެއަށް ފޮނުވާލީމެވެ. އަދިވެސް މާލެކައިރީގެ ރަށްތައް ބެލުމަށް ހަވާލުކުރެވުނެވެ. އެންމެންނަށް މަސައްކަތް ހަވާލުކުރުމަށްފަހު އަހަރެން ބެލީ ސަރ އާއި ވާހަކަ ދައްކާށެވެ. ކަންތައްކުރަންވީ ގޮތަކާއި ދޭތެރޭ މަޝްވަރާތައް ކުރެވެމުންދިޔައެވެ.

ދަންވަމުންދިޔަނަމަވެސް އަހަރެމެންގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. ހުރިހާ ސަރަހައްދަކުން ޚަބަރުތައް ހޯދަމުންދިޔަ ނަމަވެސް ކުރިއެރުމެއް ނުފެނުނެވެ. ބައެއް މަގުތަކުގައިވާ ސީސީޓީވީ ފޮޓޭޖްތައްވެސް ބަލާ ޗެކް ކުރެވިއްޖެއެވެ. ހަމައެކަނި ފެންނަނީ ޝާޔަލް ގެއިން ނުކުމެ ޓެކްސީއަކަށް އަރާތަނެވެ. ޓެކްސީގެ ނަންބަރު ނޯޓުކޮށްލުމަށްފަހު އެޓެކްސީ ޑްރައިވަރ ހޯދުމުގެ މަސައްކަތް ފެށުނެވެ.

ޓެކްސީ ޑްރައިވަރ ހޯދައިގެން ގެންނަ ވާހަކަ ބުނީއްސުރެ އަހަަންނަކަށް މަޑަކުން ނީނދެވުނެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ ގަޑި ހިނގާލެއް ލަސްކަމުން ރުޅިގަދަވެފައެވެ. ފަޔާޒު ދޮރު ހުޅުވާލިއިރު އަހަރެންނަށް ހުރެވުނީ ދޮރާއި ކައިރީގައެވެ.

“ސަރ ޓެކްސީ ޑްރައިވަރު ގެނެސްފިން..” އަހަރެން އަވަސްވީ ފަޔާޒުގެ ފަހަތުން ދިއުމަށެވެ.

އެމީހާއިން ކޮޓަރިއަށްވަތްއިރު ދެބައި އުމުރުގެ މީހަކު ދޮރަށް ފުރަގަސްދީގެން އިނެވެ. ޓެކްސީގެ ނަންބަރު ބުނުމަށްފަހު މިއަދު އެޓެކްސީ ދުއްވީ އޭނަތޯ ސުވާލުކުރުމުން އޭނަ އެއްބަސްވިއެވެ.

“މި އަންހެންކުއްޖާ މިއަދު ތި ޓެކްސީއިން ދަތުރެއް ކުރިތަ؟” ފަޔާޒު ދިއްކޮށްލި ޝާޔަލްގެ ފޮޓޯ ދައްކާލަމުން އަހަރެން އެހީމެވެ.

“ބައްލަވާ އަޅުގަނޑު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ގޮވައިގެން ދަތުރުކުރަން.. ކިހިނެއްތޯ އެންމެންގެ ސިފަ ހަނދާންކުރާނީ..” އަނގަފުރެއްދެން ދުފައިގެންހުރެ ވާހަކަ ދެއްކުމުން ހަންޕުޑުތައް އެތައް މިތަނަށް ބުރައިގެންދިޔައެވެ.

“ރަނގަޅަށް ފޮޓޯއަށް ބަލާފަ ބުނެބަލަ؟ މިއަދު މެންދުރެއްހާއިރު މިކުއްޖާ ތިޓެކްސީއިން ދަތުރެއްކުރި؟ ” މަގާއި ގަޑިއާއި އެއްކޮށް ކިޔާދިނުމުންވެސް އެއްޗެއް ހަނދާންހުރިކަމަކަށް ނެހެދިއެވެ.

“ހަނދާންކޮށްފަ ތެދަށް ބުނޭ؟ ނޫނީ ޒުވާން އަންހެންކުއްޖަކު ރަޙީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރަންޖެހިދާނެ؟ އެގޮތްތަ ބޭނުމީ؟” ރުޅިވެރި ނަޒަރަކުން އޭނައަށް ބަލާލީމެވެ.

“ނޫން ނޫން އެހެން ނަހައްދަވާތި.. އަޅުގަނޑަކީ ނިކަމެއްޗެއް.. އަޅުގަނޑުގެ ތުއްތު ތުއްތު ތިން ކުދިންނާއި ބަލި މަންމައެއް ބަލަން… މިތާ ހައްޔަރުވެއްޖެނަމަ އެމީހުންނަށް ވަރަށް ނިކަމެތި ހާލެއް ޖެހޭނެ..” އޭނަގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުން އެއީ ތެދެއްކަން ހާމަވިޔަސް ޙާލަތުގެ ގޮތުން އަހަރެން ހަރުކަށިވީމެވެ.

“މިފޮޓޯއަށް ރަނގަޅަށް ބަލާ..” ޝާޔަލްގެ ފޮޓޯ އޭނަގެ އަތަށް ދިނީމެވެ. އޭނާ އެއްއަތުން ދެލޯ ފޮހެލުމަށްފަހު ފޮޓޯއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ޝާޔަލް އެ ޓެކްސީއަށް އަރަނިކޮށް ސީސީޓީވީ ފޮޓޭޖުއިން ފެނެއެވެ. ފަޔާޒަށް އިޝާރާތްކޮށްލުމުން އޭނަ ލެޕްޓޮޕް ހިފައިގެން އައިސް އެވީޑިއޯ ޕްލޭކޮށްލިއެވެ.

” އެއްޗެއް ހަނދާން ވެއްޖެތަ؟” ވީޑިއޯ ހުއްޓާލަމުން އަހަރެން އެހީމެވެ.

“އަޅުގަނޑު އެތަނުން ނެގި އަންހެންކުއްޖާ ހުރީ ބޮލުގައި ސްކާފެއް އަޅާފަ.. ލޮލުގައިވެސް ބޮޑު އަވި އައިނެއް އަޅާފަ..”  ޓެކްސީއަށް އެރުމަށްފަހު އޭނަ ސްކާރފާއި އައިނު އެޅީކަމަށްވެދާނެއެވެ. ޝާޔަލް މީހަކަށް ފިލަން މަސައްކަަތްކުރީ ކަންނޭނގެއެވެ.

“އެންމެ ރަނގަޅު ކޮންތާކަށް އެކުއްޖާ ބޭލީ؟” އަހަރެން އޭނަގެ މޫނަށް ބަލަހައްޓައިގެން ހުރެ އެހީމެވެ.

“ހުޅުމާލެ ފެރީ ޓާރމިނަލްއަށް..” އޭނަގެ އަޑުގައިވަނީ ޔަޤީންކަމެވެ. އޭގެ ފަހުން ޝާޔަލްގެ އެއްވެސް ކަމެއް އިނގުނުކަމަކަށްނުވިއެވެ.

“ޝުކުރިއްޔާ ވަރަށް ބޮޑަށް..” އަހަރެން ބޭރަށް ނިކުތީމެވެ. ޝާޔަލް ވީ ކޮންތާކު ހެއްޔެވެ؟ އޭނަވަނީ ކޮންހާލެއްގައި ކަމެއްވެސް ނޭނގެއެވެ. ކޮފީތައްޓެއް ހިފައިގެން އައިސް ގޮނޑީގައި ޖައްސާލީމެވެ.

“ޝިމާލް.. އަހަރެން ސަލާމަތްކުރޭ..” ސިހިފައި ލޯހުޅުވާލެވުނީ ޝާޔަލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ސިހިގެން ދިޔަވަރުން އިށީނދެގެން އިން ގޮނޑިންވެސް ނުވެއްޓުނީ ކިރިޔާއެވެ.

“އެސްކިއުޒް މީ ސަރ ފޯނެއް…” އަހަރެން މޭޒުމަތީހުރި ފޯނުގެ އަތްގަނޑުނަގާ ދިއްކޮށްލަމުން ފަޔާޒު ބުނެލިއެވެ.

“ހަލޯ..” ނޭވާ ހަމަޖައްސަން މަސައްކަތްކުރަމުން އަހަރެން ފޯނަށް ޖަވާބުދިނީމެވެ.

“ޝާޔަލްއާއި ބެހޭ މަޢުލޫމާތު ބޭނުންވަންޏާ އަހަރެން މިބުނާ ތަނަށް އާދޭ..” މީގެ ކުރިން ދުވަހަކުވެސް އަޑުނީވޭހާ ބަރު އަޑެއް ކަންފަތުގައި ޖެހުނެވެ.

“ތީކާކު؟” ފުންމައިގެން ގޮނޑިން ތެދުވެވުނެވެ.

“މީ ކާކުތޯ ބެލުމަކީ މުޙިއްމުކަމެއްނޫން.. އަހަރެން ބުނާ ތަނަކަށް އާދޭ..” އަޑުގައިވަނީ ހަރުކަށިކަމެވެ.

“ބުނޭ؟ ކޮންތާކަށް ދާންވީ؟” އަހަރެން އަވަހަށް އަހާލީމެވެ. ކެފޭއެއްގެ ނަން ބުނުމަށްފަހު އެކެއް ޖަހާއިރު އައުމަށް ބުންޏެވެ.

“ޝާޔަލް ސަލާމަތުން ބޭނުންވަންޏާ އެކަނި އާދޭ..” އެއްޗެއް ބުނަން އަނގަހުޅުވާލާއިރަށް ޕަސްލާފައި ފޯން ކަނޑާލައިފިއެވެ.

“ފަޔާޒު ކޮން ނަންބަރަކުންތޯ ގުޅީ ބަލާބަލަ..” އަހަރެން ތެދުވެގެން ހިގައިގަތީ ސަރ އަށް އެޚަބަރު ދިނުމަށެވެ. މަޝްވަރާތައް ކުރެވެމުންދިޔައެވެ. ކަންތައްތައް ކުރަންވީގޮތް ރާވާލެވި މަސައްކަތްތައް ކިޔާދިނެވެ.

“ހުރިހާ ކަމެއް އޮތީ ޝިމާލްގެ އަތްމަތީ.. ބީ ރެޑީ..” ސަރ އަހަންނަށް ބަލާލިއެވެ.

“ޔެސް ސަރ..” ސަރ ތެދުވެ ހިގައިގަތުމުން އަހަރެން ތެދުވެ ބޭރަށް ނިކުތީމެވެ. މަންމައަށް ގުޅާލަން ހިތަށްއެރީ ކީއްވެކަމެއް ނޭނގުނެވެ. މަންމަގެ ނަންބަރަށް ގުޅާލީމެވެ. ދެތިން ފަހަރަކު ރިންގުވިތަނާ ފޯން ނަގައިފިއެވެ.

“ދަރިފުޅާ ޝިމާލް.. ހުރިހާ ކަމެއް ރަނގަޅުތަ؟” މަންމަގެ އަޑުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ.

“މަންމަ ނުނިދަންތަ؟ އަހަރެންނަށް ގެޔަށްދެވޭނެއިރެއް ނޭނގެ.. ފަހަރެއްގައި ރަށުން ބޭރަށްވެސް ދާން ޖެހިދާނެ..” މަންމަ ކަންބޮޑުވެދާނެތީ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. ނޫނީ އަހަރެން ގެއަށް ދަންދެން މަންމަ ހޭލާވެސް ހުރެދާނެއެވެ.

“މަންމައަށް މިރޭ އެއްގޮތަކަށްވެސް ނުނިދިގެން މިއުޅެނީ… ހިތް ބިރުގަންނަނީ.. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭހެން ހަމަ ހީވަނީ..” އެއަޑުގައި ހުރި ކަންބޮޑުވުން ކިތަންމެ ރަނގަޅަކަށްވެސް އިހްސާސްވިއެވެ.

“މަންމާ ޕްލީޒް ކަންބޮޑުނުވެބަލަ… ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. ” އަހަރެން ވިސްނުންހުރީ ދޮންބެއާއި ދޭތެރޭއެވެ.

“އިރާދަކުރެއްވިއްޔާ.. ދަރިފުޅާ ބަލައިގެން އުޅެއްޗޭ..” އާނއެކޭ ބުނަމުން އަހަރެން ފޯން ބޭއްވީމެވެ. މުހިއްމު ކަމަކު ރަށުން ބޭރަށް ދާކަމަށް ބުނެ ޝިއުޒްއަށް މެސެޖެއްކޮށްލީމެވެ.

“ޝާޔަން.. އިރާދަކުރެއްވިއްޔާ ޝާޔަލްއަށް ދެރަގޮތެއްވިޔަ ނުދޭނަން.. އަހަރެން ޝާޔަންއަށްވި ވަޢުދު ފުއްދާދޭނަން..” އެބަސްތައްވީ އަހަރެންގެ ހިތުގައެވެ. ދާން ޖެހޭ ގަޑި ކުޑަތަންވަމުންދާތީ ނޭނގޭ ބިރުވެރިކަމެއް ހިތުގައި ވިއެވެ. މާތްﷲގެ ހަޟްރަތުން ކެތްތެރިކަމާއި ކާމިޔާބު ދެއްވުންއެދި ކެނޑިނޭޅި ދުޢާކުރަމުން ދިޔައީމެވެ.

“ފޯނުގެ ލޮކޭޝަންއަކީ މާލެ ފަޅުތެރެ.. މިހާރު ފޯން އޮންނަނީ ނިއްވާލާފަ..” ފަޔާޒު އޭނައަށް ލިބިފައިހުރި މަޢުލޫމާތު ކިޔައިދިނެވެ. ޝާޔަލްވީ މާލެ ފަޅުތެރޭހުރި ބޯޓެއްގައިބާއެވެ. އެކަމަކު ފަޅުތެރޭގައި ހުރި ގިނަ އުޅަނދުފަހަރު މިއަދުވާނީ ބަލާ ފާސްކުރެވިފައެވެ.

“ސިމްގެ ވެރިފަރާތާއި ބެހޭ އެއްވެސް މަޢުލޫމާތެއް؟” ފަޔާޒު ބޯޖަހާލިއެވެ.

“އިސްމާއިލް މައުރޫފު ކިޔައި މީހެއްގެ ނަންމަތީ.. އަޅުގަނޑުމެންގެ ރިކޯރޑަކުނެތް..” އެމީހާއި ބެހޭ އިތުރު މަޢުލޫމާތު ލިބުމަކީ މުޙިއްމުކަމެކެވެ. ފަޔާޒު އިތުރު މަޢުލޫމާތު ހޯދުމަށް އަވަސްވެގަތެވެ.

ލައިގެންހުރި ޔުނީފޯރމު ބާލައި އާދައިގެ ހެދުންލައި ތައްޔާރުވާންފެށީއެވެ. ސަރގެ އިރުޝާދުގެދަށުން ޚާއްސަ ޓީރމެއް އަހަރެންނަށް އެހީތެރިވެދެމުންދިޔައެވެ.

“އޯލް ދަ ބެސްޓް..” އެންމެންގެ ފަރާތުން ހިތްވަރުދިނުމުގެ ބަސްތައް އަންނަމުންދިޔައެވެ. ހިނިތުންވެލަމުން އަހަރެން ބޭރަށް ނިކުތީ އަހަރެން އެނބުރި އަންނާނީ ޝާޔަލް ސަލާމަތުން ގެނައުމަށް އަޒްމު ކަނޑައަޅައިގެންނެވެ.

ސައިކަލު ޕާރކްކުރުމަށްފަހު އަހަރެން ކެފޭގެ އެތެރެއަށްވަދެ ހިގައިގަތީމެވެ. މެންދަންވަމުންދިޔަ ނަމަވެސް އެތަނުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުންދިޔައެވެ. ގިނަ މޭޒުތައްވަނީ ފުރިފައެވެ. ތަނަށް ވެރިވެފައިވަނީ ފަނޑުއަލިކަމެކެވެ. އަހަރެން އިށީނީ ވަންނަދޮރު ފެންނަހެން އެއްފަރާތެއްގައި ހުރި މޭޒެއްގެ ދޮށުގައެވެ.  ވަގުތުތައް ފާއިތުވަމުން ގޮސް އެކެއްޖަހާ ބޮޑުވެއްޖެއެވެ. އެއްވެސް މީހެއްގެ ޚަބަރެއްނުވިއެވެ. ލަސްވާތީ އަހަރެން ކޮފީއަކަށް އޯޑަރދިނީމެވެ. ވަށައިގެން ހޭލަމޭލަވަމުންދިޔަ މީހުންނަށް އަހަރެން ފަރުވާތެރިކަމާއެކީ ބެލީމެވެ. ފެންނަ ކޮންމެ މީހަކަށް އަހަރެން ފަރުވާތެރިވެ ރަނގަޅަށް ބަލަމުން ދިޔައީމެވެ. ޝައްކުކުރެވޭ ޒާތެއްގެ މީހަކު ފެނޭތޯ ފަރާތްފަރާތަށް ކަޅި ހިންގަމުންދިޔައީމެވެ. ކުއްލިއަކަށް ކަޅުކުލައިގެ ކޯޓެއްގައިހުރި މީހަކު އެތެރެއަށް ވަންނަންއައެވެ. ބޯކުޑަކޮށް އަރިކޮށްލަމުން އެދިމާލަށް ބަލަން އުޅެނިކޮށް ޖޫސްތަބަކެއް ހިފައިގެން އައި ވޭޓަރެއްގައި ގައިގައިގާ ޖެހި އަހަރެންގެ ގަމީހަށާއި ޖީންސަށް ޖޫސް އެޅިއްޖެއެވެ.

“ސޮރީ.. ވޮޝް ރޫމް..” އޭނަ އަހަރެންގެ ފަހަތުން ވޮޝްރޫމު ހުރި ދިމާލަށް އައެވެ. ގަމީހާއި ޖީންސް ކުޑަކޮށް ސާފުކޮށްލައިގެން އައިއިރު އޯޑަރކުރި ކޮފީ މޭޒުމަތީގައި ހުއްޓެވެ. ކޮފީތަށިން އެތިފޮދެއް ބޯލަމުން އަނެއްކާވެސް ފަރާތްފަރާތަށް ބަލަންފެށީމެވެ. އިރުކޮޅަކުން ވޭޓަރެއް އައިސް ދިއްކޮށްލީ ފަތްޖަހާލެވިފައިވާ ކަރުދާސްކޮޅެކެވެ. މަޑުމަޑުން ކަރުދާސް ހުޅުވާލިއިރު އެގައި އޮތީ ޕާކިން ޒޯނަށް އައުމަށެވެ. އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އޭނަ ހިގައިގެންފިއެވެ. ބިލް ދައްކާލުމަށްފަހު ހިނގައިގަތްތަނުން ބޮލަށް ތަދެއްއެރިއެވެ. ދެފަރާތަށް ބޯހޫރާލަމުން އަހަރެން ހިގައިގަތީމެވެ. ފަހަތުން މީހެއްގެ ހިޔަނިވީހެން ހީވިއެވެ. ފަސްއެނބުރުނުއިރު އެއްވެސް މީހަކު ފެންނަ ހިސާބެއްގައިވެސް ނެތެވެ. ޕާރކްކޮށްފައި ހުރި ސައިކަލާއި ހަމައަށް ދެވުނުއިރަށް މަޑުމަޑުން މަންޒަރުތައް ފުސްވާންފެށިއެވެ. އިވެމުންދިޔަ އަޑުތައް މަޑުވެ މޫނުމައްޗަށް އަނދިރިވިއެވެ. ކޮންމެވެސް މީހަކު އަހަރެންގެ ނަމުން ގޮވާލަމުން ގައިގާ ހިފަހައްޓާލިކަން އެނގެއެވެ. ދެންވީ ގޮތެއް ނޭނގުނެވެ.

މޫނަށް ގަދައައްޔެއް އެޅިގެން އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. ގަދައަލީގެ ސަބަބުން ތަނަކަށް ބެލުންވެސް ނުކުޅަދާނަވާވަރުވިއެވެ. އަހަރެން މިއޮތީ ކޮންތާކު ހެއްޔެވެ؟ ދެއަތް ހަރަކާތް ކޮށްލުމަށް މަސައްކަތް ކުރުމުން އެނގުނީ ދެއަތްވަނީ ވަރުގަދައަށް ހައްޔަރުކުރެވިފައިކަމެކެވެ. ފައިގައިވެސްވަނީ ބާރުކޮށް އެއްޗެއް އައްސާފައެވެ. ވިސްނާލުމުން އެނގުނީ އިށީނދެގެން އިން ގޮނޑިއާއެކު ރަނގަޅަށް ހިލިހިލިއާއިން ބަދެފައިވާކަމެވެ. ހަށިގަނޑުގައިވަނީ ވަރުބަލިކަމާއި ލޮޑުކަމެވެ. ދެލޯ ހުޅުވާލެވެނީވެސް ވަރަށް ހިތްވަރުކޮށްގެންނެވެ. އަހަރެންނަށް ބޮވުނު ކޮފީއަށް ހުރީ އެއްޗެއް އަޅާފައި ކަންނޭނގެއެވެ. މީހެއްގެ ބަރު ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. އެއަޑު އަންނަގޮތުން އެމީހަކު އަންނަނީ އަހަރެންނާއި ދިމާލަށްކަން އެނގުނެވެ.

“ވެލް ކަމް ޓު މައި ވޯލްޑް ޝިމާލް.. މެހެމާންދާރީގެ ހުރިހާ ކަމެއްވެސް ރަނގަޅުދޯ..” ފޯނުން އިވުނު ބަރު އަޑު އިވުނީ ތަންކޮޅެއް ދުރުންނެވެ. އެއީ ކާކުތޯ ބަލަން ބޭނުންވިނަމަވެސް ގަދައަލީގެ ސަބަބުން އެކަން ނާކާމިޔާބުވިއެވެ.

“ތީ ކާކު؟ ކޮބާ ޝާޔަލް؟” އަތް މިންޖުކުރެވޭތޯ މަސައްކަތްކުރަމުން އަހަރެން ސުވާލުކުރީމެވެ.

” އަދި ކުޑަ އިންތިޒާރެއް ކޮށްލަންޖެހޭނީ ރޯމިޔޯ..” ބާރު ހިނިގަނޑަކަށްފަހު އެމީހަކު ހިގައިގަތްކަން އެނގުނީ ފިޔަވަޅުތަކުގެ އަޑު މަޑުވާންފެށުމުންނެވެ.

ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން ދެލޯ މަޑުމަޑުން މެރެމުންދިޔައެވެ. ލޯހުޅުވަން މަސައްކަތްކުރިނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

“އޭތް ރޯމިޔޯ..” މޫނަށް ފެންޖެހުމުން އަހަރެން ދެލޯ ހުޅުވާލީމެވެ. ކުރިއާއި ޚިލާފަށް އެއްވެސް އަލިކަމެއް މިހާރަކު ފެންނާކަށް ނެތެވެ. މުޅިތަނުގައިވަނީ ކަނު އަނދިރިކަމެވެ. ކުޑައިރުކޮޅެއްވެ ލޯ އަނދިރިކަމަށް ހޭނުމުން މީހެއްގެ ހިޔަނި ފެނުނެވެ. ހަށިގަނޑުން ބިޔަ ބޮޑު މީހެއްކަން އެއަނދިރިކަމުގެ ތެރެއިންވެސް އެނގުނެވެ.

“ޝާޔަލް..” މަޑުމަޑުން ހަރަކާތްކުރި ދުލުން ބޭރުވި ލަފުޒަކީ އެއީއެވެ.

“ހޭވް އަ ޕޭޝަންސް މައި ޑިއަރ.. ފުރަތަމަ އަހަރުމެންގެ މެހެމާންދާރީ އެންޖޯއީ ކޮންލަބަލަ..” މިމީހުންގެ މަޤްސަދަކީ ކޮބައިކަމެއް ނުވިސްނުނެވެ. އަހަރެން ހައްޔަރުކޮށްފަ މިބައިންދަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ފަރާތުން އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟

“ކޮބާ ކަލޭމެންގެ މަޤްސަދަކީ؟ ކީއްވެ އަހަރެން މިތަނަށް ގެނައީ؟” އަޑަށް ބާރުލާފައި އަހަރެން އެހީމެވެ.

“ސުވާލުކުރުމަކީ މިހާރު ކަލޭގެ މަސައްކަތެއް ނޫން.. މިތަނުގައި ސުވާލުކުރާނީ މަ… މީ ކަލޭމެންގެ އަންޑާއެއް ނޫން..” އެ ބާރުގަދަ ދެއަތުން އަހަރެންގެ އަނގައިގާ ހިފާ ފިއްތާލަމުން ރުޅިވެރި ރާނގެއްގައި ބުނެލިއެވެ. އޭނަ ހީކުރީ އެގޮތަށް އަނިޔާ ކުރުމުން އަހަރެން އޭނަދެކެ ބިރުގަންނާނެކަމަށް ކަންނޭނގެއެވެ.

“ކިތަންމެ ޖާނުން ވަރުގަދަވިޔަސް މަ ނުގަނޭ ކަލޭދެކެ ބިރެއް..” މޫނު އަނބުރާލަމުން އަހަރެން ބުނީމެވެ.

އެއާއެކު ބިރުވެރި ހިނިގަނޑެއް މުޅި ތަނުގައި ގުގުމައިގަތެވެ. ކޮންމެވެސް ތާކުން އެއަޑު އިވިފައިވާހެން ހީވިއެވެ. އެކަމަކު ކޮންތާކުން ހެއްޔެވެ؟ ސިކުނޑިއަށް ބާރުލާ ވިސްނަންފެށީމެވެ.

“އަހަރުމެންގެ ބާރުހުރިވަރެއް ނޭނގިގެން ތިއުޅެނީ… ތީ އެހާ ކަންތައް ކުރެވޭ މީހަކަށްވީއިރު ކީއްވެ މިހާ ދުވަސްވީއިރު ޝާޔަންގެ ޤާތިލު ނުހޯދުނީ؟ އެންމެ ކުޑަ މިނުން ޝައްކުކުރެވޭވަރުގެ މީހަކުވެސް ކަލޭމެން ބޮޑު ޓީރމަކަށް ނުހޯދުނު.. ޕްރެސް ކޮންފަރެސްތަކަށް އަރާ މޮޅު ވާހަކަ ދައްކައިގެން ރައްޔިތުން ކުރިމަތީ މާ މާތް މީހުންނަށް ވެގެން އުޅޭއިރު ކުރެވުނު ކަމެއް އެބައޮތްތަ؟ ޝާޔަންގެ ކޭސް ވާހަކަ ނުދައްކާ އެޓްލީސްޓް ޝާޔަލް އަތުލައިގަނެވުނީ ކިހިނެއް ކަމެއް، ވީ ކޮންތާކުކަމެއްވެސް ނުހޯދުނު… ކަލޭގެ ޓީމުގެ އެންމެން ކުރިމަތީގައި ކަލޭ މިތަނަށް ގެނަވުނުގޮތެއްވެސް އެމީހުންނަކަށް ނޭނގޭނެ.. ދެންވެސް ބުނެބަލަ މޮޅީ ކޮންބައެއް؟ ކަލޭމެންތަ ނޫނީ އަހަރުމެންތަ؟ ” އެއަޑުގައިވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އަހަރެންނަށް ފާރަލާން ސަރ ޓީރމެއް ފޮނުވިކަން އެމީހުންނަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެހެންވީއިރު އަހަރެންގެ ހަށިގަނޑުގައި ހަރުކުރެވިފައިވާ ކެމެރާއާއި ބެހޭ ގޮތުންވެސް އެނގިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އޭނައަށް އެހުރިހާ މަޢުލޫމާތެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އަހަރުމެންގެ ޓީރމުގެ މީހަކު އެމީހުންނަށް މަޢުލޫމާތު ދެނީ ހެއްޔެވެ؟

ޝާޔަންއާއި ބެހޭ މަޢުލޫމާތު އެމީހުންނަށް އެނގޭކަމުގައިވާނަމަ އަހަރެންނަށް އާދެވިފައި މިހިރީ ރަނގަޅު ތަނަކަށެވެ. އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެންވިޔަސް ޝާޔަންގެ ޤާތިލު ހޯދަން އަހަރެން ބޭނުމެވެ.

“ތިހާ ވަރުގަދަ މީހަކަށް ކީއްވެތަ އަހަރެންނަށް ފިލައިގެން ތިއުޅެނީ؟ މަށަށް ސިފަ ފެނިދާނެތީ ވަރަށް ބިރުންނެއްނު ތިހުންނަނީ؟” ކުޑަ ހިނިގަނޑާއެކު އަހަރެން ބުނީމެވެ. މިމީހުންގެ ކުރިމަތީގައި ބަލިކަށި ވާންވެއްޖެނަމަ އެއީ އެމީހުންނަށް ލިބޭ ފުރުސަތަކަށްވާނެއެވެ. އެހެންވާކަށް އަހަރެން ބޭނުމެއްނޫނެވެ.

” ވަގުތު ޖެހުނީމަ ހުރިހާ ކަމެއްވެސް ވާނެ.. އަހަރެންގެ ސިފަވެސް ކަލެއަށް ފެންނާނެ.. އަދި ބުނަން.. މިދުނިޔެއަކު ނުހުންނާނެ މަ ބިރުގަންނަ މީހަކު..” އަހަރެންގެ ކޯތާފަތްމައްޗަށް އޭނަ އަތުގެ ބާރުގަދަ އެތިފަހަރެއް އަރައިގެންދިޔައެވެ. މޫނުމަތި އައްސިވެގެންދިޔައެވެ. ޖެހިލެއް ބާރުކަމުން ބޮލަށްވެސް އެނބުރުން އަރައިގެންދިޔައެވެ. ކުޑައިރުކޮޅަކަށް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އިންނަންޖެހުނެވެ.

އަނެއްކާ ޝާޔަލް ވާނީ ކޮންޙާލެއްގައި ހެއްޔެވެ؟ މިމީހުން އޭނައަށް އަނިޔާނުކުރާ ކަމެއްވެސް ނޭނގެއެވެ. ޔާﷲ! އެއަންހެންކުއްޖާ ރައްކާތެރި ކޮށްދެއްވާށިއެވެ! މިނުބައި އަނިޔާވެރިންގެ އަނިޔާތަކުން އެ ނިކަމެތި އަންހެންކުއްޖާ ސަލާމަތްކޮށްދެއްވާށިއެވެ.

“ބުރޯ ޓޭކް އިޓް އީޒީ؟” ކުރިން ނީވޭ އަޑެއް ތަންކޮޅެއް ދުރުން އިވުނެވެ. މިއީ ވަރަށް ރޭވިގެން ކުރަމުންދާ ކަމެއްކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. މީހަމައެކަނި އެންމެ މީހެއްގެ ކަމެއްނޫނެވެ. ވަރުގަދަ ޓީރމަކާއި މޮޅު ޕްލޭންއެއްގެ ދަށުން ހިނގާކަންތައްތަކެއްކަން ޔަޤީނެވެ.

“ފައިނަލީ ޔޫއާރ ހިއަރ..” އަހަރެންނާއި އެންމެ ކައިރިއަށްހުރި މީހާ ހިގައިގަތީ އަހަރެންނާއި ދުރަށްކަން އެނގުނީ ފިޔަވަޅުތަކުގެ އަޑުންނެވެ. އެއައި މީހެއްގެ ސަބަބުން އޭނަ އުފާވިކަން ހަމައެކަނި އޭނަގެ އަޑުންވެސް އެނގުނެވެ.

“ލެޓްސް ހޭވް އަ ޑްރިންކް..” ހިގައިގަންނަމުން އޭނަ ބުނިއަޑުއިވުނެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ އެމީހުންގެ ފިޔަވަޅުތަކުގެ އަޑު މަޑުވަމުންގޮސް އެއަޑު ކެނޑޭނެއިރަކަށެވެ.

“ސަރ ސަރ..” ގަމީހުގައި ހަރުކުރެވިފައިވާ ކެމެރާއާއި ދިމާލަށް ގުދުވެލަމުން އަހަރެން މަޑުމަޑުން ގޮވާލީމެވެ. އަތާއިފައި ގުޑުވާވެސް ނުލެވޭވަރަށް ބަދެފައިވުމުން ހަރަކާތެއްކުރެވޭކަށްނެތެވެ. ކެމެރާ ގަމީހުގައި އިންތޯ ނޫނީ ނެތްތޯވެސް ބެލޭނީ އަތުން ހަރަަކާތެއްވެސް ކުރެވޭނަމައެއްނޫން ހެއްޔެވެ؟ ސަރ އާއި ހަމައަށް އަހަރެން ޚަބަރެއް ފޮނުވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މިއިނީ ކޮންތާކު ކިހާ ހިސާބެއްކަން ލަފާކޮށްލަންވެސް ނޭނގުނެވެ. އަހަރެން މިތަނުގައި ބަންދުވެފައި އިންކަން ސަރމެންނަށް އިނގޭނީވެސް ކިހިނެއް ހެއްޔެވެ؟

ވޭތުވެގެންދިޔައީ ކިހާ ވަގުތެއްކަމެއްވެސް ނޭނގުނެވެ. އެނގެނީ ބަނޑުހައިވަމުންދާކަމާއި ހަށިގަނޑުން ވަރުދޫވަމުންދާކަމެވެ. ކަރުހިއްކައިގަނެގެން މީހާ އަވަދިވާރުވިއެވެ. މިހާރު ހަށިގަނޑުގައި ހިރިލާނެވަރެއްނެތްތާނގައި އަނގައިންބުނެލާނެ ހިތްވަރެއްވެސްނެތެވެ.

“ފެންފޮދެއް..” އެންމެފަހުން ކެތްނުކުރެވޭ ދަރަޖައަށް ދިއުމުން އަހަރެންނަށް ބުނެވުނެވެ. ކާއެއްޗެއް ނުލިބި މާގިނައިރުވާންވެއްޖެނަމަ އަހަރެން މަރުވާނީ ބަނޑަށްކަންނޭނގެއެވެ.

“އޯހް ޔުއަރ ހަންގްރީ ދޯ.. އަހަރުމެންނަކީ ތިހީކުރާހާ ގޯސްބައެއްނޫނޭ.. މިހިރީ ކާއެއްޗެހި..” ފިލާމަތީގައި ސްޓީލުއެއްޗެއް ކޭތޭ އަޑާއިއެކު އަހަރެންގެ ފައިގައި އެއްޗެއް ޖެހުނެވެ. އެމީހުން މޮޔައީ ހެއްޔެވެ؟ ދެއަތް ބަދެވިފައިވާއިރު އަހަރެން ކާނީ ކިހިނެއް ހެއްޔެވެ؟

ހަލުވިފިޔަވަޅުތަކާއެކު އޭނަ އަހަރެންގެ ކައިރިން އައިސް ކަނާތްއަތް މޮހާލިއެވެ. އެހާ އަނދިރީގައި އެހާ ފަސޭހައިން އޭނަ އަހަރެންގެ އަތް މޮހީ ކިހިނެއް ހެއްޔެވެ؟ އެމީހަކު ކައިރިވި ވަގުތު ނޭފަތުގައި ޖެހުނީ ދަންނަ ސެންޓެއްގެ ވަސްހެންހީވިއެވެ. ނަމަވެސް އެހެންއެއްވެސް ކަމަކަށް ވިސްނޭވަރަށްވުރެ ބޮޑަށް އަހަރެންހުރީ ބަނޑުހައިވެގެން ގޮސް ހާންތިވެފައެވެ. އެހެންކަމުން ފައިކައިރީގައި އަތްޖައްސާލަމުން ތަށި ނަގާ ކާންފެށީމެވެ. މުގުރިހަކަން އެނގުމާއެކު އޯކާ ނުދެމުނީ ކިރިޔާއެވެ. ކާއެއްޗެހި ހޫނުކަމުން އެއީ ދާދި ދެންމެއަކު ކައްކާފައި ހުރި އެއްޗެހިކަން އެނގުނެވެ.

“މީހުން ބުނޭ ޖަލުގައި ކާން ލިބޭނީ މުގުރިހާއާއި ބަތާއޭ.. ހީކޮށްލާ ތިއިނދެވެނީ ޖަލުގައޭ..” ފަހަތުން އިވުނީ ކުރިންއިވޭ ބަރުއަޑެވެ.

“އޭނަ ބެހެއްޓުން މުޙިއްމުތަ ހަމަ؟” އެމީހުން ވާހަކަ ދައްކަމުން ހިގައިގަތެވެ. އެމީހުން އަހަރެން މަރާލަން ބޭނުންނޫންކަމަށްވަންޏާ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟  ކައިނިމުމުން ތަށި ތިރީގައި ބެހެއްޓިއިރު ފުޅިއެއްގައި އަތްޖެހުނެވެ. އެއްވެސް ވަހެއް ނުދުވުމުން އެއީ ފެންކަން އެނގުނެވެ. ހަށިގަނޑުގައި ވަރުޖެހުމުން ގަމީހުގެ އެންމެމަތީ ގޮށުގައި އަތްޖައްސާލީމެވެ. ހާދަ ދެރައެވެ. ކެމެރާއެއްނެތެވެ.

ބޭނުންނުވިޔަސް ދެލޮލަށް ވެރިވަމުންދިޔަ ނިދީގެ އަސަރަކަށް ބާރެއް ނުފޯރުވުނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ފަރާތް ފަރާތް ހޯދާބަލާލިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އަނދިރިކޮށް އޮތް ހަނި ދިގުމަގަކުން އަހަރެން ހިގައިގަތީމެވެ. އެއަޑު އަންނަމުންދަނީ އެމަގުންނެވެ. އަހަރެން ދުވެފައި އެމަގު ނިމޭ ހިސާބަށް ދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ކުރިއަށްދާ ވަރަކަށް މަގު ދިގުވަމުންދާހެންހީވެއެވެ. އޭރުވެސް އެގިސްލުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ކުރިއަށް ހިނގައިގަތްއިރު ފުރަގަސްދީގެންހުރީ ހަށިގަނޑުން ބިޔަބޮޑު މީހެކެވެ. އަހަރެންގެ ހިޔަނި ފެނުމާއެކީ އޭނަ އަހަރެންނާވީ ފަރާތަށް އެނބުރުނެވެ. އޭނަގެ މޫނުވަނީ ބޮލާއެކު ކަޅުފޮތިގަނޑަކުން ނިވާކޮށްފައެވެ. ފެންނަންހުރީ އޭނަގެ ރުޅިވެރި ދެލޮލެވެ. އޭނަގެ އަތުގައި އޮތް ފޯނަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އަޑު އަންނަމުންދަނީ އެއިންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

މަންޝާ (އޮނަތިރީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 69

Next
July 15, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 69

Previews
July 13, 2016

މަންޝާ (އޮނަތިރީސްވަނަ ބައި)

11 Comments!

  1. sidd says:
    July 14, 2016 at 12:52 pm

    Interesting. . Keep writing

  2. NAAZ says:
    July 14, 2016 at 1:21 pm

    wow……v teething.next part a ask oh genasdhehcheh……v beynun dhenvaagoiy balan……

  3. MalMal says:
    July 14, 2016 at 1:43 pm

    V reethi.. ?

  4. Aika says:
    July 14, 2016 at 2:01 pm

    V reethi. Next part avahah up kohdhehchay. Plz plz plz

  5. yanaa says:
    July 14, 2016 at 2:47 pm

    Nice

  6. Same says:
    July 14, 2016 at 3:16 pm

    v reethi. e kaakubaa dhoa?

  7. Meeko says:
    July 15, 2016 at 1:49 pm

    V reethi..dhn anna bayah inthizaaru kuraaanan ??

  8. rizu says:
    July 15, 2016 at 4:44 pm

    Reethi

  9. The Arrow says:
    July 16, 2016 at 12:52 pm

    Vvvvvv REETHI…avahah up khdhee..plx favourite story ever…thnk u So much..??

  10. She?? says:
    July 16, 2016 at 2:30 pm

    I think it is shimaal he dhnbe?
    Nice story☺☺

  11. hulk says:
    July 16, 2016 at 7:48 pm

    Vvv reethi…….. next part kihaa thaaaku up kureve varu vaane

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (އެއްތިރީސްވަނަ ބައި)←


All Right Reserved!