Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ކަޅި (ތިންވަނަ ބައި)

Ummu Level 1
July 9, 2016 5 Mins Read
11 Comments

އަހަރެން ސިއްސައިގެން ދިޔައީ ގަޔަށް ކުއްލިއަކަށް ހޫނުގަނޑެއް އެރުމުންނެވެ. ވާގިދޫވާހެން ހީވިއެވެ. ބޮލަށް ބަރުވާން ފަށައިފިއެވެ. އަނދިރި ވާން ފަށައިފިއެވެ. ތަޅުންގަނޑުމައްޗަށް އަހަރެން ވެއްޓި ވަރަށް ބާރަށް ޖެހުނެވެ. ދެންވީ ނުވީއެއް ނޭނގުނެވެ.

ދެލޯ ހުޅުވިއްޖެއެވެ. ވަށައިގެންވާ މާހައުލު އަހަރެންނަށް ފެންނަނީ ވަރަށް ފުސްކޮށެވެ. ކަޅުކޮށެވެ. އަހަރެންގެ އަތް،  އަހަރެން އޮށޯވެގެން އޮތްތާ މަޑުމަޑުން އުގުޅާ ލީމެވެ. ވަރަށް މަޑު ހިތްފަސޭހަ ފޮތިގަނޑެއްކަން އެނގުނެވެ. އަހަރެން އޮށޯވެގެން އޮތީ އުސް ތަނެއްގައި ކަމަށް ވާތީވެ އެއީ އެނދެއް ކަމުގައި ޔަޤީން ވިއެވެ. އަހަރެންނަށް މާ ކަޅުކޮށް ފުސްކޮށް ފެންނާތީވެ ދެފަހަރަކަށް އަވަސްއަވަހަށް އެސްފިޔަ ޖަހާލީމެވެ. ނަމަވެސް ފެނުމަކަށް ބަދަލެއް ނާދެއެވެ. އެންމެ ފަހުން އަހަރެން ދެލޯ ވަރަށް ގަދައަށް އުނގުޅީއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނިކުތެވެ. މަޑުމަޑުން އެނދުގައި ދެފައި ވަށްކޮށްލައިގެން އިށީންދެ، މޯޅިއަކަށް ދެމިލީމެވެ. އަދި ރަނގަޅަށް ވަށައިގެން ބަލައިލީމެވެ. މިތަން ހީވާނީ ކަޅު އަނދިރި ގަނޑެއް ހެނެވެ. މަޑުމަޑުން އަހަރެންގެ ދެލޯ އަނދިރިއަށް ހޭނެންފެށިއެވެ. ދެލޯ ބޮޑުކޮށްލައިފައި އަހަރެން މިތަނުގައި ވާ އެކި އެކި ތަކެއްޗަށް ނަޒަރު ހިންގާލީމެވެ.

ވަށް، އަޅި ކުލައިގެ ގަޑިއެކެވެ. ހުދު، ރަތް ކުލައިގެ މާތަކެއް ކުރަހާފައިވާ ބާލީހެކެވެ. ފާރުތަކުގައި މަލުގެ ޑިސައިން ޑިސައިން ކަނޑާނަގާފައި ވެއެވެ. މީ އަހަރެންގެ ކޮޓަރިއެވެ! އެއީ މަންމަގެ މަސައްކަތެއްކަން ކަށަވަރު ޔަޤީނެވެ. އެކަމަކު… އެކަމަކު މީ ހަމަ އަހަރެންގެ ކޮޓަރިހެއްޔެވެ؟ އަހަރެންގެ އަސްލު ކޮޓަރީގައިވާ ބައެއް ތަކެތި އުނިކަން ފާހަގަ ކުރެވެއެވެ. ކުޑަދޮރުތަކެވެ. މުށީގައިވާ ޑިސައިންތަކެވެ. އަދި އަލަމާރިވެސްމެއެވެ. އަހަރެންގެ އަތުން ބޮލުގައި ކޮށްޓާލީމެވެ.

މަޑުމަޑުން ކޮޓަރީ ދޮރު ހުޅުވިއްޖެއެވެ. ނަމަވެސް އެތެރަށް މީހަކު ވަތްތަނެއް ނުފެނުނެވެ. އަނދިރިކަމުން ނުފެނުނީ ކަމަށްވެސް ވެދާނެއެވެ. ދެން އިވެން ފެށީ އަޖާއިބު އަޑެކެވެ. މީހަކު ހިނގާ އަޑެވެ. ނަމަވެސް ތަފާތެވެ. ހީވަނީ ފައިތިލަ ދަށުން މަރުވެ ހިކިވެފައި ވާ ފަތްތަކެއެ މުގުރާހެނެވެ. އާއެކެވެ. ހީވަނީ އެއް ނޫނެވެ. ޔަޤީނެވެ. ނަމަވެސް އެފަދަ ގޮތަކަށް މިކޮޓަރީގައި ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ މިކޮޓަރި ތަޅުންގަނޑު ޒީނަތްތެރި ވެފައިވަނީ ތަށިމުށިން ކަމުގައި ވުމެވެ.

އަހަރެންގެ ފަޔަށް ހޫނު ވަޔެއް އެޅުނެވެ. އެވައިގެ ހޫނުކަމުން އަހަރެން އަވަހަށް އެތާ މަތީ އަތްއެޅީމެވެ. ދެން އިވެން ފެށީ ތުއްތު ކުއްޖެއް ރޯއަޑެވެ. ދެން އިވުނީ ހަމަ އެއަޑުން ހޭ އަޑެވެ. އަތްތިލަ ބަޑި ތެޅި އަޑުވެސް އެހީމެވެ. އެއަށްފަހު ބަރު ބަރު އަޑަކުން ހޭން ފެށިއެވެ. އެއަޑުން އަހަރެން ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެންގެ ބުރުގާ އެވަގުތު އަޅާފައި ވަނީ ފަހަތުން ތިނެސްކަންވާގޮތަށެވެ. ބުރުގާގެ އެންމެ ތިރީކަނަށް މީހަކު ދަމާލިއެވެ. ދަމާލިލެއް ބާރުކަމުން އަހަރެން ދޮޅި ހެޔޮވަރުކުރަން ޖަހާފައި އިން ގޮފި ވެސް ނެއްޓި އަހަރެންގެ ކަރަށް ހެރުނެވެ. އަހަރެން އޯކާ ދެމޭކަހަލަ އަޑެއް ލައްވާލީމެވެ. އަދި އެގޮފިކޮޅު ނައްޓާލުމަށްފަހު އަނެއްކާވެސް ދޮޅި ހެޔޮވަރުކޮށްލީމެވެ. އަހަރެންނަށް އިނދެވުނީ ކުރާނެ ކަމެއް ނޭނގިފައިއެވެ. ނޭނގޭ އަތަކުން އަހަރެން ހިފެހެއްޓިފައިވާ ކަހަލައެވެ. ކުއްލިއަކަށް އަހަރެން ކަނދުރާއަށް ހޫނެއް ވިއެވެ. އަދި އެއާއެކު އެމީހަކު އަހަރެން އިސްތަށިގަނޑުގައިި ހިފާ ލުތްކެއް ޖެހިއެވެ. އަހަރެންނަށް އަޑުގެ ކޮޅަށް ރޮއެ ގަނެވުނެވެ. “ނޫން، ނޫން! މަންމާ! ހަފިއްތާ!”

އެމީހެއްގެ ހުނުން ދިޔައީ ގަދަވަމުންނެވެ. “ކާކު؟” އަހަރެން ބިރުގަނެފައިވާ އަޑަކުން އަހާލީމެވެ. އެހެން އަހާލުމުން އެހުނުން އިތުރަށް ގަދަވެގެން ދިޔައެވެ. “ކާކުހޭ؟” އަހަރެން ގޮވީމެވެ. ނަމަވެސް އެއްވެސް ރައްދެއް ނުލިބި ހޭ އަޑު ދިޔައީ ގަދަވަމުންނެވެ. އަހަރެންނަށް ކުރިމަތިން އެއްޗެއް ހަރަކާތްކުރާތަން ފެނުނެވެ. ކޮންމެސްތާކުން އޭތި ދެކުނު ހަނދާންވެއެވެ. ހަނދާންވެއްޖެއެވެ. ގަހެއްގެ ދަށުންނެވެ. ދެން ފާހަނައިންނާއި އެކި ތަންތަނުންނެވެ. ކުއްލިއަކަށް އެއެތި ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. އިރުކޮޅެއް ފަހުން ފަހަތުގައި އެއްޗެއް ހަރަކާތްކުރާހެން ހީވެގެން އަހަރެން ފަހަތަށް އެނބުރުނީމެވެ. އަހަރެންގެ ހިތް މޭގަނޑު ފަޅާލައިފައި ނުނިކުތްކަން ނަސީބެވެ. އަހަރެންގެ ގައިގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. ދެލޯ ބޮޑުވެ އަނގަތަންމިނަށް ހުޅުވުނެވެ.

އަންހެންކުއްޖެއްކަމެއް ފިރިހެންކުއްޖެއްކަމެއް ނޭނގެއެވެ. ބޮލުގެ އިސްތަށިތަށް ބުޅިވެ ބޮލުގެ މައްޗަށް ފުންޏަކަށް ޖެހިފައިވެއެވެ. އަހަރެންނަށް ދެން ހަމަ އެކަނި ފާހަގަވީ އެކުއްޖާގެ ލޮލެވެ. އެކުއްޖާގެ ލޮލުގެ ކަޅިއެއް ނެތެވެ. އަހަރެން އިނީ ޖެހިފައި އިންތާ އިންނަ ބުދެއް ފަދައިން ގާވެފައެވެ. އެހެން އިންދާ އަހަރެން ހޭއަރުވާލީ އެކުއްޖާ އަހަރެންގެ ބަނޑުގައި ޖެހި އެތިފަހަރުންނެވެ. އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. “ހަފިއްތާ!”

“އޭތް، އޭތް މައިތިރިވެބަލަ!” އެއަޑު ޖެހުމުން އަހަރެން މައިތިރިވީމެވެ. އެއީ ހަފިއްތަ އެވެ. “ކޮން..ކޮންތާކު؟؟” އަހަރެން ފުރަތަމަވެސް އަހާލެވުނެވެ. އެކިކަހަލަ ފުޅިތަކާއި މެޝިނުތަށް ފެނުމުން އަހަރެންނަށް އޮވެވުނީ ހަސްފަތާލުގައިކަން އެނގުނެވެ. ފުންމައިގެން އަހަރެންނަށް ތެދުވުވުނެވެ. “ކޮބާ އެކުއްޖާ؟ ކޮބާ އެކޮޓަރި؟ ކާކު އެތަނުން އަހަރެން ނެރުނީ؟ ކީއްވެ ހަފިއްތަ އެކަނި އަހަރެން ދޫކޮށްލީ؟” އަހަރެން ސުވާލު ފައްތަރެއް އަތުރާލީމެވެ. “މައިތިރިވެބަލަ! ޑޮކްޓަރު ބުނުއްވީ، ސަމާ، މާބޮޑަށް ވިސްނުމުގެ ސަބަބުން ބޯއަނބުރައިގަތީކަމަށް! ދެން ފަހުން އަނެއްކާ މިތަނަށް ދުރުވެ ބައްލަވާފައި ބުނުއްވީ ސަމާ، މިހާރު އޮތީ ނިދާފައި ކަމަށް! ބިރުވެރި ހުވަފެނެއް ފެނުނީ ދޯ؟ ހާދަ ދިގު ހުވަފެނެކޭ ތިބެލީ، މިހާރު އެއޮށް ދަންވަރު ބާރަ ޖަހަނީ! ސަމާ ހޭލީމަ ސަމާ ދޫކޮށްލާނެ ކަމަށް ބުނެފައިވަނީ! މާދަމާ ޖެހެއެއްނު ސުކޫލަށް ދާންވެސް!” ހަފިއްތަ ކިޔާދިނެވެ. ހަޤީޤަތަކަށް ނުވުން އެއީ އަހަރެންގެ ނަސީބުތާއޭ ހިތަށް އެރިއެވެ. އަހަރެން ހަފިއްތަ އާއި ދިމާއަށް ބަލައިލީމެވެ. “އޯ! އަދި އެބައޮތް އެއްވާހަކަ! އެއްކަލަ ފައްޔާޒު، ގެއިން ނިކުމުގެން ދިޔަގޮތް ދެކުނީމެއްނު ދޯ! ހަފިއްތަ މާބޮޑަށް އެކަމު ތެރޭ ހުރީމަ ސަމާ ވެއްޓުނު ކަމެއްވެސް ނޭނގުނު، މިވީގޮތަކީ ފައްޔާޒު ހިނގައިފައި ދަނިކޮށް ފެނިއްޖެ ބުޅަލެއް، ހުދު ބުޅަލެއް! އޭނައަށް އެބުޅާ ފެނިފައި ބިރުންގޮސް ވެއްޓިއްޖެ! ދެން މިވީީ ގޮތަކީ އޭނަ ހޭނެތުނީ! ހީވޭ ކަމެއްހެން! ބުޅަލެއް ފެނުނީމަ ވީވަރު! ދެން އޭނަ އެތާ އޮއްވާ ބަޔަކު އޭނަ ގޮވައިގެން ހޮސްޕިޓަލަށް އައީ! އަދިވެސް ހޭނާރާ! އޭނަ އެބައޮތް، މިވާޑާއި ޖެހިގެން ހުރި ވާޑުގައި! ބޭނުންތަ ބަލައިލަން؟” ހަފިއްތަ ސުވާލެއް ކޮށްލިއެވެ. “އެކަހަލަ މީހެއްގެ ޙާލު ބަލާކަށް އަހަރެން ބޭނުމެއް ނޫން!” އަހަރެން ތުން އަނބުރާލަމުން ބުނީމެވެ.

ހަސްފަތާލުން ނިކުމެގެން އަހަރެންނާއި ހަފިއްތަ އާއި މިސްރާބު ޖެހީ ގެއަށްށެވެ. މިތަނާއި ގެއާއި ވަރަށް ދުރުވާނެއެވެ. މިއޮތް ދަންވަރު އެކަނި ދާން ހަފިއްތަ ފަހެއްވެސް ނުޖެހެއެވެ. ކަންދިމާކުރާގޮތުން ގެއަށް ދާންޖެހޭ މަގު ވަނީ ވަލުތެރޭގައެވެ. ސަބަބަކީ އެންމެ ކައިރި މަގަކީ އެއީއެވެ. އެހެން މަގަކުން ދަތުރުކުރަން ޖެހިއްޖެއްޔާމުން ވަރަށް ލަސްވާނެއެވެ. ގެއަށް ދެވޭއިރު ފަތިހަށް ބަންގިވެސް ގޮވާފާނެއެވެ.

ދެންމެ އަހަރެންނަށް ދިމާވި ކަންތަކުން އަހަރެންވަނީ ވަރަށްބޮޑަށް ބިރުގަނެ ޖެހިލުންވެފައިއެވެ. އެސްފިޔަ ޖަހާލާ ކޮންމެ ފަހަރަކުންވެސް އަހަރެންގެ ލޮލަށް ފެންނަނީ އެކުއްޖާގެ ސޫރައެވެ. “ހަފިއްތަ! މީ… މިއަދު ދެން ހިނގާ ވަލު މަގުނޫން އެހެން މަގަކުން ދާން!” އަހަރެން ހާދަ ފިނޑިވެއްޖެއެވެ. “އެއީ ކީއްވެ؟ ސަމާ ވަރަށް ގިނައިރުވެއްޖެ ނުކާތާ، ބަނޑުހައިވާނެ! ދެން، ކޮންއިރަކު ބިރުގަންނަން ފެށީ؟ ސަމާ ތީ ރޭގަނޑު ކުނިކޮތަޅު ފުރުނީމަ، އެކަނި މާއެކަނި ކުނި ކޮތަޅު ގޮނޑަށް އެއްލާލަން ދާ ކުއްޖެއްނު! ހަފިއްތަ ދާން އުޅުނީމަ ނޫނެކޭ ކިޔާފައި!” ހަފިއްތަގެ މޫނުމަތީގައި ކުރެހިފައިވަނީ ހައިރާންމާކެކެވެ. ތެދެކެވެ. އަހަރެން އެހަ ފިނޑިއެއް ނުވާނެއެވެ. އަހަރެން މީ އެހާ ފިނޑި ކުއްޖެއް ނޫނެވެ.

ހަމަހިމޭންކަން ނޫން އެހެން އެއްވެސް އިހުސާސެއް ނުކުރެވެއެވެ. މުޅި ރަށް އެކީގައި ނިދާފައިވާ ކަހަލަ އެވެ. ތަރިތައް އުޑުގައި ތިބޭއިރު ހީވަނީ ހުދު ބޮކިތަކެއް ދިއްލާފައި ހުންނަހެނެވެ. “އޭއި ސަމާ! އައިސްބަލަ!!” މާދުރުން އަޑެއް އިވިގެން އަހަރެން ބަލައިލިއިރު ހަފިއްތަ ހުރީ މާ ދުރުގައެވެ. “ނޫން! ފަހަރި އާދޭ ބަލާ! އަހަންނަކަށް ނުކެރޭނެ ތިތަނަށް އެކަނި ދާކަށް!” އާއެކެވެ. އަހަރެން މިހާރު މާ ބޮޑަށް ފިނޑިވަނީއެވެ. “ޕިސް، ޕިސް! ހާދަހާ ބޮޑެތި ބަދަލުތަކެއް ސަމާއަށް އެބަ ހުއްޓޭ އައިސްފައި މިހާކުޑަ ވަގުތުކޮޅެއް ތެރޭ! ތީ ސަމާ ކުރިން އުޅޭ ގޮތެއް ނޫނެއްނު!” ހަފިއްތަގެ އަޑު ދަނީ އެކޯ ވެގެނެވެ. އަހަރެން ބިރުންގޮސް ހީބިހި ނަގާ ގަތެވެ. ހިނގައިފައި އަހަރެންނަށް އެހިސާބަކަށް ވާސިލެއް ނުވެވޭނެވެ. ހަފިއްތަ ބައްތިއެއްވެސް ގެނައީކީ ނޫނެވެ.

އަހަރެން އަމިއްލަ ބޮލުގައި ފުއްޓަތްކެއް ޖަހާލީމެވެ. ހޭއަރާށެވެ. މީ ސަމާއެވެ. ސަމާ ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެހެންމީހުނަށް ހިތްވަރުދީފައި ސަމާ އެހާ ފިނޑިވާކަށް ނުވާނެއެވެ. ކުރިމަތި ބަލާބަލާށެވެ. ހަފިއްތަ އެހެރީ އެހާ ދުރަކު ނޫނެވެ. ހަނދާންކޮށްބަލާށެވެ. ބޮޑެތި ފިރިހެނުންތަކެއްގެ މައްޗަށް ކުރި ހޯދީ ހަމަ ތި ސަމާއެވެ. ހިތްވަރުކުރާށެވެ. ފިނޑިނުވާށެވެ. އަންހެނުންނަކީ ފިނޑި ބައެކޭ ބުނެއެވެ. އަންހެނުންނަށް ވާނެކަން ސަމާ ދައްކާލާށެވެ.

އަހަރެން ކުރިއަށް ފިޔަވަޅެއް އެޅީ ވަރަށް ފުންކޮށް ނޭވައެއް ލާފައެވެ. ނަމަވެސް އަހަރެންގެ ފައި ތުރުތުރު އަޅާގަތެވެ. ހީވަނީ އަހަރެންގެ ފައި އަހަރެންނަށް ނުކިޔަމަންތެރި ވާހެނެވެ. ކުއްލިއަކަށް އަހަރެން ދެލޯ މަރާފައި ދުއްވާގަތީމެވެ. އޭރުން ތަންކޮޅެއް އަވަހަށް އެހިސާބަށް ވާސިލުވެދާނެވެ.

އަހަރެންގެ ދުވުން ހުއްޓުނީ ވަރަށް ބާރަށް އެއްޗެއް ގައިގައި ޖެހުމުންނެވެ. ނިތްކުރި އާއި ބަނޑު އެއްފަހަރާ ޖެހުމުން ތޫނު ތަދެއް ވިއެވެ. އަހަރެން ބިންމައްޗަށް ތިރިވިއެވެ. އެވަރުންވެސް ދެލޯ ހުޅުވަން އަހަރެން ބޭނުމެއް ނުވިއެވެ، އެކުއްޖާ ދެވަނަ ފަހަރަށް ފެނިދާނެތީއެވެ. “ދުރަށް ދޭބަލަ! އަހަރެން ހަފިއްތަ ކައިރިއަށް ދާންވެއްޖޭ!” އަހަރެން ހަޅޭއްލަވައިގަނެފައި ދެއަތުން ބިންމަތީ ތަޅާގަތީމެވެ. އަހަރެން ވަރަށް ކަނުލާ އެއްޗެއް ހިރިލާތޯ އެހީމެވެ. ހަރާމެވެ. ހަރަކާތްވެސް ނުކުރިއެވެ. “ދެން ޕްލީސް! ދޭބަލަ ދުރަށް! އަހަރެންގެ މަގަށް ހުރަސް ނާޅަބަލަ! ހަފިއްތަޔާއި އެއްވަރު ކުރަންވެއްޖޭ!” އަހަރެން ހަޅޭއްލަބވައިގަތީމެވެ.

މީހެއްގެ ހުނުމުގެ އަޑުއިވުނެވެ. ވަރަށް ގިނައިން އަޑުއިވޭ ހިނިގަނޑެކެވެ. “ސަމާ، ނިކަން ދެލޯ ހުޅުވާފައި ބަލާލަބަލަ ކާކާތޯ ތިހާވަހަކަ ދައްކަނީ!” ހަފިއްތަ ބުންޏެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އަސްތާއެވެ! ކުރިމަތީގައި މިވަނީ ކެޔޮ ނިރެކެވެ. މި ކެޔޮ ނިރާއި އަހަރެން ކިތަންމެ ވަރަކަށް ޒުވާބުކުރިޔަސް ޖަވާބެއް ދޭނެހެއްޔެވެ؟ އަހަރެންނަށް އަމިއްލަ އަށް ކުރެވުނު މޮޔަކަންތާ މެދު ހެވުނެވެ. ސަމާއެވެ. އެއީ ވާނެގޮތެވެ. ވަރަށްވުރެ ފިނޑިވުމުން ލަދު ގަންނާނެ އެތައް ކަންކަމާއި ކުރިމަތި ލާން ޖެހޭނެއެވެ. އަހަރެން އަމިއްލަ އަށް ވިސްނާ ދެވޭތޯ ބެލީމެވެ. “ދެންވެސް ތިތާ ނީނދެ އާދެބަލަ ހަފިއްތަ ގާތަށް!” ހަފިއްތަ ގޮވާލިއެވެ. އަހަރެން ވަރަށް މަސައްކަތުން އެހިސާބަށް ދިޔައީމެވެ.

ގެއާއި ހިސާބަށް ދެވުނުއިރު މުޅިމީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ލޮލުގެ އޮށް ލޮލުގެ މަޤާމު ތެރެއިން ނިކުންނަން އުޅޭހެން ހީވެއެވެ. ވާނީވެސް އެހެންތާއެވެ. އެއްޗެއްގެ ހިލަމެއް ވެދާނެތީވެ ވީ އެންމެ ބޮޑަކަށް އަހަރެން ހުރީ ލޯ ހުޅުވާގެނެވެ. “ސަމާ! ސަމާ!” ހަފިއްތަ ގޮވާލިއެވެ. “އަވަހަށް ދޭ ފެންވަރަލައިގެން، ނިދާ އެއްޗެހި ލައިގެން އަންނަން! ހަފިއްތަ، ސަމާ އަންނަން ވާއިރަށް ކާއެއްޗެހި ތައްޔާރުކޮށްދޭނަން!” ހަފިއްތަ އަހަންނާއި ފުރަގަސްދެމުން ބުންޏެވެ. “އާން!” އަހަރެން ބޯޖަހާލަމުން ކޮޓަރި ތެރެއަށް ވަނީމެވެ.

އެއީ ކިހިނެތް ވެގެންވީ ކަމެއްހެއްޔެވެ؟ އެއީ ގައިމު އިންސިއެއް ނޫނެވެ. އެކުއްޖާ އަހަންނަށް ފެނުމުގެ ކޮންމެވެސް ސަބަބެއް ވާނެއެވެ. އަހަރެން ގެ އިސްތަށިގަނޑާވެސް އެކުއްޖާ ކުޅެފިއެވެ. އަހަރެން ވިސްނަމުން ދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ ގާތަށް ވަރަށް ގަދައަށް ރުޅިއަތުވެއްޖެއެވެ. “ބުރުގާ އަޅަނީ ކަމަކު، އަންހެނަކަސް ފިރިހެނަކަސް، އަހަރެންގެ ބުރުގާ ދަށަށް އަތްކޮށްޕާކަށް ނުޖެހޭ!” އަހަރެން ވަރަށް ބާރަށް ބުނެލީމެވެ. “ސަމާ!” ހޫނުވައެއް އަހަރެންގެ ކަންފަތް ދަށަށް އެޅިގެންދިޔައެވެ. އެއީ އަހަންނަށް މީހަކު ވަރަށް ސިއްރުވެރި ގޮތަކަށް ވަރަށް ކައިރީން ގޮވާލި އަޑެވެ. އަހަރެން އެކަން އެނގޭކަމަށްވެސް ނަހަދާ، ތުވާއްޔާ، އަލަމާރިން ކުރު ހުދުކުލައިގެ ޓީޝާޓް އެއް ނެގީމެވެ. އަދި އަހަރެންގެ ކަކުލާއި ހިސާބަށް އަރާ ފެހި ކުލައިގެ ސޯޓުބުރި ވެސް ނެގީމެވެ. އަހަރެން ފާހަނާ އާއި ދިމާއަށް ލަސްފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ދިޔައީމެވެ. ފާހަނާގެ ދޮރު ހުރީ ހުޅުވިފައެވެ. އަވަސް އަވަހަށް ފާހަނާގެ ބޮކި ޖައްސާލީމެވެ. އަދި އެތެރެއަށް ވަނުމަށް ހިނގައިގަތީމެވެ. ދުޢާ ކިޔުމަށްފަހު ވަނީމެވެ. އަދި އަހަރެން ގެނައިި އަންނައުނުތައް ފާހާނާގައި ހުރި އަންނައުނު ތައް އަޅުވާއެތީގައި އަޅުވާލީމެވެ. އަދި އެއަށްފަހު އަހަރެންގެ ފަހަތަށް އެނބުރުނީމެވެ… ފެނުނު މަންޒަރުން އަނގަމަތީ އަތްއަޅާފައި ކަރުގެ ހަންދާވަރަށް އަޑުގެކޮޅަށް ހަޅޭއްލަވައިގަތީމެވެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ummu

Level 1

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

Next

އަހަރެންގެ ވާހަކަ (ނަވާވީސްވަނަ ބައި)

Next
July 10, 2016

އަހަރެންގެ ވާހަކަ (ނަވާވީސްވަނަ ބައި)

Previews
July 9, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

11 Comments!

  1. Ummu says:
    July 9, 2016 at 10:36 am

    Ummu thankolheh busy veema mi bai lasvee.. varah boda maafah edhen..

  2. bul eDams says:
    July 9, 2016 at 11:11 am

    v v reethi..when next part??

    1. Ummu says:
      July 9, 2016 at 12:38 pm

      Insha allah tuesday nonee mondayga

  3. Shim says:
    July 9, 2016 at 2:24 pm

    Farah reethi. Waiting for next part ☺☺☺☺☺☺

  4. BOOOOO says:
    July 9, 2016 at 2:26 pm

    hospitalun nikunegn geyah aumah hafihtha gaathah dhaan ulhunu manzaru ehaa netural eh noon. hamanujehey gotheh hunnanee. kuriyah oiythaangai seen thah hushahalhaairu veehaaves aslaa ehgothah hushahelheytho belun ranagalhuvaane. anyway vaahaka varah reethi. keep going.

    1. Ummu says:
      July 9, 2016 at 2:35 pm

      Rangalhu kureveytho balaanan, Thankx

  5. ifaa says:
    July 9, 2016 at 4:54 pm

    vvvvvvv reethi.waiting 4 nxt part

  6. NAAZ says:
    July 9, 2016 at 10:09 pm

    birun halaak…..hihihihi…….vvvvv reethi next knirakun

  7. Mysterious Angel says:
    July 10, 2016 at 1:05 am

    Ma Shaa Allah,, Reethi vaahaka

  8. zibaan says:
    July 10, 2016 at 12:41 pm

    Chii

  9. Ummu says:
    July 11, 2016 at 10:45 pm

    kiyuntheringe kibain varah boddah maaffah edhen..
    Ummu ah bunefa oiy dhuvahahh nunimmidhaane, Ummu manma varah balikko ulheytheeve, ehenve faharegga vaahaka lasvedhaane.. maaf kuraane kammah edhen huriha kiyuntherinves..

Comments are closed.

Next Episodeކަޅި (ހަތަރުވަނަ ބައި)←


All Right Reserved!