Skip to content
އެސްފިޔަ

އަސަރު 20

“ޝިކާ…… އައި ލަވް ޔޫ….” ދެލޯ މަރާ ފިއްތާލަމުން ލިވާން ބުނެލިއެވެ. އެވަގުތު ޝިކާ ގެ ދެލޯ ބޮޑު ވެގެން ދިއައެވެ. އަދި ހައިރާންކަމާއެކު ލިވާން އާ ދިމާ ބަލަމުން ގެންދިއައީ އެ އިވުނު އަޑާ މެދު ޔަޤީންނުވާ ފަދަ ގޮތަކަށެވެ.

“ކީކޭ؟ ނޭނގުނު ބުނި އެއްޗެއް…” ޝިކާ ލަސްލަހުން ބުނެލިއެވެ. އެއާއެކު ލިވާން އަނެއްކާވެސް އޭނާގެ ބަސްކޮޅު ތަކުރާރު ކޮށްލިއެވެ.

“ޝިކާ… އައި ލަވް ޔޫ….” ލިވާން ބުނެލިއެވެ. އޭރު އޭނާގެ ހިތް ދިއައީ ބާރު ބާރަށް ތެޅެމުންނެވެ. ދެން ވާނީ ކިހިނެއްބާވައެވެ؟ ޝިކާ އޭނާ ޤަބޫލުކުރާނެބާވައެވެ؟ ޝިކާ އެއްޗެކޭ ނުބުނެ ގިނަ އިރު ވުމުން އޭނާ ޝިކާގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ. ޝިކާގެ ސިކުނޑީގައި އެވަގުތު ހިނގަމުންދާ ޚިޔާލުތަށް ދެނެގަންނަން ބޭނުންވާ ފަދަ ގޮތަކަށެވެ.

އަނެއްކޮޅުން ޝިކާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ އެއް އިރެއްގައިވެސް ލިވާން އާ މެދު އެފަދަ ނަޒަރަކުން ނުދެކެއެވެ. ވީއިރު އޭނާ ލިވާން ގެ ލޯބި ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އޭނާ ލިވާން ދެރަކޮށްލާކަށް ވެސް ބޭނުމެއް ނޫނެވެ. ތިމާ ލޯބިވާ މީހަކު ގާތު ލޯބިވާކަން ހާމަކުރުމުން އެމީހަކު ތިމާގެ ލޯބީގައި ކޮޅުފައިން ޖެހުމުން ކުރެވޭ އިހުސާސް މިހާރު އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. ވީއިރު އޭނާ އަށް އަހުސަން ހެދި ގޮތަށް ލިވާން ގާތު ނޫނެކޭ ބުނެފިނަމަ ލިވާން ވެސް ނުލާހިކު ދެރަވާނެއެެވެ. ތަފާތު ޚިޔާލުތަކުން އޭނާގެ ބޯ ހާސް ކުރުވަމުން ގެންދިއައެވެ. އޭނާ ކުއްލިއަކަށް ތެދުވިއެވެ. އިތުރަށް އެތަނުގައި ހުންނަން އުނދަގޫ ވެގެންނެވެ. ލިވާން އާ ދިމާއަށް ބަލާވެސް ނުލާ އޭނާ އެތަނުން ދުރަށް ދިއުމަށް ހިނގައިގަތެވެ.

ޝިކާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތުމުން ލިވާން އަށް ލިބުނީ މާޔޫސްކަމެވެ. އަނެެއްކާ ޝިކާ އޭނާ އާ މެދު ހިތްހަމަ ނުޖެހުނީހެއްޔެވެ؟ އޭނާ ދެޚިޔާލެއްގައި ހުރެ ޝިކާގެ ފަހަތުން ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މިރޭ އޭނާ ޝިކާގެ ޖަވާބު ބޭނުމެވެ.

“ޝިކް… ޖަވާބެއް ދީފަ ދޭބަލަ…. އައި ލަވް ޔޫ އޭ…. އަހަރެން ޝިކާ އަށް ދުވަހަކުވެސް ދެރަ ގޮތެއް ނަހަދާނަން… އައި ޕްރޮމިސް…. ޕްލީސް ޖަވާބެއް ދީފަ ދޭ….” ލިވާން އެހެން ބުނި އިރު އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް އުފެދިފައި ވެއެވެ. ޝިކާ އަށް އޭރުވެސް ހަދަންވީ ގޮތެއް ނުވިސްނުނެވެ. ހާސްވެގެން ގޮސް އޭރު އޭނާގެ ދެލޮލުން ކަރުނަ ފާއްދާލާފިއެވެ.

ޝިކާއަށް ސިހުމެއް ލިބުނީ މީހަކު އައިސް އޭނާގެ އަތުގައި ހިފައިގެން ހުރި ލިވާން ގެ އަތް ނައްޓުވާލުމުންނެވެ. އިސް އުފުލާ ފަހަތް ބަލާލިއިރު އޭނާ އާއި ލިވާން އާ ދެމެދު ހުރި އަހުސަން ފެނި އޭނާއަށް ކުޑަ ވަރެއްގެ ހައިރާންކަމެއް ލިބުނެވެ.

“އޭނާ ގައިގައި އަތްނުލާތި…. އޭނާ ލޯބިވަނީ އަހަރެން ދެކެ…. އޭނާ ލިވާން އާ މެދު އެފަދަ ނަޒަރަކުން ނުވެސް ދެކޭ…. ލިބިއްޖިތަ ޖަވާބު؟” ހަރުކަށި ރާގަކަށް އަހުސަން ބުނެލިއެވެ.

ޝިކާ ސުވާލުން ފުރިގެންވާ ނަޒަރަކުން އަހުސަންްއާ ދިމާ ބަލަން ފެށިއެވެ. އަހުސަން އެބުނި ޖުމްލަ ކިހާ ރީތިހެއްޔެވެ؟ އެބުނީ އޭނަ އަހުސަން ދެކެ ލޯބިވާ ވާހަކައެވެ. ނަމަވެސް އަހުސަން އޭނަ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެއް ނޫން ހެއްޔެވެ؟ ދެން އަހުސަން އައިސް އެހެން އެބުނީ ކީއްކުރަން ހެއްޔެވެ؟ ލިވާން ގެ ކުރިމަތީގައި އޭނާ ބޭޒާރުކޮށްލަން ހެއްޔެވެ؟ ނޫނީ ލިވާން ދެރަކޮށްލަން ހެއްޔެވެ؟ ޝިކާ ގެ ގާތަށް އެވަގުތު ރުޅިއައެވެ. އަހުސަން އަށް އެގޮތަށް ބުނުމުގެ ހައްޤެއް ނޯންނާނެއެވެ.

“އެކަމަކު އަހުސަން ނުވެއެއްނު އަހަރެން ދެކެ ލޯތްބެއް….؟ މިތަނުން ދިޔައީ ޔާ ވަރަށް ރަނގަޅު… މިއީ އަހަންނާ ލިވާން އާ ދެމެދުގައި ވާ ކަމެއް…. އަހުސަން މިދޭތެރެއަށް ވަންނާކަށް ނުޖެހޭ… އަހަރެން ލިވާންގެ ލޯބި ޤަބޫލުކުރިޔަސް އަހު…” އަހުސަން އަށް ކެއް ކުރެވުނީ ޝިކާ އެހާ ހިސާބަށް ބުނަންދެންނެވެ. ކުއްލި ހަރަކާތަކާއެކު އޭނާ ޝިކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަހުސަން ގެ މި ޢަމަލުން ޝިކާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަހުސަން ގެ މޭގައި އަޅައި ދުރަށް ކޮއްޕާލިއެވެ.

“އަހުސަން ކީކޭ ހިތައިތަ ތި އުޅެނީ އަހަރެން ދެކެ ލޯބިނުވާއިރު؟؟” ޝިކާ ރުޅިއައިސްފައި އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އައި ރުޅިއާ އެއްވަރަށް އޭނާ ހުރީ ދެރަވެސް ވެފައެވެ. އޭރު އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ގެންދިއައެވެ. އެވަގުތު އަހުސަން ޝިކާގެ ގާތަށް ޖެހެން ފެށިއެވެ. އޭނާ ބޭނުންވީ އޭނާ ޝިކާ ދެކެ ލޯބިވާކަން ހާމަކޮށްދޭށެވެ. ނަމަވެސް އޭނާ ކައިރިއަށް ޖެހޭ ކޮންމެ ފިޔަވަޅަކަށް ޝިކާ ގެންދިއައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ.

“ނާންނާތި…. ދުރަށްދޭ… އަހަރެން ދެކެ ލޯބިނުވާއިރު އަހަރެން ގާތަށް ނާންނާތި…” ޝިކާ އަހުސަން އާ ދިމާއަށް އިނގިލި ދިއްކުރަމުން ބުނެލީ އިންޒާރެއް ދޭ ފަދަ ގޮތަކަށެވެ.

އަހުސަން ކުއްލިއަކަށް އައިސް ޝިކާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ޝިކާ އައި ލަވް ޔޫ . އައި ލަވް ޔޫ…” އޭނާ ޝިކާގެ ކޮނޑުގައި ހިފައި ތަޅުވަމުން އެހެން ކިޔުނު އަދަދެއް ވެސް ޚުދު އޭނާއަކަށް ނޭނގުނެވެ. ޝިކާ ވެސް ހައިރާންވެފައި ހިނދުކޮޅަކަށް އަހުސަން ގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހުސަން މިހާރު އެކިޔަނީ ކީކޭ ހެއްޔެވެ؟ ކުރިން ބުނީ ލޯބި ނުވެޔެކޭ ނޫންހެއްޔެވެ؟ މިހާރު އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ ދެން ފެނުނީ އަހުސަން އަނެއްކާ ވެސް ޝިކާގެ ހަށިގަނޑުގައި ބައްދާލި މަންޒަރެވެ. ޝިކާ ދުރަށް ދާން މަސައްކަތްކުރި ނަމަވެސް މިފަހަރު އަހުސަން ހުރީ ޝިކާ ގައިން ދޫކުރާ ގޮތަކަށް ނޫނެވެ. އިރުކޮޅެއް ވަންދެން ގަދަހެދުމަށްފަހު ދެން ފެނިގެން ދިއައީ ޝިކާ ވެސް އަހުސަންގެ ބުރަކަށީގައި އަތް ވަށާލިތަނެވެ. އޭރު އެ ދެމީހުންނަށް ވެސް އެ ދެހިތުގެ ތެޅުން އިހުސާސްވަމުން ދާ ކަހަލައެވެ.

މިހުރިހާ މަންޒަރެއް ބަލަން ހުރި ލިވާން ގެ ލޮލުން ކަރުނަ ފާއްދާލީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ދެން އިތުރަށް ބަލަން ކެއް ނުވެގެން އޭނާ މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އޭނާ އެހާ ހިތްވަރުކޮށްފައި އެ ހިތުގެ އިހުސާސްތަށް ހާމަކުރުމުން މިވީ ކިހިނެއް ހެއްޔެވެ؟ ލިބެންވީ ޖަވާބުގެ ބަދަލުގައި އޭނާއަށް މި އިވުނީ ޝިކާ އެހެން މީހެއް ދެކެ ލޯބިވާ ވާހަކައެވެ. އަދި އެވެސް އޭނާ އާ އެންމެ ގާތުގައި އުޅޭ އަހުސަން ހެއްޔެވެ؟ ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި އޭނާއަށް ކާމިޔާބު ނުވީއެވެ. ނަމަވެސް ދެން ކުރާނެކަމެއް ނެތެވެ. ޝިކާ ލޯބިވަނީ އަހުސަން ދެކެއެވެ. ދެން އެންމެ ރަނގަޅު ވާނީ އަހުސަން އާ ޝިކާ ގުޅުނީޔާއެވެ. އޭނާ އެދެނީ އަބަދުވެސް ޝިކާ އުފަލުގައި ހުރުމަށެވެ. އޭނާ އެނދު މައްޗަށް ވެއްޓިގަތުމަށްފަހު އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ.

*****

“ޝިކް.. އައި އެމް ސޮރީ… އަހަރެން ކުރިން ޝިކް ގާތު ލޯބި ނުވެޔޭ ބުނީ ލޯބި ނުވާތީކީ ނޫން….. އައި އެމް ވެރީ ސޮރީ…. އައި ލަވް ޔޫ ސޯ މަޗް…” އަހުސަން ޝިކާ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ.

“ދެން ކީއްވެ؟” ޝިކާ އަހާލީ އިސް ޖަހައިގެން ހުރެ އެވެ. އޭނާ ހުރީ  އަހުސަން އާ މިހާ ގާތުގައި ހުރެވުމުން ވަރަށް ލަދުގަނެފައެވެ.

“އައި ޑޯންޓް ނޯ… ބިރު ގަތީ… ހިތަށް އެރީ ޝިކާ ކަހަލަ ކުއްޖަކަށް އަހަރެން އެކަށީގެން ނުވެއޭ…. އައި އެމް ސޮރީ…” އަހުސަން ޝިކާގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ.

“އިޓްސް އޯކޭ…” ޝިކާ އަހުސަން އާ ދިމާ ބަލާލައި ހިނިތުންވެލަމުން ބުނެލިއެވެ. އަހުސަން ވެސް ޝިކާގެ މިލޯބި ހިނިތުންވުން ފެނިފައި ހީލިއެވެ. އޭނާ މިއަދު ޝިކާ ދެކެ ލޯބިވާކަން ހާމަކޮށްދީފއެވެ. ދެން މިހާރު ޝިކާ އަކީ ހަމައެކަނި އަހުސަން ގެ މީހެކެވެ. އެދެމެދަށް އެއްވެސް މީހަކަ ވަނަކަ އޭނާ ނުދޭނެއެވެ. މުޅި އުމުރަށް ވެސް ޝިކާއާ އެކު އުޅެން އޭނާ ބޭނުންވެއެވެ.

“ލިވާން؟” ވަށައިގެން ހޯދާލަމުން ޝިކާއަށް އެހެން ބުނެވުނީ ލިވާން ނެތްކަން އެނގުނީމައެވެ. ލިވާންގެ ލޯތްބަށް ފުރަގަސް ދޭން ޖެހުނީތީ އޭނާ ދެރަވެއެވެ. ނަމަވެސް އޭނާ ލިވާން ދެކެ ލޯބި ނުވަންޏާ ކުރާނީ ކީއްހެއްޔެވެ؟

“ލިވާން ހާދަ ދެރަވާނޭ….” ޝިކާ އަހުސަން އަށް ބަލާލަމުން މަޑުމަޑުން އެހެން ބުނެލިއެވެ.

“ހާސް ނުވޭ ޝިކް…. އަހަރެން ލިވާން އާ ވާހަކަ ދައްކާނަން…..” އަހުސަން އެހެން ބުނުމުން ޝިކާއަށް ކުޑަ ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

“ދެން ހިނގާ ނިދަން ދާން ދޯ؟ މިހާރު ވަރަށް ލަސްވެސް ވެއްޖެއްނު؟ މާދަން ސްކޫލުވެސް އޮވެއެއްނު؟” އަހުސަން ލޯބިވެތިކަމާ އެކު އެހެން ބުނުމުން ޝިކާ ގެ މޫނަށް ޖަންބު ކުލަ ވެރިވެގެން ދިއައެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު އޭނާ ގެ ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ. އެވަގުތު އަހުސަން ޝިކާގެ އަތުގައި ހިފައި ދަމައިގަތެވެ. ނުވިސްނާ ހުރި ޝިކާ އެއައި ބާރު މިނުގައި އައިސް ލައްވީ އަހުސަން ގެ ތަނަވަސް މޭމަތީގައެވެ.

“ލަވް ޔޫ އޭ ވެސް ނުބުނެތަ ދާނީ؟” އަހުސަން ޝިކާގެ ހަށިގަނޑުގައި ބައްދާލަމުން ކަންފަތް ދޮށުގައި އެހެން ބުނެލީ ވައި އަޑުންނެވެ. އެވަގުތު ޝިކާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިއައެވެ.

“އައި ލަވް ޔޫ…” ޝިކާ މަޑުމަޑުން އެހެން ބުނުމުން އަހުސަން އޭނާގެ ގައިން ދޫކޮށްލިއެވެ. އެއާއެކު މަޑު ހިނގުމެއްގައި ޝިކާ ގޮސް އޭނާގެ ކޮޓަރިއަށް ވަތް އިރު އޭނާގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ޝިކާ ކޮޓަރިއަށް ވަދެ ދޮރު ލައްޕަންދެން އަހުސަން ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ.

*****

“ލިވާން…” ކޮޓަރިއަށް ވަތް އަހުސަން ގޮވާލީ އެނދުގައި ބަންޑުން އޮތް ލިވާން އަށެވެ.

“ކީކޭ؟” ލިވާން އަހުސަން އަށް ބަލާލަމުން ބުނެލިއެވެ. އޭނާގެ އަޑުން ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރި ނަމަވެސް ހަޤީޤަތަކީ އޭނާ ގެ ހިތް ކުދިކުދި ވެފައިވާ ކަމެވެ.

“އެނގޭ ލިވާން ދެރަވާނެކަން….” އަހުސަން އައިސް ލިވާން ގެ ކައިރީ އިށީންނަމުން ބުނެލިއެވެ.

އަހުސަން އެހެން ބުނުމާއެކު ލިވާން އަހުސަން އާ ދިމާއަށް ބަލާލިއެވެ. އޭނާގެ ހިތުގައި ހިނގަމުންދާ އެއްވެސް ކަމެއް އަހުސަން އަކަށް ނޭނގޭނެއެވެ. އޭނާ ޝިކާ ދެކެ ލޯބިވާވަރު އަހުސަން އަކަށް ނޭނގޭނެއެވެ. އޭނާއަށް ޝިކާ ލިބޭނެކަމަށް ކުރިހާ އުންމީދުތަކެއް އަހުސަން އަކަށް ނޭނގޭނެއެވެ. ވީއިރު އޭނާ ވެފައިވާ ދެރަ އަހުސަން އަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

“އައި އެމް ސޮރީ… އެގަޑީގަ ލިވާން ގެ އަތް ނައްޓުވާލެވުނީ… އެއީ ޝިކާއަށް ވެފައި ހުރި ގޮތް ފެނުނީމަ އަހަންނަށް ލިވާން ދެކެ ރުޅިއާދެވުނީ…” އަހުސަން އަނެއްކާ ވެސް ބުނެލިއެވެ.

“އިޓްސް އޯކޭ…” ލިވާން އެހެން ބުނެލީ ހިތާ ދެކޮޅަށެވެ. ނަމަވެސް ލޯބިވާ މީހާ އެހެން މީހަކަށް ލިބޭ ތަން ބަލަން ކެއް ވާނީ ކާކަށް ހެއްޔެވެ؟

“އަހަރެން ވެސް ބޭނުމީ ޝިކާ އުފަލުގަ ހުންނަން… އޭނާ އަހުސަން ދެކެ ލޯބިވާނަމަ އަހުސަން އާ އެކީ އުޅެން އަހަރެން ބޭނުމީ…” ލިވާން މަޑުމޮޅި ރާގަކަށް އެހެން ބުނުމުން އަހުސަން ހީލިއެވެ. ލިވާން ޝިކާ އާ މެދު ވިސްނާ މިންވަރު އޭނާއަށް އެ އިނގުނީ އަދި ކިރިޔާއެެވެ.

“އެކަމަކު އަހުސަން ބުނަން… ޝިކާ އަށް ދެރަގޮތެއް ހަދައިފިއްޔާ ނިމުނީ އިނގޭ…. ރަނގަޅަށް ގެންގުޅޭތި…” ލިވާން އެހެން ބުނީ އިންޒާރު ދޭފަދަ ރާގެއްގައެވެ. ޝިކާއަށް ދެރައެއް ލިބޭތަން ބަލަން އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ.

“ނަހަދާނަމޭ ދެރަގޮތެއް… ލިވާން ލޯބިވާވަރަށް އަހަރެން ވެސް ހަމަ ޝިކާ ދެކެ ލޯބިވެޔޭ… އަހަރެން ވެސް ނޭދެން އޭނާއަށް ދެރައެއް ލިބޭކަށް..” ލިވާން ގެ ކޮނޑުގައި އަތް އަޅާލަމުން އަހުސަން ބުނެލިއެވެ. އެވަގުތު ލިވާން ގެ ހިތަށް އެރިއެވެ. އަހުސަން އަކަށް ނޭނގޭނެއެވެ. އޭނާ ޝިކާ ދެކެ ލޯބިވާވަރަށް ދުނިޔޭގެ އެއްވެސް މީހަކަށް އަނެކާ ދެކެ ލޯބިނުވެވޭނެއެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އަހުސަންއާ ދިމާއަށް ގަދަކަމުން ހިނިތުންވެލިއެވެ.

****

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަތިރިމަތީގެ ހުދު ދޮން ވެލިގަނޑު މަތީގައި އޮތް ގަސްގަނޑެއްގެ މަތީގައި ޝިކާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. މަޑުމަޑު ވައިރޯޅިތަށް އޭނާގެ ހަށިގަނޑުގައި ބީހިލަމުން ގެންދާއިރު އޭނާއަށް އިހުސާސް ކުރެވެމުން ދިއައީ ބުނެދެން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. އިރު އިރުކޮޅާ އޭނާ ފަހަތް ބަލާލާ އިރު ހީވަނީ ކޮންމެވެސް މީހަކަށް އިންތިޒާރު ކުރާހެންނެވެ. އެމޫނުމަތިން ފާޅުވަމުން ދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އިރުކޮޅަކުން މަޑު ހިނގުމެއްގައި އައިސް ޝިކާ ގާތަށް ހުއްޓުނީ އަހުލާއެވެ. އަހުލާ އައުމާއެކު ޝިކާ އަހުލާއަށް ބަލާލަމުން ހީލިއެވެ. އަދި އޭނާ ގާތުގައި އިށީނުމަށް އިށާރާތް ކޮއްލިއެވެ.

“މަންމަ އަދިވެސް ވާހަކަ ނުދައްކާތަ؟” ޝިކާ އަހުލާ ގާތު އަހާލިއެވެ.

“އާނ.. އިއްޔެ ވެސް ބައްޕަައާ އެކީ ދިއައިން މަންމަ ފަރާތު މާމަމެން ގެއަށް.. މަންމަ އުޅެނީ މިހާރު އެގޭގަ… މަންމަ އަހަރެމެން އައީމަ ނުވެސް ނުކުތް.. ހީވަނީ އަހަރެމެންގެ މޫނުވެސް ދެކެން ބޭނުން ނުވަނީހެން…” އަހުލާ އެހެން ބުނެލިއިރު އޭނާގެ ދެލޯ ފެންކަޅިވަމުން ގެންދިއައެވެ. މަޔަކު ދަރައަކު ދެކެ ރުޅިއައީމަ ކުރެވޭ އިހުސާސް މިޔަދު އޭނާއަށް ރަނގަޅަށް ކުރެވިއްޖެއެވެ.

“އަހުލާ.. ހާސް ނުވޭ… އައި ހޭވް އަ ޕްލޭން…” ޝިކާ ބުނެލިއެވެ. އޭނާ އެއޮއްހާއިރު ވަންދެން އެތާ އިނގެދެން އެވިސްނީ އަހުލާއާއި އޭނާގެ މަންމަ ގުޅުވާނެ ގޮތަކާމެދުގައެވެ. އަހުލާ ޝިކާއަށް ކިތަންމެ ބޮޑު ދެރައެއް ދިން ނަމަވެސް އޭނާ އަހުލާއަށް އެހީވާން ބޭނުންވެއެވެ.

“ބުނެބަ…” އަހުލާ ކެއް މަދުވެފައި ހުރެ އެހެން އަހާލީ އަތުގެ ނުފުށުން އޭނާގެ ދެލޯ ފުހެލަމުންނެވެ. މަންމަ ގެ ލޯބި އަލުން ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ވެސް އޭނާ މިހުރީ ތައްޔާރަށެވެ.

“އަހަރެން ގޮސް އަހުލާ ގެ މަންމައާ ވާހަކަ ދައްކާނީ…. އޭރުން އަަހުލާގެ މަންމަ ފަހަރެއްގަ މާފު ކޮށްފާނެއްނު… އަހަންނަށް ހަމަ ޔަޤީން އަހުލާގެ މަންމަ ރުޅިއައިސްފަ ހުއްޓަސް ހަމަ އަހުލާ ދެކެ ލޯބިވާނެކަން…. މަންމަ އަކަށް އޭނާގެ ދަރިފުޅުގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ….” ޝިކާ ވިސްނަން އިނދެ ބުނެލިއެވެ.

“އެންމެ ރަނގަޅު… ކޮންމެ ގޮތެއް ހަދައިގެން ވެސް މަންމަ އަނބުރާ ގެއަށް ގެންނަން ބޭނުން…” އަހުލާ ދެރަވެލާފައި ބުންޏެވެ.

“އެހެންވީމަ ހިނގާ ދާން… ” ޝިކާ ތެދުވެ ވެލި ފޮޅާލަމުން ބުނެލިއެވެ.

“މިހާރު؟” އަހުލާ އަހާލިއެވެ. އޭނާއަށް މިކަންތައް ކޮންދޭން ޝިކާ އުޅޭ ވަރު ފެނި އޭނާ ހައިރާންވިއެވެ. އޭނާ ޝިކާއަށް އެހާ ބޮޑު ދެރައެން ދިނުމުން ވެސް ޝިކާ އޭނާއާ މެދު ވިސްނައެވެ.

“އާނ… ލަސްކުރާނެ ކަމެއް ނެތެއްނު…..” ޝިކާ އަހުލާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. އަހުލާ ޝިކާގެ އަތުގައި ހިފައިގެން ތެދުވިއެވެ. އަދި ދެމީހުން އެކީ މިސްރާބު ޖެހީ އަހުލާގެ މާމަ ގެއަށެވެ. އެގެއާ ކައިރިވުމުން އަހުލާ ޝިކާއަށް އެގެ ދައްކާލިއެވެ. އެއާއެކު އަހުލާ ގާތު ތަންކޮޅެއް ދުރުގައި މަޑުކުރުމަށް ޝިކާ ބުންޏެވެ. އަހުލާ އޭނާއާ އެކު ގޮސްފިނަމަ ސަފީނާ އޭނާއާ ވާހަކަ ދައްކަން ދެކޮޅު ހަދައިފާނެތީއެވެ.

އަހުލާ އެތަނުގައި މަޑުކުރުމާއެކު ޝިކާ އެގެއާ ދިމާއަށް ހިނގައިގަތެވެ. އަހުލާ ބަލަބަލާ ހުއްޓާ ޝިކާ ސަލާމް ގޮވާލުމަށްފަހު އެގެއަށް ވަދެގެން ދިއައެވެ. އޭރު އަހުލާގެ ހިތުގެ ހިނގުން ވަނީ އަވަސް ވެެފައެވެ. ސަފީނާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. މަގުގައި ހުރި ޖޯލިފަތީގައި އިނދެ އޭނާ ދެއަތް ދެއަތާ މޮޑެމުން ގެންދިއައެވެ. އިރުއިރުކޮޅާ އޭނާއަށް އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލެވެނީ ޝިކާ އެގެއިން ނިކުންނާނެ އިރަކަށް އިންތިޒާރު ކުރެވޭތީއެވެ.

ބައި ގަޑިއެއްހާއިރު ވީއިރު ވެސް ޝިކާ ދައްކާނުލުމުން އަހުލާ މުޅިން މާޔޫސްވާން ފެށިއެވެ. އަނެއްކާ އޭނާގެ މަންމަ ޝިކާ ގާތު އަހުލާ އާ ވާހަކަ ނުދައްކަން ބުނީހެއްޔެވެ؟ އޭނާ ދެއަތަށް ބޯހޫރާލިއެވެ. ނޫނެކެވެ.  މަންމަ އެހެން ބުނިކަމުގައި ވިޔަސް ޝިކާ އޭނާއާ ވާހަކަ ދައްކާނެއެވެ. އެވަގުތު ޝިކާ ފަދަ ރަހުމަތްތެރިއެއް ލިބުނީތީ އޭނާ ހިތާހިތުން މާތް ރަސްކަލާންގެ އަށް ޙަމްދު ކުރިއެވެ. ޝިކާ ކިހާ ރަނގަޅުހެއްޔެވެ؟ އެއީ އެހެން ކުއްޖެއްނަމަ އަހުލާއާ ގުޅުން ކަނޑާލާނެކަން ހަމަ ޔަޤީނެވެ.

އެތައް އިރަކަށް ފަހު އިރުކޮޅަކުން ޝިކާ އެގެއިން ނިކުތްތަން ފެނުނެވެ. ފަހަތުން ހިނގަމުން އައި ސަފީނާ ފެނިފައި އަހުލާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. އަނެއްކާ މަންމަ އެ އަންނަނީ އޭނާއާ ދިމާއަށް ރުޅިއައިސްގެން އެއްޗެހި ކިޔަން ބާވައެވެ؟ ބަލަބަލާ ހުއްޓާ އެދެމީހުން އައިސް އޭނާއާ އެއް ހަމައެއްގައި ހުއްޓިލިއެވެ. ދެން ދިއައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ.

“ދަރިފުޅާ….” އެންމެ ފަހުން އެ ހަމަހިމޭންކަން ފޫދުއްވާލީ ސަފީނާ ދަރިފުޅާ އޭ ކިޔައި އަހުލާއަށް ގޮވާލުމުންނެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު އަހުލާ އޭނާގެ މަންމައަށް ބަލާލީ އަދިވެސް އެއްފަހަރު ދަރިފުޅާއޭ ކިޔައި ގޮވާލަބަލާށޭ ބުނާ ފަދައިންނެވެ.

“ދަރިފުޅާ….” އަނެއްކާ ވެސް ސަފީނާ އެހެން ގޮވާލުމަށްފަހު އަހުލާގެ ގައިގައި އޮޅުލައިގަތެވެ. އޭރު ދެމައިންގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިއައެވެ.

“މަންމާ.. އަހަންނަށް މާފު ކުރޭ…” އަހުލާ ރޮވިފައި ހުރެ އޭނާ ގެ މަންމަ ގައިގައި ބައްދާލަމުން ބުނެލިއެެވެ.

“މަންމަ މާފުކޮށްފީމޭ…. ޝިކާ ބުނި ދަރިފުޅު ދެން އެކަހަލަ ކަމެއް ނުކުރާނެޔޯ… ޝިކާ ވެސް ދަރިފުޅަށް މާފު ކޮށްފީމޯ… އޭނާ މަންމައަށް ވަރަށް ވިސްނައިދިން ފަހުން މަންމައަށް ވެސް ވިސްނުނީ… ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެކަން މަންމަ މިހާރު ޤަބޫލުކުރަން… އެކަމް އެފަދަ ކަމެއް ދަރިފުޅު ތަކުރާރު ނުކުރާތި…” ސަފީނާ ބުނެލިއެވެ. “މަންމައަށް ވެސް ވަރަށް އުނދަގޫ ދަރިފުޅުމެންނާ ދުރުގަ އުޅެން… އެކަމަކު މަންމަ ވެސް ގޮތްދޫނުކުރަންވެގެން އޭރު ނުދިއައީ…. އެކަމް މިހާރު މަންމައަށް ވިސްނެއްޖެ…. ހިނގާ ގެއަށް ދާން…” ސަފީނާ އަހުލާގެ ކޮނޑުގައި ހިފައި ދުރުކޮށްލަމުން ބުނެލިއެވެ. އެވަގުތު އަހުލާ ޝިކާއަށް ބަލާލީ ޝުކުރުން ފުރިގެންވާ ނަޒަރަކުންނެވެ.

“ތެންކިޔޫ…” ބާރަކަށް ގޮސް ޝިކާގެ ގައިގައި ބައްދާލަމުން އަހުލާ އެހެން ބުނެލީ ޝިކާގެ ކަންފަތް ދޮށުގައެވެ. އޭނާ ހުރީ ވަރަށް ވެސް އުފާ ވެފައެވެ.

*****

އެރޭ ޝިކާ ނިދަން އޮތް އިރު މޫނުމައްޗަށް ފުން ހިނިތުންވުމެއް ވެރިވެފައި ވެއެވެ. އަހުލާގެ މަންމަ އަލުން އަހުލާމެން ގެއަށް ދިއުމުން އޭނާ ހުރީ ވަރަށް ވެސް އުފާވެފައެވެ. ހަމައެހެންމެ އޭނާއަށް އަހުސަންގެ ލޯބި ކާމިޔާބުވުމުން އޭނާގެ ހިތަށް ވަނީ ބުނެދެން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިފައެވެ. އޭރުވެސް އޭނާ ގެންދިއައީ ފޯނުން އަހުސަންއަށް މެސެޖު ކުރަމުންނެވެ. އަހުސަން ގެ ލޯބިވެތި މެސެޖުތަކުން އޭނާގެ ހިތް ފުރިގެންދާ ކަހަލައެވެ. އެގޮތަށް އެތަނުގައި އޮވެވުނީ ކިހާއިރަކު ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.

“ޝިކް..” ޝިކާއަށް ސިހުމެއް ލިބުނީ ރީނާ އައިސް އޭނާގެ ކޮނޑުގައި ހިފާލަމުން އޭނާއަށް ގޮވާލުމުންނެވެ. އޭރު އެމޫނުމަތިން ފެންނަމުން ގެންދިއައީ ހާސްކަމުގެ އަސަރުތަކެވެ.

“ކިހިނެއްވީ؟” ރީނާ ހާސްވެފައިވާ ތަން ފެނުމުން ޝިކާ ކަންބޮޑުވެފައި އަހާލިއެވެ.

“އަމީން…..” އެހިސާބަށް ބުނެފައި ރީނާ އޭނާގެ ފޯނުން ރިކޯޑިންގ އެއް ޕްލޭ ކޮށްލިއެވެ. އެއީ ދެންމެ އަމީން ގުޅުމުން އޭނާ ކޮށްފައިވާ ރިކޯޑިންގ އެކެވެ.

“ރީ…. ޕްލީސް ހެލްޕް މީ….” ވައިއަޑުން އަމީން ބުނަމުން ގެންދިއައެވެ. އެއަށްފަހު ދެން އިވިގެން ދިއައީ ބާރު އަޑުފައްގަނޑެކެވެ. މީހުންތަކެއް ވާހަކަދައްކާ އަޑު ވެސް އިވެމުންދިޔަ ނަމަވެސް އެކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ރިކޯޑިންގ ހުއްޓުމާއެކު ޝިކާ ރީނާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ދެން ފޯނު ކެނޑުނީ…. ފަހުން ގުޅީމަ އޮތީ ފޯނު ވެސް ނިވާލާފަ…..” ރީނާ ކަންބޮޑުވެފައި ބުނެލިއެވެ. “ދެން ކިހިނެއް ހަދާނީ ؟ އަހަންނަށް ހީވަނީ އަމީން ވީ އެއްކަލަ ގޭގަހެން…”

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Liaa

    Hii 🙂 mi part ves reethi vaane kamah ummeedhu kuran .. Feel free to leave ur comments ingey … btw, v lobivey hurihaa readers eh dheke ves <3

  2. Same

    V salhi

    1. Liaa
      Same

      Thankyw same 🙂

  3. Isheee

    Love u too n this storu. Vaahaka varah reethi.

    1. Liaa
      Isheee

      Aww <3 thankyw Isheee

  4. Isheee

    Love u too n this story. Vaahaka varah reethi.

  5. Ushaa

    Vvvvvvvvvvvvvvvvvvvv lwbi mi prtvx… I luv dis stwrii nd liaa.. I wanna ryd prt of ahulaa.. I myn luv prt.. Btwvv salhi mi prtvx.. Luv dis.. Nd yuh 2..

    1. Liaa
      Ushaa

      Thankyw Ushaa 🙂

  6. kk

    sikaa men egeya gen dhaan kan neynge e ulhenee?alhe ahusan aa eku sikaamen egeya gendhaanee ingey.v v nice mi vaahaka

    1. Liaa
      kk

      Thankyw kk 🙂 lets see dhw

  7. Amm

    Nice……..????keep it up
    Waiting for next part

    1. Liaa
      Amm

      Thank you Amm 🙂

  8. Rsy

    VVV reethi
    next part avas kurachay

    1. Liaa
      Rsy

      Thankyw 🙂 Veehaaves avahah up kuraanan

  9. Aminath Zulfa
  10. Aminath Zulfa
  11. Aminath Zulfa
  12. meera

    V reethi….????

  13. Appy

    V nice m part vx ….iyye comment nukurevuny v try kurin???

  14. xprincess

    Wow ! hama salhi! At last shikaa got Ahusan <3

    1. xprincess
      xprincess

      Lov u too liaa & ur story

  15. harry

    Iyye esfiya site hury govaafa.. so i cudnt comment..:(
    This story is my Fav <3 Loved it!

  16. faathimaa

    liaa i just loved this.. when next part up vaany despirate to read it….

  17. kokkee

    rangalhu hama mi bai ves.. keep it up… hama habeys!!!!!! 😀

  18. Sasha

    Nice

  19. Ihoo

    Mi part vex hama v v rythii..:).next part ahvahah up kohlahchey ingeyy. 😀 liaa vareh neh hama.<3 <3 .next part ga vaanii alhe kihinehbaa …hihii..<3..hope liaa v ahvahah next up kuraanekamah. <3.witing..<3 <3 <3

  20. sweet

    alhe liaa next part avaha up koh dheebala.plx

  21. Farunayyaneekurubaru halunainuwaaeynaa

    Comment nukuriyas miwaahaka ma kiyan. Comment kuran Mi jehuny rythi waahaka akas las kuraathy. Busy kan wx ingey baliwedhaane kan wex ingey ekm Mi waru than fukeh dhera dhw. Kiyun therein inthizaaru ga bahattaa liyun therin naky Warah fenwarwarei nei baeh. Kihaa reethi waahaka ei mee. Mi waahaka ah kiyun therein shaugu weri waane dhw.
    Mi dhn thankolhei boduwaru las kuriyax

  22. Liaa

    Thankyw for all ur lovely comments. And sorry story las veema 🙁 Ehen rashakah holidays ga dhaan jehuny. ethanah internet eh nulibey. ehenvegen up nuwy :'(

Comments are closed.