Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސައްބީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
June 30, 2016 10 Mins Read
24 Comments

އަޒީމް އޮތީ ހަމައެކަނި ޝޯޓެއް ލައިގެންކަމުން މަންޝާގެ ލޮލުގައި އޭނާގެ ބުރަކަށީގައިވާ ވަކިތައް އަޅައިގަތެވެ. އެ ވަކިތައް ހުރީ ވަރަށް ފާޑަކަށެވެ. ފާރުގަނޑެއްހެން ހުރި ތަންތަންވަނީ ދޮސްލާފައެވެ. އެ ހިސާބު ކައިރީގައި ފޮޅު ބިހިތަކެއް ވެސް ފެންނަން ހުރުމުން މަންޝާ ޖެހިލުންވިއެވެ.

މަންޝާގެ ހިތަށް އުނދަގޫވިއެވެ. އަޒީމަށް މިވަނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. އެތަން ޑޮކްޓަރަށް ދައްކަން ދާން މަންޝާ ބޭނުންވިއެވެ. އަޒީމްގެ ގައިގާ މަންޝާ އަތްޖައްސާލީ ގޮވާށެވެ. މަންޝާގެ ދެލޯ ބޮޑުވިއެވެ. ކަމަކުދާކަށް ނެތެވެ. އަޒީމް ހުމާ ފިހެނީއެވެ.

މަންޝާ އެތައް ފަހަރަކު ގޮވުމުންވެސް އަޒީމް އެނދުން ހިއްލައެއް ނުލިއެވެ. ކަންފަތްމަތީ ބާލިސް އަޅައިގެން އޭނާ އޮތީ ނިދޭތޯއެވެ. އަޒީމްގެ ބޮލުގައި ރިއްސާވަރުން ކެތްނުކުރެވޭތީ އޭނާ ތެދުވަން ބޭނުން ނުވީއެވެ. އަޒީމްގެ ގޮތުގައި ހިފަހައްޓާނެކަން އެނގުމުން މަންޝާ އަވަސްވެގަތީ ފާޚާނާއަށް ފެންވަރަން ވަންނާށެވެ.

*** *** *** *** *** ***

ގަޑިން އިރުއޮއްސި ހައެއް ޖަހައިފިއެވެ. ހުރިހާ ފޮށިތަކެއް ބަންދު ކުރުމަށްފަހު ހަސަނާއި މުނީރާ ހަމަޖެހިލިއެވެ. އެ ދެމަފިރިން ތިބީ ރަށަށް ދެވޭތީ އެކަމާ އުފަލުން ފޮޅިފައެވެ. ކުޑަ ދެކުދިންވެސް ރަށަށް ދާހިތުން ތިބީ ވަރަށް އުފާވެފައެވެ. އިރުއިރުކޮޅުން ގަޑިން ވީއިރު އޮޅުން ފިލުވައެވެ. ރޭގަނޑު ދިހައެއް ޖަހުމުން ދޯނި ފުރާނެ ވާހަކަ ބުނެފައިވާ އިރު، އެ އާއިލާ ވަނީ ރަށަށްދާން ފުރިހަމައަށް ތައްޔާރުވެފައެވެ. ހުރިހާ މަސައްކަތަކުން އަވަދިވުމުން މުނީރާ ބޭނުންވީ އަވަހަށް ފެންވަރައިގެން ނަމާދުކުރާށެވެ. އެހެންކަމުން ކޮޓަރިއާ ދިމާއަށް ދިއުމަށް މުނީރާ ހިނގައިގަތެވެ.

“މުނީރާ… ނުވައެއް ޖެހީމާ މަންޝާއަށް ގުޅަން ވާނެ…” މުނީރާއަށް ހަސަނު ހަނދާންކޮށްދިނެވެ. ގަޑިއަށް ބަލާލަމުން މުނީރާ ކޮޓަރިއަށް ދިޔައީ ބަންގި ގޮވުމުގެ ކުރިން ފެންވަރައިގެން ނުކުމެވޭތޯއެވެ.

އަފްނާން ކޮޓަރިން ނުކުމެގެން އައީ ފޮތެއް ހިފައިގެންނެވެ. އެއީ ބޭރުގެ ފެޝަނާ ބެހޭ މަޖައްލާއެކެވެ. އެ މަޖައްލާގައި ފެންނަން ހުރީ އެކި ސްޓައިލްތަކުގެ ހެދުންތައް ލައިގެން ތިބި މޮޑެލްކުރާ ކުދިންނެވެ. ފޮތަށް ބަލަމުން އައިސް އަފްނާން އިށީނީ ހަސަނުގެ މަގަތުގައެވެ. ސޯފާ ތެރޭ ދެފައި ވަށްކޮށްލައިގެން އިނީ އެ މަޖައްލާގައި ހުރި ހެދުންތަކަށް ރަނގަޅަށް ބަލާށެވެ. އަރިވެލާފަ އެ ފޮތުގައި ހުރި ފޮޓޯތަކަށް ހަސަނު ބަލާލިއެވެ.

“ކޯއްޗެއް ތިބަލަނީ؟…” މަޖައްލާއިން ފެންނަންހުރި ޒަމާނީ ހެދުންތަކާއި އެކު ތިބި އަންހެން ކުދިންނަށް ބަލަމުން ހަސަނު އަހާލި އެއްބުމަ އަރުވާލަމުންނެވެ.

“މިހެދުންތަކުގެ ޑިޒައިންތައް ބަލާލަނީ… މިފަހަރު އެންމެ ރީތި ހެދުން ފަހަން ބޭނުމީ އަފޫ…” އަފްނާން ބަލަން އިން ހެދުން ދައްކާލަމުން އޭނާގެ ބައްޕަ ގާތު އެހެދުން ރީތިތޯ އަހާލިއެވެ. ހަސަނު އާނއެކޭ ބުންޏެވެ.

“ދޮނާ ދަނީ އަހަރެމެންނާ އެކީ އެއްފެރީއެއްގަތަ؟…” އަފްނާނު ކުރި ސުވާލަށް ޖަވާބުދެމުން މިފަހަރުވެސް ހަސަނު ބޯ ޖަހާލިއެވެ. ހަސަނު ބޭނުންވީ ފުރުމުގެ ކުރިން އަރާމުކޮށްލާށެވެ. އެހެންކަމުން ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހަސަނު ހިނގައިގަތީ ބުރަކަށި ދަމާލައި ފުރުމުގެ ކުރިން ހަށިފަސޭހަ ކޮށްލާށެވެ. ސޯފާގައި އިން އަފްނާން އޭނާގެ ބައްޕަ ކޮޓަރިއަށް ވަނުމުން ހިތަށް އެރިއެވެ. “އަދިވެސް ބައްޕަ ދޮނާއާ ދޭތެރޭ ހާދަ ވިސްނައޭ…” މަޖައްލާއަށް ބަލަން އިން އަފްނާނުގެ ވިސްނުން ދަތުރުކުރީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާން ތަކަކަށެވެ.

އަފްނާން ގްރޭޑް ހަތެއްގައި އުޅުނު ދުވަސްވަރު އޭނާގެ ބަނޑުގައި ވަރަށް ރިއްސައެވެ. ކެއުން ބުއިމަށް ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުން ދިޔައެވެ. އެހެންކަމުން އަފްނާނަށް ވެފައި ހުރިގޮތެއް ބަލަން މުނީރާމެން އޭނަ ޑޮކްޓަރަށް ދެއްކިއެވެ. ގޮހޮރުގެ މައްސަލައެއް އުޅޭކަމަށް ބުނެ އެމީހުން ލަފާ ދިނީ ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ދިޔުމަށެވެ. އަތުގައި އެއްކޮށްފައި ހުރި މަދު ފައިސާއާ އެކު އަފްނާނު ގޮވައިގެން މުނީރާ ލަންކާއަށް ދިޔައީ ބޭސްކުރާށެވެ. އަމާން އާ އީމާންގެ ކަންތައްތައް ކުރުމަށް ހަސަނާ މަންޝާއަށް ހަވާލުކޮށްފައެވެ. އަފްނާން ރަނގަޅުވާން އޮތީ އޮފަރޭޝަންއެއް ކޮށްގެންނެވެ. ބޭސްކޮށްގެން މާލެއައިސް އަފްނާން އުޅެން ޖެހުނީ ވަރަށް ބަލައިގެންނެވެ. ކެއުންބުއިން ވަކި ގޮތަކަށް ބަހައްޓައިގެން ޑައެޓްކޮށްގެންނެވެ. ކެއުން ބުއިން ބެހެއްޓީ ޑޮކްޓަރުން ދީފައިވާ އިރުޝާދާ އެއްގޮތަށެވެ.

މާލެ އައިތާ މާގިނަ ދުވަހެއް ނުވެއެވެ. އަފްނާން ސްކޫލަށް ދާން ފެށިއެވެ. ނަމަވެސް އެތައް ދުވަސްތަކެއްގެ ފިލާވަޅުތައް ގެއްލުމުގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން އަފްނާނަކަށް ނުދެވުނެވެ. ސްކޫލަށް ނުދާ ދުވަސްތައް އިތުރުވަމުން ދިޔައެވެ. މިފަދަ ކަންކަމަކީ އެހާ ބޮޑުކަމެއް ކަމަކަށް ހަސަނުމެން ނުދެކެއެވެ. އަންހެން ކުއްޖެއް ވީމަ ބޮޑަށް ގޭގައި ކުރަންޖެހޭ މަސައްކަތްތައް ދަސްވުމުން އެ ނިމުނީ ކަމަށް އެމީހުން ދެކެއެވެ. އާންމު ގޮތެއްގައި މީހަކާ އިނދެގެން ދިރިއުޅުމެއް ފެށުމަށްފަހު ދަރިން ލިބުނީމަ ގިނަ ފަހަރު ހުންނަން ޖެހޭނީ ގޭގައި ކަން މުނީރާއަށް ވިސްނައިދިނީ ހަސަނެވެ.

ލަންކާއިން އައިފަހުން އެއްރޭ އަފްނާން ނިދާފައި އޮއްވާ މީހަކު މާނޭވާ ލާ ފާޑުގެ އަޑެއް އިވޭތީ އަފްނާނު ލޯ ހުޅުވާލަމުން ބަލާލީ ވަރަށް ހާސްވެ ހުރެއެވެ. އަނދިރިކޮށްފައިވާ ކޮޓަރި ތެރެއިން އަޑުއަންނަ ދިމާއަށް އަފްނާނު ބަލަން އޮތީ މިވަނީ ކިހާވަރެއްގެ ކަމެއްކަންވެސް ރޭކާ ނުލާ ހާލުގައެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނެން ސިކުންތުކޮޅެއް ނެގިއެވެ. އާންމުކޮށް މަންޝާ އޮންނަ ފަޅި ވީމާ، މަންޝާއަށް ކަމެއް ވަނީކަމަށް ހީކޮށް އަފްނާންގެ ހިތް ބާރަށް ތެޅިގަތެވެ. މަންޝާގެ ގައިމައްޗަށް މީހަކު އަރާ އޮތްކަން އަފްނާނަށް އެނގުނެވެ. އަފްނާން ބޭނުންވީ މިވާ ކަމެއް ރަނގަޅަށް ބަލާށެވެ.

ނިވާކަމެއްނެތް މަންޝާގެ ގައިމަތީ އޮވެ އެމީހަކު ދިޔައީ އެތައް އުފާތެކެއް ހޯދަމުންނެވެ. އެމީހުން ކުރަމުން ދިޔަ ހުރިހާ ކަމެއް އަފްނާން އޮތީ ވަގުވަގަށް ބަލާށެވެ. އަފްނާނު ކޮންމެވެސް ވަރަކަށް ޖެހިލުން ވިއެވެ. އެކަން ކުރަން އޮތް މީހާގެ މޫނު ފެނުމުންނެވެ. އެކަމެއް އެ ކުރަނީ ހަސަނެވެ. އަފްނާނުގެ ބައްޕައެވެ.

މިހެން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަފްތާއަކު އެއްރޭ ނުވަތަ ދެރޭ މަންޝާ ކައިރިއަށް އަފްނާންގެ ބައްޕަ ވަންނަކަން އަފްނާނަށް އެނގެއެވެ. މިއިން އެއްވެސް ވާހަކައެއް އަފްނާނު އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ. އެންމެފަހުން އެ ކުޅިގަނޑު ހުއްޓުނީ މަންޝާ އެގެއިން ނުކުމެގެން ދިއުމުންނެވެ. ހަސަނުގެ މިއަމަލު މިއަދާ ހަމައަށް އަފްނާނު ވަނީ ސިއްރުކޮށްފައެވެ.

*** *** *** *** *** ***

ރޭގަނޑު އަށެއް ޖަހައިފިއެވެ. މަންޝާ އިނީ އަޒީމް ފާޚާނާއިން ނުކުންނަން ދެނެވެ. އަޒީމް ހޭލައިގެން ފާޚާނާއަށް ވަދެ ފެންވަރާލީ އަދިވެސް އޭނާގެ ބޮލުގައި ރިހުމެއް ހުރުމުންނެވެ. ފާޙާނާއިން އަޒީމް ނުކުތް އިރު މަންޝާ ހުރީ ބަދިގޭގައި ސްޕެގެޓީ ކޮޅު ހޫނުކޮށްލާށެވެ. އަޒީމަށް ކާން ހަދާށެވެ. ބަދިގޭގައި ހުރި ސާމާނުތައް ކަބަޑުތަކަށް ލާ ސިންކު މައްޗާ މޭޒުމަތި ރީތިކޮށްލިއެވެ. މަންޝާ ފުރަން ވާއިރަށް ގޭތެރެ އެކީހެން ހަންމަތަކޮށްލެވުނީ ކިރިޔާއެވެ. އަޒީމް ރީތިވެގެން ބޭރަށް ނުކުމެ ކާން އިށީނުމުން އަޒީމް ގާތުގައި މަންޝާވެސް އިށީނެވެ.

“ކޮބާ ހުންގަނޑު ކިހިނެއް؟…. ޑޮކްޓަރަށް ދައްކަން ވީނު…” އަޒީމްގެ ނިތްކުރީގައި އަތް ޖައްސާލަމުން މަންޝާ ސުވާލުކޮށްލިއެވެ. ފެންވަރާލުމުން އަޒީމްގެ ހުންވަނީ ވަރަށް ބޮޑުތަން މަޑުވެފައެވެ.

“މިހާރު އޯކޭ… ދެން ހުން އަންނަންޏާ ޑޮކްޓަރަށް ދައްކާނީ…” ކައި ނިމުމުން މަންޝާ ހިތްހަމަޖައްސަން އަޒީމް ޖަވާބެއް ދިނެވެ.

އަޒީމްގެ ބުރަކައްޓަށް ވެފައި ހުރިގޮތުގެ ވާހަކަ އަހަން މަންޝާ އުޅުނު ވަގުތު މަންޝާގެ އަނގަޔަށް ކުޅުގިނަވާ ހެން ހީވިއެވެ. ހިން ދިރުވާލަން މަސައްކަތް ކުރުމުންވެސް ލޮނުރަހައަކާއެކީ އަނގަޔަށް ކުޅު ގިނަވަމުން ދިޔައެވެ. އަޒީމް ކައިނިމިގެން ތެދުވެ ފެންފޮދެއް ބޯލުމަށްފަހު ޖީބުގައި ވާ ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލިއެވެ.

މަންޝާ އަވަހަށް ތެދުވީ ފާޚާނާއާ ދިމާއަށް ދާށެވެ. ނަމަވެސް އޯކަށް ދެމިގަތް ގޮތުން ފާޚާނާއާ ހަމައަށް ނުދެވޭނެކަން އެނގުމުން މަންޝާ ދިޔައީ ސިންކު ކައިރިއަށެވެ. މަންޝާއަށް ހޮޑުލެވުނީއެވެ. އަޒީމް މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. މަންޝާއަށް އެހީއެއްވާން އަޒީމް ގާތް ނުވުމުން މަންޝާ ހިތުގައި ޖެހުނެވެ. އައިސް އަލަމާރިން ފެންފޮދެއް ނަގާ ބޯލިއެވެ. ރަށަށް ދާން ދޯންޏަށް އަރަން ޖެހޭތީ މިހާރުއްސުރެއް މަންޝާ އެހުރީ ބޯ އަނބުރާ މޭ ނުބައިކޮށްފައެވެ.

ކޮޓަރިއަށް ވަދެ މަންޝާ އަޒީމާ ވާހަކަދެއްކިއެވެ. “ޒީމް… ދޯންނަށް އަރަން ވާއިރަށް އަހަންނަށް ބޭސް ގަނެދީބަލަ.. މިހާރުއްސުރެއް ހޮޑުލެވޭތީ މިއުޅެނީ…” މަންޝާ ވާހަކަ ދައްކަދައްކާ ހުއްޓާ އަޒީމް ބެލްކަންޏަށް ނުކުމެ ފޯނު ކަންފަތުގައި ޖަހާލިއެވެ. މަންޝާ ދެއްކި ވާހަކަތައް އޭނާއަށް އަޑު ނީވޭ ކަހަލައެވެ.

ގަޑިން 9 ޖެހި އިރުވެސް މަންޝާ ބުނި ބޭސް ގަނެނުދީ އަޒީމް ހުރީ ފޯނު ކޯލެއްގައެވެ. މަންޝާ އޮތީ އެނދުގައި އޮށޯވެގެންނެވެ. އެހެން އޮއްވާ މަންޝާގެ ފޯނު ރިންގްވިއެވެ. “ހަލޯ… މަންޝާ… ކޮން އިރަކު ދޯނި ކައިރިއަށް ދަނީ…. ދައްތަމެން ނައްޓާލާތީ މިގުޅީ…” މުނީރާ ވާހަކަ ދައްކަމުން ދިޔައިރު އަމާންއާ އީމާން ސަކަރާތްޖަހާ އަޑު ފަހަތުން އިވެއެވެ.

“މަންވެސް ދާން މިއުޅެނީ…. މުނީރައްތާ.. ނެތްތަ ހޮޑުލާތީ ކާ ކަހަލަ ބޭހެއް.. މިއުޅެނީ މިހާރުއްސުރެއް ބޯ އަނބުރާތީ…” އެނދުމަތިން ތެދުވެ އަތް ދަބަހަށް ބޭނުންވާ ހުރިހާ ސާމާނެއް ލެވިފައި ހުރިތޯ ފަހުފަހަރަށް ބަލާލުމަށްފަހު އޭގެ ޒިބު މަންޝާ އަޅުވާލިއެވެ.

“އަވަހަށް އާދޭ މުނީރައްތަ އަތުގަ އެބަހުރި ބޭސް…. އަންނި ޖެޓީ ކައިރިއަށް އާދޭ… އައިސްފަ ގުޅާލާ… ބޭއްވީއޭ..” މުނީރާ ފޯނު ކަނޑާލުމުން މަންޝާ އަވަސްވެގަތީ ފޯނުގެ ޗާޖަރާ ހެޑްސެޓް ނެގުމަށެވެ. އަތްދަބަހުގެ އަރިމަތީ ޖީބަށް އެތަކެތި ލުމަށްފަހު ފޯނުން ޓެކްސީއަކަށް ގުޅާލިއެވެ. “މ.ރެޑްލައިޓަށް ކާރެއް….” މަންޝާގެ ކަންފަތުން ފޯނު ވަކިކޮށްލުމަށްފަހު ފޯނުގައި ޓެކްސީ ސެންޓަރުން ދިން ނަންބަރު ޖަހާލިއެވެ. އޭރު އަޒީމް ބެލްކަނިން ކޮޓަރި ތެރެއަށް ވަނެވެ.

“ހިނގާ ދާން… ޓެކްސީ އެބައާދޭ….” އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން މަންޝާ ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

*** *** *** *** *** ***

ޓެކްސީއަށް އަރަމުން ދާންވީ އަންނި ޖެޓީއަށް ކަމަށް ޑްރައިވަރު ގާތު ޟިރާރު ބުނެލީ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލަމުންނެވެ. ކާރު ދުއްވާލުމުން ފަހަތު ސީޓުގައި ޟިރާރުއާ އެކީ އިން އަލިބެ ވާހަކަ ދައްކަން ފެށިއެވެ. “ކަމެއް ދިމާ ވެއްޖިއްޔާ ނުގުޅާ ނުހުންނާތި…. އަހަރެން މިދަނީ ކޮންމެހެން މި މީހެއް ކައިރިޔަށް ނުގޮސް ނުވެގެން…. ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކަށް ކަމެއް ދިމާވެގެން މިއުޅެނީ… މިޒަމާނުގަ މީހުން ރަތްވިލާ އޮއްސޭ ދަޅައަށް ބޭރަށް ނުކުންނާތީ ވާގޮތްމީ… ކިތެންމެ ވަރަކަށް ބުންޏަސް ގަބޫލެއް ނުކުރާނެ… ކަމެއް ދިމާވީމަ މާ ދެރައެއްނު… ކުޑަކުދިން ގޮވައިގެން ނުކުންނާތީ އަދި މައްސަލައަކީ…. ކޮބާ މިއޮއް އާދެވުނީދޯ!!….”

ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ޟިރާރުމެން ޓެކްސީއިން ފޭބިއެވެ. ޑިކީގައިވާ ދަބަސް ނަގައިގެން ފުރަން ހަމަޖެހިފައިވާ ދޯންޏަށް އަލިބެ އެރުމުން ރިޔާޒަށް ގުޅާލީ ޟިރާރު ބަލާއައުމަށް އެދެމުންނެވެ. ޟިރާރު މަޑުކޮށްގެން ހުރީ ރިޔާޒްގެ އިންތިޒާރުގައެވެ. އެވަގުތު ޟިރާރު ކުރިމައްޗަށް ކަހަލަ ގޮތަކަށް އައިސް މަޑުކޮށްލީ ޓެކްސީއަށް ޟިރާރު ބަލާލީ ދަންނަ މީހަކު ފެނުނުހެން ހީވުމުންނެވެ.

*** *** *** *** *** ***

ކާރުގައި އިން އިރުވެސް އަޒީމް ދިޔައި ފޯނުން މެސެޖް ކުރަމުންނެވެ. އޭނާގެ ލޯބިވާ އަނބިމީހާ ފުރައިގެން ރަށަށް ދާން އުޅޭތީ އެކަމާ ދެރައެއް ވާހެންވެސް ހީނުވެއެވެ. އިރުއިރުކޮޅުން އަޒީމްގެ ހަރަކާތްތަކަށް ބަލަން މަންޝާ އިނީ އަޖައިބުވެ އަންތަރީސްވެފައެވެ.

މަންޝާ އެދުނު ހިސާބަށް ކާރު މަޑުކުރުމުން ކާރަށް މަންޝާ ފައިސާ ދެއްކީ އަޒީމަށް ވާނުވާ ނޭނގޭހާލުގައި އިނުމުންނެވެ. ކާރުން ފޭބުމަށްފަހު މަންޝާގެ ލަގެޖްތައް ނެގުމަށްވެސް ކައިރިވީ މަންޝާއެވެ. އަޒީމް ކާރުން ފޭބުމަށްފަހު އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އޭރުވެސް މެދުކެނޑުމެއްނެތި މެސެޖްކުރަމުން ދިޔައެވެ. ކާރު ދުއްވަން އިން ޑްރައިވަރަށް މަންޝާ އުޅޭ ހާލުފެނި، މަންޝާއަށް އެހީވާން އޭނާ ޓެކްސީއިން ފޭބިއެވެ. އަޒީމާ ދިމާއަށް ޓެކްސީ ޑްރައިވަރު ބަލާލީ ނުރުހުމުގެ ލޮލަކުންނެވެ. ފޮށިތައް ދުވާރުމަތީ ބެހެއްޓުމަށްފަހު މަންޝާ ހިންދެމިލިއެވެ. އޭނާގެ ފޯނުން މުނީރާއަށް އަވަހަށް ގުޅާލީ ފުރާ ގަޑި ކައިރިވެފައި ވާތީއެވެ.

ޟިރާރު ކުރިމައްޗަށް މަޑުކުރި ޓެކްސީއިން ފޭބީ އަޒީމާއި މަންޝާއެވެ. އެ ދެމަފިރިން ފެނުމުން އެމީހުންގާތަށް ޟިރާރު ދިޔައީ ހާލުއަހުވާލު އޮޅުން ފިލުވާލާށެވެ. ސިހިފައި އަޒީމް ފަހަތް ބަލާލީ މީހަކު އޭނާގެ ކޮނޑުގައި ހިފުމުންނެވެ. ޟިރާރު ފެނުމުން އަޒީމް ހިނިތުންވެލަމުން މިތާ ކީއްކުރަނީތޯ އަހާލިއެވެ.

“ބޭބޭ މިއައީ ރައްޓެއްސަށް ފުރާހެދި… މިކޯ ރިޔާޒް ތެބެއެއި ނަގާ… އަޒީމްމެން އީދަށް ކޮންތާކަށް އޭއް ތިހިނގަނީ… ކޮބާ، ދެކުދިން ކެހެނެކަށް؟… ރަނގަޅައި؟…” (ބޭބެ މިއައީ ރައްޓެއްސެއް ފުރާތީ… މިހާރު ރިޔާޒް އެބަ އާދޭ ބަލާ… އަޒީމްމެން އީދަށް ކޮންތާކަށް ދާން ތިއުޅެނީ… ކޮބާ ދެކުދިން ކިހިނެއްތަ؟… ރަނގަޅުތަ؟…) ޟިރާރު ވާހަކަ ދެއްކީ އަޒީމްގެ ބުރަކަށީގައި ފިރުމަމުންނެވެ.

“ހާން.. ރަނގަޅަ… މަންޝާ ފުރުވާށް އާއްސެއި މިހިށީ… އަވަ ނިއެން…” (އާން ރަނގަޅު… މަންޝާ ފުރުވަން އައިސް މީނީ…. އަހަރެން ނުދަން…) މަންޝާއަށް އިޝާރާތްކުރަމުން އަޒީމް ވާހަކަދެއްކިއެވެ. ދުރުދުރުން އެމީހުން ތިބި ދިމާއަށް އަންނަމުން ދިޔަ މުނީރާމެންގެ އާއިލާ ފެނުމުން މަންޝާ އެމީހުންނާ ދިމާއަށް އަތް ހަނާ އެޅިއެވެ.

“އެހެނާ؟… މަންޝާ ކޮން ރަށަށް؟… މަ ހީކެރީ މާލެ ކޫދަކާ ކަމަށް….” (އެހެންތަ؟.. މަންޝާ ކޮންރަށެއް؟… މަ ހީކުރީ މާލެ ކުއްޖެއް ކަމަށް…) ޟިރާރަށް އެހެން ބުނެވުނު އިރު އެމީހުން ކައިރިއަށް ސައިކަލުގައި ރިޔާޒް އައިސް މަޑުކުރިއެވެ. މަންޝާ ފުރަން އުޅޭކަން އެނގުމުން މަންޝާއާ ރިޔާޒް ސަލާމް ކޮށްލިއެވެ. ސައިކަލަށް ޟިރާރު އަރާ ހަމަޖެހިލިތަނުން އަޒީމްގެ އަތުގައި އޮތް ފޯނުން ނަޒަރު ދުރުކޮށްލަމުން ޟިރާރު ކުރި ސުވާލަށް އަޒީމް ޖަވާބު ދިނެވެ. “މަންޝާއޭ ކާށިދޫ ކޫދަށް…” (މަންޝާ އެއީ ކާށިދޫ ކުއްޖެއް….)

އަޒީމްގެ ޖަވާބު އަޑު އިވުމުން ޟިރާރު ހުއްޓުން އެރިއެވެ. މަންޝާގެ މޫނަށް ފުން ނަޒަރަކުން ޟިރާރު ބަލާލިއެވެ. ޟިރާރު ބަލައި ރިޔާޒް އައީ އާމިނަ ގާތުގައި ހުރެފައި ކަމުން އެމީހުންނަށް އެތާ ގިނަވަގުތު މަޑުކުރެވޭކަށް ނެތެވެ. ހޮސްޕިޓަލުގައި އާމިނަ މިވަގުތު އޮންނާނީ އެކަންޏެވެ. އެހެންކަމުން ރިޔާޒް ސައިކަލު އަނބުރާލީ ހޮސްޕިޓަލާ ދިމާއަށް ދާށެވެ. މަންޝާއާ ދިމާއަށް ބަލަންއިން ޟިރާރަށް މާޒީގެ ދުވަސްތަކުން ދުވަހެއް ސިފަވާހެން ހީވިއެވެ.

“މަންޝާ….” މީހަކު ގޮވާލި އަޑު އިވުމުން މަންޝާ ބަލާލިއެވެ. މުނީރާމެންކަން އެނގުމުން މަންޝާ އެމީހުންނާ ކުރިމަތިލީ ހެވި ދިލިފަ ހުރެއެވެ. އަމާނާ އީމާން އައިސް މަންޝާގެ ދެފަރާތުގައި ހުއްޓެމުން މަންޝާއާ އެމީހުންގެ އިސްކޮޅު ޖައްސާލިއެވެ.

“އޯ މޭން… ޝީޒް ސްޓިލް ޓޯލާ ދެން އަސް….” އެކުދިންގެ ބޮލުގައި ފިރުމާލުމަށްފަހު ހިނިތުންވަމުން މުނީރާގެ މޫނަށް މަންޝާ ބަލާލިއެވެ. ނަމަވެސް ހަސަނާ މުނީރާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.

މުނީރާގެ ފަހަތުގައި ފޯނާ ކުޅެންހުރި އަފްނާނު ފެނުމުން މަންޝާ އޭނައާ ގާތްވެލަމުން ވާހަކަ ދެއްކިއެވެ. “ހެއި އަފޫ… މިހާރު ބޮޑުކަންދޯ… ބުރުގާ އެޅީ ކޮންއިރަކު؟… އަޅޭ.. ވަރަށް ލޯބި މިހާރު… ހުސް ކަޅު ހެދުންތަ ލަނީ….”

އަޒީމްގެ ހަރަކާތް ހުރިގޮތުން މަންޝާ ހުރީ ދެރަވެފައެވެ. ނަމަވެސް އެކަން ހާމަކުރަން ބޭނުންނުވާތި މަންޝާ ވާހަކަދެއްކީ ހިނިތުންވަމުންނެވެ. ހިތުގެ އުދާސްތައް މޫނުމަތިން ފާޅުވެދާނެތީއެވެ. ހިނިތުންވުމެއް ރައްދުކޮށްލަމުން އަފްނާނު ވާހަކަ ދެއްކިއެވެ. “ދޮނާ ހީވަނީ ބިސްބުރިއެއް ހެން… އޭޒް އޯލްވޭޒް ޔުއާ ކިއުޓް…” މަންޝާއާ އަފްނާނާ ވާހަކަ ދައްކަމުން މުނީރާމެންނާ ދުރަށް ޖެހިލިއެވެ.

“ދެންމެ މިތާ މަންޝާމެންނާ ވާހަކަދައްކަން ހުރީ ޟިރާރު ދޯ!…. އަނެއްކާ މަންޝާ އެއީ ކާކުކަން އޭނާއަށް އެނގޭނެތަ؟…” މުނީރާގެ ކަންފަތްދަށަށް ކައިރިވަމުން ހަސަނު ވާހަކަ ދެއްކީ އެހެންމީހަކަށް އަޑު ނީވޭނެހާ މަޑުންނެވެ.

އަފްނާނާ ވާހަކަ ދައްކަން ހުރި މަންޝާ، މޭނުބައި ކުރަން ފެށުމުން ޖިންސު ޖީބުގައި އޮތް ސުޕާރި ޕެކެޓް ނަގާ އަނގަޔަށް ހުސްކޮށްލިއެވެ. އޭނާގެ ނިތްކުރިމަތިން އޮށްދާ ހިއްލަމުން ދިޔައެވެ. މަންޝާ ހޮޑު ނުލާން މަސައްކަތް ކުރަމުން ދިޔައިރު އަޒީމް ހުރީ ދުރުގައި ފޯނުން ވާހަކަ ދައްކާށެވެ. އަޒީމް އެހުރީ އެ އަންހެން ކުއްޖާއަށް ގުޅައިގެން ކަން މަންޝާއަށް އެނގުމުން ލޮލަށް ކަރުނަ ޖަމާވިއެވެ.

ކާނުގަނޑު ކައިރީ ހައްދާފައިވާ ގަސް ބުޑަށް މަންޝާ ގުދުވީ އެނާއަށް ދެން ކެތް ނުކުރެވޭނެކަން އެނގުމުންނެވެ. މަންޝާ ހޮޑުލާން ފެށުމުން އަފްނާން އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި މުނީރާއަށް އަތްހަނާ އަޅަމުން އެތަނަށް އައުމަށް ގޮވާލިއެވެ. ބޯޓަށް ފޮށިތައް އަރުވަން ހަސަނު އަވަސްވެގަތެވެ. އަޒީމް ފޯނުގައި ހުރުމުން މަންޝާގެ ފޮށިތައްވެސް ބޯޓަށް އެރުވީ ހަސަނެވެ.

ފެންފޮދަކުން ކޯ ދޮވެލުމަށްފަހު މުނީރާ ދިއްކޮށްލި ބޭސްގުޅަ އަނގަޔަށް ލިއެވެ. ފެންފޮދެއްގެ އެހީގައި މަންޝާ އެ ގުޅަ ދިރުވާލިއެވެ. “ދަތުރު ދާ ވާހަކަ ބުނީއްސުރެއް މި އުޅެނީ ބޯ އަނބުރާ ހޮޑުލަވާތީ….” އުނަގަނޑުގައި އަތް ވިއްދާލަމުން މަންޝާ ވާހަކަ ދެއްކީ ވަރުބަލި ގޮތަކަށެވެ. މަންޝާގެ ބުރަކަށީގައި މުނީރާ ފިރުމާލިއެވެ. އެވަގުތު މަންޝާ ބަލާލީ އަޒީމާ ދިމާއަށެވެ. އަޒީމް ހުރީ ފޯނެއްގައެވެ. ފޯނުގަ ހުރެގެން ހިނގަމުން ހިނގަމުން އޭނާ ގޮސްހުރީ މަންޝާމެން ތިބި ހިސާބާ ތަންކޮޅެއް ދުރުގައެވެ.

ބޯޓަށް ފޮށިތައް އެރުވުމަށްފަހު ހަސަނު އައިސް މުނީރާމެން ކައިރިއަށް ހުއްޓެމުން ދޯންޏަށް އަރަން ހިނގާށޭ ބުނެލިއެވެ. މުނީރާ ހުރީ އަދިވެސް އަޒީމާ ދިމާއަށް ބަލާށެވެ. “އެސޮރު ހާދަ ފަރުވާ ކުޑައޭ… ގައިމު ހަސަނުދޯ ފޮށިތައްވެސް އެރުވީ.. އެންމެ ކުޑަމިނުން މަންޝާ ހޮޑުލި އިރުވެސް މިހިސާބަށް އަންނާކަށް ނޭނގުނުވިއްޔާ… އަނެއްކާ ދެކުދިން މައްސަލައެއް ޖެހުނީތަ؟…” މުނީރާ ވާހަކަ ދައްކަމުން މަންޝާ ގާތު އަހާލިއެވެ.

އަޒީމްގެ ހަރަކާތް ހުރިގޮތުން މުނީރާއަށް ކަމެއް ރޭކާލައިފިކަން މަންޝާއަށް ކަށަވަރުވިއެވެ. އެމީހުންނަށް ހީވާހީވުން އޮޅުވާލަން މަންޝާ ބޭނުންވިއެވެ. “އޭނަ ވަރަށް ބުރަކޮށް އެ އުޅެނީ… އޮފީހުން ފޯނެއް އައިސްގެން އެހުރީ… އަހަރެން ފުރަންޖެހޭތީ މިތަނަށް އެއައީވެސް އޮފީސް މީޓިންގްް ކެންސަލް ކޮށްފަ…” އަޒީމާ ދިމާއަށް ބަލަންހުރެ މަންޝާ ވާހަކަދެއްކީ ވަރަށް ހަމަޖެހިގެން ހުރެއެވެ. އަޒީމް ދިފާއުކުރަން ބޮޑު ދޮގެއްވެސް ހަދާފައެވެ.

“އާން ހިނގާ ދޯންޏަށް އަރަން… މިހާރު ނާރައިފިއްޔާ ރަނގަޅު ދިމާލަކުން ތަނެއް ނުލިބޭނެ…” ހަސަންބެ އެހެން ބުނަމުން ކުރިއަށް ހިނގައިގަތީ އަމާނާ އީމާންމެން އަތުގައި ހިފައިގެންނެވެ. “ބައްޕާ މަތީ ބަޔަށް ދޯ އަރާނީ….”

“ހަސަނާ… އަހަރެން އޮންނާނީ އަމާނާ އިމާން ކައިރީ.. އެ ސޮރުމެން ވަރަށް ހޮޑުލާނެ… މަންޝާވެސް ހޮޑުލާނެ.. ހަސަނު އެމަންޖެއަށް ބަލައްޗޭ…” މުނީރާ ވާހަކަ ދެއްކީ ހައުސްކޯޓު ގަނޑު އަތުން އަރުވާ ޖަހަމުންނެވެ. ދޯންނަށް އަރަން ފިޔަވަޅު ނަގަމުން އަފްނާނު ކޮބާތޯ އަހާލިއެވެ. މުނީރާގެ ފަހަތުން އަފްނާން ދޯންޏަށް އެރިއެވެ. އޭރު ފަސްއެނބުރި އަޒީމާ ދިމާއަށް މަންޝާ ބަލާލިއެވެ. ނަމަވެސް އެހިސާބުން އަޒީމް ފެންނާކަށް ނެތެވެ.

އެ ދޯންޏަކީ ޑެގް އަޅާފައިވާ ދޯންޏެކެވެ. މަންޝާމެންނަށް މަތީ ބައިން ޖާގަ ލިބުނެވެ. މައްޗަށް އަރާ އަޒީމް ފެނޭތޯ މަންޝާ ބަލާލިއެވެ. އޭރު މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އަޒީމް ދާތަން ފެނުނެވެ. ފުރުމުގެ ކުރިން ސަލާމް ކޮށްލަންވެސް ހިތަށް ނޭރިތާ އަތްހަނާ އަޅާލަންވެސް އަޒީމަށް މަޑު ނުކުރެވުނީ ހެއްޔެވެ. އަޒީމްގެ ފަރުވާކުޑަ ކަން ފެނި އިންތިހާއަށް މަންޝާ ދެރަވިއެވެ. ދެލޯ ފިއްތާ ބާރުކޮށްލަމުން ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލިއެވެ. މޫނުގައި ދެއަތް ހާކާލުމަށްފަހު މަންޝާ ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މުނީރާމެން ތިބި ދިމާއަށް ގޮސް އިށީނެވެ.

*** *** *** *** *** ***

ރިޔާޒާ އެކީ ސައިކަލުގައި އަޒީމް މިސްރާބު ޖެހީ ހުޅުމާލެ ފެރީ ޓަރމިނަލް އަށެވެ. ރިޔާޒް އެތަނަށް އައީ އަޒީމް އޭނައަށް ގުޅާފަ ބަލާ އައުމަށް އެދުމުންނެވެ. ސައިކަލުން ފޭބުމަށްފަހު ރިޔާޒަށް ޝުކުރުއަދާކުރިއެވެ. ރިޔާޒް ސައިކަލުގައި ދިޔުމުން އަޒީމް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ޓަރމިނަލް ބޭރުގައި އަޒީމްގެ އިންތިޒާރުގައި ޒޭބާ ހުރިތަން ފެނުނެވެ. ހަލުވި ހިނގުމެއްގައި ގޮސް ޒޭބާ ގާތަށް އަޒީމް ހުއްޓުނެވެ. ޒޭބާ ލައިގެން ހުރީ ޖިންސަކާއި ޓޮޕެކެވެ. ވަރަށް އާދައިގެ ގޮތަކަށް ރީތިވެގެން ހުރިނަމަވެސް އަޒީމަށް ހީވަނީ އެއީ ޕަރީއެއް ހެންނެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. އަޒީމާ ޒޭބާ އެރީ އެހިސާބަށް އައިސް ހުސްވި ޓެކްސީއަކަށެވެ.

ޓެކްސީ މަޑުކުރީ އަޒީމް ދިރިއުޅޭ ގެ ހުންނަ ގޯޅިއަށެވެ. ގޭގެ އޮޅިގަނޑު ގިރާކޮށްފައި އަޒީމް އެތެރެއަށް ވަނެވެ. ނަމަވެސް ޒޭބާ ދޮރުމަތީ މަޑުކޮށްގެން ހުރީ އަޒީމްގެ ދައުވަތަށެވެ. ސިޑިއާ ހަމައަށް ގޮސް އަޒީމް ފަސްއެނބުރި ޒޭބާއާ ދިމާއަށް ބަލާލިއެވެ.

“ޒޭބާ… ކެހެނަކަށް ވެފެއި ތެހިށީ… މީ މަ ވޭނޑެއި ގެ… ބައި އެތެރަށް…ވައިފް ރަށަށް އެބެގެ…” (ޒޭބާ… ކިހިނެއްވެފަ ތިހުރީ… މީ އަހަރެން އުޅޭ ގެ.. އާދޭ އެތެރެއަށް… ވައިފް ރަށަށް ގޮއްސި….)

އެގޭ ތެރެއަށް ޒޭބާ ވަނީ ވަށައިގެންވާ ތަކެއްޗަށް ބަލަމުންނެވެ. ޒޭބާގެ ހަރަކާތް ހުރިގޮތުން އަލަށް ތަނަކަށް އާދެވުނީމަ އުޅޭގޮތް ފާހަގަވިއެވެ. އަޒީމް ގާތަށް ހިނިއައެވެ.

“ބައި މައްތަށް… އަފިރިން ވޭނޑެނީ މައްތެއް…” (އާދޭ މައްޗަށް…. އަހަރެމެން އުޅެނީ މަތީގަ…) ޒޭބާއަށް މައްޗަށް އަންނަން އިޝާރާތްކުރުމަށްފަހު ޖީބުން ނެގި ތަޅުދަނޑި ފަތިން އެޕާރޓްމަންޓުގެ ތަޅު ހުޅުވާލިއެވެ. ގޭތެރެއަށް ވަދެ ޒޭބާ ވަށައިގެން ބަލާލިއެވެ.

“އޯއި… މިތެއި ވޭނޑެނީ މާއި ވައިފްއެއި އެކަނި… އިތިރި މީހެއް ނިވޭނޑޭހެއް… ޒޭބާ ހީވެނީ މީހަކާށް ފެނިއޭނެތި ވޭނޑޭހެން…” (އޭއި… މިތާ އުޅެނީ އަހަރެންނާ ވައިފާ އެކަނި.. އިތުރު މީހަކު ނޫޅޭނެ.. ޒޭބާ ހީވަނީ މީހަކަށް ފެނިދާނެތީ އުޅޭހެން…) ޒޭބާގެ އުނަގަނޑުގައި ހިފާ އަޒީމާ ކައިރިކޮށްލިއެވެ. ޒޭބާގެ ދެއަތް އަޒީމްގެ ކޮނޑުމަތިން ވަށާލަމުން ހިނިގަނޑެއް ޖަހާލިއެވެ.

” މިކޯ ޒޭބާއަށް ގަބޫލު ކެރަވިގެ އަޒީމް މިކަމާއި ސީރިއަސް ކަން… އޯ ބޭބީ… ކޮންކަލަކި މެރީ ކެރާނެއި… ” (މިހާރު ޒޭބާއަށް ގަބޫލު ކުރެވިއްޖެ އަޒީމް މިކަމާ ވަރަށް ސީރިއަސް ކަން… އޯ ބޭބީ.. ކޮން އިރަކު މެރީ ކުރާނީ…) ޒޭބާ ތުއި ވެލަމުން ބުނި ޖުމްލައިން އަޒީމްގެ ސިކުނޑީގައި ރިއްސާލިއެވެ.

*** *** *** *** *** ***

ދަތުރަށް ތައްޔާރުވެގެން އައި އިރު ބާލީހާ ގައިމަތީ އަޅާ ފޮތިގަނޑު ގެންނާކަށް މަންޝާ ހަނދާނެއް ނުވިއެވެ. އެހެންކަމުން މުނީރާ ގެނައި ތަންމަތި ބޮނޑިން ބާލީހެއް މަންޝާއަށް ދިއްކޮށްލަމުން މުނީރާގެ ދެފަރާތަށް އޭނާގެ ދެފިރިހެން ދަރިން ބާއްވައިގެން އޮށޯތެވެ. މަންޝާ އިނީ އިށީނދެގެންނެވެ. އޭނާގެ ލޮލަށް ނިދި ނާންނާނެކަން އެނގޭތީއެވެ. ދޭތެރެއަކުން ފޯނަށް ބަލާލެވެނީ އަޒީމްގެ ކޯލެއް އައިސްދާނެހެން ހީވާތީއެވެ.

ދޯނީގެ ދެފަރާތުގައި މީހުން އޮށޯވެގެން ތިބީ ވަޅޯމަސްތަކެއް އަވީލާފަ ތިބި ބީދައިންނެވެ. އިންޖީނު ސްޓާޓް ކޮށްލީ މާލެ ފަޅުން ދޯނި ނެރޭށެވެ. އެވަގުތު ހަސަނު އައިސް މަންޝާ ގާތު އިށީނެވެ. ހެޑްސެޓް ޖަހައިގެން އިން އަފްނާނު ދިޔައީ ވަގުވަގަށް ހަސަނުގެ ހަރަކާތްހުރިގޮތް ބަލަމުންނެވެ. ނެރުން ބޭރަށް ނުކުތުމަށްފަހު ދޯނީ އޭގެ ހަލުވި ސްޕީޑްގައި ދުއްވާލިއެވެ.

“މަންޝާ ތިހެން ނީނދެ އޮށޯވެބަލަ… ކޮޅަށް ހުންނަންޏާ ބޯ އަނބުރާނެ…” ދޯނި ކޮންމެވެސް ވަރަކަށް ހަލުވާލުމުން އޮށޯވެގެންއޮތް މުނީރާ ބޯ ހިއްލާލަމުން ވާހަކަ ދެއްކިއެވެ. އިތުރު ބަހަނާއެއް ނުދައްކާ މަންޝާ އޮށޯތީ އޭނާގެ ބޮލުގައިވެސް ރިއްސާތީއާ އެކީގައެވެ. ގާތުގައި އިން ހަސަންބެ ހުރީ ފޯއް ކޮތަޅެއް ހިފައިގެން ދުފާލަދުފާލައެވެ. ހަސަންބެ ވަށްކަޅިން މަންޝާއާ ދިމާއަށް ބަލާގޮތް މަންޝާއަށް ފާހަގަވިއެވެ. އޭނާގެ ހިތުގެ ވިންދު ދިޔައީ ފަހަރެއް ފަހަރެއް އަވަސްވަމުންނެވެ. އިންޖީނުގެ ބޫން އަޑުގެ ތެރެއިންވެސް މަންޝާގެ ހިތުގެ ވިންދުގެ އަޑު އޭނާއަށް އިވެއެވެ. ދެން ވާނެ ގޮތަކާއި މެދު ވިސްނާލަމުން މަންޝާ އޭނާގެ ލޯ މަރާލިއެވެ.

މުނީރާގެ ފަޔާ ދިމާލުގައި ހުރަހަށް އަފްނާނު އޮށޯވެލީ ފޯނާ ކުޅޭށެވެ. ދޭތެރެއަކުން މަންޝާއާ ހަސަނާ ދިމާއަށް ބަލާލެވޭނެ ހެން އޭނާ އޮތީ ބަނޑުންނެވެ. ދޯނި ދުއްވާތާ ގަޑިއިރެއް ވީފަހުން ދޯނީގައި ދިއްލާފައި ހުރި ހުދު އަލީގެ ބޮކި ނިއްވާލުމަށްފަހު ފަނޑު ނޫ ކުލައިގެ ބޮތްކެއް ދިއްލާލިއެވެ. ހަސަނުމެން ތިބި ހިސާބަށް މާ ބޮޑު އަލިކަމެއް ނުލިބެއެވެ. ހަސަނުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެތައް ދުވަހަކަށްފަހު ހިތަކަށް މަންޝާ ގައިގާ ބީހިލަން ފުރުސަތު ލިބުމުންނެވެ. މަންޝާއާ އަމާނާ ދޭތެރޭ ހަސަނު އޮށޯތީ ވަރަށް ހަމަޖެހިގެން ހުރެއެވެ. ހަސަނު އަތުގައި އޮތް ރަޖާގަނޑު ނަގާ މަންޝާގެ ގައިމަތީގަޔާ އެކީ އަޅާލިއެވެ.

މުނީރާއަށް ނިދުނުކަން ހަސަނަށް ޔަގީންވީ މަޑުމަޑުން އޭނާ ގުގުރިދަމަން ފެށުމުންނެވެ. ރަޖާގަނޑުގެ ތެރެއިން މަންޝާގެ ގައިގައި ހަސަނު ފިރުމަން ފެށީ މަޑުމަޑުންނެވެ. ހަސަނުގެ އަތް ދުރުކުރަން އަތުގެ އުޅަބޮށިން ހަސަނުގެ އަތް ދުރަށް މަންޝާ ކޮށްޕާލައެވެ. ދެލޯ މަރައިގެން އޮތް މަންޝާއަށް މިހެން ވާނެކަން އެނގިފައިވާ ކަހަލައެވެ. ހިމޭނުން އޮންނަން މަންޝާ ވަރަށް މަސައްކަތް ކުރިއެވެ. ލައިގެން ހުރި ކުރު ޓޮޕްކޮޅުގެ ތެރެއަށް ހަސަނުގެ އަތް ދަތުރު ކުރަމުން ދިޔައެވެ. މަންޝާގާތަށް އަންނަމުން ދިޔަ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަތުގެ އިނގިލިތައް ބާރުކޮށް މުށްކަވާލެވުނެވެ. މި ދޯނީގައި ރަށުގެ ގިނަ ބަޔަކު ތިބުމުން މަންޝާ ފަސްޖެހޭ ގޮތްވިއެވެ. އެމީހުންނަކީ މަންޝާއަށް މަލާމަތްކުރި މީހުންނެވެ. ރަށްމެދަށް ވިހާފައިވާ ކުއްޖެއް ކަމުން ރަށުތެރޭގައި އޭނާ ހުންނަނީ ބާކީ ކޮށްލާފައެވެ. މިއަދު އެމީހުންގެ ހިމާޔަތެއް ލިބޭނެކަމަކަށް މަންޝާ ގަބޫލެއް ނުކުރެއެވެ.

ރަޖާގަނޑު ދަށުން މަންޝާގެ އަތުގައި ހަސަނު ހިފާލިއެވެ. މަންޝާގެ އަތްތިލަހުރީ ދާހިއްލާ ފިނި ވެފައެވެ. ހަސަނުގެ ފަޓުލޫނު ޒިބުމަތީ މަންޝާގެ އަތްބާއްވަމުން އޭނާ ހަމަޖެހިލީ މަންޝާއަށް ކަމެއް ހަވާލުކޮށްފައެވެ. ހަސަންބެ އެބުނަނީ ކީއްކުރަންކަން މަންޝާއަށް އެނގުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހިމޭނުން އޮންނާކަށް މަންޝާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް މަންޝާ ތެދުވީ އަނގަމަތީގައި އަތް އަޅަމުންނެވެ. ހަސަނު ހައިރާންކަމާއި އެކު ކިހިނެއްތޯ ވީ ސުވާލު ކޮށްލީ ތެދުވެ އިށީންނަމުންނެވެ.

އެއްޗެކޭ ބުނަން އަނގަހުޅުވަމުން އިސްއުފުލާލި ވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން އިން އަފްނާން ފެނުމުންނެވެ. މަންޝާ ހިން ދިރުވާލީ އަފްނާނަށް ދެންމެ ވީ ކަންތައް އެނގުނީކަމަށް ހީކޮށެވެ. އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ކިޔަންއުޅުނު އެއްޗިހި ހަނދާންނެތުނު ކަހަލައެވެ. މިކަމުގައި މަންޝާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ބޭނުންވިއެވެ.

މަންޝާ ގާތަށް އަފްނާން ލެފިގަތީ އެދެމީހުންނާ ދިމާއަށް ބަލަން އިނުމަށް ފަހުގައެވެ. ސުވާލު މާރކެއް ޖަހައިގެން އަފްނާނާ ދިމާއަށް ހަސަނު ބަލަން އިނެވެ. މަންޝާވެސް އިނީ ދެންވާނެ ގޮތަކާއި މެދު ވިސްނާށެވެ. އެކަކަށްވެސް ބަހެއް ބުނާކަށް ނުކެރުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ދޭނަން ހިތާ ޖާނާ (11)

Next

އިންތިޒާރުގައި ހުރިން… 12

Next
June 30, 2016

އިންތިޒާރުގައި ހުރިން… 12

Previews
June 30, 2016

ދޭނަން ހިތާ ޖާނާ (11)

24 Comments!

  1. Saande says:
    June 30, 2016 at 8:34 pm

    Varah salhi.. Waiting for nxt prt

  2. Loabi waiting love ya missing u shaax says:
    June 30, 2016 at 8:38 pm

    Rau

  3. shiff ❤ says:
    June 30, 2016 at 8:48 pm

    wooowww!!!!afnan ah kihine mivany!!!mansha nikan hassnbe moonumathy jahaabala ethifahare… waittin to read next part

  4. Ahmed Ammu says:
    June 30, 2016 at 8:50 pm

    V salhi ?

  5. kk says:
    June 30, 2016 at 9:21 pm

    jibaan kobaa

  6. ken? says:
    June 30, 2016 at 10:04 pm

    kobaatha zibaan…huvaa mibuny mi hasanu athu jehijiyyaa zibu fihthaalaanan…vareige meehei…???

    1. aff says:
      June 30, 2016 at 11:12 pm

      hehehe ken… so funny ???? cmnnt kiyaafa varah hevihje..???

  7. Mary says:
    June 30, 2016 at 11:06 pm

    i am wondering.. afnaan kihi ehba hadhaanee….
    ??? hassanbe innaanee fithifa dhw

  8. Arw says:
    June 30, 2016 at 11:40 pm

    Mansha ehen chance eh libunyma dhen jeheyny hasanah hey aruvaalanshey… Hihihi Manama hifi hifynun aburaaleemus…

    1. hassanbe says:
      July 1, 2016 at 12:11 am

      thi ulheny hifaa hithun aru. anburaalaanamey kiyaafa. nuves anburaane.

  9. sal says:
    July 1, 2016 at 3:16 am

    Vahaka thankolheh sexy kohlaba shax… its 18+ afterall 😉 need more passionate scenes 😉

  10. gurey says:
    July 1, 2016 at 8:48 am

    hAssaNaa ?. rasHah nudhEvenEEs thihAa. aru vaaKah NuvaNehNu. sAaBas. this stOry iS geTTing beTTer n BeTTer. ???? ziBAAn dhaKKaa nuLeeMa maSSala akEE.. miSS u ziBAAnoOOo ?

  11. anoo says:
    July 1, 2016 at 10:10 am

    Hasanbe haadha forigadhaey dhw. Zibaan innaane sirrun balan……Think mansha fahathun zibaan rashah dhaane nd they clox V nice story

  12. Sihaa says:
    July 1, 2016 at 11:07 am

    V reethi. Mansha haadha nukereye dhw nikan hasanbe ah heyaruvaalaba…

  13. MADDY says:
    July 1, 2016 at 11:09 am

    alheyy azeem kihineytha thi ulhenee

  14. mansha says:
    July 1, 2016 at 11:28 am

    afnan bunaany kykey. where da hell is zibaan. cum n save me from this rascal.

  15. hell says:
    July 1, 2016 at 5:00 pm

    mi dhn kihaa dhera vehjje kameh hassanaa??? thi dhn thankolheh boduvaru dhw.. afoo bust kohllaba. zibaan manshaa save klohbba. huvaa mibuny mamee mansha nama e hassanu hey aruvaalaanan. fakuru myhaa. thimaage umuruge myhunna eky hadhan ulheba.

  16. hell says:
    July 1, 2016 at 5:06 pm

    dhn mi azeem vex ulhey vahtthareh. huh.. v foohivey.. mee ey mi firihenun ulhey vahttaraky. thanakun anhen kuhjjeh fenna irah dhn… liraaru eii mansha ge dad tha??? mansha hasanbe ge foakuga hifaa nolhaalaba. anehkka sai thahtteh foakuge mahchah vereyne nama maa rangalhu vees. hasanaa kaley muneeraa aai eky hedhi varu madhee tha?? dhn thihaa beynumiyya munyraa kairy bunebr adhi..

    1. mesw says:
      July 1, 2016 at 8:38 pm

      aan dhw hurihaa firihenun ves ulhenee hama mihen

  17. whaaat says:
    July 1, 2016 at 7:48 pm

    ehaaves reethi vaahaka eh dhw… but reader buni roadha mahu one episode ey vaanee.. kehkollaa kiyan. eynumiyyaaa…. mee imthihaaneh … ????

  18. nunnu says:
    July 1, 2016 at 8:12 pm

    Ziban ge aiy baahvaalabala hasanu zibu mathy.vaa gotheh engidhaane.ma me mansha nama githeyo miruheh ge varu dhakkaalaanan.

    1. hell says:
      July 1, 2016 at 9:21 pm

      hahahaaha.. thythi salhi ey…

  19. heven says:
    July 1, 2016 at 11:05 pm

    Hahahhahahahhahahhahhahahahhahahah

  20. Yo says:
    September 10, 2016 at 8:36 pm

    Hehe

Comments are closed.

Next Episodeމަންޝާ (ހަތާވީސްވަނަ ބައި)←


All Right Reserved!