Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ފައްސަވީސްވަނަ ބައި)

Mysterious Angel Level 110 Stories100 Comments
June 21, 2016 6 Mins Read
19 Comments

ޝާޔަލްގެ ބަސްތައް އަބަދާއި އަބަދު ކަންފަތުގައި ގުގުމަމުންދިޔައެވެ. އޭނަގެ ހިތާމައިގެ ތަސްވީރެއްފަދަ މޫނު ލޯމަރާލާއިރަށް ސިފަވަމުންދިޔައެވެ. އެއީ ޙަޤީޤަތެއް ހެއްޔެވެ؟ ނޫނީ އަހަރެންގެ ސިންޕަތީ ހޯދަން އޭނަ މޮޅު ސްޓޯރީއެއް ޖެއްސީބާއެވެ؟ އޭނަގެ މޫނުމަތިންނާއި އެދެލޮލުން އޭނަދެއްކި ވާހަކަތަކަކީ ތެދެއްކަމަށް ހެކިދެއެވެ. ނަމަވެސް ސިކުނޑި އެކަމާ އެއްބަސްނުވެގެން މިއުޅެނީ ކީއްވެހެއްޔެވެ؟

“ހަލޯ.. ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ.. އަހަރެން މިފޮނުވާ ކުއްޖާގެ ހުރިހާ ޑީޓެއިލެއް ވީހާވެސް އަވަހަކާއި ފޮނުވާދީބަލަ..” ކަމުގެ ޙަޤީޤަތް ބަލަން އަހަރެންނަށް އިންތިޒާރެއް ނުކުރެވޭނެއެވެ. ޙާލަތުގެ ގޮތުން ޝާޔަލްގެ އާއިލާގެ މީހަކާއި ސުވާލުކުރެވޭކަށް ނެތެވެ. ދެން އަހަރެންނަށް ބޭނުންވާ މައުލޫމާތު ލިބެނީ ޝާލީގެ ފަރާތުންނެވެ. ވަގުތުން ޝާލީގެ ނަންބަރަށް ގުޅާލީމެވެ. ނަސީބަކުން ވަރަށް އަވަހަށް ފޯން ނަގައިފިއެވެ.

“ހަލޯ ތިއްތީ..” އޭނަގެ އަޑުގައި ހުރީ ނިދީގެ އަސަރެވެ.

“ޝާޔަލްގެ ހުރިހާ ކަމެއް ޝާލްއަށް އެނގޭތަ؟ މިބުނީ އޭނަގެ ކުޑައިރުގެ ހުރިހާ ކަމެއް؟” ވަގުތު ބޭކާރުނުކޮށް ސީދާ ޕޮއިންޓަށް ދިޔައީމެވެ.

” އޭރު ރަށުގަ ޝާލްމެންނާއެކީ އުޅެފަ އޭނަ ލަންކާއަށް ދިޔައީ.. އޭރު ޝައްނުގެ ދޮންތަ ބުނީ ޝާލް ކައިރީގަ އޭނަ ލަންކާއަށް ބަދަލުވި ވާހަކަ.. ފަހުން ދިމާވިފަހުން ޝައްނު ނުދައްކާ އޭނަގެ ޕާސްޓްގެ އެއްވެސް ވާހަކައެއް.. ބުނިހާވެސް އެއްޗަކީ މިހުރިހާ ދުވަހު އޭނަ އުޅުނީ ލަންކާގައޭ.. އިތުރަށް އެއްޗެއް އަހާއިރަށް އޭނައަށް ރޮވޭ އެހެންވެ އަހާކަށްވެސް ނުކެރޭ.. ތިއްތި އޭނަ ޕޭރެންޓުން އޭނައަށް ރަނގަޅެއްނޫންދޯ..” ކުއްލިއަކަށް ޝާލީ އެހެން އެބުނީ ކީއްވެ ހެއްޔެވެ؟

“ކިހިނެއްވީ؟ އޭނަ މަންމަމެން އެއްޗެއް ބުނީތަ؟” ހީކުރިވަރަށްވުރެވެސް ގިނަ ކަންތައްތަކެއްވެފައި އެބަހުއްޓެވެ.

“އެހެންވީމަ ދޯ އޭނަ އެހާ ދުވަސްދެން އެމީހުންނާ ދުރުގަ އުޅުނީ.. މަންމަ މަށަށް ކަންތައްކޮށްދޭތަން ފެންނައިރަށް އޭނަގެ ދެލޯ ކަރުނައިން ފުރޭ.. ވަރަށް ގިނައިން ބުނާނެ ޝާލްގެ މަންމަ ހާދަ ލޯބިވޭ ޝާލްދެކެ..” ބައެއް ދުވަސްދުވަހު ދިމާވެފައިހުރި ކަންތައްތައް އޭނަ ކިޔާދިނެވެ. އޭނަ ގާތު ނިދާށޭ ބުނަމުން އަހަރެން ފޯން ބޭއްވީމެވެ.

ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮވެ އަހަރެން ވިސްނަމުންދިޔައީމެވެ. ޝާލީ ދެއްކި ވާހަކައިންވެސް ޝާޔަލް އެދެއްކީ ތެދު ވާހަކަތައް ކަމަށް ހެކިދެއެވެ. އެކަމަކު މިވަރުން އަހަރެންނަށް ޔަޤީންކުރެވިދާނެ ހެއްޔެވެ؟ ޝާޔަންއާއި ބެހޭ ހުރިހާ މަޢުލޫމާތެއް ލިބުމުން ނޫނީ ގޮތެއް ނިންމާކަށް ނޭނގޭނެއެވެ. ކަންތައް ދިމާވެފައި އޮތް ގޮތުން ޝާޔަން މަރާލުމަށް އެކަށީގެންވާ ސަބަބެއް ޝާޔަލްގެ އެބައޮތެވެ. އޭނަގެ މައިންބަފައިންގެ ކިބައިން ބަދަލު ހިފުމަށް އޭނަ އެފަދަ ކަމެއް ކޮށްފާނެއެވެ. ނަމަވެސް އޭގެ ސަބަބުން އޭނައަށް ލިބެނީ ކޮންފައިދާއެއް ހެއްޔެވެ؟ ޝާޔަން މަރާލައިގެން އޭނައަށް ނުލިބުނު މައިންބަފައިންގެ ލޯބި ލިބޭނެކަމަށް އޭނަ ހީކުރިޔަސް އެއީ ކުށްހީ އެކެވެ.

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގައި އަހަރެން ހުރީ ހާމަކޮށް ފެންނަން އޮތް އުޑަށް ބަލަހައްޓައިގެންނެވެ. މެންދަންވަމުންދާތީ މަގުތަކުގައި ދުއްވާ އެއްޗެހި މަދެވެ. ކުއްލިއަކަށް އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑު އިވުމުން އަހަރެން ބަލާލީމެވެ. އޭރު ޖެހިގެންހުރި ބެލްކަނީގައި އަހަރެންނަށް ފުރަގަސްދީގެންހުރި އަންހެންކުއްޖަކު ފެނުނެވެ. އޭނަގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެމުންދިޔައެވެ.

“ހެޔޮ ނުވާނެ އަހަރެންނަށް ތިހެން ނަހަދާ.. އަހަރެން އެއްވެސް މީހަކަށް ގެއްލުމެއް ނުދެން..” އެއަންހެންކުއްޖާ އާދޭސްކުރަމުންދިޔއެވެ.

އެއަންހެންކުއްޖާގެ ކުރިމަތީގައި ހުރީ ކަޅުކުލައިގެ ކޯޓެއް ލައިގެންހުރި މީހެކެވެ. މޫނުވެސް ނިވާކޮށްފައިވުމުން އަންހެނެއްކަމެއް ނޫނީ ފިރެހެނެއް ކަމެއްވެސް ނޭނގެއެވެ. އެމީހާހުރީ އަންހެންކުއްޖާއާއި ދިމާލަށް ވަޅިއެއް ދިއްކޮށްގެންނެވެ. އޭރު އަންހެންކުއްޖާ ހުރީ ފަހަތަށް ޖެހެމުންގޮސް ރެއިލިންގެ ދަގަނޑުގައި ޖެހިފައެވެ. އެމީހާ އެއަންހެންކުއްޖާގެ ކުރިމަތީގައި ހުރީ ހިރިލާނެ ޖާގައެއްވެސް ނުލިބޭނެހާ ކައިރީގައެވެ. އަންހެންކުއްޖާގެ ކުޑަ ހަރަކާތަކުންވެސް އޭނަ ވެއްޓިދާނެއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް ތޫނު ވަޅީގެ ޝިކާރަޔަށް ވެގެންދާނެއެވެ. އެއަންހެންކުއްޖާ ސަލާމަތަށް އެދި އާދޭސް ކުރަމުންދިޔައެވެ. އަންހެންކުއްޖާއަށް ނޭނގި ފަހަތަށް ޖެހުނުތަނުން އޭނަގެ ހަށިގަނޑު ވެއްޓެއްއައެވެ. އަންހެންކުއްޖާގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. ބިންމަތީ އޭނަ ޖެހޭއިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް ޢޭނަގެ ގައިމަތިން ދިޔައެވެ. މުޅި ތަނަށް ލޭތައް ބުރަބުރައިގެން ދިޔައެވެ. އެވަގުތު ބިރުވެރި ހުނުމެއްގެ އަޑުން މުޅި ފަޒާ ގުގުމައިގެންދިޔައެވެ.

ގުގުރީގެ އަޑަށް ސިހިފައި ހޭލެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއްޖެހީއެވެ. މުޅި ކޮޓަރިތެރޭގައިވަނީ ކަނު އަނދިރިކަމެވެ. ގުގުރީގެ ސަބަބުން ކަރަންޓް ދިޔައީ ކަންނޭނގެއެވެ. ފޯނުން އަލިކޮށްލައިގެން ބޭރަށް ނިކުތީ އުއްބައްތިއެއް ފެނޭތޯއެވެ. މަންމަ އަބަދުވެސް ބަދިގޭގައި އުއްބައްތި ގެންގުޅޭނެއެވެ. މަޑުމަޑުން ބަދިގެއާއިދިމާލަށް މިސްރާބުޖެހިއިރު ދެންމެ ފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލެވުނެވެ. އަހަރެންނަށް އެފެނުނީ ޝާޔަން ހެއްޔެވެ؟ އޭނަ އަނިޔާވީ ހަމަ އެހެންބާއެވެ؟ މީގެ ކުރިން ފެނިފައިވާ ހުވަފެންތަކުގައިވެސް އެފެނުނީ ޝާޔަން ކަންނޭނގެއެވެ. ކޮންމެވެސް ނުރައްކަލަކުން އޭނަ ސަލާމަތްކޮށް ދިނުމަށްއެދި ކޮންމެ ފަހަރަކުވެސް އާދޭސް ކުރަނިކޮށް އެފެންނަނީ އޭރުއްސުރެ އޭނަ ނުރައްކަލެއްގެ ތެރޭގައިވީމަ ކަންނޭނގެއެވެ. ކަބަޑުމަތިން ފެނުނު އުއްބައްތި ރޯކޮށްލައިގެން އަހަރެން އިނީ ސިޓިންގރޫމުގައެވެ. އުއްބައްތީގެ އަލިން އަލިވެފައިވާއިރު ހިތްގައިމު ގޮތެއް ހުރެއެވެ. މިފަދަ ވަގުތެއްގައި ޝާޔަން ކައިރީގައި އިންނާނެނަމައެވެ. އުއްބައްތީގެ އޮރެންޖު އަލި އޭނަގެ މޫނަށް އެޅިފައިވާއިރު ވަރަށް ރީތިވާނެއެވެ.

ބޯކޮށްވާރޭވެހެމުންދިޔަ ނަމަވެސް އަހަރެންގެ ދެލޮލުގައި ނިދީގެ އަސަރެއްނެތެވެ. ފަހަރެއްގައި ޚިޔާލުތައް ސިކުނޑީގައި ގިނަވުމުން ކަމަށްވެދާނެއެވެ. ދެލޯ މަރާލަމުން ސޯފާގައި ބޯޖައްސާލީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޚިޔާލުތަކާއި ދުރަށްދެވޭތޯއެވެ.

“ދަރިފުޅާ..” މަންމަގެ އަޑުއިވުނީ ދާދި ގާތުންނެވެ. ލޯހުޅުވާލާ ބަލާލިއިރު މަންމަ ކުރިމަތީގައި ހުރުމުން ސިހޭގޮތްވިއެވެ.

“މަންމާ..” ސިހުނުވަރުން ގޮވާލެވުނީވެސް ތަންކޮޅެއްބާރަށެވެ.

“މަންމަ އަބަދުވެސް ބުނަމެއްނު ނުނިދާ ނޫޅޭށޭ.. ދަރިފުޅު މަސައްކަތުގަ އަވަދިނެތި އުޅޭވަރު މަންމައަށް އިނގޭ.. ކިތަންމެ ބުރަކޮށް އުޅުނަސް ހަށިގަނޑަށްވެސް ބަލައިގެން އުޅެންވާނީ..” މަންމަ އަހަރެން ގާތުގައި އިށީނެވެ. މަންމަ އަބަދުވެސް އަހަރުމެންނަށް ވަގުތީ އަހަރެމެންގެ ވާހަކަ އަޑުއަހައެވެ.

“ނިދި ނާންނަންޏާ ކީއްކުރާނީ މަންމާ.. ކިތަންމެ ބޭނުންވިޔަސް ބައެއް ކަންތައްތަކަކީ އަހަރުމެންގެ އިހްތިޔާރުގައި އޮންނަ ކަންކަމެއް ނޫނެއްނު..” މަންމަގެ ކޮޑުގައި ބޯއަޅާލަމުން ބުނެލީމެވެ. ޝާޔަންގެ ސޫރަ ލޯމަތީގައި ސިފަވަމުންދިޔައެވެ.

“ތިކަން މަންމައަށްވެސް އިނގޭ.. މާޒީވެދިޔަ ދުވަސްތަކާއިމެދު ވިސްނާ ފިކުރުކޮށް ހިތާމަކުރަންޏާ މުސްތަޤުބަލެއް ނުފެންނާނެ ދަރިފުޅާ.. ކުށްނުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ..” އަހަރެން ވިސްނަމުންދަނީ މާޒީއާއި ދޭތެރޭކަމުގައި މަންމައަށް ހީވަނީ ކަންނޭނގެއެވެ.

“އަހަރުމެން އެމީހަކަށް އެންމެ އެދޭ މީހާ އަބަދުވެސް އަހަރުމެންނާ ދުރަށް ދަނީ ކީއްވެތަ؟ އެންމެ ލޯބިވާ މީހާ ގާތުގަ އެވާހަކަ ނުބުނެވެނީ ކީއްވެ؟ އަހަރުމެން އެމީހަކުގެ އެންމެ ގާތުގައި ވާން އެދޭ މީހާ ގާތުގައި ނުބެހެއްޓެނީ ކީއްވެތަ؟ އެހެންއެވަނީ ކީއްވެތަ؟ ކުޑައިރުއްސުރެ ބައްޕައަށް އެދެމުންދިޔަޔަސް އެބައްޕަ ވަކިވެގެން އެދިޔައީ އެލޯބީގެ ކުޑަމިންވަރެއްވެސް ނުލިބި.. ޝާޔަންވެސް..” ހިތުގައިވާ ޝަކުވާތައް މަންމަގެ ކުރިމަތީގައި ބަންޑުން ކޮށްލެވުނީ ޖަޒުބާތުގައި ޖެހިގެންދިޔުމުންނެވެ.

“ދަރިފުޅާ ދިރިއުޅުގަ ދިމާވާ ހުރިހާ ކަންކަމަކީވެސް އަހަރެމެންނަށް ކުރިމަތިވާ އިމްތިޙާނެއް.. ހުރިހާ ކަމަކަށް އަހަރުމެން ޖެހޭނެ ކެތްތެރިވެ މާތްﷲ އެންގެވިގޮތުގައި ޘާބިތުވެ ތިބެން… ކަމެއް ހާސިލުކުރަން އެއްޗެއް ނަގާލަންވެސް ޖެހިދާނެ..” މިކުރެވުނީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތާމަތަކުގެ ތެރެއަށް ގެނބުނުލެއް ބޮޑުކަމުން މަންމަވެސް ދެރަކޮށްލެވުނީއެވެ. އަހަރެންމީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟

“އައި އެމް ސޯ ސޮރީ މަންމާ.. ” މަންމަގެ އަތުގައި ހިފާލަމުން ބުނީމެވެ. އޭރު އެދެލޮލުން ކަރުނަތައް މުތީތަކެއް ފަދައިން ބަބުޅަމުންދިޔަތައް ފެނުނެވެ.

“މަންމަ ދެރަވަނީ ދަރިފުޅުމެން އެދުނު ފަދަ ދިރިއުޅުމެއް މަންމައަށް ހޯދައިނުދެވުނީމަ.. ދަރިފުޅުމެންނަށް ރަނގަޅުގޮތް ހޯދައިދޭންވެގެން ބައްޕަކައިރިން ވަރިނުވެ ހުރީވެސް.. ޝުހާދުއަށް ދޮންބައްޕަގެ ފަރާތުން ލިބުނު ހިތްދަތިކަން ތި ތިންބެއިންނަށް ލިބިދާނެތީ ބިރުގަތީ… އެކަމަކު އޭގެ ސަބަބުން ދަރިފުޅުމެންނަށް ލިބުނީ އިތުރު އަނިޔާތަކެއް…” ހިތްވަރުކޮށްލާފައި މަންމަގެ ދެލޯ ފޮހެލައިދިނީމެވެ.

“މަންމާ.. އަހަރުމެންނަށްޓަކާ ހެޔޮ ދުޢާކޮށްދީ.. ބާއްޖަވެރި މުސްތަޤުބަލެއް ދެއްވުމަށްއެދި..” އަހަރެން އެދުނީމެވެ. ދަރިންނަށްޓަކައި މައިންބަފައިން ކުރާ ހެޔޮ ދުޢާއާއި ބަދު ދުޢާވެސް އިޖާބަކުރައްވާކަމުގައިވެއެވެ.

“މަންމަގެ ހެޔޮ ދުޢާތައް އަބަދުވެސް ތިކުދިންނާއެކީ ވާނެ” ހިނިތުންވުމާއެކީ ބުނެލިއެވެ.

ކޮޓަރިތެރެއިން ނޫރު ރޮއިގަތް އަޑު އިވުމުން އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު މަންމަ ދިޔައީއެވެ. އުއްބައްތީގެ އަލީގެ އެހީގައި އަހަރެން ކޮޓަރިއަށް ވަނީމެވެ. އެވަގުތު ކަރަންޓްވެސް އަތުވެއްޖެއެވެ. އެނދުގައި ޖައްސާލީ ކުޑަވަގުތުކޮޅަކަށް ނަމަވެސް ނިދާލެވޭތޯއެވެ.

ހެނދުނުގެ ވަގުތެވެ. ފެންވަރާލައިގެން އަހަރެން ތައްޔާރުވަމުންދިޔައީ ޑިއުޓީއަށް ދިއުމަށެވެ. ސަރގެ ފޯނެއް އެވަގުތު އައުމުން އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ.

“ޝިމާލް.. ވީހާވެސް އަވަހަކަށް އާދެބަލަ..” އަހަރެންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ފޯން ކަނޑާލައިފިއެވެ. ހިތްތެޅިގަތީ ވާން އުޅޭ ގޮތެއް ނޭނގޭތީއެވެ.

“ދަރިފުޅާ ސައިވެސް ނުބޮއެ ދަނީ.. އަދި ގަޑި ޖެހެން ފަނަރަ މިނެޓް އެބަހުރި..” މަންމަ ގޮވާލިއެވެ.

“ވަރަށް އަވަހަށް ދާން ޖެހިގެން މިދަނީ.. އަންނާނަން..” ނޫރުގެ ނިތްކުރީގައި ބޮސްދީފައި އަހަރެން ނިކުތީމެވެ. ސައިކަލަށް އަރާ އަވަހަށް ދުއްވާލެއްވުނީ ކެތްތެރިކަން ކުޑަވެފައިވާ ޙާލުގައެވެ.

 

އަހަަރެން އެތެރެއަށްވަންނަން އައިތަނުން މާނިއު އާއި އަޙްސަނުވެސް އައެވެ. ތިންމީހުންނަށް އެތެރެއަށްވަތްއިރު އީވާ އައިސް ހުއްޓެވެ.

“ސަރ ކޮބާ؟” އަހަރެން އަހާލީމެވެ. އޭނަ ދެކޮޑު އަރުވާލަމުން ނޭނގެއޭ ބުންޏެވެ. އެވަގުތު ބަރު ފިޅަވަޅުތަކެއްގެ އަޑުއިވުމުން އެންމެން ކޮޅަށް ތެދުވިއެވެ.

” ޝާޔަންގެ ޕޯސްޓް މޯޓަމް ރިޕޯރޓް..” އަތުގައި އޮތް ފައިލް ދައްކާލަމުން ސަރ ބުނެލިއެވެ. އޭރު ނިޝީވެސް ކައިރީގައި ހުއްޓެވެ. އިތުރަށް ތަފްސީލުކޮށް ހުރިހާ ވާހަކައެއް ނިޝީ ކިޔައިދިނުމުން އަނގަމަތީގައި އަތްއަޅާލެވުނެވެ. ކޮޅަށް ހުރުމަށް ދަތިވެގެން ކައިރީގައި ހުރި ގޮނޑީގައި އިށީނދެލީމެވެ.

“ސަރ އަޅުގަނޑަށް ހީވަނީ މިހުރިހާ ކަމެއްގެ ފަހަތުގައިވަނީ ޝާޔަލްހެން..” ޖެހިލުމެއްނެތި އަހަރެން ބުނީމެވެ. އިތުރު އެއްޗެއް ބުނަން އިނގޭނީ ޝާޔަލްއާއި ބެހޭ ހުރިހާ މަޢުލޫމާތެއް ލިބިގެންނެވެ.

“ސަރ..” އީވާ އައިސް ދިއްކޮށްލީ ފައިލެކެވެ. އަހަރެން އަވަސް އަވަހަށް ހޮޅުވާލުމަށްފަހު ހުރިހާ ގަނޑުތަކަށް ނަޒަރެއް ދިނީމެވެ. ޝާޔަލް ބުނެފައިވާ ގޮތަށް އޭނަގެ އުމުރުން ދިހަ އަހަރުވަނީ ލަންކާއަށް ބަދަލުވެފައެވެ. ލަންކާގައި އޭނަ ކިޔެވި ސުކޫލުތަކާއި ކޮލެޖުތަކާއި އުޅުނު ތަންތަނާއި އެންމެ ގާތް ރަޙްމަތްތެރިންވެސް އެނގުނެވެ. އޭނަ މާލެ އައިސްފައިވާ ދުވަސްތަކާއި އެނބުރި ލަންކާއަށް ގޮސްފައިވާ ދުވަސްތައް އެނގުނެވެ.

“ސަރ ލުކް.. ޝާޔަލްގެ އުމުރުން ދިހަ އަހަރުއްސުރެ އުޅެމުންގޮސްފައިވަނީ ލަންކާގަ.. އޭނަގެ އާއިލާގެ މީހުންނާ ޕޭރެންޓުންނާ ވަކިން.. އެކަމަކު ޝާޔަން ދިރިއުޅެމުން އައިސްފައިވަނީ އާއިލާއާއެކީ.. ފަހަރެއްގަ މައިންބަފައިންނާއި ވަކިން އުޅެންޖެހުމުން އެކަމުގެ ބަދަލު ޝާޔަންގެ ކިބައިން ހިފީ ކަމަށްވެދާނެ..” އަހަރެންނަށް ހީވާ ގޮތް ހާމަކުރީމެވެ.

“ކުރިންވެސް ބުނިހެން ޝާޔަލްއަށް އެކަނި މިހުރިހާ ކަމެއް ނުކުރެވޭނެ.. އިތުރު މީހަކު މިކަމުގަ ޝާމިލް އެބަވޭ.. ފަހަރެއްގަ އޭނަ މީހަކަށް ފައިސާދީގެންވެސް މިކަންކޮށްފާނެ ނޫނީ ޕާރޓްނަރސް..” ސަރ އަހަރެންގެ އަތުގައި އޮތް ފައިލު ބަލަންފެށިއެވެ. ގިނަ ކަންތައްތަކެއް އަދިވެސް ހޯދާބަލަން ޖެހެއެވެ. އެއްކަމެއް އެނގޭއިރު އަނެއް ހަކަމެއްކަމަށް މިވަނީ ފޮރުވިފައެވެ.

“ސަރ ފޯނެއް..” އަހްސަނު އަތްގަނޑު ދިއްކޮށްލަމުން ބުނެލިއެވެ.

“އައްސަލާމަލައިކުމް..” އަހަރެން ހީކުރީ މަސައްކަތާއި ބެހޭ ފޯނެއްކަމަށެވެ.

“ތިއްތީ.. ޝާޔަންގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު..” ޝިއުޒް ބުނެދިނެވެ. ދާނަމޭ ބުނަމުން ފޯން ބޭއްވީމެވެ. މަސައްކަތައިގެން ކުރިއަށްދިޔައިރުވެސް ހިތްއެދެމުންދިޔައީ ޝާޔަން ދެކިލުމަށެވެ. ހިތާއި ސިކުނޑީގައި އެނޫން އެހެން ޙިޔާލެއް ނުވެއެވެ. ލޯތްބަކީ ހަމަ އެހާ ބާރުގަދަ އެއްޗަކީތާއެވެ.

 

 

މެންދުރު ނަމާދުގެ ވަގުތު ކައިރިވުމުން ވުޟޫކޮށްލައިގެން އަހަރެން ބެލީ ޝާޔަންގެ ކަށުނަމާދުގައި ބައިވެރިވެވޭތޯއެވެ. އާސަރާއަށް ދިޔައިރު ޝާޔަންގެ މޫނުދެކެން ގިނަ ބަޔަކު އައިސްތިއްބެވެ. ޝާޔަންގެ އާއިލާގެ މީހުންނާއި ރައްޓެހިންނާއި ޒައިކްއާއިއެކީ މަސައްކަތްކުރަމުންދާ މީހުންވެސް އައިސްތިއްބެވެ. އޭނަގެ މޫނު ދުށުމުން އެތެރެއަށްވަނީމެވެ. މިއީ އެސޫރަ ފެންނާނެ އެންމެ ފަހު ފަހަރެވެ. ދެން އެ ރީތި ހިނިތުންވުމެއް އެ އުފާވެރި މޫނެއް ނުފެންނާނެއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓާލެވުނީ ވަރަށް މަސައްކަތުންނެވެ.

ކަށުނަމާދަށްފަހު ސަންދޯން ގެންދަން އުޅުނެވެ. ޝާޔަންދެކެ ވާ ލޯބީގެ ޙައްޤުގައި ސައްދޯކުގެ ކަނެއްގައި ހިފާލުމަކީ މިއަދު އޭނައަށްޓަކައި އަހަރެންނަށް ކުރެވޭނެ އެންމެ ފަހު ކަންތަކެވެ. ސައްދޯން ވަޅަށް ތިރިކުރުމަށްފަހު ފަސްލާންފެށިއެވެ. އަހަރެންގެ ލޯބިވެސް އެފަސްގަނޑުދަށަށްލާ ފަސްލެވުނުފަދައެވެ. އެންމެން އެތަން ދޫކޮށްދިޔައިރުވެސް އަހަރެންނަށް ހުރި ފިޔަވަޅު މަތީ ހުރެވުނެވެ.

އެންމެ ފަހަރަކުވެސް ލޯބި ހާމަ ކުރާނެ ފުރުސަތެއް ނުލިބި ޝާޔަން ވަކިވެގެންދިޔައީއެވެ. އަހަރެންގެ ހިތުގެ އަޑުއަހާލަން އޭނަ އެނބުރި އަންނާނެނަމައެވެ. އެންމެ ފަހަރަކުވެސް ލޯބިވާވާހަކަ ބުނެވުނުނަމައެވެ. އެންމެ ފަހަރަކުވެސް އަހަރެންގެ ފަރާތުން ހިމާޔަތަށް އެދުނުނަމައެވެ. ހުރިހާ ހިތާމަތަކަކުންނާއި ނުރައްކާތަކުން ރައްކާތެރިކޮށްދީ އަބަދުގެ އަބަދަށް އަހަރެންގެ މޭގާ ފޮރުވާލަދިނީމުހެވެ. ކޫރުމެއް ރޮގެއްވެސް އެޅުނަނުދީ ރައްކާތެރިކަމާއެކީ މިއަތުގެ ހިމާޔަތުގައި ގެންގުޅުނީމުހެވެ. އެންމެ ފަހަރަކުވެސް އޭނަގެ ޙާލު ކިޔާލަދިންނަމައެވެ. މިއަދު މިހެން ކަންތައްވިޔަ ނުދިނީމުހެވެ.

“އައި ލަވް ޔޫ ޝާޔަން..” މިއަދު އެއަޑު އަހާނީ ކާކު ހެއްޔެވެ؟ އަޑު އިވޭނީވެސް ކާކަށް ހެއްޔެވެ؟ ޝާޔަން އެވަނީ މާދުރަށް ގޮސްސައެވެ. ހިތްއެދުނަސް ކިތަންމެ ބޭނުންވިޔަސް އަހަރެންގެ އަޑު އޭނަގެ ކަންފަތަށް ފޯރާނެ ގޮތެއް ދެން ނޯންނާނެއެވެ. އަހަރެންނާއި ދޭތެރޭ އަބަދުވެސް މިހާ ހިތްދަތިކޮށް މިދިމާވަނީ ކީއްވެހެއްޔެވެ؟ އެންމެ ބޭނުންވި ލޯބިން އަބަދުވެސް މަޙުރޫމުމިވަނީ ކީއްވެހެއްޔެވެ؟

“ހިތްވަރުކުރޭ..” ކޮޑުގައި ހިފާލަމުން މިއުވާން ބުނެލިއެވެ. ހިތްވަރުކުރާނީ ކިހިނެއްހެއްޔެވެ؟ އަލަތު ލޯބީގެ ފޮނި މީރު ކަމެއް ނުފެނި ފަސްގަނޑުގެ އަޑިއަށްލާ ފަސްލެވުނީއެވެ.

“ޝާޔަން އެދިޔައީ އަބަދުގެ އަބަދަށް.. ދެން އޭނައެއް ނާންނާނެ..” އަހަރެންނަށް ބުނެވުނެވެ.

“މަރަކީ އަހަރުމެންގެ ބާރުގެ ދަށުގައިވާ ކަމެއްނޫން.. ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަޖަލު ޖެހުމުން ވަކިވެގެންދާނެ.. އެއީ ދުނިޔޭގެ ޤާނޫނު.. އެކަމެއް އަހަރުމެންނަކަށް ބަދަލެއް ނުކުރެވޭނެ..” އަހަރެންގެ ކޮޑުގައި ހިފާ ނަގަމުން އޭނަ ވާހަކަ ދެއްކިއެވެ.

“އެންމެ ފަހަރަކުވެސް ހަމަ އެންމެ ފަހަރަކުވެސް ލޯބިވެޔޭ ބުނެލާނެ ފުރުސަތު ލިބުނުނަމަ.. މިދުނިޔޭގައިވާ ހުރިހާ އުފާތައް ހާސިލުވީސް.. އަހަރެންގެ މޮޔަކަމުން އެކަންނުވީ.. ” ލޯތްބަކީ ކޮންއެއްޗެއްކަން ނޭނގޭ މީހަކަށް ލޯބިވާން ދަސްކޮށްދިނީ ޝާޔަންއެވެ. މަގުގެއްލިފައިވަނިކޮށް ދާންވީ ހެޔޮ މަގު ދައްކައިދިނެވެ.

” ވެގޮސްފައިވާ ތަނެއް އަހަރުމެންނަކަށް އަލަކުން ނުހޯދޭނެ.. ކިތަންމެ ބޭނުންވިޔަސް ވެނިމިފައިވާ ކަންތައްތަކެއް ބަދަލެއްވެސް ނުކުރެވޭނެ.. އަހަރުމެން ޖެހޭނެ ޙަޤީޤަތާ ކުރިމަތިލާން..” ބޭރަށް ނިކުންނަމުންވެސް މިއުވާން ހިތްވަރުދިނެވެ.

“ތޭންކްސް.. އޮފީހަށް މިދަނީ..” އައިނު އަޅާލަމުން ބުނީމެވެ.

“އުހުނ.. ހިނގާ އެއްޗެއް ކާލަން ދަމާ..” މިވީ ދެދުވަސްތެރޭގައި ކެއިންބުއިމަކީ އަހަރެން ހަނދާންނެތިފައިވާ ކަމެކެވެ. ބަނޑުހައިކަމުގެ އަސަރެއް ނުކުރެއެވެ. ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން އެހެން ކަމެއްގެ އިޙްސާސްވެސް ނުކުރެވެނީއެވެ. މިއުވާން ހުއްޓާނުލާ ކިޔަންފެށުމުން ކާން ދާން އަހަރެން އެއްބަސްވީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

ވިސްނުނީ މާ ފަހުންނެވެ. 1 ވަނަ ބައި

Next

އަސަރު 17

Next
June 22, 2016

އަސަރު 17

Previews
June 21, 2016

ވިސްނުނީ މާ ފަހުންނެވެ. 1 ވަނަ ބައި

19 Comments!

  1. Mysterious Angel says:
    June 21, 2016 at 8:19 pm

    މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން..

  2. Abhy says:
    June 21, 2016 at 8:30 pm

    Varah rethi mi bai ves… vaahaka kuriah dhaa goi arah kamudhey. Hama varah reethi. Next part avahah up kohdhehchey…..????

  3. Zaee says:
    June 21, 2016 at 8:34 pm

    V nics..???????????????????

  4. raoona says:
    June 21, 2016 at 8:47 pm

    Ek villain kulhely dhw…
    Anyways vaahaka hama habbu

  5. Ashley says:
    June 21, 2016 at 9:11 pm

    nice. but shaayan maraalyma kudakoh foohivejje

  6. Aika says:
    June 21, 2016 at 9:24 pm

    V nice????

  7. Zuhu says:
    June 21, 2016 at 9:25 pm

    V salhi ekam v haasvefa mihunnanee dhen vagoi neyngeythi

  8. Aharen says:
    June 21, 2016 at 9:27 pm

    Mee hagygy vaahaka eh dho

  9. mesw says:
    June 21, 2016 at 9:58 pm

    eyy huvafen eykeee hama aslu tha

  10. aff says:
    June 21, 2016 at 10:15 pm

    Hama habeys .. varah reethi..keep goin ☺

    1. MAADY says:
      June 21, 2016 at 10:16 pm

      EY AFF MADDY EY

    2. MAADY says:
      June 21, 2016 at 10:16 pm

      EY AFF MADDY EY KIHINEY THA

  11. aff says:
    June 21, 2016 at 10:45 pm

    guddd.. Hwx Yuh Maddy

  12. natha says:
    June 21, 2016 at 11:19 pm

    Vaahaka kiyaafa rovihje v varah reethi,

  13. Axoo says:
    June 22, 2016 at 12:19 am

    Varah asarugadha vaahakaeh. Husha alhaidheefa vaalehves vvv reethi. Mee mi fahakah ais kiyey emme reethi eh vaahaka

  14. Aakko says:
    June 22, 2016 at 12:37 am

    Abadhu ves reethi.
    U be the best writer.
    Keep the good work on.

  15. Ba says:
    June 22, 2016 at 1:36 am

    Alhe angel haadha molhey dhw 🙂 mi part ves v reethi 🙂 waiting for next part… thanks a lot for this story v nice 🙂

  16. faathimaa says:
    June 22, 2016 at 1:59 pm

    mivaahaka miee faathimaa ah vrh rythi vaahakaeh.. angel your a good writer keep it up..

  17. Zuhu says:
    June 23, 2016 at 8:58 pm

    V nice mi partves up soon

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ސައްބީސްވަނަ ބައި)←


All Right Reserved!