Skip to content
އެސްފިޔަ

އަސަރު 15

ކޮޓަރިއަށް ވަދެވުމާއެކު ޝިކާގެ ބޮލަށް ވެފައިވާ އުނދަގުލާއެކު ނިދިއަންނަން ފެށިއެވެ. އަދި އެވާހަކަ މާދަމާ ކިޔައިދޭންޖެހޭނެ އޭ ބުނެ ފެންވަރައިގެން އައިސް ޖައްސާލިތަނާހެން އޭނާއަށް ނިދިއްޖެއެވެ. ރީނާވެސް ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނދައް އަރާ އޮށޯވެލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި އެވަގުތު ކަރުނަ ފައިބަން ފެށީ މާޒީގެ ހަނދާންތައް އާ ވާން ފެށުމުންނެވެ.

***********

ހެނދުނު ހޭލެވުނު އިރުވެސް ޝިކާ ގެ ބޮލުގައި ކުޑަ ރިހުމެއް އުފެދިފައިވެއެވެ. ހިތްވަރުކޮށްލާފައި ތެދުވެ ޕެނެޑޯލް ގުޅައެއް ކައިލުމަށްފަހު ސްކޫލަށް ދާން ތައްޔާރުވާން ފެށީ މިޔަދު ސްކޫލަށް ނުގޮސްފިނަމަ އަހުލާ ދެރަވާނެކަން އިނގޭތީއެވެ. މިޔަދު މީ އަހުލާގެ އުފަންދުވަސް ކަމުން އޭނާ އަހުލާއަށް ތަހުނިޔާ ކިޔަން ކޮންމެހެން ބޭނުމެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ތައްޔާރުވެލިއެވެ. އޭނާ ސައިބޯން ނިކުތް އިރު ހުރިހާ އެންމެން ކަހަލަ ގޮތަކަށް ސައިބޮއި ނިންމާލަނީއެވެ. ޝިކާ ސައިތަށި ބޯން ހުރި ރީނާއާ ދިމާއަށް ބަލާލިއެވެ. ރީނާވެސް ޝިކާ އާ ދިމާ ބަލާލުމަށް ފަހު ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ. އެވަގުތު ރަނާ ޝިކާ ގާތު އަވަސް ކުރާށޭ ބުނެ ނިކުމެގެން ދިއައީ ގަޑިޖެހެން ކައިރިވެފައި ވާތީއެވެ. އެހެންކަމުން ޝިކާ އަވަސް އަވަހަށް ސައިތަށި ބޮއިލުމަށްފަހު ގެއިން ނިކުންނަން މިސްރާބު ޖެހިއިރު އެންމެންވެސް ސްކޫލަށް ދާން ނިކުމެއްޖެއެވެ. ޝިކާ ނިކުމެ ބޫޓަށް އަރާލިތަނާ ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. އެހެންވެ އޭނާ އަނެއްކާވެސް ގޭތެރެއަށް ގޮސް އޭނާގެ ފެހިކުލައިގެ ކުޑަ ހިފައިގެން ސްކޫލަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ހިނދެއް ހިނދަކަށް ވާރޭ ބޯކުރަމުން ދިއައެވެ. ވައިވެސް ގަދަކަމުން ޝިކާއަށް ކުޑަ ހިފެހެއްޓެނީ ކިރިޔާއެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ގެއެއްގެ އަސްކަނި ދޮށުގައި ދަބަސް އަޅުވާލައިގެން ހުރި އަހުސަން އެވެ. އޭނާ އިރު އިރުކޮޅާ ވާރޭ ތުނިކޮށްލާތޯ ބޭރަށް އަތް ދިއްކޮއްލަމުން ދިއައިރު އެމޫނު މަތީގައިވަނީ ހާސްކަމެވެ. އަހުސަން ވާރޭ ވެހޭތީ ނުދެވިފައި ހުރުމުން ޝިކާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. މަޑު ހިނގުމެއްގައި އޭނާ އަހުސަން ގެ ކުރިމަތިން ހުރަސްކޮށްފައި ދިއައީ އެދިމާ ބަލާވެސް ނުލައެވެ. އޭނާ ބޭނުންވީ އަހުސަންގެ ދުލުން އޭނާއަށް ގޮވާ މަޑުކުރުމަށެވެ.

އަހުސަން ސްކޫލަށް ދާން ހިނގައިގަތް ތަނާ މާ ގިނަ އިރެއް ނުވެ ބޯކޮށް ވާރޭ އޮއްސާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ތެމިގެން ހުރެ ސްކޫލަށް ނުދެވޭނެކަން އޭނާ އަށް އެނގޭތީވެ ހިޔާވުމަށްޓަކާ އޭނާ ދުވެފައި ގޮސް ވަނީ ގެއެއްގެ އަސްކަނި ދަށަށެވެ. އިރުއިރުކޮޅާ އޭނާ ބޭރަށް އަތް ދިއްކޮއްލަމުން ގެންދިއައީ ވާރޭ ތުނިކޮށްލިތޯ ބަލާލުމަށެވެ. ނަމަވެސް އިރެއް އިރަކަށް ވާރޭ ދިއައީ ބޯކުރަމުންނެވެ. އިރު އިރު އޭނާއަށް ދެކޮޅު ބަލާލެވެނީ މީހަކު ފެނޭތޯއެވެ. ނަމަވެސް އެމަގުން އެއްވެސް މީހަކު ދާތަނެއް އޭނާ އަކަށް ނުފެނެއެވެ. ސްކޫލަށް ދާ ގިނަ ކުދިންވެސް މާ ކުރިން ގޮސް އޮބާލާފިއެވެ. އިރު އިރު ކޮޅާ އޭނާއަށް ގަޑިއަށް ބެލެނީ މިޔަދުވެސް ގަޑި ޖެހިދާނެތީއެވެ. މިއަހަރު ދެދުވަހެއްގެ މަތިން އޭނާ ވަނީ ގަޑި ޖެހިފައެވެ. މިއަދު ގަޑި ޖެހިއްޖެނަމަ ޓީޗަރު ކުލާހަށް ނުވައްދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ހުރީ ވަރަށް ހާސްވެސް ވެފައެވެ. އެހެން ހުއްޓައި އޭނާގެ ލޮލުގައި އަޅައިގަތީ އެމަގުން ހިނގާފައި ދިޔަ ޝިކާއެވެ. ފެހި ކުލައިގެ ކުޑައެއް އަޅައިގެން ޝިކާ އޭނާ ކުރިމަތިންލާފައި ދިއައިރު އޭނާ އަކީ އެތާންގައި ނެތް މީހެއް ފަދައެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. ޝިކާއަށް ގޮވަންވީބާއެވެ؟ އޭނާ ގާތު ކުޑަ ދޮށަށް ވައްދައިދޭށޭ ބުނަންވީބާއެވެ؟ ނުބުނެވެސް ވާކަށް ނެތެވެ. މިހާރު އެއޮއް ގަޑި ޖެހެނީއެވެ. އަހުސަން ކުޑަ ހިތްވަރެއް ލާފައި ޝިކާގެ ނަމުން ގޮވާލިއެވެ.

އަހުސަން ގޮވާލި އަޑު އިވުމުން ޝިކާގެ ދެފައިގައި ކަސްތަޅު އެޅުނު ކަހަލައެވެ. އޭނާ ވަގުތުން ހުއްޓިފައި ބޭއިޚްތިޔާރުގައި ދެލޯ މަރާލެވުނެވެ. އެ އަޑުން ޝިކާގެ ނަމުން ގޮވާ ނުލާތާ ކިހާ ގިނަ ދުވަސް ވެއްޖެ ހެއްޔެވެ؟ އެ އަޑުން އޭނާ އާ ވާހަކަ ދައްކާނުލާތާ ކިހާ ގިނަ ދުވަސްވެއްޖެ ހެއްޔެވެ؟ އެ އަޑު އޭނާގެ ކަންފަތުގައި ޖެހުނު ހިނދު އޭނާގެ ހިތުގެ ހިނގުން އަވަސްވެގެން ދިއައީ ކީއްވެ ކަމެއް ޚުދް އޭނާ އަކަށް ވެސް ނޭނގުނެވެ. އޭނާގެ ހިތަށް އަރަމުން ދިއައެވެ. އަހުސަންއެވެ. އަދިވެސް އެއްފަހަރު މިނަމުން ގޮވާލަބަލާށެވެ. އެއާއެކު އަހުސަނު އަނެއްކާވެސް ޝިކާގެ ނަމުން ގޮވާލިއެވެ. އަދި ދުވަމުން އައިސް ޝިކާ އަޅައިގެން ހުރި ކުޑައިގެ ދަށަށް ވަނެވެ. ޝިކާގެ ތުންފަތަށް އެވަގުތު ލަދުރަކި ހިނިތުންވުމެއް ވެރިވެގެން ދިއައެވެ.

“އޯކޭ ދޯ؟” އަހުސަން ޝިކާ އަޅައިގެން ހުރި ކުޑައިގެ ދަށަށް ވަންނަމުން ބުނެލިއެވެ. އެއާއެކު ޝިކާ ބޯޖަހާލިއެވެ. އަހުސަން ޝިކާއަށް ވުރެ ދިގު ވުމުން އޭނާއަށް ކުޑަ ހިފަހައްޓަން އުނދަގޫ ވިއެވެ. މިކަން އަހުސަންއަށް ފާހަގަ ކުރެވުމުން އޭނާ ޝިކާގެ އަތުން ކުޑަ އަތުލައި ދެމީހުންނަށް ހިޔާވާގޮތަށް ހިފަހައްޓާލިއެވެ. އެހާ ކައިރީގައި ހުރެގެން ހިނގަމުން ދިޔަ ނަމަވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެއެވެ. ހީވަނީ ދެ މަންމަނުންހެންނެވެ. ތަންކޮޅަކަށް ދެވުނުތަނާ އެމީހުންނަށް އާދެވުނީ ބޮޑު ފެންގަނޑެއްގެ ކުރިމައްޗަށެވެ. ފެންގަނޑު ހުރަސް ކުރެވޭނެހެން ގާގަނޑުތަކެއް އަތުރާފައި ހުއްޓެވެ. ފެންގަނޑު ހުރަސްކުރަން ކުރިން ހިނގައިގަތީ ޝިކާއެވެ. އަހުސަން ވެސް ޝިކާއަށް ކުޑައިން ހިޔާކުރަމުން އޭނާގެ ފަހަތުން ހުރަސްކުރަމުން ދިއައެވެ. އެވަގުތު ޝިކާއަށް ގާގަނޑެއްގައި ފައިއެޅުނު ގޮތުން އޭނާ ކައްސާލިއެވެ. އެއާއެކު އޭނާއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.

**************

ޝިކާ ކުލާހަށްވަދެ ހަމަޖެހިލުމަށްފަހު އެންމެ ފުރަތަމަވެސް އަހުލާއަށް އުފަންދުވަހުގެ ތަހުނިޔާ ކިއެވެ. އަހުލާ އެވަގުތު ދެދަތްޕިލާ އެއްކޮށް ފެންނަ ވަރަށް ހީލަމުން “ތެންކިޔޫ” އޭ ބުނެލިއިރު އެމޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. ނަމަވެސް އެމައުސޫމް ކަމުގެ ފަހަތުގައި ވަނީ ކިހާ ނުލަފާކަމެއްކަމެއް ޝިކާއަކަށް ރޭކާވެސް ނުލައެވެ. ގޮނޑީގައި އިން އިރުވެސް ޝިކާއަށް ވިސްނެމުން ގެންދިއައީ މިޔަދު ދިމާވިކަންތަކާ މެދުގައެވެ. އޭނާ ފައި ކައްސާލައިގެން ފެންގަނޑަށް ވެއްޓެން ދިޔަ ވަގުތު އަހުސަންގެ ބާރު ގަދަ ދެއަތުން އޭނާ ގައިގައި ހިފެހެއްޓި ގޮތެވެ. މިކަން މަތިން ހަނދާންވުމުން އޭނާގެ މޫނަށް ލަދުރަކި ހިނތުންވުމެއް ވެރިވެގެން ދިއައެވެ. އެމޫނަށް ޖަންބު ކުލަ އަރައިގެން ދިއައެވެ.

“ގާއިޒް! މިޔަދު އަޅުގަނޑުގެ ބާތް ޑޭ ވީމަ ހުރިހާ ކުދިންނަށް ޗޮކްލެޓް ދޭންވެގެން މިއުޅެނީ…” ޝިކާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކުލާސް ހުރިހާ ކުދިންގެ ކުރިމަތީ ގައި ހުރެެގެން އަހުލާ ވާހަކަ ދައްކަން ފެށުމުންނެވެ. އަހުލާ އެހެން ބުނުމާއެކު ހުރިހާ ކުދިން “ހެޕީ ބާތް ޑޭ” އޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެވަގުތު ކުލާހުގައި ހުރި ޓީޗަރު އަޑު މަޑު ކުރުމަށް އިށާރާތް ކުރިއެވެ. އަހުލާ ޓީޗަރު ގާތުން ހުއްދަ ހޯދައިގެން ފަހަރަކު ކުއްޖަކަށް ޗޮކުލެޓެއް ދެމުން ގެންދިއައިރު އެކުދިންގެ މޫނު މަތީގައި ވަނީ އުފާވެރިކަމެވެ. އަހުލާ ޝިކާއަށް ޗޮކުލެޓް ދިނީ އެންމެ ފަހުންނެވެ.

އަހުލާ ޝިކާއަށް ޗޮކުލެޓް ދިއްކޮށްލުމުން އޭނާ އޭގައި ހިފުމައްޓަކަި ދިއްކޮއްލީ ކަނާއަތެވެ. މީހަކު އެއްޗެއް ދީފިނަމަ ހިފަންވާނީ ކަނާއަތުންނޭ އޭނާގެ ބައްޕަ އަބަދުވެސް ބުނާނެއެވެ. އަހުލާގެ ކަންފަތުގައި އެވަގުތު އިބްރާހީމްފުޅުގެ ބަސްތަށް ގުގުމައިގެން ދިއައެވެ. އޭނާ ޝިކާގެ ކަނާއަތުގައި ހިފައި ސަލާމްކޮއްލާކަމަށް ހަދާލީ ޝިކާއަށް ފުޅާ ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. އަހުލާ ޝިކާގެ ކަނާއަތުގައި ހިފައިގެން ހުރުމުން އޭނާއަށް ޖެހުނީ އެ ޗޮކުލެޓުގައި ވާއަތުން ހިފާށެވެ. އެވަގުތު އަހުލާ ހަމަޖެހުމުގެ ނޭވައެއް ދޫކޮއްލުމަށްފަހު އައިސް އޭނާގެ ގޮނޑީގައި އިށީނެވެ.

ނިމޭ ގަޑީގެ ރަނގަބީލު އެޅުމުން ކޮންމެ ކުއްޖަކުވެސް ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ގެއަށް ދިއަ މަގުމަތީގައި ގިނަ ކުދިން ދިއައީ އެދުވަހު އަހުލާ ދިން ޗޮކުލެޓް ކަމުންނެވެ. އަހުލާ ސްކޫލުން ނިކުމެ ހޯދާ ބަލާލީ ޝިކާ ފެނޭތޯއެވެ. ޝިކާވެސް ކުދިންތަކަކާ އެކު ޗޮކްލެޓް ކަމުން ދާތަން ފެނުމުން އޭނާގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ކުޅެލިއެވެ.

“ޝިކާ… ނައޮ ސީ އިފް ޔޫ ކެން ބީޓް މީ..” އަހުލާ މަޑުމަޑުން އެހެން ބުނެލީ އޭނާގެ ދަތްކުނޑި ވިކާލަމުންނެވެ.

****************

މެންދުރުގެ ވަގުތެވެ. ޝިކާ އެނދުގައި އިނީ ރީނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މިޔަދު އެވާހަކަ ކިޔައިދޭނެކަމަށް ރީނާ ބުނެފައި ވުމުން އޭނާ ހުރީ އެ އަޑުއަހާ ހިތުން ކެއްމަދުވެފައެވެ. މާގިނައިރު އޭނާއަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލުމަށްފަހު ޔުނީފޯމުގައި ކޮޓަރިއަށް ވަދެގެން ރީނާއައެވެ. ދަބަސް ގޮނޑީގައި ބެހެއްޓުމަށްފަހު އޭނާ ހެދުމެއް ހިފައިގެން ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެއްޖެއެވެ. އަދި މަޑު ހިނގުމެއްގައި އައިސް ޝިކާ ގާތުގައި އިށީނީ އިސްޖަހައިގެން ހުރެއެވެ.

“ދެން މިހާރު ކިޔައިދޭންވީނު..” ޝިކާ ރީނާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ވަގުތަކީ ރަނާވެސް ޓިއުޝަނަށް ގޮސް އުޅޭ ގަޑިއެއްކަމުން އެންމެ ފަސޭހަވާނީ މިގަޑީގައި ކިޔައިދިނުންކަން ރީނާއަށް ވިސްނުނެވެ. އޭނާ އެއްގޮތަކަށް ވެސް މިވާހަކަ ރަނާއަށް އެނގޭކަށް ބޭނުމެއް ނުވެއެވެ.

“ޝިކާ ނުވާނެ އެއްވެސް މީހެއް ގާތު މިވާހަކަ ދައްކައިގެނެއް…” ރީނާ މަޑުމަޑުން ބުނެލިއެވެ. ޝިކާ އެވަގުތު ބޯ ޖަހާލިއެވެ.

“ޕްރޮމިސް..؟” ރީނާ އިތުރަށް ޔަޤީންކުރަން ބޭނުންވާފަދަ ގޮތަކަށް އަހާލިއެވެ.

“އައި ޕްރޮމިސް ..” ޝިކާ ރީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. މިކަމުން ރީނާއަށް އެ ވާހަކަ ކިޔައިދިނުމަށް އިތުރު ހިތްވަރެއް ލިބިގެން ދިއައެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

#~#~#~#~#~#~#~

އެއީ މީގެ ދެ އަހަރު ކުރިއެވެ. ރީނާ އެއަހަރު މަނަދޫއަށް ކިޔަވަން އައީ އޭނާގެ ބައްޕަގެ އެދުމަކަށެވެ. ކޮންމެހެން އޭނާ ބޭނުންވެގެންނެއް ނޫނެވެ. ރަށުގައި އުޅުން އިރުވެސް އޭނާ އަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެއް ނޫނެވެ. ކޮންމެއަކަސް ބައްޕަގެ އެދުމަށް އޭނާ މިރަށަށް އައިސް ހުރީ ހަލީމާގެ ގޭގައެވެ. ހަލީމާގެ ފިރިމީހާ އަކީ ބައްޕަގެ މާ ގާތް ރައްޓެއްސެއް ކަމުގައި ވާތީއެވެ. ގްރޭޑް 9 އަށް އޭނާ މިގެއަށް އައި އިރު ވެސް އަމީން އަކީ އެ ގޭގައި ކިޔަވަން ހުންނަ ކުއްޖެކެވެ. އަމީން ގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން އޭނާގެ ހިތް އަމީން އަށް މަޑުމަޑުން ލެނބެން ފެށިއެވެ. އަމީންގެ ޖާދޫވީ ބެލުންތަކަށް އޭނާގެ ހިތް ފިދާވަމުން ދިޔައެވެ.  ދުވަހަކު ވެސް ލޯތްބަކީ ކޮން އެއްޗެއްކަން އިހުސާސް ނުވާ ރީނާއަށް ލޯތްބަކީ ކޮން އެއްޗެއްކަން ދަސްކޮށްދިނީ އަމީންއެވެ. އަމީން ލޯބި ހުށައަޅާތޯ ރީނާ އެދުވަސްކޮޅު ހުންނަނީ ކެއް މަދުވެފައެވެ. ލޯމަރާލިޔަސް އޭނާއަށް ސިފަވަމުން ދިއައީ އަމީންގެ އެ ފިރިހެންވަންތަ ސޫރައެވެ. އަމީން ފެނުމަށް އަބަދު އޭނާގެ ހިތްއެދެމުން ގެންދެއެވެ. އަބަދު އަމީން އާ ވާހަކަދެއްކުމަށް އޭނާގެ ހިތް އެދެމުން ގެންދެއެވެ. އަމީން ގެ ހަރަކާތްތަކުން އަމީން ވެސް އޭނާ ދެކެ ލޯބިވާ ކަމަށް އޭނާއަށް ޔަޤީންކުރެވުނެވެ.

އަމީން ރީނާއަށް ލޯބި ހުށައެޅި ދުވަހު އޭނާއަށް އުފަލުން ގޮސް ރޮވޭ ވަރު ވިއެވެ. ހަޔާތުގެ ފުރަތަމަ ލޯބި އޭނާއަށް ކާމިޔާބު ވީތީއެވެ. އޭނާ އެދުވަހުން ފެށިގެން ގަސްތު ކުރީ އަމީން އާ އެކީ މުޅި އުމުރަށް ވެސް އުޅުމަށެވެ. އޭނާ އުޅެމުން ގެންދިއައީ އަމީން ބުނިހާ ކަމެއް ކޮއްގެންނެވެ. އަމީން ގެ އުފަލައްޓަކާ އޭނާ ހުރިހާ އުފާތައް ޤުރުބާން ކުރަމުން ގެންދިއައެވެ. އަމީންއަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރުވެގެންނެވެ. އަމީން އަކީ އޭނާ ގެ މުޅި ދުނިޔެ ކަމުގައި ދެކެމުން ގެންދިއައެވެ. އަމީން އާ އެކު މުސްތަޤުބަލާ މެދު ފޮނި އުންމީދުތައް ކުރަމުން ގެންދިއައެވެ. ނަމަވެސް އެހުރިހާ އުންމީދުތަކެއް ފުނޑުފުނޑު ވެގެން ދިއައީ އޭނާ ދުވަހަކުވެސް ހީކުރި ފަދަ ގޮތަކަށް ނޫނެވެ.

ވިއްސާރަ ރެއެކެވެ. އާދައިގެ މަތިން އަމީން އާ ރީނާ ތިބީ ފޯނުން ގުޅައިގެން ވާހަކަ ދައްކާށެވެ. ރީނާ އެނދުމަތީގައި ބަންޑުން އޮވެގެން އަމީން އާ ލޯބިން ވާހަކަ ދައްކަމުން ގެންދިއައިރު އޭނާގެ ޚިޔާލުގައި އަމީން ނޫން އެހެން އެއްޗެއް ނުވާފަދައެވެ.

“ލޯބީ.. އާދެބަލަ…” ވާހަކަ ދައްކަމުން ގޮސް އަމީން އެހެން ބުނެލީ ލޯބިން ފުރިގެންވާ ރާގެއްގައެވެ. “މިޔަދު މި ކޮޓަރީގައި މި އޮތީ އަހަރެން އެކަންޏޭ.. ބޭބީ ޕްލީސް.. އާދެވޭނެތަ؟” އަމީން ބުނަމުން ގެންދިއައެވެ. ތެދެކެވެ. އެކޮޓަރީގައި ދެން އުޅޭ ދެ ފިރިހެންކުދިން ވަނީ ޗުއްޓީއަށް ރަށަށް ގޮހެވެ. ނަމަވެސް ރީނާ އަމީން އާ އެގޮތަށް އެކަހެރިކޮށް އެފަދަ ތަނަކުން ބައްދަލު ކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އަމީން ކުރުނުކޮށް ކިޔަން ފެށުމުން ރީނާ އަމީން އުޅޭ ކޮޓަރިއަށް ދިއުމަށް އެއްބަސްވިއެވެ. އޭރު ރީނާގެ އިތުރުން އެކޮޓަރީގައި އުޅޭ އެހެންކުއްޖެއް ކަމުގައިވާ ޝަރާ އޮތީ ނިދާފައިތޯ ޔަޤީންކޮއްލުމަށްފަހު އޭނާ ލައިގެން ހުރި ޓޮޕް ގެ މަތިން ބުރުގަލެއް އަޅާލުމާއެކު ފިރިހެންކުދިން އުޅޭ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ދަން ވެފައި ވުމާއެކު ހަލީމާވެސް އޮންނާނީ ނިދާފައިކަން ރީނާ އަށް އެނގެއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާ އެކޮޓަރި ދޮރު ހުޅުވާލައި އެތެރެއަށް ވަތް އިރު އަމީން އުޅެނީ ފާހާނާގައެވެ. އަމީން ފާހާނާއިން ނިކުންނަންދެން އޭނާ އެނދުގައި އިނެވެ. އަމީން އާ އެކީ މިރޭ ހޭދަވާނެ ވަގުތުތަށް ހިތަށް އެރުމާއެކު އޭނާގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިއައެވެ. ފާހާނާ ދޮރު ހުޅުވާލި އަޑަށް އޭނާ އަށް އެދިމާ ބަލާލެވުނެވެ. އަދި ހަމައެކަނި އުނަގަނޑާ ހަމައިން ގައިގައި ތުވާލި އަނދެލައިގެން ހުރި އަމީން ފެނުމުން އޭނާގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަދެގެން ދިއައެވެ.

“އަމީން..” ރީނާ ކޮޅަށް ތެދުވަމުން އަމީން ގެ ނަމުން ގޮވާލިއެވެ. އަދި އެއްޗެހި ލައިގެން އައުމަށް އެދުނެވެ. ނަމަވެސް އަމީން އޭނާ ކިޔާ އެއްޗަކަށް އަޅައެއް ނުލިއެވެ. މަޑުމަޑުން އޭނާއާ ގާތް ވަމުން ދިއައިރު އަމީންގެ މޫނުމަތީގައި ވަނީ މަސްތީ ހިނިތުންވުމެކެވެ.

ހެނދުނުގެ ވަގުތެވެ. ރީނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ އަށް ރޭ ކުރެވުނީ ރަނގަޅުކަމެއްބާއޭ ހިތަށް އަރަމުން ދިއައެވެ. އަމީން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާއަށް އަމީންގެ އެދުމަށް ފުރަގަސްދޭން ނުކެރުނީއެވެ. އަމީންގެ ފިރުމުންތަކަށް އޭނާއަށް އިޖާބަ ދެވުނީއެވެ. އަމީން އަށްޓަކާ އޭނާ ކޮންމެ ކަމެއްވެސް ކުރާނެއެވެ. ނަމަވެސް މިހާރު އޭނާއަކީ ޢިއްފަތްތެރި ކުއްޖެއް ނޫންކަން އޭނާއަށް އިހުސާސްވީ ހިނދު އެ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަން ފެށިއެވެ. މަންމަ ދިން ނަސޭހަތް އޭނާގެ ސިކުނޑިތެރޭގައި ގުގުމަން ފެށިއެވެ. އަންހެން ކުއްޖަކަށް އެންމެ މުހިންމު ކަމަކީ އޭނާ ގެ އަބުރާއި ޢިއްފަތް ރައްކާތެރި ކުރުން ކަމުގައި އޭނާގެ މަންމަ އަބަދުވެސް ބުނެއެވެ. ނަމަވެސް މިހާރު މިވަނީ މާ ލަސްވެފައެވެ. ގެއްލެއްޖެ އިއްޒަތަަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން އޭނާގެ ހިތަށް އެރުމުން އެހިތުގައި ރިއްސާލިއެވެ. އެވަގުތު އަމީން ގުޅަން ފެށުމުން އަވަސް އަވަހަށް ކަރުނަތައް ފުހެލައި ފޯނު ނަގައި ވާހަކަދައްކަން ފެށިއެވެ. އެހާ ލޯބިން އަމީން ވާހަކަ ދެއްކުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެންދިއައެވެ. އަމީން ފޯނު ބޭއްވުމާއެކު އޭނާ ހިތަށް އަރަމުން ދިއައެވެ. އަމީން އޭނާ ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ އަމީން ދުވަހަކުވެސް އޭނާއަށް ދެރަގޮތެއް ނުހަދާނެއެވެ. އޭނާ އަމީންއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. ދެން އޭނާ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އަމީން ދުވަހަކުވެސް އޭނާ ދޫކޮށްނުލާނެކަން އޭނާ އަށް ޔަޤީންކުރެވެއެވެ. ނަމަވެސް ކަންތައްތައް ހިނގައި ދިއައީ އެޔާ މުޅިން އިދިކޮޅަށެވެ.

އެ ދުވަހުގެ ރެއެވެ. ރީނާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާ ބަލާލިއިރު މިގުޅަނީ އަމީންއެވެ. އަވަސް އަވަހަށް ފޯނު ނަގާ ހެލޯ އޭ ބުނެލިއެވެ.

“ރީ… ނިކުމެބަލަ ވަރަށް އަވަހަށް ބޭރަށް… މިބުނީ ގެއިން ބޭރަށް..” ފޯނު ނެގުމާއެކު އަމީން ބުނެލިއެވެ.

“މި ގަޑީގަ؟ ކީއްކުރަން؟” ރީނާ ނިދިއައިސްފައިވާ އަޑަކުން އަހާލިއެވެ.

“ދެން މާ ސުވާލު ގިނަ ނުކޮށް ނިކުމެބަލަ.. ރީ އަހަރެން ދެކެ ލޯބި ވަންޏާ އަންނާނެ..” އަމީން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ރީނާ ތެދުވެ ގަޑި ބަލާލިއެވެ. މެންދަމު އެކެއް ޖަހަނީއެވެ. މި ގަޑީގައި އަމީން ގެއިން ބޭރަށް އަންނާށޭ އެބުނީ ކީއްވެގެން ހެއްޔެވެ؟ ޔަޤީނެވެ. އަމީން އެއުޅެނީ އޭނާއަށް ސަޕްރައިޒް އެއް ދޭންވެގެންނެވެ. އަވަސް އަވަހަށް ތެދުވެ ހެދުން ބަދަލުކޮށް ކުޑަ ބުރުގާކޮޅެއް އަޅައިގެން އޭނާ އެއްވެސް މީހަކަށް ނޭނގޭނެހެން މަޑުމަޑުން ބޭރަށް ނިކުތެވެ. ގޭ ބޮޑު ދޮރާށި ހުޅުވައި ބޭރަށް ނިކުތް އިރު ބޭރުގައި އަމީން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ރީނާ އަމީންއަށް ރަކި ހިނިތުންވުމެއް ރައްދު ކުރަމުން ގޮސް އޭނާގެ އަތުގައި ހިފާލިއެވެ. އަމީން އޭނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގަން ފެށިއެވެ.

“އަމީން.. ކޮންތާކަށް މި ދަނީ؟” ރީނާ އަމީން އެއްޗެކޭ ނުބުނެ ހިނގަން ފެށުމުން ނުހުރެވިގެން އަހާލިއެވެ.

“އެތަނަށް ދެވުނީމަ ރީ އަށް އެނގޭނެ..” އަމީން ލޯބިން ފުރިގެންވާ ރާގެއްގައި އެހެން ބުނެލުމުން ރީނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިއައެވެ.

ރީނާމެންނަށް ހިނގަމުން ގޮސް އާދެވުނީ އެރަށުގައި މީހުން އެންމެ މަދުން ދިރިއުޅޭ ފަޅިއަށެވެ. އެ ފަޅީގައި ހުރި ވަލާ އެންމެ ކައިރި ގެއަށް އަމީން ރީނާ ގޮވައިގެން ވަނެވެ. ރީނާ ވާނުވާ ނޭނގޭ ހާލު އަމީން އާއެކީގައި ވަނެވެ. ނަމަވެސް އަމީން ވެސް އެއްޗެކޭ ނުބުނާތީވެ، އޭނާއަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.

އެގޭތެރެއަށް ވަދެވުމާއެކު ރީނާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރެވުނެވެ. ދެޖިންސުގެ ކުދިން ގައިގޯޅިވެ ސަކަރާތް ޖަހަމުން ގެންދިއައިރު ހީވަނީ ބޭރު ޤައުމުތަކުގައި އެހުންނަ ކަހަލަ ނައިޓް ކްލަބެއް ހެންނެވެ. އޭނާގެ ހަޔާތުގައި ދުވަހަކުވެސް އެފަދަ މަންޒަރުތަކެއް ދެކިފައެއް ނުވެއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ އަމީން އާ ދިމާއަށް ބަލާލި ހިނދު އަމީންގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

“އަމީން.. މީތަ ކައެ ބުނި ހޮޓް ޗިކް އަކީ؟” އެތާ ތެރޭގައި ހުރި ޒުވާން ފިރިހެން ކުއްޖަކު އައިސް އަމީން ގާތު އަހާލިއެވެ. އޭނާގެ ކަރުގައި ދިހަ ވަރަކަށް ޗެއިންކޮޅު އަޅާފައި ވާއިރު ބޯހުރީ ކޮނޑާ ހަމައަށް ދިގުކޮއްފައެވެ. ލައިގެން ހުރި ގަޔަށް ދޫ ބޮޑު ޓީޝާޓްގެ ސަބަބުންނާއި ހުރި ސިފައިން އޭނާ ހަމަ ރަނގަޅަށް ވެސް ޖަހަނީ ޕާޓޭ ވައްތަރެވެ.

“ޔެއާ… އިޒިންޓް ޝީ ހޮޓް؟” އަމީން ރީނާ އަށް އިށާރާތްކޮށް ހީގަންނަމުން ބުނެލިއެެވެ. އެއާއެކު ރީނާއަށް ހީވީ މީހަކު އޭނާގެ މެއަށް ހޫނު ފެން އެއްޗެއް ޖެހިހެންނެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ކުރީގެ ހިތްހެޔޮ ރަނގަޅު އަމީން އެއް ނޫނެވެ. މިއީ ކޮންތަނެއް ބާވައެވެ؟ އަމީން އަށް މިތަން އެނގެނީ ކިހިނަކުން ބާވައެވެ؟ އަމީން އޭނާ މިތަނަށް ގެންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ސުވާލުތަށް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށުމުން ބޮލުގައި ކުޑަ ރިހުމެއް އުފެދުނެވެ. އެވަގުތު އެތަނުގައު ތިބި އެންމެންގެ ލޯތަށް އޭނާއާ ދިމާއަށް އަމާޒު ވެފައި ވާތަން ފެނުމުން އޭނާ އިތުރަށް ހާސްވިއެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އޭނާ އެގެއިން ބޭރަށް ދިއުމަށްޓަކައި ދުއްވައިގަތީ އެތަނުގައި ހުންނަން ބޭނުންނުވާތީއެވެ. ގޭގެ ދޮރާށިން ނިކުމެވުނުތަނާހެން އޭނާގެ ގައިގައި ބާރުގަދަ ދެއަތުން ހިފެހެއްޓިއެވެ. ހަޅޭއްލަވަން ފެށުމުން އެމީހަކު ރީނާގެ އަނގަމަތީގައި އަތް އެޅިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (61)

  1. Liaa

    Hii .. Mi part ves hurihaa kudhinnah reethi vaane kamah ummeedhu kuran .. Feel free to leave ur comments 🙂

  2. asyla

    Salhi ingey.vrah thrilling. Good luck! Waiting for the next part??

    1. Liaa
      asyla

      Thanks asyla 🙂

  3. Rish

    V reethi ameen haadha goahe

    1. Liaa
      Rish

      Thanks Rish 🙂 Yeah dhw.. Ameen v goas

  4. amy

    varah reethi mibaives 🙂

    1. Liaa
      amy

      Thankyew Amy 🙂

  5. Shikaa

    Habeys. Ekam maa kuree. Varah reethi. :*

    1. Sidhu
      Shikaa

      Hmmm. .v salhii ingeyy ma mirey mii vhk ge furathama bai kiyaalii …furathama bai kiyaa nimaali thananaa 2vana baii kiyaa hihy v. ….emmehh fahun mirey mikiyaali 1- 15 aa hama ah. ..adhii v habeys ingeyy vhk. ..v salhi v salhi. ..shikaa akah choclateh nukeveyyne dw. …

    2. Liaa
      Shikaa

      @Shikaa..Thankss 🙂 ekam mi part dhigu kohlin kury part ah vure

  6. Axoo

    Vv reethi. But thankolheh kuree. Alhe Shikaa ah e kevunee hama e chocolate tha. Noon dhoa.

    1. Liaa
      Axoo

      Thanks Axoo 🙂 Lets see wat hppns dhw

  7. aff

    kurin vex heewie e ameenu ge kameh…keel goin liaa… loved it☺☺

  8. aff

    kameh hen * keep *

    1. Liaa
      aff

      Thanks aff 🙂

  9. Mini***

    Wow dhn kn irakun aneh part……. Can’t wait….. Keep it up liaa…

    1. Liaa
      Mini***

      Thanks Mini*** .. Veehaaves avahah up kuraanan 🙂

  10. shw

    Ahulaaaaaaaaa
    Kyhthikuryyy

  11. Appy

    Mibai vx v rythi. …alhe shika hama chocolate ke eetha???

    1. Liaa
      Appy

      Thankyew Appy 🙂 lets see dhw wat hppns

  12. Sidhu

    Hmmm. .v salhii ingeyy ma mirey mii vhk ge furathama bai kiyaalii …furathama bai kiyaa nimaali thananaa 2vana baii kiyaa hihy v. ….emmehh fahun mirey mikiyaali 1- 15 aa hama ah. ..adhii v habeys ingeyy vhk. ..v salhi v salhi. ..shikaa akah choclateh nukeveyyne dw. …

    1. Liaa
      Sidhu

      Thankyew Sidhu 🙂 keep reading ingey ..

  13. Aimsithu

    Haadha dhera ey.. shikaa ah iraadha kureviiyya ehves kameh nuvaane e chocolate kaigen. . Chocolate badhaluvegen ahula ah e chocolate kevuniyya varah nice vaane

    1. Liaa
      Aimsithu

      Aimsithu.. lets see dhw how things hppn in nxt part 🙂

  14. naju

    Aley abadu shikaa ah dera goi ehn nuhadaba

  15. Rose

    Please shika ah dheragotheh nahadhaathi. Olhigen shika ah rangalhu chocolate dheveyni dho. V v salhi thanx

    1. Arw
      Rose

      hmm dw v heevey rangalhu chocolate hen shika ah dheveyny… N heevany miulhey reenaa vx e group vegen rape kuryhen… Dhen neynge..
      Let’s see.. ??

    2. Liaa
      Rose

      Thankyew Rose. 🙂

    3. Liaa
      Rose

      Hmm lets see wat hppns dhw Arw 🙂

  16. Asurumaa

    Varah salhi ……

    1. Liaa
      Asurumaa

      Thankss Asurumaa 🙂

  17. harry

    Nooooooo….. Liaa … wat have u done? shikaa e chocolate keiy? dhen e fakeerah kihineh vaany? nd y is this ameen such a bad ass?
    story hama habeys 😀 keep it up <3

    1. Liaa
      harry

      Thanks haryy 🙂 Hmm dhw Ameen v goas

  18. iris

    Wow liaa… Story vvv reethi… Luved it.. ??? next part avahah up kohdhehchey.. Reyga alah mi story kiyan fetty… Vv nice.. ??

    1. Liaa
      iris

      Aww.. Thankyew iris 🙂

  19. aree

    dhen liaaaaaaa…. shika e chclte hama keiythr???? alheyy… ekm aree ah heevanee shika ah keveynee rngalhu chclte eh kanneynge… dhen goas kaifiyyaa kihinehthr vaanee…???nd mi prt ehn prtx ahvure kuru hen heevey..?? vedhrne dhn aree maabodah kiyaa hithun ineema kuruhen heevee kamahves… ekmvx nxt prt miahvure dhigukohlladhehcheyyy liaa.. stry hama vrh vrh vrh rythiii❤❤❤❤❤❤❤❤ nxt prt knirakun up kohdheynee..???? avahah up kohlladhehchey… mihaaruvx meenee hama kiyaalaa hithun…… ????nd aree vrh foohii vey ahulaa r ameen dheke…? gud lck liaa???

    1. Liaa
      aree

      Awwn .. So sweet <3 Thankyew so much 🙂 keep reading ingey <3

  20. ny

    Wow haada saliey. ..,,,,nxt part v v avaha up kodeeba

    1. Liaa
      ny

      Thank u ny 🙂

  21. Ushaa

    Vrh vvvvv reethi mi stwriii.. Ushaa miswrii kiyan feshy adhi reyga.. Ekam eh prt keema aneh prt kiyaa hiy vegen gos 15 prt kiyaa nimijje… Nxt prtah waitin,,,, Gdlk… Nyc wrk… Nd mihaaru ushaayahvx vevijje liaaage big fan akah…

    1. Liaa
      Ushaa

      Awwn.. so sweet.. Thank u so much ingey 🙂

  22. xprincess

    Mi part ves v v reethi… Shikaa is in love with ahusan dhw.. bt tht will break livaan ge heart 🙁 nd shikaa ah e chocolate hama kevuny ey dhw.. nd this ameen ves reenaa ah ehen hadhaakah nuvaanennu …
    v reethi.. keep it up ! <3 lov yh gurl .. All the best <3 <3

    1. Liaa
      xprincess

      Thanks xprincess, u sweet gurl.. hehe 🙂

  23. ihoo

    v v v rythi mi part ves 🙂 hama habeys.. keep it up! and veehaaves avahah nxt part up kollahchey ingey liaa.. dhen shikaa ah vaane gotheh ingen beynun :-* v v keh madhu vefa mi hurii.. vaahakaiga shikaa ah dhera gotheh vaa gothah nuliyahchey ingey 🙂

    1. Liaa
      ihoo

      Thankyew ihoo <3 🙂

  24. mariyam

    nice keep it up…. i love this one

    1. Liaa
      mariyam

      Thank u mariyam 🙂

  25. Anonymous

    Iraadha kureviya ahulaa ah olhigen dheveynee nubai chocolate eh. Btw this isa the best storyyyy..but dhen upp kohdheyne dhuvaheh bunefiyya hama best vaane

    1. Liaa
      Anonymous

      Thanks anonymous 🙂 up kuraane dhuvaheh ehen bunaakah neynge ey .. Liaa ah vee varakun up kuraanan hama 🙂

  26. Thaany

    Haadha reechey mihaar mi storry mi saitun thaany kiyaa hyrihaa storry thakuge therein emme emme waitting hurevenny mi storry ge hehe ‘❤❤❤

    1. Liaa
      Thaany

      Thankss Thaany <3 🙂

  27. Xaan

    Vvvvvvv salhi choclat kaigen shika ah dheragotheh viyaka nudhehchey ingey

    1. Liaa
      Xaan

      Thanks Xaan 🙂

  28. Xaan

    Thany buny thedheh abadhu mi vaahakaige khiyaaluga

    1. Liaa
      Xaan

      aslu ves tha…? thank u so much.. 🙂

  29. Mysterious Angel

    Ma Shaa Allah story vr nice.. keep it up gal 🙂

    1. Liaa
      Mysterious Angel

      Thankyew Mysterious Angel 🙂

  30. rafa

    Wow v nice hisaabakunu thi ninmaaly ???…waitin for da next part

    1. Liaa
      rafa

      Thanks rafa 🙂

  31. faathimaa

    woww… vrh salhi mi part vx … waiting for next part… liaa vrh molhu… <3

    1. Liaa
      faathimaa

      Thankss faathimaa 🙂 <3

Comments are closed.