“ދަރިފުޅާ… ބައްޕަ ބަލާނަން އިނގޭ ތިކަން ކޮއްދެވޭތޯ..” ހުސައިން ވަރަށް ލޯބިން އަހުލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“ޝުކުރިއްޔާ ބައްޕާ..” އަހުލާ އުފަލުން ހުސައިން ގައިގައި ބައްދާލަމުން ބުނެލިއެވެ.
**********
އެދުވަހު ޝިކާ ގެއަށް އައިސް ވަތް އިރު ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއް ހެންނެވެ. އޭނާ ހުރީ އެހާ ވެސް އުފާވެފައެވެ. ގެއަށް އައިސް އޭނާ އެންމެ ފުރަތަމަވެސް ގުޅާލީ އޭނާގެ ބައްޕައަށެވެ. ޝިކާ އަށް މަތީ މާކްސް ލިބުމުން ސަމީރު ވަރަށް އުފާވިއެވެ. އަދި އިތުރަށް މަސައްކަތް ކުރުމަށް ވެސް ނަސޭހަތް ދިނެވެ. އެދުވަހު ޝިކާ ގޭ އެންމެނާވެސް ވަރަށް ވާހަކަދެއްކިއެވެ. އަދި މިހާރު ކުރިއަށް ވުރެ ވެސް އޭނާ އަނގަގަދަ ވެއްޖެއެވެ. އަމިއްލައަށް ފެނިގެން ގޮސް މީހުންނާ ދިމާއަށް އެއްޗެހި ބުނެލައެވެ. ޒީލަ ގަދަވެގެން އުޅޭ ރީނާ ވެސް ހުންނަނީ ޝިކާ އޭނާ އާ ދިމާއަށް ބުނެލާ ބަސް ބަހުގެ ސަބަބުން ކޮސްވެފައެވެ. މިކަމާ އެންމެ އުފާވެފައި ހުންނަނީ ލިވާން އެވެ. ޝިކާ އޭނާ އާ ގިނަގިނައިން ވާހަކަދައްކައި އުޅޭތީއެވެ.
ޝިކާ މިހާރު ބޭނުންވަނީ ތާމިން ގެ ޚިޔާލުތަކާ ވީހާވެސް ބޮޑަށް ދުރަށް ދާށެވެ. އޭނާގެ ހިތާމަތަށް މިއަދު ވަނީ ނަފްރަތަށް ބަދަލުވެފައެވެ. އޭނާ މިހާރު ތާމިން ދެކެ ވަރަށް ރުޅިއާދެއެވެ. ދުވަހަކުވެސް ތާމިން ފެންނަ ހިސާބަށް ނުދިއުމަށް އޭނާގެ ހިތުގައި އަޒުމްކަނޑައެޅިއެވެ. ނަމަވެސް ބައެއް ފަހަރު ތާމިން ގެ މަތިން ހަނދާންވުމުން އޭނާގެ ހިތުގައި ކުޑަ ރިހުމެއް އުފެދެއެވެ. ނަމަވެސް އެގޭގައި އުޅޭ ކުދިންނާ އެކީ މަޖާކޮށްލާ ހަދާލުމުން އެ ރިހުން ވެސް ފިލާ ދާ ކަހަލައެވެ. މިހާރަކަށް އައިސް ޝިކާ ވަރަށް ގިނައިން ކައެވެ. އެހެންކަމުން، ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ ހަށިގަނޑު މަސްޖަހާ ރީތިވަމުން ދިއައެވެ. ގައިގެ ކުލަވެސް އިތުރަށް ދޮން ވަމުން ދިއައެވެ.
**************
އެއްދުވަހެއްގެ ހަވީރެވެ. އަހުސަން ބޯޅަކުޅެ ނިންމާފައި ގެއާ ދިމާއަށް މަޑުމަޑުން ހިނގަމުން ދިއައެވެ. ތުނި ތުނި ވާރޭގެ ތިކިތަށް އޭނާގެ މުޅި ހަށިގަނޑު އެއްކޮށް ތެންމަމުން ގެންދިއެވެ. ބޮލުގައިވާ ފެންތަށް ފޮޅާލަމުން އޭނާ ގޯތިތެރެއަށް ވަންނަން ހިނގައިގަތްތަނާ ފެނުނު މަންޒަރަކުން ދެވަނަ ފަހަރުވެސް އޭނާއަށް އެދިމާއަށް ބަލާލަން މަޖުބޫރުވިއެވެ. ވާރެއާ ތެމިގެން މާގަސްތަކުގެ ތެރޭގައި މިއުޅެނީ ޝިކާ ނޫން ދެވަނަ މީހެއް ނޫނެވެ. ހީވާގޮތުގައި ހަލީމާ ބުނެގެން ގަސް އިންދަނީއެވެ. އަބަދުވެސް ގަޔަށް ދޫކޮށް ހުންނަ ހެދުން ވަނީ އޭނާގެ އެ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައެވެ. އެ މޫނުގައި ފެންތިކިތަށް ވިދަމުން ދިއައިރު އިރުކޮޅާ ހީކަރުވާވަރުން އޭނާ ދެއަތުން ދެކޮނޑުގައި އަތް ހާކާލަމުން ގެންދެއެވެ. އެމޫނުމައްޗަށް އިރު އިރުކޮޅާ މާނަވީ ހިނިތުންވުމެއް ވެރިވަމުން ދިއައެވެ. މަންޒަރު ބަލަން ހުރި އަހުސަނަށް އޭނާ ސިފަވެގެން ދިއައީ ހޫރު ޕަރީއެއްގެ ސިފައިގައެވެ. އާޝޯޚުވެފައި އެ ލޯބި ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން އޭނާ އަށް ހުރެވުނީ ކިހާއިރަކުކަން ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ. ހޭވެރިކަމެއް ވުމުން އޭނާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލުމަށް ފަހު ޗުސް ތަޅަމުން ގޭތެރެއަށް ވަދެގެން ދިއައެވެ.
އަހުސަނު ފާހާނާ އަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނިކުމެ އެނދުގައި ޖައްސާލީ ފޮތެއް ހިފައިގެންނެވެ. ޓެސްޓުވެސް ބޯމަތި ވެފައި ވުމާއެކު އޭނާ ބޭނުންވަނީ ކުރިއަށް ވުރެވެސް ރަނގަޅު ނަތީޖާއެއް ހޯދާށެވެ. ނަމަވެސް އޭނާއަށް ފޮތާ ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ނަމެއްގައެވެ. އޭނާގެ ސިކުނޑީގައި ރަނިކަން ކުރަމުން ދަނީ އެހެން ފަރާތެކެވެ. ލޯމަރާލާ އިރަށް ސިފަވެގެން ދަނީ އެ ސޫރައެވެ. މާގަސްތަކުގެ ތެރޭގައި އުޅުން އިރު އެ ރީތި މޫނަށް ވެރިވެފައިވާ ހިނިތުންވުމެވެ. އަހުސަނު އަށް އެ ޚިޔާލުތަކަށް ގެއްލިފައި އެތަށް އިރެއް ވަންދެން އޮވެވުނެވެ. އެންމެ ފަހުން ނިދި އޭނާގެ ބޮލަށް ސަވާރުވާން ފެށުމުން ފޮތް ބާއްވާފައި އޮށޯވެލިއެވެ.
ހެނދުނު ހޭލެވުނު އިރު އަހުސަނުގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ދުވަހަކީ ހޮނިހިރު ދުވަސް ކަމުން އޭނާ ކަންނެތް ވެފައި އެތަށް އިރެއް އެނދުގައި އޮތެވެ. އޭނާ އަށް ފެނުނު ހުވަފެނާ މެދު ވިސްނާށެވެ. އެ ހުވަފެން މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ދޮން މޫނު ރަތް ވެގެންދާ ގޮތުން ހީވަނީ އާ ކައިވެންޏަށް ތައްޔާރުވަމުން ގެންދާ އަންހެއްކުއްޖެއް ހެންނެވެ. ފުރޮޅި ފުރޮޅި އެހެން އޮވެފައި އޭނާ ތެދުވި އިރު ކޮޓަރީގައި އެކަކުވެސް ނެތެވެ. އަވަސް އަވަހަށް ތެދުވެ ތުވާލި ކޮނޑުގައި އަޅުވާލައޮގެން ފާހާނާއަށް ވަނެވެ.
އަހުސަނު ކޮޓަރިން ނިކުތް އިރު ރީނާ ފިޔަވައި އެންމެން ކާ މޭޒުދޮށުގައި ސައިބޯން ތިއްބެވެ. އެކި މީހުން އޮލަ ވާހަކައިގައި ތިބި ގޮތުން ހީވަނީ ބޮޑު އާއިލާއެއްހެންނެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ލިވާން އާ ވާހަކަދައްކަމުން ހީ ސަމާސާ ކުރަމުން ގެންދިޔަ ޝިކާ އެވެ. އޭނާގެ މޫނުގައި ވާ އުފާވެރި ހިނިތުންވުން ފެނިފައި އަހުސަނުގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ވެރިވެގެން ދިއައެވެ. އަހުސަނު އައިސް ލިވާން އާ ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން ހަލީމާ ތެދުވެ އޭނާ އަށް ސައިތައްޓެއް އަޅައި ދިނެވެ. އޭރުވެސް މޭޒުދޮށުގައި ކޮންމެވެސް ކަމަކާ މެދު ބަޚުސްކުރަމުން ގެންދެއެވެ.
“އާނ.. ދެން އަހުސަން ބުނެބަލަ… އަންހެނުންނަށް ވެސް ހަމަ ފިރިހެނުންނަށް ކުރެވޭ ކަމެއް ވެއްޖެއްޔާ ކުރެވޭނެއްނު ދޯ؟ ލިވާން ކިޔަނީ ނުކުރެވޭނެޔޯ… އަންހެނުން މާ ބަލިކަށި ވާނެޔޯ…” އަހުސަނު ގޮނޑީގައި އިށީނުމާއެކު ޝިކާ އޭނާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އަހުސަނުއަށް ޝިކާ ކިޔާ އެއްވެސް އެއްޗެއް އަޑު ނީވޭކަހަލައެވެ. އޭނާ ހުރީ އެވަގުތު ޝިކާގެ ކަނޑެއް ފަދަ ފުން ދެލޮލަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުގައި އެވަނީ ކޮންފަދަ ޖާދުވީ އަސަރެއް ބާވައެވެ؟ އޭނާ އަށް އެ ދެލޮލުގެ ތެރެއަށް ގެއްލިފައި އިނދެވުނީ ވަށައިގެން ހިނގާ އެއްވެސް ކަމަކަށް އަޅާލުމެއް ނެތިއެވެ.
އަހުސަނު އަށް ހޭވެރިކަމެއްވީ ޝިކާ އޭނާގެ ލޯ ކުރިމަތީގައި އަތް ހޫރާލުމުންނެވެ. ސިއްސައިގެން ގޮސް އޭނާ އަށް ކީކޭހޭ އަހާލެވުމުން ޝިކާ އަނެއްކާވެސް އޭނާ ކީ އެއްޗެހި ތަކުރާރުކޮށްލިއެވެ.
**********
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޝިކާ ކޮޓަރި ކުޑަ ދޮރުން ބޭރު ބަލަހައްޓައިގެން އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ފަން އިސްތަށިގަނޑު ހާމަޔަށް ދޫކޮށްލާފައިވާއިރު ކޮޓަރި ތެރެއަށް ވަންނަމުން ދިޔަ ފިނި ވައިރޯޅިތަށް އޭނާގެ އިސްތަށިގަނޑާ ކުޅެމުން ދެއެވެ. ޝިކާގެ ޚިޔާލުގައި ވަނީ އަހުސަނެވެ. އަހުސަނު މިޔަދު އޭނާއާ ދޭތެރޭ ކަންތައް ކުރީ ކުރިން ކަންތައްކުރާ ގޮތަކަށް ނޫނެވެ. ކުރިން އަބަދު ޝިކާ އާ ބެހިލަ ބެހިލަ ހުންނަ އަހުސަނު މިޔަދު އަމިއްލައަށް ފެނިގެން އޭނާ އަށް ގޮވާވެސް ނުލައެވެ. ސައިބޮއިގެން ސިޓިންގރޫމުގައި އެންމެން ސަކަރާތް ޖަހަމުން ދިޔައިރުވެސް އޭނާ މިއަދު އިނީ ވަރަށް މަޑުންނެވެ. ހީވަނީ ކަމަކާ ފިކުރުބޮޑުވެފައި އިން ހެންނެވެ. ހީލަނީ ވެސް މަދު ފަހަރަކުއެވެ. އަދި ޝިކާއަށް އެންމެ ފާހަގަ ކުރެވުނީ އަހުސަނު ޝިކާ އާ ހަތަރު ކަޅި ހަމަކުރަން ފަސްޖެހޭކަމެވެ. އެކަމަކު އޭނާއަށް މިއައި ބަދަލުތަކާ މެދު ޝިކާއަށް އެވަރަށް މި ވިސްނެނީ ކީއްވެބާއެވެ؟ އަހުސަނު ކޮންމެ ގޮތަކަށް އުޅުނަސް ޝިކާއަށް ކީއްހެއްޔެވެ؟ ނަމަވެސް އަހުސަނު އޭނާ އަށް ކުރިންދޭ ސަމާލުކަން ނުދިނުމުގެ ސަބަބުން އޭނާގެ ހިތުގައި އެވަނީ ކުޑަ ރިހުމެއް އުފެދިފައެވެ. މިކަން މިހެން ވާންވީ ސަބަބެއް ވިސްނަން އުޅެ އުޅެ ވެސް އޭނާ އަކަށް ވިސްނޭގޮތެއް ނުވިއެވެ. އެންމެފަހުން އޭނާގެ ބޮލުގައި ރިއްސަން ފެށުމުން އިސްތަށިގަނޑު އައްސާލުމަށްފަހު ބޮލުގައި ބުރުގަލެއް އަޅާލައިގެން ސިޓިންގރޫމް ތެރެއަށް ނިކުމެލިއެވެ. އަދި ސިޓިންގރޫމުން ބޭރަށް ނިކުމެވޭ ގޮތަށް ހުންނަ ބިއްލޫރި ދޮރު ކަހާލުމަށްފަހު އެތަނުގައި އިށީންދެލިއެވެ. އަދި ބޭރަށް ނަޒަރު ހިންގާލިއެވެ. ހަލީމާ ހައްދާފައި ހުންނަ ފިނިފެންމާ ގަހުގައި ފޮޅެފައިވާ ތިން ފިނިފެންމާ އިނެވެ. އަދި ކުރީ ދުވަހު އޭނާ އިންދި ގަސްތަށް މިހާރު ހުރީ ފަޅަން ފަށާފައެވެ. މިމަންޒަރު ފެނުމުން އޭނާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިއައެވެ. ގޯތިތެރެއަށް ވަދެވެން ހުންނަ ބޮޑު ދޮރާށި ހުޅުވޭ އަޑަށް ޝިކާ އެދިމާއަށް ބަލާލިއިރު ފުޓުބޯޅަ ކުޅޭ ބޫޓު އެއް އަތުން ހިފައިގެން މިވަންނަނީ އަހުސަނުއެވެ. އަހުސަން ފެނުމުން ޝިކާގެ ހިތުގެ ހިނގުން އަވަސްވެގެން ދިއައީ ކީއްވެކަން ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ. ޝިކާ އަހުސަން އާ ދިމާއަށް ފުން ނަޒަރަކުން ބަލާލިއެވެ. އޭނާ ލައިގެން ހުރި ނޫކުލައިގެ ޖާޒީ ވަނީ ދާހިއްލުމުގެ ސަބަބުން އެއްކޮށް ކަހަލަ ގޮތަކަށް ތެމިފޯވެފައެވެ. އެ ދޮން މޫނުމަތީގައި އަދިވެސް ދާތިކިތަށް ވިދަވިދާ ހުރިއިރު އެ ބުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އޭނާ ފިރިހެންވަންތަ ހިނގުމެއްގައި އައިސް ގޯތި ތެރޭގައި ހުރި ފެން އިސްކުރުން އަތާއި މޫނު ދޮންނަން ފެށިއިރުވެސް ޝިކާއަށް ހުރެވުނީ އެދިމާއަށް ބަލަހައްޓައިގެންނެވެ.
“ފެންފުޅިއެއް ގެނަސްދޭންވީތަ؟” ޝިކާ ތެދުވެ އަހުސަނު ގާތު އަހާލިއެވެ. އެއީ ކުރީ ދުވަހެއްގައި ވެސް އަހުސަނު ކުޅެގެން އައިސް އޭނާ ގާތު އައިސް ފެންފުޅިއެއް ގެނަސްދޭށޭ ބުނި ހަނދާންވުމުންނެވެ. ޝިކާ އެހެން ބުނުމުން އަހުސަން އޭނާ އާ ދިމާ ބަލާވެސް ނުލާ ބޯޖަހާލިއެވެ. ޝިކާ އަވަސް އަވަހަށް ބަދިގެއާ ވީ ފަރާތަށް ހިނގައިގަތީ އޭނާ ޝިކާއާ ދިމާ ބަލާނުލުމުން ހިތާހިތުން ޝަކުވާކުރަމުންނެވެ.
ޝިކާ ފެންފުޅި ބަލާދާތަން ބަލަން އަހުސަން ހުރި އިރު އެ މޫނުމަތިން ފާޅުވަނީ މާޔޫސްކަމުގެ އަސަރުތަކެވެ. އޭނާ ދުވަހަކުވެސް ޝިކާދެކެ ލޯބިވާކަށް ބޭނުމެއްނޫނެވެ. އޭނާ ޝިކާ އާ މެދު ދެކެން ބޭނުންވަނީ ރަހުމަތްތެރިއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތް ވަނީ އޭނާއަށް ނުކިޔަމަންތެރި ވެފައެވެ. ޝިކާގެ ސޫރަ ފެންނަ ކޮންމެފަހަރަކު އެހިތަށް ބުނެދޭން ނޭނގޭފަދަ އެތަށް އަސަރުތަކެއް ކުރުވައެވެ. އެހެންވެ، މިހާރު އޭނާ ޝިކާގެ ސޫރައަށް ބަލަން ކިތަންމެ ބޭނުންވިކަމުގައި ވިޔަސް އޭނާ ގަދަކަމުން ވެސް އެކަން ހުއްޓުވަން މަސައްކަތް ކުރެއެވެ.
ޝިކާ އައިސް އަލަމާރިން އައިސް ފެންފުޅިއެއް ނަގައިގެން އައިސް ދިއްކޮށްލުމުން އަހުސަނު އެފެންފުޅީގައި ހިފީ އޭނާ އާ ދިމާއަށް ބަލާވެސް ނުލައެވެ. ޝިކާ ގެ ހިތުގައި އެވަގުތު ކުޑަ ރިހުމެއް އުފެދިގެންދިއައެވެ. އަހުސަނު ކުޑަ ފެންފޮދެއް ބޯލުމަށްފަހު ބޮލަށް ފެންފުޅި އޮއްސާލީ ބޮލަށް ލިބިފައިވާ ބަރުކަން ފިލުވާލުމުގެ ގޮތުންނެވެ. އެއަށްފަހު އަނބުރާ ޝިކާ އަތަށް އެ ފުޅި ދިނުމަށްފަހު އެތެރެއަށް ވަދެގެން ދިއައީ އެއްވެސް ބަހެއް ބުނެނުލައެވެ. ޝިކާ އަހުސަނު ވަދެގެން ދިޔަތަން ބަލަހައްޓައިގެން އެތަށް އިރެއް ވަންދެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އަހުސަނު މިހާރު އޭނާ އެހާ ދުރުކޮއްލީ ކީއްވެގެން ހެއްޔެެވެ؟ ކުރިން ޖަހާ އުޅުނު ސަކަރާތްތައް މިހާރު ކޮބާހެއްޔެވެ؟ އެހާ މަޖާކޮށްކޮށްފައި އުޅުނު މީހާއަށް އެވަނީ ކިހިނެއްވެފައިހެއްޔެވެ؟ އޭނާ އެހެން އިންދައި ސިހުން ލިބުނީ މަޣްރިބު ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަސް އަވަހަށް ތެދުވެ އެތެރެއަށް ދާން ހިނގައިގަތް އިރުވެސް އޭނާގެ ސިކުނޑީގައި ވަނީ އެތަށް ސުވާލުތަކެއް ފުނި ޖެހިފައެވެ.
***************
ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް ޝިކާ އާ އަހުސަނު ގެ ގުޅުން ދިއައީ ކުޑަ ވަމުންނެވެ. އަހުސަނު ވެސް އޭނާ އާ ވާހަކަ ނުދައްކާތީވެ، އޭނާ އަށް ވެސް އަބަދު އަމިއްލަޔަށް ފެނިގެން އަހުސަނު އާ ވާހަކަ ދައްކާކަށް ނުކެރެއެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ހިތުގައި ވެސް ރިހުން އުފެދިފައި ވީނަމަވެސް އެކަކަށް އަނެކަކުގެ ހާލަތެއް ނޭނގެއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޝިކާ އޭނާގެ އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތީ ސިކުނޑިއަށް ވެރިވަމުންދާ ޚިޔާލުތަކުގެ ސަބަބުން ނުނިދިފައެވެ. އަހުސަނުވެސް އުޅުނީ މިފަދަ ހާލެއްގައެވެ. ޝިކާ ފޯނުގެ ސްކްރީން އޮން ކޮއްލައި ގަޑި ބަލާލިއިރު މެންދަމު ބާރަ ޖަހަނީއެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ހިތަށް އެރި އެއްޗެއްގެ ސަބަބުން އަވަސް އަވަހަށް އޭނާގެ ފޯނުގައިވާ ނަންބަރުތަކުން ނަންބަރެއް ހޯދާލިއެވެ. އެތައް އިރެއް ވަންދެން “އުނދަގޫ ކުރާ މީހާ” ޖަހާފައި ސޭވް ކޮއްފައި އިން ނަންބަރާ ދިމާއަށް ބަލަހައްޓައިގެން އޮތެެވެ. އެއީ އަހުސަނު ގެ ނަންބަރެވެ. ތަންކޮޅެއް ކުރިން އެންމެން ސިޓިންގރޫމުގައި ތިބެގެން އެކަކު އަނެކަކަށް ނަންބަރު ދިންދުވަހު އޭނާ ސޭވްކުރި އަހުސަނުގެ ނަންބަރެވެ. އެދުވަހު އޭނާ އަހުސަނުގެ ނަންބަރުގައި “އުނދަގޫ ކުރާ މީހާ” ޖަހައިފައި އަހުސަނުއަށް ދައްކާލުމުން އަހުސަނު އޭނާގެ ފަހަތުން ދުވެފައި އައި ގޮތް ހަނދާން ވަމުން ދިއައެވެ. މިހާރުވެސް އަހުސަނު އެހާ މަޖާކޮށް އުޅޭނެނަމައޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. އޭނާ އަތުގައި އަހުސަން ގެ ނަންބަރު އޮތް ނަމަވެސް އޭނާ ދުވަހަކުވެސް އަހުސަން އަކަށް ނުގުޅައެވެ. އަދި މެސެޖެއް ވެސް ނުކޮއްލައެވެ. ނަމަވެސް މިރޭ އަހުސަނު އޭނާ އާ ދޭތެރޭ އެގޮތަށް ކަންތައްކުރަނީ ކީއްވެތޯ ބަލަން ކޮންމެގޮތެއް ހަދާފައިވެސް އޭނާ ބޭނުމެވެ. ތެޅިތެޅިއޮތް ހިތަކާއެކު މެސެޖިންގް އަށް ގޮސް ‘ނިއު މެސެޖް’ އަށް ފިތާލިއެވެ.
އަހުސަނު ނުނިދި ފުރޮޅި ފުރޮޅި އޮއްވައި އޭނާގެ ފޯނު ވައިބްރޭޓް ވުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. މިގަޑީގައި އޭނާއަށް މެސެޖް ކުރަނީ ކާކުހެއްޔެވެ؟ ފޫހިކަމާއެކު އޭނާ އެމެސެޖް ހުޅުވާ ބަލާލިއިރު ޝިކާގެ މެސެޖެކެވެ. މިގަޑީގައި ޝިކާ މެސެޖުކުރުމުން ހައިރާންވެހުރެ އޭނާ އެމެސެޖް ކިޔާލިއެވެ.
“އަރ ޔޫ އެންގްރީ ވިތް މީ؟ ” ޝިކާ ފޮނުވި މެސެޖުގައި އެހެން އޮތުމުން އަހުސަނު “ނޯ” އޭ ޖަހާފައި ރިޕްލައި ކޮށްލިއެވެ.
އަހުސަނު ރުޅިއެއް ނާދެއޭ ބުނުމުން ޝިކާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިއައެވެ.
“ވައި ޑޫ ޔޫ ކީޕް އިގްނޯރިންގް މީ؟” ޝިކާ ފޮނުވާލިއެވެ. ޝިކާ މިކޮއްލި ސުވާލަށް ދޭނެ ރަނގަޅު ޖަވާބެއް އަހުސަނު ގެ އަތަކު ނެތެވެ. އެހެން ކަމުން އޭނާ ކޮންމެވެސް ވަރަކަށް ހާސްވާން ފެށިއެވެ. އެންމެ ފަހުން “ކަމެއް ނުވެ” އޭ ކިޔައި އޭނާ ރިޕްލައިކޮއްލިއެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އޭނާ އަށް ޝިކާދެކެ ލޯބި ވެޔޭ ބުނާކަށް ނުކެރޭނެއެވެ. އެހެން ބުނެފިނަމަ ޝިކާ އޭނާ ރިޖެކްޓް ކޮށްލަފާނެއެވެ. ޝިކާ އޭނާ ބަލައިގަތަސް އޭނާ ޝިކާ އާ އެކީ އުޅޭކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ ޝިކާ އޭނާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ހުރުމަށެވެ. އޭނާގެ ހިތުގެ އެދުންތަކަށް ފުރަގަސްދިނުމަށެވެ.
“އޯހ.. އައި ތޯޓް ޔޫ ވާ އެންގްރީ..” ޝިކާ ރިޕްލައިކޮށްލިއެވެ. އަހުސަން އެ މެސެޖަށް ބަލާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއާއެކު އެހެން މެސެޖެއްވެސް އައެވެ. “ގުޑް ނައިޓް..” ޝިކާ އެމެސެޖުގައި ލިޔެފައިވެއެވެ. އަހުސަނުވެސް ގުޑް ނައިޓް ފޮނުވާލުމަށްފަހު ފުންވިސް ނުމެއްގައި އެރޭ ހަތަރުދަމު އޮތެވެ.
***********
ރޭގަނޑު ނުވައެއް ޖަހާ ހާއިރެވެ. ހުސައިން އަވަސް ފިޔަވަޅުތަކެއްގައި ރަށުގެ ބޮޑުމަގުން ހިނގަމުން ދިއައެވެ. އޭނާގެ މިސްރާބު ހުރީ ރަށުގައި މީހުން ދިރިނޫޅޭ ފަޅިއައަށެވެ. އޭނާގެ އެއްއަތުގައި އެލިގަނެގެން ކަހަލަ ގޮތަކަށް އަހުލާވެސް އޭނަޔާ އެކު ހިނގަމުން ދިއައެވެ. މަންޒިލާ ހަމައަށް އާދެވުމުން ހުސައިން ހުއްޓެލީ ކުރިމަތީގައިވާ ބޮޑު ގޯއްޗާ ދިމާއަށް ނަޒަރު ހިންގާލަމުންނެވެ. އެގޭގެ ވަށައިގެން ހުސް ވީރާނާވަމުންދާ މީހުން ނޫޅޭ ގެތަށް ހުރުމުގެ ސަބަބުން އެގެ ފެންނަނީ ވަރަށް ނާމާން ގޮތަކަށެވެ. ތެޅިގަލުން ހަދާފައިވާ ގޭގެ ވަށާފާރު ވަނީ ގިނަ ދުވަސް ވުމުގެ ސަބަބުން ފެހިޖަހާފައެވެ. ހުސައިން އަހުލާގެ އަތުގައި ހިފައިގެން އެގެއަށް ވަނުމަށް ހިނގައިގަތެވެ. ތަންތަންގަނޑު ކަތުރުފަނި ކައިފައިވާ ދޮރާށި ހުޅުވާލުމާއެކު ދޮރާށިން ބާރު އަޑެއް ކިޔައިގެން ދިއައެވެ. އަހުލާ ކުރިން ވެސް މިގެއަށް އައި ނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވެއެވެ. ހުސައިނުގެ އަތުގައި ކުރިއަށް ވުރެވެސް ބާރަށް އޭނާ ހިފަހައްޓާލިއެވެ. ގޯތި ތެރެއަށް ވަދެވުމާއެކު އެގޭތެރޭގައި ހުރި ބޮޑު ކުކުޅު ކޮށީގައި އިން ކުކުޅުތަށް ހޭރެން ފެށިއިރު ހީވަނީ އެގެއަށް ދުޝްމިނުންތަކެއް ވަނީހެންނެވެ. އިރުކޮޅަކުން ބޮޑު ފުޅިބައްތިއެއް ހިފައިގެން ގޭތެރެއިން ނިކުތީ ވަރަށް މުސްކުޅި މީހެކެވެ. އޭނާގެ އެއްކޮށް ނުރަޖަހާފައިވާ ބޮލާއި ތުނބުޅި އަދި ރޫޖެހިފައިވާ އެމޫނު ފެނުމުން ހީވަނީ ހަތްދިހައިގެ އަހަރުތަށް ގުނަމުންދާ މީހެއްހެނެވެ. ދަނޑިބުރިއެއް ބިމުގައި ޖައްސަމުން އެމީހާ އައިސް އަތުގައިވާ ތަވީތަށް އެއްޗެއް ކިޔަވާލާފައި ކުކުޅުތަކާ ދިމާއަށް ހޫރުވާލުމުން ހުރިހާ ކުކުޅެއް ހިމޭންވިއިއެވެ. އެމީހާ ދެން ބަލައިލީ ކައިރީގައި ކޮއްޅަށް ތިބި ހުސައިނުމެންނާ ދިމާއަށެވެ. އަތުގެ އިޝާރާތުން އެތެރެއަށް އައުމަށް ބުނެފައި އެމީހާ ދަނޑިބުރި ޖަހަމުން ގޭތެރެއަށް ހިނގައިގަތެވެ.
ގޭތެރެއަށް ވަދެވުމުން އެމީހާ އެގޭގައި ހުރި ޒަމާންވެފައިވާ ބޮޑު އުނދޯލީގައި އިށީނެވެ. އަދި ހުސައިނުމެން ގާތު ކަިރީގައި ހުރި ފަތްޖެހިއެނދުގައި އީށީނުމަށް ބުންޏެވެ.
“ކޮބާ ހުސޭނާ.. ކޮންކަމަކުތަ ތިޔަ އައީ؟” އެމީހާ ބޮޑު ނަންބަރު އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އަހާލިއެވެ.
“އިބްރާހީމްފުޅުބޭ .. މީ.. ކުޑަ ކަމަކު ކިޔަންވެގެން..” ހުސައިން އިށީންދެ ހަމަޖެހިލަމުން ބުނެލިއެވެ.
“ކޮންކަމެއްތަ އެކޮއި؟” އިބްރާހީމްފުޅު އޭނާގެ ދަނޑިގަނޑުގައި ދެއަތް ވިއްދާލަމުން އަހާލިއެވެ. ހުސައިނު އޭނާ ބޭނުންވާ ކަންތަކުގެ ވާހަކަ ބުނުމުން އިބްރާހީމްފުޅު އެކަމަށް އިންކާރުކުރިއެވެ.
“ހޯހޯ.. ހުސޭނާ… ބުނަން… ކުރީ ފަހަރުވެސް ކިރިޔާ އަހަރެން އެކަންތަށް ކުރިކަމަށް ފަޅާ ނޭރީ… އަހަންނަކަށް ނުވާނެ..” އިބްރާހީމްފުޅު އަތް ހޫރާލަމުން ބުނެލިއެވެ. އިބްރާހީމްފުޅު އެހެން ބުނުމުން ހުސައިނު އާދޭސް ކުރަންފެށީ އަހުލާގެ މޫނުމަތިން މާޔޫސްކަން ފެނުމުންނެވެ.
“އިބްރާހީމްފުޅުބޭ މިކަންތަށް ކޮއްދީ.. އަހަރެން އިބްރާހީންފުޅުބޭ ބުނި އަގެއް ދޭން ތައްޔާރަށް މިހުރީ..” ހުސައިން އެތަށް އާދޭހެއް ކުރުމުން އެންމެފަހުން އިބްރާހީމްފުޅު އެކަންތަށް ކޮށްދިނުމަށް އެއްބަސް ވެއްޖެއެވެ. ބޮޑު ފޮތެއް ނަގައި އެއިން ފާލެއް ބެލުމަށްފަހު އަހުލާ ގާތު ޝިކާއަށް މީރުވާނެހެން ހީވާ އެއްޗެއް ގަނެލައިގެން އައުމަށް އެދުނެވެ. އަހުލާ އޭނާ ބޭނުންވާ ކަންތަށް ކާމިޔާބުވާން އުޅޭކަން އެނގުމުން ބައްޕައަތުން ރުފިޔާއެއް ނަގައިގެން ފައިގައި ހުރި ބާރެއްލާފައި ފިހާރައާ ދިމާއަށް ދުއްވައިގަތީ ދަތްޕިލާ އެއްކޮށް ފެންނަވަރަށް ހީލުމަށްފަހުުގައެވެ. އެނބުރި އައީ ޗޮކުލެޓެން ގަނެލައިގެންނެވެ. އިބްރާހީމްފުޅު އަތަށް އޭނާ އެ ޗޮކްލެޓު ދިއްކޮށްލީ ވަރަށް ހިތްހަމަޖެހި ހުރެއެވެ.
” އިބްރާހީމްފުޅުބޭ ކަމެއް ކޮއްފައި މި ދޭނަން…. މި ބަލާ އާދޭ ތިންދުވަސް ފަހުން.. އޭރަށް ނިންމާލާނަން… ދެން ބުނަން.. މި ދޭން ޖެހޭނީ އެކުއްޖާގެ ވާއަތަށް… ވިސްނާތި މިބުނި ތަންކޮޅަށް…” އިބްރާހީމްފުޅު އެ ޗޮކުލެޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ހުސައިނު އިބްރާހީމްފުޅަށް ޝުކުރު އަދާކޮށްފައި އެގެއިން ނިކުންނަން ހިނގައިގަތް އިރު އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އަހުލާވެސް ހުރީ ނިކަން އުފަލުންނެވެ. މީހަކަށް ބޮޑު ދެރައެއް ދެވެން އުޅޭއިރުވެސް އެދެމީހުންގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.







Here’s the 13th part.. hope u like it.. 🙂
Loved it….. Really appreciate thankolheh dhigu veema
Me first. V v v vreethi alhea Shikaa Ahusan dheke loabi veetha. And Ahusan ves dho. Wow vrh reethi nvaanehen heevany. Ekam e Ahula gandu haadha goahey
Kon irakun nxt prt. Varah kiyaa hihvvea eba. Liaa thankyou ehaa avahah up kohdhinyma . Nxt prt ves avahah up kohdhechea.. Love this story. Waitingg….
Thank u pinky 🙂 veehaaves avahah up kuraanan insha allah
shika ah dhera gotheh nahadhachchey…. story is incredible….
Thank u same 🙂
Vvvvvvvvvv rythi. Alhe maadhama ves up kohla dhiyba. Plz
Thank u shaai.. 🙂 Maadhamaa hiyeh nuwey up vaane heneh.. sorry… ekam veehaaves avahah up kurumah i’ ll do my best 🙂
V salhi mi baives… Ahulaa ah e chocolate dheveyny Shikaage kanaa athahhen heevany… dhen e hedhi fanditha jeheyny Ahulaa ah… next part avas kollahchey…
Thank u saajidh 🙂 veehaaves avahah up kuraanan
Thank u laai, ehaa avahah up kuraathy v happy,
Thank u mimmy 🙂
Thank u laai, ehaa avahah up kuraathy. shikaa ge va athah chocolate nudhehchey laai
vaahaka varah reethi ekam vaahakaige baeh thankolhukolhu hama nujehey kan faahaga kollan . asaru 2 ga shika sifa kodhdheefa innany hamuge kula fudheyvarakah kalhu kujjegge gothuga. ekam mihaaru sifa koffa thi innany dhon kujjegge gothuga.. can you explain me this ? i like the story .. Keep it up .. and desperately waiting for the next part .. thank you
Shaz. Mi part ga innaane bunedhyfa shikaa ge hashigandu gai masjahaa hashi gandu reethi vi vaahaka aa gaige kula dhon vamun dhiya vaahaka….Rangalhah kiyaalaba 🙂
Thank u fr ur support 🙂
Alhey stry aa medhu bunaane ehvx ehcheh neynge ehaaves furihama
Keep it up liaa
Thank u Naana 🙂
V v v reethi thnkolhedhigukoliyaam adives v vrangalhu. …………..Thnx
Thank u ny.. nxt part miyah vure dhigu kollaanan insha allah 🙂
V reethi
Thank u sara 🙂
Reethi mi partvx…i wish livaan ah shika libeythw 😛
Thanks rafa 🙂 alhey.. kiyaaleema ingeyney kaakaa kan shikaa gulheyny.. hehe
Alhey livaan aa shikaa aa dhekudhin gulhuvadhyba…..btw stry vrh nice
Thank u 🙂
ahulaa chocolate dheynee shikaa ge right hand .. so fanditha work nukuraane dhww.. vaahaka hama habeys..avahah up kohdhehcheyy..??
Thank u Nern 🙂
U want thaamin and shikka gulhen…they seem much lovely…..but ahusan seems like a player….i love thaamin…please edhemeehun gulhuvaadhecheyyyyy……il this stry…..i love this stry so much
I meant i want
Minttyyy.. Thank u so much 🙂 keep reading nd u ll knw wat will heppan.. hehe 🙂
Thaamin aa shik aa gulhuvabah
Shika ah chocolate kaan nudhehcheyy. ….alhe ..n thanks mihaa avahahh vaahaka up kohdheythy
wlcm Appy 🙂
Abadu efakeera dera goi ehn nahadaba
Mi vaahaka vv reethi. Thank you avahah up kohdheythee ves. Mee varah kiyaahithun kiyey vaahakaeh.
Thaanks Axoo 🙂
liaaaa…e ahula ah knmes gotheh hadhaaba
Stry vvvvvvvvvvvvvv habeys
Keep it up
☺☺☺
Thankss Maaish 🙂
Superb…..
Youme.. 🙂 thankyew
Hama v v salhi.. Keep it up gurl .. LOved it!! 🙂 <3
Thank u harry 🙂
Storry v reethi ngey fist commet dw mi storry ah reethi kamun bunaa hiyy vgn cmt kohlly hehe thankx eha bodah waitting ga nubahattaathy plx shik ah choclate kaan nudehchey.
Thankks thaany 🙂
Asluves mi story hama v v reethi.. Gud luck liaa.. nxt part ge inthixaar ga mi hury..
Thank u yoyo 🙂
than kolhe avaha up koh dheee.v kiyaa hithun mihuree???
Thank u nn 🙂 veehaaves avahah up kuraanan 🙂
nuhurevunu comment nukoh hehehe!!!!
v v v reeeeeeeeethi ingeyyyyyyyyy I just luv this story ~xoxo