Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަސަރު 10

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
June 7, 2016 5 Mins Read
39 Comments

“އަހުސަނުގަނޑާ ހެދި ލަހުން ރިޕްލައި ކުރެވެނީ..” ޝިކާ އަހުސަނާ ދިމާއަށް އެއްޗެސް ކިޔަމުން ރިޕްލައި އެއް ލިޔެލިއެވެ. އަދި ރަނާ އާ އެކު ލޯންޑަރީ އަށް އަނެއްކާވެސް ދިއައީ އިސްތިރިކޮށް ނުނިމޭތީއެވެ.

************

އެރޭ ޝިކާ އަކަށް ނުވެސް ނިދުނެވެ. ތަފާތު އެހެން ސްކޫލަކަށް ދާންޖެހޭތީ ޖެހިލުންވަނީއެވެ. އޭނާ އެންމެ ބިރުގަންނަނީ އޭނާއަށް ކުލާހުން ރަހުމަތްތެރިއަކު ނުލިބިދާނެތީއެވެ. ފުރޮޅި ފުރޮޅި އޮއްވައި ކުއްލިއަކަށް މީހެއް ދޮރުހުޅުވާލި އަޑަށް އޭނާ ދިއައީ ސިއްސައިގެންނެވެ. ބޯހިއްލާ ބަލާލިއިރު ނިދާ ބޮކީގެ ފަނޑު އަލިން ވެސް ކޮޓަރިއަށް މިވަންނަނީ ރީނާކަން އެނގުނެވެ. އޭނާ ހުރީ ނުލާހިކު ނަލަހެދިލައިގެންނެވެ. ޝިކާ ފޯނުނަގައި ގަޑި ބަލާލިއެވެ. އޭރު ގަޑިން އެގާރަގަޑި ބައި ވަނީއެވެ. މިހާ ލަސްވަންދެން ރީނާ އުޅުނީ ކޮންތާކުބާއޭ އޭނާ ހިތަށް އެރިއެވެ.  ރީނާ ކޮޓަރިއަށް ވަތް ގޮތަށް ލައިޓުތަށް ޖައްސާލިއެވެ. ޝިކާ ލޮލުގައި އަތް އެޅީ ލައިޓުގެ އަލި ކުއްލިއަކަށް އެޅުމުން ލޮލަށް އުނދަގޫވާތީއެވެ. ރީނާ ދެން މިސްރާބު ޖެހީ ނިދާފައި އޮތް ރަނާ އާ ދިމާއަށެވެ. ރަނާ ގައިގައި ކޮށްޓާލުމުންވެސް އޭނާ ނުހޭލިއެވެ. މިކަމާ ރުޅިގަދަވެގެން ރީނާ ރަނާގެ ފައިގައި ހިފާ ދަމައިގަނެފައި އޭނާ އެނދުން ވައްޓާލިއެވެ.

“ތިއްތާ!” ރަނާ ޓައިލްސްތަށް މައްޗަށް ވެއްޓުމާއެކު ހަޅޭއްލަވައިގަތެވެ.

“މަ ބުނީ …މަ ޔުނީފޯމާ އެއްޗެސް އިސްތިރި ކުރިންތަ؟؟” ރީނާ ހަރަން ބަނދެލަމުން ރުޅިވެރިކަމާއެކު އަހާލިއެވެ. ރަނާ އޭނާ ގެ ތިއްތަ އާ ދިމާއަށް ލޯއަޅާލަމުން ތެދުވެ އެނދުގައި އިށީންދުނެވެ.

“ނޫން..” ރަނާ ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.

“ކީއްވެ؟ ދޭ ހަމަ މިހާރު ކުރަން…” ރީނާ އަމުރުވެރި ރާގަަކަށް ބުނެލިއެވެ.

“މަށެއް ނުޖެހޭނެ ތިއްތަގެ އެއްޗެސް އިސްތިރިކުރާކަށް… ތިއްތަގެ ވެސް ދެއަތް އެބަހުއްޓެއްނު..” ރަނާ އެނދަށް އަރަށް ހަމަޖެހިލަމުން ބުނެލިއެވެ. އަދި އާ ފުރޭ ކަމަށް ހަދާލާފައި ގައިގައި ރަޖާގަނޑު އަޅައިގެން އޮވެލިއެވެ. ރީނާ ހުރީ ރަނާ އެހެން ބުނުމުން ހައިރާންވެފައެވެ. ރަނާ އަކީ އެހެންނޫނިއްޔާ އޭނާ ބުނުމުން ހުރިހާ ކަމެއްވެސް ކުރާ ކުއްޖެކެވެ. އަދި އަމުދުން އޭނާ އާ ދިމާއަށް އެގޮތަށް ރަނާ ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ. ރީނާ އަށް ވިސްނުން ގޮތުގައި ރަނާއަށް މިބަދަލު އަންނަން މެދުވެރިވީ ޝިކާގެ ސަބަބުންނެވެ. އަދި އޭނާ އެވަގުތު ޝިކާ ދެކެ ކުރިއަށްވުރެ ވެސް ބޮޑަށް ރުޅިއައެވެ.

“ފަސް ގަޑި ބަޔިން ހަޔަކަށް، އެއީ މަ ސްކޫލަށް ދާން ފެންވަރާ ގަޑި… އެގަޑީގައި އެކަކުވެސް ނުވާނެ ވަދެގެންނެއް ފާހާނާ އަކަށް..!” ރީނާ ބާރަށް އެހެން ބުނެލީ އެނދުގައި އިށީންދެގެން އިން ޝިކާއަށް ވެސް އަޑު އިއްވާލުމަށެވެ. އަދި އެހެން ބުނުމަށް ފަހު އަލަމާރިން އޭނާ ގެ ޔުނީފޯމު ހިފައިގެން ބޭރަށް ނިކުތެވެ. ރީނާ ނިކުތުމާއެކު ޝިކާ ތެދުވެގެން ރަނާ ގާތަށް ދިއައެވެ. އަދި ރަނާ ފެންވަރަން ވަންނަނީ ކިހާއިރަކުތޯ އަހާލިއެވެ.

“ހަޔެއް ޖަހާއިރު… ހަގަޑި ފަނަރަހާއިރު ނިކުންނާނަން…” ރަނާ ބުނެލިއެވެ.

“ސްކޫލަށް ދާން ޖެހެނީ ހަގަޑި ސާޅީސް ފަހެއްގަ ދޯ… އެހެންވިއްޔާ އަހަރެން ވަންނާނީ ރަނާ ނިކުތީމަ… އަހަރެން ވަރަށް އަވަސް ވާނެ… ” ޝިކާ ހީލަމުން އެހެން ބުނެލުމަށްފަހު އެނބުރި ގޮސް އެނދުގައި އޮށޯތެވެ. އަދި އެކި ކަންކަމާ ވިސްނަމުން ގެންދިއައިރު އޭނާ ގެ އެސްފިޔަތަކަށް ބަރުވަމުންދާ އިހުސާސް ކުރެވެމުން ދިއައެވެ.

****************

ޝިކާ އަށް ހޭލެވުނީ އޭނާގެ ފޯނު އެލާމްވާ އަޑަށެވެ. އޭނާ އެލާމް އޮފްކޮށްލަމުން ތެދުވެ މޯޅިއަކަށް ދެމެލިއެވެ. އޭރު ރަނާ އާއި ރީނާ އޮތީ ގަދަ ނިދީގައެވެ. ޝިކާ ރަނގަޅަށް ގަޑި ބަލާލިއެވެ. ފަސްގަޑި ފަނަރަ ހިނގީއެވެ. އޭނާ މަޑުމަޑުން ގޮސް ކޮޓަރި ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު އެހަމަ ހިމޭންކަމުގެ ތެރެއިން އިވިގެން ދިއައީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. ޝިކާ އަވަހަށް ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނިކުމެ ނަމާދުކޮށްލިއެވެ. އޭނާ ނަމާދުކޮށް ނިމުނުތަނާހެން ހަލީމާ އައިސް އެ ކޮޓަރިއަށް ވަނެވެ.

“ޝިކާ ވަރަށް އަވަހަށް ހޭލަންދޯ ރަށުގައި އުޅޭ އިރުވެސް…” ހަލީމާ އެހެން ބުނެލުމުން ޝިކާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. ދެން ހަލީމާ އަވަސް ވެގަތީ ރީނާއަށް ގޮވުމަށެވެ. ހުރިހާ ކުދިންނަށް ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށްޓަކައި ގޮވުމަކީ އޭނާގެ އާދައެކެވެ. ދެތިން ފަހަރު ގޮވާލިތަނާ ރީނާ ތެދުވެއްޖެއެވެ. އަދި ލޯއުނގުޅަމުން ފާހާނާ އާ ދިމާއަށް ހިނގައިގަތެވެ. ނިކުމެފަ ރަނާ އަށް ގޮވާށޭ ބުނެލުމުން ރީނާ ހޫ އެކޭ ބުނެފައި ގޮސް ފާހާނާ ތެރެއަށް ވަދެއްޖެއެވެ. ހަލީމާ ދެން ބޭރަށް ހިނގައިގަތީ ފިރިހެން ކުދިންނަށް ގޮވުމަށެވެ. ރީނާ އާއި ރަނާ ފެންވަރައި ނިމެންދެން ޝިކާ އިނީ ޤުރުއާން ކިޔަވާށެވެ. ރަނާ ނިކުތުމާއެކު އޭނާ އަވަސް އަވަހަށް ފެންވަރައިގެން ނިކުމެ ސްކޫލަށް ދިއުމަށްޓަކާ ތައްޔާރުވެލިއެވެ. ޝިކާ ތައްޔާރުވެގެން ދަބަސް ހިފައިގެން ނިކުތް އިރު އެންމެން ވެސް ތިބީ ކާ މޭޒު ދޮށުގައި ބިސްކޯދާއި ސައި ބޯށެވެ. އަމީން އަށް ޝިކާ ފެނުމާއެކު އަތް ހޫރާލަމުން ހާއި އޭ ބުނެލިއެވެ. ލިވާން ހުރީ ފާޑަކަށް ޝިކާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހުސަނު ޝިކާ އާ ދިމާއަށް ބަލާވެސް ނުލައެވެ. އޭނާ ބެލީ ގަދައަށް ކެވޭތޯއެވެ. ޝިކާ ވެސް ރަނާ އާ ޖެހިގެން އިން ގޮނޑީގައި އިށީންދެފައި ސައިތަށި ބޯން ފެށިއެވެ. އެންމެނަށް ވުރެ ކުރިން ރަނާ އާ ޝިކާ ސްކޫލަށް ދާން ގެއިން ނިކުތެވެ.

ޝިކާ އަށް ސްކޫލަށް ވަދެވުމާއެކު އިހުސާސް ވީ އެކަނިވެރިކަމެވެ. އެހެން ކުދިން އެކުދިންގެ ރައްޓެހިންނާ ވާހަކަ ދައްކަމުން ހެމުން ހިނގަމުން ދިޔައެވެ. ރަނާވެސް ޝިކާއަށް ޝިކާގެ ކުލާސް ދައްކާލާފައި ހިނގައިގަތީ އޭނާ ގެ ކުލާހާ ދިމާއަށެވެ. އެހެންކަމުން ޝިކާ އަށް އޭނާގެ ކުލާހަށް ދާން ޖެހުނީ އެކަންޏެވެ. ޝިކާ ކުލާއަށް ވަދެ އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެކި ކުދިން އެކި ތާންގައި ތިބެ ހީ ސަކަރާތް ޖަހަމުން ދިއައެވެ. ޝިކާއަށް ގޮސް އިށީންނާނެ ގޮނޑިއެއް ނޭނގިފައި ދޮރުމަތީގައި ޖެހި ބުދެއް ފަދައިން ހުއްޓެވެ.

“ހެލޯ.. ޔޫ އަރ ދަ ނިއު ގާލް ދޯ؟” ޝިކާ އަށް ހޭވެރިކަމެއްވީ އަންހެން ކުއްޖަކު އޭނާ ގެ މޫނު ކައިރީ އަތް ހޫރަލަމުން އެހެން ބުނުމުންނެވެ. ޝިކާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

“އާދޭ މަގޭ ކައިރީ އިށީންނަން… މިއީ ހުސް ސީޓެއް..” އެ އަންހެން ކުއްޖާ ގޮނޑިއަކާ ދިމާއަށް އިށާރާތް ކޮށްލަމުން ބުނެލިއެވެ. ޝިކާ ހީލަމުން އެކުއްޖާ ދެއްކި ތަނުގައި ދަބަސް ބަހައްޓާލުމަށްފަހު އިށީންދުނެވެ. އެ ކުއްޖާވެސް ޝިކާ ކައިރީގައި އިން ގޮނޑީގައި އިށީންދުނެވެ.

“މީ އަހުލާ… ” އެކުއްޖާ ސަލާން ކޮށްލަން އަތް ދިއްކޮށްލަމުން ބުނެލިއެވެ.

“ޝިކާ..” ޝިކާ އަހުލާ ގެ އަތުގައި ހިފައި ސަލާން ކޮށްލަމުން ބުނެލިއެވެ. އެވަގުތު ކުލާހަށް ވަދެގެން އައި ޓީޗަރު ފެނިފައި ހުރިހާ ކުދިން ހިމޭންވިއެވެ.

“ހެލޯ ޕީޕަލް…. އައި އެމް ޔުއާ ނިޔު ފިޒިކްސް ޓީޗާރ…. ޔޫ ކެން ކޯލް މީ ރާޖް ސަރ…” އެ ޓީޗަރު އަތުގައި އޮތް ފޮތްތަށް މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. އޭނާ ފަހަރަކު ކުއްޖަކު ކޮއްޅަށް ނެގުމަށްފަހު ނަމާއި ރަށް އަހަމުން ދިއައެވެ. ޝިކާ ވެސް ތެދުވެ އިންޓްރޮޑަކްޝަން ދޭން ޖެހޭނެކަން އެނގުމުން އޭނާގެ ހިތް އޭރު ދިއައީ ނެގިނެގިފައި ޖެހެމުންނެވެ. އަހުލާ ތެދުވެ އިންޓްރޮޑަކްޝަން ދިނުމުން ދެން އެ ޓީޗަރު ޝިކާއަށް ތެދުވުމަށް އިޝާރަތް ކޮށްލިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ޝިކާ ކޮޅަށް ތެދުވިއެވެ.

“މައި ނޭމް އިޒް… ޝި..ޝިކާ….. އައި އެމް ފްރޮމް ވެ..ވެލިދޫ…” ޝިކާ ޖެހިލުންވެފައި ހުރިވަރުން ވާހަކަދެއްކުނީ އަޅައަޅައި ގަންނަމުންނެވެ. އިންޓްރޮޑަކްޝަން ނިމުމުން ދެން ރާޖް ސަަރ ހުރިހާ ކުދިންނަށް ވެސް ދުރު ދުރުގައި ޑެސްކުތަށް އެތުރުމަށް އިރުޝާދު ދިނެވެ. އަދި ކޮންމެ ކުއްޖެއް އަތަށް ޕޭޕަރެއް ދެމުން މިއީ ފެންވަރު ބެލުމަށްޓަކައި ނަގާ ޓެސްޓެއް ކަމަށް ބުންޏެވެ. ޝިކާ އެ ޕޭޕަރު ވަރަށް ފަސޭހަކަމާ އެކު ހަދާލިއެވެ.

“ހޭ.. ޕޭޕަރު ކިހިނެއް؟” ޓެސްޓު ނިމުމުން އަހުލާ ޝިކާ ގާތު އަހާލިއެވެ.

“އޯކޭ ހަމަ..” ޝިކާ ހީލަމުން ބުނެލިއެވެ.

“މަށަށް ވަރަށް ފަސޭހަ… މަށަށް ޔަޤީން މިޓެސްޓުން ވެސް އެންމެ މަތި ލިބޭނީ މަށަށްކަން.. އިނގޭތަ؟ މަމީ މިކުލާހުގެ ޓޮޕް ގަ އަބަދުވެސް އިންނަ ކުއްޖާ…” އަހުލާ ފަޚުރުވެރި ވެލާފައި އެހެން ބުނުމުން ޝިކާ ހީލިއެވެ.

***********

އަނެއް ދުވަހު ޝިކާ ސްކޫލަށް ދިއުމުން ކުރިން ނެގި ޓެސްޓުގެ ނަތީޖާތަށް ދެއްކިއެވެ. ހުރިހާ ކުދިންނަށް ޕޭޕަރު ދީފައި އެންމެ މަތިން މާކުސް ހޯދީ ޝިކާ ކަމުގައި ޓީޗަރު އިއުލާން ކޮށްލިއެވެ. ޝިކާގެ މޫނަށް އެވަގުތު ޖަންބު ކުލަ އަރައިގެން ދިއައީ އެންމެންގެ ނަޒަރު އޭނާ އާ ދިމާއަށް ހުއްޓިފައިވާތަން ފެނުމުންނެވެ. ކައިރީ ގައި އިން އަހުލާ ޝިކާ އާ ދިމާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. އޭނާ ދެކޭގޮތުގައި އޭނާ އަށް ވުރެ މޮޅު ކުއްޖަކު އެކުލާހުގައި އިނދެގެން ނުވާނެއެވެ. ޝިކާ ބަލާލުމުން އަވަސް އަވަހަށް ހިނިތުންވެލާފައި ޕޭޕަރު ބަލާލަން ދައްކާލަބަލާށޭ ކިޔައި ޝިކާ އަތުގައި އޮތް ޕޭޕަރު އަތުލިއެވެ. އަހުލާ ޝިކާ ގެ ޕޭޕަރު ގެންދިއައީ ދިއައީ އެ ޕޭޕަރު މާކު ކުރުމުގައި އެއްވެސް ކުށެއް އޮތްތޯ ބެލުމަށެވެ. ޝިކާ އަށް ލިބިފައި އޮތީ ފަންސާހަކުން ސާޅީސް އަށް މާކުހެވެ. ނަމަވެސް އަހުލާއަށް ލިމުނީ ސާޅީސްފަހެކެވެ. ޕޭޕަރުގައި އެއްވެސް ކުށެއް ނެތުމުން އަހުލާ މާޔޫސްވެފައި އަނބުރާ ޝިކާ އަތަށް ދިނެވެ.

“އަހުލާ.. ޔޫ އަރ އޯލްސޯ ވެރީ ގުޑް.. ޔޫ ގޮޓް ދަ ސެކަންޑް ހަޔަސްޓް މާކްސް…” ރާޖް ސަރ އަހުލާ މާ ދެރަވެފައި އިންތަން ފެނުމުން ބުނެލިއެވެ.

******************

“އޭތް.. އެ ވެލިދޫ ކުއްޖާ ހާދަ މޮޅޭ ދޯ… އަހުލާ އަށް ވުރެ ވެސް މަތިވިއްޔަ އެ ހޯދީ…” ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އަހުލާގެ ރައްޓެހި ލީޒާ އަހުލާގާތު ބުނެލިއެވެ. މިއަޑު އިވުމާއެކު އަހުލާގެ ހިތުގައި ނަފުރަތުގެ އަލިފާން ގަނޑެއް ރޮއިވިކަހަލައެވެ. ނަމަވެސް އަވަސް އަވަހަށް ރުޅި ހިންދާލަމުން ހީލީ ލީޒާ ހީކޮށްފާނެ އެއްޗަކާ މެދު ވިސްނާލަމުންނެވެ.

*************

އެއްގުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ޝިކާ އިނީ ހަލީމާ ބުނެގެން އެގޭ ސިޓިންގރޫމް ސޯފާތަކުގެ ކަވަރު ބަދަލުކުރާށެވެ. އޭރު ރަނާ ވީ ޓިއުޝަނަށް ގޮހެވެ. އަދި ރީނާ ވެސް ވީ ބޭރުގައެވެ. އޭނާ އެހެން އިންދައި ސިއްސައިގެން ދިއައީ އެއްޗެއް އައިސް އޭނާގެ ނޭފަތުގައި ޖެހުމުންނެވެ. ޝިކާ ބަލާލިއިރު ރޮކެޓެކެވެ. “ލުކް އިންސައިޑް!” ރޮކެޓުގެ ބޭރުގައި އެހެން ޖަހާފައި އޮތުމުން ޝިކާއަށް ލިބިގެންދިއައީ ހައިރާންކަމެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އޭނާ އެ ރޮކެޓް ނިއުޅާލީ އެތެރޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ…

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ނާޒް

Next

އަހަރެންގެ ވާހަކަ (އެކާވީސްވަނަ ބައި)

Next
June 7, 2016

އަހަރެންގެ ވާހަކަ (އެކާވީސްވަނަ ބައި)

Previews
June 6, 2016

ނާޒް

39 Comments!

  1. Liaa says:
    June 7, 2016 at 12:05 pm

    Hello! Mi part ves rythi vaanekamah ummeedhukuran.. feel free to leave ur comments 🙂

  2. BOOOOOOO says:
    June 7, 2016 at 12:23 pm

    haadha kurey. ma first dho.

  3. xoa says:
    June 7, 2016 at 12:24 pm

    nice…. keep uplaoding

    1. Liaa says:
      June 7, 2016 at 1:06 pm

      Thanks xoa 🙂

  4. aroo says:
    June 7, 2016 at 12:24 pm

    V. Nice waiting for next part

    1. Liaa says:
      June 7, 2016 at 1:06 pm

      thank u aroo 🙂

  5. Twinkle Star says:
    June 7, 2016 at 12:25 pm

    Wow.. varah salhi .. hope to see next part

    1. Liaa says:
      June 7, 2016 at 1:06 pm

      Thank u Twinkle Star 🙂

  6. Saadhu says:
    June 7, 2016 at 12:28 pm

    V best story e.ramazan mubaarik

    1. Liaa says:
      June 7, 2016 at 1:07 pm

      Thankss Saadhu 🙂

  7. meesha says:
    June 7, 2016 at 12:29 pm

    Rvarah varahreethi…

    1. Liaa says:
      June 7, 2016 at 1:08 pm

      Thank u Meesha 🙂

  8. Lai says:
    June 7, 2016 at 1:11 pm

    Vv reethi mi part ves next part ves avahah up kohdhechey i love this story

    1. Liaa says:
      June 7, 2016 at 1:33 pm

      Thanks Lai 🙂 veehaaves avaha up kuraanan insha allah

  9. aff says:
    June 7, 2016 at 1:40 pm

    reethi .. keeo going ☺

    1. Liaa says:
      June 7, 2016 at 1:49 pm

      thank u aff ..

  10. naaf says:
    June 7, 2016 at 1:56 pm

    nice..waiting for next part….

    1. Liaa says:
      June 7, 2016 at 3:47 pm

      Thank u naaf

  11. Lim says:
    June 7, 2016 at 1:56 pm

    Awesome…..

    1. Liaa says:
      June 7, 2016 at 3:48 pm

      Thanks lim 🙂

  12. same says:
    June 7, 2016 at 1:57 pm

    salhi. mi story ves up kuraany weekly koh tha?

    1. Liaa says:
      June 7, 2016 at 3:48 pm

      Thanks.. 🙂
      Ehen neynge bunaakah .. Liaa ah vaguthu vee varakun liyefa up kuraanan..

  13. Pinky says:
    June 7, 2016 at 1:57 pm

    Wow… varah reethi mi prt. Liaa plx avahah up kohdheeba. Dhen vaany kihinehbaa.
    Varah intresting. Liaa aslu haadha molhea dho Ahulaa new character eh dho.

    1. Liaa says:
      June 7, 2016 at 3:49 pm

      Thank u pinky 🙂

  14. Moed says:
    June 7, 2016 at 2:16 pm

    Haadha salhi..

    1. Liaa says:
      June 7, 2016 at 3:49 pm

      Thank u moed 🙂

  15. Anonymous says:
    June 7, 2016 at 2:25 pm

    Roadha mahu thankolheh avas avahah upp kohdheveynetha?dhen up kuraanee kon dhuvahakun?btw ramadan mubarak..love de stry

    1. Liaa says:
      June 7, 2016 at 3:50 pm

      thank u anonymous.. Liaa ah vaguthu vee varakun up kuraanan..

  16. Appy says:
    June 7, 2016 at 2:40 pm

    Anehka thi ahulaaaehge kantha kihaavarakun dhaanebaa ??

  17. Ish says:
    June 7, 2016 at 3:24 pm

    Masha allah..reethi ekam dhivehibas beynunkurevey goiy thafaathukan faahagakureve. “ehchehi” mi bas ehches,ehchis migothah, kudhin mihaaru beynunkurany reehchakah noony fonikohlan hen hyve.

    1. Liaa says:
      June 7, 2016 at 3:59 pm

      thank u Ish… aslu “Ehchehi” mihen dhw beynun kuran jeheyny? Dhen faharakun rangalhu kohlaanan… 🙂 aslu liaa men rashu ga beynun kurany ” ehches” ehen veema ehen liyeveny…

  18. irushaa says:
    June 7, 2016 at 3:28 pm

    Varah salhi mi part ves varah maja I hate that ahulaa and Reena and kaaku baa rocket fonuvee ………… Happy Ramazan Mubarak

    1. Liaa says:
      June 7, 2016 at 4:00 pm

      Thank u irushaa 🙂

  19. Shaa xee says:
    June 7, 2016 at 4:16 pm

    Mashaa allah…… v nice story dhaa goi. Waiting for the next part. Keep it up Liaa

  20. meehaa says:
    June 7, 2016 at 6:35 pm

    isheedhuneve nukiyaane.. kiyaanee isheeneve..

  21. aathu says:
    June 7, 2016 at 7:28 pm

    Story v rythi dhenvaane gotheh balan ken madhu vefa mihury avahah up cohdhehchey ingey.

  22. Asurumaa says:
    June 8, 2016 at 8:26 pm

    Cool varah salhi

  23. ihoo says:
    June 10, 2016 at 10:24 pm

    hama v rythi mi part..vv v v rythi..next part ahvahah upkohlahchey ingey liaa..:D

  24. aisha says:
    August 25, 2016 at 12:45 pm

    nice..but too short

Comments are closed.

Next Episodeއަސަރު 11←


All Right Reserved!