Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބޭވަފާތެރި ނުވަމޭ ޔާރާއޭ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(18 ވަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
June 5, 2016 5 Mins Read
43 Comments

” ލާމީ. ޕްލީޒް. އަހަރެން ގޮވައިގެންދޭ. އަހަރެން މިޔޮއް ހުރިހާ ދުވަހު އުޅުނު ހާލު ނޭނގެނީ ކީއްވެތަ؟ ޕްލީޒް ލާމީ. ” ލާމިއުގެ އަތުގައި ހިފައިލައި އާދޭސް ކުރަމުން ފަހުމާ ދިޔައެވެ. ” އަމް ސޮރީ ފަހޫ. ” ފަހުމާގެ އަތް އޭނާގެ އަތުން ނައްޓަމުން ލާމިއު މިހެން ބުނެފައި ކުޑަދޮރުން ފުންމާލިއެވެ. ފަހުމާއަށް ރޮއެ ގަނެވުނެވެ. އަދި ލާމީ އޭ ކިޔައި ހަޅޭއްލަވަމުން ކުޑަދޮރު ކައިރީގައި ހުއްޓިލައި އެކޮޅު މިކޮޅު ބަލަން ފެށިއެވެ. ނަމަވެސް މިހާރު ލާމިއުއެއް ފެންނާކަށް ނެތެވެ.

ކޮޓަރިއަށް ވަތް ނަޝީދު އަށް ފަހުމާ ރޯން ހުއްޓައި ފެނުމުން ކުއްލިއަކަށް ފަހުމާ ކައިރިއަށް ޖެހިލެވުނީއެވެ. އޭރު ފަހީމާވެސް ނަޝީދުގެ ފަހަތުން އާދެއެވެ. ” ދަރިފުޅާ. ކިހިނެއްވީ؟ ކާކު އައީ؟” ފަހުމާގެ ކޮނޑުގައި އަތްއަޅައި ކުޑަކޮށް ހަލުވާލަމުން ނަޝީދު އަހައިލިއެވެ. ” ބައްޕާ.. ބައްޕާ.. ލލަލާމި… ” ހުޅުވާލެވިފައިވާ ކުޑަދޮރާއި ދިމާލަށް އިނގިލި ދިއްކުރަމުން ފަހުމާ ބުންޏެވެ. ” ކީކޭ؟ ލާމިއުއޭ. ކޮބާ އޭނަ؟ އެކަމް ޕާޓީއަށް ދައުވަތު ނުދޭ އެކަކަށްވެސް އަހަރެން ނުދެން މިތަނަށް ވަނަކަ ނުދެން. ގާޑްސް. ” ކުއްލިއަކަށް ބޭރަށް ނިކުންނަމުން ނަޝީދު ބުންޏެވެ. ފަހީމާވެސް ފަހުމާ އެނދުގައި ބައިންދައި ބުރަކަށީގައި ފިރުމަން ފެށީ ނުރޯށޭ ބުނެ ހިތްވަރު ދެމުންނެވެ.

ޕާޓީގެ މަސްލަހަތު ނަގައި ގަނެވިދާނެތީ ނަޝީދު ބޭރަށް ނިކުމެލީ ވަރަށް ވެސް މަޑުމައިތިރި ކަމާއިއެކު ކޮންމެ މީހަކަށް ލުއި ހިނިތުންވުމެއް ދެމުން  ގާޑުންނާއި ދިމާލަށްށެވެ. ނަޝީދު ފެނުމާއިއެކު އެގޭގެ ދޮރާށި ދޮށުގައި ބައިތިއްބާފައިވާ 2 ގާޑުންވެސް ނަޝީދު ކައިރިއަށް އައެވެ. ހީވީ ހައި ކޯޓުން އަމުރެއް ނެރުނީ ހެންނެވެ. ” ދޮގު ނުލާ ބުނޭ. މިތަނުން ލާމިއު ވަތްތަ؟ އަހަރެން ޕާޓީއަށް ނުކިޔާ މީހެއް ވަތްތަ؟ މޫނުމަތިން ނޭނގޭ މީހެއް ވަތްތަ؟ ބީރައްޓެއްސެއް ވަތްތަ؟” ޝަހާދަތް އިނގިލި ދިއްކޮށްލައި ރުޅި އައިސް ރަތްވެފައި ހުރެ ގާޑުން ކައިރީގައި ނަޝީދު އަހައިލިއެވެ. އޭރު ނަޝީދު ހީވަނީ ގާޑުން ކައިލަން އުޅޭހެންނެވެ. ” ނޫން ބޮސް. ﷲ ގަންދީފަ ބުނަން. ލާމިއު ޅިޔަނު ކީއްކީއްކުރަން އެއްވެސް ދައުވަތު ނުދޭ މީހެއް މިތަނަކަށް ނުވަދޭ.” ބިރުން ގޮސް ދަތްޕިލައިގައި މަޑު ތުރުތުރެއް ލައްވަމުން އެއް ގާޑް ބުންޏެވެ. ” އާން ބޮސް. ނުދަންނަ މީހަކު ވަނުމުގެ ފުރުސަތެއް އަހަރެމެން ނުދެން. ކިރިޔާހެން ވެސް ބީރައްޓެއްސަކަށް އައީ ޝާން.” ހަމަ އެހައި ބިރުން ހުރެ އަނެއް ގާޑުވެސް ބުންޏެވެ. ނަޝީދުއަށް ނުބައި އިހްސާސެއް ކުރެވުނެވެ. ޝާންއޭ ބުނި ވަގުތުގައެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގުނެވެ.

ނަޝީދު އަވަސް ފިޔަވަޅެއްގައި ވަނީ ގެޔަށްށެވެ. އަދި ފަހުމާގެ ކޮޓަރިއަށް ވަންނަމުން އީނާޝްއާއި ސާއިމްއާއި އުނޫޝްއާއި ނަޝާޔާއަށް ވަރަށް އަވަހަށް ފަހުމާމެން ކޮޓަރިއަށް އައިސް ދިނުމަށް އެދި ފޯނުން މެސެޖް ކޮށްލިއެވެ.

” ބައްޕާ. ކޮބާ ލާމީ؟ ބައްޕަ ދިޔައީ ލާމީ ބަލައެއްނު. ބައްޕާ ލާމީ އަންނާނެތަ؟ ” ކޮޓަރިއަށް ވަދެގެން އައި ނަޝީދުގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ފަހުމާއަށް ދިޔައީ ހިތުގައި އުފެދިފައިވާ ސުވާލުތައް ބަންޑުން ކުރަމުންނެވެ. ” ފަހޫ ދަރިފުޅާ. ކޮންތާކުންތަ ލާމިއު ފެނުނީ. އޭނާއެއް ނާދެއޭ. އަދި ދުވަހަކު ނުވެސް އަންނާނެ. އެވާނީ ދަރިފުޅަށް ފެނުނު ހުވަފެނަކަށް.” ފަހުމާ އެނދުގައި ބައިންދައި ވިސްނައިދެމުން ނަޝީދު ބުންޏެވެ. ” ނުވާނެ އެހެނެއް. އަހަރެންގެ ލޮލުންނޭ ދުށި އޭނަ. އެނގޭތަ؟ އަހަރެން އޭނާގެ މޭމަތީގަ އޮވެ ނިދަންވެސް ނިދިން. އޭނަ އަހަންނާ ވާހަކަވެސް ދެއްކި.” ފަހުމާ ގޮތް ދޫ ކުރާކަށް ނޫޅުނެވެ. އޭނާއަކީވެސް ހަމަދެލޮލުން ފެންނަ ކަންތައް ހުވަފެނަށް ހަދާ ކަހަލަ މޮޔައެއް ނޫނެވެ. އީނާޝްމެންނަށްވެސް އެއްފަހަރާ ކޮޓަރިއަށް ވަދެވުނީ އެވަގުތުގައެވެ. އަދި އެކަކު އަނެކަކަށް ބަލަން ފެށުނީ ވާނުވާ ނޭނގި ހުރެއެވެ.

” ފަހޫ. އޭނަ މިހާރު ފަހޫ ވަރި ކޮށްފިޔޭ. ލާމިއު އުޅޭ އޮފީހުގެ މީހުންވެސް ބުނި ލާމިއު އޮފީހަށް ނާންނަތާ ގިނަ ދުވަސްވެގެން ވަޒީފާއިން ކަނޑައިލި ވާހަކަ. އޭނަ މިހާރު އުޅޭ ނޫޅޭ ތަނެއްވެސް ނޭނގެ. ހިޔެއް ނުވޭ މިރަށުގަ އުޅޭހެނެއްވެސް. ދެން ކިހިނެއް އޭނަ މިގެޔަށް ވަންނާނީ؟” ނަޝީދު ގަބޫލެއް ނުކުރިއެވެ. ” ނޫނެކޭ ބައްޕާ. އެއީ ހަމަ ލާމީއޭ. އެނގޭތަ؟ އަހަރެންގެ ލާމިއު މިހާރު ލާމީ ވަރަށް ތަފާތު. ހުންނަނީ ތުނބުޅި ލާފަ ބޯ ދިގު ކޮށްފަ. ހީވަނީ ހާބީއެއްހެން. އެހެންވެ ބައްޕަމެންނަށް ނޭނގުނީ ކަންނޭނގެ. އަނެއްކާ އޭނަ ދިޔައީވެސް ކުޑަ ދޮރުން ފުންމާލައިގެން. ބަލަ. އެހެރީނު ކުޑަ ދޮރުތައްވެސް ހުޅުވާފަ. ދެން ބައްޕަމެން ބުނެބަލަ އަމިއްލަޔަށް އެކުޑަ ދޮރުތައް ހުޅުވޭނެ ގޮތެއް.” ފަހުމާ ބުނި އެއްޗަކުން ނަޝިދުއަށް ވިސްނަން މަޖްބޫރް ކުރުވިއެވެ. އޭނާގެ ކަންފަތުގައި ހަރުލަން ފެށީ ފަހުމާ ބުނި ޖުމްލައާއި ގާޑު މީހާ ބުނި ޖުމްލައެވެ.

” އާން ބޭބެ. ނުދަންނަ މީހަކު ވަނުމުގެ ފުރުސަތެއް އަހަރެމެން ނުދެން. ކިރިޔާހެން ވެސް ބީރައްޓެއްސަކަށް އައީ ޝާން.”

“އެއީ ހަމަ ލާމީއޭ. އެނގޭތަ؟ މިހާރު ލާމީ ވަރަށް ތަފާތު. ހުންނަނީ ތުނބުޅި ލާފަ ބޯ ދިގު ކޮށްފަ. ހީވަނީ ހާބީއެއްހެން. އެހެންވެ ބައްޕަމެންނަށް ނޭނގުނީ ކަންނޭނގެ.”

އަނެއްކާ ޝާންއާއި ލާމިއުއާ އެއްވެސް ގުޅުމެއް ވޭބާއެވެ؟ ވެދާނެ ނޫން ހެއްޔެވެ؟ ޝާންވެސް ހުންނަނީ ތުނބުޅި ދިގުކޮށް ބޯ ދިގު ކޮށްފައެވެ. އެހެން ކަމުން އޭނާއަށް ނޭނގުނީ ކަންނޭނގެއެވެ. 6 މަސްފަހުން ލާމިއުއަށް އެހައި ބޮޑު ބަދަލެއް އައިސް ފާނެ ނޫން ހެއްޔެވެ؟ ނަމަވެސް ކިޔާން ބުނި ގޮތުގައި ޝާންއަކީ ރައްޓިއްސެކެވެ. އަނެއްކާ ކިޔާން ދޮގު… ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ކިޔާންއަކީ އޭނާއަށް އިތުބާރް ކުރެވޭ ކުއްޖެކެވެ. ކިޔާން އެކަހަލަ ފީކަޅާ ކަންތަކެއް ނުކުރާނެއެވެ. އެވާނީ ފަހުމާއަށް ހީވި ގޮތަކަށްށެވެ. ނުވަތަ ފެނުނު ހުވަފެނަކަށްށެވެ. ނަޝީދުގެ ހިތުގައި އެތައް ހިޔާލުތަކެއް އެތުރެން ފެށިއެވެ. ރަނގަޅު ގޮތާއި ނުބައި ގޮތްވެސް މިއަދު އޭނާއަށް އޮޅިއްޖެއެވެ.

” ބައްޕާ ބުނެބަ. ދެން ކާކުތަ ކުޑަ ދޮރު ހުޅުވީ؟” ނަޝީދު ސިއްސައިގެން ދިޔައީ ފަހުމާގެ އަޑަށްށެވެ. އީނާޝްމެންގެ ނަޒަރުވެސް ވަކިވުމެއް ނެތި ނަޝީދުއާއި ދިމާލަށް ދަތުރު ކޮށްފިއެވެ. ” އެއީ… އެއީ އަހަރެން ކުރި ކަމެއް. ފަހޫ ނިދާފަ އޮއްވާ މިކޮޓަރިއަށް ވަދެވުމާއިއެކު އަހަންނަށް ހީވީ ވަރަށް ވައި ބަންދުވެޔޭ. އެހެންވެ އަހަރެން ކުޑަ ދޮރު ހުޅުވާފަ ދިޔައީ. ” ދޫ އޮޅެމުންވެސް ނަޝީދުއަށް ދޮގު ހަދާކަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. ނަޝާޔާމެން ވަރަށް ފަސޭހައިން ނަޝީދުގެ ވާހަކަ ގަބޫލް ކުރިޔަސް އީނާޝްއަށް އެކަން ވީ އުނދަގޫ ކަމަކަށްށެވެ. ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. ކޮންމެސް ސަބަބަކާއި ހުރެ ނަޝީދު އެހަދަނީ ދޮގެއްކަމާއި ފަހުމާ އެހަދަނީ ތެދުހެން އޭނާއަށް ހީވާން ފެށިއެވެ. އޭނާއަކީ ޑޮކްޓަރެކެވެ. ނަފްސާނީ ގޮތުން ގެއްލުން ލިބިފައި ހުރި އިންސާނެއް ކުއްލިގޮތަކަށް ރަނގަޅުވާނީ ކޮންމެސް ސަބަބެއް އޮވެގެންނެވެ. ހަމަ ހުރެލާފައި ފަހުމާ ރަނގަޅު ވާނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އަނެއްކާ ފަހުމާ މިޔޮއް ހުރިހާ ދުވަހު އުޅުނީ ހިޔާލީ ހުވަފެނެއްގެ ތެރޭގައެވެ. ދެން މިއަދު ކުއްލިގޮތަކަށް ފަހުމާއަށް ހަމައެކަނި ހުވަފެނެއް ފެނިގެންނެއް މިވަރެއް ނުވާނެއެވެ. ލާމިއު އައީ އެވެ. ނޫނީ ފަހުމާއަށް ކޮންމެސް އިޝާރާތެއް ކޮށްލީއެވެ. އީނާޝް މިހުރިހާ ކަމެއްގެ ހަގީގަތެއް ހޯދާނެއެވެ. އެކުވެރިޔާގެ އުފާތަށް އަލުން ހޯދައި ދޭނެއެވެ. ލާމިއުގެ ސިއްރު ހޯދާނެއެވެ. އީނާޝްގެ ހިތަށް އަރަމުން ދިޔައެވެ.

“އީނޫ ފަހޫއަށް ބޭސްކާން ދީފަ އިރުކޮޅަކުން އާދޭ އިނގޭ ފަހޫ ގޮވައިގެން ބޭރަށް.” މިހެން ބުނެފައި އިރުކޮޅެއް ތެރޭގައި ފަހުމާ ހަމަޖެހިލުމުން ހުރިހާ އެންމެން ދިޔައީ އީނާޝް ކޮޓަރީގައި ފަހުމާއަށް ބޭސްދޭން މަޑުކޮށްލީމައެވެ. އޭރުވެސް ފަހުމާ އެއް މުޅިންނެއް ރަނގަޅެއް ނުވެއެވެ. ގިސްލަ ގިސްލާ ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ވަރަމުން ފަހުމާ އިން އިރު ހީވަނީ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ހުރިހާ އުފަލެއް ގެއްލުނީ ހެންނެވެ. އީނާޝް ސައިޑް ޓޭބަލްމަތީގައި ހުރި ފެންފުޅިން ތައްޓަކަށް ފެންފޮދެއް އަޅާލިއެވެ. އެއަށްފަހު ބޭސްކާޑުން ބޭސް ނަގައިފައި ފަހުމާ ކައިރީގައި ހުއްޓެލީ “ބޭސް އަން”ށޭ ބުނަމުންނެވެ.

އީނާޝް ސިއްސައިގެން ދިޔައީ އެހުރި ގޮތަށް ހުރެ ދަތްކުޑި ވިކާލަމުން ފަހުމާ އަތުން ފޮޅައިލައި ބޭސްތައް ވަރައިލުމުންނެވެ. އެވަގުތު އީނާޝް ގެނައި ފެން ތަށިވެސް ދިޔައީ ތަޅައިގެންނެވެ. އީނާޝް ވެރުނު އެއްޗެއް ވެރުނު ތާގައި ބަހައްޓާފައި އިށީނދެލީ ފަހުމާގެ ކައިރީގައެވެ. ” އީނޫވެސް އަންނާނެކަމެއް ނެތް. ދޭ. އަހަރެން ބޭނުމެއް ނޫން އެކަކުވެސް. ” ކުޑަކޮށް ރުޅި އައިސް ހުރެ ފަހުމާ ބުންޏެވެ. ” އަހަންނަށް އެނގެޔޭ މިވަގުތު ފަހޫއަށް ވާނެ ވަރު. އެކަމް ހުރިހާ ރުޅިއެއް ބޭސްތަކަށް ބާލައިގެން ކޮން ފައިދާ އެއްތަ އޮތީ؟ ” ދުރަށް ބަލަން ހުރި ފަހުމާގެ މޫނަށް ބަލަހައްޓައިގެން ހުރެ އީނާޝް ބެލީ ވިސްނައިދެވޭތޯއެވެ. ” ދެން އަހަރެން ތި ބޭސްތައް ކައިގެން ކޮން ފައިދާއެއްތަ އޮތީ؟ އަހަންނަށް ލިބުނީ ކޯއްޗެއްތަ؟ އެއްވެސް މީހަކު އަހަރެން ދައްކާ ވާހަކައެއް ގަބޫލް ކުރަނީކީއެއް ނޫން. އަހަރެންގެ ފީލިންސާ ދޭތެރެ ވިސްނަނީ ކީއެއް ނޫން. އަހަރެންގެ އުފަލާ ހިތާމަޔަކީ ކޮބައިކަމެއް ދެނެ ގަންނަނީކީއެއް ނޫން. އެންމެ ކުޑަ މިނުން ލާމީވެސް… އައިއްސަ އެދިޔައީ އެކަނި ކޮށްލާފަ. ދެން އަހަރެން މޮޔަ ވާން ވީތަ؟ މިޔަށްވުރެ މާ ރަނގަޅު ވާނެކަން ނޭނގެ ބޭސް ނުކާ ހުރެ މަރުވިޔަސް.” ލޮލުން އޮހެމުން ދިޔަ ކަރުނަތަށް އަތްތިލައިން ފޮހެލަމުން ފަހުމާ ބުންޏެވެ. ހަގީގަތުގައިވެސް އޭނާގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ.

” ފަހޫ އެކަމްވެސް. އަހަންނަށް އެނގެޔޭ ފަހޫއެއް ދޮގެއް ނަހަދާނެކަން. ފަހޫއަކީ އަހަރެންގެ ބެސްޓީއެއްނު. އަހަންނަށް އެނގެޔޭ ފަހޫ ކުޑައިރު ދުވަހަކުވެސް މިކަހަލަ ހިތާމަޔަކާ ކުރިމަތި ލާކަށް ނުޖެހޭކަންވެސް. އެކަމް މީގެ 6 މަސް ކުރިން ހިނގައި ދިޔަ ކަންތައްތަކަށް ފަހޫއަށް ކެތްތެރި ނުވެވޭކަންވެސް އަހަންނަށް އެނގެޔޭ. ލާމީ މިގެޔަށް އައިސް ދާނެކަންވެސް އަހަންނަށް އެނގެޔޭ. ލާމީ އަކީ ގޯސް މީހެއްނޫން ކަންވެސް އެނގެޔޭ.” އީނާޝް މިހެން ބުނިއިރު ސިކުނޑިގައި އެނބުރެ ފެށީ މީގެ އެތައް އަހަރެއް ކުރިން އުނޫޝް އާއި އޭނަޔާއި ފަހުމާޔާއި ލާމިއު ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އަދި އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ދަތުރު ކޮށްލީ ހިލަމެއްވެސް ނުވެއެވެ. ” ނޫން. ނޭނގެ. ދެން ކީއްވެތަ ލާމީ ނުގެނެސްދެނީ؟ ” އީނާޝްއާއި ދިމާލަށް ބަލައިވެސް ނުލައި ފަހުމާ އަހައިލިއެވެ. ” އާން.  މިހާރުވެސް މާ ލަސްވެއްޖެ ދޯ. އަސްލު އަހަންނަށް އަމިއްލަ ހަޔާތާމެދު ވިސްނަން ހަދައިގެން އެއްކަމެއްވެސް ނުވީ. އަހަރެން މިޔޮއް ހުރިހާ ދުވަހު ދެކުނު ހުވަފެންނައް ތެދުކުރަން ހަދައިގެން ފަހޫއަށް ތިހެން ތިވީ. އެކަމް ފަހޫ ދެރަނުވޭ. އަހަރެންނަށް އުފަލެއް ނުލިބުނަސް ފަހޫއަށް ލޯބި ހޯދަދޭނަން. ” އީނާޝް މިހެން ބުނިއިރު ހަމަ ރަނގަޅަށްވެސް އޭނާގެ ދެލޯ ކަރުނުން ތެންމައިފިއެވެ. މިފަހަރު ފަހުމާއަށްވެސް ބަލައިލެވުނީ އީނާޝްގެ މޫނަށްށެވެ.  އޭނާގެ ހިޔާލަށް އައީ އީނާޝްގެ އުންމީދުތަކެވެ. މިޔޮއް ހުރިހާ ދުވަހު ނާޝް އާއި އުނޫޝްގެ ދެމެދުގައި ހިނގި އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެހިނދު ހުރިހާ ވާހަކައެއް އަހައިލާން އޭނާގެ ހިތުގައި ޝައުގްވެރިކަން އުފެދުނެވެ.

” އީނޫ ވެއިޓް. ފަހުން އޭނަ ކައިރީ ހުރިހާ ވާހަކައެއް ބުނީތަ؟ އުނޫ ގަބޫލް ކުރީތަ؟ ތިދެމީހުން ގުޅުނީތަ؟ ” ކުއްލިއަކަށް ފަހުމާއަށް އަހައިލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ސިކުނޑިން ލާމިއުގެ ހަނދާންތައް އެއްކައިރި ކުރެވުނެވެ. އީނާޝް ބޯ ހޫރުވައިލީ ނޫނެކޭ ބުނުމުގެ ބަދަލްގައެވެ. އޭރު އިސްޖަހައިލައިގެން ހުރި އީނާޝްގެ ހިތަށް ކޮށްފައިވާ އަސަރް ފަހުމާއަށް ނަގައިގަނެވިއްޖެއެވެ. އަދި އީނާޝްއާއި ދިމާލަށް ބަލައިލެވުނީ މާފްކުރާށޭ ބުނާ ފަދަ ގޮތަކަށްށެވެ.

އިރުކޮޅެއްވެސް ލަސްނުކޮށް އީނާޝް އޭނާގެ ހިތުގެ އުދާސްތައް ފަހުމާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. އެހިތަށް އެހެން ހެދުމުން ހިތްހަމަ ޖެހުމެއް ލިބިދާނެތީއެވެ. ” ދެން މިހާރު ތިވިސްނަނީ ކިހިނެއް ހަދަން؟” ހުރިހާ އެއްޗެއް ކަނުލައި އަޑުއެހުމަށްފަހު އަނެއްކާވެސް ފަހުމާ ކޮށްލީ ސުވާލެކެވެ. ” ސާއިމްއާ މެރީ ކުރަން. އަހަރެން ބޭނުމީ ސާއިމްގެ ލޯއްބަށް އިތުބާރުކޮށް އުނޫޝްގެ ހިޔާލުތަކުން ދުރަށް ދާން.” ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ގަދަކަމުން ހިފަހައްޓަމުން އީނާޝް ބުންޏެވެ.

” ތިހެން ވެއްޖިއްޔާ ވަރަށް ރަނގަޅު. އަހަންނަށްވެސް އެނގޭ ސާއިމް އީނޫދެކެ ލޯބިވާވަރު. އެކަމް އީނޫއަށް ސާއިމްދެކެ ލޯބިވެވިދާނެކަމާއިމެދު ޝައްކު. އިންޝާ ﷲ ޔޫ ކޭން ޑޫ ދެޓް. ” ކުޑަކޮށް ކަންބޮޑުވެ ހުރެ ފަހުމާ ބުންޏެވެ.  އެވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިއެވެ. ފަހުމާއާއި އީނާޝް އާއި ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނު އިރު ނަޝާޔާއެވެ. ދެމީހުންގެ މޫނުމަތިންވެސް ފާޅު ވޭވޭ ހުރި ނުތަނަވަސްކަމެވެ. އަނެއްކާ ނަޝާޔާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ހެއްޔެވެ؟ މިޔޮއް ހުރިހާ އިރު ނަޝާޔާ ހުރީ އެމީހުން ދެއްކި ވާހަކަ އަޑު އަހަން ހެއްޔެވެ؟ އީނާޝްއާއި ފަހުމާޔާއި ދެމީހުންނަށް އެކަކު އަނެއްކަކަށް ބެލެން ފެށީ ހިތުގައި އުފެދުނު ސުވާލުތަކެއްގެ ސަބަބުންނެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ..

Next

އަސަރު 9

Next
June 5, 2016

އަސަރު 9

Previews
June 5, 2016

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ..

43 Comments!

  1. Ushaa says:
    June 5, 2016 at 2:25 pm

    Mi prt thankolheh kuru kanneynge.. Swriii aslu Ushaa thankolheh bodah bxy v…
    Mireyga faharegga hurihaa kudhin roadha hifaane dw… Gdlk.. RAMAZAN MUBAARAK.. Nd hurihaa muslimunnah roadha mahuge emme furihama savaabaai dharuma dhevvashi.. Aameen… BTW hope miprtvx kamu dhaane kamah…

  2. Xoa says:
    June 5, 2016 at 2:35 pm

    Alhey haadha kurey. Varah kiyaahithun hutaa e nimuni.. Story is very nice.

    1. Ushaa says:
      June 5, 2016 at 2:37 pm

      Ya… Ushaa bxy kamun… Sorry…. Thankxxx..

  3. first says:
    June 5, 2016 at 2:37 pm

    Yeyyyy….Me first dhww…Ramadan mubarak to yu tooo ushaa n ol readers…Luv u ushaaaa…Avahah up kohdhehchey aneh part vs….

    1. Ushaa says:
      June 5, 2016 at 2:41 pm

      U secound… Bt not problem… Nxt prt first cmmnt kureveytho massakai kolla… Ramazan mubaarak… Ya.. Ushaa bunymennu ramazan timega weekly ey… Thnkxx alot… Luv yuh 2…

  4. Ifaasha says:
    June 5, 2016 at 2:40 pm

    Mi part vx vvvv nice,, BTW ramazan mubarak to you ushaa?☺?☺

    1. Ushaa says:
      June 5, 2016 at 2:41 pm

      Thank yuh so much….. Ramazan mubaarak…

  5. Nauher says:
    June 5, 2016 at 2:43 pm

    Nice stry….when nxt part..????cant wait to read nxt part….
    yeah ramazan mubarik t u also…..??????

    1. Ushaa says:
      June 5, 2016 at 2:44 pm

      Thnkxx… Ushaa bunymennu ramazan timega weeklyey up vaany… Bt i will try my bxt… Ramazan mubarak…

  6. waiting says:
    June 5, 2016 at 2:54 pm

    v nice mi baives.

    1. Ushaa says:
      June 5, 2016 at 2:54 pm

      Thnkxxxx..

  7. aff says:
    June 5, 2016 at 2:56 pm

    wow usheee..its awesome ingey… Happi Ramadan Ushee & all..☺☺☺

    1. Ushaa says:
      June 5, 2016 at 2:58 pm

      Thnkxxx aff… Happy ramazan..

  8. aff says:
    June 5, 2016 at 2:59 pm

    Ushee.. Maddy ge Habarehvex nuvey dhw.. Happy Ramadan Maddy ah vexx..☺☺

    1. Ushaa says:
      June 5, 2016 at 3:01 pm

      Hehehe… Adhi 3 more yrs wait kolla… Eyrah maddyahvx hunnany 18 vefa…

    2. aff says:
      June 5, 2016 at 3:03 pm

      hehhe.. aar dhw ushee.. ??

    3. Ushaa says:
      June 5, 2016 at 4:39 pm

      Hmm.. Nd aff Maashyge habarehvx nuvey… kihineh baa v? Maddy aa Maashy ahvx ramazan mubaarak… Nd Maashy mathin vrh miss vey…

  9. iris says:
    June 5, 2016 at 3:00 pm

    awwn.. ushaa.. mi part vv reethi.. v avahah aneh bai up kohdhehchey… ramadan mubarik.. 🙂

    1. Ushaa says:
      June 5, 2016 at 3:02 pm

      Thnk yuh Iris… Insha allah avahah up kohdheynan ingey…. Ramazan mubaarak…

  10. Anonymous says:
    June 5, 2016 at 3:06 pm

    Nice mi part Ramadan Mubarak ushaa

    1. Ushaa says:
      June 5, 2016 at 3:07 pm

      Thnkxxx Anonymous…. Ramazan mubarak…

  11. aash says:
    June 5, 2016 at 3:29 pm

    I love this story…….

    1. Ushaa says:
      June 5, 2016 at 3:31 pm

      Thnkxx alot… Kyp loving….

  12. Pinkish says:
    June 5, 2016 at 3:40 pm

    Hama habeys…. ramazaan mubaarik to all…

    1. Ushaa says:
      June 5, 2016 at 3:40 pm

      Thnkxx… Happy ramazan…

  13. Dhonthi says:
    June 5, 2016 at 4:10 pm

    Mi prt vxx v reethi.. N buneba dhn weekly kh story up kuraane day eh.. btw ramadan mubaarik ushaa n all readers… Keep it up ushaa..

    1. Ushaa says:
      June 5, 2016 at 4:23 pm

      Ushaa balaanan komme mondayehga up veytho… Bt sumtimes las vedhaane ingey,… Ramazan mubaarak… Thank you…

  14. same says:
    June 5, 2016 at 6:21 pm

    this part is lovely. regular koh up kurachchey… waiting…

    1. Ushaa says:
      June 5, 2016 at 7:35 pm

      Thnk yuh same… Ushaa try kuraanan weekly up vey tho…. Kyp waitin…

  15. Appy says:
    June 5, 2016 at 7:07 pm

    V rythi mibai vx …..waiting. .

    1. Appy says:
      June 5, 2016 at 7:08 pm

      Aameen. ..ramadan mubarak

    2. Ushaa says:
      June 5, 2016 at 7:36 pm

      Thnkxxx.. Kyp waitin… Ya ur so kind tht u typ aameen… Ramazan mubarak…

  16. Phy says:
    June 5, 2016 at 7:59 pm

    Ramazaan mubaarak ushaa,mi mahuge heyo dharumayaa savaabu ushaa ah ves minvaru kurahvaashi…aameen…vaahaka vv reethi…nxt part ah waiting…

    1. Ushaa says:
      June 5, 2016 at 8:06 pm

      Ramazan mubaarak…. Thnkxxx alot 4 de dhuaa… De same one 4 yuh… aameen… Thnkxx so much… Kyp waitin…

  17. laimaan says:
    June 5, 2016 at 8:34 pm

    V reethi hisaabakun enimuny. V reethi mi part vs.next part ge inthizaaruga ebahurin

    1. laimaan says:
      June 5, 2016 at 8:35 pm

      And ramdhaan mubarak

    2. Ushaa says:
      June 5, 2016 at 8:58 pm

      Thnkxxx a lot… Inthizaaru kurey… Insha allah Vrh avahah up kuraanan ingey… Ramazan mubaarak…

  18. Rasiya says:
    June 5, 2016 at 10:44 pm

    V nyc mi prt vx.. waiting for next.. ramadaan mubaarak to ushee n all readers..god bless u

    1. Ushaa says:
      June 6, 2016 at 12:11 am

      Thnkxx… Rasiya.. Kyp waitin… Ramazan mubaarak… God bless yuh 2…

  19. Seenu says:
    June 6, 2016 at 4:33 am

    Vvvvv rwethi mi part wes…..☺☺ Ramadan Mubarak ushy ah wes ☺

    1. Ushaa says:
      June 6, 2016 at 9:31 am

      Thnkxxx so much Seenu… Ramazan Mubarak…

  20. ny says:
    June 6, 2016 at 10:28 am

    V v reethi mivaahaka kiyanfettumun v v ufaaveje boaring kn faif….,,,,thnks. ………ramlaanmubaarik ushy

    1. Ushaa says:
      June 6, 2016 at 12:54 pm

      Thnkxx… Mivaahaka abadhuvx kiyahchey,,, Ramazan Mubaarak..

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ..(19 ވަނަ ބައި)←


All Right Reserved!