Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކުއްޅަވަށްފާ (5ވަނަ ބައި)

leem Level 110 Stories100 Comments
June 6, 2016 4 Mins Read
17 Comments

އެގޮތުގައި ހާސްކަމާއިއެކު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ސިހިގެންދިޔައީ، ކައިރީގައިހުރި އަނބުގަސް ތެރެއިން އިވެންފެށި އަޑަކުންނެވެ.ފާޑެއްގެ ތޫލި އަޑެކެވެ.ހީވަނީ އަންހެންކުއްޖެއް ހިމައަޑަކުން ހޭހެނެވެ.ނޫނެކެވެ.ބައެއްފަހަރު ހޭހެންވެސް، އަނެއްބައިފަހަރު ރޯހެންވެސް ހީވެއެވެ. މަޑުމަޑުން ގަސްކައިރިއަށް ދިޔައީ އެއަޑު ޔަގީންކޮއްލުމަށެވެ.. ނަމަވެސް އިރުކޮޅަކުން އެއަޑު ކެނޑިއްޖެއެވެ.. ޖެހިގެންހުރި ގޭ ގޯތިތެރެއިން ބަޔަކު ހީ ހަދީާ އަޑުކަމަށްބަލައި ގެއަށްވަނުމަށް ހިނގައިގަތްވަގުތު އަހަރެންގެ ނަމުން މީހަކު ގޮވާލައިފިއެވެ.އަންހެން އަޑެކެވެ.މާދުރުން ފުރޭނިގެން އަޑުއައިހެންވެސް ހީވެއެވެ.ކުރިއަށްއެޅި ފިޔަވަޅު މަޑުޖައްސާލާ ފަހަތަށްއެނބުރި ބަލާލީމެވެ.އެއްވެސް މީހަކުނެތެވެ.ކުއްލިއަކަށް ހަނދާންވީ ހާދީބެ ބުނި ވާހަކައެވެ.އޭތި އަހަންނާއި އެކި ގޮތްގޮތުން ދިމާކުރާނެ ވާހަކައެވެ.އެވަގުތު ބިރުންގޮސް މޭގަނޑު ތެޅެންފަށައިފިއެވެ.އަވަސްއަވަހަށް ހާދީބެ ބުނި އާޔަތްތަށް ކިޔަވާލުމަށްފަހު ވާތްފަރާތަށް ފުމެލައިފީމެވެ.. އެވަގުތު އަނބުގަހާއި ދިމާމަތިން މައްޗަށް އަރައިގެން އެދިޔަ ބޮޑު ކަޅު ހިޔަނި ކިތަންމެހާވެސް ސާފުކޮށް އަހަރެން ދުށީމެވެ.ގަތްބިރުން ދުއްވައިގަނެވުނީއެވެ. އަވަހަށް ގެއަށްވަދެ، ބިސްމިކިޔާ ދޮރު ލައްޕައިފީމެވެ.އަދި މޭގައި އަތްއަޅައިގެން ދޮރުގައި ލެނގިލެވިއްޖެއެވެ..

ދޮންތާ!ކިހިނެއްވެފަ ތިހުރީ؟މާބާރަކަށް ދޮރުޖެހިއަޑަށް ކޮއްކޮވެސް މިއައީ.މޭގަ އަތްއަޅައިގެންތިހުރީ މެއަށް ތަދުވަނީތަ؟ ކޮއްކޮގެ އަޑުއިވުމުން އަވަސްއަވަހަށްގޮސް ސިޓިންގރޫމްގައި ހުރި ސޯފާގައި އިށީނީމެވެ.އަދި ކޮއްކޮއަށް ހީލަމުން ވާހަކަ ދެއްކީމެވެ. މެއަށް ތަދުވަނީކީނޫން.އޭ ބޭރުގައި އިންދަ ބުޅާތަކެއް ކޯޅިގަތީމަ ބިރުގަތީ.. އަހަރެން ކޮއްކޮގާތު އެއްވެސް ވާހަކައެށްން ބުނާކަށް ބޭނުމެއްނޫނެވެ.ކޮއްކޮ ގުރޭޑް ދިހައެއްގައި އުޅޭ އަހަރުކަމުން،ކިޔެވުމަށް ގެއްލުމެއްވެދާނެފަދަ ކަމެއް ކުރާކަށް އަހަރެން ނޭދެމެވެ.. ހެހެހެ! ދޮންތަ ކުރިންތިއީ ތިހާ ބިރުގަންނަ މީހެއްނޫން.އަދި އެވެސް ބުޅާދެކެ.. ކޮއްކޮ އަހަރެންގެ މޫނު ދިރާސާކޮއްލިފަދައެވެ.. ދޮންތާ..ވާހަކައެއް ބުނަންތަ؟އިރުކޮޅެއްކުރިން ކާކާތަ ފޯނުން ވާހަކަދެއްކީ؟ އެހާބާރަށް ވާހަކަދެއްކީމަ އަސްލު މިއެހީ..މީހަކު ދޮންތައަށް އުނދަގޫ ކުރަނީތަ؟ ކޮއްކޮއައިސް އަހަރެންގާތު އިށީނެވެ.. އެއީ ކޮން ނާދް އެއްތަ؟އޭނާއަށް ކަމެއްވީތަ؟ ލާނެއްފާޑަކަށް ހީނގަނެގެންއިނދެ ކޮއްކޮ ބުންޏެވެ.. އަހަރެން ލަދުގަތްނަމަވެސް އެކަން ނުދައްކަންވެގެން މަޑުމަޑުން ކޮއްކޮގައިގައި ޖަހާލީމެވެ.. އަހަރެން އަޑުއެހިން ދޮންތަ ދެއްކި ހުރިހާ ވާހަކައެއް..އެކޮޅުން ކީކޭތަ ކީ؟އަހަރެންގެ ދޮންތަ ވަރަށްބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅޭހެން ހީވަނީ.ކޮއްކޮއަކަށް ނުކިޔާދޭނަންތަ؟ ކޮއްކޮ ސީރިއަސްވެލާފައި އަހަރެންގެ އަތުގައި ހިފާލިއެވެ.ކިތަންމެ ކެތްކޮއްގެން އިންނަމަވެސް ނުހިފެހެއްޓުނެވެ.ކަރުނަތައް ފައިބައިގެންފިއެވެ.. އަދި މަޑުމަޑުން ކޮއްކޮއަށް ނާދްގެ ވާހަކަ ކިޔައިދިނީމެވެ..ނަމަވެސް ސިއްރުކުރެވިފައި އޮތް ކަންތައް އެގޮތުގައި އަދި ބޭއްވީމެވެ.  އަހަރެންނަށް ހީވަނީ ތިއީ މޫސަގެ ކަމެއްހެން.. އެކަމަކު އޭނަ ނާދްއަށް ކަމެއް ކުރީބާ؟ ނާދްގެ ފޯން އޭނާ ނެގިކަމީ،ނާދްވީ އޭނާގެ އަތްދަށުގައިކަން ހާމަވާ ހެއްކެއް.. ކޮއްކޮ ބުނި ޖުމްލައިން އަހަރެންގެ މޭ ގުޑައިގެން ދިޔަފަދައެވެ.އެ މޫސައަކީ ބޮޑު ގުރޫޕެއް ހަދައިގެން މަގުމަތީ ގިނަވެގަނެގެން އުޅޭ ވިޔާނުދާ މީހެކެވެ.މިއަދު ފުރަތަމަ ގުޅުމުން އެއަޑު ނޭންގުނަސް ދެވަނަ ފަހަރަށް އެއަޑު ޖެހުމުން އެއީ މޫސަކަން އަހަންނަށް އެނގުނެވެ.އެކަމަކު އޭނަ އަހަރެން ހާސިލް ކުރުމަށްޓަކައި މީހަކަށް އެހާބޮޑަށް އަނިޔާވެރިވެދާނެބާއެވެ؟ އޭނާ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެއެވެ… ގިނަފަހަރު ހުންނާނީ ހަމައަކުވެސް ނޫންވިއްޔާއެވެ..ކޮންމެގޮތެއްވިޔަސް ނާދްގެ ފެމިލީއަށް ގުޅަންވީ ފުރަތަމަ.. މާލޭގަވެސް ހުރެދާނެއެއްނު..މޫސަ ނާދްގެ ފޯން ޖަހައިގަނެގެންވެސްއުޅެފާނެއެއްނު..ދެންނޭންގެ..ކޮންމެވެސް ގޮތަކުން ނާދް ކޮބާތޯ ބަލަންވީ ފުރަތަމަ..ޝަހުދުއަށް އެނގިދާނެ ނާދް ވީތަނެއް.ނޫނީ އެގޭ މީހެއްގެ ނަމްބަރު އެނގެންޏާ އޭނާ ލައްވާ ގުޅާނީ.. ޝަހުދުއަށް ގުޅާފަ މިބަލަނީ އިނގޭ.. ކޮއްކޮ އެހެންބުނުމަށްފަހު ފޯނުނަގައި ނަމްބަރެއް ހޯދާލުމަށްފަހު ގުޅާލިއެވެ.އަދި ފޯން ސުޕީކަރ އޮންކޮށްލިއެވެ..ހެލޯހޯަަަަ ޝަހުދު..ކޮބާ ތިގޭގައި އުޅުނު ނާދް.އޭނާ މާލެ ދިޔައީތަ؟ ކޮއްކޮ ސުވާލުކޮއްލިއެވެ.. އަހަރެންވެސް ނާދް ހުރިތަނެއް ނޭންގިގެން މިއުޅެނީ.ގުޅީމަ ބުނީ މިރަށް ކައިރީގަ އެއޮތް ގާފަރަށް ގޮހޯ މިހުރީ.މިގޭގައި ހުރެފަ އަހަރެންގާތު އަހާވެސްނުލާ ނާދް އެދިޔައީ.މުބާރާތް ފެށެންވާއިރަށް އަންނާނަމޯ މިކޮޅަށް.އެކަމަކު ޕްރެކްޓިސްވެސް އޮންނާނެ. މިރަށަށް އައިދުވަހު ހަވީރުދިޔަ ޕްރެކްޓިސްއަށް…. ޝަހުދު އެހެން ބުނުމަށްފަހު ހުއްޓާލިއެވެ. އެއަށްފަހު އަނެއްކާ ކޮއްކޮއާއި ސުވާލުކޮށްލިއެވެ. އޭތް.ރިޝްވާން ކޮންއިރަކު ނާދް ދަންނަންފެށީ؟އާނ!! އެކަމަކު މަގޭ ބޮލުގަ ފާޑަކަށް އެބަރިއްސާ..ނާދް އައިދުވަހު ދުށިން ތިގޭ ރަޝާ އާއި އިޝާ އާއިއެކު ދަނިކޮށް. ހެހެހޭ.ރަޝާގެ ކަމެއްދޯ؟އޭނާދިމާކުރަންފެށިއެވެ. އަހަރެން ކޮއްކޮއަށް އިޝާރާތްކޮއްލީމެވެ.ހުރިހާ ވާހަކައެއް ކިޔައި ދިނުމަށެވެ.އެވާހަކަތަށް ކިޔާނިމުމުން ތިގެޔަށް އެބަ ދަމޭބުނެ ޝަހުދު ފްަޯނު ކަނޑާލިއެވެ. އިރުކޮޅަކުން ޝަހުދު އަހަރެމެން ގެއަށް އައުމުން ތިންމީހުންވެސް ދިޔައީ ކޮއްކޮގެ ކޮޓަރިއަށެވެ…

އޭތް ރިއްޕޭ..ހަމަ އަސްލުވެސް ތިދެއްކީ ސީރިއަސް ވާހަކައެއްތަ؟ ޝަހުދު ހާސްވެލާފައި އެހިއެވެ. އާނ! ކީއްވެ ދޮގުހަދަންވީ؟ބުނެބަލަ..އަހަރެން ބުނާގޮތަށް ކަންތައް ކުރާނަންތަ؟ ކޮއްކޮ ވިސްނުމެއްގައި އިންކަހަލަ ގޮތަކަށް އިނދެފައި ބުންޏެވެ..ޝަހުދު އާއެކޭބުނެ ބޯހަލުވާލިއެވެ.. ގާފަރުގައި އުޅޭނު ރައްޓެހިން ދޯ؟ އެއިން މީހަކަށް ގުޅައިގެން ބަލަންވީ އެރަށުގައި ނާދް ހުރިތޯ.އޭގެކުރިން ޝަހުދު ގުޅަންވީ ނާދްއަށް.މިއިން އެއްވެސް ވާހަކައެއް ނުދައްކާ،އޭނަ އެއުޅެނީ ކޮންގެއަކުތޯ ބަލާ.. ޝަހުދުއަށް އޭނާއަށް ކަމެއްވީކަން ނާންގަންވެގެން ކަންނޭންގެ އެބަޔަކު ނޫނީ އެމީހަކުވިޔަސް، ޝަހުދު ގުޅީމައި ނާދް ލައްވާ ވާހަކަ ދައްކުވަނީ.. އެހެންވީމަ ގުޅާބަލަ މިހާރު.. ކޮއްކޮ، އޭނާގެ ހިޔާލު ހުށައެޅިއެވެ..ޝަހުދު ފޯނުނަގައި ނާދް ނަމްބަރަށް ގުޅާލިއެވެ. ފޯން އޮތީ އޮފް ކޮއްލާފައެވެ.. ނިއްވާލާފައި ފޯނު އޮތީ.. އޭނާ ބުންޏެވެ.. ޝަހުދު އެންމެފަހުން ނާދްއާ ޓޯކްކުރީ ކޮންއިރަކު؟ އަހަރެންނަށް ނީންދެވިގެން އަހާލީމެވެ. އެއީ ރޭގަ.. ޝަހުދު ބުންޏެވެ.. އެހެންވީމަ ނާދް އިސް އިން އަ ޓުރަބްލް.. އައެމް ޝުއަރ.. ކޮންމެތާކު ނާދް ހުއްޓަސް އޭނާގެ ހާލު ރަނގަޅެއްނޫން.. އަހަރެންނަށް ރޮވެންފެށުނެވެ.ކޮއްކޮ އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން އަތުގައި ހިފާލިއެވެ. ދޮންތާ އަދި ނުވެއެއްނު ރޯކަށް.ނާދް ފެމިލީއަށް މިކަން އަންގަންވީނު ޝަހުދު.އެނގޭތަ އެގޭ މީހެއްގެ ނަމްބަރު؟ ވިސްނުންތެރިކަމާއިއެކު ކަންތައްތައް ރާވާލިއިރު ކޮއްކޮ ހީވަނީ ވަރަށް ބޮޑުމީހެއްހެނެވެ.. އާނ! ނާދް ކޮއްކޮގެ ނަމްބަރު އެނގޭ.. އެހެންވީމަ ފުރަތަމަ ގާފަރަށް ގުޅާފައި އެރަށުގައި އުޅޭތޯ ބަލަމާ.. އެއަށްފަހު ގުޅާނީ އަޒްހާންއަށް.. ކޮއްކޮއާއި ޝަހުދު،ގާފަރުން އެމީހުން ދަންނަ އެކި މީސްމީހުނަށް ގުޅައިގެން ބެލިއިރުގަވެސް ނާދް އާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ނުލިބުނެވެ.. އެހެންކަމުން ޝަހުދު، ނާދްގެ ކޮއްކޮ އަޒްހާންއަށް ގުޅާ ވެގެންއުޅޭގޮތް ކިޔައިދީފީމެވެ..އަޒްހާންވެސް ހާސްވެފައިވާ އަޑަކުން ވާހަކަ ދައްކަމުންދިޔައެވެ..ނާދް މާލެ ނުދާކަމާއި މިރޭ ގުޅަންއުޅެއުޅެ ނުގުޅުންވާހަކަވެސް ބުންޏެވެ.އެހެންކްަމުން ޕޮލިހަށް ރިޕޯޓުކުރާނެކަމަށްބުނެ ފޯން ކަނޑާލިއެވެ..

އިތުރަށް އެތަނުގައި ކެތް ނުވުމުން އަހަރެން ދިޔައީ ކޮޓަރިއެށެވެ.ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ.އަހަރެންނަށް ލޯބި މިވެވުނީ އުމުރުން  ވިހި އަހަރުވެސް ވީފަހުންނެވެ.ލޯބިވެވި އެލޯބި ހާސިލްވެސް ނުވެ އުޅެނިކޮށް ބައިވެރިޔާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ދިރިއުޅުމަކީ ހާދަ އަވަހަކަށް ބަދަލުވާ އެއްޗެކެވެ.. ހުރިހާކަމެއް އަހަރެންނަށް މިދިމާވީ އެއްފަހަރާއެވެ.. ހައްތަހާވެސް ބޮޑެތި ކަންތައްތަކެވެ.. ކެރިގެން ކުރިމަތިލުންނޫން އެއްވެސް ގޮތެއްނެތެވެ.މިފަދަ ހާލެއްގައި ރޯން އޮއްވައި ނިދުނުއިރެއްވެސް ނޭންގެއެވެ..

ވަށައިގެންވަނީ ކަޅު އަނދިރިކަމެވެ.އަހަރެންހުރީ އެކަނިމާއެކަންޏެވެ..ގަސްތަކުން ފުރިފައިވާ ޖަންގައްޔެއްގެ ތެރޭގައެވެ..ހާސްކަމާއިއެކު ފަރާތްފަރާތަށް އެނބުރި ބަލަންފެށުނެވެ..މަޑުމަޑުން ތަންތަން ސާފުވާންފެށިއެވެ.ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ބިންމަތީގައި ހުރި ދޮރެއް ފާޑުގެ އެއްޗެކެވެ..ބިންގަރާހެއްފާޑުގެ އެދޮރުގައި ލާފައިހުރީ އާދައިގެ ތަޅެކެވެ..ބިރުންހުރިނަމަވެސް އެދޮރުގެ ފަހަތުގައިވަނީ ކޮންއެއްޗެއްތޯ ބަލާލަން ޝައުގުވެރިވެވިއްޖެއެވެ.އެހެންކަމުން ބާރު ފިޔަވަޅުތަކެއްގައިގޮސް އެދޮރުގެ ތަޅުގައިހިފާ،ދޮރު ހުޅުވާލީމެވެ..ދޮރު ހުޅުވާލުމާއިއެކު އުދުހިގަތް ވައު ތަކުގެ ސަބަބުން ބިރުން ހަޅޭއްލަވައިގަނެވި، ފަހަތައްޖެހެވިއްޖެއެވެ.. ހީވީ އަހަރެންގެ މޫނުވެސް ނޮޅާލަން އުޅުނުހެނެވެ.. ވައުތަށް މަދުވުމުން އެތަނުގެ އެތެރެ ފެންނަން ހުއްޓެވެ.ދިގު ސިޑިއެއްލާފައި  ހުރި އެތަނުގައިވަނީ މަޑުމެަޑު ރީނދޫ ކުލައިގެ އައްޔެއެކެވެ. ތިރިއަށް ފޭބުމަށްޓަކައި

އަހަރެން ސިޑިމަށްޗަށް އެރީމެވެ.އެވަގުތު އަހަރެން އަޑިޔަށްދާންފެށިހެން ހީވިއެވެ..ކޮންމެވެސް މީހެއްގެ އަތުން އަހަރެން ހިފަހަށްޓާ ދަމައިގަތެވެ.. ދޮންތާ.. ކޮންތާކަށް ދަނީތި؟ މިހާރު އެހެރަ މެންދަމުންއަލިވެ ދޭއް ޖެހީ.. ކޮއްކޮ އެހެންބުނިއަޑަށް ރަނގަޅަށް ދެލޯހުޅުވާލެވުނެވެ.އޭރު އަހަރެންނަށް ހުރެވުނީ ގޭންބޭރަށް ނިކުންނަ ދޮރުގެ ތަޅުގައި ހިފަހަށްޓައިގެންނެވެ.. ފެނުނީ ހުވަފެނެކެވެ.އެކަމަކު މިފަހަރު އޭތި އެމަސައްކަތްކުރީ، ނިދީގައި އަހަރެން ގެންދާށެވެ..ބިރުން ރޫރޫ އަޅައިގަތެވެ. އޭރު ކޮއްކަޮވެސް ބިރުންކަހަލަ ގޮތަކަށް އަހަރެންނާމި ދިމާއަށް ބަލަންހުއްޓެވެ. ނަސީބެއްނު މިރޭ މެޗުބަލަން ހޭލާ އިނދެވުނުކަން..ނޫނީ ނޭންގެ މިރޭ ދޮންތަ ނިދާފައިހުރެގެން ދާނީ ކޮންތާކަށް ކަމެއްވެސް.. ކޮންމެގޮތެއްވިޔަސް ކަންތައްތައް މިވަނީ ވަރަށް ގޯސްވެފައެވެ. މިރޭ ކޮއްކޮއަށް ފެނުނަސް ކޮންމެރެއަކު މިހެނެއް ނުވާނެއެވެ. ދޮންތަ ނާދް ހޯދަންދާން ދޯ ތިދަނީ.އެހެނޭވާނީ އެވަރަށް އެކަމާ ވިސްނީމަ. ދެންދޭ އޮށޯންނަން.. ޝަހާދަތް ކިޔަށްޗޭ. އަހަރެން ކޮއްކޮއަށް ހީލުމަށްފަހު ބަހެއްވެސް ނުބުނެގޮސް ކޮޓަރިއަށް ވަނީމެވެ.އަދި ހާދީބެ ބުނެދިން އާޔަތްތަށްކިޔާ ވާތްފަރާތަށް ފުމެލީމެވެ.. އެވަގުތު އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ.ގައިގައި އަޅަންފެށި ވޭނަކުން ކެތްނުކުރެވިގެން ތަޅުންގަނޑުމައްޗަށް ތިރިވެވުނެވެ.. ކުއްލިއަކަށް އަހަރެން ވިއްސައިގެންގޮސް ޖެހުނީ ފާރުގައެވެ.އެއާއި އެކު ކުރިން އަހަރެން އޮތްތަނުން ކަޅު ހިޔަންޏެއް އަރައިގެންގޮސް ފެންލައިޓުން ނިކުމެގެން ހިނގައްޖެއެވެ.. ސުބްހާނަﷲ.. އަހަރެންނަށް ބުނެވުނެވެ..ބިރުންގޮސް ދެލޯ ބޮޑުވެފައި އަހަރެން އޮތީމެވެ. ކަންތައްތައް މިވަނީ ވަރަށް ގޯސްވެފައެވެ.އޭތި މިހާރު އެދަނީ އަހަރެންގެ ހަށިގަނޑަށްވެސް ބާރުފޯރުވަމުންނެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ އަވަހަށް ހާދީބެ އަންނާނެނަމައެވެ. އެރޭގެ ފަހުބައިގައި އިތުރަކަށް އެންމެ ލޮލުފިޔައެއްވެސް ޖަހާކަށް ނުކެރުނެވެ.އެހެންކަމުން ފަތިސްވަންދެން ގުރުއާން ކިޔަވަން އިނުމަށްފަހު ބަންގިގޮވުމުން ނަމާދުކޮއްލައިގެން އެނދަށް އަރާ ހަމަޖެހިލީމެވެ.އޭރުވަނީ އަހަރެންވަނީ މުޅިން ބިރުފިލާ، މީހާ ހަމައަކަށް އެޅިފައެވެ.

މިވަގުތު ހާދީބެ ހޭލާ އުޅޭނެކަން އެނގޭތީ، ހާދީބެއަށް ގުޅާލީމެވެ. އަދި ރޭގައި ފެނުނު ހުވަފެނާއި އޭގެފަހުން ކަންތައްވީގޮތް ކިޔައިދިނީމެވެ.. ހޫމް..ކޮއެފުޅާ ބުނަންތަ. އޭތި އެއުޅެނީ ބޭބެ ތިކޮޅަށްދާން އުޅޭކަން އެނގިގެން.. އެހެންވީމަ ބޭބެ ތިކޮޅަށް ދަންދެން ކޮންމެ ނަމާދެއްގެ ފަހުގައި ކުރިންވެސްބުނި އާޔަތްތަށް ކިޔާ އެގޮތަށް އަމަލުކުރަމުން ގެންދޭ.ދެން ނިދުމުގެކުރިން ދިހަފަހަރު ކިޔަންވާނެ. ކޮއެފުޅު ވާނެ ވަރަށް ހިތްވަރުކުރަން.. އިރާދަކުރެއްވިއްޔާ މާދަމާ ބޭބެ ހުންނާނީ ތިކޮޅުގަ.. އަދިވެސް މިފަދަ ވާހަކަތަށް ދެއްކުމަށްފަހު ހާދީބެ ފޯން ބޭއްވިއެވެ.. އަހަރެން ފުންނޭވާއެއް ދޫކޮއްލީމެވެ.އަދި ނާދް ހެޔޮހާލުގައި ލެއްވުންއެދި ދުއާ ކޮއްލެވުނެވެ…

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leem

Level 110 Stories100 Comments

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ.. (4)

Next

ނާޒް

Next
June 6, 2016

ނާޒް

Previews
June 5, 2016

ލޯތްބޭތީ ހިތްއެދޭ.. (4)

17 Comments!

  1. leem says:
    June 6, 2016 at 2:00 am

    މިއޮތީ ޕާރޓް 5. ހޯޕްކުރަން ކަމުދާނެކަމަށް. ބިޒީކަމުން މިއަދު އަޕް ނުކުރެވުނީ. އެހެންވެ ތަންކޮޅެއް ކުރުކޮށް މިގެނެސް ދެވުނީވެސް.ރޯދަމަހު ލީމްއަށް ވަރަށް ޓައިމް ނުވާނެ. އެހެންވީމަ ހަފްތާއަކު އެއްފަހަރު ވާހަކަ އަޕްކޮށްދޭނަންއިނގޭ. ހޯޕްކުރަން ހުރިހާކުދިންނަށްވެސް އަންޑަރސްޓޭންޑްވާނެކަމަށް. ހުރިހާކުދިންނަށްވެސް ވަރަށް ބާއްޖަވެރި އުފާވެރި ރޯދަމަހަކަށް އެދެން. ލަވް ޔޫ އޯލް.. ?

  2. ruuhii says:
    June 6, 2016 at 2:24 am

    Am waiting for that. Thankfully do much. Vvvvvvvv reeethi

  3. ?Ňåjùüú? says:
    June 6, 2016 at 4:24 am

    We understand leem….. V nice mi part vx.. Keep it up ?

  4. pinky says:
    June 6, 2016 at 9:19 am

    Leem konme hafthaa aku kon dhuvahehga. It’s easy to read. Vvvvv reethi. Nxt prt thankolheh dhigukohllachea. Waiting

  5. angel says:
    June 6, 2016 at 10:11 am

    Wow v nice ?

  6. someone says:
    June 6, 2016 at 11:03 am

    Awesome!!next part thankolheh adhi dhihu kohlahcheh..???

  7. leem says:
    June 6, 2016 at 12:12 pm

    Ehen waki dateh bunaakah neynge..dhigukoh genesdheveythw try kuraanan n next partah hurihaakudhinves wait kohlaathi ingey..thank u all.?

  8. reysham says:
    June 6, 2016 at 4:41 pm

    ކޮން އިރަކުން ތަ ވާހަކާގެ 6 ވަނަ ޕާރްޓު ކިޔާލެވޭވަރުވާނީ ވަރަ ރީތި ޝަމް ކީހުރިހާ ބައެވެސް. “އިންތިޒާރުގެ ގިޓާ ކުޅެނީ ޝަމް

  9. Shuha says:
    June 6, 2016 at 11:49 pm

    Vvvv.rythi hope to read part six soon… love you too leem?

  10. ♡Sam♡ says:
    June 7, 2016 at 7:19 pm

    Leem dhen next week non dhuwahakun waahaka update waany ?
    Am waiting for next part ?
    Beautiful story

  11. wish says:
    June 7, 2016 at 8:20 pm

    Vaahakaiga ekaku anekakaa dhahkaa vaahaka, komaa koalhi akah laafa aa pharagraph ehga inyma kiyaalan faseyha vaane… vaahaka varah rythi.. 🙂

  12. liyun theriyeh says:
    June 8, 2016 at 11:55 am

    <3 …..ވަރަށް ރީތި މިބައިވެސް. ހަވަނަ ބައިގެ އިންތިޒާރުގައި

  13. aboobakuru haadhy says:
    June 10, 2016 at 11:23 am

    Leeem mivareh nehhhh hama

  14. SADASDASD says:
    June 13, 2016 at 12:42 pm

    KOBA HAADA LAHEY DHEN HAMA

  15. jeejee says:
    June 16, 2016 at 4:52 pm

    avahah up kohdheeba plz plz v v v v reeethi

  16. LSN says:
    June 27, 2016 at 12:22 am

    omg v salhi ><

  17. flower says:
    January 22, 2017 at 9:13 am

    wow nice

Comments are closed.

Next Episodeކުއްޅަވަށްފާ(6 ވަނަބައި)←


All Right Reserved!