Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީގެއަގު 10 ވަނަބައި

mohamed neer Level 210 Stories100 Stories
August 4, 2013 3 Mins Read
3 Comments

” ތި ބުނީ ރަނގަޅު ވާހަކައެއް. އެކަމަކު ވެސް … ޖެހިލުންވަނީ. ނީސާމްގެ އެ ދޮގުބަޔާންތަކަށް ބަލައިގެން އިސްގާޒީ
މައްސަލަ ނިންމައިފިނަމަ ކިހިނެތް ހަދާނީ ؟ ” ނާއިލް ވާހަކަދެއްކީ މާޔޫސްކަމާ އެކުގައެވެ. އެކަން އޭނާގެ އަޑުންނާއި ހަރަކާތުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ.
” ކަލޭ މަރާލާނީ. ” މަޑުމަޑުން އިނާ ބުނެލިއެވެ.
” އޭރުން …. ” ކިރިޔާ އިނާއަށް އަޑުއިވޭވަރަށް ނާއިލް ބުނެލެވުނެވެ.
ނާއިލަށް ވިސްނައިދީ އޭނާ ހަމައަކަށް އެޅުވޭތޯ އިނާ މަސައްކަތް ކުރަމުން ދިޔައެވެ. ލަންމާގެ މަރުގެ މައްސަލާގައި
ދައުލަތުން ކުރަމުންދާ ދައުވާގެ އިތުރުން އޭނާއަކީ ސަރުކާރު ދެކޮޅު މީހަކަށް ވާތީ ކޮންމެފަދަ ގޮތަކުން ނަމަވެސް އޭނާ ހައްޔަރު ކޮށްފާނެ ކަމުގައި ނާއިލަށް ގަބޫލުކުރެވެމުން އައި ގަބޫލުކުރުން އިނާގެ ސަބަބުން ކޮންމެވެސް ވަރަކަށް ބަދަލުވެގެން ދިޔައެވެ.
ނާއިލްގެ އޮފީހުން ނުކުމެގެން އިނާ އާއި ނާއިލް، އިނާމެން ގެއަށް ދިޔައީ ނާއިލްގެ ކާރުގައެވެ.
ކާރު އައިސް އިނާމެން ގެކައިރިއަށް މަޑުކުރުމާއެކު އިނާ ކާރުން ފައިބާގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އިނާގެ އެ
ޢަމަލުގެ ސަބަބުން ނާއިލް ހައިރާންވި ނަމަވެސް އެއްޗެކޭ ނުބުނެ އިނެވެ. ވަރަށް ބާރަށް ހިނގާފައިދިޔަ އިނާ އެދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެވުމާއެކުހެން އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކުހެން އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
އެނދުގައި އޮށޯތްނަމަވެސް އިނާއަކަށް މާގިނައިރު ނުއޮވެވުނެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާ
ލަމުން ބޭރަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އިނާގެ ލޯ އަމާޒުވެގެން ދިޔައީ ނާއިލަށެވެ. މަގުބައްތީގެ އަލީގެ ސަބަބުން ވަރަށް ރީތިކޮށް މަގުމަތި ފެންނާން އޮތެވެ. ކާރުގަ ލެގިލައިގެން އިނާމެން ގެއާދިމާއަށް ބަލަހައްޓައިގެން ނާއިލް ހުއްޓެވެ.
ގޭގެ ތިރިއަށް ފައިބާގެން އިނާ އައިސް ބޭރަށް ނުކުތްއިރު ނާއިލް އައިސް ގޯތިތެރެއަށް ވަންނަނީއެވެ. ނާއިލް އައިސް
އިނާ ގާތަށް ހުއްޓެމުން އިނާއަށް ބަލާލުމާއެކު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ނާއިލާއި ހަތަރުކަޅި ހަމަވުމާއެކު އިނާ އަށް ވީ ގޮތެއް އޭނާއަށް ވެސް ނޭނގުނެވެ. އަނގައިން ބަސް ހުސްވެ ހަރަކާތް ހުއްޓިފައި ނާއިލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއް ވާންދެންކަން އޭނާއަކަށް ނޭނގެއެވެ.
އިނާއާ ގާތަށް ޖެހިލަމުން އިނާގެ އަތުގައިހިފާ ގާތަށް ދަމާލުމާއެކު އިނާ އައިސް ނާއިލްގެމޭގަ ލައްވެލިއެވެ. އެއާއެކު
ނާއިލްގެ ދެއަތް އިނާގެގައިގަ ވަށާލި އިރު އިނާގެ ދެއަތް ވެސް ނާއިލްގެގައިގަ ވަށާލެވިއްޖެއެވެ.
ރޭދުވާ ދައުރުވަމުން ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު އިނާއާ ނާއިލްގެ ބައްދަލުވުންތައް އިތުރުވަމުން ދިޔައެވެ.
ހަމައެހެންމެ ނާއިލްގެ ފަރާތުން ލިބެމުންދިޔަ ލޯބިވެތި ފިރުމުންތަކާއި އޯގާތެރި ހިތްހެޔޮ ބަސްތައް ލިބޭވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. އެ އޯގާތެރިކަމާއި ހިތްހެޔޮކަމަށް އެދި އިނާގެ ހިތް ގޮވަމުން ދިޔައީ ނާއިލާއި ދުރުގައި ހުންނާން އުނދަގޫ ވާ ވަރަށެވެ.
އިނާއާ ނާއިލްގެ މެދުގައި އުފެދުނު ލޯބީގެ ގުޅުން ވެގެން ދިޔައީ އެދެމީހުން ފިޔަވާ އެހެން އެންމެންގެ ލޯތަކަށް ސިއްރު
ވެގެން ގޮސްފައިވާ ލޯތްބަކަށެވެ. އެކަކު އަނެކަކާއި ވަކިނުވެ އުމުރުދުވަހު އެކުގައި އުޅުމަށް ޢަހުދުތަކާއި ވަޢުދުތައް ވަމުން ލޯބީގެ ގުލްދަސްތާ ތަކުގައި މާތައް ފޮޅުވަމުން އުފާކުރަމުން ދިޔައީ އެހެން މީހަކަށް ޝައްކު ވެސް ނުވާހާ ސިއްރުންނެވެ.
ލަންމާގެ މަރުގެ މައްސަލާގައި އިނާ ކުރަމުންދިޔަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކޮންމެވެސް މީހަކު ސިޓީތަކެއް
އިނާއަށް ފޮނުވާން ފެށިއެވެ. ސިޓީތައް ފޮނުވަނީ ކާކުކަން ނޭނގުނު ނަމަވެސް އެސިޓީތަކަކީ ނާއިލްއަކީ ކުއްވެރިއެއް ނޫންކަމާއި އެކަން އެނގޭނެ މީސްމީހުންނާއި އެމީހުންނާއި ބައްދަލުވާނެގޮތް ބުނެދީފައިވާ ސިޓީ ތަކެކެވެ. އެކަމުގެ ސަބަބުން އިނާއަށް ފަސޭހަ ތަކެއް ވާނެކަން އެނގުނު ނަމަވެސް ހުރިހާ ސިޓީތައް އެއްކޮށް ބަލާލުމުން އިނާއަށް އެހެން ކަމެއް ފާހަގަ ކުރެވުނެވެ.
ހުރިހާ ސިޓީން ވެސް އެއްކަމެއް ފާހަގަކުރެވިގެން ބަލަމުންދިޔަ އިނާއަށް ސިޓީތަކުގަ ބޭނުންކޮށްފައިވާ ސީނުގެ ފަހަތު
ބައި ނެތްކަން ފާހަގަކުރެވުނެވެ. އެއާއެކު އެހުރިހާ ސިޓީއަކީ އެއް ޓައިޕްރޭޓަރުން ޓައިޕްކޮށްފައިވާ ސިޓީތަކެއްކަން ޔަގީން ވެގެން ދިޔައެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހައިރާންކަން ލިބިގެން ދިޔައެވެ.
ނުހަނު ޝައުޤުވެރިކަމާއެކު ފަހަރަކު ސިޓީއެއް ބަލަމުން އޭގައިވާ ސީނުތައް ފާހަގަކުރުމާއިގެން މަޝްޣޫލްވެއިން އިނާ
ސިއްސައިގެން ދިޔައީ އަތީލް އައިސް ދޮރު ކައިރިއަށް ހުއްޓެމުން ސަލާމް ގޮވާލި އަޑަށެވެ. ދޮރާއި ދިމާއަށް ބަލާލަމުން އިނާ ޖަވާބު ދިނެވެ.
އަތީލް އައިގޮތަށް އައިސް ހުއްޓުނީ އިނާގެ ކުރިމަތީގައެވެ. އެއާއެކު އިނާ އިސް އުފުލާލަމުން އަތީލަށް ބަލާލިއެވެ.
ރީތިކަމާއި ފުރިހަމަ ކަމުގައި ދެވަނައެއް ނުވާ އިނާގެ މޫނު ފެނިފައި އަތީލްގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަ ގޮތަކަށް އިނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވާންދެން ކަމެއް އަތީލަކަށް ނޭނގުނެވެ.
” އަތީލް! މިއޮތީ ވެސް ސިޓީއެއް އައިސްފައި. ” އަތީލްގެ އަތަށް ސިޓީއެއް ދިއްކޮށްލަމުން އިނާ ބުންޏެވެ.
” އޭނާ އަކީ ކުށްވެރިއެއް ނޫން. ” ސިޓީ ބަލާލަމުން އަތީލް ބުންޏެވެ.
” ކާކަށް އެކަން އެނގެނީ ؟ ކާކު ސިޓީ ފޮނުވަނީ ؟ ” ކޮޅަށް ތެދުވަމުން އިނާ ވާހަކަ ދެއްކިއެވެ.
” އިނާ ފަދައިން ނާއިލް ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ އެހެން މީހަކު ހުރެދާނެއެއްނު. ” އިނާއަށް ބަލާން
ހުރެ އަތީލް ވާހަކަ ދެއްކި ނަމަވެސް އިނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
” އެކީއްވެ؟ ” ހައިރާންކަމާއެކު އިނާއަށް އަހާލެވުނެވެ.
” ތިޔަ ސިޓީތަކަށް ބަލާލުމުން ވެސް އެކަން އެނގޭ. އެހެން ސިޓީތަކެކޭ އެއްގޮތަށް ތިޔަ ސިޓީގަ ވެސް ސީނުގެ ފަހަތު
ބައި ނެތެއްނު. ” އަތީލް ވާހަކަ ދެއްކީ އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބުރަވެއެވެ.
” މިކަން ކުރަނީ ކާކު؟ އެމީހަކު ހޯދަން މަސައްކަތްކޮށްބަލަ. ” ސިޓީތައް ނަގާ ފައިލަކަށް ލަމުން އިނާ ވާހަކަ ދެއްކި
އެވެ. އޭރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
” ތިއީ ވަރަށް ފަސޭހަކަމެއް. އަހަރެން ފަހަރަކު ގެއަކަށް ގޮސް އަހާނަން ސީނުގެ ފަހަތުބައި މަދު ޓައިޕްރޭޓަރެއް ގެން
ގުޅެން ތޯ؟ ” ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމާއެކު އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން އެހެން ބުނީ ތިޔަ ނިޔަތަކު ނޫން. ” ޖީބުން ފޯނު ނަގަމުން މާޔޫސްކަމާއެކު އިނާ ބުނެލިއެވެ.
” ރޭގަ ވެސް އިނާ އުޅުނީ ގޭގައެއް ނޫނެއްނު؟ ” އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.
” ނޫން. އަހަރެން އުޅުނީ ގޭގަ. ” އަވަސް އަވަހަށް އިނާ ޖަވާބު ދިނެވެ. އަދި ކޮންމެވެސް ނަންބަރަކަށް ގުޅާލަމުން
ކަންފަތާއި ފޯނު ކައިރިކޮށްލިއެވެ.
” ފޯނު ނުނެގީ ކީއްވެ؟ ” އަނެއްކާ ވެސް އަތީލް ސުވާލު ކުރިއެވެ.
” ފޯނު އޮންނާނީ ޗާޖަށް ޖަހާފައި. ” އިނާ ޖަވާބު ދިނީ ފޯނަށް ބަލާން ހުރެއެވެ.
” ތިއީ ހުސް ދޮގު. ކާކަށް ފޯނު ތި ކުރަނީ؟ މީހުން މަރާ މީހާއަށް ތަ؟ ” ހިތްހަމަ ނުޖެހުމާއެކު އަތީލް ވާހަކަދެއްކިއެވެ.
” ކީކޭ ތި ބުނީ؟ ” ހައިރާންކަމާއެކު އިނާއަށް އަހާލެވުނެވެ.
” ނާއިލަކީ މީހުން މަރާ މީހެއް. ސިއްރުން މީހުން މަރާ މީހެއް. ” އަތީލް ވާހަކަ ދެއްކީ ރުޅިވެރިކަމާ އެކުގައެވެ.
” ތިހެން ތިބުނަނީ އަތީލެއް ނޫން. ތިއީ ކަލޭ އޭނަ ދެކެ ރުޅިއަންނާތީ ކަލޭގެ ނަފްސު ބުނާ ބުނުމެއް. އޭނާގެ ސަބަބުން
ކަލޭގެ އެތެރެހަށި ތިޔަ އަނދަނީ. ” އަތީލް ހަމައަކައަށް އަޅުވާން އިނާ މަސައްކަތް ކުރިއެވެ.
” އޭނާގެ ސަބަބުން އަހަރެންނަށް ކަމެއް ވެއްޖެތަ؟ އެގާތިލްގެ ސަބަބުން އަހަރެންނަށް ގޮތެއް ވެއްޖެތަ؟ ” އަތީލްގެ
ރުޅިވެރިކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ދެބަދުނާމް

Next

ދެބަދުނާމް

Next
August 4, 2013

ދެބަދުނާމް

Previews
August 3, 2013

ދެބަދުނާމް

3 Comments!

  1. ސަމީހާ says:
    August 4, 2013 at 9:53 am

    varah reeeeeethi

  2. ލަަަްމް says:
    August 24, 2013 at 10:09 pm

    މީ ހިންދި ފިލްމެއް ގެ ކޮޕީ އެއް

  3. mohamed neer says:
    August 25, 2013 at 10:14 am

    ” ތި ބުނީ ރަނގަޅު ވާހަކައެއް. އެކަމަކު ވެސް … ވާހަކައިގެ ފެށުމުގެ މަތީގައިވާ ނޯޓް ވިދާޅުވި ނަމަ ތިކަން ވަރަށް ރަނގަޅަށް އެނގިލައްވާނެ.

Comments are closed.

Next Episodeއެހީގެއަގު 11 ވަނަބައި←


All Right Reserved!