Skip to content
އެސްފިޔަ

އަސަރު 7

“އަދި އެބަ ރޮޔެއްނު!! ހުރެބަލަ ނިކަން!!” ރީނާ ހަޅޭއްލަވައިގަތެެވެ. އަދި ޝިކާ އާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ. ބިރުން ފިތް ކަނޑައިގެން ދާ ވަރުވެފައި ޝިކާ ހުރީ އޭނާ ހިނގާފައި އެދިމާއަށް އަންނަތަން ބަލާށެވެ. އެއައިގޮތަށް އައިސް ރީނާ އުޅުނީ ޝިކާގެ ގައިގައި ޖަހާށެވެ. ޖަހަން އަތް ހިތްލާލިތަނާ ރީނާގެ ހަރަކާތަށް ހުއްޓުން އެރީ ރަނާ އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އޭރު ޝިކާ ހުރީ ދެލޯމަރައި ތަގުޅިކޮށްގެނެވެ.

“ތިއްތާ! ތަންކޮޅެއް ބޮޑުވަރު ތީ…” ރަނާ ރީނާގެ އަތް ފަހަތަށް ހޫރާލިއެވެ. ރީނާ ދެލޯބޮޑު ކޮއްލާފައި ރަނާ އާ ދިމާއަށް ބަލާލިއެވެ. އަދި ޝިކާ އާ ދިމާއަށް އިތުރު އެއްޗެކޭ ނުބުނެ ދުރަށް ހިނގައިގަތީ ކުދިކިޔަމުންނެވެ. އޭރުވެސް އޭނާގެ ގޮށް ޖެހިފައިވާ ދެބުމައިން އޭނާ ރުޅިއައިސްފައި ވާވަރު ހާމާވެއެވެ. މަންޒަރު ބަލަން ހުރި ޝިކާ ދުއްވައިގަތީ ފާހާނާއާ ދިމާއަށެވެ. އޭނާ ހުރީ ދުވަހަކުވެސް ހިތުގައި ނުޖެހޭވަރަށް ހިތުގައިޖެހި ދެރަވެފައެވެ. މީހަކު އޭނާއާ ދިމާއަށް ދުވަހަކުވެސް ވާހަކަ ނުދައްކާފަދަ ގޮތަކަށް ރީނާ ވާހަކަ ދެއްކުމުންނެވެ. މީހަކު ޝިކާ ދެކެ ރުޅިއައިސްގެން ދުވަހަކުވެސް އެފަދަ އެއްޗެސް ކިޔާފައެއް ނުވެއެވެ. ޝިކާ ފަހާނާތެރޭ ހުރެގެން ހިތް ފުރޭވަރަށް ރުޔެވެ. އޭރު އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. އަވަސްއަވަހަށް މޫނު ދޮވެލުމަށްފަހު ބޭރަށް ނިކުމެފައި އޭނާ ފުރަތަމަވެސް ހޯދާލީ ރީނާ ކޮބައިތޯއެވެ. ރީނާ އެނދުގައި ކުރުގެޅިގެން ނިދާފައި އޮތްތަން ފެނުމުން ޝިކާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެވަގުތު ޝިކާ ގާތަށް ރަނާ އައެވެ. އަދި އޯކޭހޭ އަހާލިއެވެ. ޝިކާ ހީލުމަށްފަހު ބޯޖަހާލިއެވެ.

“ތިއްތަގެ ވައްތަރު އެއީ…. މަ ވެސް ބައެއް ފަހަރު ވަރަށް ފޫހިވޭ ތިއްތަ ދެކެ..” ރަނާ އަނގައަަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ޝިކާ އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތީ އަލަމާރި ކައިރީގައިވާ އޭނާގެ ފޮށި ކައިރިއަށެވެ. ރީނާ ހޭލުމުގެ ކުރިން އޭނާގެ ހެދުންތަކާއި ފޮށީގައި ހުރި އިތުރު އެއްޗެތި އަލަމާރިއަށްލާ ތަރުތީބުކޮށްލުމުގެ ބޭނުމުގައެވެ. ހުރިހާ އެއްޗެއް އަތުރާ ނިމުމުން އޭނާ ފޮށި އެނދުގެ އަޑިއަށް ކޮއްޕާލިއެވެ. އަލަމާރި ދޮރުފަތް ލައްޕާލަން ދޮރުފަތުގައި ހިފާލިތަނާ އޭނާގެ ލޮލުގައި އަޅައިގަތީ އަލަމާރި އެތެރޭގައި އޮތް އޭނާގެ ބައްޕަ ދިން ޕާރުސަލެވެ. އެތެރޭގައި އޮތީ ކޮންއެއްޗެއްބާއޭ ހިތަށް އަރަމުން އޭނާ އެނދުގައި އިށީންދެ ހަމަޖެހެލިއެވެ. މަޑުމަޑުން ކަރުދާސްގަނޑު ނައްޓާލުމާއެކު އޭނާގެ މޫނުމަށްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެތެރޭގައި އޮތީ އޭނާ އެންމެ ބޭނުންވާ ކަހަލަ މޯބައިލް ފޯނެކެވެ. ސެމްސަންގް ގެލެކްސީ އެސް ސިކްސް އެޖް ޕްލަސް އެކެވެ. ވީ އެފަލުން އޭނާއަށް އަނގަމަތީގައި އަތް އެޅުނެވެ. ފޯނުނަގައި ހުޅުވާލިއިރު އެތެރޭގައި ސިމެއްވެސް ލައްވާފައި ހުރިކަން އެނގުނެވެ. ނަންބަރުތަށް ބަލާލިއިރު މަންމަގެ ނަމްބަރާއި ބައްޕަގެ ނަންބަރުގެ އިތުރުން ބައެއް އެހެން އާއިލާ މެންބަރުންގެ ނަންބަރުވެސް ސޭވް ކޮއްފައި ހުއްޓެވެ. އޭނާ އަވަސް އަވަހަށް ބައްޕަގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރަކަށް ރިންގުވުމާއެކު އެކޮޅުން ފޯނު ނެގިއެވެ.

“ބައްޕާ…” ޝިކާ އުފާވެފައި ހުރެ ގޮވާލިއެވެ.

“ކޮބާ ދަރިފުޅާ… ކަމުދޭތަ ހަދިޔާ..” ސަމީރު އަހާލިއެވެ.

“ލައްބާާާ…” ޝިކާ ބުނެލިގޮތުންވެސް އޭނާ ހުރީ ވަރަށް އުފާވެފައިކަން އެނގުނެވެ.

ސަމީރު ޝިކާ ގާތު ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަދި ނަސޭހަތް ދީދީފައި ރަހީމާ އަތަށް ފޯނު ދިނެވެ. ރަހީމާވެސް ޝިކާގާތު ކިޔަވަން މަސައްކަތް ކުރުމަށް ނަސޭހަތް ދިނެވެ. ދެން ޝިކާ އެދުނީ އޭނާގެ ކޮއްކޮ، ޝިނާން އަތަށް ފޯނު ދިނުމަށެވެ. ޝިނާން އާ ދެކުދިން މަޖާކޮށްކޮށްފައި ފޯނު ބޭއްވިއިރު އޭނާ ހުރީ ވަރަށްވެސް ހިތްހަމަޖެހިފައެވެ. ހަމަޖެހިލައިގެން އޮށޯވެލުމަށްފަހު ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ތެދުވެއްޖެއެވެ. އަދި ތެދުވެގެން ގޮސް އަލަމާރި ހާވަން ފެށިއެވެ. އަލަމާރިން ކުޑަ ފޮތެއް ނަގައިގެން އައިސް އޭނާ އަނެއްކާވެސް އައިސް އެނދުގައި އިށީންދުނެވެ. އަދި ފޮތް ހުޅުވާލައި އޭގައި ލިޔެފައި އޮތް ނަންބަރަކަށް ގުޅާލިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ.

ތާމިން ދުއްވަން އިން ބައިސްކަލު މަޑުޖައްސާލީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ކުދި ކިޔަމުން ޖީބުގައި އޮތް ފޯނު ނަގައި ސްކްރީނަށް ބަލާލިއިރު ނުދަންނަ ނަންބަރެކެވެ. ނުނަގަން ހުރެފަ އޭނާ ފޯނުނަގައި ހަލޯ އޭ ބުނެލިއެވެ.

ތާމިން ހަލޯއޭ ބުނި އަޑު އިވުމުން ޝިކާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ޝިކާ އެއްޗެކޭ ނުބުނުމުން އަނެއްކާވެސް އެކޮޅުން ހަލޯ އޭ ބުނި އަޑު އިވުނެވެ.

“ހަލޯ….” ޝިކާ މަޑުމަޑުން ބުނެލިއެވެ.

“ކާކު ތީ؟؟” ތާމިން ގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

“މީ…. އަޅެ ދިމާކޮއްބަލަ މީ ކާކުތޯ…” ޝިކާ ތުއިވެލާފައި ބުނެލިއެވެ.

“ނޭނގުނު… ” ތާމިން ބުނެލިއެވެ.

“މީ…..މީ….. މީ ޝިކާ…” ޝިކާ ބުނެލިއެވެ.

“ޝިކާ؟؟ ކޮންއިރަކު ކާކު ދިން ފޯނަކުން ތި ގުޅީ؟” ތާމިން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ރަށުގައި އުޅުނު އިރުވެސް ޝިކާ އަކީ އޭނާގެ މަންމަމެންގެ ފޯނުން ވެސް ތާމިން އަށް ގުޅާ ކުއްޖެއް ނޫނެވެ.

“މީ ބައްޕަ ދިން ފޯނެއް…” ޝިކާ ފޮނިވެލާފައި ބުންޏެވެ. ޝިކާ ގެ މި ބަސްތަކުން ތާމިންއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ޝިކާ އަތުގައި ފޯނެއް އިތުމުން އޭނާ އަށް ކޮންމެ އިރެއްގައިވެސް ޝިކާ އާ ވާހަކަދެއްކޭނެތީއެވެ. އޭނާ އަރައިގެން އިން ބައިސްކަލުން ފައިބައިގެން ގޮސް އެމަގުގައި ހުރި ޖޯލިފައްޗެއްގައި ޖައްސާލީ ހަމަޖެހިގެން އިނދެ ވާހަކަދެއްކުމުގެ ބޭނުމުގައެވެ. ތަފާތު ވާހަކަދެއްކުމުގައި ދެކުދިން އެތައް އިރެއް ވަންދެން ތިއްބެވެ.

***************

ޝިކާ ފޯނު ބޭއްވިތަނާހެން ހަލީމާ އައިސް އެ ކޮޓަރިއަށް ވަނެވެ. އަދި ނިދާފައި އޮތް ރީނާ ފެނުމުން ރަނާ ގާތު ރީނާ ހޭލުމުން ކާން ދާށޭ ބުނުމަށް އެދުނެވެ. ދެން ޝިކާ އާ ދިމާއަށް ހީލުމަށްފަހު ނިކުމެގެން ދިއައެވެ. އެނދުގައި އިށީންދެގެން އިން ރަނާ އެވަގުތު ޝިކާ ގާތަށް އައިސް ޖައްސާލިއެވެ.

“ޔޫ ގެ ޑޭޑް ދިން ފޯނެއްތަ ތީ؟” ރަނާ އަށް ޝީކާގެ އަތުގައި އޮތް ފޯނު ފެނުމުން އަހާލިއެވެ. ޝިކާ ހީލަމުން ބޯ ޖަހާލިއެވެ. “އަޅެ، ޝިކް ގެ ބައްޕަ ހާދަ ރަނގަޅޭ ދޯ…” ރީނާ ޝިކާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “އޭތް… މަށަށް މި ޕްރޮޖެކްޓް ހަދަން އެހީވެ ދީބަލަ.. ސްކޫލު ހުޅުވެންވާއިރަށް ޖެހޭ ނިންމަން..” ރަނާ އަތުގައި އޮތް ބައިންޑް ކޮށްފައިވާ ފޮތެއް ދައްކާލަމުން ބުނެލިއެވެ. ޝިކާ މައްސަލައެއް ނޯންނާނެއޭ ބުނެ ރަނާ އަށް އެހީތެރިވުމުގައި އަވަސްވެގަތެވެ.

***********

ލިވާން ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭރު ބަލަހައްޓައިގެން ހުރީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ ލޯމަރާލާއިރަށް ސިފަވަމުން ދަނީ ޝިކާ އެވެ. ޝިކާ އެ ހުނިގޮނޑީގައި އިށީންދެގެން އިން ގޮތެވެ. ޝިކާ އަކީ މަސައްކަތް ކުރަން ގެނައި ކުއްޖެއް ކަމަށް ހީކުރެވުމުން އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އެ މައުސޫމު ކުއްޖާއާ މެދު އެފަދަ ގޮތަކަށް ހީކުރެވުމުން އޭނާ ހުރީ ލަދުގަނެފައެވެ.

“ޝިޓް.. ޝިޓް.. ޝިޓް..” އަތް މުއްކަވާފައި ކުޑަ ދޮރުގައި ބާރަކަށް ޖަހަމުން އޭނާ އަށް އެހެން ބުނެލެވުނެވެ. އޭނާ އަށް މި ކުރެވުނީ ކީއްބާވައެވެ؟ މީހެއްގެ ހަގީގަތް ނުބަލައި މީހަކާ ދޭތެރޭ އެހެން ގޮތަކަށް ދެކެވުނީއެވެ. އޭނާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނަމަވެސް އޭނާއަށް ދުވަހަކުވެސް މިފަދަ އަސަރެއް އެހެން މީހަކާ ދިމާއަށް އެހެން ގޮތަކަށް ދެކެވިގެން ކުރުވާފައެއް ނުވެއެވެ. އަނެއްކާ…އޭނާ އަށް ޝިކާ ދެކެ ލޯބި ވެވުނީ ބާވައެވެ؟ އޭނާ ބޯ ހޫރުވާލިއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ފިލްމުތަކުގައި ފުރަތަމަ ނަޒަރުން ލޯބިވާތަން ދެއްކި ކަމުގައި ވިޔަސް އޭނާ އަކަށް އެހެނެއް ނުވާނެއެވެ.

“ޕޮއް!!” ލިވާން ސިއްސައިގެން ދިއައީ ފަހަތުން މީހަކު އައިސް ޖެހިގަތުމުންނެވެ. ފަހަތް ބަލާލުމުގެ ކުރިންވެސް މިއީ އެއްކަލަ ސަކަރާތް ބޮޑު އަހުސަނު ގެ ކަމެއްކަން އޭނާއަށް އެނގުނެވެ.

“ބުރޯ ކީއްވެފަ؟؟” ޖެހިގެން ހުރި ކުޑަ ދޮރުގެ ކައިރީ ހުއްޓެމުން އަހުސަން މަޖާވެފައި އަހާލިއެވެ. ލިވާން އަހުސަނު އާ ދިމާއަށް ބަލާލިއެވެ. ޝިކާ އާ ދިމާއަށް މަސައްކަތު ކުއްޖެކޭ ކިޔާފައި އޭނާ އަށް ހަމަޖެހިގެން ހުރެވެނީ ކިހިނަކުންބާއޭ ލިވާން ހިތަށް އެރިއެވެ.

“ކަމެއްނުވޭ… ކައޭ އެކުއްޖާއާ ދިމާ އަށް އެހެން ކިޔާފަ ސޮރީ އޭ ވެސް ނުބުނެ އުޅެވޭތަ؟” ލިވާން ހިތުގައިވާ އެއްޗެއް ހާމަކޮށްލިއެވެ.

“އިޓްސް ނޯ ބިގް ޑީލް ދޯ… މަ މީ އަބަދުވެސް މީހުންނާ އެގޮތަށް ބެހޭ މީހެއްނު…” އަހުސަން ވަރަށް ހަމަޖެހިފައި ހުރެ ބުނެލިއެވެ. ހަމަޖެހިގެން ނުހުރެވެނީ އަހަންނަށް އެކަންޏޭ ލިވާން ގެ ހިތަށް އެރިއެވެ. ހިނދެއް ހިނދަކަށް އޭނާގެ ހިތުގެ ހިނގުން ބާރުވަމުން ދާކަން އިހުސާސްވާން ފެށުމުން އޭނާ ޓީޝާޓެއް ގަޔަށް ވައްޓާލުމަށް ފަހު ކޮޓަރިން ބޭރަށް ނިކުމެލިއެވެ. ސިޓިންގްރޫމް ތެރެއިންލާފައި ބޭރަށް ދާން ހިނގައިގަތް ތަނާ އޭނާ ގެ ހަރަކާތަށް ހުއްޓުމެއް އައީ ސިޓިންގްރޫމުގައި ހުންނަ ކޮންޕިއުޓަރު ދޮށުގައި އިށީންދެލައިގެން ތިބި ޝިކާ އާއި ރަނާ ފެނުމުންނެވެ. ދާން ނުދާން ހުރެފައި އޭނާ ޝިކާމެން ހުރި ތަން ކައިރިއަށް ގޮސް މަޑުކޮށްލިއެވެ.

“ރަނާ.. ކީއްކުރަނީ ތި؟” ލިވާން ރަނާ ގާތު އަހާލިއެވެ. އޭނާ ހުރީ ޝިކާ އާ ވާހަކަދައްކަން ޖެހިލުންވެފައެވެ.

“ލިވާން.. މިއުޅެނީ ޕްރޮޖެކްޓަށް މައުލޫމާތުކޮޅެއް ނަގަންވެގެން..” ރަނާ ފަހަތް ބަލާލާފައި ހީލަމުން ބުނެލިއެވެ. ލިވާން ބަލާލީ ރަނާ އާ ޖެހިގެން އިން ޝިކާ އާ ދިމާއަށެވެ. އާދައިގެ މަތިން އޭނާ ހުރީ ދިގު ކަޅު ހެދުމެއް ލާފައި ކަޅު ބުރުގަލެއް އަޅައިގެންނެވެ. އޭނާގެ ލޯ ވަނީ ކުރިމަތީގައިވާ ސްކްރީނަށް ހުއްޓިފައެވެ. ލިވާން އާ ދިމާ ބަލައެއްވެސް ނުލިއެވެ.

“އެހެންތަ؟ ރަނާ.. މި ކަނބުލޮ މީ ކޮންރަށެއް؟” ލިވާން ޝިކާއަށް އިށާރާތް ކޮށްލަމުން އަހާލިއެވެ. ޝިކާ އެވަގުތު ދިއައީ ސިއްސައިގެންނެވެ.

“ހެހޭޭ.. އަހާބަ އެ ކަނބުލޮ ގާތު…” ރަނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޝިކާ އާ ވާހަކަ ދެއްކުމަށް ޖެހިލުންވެފައި ހުރި ލިވާން އެވަގުތު ލަދަކާ ހުރެ ތަދެއް ނުފިލާނޭ ހިތައް އަރާފައި ހިންދިރުވާލަމުން ގަސްދުކުރީ ޝިކާ އާ ވާހަކަ ދެއްކުމަށެވެ.

“ކަނބުލޯ… ކަނބުލޮ ކޮންރަށެއް…؟” ލިވާން އަހާލިއެވެ. ނަމަވެސް ޝިކާ އެއްވެސް އެއްޗެކޭ ނުބުނެ ދެއަތް ދެއަތާ މޮޑެލަ މޮޑެލަ އިނީއެވެ. އޭނާ އަށް ޖެހިލުންވެފަ ހުރި ވަރުން ވާހަކަ ނުދެއްކުނީއެވެ. އެވަގުތު ފޮތެއް ބަލާ ކޮޓަރިއަށް ދާން ރަނާ ހިނގައިގަތުމުން އޭނާ އިތުރަށް ހާސް ވާ ގޮތް ވިއެވެ.

“ނުބުނާނަންތަ ރަށެއް؟” ލިވާން ވަރަށް އޯގާތެރިކަމާ އެކު އަހާލިއެވެ.

“އަސްލު ސޮރީ އިނގޭ.. މިޔަދު އަހަރެންނަށް އަސްލު މަސައްކަތު ކުއްޖެކޭ ހީކުރެވުނީމަ…ވަރަށް ބޮޑަށް ސޮރީ…” ޝިކާ އަނގައިން ނުބުނެ ގިނައިރު ވުމުން ލިވާން ޖެހިލުންވެ ހުރެ ބުނެލިއެވެ.

“މާފެއްނުކުރާނަންތަ؟” ޝިކާ މިފަހަރުވެސް އެއްޗެކޭ ނުބުނުމުން ލިވާން ދެރަވެފައި އަހާލިއެވެ.

“މާފުކުރާނަންދޯ؟” ލިވާން އަނެއްކާވެސް އަހާލީ ޝިކާ އަނގައިން ނުބުނުމުންނެވެ. އެހެން ބުނުމާއެކު ޝިކާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

“ތެންކިޔޫ..” ލިވާން ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ. ނަމަވެސް މި ހުރިހާ ވާހަކައެއް ދެއްކިއިރު ޝިކާ އެއްފަހަރު ވެސް އޭނާޔާ ދިމާ ބަލާ ނުލައެވެ. އެކަމަކު ޝިކާ އެނާއަށް މާފުކުރުމުން އެނާއަށް ލިބުނީ ބުނެދެން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ.

“ލިވާން..ކައެ މިހާރު މަސައްކަތު މީހާ އާ ވެސް ފޮނި އަނގަ ތަޅަން ފެށީތަ؟” ލިވާން ފަހަތް ބަލާލީ އަހުސަން ގެ އަޑު އިވުމުންނެެވެ. އޭރު އަހުސަނު ކޮޓަރިން ނިކުމެގެން އަންނަނީ އެވެ. ޝިކާ އަށް އަހުސަނުގެ އަޑު އިވުމުން ހިތް ބިރުގަންނަ ގޮތް ވިއެވެ. ކުރިއަށް ވުރެވެސް ބާރަށް ދެއަތް ދެއަތާ މޮޑެން ފެށިއެވެ.

“އަހުސަނޫ… ކޮބާތަ ކައެ ގެ މައްސަލައަކީ؟”  ލިވާން ބުނެލިއެވެ. އަހުސަނު އަނެއްކާވެސް ޝިކާ އަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ދެއްކުމުން އޭނާ ހިތްހަމަނުޖެހުނެވެ.

“ކަމެއް ނުވޭ ބުރޯ… ކޮން ވަރެއްތަ ތި އަރަނީ؟ ކައެ އެ މަސައްކަތު މީހާއަށް ހިތް ކީތަ؟” އަހުސަން ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ. އަހުސަނު ގެ މި ސަމާސާއިން ލިވާން އޭނާ ދެކެ ވަރަށް ރުޅިއައެވެ. ނަމަވެސް ދެއަތް މުއްކަވާލަމުން ރުޅިއައިކަން ހާމަ ނުކޮށް އޭނާ ހިނގައިގަތީ ގެއިން ބޭރަށް ދިއުމަށެވެ.

“އޭތް… ކޮންތާކަށް ތި ދަނީ؟؟” އަހުސަން ގޮވާލިއެވެ. ލިވާން އެއްވެސް ޖަވާބެއް ނުދީ ނިކުމެގެން ދިއައެވެ. އެވަގުތު ރަނާ އެތަނަށް އެނބުރި އައީ ދެތިން ފޮތް ހިފައިގެންނެެވެ.

“ކީއްވެ ލިވާން އެ ދިޔައީ މާ ބާރަކަށް…” ރަނާއަށް ލިވާން ނިކުމެގެން ދާތަން ފެނުމުން އަހާލިއެވެ.

“އޭނާ ރަތަށް އެރީ ކަންނޭނގެ… މަ އެހީ އޭނާ މި ކުއްޖާ އަށް ހިތް ކީހޭ.. އެހެންވެ އެ ދިއައީ..” އަހުސަނު ހެމުން ހެމުން ބުނެލިއެވެ. “ދެން ކޮން ފިރިހެނެއްތަ މި މަސައްކަތު ވައްތަރު ޖަހާ ކުއްޖާ އާ ހެދި އުޅޭނީ…؟” އަހުސަން ބުނި ބަސްތަށް ޝިކާގެ ހިތަށް ތީރެއްހެން ވަދެގެން ދިއައެވެ. ދެރަވި ވަރުން އޭނާ ގެ ދެލޯ ތެމިގެން ދިއައީ ވަރަށް ވެސް އަވަހަށެވެ. ގިސްލެވެން ފެށުމުން އޭނާ އެތަނުން ދުރަށް ދާން ހިނގައިގަތެވެ. އަދި ވަކި ހިސާބަކަށް ގޮސްފައި ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.

“އަހުސަނުގަނޑާ…! ތިކަހަލަ އެއްޗެހި ކީމަ މީހުން ދެރަވާނެ ކަމެއް ނޭނގޭތަ؟” ރަނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.

ޝިކާ ދޮރު ހުޅުވާލައިފައި ކޮޓަރިއަށް ވަތް ވަގުތު ރީނާ ހުރީ ފެންވަރައި ތާޒާ ވެލައިގެން ތުވާއްޔަކުން ބޯހިއްކާށެވެ.

“ޕިސް ޕިސް ޕިސް… އަބަދު ރޯންތަ ކަލެއަށް އެނގެނީ؟ ރޯކާޅެއްދޯ ތީ؟” ޝިކާ ރޯތަން ފެނުމުން ރީނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Liaa

    Here is the 7th part.. Hope u like it.. 🙂 Feel free to leave ur comments ingey..

  2. yoyo

    Yayy!! me first this time…. V thafaathu hama ingey mi story.. keep going Liaa.. Waiting 4 tha nxt part.. Avahah up kohbalaaa

    1. Liaa
      yoyo

      Thanks yoyo.. i will try veehaaves avahah up kuraanan

  3. aff

    reethi.. keep going..☺

    1. Liaa
      aff

      Thank u aff 🙂

  4. acyler

    nice. good job. keep it up

    1. Liaa
      acyler

      thaankss acyler 🙂

  5. Asurumaa

    Of course varahh ves reethi ??masha allah!! Keep it up second part ga kuri comment ah javaabeh nudhe
    Any ways next part ah inthizaarukuran asluves liyuntheriya molhee hama gonifulah laafa ?

    1. Liaa
      Asurumaa

      Thank u asurumaa 🙂

  6. Twitty

    Yaaaaaayyy twitty first dhw..!! Hi Liaa.. I have always admired ur stry ekm cmmnt nukureveyy thii v v v v v sorry ingeyy.. U’re story is really nice.. love this part even.. 😀 Keep going on with ur hard work.. 🙂

    1. Twitty
      Twitty

      Oops.. sorry Mistaken..

    2. Liaa
      Twitty

      Thanks Twitty 🙂

  7. kudu

    V v nice.. nxt prt vx avahah up kohlahchey

    1. Liaa
      kudu

      thanks kudu

  8. Same

    Nice

    1. Liaa
      Same

      thank u

  9. Mariyam

    It is nice l like this story. Keep it up.

    1. Liaa
      Mariyam

      thank u.. keep reading inge

  10. Nern..

    reethi..

    1. Liaa
      Nern..

      thanks nern :

  11. pinky

    Wow. V reethi. Liaa kithan aharu tha? I like to write the story of my life but I am so buxy. Ehenve nuliyany. Irushaa mi prt ah comment nukureatha. Irushaa is a my friend. Anyways vv reethi. Kon iraakun tha nxt prt up vaany. Waiting. ?…

    1. Liaa
      pinky

      Thanks pinky…. i m going to be 18 next month ga 🙂

  12. irushaa

    Mi part ves varah salhi??

    1. Liaa
      irushaa

      Thank u irushaa 🙂

  13. pinky

    Hi irusha.. mi ulheny viber ah nuvadhevigen. Ehenvemi buny. Talk nukurevigen dhakkan jehea varah baivaru vaahaka ebahuri. Dhimaakohlachea

Comments are closed.