Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެބަދުނާމް

mohamed neer Level 210 Stories100 Stories
August 3, 2013 3 Mins Read
4 Comments

( ހަތަރުވަނަބައި )
ސާމުގެ ރޭވުމަށް މާހާއި މެދުގައި ކަންތައްކުރެވުނު ގޮތާމެދުގައި ވެސް ސެނާއަށް ވިސްނާލެވުނީ މިހާރުއެވެ. އެކަމަކު މިހާރުވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ ސަބަބުން މާހުގެ ތަޢުލީމީހަޔާތް ވިއްސިވިހާލިވީ އެވެ. މާހުގެ އިތުރުން އައިސަ އާއި ކާސިންފުޅުގެ އުންމީދުތައް އޮޔާލީއެވެ. މާހަށް ކުރެވުނު ކުށައް މާހާއި އައިސަ މަޢާފަށް އެދުނެވެ. އަދި މާހުގެފަރާތުން އެފަދަކަމެއް ދެވަނަފަހަރަށް ނުފެންނާނެކަމަށްވެސް ބުންޏެވެ. އެއީ މަޢާފްނުކުރެވޭވަރުގެ ކުށެއްވެސްނޫނެވެ. އެހެނަސް ސެނާ އޭރުހުރީ ސާމުގެ ބާރުގެ ދަށުގައެވެ. ސެނާ ކަންތައްކުރީ ސާމު ބޭނުންވިގޮތަށެވެ. އެކަމުގެސަބަބުން ސެނާއަށް ލިބުނު އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތްކަން ސެނާއަށް މިހާރު ގަބޫލު ކުރެވިއްޖެ އެވެ.
ވަރަށް ގިނަދުވަހު ވަރަށްގިނަ ގޮތްގޮތަށް ވިސްނުމަށްފަހު މާހުގެ ކިބައިން މަޢާފަށް އެދުމަށް ސެނާ ނިންމިއެވެ. އެހެނަސް މިއަދު ސެނާ ނުކުމެ އެދުވަހު މާހު ކުށެއްނުކުރެޔޭބުނުމުން މާހަށް ކުރާނެފައިދާއެއް އޮންނާނެބާއެވެ. ނުވަތަ އެވާހަކަތައް ގަބޫލުކުރާނެ މީހަކު ވާނެބާއެވެ.
ސެނާ އެދުވަހު ހެދީ ދޮގުކަމާއި މިއަދު މިބުނަނީ ތެދުކަމަށް ބުނާއިރު އެކަމަށް ދެއްކޭނެ އެއްވެސް ހެއްކެއް އޮންނާނެ ބާއެވެ. އެކަމުގެ ސަބަބުން މީހުންގެކުރިމަތީގައި އޭނާގެއަގުވެއްޓުން ނޫންކަމެއް ވާނެބާއެވެ. ޓީޗަރުންނާއި އާންމުން އޭނާ ބަލައިގަންނާނެ ބާއެވެ. އޭނާއަށް އިތުބާރުކުރާނެ މީހަކު ވާނެބާއެވެ.
ތަޢުލީމު ހާޞިލްކުރުމަށް މާހު ކުރަމުންއައި އުންމީދުތައް ވިއްސި ވިހާލިވުމުން އާންމުދަނީ ހޯދުމުގެގޮތުން މާހު ކުރަމުންއަންނަ މަސައްކަތަކީ މަހަށްދިއުމެވެ. މާހުގެ ތަޢުލީމީފެންވަރާއި ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން މާހަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށްވީ މަހަށް ދިއުމެވެ. އެއީ އެކަމުން ރަނގަޅު އާންމުދަނީއެއް ލިބުމުގެ އިތުރުން މައިން ބަފައިންގާތު ހުރެވޭތީ އާއިވެސް އެކުގައެވެ.
މާހާއި ކާސިންފުޅު ކުރަމުންއައި މަސްވެރިކަމުގެ މަސައްކަތުން ރަނގަޅު އާންމުދަނީއެއް ލިބި އެޢާއިލާގެ ދިރިއުޅުމުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން ކުރިއަރަމުން އައެވެ.
ދުވަސްތަކާއިރޭތައް މާޒީއާ އެކުވަމުން އައިސް އެއްދުވަހުގެ އިރު އޮއްސުނުވަގުތެވެ. މާހު އޭނާގެއާދައިގެމަތިން މަސްވިއްކާފައި ރަށަށްއައިސް، ދެތިން މަސް ހިފައިގެން ގެއާދިމާއަށް ހިނގަމުން އައެވެ. ވަގުތުގެ ގޮތުން މަގުތަކުގައި މީހުން ވަރަށް މަދެވެ.
އެއްވެސްހިޔާލެއް ފިކުރެއްނެތި މަސްތައް ހިފައިގެން ގެއާދިމާއަށް ހިނގަމުން އައި މާހު ހުއްޓުނީ ކުއްލިއަކަށް ކަހަލަ ގޮތަކަށް އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ލިބުނު ހައިރާންކަމާއެކު އިސްއުފުލާލަމުން މާހު ބަލާލީ އެއީކާކުތޯ އެވެ.
މާހުގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ސެނާ ފެނުމާ އެކުހެން މާހުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތްހަމަނުޖެހުމާއެކު އަނެއް ފަރާތައް އެނބުރެމުން ގެއާދިމާއަށް މިސްރާބު ޖެހިއެވެ.
” އަހަރެންނަށް ތިތަނުން މަހެއް ވިއްކަފާނަންތަ ؟ ” އޭނާ އާ ދުރަށް މާހު ހިނގައިގަތުމުން ސެނާ އަހާލިއެވެ. ސެނާ އެހެންއެހީ މާހު އެދަނީ އޭނާދެކެ ރުޅިއައިސް ގެންކަން އެނގޭތީ އޭނާ މަޑުކުރުވުމަށެވެ. ސެނާ އެހެން އެހުމާއެކުހެން މާހު މަޑުކުރިއެވެ. ސެނާ ހިނގައިގަތީ މާހާއި ދިމާއަށެވެ. އަދި އެދިޔަގޮތަށް ގޮސް މާހާއި ދެފޫޓެއްހާ ގާތު މަޑުކުރިއެވެ.
” އަހަރެންނަށް އެނގޭ މާހު އަހަރެންދެކެވަރަށް ރުޅިއަންނާނެކަން …. އެކަން އެހެންއެވީ އަހަރެންގެ ސަބަބުން ކަންވެސް ގަބޫލު ކުރަން. އަހަރެންނަށް އެދުވަހު ކަންތައް ކުރެވުނުގޮތާމެދު މިހާރު ދެރަވެ ހިތާމަކުރަން. އަހަރެންނަށް މަޢާފުކުރޭ. މާހު! … އާދޭސްކޮށްފައި ބުނަން. އަހަރެންނަށް މަޢާފުކޮށްދީ. ” ރޮވިފައިވާ ފަދައަކުން ސެނާ ވާހަކަ ދެއްކިއެވެ.
” އަހަރެންނާ އަހަރެން މަންމަ ވެސް .. ކަލެޔާ ކަލޭގެ އާއިލާގާތުން މަޢާފަށް އެދުނިން … ރޮއި އާދޭސްކުރިން. އެކަމު އެދުވަހު ކަލޭ ކަންތައްކުރީ ކިހިނެތް ؟ … އެފަހަރު އަހަރެން ކުރެވުނު އެކުޑަކުޑަ ކުށުގެ ބަދަލުހިފުމަށް ކަލޭ ކޮޅަށް ތެދުވުމުން މިއަދު އަހަރެން މިހެން މިމަސްތައް ހިފައިގެން ހިނގަން މިޖެހުނީ. އަހަރެންނާ އަހަރެންގެ މައިންބަފައިން އަހަރެންނާ މެދު ދެކެމުންއައި ހުވަފެންތައް ވިއްސި ވިހާލިވީ. ތަޢުލީމަށްޓަކައި އަހަރެން ކުރަމުންއައި އުންމީދުތަކުގައި ކުލަޖެއްސުމުގެ ނަސީބު ނުލިބުމުން އަހަރެންނަށް ކުރާނެ އަސަރާއި އަހަރެންކުރި ހިތާމަތައް ކަލެއަށް އެނގޭތަ ؟ . ނޭންގޭނެ. ކަލޭމެންގެނަޒަރުގައި ހުރިހާ ވެސް އެއްޗަކީ އިއްޒަތާ ގަދަރާ ތަނަވަސްކަން. ނިކަމެތިންނަކީ ކަލޭމެންގެ ކުރިމަތީގައި އެއްވެސް ބައެއްނޫން … އެހެން ނޫންނަމަ …. ” ނުހަނު މާޔޫސްކަމާއެކު އިސްޖަހައިގެންހުރެ މާހު ދައްކަމުންދިޔަވާހަކަތައް ނުނިމެނީސް ސެނާއަށް ރޮއިގަނެވިއްޖެއެވެ. މާހުގެ ވާހަކަތަކުގެ ސަބަބުން ސެނާގެހިތަށް ވަރަށްއަސަރުކުރިއެވެ. ހަމައެހެންމެ އެވާހަކަތައް އަޑުއަހާން ކެތްނުވުމުން ގެއާދިމާއަށް ދުއްވައިގަތެވެ.
ސެނާ ރޮމުންރޮމުންއެދިޔައީ މާހު ދެއްކި ވާހަކަތަކުގެ ސަބަބުން ދެރަވެގެންކަން މާހަށް އެނގުނެވެ. އެހެނަސް އެދުވަހު އޭނާގެމަންމަ ގޮސް ސެނާ އާއި އޭނާގެ އާއިލާމެންބަރުންގާތުން މަޢާފަށްއެދި ރޮއި އާދޭސްކުރި އިރު ސެނާ އާއި އޭނާގެ އާއިލާއިން ކަންތައްކުރިގޮތްވެސް މާހު ހަނދާންއެބަހުއްޓެވެ. އެދުވަހު ސެނާއަށްނުކުރެވުނު މަޢާފެއް މިއަދު މާހު ކުރުމުގެ ބޭނުމެއް އެބައޮތް ބާއެވެ.
ކަންތައް ވެދިޔަގޮތާމެދު ވިސްނާން މަޑުނުކޮށް މާހު ހިނގައިގަތީ ގެއާ ދިމާއަށެވެ. ސެނާއަށް ކޮންމެގޮތެއް ވިޔަސް އެއީ މާހު ބަލަންޖެހޭ ކަމެއްނޫނެވެ. ސެނާ ދެކެ މާހު ކިތަންމެ ލޯބިވީ ނަމަވެސް މާހު އާ މެދު ސެނާ ކަންތައްކުރި ގޮތުގެ ސަބަބުން މާހުގެހިތުގައި ސެނާއާ މެދުގައި މިހާރުވަނީ ނަފްރަތެވެ. އެހެނީ އެފަދަ ކުޑަކުށެއްގެ ސަބަބުން ސެނާ ވަނީ މުޅިރަށަށް މާހު ފަލީހަތްކޮށް ބަދުނާމު ކޮށްފައެވެ.
ރޭގަނޑު އަށެއްޖަހާކަންހާއިރެވެ. ސެނާ އެކަނިމާއެކަނި ކޮޓަރީގައި އޮވެގެން ވިސްނަމުންދިޔައީ މާހާއި މެދުގަ އެވެ. އަދި މާހު ދެއްކި ވާހަކަތަކާ މެދުގައެވެ. ޙަޤީޤަތުން ފުރިގެންވީ އެވާހަކަތައް ހަނދާންވުމުން ސެނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. މާހު އެބުނިފަދައިން އޭނާއަށް ކުރެވުނު ކުޑަކުޑަ ކުށަކަށް އެވަރުގެ ބޮޑު އަދަބެއް ލިބުނީ ސެނާގެ ސަބަބުންނެވެ. އެކަމުގެސަބަބުން ސެނާއަށް ލިބުނު ދެރައެއްހިތާމައެއް ނެތެވެ.
އެދުވަހު މާހަށް ސެނާ މަޢާފުކުރިނަމަ މިއަދުވެސް މާހު ހުންނާނީ ކިޔަވާކުއްޖެއްގެގޮތުގަ އެވެ. މާހަށް މަޢާފު ކުރުމަށްއެދި އައިސަކުރި އާދޭސްވެސް ސެނާ ހަނދާންއެބަހުއްޓެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވާނެޔޭ ބުނާފަދައިން ސެނާގެ ވިސްނުމުގެ ވަގުތު ގިނަވަމުން ދާވަރަކަށް ގިނަކަންތައްތައް ހަނދާނަށް އަންނަމުން ދިޔައެވެ. ސެނާދެކެ މާހުވީ ތެދުވެރި ލޯތްބާއި މާހުގެ ރަނގަޅު އަހުލާގުވެސް ހަނދާންވިއެވެ. ހެއްލުމަކީގެއްލުމެކޭ ބުނާފަދައިން ސާމުގެ ވާހަކަތަކަށް ހެއްލުމުގެގެއްލުން މިއަދު މިވަނީ ސެނާއަށް ލިބިފައެވެ.
މާހާއި މެދުގައި ސެނާ ވިސްނަމުންދާ ވަރަކަށް މާހާއި މެދުގައި ސެނާގެ ހިތުގައި ސަޢުޤުވެރިކަން ވެސް އިތުރުވަމުން ދިޔައެވެ. އެސަޢުޤުވެރި ކަމާއި ވިސްނުމުގެ އަސްލަކީ ކޮބައިކަން ސެނާއަށް ވިސްނުނީ މާފަހުންނެވެ.
ސެނާގެ ހިތުގައި މާހާއި މެދުގައި ސަޢުޤުވެރިކަން އުފެދެމުން ދިޔައެވެ. އެއީ ލޯބިނޫން ދެން ކޮންއެއްޗެއް ކަމެއް ސެނާއަކަށް ނޭނގެއެވެ. ނަފުރަތަކީ ލޯބީގެ ފެށުމޭ ބުނާބުނުން އެއީ ތެދެއްނަމަ މިއަދު މިއޮތީ އެދުވަސް އައިސްފައެވެ. މާހާއި މެދުގައި ސެނާގެހިތުގައި މީގެކުރިން ނަފުރަތު ފިޔަވާ އެހެން އެއްޗެއްނެތެވެ. އެހެނަސް މިއަދު ސެނާގެހިތުގައި މާހުއަށް ލޯބިފިޔަވާ އެހެންއެއްޗެއް ނެތެވެ.
މާހުއާ ބައްދަލުކޮށް ލޯބި ހުށަހަޅާނެ ގޮތަކާމެދު ސެނާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނަމުން ގެންދިޔައެވެ. މާހުއާ މެދުގައި ސެނާއަށް ކަންތައްކުރެވުނީ ރަނގަޅަށްނޫންކަމަށްވާތީ މާހުގެލޯބި ހޯދުމަށް ވަރަށްއުނދަގޫވާނެކަން ސެނާއަށް އެނގެއެވެ. މާހުދެކެ ލޯބިވާކަމަށް ސެނާ ބުނި ނަމަވެސް އެވާހަކަތައް ގަބޫލުކުރާނެ މީހަކު ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. މާހުދެކެ ސެނާ ލޯބިވާނަމަ މުޅިރަށަށް މާހު ބަދުނާމުކޮށް ފަލީހަތް ކޮށެއް ނުލާނެއެވެ.
ނުނިމ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ދެބަދުނާމް

Next

ދެބަދުނާމް

Next
August 3, 2013

ދެބަދުނާމް

Previews
August 3, 2013

ދެބަދުނާމް

4 Comments!

  1. Zen says:
    June 17, 2014 at 11:26 am

    Dhen avahah Maahu rich kohla ba

  2. emcoolx says:
    October 24, 2015 at 5:19 pm

    haan dhee.dhen maahu rich kolla

  3. emcoolx says:
    October 24, 2015 at 5:19 pm

    haan dhee.dhen maahu rich kolla fele.lov ur stories a lot

    1. Jvhc says:
      March 7, 2019 at 12:29 pm

      Addu koodhah.?

Comments are closed.

Next Episodeދެބަދުނާމް←


All Right Reserved!