
ލޯބިން ބުނާތީ – 67

ކައިލް ބްލޮކްކޮށްލާފައި ސްކްރީން ނިވާލުމުގެ ކުރިން އިރުކޮޅެއްވަންދެން ފޯނަށް ބަލަން ލިއާއަށް އިނދެވުނެވެ. އަދިވެސް ފާރުގައި ލެނގިލައިގެން އިންއިރު މިހާރު ފޯނު ގެނެސް މޭގައި ޖައްސާލެވިފައި ވެއެވެ. ފަސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކައިލްއާއި ވާހަކަ ދެއްކުނީއެވެ. އެ އަޑު އިވުމާއެކު ލިއާއަށް ނަގައިގަނެވުނު ކަމަކީ އޭނާގެ އިހުސާސްތައް އެހެން މީހުން ބަލައިގަތުން ހުއްޓިފައިވާ މިންވަރެވެ. ހުދު އޭނާވެސް ވަނީ އެކަމަށް ހޭނިފައެވެ. އެހެނަސް މިރޭ ކައިލް އެކަމަށް ނިމުން ގެނެސްދީފިއެވެ. ލިއާގެ ހިތަށް އެންމެ އަސަރުކުރީ އޭނާ ކައިލް އާއި ދޭތެރޭ ކަންތައް ކުރި ގޮތަށް ފަހުވެސް ކައިލްގެ އެ އަޅާލުމާއި އޯގާތެރިކަން ބަދަލުވެފައި ނުވާތީއެވެ. ލިއާއަށް ކަކުލުގައި ބޯ އަޅާލެވުނެވެ. އެވަރަށް ރޮވުނީތީ އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ.
އިރުގެ ދޯދިތައް ކޮޓަރިތެރޭވި ބޯ ފަރުދާތައް ފޫއަޅުވާލާފައި ފަނޑު އަލިކަމެއް ފަތުރާލިއެވެ. ފޯނު ރިންގްވަމުން ދިޔަ އަޑަށް ރިހާން ކަންނެތް ކަމާއެކު ފުރޮޅިލަމުން އެނދު ކައިރި ހުރި ކުޑަ ކަބަޑުމަތީ އޮތް ފޯނު ނެގިއެވެ. އެކޮޅުން ގުޅީ އޭނާ ވަޒީފާ އަދާކުރާ ތަނުގެ ސުޕަވައިޒަރެވެ. އޭނާގެ ވާހަކަތަކަށް ޖަވާބު ދީފައި ރިހާން ފޯނު ބޭއްވިއެވެ. އެނދުގެ އަނެއް ފަރާތް ހުސްކޮށް އޮތުމުން ލިއާ މިގަޑީ ވާނީ ބަދިގޭގައޭ ރިހާނަށް ހީވިއެވެ. ނަމަވެސް އެކަން ކުށްހީއަކަށް ވެގެން ދިޔައީ ކުޑަކޮށް ބޯހިއްލާލި ގަޑީ ފާރުގައި ލެނގިލައިގެން ނިދިފައި އިން ލިއާ ފެނިފައެވެ.
“ލިއާ…؟” ރިހާންގެ ލޯ ހަނިކޮށްލެވުމާއެކު ނިދި ފިލައިގެން ދިޔައެވެ. ބްލޭންކެޓް އެއްފަރާތްކޮށްލާ، އެނދުން ތެދުވުމާއެކު މުށިތައް މަތީ އޮތް ސޯޓު ނަގާ މަހަމުން ހަމަ އިސްކޮޅަށް ތެދުވެ ލިއާ ގާތަށް ހިނގައިގަތެވެ.
“ލިއާ…!” ރިހާން ގޮވާލުމުންވެސް ލިއާގެ ޖަވާބެއް ނައެވެ. ރިހާން ދެބުމަ ގޮށްޖަހައިގެން ހުރެ ލިއާ ގާތަށް ތިރިވެލިއެވެ. ލިއާ މަޑުމަޑުން ބޯ ހިއްލާލީ ކިރިޔާ އެ ދެލޯ ފެންނަ ވަރަށެވެ. ރިހާނަށް ލިބުނީ ސިހުމެކެވެ. ލިއާގެ ދެލޯ ކައިރިން ދުޅަވެ އަރާފައި ވާއިރު ދެލޯ ވަނީ ރަތްވެފައެވެ. އެ ދެލޯ ކިރިޔާ ހުޅުވޭ ކަމެވެ. ރިހާންގެ މުޅި ސަމާލުކަން ލިއާއަށް ދެވުނެވެ.
“ކިހިނެއް ވެފަ ތިއިނީ…؟” ރިހާން މަޑުމަޑުން ކަކުލުގައި އަޅުވާލެވިފައިވާ ލިއާގެ އަތްމަތީ އަތް ބާއްވާލިއެވެ.
“ބޮލުގައި ރިއްސަނީ…” ލިއާގެ އަޑު ނިކުތީ ބަލިކަށިކަމާއެކު އެވެ. ރިހާންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. ލިއާއަށް ބަލާލާފައިވެސް ކިހާ ވޭނެއްގައި އުޅޭކަން އެނގެއެވެ. ކުޑަ ކުޑަ ހަރަކާތެއް ގެނައުންވެސް ލިއާއަށް ވޭނަކަށް ވެފައި ވާކަހަލައެވެ.
“ކިހާއިރެއް ތިތަނުގަ އިންނަތާ…؟” ރިހާން ލޯ ހަނިކޮށްލައިގެން އިނދެ އެހިއެވެ. ލިއާ ޖަވާބެއް ނުދީ އަލުން ކަކުލުގައި ބޯ އެޅިއެވެ. ރިހާނަށް ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ލިއާގެ ބަލިކަށިކަމާ އެއްވަރަށް ހިތްހަމަ ނުޖެހުންވެސް ރިހާނަށް ފާހަގަވިއެވެ. އަދި އެކަމާ ގުޅިފައިވާ ސަބަބުވެސް ނަގައިގަނެވެއެވެ.
“ސީރިއަސްލީ…؟ އަހަރެން ސެ** ކުރީއޭ ކިޔާފަ ދެން ރޭގަނޑު ހަތަރުދަމު މިތާ އިންނާކަށް ނުޖެހޭ ދޯ…” ރިހާން ބުނެލީ ނުރުހުމާއެކު އެވެ. ލިއާ އަނެއްކާވެސް މަޑުމަޑުން ބޯ ހިއްލާލިއެވެ. ވޭނުގެ ތެރެއިންވެސް ރިހާނަށް އެ ލޮލުގައިވި ޝަކުވާ ފެނުނެވެ.
“ޔޫ ރޭޕްޑް މީ…!” ލިއާ ބުނެލީ އޭނާ މިހާރު އެ އިން ހާލުގެ ޒިންމާ ނަގަން ޖެހޭނީ ރިހާނޭ ހީވާ ފަދަ ރާގަކަށެވެ. ރިހާން ލޯ ތެރޭ ކަޅި އަނބުރާލަމުން ހަމަ އިސްކޮޅަށް ތެދުވި ވަގުތު ގޮޅި ގޮޅިއަށް ވާ ބަނޑުގެ މަސްލްތައް ހަރަކާތްކޮށްލިއެވެ.
“ވަޓްއެވަރ ޔޫ ލައިކް ޓު ކޯލް އިޓް…” ފަރުވާ ކުޑަ ރާގަކަށް ބުނެފައި ރިހާން ލިއާގެ ދެއަތު މުލައްދަނޑީގައި ހިފާ ނެގިއެވެ. ލިއާއަށް ތެދުވެވުނީ ރިހާންގެ ބާރުގައެވެ. ކިރިޔާ ބޯ ހެލިލާ ގޮތުންވެސް ހީވަނީ ބޯ ފަޅައިގެން ގޮސްފާނެހެންނެވެ. ރިހާނަށް އެކަން ނަގައިގަނެވި ލުއި ފަތްކޮޅެއް ފަދައިން ލިއާ އަތްދަނޑި މައްޗަށް އުފުލާލުމާއެކު ގޮސް މަޑުމަޑުން އެނދުގައި ބާއްވާލިއެވެ. ލިއާ އެގޮތް ބޭނުން ނުވި ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ.
“މިއަދު ކައްކާނެ ކަމެއް ނެތް…އަހަރެން ބޭރުން ކާއެއްޗެއް ގެނެސްދޭނަން…” ރިހާން ބުނެލީ ލިއާ ގައިގަ ބްލޭންކެޓް އަޅާލަމުންނެވެ. އެ ހާލުގައި އޮވެވެސް ލިއާއަށް ހައިރާންކަން ލިބުނެވެ. ނަމަވެސް އެކަމާ ވިސްނުން ހިންގޭ ވަރަށްވުރެ އޭނާގެ ހާލު ދެރައެވެ. ރިހާންގެ އަޑުގައި ހިސާބަކަށް ކަންބޮޑުވުން ވިއެވެ. ހީވާ ގޮތުން ލިއާ އާއި ދޭތެރޭ ރޭގައި ކަންތައް ކުރެވުނު އިހާނެތި ގޮތުން އެކަމުގެ ބަދަލު ދޭން ބޭނުންވީއެވެ.
“މީ…އިއްޔެ ބޭސް ކައިގެންތަ ހުރީ…؟” ބޮލުގައި އަތް ހާކާލަމުން ރިހާން އަހާލީ ނުތަނަވަސްކަމާއެކު އެވެ. ލިއާ އޮވެފައި މަޑުމަޑުން ބޯ ޖަހާލިއެވެ. ރިހާންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
ލިއާގެ އެދުމުގެ މަތިން ރިހާން ގެނައީ ލުއި އެއްޗެކެވެ. ރިހާން އެއްޗެހި ހިފައިގެން ގެއަށް ވަނުމާއެކު ރިހާންގެ އަތުގައި ހުރި އެއްޗެހި ފެނި ރާޝިދާ ކުދި ކިޔާލިއެވެ. މާ ފަސޭހަކޮށް ގެންގުޅެންޏާ ދުވަސްކޮޅަކުން ލިއާއަށް ފެންވަރު އޮޅިދާނޭ ބުނެލިއެވެ. ކޮޓަރީގައި އޮތް ލިއާއަށް އެ އަޑު އިވިދާނެ ކަމަށް ރާޝިދާގެ ސަމާލުކަމެއް ނެތެވެ. އޭނާ ބޭނުންވަނީވެސް އެގޮތް ކަންނޭނގެއެވެ. ރިހާން ވަކި އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ. އޭނާ ގެނައި ކުރުނބާ ފެންފުޅިން ތައްޓަކަށް އެތިކޮޅެއް އަޅާލުމާއެކު އެނދު ކައިރި ކުޑަ ކަބަޑު މަތީ ބެހެއްޓިއެވެ. އަދި ލިއާ ގާތު އޭނާ ޑިއުޓީ ގަޑި ޖެހޭތީ ދަނީ ކަމުގައި ބުނެލިއެވެ.
ރިހާން ދިޔަތާ އިރުކޮޅެއް ފަހުންވެސް ލިއާ އޮތީ މަޑުމަޑުން ދެފަރާތަށް ފުރޮޅި ފުރޮޅިއެވެ. ބޮލުގައި އުފެދިފައިވާ ރިހުމާ ހެދި އޭނާއަށް އޮންނަންވީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ދެން ކެތްނުވާނޭ ހީވުމުން ފޯނު ނަގާ އޭގެން ނަންބަރެއް ހޯދާލުމާއެކު ގުޅާލިއެވެ.
“ބިޒީތަ…؟” ލިއާ އެހީ ބަލިކަށި އަޑަކުންނެވެ.
“ބިޒީއެއް ނޫން…ލިއާ އޯކޭތަ…؟” އެކޮޅުން ވާހަކަ ދެއްކީ ލައިބާއެވެ.
“އަހަންނާއެކު ހޮސްޕިޓަލަށް ދެވިދާނެތަ…؟” ލިއާ އެހުމާއެކު ލައިބާ ވަގުތުން އެއްބަސްވެއްޖެއެވެ. ފޯނު ބޭއްވުމާއެކު ލިއާ އިރުކޮޅެއް ވަންދެން ލޯ މަރާލައިގެން އޮވެފައި ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް ކިރިޔާ ބޯ ހިއްލާލި އިރަށް ހީވީ މުޅި ބޮލުން ވިންދު ޖަހަން ފެށިހެންނެވެ. އެއާއެކު ހޮޑުލަވަން ފެށިއެވެ. ލޯ މަރާ ފިއްތާލުމާއެކު ލިއާ ތެދުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ފާހަނައަށް ދާން ބޭނުންވި ނަމަވެސް ބޮލުގައި އުފެދިފައިވާ ރިހުމާ ހެދި އެކަން ވާގޮތެއް ނުވިއެވެ. ނަމަވެސް ލިއާ ހިތްވަރު ކޮށްލިއެވެ. ފާހަނައަށް ވަދެވުނީ ކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ.
ފެންވަރާލައިގެން ނިކުތް އިރު ލިއާގެ ހަށިގަނޑުގައި ހަކަތައެއް ނެތެވެ. ދެންމެ ދެންމެ ވެއްޓިދާނެ ކަހަލައެވެ. ހެދުން ލާފައި އެނދުގައި އިށީނީ ލައިބާ އައިސް ގުޅަންދެންނެވެ. ހޮސްޕިޓަލާ ހަމަޔަށްވެސް ދެވޭނީ ގައިގަ ވަރު ހުރެގެންކަން އެނގޭތީ ލިއާ ރިހާން އަޅައިދީފައި ހުރި ކުރުނބާ ފެންތަށި ނެގިއެވެ. ދެތިން ކޯވަރު ބޯލުމާއެކު ބެހެއްޓީ އަނެއްކާވެސް ހޮޑުލެވިދާނޭ ހީވެއެވެ. އަމިއްލަ ހާލާ މެދު ވިސްނި ލިއާއަށް ރޮވޭ ގޮތްވިއެވެ. ހަމައެއާއި އެކު ސިކުނޑިއަށް ސިފަވެގެން ދިޔައީ ބޮޑުދައިތަ އާއި ބައްޕައެވެ. ކުއްލިއަކަށް ލިއާ އެވަގުތު އޭނާގެ ގާތް މީހުންނާއެކު ވާން ބޭނުންވިއެވެ. އެ ހުރިހާ ކަމަކާއެކު ކައިލްގެ ސޫރަވެސް ލޯމައްޗަށް ސިފަވެގެން އައެވެ.
ލައިބާ ގުޅުމުން ލިއާ ގެއިން ނިކުތް އިރު ލޯ ހުޅުވާލެވެނީ ކިރިޔާއެވެ. ނަސީބަކުން ރާޝިދާމެން މީހަކާ ދިމާނުވެ ލިއާއަށް ގެއިން ނިކުމެވުނެވެ. އޭރު ރާފިއު ގޯތި ތެރޭގައި ވަޑާން ކުރާ ސާމާނު ހިފައިގެން މަސައްކަތެއްގައި އުޅެއެވެ.
“ލިއާ ކޮންތާކަށް…؟” ރާފިއުއަށް ލިއާ ހުރި ގޮތް ފެނި އަހާލިއެވެ. އޭރު ގޭ ދޮރުމަތީ ހުރި ލައިބާއަށް ލިއާ ފެނި އަވަސްއަވަހަށް ގޯތިތެރެއަށް ވަދެއްޖެއެވެ.
“ހޮސްޕިޓަލަށް…” ލިއާ މަޑުމަޑުން ބުނެލިއެވެ. ރާފިއު ބަލަން ހުރެފައި މަޑުމަޑުން ބޯ ޖަހާލިއެވެ. ލިއާއަށް ބަލާލާފައި އެކަނިވެސް ހާލު ދެރަވަރު ފެނެއެވެ. ރާފިއު ވަކި އެއްޗެއް ނުބުނެ ލިއާ ނިކުންނަންދެން ބަލަން ހުއްޓެވެ. ލިއާ ނިކުތުމާއެކު ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅިއެވެ.
ލައިބާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ހޮސްޕިޓަލަށް އާދެވުނުއިރު ލިއާއަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ. ޑޮކްޓަރު ބެލުމާއެކު އިރުކޮޅަކަށް ލިއާ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ނިންމިއެވެ. ބޮލުގެ ރިހުން ލުއި ކުރުމަށް އިންޖެކްޝަން އެޅުމަށެވެ. ހަމަ އެއާއި އެކު ލިއާ ވަރުދެރަކަމުން އައިވީ އަޅަން ޖެހޭނެކަމަށް ޑޮކްޓަރު ބުންޏެވެ. ލިއާ އެޑްމިޓް ކުރަން އުޅުނު ވަގުތު ލިއާ އެތައް ފަހަރަކު ދެން ލައިބާ ގެޔަށް ދިޔަސް އެންމެ ރަނގަޅޭ ބުނެފިއެވެ.
“ސާބަހޭ ލިއާ…އަހަރެން ނޫޅެމޭ އުނދަގޫ ވާތީއެއް…މިއަދު އަހަރެން އޮފް ދުވަހޭ…މަންމަ ގާތުވެސް ބުނެފަ މި އައީ…މަންމަވެސް ނޫޅޭނެ އަހަރެން ލަސްވާތީއެއް…” ލިއާ އަތަށް އައިވީ ގުޅާފައި ނަރސް ދިއުމާއެކު ލައިބާ ވާހަކަ ދެއްކިއެވެ. އޭނާ ލިއާ ގާތު އެދުނީ ނިދާލުމަށެވެ. ލިއާ އޮތީ ދެލޯ މަރާލައިގެންނެވެ.
ލިއާއަށް ނިދުމުން ލައިބާ ފިހާރައަށް ގޮސް އައީ ބައެއް ޖޫސް ޕެކެޓާއި މޭވާ ފަދަ ތަކެތި ހިފައިގެންނެވެ. ވާޑުގައި އެވަގުތު ލިއާ ނޫން ބަލި މީހަކު ނެތެވެ. ގޮނޑީގައި އިނދެގެން އެއް އަތުގެ އުޅަނބޮށި އެނދުގައި ވިއްދާލައިގެން ފޯނާ ކުޅެން އިންއިރު ލައިބާއަށް އެތަނަށް މީހަކު އައިކަން އިހުސާސްވިއެވެ. އޭނާ އިސް އުފުލާލި އިރު ލޯ ހަނިކޮށްލެވިއްޖެއެވެ.
ނޫ ޓީޝާޓަކާއި ކަޅު ސޯޓެއްގައި ހުރި ރިހާންގެ އިސްތަށިގަނޑުގައި ތެތްކަން ހުރުމުން ދެންމެ ފެންވަރާލައިގެން އައިކަން އެނގެއެވެ. ރިހާން މަޑު ހިނގުމެއްގައި އެ އައި ގޮތަށް ލިއާ އޮތް އެނދުގެ ފައިކޮޅުގައި ހުއްޓި ލިއާއަށް ނަޒަރު ހިންގާލިއެވެ. ލައިބާ ތުން ފިއްތައިގެން އިނީ އެއްޗެކޭ ބުނެވިދާނެތީއެވެ. ރިހާން އައުމުން އޭނާގެ މޫޑު ސަކަރާތްވެއްޖެއެވެ.
“އޯކޭ ދިޔަޔަސް…އަހަރެން މަޑުކުރާނަން…” ރިހާން ބުނެލީ ލައިބާއަށް ބަލާލަމުންނެވެ. ހަމައެކަނި ބުނެލި އެއްޗަކަށް ވުރެ އަމުރަކާ ވައްތަރެވެ. ލައިބާއަށް ކުރެވޭނެ ކަމެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ރިހާނަކީ ލިއާގެ ފިރިމީހާއެވެ. ލައިބާ ދަމުން ދިޔައީ އޭނާ ގެނެސް ހުރި އެއްޗެއްސަށް އިޝާރަތްކޮށް ލިއާއަށް އެ އެއްޗެހި ދެއްޗޭ ބުނެފައެވެ.
ލައިބާ ދިއުމުން ރިހާން ގޮނޑީގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. ލިއާގެ މޫނަށް ނަޒަރު ހިންގާލިއިރު އެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. ގެސްޓުން ގޮވައިގެން މޫދަށް އެރި އުޅުމަށްފަހު އެއްޗެއް ބަލާ ދިޔަ ވަގުތުގައި ރާފިއު ގުޅުމުން ފޯނު ނެގިއިރު ރާފިއު އެންގީ ލިއާ އާއި އެކު ހޮސްޕިޓަލަށް ދާން އައުމަށެވެ. ރިހާން ވަގުތުން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ސުޕަވައިޒަރު ގާތު ބުނެފައި އޭނާ ގެޔަށް ދިޔައީއެވެ. އަވަސްކޮށްލުމާއެކު ތައްޔާރުވެގެން ހޮސްޕިޓަލަށް އައިއިރު ލިއާ އޮތީ އެޑްމިޓް ކޮށްފައެވެ. ރިހާން މަޑުމަޑުން ލިއާގެ އަތުގައި ހިފާލިއެވެ. ލިއާ އެ ހާލުގައި އޮތްތަން ފެނުމުން އޭނާގެ ހިތަށް އަސަރު ނުކުރެޔޭ ބުނެފިނަމަ އެ ވާނީ ދޮގަކަށެވެ.
ލިއާއަށް ހޭލެވުނީ ނަރސް ކުއްޖާ ވާހަކަ ދައްކާ އަޑަށެވެ. އޭނާ އައީ ލިއާގެ އައިވީ ހުސްވިތޯ ބަލަން ވެގެންނެވެ. ހޭލެވުމާއެކު ލިއާއަށް ލިބުނީ ހައިރާންކަމެކެވެ. ލައިބާ ފެންނާކަށް ނެތެވެ. ގާތުގައި އިނީ ރިހާނެވެ. ރިހާން އާއި ލިއާގެ ހަތަރުކަޅި އިރުކޮޅަކަށް ހަމަވިއެވެ.
ނަރސް ދިއުމުން ރިހާން ލިއާއަށް ބަލާލިއެވެ. ލިއާ ދުރަށް ނަޒަރު ހުއްޓާލައިގެން އޮތްތަން ފެނި ފުން ނޭވާއެއް ދޫކޮށްލަމުން އިސްތަށިގަނޑުގައި އަތް ފުނާ އަޅާލިއެވެ. އަދި އިރުކޮޅަކު ހުރެފައި އޭނާ ލައިބާ ފޮނުވާލި ވާހަކަ ބުނެލިއެވެ. ލިއާ ވަކި ޖަވާބެއް ނުދިނެވެ.
“އަހަރެން ދިޔައީ ޑިއުޓީ ގަޑި ޖެހޭތީ…އަހަރެން ހުރީ ނިންމާފަ އައިސް ލިއާ ގޮވައިގެން ހޮސްޕިޓަލަށް ދާންވެގެން…ދެން ހަމަ އަހަރެން ބޭޒާރު ކުރަން އެހެން މީހުންނަށް ގުޅައިގެން ގެނެސް ހޮސްޕިޓަލަށް އަންނަން ޖެހޭތަ…؟ ބައްޕަވެސް ހުރީ ހިތްހަމަ ނުޖެހިފަ…ތިހެން ހެދީމަ މީހުން ކިޔާނީ ކީކޭ…؟ އަހަރެމެން އާއިލާއިން ލިއާ އާއި އަޅާނުލަނީއޭ…؟” ރިހާން ވާހަކަ ދައްކަ ދައްކާ ހުރެފައި މަޑުޖެހުނެވެ. އޭނާއަށް ފަހުން އެ ބުނެވުނީ ހަގީގަތްކަން އަމިއްލަ މީހާއަށްވެސް ނަގައިގަނެވުނީއެވެ. ލިއާއަށް ނުފެންނަހެން ފާޑަކަށް އަނގަ ހަދާލެވުނެވެ.
“ތި ހުރިހާ ކަމަކާ ކަންބޮޑުވާކަށް ނުޖެހޭނު އަހަރެން ވަރި ކުރީމައެއް…އޭރުން އަހަރެން ނުވާނޭނު ރިހާންގެ ޒިންމާ ދަށުގައި ވާ މީހަކަށް…؟ އޭރުން މީހުން ރިހާނާ ދިމާލަށް އެއްޗެއްސެއް ނުކިޔާނެ…” ލިއާ އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. ރިހާން އެއްޗެކޭ ބުނަން އުޅެފައިވެސް އަތް މުށްކަވާލަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލީ ހޮސްޕިޓަލުގައި ހުރިކަން ހަނދާން ކުރަމުންނެވެ.
“ފެށީއޭ ދޯ…؟ ބުނެފީމޭނު ވަރިއެއް ނުކުރާނަމޭ…! ކިތައްމެ ވަރަކަށް އަހަރެން ގާތު ބުންޏަސް ވަރިއެއް ނުކުރާނަން…” ރިހާން އިހުނަށްވުރެ ލިއާ އާއި ގާތަށް ޖެހިލަމުން ވާހަކަ ދެއްކީ ލިއާއަށް އަޑު އިވޭ ވަރަށެވެ. ލިއާ ވަކި ޖަވާބެއް ނުދިނެވެ. ކުރިމަތިން ފެންނަމުން ދިޔަ ހުދު ފާރަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު އެ ސިކުނޑީގައި ވަނީ ކޮން ހިޔާލުތަކެއް ކަމެއް ނޭނގެއެވެ.
ލިއާ ދޫކޮށްލީ ފަސް ގަޑިއިރު ފަހުންނެވެ. ގެޔަށް އައި އިރު ރާޝިދާ އާއި ރިއާނާ އިނީ ޖޯލިފަތީގައެވެ. ކުޑަކޮށް ހިތް ބިރުގަނެފައި ހުރެ ރިހާނާއެކު ލިއާ ގޮސް ގޭތެރެއަށް ވަނެވެ.
“ސަމާލުކަން ހޯދަން އުޅޭ އަންހެނެއް…އަހަރެމެން ނުބައި ކުރާނެ ގޮތެއް ނޭނގިގެން…” ލިއާ ކޮޓަރިއަށް ވަދެވަދެ ހުއްޓާ ރާޝިދާ ބުނެލި އަޑު އިވުނެވެ. ރިހާނަށްވެސް އެ އަޑު އިވުނެވެ. އޭނާއަށް ބޮލުގައި އަތް ހާކާލެވުނީ ބޮލުގައި ރިއްސައިގަނެފައި ހުރިކަހަލަ ގޮތަކަށެވެ. ލިއާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި މަންމަމެންގެ އަމަލުތައް ހުރި ގޮތުން ލިއާއަށް އިތުރަށް އޭނާ އާއި ވަކިވާން ހިތްވަރު ލިބުން ނޫން ކަމެއް ނުވާނެއެވެ. އެހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ލިއާ ކޮޓަރިއަށް ވަނުމުން ދޮރު ލައްޕާލާފައި ރިހާން ގޮސް ދޮރު މައްޗަށް ނިކުތެވެ. ރާޝިދާ ބަލާލީ ރިހާން އެ ހުރިގޮތަށް ހުރުމުންނެވެ.
“މަންމަވެސް އަބަދު ލިއާ އޭ ކިޔައިގެން އެއްޗެހި ކިޔުން ހުއްޓާލަން ވެއްޖޭނު…؟ އޭނާ ވިއްޔާ ވަކި ބަލި ނުވާނެތަ…؟ އޭނާ މަންމަމެން ގާތު ބަލި ވާހަކަ ނުބުނަނީ ކަމެއް ވީމައޭނު…؟ ބުނި ނަމަވެސް މަންމަމެން ދާނަންތަ އޭނާ ގޮވައިގެން ހޮސްޕިޓަލަށް…؟ މީ ދެން ބޮޑުވަރު އިނގޭ…!” ރިހާންގެ ހަމައެކަނި ބިރަކީ ލިއާ އޭނާ ދޫކޮށްފައި ގޮސްދާނެ ކަމުގެ ބިރެވެ. ރާޝިދާއާ ދިމާލަށް އެއްޗެއް ބުނީވެސް ކަންކަން ވަރަށް ބޮޑަށް ގޯސްވެދާނެ ކަމުގެ ކޮޅުމަތި އޭނާއަށް ފެންނަން ފެށީމައެވެ. އޭރު ރިހާނާ ދިމާލަށް ރާޝިދާ އާއި ރިއާނާ ބަލަހައްޓައިގެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“އެންމެ ފަހުން އަނބިކަނބުލޭގެ ހައްގުގައި އަމަޔާ ދިމާލަށްވެސް އެއްޗެހި ބުނަން ފެށީއޭ ދޯ…!” ރާޝިދާ އައި ރުޅިން ބުނެލިއެވެ. ރިހާން އެއްޗެކޭ ނުބުނެ ގެއިން ނިކުންނަން ހިނގައިގަތެވެ. ދިއުމުގެ ކުރިން އޭނާ އެންގީ ލިއާއަށް އެއްވެސް އުނދަގުލެއް ނުކުރުމަށެވެ. އޭރު ރާފިއު ހުރީ ގޭ ދޮރުމަތީގައެވެ. ހިތްހަމަ ނުޖެހުމާއެކު އޭނާ ބަލަން ހުރީ ރާޝިދާ އާއި ރިއާނާއަށެވެ.
ދޮރުގައި ޓަކި ތަޅާ އަޑަށް ނިދިފައި އޮތް ކައިލްއަށް ހޭލެވުނެވެ. އޭނާއަށް އޮވެވުނީ އެނދުގެ މެދުގައެވެ. ރޭގައި ލިއާގެ ހިޔާލުތަކަށް ގެއްލިފައި އޮތްވަރުން ނިދުނު އިރެއްވެސް ނޭނގުނީއެވެ. ކޮޓަރީގައިވި ބޯ ފަރުދާގެ ސަބަބުން ކޮޓަރިތެރެ އަނދިރިކަމަށް ދައްކާއިރު ހީވަނީ އަދިވެސް ރޭގަނޑުގެ ވަގުތުހެންނެވެ. ކައިރި އޮތް ފޯނު ނެގުމާއެކު، ކައިލްއަށް ފުރަތަމަވެސް ވަދެވުނީ އިންސްޓަގްރާމަށެވެ. އަދިވެސް ބްލޮކް ކޮށްފައި ކަމަށް އިނުމުން މާޔޫސްކަން ހިތަށް ވެރިވިއެވެ. އެހެނަސް ކައިލް އެ ހިތަށް ވިސްނައިދިނީ ކެތްތެރިވުމަށެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ކައިލް ގޮސް ދޮރު ހުޅުވާލިއެވެ.
“އަދިވެސް ނިދަނީތަ…؟ ބްރޭކަށް އައިސް ކެލް ފެންނަން ނެތީމަ މި ބަލާލީ…އާދެބަލަ އެއްޗެއް ކާން…” ދޮރުމަތީ ހުރި އާލިކް ބުނެލިއެވެ. ގަދަ ނޫކުލައިގެ އަތް ދިގު ގަމީހަކާއި ބެއިޖް ކުލައިގެ ފަޓޫނެއްގައި އާލިކް ހުރިއިރު ނުހަނު ސްމާޓެވެ. ފަސޭހައިން މީހުންގެ ނަޒަރުގައި އަޅައިގަނެއެވެ. ފަން އިސްތަށިގަނޑު ސްޓައިލް ކޮށްލުމާއެކު އެއްފަރާތަކަށް ގެންގޮސްފައި ވެއެވެ. ކައިލް ނިދިބަރުކަމާއެކު މި ދަނީއޭ ބުނެފައި ދޮރު ލައްޕަން އުޅެނިކޮށް އާލިކް އެ ކޮޓަރިތެރެއަށް ވަނެވެ. ކައިލް އަނެއްކާވެސް ނިދާފާނޭ ބުނެ އާލިކް އެނދުގައި ލެނގިލަމުން ފޯނާއި ކުޅެން ފެށިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ކައިލް ފާހަނައަށް ވަދެ އިރުކޮޅެއް ތެރޭ ފެންވަރައިގެން ނިކުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (28)
Comments are closed.
Adhi nuvey Leah AA dheytherey visnaakah.. madukurey Kyle Leah gendhan dhen.. eyrah dhen onnaane roan.. findi kamun nukerey amilla anhenunnah balan.. 🙄 ulheyne noolheyne gotheh neygigen ulheyhen heevani.. ehn meehun dheveyne gothakaa hedhi visnan Leah ah alhaanulannyyaakaa knmehen e fakeeru bahattaaney kameh vx nethennu.. blood pressure mahchah dhaani mi rihaan akaa hedhi kanneyge..
Anyways.. waiting Kyle and Leah vhk dhahkaane irakah.. mi part vx vrh reethi.. keep it up gurll
Hehe Rihaan fenuneema hama hurihaa kudhinge blood pressure high vanee ey dhw (including me) 🤭🤭 yess yess Leah and Kyle need to have another conversation ASAP!! So happy you enjoyed it darl 🖤🥀
Rehaan. Dhen hurey thihen birun sihi sihi. Goh dhakkan ulheyne kameh neh. Dheneh lia akah ithuru aniyaathakrh nudheveyne. Roan ready vegen hurey. Maa gina dhuvaheh neh tjihen goh dhakkakah. Kyle ais size dhakkane. Edhuvahakun aharumen thibeynan heyn😂😂😂
Rihan better enjoy his little peace while it lasts because the readers are READY for Kyle’s arrival 💀🤭
When’s next??
Soon In Shaa Allaah
Rihaan gandaa kaley maa goih dhehken ulheyne kameh neih aharen athu kaley jehihjehyaa nolhailaanan kaley Leah ah dhin aniyaa thakuge badhalu hifan adhi dhaanan.. dhen meege fahun aharenge loabi Leah ge gaaga ingili kuri jahsaaliyas nimuny kaley ge dhuvas dhaane hadhaan kurache rihaan gandaa!!☠️ 🔪
Oh no Kyle showed himself on the comment section 💀🤭
Rihan is the hottest red flag ever 😝❤️ don’t take me wrong I don’t like the way he treat Leah
Uhhh…😬😬
Bala kyle ma nukuraanan lia vari eh hurey dhurugaa balan
Then there’s court 🤭
Hama vari kuran jeheyny adhi Leah aharenge meehakah hadhaanan IA 😚
Comment section turning to Rihan and Kyle’s war zone 💀
Hey!
I would love it if you include more love scenes
May allah bless your hands and your Mind ❤️
Aww this made my heart so happy 🥹💗 May Allaah bless you too 💗🫂
I have never read such a story
Ma sha allah❤️
Jazaakillaah 🥹💗
Alhey kn iraku next
Soon In Shaa Allaah 💗
This story is amazing!! I’m completely hooked on this story. Already counting down the days until the next episode drops. keep it up!💗
I’m really happy to know that Jazaakillaah 🥹💗
Waiting impatiently for the next part. Please upload it soon
In Shaa Allaah 💗
Can you pls upload it tonight 🥹
I May not be able to upload it tonight but I’ll try to upload asap ☺️💗
Aslu story ehge enme ep aky ves author ge vrh vrh bura masahkaiy…and as readers I think we all should appreciate her a little more than we all do now… writing is exhausting and it takes a lot of time…so let’s encourage her rather than pressuring her to upload more n more frequently…let us be a little more kind and mindful…Ma Sha Allah Bless your hands girl ❤️
Awww you have no idea how much I appreciate this thoughtful comment. 🥹💗🫂 Thank you for understanding the time and effort that goes into writing…Your words genuinely mean so much to me 🥺💗 May Allah bless you too love 💗🫂 Lots of love 🖤🥀