
ލޯބިން ބުނާތީ – 66

ހަރަކާތްތައް ގަނޑުވެފައި ހުރި ކައިލްއަށް ފޯނަށް ބާރުކޮށްލެވުނެވެ. ފަސް އަހަރު ވަންދެން ލިއާގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ދުރުގައި ހުންނަން ނިންމި ނިންމުމަށް ސިއްކަ ޖެހުނު ކަމުގެ އިހުސާސް ކައިލްއަށް ކުރެވުނީ އެ މެސެޖު ފެނިފައެވެ. ހިތް ތެޅެމުން ދިޔަ ހަލުވި މިނުން ދެންމެ ދެންމެ މޭފަޅާ ނިކުމެދާނެ ކަހަލައެވެ. ސިކުނޑިން ވިސްނުމުގެ ބާރު ކެނޑިފައި ވާ ކަހަލައެވެ. ކައިލްއަށް އެނދުގައި އިށީނދެވުންއިރުވެސް ނޭނގުނެވެ. ކައިލްގެ ބޮޑުވައި އިނގިލި ހަރަކާތްކޮށްލުމާއެކު ފިތާލެވުނީ ގުޅަން އިންނަ ނިޝާނަށެވެ. އޭނާ އެންމެ ސިކުންތަކުވެސް މަޑެއް ނުކުރިއެވެ. ކުޑަކޮށްވެސް ފަސްޖެހުމެއް ނެތެވެ. އޭނާ ލިއާއަށް ގުޅީއެވެ.
ދެ ކަކޫ މެޔާއި ގާތްކޮށްލައިގެން ކަކުލުގައި ބޯ އަޅާލައިގެން އިން ލިއާއަށް ފޯނު ވައިބްރޭޓް ވާތީ ބަލާލެވުނެވެ. އެވަގުތު ހިތުގެ ތެޅުން މަޑުޖެހިގެން އައެވެ. ކައިލް ގުޅަނީއެވެ. އިރުކޮޅެއް ވަންދެން ލިއާ އިނީ ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ. މީގެ އިރުކޮޅެއް ކުރިން މިހެން ވެދާނެ ކަމުގެ ހިޔާލު އޭނާގެ ސިކުނޑިއަށް ވެރިވިއެވެ. ނަމަވެސް އެކަމާ ކުރިމަތިލާންވުމުން ލިއާ ގަނޑުވާގޮތްވެއްޖެއެވެ.
ލިއާގެ ނަޒަރު ހުއްޓުނީ ނިދާފައި އޮތް ރިހާނަށެވެ. ދިގު ނޭވާތަކެއް ދޫކުރަމުން ދިޔައިރު ރިހާން އޮތީ ގަދަޔަށް ނިދިފައިކަން ހާމަވެއެވެ. އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލަމުން ލިއާ ފޯނު ރިސީވް ބަޓަނަށް ފިތާލައިފިއެވެ. އަދި ފޯނު ކަންފަތުގައި ޖައްސާލީ ތެޅިފޮޅެމުން ދިޔަ ހިތަކާއެކުއެވެ.
އިރުކޮޅެއް ވަންދެން ދެފަރާތުންވެސް އިވުނީ ހިމޭންކަމެވެ. ދެ ޒުވާނުންނަށްޓަކާ މުޅި ދުނިޔެ ހަމަހިމޭންވެފައި ވާކަހަލައެވެ. ކައިލް ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރިއިރު އެއް އަތް ވަނީ މުށްކަވާލެވިފައެވެ. ލިއާގެ ލުއި ނޭވާގެ އަޑު ކައިލްގެ ކަންފަތުގައި ޖެހިލިއެވެ. އެ ކުޑަކުޑަ އަމަލުން އެކަނިވެސް ކައިލްގެ ހިތުގައި ރިހުމެއް އުފައްދާލަން ފުދިއްޖެއެވެ. އެ ނޭވާގެ އަޑުން އެކަނިވެސް ކައިލްއަށް މާޒީގެ ހަނދާން އާކޮށްދީފިއެވެ. ލިއާ އާއި ގުޅިފައިވި އެންމެ ކުދި ކުދި ކަންތަކަށް ދާންދެން ލޯމަތީ ސިފަވާން ފެށިއެވެ. އަދި މިހާރު ފަސް އަހަރަށްފަހު ލިއާ އެހުރީ ހަމައެކަނި ކޯލެއްގެ ދުރުމިނުގައެވެ.
“ލިއާ…” ކައިލްގެ ދުލުން ނިކުތެވެ. އެއީ ވަގުތު މަޑުޖެހިލިހެން ހީވި ދަނޑިވަޅެކެވެ. ކައިލްގެ އަޑު ޖެހުމާއެކު ލިއާއަށް ހިފެހެއްޓުމެއް ނެތި ރޮވިއްޖެއެވެ. އެ އަޑު ޖެހުމާއެކު އެތައް އިހުސާސަކުން ހިތް ގަންބާލިކަހަލައެވެ. ހުސްކޮށް އޮތް އަތުން އަނގަމަތީ އަތް އަޅާ ހިފަހައްޓާލީ އެ ރުއިމުގެ އަޑު އިވި ރިހާނަށް ހޭލެވިދާނެތީއެވެ. އެހެން ނަމަވެސް ކައިލްއަށް އެ އަޑު އިވިއްޖެއެވެ. ބަޔާންކުރަން ނޭނގޭ ރިހުމެއް ކައިލްގެ ހިތުގައި އުފެދުނެވެ. ފަސް އަހަރު ފަހުން ފުރާނަ ފަދަ ލޯބިވާ އަންހެން ކުއްޖާގެ އަޑު ފުރަތަމަ ފަހަރަށް އިވެން ކައިލް ބޭނުންވީ މިގޮތަކަށް ނޫނެވެ. ކައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ލިއާ…” މިފަހަރު ކައިލްގެ އަޑުގައިވީ ކަންބޮޑުވުމެވެ. ނަމަވެސް ދެންވެސް ޖަވާބެއް ނުލިބުނެވެ. އިވެމުން ދިޔައީ ލިއާގެ ރުއިމުގެ އަޑެވެ. ކޮންމެ ގިސްލުމަކާއެކު ކައިލްގެ ހިތުގައި ޅިޔަ އަޅާލެވޭ ފަދައެވެ.
“ހޭއި…ވަޓްސް ރޯންގް…؟ އާރ ޔޫ އޯކޭ…؟” ކައިލްގެ އޯގާތެރި ހިމޭން އަޑު ޖެހުމުން ލިއާގެ ހިތް ކުދިކުދިވެދާނެހެން ހީވިއެވެ. ލިއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އަނގަ ހުޅުވާލާއިރަށް ނިކުންނަނީ ރުއިމުގެ އަޑެވެ. އޭނާއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ބަދަލުގައި ބުނެވުނީ ކުރުކުރު ލަފްޒެކެވެ.
“ކައިލް…”
އެ ދުލުން ކައިލްގެ ނަން އިވުނުހާއިރުން ފޯނުގެ އަނެއް ކޮޅުގައި ހުރި ކައިލްއަށް ލޯމަރާ ފިއްތާލެވިއްޖެއެވެ. އެންމެ ލަފްޒެކެވެ. އެ ނަން ލިއާ ކިޔާލި ގޮތެވެ. ފަސް އަހަރު ވަންދެން އެ އަޑެއް މަތިން ހަނދާން ނައްތާ ނުލުމަށް ކައިލް މަސައްކަތް ކުރަމުން ދިޔަ އެ އަންހެންވަންތަ އަޑެވެ. އެހެނަސް މިހާރު އެ އަޑު ވަނީ ކުރެހިފައެވެ. ކައިލްއަށް ހީކުރެވުނު ވަރަށް ވުރެ ބޮޑަށް އެ އަޑު އިވުނުހާއިރުން ހިތަށް ކުރި އަސަރު މާ ބޮޑެވެ. ކައިލްއަށް އިސް އޮބާލެވުމާއެކު ތިރީ ތުންފަތުގައި ދަތް އަޅާލެވިއްޖެއެވެ. އިރުކޮޅެއް ވަންދެން ކައިލް ހުރީ އެއްޗެއް ނުބުނެވިފައެވެ.
“ގޯޑް…!” އާހެއް ފަދައިން ކައިލްއަށް ބުނެވުނެވެ. އެއް އަތުން ކައިލްއަށް އިސްތަށިގަނޑުގައި އަތް ފުނާ އަޅާލެވުން އިރު އެ މޫނުން ފެންނަނީ ރިހުމުގެ އަސަރެވެ. ކައިލް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
“ލިއާ…ޓޯކް ޓު މީ…ވަޓް ހެޕެންޑް…އާރ ޔޫ އޯލްރައިޓް…؟” ކައިލް އެހިއެވެ. ނަމަވެސް ކައިލްގެ އަޑު އިވެމުންދާ ކޮންމެ ސިކުންތަކުން، ކުރިޔަށް ވުރެ ބޮޑަށް ލިއާއަށް ރޮވެމުން ދިޔައެވެ. ކައިލްއަށް ގޮތް ހުސްވާގޮތްވިއެވެ. ހިތް ތެޅިފޮޅެމުން ދިޔައީ މިވަގުތުން ވަގުތަށް ލިއާ ހުރި ހިސާބަކަށް ދިއުމަށެވެ. އަތްތިލަ މުށްކަވާލައިގެން ހުރިލެއް ބާރުކަމުން ނިޔަފަތިތައް ހުދު ހަމަށް ވަންނަމުން ދިޔައެވެ.
“ލިއާ ޕްލީޒް…” ހިތް ފަޅައިގެން ދާފަދަ އާދޭހުގެ ރާގަކަށް ކައިލް ބުނި އަޑު އިވުނެވެ. ލިއާއަށް ކުއްލިއަކަށް ފެނުނީ ރިހާން ހަރަކާތްކޮށްލި މަންޒަރެވެ. އެ ދެލޯ ދިޔައީ ތަތްމިނަށް ހުޅުވިގެންނެވެ. ވަގުތުން ފޯނު ކަނޑާލެވުނީ ބޭއިހްތިޔާރުގައެވެ. ރިހާން ކުޑަކޮށް ފުރޮޅިލާފައި އަނެއްފަރާތަށް އެނބުރުނެވެ. އޭނާއަށް ރަނގަޅަށް ނިދި، ހަމަޖެހެންދެން ލިއާ އިނީ ނޭވާ ނުލައެވެ.
“ލިއާ…؟” ކައިލްއަށް ފޯނަށް ބަލާލެވުނެވެ. ކޯލް ވަނީ ކެނޑިފައެވެ. ކައިލް ވަގުތުން ގުޅިއެވެ. އެހެން ނަމަވެސް ލިއާ ފޯނަކަށް ޖަވާބެއް ނުދިނެވެ. ކައިލް ފުލުފުލުގައި ގުޅި އިރު ނޭވާ ވަނީ ފުންވެފައެވެ. ފަސް އަހަރު ފަހުން ލިއާ މިގޮތަށް އިޝާރާތެއް ކޮށްލާފައި އޭނާގެ ހިތް އަވަސްކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ “ޕްލީޒް…ތި ހުރި ތާކަށް އަހަރެން ދިއުމުގެ ކުރިން ފޯނު ނަގާބަލަ…” ކައިލްއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭނާ މޮޔަވެދާނެ ކަހަލައެވެ.
“ވަޓް ދަ ހެލް ހެޕެންޑް…؟” ކައިލް ހުއްޓުމެއް ނެތި ލިއާއަށް ގުޅަމުން ދިޔައެވެ. އެ އިސްތަށިގަނޑު ހޭވި ނިތުމައްޗަށް ފައިބަމުން ދިޔައިރު ކައިލްއަށް އެކަމުން އުނދަގޫވާހެން ހިއެއް ނުވެއެވެ. ކައިލް އަލުން ކޮންވަޒޭޝަނަށް ވަތް ވަގުތު ވީ ލިއާގެ މެސެޖެއް އައި ވަގުތަށެވެ. ކައިލް ހުއްޓުން އެރިއެވެ. “މިގަޑީ ގުޅައިގެން ވާހަކައެއް ނުދެއްކޭނެ…” ލިއާގެ މެސެޖުގައި ވެއެވެ. ކައިލް ވަގުތުން ހަލުވި ކަމާއެކު ޓައިޕް ކުރަން ފެށިއެވެ.
“އާރ ޔޫ އޯކޭ…؟”
“ޕްލީޒް ޓެލް މީ ޔުއަރ އޯކޭ…”
“ވަޓް ހެޕެން…؟”
“ކީއްވެ ތި ރޮނީ…؟”
“ޑިޑް ސަމްތިން ހެޕެންޑް…؟”
“ޕްލީޒް ލިއާ ޖަވާބު ދީބަލަ…”
ފާރުގައި ލެނގިލައިގެން މެސެޖުތަކަށް ބަލަން ލިއާއަށް އިނދެވުނީ އެހެން ހަރަކާތެއް ގެންނަން ނޭނގިފައެވެ. ހުއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކައިލް އާއި ހުރިހާ ކަމެއް ހިއްސާކުރަން ލިއާ ބޭނުންވިއެވެ. މި ދިރިއުޅުން އުޅެން ހަނގުރާމަކޮށް އޭނާ ކިހާ ވަރުބަލިވެއްޖެ ކަމެވެ. އޭނާ ކިހާ އެކަނިވެރިވެފައި ވާކަމެވެ. ކައިލް މަތިން ހަނދާންވި ކިތައް ރޭކަމެވެ. އެހެންނަމަވެސް ލިއާއަކަށް ނުބުނެވުނެވެ. މިވަގުތަކު ނޫނެވެ. އަށްވަރަކަށް ފޫޓު ދުރުގައި އޭނާގެ ފިރިމީހާ ނިދާފައި ވަނިކޮށެއް ނޫނެވެ. ލިއާގެ އިނގިލިތައް ސްކްރީންގައި ހަރަކާތްކޮށްލިއެވެ. ލޮލަށް ގިނަވެފައި ހުރި ކަރުނަތަކާ ހުރެ މަންޒަރު ފުސްވެފައި ވާތީ ލިޔެވުނީވެސް އެހާ ހާލުންނެވެ.
“ކައިލް…އައެމް ސޯ ސޮރީ…”
ކައިލްއަށް އެ މެސެޖު ކިޔުނެވެ. އޭނާގެ މޫނުމަތީގައިވަނީ ބަޔާންކުރަން ނޭނގޭ އަސަރެކެވެ. ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ކައިލްއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ. ރައްދެއްގެ ގޮތުގައި ކައިލްއަށް ލިޔެވޭނެ ސަތޭކައެއްހާ މެސެޖު ވާނެއެވެ. ލިއާއާއި ކުރަން ބޭނުންވާ އެތައް ހާސް ސުވާލެއް ވެއެވެ. ލިއާ އޭނާ ބްލޮކް ކޮށްލީ ކީއްވެގެންތޯއެވެ؟ އިންޒާރަކާ ނުލާ އޭނާއާއި ގުޅުން ކަނޑާލީ ކީއްވެތޯއެވެ؟
އެހެނަސް މިވަގުތު ކައިލްއަށް އޭގެން އެއްވެސް ކަމެއް މުހިއްމެއް ނޫނެވެ. ލިއާ އޭނާ ގާތުން މާފަށް އެދުން މުހިއްމެއް ނޫނެވެ. ލިއާގެ ފަރާތުން ތަފްސީލެއް މުހިއްމެއް ނޫނެވެ. ކައިލް ހަމައެކަނި ޔަގީންކުރަން ބޭނުންވަނީ ލިއާގެ ހާލު ރަނގަޅުތޯއެވެ. ކައިލް އަނެއްކާވެސް ލިޔަން ފެށިއެވެ.
“ޑޯންޓް އެޕޮލޮޖައިޒް…އަހަރެން ގުޅީމަ ފޯނު ނަގާބަލަ…ލިއާ ޓޯކް ނުކޮށް އިނަސް އޯކޭ…ހަމައެކަނި އަހަރެން ދައްކާލާ ވާހަކަ އަޑު އަހާލަދީ…ޕްލީޒް ލިއާ…” ކައިލްގެ މެސެޖުގައި ވެއެވެ. މެސެޖަށް ބަލަން އިން ލިއާގެ ތުންފަތް މަޑުމަޑުން ތުރުތުރު އަޅާލިއެވެ. އިރުކޮޅެއް ވީފަހުން ތުންފަތުގައި ދަތް އަޅާލަމުން ލިއާ މެސެޖު ފޮނުވާލިއެވެ.
“އޯކޭ..”
ލިއާގެ ފޯނު ވަގުތުން ރިންގްވިއެވެ. ދެވަނަ ރިންގް ކެނޑުމުގެ ކުރިން ލިއާ ފޯނަށް ޖަވާބުދިނެވެ.
“ލިއާ…” މިފަހަރުވެސް ކައިލްގެ އަޑު އިވުނެވެ. ނަމަވެސް މިފަހަރު އެ އަޑު ވަނީ ބަދަލުވެފައެވެ. އަޑުގައިވާ އިހުސާސްތައް ފޮރުވާކަށް މިފަހަރު ކައިލް މަސައްކަތެއް ނުކުރެއެވެ. އެ އަޑުގައިވަނީ ރުޅިވެރިކަމާއި ހިތާމައެވެ. ނަމަވެސް އެ ރުޅި އާދެވިފައިވަނީ ލިއާ ދެކެއެއް ނޫނެވެ. އެ ރުޅީގެ އަސްލަކީ އޭނާ އެމީހަކު އުފަލުގައި ބެހެއްޓުމުގެ މަގުސަދުގައި ފަސް އަހަރު ވަންދެން އޭނާ ދުރުގައި ހުރި، ހިތާއި ފުރާނައިން ލޯބިވާ އަންހެން ކުއްޖާއަށް އޭނާއަށް ހިޔާލަށް ގެންނަންވެސް ނޭނގޭ ހާލަތެއް ކުރިމަތިވެފައިވާކަން ޔަގީންވުމުން ނަފްސަށް ވެރިވެފައިވާ ރުޅިވެރިކަމެވެ.
“އާރ ޔޫ އޯކޭ…؟” ކައިލް އެހިއެވެ. ލިއާގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. ކައިލްގެ ކެތްތެރިކަން ކޮޅުންލައިގެން ދާގޮތްވިއެވެ.
“ލިއާ ޕްލީޒް އައި ނީޑް ޔޫ ޓު ޓެލް މީ ސަމްތިން…އާރ ޔޫ އޯކޭ…؟” ކައިލްގެ ބޭގަރާރު އަޑު އިވުނެވެ. ލިއާގެ ތުންފަތް ތުރުތުރު އަޅަމުންދިޔައިރު މަޑުމަޑުން ހިންދިރުވާލެވުނެވެ.
“އައެމް…” ލިއާގެ އަޑު ދިޔައީ ކެނޑިގެންނެވެ. ކައިލްއަށް ލޯމަރާ ފިއްތާލެވުނީ ލޮލަށް ލޭ އަރާ ވަރަށެވެ.
“ޑޯންޓް…!” ކައިލްއަށް ނޭވާ ދޫކޮށްލެވުނީ އާހަކާއެކުއެވެ. “ޑޯންޓް ޓެލް މީ ޔުއަރ ފައިން އިފް ޔޫ އަރ ނޮޓް…” ކައިލްގެ އަޑުގައި އިންޒާރުގެ ކުލަ ވިއެއް ކަމަކު އޭގެއިން ހާމަކޮށްދެނީ އެ ހިތުގައި ލިއާގެ މައްޗަށް ވާ އިހުސާސްތަކެވެ. ލިއާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިތުރުވިއެވެ.
“އަހަންނަކަށް ނޭނގުނު ދެން އިތުރު ކާކަށް ކަމެއް……” ލިއާގެ ޖުމްލަ ފުރިހަމަ ވާގޮތް ނުވެ ގިސްލެވިއްޖެއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ކައިލްއަށް ދުރު ބަލާލެވުމާއެކު ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނެވެ.
“ޑޫ ޔޫ ހޭވް އެނީ އައިޑިއާ…” ކައިލް ވާހަކަ ދައްކަ ދައްކާ ހުރެފައި ދަތްތަކަށް ބާރުކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލީ ހިތުތެރޭ ވާ ހައިޖާންގަނޑު ހަމަޔަކަށް އެޅުވުމަށެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލި ކައިލްއަށް ވަކި ހިސާބަކުން އިސްތަށިގަނޑަށް ބާރުކޮށްލެވުނެވެ.
“ޑޫ ޔޫ ހޭވް އެނީ އައިޑިއާ ވަޓް އިޓް ޓުކް ފޯރ މީ ޓު ސްޓޭ އަވޭ ފްރޮމް ޔޫ ފޯރ ފައިވް ޔާރސް…؟” ކައިލްގެ ހަރުކަށި އަޑު އިވުނެވެ. ލިއާ އަޑުއަހަން އިނީ ހިމޭންވެފައެވެ.
“އަހަރެން ދުރުގައި ހުރީ ލިއާ އެގޮތް ބޭނުންވާތީ…ލިއާގެ އުފަލަށް ފުރުސަތު ދޭންވެގެން…” ހިނދަކަށް ވުރެ ހިނދެއް ކައިލްގެ އަޑު ބާރުވަމުން އައެވެ.
“އައި ބްރޯކް މައި ހާރޓް ލިއާ…! އެވްރީ ސިންގަލް ޑޭ…އަހަރެން އެގޮތަށް ކަންތައް ކުރީ ލިއާ އުފަލުގައި ހުންނާނެކަމަށް…ލިއާގެ މެރިއޭޖް ލައިފް ބާއްޖަވެރި ވާނެކަމަށް…އަހަރެންގެ ހިތް ހަލާކު ކޮށްފައި ދުރުގައި ހުރީކީ ލިއާ ތި ހާލުގައި އުޅޭކަށް ނޫން…” ކައިލްގެ އަޑު މަޑުޖެހުނެވެ. ލޮލަށް ގިނަވި ކަރުނަތައް ފައިބައިގެން ނުދިޔުމަށް ކައިލްއަށް ދެއިނގިލި ކުރިން ދެ ލޮލުގެ ކަރުނަވަޅާ ދިމާލުގައި ޖައްސާލާ އޮބާލެވުނެވެ.
“އެކަމަކު ލިއާ ތިހެން ރޯ އަޑު އިވުނީމަ……” ކައިލްގެ ޖުމްލަ ފުރިހަމަ ވާގޮތެއް ނުވިއެވެ. ދަތިކަމާއެކު ނޭވާލާން މަސައްކަތް ކުރަމުން ކައިލްއަށް ތިރިއަށް ނަޒަރު ހުއްޓާލެވުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ލިއާއަށް މޭގައި އަތް އަޅާ އޮބާލެވުނެވެ.
“ކައިލް…”
“ނޯ ލިސެން ޓު މީ…” ލިއާ ވާހަކަ ދައްކަން ފުރުސަތު ނުދީ ކައިލްގެ ހަރުކަށި އަޑު އިވުނެވެ.
“ފަސް އަހަރު ވަންދެން އަހަރެން ދުރުގައި ހުރީކީ ލިއާ ތިގޮތަށް ސަފާރ ކުރާކަށެއް ނޫން…” ކައިލްގެ ހިތް ހަލާކުވެފައި ހުރި އަޑު ޖެހުމާއެކު ލިއާގެ ދިލަކަން އެކުލެވިގެންވި ލޯ މަރާ ފިއްތާލެވުނެވެ.
“އައި ޑިޑިންޓް ސްޕެންޑް ފައިވް ޔާރސް ޓީޗިން މައިސެލްފް ހައު ޓު ލިވް ވިތައުޓް ޔޫ ޖަސްޓް ޓު ހިއަރ ޔޫ ކްރައިން އެންޑް ޕްރެޓެންޑް އައި ޑޯންޓް ކެއަރ…” އަޑު ކުރެހިގެން ދާގޮތްވުމުން ކައިލް ހިންދިރުވާލިއެވެ. އެހެނަސް ކަރުތެރޭ ހީވަނީ ވިހަ ވާގަނޑެއް އޮޅާ ފިއްތާލެވިފައި ވާހެންނެވެ.
“އެންޑް އައި ޑޯންޓް ކެއަރ ވަޓް ޔޫ ތިންކް އައި ޝުޑް ފީލް އެނީމޯރ…އައި ކެއަރ އެބައުޓް ޔޫ…އައި އޯލްވޭސް ހޭވް…”
ލިއާއަށް ރުއިން ހުއްޓާނުލެވުނެވެ. ގިސްލަމުން ގޮސް މޭގައި ރިހެމުން ދިޔައެވެ. އަޑުއަހަން ހުރި ކައިލް ފުން ނޭވާއެއް ދޫކޮށްލީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. މިވަގުތު އަމިއްލަ ހިތް ކުދިކުދި ވަމުން ދިޔަނަމަވެސް އޭނާއަށް މުހިއްމުވީ ލިއާގެ ހިތަށް ތަސައްލީއެއް ހޯދައިދިނުމެވެ.
“ޓެލް މީ ވަޓް ހެޕެންޑް…ޑިޑް ސަމްވަން ހާރޓް ޔޫ…؟” ކައިލް އެހިއެވެ. ލިއާގެ ނޭވާލުމަށް ބަދަލު އައި އަޑު އިވުނެވެ. ކައިލްގެ ލޯ ހަނިކޮށްލެވުމާއެކު މޫނުމަތިން ނުރައްކާތެރި ކުލަވަރެއް ފާޅުވިއެވެ. “ވޯޒް އިޓް ރިހާން…؟” ކައިލްގެ ނުރައްކާތެރި އަޑު އިވުނީ ގައިން ހީބިހި ހަލުވާލާ ގޮތަކަށެވެ. ލިއާގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. ކައިލްއަށް ނިތުގައި ދެއިނގިލި ކުރިން ހިފާ ބާރުކޮށްލެވުނީ އެތެރެ ހަށީގައި އުފެދެމުން އަންނަ ރުޅިވެރިކަމުގެ ހުޅުގަނޑު ކޮންޓްރޯލް ކުރުމަށެވެ. ފޯނުގައި ހިފަހައްޓާލެވިފައިވާ އަތަށް ބާރުކޮށްލެވުނު ގޮތުން ފޯނު ފުނޑިދާނެ ކަހަލައެވެ. ލިއާ ނުބުންޏަސް ކައިލްއަށް ހުރިހާ ކަމެއް ނަގައިގަނެވިއްޖެއެވެ. ރިހާން މިވަގުތު އަތު ޖެހޭ ހިސާބުގައި ހުރިނަމަ އަތުންފައިން ގޯހެއް ހެދޭނެއެވެ.
“ލިއާ…” ކައިލްގެ ކެތްތެރިކަން ކޮޅުންލައިގެން ދާގޮތްވިއެވެ.
“އައި ކާންޓް ޑޫ ދިސް އެނީމޯރ…ކައިލް…” އެންމެފަހުން ލިއާގެ އަޑު ނިކުތީ މަޑުންނެވެ. ކައިލް ހުރީ ހުއްޓުން އަރާފައެވެ. އިރުކޮޅެއް ވަންދެން އެސްފިޔަ ޖަހާލާކަށްވެސް އޭނާ ހަނދާނެއް ނެތެވެ.
“ވަޓް…؟”
“އައި ކާންޓް……” ލިއާގެ އަޑު ކެނޑެމުންދާ ވަރުން ވާހަކަ ދައްކަން ދަތިވިއެވެ. “އަހަރެން ވަރުބަލިވެއްޖެ…ކައިލް…” ލިއާ ފުން ނޭވާއެއް ދޫކޮށްލަން މަސައްކަތްކުރިއެވެ.
ކައިލްއަށް ލޯމަރާލެވުނެވެ. އެ ބަސްތައް އެކަނިވެސް މުޅި އެތެރެހަށީ ރިހުމެއް އުފައްދާލަން ފުދުނެވެ. ކައިލް ލިއާއާއި އެތައް ހާސް ސުވާލެއް ކުރަން ބޭނުންވިއެވެ. މި ފަސް އަހަރުތެރޭ ކަންތައް ވެގެން ދިޔަ ގޮތް ރަނގަޅަށް އޮޅުންފިލުވަން ބޭނުންވިއެވެ. މި ހާލެއްގައި ލިއާ އުޅެމުންދަނީ ކިހާ ދުވަހެއް ވަންދެންތޯ އަހާލަން ބޭނުންވިއެވެ. އެހެނަސް ލިއާގެ އަޑުގައިވި ބަލިކަށިކަން ކައިލްއަށް ނަގައިގަނެވުނެވެ. ލިއާ މިވަގުތު އެ އިނީ ކިހާ ނާޒުކު ފައްތަރެއްގައިކަން ކައިލްއަށް ވިސްނުނެވެ. އެހެންކަމުން އެ ނަފްސަށް އިތުރަށް ބުރަކުރާކަށް ކައިލް ބޭނުމެއް ނޫނެވެ. ބަދަލުގައި އޭނާ ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.
“އައެމް ލިސެނިން…” ކުރުކުރު ޖުމްލައެކެވެ. އެ ބަސްތައް އަޑު އިވުނުހާއިރުން ލިއާގެ ރުއިން އިތުރުވެއްޖެއެވެ. ސަބަބަކީ މިހާރު ފޯނުން އެ ވާހަކަ ދައްކަމުންދާ ކައިލްއަކީ ލިއާގެ ހަނދާނުން ފަނޑުވެފައި ނުވާ ކައިލްއެވެ. އެ އޯގާތެރިކަމަށް ބަދަލެއް ނާދެއެވެ. ލިއާގެ އިހުސާސްތައް އެންމެ ފުރިހަމައަށް ނަގައިގަތުމުގައި އެފަދަ ދެވަނަ މީހަކު ނެތެވެ.
“އައެމް ސޮރީ…” ލިއާ ބުނެލިއެވެ. ލިއާއަށް ނުފެންނާނެކަން އެނގިހުރެވެސް ކައިލްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
“ސްޓޮޕް އެޕޮލޮޖައިޒިން ޓު މީ…” ކައިލް ބުނެލިއެވެ.
“އެކަމަކު…”
“ލިއާ…އަހަންނަށް ގުޅީތީ އަހަރެން ގާތު މާފަށް އެދޭކަށް ނުޖެހޭނެ…ޑޯންޓް ޔޫ ޑެއަރ ތިންކް ކޯލިން މީ ވޯޒް އެ މިސްޓޭކް…” ކައިލް އަށް ފާރަށް ލެނގިލެވުނެވެ. އެ ނަޒަރު ކޮޓަރީގައިވި ހުސްކަމަށް ހުއްޓިފައި ވެއެވެ.
“އަހަންނަކަށް ނޭނގެ ވީ ކިހިނެއްކަމެއް…އަހަންނަކަށް ނޭނގެ ލިއާ އުޅެނީ ކޮން ހާލެއްގައި ކަމެއް…އެންޑް އައެމް ނޮޓް ގޮއިން ޓު ފޯރސް ޔޫ މިރޭ އެ ހުރިހާ ކަމެއް ކިޔައިދެން…” ވާހަކަ ދައްކަމުން ކައިލް މަޑުޖެހިލިއެވެ.
“ބަޓް އައި ނީޑް ޔޫ ޓު އަންޑަސްޓޭންޑް ވަން ތިންގް…” ކައިލްގެ އަޑު ނިކުތީ މަޑުންނެވެ.
“ޔޫ ޑޯންޓް ހޭވް ޓު ޕްރެޓެންޑް ވިތް މީ…” ކައިލް ބުނެލި އަޑު އިވުނެވެ. ލިއާއަށް ތުރުތުރު އަޅަމުން ދިޔަ ތިރީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނެވެ.
“ލިއާ ހުރީ އުފަލުންނޭ އަހަރެން ގާތު ބުނާކަށް ނުޖެހޭނެ…ހުރިހާ ކަމެއް ރަނގަޅޭ ބުނާކަށްވެސް ނުޖެހޭނެ…އެންޑް ޔޫ ސާޓެއިންލީ ޑޯންޓް ހޭވް ޓު އެޕޮލޮޖައިޒް ފޯރ ނޮޓް ބީއިން އޭބަލް ޓު ކީޕް ޕްރެޓެންޑިން…” ކައިލްގެ އަޑު އިވި ލިއާގެ މުޅި ހިތާއި ފުރާނައަށް އެނގުންވެލައިފިއެވެ. އެރޭގެ ފުރަތަމަ ފަހަރަށް ފަސޭހަކަމާއެކު ލިއާއަށް ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ކައިލް ގާތު މާ ގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހުނެވެ. އޭނާގެ އިހުސާސްތައް ފޮރުވާކަށް ނުޖެހުނެވެ. އޭނާ އެހުރީ ހަގީގީ ލިއާގެ ގޮތުގައެވެ. ކައިލްއަށް އަބަދުވެސް އެނގޭ ލިއާގެ ގޮތުގައެވެ.
“ކައިލް…” ލިއާ ގޮވާލުމާއެކު ކައިލް މަޑުމަޑުން ހމމ އޭ ބުނެލިއެވެ.
“އައި މިސްޑް ޔޫ…”
އިރުކޮޅަކަށް ކައިލް ނޭވާ ލާން ހަނދާން ނެތުނެވެ. މަޑުމަޑުން އެ ދެލޯ މެރިގެން ދިޔައެވެ. ތުންފަތުގައި ދަތް އަޅާލެވުނު ހިނދު ވެރިވެގެން ދިޔަ ހަމަހިމޭންކަމަށް ކައިލް ފުރުސަތެއް ދިނެވެ.
“އައި ނޯ…” ކައިލްގެ އަޑު އިވުނީ މަޑުންނެވެ. ކަރުނައިގެ ތެރެއިން ލިއާ ހީލި އަޑު އިވުނެވެ. ކައިލްގެ ތުންފަތަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ރިހުން އެކުލެވިގެންވި ހިނިތުންވުމެކެވެ.
“ބިކޯޒް އައި މިސްޑް ޔޫ ޓޫ…” ކައިލް މަޑުޖެހުނެވެ. “އެވްރީ ސިންގަލް ޑޭ…!”
އެ ދެމެދުގައި އިރުކޮޅެއް ވަންދެން ވާހަކަ ދެކެވުނެވެ. ލިއާގެ ކަރުނަތަކަށް ވަނީ ހުއްޓުމެއް އައިސްފައެވެ. މި ފަސްއަހަރު އެކަކު އަނެކަކު ހޭދަކުރި ގޮތާއިމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ސަބަބަކީ އެ ފަސް އަހަރުތެރޭގައި އެ ދެ ޒުވާނުންވެސް އަދި ދައްކަން ތައްޔާރު ނޫން ވާހަކަތަކާއި ގުޅޭ ހާދިސާތައް ދިމާވެފައި ވީތީއެވެ. އެހެނަސް ފަސް އަހަރަށްފަހު ފުރަތަމަ ފަހަރަށް ދެ ޒުވާނުންގެ މެދުގައި ވާހަކަ ދެކެވިއްޖެއެވެ.
ލިއާއަށް މަޑުމަޑުން އެނދަށް ނަޒަރެއް ދެވުނެވެ. ކައިލްއާއި ވާހަކަ ދެކެވިގެން މިދިޔަ ބައެއް ވަގުތުކޮޅުގައި ކުރިމަތީ ރިހާން އޮތްކަން ލިއާގެ ހަނދާނުން ކައްސާލި ކިތައްމެ ވަގުތެއް ދިޔައެވެ. ނަމަވެސް އެނދުގައި އޮތް ރިހާނަށް ބަލާފައި ކޯލް ކުރުކޮށްލަން ވެއްޖެކަން ލިއާއަށް ވިސްނުނެވެ.
“ކައިލް…”
“ހމމ” ކައިލް ބުނެލިއެވެ.
“ފޯނު ބާއްވަން ވެއްޖެ…” ލިއާގެ އަޑު ޖެހުމާއެކު ކައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ.
“އައެމް ގޮއިން ޓު ޑިލީޓް ދަ މެސެޖްސް…” ކައިލްއަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް ލިއާ ބުނެލިއެވެ.
“ވަޓް…؟” އެ ބަސް ނިކުތީ ކައިލްއަށް އަމިއްލަ ނަފްސު ނުހިފޭއްޓެނީހެންނެވެ.
“އެންޑް އައެމް ގޮއިން ޓު ބްލޮކް ޔޫ އެގެ…” ލިއާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކައިލް ތެޅިގަނެފިއެވެ.
“ނޯ ނޯ ލިއާ…ޕްލީޒް…ލިއާ…”
“ލިސެން ޓު މީ…” ކައިލްގެ ހާސްކަން އެކުލެވިގެންވި އަޑާއި އެކުވެގެން ފޯނުން ލިއާގެ އަޑު އިވުނެވެ. ކައިލް މަޑުޖެހުނެވެ.
“އަހަރެން ފަހުން ކައިލް އަންބްލޮކް ކުރާނަން…އަހަންނަށް މެސެޖު ކުރެވެން އޮތް އިރަކުން މެސެޖު ކުރާނަން…އައި ޕްރޮމިސް…” ލިއާ ބުނެލިއެވެ. ކައިލް ހުރީ އެ ހުރި ގޮތަށް ހުއްޓުން އަރާފައެވެ.
“ވައި…؟” ކައިލް އެހިއެވެ.
“ރިހާނަށް މެސެޖުތައް ފެންނާކަށް ބޭނުމެއް ނޫން…އޭނާ އަށް އެނގުނިއްޔާ…” ލިއާގެ އަޑު އިހުނަށްވުރެ މަޑުވިއެވެ. “އިޓް ވިލް ޕުޓް މީ އިން އަ ވެރީ ޑިފިކަލްޓް ސިޗުއޭޝަން…” ބުނެވޭނެ އެންމެ ރީއްޗަކަށް ލިއާ ބުނެލިއެވެ.
ކައިލްގެ ކަތުރުކަށިގަނޑަށް ބާރުކޮށްލިކަން މޫނަށް އައި ބަދަލުން ހާމަވެއެވެ. ލިއާގެ އެ ނިންމުމާ އޭނާއަށް ގަޔާނުވެވުނެވެ. އެހެނަސް ލިއާގެ ނިންމުމުގެ ފަހަތުގައިވާ ސަބަބު ކައިލްއަށް ނަގައިގަނެވެއެވެ.
“ދެން ޑޯންޓް ކީޕް އެނީތިންގް ދެޓް ކުޑް ޕުޓް ޔޫ އިން ޑޭންޖަރ…” ކައިލް ބުނެލީ ހިމޭންކަމާއެކުއެވެ.
“އެންޑް ކައިލް…ޑޯންޓް ޑޫ އެނީތިން ސްޓުޕިޑް…” ލިއާއަށް ކައިލްގެ ގޮތް އެނގޭތީ ބުނެލިއެވެ.
“ލިއާ…!” ކައިލްގެ އަތްތިލަ މުށްކަވާލަމުން ބުނެވުނީ ދަތްތައް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑި ވިކާލަމުންނެވެ. މިހާރުވެސް އޭނާ ކެތްކުރަމުންދާ ވަރު ލިއާއަކަށް ނޭނގޭނެއެވެ. ރިހާން މިވަގުތު އޭނާ ފެންނަ ހިސާބުގައި ނެތީ ނަސީބަކަށެވެ.
“މިތަނަށް ނާންނާތި ޕްލީޒް…އަހަރެން ހޯދަން މިރަށަށް ނާންނާތި…އަހަރެން ހޯދަން މަސައްކަތް ނުކުރާތި…އަހަންނަށް އެނގޭ ކައިލް އަންނަން ބޭނުން ވާނެކަން…އެކަމަކު ޕްލީޒް…އަހަންނަށް ދެރަގޮތެއް ވާން ބޭނުން ނުވަންޏާ ނާންނާތި…” ލިއާ ވާހަކަ ދެއްކީ އާދޭހާއެކުއެވެ. ކައިލް ހުރީ ހިމޭންވެފައެވެ. ލިއާ އެ ހިފީ އޭނާގެ ބަލިފައިގައެވެ. ލިއާ އަކީ ކައިލްގެ ބަލިފައެވެ.
“ޕްރޮމިސް މީ…” ކައިލްގެ އަޑު ނީވުމުން ލިއާ ބުނެލިއެވެ.
“ނޯ…” ކައިލްއަށް އިސްއޮބާލެވުނެވެ. އޭނާ ހުރީ ފޯނު ބޭއްވުނުހާ އަވަހަކަށް އިޝާންއަށް ގުޅައިގެން ލޯންޗަކުން އެންމެ އަވަހަށް ލިއާ ހޯދަން ދާ ގޮތަށެވެ. ރިހާނަށް ރަނގަޅު ފިލާވަޅެއް ދޭށެވެ. ލިއާ ރޮއްވީތީ ރަނގަޅަށްވެސް ރިހާން ކިބައިން އޭގެ ބަދަލު ހިފަން ކައިލްގެ ކެތްތެރިކަން ކުޑަވެފައި ވެއެވެ. ފަސް އަހަރުގެ އެ ދުރުމިން ކުއްލިއަކަށް ކައިލްއަށް ބަޔާން ނުކުރެވޭވަރު ވޭނަކަށް ވެއްޖެއެވެ.
“ކައިލް…” ލިއާއަށް ގޮވާލެވުނީ އާދޭހުގެ ރާގަކަށެވެ.
“އޯކޭ…” ކައިލް އެންމެފަހުން ބުނެލިއެވެ. އިތުރަށް މި ކަންތައްގަނޑުގެ ސަބަބުން ލިއާއަށް އިތުރު ތަކުލީފެއް ދޭން ބޭނުން ނުވީއެވެ.
“ކައިލް…!”
“އައި ސެޑް އޯކޭ ލިއާ…!” ކައިލް ތަކުރާރު ކޮށްލިއެވެ. “އަހަރެން ނުދާނަން…އައި ވޯން’ޓް ޑޫ އެނީތިންގް ދެޓް ކުޑް މޭކް ތިންގްސް ޑިފިކަލްޓް ފޯރ ޔޫ…” ކައިލް ބުނެލިއެވެ.
“ތެންކްޔޫ…” ލޯމަރާލި ލިއާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“ބަޓް ލިސެން ޓު މީ…” ކައިލްގެ ބަރު އަޑު އިވުނެވެ. ލިއާއަށް ނޭވާ ހިފަހައްޓާލެވުނެވެ.
“ލިއާއަށް ވެވޭ ކޮންމެ އިރަކުން އަހަންނަށް ހަބަރު ވާތި…އެންމެ މެސެޖެއް ވިޔަސް ހެޔޮ…ލިއާއަށް އަހަންނަށް ތަފްސީލް ދޭކަށް ނުޖެހޭނެ…އަދި ބޮޑު ކަމެއް ވިއްޔާ އަހަންނަށް ސިއްރު ނުކުރާތި…” ކައިލްގެ ވާހަކަތަކުގައި ވަނީ ފުން މާނައެކެވެ. “އެންޑް އިފް ޔޫ ނީޑް ސަމްވަން ޓު ލިސެން، އައިލް ލިސެން…” ކައިލް ބުނެލިއެވެ. ލިއާގެ ލޮލުން ކަރުނައިގެ ރޮނގެއް ފައިބެގެން ދިޔައެވެ.
“އޯކޭ…” ލިއާއަށް ބުނެވުނެވެ.
“އެންޑް ޕްލީޒް ޑޯންޓް ތިންކް ޔޫ އަރ އެލޯން…” ކައިލްގެ އަޑުން ލިއާގެ ހިތަށް އަސަރުކުރުވިއެވެ. އަނގަމަތީ ލިއާ އަތް އަޅާލީ ރުއިމުގެ އަޑު ބޭރުވެދާނެތީއެވެ.
“އައި ޝުޑް ގޯ…”
“އޯލްރައިޓް…” ކައިލްގެ ހިމޭން އަޑު އިވުނެވެ. ލިއާއާއި ވަކިވަނީކަން އެނގި ކައިލްގެ ހިތް ގެނބެމުން ދިޔައެވެ. މިއީ ވަގުތީ ވަކިވުމަކަށް ވިޔަސް ހެވެވެ.
“ގުޑްނައިޓް ކައިލް…”
“ގުޑްނައިޓް…” ކައިލް ބުނެލިއެވެ. ފޯނު ކެނޑިގެން ދިއުމާއެކު ކައިލްއަށް އެ އަތް ތިރިކޮށްލެވުނީ ހުސްކަމުގެ ތެރެއަށް ހުއްޓާލެވިފައިވާ ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ.
ކައިލްގެ ބޮލުތެރޭ ހަރުލާފައިވާ ލަފްޒު ސިކުނޑީގައި އެނބުރެމުން ދިޔައެވެ. “އައި މިސްޑް ޔޫ” އެއީ ލިއާ އޭނާ މަތިން ހަނދާން ނުނެތޭ ކަމުގެ ހެއްކެކެވެ. ކައިލްއަށް އެނދުގައި އިށީނދެ ކަކުލުގައި އުޅަނބޮށި ވިއްދާލަމުން ނިތްކުރީގައި އަތް ވިއްދާލެވުނެވެ. އިރުކޮޅެއް ވަންދެން އެ ގޮތުގައި އިނދެފައި ކައިލްގެ ދުލުން މަޑުމަޑުން ލަފްޒުތަކެއް ނިކުތެވެ. އެއީ ދެންމެ ލިއާއާއި އެކު ފޯނުގައި ހޭދަވީއިރު އޭނާ ނުބުނެ ދޫކޮށްލި ލަފްޒުތަކެވެ.
“އައި ނެވަރ ސްޓޮޕްޑް ލަވިން ޔޫ…” އެބަސްތައް ކައިލް ބުނެލީ ކުރިމަތީ ލިއާ ހުރިނަމަވެސް ބުނެލާނެހާ ލޯބިންނެވެ. އޭނާއަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ލިއާ އެދުނީތީ އެ ރަށަށް ކައިލްއަށް ދެވޭކަށް ނެތެވެ. ލިއާގެ ނިންމުމަށް އިހުތިރާމް ކުރަން ކައިލް ބޭނުމެވެ. އެހެނަސް އެގޮތުގައި ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ މިރޭ ލިއާގެ ދުލުން އޭނާގެ ނަން އިވުމާއެކު ލިއާ ދެކެ އަލުން ހިތާއި ފުރާނައިން ލޯބިވެވުނު ފަދަ އިހުސާސެއް ކައިލްއަށް ކުރެވުނެވެ. ހަމަ އެފަދަ ވަރުގަދަ އިހުސާސަކުން ރިހާނާ ދޭތެރޭ އޮތް ނަފްރަތުގެ ހުޅުގަނޑު ފަޅައިގެން ދިއުމުގައި ކާމިޔާބުކޮށްފިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (25)
Comments are closed.
Wow
💗
Waiting for next part
Soon In Shaa Allaah ☺️💗
Rihaan zamaan djiyaee…. V hihvaru libigen lia ah kail ah egulhunee….. Kom irakun next part upload kuraanee???
Right?? 😭😭 Leah finally lost patience..
Next ep soon In Shaa Allaah 💗
When’s next??
Thankolheh avahah upload kohla dhehchey kiyaa hithun keh madhu vehje 😭😭
I’m working on it ☺️💗
Oh my goddddd… Yayyyy… But what if..what if.. rihaan was pretending to sleep.. what if he heard everything.. I’m waiting Leah ah reethikoh everything kiyaadhevendhen.. abuse kuraa vhk knmes thanakah angan v.. eyrah rihaan beynun nuviyas jeheynee Leah dhookohlann.. dhen mihaaru emme beynun vani Leah salaamaii vaan..ik Akeel vaani hurahakah but still first rihaan AA dhuru v ma dhen next kamakaa visneyni.. what if Akeel hiyyhama nujehigen sierra raajje genesfiyyaa.. like egeyah… 🤔.. mi part vx vrh reethi.. I’m waiting for next..
Ahaha I like you theory 😭😭 Not bad though 🤭 thank you so much darll 🖤🥀
VRY NICE
VERY EMOTIONAL
WHN NXT
Soon IA 💗 thank You 🥹💗
Omg. Rihaan thu tho gayaa ab.
Let’s see 😂💗
Maa Sha Allah Maa Sha Allah enme enme reethi story mihaa thanah kiyunu so nostalgic 😍😍😍 ehn ehves kamakah nukuraa vr mi story ah wait kureveyyy the best author ever ❤️❤️❤️ we don’t want to pressure you ekm hama story reethikamun pressure kureveni ey 😭😭😭❤️❤️❤️
Awww darl this honestly means the world to me 🥹💗 I’m so happy this story brings you that nostalgic feeling 💗
Heheh your excitement makes me want to update faster too 😭🤭 Thank you for loving my story this much…Sending you lots of loveee LYSM 🖤🥀
Up veytho belunu adhadhehves neygey koyaa hithun
Same 😭😭😭
Sorry for the late reply..it’s up ☺️💗
When nexttt… Kiyaahithun irukolhakaa irukolhakaa eba vadhevey esfiya ah..next Bai up vithoa balan 😭😭😭
Iru iru kolhun up veytho eba beley vaahaka reethi kamun. Mihaaru vaahaka eba rangalhuvey. Leah ah mihaaru eba vusney. Dhn Leah and kail ekaku anekaku dhimaaveema e moment just wow vaane. Leah and kail for ever. Just love the story mihaaru. Keep it up.
Same girl sameee.. this story is one of the best. Keeepp it up 💗
It’s up sorry for the late reply girls 🥹 Honestly, it makes me so happy knowing you guys love this story so much that you’re checking the site for updates 😭🥹💗 You have no idea how much I appreciate it…Lots of love to you all 🖤🥀
Alhey haadha reehchey mi part vx please next part avahah up kohla dhyba miyadhu vx I think more than 50 times belihje up kohfa thoa😭😭
Its up…Thank you for being this excited for my story 🥹🖤🥀