Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބޭވަފާތެރި ނުވަމޭ ޔާރާއޭ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(14 ވަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
May 29, 2016 7 Mins Read
19 Comments

” ހަހަހަހަ… މީހެއްގެ ރޭވުންގަނޑެއްގައޭ.. ހަހަހަހ. ކަލޭ ތިއުޅެނީ މަގޭ ރޭވުންގަނޑެއްގެ ތެރެއަށް ވަދެވެގެން. ” ނުލަފާ ހިނިތުންވުމަކާއިއެކު ކިޔާން ބުނަމުން ދިޔަ ބަސްތައް ދިޔައީ ލާމިއުގެ ހިތަށް ތީރު ހޮރަމުންނެވެ. ” ވަޓް؟ ވަޓް ޑޫ ޔޫ ނީޑް؟ ޕްލީޒް ކަލޭ ބޭނުން ވަރަކަށް އަހަރެން ފައިސާވެސް ދީފާނަން. ” ގަބޫލް ނުކުރެވި ހުރެ ލާމިއު އާދޭސް ކުރަން ފެށިއެވެ ” އައި ވޯންޓް ފަ ފަ ހޫ… ” ލަސްލަހުން ކިޔާންގެ ދުލުން ބޭރުވި ކޮންމެ ބަހެއް ހީވީ ލާމިއުގެ މޫނުމަތީގައި ޖެހި އެތި ފަހަރެއް ހެންނެވެ.

” ވަޓް؟ މިދުނިޔޭން އަންހެނުން ހުސްވީތަ މީހުންގެ އަނބިން ފަހަތުން ތިދުވަނީ؟ ދެމަފިރިންގެ ދޭތެރެއަށް ވަދެގެން ކަލޭއަށް ލިބެނީ ކޯއްޗެއްތަ؟ ” ލާމިއު ބުނެވުނެވެ. ” ދެން ދެލޯބިވެރިންގެ ދޭތެރެއަށް ވަދެގެން ކަލޭއަށް ވަކި އެއްޗެއް ލިބޭތަ؟ ” ރައްދުގައި ކިޔާން ބުނި އެއްޗެއް ލާމިއު އަކަށް ދޭހައެއް ނުވިއެވެ. ” ނޭނގުނު ދޯ. އެކަށްޗެއްވެސް ނޭނގުނު ދޯ. އިނގޭތަ؟ ފަހޫގެ ފަސްޓް ލަވްއަކީ ކާކުކަން؟ ފަހޫ ލޯބިވަނީ ކާކުދެކެކަން އެނގޭތަ؟ ” އަނެއްކާވެސް ވާހަކަ ދެއްކީ ކިޔާންއެވެ. ލާމިއުއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނާޔަށް އަނގަ ކޮޅަށް ޖަހައިގެން ހުރެވުނީ ކިޔާންގެ ވާހަކަ ފުރިހަމަ ކުރަން ދެކަށްށެވެ.

” އަހަންނަށް ފަހޫ ކަމުދާން ފަށައިފި އެންމެ ކުޑައިރުން ފަށައިގެންވެސް. ޢެރުއްސުރެ އަހަރެން ފާރަލަމުން ދިޔައީ ހަމައެކަނި ފަހޫއަށް. އޭރު އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ސާއިމް. ސާއިމްއަށް ކަމުދިޔައީ އީނާޝް. އެންމެ ފަހުން ގްރޭޑް 7ގަ އުޅެނިކޮށް އަހަރެން ފަހޫއަށް ޕްރޮޕޯސް ކުރީ. އެކަމް ސާއިމްއަކަށް ނުކެރުނު. އޭނަ މާ ފިނޑި. އަހަރެންގެ ބޮއްކުރަޔަކަށްވީ ނަޝާޔާ. އޭނަ ގޮސް ފަހޫ ކައިރީ އަހަރެން ލޯބިވެޔޭ ބުނި ވާހަކަ ބުނީ. ފަހޫވެސް އާނއެކޭ ބުންޏޯ. އިނގޭތަ؟ އޭގެ ފަހުން ލަދުން ގޮސް އޭނަ އަހަރެން ފެންނަ އިރަށް ފިލާ. އަހަރެންވެސް އަޅާ ނުލީ ފަހުން ރަނގަޅު ވާނެކަމަށް. އޭގެ އަނެއް އަހަރު ކަލޭ އަހަރެމެން ދޭތެރެއަށް ވަނީ. ފަހޫގެ ބޯ ކާލައިގެން އަހަރެންގެ އަތުން ޖަހައިގަތީ. އަހަރެންގެ ފަހޫ ޖަހައިގަނެގެން ގެން ދިޔައީ. އެކަމްވެސް އަހަރެން އެއްޗެކޭ ނުބުނަމެއްނު. އިނގޭތަ ކީއްވެކަން؟ ފަހުން ބަދަލް ހިފަން.. ހަހަހަހަ… އަހަރެންގެ ބަދަލްހިފުން ފުރިހަމަ ކުރަން. ” ސީލިންގަށް ނަޒަރު ހިންގައި ނުލަފާ ވައްތަރަކަށް ހީލަމުން ކިޔާން ކިޔައި ދިނެވެ.

” ކިހިނެއް އިނގެނީ ފަހޫ ކަލޭގެ ޕްރޮޕޯސް ގަބޫލް ކުރިކަމެއް؟ ނަޝާޔާ ފަހޫ ކައިރީ އެވާހަކަ ދެއްކި ތަން ކަލޭގެ ހަމަ ދެލޮލުން ދުށިންތަ؟ ނޫނީ ފަހޫ ކަލޭ ކައިރީ ބުނިތަ؟ މަގޭ އަންހެނުންނަކީ ތިބުނި ކަހަލަ މީހެއް ނޫން. ” ބޯ ކަހައިލައި އެއްޗެއް ވިސްނޭ ފަދައިން ލާމިއު ކޮށްލި ދެތިން ސުވާލަކުން ކިޔާން ރުޅި ގަދަވިއެވެ. ” ކަލޭގެ ހަޔާތް ކޮބާ އަހަރެމެން ދެމީހުންގެ ގުޅުމާއިމެދު ސުވާލު އުފައްދަން. އެހެން ނޫނަސް ކަލޭގެ އަންހެނުންނެއް މިހާރަކު ނުހުންނާނެ.” ލާމިއުގެ އިސްތަށިގަނޑުގައި އަތް ކާތަމުން ކިޔާން ބުންޏެވެ. ” ހެހެހެހެ.. ކަލޭ ވަރަށް ވޭ ދޯ މީހުންގެ އަނބިން ވަރި ކުރާ ހިތް. އެކަމް ސޯ ސޭޑް…” ލާމިއުގެ ޖުމްލަ ފުރިހަމަ ނުވީ ކިޔާން ވާހަކަ ދައްކަން ފެށުމުންނެވެ. ” މިއޮތީ ވަރި ކޮށްފަ.” މިހެން ބުނެފައި ކިޔާން އެއްލައިލީ ކުޑަ ކުޑަ ފޮތެކެވެ. ބޭރުގަނޑުގައި ” ވަރީގެ ސެޓްފިކެޓް” ޖަހާފައިވުމުން ލާމިއުގެ ހިތް ބާރަކަށް ތެޅެން ފެށިއެވެ. އަދި ވަގުތުން ހުޅުވައިލެވުނީ ބިރުން ހުރެއެވެ. ސެޓްފިކެޓް ހުޅުވާލުމާއިއެކު ލާމިއުގެ ހިތް ކުޑަ ހިނދު ކޮޅަކަށް ހުއްޓުނު ކަހަލައެވެ. އެސެޓްފިކެޓްވަނީ އެދެމީހުންގެ ވަރި ސާބިތު ކޮށްދީފައެވެ. ” ވަޓްސް ދިސް. މީ ފޭކެއް. ކަލޭ އަދި ދައްކާހާ އެއްޗެއް މަށެއް ގަބޫލެއް ނުކުރާނަން. އަހަރެން ކޯޓަށް ހާޒިރުނުވެ ކިހިނެއް؟” ލާމިއުއަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގުނެވެ. ” ކޫލް ޑައުން. އަސްލުވެސް ނޭނގޭތަ؟ ވަރި ވެފަ 6 މަސްވާއިރު ނޭނގޭތަ؟ ހެޔޮ ވާނީ ކިހިނެއް؟” މަލާމަތް ކުރާ ރާގަކަށް ކިޔާން ބުންޏެވެ. އަދި ޑެވިލްއޭ ކިޔާ ގޮވައިލިއެވެ. ހަމަ ގޮވައިލުމާއިއެކު ޑެވިލް އައިސް ވަދެއްޖެއެވެ.

” ދައްކަބަލަ މޫނު.” ކިޔާން މޫނު ދައްކާށޭ ބުނުމުން ޑެވިލް އޭނާގެ މޫނުގައި އޮޅާފައިވާ ސްކާފެއް ނެގިއެވެ. އެހިނދު ފެނިގެން ދިޔަ މަންޒަރު ލާމިއުގެ ގައިން ހީބިހި ނަގައިގެން ދިޔަ ފަދައެވެ. އޭނަޔަށް އަނެއްކާވެސް ޑެވިލްއާއި ދިމާލަށް ބަލައިލެވުނީ ގަބޫލް ނުކުރެވިގެންނެވެ. ލާމިއުއަށް ހީވީ އޭނާއަށް ލޯގަނޑެއް ކުރިމަތީގައި ހުރެވުނީ ހެންނެވެ. އޭނާގެ ކުރިމަތީގައި އެހުރީ އޭނާއާއި އެއް ސިފައެއްގައި ހުރި އިންސާނެކެވެ. ނޫނެކެވެ. އެއީ އިންސާނަކަށް ނުވާނެއެވެ. އިންސާނެއް ނަމަ އެހައި ވައްތަރެއް ނުވާނެއެވެ. ހަމަ ޔަގީނުންވެސް ލާމިއުގެ މަންމައަށްވެސް އެދެމީހުން ވަކި ނުވާހާ ވައްތަރެވެ. މިހާރު ލާމިއުގެ ސިފަ ހުތުވެފައި ހުރުމުން މާ ބޮޑަށް ވައްތަރު ނުވިޔަސް ލާމިއު ކުރިން ހުރި ގޮތާއި ޑެވިލްއާއި އެއްވެސް ތަފާތެއް ނެތެވެ.

” އިންޓްރޮޑިއުސިން އީލާމް. ” ކިޔާން ބުންޏެވެ. ލާމިއުއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އީލާމްވެސް އެއްޗެކޭ ނުބުނެއެވެ. ދެމީހުންނަށްވެސް ކުރިން ދިމާވެފައި ހުރި ކަހަލަ ގޮތެއް އިހްސާސްވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ” މީނައަށް ލިބިފައިވަނީ ލާމިއުގެ ސޫރަ. މީނަ ފަހުމާ ވަރި ކުރީ. މީ އަހަރެންގެ ހަތިޔާރު.” ކިޔާން ބުންޏެވެ. އެވަގުތު ކިޔާންގެ ފޯނު ރިންގް ވާންފެށިއެވެ.

” ކިޔާން ބުނީމެއްނު މީހެއް ހޯދާންށޭ މިއުޅެނީ. ލިބުނުތަ؟” ގުޅީ ނަޝީދެވެ. ކިޔާން އާނއެކޭ ބުނެ މިދަނިއްޔޭ ބުނަމުން ފޯނު ބޭއްވިއެވެ. ” މިހާރުވެސް މާލަސްވެއްޖެ. ކަލޭއަށް ހުރިހާ އެއްޗެއް ކިޔާދޭން ހަދައިގެން. ހަމަ މިހާރު އާދޭ. އަދި ހަނދާން ކުރާތި. ފަހޫގެ ކުރިމަތީ ހުށިޔާރު ވާން އުޅެއްޖިއްޔާ ފަހުމާއެއް ދުނިޔޭގަ އެއްވެސް ނުހުންނާނެ.” މިހެން ބުނެ ލާމިއުގެ އަތުގައި ހިފައިލައި  ގޭގެ ދޮރު ވަރަށް ބާރަށް ޖަހަމުން ކިޔާން ދިޔައެވެ.

އެވަގުތު އީލާމަށް ފުން ނޭވައިއެއް ވައިގެ ތެރެއަށް ދޫކޮށްލެވުނެވެ. ހީވަނީ ކޮންމެސް ކަމަކުން މިނިވަން ވީ ހެންނެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ ލައިގެން ހުރި ލާމިއުގެ ގަމީސް ބާލައި ޓީޝާޓަކާއި ކަކުލާއި ހަމައަށް އަރާ ސޯޓް ކޮޅެއްލައިގެން ވަރަށް ބާރުމިނުގައި ބޭރަށް ނިކުމެގެން ދިޔައެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފިލައި ނުދެއެވެ. މިސްރާބު ހުރީ އަތިރިއަށްށެވެ.  އޭރު އިންޖީން ސްޓާޓް ކޮށްގެން އޮތް ލޯންޗެއްގައި ހުރި މީހަކު އަތުގެ އިޝާރާތުން އަންނާށޭ ގޮވަމުން ދިޔައެވެ.

” އީލާމް ތިކަންތައް ކުރަނީ ރަނގަޅަށްތަ؟” އީލާމް ލޯންޗަށް އެރުމާއިއެކު ދުއްވަން ހުރި މީހާ އަހައިލިއެވެ. ” މަންމައަށްޓަކައި ކުރެވޭނެ ގޯސް ކަމެއް ނޯންނާނެ. ” ކުރު އަދި ފޮނި ޖަވާބަކުން އިސްޖަހައިލައިގެން ހުރި އީލާމް ފުއްދާލިއެވެ. ލޯންޗް ތެރޭގައި އިތުރު ވާހަކައެއް އެކަކުވެސް ނުދައްކައެވެ. އީލާމްގެ ނަޒަރު ހުއްޓެމުން ދިޔައީ ލޯންޗް ކަނޑަތު ކުރަމުން ދިޔަ ރާޅު ތަކަށްށެވެ. އެދެލޮލުން ހާމަވަނީ ކޯއްޗެއް ކަމެއް މީހަކަށް ނަގައި ގަންނާކަށް ނޭނގޭނެއެވެ.

30 މިނެޓްގެ ދަތުރަކަށް ފަހު ލޯންޗް އޭގެ މަންޒިލަށް ދަތުރު ކޮށްފިއެވެ. ހަމަ ރަށަށް ލެފުމާއިއެކު އެންމެ ހިނދު ކޮޅަކުވެސް މަޑު ނުކޮށް އީލާމް ދުއްވައިގަތެވެ. ހީވަނީ ތަނަކަށް ދާން ލަސްވެފައި ހުރިހެންނެވެ. ދޯނި ދުއްވި މީހާވެސް އީލާމްގެ ފަހަތުން އަވަސް ހިނގުމެއްގައި ދާން ފެށިއެވެ.

***

ލާމިއު އާއި ކިޔާންއަށް ހޮސްޕިޓަލަށް ދެވުނު އިރުވެސް މުޅި މާހައިލުގައި ގުގުމަމުން ދިޔައީ ގިސްލުމުގެ އަޑެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ލޭ ލިބޭނެ ގޮތެއް ނުވުމުން އެންމެންވެސް ތިބީ މާޔޫސްވެފައެވެ. އެންމެންގެވެސް ހިތްވަރު އެލިއްޖެއެވެ. ކުޑަވެސް ހިތްވަރެއް އޮތީ ނަޝީދުގެއެވެ. އޭނާ އެކަކަށް ގުޅަލައި އަނެކަކަށް ގުޅައިލަމުން ދިޔައީ ކިތަންމެ ބޮޑު އަގެއްގައި ވިޔަސް ލޭ ފޮދެއް ދޭނެ މީހަކު ވޭތޯއެވެ. ނަމަވެސް ކުރި ހުރިހާ ކަމެއް ދިޔައީ ފުލުންނެވެ. ” ހަމަ ހުވާ ކޮށްފަ ބުނަން. ފަހޫއަށް ލޭކޮޅެއް ހޯދައިދޭ މީހަކަށް ބޭނުން ކަމެއް ކޮށްދޭނަން. އެމީހަކު އަހަރެން ކައިރީ މަރު ވާށޭ ބުނެފިނަމަ މަރުވެސް ވާނަން. ” ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރި ނަޝީދުއަށް ނަދުރު ބުނަންވެސް މަޖްބޫރް ވީއެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ. ” ތިހާ އަވަހަށް ހިތްވަރު އެލުވާލާކަށް ނުވާނެ. އަހަރެން މިއައީ ލޭވެސް ހިފައިގެން.” ހުރިހާ އެންމެންނަށްވެސް ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނީ ކިޔާންގެ އަޑަށްށެވެ. ކިޔާން އައިސް ލާމިއު ދައްކައިލީ ލޭދޭނެ މީހާ މިހުރީއޭ ބުނާ ފަދަ ގޮތަކަށްށެވެ. ލާމިއުއަށް ކޮންމެ މީހެއްގެ މޫނަށް ވަކި ވަކިން ބަލައިލީ އޭނާ އެއީ ކާކުކަން އެމީހުންނަށް އެނގޭނެ ނަމައޭ ހިތައިއެވެ. ނަމަވެސް އެކަކަށްވެސް އޭނާއަކީ ކާކުކަން ހިތަށް އަރުވައިލަންވެސް ނޭނގުނެވެ.

*****

ދުވެފައި ދިޔަ އީލާމްގެ ފިޔަވަޅު ހުއްޓުނީ އެރަށުގެ މެދެއްހާ ހިސާބެއްގައި ހުރި ދެބުރި ގެޔަކަށްށެވެ. އެއީ ޒަމާނާއި އެއްގޮތަށް ހަދާފައިވާ ގަނޑުވަރެއް ކަހަލަ ރީތި ގެޔެކެވެ. މުއްސަނދިކަމުގެ ކުލަވަރުތައް ފެންނަމުން ދިޔަ އެގެއިން އެގޭގައި އުޅޭ މީހާގެ ހައިބަތު ދައްކުވައިދެއެވެ. އީލާމް ދިޔަގޮތަށް ގޮސް ގޭގެ ބެލް ޖަހައިލިއެވެ. އަދި އެވަގުތު އެގޭގައި މަސައްކަތް ކުރާ މީހާ ދޮރު ހުޅުވާލުމުން ހުއްދައަކާއި ނުލައި އެގޭ ތެރެއަށް ވަނެވެ. އޭރުގައި ސިޓިން ރޫމްގައި ބެހެއްޓިފައިވާ ސޯފާއެއްގެ މަތީގައި އޮށޯއްވެލައިގެން 30ހަކަށް އަހަރުގެ ފިރިހެނެއް އޮތެވެ. އެމީހާ އީލާމްއަށް ލޮލުގެ އިޝާރާތުން މައްޗަށް އެރުމަށް އެންގިއެވެ. އީލާމްވެސް ބޯ ޖަހައިލަމުން ސިޑީގެ ހަރުފަތްތަށް ގިރާކުރަން ފެށިއެވެ.

އަދި ސިޑިއާއި އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ވަނެވެ. އެކޮޓަރި ފުރިފައިވަނީ އޮކްސިޖަން މެޝިނާއި އެފަދަ އެތައް މެޝިން ތަކުންނެވެ. އެކޮޓަރީގެ މެދެއްހާ ހިސާބުގައި އެނދެއްގެ މަތީގައި އަންހެނެއް އޮތެވެ. ހޭނެތިފައެވެ. ނޫނީ ނިދިފައެވެ. އެއަންހެންމީހާ ސަލާމަތް ކުރުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކޮށްފައިވާކަން ފެންނަމުން ދިޔަ މެޝިންތަކުން ހާމަވެއެވެ. އީލާމް ގޮސް އެއަންހެން މީހާ ބާއްވާފައިވާ އެނދު ކައިރީގައި ބޭންދިފައިވާ ގޮނޑިއެއްގައި އިށީނދެލިއެވެ. އޭރުގައި އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަތަށް ފޭދެން ފަށައިފިއެވެ. ” މަންމަ” އީލާމް އެއަންހެން މީހާގެ އަތުގައި ވަރަށް ލޯބިން ހިފާލަމުން ބުންޏެވެ. އަދި މަންމަގެ އަތުގައި ބޮސްދީ ހަދައިލި އިރަށް އޭނާގެ ހިތްވަރު އެލެން ފެށިއެވެ. މަޑު ގިސްލުމުގެ އަޑެއް މުޅި ކޮޓަރީގައި ހަރުލަން ފަށައިފިއެވެ. އީލާމްގެ މޫނުގައި މައްސޫމްކަން ވެރިކަން ކުރަން ފަށައިފިއެވެ. އެއީ “ޑެވިލް” އީލާމް އެކޭ މިހާރު މީހަކު ނުވެސް ބުނާނެއެވެ. އީލާމްއަކީ މީހަކު “ކިޑްނެޕް” ކުރާނެހާ ގޯސް މީހެކޭ މީހަކުގެ ހިތަށްވެސް ނާރާނެއެވެ.

” މަންމާ. ދެން ތެދުވެބަލަ. އަހަރެންގެ ބޮލުގައި ފިރުމާލަބަލަ. ކުރިން ބޮސްދޭ ގޮތަށް އަހަރެންގެ ކޮލުގަ ބޮސްދީބަލަ. ” މަންމަގެ މޫނުގައި ފިރުމާލަމުން އީލާމް ބުނަމުން ދިޔައެވެ. އަދި ލޯބި ލޯބިން މަންމަގެ ކޮލުގައި ބޮސްދިނެވެ. ފިރިހެން ކުއްޖަކު މަންމަޔާއި ހެދިގެން މިހާވަރެއް ހުރޭ ހެއްޔެވެ؟ ” މަންމަ ހޭލަ ހުރިނަމަ މިއަދު އަހަންނާ މަލާމަތް ކުރާނެދޯ 24 އަހަރުގެ ފިރިހެން ކުދިންވެސް މަންމަޔަށް ބޮސްދޭހޭ ކިޔާފަ. މަންމާ. އަހަރެން މަންމަޔަށް މިބޮސްދެނީ މަންމަދެކެ ލޯބިވާތީއޭ. އަހަރެން ބޮސްދިނީމަވިޔަސް މަންމަ ހޭލާތޯ. ” އީލާމް ހީވަނީ މޮޔައެއް ހެންނެވެ. މަންމައަކާއި ދަރިފުޅެއްގެ ގުޅުމަކީ ހާދަ މާތް ގުޅުމެކެވެ. މަންމަ ވަކިވެ ދިއުމަކީ ދަރިއަކަށް ލިބޭނެ ހާދަ ބޮޑު ހިތްދަތި ކަމެކެވެ. ” މަންމާ. ކިތައް ދުވަސް ވަންދެންތަ ތިހެން އޮންނާނީ؟ މިހާރު 3 އަހަރު ފާއިތުވެ ދިޔައީ މަންމަޔާ ވަކިން. މަންމަ ކައްކާ މީރު ފުފޫ ކަނދި ކޮޅެއް ބޮއި ނުލެވޭތާ. މަންމަ އަހަރެންގެ އެއްޗެއް އިސްތިރިކޮށް ނުދޭތާ. އިނގޭތަ؟ އަހަރެން ހަމަޖެހިލައިގެން ނުކާތާ 3 އަހަރުވެއްޖެ. އެކްސެލް ދަޅެއް ނޫނީ ރެޑް ބުލް ދަޅެއްގެ ބާރުގަ އަހަރެން މަރުނުވެ މިހުންނަނީވެސް. މަންމަޔަށް ކެތްވާނެތަ މިހާލުގަ އަހަރެން ބަހައްޓައިގެން. ” ގިސްލުމުގެ ތެރެއިން އީލާމް ވާހަކަ ދައްކަމުން ދިޔައެވެ.

” މަންމާ. އަހަންނަށް އެނގޭ މަންމަ ގަސްތުގައެއް ނޫންކަން ނުހޭލާ ތިއޮންނަނީ. އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ. އެހެން ވެގެންނޭ އަހަރެން އިތުރަށް ފައިސާ ހޯދުމަށްޓަކާ މިހުރިހާ ކަމެއް މިކުރަނީ. އަހަރެން ގޯސްކަމެއް ނުކުރަން މަންމާ. އަހަރެން މީހަކު މަރައެއް ނުލަން. ވައްކަމެއް ނުކުރަން. އެއީ އެއްނު ބޮޑެތި ފާފަތަކަކީ. އަހަރެން ހަމައެކަނި މަންމަ ސަލާމަތް ކުރުމަށްޓަކާ ހުރިހާ ކަމެއްވެސް މިކުރަނީ. މަންމަގެ ބޭސް ފަރުވާއަށްޓަކާ. މަންމަ ދެރަ ނުވާތި. އަހަރެންނަށް މާފް ކުރާތި. މިނޫން އެއްވެސް ކުށެއް އަހަންނެއް ނުކުރާނަން. ” އީލާމްގެ އަޑު ކުރެހިގެން ދިޔައެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރެއް ނުލިބުނެވެ. އަދި އަނެއްކާވެސް މަންމަގެ އަތް އޭނާގެ މޭމަތީގައި ބާއްވައިލާ ވޭނީ ރާގަކަށް ރޯންފެށިއެވެ. ފިރިހެނަކަސް މިއަދު އޭނާގެ ކެތްތެރިކަން ކޮޅުން ލީއެވެ. އަންހެނަކަށް ވުރެ އެއަޑުގައި ވޭން އިންތިހާ ދަރަޖައަށް ބޮޑެވެ.

” އީލާމް. ޑޮކްޓަރ ބުނީ ބަދިގެޔަށް އަންނާށޯ.” އީލާމްއަށް މަންމަގެ އަތުން ދޫކޮށްލެވުނީ އެގޭގައި މަސައްކަތް ކުރާ މީހާ ގޮވައިލުމުންނެވެ. އަދި އަވަހަށް މަންމަގެ އަތުން ދޫކޮށްލާ ނިކުންނަން ހިނގައިގަތެވެ. ހީވަނީ އަމުރެއް އައީ ހެންނެވެ. ބޭރަށް ނިކުންނަމުން ދޮރާއި ހަމައަށް އަރާފައިވެސް ފަސްއެނބުރި މަންމަގެ މޫނަށް ބަލައިލިއެވެ. އަދި އެވަގުތު ލޮލުން ވެއްޓޭން ދިޔަ ކަރުނަ ފޮހެލައި ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ނިކުތެވެ.

” ޑޮކްޓަރ. ކިހިނެއްތޯ ވީ؟” ކާގޭތެރެއަށް ވަންނަމުން އީލާމް ވަރަށް އަދަބު އިހްތިރާމް އާއިއެކު ކާމޭޒު ދޮށުގައި އިށީދެގެން އިން ޑޮކްޓަރ ގާތު އަހައިލިއެވެ. ” އާދޭ ކާން.” ޑޮކްޓަރ ގޮވައިލިއެވެ. ” އަޅުގަނޑު ކާހިތެއް ނެތް.” ރައްދުގައި އިލާމް ބުންޏެވެ. ” އަހަރެންވެސް ކާ ހިތްވެގެންނެއް ނޫނޭ މިކަނީކީ. ބަނޑުހައިވީމައޭ. ” ބަތްސަމުސަލެއް ތައްޓަށް އަޅަމުން ޑޮކްޓަރ ބުންޏެވެ. އަދި ގޮނޑި ދައްކައިލާ އިށީނދެލާށޭ ބުންޏެވެ.

” އީލާމް. އަހަރެންނަކަށް ހިޔެއް ނުވޭ ތިކުރެވެނީ ރަނގަޅު ކަމެއް ހެނެއް. ތިއަށް ވުރެ ރަނގަޅު ވާނެ ކަންނޭނގެ އަހަރެން އަތުން ލޯނެއް ނެގިޔަސް. ” އިސްޖަހައިލައިގެން އިން އީލާމްގެ މޫނަށް ނަޒަރު ހިންގަމުން ޑޮކްޓަރ ބުންޏެވެ. ” މަންމަގެ ވަސީއްޔަތެއް އެއީ މަރުވިޔަސް ލޯނަށް އެއްޗެއް ނުނަގައްޗޭ. ” އެއިން ގޮތަށް އިނދެ އީލާމް ޖަވާބު ދިނެވެ. ” އެކަމްވެސް ތިގޮތަށް މީހަކަށް ގެއްލުމެއް ދީގެން ހޯދާ ލާރިއަށް ވުރެ ލޯނަށް ނަގާ ލާރިވެސް މާ ރަނގަޅު ވާނެ ކަންނޭނގެ. އަހަރެން އެހީވާން ޖެހޭ އެތައް ބައިވަރު ޕޭޝަންޓުން ތިބޭތީވެ އަހަރެންނަށް ލިބޭ ލާރިން ހުސް އެކަނި އީލާމްއަށް ހަރަދެއް ނުކުރެވޭނު.” އަނެއްކާވެސް ޑޮކްޓަރ ވާހަކަ ދެއްކިއެވެ. ” އަޅުގަނޑަށް އެނގޭ ތިކަން. އެހެން ނޫނަސް މިއަދާ ހަމައަށް ހުރިހާ ހަރަދެއް ބަލަހައްޓައި ދިނީ ޑޮކްޓަރ. މަންމައަށް ގަންނަން ޖެހޭ މެޝިންތައް ގަނެދީ. މަންމައަށް ފަރުވާ ކޮށް ދީ. ނުވިތާކަށް އަޅުގަނޑު ރަށު ނެތިލާ މަންމަ ބަލަހައްޓައި ދެނީވެސް ޑޮކްޓަރ. މީ ކޮންމެ ކޮންމެ މީހަކު ކޮށްދޭނެ ކަންތައްތަކެއް ނޫން. ތި އިހުސާންތެރިކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. ޝުކުރިއްޔާ. ” ޝުކުރުވެރިވަމުން އީލާމް ބުންޏެވެ. ” ތިޝުކުރު އަހަރެން ގަބޫލް ކުރާނީ މީގަ ހިފާމަ.” ފްރިޖް ހުޅުވާލައި 2 ލީޓަރގެ ފުޅިއަކަށް އަޅާފައިވާ ފުފޫ ކަނދި ފުޅިއެއް ދިއްކޮއްލަމުން ޑޮކްޓަރ ބުންޏެވެ. އިސާހިތަކު އީލާމްގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުރެހުނެވެ. އޭނާއަށް އެންމެ މީރު އެއްޗަކީ ފުފޫ ކަންޖެވެ. އަދި އޭނާގެ މަންމަ އެންމެ ގިނައިން ކައްކައިދީ ހަދާ އެއްޗަކީވެސް އެއީއެވެ.

” ޝުކުރިއްޔާ ޑޮކްޓަރ. އަޅުގަނޑު މިގޭގަ ހުރެފަ މީތި ބޯލާނަން.” މިހެން ބުނެލަމުން އީލާމް އެފުޅީގެ މަތި ނަގައި ލިއެވެ. އެވަގުތު ފޯނެއް އައުމުން ބަލައިލި އިރު ކިޔާންއެވެ. އީލާމް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ކޮން ހަލޯ ދެލޯ އެއްތަ؟ ކަލޭއަށް އިނގޭތަ ވާ ގޮތް؟ ކަލޭއަކަށްވެސް ނޭނގޭނެ ތަނަކަށް ގޮއްސިއްޔާ އަވަހަށް އަންނާކަށް. މި ލާމިއު މިތަނުން ފޮނުވާ ނުލެވިގެން މިއުޅެނީ ކަލޭ ނައިސްގެން. ފަހޫއަށް ލޭވެސް އެޅިއްޖެ. އެކަމް ކައޭ ނެތީމަ ކިހިނެއް މީނަ ފޮނުވާނީ؟ އެހެން އުޅެނިކޮށް މިމީހުންނަށް ޝައްކުވެސް ވެދާނެ. ކަލޭ ލާރި ބޭނުމިއްޔާ އަވަހަށް އާދެ. ” ހަރުކަށިކަމާއިއެކު ކިޔާން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. އީލާމްވެސް “މިދަނިއްޔޭ” ބުނެ ފޯނު ކަނޑައިލިއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

އިންތިޒާރުގައި ހުރިން 7

Next

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ….

Next
May 29, 2016

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ….

Previews
May 28, 2016

އިންތިޒާރުގައި ހުރިން 7

19 Comments!

  1. Ushaa says:
    May 29, 2016 at 11:55 am

    Vrh lahun dw ushaayah up kurevuny… Sorry Bt aslu Ushaa thnkolheh bxy v… Ekam nxt prt avahah up koh dheynan insha allah.. Heekuran mi prtvx kamudhaane kamah..

  2. Zeek says:
    May 29, 2016 at 12:18 pm

    Varah reethi mi part ves… waiting for next part…☺☺☺

    1. Ushaa says:
      May 29, 2016 at 12:23 pm

      Tnkxx.. Zeek… Kyp waitin. Alhe kon irakunthr Beynunvany kalaage 4th prt… I m waitin nd waitin….

  3. Rasiya says:
    May 29, 2016 at 12:30 pm

    V nyc mi prt vx.. up kuraatho v chk kuran..waiting waiting for next.. aslu v dfrnt idea eh mi ee.. u r outatanding . Lv ushaas strories

    1. Ushaa says:
      May 29, 2016 at 12:35 pm

      Thnxx alot nd Sry evarah wait kurevunyma…. Bt nxt prt avahah up kuraanan Insha allah.. Kyp waitin.. Rasiya…

  4. aff says:
    May 29, 2016 at 12:55 pm

    alhey mi vee kihineh.. Laamiu & eelam e eee twin brothers dhw..kurin vex hywieh jinni kameh nun hen.. anyways ushee story hama habeys.. keep going☺☺

    1. Ushaa says:
      May 29, 2016 at 12:58 pm

      Thnkkk yuhh…Aff… May b twins… Jxt never stop reading stwrii 2 know….

  5. Purplish says:
    May 29, 2016 at 1:24 pm

    u r obiness Ushaa…. and kiyaan ah kaamiyaabu viya nudhehchey……… fahoo n lamiu Enash n Unoosh n Nashaya n Saaim gulhuvahchey………

    1. Ushaa says:
      May 29, 2016 at 1:25 pm

      Thnk yuh so much… Kyp reading ingey 2 know…..

  6. Phy says:
    May 29, 2016 at 1:54 pm

    V kiyaahithun indhaa ninmmaalee heheh…adhives dhigu kohlladheeba hehe..v reethi mivaahaka…waiting for nxt part…

    1. Ushaa says:
      May 29, 2016 at 1:58 pm

      Oww… Sorry ehaa vrh kiyaa hithun hutta ninmaalevunyma…. Nxt prt dhigu kureveytho balaanan… Thnkxxx…..

  7. mesw says:
    May 29, 2016 at 2:07 pm

    elaam akee laamee ge brother kanney dhw sonivettifa meenee missed yu my ushee

    1. Ushaa says:
      May 29, 2016 at 2:10 pm

      Heheheh… Keeve soni vettuny… Avahah fohelaa… Tisue eh dhenthr??? hehehehe… Missed yuhh more Mashyyy…

  8. Anonymous says:
    May 29, 2016 at 3:09 pm

    Story v reethi bt eenash ge baeh nethyma v kada

    1. Ushaa says:
      May 29, 2016 at 3:14 pm

      Thnkxxx Anonymous. Nxt prtga Eenashge baeh genes dheynan. Aslu kuryge prt thkuga fahoomenge baithah madhun genes dhevunyma mihaaru ehaa ginain edhemyhunge baithah migenes dheny…

  9. am says:
    May 29, 2016 at 8:01 pm

    Salhi

    1. Ushaa says:
      May 29, 2016 at 8:03 pm

      Thnkxxxx…

  10. seenu says:
    May 30, 2016 at 12:33 pm

    Vvvvvvv salhiii ushyyy…..waiting 4 the next partt

    1. Ushaa says:
      May 30, 2016 at 12:44 pm

      Thnk yuhhh so much….. Seenyyy.. Dont kyp waitin cox mihaaru 15th prt up koffin…..

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ..(15 ވަނަ ބައި)←


All Right Reserved!