Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 65

Listen to this story Audio · 19:26 Powered by Esfiya Voice
0:00 19:26

ރޭގަނޑުގެ ވަގުތެވެ. އާމިރުގެ އެދުމުގެ މަތިން ކައިލް އާއި އާލިކް އެގެޔަށް ގޮސްފައި އައި އިރު އަކީލް އިނީ އާދައިގެ މަތިން ލިވިންރޫމް ސޯފާގައި އިށީނދެ މަސައްކަތެއްގައެވެ. ކުރިމަތީ އެކު ފައިލު ތަކާއި ހުޅުވާލާފައިވާ ލެޕްޓޮޕެއް ހުއްޓެވެ. ކައިލް ފެނުމުން އަކީލް ލޮލުގައިވި އައިނު ނެގިއެވެ.

“ކެލް އާދެބަލަ…” އަކީލް އިޝާރަތްކުރީ އޭނާ އާއި އެންމެ ކައިރީގައި ހުރި އެކަކަށް އިނދެވޭ ސޯފާއަށެވެ. ކައިލް ގޮސް އިށީނުމާއެކު އާލިކް ގޮސް އިށީނީ ޓީވީ އާއި ކުރިމަތި ވާގޮތަށް އިން ސޯފާގައެވެ. އަކީލް އޭނާގެ ލެޕްޓޮޕް ލައްޕާލުމާއެކު މޭޒުމަތީގައި ހުރި ގަނޑުތައްވެސް ފައިލުތަކަށް ލާން ފެށިއެވެ. އާލިކްއާއި ކައިލްގެ ނަޒަރު އެކަކު އަނެކަކަށް އަމާޒުވިއެވެ.

އަކީލް ހިންދެމިލަމުން ސޯފާގައި ލެނގިލިއެވެ. ކައިލްއަށް ބަލަން އިނދެފައި އޭނާ ވާހަކަ ދައްކަން ތައްޔާރުވިއެވެ.

“ކެލް އަދިވެސް ދުވަސްކޮޅަކަށް މަޑުކުރަން ބޭނުން ވަންޏާ އިހަށް ޖޮބްއަށް ނުގޮސް މަޑުކޮށްލިޔަސް ބައްޕައަށް އޯކޭ…އެކަމަކު މާ ދުވަސް ނުކުރިއްޔާ ރަނގަޅީ…އަސްލު ދައްކަން އުޅުނީ މި ވާހަކައެއް ނޫން…” އަކީލް ވާހަކަ ދައްކަމުން ގޮސް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެވަގުތު ގޭގައި ގެންގުޅޭ ބޭރު ކުއްޖާ ތަބަކަށް ތިން ކޮފީތަށި ލައިގެން އައުމުން އަކީލް ވާހަކަ މެދުކަނޑާލިއެވެ. އެކުއްޖާ ތަބައް ބަހައްޓާފައި ދިއުމުން އަކީލް ކޮފީ ތައްޓެއް ނަގާފައި ކައިލްއާއި އާލިކްއަށްވެސް އިޝާރަތްކުރިއެވެ.

ކޮފީތަށި ނަގާފައިވެސް ކައިލް އިނީ ހިމޭނުންނެވެ. އަކީލް ދައްކަން އުޅެނީ ބޮޑު ވާހަކައެއްކަން ކައިލްއަށް އިހުސާސްވިއެވެ. އޮލިވް ކުލައިގެ ގަމީހަކާއި މުށި ކުލައިގެ ސޯޓެއްގައި އިން ކައިލްގެ ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ.

“އައި ވޯޒް ގޮއިން ޓު ސޭ، ކެލް އާއި ސިއެރާގެ ގުޅުން ކިހާ ހިސާބެއްގަ އޮތީ…؟” އަކީލް އެންމެފަހުން އެހިއެވެ. ކައިލް އިސް ތިރިކޮށްލަމުން ކޮފީތައްޓަށް ނަޒަރު ހިންގާލިއެވެ. އެ މޫނުމަތީގައިވި ޝުއޫރުތައް ތަރުޖަމާކުރަން އަކީލް މަސައްކަތް ކުރިއެވެ.

“އަޅުގަނޑު އިރާއަށް ޖަވާބު ދީފައި ވާނީ…ބައްޕައަށްވެސް ހަމަ ރަނގަޅަށް އެނގޭނުންތޯ އަޅުގަނޑު އެކަން ކުރަން ބޭނުން ނުވާކަން…” ކައިލް ވާހަކަ ދެއްކީ މަޑުން އެހެނަސް ސާބިތުކަމާއެކުއެވެ. އަކީލް އިރުކޮޅަކު އިނދެފައި ބޯ ޖަހާލިއެވެ.

“އަލީމް ގުޅި…ބައްޕަމެންވެސް ބޭނުމެއް ނޫން ކެލްއަށް ޕްރެޝަރ ކުރާކަށް…ޓޭކް ޔުއަރ ޓައިމް ސަން…އެކަމަކު ކެލް މެރީކުރަން ވާނީ ސިއެރާއާ އިނގޭ…! ކެލްއަށް ސިއެރާ ކަމު ނުދަންޏާ މި ފެމިލީއާ އެކަށީގެންވާ އެހެން ކުއްޖެއް ހޯދިދާނެ…ބަޓް ޝީ އިޒް ހަމަ އެންމެ ޕާފެކްޓް…އަލީމް އަކީ ބައްޕަގެ އެންމެ ގާތް ރައްޓެހިން ތެރެއިން އެކަކު…އޭނާ ކުރިމަތީ ބައްޕަގެ އަގު ވެއްޓޭ ވަރު ކަމެއް ނުކުރާތި…” އަކީލްގެ ވާހަކަތަކުގެ ފަހަތުގައިވި މެސެޖު ކައިލްއަށް ނަގައިގަނެވި ކޮފީތައްޓަށް ބާރުކޮށްލެވުނެވެ. އޭނާ އިތުރަކަށް އެއްޗެއް ނުބުންޏެވެ. އަކީލް އަށް ކައިލްގެ ހިމޭންކަން ދޭހަވެއެވެ. އިތުރު އެއްޗެއް ނުބުނެ ފުން ނޭވާއެއް ދޫކޮށްލަމުން އޭނާގެ ނަޒަރު ހުއްޓާލީ އާލީކްއަށެވެ.

“އާލިކްވެސް ތަންކޮޅެއް ހަރުދަނާ ވާންވެއްޖެ…ރަނގަޅު ވަޒީފާއެއްގަ އުޅުނީމަ އަދި ނިމުނީކީ ނޫން…ބައްޕައަށް އެނގޭ އާލިކްގެ ގާލްފްރެންޑް ލިސްޓް ކިހާ ދިގުކަން…އެކަމަކު މިހާރު ތަންކޮޅެއް މެޗުއަރ ވާންވެއްޖެ އިނގޭ…އާލިކް މެރިއޭޖްއަކަށް ދާން ބޭނުންވަންޏާ ބައްޕަގެ އެއްވެސް މައްސަލައެއް ނެތް…އެކަމަކު އެ އަންހެން ކުއްޖާ ވާންވާނެ މި އާއިލާއާއި އެކަށީގެން ވާ ކުއްޖަކަށް…” އަކީލް ވާހަކަ ދެއްކުމުން އާލިކް މަޑުމަޑުން ބޯ ކަހާލިއެވެ. ކައިލް އިނީ ހިމޭންވެފައެވެ. އަކީލް ދެއްކި ވާހަކައެއްގެ ސަބަބުން އޭނާގެ މޫޑު ސަކަރާތްވީއެވެ. އެހެން ނޫންނަމަ މިވަގުތު އާލިކްއާއި ޖެއްސުން ކޮށްލެވުނީހެވެ. މަޑުމަޑުން އިނދެގެން ކޮފީތަށިން ފަހަރަކު ކޯވަރެއް ބޮމުން ދިޔައެވެ.

ލިއާ ގޯތިތެރެއަށް ނިކުމެ ނޫޅޭތާ ތިން ވަރަކަށް ދުވަސްވީއެވެ. ރާޝިދާގެ ކުދި ކިޔުމަކަށް ނިމުމެއް ނާދެއެވެ. ބަދިގެއަށް ވަންނަން ޖެހޭތީ އަބަދު ހުންނަނީ ރުޅިގަދަވެފައެވެ. ވެގެން އުޅޭ ގޮތް އިނގެނީ ހަމައެކަނި ރިހާނަށެވެ. އޭނާ ރާޝިދާ ގާތު ބުނީ ލިއާ ބަލީކަމުގައެވެ. މައިދައިތަ ކެއްކީމަ ކައިގެން އުޅޭ މީހެއްގެ ލަގަބު ލިބެން ބޭނުން ނުވާތީ ހަތަރުވަނައަށް ވީ ދުވަހު ފަތިހު ހަތަރެއް ޖެހިއިރަށް ލިއާ ބަދިގެއަށް ވަނެވެ. ލައިގެން ކާނެ އެއްޗެއް ހެދުމާއެކު އެއްވެސް މީހަކު ހޭލުމުގެ ކުރިން އައިސް ކޮޓަރިއަށް ވަނެވެ.

ލިއާ އެއްވެސް ވަރަކަށް ރިހާނާ ވާހަކައެއް ނުދައްކައެވެ. ރިހާނާ ކުރިމަތި ލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ލިއާގެ މޫނުމަތީ ޖެހި ރޭ ފުރަތަމަ ފަހަރަށް ރިހާން ލިއާ ގާތުން މާފަށް އެދުނެވެ. އެހެން އެ ވީ ލިއާ އޭނާ ރުޅި އެރުވީމަކަމަށް ބުންޏެވެ. ލިއާ ރިހާނަކަށް ޖަވާބެއް ނުދިނެވެ. ރިހާން މާފަށް އެދުމަކުން ވެދިޔަ ކަންތައް ބަދަލު ނުކުރެވޭނެއެވެ. އޭނާގެ ހިތަށް ލިބުނު އަނިޔާއަކަށް ޝިފާއެއް ނެތެވެ. ނުވިތާކަށް އެރޭގެ މައްސަލައިގެ ޒިންމާވެސް މި އެޅުނީ އޭނާގެ ބޮލުގައެވެ. ރިހާން އެ ބުނީ ލިއާ އޭނާ ރުޅިއެރުވުމުން ވީ ގޮތް ކަމުގައެވެ.

ލިއާގެ ދުރުކަން ރިހާނަށް ތަހައްމަލު ކުރަން ދަތިވެއެވެ. އެހެނަސް ހިތުގައިވާ އިހުސާސްތައް ހާމަކުރާކަށް ރިހާން ބޭނުމެއް ނޫނެވެ. ނަމަވެސް އެ މޫނުމަތިން ފެންނަ މާޔޫސްކަމަށް ބަދަލެއް ނާދެއެވެ. މުބާރާތުގެ ފައިނަލަށް ނުދެވުމުން ޓީމް ކެޓީތީ ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ގޭގައެވެ. އެހެނަސް އޭނާ ކޮޓަރީގައި އުޅޭނަމަ ލިއާ ނިކުމެގެން ދެއެވެ. ގަދަ އަތްވަށް މިލާ މޯޅިވަމުންދާ މަލެއް ފަދައިން ލިއާގެ ހަށިގަނޑު ދުވަހަކަށްވުރެ ދުވަހެއް ނިކަމެތިވަމުން އައި މަންޒަރު ރިހާން ދުށްޓެވެ.

އެއް ރެއެއްގެ ވަގުތެވެ. ގަޑިން އެގާރަ ޖެހީއެވެ. ބޭރުގައި އުޅެއުޅެފައި ރިހާން ގެޔަށް އައީ އެއްވެސް ކަމެއް ކުރަން މޫޑު ނެތުމުންނެވެ. މިރޭ ރައްޓެހިންނާއެކު ކޮފީގައިވެސް އޭނާއަށް އިނދެވުނީ ނެގިމަޑުވެފައެވެ. ގޭތެރެއިން މީހެއްގެ ހިލަމެއް ނެތުމުން އެންމެން ނިދީކަން ރިހާނަށް ޔަގީންވިއެވެ. އޭނާގެ ކޮޓަރި އާއި ދިމާލަށް ގޮސް ދޮރު ހުޅުވާލީ މަޑުންނެވެ. ކޮޓަރިއަށް ލަސް ފިޔަވަޅުތަކެއްގައި ވަންނަމުން ދޮރު ތަޅުލިއެވެ. އޭނާ ބަލާލިއިރު ލިއާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އެ ނަފްސުވަނީ ބުނެދޭން ނޭނގޭ ހިމޭންކަމެއްގައެވެ. ކޮޓަރީގެ ހަތަރު ފާރުވެސް އެ ހިމޭންކަމުގައި ބައިވެރިވާކަހަލައެވެ. ރިހާން ކޮޓަރިއަށް ވަނުމުންވެސް ލިއާގެ ސަމާލުކަމެއް ނުލިބުނެވެ.

އިރުކޮޅެއް ވަންދެން ލިއާއަށް ބަލަން ރިހާނަށް ހުރެވުނެވެ. އެހެނަސް ލިއާގެ ސަމާލުކަމެއް ދެންވެސް ނުލިބުނެވެ. ހަށިގަނޑަށް ހަރަކާތެއް ނުގެނައިތާގައި އެ ނަޒަރު ސީލިންގުން ވަކިވެސްނުވިއެވެ. އެ މޫނުމަތީގައި އެއްވެސް އަސަރެއް ނުވެއެވެ. ރިހާންގެ ހިތަށް އުނދަގޫވީއެވެ. ލިއާގެ އެ ދުރުކަމުގެ ސަބަބުން އޭނާއަށް މިހާރު ހަމަޖެހުމެއް ނުލިބެއެވެ.

ހެދުންތައް އަޅުވާފައިވާ ހަރު ކައިރިއަށް ގޮސް ރިހާން ލައިގެން ހުރި ޓީޝާޓު ބޭލިއެވެ. ބެލްޓް ނައްޓާލާފައި ޖީންސް ބާލަމުން އޭނާއަށް އަނެއްކާވެސް ލިއާއަށް ބަލާލެވުނެވެ. ލިއާ އޮތީ އެ އޮތްގޮތަށެވެ. ކުޑަނަމަވެސް ހަރަކާތެއް ކޮށްލިހެން ހީނުވެއެވެ.

ލައިގެން ހުރި ގަޔަށް ފިޓް ބޮކްސާއާއި އެކު ރިހާން ގޮސް އެނދުގައި އިށީނީ ލިއާގެ މޫނަށް ބަލަންހުރެއެވެ. ދެންވެސް ލިއާ ބަލާނުލިއެވެ. އެ އޮތްގޮތަށް އޮތްއިރު ލިއާގެ ފަރާތުން ފެންނަމުންދިޔަ ހަމައެކަނި ހަރަކާތަކީ އެސްފިޔަ ޖަހާވަގުތު ލޯ ހަރަކާތްކޮށްލާ ވަގުތާއި، ލަމުން ދިޔަ ލުއި ނޭވާތަކެވެ. ކޮޓަރީގައިވި ރީނދޫކުލައިގެ އަލިން ރިހާންގެ ފިރިހެންވަންތަ ހަށިގަނޑު ފެންނަމުންދިޔައީ ހިތްގައިމު ގޮތަކަށެވެ. ދެރައީ ލިއާ އެ މަންޒަރަށް ސަމާލުކަން ނުދިންކަމެވެ. ރިހާން މަޑުމަޑުން އޮށޯވެލުމާއެކު ލިއާ އާއި ގާތްވެލީ ލިއާ ބަލާލާނެ ކަމަށެވެ. އޭނާގެ އެ އެދުން ވީ ބޭކާރެވެ.

އިރުކޮޅެއް ވަންދެން ރިހާން ލިއާއަށް ބަލަން އޮތެވެ. ރިހާން އޮށޯވެލި ވަގުތު ލިއާ މޫނު ކުޑަކޮށް އަނެއް ފަރާތަށް އަނބުރާލި ގޮތަށް، އެގޮތުގައި ހަރަކާތެއް ނެތިފައި އޮތެވެ. ރިހާނަށް ބަލާލަން ބޭނުން ނުވާ ކަހަލައެވެ. އެ ދުރުކަން ރިހާންގެ ހިތަށް ދަތިކުރުވިއެވެ. އޭސީގެ ގަދަ ފިނިންވެސް ހިތަށް ފިނިކަމެއް ލިބޭގޮތެއް ނުވިއެވެ. އިރުކޮޅެއް ވީފަހުން، ރިހާންގެ އެއްއަތް ލިއާގެ ގައިމަތިން ގެންގޮސް އަނެއްފަރާތުން ލިއާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އޭރު އެ ލޮލުން ފާޅުވަމުންދިޔައީ ތަފާތު ކުލަވަރެކެވެ. ޖަޒުބާތުގައި ބެހިގެން ދާ މީހެއް ފަދައިން ލިއާއަށް ބަލަން އޮވެފައި މޫނު ގާތްކޮށްލިއެވެ. ރިހާންގެ ހޫނު ނޭވާތައް ލިއާގެ ކަރުދޮށަށް އިހުސާސްވިއެވެ. ރިހާން ލިއާގެ ކަރުދޮށުގައާއި އުފުލިފައިވާ ކޮނޑުކަށިގަނޑާ ދިމާލުގައި ބޮސްދިނެވެ. ލިއާ އެ އޮތްގޮތަށް އޮތީ އިހުސާސްނެތް ބުދެއް ފަދައިންނެވެ. ނަމަވެސް ރިހާންގެ ބޮސްދިނުންތައް ފުންވަމުން އައި ވަގުތު ބަނޑުމަތީ އޮތް އަތްތިލަ މުށްކެވިގެން އައެވެ.

ލިއާގެ ދެފަރާތުން އެނދުގައި ދެއަތް ވިއްދާލުމާއެކު ރިހާން އެ މޫނާއި ދިމާލަށް ތިރިވެލިއެވެ. ލިއާ ބަލާނުލިނަމަވެސް ލިއާގެ ނޭވާ އަވަސްވެގެން އައިކަން ރިހާނަށް ފާހަގަވިއެވެ. މޫނު ގާތްކޮށްލާފައި ރިހާން ލިއާގެ ތުންފަތަށް ބޮސްދިނެވެ. ވާހަކަ ދެއްކުމެއް ނެތި އޭނާ ލިއާއަށް ބޭނުންވެފައިވާކަން އަމަލުން ހާމަކުރަމުންދިޔައެވެ. އޭނާގެ އެ އަމަލަށް ލިއާގެ ފަރާތުން އިޖާބައެއް ނުލިބުނެވެ. ނަމަވެސް ރިހާން ހުރީ ހުއްޓާ ގޮތަކަށް ނޫނެވެ. އެ ބޮސްދިނުން ފުންވަމުން އައިސް ލިއާގެ މޫނުގެ އެއްފަރާތުގައި ހިފާއްޓާލެވިފައިވާ އަތުން ހިސާބަކަށް ހާމަވެފައިވާ ލިއާގެ ކޮނޑުގައި ބީހިލިއެވެ. އަދި އިނގިލިތަކުގެ ކޮޅާއި ހަމަޔަށް ބީހިލުމާއެކު ރިހާންގެ އަތް އަޅުވާލީ ލިއާގެ ހިމަ އުނަގަނޑުގައެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. ލިއާ ލައިގެން އޮތް ޓީޝާޓްކޮޅުގެ ތެރެއިން ރިހާންގެ އަތް އެއްވެސް ހުރަހަކާނުލާ ހަމުގައި ބީހިލި ވަގުތު ލިއާ ތެޅިގަނެފައި ތެދުވެއްޖެއެވެ. ރިހާންއަށްވެސް ތެދުވެވުނީ ވީގޮތެއް ނޭނގިގެންނެވެ.

“ދުރަށް ދޭ…އަހަރެން ބޭނުމެއް ނޫން…!” ރިހާނަށް ބަލާލުމެއް ނެތި ލިއާ އުޅުނީ އެނދުން ފުންމާލައިގެން ދުއްވައިގަންނާށެވެ. ނަމަވެސް ހަށިގަނޑުގެ އެދުން ފުދޭގޮތް ނުވުމުން ރިހާނަށް ރުޅި އާދެވި، ލިއާއަށް އެނދުން ނުފޭބެވެނީސް އެ އަތުގައި ހިފާ ދަމައިގަނެއްޖެއެވެ. ލިއާ ވެއްޓުނު ވަގުތު އެ މޫނު ޖެހުނީ ރިހާންގެ ހާމަވެފައިވާ މޭމަތީގައެވެ.

“އަހަރެން ބޭނުންވެފަ ހުރިކަން އެނގޭތީ އަހަރެން ލައްވާ އާދޭސް ކުރުވަންތަ ތިއުޅެނީ…؟” ރިހާން ރުޅިވެރިކަމާއެކު އެހިއެވެ. ލިއާ މަސައްކަތްކުރަމުން ދިޔައީ ރިހާންގެ އަތުތެރެއިން ނިކުންނާށެވެ. ރިހާންގެ ސުވާލަށް ޖަވާބު ދިނުން އޭނާއަށް މުހިއްމެއް ނޫނެވެ. އޭނާގެ އަމަލުތަކުން އެ ހަށިގަނޑުގައި ރިހާން ބީހެން ނޭދޭކަން އަންގައިދެއެވެ. އެހެން އުޅުނުއިރު ރިހާންގެ ހަށިގަނޑަށް އެވަގުތު އައިސްފައިވި ބަދަލުތައް ލިއާއަށް ނަގައިގަނެވުނެވެ. ކުރިޔަށްވުރެ ބޮޑަށް އޭނާ ތެޅިފޮޅުނެވެ.

ރިހާންގެ ހަށިގަނޑުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން މިވަގުތު އެހެން އިތުރު ކަމަކާ ވިސްނާކަށް ބޭނުމެއް ނުވިއެވެ. ލިއާ އެނދުމައްޗަށް ވައްޓާލުމާއެކު ރިހާން ލިއާގެ ދެއަތުގައި ހިފަހައްޓާލާ ހައްޔަރުކޮށްލަމުން އެ މޫނާއި ދިމާލަށް ތިރިވިއެވެ. ރިހާން ހިފައްޓާފައި ހުރިލެއް ބާރުކަމުން ލިއާގެ އަތުގައި ރިހެމުންދިޔައެވެ. އޭނާ ތެޅިފޮޅެމުން ދަނިކޮށް ރިހާން އަނެއްކާވެސް ގާތްވެފައި އެ ތުންފަތުގެ މީރުކަން ލިބިގަތެވެ. މިވަގުތު ލިއާގެ ރުހުން ހޯދަން މަސައްކަތްކުރުމަށްވުރެ އެ ހަށިގަނޑުގެ ހައިހޫނުކަން ފިލުވަން ރިހާން ކެތްމަދުވެފައި ވެއެވެ. އިރުކޮޅެއް ފަހުން އޭނާ ނުވިސްނާ ހުއްޓާ ދުރުވެލި ވަގުތު ލިއާ ތެޅިގަތުމުން ލިއާގެ މޫނުގެ އެއްފަރާތުން ރިހާންގެ ނޭފަތާއި ދިމާލުގައި ޖެހުނެވެ. އެވަގުތު ވީ ތަދުން ރިހާނަށް ލިއާގެ އަތަށް ދޫ ދެވުނެވެ. ލިއާއަށް ތަދުވި ނަމަވެސް ދަނޑިވަޅު ބަލާފައި ތެދުވެ، ހިސާބަކަށް ކޮނޑުން ބޭލިފައި އޮތް ޓީޝާޓު ރަނގަޅުކުރަމުން ދުއްވައިގަތެވެ.

ރިހާނަށް އެނދުން ފޭބެންވާއިރަށް ލިއާގޮސް ފާހަނައަށް ވަދެ ތަޅުލައިފިއެވެ. ލިއާއަށް އެހާ ބޭނުންވެފައި ހުރި ވަގުތެއްގައި ލިއާ ކަންތައް މިކުރި ގޮތުން ރިހާން ރުޅިގަދަވާގޮތްވިއެވެ. ލިއާއާއި ދޭތެރޭ އޭނާއަށް ކަންތައް ކުރެވުނު ގޮތާއި މެދު ރިހާން ވިސްނާކަށް ބޭނުމެއް ނުވިއެވެ. ލިއާއާއި ގާތްވެވުނު ވަގުތުކޮޅަށްފަހު ހަށިގަނޑުގެ ލޭ ދައުރުވުން ވަނީ އިންތިހާއަށް އަވަސްވެފައެވެ.

އެނދުން ފައިބެގެން އެ ދިޔަ ގޮތަށް ރިހާން ގޮސް ފާހަނައިގެ ދޮރު ކުރިމަތީ ހުއްޓުނެވެ. ތަޅުގައި ހިފާ އަނބުރާލިއިރު ދޮރު ހުރީ ތަޅުލާފައެވެ. “ލިއާ މި ދޮރު ހުޅުވާ…! ނޫނީ ދޮރު ވައްޓާލަންވީތަ…؟” ރިހާން ދޮރުގައި ޖަހާލީ ބާރަކަށެވެ. ނަމަވެސް ލިއާގެ ހަބަރެއް ނުވިއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލުމާއެކު އޭނާ ގޮސް އަލަމާރި ދޮރު ހުޅުވާލިއެވެ. އޭގައި ހުރި އެއްޗެހި ހާވަން ފެށީ ކޮންމެސް އެއްޗެއް ހޯދާ ފަދައަކުންނެވެ.

ފާހަނައިގައި ހުރިއިރު ލިއާއަށް ރޮވެމުންދިޔައެވެ. އޭނާގެ ހިތާއި ނަފްސުވެސް ރިހާނާ ގާތްވުމަށް ދެކޮޅު ހަދަމުންދިޔައެވެ. ހިޔާލުތައް ގިނަވެފައި ވާއިރު ބޯ ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އިރުކޮޅަކު ރޯން ހުރެފައި ލިއާ ގޮސް މޫނުދޮންނަ އިސްކުރު ކައިރިއަށް ހުއްޓުނެވެ. ދެއަތް ފުރާ ފެންގޮއްޓެއް އަޅާލުމާއެކު މޫނު ދޮވެލިއެވެ. ދިލަކަން އެކުލެވިގެންވި ލޮލަށް ފިނިކަމެއް ލިބުނެވެ. ނަމަވެސް ރުއިމުގެ ސަބަބުން ހަށިގަނޑަށް ވަނީ ވަރުބަލިކަން ވެރިވެފައެވެ. ލިއާ އޭނާގެ އަންނައުނުތައް ވަކިކޮށްލުމާއެކު ގޮސް ޝަވަރ ދަށަށް ހުއްޓުނެވެ. އިސްތަށިގަނޑުގައި ޖަހާފައިވާ ވޫލްކޮޅު ނައްޓާލުމާއެކު އޭނާ ޝަވަރ ދޫކޮށްލިއެވެ. އަވަހަކަށް ފާހަނައިން ނިކުތުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާގެ ހިޔާލުގައިވަނީ ރިހާން ނިދުމުން ފާހަނައިން ނިކުތުމެވެ.

އެތައް އިރެއް ވަންދެން އޮހެމުންދިޔަ ފެންތަކުތެރޭ ހިޔާލުތަކަށް ގެއްލިފައިހުރި ލިއާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ފާހަނަ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. އޭނާގެ ދެލޯ ބޮޑުވެގެން އައެވެ. ފާހަނައަށް ވަދެގެން އައި ރިހާންގެ މޫނުގައި ވަނީ ރުޅިވެރިކަމެވެ. ލިއާއަށް ބޭއިހްތިޔާރުގައި ދެއަތް މޭމަތީ ހުރަސްކޮށްލެވުނެވެ. ރިހާން ގާތަށް އަންނަން ފެށުމުން ލިއާއަށް ޖެހެވުނީ ފަހަތަށެވެ. ރުޅިވެރިކަމާ އެއްވަރަށް ރިހާންގެ މޫނުމަތިން ފެންނަމުންދިޔަ ކެތްތެރިކަން ކޮޅުންލާފައިވާކަމުގެ އަސަރާއެކު ލިއާގެ މުޅިގައިން ހީބިހި ނަގައިގަތެވެ.

ތެމިފައި ހުރިއިރު ލިއާ ފެންނަލެއް ފުރިހަމަކަމުން ރިހާންގެ ހިއްސުތަކުގައި ރޯވެފައިވާ ހުޅުގަނޑު އިތުރަށް އަނދަން ފެށިއެވެ. މުޅި ހަށިގަނޑު ލިއާއަށް ބޭނުންވެ ކެތްކުރަން ދަތިވާވަރު ވެއްޖެއެވެ. ރުޅީގައި އޭނާ ބުނަން ބޭނުން ކިތައްމެ އެއްޗެއް ހުއްޓެއް ކަމަކު މިވަގުތު އިސްކަން ދެވުނީ އަރުގައިވި ކަރުހިއްކުން ފިލުވުމަށެވެ. ލިއާއާއި ގާތްނުވެވޭތާ ދުވަސްކޮޅެއް ވެފައި ވުމުން އެ އަރާމަށް ރިހާންވަނީ ފެންބޮވައިގަނެފައެވެ. ފަހަތަށް ޖެހެމުންދިޔަ ލިއާގެ އަތުގައި ހިފާ ދަމައިގަތުމާއެކު ލިއާގެ ކޮނޑުގައި ހިފާ ފާރުގައި ޖައްސާލީ ސިކުންތުކޮޅެއް ތެރޭގައެވެ. އޭރު ޝަވަރުން އޮހެމުންދިޔަ ފެންތަކުން ރިހާންވެސް ތެންމާލައިފިއެވެ. ރިހާންއާއި ފާރާއި ދެމެދު ފިތިފައި ލިއާހުރިއިރު އެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ނޭނގޭ ކުލަވަރެކެވެ. ރިހާން ގާތްވާން ނޭދޭކަން އެ މޫނުމަތިން ހާމަވެއެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދިނުމެއް ނެތި ރިހާން ލިއާގެ ރަތްވެފައިވާ ދެތުންފަތް ގައިދުކޮށްލައިފިއެވެ.

ހިނދަކަށްވުރެ ހިނދެއް ރިހާންގެ އަމަލުތައް ފުންވަމުން އައެވެ. ލިއާގެ ދެކޮޅު ހެދުމާއެކުވެސް ރިހާން އޭނާގެ އަމަލުތައް ނުހުއްޓިއެވެ. ފާހަނައިގައި ގާތްވެވެމުންދާ މިންވަރުން ރިހާނަކަށް ނުފުދުނެވެ. ކެތްތެރިކަން ކޮޅުންލައިގެންދާ ގޮތްވުމުން ލިއާގެ ހިމަ އުނަގަނޑުގައި ހިފާ އުރާލުމާއެކު ހިނގައިގަތީ ފާހަނައިން ނިކުންނާށެވެ. އެވަގުތު ލިއާގެ ލޮލުގައި އަޅައިގަތީ ދޮރަށް ޖަހާފައި އިން ޑަބަލް ކީއެވެ.

އެނދުމައްޗަށް ލިއާ ވައްޓާލުމާއެކު ރިހާން ގާތްވެލީ ދެމެދުގައި އޮތް ހުރިހާ ދުރުމިނެއް ނައްތާލަމުންނެވެ. ލިއާ ބޭނުން ނުވި ނަމަވެސް ރިހާން ހުއްޓުވޭ ގޮތެއް ނުވިއެވެ. ލިއާގެ އެއްބާރުލުން ލިބޭގޮތް ނުވުމުން ރިހާންގެ އަމަލުތަކުން ހަރުކަށިކަން ފާޅުވިއެވެ. ނުރުހުންވެފައި އޮވެވެސް، ރިހާންގެ އަމަލުތަކުން ތަދު އިހުސާސްވާން ފެށުމުން ލިއާ އެންމެފަހުން ގަދަކަން ދެއްކުން ހުއްޓާލީ ހަށިގަނޑުން ހަކަތަ ހުސްވާން ފެށުމުންނެވެ.

ފުން ނިދީގައި ރިހާން ވީއިރު ލިއާ އޮތީ އަނެއްފަރާތަށް އެނބުރިގެންނެވެ. ރިހާންގެ އެއް އަތުން ލިއާގެ އުނަގަނޑުގައި އަޅުވާލާ ގާތްކޮށްލައިގެން އޮތްއިރު ލިއާއަށް އޮވެވުނީ އުނދަގޫވެފައެވެ. ރިހާން ނިދައިފިކަން ޔަގީންވުމުން ލިއާ ތެދުވިއެވެ. އަވަސް ހިނގުމެއްގައި ގޮސް ފާހަނައަށް ވަދެފައި ނިކުތީ ގައިގައި ތުވާލި އޮޅާލައިގެންނެވެ. އަލަމާރި ކައިރިއަށް ގޮސް ނިދާހެދުމެއް ނަގާ ލުމަށްފަހު ޑްރެސިން ޓޭބަލް ކައިރިއަށް ގޮސް ހެއަރ ޑްރަޔަރ ނަގާ އިސްތަށިގަނޑު ހިއްކާލިއެވެ. ހަށިގަނޑުގައި މަޑު ރިހުމެއް އުފެދިފައިވީއިރު ހަރަކާތްތަކުގައި ވަނީ ލޮޑުކަމެވެ. ތެދުވެ އުޅުންވެސް ލިއާއަށް ބުރައަކަށް ވެފައިވާކަހަލައެވެ.

ލިއާ ގޮސް ސައިޑް ކަބަޑު މަތީ އޮތް ފޯނު ނެގިއެވެ. ނިދާފައި އޮތް ރިހާނަށް ބަލާލާފައި ލިއާ މަޑުމަޑުން މުށިތައްމަތީ އިށީނެވެ. ފޯނުން އިންސްޓަގްރާމަށް ވަނުމާއެކު އިރުކޮޅަކަށް ލިއާ މަޑުޖެހޭގޮތްވިއެވެ. އެ މޫނުމަތިން ފާޅުވަނީ ހިތްދަތި އަސަރެކެވެ. އޭރު ލިއާގެ އިނގިލިތައް ތުރުތުރު އަޅަން ފަށައިފިއެވެ. ރޮވެން ފެށިކަން އެނގުނީ ލޮލުން ފޭދުނު ކަރުނަތައް ކޯތާފަތްމަތީ ބީހިލުމުންނެވެ. ލިއާ ހުޅުވާލީ ބްލޮކް ލިސްޓެވެ.

އޭގައި ބްލޮކް ކޮށްލެވިފައިވާ އައިޑީއަށް ބަލަން އިންއިރު އެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އިތުރުވެއްޖެއެވެ. ފަސްއަހަރު ފާއިތުވެ ދިޔައިރު އެ ނަމަށް ބަލަން އިނދެވުނު މީ ފުރަތަމަ ފަހަރެވެ. އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކޮށް، އެ ނަން އޭނާގެ ދިރިއުޅުމުން އެއްފަރާތްކޮށްލިތާ، ފަސްއަހަރު ވީއެވެ. އެތައް އިރެއް ވަންދެން އެ އައިޑީއަށް ބަލަން އިނދެފައި ލިއާގެ އިނގިލިތައް ހަރަކާތްކޮށްލިއެވެ. އޭނާއަށް ސްކްރީންގައި އިނގިލި ޖައްސާލެވުނީ ‘އަންބްލޮކް’ މިހެން ޖަހާފައިވާ ނިޝާނުގައެވެ.

ދެމީހުންގެ ކޮންވަޒޭޝަނަށް ލިއާ ވަނެވެ. އެންމެފަހުން ފަސްއަހަރު ކުރިން ލިބިފައި އިން މެސެޖަށް ބަލަން އިން އިރު ލޮލުތެރޭ ކަރުނަތައް ބޮނޑިވެ ސްކްރީން ނުފެންނަ ވަރު ވެއްޖެއެވެ. ލިއާގެ އިނގިލިތައް މަޑުމަޑުން ތުރުތުރު އަޅާލިއެވެ. އޭނާ އެއްޗެއް ލިޔުނެވެ. ނަމަވެސް ހިޔާލު ބަދަލުވެގެން އަނެއްކާވެސް އެ ފޮހެލައިފިއެވެ. ފަސް އަހަރު ފަހުން އޭނާ ވަކި ބުނާނީވެސް ކީކޭހެއްޔެވެ؟ މިވަގުތު އޭނާ އެންމެ ވާހަކަ ދައްކަން ބޭނުންވެފައިވި ފަރާތަކީ ފަސް އަހަރު ވަންދެން އޭނާ ހަނދާން ނައްތާލަން މަސައްކަތް ކުރި ފަރާތްކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ލިއާ ލިޔުނީ އެންމެ ލަފްޒެކެވެ.

“ކައިލް…”

ފޮނުވާލެވުނު މެސެޖަށް ބަލަން އިން ލިއާ އިނީ އެސްފިޔަ ޖަހާނުލައެވެ. މެސެޖު ދިޔަ ކަމުގެ ނިޝާން އެރިހާއިރުން އެގޮތުގެ މަތިން ފަސްއަހަރުގެ ހަމަހިމޭންކަން ފުނޑުފުނޑުވެގެން ހިނގައްޖެއެވެ.

ފާހަނައިން ފެންވަރައިގެން ނިކުތް ކައިލް ހުދު ތުވާލިކޮޅުން ބޮލުން ފެން ފޮހެމުން ކަނދުރާގައި އަޅުވާލިއެވެ. އާލިކްއާއި ދެމީހުން ވާހަކައެއްގައި ތިބެފައި ކޮޓަރިއަށް ކައިލް އައީ އާލިކް ނިދަން ވަނުމުންނެވެ. ނިދުމުގެ ކުރިން ފެންވަރަން އާދަވެފައިވާ ކައިލް ފެންވަރާލައިގެން ނިކުތް އިރު މުޅި ކޮޓަރިތެރެ މީރު ވަހަކުން އެއްވަސްވެއްޖެއެވެ. އެވަގުތު އެނދުމަތީ އޮތް ފޯނު ވައިބްރޭޓް ވެލުމާއެކު ސްކްރީން ދިއްލުނެވެ. ކައިލްގެ ފަރުވާލެއް އެކަމަކަށް ނެތެވެ. ފާރުގައި ރީތި ޑިޒައިނަކަށް އެތެރެއަށް ކަނޑާ ނަގާފައިވާ ދިމާލުގައި ބަހައްޓާފައިހުރި ސެންޓް ފުޅިތަކުން ފުޅިއެއް ނަގާ ގައިގެ އެކި ދިމަ ދިމާލަށް ސްޕްރޭ ކޮށްލިއެވެ.

އެނދާއި ދިމާލަށް މިސްރާބު ޖެހި ކައިލްގެ އިސްތަށިކޮޅު އޭސީގެ ވަޔާއި ހެލިލިއެވެ. ބެޑް ލޭމްޕް ނިއްވާލަން ދިޔަ ކައިލްއަށް ފޯނަށް ނަޒަރެއް ދެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް މުޅި މީހާގެ ހަރަކާތް ހުއްޓުނެވެ. ފޯނަށް ބަލަން ހުރި ކައިލްއަށް ލޯ ހަނިކޮށްލެވުނެވެ. އޭނާއަށް ހީވީ އެ ދެލޯ އޭނާއަށް ކެހިދެނީ ހެންނެވެ. ފެންނަމުން ދިޔަ މަންޒަރު ބަދަލުވެދާނޭ ހީވެ އަވަސް ހަރަކާތާއެކު ކައިލްއަށް ފޯނު ނެގުނެވެ. އަނެއްކާވެސް ފަރުވާތެރި ނަޒަރަކުން ފޯނަށް ބަލާލިއެވެ.

ލިއާ…

ކައިލްގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެއްޖެއެވެ. ސްކްރީނަށް ބަލަން ހުރި ގޮތުން ހީވަނީ ހަތްވަނަ އަޖައިބު ފެނިގެން ބަލަން ހުރިހެންނެވެ. ދެ ލޯ ވަނީ ބޮޑުވެފައެވެ.

“ވަޓް…!” ކައިލްއަށް ނޭނގި ބުނެވުނެވެ. ފޯނު އަންލޮކް ކޮށްލުމާއެކު ފުރަތަމަވެސް އޭނާއަށް ހުޅުވާލެވުނީ އިންސްޓަގްރާމެވެ. އޭނާއަށް ފެނުނީ ރަނގަޅަށެވެ. އެ ކުރުކުރު މެސެޖު އެގޮތުގައި އިނެވެ. ކުރުކުރު އެންމެ ލަފްޒެކެވެ. އޭނާގެ ނަމެވެ.

ހަރަކާތްތައް ގަނޑުވެފައި ހުރި ކައިލްއަށް ފޯނަށް ބާރުކޮށްލެވުނެވެ. ފަސް އަހަރު ވަންދެން ލިއާގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ދުރުގައި ހުންނަން ނިންމި ނިންމުމަށް ސިއްކަ ޖެހުނު ކަމުގެ އިހުސާސް ކައިލްއަށް ކުރެވުނީ އެ މެސެޖު ފެނިފައެވެ. ހިތް ތެޅެމުން ދިޔަ ހަލުވި މިނުން ދެންމެ ދެންމެ މޭފަޅާ ނިކުމެދާނެ ކަހަލައެވެ. ސިކުނޑިން ވިސްނުމުގެ ބާރު ކެނޑިފައި ވާ ކަހަލައެވެ. ކައިލްއަށް އެނދުގައި އިށީނދެވުންއިރުވެސް ނޭނގުނެވެ. ކައިލްގެ ބޮޑުވައި އިނގިލި ހަރަކާތްކޮށްލުމާއެކު ފިތާލެވުނީ ގުޅަން އިންނަ ނިޝާނަށެވެ. އޭނާ އެންމެ ސިކުންތަކުވެސް މަޑެއް ނުކުރިއެވެ. ކުޑަކޮށްވެސް ފަސްޖެހުމެއް ނެތެވެ. އޭނާ ލިއާއަށް ގުޅީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. shav

    OMGG RIHAAAN 🤬🔪
    ATHU JEHIJJEYA HAMA THALHAA KUDHI KOLLAANAN. HAMA JEHEYTHA LIA AH EHEN HADHAN 😡😤
    AND OMG OMGG LIA TEXTED OUR KYLEEEE OMGGGG 💗🎉🥳 Celebrate kuraa kahala kameh ingey. Can’t wait then oiy ep ah. Ekm i think rihaan gandu heylaani kanne kyle gulhyma 😬 and lia ah aniyaa kuraani 🥲
    Please don’t do that inge 😭🙏 I’m begging youuu 🙏🙏🙏 please let lia n kyle meet even for a second. 🙏
    But first this akeel ah ves gotheh hadhan jehey eba. Bro is pissing me off too 😑🙄
    Anywayss mi part hama the best as always. Keep it up girrll! Fighting! ✊️

    1. Lavender
      shav

      From threatening Rihan to celebrating Leah texting Kyle, the emotional rollercoaster is REAL 💀🤭 And not Akeel catching strays too 🤣🤣 Nobody is safe in this comment section 😭💗

  2. Zauna

    I regret reading this too early 😭 . I can’t wait for the next part now🥲

    1. Lavender
      Zauna

      So happy you’re enjoying the story 💗 Thank you for readinggg 💗 I promise the wait won’t be long 🖤🥀

  3. Anonymous

    rihaan bodu findi gandu Kaley heekurany keekey kamah tha
    BUT OH MY GOD FINALLY LIA TEXTED KYLE IM SO EXCITED rihaan dheke aissa huri rulhi gandu mathin ves hadhaan nethijje e part kiyaairah
    RIHAAN START COUNTING YOUR DAYS KYLE AH ENGEY DHUVAHU KALEY ROLAA KAALAANE

    1. Lavender
      Anonymous

      Ahahah Leah texting Kyle really made everyone forget Rihan for a second 💀🤭 And the way you’re already preparing Rihan for Kyle’s reaction 🤣💗 I love your excitement 🤭🖤🥀

  4. Nadhoo

    Omg heeves nukuraa kameh what a twist lia message kuri ey kail ah. lia ge kehtherikan kolhun li kan neygey dho? Lia ah ves ingey e narakain salaamah koh dheveyni kail ah ekanikan. Waiting for nexxt

    1. Lavender
      Nadhoo

      Yeah maybe she finally reached the point where she couldn’t keep everything to herself anymore
      And of course Kyle is the person she thought of 🖤🥀

  5. Kiwi

    Girl dhen emme sikuntheh ves madeh nukureveyne aneh eps nukiyaeh.

    1. Lavender
      Kiwi

      I hope I can get the next part out soon 💗
      Thank you for being this excited for the storyyy 🖤🥀

  6. Pumpkin🎃

    that rihaan is so annoying 🙄and he has no right to force her even she is his wife😤
    Eyna athugehuneeyaa hama kukulheh hen nonalaahiyyvanee🔪
    Adhi eyna amilah unreaonablevefa
    Ehenmeehun blamekuranee
    OMG OUR LIA MESSSAGED KYLE😲
    Kyle come rescue lia from reehan😭
    Mi part ves vrh reethi🤗
    Very curious to know what happen😊

    1. Lavender
      Pumpkin🎃

      Leah finally texted Kyle NOW WE WAIT FOR OUR MAN TO CLOCK IN 😮‍💨🖤🥀

  7. alee saee

    Waiting mirey new part kiyaalan libeyne kamah🙂

    1. Lavender
      alee saee

      Soon In Shaa Allaah ☺️

  8. Shiu

    Mi part vs varah reethi Masha Allah 🤩
    Istg this rihaan gandu athu jehijjeyya maraalaanan huvaa mibuny, like piss me of urgh, 😤 cheat koffa vx Leah kujjah mi lame kurany. Leah avahah e rihaakuru kairin divorce vaan ulhey.. And this Akeel gandu vx dhw, meena vx maa matheega ulhuvvaa beyfulhekoa meen🙄… OMGGG LEAH TEXTED KYLE, HOLY MOLY 🤯 FINALYYYY.. Kyle to the rescue, hehe 😅 I was expecting Leah to text Kyle though.. and I thought e rihaakuru gandu kairin divorce vaane kamah eyge kurin, but I like it more now that Leah texted Kyle.. Btw where’s Kaira? Missed her. 😁
    When Next?? Curiously waiting for the next part
    Ly Darl 💕

    1. Lavender
      Shiu

      Hehe Rihan and Akeel really know how to get on everyone’s nerves 😭💀
      Yeah Leah finally texted Kyle!! 🤭 Also, I’m glad at least one of you remembered Kaira hehe 😭💗 She hasn’t been forgotten I promise!
      Ly too darl 🖤🥀

  9. Aimi

    Cumon lia. Kyle aa vaahaka dhakka. And tel him lia balaa annaaashey. ❤️❤️Kyle mirey thi rashah dhaane hen haadha heeveye❤️🙈
    Thi rehaan gandu ulhey gotheh dhw?? Size vaathaa. Balan mithibeee.

    1. Lavender
      Aimi

      Ahaha 😭😭 Everyone is waiting for Kyle to show up and humble Rihan’s ego 💀🤭 Let’s see what Leah tells himmm 💗

  10. Naaii

    Vaahakaa ehvarah comment section ves hama foari gadha ey dho. Last episode ga reehan ah rihaakuru bahtelives kiyaafa in eh comment ehga eythu kiyaafa hee hee halaaku. 🤣 varah avas kohlahchey kiyaahithun nuves nidheyne.

    1. Futtaki
      Naaii

      Not only last ep… mi stry feshunyssure ma e rihaanu gadah kiyany rihaakuru baiy theli

    2. Lavender
      Naaii

      Ahaha the comment section is a whole different level of chaos 😭💀 I’ll try to update soon loveee!
      Don’t lose sleep over Rihan 🤣💗

  11. laishyy_.

    OMG…. Kyle avahah Leah gendhey.. I have a feeling rihaan kairin salaamaii veveyrah hurahakah vaanee Akeel hen… waiting for nxtttt… Vrh vrh vrhhh nice mi part vx

    1. Lavender
      laishyy_.

      AHAHA NOT AKEEL TOO 😭💀 Kyle better hurry uppp 🤭💗

Comments are closed.