Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 64

Listen to this story Audio · 14:32 Powered by Esfiya Voice
0:00 14:32

ލިއާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެމީހުންގެ އަމަލުތައް ހައްދު ފަހަނައަޅާފައި ވަނީކީ ނޫނެވެ. އެހެންވިޔަސް އެމީހުންގެ ހަރަކާތްތަކުގައި އެއްވެސް ޖެހިލުންވުމެއް ނެތެވެ. އެކަކު އަނެކަކުގެ ގައިގަ ޖެހެމުން ދިޔައިރު ހިލޭ ދެމީހުންކަން ހަނދާން ނެތްކަހަލައެވެ. ރިހާންގެ ލޮލުން ލޯތްބާއެކު އެހެން އަންހެނަކަށް ބަލަމުން ދިޔަ މަންޒަރަށް ލިއާ ހިމޭންކަމާއެކު ބެލިއެވެ. އިރުކޮޅެއް ވަންދެން ލިއާގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީ އޭނާގެ ލޯ އޭނާއަށް ކެހިދެނީ ކަމުގައެވެ. ކުރިމަތިން ފެންނަމުން މިދަނީ އޭނާގެ ފިރިމީހާ ނޫންކަމުގައެވެ. ނަމަވެސް އެ މަންޒަރު ދެކެން ކައިރީގައި އެހެން ދެ ލޯ ވެސް ހުރުމުން ލިއާއަށް އެ ހިތި ހަގީގަތް ގަބޫލު ކުރަން މަޖުބޫރުވެއްޖެއެވެ.
ކުރިމަތީ އެހެން އަންހެނަކާ ސަކަރާތް ޖަހަމުން އެދަނީ އޭނާގެ ފިރިމީހާއެވެ. ފަސްއަހަރު އެމީހަކަށްޓަކާ ލިއާ ގުރުބާންވަމުން ދިޔަ ފިރިމީހާއެވެ. ހިތުގައި އުފެދޭ ޝަކުވާތައް ހާމަކުރުމެއް ނެތި ލިބެމުންދާ ނަފްސާނީ އަނިޔާތަކަށް ކެތްކުރަމުން އެމީހަކާއެކު ދިރިއުޅެން މަސައްކަތްކުރި އޭނާގެ ފިރިމީހާއެވެ. ލިއާގެ ދެ ތުންފަތް މަޑުމަޑުން ހުޅުވުނެވެ. އަޖައިބުވީ ކަމަކީ އެ މަންޒަރު ފެނި ލިއާއަށް ރުޅި ނާދެވުން ކަމެވެ. ބަދަލުގައި ހިތަށް ވެރިވީ ބަޔާން ކުރަން ނޭނގޭ ބަރުކަމެއްގެ އިހުސާސެވެ.
ލިއާ އެނބުރި ދާން ހިނގައިގަތުމުން ފަހަތުން ލައިބާވެސް އައި އިރު އެ މޫނު ވަނީ ރުޅިން ފުފިފައެވެ. މިއިން ކަމެއްގެ ހިލަމެއް ނުވާ ހާލު ރިހާން މަޖާވެލާފައި އެ އަންހެން ކުއްޖާއާއި ވާހަކަ ދައްކަމުން ދިޔައެވެ. އެހެން އަންހެނެއްގެ ޖާދޫގައި ޖެހިފައި އިންވަރުން އޭނާގެ ހިޔާލެއް ފިކުރެއް ނެތެވެ.
“ދެންމެ އެދިޔަ އަންހެން ކުއްޖާ ހާދަ ވަރަކަށޭ މިތާ ހުރެފަ މިދިމާލަށް ބަލާފަ އެދިޔައީ…” ރިހާން ގާތު އިން އަންހެން ކުއްޖާ ކެފޭގެ ތިރީ ފާރުމަތިން މަގަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
“ކާކުތަ…؟” ރިހާން ފަރުވާކުޑަ ގޮތަކަށް މަގަށް ނަޒަރު ހުއްޓާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހުއްޓުން އަރައިފިއެވެ. ކުރިން ހަނިކޮށްލެވިފައިވި ދެލޯ ތަންމިނަށް ހުޅުވުނެވެ. ފުރަގަހުން ފެނުނު ނަމަވެސް އެ އަނަރޫފަ ވެފައިވާ ހަށިގަނޑާއި އިސްޖަހާލައިގެން ހިނގާފައި ދިޔަ ގޮތުން ރިހާނަށް އެއީ ކާކުކަން އެނގިއްޖެއެވެ. އެވަގުތު އިނދެވުނު ތަންވެސް އޭނާއަކަށް ނޭނގުނެވެ.
“ލިއާ…؟” ރިހާންގެ ތުންފަތް ފޫ އަޅުވާލާފައި ވައި އަޑަކުން ނިކުތެވެ. އޭނާއަށް ބެލެމުން ދިޔައީ ލޯމަތިން ލިއާ ގެއްލިގެން ދިޔަ ދިމާލަށެވެ. އަވަސްއަވަހަށް ގޮނޑިން ތެދުވެވުނު ރިހާނަށް ފާރުމަތިން މީހެއްގެ ހިލަމެއް ނެތް މަގަށް ނަޒަރު ހުއްޓާލެވުނެވެ. މޫނުމަތީގައި ކުރިންވީ ލާނެއް ކުލަވަރު އެކީ ގެއްލިގެން ގޮސްފައި ވާއިރު ފެންނަނީ ޖެހިލުންވުމުގެ ކުލަވަރެވެ.
“ރިހާން…؟” އެ އަންހެން ކުއްޖާ ގޮވާލި ނަމަވެސް ރިހާން ބަލާނުލިއެވެ. އޭނާ އަށް އަޑު ނީވޭ ކަހަލައެވެ.
“ވަޓްސް ރޯންގް…؟ އަނެއްކާ ވައިފްތަ އެއީ…؟” އެ އަންހެން ކުއްޖާގެ މޫނުންވެސް ފެނުނީ ކަންބޮޑުވުމެވެ. ރިހާން ޖަވާބެއް ނުދިނެވެ. ހާސްކަން ވެރިވެފައިވި މޫނަކައިގެން އޭނާގެ އަތް ހިއްލާލާ އިސްތަށިގަނޑުގައި ހިންގާލެވުނެވެ. މުޅި ސިކުނޑި ސުމަކަށް ގޮސްފިއެވެ. އޭނާ ލިއާ ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ ހަމައެކަނި އެ ދެމީހުން ވާހަކަ ދައްކާލަން ތިބީ ކަން ހެއްޔެވެ؟ އޭނާ ހުރަސް ކުރަން ނުޖެހޭ އިމެއް ހުރަސްކޮށްފައި ނުވާނެކަން ހެއްޔެވެ؟ އޭނާއަށް ލިއާ ގާތު ކަންތައް ވީ ގޮތް ކިޔައިދެވިދާނެއެވެ.
އެހެނަސް އޭނާއަށް ލިއާ އެނގެއެވެ. އަހަރުތަކެއް ފާއިތުވެ ގޮސްފައި ވާއިރު ލިއާގެ ނަފްސަށް ވެރިވެފައިވާ ހިމޭންކަމުގެ މާނަ އޭނާއަށް ދޭހަވެއެވެ. އޭނާގެ އަމަލުތައް ހުންނަ ގޮތުން ޝަކުވާ ކުރުން އެއްކޮށް ހުއްޓާލުމާއި، އޭނާގެ ކަންތަކާ ސުވާލުކުރުމަކީ ލިއާ ކުރާނެ ކަމެއް ނޫނެވެ. އެ ބަދަލުތަކަށް ރިހާން ދަނީ ހޭނެން މަސައްކަތް ކުރަމުންނެވެ. އެހެނަސް ކޮންމެވެސް ސަބަބަކާ ހުރެ މިރޭ ލިއާގެ ކިބައިން އެ ފެނުނު ހަމަހިމޭންކަން ރިހާންގެ ހިތުގައި ބިރުވެރި ތޫފާނެއް އުފައްދައިފިއެވެ.
ގާތުގައި އިން އަންހެން ކުއްޖާ ދައްކަމުން ދިޔަ ވާހަކައަކަށް ބެލުމެއް ނެތި ރިހާން ދުވެފައި މަގަށް ނިކުތެވެ. ލިއާގެ ހިލަމެއް ފެންނާކަށް ނެތެވެ. ރިހާން ބޯ ގޮވާވަރުވިއެވެ. އޭނާގެ ގަމާރުކަމުން މި ލިބުނު ލަނޑު ފޫބައްދަން ހަދާނެ ގޮތެއް ނޭނގުނެވެ. ލިއާ އަކީ އާއްމުކޮށްވެސް ބޭރަށް ނިކުންނަ ކުއްޖަކަށް ނުވާތީ ރިހާން މިހުރިހާ ދުވަހު އުޅެމުން ދަނީ ނުހަނު މިނިވަން ކަމާއެކުއެވެ. ވުމާއެކު ލިއާ ބޭރަށް ނިކުމެދާނޭ ހީވާނީވެސް ކިހިނެއްހެއްޔެވެ؟ އިރާކޮޅު ލިއާ ގުޅުމުން ފޯނު ނުނެގުނު މޮޔަ ހިތަށް އަރައިފިއެވެ.
ފޯނު މަތިން ހަނދާންވުމާއެކު ރިހާން ފޯނު ނަގާފައި ލިއާގެ ނަންބަރަށް ގުޅަން ފެށިއެވެ. ލިއާ ފޯނަކަށް ޖަވާބެއް ނުދިނެވެ. ފުރަތަމަ ފަހަރަށް އަނބިމީހާއާއި ކުރިމަތިލާން ރިހާން ޖެހިލުންވެއްޖެއެވެ. މި ފާއިތުވެގެން ދިޔަ އަހަރުތަކުގައި އޭނާ ވިސްނަން ބޭނުން ނުވާ އެތައް ކަމެއް އެވަގުތު ހިތަށް ނަގައިގަނެވިއްޖެއެވެ. މިހާރުވެސް އެ ކައިވެނީގެ ސަބަބުން ލިއާއަށް އޭނާގެ ނަފްސު ގެއްލިއްޖެއެވެ. ލިއާގެ މުޅި ނަފްސު ރިހާނަށްޓަކާ އެކީ ގެއްލިގެން ދިއުމުގެ ކުރިން އިތުރަށް ލިއާގެ އަތުން ގެއްލެން އޮތީ ކޮން އެއްޗެއް ބާއޭ ރިހާންގެ ހިތަށް އެރިއެވެ. ރިހާނަށް ބާރަށް ހިނގައިގަނެވުނެވެ.
“ޕްލީޒް ލިއާ…”
“ޕްލީޒް ޑޯންޓް މިސްއަންޑަސްޓޭންޑް…”
ރިހާނަށް ހިތާ ހިތާ ކިޔެމުންދިޔައެވެ. މުޅި އެ މަގު އެއްކޮށް ބެލިއިރުވެސް އޭނާއަކަށް ލިއާއެއް ނުފެނުނެވެ.
ލިއާ އިނީ ލައިބާގެ ގޭ ގޯތިތެރޭ ހުރި ޖޯލިފަތީގައެވެ. ދުރުން އަންނަ އަޑެއް ފަދައިން އެ ގޭގެ ސިޓިން ރޫމްއިން އަޅުވާފައި ހުރި ޓީވީގެ އަޑު އިވެމުން ދިޔައެވެ. ލައިބާގެ އެދުމަށް ލިއާ އެގެޔަށް އައީ މިވަގުތު ގެޔަށް ދާނެ ހިތްވަރު ނެތުމުންނެވެ. ރިހާނާ ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. އޭރުވެސް ލައިބާ އިނދެގެން އަޑުމަޑުކޮށް ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައެވެ.
“އެ ވެދާނެ ހަމަ ރިހާންގެ ފްރެންޑަކަށްވެސް…” ހިތުގައި ކޮންމެ އެއްޗެއް އޮތަސް ލިއާ ރިހާން ދިފާއު ކުރިއެވެ. އެވަގުތު ލައިބާގެ މޫނު އައީ ފުފިގެންނެވެ. ލޮލުގެ ހިމަކޮޅުން ސިޓިން ރޫމްގައި އިން މަންމައަށް ބަލާލާފައި ބާރު ނޭވާއެއް ދޫކޮށްލީ ޗަސް ޖަހާލާ ފަދައިންނެވެ. ހީވަނީ ހިތަށް ވެރިވި ރުޅިވެރިކަން ބޭނުންވާ ގޮތަށް ހާމަކުރެވެން ނެތީތީ ކޮށްލި ހަރަކާތެއްހެންނެވެ.
“ފްރެންޑް މައި ފުޓް ލިއާ…! އެނގޭތަ އެއީ ކާކުކަން…؟ މިރަށު ކައުންސިލްގެ ރައީސްގެ ދަރި…ބޮޑު ބަ* އެއް…އެކަމަކު ތަންކޮޅެއް މަތީ މީހެއްގެ ދަރިއެއް ވީމަ މީހުންނަށްވެސް އަބަދު ފާޑު ފާޑު އެއްޗެހި ކިޔަން ނުކެރެނީ…އެނގޭތަ އެއީ ރިހާންގެ އެކްސްއެއްކަން…؟ ރިހާން މަންމަމެން ވަރަށް އުޅުނު އޭނާއާއި ރިހާން މެރީ ކުރުވަން އެކަމަކު ރިހާން ބޭނުން ނުވީއޭ މީހުން ކިޔަނީ…މި ފިރިހެނުން ކިތައްމެ ގޮތަކަށް އުޅުނަސް އިންނަން ބޭނުންވަނީ ތަންކޮޅެއް ރަނގަޅު އަންހެނުންނާ ވިއްޔާ…ހިތަށް ނާރާ މި މީހުންގެ ސަބަބުން ކަމެއް ގިނަ އަންހެނުން ހަލާކުވަނީ…އެ އަންހެން ގޮލާ ކައިރިއަށް ވަރަށް ފިރިހެނުން ޖައްސާނެ…އެއީ ހަމަ ކަނޑާލާފަ ބާއްވާފައި އޮތް މެޓައެއް…ބޭނުން ފިރިހެނަކު ރަހަ ބަލަން…އޭނާ ވަރަށް ރިހާނާ ހެދި ފޯރި ހުންނާނެ…” ލައިބާ ރުޅި އައިސް އިނދެ ފަތިވަރު ދަމާލިއެވެ. ލިއާއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހާލެވުމެވެ.
“ތެދަށް ބުނަންޏާ އަހަރެމެން ހިއެއް ނުކުރަން ލިއާ އަލުން އެ ބީތާ އާއި ކައިވެނި ކޮށްފާނެ ކަމަކަށް…ބަލާބަލަ މީހާ ތިހުރި ސިފަ…މަރުވެފައި ހުރި މައްޔިތެކޭ އެއްވަރު…އަހަރެން ހަމަ މިއަދު ޝަމްއަށާ ޝައުއަށް ގުޅާނަން…!” ލައިބާގެ ވާހަކަ އެހިސާބަށް ދެވުނު އިރަށް ލިއާ ތެޅިގަނެފިއެވެ.
“ނޫން ނޫން…ޕްލީޒް…އެއްވެސް މީހެއް ކައިރި ނުބުނާތި…” ލިއާ އާދޭސްކުރިއެވެ. ދެލޯ ބޮޑުކޮށްގެން ލައިބާއަށް ބަލަން އިން އިރު އެ މޫނުގައި ވަނީ އާދޭހެވެ.
“ކީއްވެތަ ލިއާ…؟ ލިއާ ނުޖެހޭނެ އޭނާ ހެދިހާ ގޮތެއް ހެދިގެން ހުންނާކަށް…ހީ އިޒް ނޮޓް ވޯރތް އިޓް…! ލިއާގެ ފެމިލީއަށް އެނގެން ޖެހޭނެ ލިއާ އުޅޭ ހާލު…” ލައިބާ ނުރުހުމާއެކު ބުނެލިއެވެ. ލިއާ ހިފީ ލައިބާގެ ދެއަތުގައެވެ. އޭނާ އަމިއްލައަށް މިކަން ހަމަޔަކަށް އަޅުވަން ފުރުސަތެއް ދޭށޭ ބުނެލިއެވެ. އެހެނަސް ލައިބާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ހިމޭންވީ ލިއާގެ ލޮލުތެރޭ ބޮނޑިވެފައި ހުރި ކަރުނަތައް ފެނިފައެވެ. ވެގެން ވާނަމަ ލައިބާގެ ދެފައިދޮށަށް ތިރިވެވެސް ލިއާ އާދޭސް ކުރީހެވެ. ލައިބާއަށް ގޮތް ހުސްވިއެވެ. ލައިބާއަށް ހިޔާލު ބަދަލު ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެންނެވެ. ނަމަވެސް އޭނާ ލިއާއަށް ޝަރުތު ކުރީ ދެން ކަމެއް ވިޔަސް އޭނާ ގާތު ބުނުމަށެވެ. އޭނާ ލިއާގެ ސިއްރުތައް ހިފަހައްޓަދޭނެކަމަށް ވައުދުވިއެވެ. ލިއާ އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ.
އާދައިގެ މަތިން މިރޭވެސް ކޮފީ ނިންމާލާފައި ކައިލް ރައްޓެހިންނާއެކު ސައިކަލު ބުރު ޖެހުމުގައި އުޅުނެވެ. ރަށް ވަށާ ދެވަރަކަށް ބުރު ޖެހުނު އިރު ކައިލްގެ ހިތުތެރޭ ކަމެއް ފޮރުވިފައި ވިއެވެ. މިރޭ އިޝާން ކުރިއަށް ގެޔަށް ދިއުމުން ކައިލް ބޭނުންވާ ކަންތަކަށް މަގުފަހިވެގެން ދިޔައެވެ. އެކުގައި ތިބި އެހެން ރައްޓެހިންވެސް އެކި ދިމަދިމާލަށް ދިއުމުން މަޑު ދުވެލީގައި ކައިލްގެ ސައިކަލު އައިސް މަޑުކޮށްލީ ވަކި ސަރަހައްދަކަށެވެ. ސައިކަލު ހަރު ޖައްސާލާފައި ކައިލް އެ މާހައުލަށް ނަޒަރު ހިންގާލިއެވެ. ގަޑިތަކުން އެކެއް ޖަހާފައި ވީއިރު އެވަގުތު ކައިލް ފިޔަވާ ދިރޭ ފުރާނައެއް އެ މަގުގައި ނުވާ ކަހަލައެވެ.
ކައިލްގެ ހިމޭން ނަޒަރު ހުއްޓިފައިވީ ކުރިމަތިން ފެންނަމުން ދިޔަ އާދައިގެ ގެއަށެވެ. ލިއާގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރި ގެޔަށެވެ. ކައިލްގެ ހިތާއި ނަފްސުވީ މުޅިން އެހެން އާލަމެއްގައި ކަހަލައެވެ. އެއްފަރާތުން ފެންނަމުން ދިޔަ ދޮރުން ލިއާ ނިކުމެގެން އައިސް އެ ލަދުވެތި ހިނިތުންވުމާއެކު ކައިލްގެ ސައިކަލު ފަހަތަށް އަރާ މަންޒަރު ސިފަވިއެވެ. އަދި އެ ލަދުވެތި ބެލުން ހަދިޔާކޮށްފައި ގޭތެރެއަށް ވަދެ ދޮރު ލައްޕާލާ މަންޒަރުވެސް ސިފަވިއެވެ. އެތައް ޖަޒުބާތެއް ތެރޭ ކައިލްގެ ހިތް ގެނބެމުން ދިޔައެވެ. އިސްޖަހާލުމާއެކު މަޑުމަޑުން ކައިލްއަށް މޭގައި ފިރުމާލެވުނީ އިހުސާސް ކުރެވުނު މަޑު ރިހުމުންނެވެ.
“އައެމް ބެކް މައި ލަވް…ވެއަރ އަރ ޔޫ…؟” ކުރިމަތިން ފެންނަމުން ދިޔަ އަނދިރިގަނޑާ ކައިލް ވާހަކަ ދެއްކިއެވެ. އެ ނަމުން މުހާތަބު ކުރުމުގެ ހައްގު އޭނާއަށް ނެތަސް ކައިލްގެ ފަރުވާލެއް ނެތެވެ. ލިއާގެ ހަނދާންތަކުން ހިތުގައި ވޭން އަޅަމުން ދިޔައެވެ. އިތުރަށް އެތަނުގައި މަޑުކުރަން ވެއްޖެނަމަ އޭނާގެ ކެތްތެރިކަން ކޮޅުންލާފާނެއެވެ. ސައިކަލު ސްޓާޓްކޮށްފައި ދުއްވާލި ކައިލްގެ މޫނުން ފެންނަނީ ފުން ހިމޭންކަމެވެ.
ރިހާން އައިސް ކޮޓަރިއަށް ވަންއިރު ހިތް އޮތީ ތެޅިތެޅިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ލައްކަ މަސައްކަތް ކުރަމުން ދިޔައެވެ. ލިއާ ފޯނު ނުނެގުމުން އޭނާ ގެއަށް އެ އައީ ރައްޓެހިންނާއެކު އެހެން ކެފޭއަކަށް ގޮސް އެތަނުގައި ގިނައިރު މަޑުކޮށްފައެވެ. މިހުރިހާއިރު އޭނާ ކުރިހާވެސް ކަމަކީ ލިއާ ގާތު ދައްކާނެ ވާހަކައެއް ރޭވުމެވެ. ނަމަވެސް ހުސްކޮށް އޮތް ކޮޓަރިތެރެ ފެނުމުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ގަޑި ބަލާލިއިރު ބާރަ ޖަހަނީއެވެ.
ލިއާ ފެންނަން ނެތުމުން ރިހާންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. އަނެއްކާ ލިއާ އޭނާ ދޫކޮށްފައި ދިޔަކަމުގެ ހިޔާލުން ހިތުގެ ތެޅުން މަޑުޖެހިލިހެން ހީވިއެވެ. އަމިއްލަ ނަފްސު ހުއްޓުވުމުގެ ކުރިން ފޯނު ނަގާފައި ލިއާގެ ނަންބަރަށް ގުޅަން އުޅެނިކޮށް ފާހަނައިގެ ދޮރު ހުޅުވުނު އަޑު އިވުމުން އޭނާއަށް ސިހުމެއް ލިބުނެވެ.
ފާހަނައިން ނިކުތް ލިއާ ފެނިފައި ރިހާންގެ ހިތުގައި ފިނި ވައިރޯޅިއެއް ބީހިލި ފަދައެވެ. ނަމަވެސް ލިއާގެ މޫނުމަތިން ފެނުނު މާޔޫސްކަން ފާހަގަވެ އެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. މިހުރިހާއިރު ދައްކާނެ ވާހަކަ ރާވައިގެން އައިސް ލިއާ ފެނުމާއެކު ހީވީ އަނގައިގަ ތަޅު އެޅުވުނުހެންނެވެ. ލިއާ މަޑު ހިނގުމެއްގައި އައިސް ސޯފާގައި އިށީނެވެ. ރިހާން ފަސްޖެހޭ ގޮތްވެފައި ހުރެ އައިސް ލިއާގެ ކުރިމައްޗަށް ހުއްޓުނެވެ.
“އެއީ ރައްޓެއްސެއް…ތި ހީކުރާކަހަލަ ކަމެއް އަހަރެމެން މެދަކު ނެތް…” ރިހާނަށް ބުނެވުނީ އޭނާ ބުނަން ބޭނުންވާ ވަރަށް ވުރެ ހަރުކަށިކޮށެވެ. ލިއާގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އިސްޖަހައިގެން އިން އިރު ރިހާން ބުނި އެއްޗަކާ ވިސްނާލާ ކަހަލައެވެ. އެ ދެމެދަށް ވެރިވި ހިމޭންކަން ދިގުލައިގެން ނުދަނީސް ލިއާ މަޑުމަޑުން އިސްއުފުލާލިއެވެ. އެ ލޮލުގައި ވަނީ ހުސްކަމެވެ. ރިހާންގެ ހިތުގެ ތެޅުން މަޑުޖެހިލިހެން ހީވި ވަގުތުކޮޅެކެވެ.
“އަހަރެން ވަރިކޮށްދީ…” ލިއާގެ އަޑު ނިކުތީ ކުޑަވެސް އަޅައިގަތުމެއް ނެތިއެވެ. އެ ބަސްތައް ބުނެލީ ނުހަނު ފަސޭހަ ކަމާއެކުއެވެ. ރިހާނަށް ހީވީ ބޮލުގައި ބަރު އެއްޗަކުން ޖެހުނުހެންނެވެ. އެ ދެއަތްތިލަ މުއްކެވިގެން އައެވެ.
“އެވަރު ކަމަކާ…” ރިހާނަށް ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
“އެވަރު ކަމަކާ ނޫން…އަހަންނަށް ދެން މި ދިރިއުޅުން އުޅެވެން ނެތީ…މިއަށްވުރެ މީހުންގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލުންވެސް މާ ރަނގަޅުވާނެ…އަހަންނަށް ކެތް ކުރެވިއްޖޭނު ރިހާން…؟ އަހަރެން ރިހާން ދެކެ ވީ ލޯބީގެ ބަދަލު ރިހާން ވަރަށް ފުރިހަމައަށް ދީފި…” ލިއާ ވާހަކަ ދެއްކިއިރު މިފަހަރު ކޮންމެވެސް ވަރަކަށް އަޑު ތުރުތުރު އެޅިއެވެ. އެ ވާހަކަތައް ބުނުމަށް ލިއާ ހިތްވަރު ކުރަމުން ދިޔަ މަންޒަރު ރިހާނަށް ފާހަގަވިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ އެހެންވެއެވެ. މިފަހަރު ލިއާގެ ނިންމުން ބަދަލު ނުކުރާނެ ކަމުގެ ޔަގީންކަން ރިހާނަށް އިހުސާސްވިއެވެ.
“މަ ވަރިކޮށްފިއްޔާ ތާ…! ނުކުރާނަން ވަރިއެއް…!” ރިހާންގެ އަޑު ބާރެވެ. އެވަގުތުކޮޅުވެސް ތިމާގެ ފިރިހެންވަންތަކަމާއި ގަދަކަން ދައްކާލަން އުޅުނު ކަހަލައެވެ. ރިހާނަށް ބަލަން ހުރެ ލިއާ މަޑުމަޑުން ތެދުވިއެވެ.
“ވަރި ނުކުރަން ތިއުޅެނީ އަހަރެން ފަދައިން ހެދިހާ ގޮތެއް ހެދިގެން އިންނާނެ އެހެން އަންބަކު ނުލިބޭނެތީތަ…؟ ރިހާން ގޭތެރޭގެ ކަންތައް ކުރަން ނޯކަރަކު ހޯދަންވީނު…؟ ދެން ރިހާންގެ ބޭނުންތައް ފުއްދަން މިރޭ ގޮވައިގެން އިންކަހަލަ ރީތި އަންހެނެއް ހޯދާ…އެހެން ނޫނަސް އަހަރެން މީ ރިހާނާ ގުޅޭ މީހެއްވެސް ނޫނޭނު…މީ ރިހާންގެ ރައްޓެހިންވެސް އަބަދު ބުނާ ވާހަކައެއް ނޫންތަ…؟ ތި ދެން މާ ރައްޓެހިން ގާތު މަގުބޫލު ވާ ހިތުން އުޅޭ މީހެއްނު…؟” ލިއާއަށް އެ ހިސާބަށް ބުނެވުނު އިރަށް ހީވީ ލޮލުން ތަރި ބުރައިގެން ދިޔަހެންނެވެ. އެއްފަރާތަކަށް ވެއްޓުނު ލިއާއަށް ސޯފާގައި އަތް އަޅުވާލެވުނީ ކިރިޔާއެވެ. އެހެން ނޫންނަމަ އޭނާ ގޮސް ޖެހޭނީ މުށިތައް މަތީގައެވެ. ކޯތާފަތް މަތީ އަތް އަޅައިގެން ލިއާއަށް ރިހާނަށް ބަލާލެވުނީ ސިހުމާއެކުއެވެ.
ރިހާނަށްވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. އޭނާއަށް ލިއާގެ މޫނުމަތީ ޖެހުނީ ކީއްވެ ކަމެއް ނޭނގުނެވެ. ލިއާގެ ފަރާތުން މި ހުރިހާ ދުވަހު ފެނިފައި ނުވާ ހިތްވަރެއް ފެނުމުން ހިތުގައި އުފެދުނު ބިރުވެރިކަން ފުންވީއެވެ. ނަމަވެސް ލިއާގެ މޫނުމަތީ ޖެހުނީތީ ހިތަށް ތަދުވެގެން އައެވެ. އެ ލޮލުން ފެންނަން ހުރި ސިހުމާއި ބިރުވެރިކަމުން ހިތުގައި ރިހުމެއް އުފައްދައިފިއެވެ.
“ލިއާ…” ރިހާން ކައިރިއަށް އަންނަން އުޅެނިކޮށް ލިއާ ތެޅިގަނެފައި ފަހަތަށް ޖެހިއްޖެއެވެ. ރިހާން ހުއްޓުނެވެ. ހިތަށް ވީ އުނދަގޫ ފޮރުވަން ދެއަތް މުށްކަވާލަމުން ފުން ނޭވާތަކެއް ދޫކުރަން މަސައްކަތްކުރިއެވެ.
“ދެންވެސް ހަނދާން ހުންނާނެ ދޯ ނުފުއްޕަން…؟ މަ ބުނެފީމޭނު އެއީ ރައްޓެއްސެކޭ…ދެން ވަރިއޭ **އޭ ކިޔައިގެން އަދި އަނގަ އަރުވަން ޖެހޭތަ…؟ މަ އެކަނިތަ އަންހެން ރައްޓެހިން ގެންގުޅޭ ފިރިހެނަކަށް ހުންނަނީ…؟ މަށަށް ހެޔޮ…ބޭނުން ގޮތަކަށް ގަބޫލުކޮށްލާ…ކޮން ބަލ**އެއް…؟ ހަމަ ތިހެން ހުންނަން ޖެހޭނީ…ނުކުރާނަން ވަރިއެއް…” ރިހާން ހިތަށް އައިހާ އެއްޗެއް ގޮވާލާފައި ގޮސް ފާހަނައަށް ވަނީ ލިއާގެ ކުރިމަތީ ހުންނަން ކެތް ނުވުމުންނެވެ. ކޯތާފަތްމަތީ އަތް އަޅައިގެން ހިމޭންވެފައި ލިއާ އިނީ ހިތް ފަޅައިގެން ދާ ގޮތަކަށެވެ. ރިހާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައިރު އެކަން ފާޅު ނުކުރަން ލިއާގެ ކުރިމަތިން ދުރަށް ދިޔައީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. khaashia

    I’m going to kill that bitch i swear
    how dare he.

    1. Lavender
      khaashia

      Yeah how dare he 💀💀

  2. Anonymous

    kalo reehan Kyle athuga jehijiya Kaley nolhaalaane
    Lia ah Thihen hadhaafa thiha hama jehigeneh nuhureveyne ingey

    1. Lavender
      Anonymous

      Ahahaha the funny part is Kyle has absolutely no idea what this man has done 😭💀 Rihan better enjoy his peace while it lasts 🤣

  3. Its just me

    Mihaaru dhn maa mahchah mi rihaan gandu ge kanthah e dhiyaee i laadheebala mi stry ah rangalhu gotheh hadhan vejje eyh thiya meehaa gandakah 😒😒 leah dhn hunnaane kameh nei vari vaan form laafa dhey rashah laiba menn emmenn help vaane eyh 😭 my kyleee 🥹🥹 kyle pls dheybala Leah balaa heyonuvaane 😭😭 btw mi part vx varah reethi waiting for the next part 🫶

    1. Lavender
      Its just me

      Ahahaha 😭😭 You guys are ready to jump into the story yourselves at this point 💀 Poor Leah really needs to choose herself now
      So happy you enjoyed this part love 💗 Thank you for reading 🖤🥀

  4. Futtaki

    Kail btoo.. Come n save ur love.. Lia mn gey kurimathee huttakas nuvaane dhww.. Dheybala lia e huri rashah.. Gos e rihaakuru baiy theli maraalabala.. Ehen noony kail ge lia hama halaaku vaany.. Heyo nuvaanr kail.. Ma mi dhin naseyhathuge beynun heyo gothuga hifaathi!

    1. .
      Futtaki

      rihaa kuru baitheli 😂😂😂

    2. Lavender
      Futtaki

      NOT THE READER GIVING KYLE AN EMERGENCY WARNING 😭💀 Someone please deliver this message to him ASAP 🤣🤣🤣

  5. Ai

    Kyle alhe dheybala
    Rihange rashah liyage haalu balaalan. Thi fuppafa ulhey rihaan ge fenvaru eyna ah dhakkaafa annatj ierashah goss. Adhi maa gorihen vantha meehakah hedhigen eba ulheeh nu. Haadha foose veye. Hure kyle dhandhen. Eirun jeheynee varives kuran

    1. Lavender
      Ai

      Ahahah everyone’s waiting for the day Rihan comes face to face with Kyle 😭💀 Even I wonder if he’ll still have that same attitude then 🤭

  6. Strawberry

    Wht the freaking fishy……reehan is soo deadd…urghh I hate him sooo much…how dare he slap Leah….urgh jehuny eyh kiyaafa dhera vegen vx Leah divorce kohbala dhw reehan….urgh if Kyle knows abt reehan jehikan.. reehan onaany 6 toot bimu adeega..like legitttt….urghhh make Leah n Kyle be together…anyywayyy vrh reethi, keep it upppp..

    1. Lavender
      Strawberry

      NOT THE 6 FEET UNDER THREAT 😭😭💀 Rihan has really made himself the enemy of this comment section hehehe
      And so happy you enjoyed it loveee 💗 Thank you for reading and supporting 🖤🥀

  7. Nadhoo

    Kyle please go. Lia fakeeru maru vedhaane

    1. Lavender
      Nadhoo

      SOMEONE PLEASE INFORM KYLE THAT HE NEEDS TO GET MOVING 😭😭💀

  8. No name

    Mi part vx vrh reethi and can’t wait for the next part..🥹🫶
    Alhe thankolheh avahah next part upload kohla dhehchey pls girl🙏

    1. Lavender
      No name

      I’ll try my best to upload the next part soon 💗 Thank you for waitinggg 🖤🥀

  9. Okay

    Rihaan!! Kyle ah leah gaiga jehikan ingey dhuvas eii kaleyge fahu dhuvas kan handhaan kuraathi ingey. Kaleyge vasves mi dhuniyein eyna nahthaalaane. Ma bunaanan kaleyaaa kaleyge whole bloodline mi dhuniyein fuhelan kyle kairi. Mi dhen maa mahchah mi dhanee. Maa ego high vegen miulhenee. Huwa eba hithah araa mi dhaiy goani dhefalhi aruvaalan. Anyway girl. I love this part so much. This is getting interesting. Ekm mi rihafolheege nan kiyaa konme faharaku ma ley kekigendhey hama. Phone ves bimah jahaavaru huwa

    1. Lavender
      Okay

      NOT YOU WANTING TO THROW YOUR PHONE AWAY AT THE SIGHT OF HIS NAME 💀 Rihan really knows how to get under everyone’s skin! So happy you’re enjoying the story 🥹💗

Comments are closed.