Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 99

Listen to this story Audio · 16:20 Powered by Esfiya Voice
0:00 16:20

“މަޢާފު ކުރަށްވާ.. އަޅުގަނޑުމެނަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފިން… އެކަމަކު… އަޒީން… އަޒީން ނިޔާވެއްޖެ…” އިސްޖަހާލަމުން ޑަކްޓަރު ސާއިދު ބުނެލިއެވެ. އެވަގުތު ވެގެން ދިޔައީ ލިފްޓު ހުޅުވުނު ވަގުތަށެވެ. ސާއިދު އެހެން ބުނި އަޑު ޒާލާއަށް ނީވޭކަން އެނގުނީ އޭނާގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުން ފެނިފައެވެ. ސާއިދު، އަދި ސާއިދު ގާތުގައި ތިބި ދެ ނަރުހުންވެސް އިސްޖަހާލީ އެއީ ޒާލާގެ ލޯބިވެރިޔާކަން އިނގޭތީއެވެ. ހަމްދަރުދީއިން ފުރި⁹ފައިވީ ދެލޮލުން ޒާލާއާއި ދިމާލަށް ބަލަން ހުރި ރުޒައިކްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ…

(99 ވަނަ ބައި)

“ކިހިނެއްވީ؟ ކަމެއްވީތަ؟ ކޮބާ އަޒީން..؟” ޑަކްޓަރުންނާއި ނަރުހުން އިސްޖަހާލައިގެން ތިބި އިރު ރުޒައިކް އޭނާއާއި ދިމާލަށް ކަރުނުން ފުރިގެންވީ ދެލޮލުން ބަލަން ހުރުމުން ކޮންމެވެސް ކަމެއް ވެއްޖެއޭ އޭނާގެ ހިތް ބުނެލިއެވެ.

ރުޒައިކް އިސްޖަހާލަމުން ކުރިއަށް ފިޔަވަޅު އަޅައިލިއެވެ. އަދި ޒާލާގެ ކުރިމަތީގައި ހުއްޓުނެވެ. “ޒަ… ޒ… ޒާލާ…؟” ރުޒައިކްގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. ރުޒައިކް ޒާލާދެކެ ނިހާޔަތައް ލޯބިވެއެވެ. އެހެންވިޔަސް ޒާލާ ލޯބިވަނީ އަޒީން ދެކެއެވެ. އެއީ ސާފު ތެދުވެރި ލޯތްބެކެވެ. ޒާލާގެ އުޅުމުން އޭނާއަށް ޝައްކެއް ނެތް މިންވަރަށް އެކަން އެނގެއެވެ. އަޒީންގެ މަރުގެ ހަބަރުން އެހިތަށް އަސަރު ކުރާނޭ ވަރު ހިތަށް އަރާފައި އެހެން ބުނާނެހާ ހިތްވަރުވެސް ނުލިބުނެވެ.

ކޮންފަދަ ސާފު ތެދުވެރި ލޯތްބެއް ހެއްޔެވެ؟ އެހެން މީހެއް ނަމަ އެދުވަހަކީ އުފަލުން ބޮޑު ހަފުލާއެއްވެސް ބާއްވާ ކަހަލަ ދުވަހެކެވެ. އެކަމަކު އަޒީންގެ މަރުގެ ސަބަބުން ޒާލާ ދެރަވާނެ ވަރު ހިތަށް އަރާފައި އޭނާ އެހުރީ ހިތަށް ނުކުޅަދާނަ ވާވަރު ވެފައެވެ. ހަގީގީ ލޯބިވެރިންނަކީ އެއީއެވެ.

“ރުޒައިކް…؟ ކިހިނެއްވީ…؟” މިހާރު ޒާލާ ވެސް ބިރުގަންނަން ފަށައިފިއެވެ. ޔަގީނެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ.

“ޒާ… ޒާލާ… އަޒީން… އަޒީން ނިޔާ ވެއްޖެ…” ރުޒައިކް ބުނެލި ޖުމްލައާއި އެކު ޒާލާގެ ހަރަކާތްތައް ހުއްޓުނެވެ. އަތުގައި އިން ކޮތަޅާއި އަނގޮއްޓި ފޮށި ބިންމައްޗައް ވެއްޓުނެވެ. ކޮތަޅުގައި ހުރި މޭވާތައް ފުރޮޅެމުން އެކި ދިމަދިމާލަށް ދިޔަ އިރު އަނެއްބައި އެއްޗެހި ބިންމަތީގައި ޗަސްވެސް ހުއްޓެވެ. ކަނާއަތުގައި އޮތް އަނގޮއްޓި ފޮށިވެސް ބިންމައްޗައް ވެއްޓުނެވެ. ފޮށިން އަނގޮއްޓި ނިކުމެ، ފުރޮޅެމުން ގޮސް ފާރުގައި ޖެހުނެވެ.

ހިންދިރުވާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ލަސް ހިނގުމުގައި އޭނާ ދިޔައީ އަޒީން ބާއްވާފައި އޮތް އެނދާއި ދިމާލަށެވެ. މަޑުމަޑުން ފޮތިގަނޑު ކަހާލި އިރު ނަރުހަކު އަޒީންގެ މޫނުގައި ފޮތިގަނޑު އަޅަނީއެވެ…

***

ސުވާލު ކުރާ ކޮޓަރީގައި އިން ދިޔާން އިސްޖަހާލައިގެން އިނެވެ. ކަނާ އަތުގެ ޝަހާދަތް އިނގިލީގައި ދަތް އަޅާލަ، އަޅާލަ އިން އިރު އޭނާ ކުރިމަތީގައި އިން ދާއިޔަލް، ޔައުލާން އަދި އެޒިކިއެލް އާއި ދިމާލަށް އޭނާ ބަލައިވެސް ނުލައެވެ. މިހާރު އެއްވެސް ވާހަކައެއް ނުދެކެވި އެތަނުގައި ތިބޭތާ 20 ވަރަކަށް މިނެޓު ވެދާނެއެވެ.

“ދިޔާން…؟” އެ ހަމަހިމޭންކަން ފިލުވާލީ އެޒިކިއެލްއެވެ.

“މިހާރު ދެން ކަލޭމެން އެނގެން ބޭނުންވީ އެއްޗެއް ވިއްޔާ އެނގިއްޖޭނުން؟ ދެން ކީއްކުރަންތަ ބުދުތަކެއްހެން މިތާ ޖެހިފަ ތިތިބީ؟” އިސްއުފުލާލަމުން ދިޔާން ރުޅިވެރި ކަމާއި އެކު އެހިއެވެ.

“ނޫން… އަދި ހުރިހާ ސުވާލެއްގެ ޖަވާބެއް ނުލިބޭ… ކީއްވެ…؟ ކީއްވެ އަހަރެންގެ ކޮއްކޮއަށް އެހެން ހެދީ؟؟ ކޮބާތަ އޭނަގެ ކުށަކީ…؟ އެލާ ކަލެއަށް ކީއްތަ ކުރީ…؟” ހަމަ ޖެހިލައިގެން އިނދެ އަހަން އުޅުން ނަމަވެސް އެޒިކިއެލްގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

“ނުކުރޭ ކަމެއް” އަނެއްކާވެސް އިނގިލީގައި ދިޔާން ދައިގަތެވެ.

“ދެން ކަލޭ ކޯއްޗެއް ހަދާން ވެގެންތަ މަގޭ ކޮއްކޮ ގަޔަށް އެރީ…؟” ގޮށް މުށްކަވާލަމުން އެޒިކިއެލް މޭޒުމަތީގައި ޖެހިއެވެ.

“ކަލޭ…! ކަލޭގެ ސަބަބުން ކަލޭގެ ލޯބިވާ ކޮއްކޮ އެވޭނުގައި އުޅެން ޖެހުނީ.. ސާފު..؟” ސީދާ އެޒިކިއެލްގެ ދެލޮލަށް ބަލައިލަމުން ދިޔާން ބުނެލިއެވެ.

“އޭން؟؟ މަށޭ..؟”

“އާންންން.. ކަލޭ! ކަލޭ ތިހުރީ މަގޭ ލޯބިވެރިޔާ ޖަހައި ގަނެފަ!” ދަތްކުނޑި ވިކައިލަމުން ދިޔާން ބުނެލިއެވެ.

“އަހަރެން ޔޫޒާ އަކާ ނުބެހެން!” އެޒިކިއެލް ބުނެލިއެވެ. ދާއިޔަލް ވެސް އިނީ ވާނުވާގައެވެ.

“އާން. ކަލޭ ޔޫޒާ އަކާ ނުބެހޭ.. މަށަށް މާ ރަނގަޅު ކަލޭ ގޮސް ޔޫޒާއާއި އިންނަމަވެސް.. ކަލޭ ޖެހޭތަ މިކްޔާއަށް އިންނަން؟؟ އޭން؟؟ ކަލެއަށް އަދި މިކްޔާ ފެނުނުތާ 2 އަހަރު ނުވޭ. އަހަރެން މިކްޔާދެކެ ލޯބި ވާތާ 11 އަހަރުވަނީ.. އަހަރެން ކެތްކުރީ މިކްޔާއަށް 18 އަހަރުވަންދެން! އެކަމަކު އެ ޔޫޒާގެ ބަފާ މަށަށް މާ ވަރުގަދަ ވަސިއްޔަތެއް ކޮށްގެން އަހަރެން އޭނައަށް އިނީވެސް.. އެހެން ވިޔަސް މިކްޔާއާއި ކައިވެނި ކޮށްފަ އޭނަ ވަރިކޮށްފަ އެއްލާލަން މަ ހުރީ.. އެކަމަށް މަ ތައްޔާރުވޭ ހުއްޓާ ކަލޭ ވެއްޖެޔޭ މިދޭތެރެއަށް ވަންނަން.. އެހެން ވިޔޭ ކިޔާފަ މިކްޔާއަށް އަނިޔާ ކުރާވަރަށް ވުރެ އަހަރެން އޭނަދެކެ މާ ލޯބިވޭ.. އެހެންވެ އަހަރެން ކަލޭ ކޮއްކޮ ގަޔަށް އެރީ. ސާފު…؟” އެއްމިޔަކަނުން ހީލަމުން ދިޔާން ކިޔައިދިނެވެ.

އެޒިކިއެލް ތެދުވެ ދިޔާންގެ ކަންކަށިމަތީގައި ވިހެލިއެވެ. ޖެހިލެއް ބާރުކަމުން ވަގުތުން އަނގަތެރޭގައި ލޭ ރަހަ ލާންފެށިއެވެ. “ކަލޭ މިކްޔާދެކެ ލޯބިވާ ވަރުން ތަ އޭނަ މަންމައާއި ބައްޕައާއި މަރާލީ..؟ ތީތަ ލޯބިވާ މީހުން އުޅޭގޮތަކީ..؟” އޭރު އެޒިކިއެލް ރުޅި އައިސްގެން ތުރުތުރު ލައެވެ.

“އެކި މީހުން ލޯބިވާނީ އެކިގޮތަށް ދޯ؟ މިކްޔާ ހޯދަން އަހަރެން ކުރެވުނު ކަމެއް ކުރިން!” ދިޔާން ބުނެލިއެވެ. ވަގުތުން ޔައުލާން ދިޔައީ ސިއްސައިގެންނެވެ. އޭނާއާއި އެއްވަރަށް ސްޓޭޝަނުގައި ދެން އައިޓީއަށް އެންމެ މޮޅުވާނީ އަކިޔަލްއެވެ. އެ ވީޑިއޯ ހެދި މީހަކީވެސް ދިޔާން ކަމުގައި ވެދާނެއެވެ. އެ ކައިވެނީގެ ހަފުލާއަށް ދިޔާން އަދި އަކިޔަލް ވެސް އައެވެ. އެކަން ކުރަން ވެސް އެމީހުނަށް ކިހާ ފަސޭހަ ވާނެ ހެއްޔެވެ؟

ޔައުލާން އަވަސް އަވަހަށް އެތަނުން ތެދުވީ އެޔެއް ޔަގީން ކުރާށެވެ. ނިކުމެ ނިކުމެ އޮށްވާ އަނެއްކާވެސް ދިޔާން ގޮވާލިއެވެ. “އޭ. ކޮބާ ބުރޯ ދަނީތަ..؟ ކަލެއަށް މަ ފެނުނަސް ހަމަ ކެތް ނުވަނީ ދޯ؟ ޖޭ ވޭދޯ ވަރަށް…؟” ފަހަތަށް އެނބުރިލަމުން ދިޔާން އަހައިލިއެވެ. ހެމުން ހެމުންނެވެ.

“މީހަކު ޖޭ ވާ ވަރުގެ ސިފައެއް ކަލޭގެ އެބަހުރިތަ…؟ ތީ ޤާތިލެއް” ދަތްކުނޑި ވިކައިލަމުން ޔައުލާން ބުނެލިއެވެ.

“ހަހަ ހަހަ. މީހަކު އަދި ޖޭ ނުވިޔަސް ކަލޭ ޖޭ ވާނެތާ ދޯ؟ ބަލަ މަމީ ކިހާ ހާއްސަ މީހެއްތަ؟ މަށޭ އެލާރާގެ އައުކަން ކަނޑާލީވެސް.. އެ ތާޒާ މަލުގެ ފޮނިކޮޅު ފުރަތަމަ ބޯލީވެސް.. އަކިޔަލް އަށްވެސް ލިބިފަ އޮންނާނީ މަ ބޮއެފަ ބާކީވި ބައި. ދެން ބަލަ؟ އެލާރާ އެ ވިހެއީ އެންމެ ކުއްޖެއް. އެވެސް މަގޭ ލޭ.. ހަހަ ހަހަ. އަސްލުވެސް އިނގޭ.. މިހާރު އެބަ އިނގޭ ކަލެއަށް އެލާރާ އެހާ ކަމުދަނީވެސް ކީއްވެކަން.. ބޮޑު ގޯންޏަކަށް ވަދެ އޮންނާތީ ތަނެއް ދޮރެއް ނޭނގުނަސް ފަރުދާ ކެހުމުން މި އެނގެނީ.. އާހްހް ޝީ އިޒް ހޮޓް!” މޮޔައެއްހެން ހެމުން ހެމުން ދިޔާން ދައްކަމުން ދިޔަ ވާހަކަ އިވިފައި އެއްފަރާތުން އެޒިކިއެލް ގޮސް ދިޔާންގެ ކަރުގައި ހިފި އިރު، ޔައުލާން އައިސް ދިޔާންގެ މޫނުމަތީގައި ބާރަކަށް ޖެހިއެވެ.

“ކަލޭ ހާދަ ހަޔާތްވެސް ކުޑައޭ ދޯ މީއްޗަކު މަރާލިޔަސް ފާފަ ނުވާނެ!” ދެވަނަ ފަހަރަށް ދިޔާންގެ މޫނުމަތީގައި ޖަހަން ޔައުލާން އަތް ހިއްލާ ލުމާއި އެކު އެ އަތުގައި ހިފީ ދާއިޔަލްއެވެ.

“ސާބަސް ދެމީހުންނަށް. މަށަށް އިނގޭ ދެމީހުނަށްވެސް އެލާރާ މުހިންމުކަން.. ލޯބިވޭ ކަން.. އެކަމަކު އަޅެ ދެމީހުންވެސް ތި ތިބީ ފުލުސް ޔުނީފޯމުގައޭ.. ތި ޔުނީފޯމަށް ޓަކައިވެސް ހަމަ ޖެހިބަލަ..” ޔައުލާންއާއި އެޒިކިއެލް ދުރު ކޮށްލަމުން ދިޔާންގެ އަތުގައި ހިފާ ދާއިޔަލް ދުރު ކުރުވިއެވެ.

ހޮސްޕިޓަލު ތެރެ ވަނީ ހަލަބޮލި ވެފައެވެ. ނަރުހުންނާ ޑަކްޓަރުންގެ ހަރަކާތްތަށް އަވަހެވެ. މަރުވެފައި އޮތް އަޒީންގެ މަރުގެ ފޯމު ފުރަން ތައްޔާރު ވަނީއެވެ. މަރުވެފައި އޮތް އަޒީންގެ މޫނު މަތީގައިވި ވަރުބަލި ކަމެވެ. ދެލޯ ވަނީ ވަޅު ވެފައެވެ. ތުންފަތްވަނީ ކަޅުވެފައެވެ. ކޯތާފަތުގައި ހިކިފައި ހުރި ކަރުނަ ހުއްޓެވެ.

އަޒީން ގާތުގައި އިނދެ މަޒީނާ ރޮމުން ދިޔަ މަންޒަރު ފެނި އެތަނުގައި ތިބި އެންމެންގެ މޫނުމަތީގައި ވެސްވީ ހަމްދަރުދީއެވެ. މަޒީނާގެ ފުރަގަހުގައި ހުރި ޝަރަފްވެސް ހުރީ އެ ހާލެއްގައެވެ. އޭނާ ބޭނުންވީ މަޒީނާގެ ހަށިގަނޑުގައި ލޯބިން ބައްދާލާށެވެ.

މަޒީނާ މިއަދު ވަރަށް އެކަނިވެރި ވެއްޖެއެވެ. ދެން އެ ދުނިޔޭގައި އޭނާއާއި އެކު ހުރީ ކާކު ހެއްޔެވެ؟ ހުރި ހަމަ އެކަނި ކޮއްކޮވެސް ދުނިޔެ ދޫކޮށް އެދިޔައީ އޭނާ މުޅިން އެކަނިކޮށްލާފައެވެ. މަންމައެއް ބައްޕައެއް، ރައްޓެއްސެއް ނެތެވެ. މިއަދު އޭނާ މުޅިން އެކަނި ވެއްޖެއެވެ.

އަޒީން އޮތް އެނދާ ތަންކޮޅެއް ދުރުގާ ޒާލާ އިށީނދެ އިނެވެ. ގަބުވެފައި އިން އިރު އެދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮށްފައި އަންނަމުންދިޔައެވެ. “ޒާލް…” ނަރުސް ކުއްޖަކު ގޮވާލި އަޑަށް ޒާލާ އިސް އުފުލާ ބަލައިލިއެވެ.

“އަން…” ނަރުސް ކުއްޖާ ދިއްކޮއްލި މަރުގެ ފޯމު ފެނި ޒާލާގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑު ނަގާ ރޯން ފެށުނެވެ. އޭނާގެ މަރުގެ ފޯމު ފުރާނީ ކިހިނެތް ހެއްޔެވެ؟ އެކަން ކުރަން އެހިތަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ ނޫނެކެވެ. އެކަމެއް ނުވާނެއެވެ…

އެއޮތް ހުރިހާ އިރު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބަން ފެށިއެވެ. ކެތްކުރަން އުނދަގޫވިއެވެ. ދެން އަޒީން ނުފެންނާނޭ ހިތަށް އެރުމުން މޭ ފިތޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. މިއަދު އޭނާ މުޅި ދުނިޔެއަށް އެކަނިވެރި ވީކަން އެނގުމުން އެހިތަށް ކުރެވުނީ ކޮން ކަހަލަ އިހުސާސެއް ކަމެއްވެސް ނޭނގެއެވެ. ދެން ޒާވިލްއަކީ ޤާތިލެއްކަން އެނގުމުން ޒާލާއަށް ވާނީ ކިހިނެއްބާއެވެ؟…

ރޭގަނޑުގެ ފިނިފިނި ވަގުތެވެ. އިޝާ ނަމާދުން އައިސް ސްޓޭޝަނަށް ވައިން ގޮތަށް އެޒިކިއެލް އިނީ ބޭރުގައި އިން ބެންޗުގައެވެ. އަތުގައި އޮތް ސިނގިރޭޓު ފޮށީގައި ފިރުމާލަ ފިރުމާލަ އިން އިރު އޭނާ އިނީ އެ ‘ބޯންވީބާ ނުބޯންވީބާ’ ގައެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ބަލާފައި ސިނގިރޭޓެއް ނަގާ ތުމުގައި ބޭންދިއެވެ. އަދި ލައިޓަރު ނަގާ ރޯކޮށްލަން އުޅެނިކޮށް ފަހަތުން އައި މީހަކު އޭނާގެ ތުމުން އެ ސިނގިރޭޓު ނެގިއެވެ.

“ޔައު؟؟ ދެން. ތި ކޮން ކަމެއް. ގެނޭ” ޗުސް ތަޅުވާލަމުން އެޒިކިއެލް ބުންޏެވެ.

“ނޫޅެން ދޭކަށް. އެއްލު ނޫނަސް އަހަރެންވެސް ހަމަ ވޭނުގަ މިއުޅެނީ.. އެކަމަކު އޭގެ ހައްލަކީ ސިނގިރޭޓު ބުއިންތަ ދެން؟ މީ ގައިމު އެއްލު ދުވަކުވެސް ކުރިކަމެއްވެސް ނޫން” އެޒިކިއެލްގެ އަތުގައި އޮތް ސިނގިރޭޓު ފޮށިވެސް ޔައުލާން އަތުލިއެވެ.

“ދެން ތި ދީފަ ދޭބަލަ.. އަހަރެން ބުނެ ފީމޭ ޒަވުލް ގާތުގަ މާދަމާ ސްޓޭޝަނަށް އަންނަން..” އިސްތަށިގަނޑުގައި އަތް ހާކާލަމުން އެޒިކިއެލް ބުނެލިއެވެ.

“އެހެން ވެގެންނެއް ނޫނޭ މިއައީ…” ޔައުލާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ދިއްކޮށްލީ އޭނާގެ އަތުގައި އޮތް ސިޓީ އުރައެވެ.

“މީ ކޯއްޗެއް..؟” ރީތިކޮށް އިށީނދެލަމުން އެޒިކިއެލް އެ ސިޓީ އުރަ ހުޅުވާލިއެވެ.

“ތީ… މިއަދު ދިޔާން ބުންޏެއް ނުން.. ތި ދެމެދަށް ވަންނަން ކުރެވުނު ކަމެއް ވިއްޔާ ކުރީމޭ… އެހެން ބުނީމަ އޭ އަހަރެން ނިކުންނަން އުޅުނީވެސް.. އަހަރެން ހިތަށް އެރި.. އަކިޔަލް ވެސް މިކަންކަމަށް މޮޅުވާނޭ.. އެހެންވެ އަހަރެން… މިކްޔާގެ އެވީޑިއޯ ބަލާފަ މިއައީ… އެއީ %100 އޭއައި ވީޑިއޯ އެއް…”

އެޒިކިއެލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެގަނޑުގައި ލިޔެފައި އިން ‘%100 އޭއައި’ ފެނިފައި ހިތުގެ ވިންދު އަވަސް ވިއެވެ. މިކްޔާގެ އެއްވެސް ކުށަކާ ނުލާ އޭނާއަށް އެދެވުނީ ކިހާ ވޭނެއް ހެއްޔެވެ…؟

“އެއްލު… ދޭބަލަ… އެއްލުއަށް މިކަން ހައްލު ކުރެވޭނީ.. އަހަރެންނަށް މިކްޔާ އެ ވީޑިއޯ ދިނީ އެޔެއް ބަލާ ދޭށޭ ކިޔާފަ.. މިކަމާ ހުރެ ނުވެފަ މިހުރީ.. މިކްޔާ އެއްލުދެކެ ވަރަށް ލޯބިވޭ.. އަދިވެސް..” ޔައުލާން ޔަގީންކަން ދިނެވެ. އެޒިކިއެލް އަވަސް އަވަހަށް އެތަނުން ތެދުވީ މިކްޔާ ގާތަށް ދާށެވެ.

“އެއްލޫ” ޔައުލާންވެސް ތެދުވިއެވެ. “މަރުހަބާ..” ހިނިތުންވެލަމުން ޔައުލާން ބުނެލިއެވެ.

“ކޮން ކަމަކަށް..؟”

“ހަހަ.. އެއްލު ބައްޕައަކަށް ވަނީ ނުން؟ މިކްޔާ ބަނޑުބޮޑު” އެޒިކިއެލްގެ ކޮނޑުގައި ޖަހާލަމުން ޔައުލާން ބުނެލިއެވެ. އެޒިކިއެލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ޔައުލާންއަށް ޝުކުރު އަދާ ކޮށްފައި އޭނާ ސްޓޭޝަނުން ނިކުމެގެން ދިޔައެވެ.

އަލައިރާ ނިދުމުން ލަޝްކާ އަދި ޔޫޒާވެސް އެނބުރި ދިޔައީ ގެއަށެވެ. އަލައިރާ ގާތުގައި މައިލޯ ޕެކެޓެއް ބޯން އިން މިކްޔާ އިނީ އެކުއްޖާގެ ކޯތާފަތުގައި ފިރުމާލަ ފިރުމާލައެވެ. ދުވަސްކޮޅަކުން އޭނާގެ ތިންދަރިންވެސް މިހެން އޭނާގެ ގާތުގައި ތިބޭނެއެވެ. މިހާރުވެސް އޭނާއަށް އެމަންޒަރު ސިފަވާ ފަދައެވެ.

ފުންނޭވާއެއް ދޫކޮށްލަމުން އޭނާގެ ބަނޑުގައި ފިރުމާލިއެވެ. “ދަރިފުޅުމެން.. އިންޝާ ﷲ ދަރިފުޅުމެން ދުނިޔެއަށް އަންނަން ވާއިރަށް ބައްޕިއަށްވެސް ވިސްނޭނެ.. އިންޝާ ﷲ އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” މިކްޔާ ބުނެލީ އުއްމީދާއި އެކުގައެވެ.

ޕެކެޓު ހުސް ވުމުން އޭނާ ތެދުވީ އޭތި ޑަސްބިނަށް ލާށެވެ. ކޮޓަރީގެ ޑަސްބިނަށް އެ ލާފައި އެނދާއި ދިމާލަށް އަންނަނިކޮށް އެޒިކިއެލް އައިސް ކޮޓަރިއަށް ވަނެވެ. “އެއްލޫ؟ ކޮބާ ކިހިނެއްތަ ކަންތައްތައް ދިޔައީ..؟” މިކްޔާ ދެއްކި ވާހަކައަށް ސަމާލު ކަމެއް ނުދީ އެޒިކިއެލް އައި ގޮތަށް އައިސް މިކްޔާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

މިކްޔާ ސިއްސައިގެން ދިޔުމުން އޭނާ އަރި އަޅާލިއެވެ. ދެމީހުން އެއްކޮށް ވެއްޓުނީ އެނދުމައްޗަށެވެ. “އެއްލޫ…؟”

މިކްޔާ ގޮވާލުމުން އެޒިކިއެލް އޭނާގެ މޫނަށް ބަލައިލިއެވެ. އޭރު އެޒިކިއެލް އޮތީ މިކްޔާގެ ގައި މަތީގައެވެ. އެޒިކިއެލްގެ ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ވެއްޓުނީ މިކްޔާގެ ކޯތާފަތަށެވެ.

“މިކީ… އަހަންނަށް ހުރިހާ އެއްވެސް އެނގިއްޖެ… އެއްލުއަށް މަޢާފު ކުރޭ… އެ ވީޑިއޯ އެއީ އަކިޔަލް ހެދި ވީޑިއޯއެއް.. ސޮރީ… ސޮރީ…” ކަންފަތު ފޫޅުގައި ހިފާފައި އެޒިކިއެލް ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ.

“އަޅޭ … އެ އޯކޭ، އޭ ލޯބީ.. އެއްލު އެހާ ވޭނުގަ ހުއްޓަ އެކަހަލަ ކަމެއް ވީމައޭ އެއީ.. ހަމަ އަސްލުވެސް، އަހަރެންގެ ހިތުގަ އެއްލުއަށްޓަކައި އެއްވެސް ބުރަކަމެއް ނެތް” މިކްޔާ ޔަގީން ކަމާއި އެކު ބުނެލިއެވެ.

އެޒިކިއެލް ހިނިތުންވެލަމުން މިކްޔާގެ ބަނޑުގައި ފިރުމާލިއެވެ. “ކޮން އިރަކު އެނގުނީ؟ ކިހާ ދުވަހެއް..؟” އެޒިކިއެލް އަހައިލިއެވެ.

“މިއަދު ހެނދުނު.. 6 ހަފުތާ.. އަދި އިނގޭތަ..؟”

“ހޫމްމް؟ ބުނެބަ..؟”

“އަހަރެމެންނަށް ލިބެނީ އެއްމާބަނޑު ތިން ކުދިން” މިކްޔާ އުފާވެލާފައި ބުނެލިއެވެ.

“ދޮގު ނުހަދާ… ހަމަ އަސްލުތަ..؟” އެޒިކިއެލް އުފާވެލާފައި އެހިއެވެ. މިކްޔާ ބޯ ޖަހައިލިއެވެ. އެޒިކިއެލް އުފާވެލާފައި މިކްޔާގެ ތުންފަތަށް ލޯބި ކޮށްލިއެވެ.

“ވަރަށް ވަރަށް ލޯބިވޭ.. ދެން އެކަހަލަ އެއްވެސް އެއްޗެއް ގަބޫލެއް ނުކުރާނަން.. އަހަރެން މިކީއަށް އިތުބާރު ކުރާނަން.. ޕްރޮމިސް…” މިކްޔާގެ ކަރުގައި ތުން ޖައްސާލަމުން އެޒިކިއެލް ބުނެލިއެވެ.

“މިކީވެސް… ވަރަށް ލޯބިވޭ.. އެކަމަކު ދެން ހޫން ތެދުވޭ.. އަލައިއަށް ފެނިދާނެ” އެޒިކިއެލް ދުރުކޮށްލަމުން މިކްޔާ ބުނެލިއެވެ.

“އެހެންތާ…؟ ބަލަ އަލައި އަށް އަދި 3 މަސް ނުވޭ.. އަލައިއަށް ފެނުނަސް އަލައި ހަނދާނެއްވެސް ނުހުންނާ ނެއް ނުން.؟ އެހެން ނޫނަސް އަލައި ނިދާފައޭ އެ އޮތީ..” މިކްޔާ ލައިގެން ހުރި ހެދުމުގެ ކަރު ތިރިކޮށްލަމުން އެޒިކިއެލް އެއްލޯ މަރައިލިއެވެ.

އަޒީން ވަޅުލާފައި ގެއަށް އައިސް ވައިން ރުޒައިކްގެ މޫނުމަތީގައިވީ ހިތާމައިގެ ތަސްވީރެކެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލިގެން ދިޔައީއެވެ. ޒާލާ އެހާ ވޭނުގައި ރޯތަން ފެނުމުންވެސް އޭނާ ހުރީ ހިތަށް ނުކުޅަދާނަ ވާވަރު ވެފައެވެ. އެނދަށް ވެއްޓި ގަނެވުނު އިރު ރުޒައިކް އޭރުވެސް އޮތީ އެކަން ގަބޫލު ނުކުރެވިފައެވެ. އެހެން ވިޔަސް ކުރާނީ ކީއްހެއްޔެވެ؟ މިހާރު އަޒީން އެވަނީ އަނބުރާ އައުމެއް ނެތް ދުނިޔެއަށް ގޮއްސައެވެ.

އެވަގުތު ކުއްލިއަކަށް އަޒީން އޭނާ އަތަށް ދިން ގަނޑުކޮޅު މަތިން ހަނދާންވިއެވެ. ހަމަ އެސިކުންތުގައި އޭނާ ތެދުވެ އިށީނެވެ. އަދި އަވަސް އަވަހަށް އެ ސިޓީ ނަގާ ހުޅުވާލިއެވެ. “އެކުވެރި ޒައިކްއަށް…” ހިތްވަރު ކޮށްލަމުން ރުޒައިކް އެ ސިޓީ ކިޔަން ފެށިއެވެ.

(ނުނިމޭ)

ފަހުބައިގެ ތެރެއިން:

“ހެޔޮނުވާނެ… އަހަރެން މި ދުނިޔެއަށް އެކަނި ކޮށްފަ ނުދޭ…” ޖާލީ ދޮރުގައި އަނެއްކާވެސް ޒަވުލް ޖަހައިލިއެވެ. ރޮއެ ރޮއެ ކޮޅަށް ހުންނާނެހާ ވަރުވެސް އޭރު އޭނާގެ ހަށިގަނޑުގައި ނެތެވެ. “އަހަރެން ބޭނުމެއް ނޫން ތިކަހަލަ އަނިޔާވެރި އާއިލާއެއްގެ މީހަކާ އެކު އުޅޭކަށް. އަހަރެންގެ ދިރިއުޅުމުން ފެއްސިގެން ދޭ” ކޮޓަރި ތެރެއިން ވިޝާޔާ ބުނެލި އަޑު އިވުނެވެ. ރުޅިވެރި ކަމާ އެކު އެހެން ބުނި ނަމަވެސް އެދެލޮލުގައިވި ކަރުނައެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Someone you may know

    Mi part kiyan vrh keh madhu vefa huhtai ehaa avahah upload kohladhiny thy vrh bodah Thankuu 💗🤗
    Mi part vx vrh salhi ingey can’t wait for the next part 🫶

    1. shihaamaa ali
      Someone you may know

      Awwnnn your welcomee 🥰🥰
      Jazaakillah khair, in sha allah next sooon 🩶🫶🏻🥹

  2. Someone you may know

    Comment koh nulevunas mi vhk ge hurihaa part eh vx upload kohlaa irah kiyan vrh kamudhey vrh furihama Masha Allah❤️🥰…Thi kuraa masahkathugai barakaaiy lahvaashi 💗🫶✨️

    1. shihaamaa ali
      Someone you may know

      Alheyyyy this is soooo sweeetttt🩶🫶🏻🥹 aameen, vrh vrh vrh vrh vrh bodah shukurihya 🥺 means so much❤️‍🩹

  3. Jkk

    Wait dhen innaanee fahubai. Is there a s2 for this. Meethi ehkoh nimenee??

    1. shihaamaa ali
      Jkk

      Lahbba dhen innaanee fahu bai.. noon no s2 thats the final🩶🫶🏻

  4. Futtaki

    Whatt????? Next is last episode.. nookie.. I don’t want this stry to be ended😭😭

    1. shihaamaa ali
      Futtaki

      yeahh next is the lastt☹️☹️ iktt i am also sooo sadd that the story is ending 😭☹️

  5. Mal

    Kn irak dhn oi bai kiyaalan libeyny… Can’t wait to read thr next part… Kiyaa hithun mi kiyaali vs… Umeedhu kuran vrh avahah next part laadheyneh kamah… Adhi mi kahalah ehn vhk eh kiyan libeyneh kahmah umeedhu kuran… Wish u luck…

    1. shihaamaa ali
      Mal

      In sha allah vrh avahah kiyaalan libeyne.. stay tuned dear🥰 in sha allah hama more to come.. jazaakillah khair🥹🩶✨️🫶🏻

  6. Exxo

    Wowww nice

    1. shihaamaa ali
      Exxo

      Jazaakillah khair Exxo 🩶

  7. MaZy

    NEXT IS THE LAST EP???? NOOOOO😭😭😭😭

    1. shihaamaa ali
      MaZy

      Sadlyyy yess☹️☹️☹️☹️

Comments are closed.