
ވާތީ ހިތަކު ލޯބި މަންމަންވެފާ – 98

“މިކްޔާ ނޫން..” މިކްޔާ ހުއްޓުވީ ޔޫޒާއެވެ. “އެއީ އަހަރެންގެ ފިރިމީހާގެ ލޭ… އަހަރެން ދެކޭނީ ތީ އަހަރެންގެ ވެސް ދަރިއެއްގެ ގޮތުގަ… އަހަރެން ގާތުން އެކުއްޖާ ބަނޑު ފުރާލަ ދިނަ ދީ..” މިކްޔާގެ އަތުގައި ހިފާލަމުން ޔޫޒާ މަޑުމަޑުން ބުނެލިއެވެ.
(98 ވަނަ ބައި)
މިކްޔާ ބަލައިލީ ލަޝްކާގެ މޫނަށެވެ. ހުއްދަ ހޯދާލީ ފަދަ ގޮތަކަށެވެ. “ހާސްނުވެބަލަ.. އަހަރެންގެ ހިތަކު ތިކުއްޖާ އަށްޓަކައި ހަމްދަރުދީ ނޫން އެހެން އެއްވެސް އެއްޗެއް ނެތް.. އަހަރެން މީ ދިޔާން ކަހަލަ އަނިޔާވެރިއެއް ނޫން..” ޔަގީންކަން ދޭފަދައިން ޔޫޒާ ބުނެލިއެވެ.
މިކްޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ޝުކުރު އަދާ ކޮށްފައި ޔޫޒާ ގޮސް ކުޑަކުޑަ އަލައިރާ އުރާލިއެވެ. އަލައިރާގެ ނިތުގައި ތުން ޖައްސާލަމުން އޭނާ އެނދުގައި އިށީނދެލިއެވެ.
***
“ކޮބާ އެއްވެސް އެއްޗެއް ފެނުނުތަ؟” ޔައުލާން އައިސް ކުރިމަތީގައި ހުއްޓުމުން، ދާއިޔަލް އަހައިލިއެވެ.
“އަކިޔަލް އެބުނީ ތެދެއް… އެކަމަށް ޒާވިލް އަމިއްލައަށް ވަނީ އެއްބަސްވެފައި… އެލާރާ ސަލާމަތްވީ ދުވަސްކޮޅު ދިޔާން ބޯ ހަމަ ޖައްސާ ލާށޭ ކިޔާފައި މި ގަނޑެއް ގަތީ.. ބައެއްގެ ފުރާނަ ނައްތާލައިގެން ކޮން އުފަލެއް ލިބޭނީ..؟” ނިތުގައި އަތް ހާކާލަމުން ޔައުލާން ދޫކޮށްލީ ފިނި ނޭވާއެކެވެ.
ކޮންޕިއުޓަރު ކައިރީގައި އިން ރުޒައިކްގެ ފޯނު ދިއްލުނީ މެސެޖެއް އައިސްގެންނެވެ. އައީ ޒާލާގެ މެސެޖެކެވެ. “އޭ އަހަރެން ދާން ޖެހިއްޖެ.. އަޒީން ޑައިލަސިސް ހަދައިގެން އެ ނިކުތީ.. މުޅިން ފައްކާ ނޫންވީމަ އައިވީއެއް ގުޅުވާލާފަ މިއޮތީ.. އަހަރެން އެބަ އަންނަން އަޒީން އަށް ކާލާނެ އެއްޗެއް ހިފައިގެން.. އަހަރެން އަންނަންދެން މިތާ މަޑުކޮށްލަ ދެން އާދެވިދާނެތަ..؟” ޒާލާގެ މެސެޖުގައި އިނެވެ.
“ހޭ… އަހަރެން ޖެހިއްޖެ ހޮސްޕިޓަލަށް ދާން.. އަޒީން އެތާގަ އެބައޮތް.. އައިސް ލާނަން އިނގޭ؟” ފޯނު ޖީބަށް ލަމުން ރުޒައިކް ބޭރަށް ނިކުންނަމުން ބުނެލިއެވެ. ޔައުލާން، އެޒިކިއެލް އަދި ދާއިޔަލް ބޯ ޖަހައިލުމުން ނިއްކުރި މަތީގައި އިން އޭނާގެ އައިނު ނަގާ އެ ތޫނު ދެލޯ ވަންހަނާ ކޮށްލަމުން އޭނާ ސްޓޭޝަނުން ނިކުތެވެ.
އެއްއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ސްޓޭޝަނުން ނިކުން ރުޒައިކްއަށް މީހުންގެ ލޯތައް ހުއްޓެމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ރީތި ގޮތަކަށް ކޮށާލާފަ އިވީ އޭނާގެ ފަން އިސްތަށިގަނޑުން ‘އޮފް’ އަރަމުން ދިޔަ އިރު، ތުނިކޮށް ކޮށާލާފައި ހުރި އޭނާގެ ތުނބުޅިން ވަރަށް ‘ސްމާޓް’ ކަމަށް ދައްކައެވެ. ލައިގެން ހުރި ފުލުސް ޔުނީފޯމުންވެސް އޭނާގެ ބައިމަތި ފުޅާ ހަށިގަނޑު އެނގެމުން ދިޔައެވެ. އަތުގައި ފުއްޕާލާފައި ހުރި ނާރުތައް ފެނިފައިވެސް މަގުން ދިޔަ އަންހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. އެއިން އެއްވެސް ކަމަށް ސަމާލު ކަމެއް ނުދީ އޭނާ ހަސްފަތާލަށް ދިޔައީ ހެޔޮވަރު ދުވެއްޔެއްގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި ސައިކަލު މަޑުކޮށްލާފައި ރުޒައިކް ސައިކަލުން ފޭބިއެވެ. މަގުގެ ދެފަރާތް ބަލާލާފައި އޭނާ ލަސް ހިނގުމުގައި ގޮސް ހަސްފަތާލަށް ވަނެވެ. ދޮރު ހުޅުވުމާއި އެކު އެތެރެއަށް ވަދެ ރުޒައިކް، އޭނާގެ ލޮލުގައި އިން އައިނު ނެގިއެވެ. އޭރު ނިތްމަތީގައި ހިއްލާފައި ހުރި ދާތައް އެއްއަތުން ފުހެލަމުން އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ.
އެކުޑަކުޑަ ވަގުތު ކޮޅުގައިވެސް ގިނަ ބައެއްގެ ލޯތައް އޭނާއަށް ހުއްޓުނެވެ. ޒުވާން އަންހެން ކުދިންނެވެ. ރަށާއި ބީރައްޓެހި އަންހެން ކުދިންނެވެ. ކުޑަ ކުދިން ގޮވައިގެން އުޅުނު މަންމައިންވެސް ‘ޕޮލިސް ބޭބެ އައީ އޭ ބަސް އަހާށޭ’ ބުނަން ފެށިއެވެ.
ރުޒައިކް ބަލައިލީ ޒާލާ ކޮށްފައި އިން މެސެޖެވެ. އަޒީން އޮތީ ކޮން ކޮޓަރިއަކު ގައިކަން ޔަގީން ވުމުން ފޯނު ޖީބަށް ލަމުން އޭނާ ހިނގައިގަތެވެ. ހަސްފަތާލުގެ އަނެއް ފަޅިއަށް ގޮސް އޭނާ ލިފްޓުގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިފްޓު އައިސް މަޑު ކޮށްލުމުން އެއަށް އަރާ އޭނާ 2 ވަނަ ބަޔަށް ފިއްތާލިއެވެ.
އެބަޔަށް ފައިބައިފައި ރުޒައިކް ލަސް ހިނގުމުގައި ހިނގައިގަތެވެ. އެތަނުގައި އިން ބޮޑު ލޯގަނޑުން މަގުމަތީގައި ދުއްވަމުން ދިޔަ ކާރާއި ސައިކަލުތައް ފެންނަމުން ދިޔައެވެ. މުޅި ތަނުގައި ދުވަނީ އެކި ކަހަލަ ކަހަލަ އިގެ ބޭހުގެ ވަހެވެ. އިވެނީ މެޝިނު ތަކުގެ އަޑެވެ. ކިރިޔާ ފުރާނަ ހުރި ހާލުގައި ތިބި މީހުންވެސް އެތަނުގައި ތިއްބެވެ.
ފޮތިގަނޑު ކަހައި ލަމުން ރުޒައިކް އަޒީން އޮތް އެނދާއި ގާތްވެލިއެވެ. “ކޮބާ؟ ކިހިނެއްތަ..؟” ކައިރީގައި އިން ގޮނޑީގައި އިށީންނަމުން ރުޒައިކް އަހައިލިއެވެ.
“އޯކޭ ދެން. ކޮބާ… ދެން.. ތި ހައްޔަރު ކުރި މީހުން އެކަމާ އެއްބަސް ވެއްޖެތަ؟” އަޒީން ކެއްސާ ލަމުން އަހައިލިއެވެ.
“އާން.. ނަސީބަކުން އެކަމެއް އެހާ އުނދަގުލެއް ނުވި.. ދޮގެއް ހެދެންވެސް ހަގީގަތުގައި އެމީހުނަކަށް ނެތް އިނގޭ؟ ހުރިހާ ހެއްކެއް އެއޮތީ ފެންނަން ވިއްޔާ.. ދާއިޔަލްއަށް ހަމަ ވަނައެއް ދޭ ވަރު..” ރުޒައިކް ދާއިޔަލްއަށް ތައުރީފު ކޮށްލިއެވެ.
ހިނިތުންވެލަމުން އަޒީން ތެދުވެ އިށީނެވެ. “އޭ؟ ކިހިނެއްވީ ތި ތެދުވީ؟” އަޒީންގެ އަތުގައި ހިފާ ހުއްޓުވަމުން ރުޒައިކް އެހިއެވެ.
“ދީބަލަ.. އެއޮތީ އަހަރެންގެ ފޯނު…” އަޒީން އަތް ދިއްކޮށްލީ ކައިރީ އިން މޭޒުމަތީގައި އޮތް އޭނާގެ ފޯނަށެވެ. ބޯ ޖަހައިލަމުން، ރުޒައިކް ގޮސް އެ ފޯނު ނެގިއެވެ. އަދި އަޒީން އަތަށް ދިނެވެ.
މޭގައި ފިރުމާލަމުން އަޒީން އޭނާގެ ފޯނަށް ލައްވާފައި އޮތް ކަޅު ކުލައިގެ ކަވަރު ނައްޓާލިއެވެ. އޭގެ ތެރޭގައި ކުޑަ ވަރެއްގެ ގަނޑުކޮޅެއް އޮތެވެ. އަދި ރުޒައިކް ގާތުގައި އޭނާ ގާތަށް އައުމަށް ބުނެލިއެވެ. ހައިރާންވެފައި ހުރި ނަމަވެސް ރުޒައިކް އޭނާ ގާތަށް ދިޔައެވެ.
ކެއްސައި ގަންނަމުން އަޒީން ވާހަކަ ދައްކަން ފެށިއެވެ. އޭރުވެސް އެ ހަށީގައި އެއްވެސް ވަރެއް ނެތްކަން އެނގެއެވެ. “ތީ އަހަރެން ޒައިކް އަށް ދޭ އަމާނާތެއް… އަހަރެން ދުނިޔޭގައި ހުއްޓާ ތި ނުހުޅުވާތި.. ތި ގަނޑުކޮޅުގައިވެސް އޮންނާނީ އަހަރެންގެ އަމާނާތެއް.. އަހަރެން ކުރާ ވަސިއްޔަތެއް.. އުއްމީދު ކުރަން އެ ވަސިއްޔަތަށް…” ކެއްސައި ގަނެފައި އަޒީންގެ އަނގައި ލޭތައް ނިކުންނަން ފެށިއެވެ. އޭނާގެ ހަށިގަނޑަށް ގުޅުވާފައި ހުރި މެޝިނުތަކުގެ އަޑުވެސް ބާރު ވާން ފެށިއެވެ.
އެ ގަނޑުކޮޅު އަވަސް އަވަހަށް ޖީބަށް ލަމުން ރުޒައިކް އެތަނުން ނިކުތެވެ. “ޑޮކްޓަރު… އާދެބަލަ ވަރަށް އަވަހަށް… އަޒީނަށް ގޮތެއް ވެ އެބަ..” އަޑުގެ ނެތްތަނަށް ރުޒައިކް ހަޅޭއްލަވައިގަތެވެ. ކުޑަކުޑަ ހިނދުކޮޅެއް ތެރޭގައި އެތަނަށް ނަރުހުންނާއި ޑަކްޓަރު އައެވެ. އަދި ރުޒައިކް ގާތުގައި އެތަނުން ނިކުތުމަށް އެންގިއެވެ.
ހަސްފަތާލު ތެރެއަށް ވަދެގެންއައި ޒާލާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެއް އަތުގައި މޭވާ ތައްޓެއް އިން އިރު އަނެއް އަތުގައި އިނީ ކުޑަ ފޮއްޓެކެވެ. އެ ފޮއްޓާއި ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު އެ ދޮން މޫނު އުފަލުން ފޮޅެއެވެ. އެ ދޮން ކޯތާފަތް ރަތްވެއެވެ. އެއީ ކޯއްޗެއް ބާއެވެ؟
ލިފްޓަށް އެރި އިރު އެތަނުގައި ހުރީ އޭނާ އެކަނި ކަމުން އަނެއްކާވެސް އޭނާ އެފޮށި ހުޅުވާލިއެވެ. އޭގައި އޮތީ ރިހި އަނގޮއްޓި އެކެވެ. “Z♡A” ޖަހާފައި އިން އެ ރިހި އަނގޮޓީގައި އޭނާ ލޯބިން ފިރުމާލިއެވެ. އަދި މަޑުމަޑުން ތުން ޖައްސާލިއެވެ.
“ޒީން.. ޒީންގެ މާޒީގައި ކޮންމެ ގޮތަކަށް ކަންވެފައި އޮތް ނަމަވެސް އަހަރެން ޒީންދެކެ ވަރަށް ލޯބިވޭ… އަދި އަބަދުވެސް ލޯބިވާނަން… އިންޝާ ﷲ …” ޒަލާ ދެން ހުޅުވާލީ އޭނާގެ ދަބަސް ތެރޭގައި އޮތް ފައިލެވެ. އެއީ ޒާލާގެ ގުރުދާ (ކިޑްނީ) އަޒީންއަށް ދޭން ވެގެން ހެދި ޓެސްޓުގެ ނަތީޖާއެވެ. ޒާލާ އެހުރީ މިއަދުން މިއަދަށްވެސް އަޒީނަށް އެ ދޭން ތައްޔާރަށެވެ. އަދި ދެމީހުން ކައިވެނި ކޮށްގެން އުފަލުގައި ދިރިއުޅޭށެވެ.
ޑަކްޓަރުން އެ އެނދުކައިރީގައި ހަރަކާތް ތެރިވަމުން ދިޔަ އިރު ރުޒައިކް އިނީ އެތަނުގައި އިން ސޯފާއެއްގައެވެ. ގަބުވެފައި އިންދާ މާ ގިނަ އިރެއް ނުވެ ޑަކްޓަރު އައިސް އޭނާ ކުރިމަތީގައި ހުއްޓުނެވެ.
“މަޢާފު ކުރަށްވާ.. އަޅުގަނޑުމެނަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފިން… އެކަމަކު… އަޒީން… އަޒީންގެ ފުރާނަ ސަލާމަތެއް ނުކުރެވުނު…” އިސްޖަހާލަމުން ޑަކްޓަރު ސާއިދު ބުނެލިއެވެ. އެވަގުތު ވެގެން ދިޔައީ ލިފްޓު ހުޅުވުނު ވަގުތަށެވެ. ސާއިދު އެހެން ބުނި އަޑު ޒާލާއަށް ނީވޭކަން އެނގުނީ އޭނާގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުން ފެނިފައެވެ. ސާއިދު، އަދި ސާއިދު ގާތުގައި ތިބި ދެ ނަރުހުންވެސް އިސްޖަހާލީ އެއީ ޒާލާގެ ލޯބިވެރިޔާކަން އިނގޭތީއެވެ. ހަމްދަރުދީއިން ފުރިފައިވީ ދެލޮލުން ޒާލާއާއި ދިމާލަށް ބަލަން ހުރި ރުޒައިކްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ…
(ނުނިމޭ)
ނުވަދިހަނުވަވަނަބައިގެ ތެރެއިން:
“އަން…” ނަރުސް ކުއްޖާ ދިއްކޮށްލި މަރުގެ ފޯމު ފެނި ޒާލާގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑު ނަގާ ރޯން ފެށުނެވެ. އޭނާ އެމަރުގެ ފޯމު ފުރާނީ ކިހިނެއް ހެއްޔެވެ؟ އެކަން ކުރަން އެހިތަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ ނޫނެކެވެ. އެކަމެއް ނުވާނެއެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Noooo😭😭😭 Azeeeennnn😭
☹️☹️☹️☹️
AZEEENNN NOOOO😭😭😭😭 Shier thennnnn😭😭
Waiting for next!
Luvd reading this part✨ pure talent👏
Lysm💗
Jazaakillah khair Your fav bab
Next out noww 🩶🫶🏻🥹
Omg mi pet ves vrh salhi
Nooooo whaattt sheen nooo not Azeen💔
When next ???????
How long is this story Shihaa?????
Tc
Jazaakillah khair Exxo
Next out noww 🩶🫶🏻🥹
100eps innaanee