
ވާތީ ހިތަކު ލޯބި މަންމަންވެފާ – 100

އެވަގުތު ކުއްލިއަކަށް އަޒީން އޭނާ އަތަށް ދިން ގަނޑުކޮޅު މަތިން ހަނދާންވިއެވެ. ހަމަ އެސިކުންތުގައި އޭނާ ތެދުވެ އިށީނެވެ. އަދި އަވަސް އަވަހަށް އެ ސިޓީ ނަގާ ހުޅުވާލިއެވެ. “އެކުވެރި ޒައިކްއަށް…” ހިތްވަރު ކޮށްލަމުން ރުޒައިކް އެ ސިޓީ ކިޔަން ފެށިއެވެ.
(100 ވަނަ ބައި / ފަހުބައި)
“ޒައިކް މިވަގުތު ތީނީ މި ސިޓީ ކިޔަން ނަމަ އޭގެ މާނައަކީ އަހަރެން މިހާރު ދުނިޔެއަކު ނެތޭ… އަހަރެން އުއްމީދު ކުރަން… އަހަރެން ނެތުމުން ސަބަބުން ޒައިކް އެހާ ހިތާމަ ނުކުރާނެ ކަމަށް… އަހަރެމެން ހުރިހާ އިންސާނުންނަކީވެސް ވަގުތީ މެހެމާނުން.. އެއްބައި މީހުންގެ އުމުރު ދިގު އިރު، އަނެއްބައި މީހުންގެ އުމުރު ކުރުވާނެ.. އެގޮތުން އަހަރެން މީ އުމުރު ކުރުމީހުންގެ ތެރޭގައި ހިމެނޭ މީހެއް.. އަހަރެންނަށް ދިރިއުޅެން މާ ގިނަ ދުވަހެއް ދެން ނެތްކަން އެނގޭތާ މިހާރު ކިތަންމެ ދުވަހެއް. ހަގީގަތަށް ބުނަންޏާ އަހަރެން އެކަމަށް ދުއާވެސް ކުރިން.. އެކަމަކު… ޒާލާ އަހަރެންގެ ހަޔާތައް އައި ހިސާބުން އަހަރެންނަށް ދިރިއުޅުމަށް އުއްމީދެއް ލިބުނު.. އަހަރެން ބޭނުންވީ.. ވަރަށް ބޭނުންވި.. ޒާލާއާއި ކައިވެނި ކުރަން.. އެކަމަކު.. އަހަރެންނަށް އޭރުވެސް އިނގޭ އެދުވަހެއް ނުފެންނާނެކަން.. ކައިވެނި ކުރެވުނަސް އިނގޭ މާ ގިނަ ދުވަހެއް ނުވެ ޒާލާ ހުވަފަތް ވާނެކަން.. އެހެންވެ އަސްލު އަހަރެން ކައިވެނީގެ ކަންކަން އެހާ ކުރަން ނޫޅުނީވެސް.. އެކަން ކޮށްފި ނަމަ ދެން ޒާލާ ހިތުގައި ޖެހޭލެއް މާ ބޮޑުވާނެތީ… މިއަދު… ޒާލާ ވަރަށް އެކަނިވާނެ.. އޭނާގެ ލޮލުން ކަރުނަ ފުހެ ދޭކަށް މިއަދު އަހަރެން މިތާކު ނުވެސް ނެތް.. އަހަރެން އެންމެ ދެރަވަނީ އެހެންވެ.. އެހެންވެ އަހަރެން ބުނެލަން ބޭނުންވީ… އަހަރެންނަށް އިނގޭ ޒައިކް ޒާލާދެކެ ލޯބިވޭ ކަން.. ޒާލާއަށް ބަލާގޮތުންވެސް.. ތި ދެލޮލުން ޒާލާއަށްޓަކައި ލޯބި އަހަރެން ދެކުނިން.. އެހެން ވެގެންނޭ ކިޔާފަ ޒައިކް އަހަރެންނާއި ދޭތެރޭގައި އެއްވެސް ކަހަލަ ނުރުހުމެއް ނުބާއްވާ.. އަބަދުވެސް ކަން ކުރާހެން ކަން ކުރީ.. އެހެންވެ.. އަހަރެން… އަހަރެން.. އުއްމީދު ކުރަން ނޫނެކޭ ނުބުނާނެ ކަމަށް. މީ.. މީ އަހަރެން ކުރާ ވަސިއްޔަތެއް… ޒައިކް… ޒާލާއާއި ކައިވެނި ކުރޭ.. ޒާލާ ބަލަން އަހަރެން ޒައިކް ނޫން އެހެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭ.. އުއްމީދު ކުރަން… އަހަރެންގެ ޒާލާ ބަލައިދޭނެ ކަމަށް.. އެކުވެރި، އަޒީން…”
“އަޒީން… އަހަރެން… އަހަރެން އަޒީންގެ އަމާނާތަށް އަނިޔާވެރިއެއް ނުވާނަން.. އަބަދުވެސް ލޯބި ދީގެން ބަލާނަން. މީ އަހަރެން ވާ ވައުދެއް..” މޭގައި އެ ކަރުދާސްކޮޅު ޖައްސާލި އިރު ރުޒައިކްގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.
***
“ޕިސް.. އަޅޭ… އެހާ އަނިޔާ ވެރިވާން ހެޔޮނުވާނެ…” ދާއިޔަލްގެ މޭގައި ބޯ އަޅާލައިގެން އޮތް ލަޝްކާ އޮތީ އޭނާ އެ ކިޔައިދިން ވާހަކަތައް ގަބޫލު ނުކުރެވިފައެވެ.
“އެކަހަލަ އަނިޔާ ވެރިންނަކަށް ނުވިސްނޭނެ.. މިއަދު އެއްކަމެއް ޔަގީން ވެއްޖެ… މީ ހަމަ ދެމައިންގެ ދަރިން…” އަތް މުށްކަވާލަމުން ދާއިޔަލް ބުނެލިއެވެ.
“އޭން؟؟؟ ކީކޭ…؟” ލަޝްކާ ކުއްލިއަކަށް ކޮޅަށް ޖެހުނެވެ. އެއީ އަދި އޭނާއަށް ނޭނގޭ ހަބަރެކެވެ. ގައިމު ދިޔާންއާއި ދާއިޔަލް އެހާ ވައްތަރެވެ. ގިނަ ބަޔަކު އެއީ އެއްމާބަނޑު ދެބެންނޭ ވެސް ކިޔާ އުޅެއެވެ.
“އާން… ދިޔާންގެ މަންމަ މަރުވީ ފަހުން އަހަރެންގެ މަންމައާއި ދިޔާން ބައްޕަ ކައިވެނި ކުރީ.. ބަލާލާފަ މީހަކަށް ނޭނގެނީ ދެމީހުން މިހާ ވައްތަރުވީމަ.. ދިޔާންގެ ބައްޕައާއި ދާއީވެސް ވައްތަރީ.. ދިޔާން ވެސް.. އެހެންވެ އެހެން ހީވަނީ.. އެކަމަކު ދޯ… ދެން އަސްލު ބުނަންޏާ.. އަހަރެމެން މީ ހަމަ އެއްވެސް ގުޅުމެއް ނެތް ބައެއް އަސްލު… އަހަރެން މީ، ދިޔާންގެ ބައްޕައާއި އަހަރެންގެ މަންމަގެ ނަހަލާލު ދަރިއެއް…” ދުރު ބަލާލަމުން ދާއިޔަލް ބުނެލިއެވެ.
“ލަޝް އަހާލަންތަ..؟”
“ކޯއްޗެއްތަ ލޯބީ..؟”
“ކީއްވެ ކުރިން ތި ވާހަކަތައް ކިޔާ ނުދިނީ…؟” އިސްޖަހައިލަމުން ލަޝްކާ އަހައިލިއެވެ.
“އަހ.. މީ… ދެން ދާއީ އެހާ ދައްކާ ހިތްވާ ވާހަކައެއް ނޫން. ކާކުތަ އަމިއްލަ ދުލުން ބުނަން ބޭނުންވާނީ ތިމަންނަ މީ ނަހަލާލު ދަރިއެކޭ؟ އަދި އެހެން ނޫނަސް ދާއީގެ މަންމަ ދިޔާންއާއި ދޭތެރޭ ކަންކުރީ ވަރަށް އިހާނަތިކޮށް. އެހެން ވިޔަސް ދިޔާން އޭރު ވަރަށް ރަނގަޅު. ދިޔާން ފަރާތުން އަހަރެންނާއި އަކިޔަލްއާއި ވެސް ދިމާވީ.. އެއީ އޭރުވެސް ހަމަ ވަރަށް ގާތް ދެރަހުމަތްތެރިން… އުއްމީދު ކުރަން ލަޝް މިކަމާ ބެހޭގޮތުން ހިތްހަމަ ނުޖެހޭނެ ކަމަށް.. އަހަރެން މުޅި ހަޔާތުގައި ވެސް މި ވާހަކަ މި ކިޔައިދިނީ ލަޝްއަށް އެކަނި” ދާއިޔަލް ދުރު ބަލައިލަމުން ކިޔައިދިނެވެ.
“ދެން… މިހާރު ކޮބާ ދާއީގެ މަންމައާއި ބައްޕައާއި؟” ލަޝްކާ ދާއިޔަލްގެ އަތުގައި ހިފާލަމުން އެހިއެވެ.
“ދާއީއަށް 13 އަހަރުގަ ލާންޗު ބަންޑުން ވީ ކާރިސާ އެއްގަ ނިޔާވީ.. އެދުވަހަށް ފަހު ދެމީހުން އެކަނި މިއުޅެނީ.. އޭރު ވެސް ދިޔާންއާއި އަކިޔަލްއާއި ނުލާހިކު އަންހެނުން ހިތިވާނެ. އޭރު ދެން ދާއި ބެލި ބަޔަކީ އެއީ.. އެހެންވެ އަސްލު ދާއީއަށްވެސް އެހާ އަންހެން ކުދިން ވެގެން އުޅެވުނީ…” ފުންނޭވާއެއް ދޫކޮށްލަމުން ދާއިޔަލް ބުނެލިއެވެ.
ލަޝްކާ މަޑުމަޑުން ދާއިޔަލްގެ މޭގައި ބޯ އަޅައިލިއެވެ. އަދި ދާއިޔަލްގެ އަތުގައި ހިފައިލިއެވެ. “އިންޝާ ﷲ ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ…” ދާއިޔަލްގެ އަތުގައި ފިރުމަމުން ލަޝްކާ ބުނެލިއެވެ. ދާއިޔަލް ހިނިތުންވެލިއެވެ. އަދި ލަޝްކާގެ ބޮލުގައި ތުން ޖައްސާލިއެވެ.
“ދެން ހިނގާ ނިދަން ދޯ؟ ދާއި އަދި މާދަން ފަތިހުން މާލެ ދާންވެސް ޖެހެޔޭ ނުން..؟” ދާއިޔަލްގެ މޫނަށް ބަލައިލަމުން ލަޝްކާ ބުނެލިއެވެ.
“މްމްމްމް. ހިނގާ ދޯ ނިދާލަން..” ލަޝްކާ އޭނާގެ މޭގެ ތެރޭގައި ބޮނޑިކޮށްލަމުން ދާއިޔަލް އޭނާގެ ނިތުގައި ތުން ޖައްސާލިއެވެ.
އިރު އަރައިގެން ގޮސް ހެނދުނު ހަތެއް ޖެހި އިރު ވެސް ޒާލާ އޮތީ އޭނާގެ އެނދުމަތީގައެވެ. ހަމަ އެކަނި ދެލޯ ފެންނަވަރަށް ފޮތިގަނޑު އަޅައިގެން އޮތް އިރު އެދެލޮލުން އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން، ފެންނަމުން ދިޔައެވެ. ދުވަސްކޮޅަކީ އޭނާގެ މައްސަރު ދުވަސްކޮޅުން، ނަމާދަށް ތެދުވަން ނުޖެހޭތީ އޭނާ އެއޮތީއެވެ. ރޭ ހަތަރުދަމު އެދިޔައީ ލޮލުފިޔަ ޖަހާ ނުލައެވެ. އެކަނިވެރި ވަނީއެވެ. ދެން އޭނާގެ ހުރީ ކާކު ހެއްޔެވެ؟
ސްޓޭޝަނަށް ދާން ވެގެން ތައްޔާރު ވާން ހުރި ޒަވުލްގެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ވިއެވެ. ދިޔާންއާއި އަކިޔަލް ހައްޔަރު ކުރި ވާހަކަ އޭނާއަށްވެސް ވަނީ އެނގިފައެވެ. އެހެން ވިޔަސް އޭނާ ގާތުގައި ސްޓޭޝަނަށް އަންނަން ބުނަން ޖެހުނު އެއްވެސް ސަބަބެއް އޭނާއަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ.
“ޓޮއް ޓޮއް”
ދޮރުގައި ޓަކި ޖަހައިލީ އަޑަށް އަތުގައި އިން ‘އައިލެންޑް ޕާފިއުމް’ ސެންޓު ފުޅި މޭޒުމަތީގައި ބައިންދަމުން ޒަވުލް ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ވިޝާޔާއެވެ. “ކޮބާ ތައްޔާރުތަ..؟” ހިނިތުންވެލަމުން ވިޝާޔާ އަހައިލިއެވެ.
“އާން. އެކަމަކު ވެސް ދޯ؟ އަދިވެސް މަށަކަށް ނުވިސްނޭ އަހަރެން އެތަނަށް ދާން ޖެހުނު ސަބަބެއް. ވަރަށް ވަރަށް ވިސްނައިފިން” ފުންނޭވާއެއް ދޫކޮށްލަމުން ކޮޓަރީގައި އިން ސޯފާއަށް ޒަވުލް ވެއްޓިގަތެވެ.
“އެމީހުންނޯ އެ ފުލުސް އެޒިކިއެލްގެ އަންހެނުންގެ މަންމަމެންވެސް މަރާލީ.. ވެދާނޭ ނުން ޒަވޫގެ ބައްޕަގެ މަރުގެ ފަހަތުގައިވެސް ތިބީ އެމީހުން ކަމަށް…؟” ޒަވުލް ގާތުގައި އިށީންނަމުން ވިޝާޔާ ބުނެލިއެވެ.
“ތީ ވެސް ވެދާނެ ގޮތެއް ދޯ.؟ ދެން ނޭނގެ.. އަހަރެން ގުޅާނަން އިނގޭ.؟ އިންޝާ ﷲ މިކަންތައްގަނޑު ނިމުމުން ދެން އޮންނާނީ އަހަރެމެންގެ ކައިވެނި” ވިޝާޔާގެ އަތުގައި ހިފާލަމުން ޒަވުލް ބުނެލިއެވެ. ވިޝާޔާ ހިނިތުންވެލިއެވެ.
“އަހަރެން މިދަނީ އިނގޭ؟ ވިޝާ… ދޭބަލަ ދޮންތަ ކައިރިއަށް ވަދެލަން.. އަދިވެސް ހަމަ ވަރަށް ސަކަރާތް” ކޮޅަށް ތެދުވެލަމުން ޒަވުލް ބުނެލިއެވެ.
ހެޔޮވަރު ދުވެއްޔެއްގައި ސައިކަލުގައި އައިސް ޒަވުލް މަޑުކޮށްލީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ސްޓޭޝަނަށް ވަދެގެން ދިޔައީ ލިބެން މިއުޅެނީ ކިހާ ވަރެއްގެ ޙަބަރެއް ކަންވެސް ނޭނގޭ ހާލުގައެވެ.
“އައްސަލާމު އަލައިކުމް” ޒަވުލް އެތެރެއަށް ވައިން އިރު، އޭނާގެ އިންތިޒާރުގައި މިއުވާން ހުއްޓެވެ.
“ވައަލައިކުމުއް ސަލާމް” މިއުވާން އާއި ސަލާމް ކޮށްލަމުން ޒަވުލް ހިނިތުންވެލިއެވެ.
“ދުރުވޭ އަޅުގަނޑާއި އެކު” އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލަމުން މިއުވާން އެތެރެއަށް ވަނެވެ.
ޒަވުލް ގޮވައިގެން އޭނާ ދިޔައީ ކުޑަ ކޮޓަރިއަކަށެވެ. އަދި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. އަދި ޒަވުލްގެ ކުރިމަތީގައި އިށީނެވެ.
“އަޅުގަނޑު މިއަދު ޒަވުލް މިތަނަށް މި ގެނެސް ލީ … ޒަވުލްގެ ބައްޕަގެ މަރާއި ބެހޭ ގޮތުން ވާހަކަ ދައްކާލަން…” ފުންނޭވާއެއް ދޫކޮށްލަމުން މިއުވާން ވާހަކަ ދައްކަން ފެށިއެވެ.
ޒާލާ ގާތުގައި އިރުކޮޅަކު އިނދެފައި ވިޝާޔާ ގެއަށް ދާން ނިކުތީ ގެއަށް، ކައްކަން ދާށެވެ. އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުން ނިކުން ތަނާހެން އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ފަހަތުން މީހަކު ގޮވައިލީ އަޑަށެވެ. ފަހަތުގައި ހުރީ އައިޝާއެވެ.
“ކޮއްކޮ އަދިވެސް މިގެއަށް އަންނަންތަ؟” ހައިރާންވެފައި ހުރެ އައިޝާ އެހިއެވެ.
“އާން.. މީ ޒަވުލްގެ ގެޔެއް ނުން..؟ އެހެންވެ އަހަރެން އަންނާނެއް ނުން..؟” ހިނިތުންވެލަމުން ވިޝާޔާ ބުނެލިއެވެ.
“އެކޮއެ.. މީ އަންނަ ވަރު ތަނެއް ނޫނޭ އެކަމަކު.. އެކޮއެ ދެނަހުރީމުތަ ތި ޒަވުލްގެ ބައްޕައަކީ ބޮޑު ޤާތިލެއް ކަން..؟” އައިޝާ ކޮށްލި ސުވާލުން ވިޝާޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.
“ކި… ކީކޭ…؟”
“އާން… އެ ޒާވިލް ނިޔާވީވެސް ބަޔަކު މަރާލަން އުޅެނިކޮށް. އެ ދިޔާންއާއި އަކިޔަލް އެލާރާ ފަކީރު ގަޔަށް އަރާ އެކުއްޖާގެ ދުވަސް ދުއްވާލީ ވެސް ޒާވިލް ހެދި ގެޔެއްގައި. އަދި ކޮބާ؟ އެ ފުލުސް މީހާ.. އެޒިކިއެލް ކަންނޭނގެ ކިޔާނީ.. އެސޮރު އިނދެގެން އުޅޭ ކޮއެގެ މަންމަމެން ގޭގަ ރޯކޮށްލާނެ ސާމާނުވެސް ފޮނުވީ ޒާވިލްއޭ. އެވަރުގެ މީހަކާތަ އިންނަން ތިއުޅެނީ…؟” ބޯ ހޫރުވަމުން އައިޝާ ބުނެލިއެވެ. އެވަގުތު ބާރު ދުވެލީގައި އެދިމާލަށް އަންނަމުން ދިޔަ ޒަވުލް ފެނިފައި އައިޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ލަސް ލަހުން ހިނގައިގަތެވެ.
ބިންމައްޗަށް ސައިކަލު ވައްޓާލާފައި ގޮސް ވިޝާޔާ ކުރިމަތީގައި ހުއްޓުނު ޒަވުލްއަށް މިހާރު އޭނާއަށް ހުރިހާ އެއްޗެއް އެނގިއްޖެކަން އެނގުނީ ވިޝާޔާގެ މޫނުމަތީގައި ހުރި އަސަރުތަކުންނެވެ. ޒަވުލްގެ ދެލޯ ކަރުނުން ފޯވިއެވެ. އޭނާއަށް ވިޝާޔާ ދެން މަޢާފު ކުރާނެ ބާއެވެ؟
“ވި.. ވިޝާ-” ވާހަކަ ދައްކަން އަނގަ ހުޅުވާލި ޒަވުލްގެ އަނގަ ލެއްޕުނީ ވިޝާޔާ އޭނާގެ ކަންކަށިމަތީގައި ޖެހުމުންނެވެ.
“މި ނިމުނީ މިކަން.. ދެން މަށަށް ނުގުޅާތި!” ވިޝާޔާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އެތަނުން ހިނގައިގަތެވެ. ވިޝާޔާގެ ފަހަތުން ހިނގައި ގަންނާކަށްވެސް ޒަވުލްއަކަށް ނޭނގުނެވެ. ގަބުވެފައި ހުރެވުނީއެވެ…
***
ކޯޓުން ނިކުން ދާއިޔަލް، އެޒިކިއެލް އަދި ޔައުލާންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަކިޔަލްއާއި ދިޔާން މުޅި އުމުރަށް ޖަލު ހުކުމް ދެވުމުން ހިތް ހަމަ ޖެހުމެއްވެސް ލިބުނެވެ. އެކަމަކު ޔައުލާން އަށް އެ ގެއްލުނީ އޭނާ މުޅި ހަޔާތުގައިވެސް ލޯބިވީ ހަމަ އެކަނި އަންހެން ކުއްޖާއެވެ. ދާއިޔަލްއަށް އެ ގެއްލުނީ އެއްބަފާ ވިޔަސް، އަމިއްލަ ދޮންބެގެ ގޮތުގައި ދެކުނު ދޮންބެއެވެ. އަދި އެންމެ ފުރަތަމަ ލިބުނު އެކުވެރިޔާ ވެސްމެއެވެ. އެޒިކިއެލްއަށް އެ ގެއްލުނީ އޭނާގެ ލޯބިވާ ކޮއްކޮއެވެ. އެއް ރަހިމުގައި އެކުގައި އޮތް، އެއްކޮށް ބޮޑުވަމުން އައީ އޭނާގެ ލޯބިވާ ކޮއްކޮއެވެ. ދެމީހުނަށް ހައްގު އަދަބު ލިބުނީތީ އޭނާ އުފާކުރިއެވެ. އެހެން ވިޔަސް އޭނާގެ ކޮއްކޮ އަނބުރާ ލިބޭނެ ހެއްޔެވެ؟ އަލައިރާގެ ނަސީބުވެސް ކިހާ ދެރަ ހެއްޔެވެ؟ ދުނިޔެއަށް އެ އުފަންވީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައެވެ. އެންމެ ފަހަރަކު ލޯބިން ބައްދަލުމުގެ ފުރުސަތުވެސް ނުލިބި މަންމަވެސް ވަކިވެގެން ދިޔައީއެވެ.
“އެއްލޫ…” ތިންމީހުންގެ ދެމެދުގައިވީ ހަމަ ހިމޭންކަން ފިލާ ދިޔައީ ޔައުލާން ވާހަކަ ދައްކަން ފެށުމުންނެވެ.
“އަހަ.. އަހަރެން ބޭނުމެއް ނޫން… އަލައިއާއި ވަކިވާކަށް… އަހަރެންގެ ހިތުގައި މިހާރު އަމިއްލަ ދަރިއަކަށް ވާފަދަ ކުލުނު އަލައި އަށްޓަކައި ވޭ… އަލައިއާއި ނުލާ ދެން އަހަރެންނަކަށް ނޫޅެވޭނެ… އަހަރެން ޔަގީންކަން ދޭން.. އަހަރެންގެ ހަޔާތަކަށް ދެން އިތުރު އަންހެން ކުއްޖެއް ނުވެސް އަންނާނެ. އަހަރެން އެލާގެ އަމާނާތާ ހަވާލު ވިޔަ ދީފާނަންތަ…؟” ދެއަތް ގުޅުވާ ލަމުން ޔައުލާން ބުނެލީ އާދޭހުގެ ރާގަކަށެވެ.
***
ދަންވަރުގެ ވަގުތެވެ. ވެހެމުން ދިޔަ ބޯވާ ރެއާއި އެއް ރާގުގައި ގުގުރަމުންވެސް ދިޔައެވެ. ޖެހެމުން ދިޔަ ވަޔާއެކު ގަސްތަށް ވެސް ނަށަމުން ދިޔައެވެ. އެ ފިނި ފިނި ވަގުތުގައި ނިދީގެ ފޮނި މީރުކަން ހާސިލް ކުރުމައިގެން މީހުންތައް ނިދަން ތިބި އިރު ޒަވުލް ވިޝާޔާގެ ކޮޓަރި ޖާލީ ދޮރުގައި ޖަހަމުން ރޮމުން ދިޔައެވެ. އެއަޑުގައި ވީ ވޭން އިވި ހިލަ ހިތެއްގެ ވެރިޔާ ވެސް ހިތް ފިސްފިސް ވާނޭކަން ކަށަވަރެވެ.
“ހެޔޮނުވާނެ… އަހަރެން މި ދުނިޔެއަށް އެކަނި ކޮށްފަ ނުދޭ…” ޖާލީ ދޮރުގައި އަނެއްކާވެސް ޒަވުލް ޖަހައިލިއެވެ. ރޮއެ ރޮއެ ކޮޅަށް ހުންނާނެހާ ވަރުވެސް އޭރު އޭނާގެ ހަށިގަނޑުގައި ނެތެވެ.
“އަހަރެން ބޭނުމެއް ނޫން ތިކަހަލަ އަނިޔާވެރި އާއިލާއެއްގެ މީހަކާ އެކު އުޅޭކަށް. އަހަރެންގެ ދިރިއުޅުމުން ފެއްސިގެން ދޭ” ކޮޓަރި ތެރެއިން ވިޝާޔާ ބުނެލި އަޑު އިވުނެވެ. ރުޅިވެރި ކަމާ އެކު އެހެން ބުނި ނަމަވެސް އެދެލޮލުގައިވި ކަރުނައެވެ.
“ހެޔޮނުވާނެ ޝާޔާ… އަހަރެން ވަރަށް ލޯބިވޭ…” ޒަވުލްއަށް ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. އެވަގުތު އޭނާއަށް ވިސްނުނެވެ. އެލާރާ ބޭނުން ނެތިގެން އެއްލާލީ ދުވަހު އޭނާވެސް ރުއީ ކިހާ ވަރަކަށް ހެއްޔެވެ؟ އެލާރާގެ ދިރިއުޅުން ހަލާކު ކޮށްލުމަށް އެމީހުނަށް މަގު ފަހިވީ އެ އެކްސިޑެންޓުގެ ސަބަބުންނެވެ. އެ އެކްސިޑެންޓުގެ މައިގަނޑު ސަބަބަކީ ހުދު ޒަވުލްއެވެ. މިއަދު މި ފެންނަނީ އޭނާ އެލާރާއަށް ދިން އަނިޔާގެ ސަޒާއެވެ. މީހަކަށް ދެރައެއް ދީފައި އުފަލުގައި ނޫޅެވޭނޭ ބުނަނީވެސް ހަމަ އެހެން ވެގެންނެވެ. މިއަދު ޒަވުލްއަށް އެކަން ވިސްނިއްޖެއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ…
***5 އަހަރު ފަސް***
އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލީ އައު ދުވަހަކަށް ތައްޔާރު ވުމަށް ގޮވާލުމަށެވެ. ހާލާއި ކުކުޅު ތަށް ނިކުމެ އެސޮރުމެންގެ އާއިލާއަށް ކާއެއްޗެހި ހޯދަން ދުވަން ފެށި އިރު ކުނބޯވެސް އެސޮރުގެ ރީތި ރާގުން ލަވަ ކިޔަމުން ދިޔައެވެ. ފަތިހުގެ ތެތްފިނިކަން ފިލާ ޖައްވަށް ހޫނުކަން ވެރިވަމުން ދިޔަ އިރު ގިނަ ބަޔަކު ހޭލައިގެން އުޅޭ އަޑުވެސް އިވެމުން ދިޔައެވެ.
ފަތިސް ނަމާދުކޮށްލައިގެން ނިދާލަން އޮތް ރުޒައިކްއަށް ހޭލެވުނީ ފޯނު ސޯނާ ވާން ފެށުމުންނެވެ. އެލާމު ކަނޑާލާފައި އޭނާ ބަލައިލީ ގާތުގައި ނިދިފައި އޮތް ޒާލާއަށެވެ. ހިނިތުންވެލަމުން އޭނާ ޒާލާގެ ހިމަ، ދިގު އިނގިލިތަކުގައި ފިރުމާލިއެވެ.
އަޒީން އެދުނު ގޮތަށް މިއަދު ޒާލާއާއި ރުޒައިކް އެތިބީ ކައިވެނި ކޮށްގެންނެވެ. މިހާރު އެކައިވެންޏަށް 5 އަހަރުވެފައިވީ އިރު އެދެމެދުގައި އޮތް ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. އެހެން ވިޔަސް އަދިވެސް ރުޒައިކް، ޒާލާދެކެ ލޯބިވާކަން ވަނީ ވަންހަނާ ކުރެވިފައެވެ.
“ލާލާ..؟” އިރުކޮޅަކު ޒާލާގެ ދޮން ދޮން މޫނަށް ބަލަން އޮވެފައި ރުޒައިކް މަޑުމަޑުން ކޮއްޓާލިއެވެ. ކުޑަކޮށް ކުކުރާލާފައި ޒާލާ ދެލޯ ހުޅުވާލިއެވެ.
“ތެދުވަން ވީނުން…؟ 7 ޖަހަނީ” ޒާލާގެ ލޮލަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ރުޒައިކް ބުނެލިއެވެ. ހިނިތުންވެލަމުން ޒާލާ ތެދުވެ އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވޫލެއްގެ އެހީގައި ހައްޔަރު ކޮށްލިއެވެ. “ހިނގާ ދޯ؟”
***
ނިދިފައި އޮތް އެޒިކިއެލްއާއި މިކްޔާއާއި ދިމާލަށް ބަލަން އެކުދިންގެ އަމިއްލަ އެނދުން ފޭބި މީކާ، އީކާ އަދި އެލާރާ ތިއްބެވެ. އެއީ އެޒިކިއެލްއާއި މިކްޔާގެ އެއްމާބަނޑު ތިންބެއިން ނެވެ. ތިންބެއިން ތެރެއިން އެންމެ ދޮށީ ވާނީ މީކާއެވެ. ބުޅި އިސްތަށިގަނޑެއް ލިބިފައިވާ މީކާ ބޮޑަށް ހުންނަނީ މިކްޔާގެ ސިފަތަކެވެ. އެދެ ލޮލާއި ކުޑަ ނޭފަތެވެ. ހަމަ އެއްވެސް ތަފާތެއް ނެތެވެ. ދެން ހުންނާނީ އީކާއެވެ. އެއީ ތިންބެއިންގެ ތެރެއިން މެދަށް ހުންނަ ކުއްޖާއެވެ. އީކާ އެއީ މިކްޔާ އަދި އެޒިކިއެލްގެ ވެސް ސިފަތަކެއް ހުންނަ ކުއްޖެކެވެ. އީކާގެ އިސްތަށިގަނޑު ފަން ވިޔަސް ކޮންމެވެސް ވަރަކަށް ބުޅި ކަމެއްވެސް ހުރެއެވެ. މިކްޔާގެ ދެލޯ ލިބިފައިވީ އިރު އެޒިކިއެލްގެ ނޭފަތާއި ތުންފަތް ލިބިފައިވިއެވެ. ދެން ހުންނާނީ އެލާރާއެވެ. އެއީ ތިންބެއިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އެލާރާ ބޮޑަށް ވައްތަރީ އެޒިކިއެލް އަށެވެ. ހަގީގަތުގައި އެލާރާ ބޮޑަށް ވައްތަރީވެސް އެޒިކިއެލްގެ ލޯބިވާ ކޮއްކޮ އެލާރާއަށެވެ. އޭނާގެ ހަނދާނުގައި ހަމަ އެނަން އެކުއްޖާއަށް ދިނީވެސް އެހެން ވެގެންނެވެ. ހެމުން ހެމުން ސިއްރު ކިޔަމުން ދިޔަ އިރު ކޮންމެވެސް ކަމެއް ރާވަނީ ކަން ދޭހަ ވެޔެވެ. 5 އަހަރަށް އެޅިފައި އޮތް ތިން ކުދިންނަކީ ވެސް ހަމަ އެއްވަރަށް ސަކަރާތް ޖެހުމަށް ފޯރި ހުންނަ ކުދިންނެވެ.
“އޯކޭ.. މިހާރު އެހެންވެ ކޮބާތަ ކުޑާގެ ފެންފުޅި..؟” ހެމުން ހެމުން އެލާރާ އެހިއެވެ.
“މިއޮތީ ނުން” އެނދުމަތީގައި އޮތް ‘ކުރޯމީ’ ފެންފުޅި ނަގާ ދައްކާލަމުން އީކާ ބުނެލިއެވެ.
“އޯކޭ އެހެންވެ ހަދާނެ ގޮތަކީ ކުޑާ ގޮސް މަންމިއާއި ބައްޕި ގަޔަށް ފެން އަޅާނީ.. ދޮންތިއާއި ކޮއްކިއާއި ދާނަން ގޮސް މަންމި މެން ގައިމައްޗަށް އަރަން. އޯކޭ ދޯ؟” އަނގަމަތީގައި އަތް އަޅަމުން އެލާރާ ހޭން ފެށިއެވެ.
“ޔޭސްސްސް. ހިނގާ ދޯ؟ ރެޑީ. ސެޓް. ގޯ” މީކާ އާއި އެލާރާ ގޮސް މިކްޔާއަދި އެޒިކިއެލް ގައިމައްޗަށް އެރި އިރު، އީކާ އެދެމަފިރިންގެ ގަޔަށް ފެންއަޅަން ފެށިއެވެ. އެ ފިނި ފެނުގެ އިހުސާސް ކުރެވުމުން ނާއި ތިންބެއިން ހަޅޭއްލަވާ އަޑަށް އެއްވެސް އުނދަގުލެއް ނެތި ދެމީހުނަށް ހޭލެވުނެވެ.
“ދެން.. ސާބަސް ދަރިފުޅުމެނަށް. މަންމި މެން ހޭލައި ފީމޭ” އީކާގެ އަތުން ފެންފުޅި އަތުލަމުން ތިން ކުދިންނާއި ދިމާލަށް މިކްޔާ ފުޅި ދިއްކޮށްލިއެވެ. ވަގުތުން ތިން ކުދިން ފުންމައިގެން އެނދުން ތެދުވިއެވެ.
“ދެން މަންމި މެންވެސް ތެދުވޭ.. އަޅުގަނޑުމެން މިދަނީ ތިއްތަ ކައިރިއަށް” ހެމުން ހެމުން ތިންބެއިން ކޮޓަރިން ނިކުތެވެ.
“ޕިސް ޕިސް.. ސަހާ ދެއް.. ހަމަ އެއްލުގެ ސަކަރާތްގަނޑު ތިން މީހުންވެސް މި ހުރީ” ބޯ ހޫރާލަމުން މިކްޔާ ބުނެލިއެވެ.
“ހަހަ. ކިހިނެއްތަވީ؟ މަގޭ ލޭ ވިއްޔާ އެއީ. އެހެންވެ އަހަރެން އުޅޭހެން އުޅުނަސް މައްސަލައެއް ނެތެއްނުން” ފޮނި ވެލަމުން އެޒިކިއެލް ބުނެލިއެވެ.
ތިންބެއިން އެކުގައި ގޮސް އަލައިރާގެ ކޮޓަރީގައި ޓަކި ދޭން ފެށިއެވެ. ދޮރު ހުޅުވީ ޔައުލާން އެވެ. “ސާބަހޭ ކުދިންނޭ.. ޔައުބެ މެން ހޭލައޭ މިއުޅެނީ.. ބަލަ މިހާރު ތިއްތަ ވެސް އެއިނީ ރެޑީ ކޮށްފަ” އެނދުމަތީގައި މޫދަށް އެރޭ ހެދުން ލައިގެން އިން އަލައިރާ ދައްކާލަމުން ޔައުލާން ބުނެލިއެވެ.
“ދޮންތި މެންވެސް ރެޑީ އޭ. މަންމިއާއި ބައްޕިއާއޭ ގުގުރީގަ ތިބީ” ތިންކުދިން ދުވެފައި ގޮސް އަލައިރާ ގާތަށް އެނދަށް އެރިއެވެ. އެހާދިސާއަށް ފަހު 5 އަހަރު ވެގެން ދިޔަ އިރުވެސް، ޔައުލާން އަދިވެސް ލޯބިވަނީ ހަމަ އެލާރާ ދެކެއެވެ. އެނާއަށް އެކިއެކި ކުދިންގެ ފަރާތުން ލޯބީގެ ހުށަހެޅުންތައްވެސް ލިބުނެވެ. އެހެން ވިޔަސް އޭނާގެ ހިތުގައި ވީ އެލާރާއެވެ. އެހިތުގައި އެލާރާ ނޫން އެހެން އެއްވެސް ކުއްޖަކަށް ޖާގައެއްނެތެވެ. މިހާރުވެސް އެލާރާ މަތިން ހަނދާ ކޮށްފައި އޭނާ ރޯ ވަރެއް މަދެއް ނުވާނެއެވެ. އެހެން ވިޔަސް އޭނާ އެހުރީ އޭނާ ކުރަމުން ދާ ދުޢާގައި ސާބިތުވެގެންނެވެ. ﷲ ގެ އިރާދަފުޅާއި އެކު ޖަންނަތުގައި އެކުގައި އުޅެވުމުގެ އުއްމީދުގައެވެ.
ކުޑަކޮށް މަތި ހަދާލައިގެން ޔައުލާން ކޮޓަރިން ނިކުތީ އަލައިރާއަށް ކިރުތައްޓެއް ގިރައި ދޭށެވެ. އޭރު ޔޫޒާއާއި ޔޫއާލްވެސް އައިސް ގެއަށް ވަނީއެވެ. ބޮޑު ވަމުން އައި ޔޫއާލްއާއި އަލައިރާ ވަރަށް ވައްތަރެވެ. ޔޫޒާގެ އެ ކުޑަ އާއިލާވެސް އެއާއިލާއާއި މިހާރު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައެވެ.
“ކޮބާތަ ތި މީހުން..؟ މިހާރު މިގޭ މީހުން ނޫން އެހެން އެންމެން އެބަތިބި ބަނދަރުގަ. ކަލޭމެން ލަސްވެގެން ބަލާ މިއައީ” އުނަގަނޑުގައި އަތް ވިއްދާލަމުން ޔޫޒާ ޝަކުވާ ކޮށްލިއެވެ. ޔޫއާލް ދުވެފައި ވަނީ ކުދިން ކައިރިއަށް ކޮޓަރިއަށެވެ.
“ނޫނޭ އަހަރެމެން ހަމަ ރެޑީ އޭ ދޯ ޔައު؟” އެވަގުތު މިކްޔާއާއި އެޒިކިއެލްވެސް ކޮޓަރިން ނިކުތެވެ.
“އަހަރެން މިދަނީ އަލައިއަށް ކިރުތައްޓެއް ގިރަން. ތިންބެއިން އެއްޗެއް ބޮއެފިތަ؟” ބަދިގެއަށް ވަންނަމުން ޔައުލާން އެހިއެވެ.
“އާން، މައިލޯ ޕެކެޓެއް ބޮއެގެން އެ ތިބީ.. ދެން އެކޮޅަށް ގޮއްސަ އެންމެން އެއްކޮށޯ ސައިބޯނީ” އެޒިކިއެލް ބުނެލިއެވެ.
“ތެދެއް. ޔައު ދެން ކޮބާ އަވަސް ކުރޭ މިހާރު ދޮންބެމެން ވެސް ތިބީ ބަނދަރުގަ” އެވަގުތު މީކައިލްއާއި ވާހަކަ ދައްކާފައި ފޯނު ބޭއްވި މިކްޔާ ބުނެލިއެވެ.
10 ވަރަކަށް މިނެޓު ފަހުން ޔޫޒާ، ޔޫއާލް، ޔައުލާން، އަލައިރާ، މިކްޔާ، އެޒިކިއެލް، އީކާ، މީކާ އަދި އެލާރާ ގެއިން ނިކުތެވެ. ޔައުލާންއާއި އަލައިރާ އަދި ޔޫޒާ އާއި ޔޫއާލް ސައިކަލަށް އެރުމުން އެޒިކިއެލް އަދި މިކްޔާ ތިންބެއިން ގޮވައިގެން އެރީ އެޒިކިއެލްގެ ކާރަށެވެ.
މާ ގިނަ އިރުތަކެއް ނުވެ އެންމެނަށް ބަނދަރާއި ހަމައަށް ވާސިލު ވެވުނެވެ. ލާންޗު ކައިރީގައި ހުރި ވިޝާހާގެ އުރުގައި އިން އުމުރުން 2 އަހަރުގެ ވާކިފް ފެނިފައި ހުރިހާ ކުދިންތައް އެސޮރާއި ދިމާލަށް ދުއްވައިގަތެވެ. އޭރުވެސް ވާކިފް މޮޑެލާ މޮޑެލާ އުމުރުން 5 އަހަރުގެ ދާއިޔަލްއާއި ލަޝްކާގެ އެންމާބަނޑު ދެބެން ލައިކާ އަދި ދާނިޔަލް ތިއްބެވެ. ދާނިޔަލްއާއި ލައިކާގެ ޖިންސު ތަފާތު ނަމަވެސް، ދެކުދިންވެސް ތިބެނީ ހަމަ އެއްގޮތަކަށެވެ. އެހާވެސް ވައްތަރެވެ. ހީވާނީ ހަމަ އެކަކު ހެންނެވެ. ދެޖިންސުގެ ދެކުދިން ނަމަ ފާހަގަ ކުރަން ނުވެސް އިނގޭނެ ކަން ކަށަވަރެވެ.
ފުއްގަނޑެއް ފަދަ ލޯބިލޯބި، ދޮންދޮން ވާކިފްއާއި ހުރެ ހުރިހާ ކުދިންވެސް ވަރު ހުންނަނީ ވަކި ވަރަކަށް ނޫނެވެ. ވާކިފް އަކީވެސް އެހާ ޅަ އިރުވެސް ސަކަރާތް ޖެހުމަށް އެހާ ލޯބި ކުރާ ކުއްޖެކެވެ. ކުޑަކުޑަ ތޮތްޕެއް އަޅާލައިގެން ހުރި އިރު އެމޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. ކުޑަކުޑަ އިނގިލިތައް އަނގައަށް ލައިގެން އިން ވާކިފް ހީވަނީ ހަމަ މީކައިލްގެ ސިފަ ނަކަލު ކޮށްލައިގެން ހުރި ހެންނެވެ. އެހާވެސް ވައްތަރެވެ.
ދުވަސްކޮޅަކީ ސުކޫލު ބަންދު ދުވަސްކޮޅު ކަމުން އާއިލާ އެންމެން އެކުގައި ރޭވީ ފަޅު ރަށަކަށް ދަތުރު ދާށެވެ. އެއާއިލާއާއި އެކު ރުޒައިކްއާއި ޒާލާގެ އިތުރުން، ޝަރަފްއާއި މަޒީނާވެސް ދިޔައެވެ. މި އެންމެންގެ ދެމެދުގައި މިހާރު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ.
ދަތުރު ގޮސް އެންމެން ސައިބޮއެ ނިމުމުން ދެން އޮތީ ފައިގަތަޅާ ކުޅުމެވެ. ކުދިންތައް ކުޅި ކުޅިފައި ދާހިއްލުމުން ދެން ބޭނުންވީ މޫދައް އެރޭ ށެވެ. އެންމެން މޫދަށް އެރުމުން މަޒީނާ ގޮސް ގަހެއްގެ ހިޔަލުގައި އިށީނެވެ.
“ހޭ… ކިހިނެއްވެފަ ހާދަ ވަކިން ތީނީ..؟” މަޒީނާގެ ފަހަތުން މުގޯލި އަޅަމުން އައި ޝަރަފް އޭނާ ގާތުގައި އިށީނެވެ.
“ހޫމްމްމްމް. މަށާ ފާރަލަނީ ދޯ؟” އެއްބުމަ ހިއްލާލަމުން މަޒީނާ ހީގަތެވެ.
ހެމުން ހެމުން މަޒީނާ ގާތުގައި ޝަރަފް އިށީނދެލިއެވެ. މަޒީނާ ވަޒީފާއަށް ވަދެފައި ރުފިޔާ ރައްކާކޮށްގެން މިހާރު އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ އަމިއްލަ ގެއެއްގައެވެ. އެހެން ވިޔަސް ޝަރަފްއާއި އޭނާގެ ދެމެދުގައި ވީ ވަރުގަދަ ގުޅުމެކެވެ. ހަގީގަތަށް ބުނަންޏާ މިހާރު އެހިތުގައި ޝަރަފަށްޓަކައި ލޯބިވެސް ޖެހިފައި ވިއެވެ. އެހެން ވިޔަސް ކުރިން މީހަކާ އިނދެ ބަނޑުބޮޑުވެފައި ހުރި މީހަކަށް އިންނާކަށް އޭނާ ބޭނުމެއް ނުވާނޭ ހިތާ އެހެން ބުނަން މަޒީނާ ފަސް ޖެހެނީއެވެ.
“އަހަރެން .. ވާހަކައެއް ބުނެލަން މިއައީ …” ޝަރަފް މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.
“ހޫމްމް.. ބުނެބަ؟” މަޒީނާ އޭނާގެ ސަމާލުކަން ޝަރަފަށް ހުއްޓާލިއެވެ. “އަނެއްކާ މީހަކާ އިންނަނީ..؟” އޭނާ އެހެން އެހީ ސަމާސާ އަކަށެވެ.
“އާން… އެކުއްޖާ އެއްބަސް ވީއާ ކައިވެނި ކުރަން ކަމަށް…” ސީދާ މަޒީނާގެ ދެލޮލަށް ބަލައިލަމުން ޝަރަފް ބުނެލިއެވެ.
ވަގުތުން މަޒީނާގެ ހިތް ފަޅައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެންވިޔަސް އޭނާ ހިނިތުންވެލިއެވެ. ޝަރަފަށްޓަކައި އުފާ ކުރާނަމޭ ހިތާ ހިތުން ބުނެލަމުން ހިނިތުންވެލިއެވެ.
“އެހެންތަ..؟ ކޮބާ ދެން އެކުއްޖާ ކައިރީ އިންނަން އަހަފިިންތަ..؟” ހިތުގައި އަޅަމުން ދިޔަ ވޭނަށް ސަމާލުކަމެއް ނުދީ މަޒީނާ އަހައިލިއެވެ.
“އަހަން ވީތަ…؟ ހީވޭތަ އެކުއްޖާ އާއެކޭ ބުނާނެހެން…؟” ޝަރަފް އަހައިލިއެވެ.
“އާން. ޝަރަފް ކަހަލަ މީހަކާ އިންނަން ބޭނުން ނުވާނީ ކާކު..؟” ދުރު ބަލާލަމުން މަޒީނާ ބުނެލިއެވެ. އޭރުވެސް އޭނާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.
“އަހަން ވީތަ…؟” ޝަރަފް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.
“ހޫމް…”
“މަޒީ މަށާ ކައިވެނި ކުރާނަންތަ…؟” ޝަރަފް ކޮށްލި ސުވާލުން ސިހިފައި އޭނާއާއި ދިމާލަށް ބަލައިލެވުނެވެ. އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.
“ހަހަ.. އެކުއްޖާ ކައިރީ އަހަން މިހާރު ފަރިތަ ކުރަނީތަ..؟” ދުރު ބަލާލަމުން މަޒީނާ އަހައިލިއެވެ.
“ނޫން… އަހަރެން ބޭނުމީ މަޒީއާއި ކައިވެނި ކުރަން…” ޝަރަފް ތަކުރާރު ކޮށްލިއެވެ. ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ގަބޫލެއްވެސް ނުކުރެވުނެވެ.
“ޔޭސްސް!!” ފުއް މައި ގަންނަމުން މަޒީނާ ބުނެލިއެވެ. ޝަރަފްވެސް ވީ އުފަލާއި އެކު މުޅި ތަނުގައި ދުވަން ފެށިއެވެ. ދުވެ ދުވެފައި އައިސް މަޒީނާގެ އަތުގައި ހިފައިގެން ގޮސް ދެމީހުން އެއްކޮށް މޫދައް ފުންމާލިއެވެ.
ރާޅު ޖަހާ ހިސާބުގައި ހިނގަމުން ދިޔަ ޒާލާގެ ނަޒަރު ހުރީ ކުރިމަތީގައި އޮތް ގަދަ ނޫ، ކަނޑަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން އެހިތަށް ހިތް ހަމަ ޖެހުން ލިބެމުން ދިޔައެވެ. އިރުގެ ދަޅަ ލޮނުގަނޑަށް އެޅިފައި ވުމުން ލޮނުގަނޑު ވިދަމުން ދިޔައީ ޖާދޫވީ ގޮތަކަށެވެ. އެރީތި މަންޒަރު ކުރިމަތީގައި ފެންނަން އޮތް ނަމަވެސް ރުޒައިކްގެ ނަޒަރު ހުއްޓިފައިވީ ޒާލާގެ ދޮން މޫނަށެވެ. ދުނިޔޭގައި ވީހާ އެއްޗެއްސަށްވުރެ ވެސް ޒާލާގެ ސޫރަ އޭނާއަށް މާ ކަމުދޭ ކަން އެ އަމަލުން ވެސް އެނގެއެވެ.
“ރަށް އެއްކޮށް ބަލަންތަ ބޭނުންވީ…” ރުޒައިކް މަޑުމަޑުން އަހައިލިއެވެ. ދެމީހުން ހިނގަން ފެށީ ޒާލާ ބޭނުން ވެގެން ވުމުންނެވެ. ޒާލާ ބޭނުން ވެގެން އުޅޭކަމެއް ވަގުތުން ވަގުތަށް ކޮށްދޭން އޭނާ ބޭނުން ވާތީއެވެ.
“ނޫނޭ… އަ… އަހަރެން…” ޒާލާ ލަސް ލަހުން ރުޒައިކްގެ މޫނަށް ބަލައިލިއެވެ. ރުޒައިކްގެ އެފުން ދެލޯ ފެނިފައި އޭނާގެ ހިތުން ވިންދެއްވެސް މަދު ވެއްޖެކަން މުޖައްރިބެވެ. އެދެލޮލުގައި އޭނާއަށްޓަކައި ވީލޯބި ކައިރީގައި އޮތް ކަނޑަށް ވުރެވެސް ފުން ފަދައެވެ.
އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ޒާލާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ރުޒައިކްގެ ކަނދުރާގައި އަތް އަޅުވާލަމުން އޭނާގެ ތުންފަތައް ލޯބި ކޮށްލިއެވެ.
ވަގުތުން ރުޒައިކްގެ ދެލޯ ބޮޑުވިއެވެ. އޭނާ ހުރީ ކުރަންވީ ކީއްކަމެއް ނޭނގިފައެވެ. ކައިވެނިކޮށް ފަސް އަހަރުވީ އިރުވެސް އެކަހަލަ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާތީއެވެ.
ކުޑަ ހިނދުކޮޅެއް ފަހުން ޒާލާ ދުރުވެލިއެވެ. އޭރުވެސް ރުޒައިކް ހުރީ ދެލޯ ބޮޑުވެފައެވެ. ޒާލާ އަނގަމަތީގައި އަތް އަޅަމުން ހޭންފެށިއެވެ. “އަޅޭ.. ހާދަ ބިރުވެރި ކަމެކޭ ދޯ މިކުރެވުނީ.. ހަހަހަ” ހެމުން ހެމުން ޒާލާ ބުނެލިއެވެ.
“މީ.. ތީ.. އަމް…” ރުޒައިކްގެ ދުލުން އެންމެ ބަހެއްވެސް ނުނިކުތެވެ.
“އަހަރެމެންގެ ކައިވެންޏަށް 5 އަހަރުވީ އިރުވެސް ޒައިކް އަހަރެންގެ ނުރުހުމުގައި އެއްވެސް ކަމެއް ކޮށްފައެއް ނުވޭ. ތީވެސް ހަމަ ފުރާ ފުރިހަމަ ވެފައި ހުރި ފިރިހެނެއް. ޒައިކްގެ ވެސް އެދުން ތަކެއް ވާނެ.. އެހެން ވިޔަސް އެހާ ކައިރީގައި ހުރެވެސް ޒައިކް އަހަރެންނަކަށް ގަދަކަމުން އެކަހަލަ އެއްވެސް ކަމެއް ނުކުރޭ. އަހަރެންދެކެ ދެގޮތެއް ނުވެ އަބަދުވެސް ލޯބިވީ…” ޒާލާ އެހިސާބަށް ބުނެފައި ހިނިތުންވެލިއެވެ.
“ލާލަ އަހަރެންދެކެ ލޯބިވޭތަ…؟” ހިންދިރުވާލަމުން ރުޒައިކް އަހައިލިއެވެ. ޒާލާ މަޑުމަޑުން ބޯ ޖަހައިލިއެވެ.
“ބުނެބަލަ.. އަހަރެން ބޭނުން އަޑު އަހާލަން..” ކުޑަ ކުއްޖެއްހެން ފުއް މާލަމުން ރުޒައިކް ބުނެލިއެވެ.
“ރުޒައިކް ރަޝީދު ދެކެ އަހަރެން ވަރަށް ވަރަށް ވަރަށް ލޯބިވޭ” ދެއަތް ފުޅާ ކޮށްލަމުން ޒާލާ ބުނެލިއެވެ. ހިނިތުންވެލަމުން ރުޒައިކް، ޒާލާގެ އަތުގައި ހިފާލިއެވެ.
“އަހަރެންވެސް، ފާތިމަތު ޒާލާ ޒާވިލްދެކެ ވަރަށް ވަރަށް ވަރަށް ވަރަށް ލޯބިވޭ” ރުޒައިކް މިހެން ބުނެ ޒާލާގެ އުނަގަނޑުގައި ހިފާ އޭނާގެ ހަށިގަނޑާއި ތަތް ކޮށްލަމުން ޒާލާގެ ތުންފަތަށް ލޯބި ކޮށްލިއެވެ.
ޔައުލާންއާއި އެޒިކިއެލް އަދި މިކްޔާ މޫދުގައި ތިބުމުން ލަޝްކާ އަދި ދާއިޔަލް އެއްގަމަށް އެރިއެވެ. ރާޅު ޖަހާ ހިސާބުގައި ދެމަފިރިން އިށީނދެލިއެވެ.
“ލަޝް..؟” ދާއިޔަލް ލަޝްކާގެ އަތުގައި ހިފާލަމުން ގޮވާލިއެވެ.
“ބުނެބާ…؟”
“ކޯއްޗެއްތަ..؟”
“ބުނީމޭ ނުން.. އަހަރެން ލަޝްއަށް އުފާވެރި ހަޔާތެއް ދޭނަމޭ..؟ މިހާރު ދެން ބުނެބަ.. ލަޝް ތިހުރީ އުފަލުގައި ތަ..؟” ލަޝްކާގެ ދެލޮލަށް ބަލައިލަމުން ދާއިޔަލް އަހައިލިއެވެ.
ލަޝްކާ ހިނިތުންވެލިއެވެ. “ޔޭސްސް.. މިހާރު ލަޝްގެ ހަޔާތް ހުވަފެނަކުންވެސް ނުދެކޭހާ އުފާވެރި.. ހުރިހާ ޝުކުރެއް މަގޭ ލޯބިލޯބި ދާއިއަށް” ދާއިޔަލްގެ ނޭފަތުގައި ތުން ޖައްސާލަމުން ލަޝްކާ ބުނެލިއެވެ.
“އާން ހޫން. ކަލޭމެން މާ ފޮޅު ވަންޏާމުން ދާން އުޅޭ ތިހިރަ ގަސްތަކު ތެރެއަށް” އެޒިކިއެލް ބާރަކަށް ގޮވާލިއެވެ. އެއާއި އެކު އެންމެންގެ ހުނުމުގެ އަޑު އިވިލިއެވެ.
“އޭ ކައިލް.. ކޮބާތަ ވާކިފް..؟” މީކައިލް އާއި ދިމާލަށް ބަލައިލަމުން ދާއިޔަލް ގޮވާލިއެވެ.
“ދޮންތިގެ ދޮންގަނޑު.. އަޅޭ ހާދަ މިސް ވެޔޭ.. މާލެ އާދެބަލަ ދެން ދޯ” ވިޝާހާއަށް ވީޑިއޯ ކޯލް ކޮށްގެން އޮތް ވިޝާޔާ ވަހަކަ ދެއްކިއެވެ.
“ނޭނގެ ދޯ؟ ވާކިފް ގޮވައިގެން ގޮސް ލާންވީ ދޯ؟ ވަރަށް ހަނދާންވޭ ޝާޔާ މަތިންވެސް.. ދެން އަޅެ އެހެން ނޫނަސް ޝާޔާ މިކޮޅަށް އައީއާ ކީއްތަވީ..؟” ވިޝާހާ ތުންކޮޅު އޫކޮށްލިއެވެ.
“އަހަރެން ބޭނުމެއް ނޫން.. މިހާރު ޝާހާ ތިއުޅެނީވެސް ޒާލާ މެނާވެސް އެހާ ގާތްކޮށް. އަހަރެން ބޭނުމެއް ނޫން އެގޭ އެއްވެސް މީހަކާ ދިމާ ވާހަކަށް.. ހާއްސަކޮށް ޒަވުލް..” ވިޝާޔާ ދުރު ބަލާލަމުން ބުނެލިއެވެ.
“އެކަމަކު ޝާޔާ އަދިވެސް ޒަވުލްދެކެ ލޯބި ވެޔޭ ނުން..؟ ޒަވުލް ވެސް އަދިވެސް އެހުންނަނީ ޝާޔާ އަށްޓަކައި…” ވިޝާހާ ބުނެލިއެވެ.
“ހެޔޮ.. އަހަރެން ބޭނުމެއް ނޫން..” ވިޝާޔާ ބުނެލިއެވެ. އަނެއްކާވެސް ވާކިފް ކުކުރާލިއެވެ. ރޯން އުޅޭކަހަލަ ގޮތަކަށް އުޅޭތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ.
“އަޅޭ މަންމިގެ ދޮންދޫނި ހަމަ ކުކުރަނީއޭ ދޯ؟” ވާކިފްގެ މޫނާއި މޫނު ގާތް ކޮށްލަމުން ވިޝާހާ ބުނެލިއެވެ. ވާކިފް ތުންކޮޅު އޮޅާލަމުން ވިޝާހާގެ މޭގެތެރޭގައި މޫނު ފޮރުވާލިއެވެ.
“ހެހެ.. ދެން މިހާރު ބުއް ބޯން ވެގެންނޭ އެއުޅެނީ.. އެހެންވެ އަސްލު މިއައީވެސް ޝާޔާ ގުޅާލީމަ ފޯނު މި ނެގީ.. ބާއްވާ ލަނީ އިނގޭ؟ މީނަ ވަރަށް ރުޅި އަންނާނެ ބުއް ބޯން އޮންނަ އިރު މީހުން ވާހަކަ ދައްކަންޏާ” ވިޝާޔާ ބުނެލިއެވެ.
އެންމެނަށް ސަލާން ބުނަން ބުނެފައި ވިޝާޔާ ފޯނު ބޭއްވިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ބެލްކަނިން ބޭރަށް ބަލައިލިއެވެ. އަތުގައި އިން ކޮފީ ޖޯޑުގައި ތުން ޖައްސާލި އިރު އެދެލޮލުގައި ވީ ކަރުނައެވެ. ހިތުގައިވީ ޒަވުލްގެ ހަނދާންތަކެވެ. “ޒަވޫ…” ތުންފިއްތާލަމުން އޭނާ އަނގަމަތީގައި އަތް އަޅާލިއެވެ. “فِي أَمَانِ اللَّهِ …” ދެލޯ މަރާލުމާއި އެކު އޭނާގެ ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތިކިތައް އޭގެ މަގާމު ދޫކޮށްފައި އަންނަން ފެށިއެވެ…
(ނިމުނީ)
އަލްހަމްދުލިއްލާހި މިއަދު 07 ނޮވެންބަރު 2026 ވަނަ ދުވަހު ‘ވާތީ ހިތަކު ލޯބި މަންމަންވެފާ’ ވާހަކައަށް ނިމުމެއް މިއައީ.. މިވާހަކަ ލިޔުމަށް އަޅުގަނޑަށް ހިތްވަރު ދެއްވި ހުރިހާ އެންމެނަށްވެސް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. މިވާހަކަ އަޅުގަނޑު ލިޔަން ފެށީ 5 ނޮވެންބަރު 2025 ވަނަ ދުވަހު.. އެއް އަހަރު ފަހުން މިވާހަކަ މި ނިންމާލެވުނީ.. ސަބަބަކަށްވީ އަޅުގަނޑު ވަރަށް ބަލިވުން.. ދެމަހެއްހާ ދުވަސް ދިޔަ ކަންނޭނގެ ނުލިޔެވެސް.. އެހެން ވިޔަސް ދެގޮތެއް ނުވެ އަޅުގަނޑުގެ ވާހަކަ ކިޔުއްވީ ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. މާތް ﷲ ހުރިހާ ކުދިންގެ ހަޔާތުގައި ބަރަކާތް ލައްވާށި… އާމީން 🥹🩶
*** *** ***
އިންޝާ ﷲ އަނެއްކާވެސް އެހެން ވާހަކައަކާއި އެކު އަޅުގަނޑުން ކިޔުންތެރިންނާއި ވަރަށް އަވަހަށް ބައްދަލު ކޮށްލާނަން. ދެން އަޅުގަނޑު ލިޔާ ވާހަކަ ‘ސައިކޯ’ އަށް އިންތިޒާރު ކޮށްލައްވާ…🩶🩶
Comments (22)
Comments are closed.
Vafaatheri ma veemay ga s2 nuliyantha?
Nooney i will.. lep ga huri ehchehi thakeh delete kuri iru i accidentally lost two stories and vafaatherimavymey was one of them.. vaahaka kudakon liyelaafa in sha allah 2027 roadha mahu genessdheyn fashaanan (and it will be a free story) 🫶🏻🩶
Can’t believe this story came to an end😭😭
Like I’M ACTUALLY SPEECHLESS. What a beautiful story, what an incredible journey, and those plot twists??😩Every time I thought I had everything figured out, something completely unexpected happened. I genuinely don’t know what to do with myself. 😭🥺I’m going to miss this story so much. 😭
Never let go of this talent, you’re an incredible writer, and I genuinely can’t wait to see what more you create.🥹😘🫶🏻🫂
Asluvess dhwww😭 i still cant believe it eitherr🥲 awlheyyyyy im soooo happy you loved this storyy🥹🥹🥹 im gonna miss thiss story soo muchh tooo💔💔
Awwwnnnn jazaakillah khair Mazyyy i love youuuu sooo much darla🥹🥹🩶🩶 jazaakillah khair for your endless support 💋🫶🏻
Vrh furihama Masha Allah 😍 💯
Dhn liyaane pro story eh tha.. Plss pro nukurahchey 😭
Jazaakillah khair Anonymous 🥹🩶
Hehe nooney eii hiley kiyaalan libey vaahaka eh🫶🏻
Saiko is the name tha? Pls pro nukurahchey 😭
Lahbbaaa
Hehe yess eii hiley kiyaalan libey vaahaka eh🫶🏻
Vv loabi vaahaka eh mi vaahaka alhugandu kiyan mi feshy vs mi mahuga… Love this story ❤️❤️❤️❤️
awwwnnnn🥹🥹 vrh vrh vrh ufaa vejje mi vaahaka kamudhiyaeema jazaakillah khair A 🥹🩶
alheyy this story is finished dhww. i loved this story sm. this is one of my fav. hope you write more storys like this, luv yu shiherr❤
awwwnnnn🥹🥹 i’m soooo happy that this story reached to one of your favorites 🥹 literally you have no idea what this means🩶 yess in sha allah more to come, lyt brownbear🥹🩶
Masha Allah Shiherr 🤍. This is one of the best stories I’ve ever read. I love it 🫶🏻. Can’t even believe that it ended. Its hama one of my fav. Can’t wait for your next story
awwwnnnn🥹 jazaakillah khair🩶🥹 i’m soooo happy that this story reached to one of your favorites 🥹 literally you have no idea what this means🩶 stay tuned for the next one in sha allah varah varah avahah kiyaalan libeyne🩶
Masala Allah vrh vrh salhi.
Emme faun mi story ves nominee dhww.
Tc shihaa
Dhebai onnaanee “vafaathrrimaveemey” he s2 dhww
Can’t waittttt
Jazaakillah khair Exxo🩶🫶🏻
lep ga huri ehchehi thakeh delete kuri iru i accidentally lost two stories and vafaatherimavymey was one of them.. vaahaka kudakon liyelaafa in sha allah 2027 roadha mahu genessdheyn fashaanan (and it will be a free story) 🫶🏻🩶
So for now i will be writing PSYCHO story which you will be able to read soon
Gurl this story topped my favs✨✨
Can’t believe this also came to an end😭
A story this descriptive and perfect is like one in a million. I just luv it n appreciate ur hard work shier👏
There’s so much depth in the way you write.💘
Waiting for your next story PSYCHO💓
Lysmmm💗 n TC✨
Awwwnn this means soooo muchh🥹🥹🩶
Alheyy dhenn haadha ufaa vejjeyy jazaakillah khair your fav bab 🥹🥹🩶
Yaaash in sha allah u will be able to read soon, ilyt, tc🩶
I love thr story… I hope adhi ithuru vhk eh kiyaalan libeyneh kahmah
Jazaakillah khair 🥰
Started another story, psycho you can read it now🥹🫶🏻
Sorry for the late comment, but mi story hama vrh reethi Maasha Allah 💙💙 shihaa thihaa balikoh ulhemun vx vaahaka ehkoh liye nimmaalyma aslu vrh ufaa vefa mi hury… Shihaa ge mifadha reethi ehn dhigu vaahaka akah inthizaaru kuran☺️☺️
Hehe its okey.. jazaakillah khair 🩶🫶🏻🥹
My next is out noww. See u there 🥰