Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ވިހިވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
May 26, 2016 11 Mins Read
22 Comments

އެގޭ މައި ދޮރާ ދިމާލަށް ޒިބާން ހިނގައިގަތީ މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެން ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. ކޮޓަރިތެރެއަށް ވަދެ ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަަ ނަފްސަށް މަންޝާ ބަލާލިއެވެ. އައްސާ ހުޅިޖާހާފައިވާ އިސްތަށިގަނޑު ނިއުޅުވާލަމުން އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ރީތި ކޮށްލިއެވެ.

އެޕާރޓްމަންޓް ދޮރު ކައިރިއަށް މަންޝާ ދިޔައީ ތުވާއްޔެއް ހިފައިގެންނެވެ. އެހިސާބަށް ދެވުނު އިރު މަންޝާގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަަވަސްވެފައެވެ. ޒިބާން އެތެރެއަށް ވަންނާނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން މަންޝާ ދޮރާ ހަމައަށް ދިޔައެވެ. ހިންދިރުވާލަމުން މަންޝާ ދޮރު ހުޅުވާލީ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރި ކުރުވަމުންނެވެ.

ދޮރުކަނީގައި އެއް އަތް ވިއްދާލައިގެން ޒިބާން ހުރީ އިސްޖަހައިގެންނެވެ. މަންޝާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ޒިބާން ގާތުގައި އެތެރެއަށް ވަނުމަށް އެދެމުން މަންޝާ ދޮރުފަތް އެއްކޮށް ހުޅުވާލިއެވެ. ޒިބާން އެތެރެއަށް ވަދެ ދޮރު ކައިރީ މަޑުކޮށްގެން ހުރުމުން މަންޝާ އަތުގައި އޮތް ތުވާލި ދިއްކޮށްލިއެވެ. އެތުވާލިން ޒިބާންގެ މޫނު ފޮހެލިއެވެ. ޒިބާން ލައިގެން ހުރި ގަމީސް ވަނީ އެއްކޮށް ތެމި ފޯވެފައެވެ. ލައިގެންހުރި ހެދުން ހިއްކަން ދިނުމަށް މަންޝާ އެދުނެވެ. އޭރު ޒިބާން ލައިގެން ހުރި ޖިންސާ ގަމީހުން ފައިބަމުން ދިޔަ ފެންތަކުން ޓައިލްސް މަތި ތެތްމަމުން ދިޔައެވެ.

އެއްމިޔަކަނަށް ތުންފަތް އަރުވާލަމުން ލައިގެން ހުރި ގަމީހުގެ ގޮށް ޒިބާން ނައްޓަން ފެށިއެވެ. މޭމަތިން ދެތިން ގޮށް ނައްޓާލުމުން މަންޝާ ކަރުކެހިލިއެވެ. ޒިބާންގެ ތަނަވަސް މޭމަތި ފެނި މަންޝާއަށް ހިމޭނުން ނުހުރެވުނީއެވެ. އިސްއުފުލާލަމުން މަންޝާއާ ދިމާލަށް ޒިބާން ބަލާލިއެވެ. އަތުގެ އިޝާރާތުން މަންޝާ ކޮޓަރި ދައްކާލިއެވެ. މަންޝާ ބުނަން އުޅުނު އެއްޗެއް ދެނެގަންނަން ޒިބާނަކަށް އުނދަގުލެއް ނުވިއެވެ. މަންޝާ އިޝާރާތްކުރި ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެކޮޓަރިއަށް ވަދެ ޒިބާން ފާޚާނާއަށް ވަނެވެ. ޒިބާން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި މަންޝާ މަޑުކޮށްގެން ހުރިއިރު މަންޝާގެ ހަތަރެސްފައި ފިނިވަމުން ދިޔައެވެ. ހިތް ނުތަނަވަސް ވަމުން ދިޔައެވެ.

މާގިނަ އިރެއްނުވެ ފާޚާނާއިން ޒިބާން ނުކުމެ މަންޝާއަށް އޭނާގެ ހެނދުންތައް ދިއްކޮށްލިއެވެ. މަންޝާ އެ ހެދުންތައް ހިފައިގެން ގޮސް ދޮންނަމެޝިނުގެ ހިއްކާ ބަޔަށްލާ ހިއްކަން ޖައްސާލިއެވެ. ކުޑައިރުކޮޅެއް ތެރޭ އެ ޖިންސާ ގަމީހާ ހިފައިގެން ކޮޓަރިއަށް ވަނެވެ. ޒިބާން ފެންނަން ނެތުމުން މަންޝާ ހައިރާން ވިއެވެ. ދެއަަތަށް ބަލާލިއެވެ. ބެލްކަނިން ބޭރުގައި ޒިބާން ހުރިތަން ފެނުނެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެ ހެދުންތައް ކޮނޑެއްގައި އަޅުވާލަމުން އަލަމާރި ދޮރުފަތުގެ ގޮބުގައި އަޅުވާލިއެވެ. އޭރުވެސް މަންޝާގެ ނަޒަރު ހުރީ ބެލްކަންޏާ ދިމާލަށެވެ.

ޒިބާން ހުރީ މަންޝާ ދިން ރަތްކުލައިގެ ތުވާލި އޮޅާލައިގެންނެވެ. ޒިބާންގެ ކަސްރަތީ ހަށިގަނޑު ފެނި މަންޝާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުން ދިޔައެވެ. ބެލްކަނިން ބޭރަށް މަންޝާ ނުކުތުމުން ޒިބާންގެ ހެދުން ކޮބައިތޯ އޭނާ އަހާލިއެވެ. ޒިބާން ބުނި ޖުމްލަ މަންޝާއަށް އަޑު ނީވުނު ކަހަލައެވެ. ދަގަނޑުގަނޑުގައި އަތް ވިއްދައިގެން ހުރި ޒިބާނާ ދިމާލަށް ކަޅި ޖަހާނުލާ ބަލަން މަންޝާއަށް ހުރެވުނެވެ. މަންޝާއަށް ސިހުމެއް ލިބުނީ މޫނު މައްޗަށް އަތް ދިއްކޮށްލަމުން ޒިބާން ފުއްޓައްކެއް ޖަހާލުމުންނެވެ. ކަރުކެހިލުމުން މަންޝާ ހަމަޖެހިލަން މަސައްކަަތް ކުރިއެވެ. ދެވަނަ ފަހަރަށް ޒިބާން ލައިގެން ހުރި ހެދުންތައް ދިނުމަށް އެދުނެވެ.

“ހިއްކަން ވެގެން ކޮނޑުގަ އަޅުވާފަ އެހެރީ… އިރުކޮޅަކުން ހިކިދާނެ…” އަލަމާރި ދޮރުފަތުގައި އެޅުވި ހެދުން ދައްކާލަމުން މަންޝާ ޖަަވާބުދިނީ ވަށްކަޅިން ޒިބާން ހަށިގަނޑާ ދިމާލަށް ބަލަމުންނެވެ.

ޒިބާން ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކިއެވެ. “އަހަރެން ހެދުން ލީމަ މާ އަވަހަށް ހިކޭނެ…”

“ތިބުނީ… ތީ ހީޓަރެކޭތަ؟….” ޒިބާން ކުރި ސަމާސާގައި މަންޝާ ބައިިވެރިވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަމުން ޒިބާން ވާހަކަ ދެއްކީ ސީދާ މަންޝާގެ ލޮލަށް ބަލަން ހުރެއެވެ. “ނޫން މި ބުނީ އަހަރެންނަކީ އަލިފާނޭ….” ބަރު އަޑުން ޒިބާން ބުނި ޖުމްލައިން މަންޝާ ހުއްޓުން އެރިއެވެ. ޒިބާން އެބުނި އެއްޗަކާ ދޭތެރޭ ވިސްނަން މަޑުޖެހެވުނެވެ. ނަމަވެސް އެވަގުތު ވިދާލުމުން މަންޝާ އަވަހަށް ކޮޓަރި ތެރެއަށް ވަނެވެ. ޒިބާންވެސް މަންޝާގެ ފަހަތުން ވަނެވެ.

ޒިބާންގެ ޖިންސު ނަގައިދޭން އަލަމާރިއާ ދިމާލަށް ގޮސްގޮސްހުރި މަންޝާ ސިހިގެން ފަހަތަށް ޖެހެވުނީ ޖަހާލި ބާރު ގުގުރީގެ ސަބަބުންނެވެ. ފަހަތަށް އެޅި ފިޔަވަޅުގައި ނޭނގި ޒިބާންގެ ފައިމައްޗަށް މަންޗާއަށް އެރުނެވެ. ޒިބާންގެ އިނގިއްޔެއް ޗިސްވެދާނެތީ ފިޔަވަލު ނަގަން މަންޝާ މަސައްކަތްކުރި ގަޑީގައި އޭނާގެ ފައި އަރި އަޅާލިޔެވެ. ޒިބާން ހުށިޔާރުކަމާއި އެކީ ވެއްޓެންދިޔަ މަންޝާގެ އަތުގައި ހިފެހެއްޓިއެވެ. މަންޝާ ހުރީ ދެލޯ މަރާ ފިއްތައިގެންނެވެ. ޒިބާންގެ އަތުގެ މުލައްދަނޑީގައި ބާރުބާރަށް މަންޝާގެ ދެއަތުން ހިފާލިއެވެ. ޒިބާނަށް ހުރެވުނީ މަންޝާއާ ދިމާލަށް ބަލާށެވެ. މަޑުމަޑުން މަންޝާގެ ލޯ ހުޅުވާލި ވަގުތު ދެމީހުންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ.

*** *** *** *** *** ***

ދެމީހުން ކައިގެން ގެސްޓް ހައުސަށް އައީވެސް ރިޒްވީގެ ކާރުގައެވެ. އޭރުވެސް ފުދޭވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ކާރުން ފޭބުމާއެކީ ދުވެލާފައި ކަހަލަ ގޮތަކަށް އަޒީމް ގޮސް ގެސްޓްހައުސް ތެރެއަށް ވަނެވެ. އަޒީމް ކާރުން ފޭބުމުން ރިޒްވީ ކާރު ދުއްވާލީ ކާރު ޕާކް ކުރުމަށެވެ. އަޒީމް އަތުގައި އޭރުވެސް ރިޒްވީދިން ފައިލް އޮތެވެ. އަޒީމް އެ ކުރެހުންތަކުގެ ގަނޑުތަކަށް ބަލާލިއެެވެ. ކައުންޓަރާއި ވެއިޓިންގް އޭރިޔާގެ ކުރެހުމަށް ބަލާލިއެވެ. ކައުންތަރު މަތީ ހުރި ގަލަންޖަހާ ހޯލްޑަރ ތެރެއިން ފަންސޫރެއް ނަގައިގެން ވެއިޓިން އޭރިޔާގައި ހުރި ސޯފާގައި އިށީނެވެ. ތިރީބުރީގެ އެ ސަރަހައްދަަށް ބަލަމުން ގަނޑުގައި ފަނސޫރުން ‘ސްކެޗެއް’ ކުރަހަމުން ދިޔައެވެ. އަޒީމް ހިތްހަމަ ޖެހޭ ވަަރު ވުމުން އެ ފައިލް ހިިފައިގެން ހަވަނަ ބުރިއަށް ދިޔުމަށް އަވަސްވެގަތެވެ. ސިޑިން މައްޗަށް އެރިއިރު ސިޑިމަތީގައި ކޮންމެވެސް ވަރަކަށް ފެންތިކިތިކީގެ ނިޝާން ފެންނަަން ހުއްޓެވެ. އެހެން ކަމުން އަޒީމް ސިޑިން މައްޗަށް އެރީ ވަރަށް ބަލައިގެންނެވެ.

ފަސްވަނަ ބުރިއަށް އެރުމަށްފަހު ފައިލް ހިފައިގެން ޓެރަސްއަށް އެރުމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނުނެވެ. އެއީ ވާރޭ ވެހޭތީއެވެ. އެހެންކަމުން ފަސްވަނަ ބުރީގެ ކޮޓަރިތައް ކައިރީގައި ހުރި ހަރުގަނޑެއްގެ ހަރުމަތީގައި ފައިލާއެކު ފަންސުރުވެސް ބޭއްވިއެވެ. ޝޯޓުގެ ޖީބުން ފޯނު ނަަގާ ފޯނުވެސްް އެތާ ބޭއްވިއެވެ. ދެން ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ހަރުގަނޑު މަތީ އަޅުވާލީއެވެ. ހަވަނަ ބުރިއަކީ ޓެރަސް ބައެވެ. މިވަގުތު ވާރޭ ވެހޭތީ އަޒީމް ތެތްމަން ބޭނުންނުވާ ތަކެތި ހަރުމަތީ ބެހެއްޓިއެވެ. ޓެރަސްބަޔަށް ނުކުންނަށް ހުރި ދޮރު ހުޅުވާލި އިރު ޖެހެމުންދިޔަ ފިނި ވައިރޯޅިއާ އެކީ ސިޑިއާ ދިމާލަށް ފެން ވިއްސަމުން ދިޔައެވެ.

އަޒީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަ ވައިގަދައޭ ހިތަށް އެރުމުން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލެވުނެވެ. ނަމަވެސް އަޒީމް ބޭނުންވަނީ މަސައްކަތް އަވަހަށް ނިންމާލާފަ ގެއަށް ދާށެވެ. އަވަހަށް ޓެރަސް ބައިތެރެއަށް ނުުކުތެވެ. އޭރު ވާރޭ ކޮންމެެވެސް ވަރަކަށް ވަނީ ތުނި ކޮށްލާފައެވެ. ވަށައިގެން އެމާހައުލަށް އަޒީމް ބަލާލީ ކުރެހުމުގައި ރިޒްވީ ހިތްހަމަނުޖެހިގެން ދެއްކި ތަންތަން ބަލާށެވެ. ބީޗާ ވީފަރާތުގެ ރެއިލިން ދަގަނޑުގަނޑުގައި ހިފަހައްޓައިގެން ވާރެއާ ތެމި ފޯވެގެން ހުރި އަންހެންކުއްޖާ އަޒީމްގެ ލޮލުގައި އަޅައިގަތެވެ.

އެއީ އަޒީމަށް ބީޗްގައި ހުއްޓާ ފެނުނު އަންހެން ކުއްޖާ އެވެ. ކަޅު ކުލައިގެ އަތްދިގު ޓޮޕްކޮޅަކާއި އެކީ ޖިންސެއް ލައިގެން ހުރި ހިމަތޮޅި ރީތި އަންހެން ކުއްޖެކެވެ. އަޒީމް ކުރިޔަށް ހިނގައިގަންނަމުން ކަރު ކެހިލިއެވެ. އެ އަންހެންކުއްޖާ ފަސްއެނބުރި ބަލާވެސްނުލާ ހުރީއެވެ. އެމާހައުލުުން އިވެމުން ދިޔައީ ވާރޭގެ ތިކިތައް އައިސް ފުރާޅުތަކުގައި ބީހެމުން ދިޔަ އަޑާއި، ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އަޑާއި، ވައިގަދަކަމުން ވޫޝް ލާފައި ވައިރޯޅި ދައުރުކުރާ އަޑެވެ.

ކަޅި ޖަހާނުލާ އެ ޒުވާނާއާ ދިމާލަށް އަޒީމް ބަލަމުން ދިޔައެވެ. ޓައިލްސް މަތީ ބަހައްޓާފަހުރި ދަވާދު ދަޅެއްގައި ފައި އަޅައިގަނެ އަޒީމް ބުރައިގެން ދިޔައެވެ. “ޝިޓް… ޝިޓް..” އަޒީމްގެ ފަޔަށް ތަދުވުމުން އޭނާއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ދުރުގައި ހުރި ޒުވާނާ އެނބުރިލީ ފަހަތުން މީހަކު ވާހަކަ ދެއްކި އަޑު އިވުމުންނެވެ. އޭރު އަޒީމް އިނީ އުޑުފައިން އިށީީނދެގެން ފައިގެ ބޮޑުވައި އިނގިލީގައި ފިރުމާލަ ފިރުމާލައެވެ.

“ކިހިނެއްވީ؟…” ކުރިއަށް ޖެހިލަމުން އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. އަޒީމަށް އެ އަޑު އިވުނީ މަޑު މިޔުޒިކެއް ފަދައިންނެވެ. އިސް އުފުލާލަމުން އެ އަންހެން ކުއްޖާއާ ދިމާލަށް އަޒީމް ބަލާލިއެވެ. މޫނަށް ބުރަމުން ދިޔަ ވާރޭ ކަނިތަކުގެ ސަބަބުން އަޒީމްގެ ލޯ ހަނިކޮށްލިއެވެ. “ނޭނގެ އޭނި ދަޅުގަ އަޅައިގަތީ… ނަސީބެއް ތަނެއް ޒަޚަމް ނުވިކަަން…”

އަޒީމް ގާތަށް އައިސް ހުއްޓި ހުރި ޒުވާނާ އަތްދިއްކޮށްލީ އަޒީމް ތެދުކުރުވާށެވެެ. އަޒީމް އެ އަންހެން ކުއްޖާގެ އަތުގައި ހިފާ ތެދުވިއެވެ. އެ އަންހެން ކުއްޖާގެ އަތްތިލަ މަޑުވެފައި ވަރަށް ފިންޏެވެ. ކޮޅަށް ތެދުވެ ހިންދެމިލިއެވެ. ދަޅުގައި ޖެހުނު ފައިގެ ފުއްނާބު ޖައްސައިގެން ހުރެ ފައިގެ އިނގިލިތައް ތަޅުވާލިއެވެ. އަޒީމް އިސް އުފުލާލަމުން އެ އަންހެން ކުއްޖާއަށް ބަލާލިއެވެ. އެ އަންހެން ކުއްޖާގެ އުނަގަނޑާ ހަމަޔަށް އޮތް ބުޅި އިސްތަށިގަނޑު ވަނީ ތެމުމުގެ ސަބަބުން ބުޑުން ތިރިއަށް ފައިބާފައެވެ. އަޒީމަށް ފުރަގަސް ދެމުން އެ އަންހެން ކުއްޖާ މިސްރާބުޖެހީ ޓެރަސްގައިވާ ޕޫލާ ދިމާލަށެވެ. ޕޫލުގެ ސިޑިން ފެންގަނޑު ތެރެއަށް ފޭބިއެވެ. އޭރު ޕޫލް ތެރޭގައިވަނީ ކަކޫތާ ފެނަށް ފެން ހެދިފައެވެ.

“ހެހެހެ… ސަޅި ގޮތެއްތީ… ތީނަ މި ގެސްޓް ހައުސްގަ ކީއްކުރަނީ؟…” އަޒީމް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.

“އަހަރެން މިތާ ވަޒީފާގައޭ ބުންޏަސް ދޮގަކަށް ނުވާނެ… ރިޒްވީގެ ކޮއްކޮއާ އަހަރެން ވަރަށް ފްރެންޑް ވާނެ… މިހާރު މިތާ ދެވަނަ ފްލޯގަ އަހަރެން މިއުޅެނީ… މިތަން ހަދާ ނިމުނީމަ މިތާ ކައުންޓަރުގަ މަސައްކަތް ކުރަން ހުންނަ ގޮތަށް… އަސްލު ރަށުން އައިސް އަހަރެން ހުންނާނެ ތަނެއް ނެތިގެން އެވާހަކަ ރަމްޒީ ކައިރީ ބުނީމަ އޭނަ ހޯދައިދިން ތަނެއްމީ…” އެ އަންހެން ކުއްޖާ ކަކޫޖަހާ ފެންގަނޑު ތެރޭ އިށީނދެގެން އިނީ އަތުންފެންގަނޑާ ކުޅެލަ ކުޅެލައެވެ.

“އެހެންތަ؟… ރަމްޒީ އެއީ ރިޒްވީ ކޮއްކޮ ދޯ… އަހަރެންމީ ރިޒްވީގެ ފްރެންޑެއް… އަހަރެން…” އަޒީމްގެ ޖުމްލަ އެކީ ފުރިހަމަ ނުކުރެވެނީސް އެ އަންހެން ކުއްޖާ ވާހަކަ ދައްކަން ފެއްޓިއެވެ. “މިތާ އިންޓީރިއާ މަސައްކަތްތަކެއް ނިންމަން ގެނައި މީހެއް…. އައި ނޯ…”

“އާން… ޕޫލަށް ކިހިނެއް ހަދައިގެން ތިއުޅެނީ..” ހިނިތުންވަމުން އަޒީމް ސުވާލެއް ކޮށްލިއެވެ.

“ހޫން… ވާރޭ ވެހެންފެށީމަ ޕޫލްގެ ފެންދާން އިންނަ ތަނުގަ ކެޕެއް ހަރުކުރަނީ…. ދެން ވާރޭ ވެހޭ ވަރަކަށް ޕޫލްގަ ފެން ހެދޭނެ… ކިހާ މަޖާތަ… އާދެބަލަ….” ފެނާ ކުޅެން ހުރި އެ ޒުވާނާ ވާހަކަ ދެއްކީ ވަރަށް މަޖާވެފައެވެ. އަޒީމަށް އެ އަންހެން ކުއްޖާގެ މި ސިފަ ވަަރަށް ކަމުދިިޔައެވެ. އެ ވަގުތު އަޒީމްގެ ކަންފަަތުގައި ޖެހުނީ ރިޒްވީ ގޮވާ އަޑެވެ. އަވަސް އަވަހަށް ޓެރަސް ބައިން ނުކުތުމަށް އަޒީމް ހިނގައިގަތެވެ. އަޒީމް ދިޔައީ ކުޑަކޮށް ކޮރެއް ޖަހަމުންނެވެ.

“ހޭ… އަޒީމް… ސިޑިކައިރީ އިންނާނެ ތުވާއްޔެއް…. އެ ނަގައިގެން ގައި ހިއްކާލާ…” އެ ޒުވާނާ އަޒީމް ފަސް އެނބުރުމުން ބުނެލިއެވެ. އަޒީމް ޓެރަސްއިން ނުކުންނަން ދޮރު ހުޅުވާލި އިރު އެތާ ހޮޅިމަތީ ތުވާއްޔެއް އަޅުވާފައި އޮތެވެ. އެ ތުވާލިން ގައި ހިއްކާލުމަށްފަހު ޓީޝާޓު ގަޔަށް މަހާލިއެވެ. އަދި ފައިލާ ފަންސޫރާ ހިފައިގެން ތިރިއަށް ދިޔައީ ހަނދާންނެތި ހަރުގަނޑު މަތީ ފޯނު ބާއްވާ ފައެވެ.

ހަތަރުވަނަ ބުރިއާ ހަމަޔަށް އަޒީމް ފޭބި އިރު ރިވާޒް ހުރިތަން ފެނުނެވެ. އަޒީމް ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ރިވާޒް ޝަހާދަތް އިނގިލި ތުނބުގައިި ޖައްސާލިއެވެ. “ސުބުހާނަﷲ… އަޒީމް ތެމުނީތަ…. އަހަރެން ހީކުރީ ދިޔައީކަމަށް… ޓެރަސްް އެކަަނި ނުބަލާ މިއައީ… ވާރޭ ވެހޭތީ އަހަރެންް ހީކުރީ މަސައްކަތް ނުކޮށް އަޒީމް މަޑުކޮށްލާނެ ކަމަށް….”

ރިޒްވީ އަަތަށް ފައިލްގައި އަޒީމް ކުރެހި ކުރެހުމުގެ ރަފް ގަނޑެއް ދައްކާލިއެވެ. ރިޒްވީއަށް އެ ޑިޒެއިނާ  ބަދަލުތައް ވަރަށް ކަަމުދިޔައެވެ. “އަދި ޓެރަސް ބައި ކުރަހާލާނަން ފަހުން… ރިވާޒް މި ގެސްޓް ހައުސްގަ އަންހެން ކުއްޖެއް އެބަ އުޅޭ.. އެއީ ކޮންކުއްޖެއް…” އަޒީމް ބޭނުންވީ އެ އަންހެން ކުއްޖާ ދެއްކި ވާހަކައަކީ ތެދުތޯ ޔަގީން ކުރާށެވެ. ދެމީހުން ވާހަކަ ދައްކަމުން ސިޑިން ފައިބަމުން ދިޔައީ ދެވަނަ ބުރީގެ އަޒީމަށް ދިން ކޮޓަރިއަށެވެ.

“ހޫން… އެއީ ރަމްޒީ ކޮއްކޮގެ ރައްޓެއްސެއް.. ހުންނާނެ ތަނެއް ނެތީމަ މިތާ ބެހެއްޓީ… ދެން މިތަން ހުޅުވީމަ އޭނަ ބުނި ކައުންޓަަރުގަ މަސައްކަތް ކުރާނަމޯ.. ރަނގަޅެއްނު…” ރިޒްވީ އަދިވެސް އިނީ އަޒީމް ދިން ކުރެހުންތަކަށް ބަލާށެވެ. އެގޮތުގައި ދެމީހުން އެތަައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ.

*** *** *** *** *** ***

ޑޮކްޓަރަށް ދެއްކުމަށްފަހު ރިޔާޒްމެންގެ ދެމަފިރިން އޭޑީކޭއިން ނުކުމެގެން ގެއަށް ދިޔައީ ކުޑައެއް ނަގައިގެންނެވެ. އެމީހުން ދިރިއުޅޭ ގެ ހުންނަނީ ސޯސަން މަގުގައި ކަމުން އޭ.ޑީ.ކޭ ހޮސްޕިޓަލާ ވަރަށް ކައިރިއެވެ. ގޭ މައިދޮރުން އެތެރެއަށް ވަނުމަށްފަހު ރިޔާޒްމެން ލިފްޓަށް އަރަން ސްވިޗަށް ފިތާލިއެވެ. މާ ގިނަ އިރެއް ނުވެ ލިފްޓް އައިސްފިއެވެ. ރިޔާޒް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޑޮކްޓަރަށް ދެއްކުމުން ދިނީ ޓެސްޓުތަކެއް ހަދާށެވެ. ފުރަތަމަ ހަދަން ބުނީ ބަނޑުބޮޑުތޯ ބަލާ ޓެސްތެކެވެ. އެ ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވެއްޖިއްޔާ ހަދަން އިތުރު ޓެސްޓު ތަކެއް ލިޔެ ދިނެވެ. އެހެންކަމުން އެމީހުން އައީ ބަނޑުބޮޑުތޯ ޓެސްޓު ހަދަން ލެބޯޓްރީއަށް ގޮސް ލޭ ދީފައެވެ.

އެޕާޓްމަންޓަށް ވަނުމާއި އެކީ މީރާގެ އަތުން ލޭނެގި ތަނުގައި ހަރުކޮށްފައިވާ މަލަންކޮޅު ނައްޓާލިއެވެ. “އަޅެ ހާދަ ތަދެއް ވިޔޭ… އެތާ އިން ކުއްޖާއަށް ލޭ ނަގަން ނޭގުނީ ތޯއްޗެއް… ނާރަށް ދިމާނުވެގެން ކަށިކޮއްޕައިގެން ތަޅުވަން ޖެހޭތަ… ބަލާބަލަ ރިޔާޒް.. އެތަން އޭނީ މިހާރު ފުއްޕާފަ… ނޫފައިގެންފަ… ވަރަށް  ފޫހިވޭ… ހިތަށް އެރި މޫނުމަތީ ޖަހާފާނަމޭ…” މަލަންކޮޅު ނައްޓާލި ތަން ރިޔާޒަށް ދައްކާލަމުން މީރާ ބުންނެވެ.

“އަޅެ ހާދަ ވަރެއް ކޮށްލައިފިޔޭ… އެހެންވެޔޭ އަހަރެން ބުނީ އަހަރެން ވައްނަންހޭ.. އެކަމު މީރާ ވެއްޖެ އެކަނި ވަންނަން… ބްލާ ބްލާ ބްލާ ކިޔަން…” ރިޔާޒް ވާހަކައިގައި ހުރެ މީރާގެ އަތަށް ފިތާލިއެވެ. “އައްދޯއި ރިޔާ….” މީރާ އަތް ދަމައިގަންނަމުން އައިސް ސޯފާގައި އިށީނެވެ.

“އަދި އޭ.ޑީ.ކޭ ކައިރީގަ އެތިބޭ ފިރިހެނުންތަކެއް ދޯ… މަގުމަތިން ދާ މީހުންގެ މޫނަށް ސިނގިރޭޓު ދުން ބުރުވާލަ ބުރުވާލަ… ހާދަ ފޫއްސެއްވެޔޭ….” މީރާ ރުޅިގަދަވެގެން ގޮސް ހަލާކުވަނީއެވެ.

މީރާ ގާތުގަ އިށީންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. “ދެން މީރާއަށް ނުބައިވަސް ދުވަނީޔޭ ކިޔާފަ މާލޭގެ ހުރިހާ ރައްޔިތުން ސިނގިރޭޓު ބުއިން ހުއްޓާލަން ވީތަ؟ އެކަމެއް ނުވާނެ ދޯ… ބަލާބަ އަހަރެން ރަނގަޅުކަން އަދި މިއަދު މީރާ ޕްރެގް ވާހަކަ ބުނި ފަހުން އެންމެ ސިނގިރޭޓެއްވެސް ނުބޮން… މީރާ ތިހާ ރުޅިގަދަވާކަށް ނުވާނެ…. ލޭ މައްޗަށް ގޮއްސިއްޔާ ޔޯ…” މީރާގެ ކޮލުގައި ހިފާލަމުން ރިޔާޒް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

ރިޔާޒްގެ ކޮނޑުގައި މީރާ ބޯ އަޅާލަމުން ގަޑިއަށް ބަލާލިއެވެ. ދެގަޑި އިރުފަހުން ނަތީޖާ ލިބޭނެ ކަމަށް ބުނެފައިވާތީއެވެ. ރިޔާޒް ކޮނޑުގައި ބޯ އަޅާއިގެން އޮތް މީރާގެ ނަޒަރު ހުއްޓިފައިވަނީ ބެލްކަންޏާ ދިމާލަށެވެ. “ހާދަ އަރާމުރެޔެކޭ… ބަލާބަލަ ވާރޭ ވެހޭލެއް ބޯކަން…. ތެމެން ދާ ހިތްވަނީ…. ރިޔާޒް ހިނގާ ތެމެންދާން….” ބެލްކަންޏާ ދިމާލަށް މީރާ މިސްރާބު ޖެހިއެވެ.

ރިޔާޒްވެސް ސޯފާއިން ތެދުވެ ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. “އެކަމަކު މީރާ މީ ދެން ކޮން ގަޑިއެއް ވާރެއާ ތެމެންދާން… މީ ދެނަމާދު ދޭތެރެއޭ… މަޣްރިބް ނަމާދަށް ގޮވި އިރުވެސް ނަންބަރު ނުޖެހޭތީ ހޮސްޕިޓަލުގަ މަޑުކުރަން ޖެހުނީމަ ނަމާދެއްވެސް ނުކުރެވުނު… ހިނގާ ދެން ނަމާދުކޮށްލަން… މީރާ އާދޭ އެތެރެއަށް….” ބެލްކަނި ދޮރު ކައިރީ ރިޔާޒް ހުރެ މީރާއާ ވާހަކަ ދެއްކަމުން ދިޔައެވެ. ނަމަވެސް މީރާ ހުރީ ބެލްކަނިން ބޭރަށް އަތް ދިއްކޮށްގެންނެވެ.

ވާރޭ ކަނިތައް މީރާގެ އަތުގައި ހަރުލާފައި ހުއްޓެވެ. އެވަގުތު ވިދާލުމުން ރިޔާޒް މީރާއަށް ބަލާލީ މީރާ ބިރުން އެތެރެއަށް ވަންނާނެކަމަށް ހީކޮށެވެ. ނަމަވެސް އޭރު މީރާ ހުރީ ދެލޯ މަރާލައިގެންނެވެ. ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔައިރު މީރާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަ ފާޅުވަމުން ދިޔައެވެ. ޖަހާލި ބާރު ގުގުރިއާ އެކީ މީރާއަަށް ހަޅޭއްލަވައި ގަނެވުނީ ސިއްސައިގެން ދިޔުމުންނެވެ. އަދި ދުވެފައި އައިސް ރިޔާޒް ގައިގައި އޮޅުލައިގަތެވެ.

“ކޮބާ؟.. މަ އޭރުވެސް ބުނިން އެތެރެއަށް އަންނާށޭ… ހިނގާ ދެން ނަމާދުކޮށްގެން ކާން… ވަރަށް ބަނޑު ހައިވެއްޖެ… 8:30 ވީމަ ރިޕޯތް ނަގަންވެސް ދާން ޖެހޭނެއްނު…” ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން މީރާ ގޮސް ކޮޓަރިއަށް ވަނެވެ. ދެމީހުންވެސް އަވަސްވެގަތީ ނަމާދު ކުރާށެވެ.

*** *** *** *** *** ***

މަންޝާ ހަމަޖެހިލަމުން ޒިބާނާ ދުރަށް ޖެހިލިއެވެ. ހެދުން ރަނގަޅު ކޮށްލަމުން މަންޝާ އިސްޖަހާލީ ލަދުން ހުރެއެވެ. ޒިބާން ކުރިއަށް ހިނގައިގަތީ ކޮނޑުގައި އަޅުވާފަ ހުރި އޭނާގެ ޖިންސު ނެގުމަށެވެ. ޒިބާން އޮޅައިގެން ހުރި ތުވާލި ގައިން ވަކި ކޮށްލިކަން މަންޝާއަށް އެނގުނީ އޭނާ ތުވާލި އެނދުމަތީ ބޭއްވުމުންނެވެ. މަންޝާ ވަގުތުން ޒިބާނަށް ފުރަގަސް ދިނެވެ. މަންޝާއަށް ވީ ގޮތް ފެނި ޒިބާންގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.

ޖިންސުލައިގެން ޒިބާންއައިސް ހުއްޓުނީ ބެލްކަނީ ކައިރީގައެވެ. ހީކަރުވާފަ ހުރުމުން މަންޝާ ހުރީ ހަށަން ބަނދެލައިގެންނެވެ. ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިފައި މަންޝާއަށް ހުރެވުނެވެ. މުޅި ކޮޓަރިތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އިވެމުން ދިޔައީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑެވެ. އެންމެފަހުން ޒިބާން ވާހަކަ ދެއްކިއެވެ. “މަންޝާ… ވަރަށް ބަލައިގެން އުޅޭތި… ދެންމެ މަންޝާ ވެއްޓުނު ނަމަ އަހަރެން ވަރަށް ދެރަ ވާނެ… މަންޝާގެ ހަށިގަނޑަށް ވަރަށް ބަލާތި… ތިހުރި ހާލަތުގަ އަހަރެން މަންޝާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން….” ޒިބާން ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް އޮޅުމެއް ނުފިލިއެވެ. “ކީކޭ…. އަދި އެއްފަހަރު ބުނެބަލަ…” ޒިބާން ދެއްކި ވާހަކަ މަންޝާއަށް ސާފުކޮށް އަޑު ނީނުވީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުންނެވެ.

ޒިބާންގެ ގާތަށް ގޮސް މަންޝާ ހުއްޓުނެވެ. ޒިބާނަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ކަމުގެ ހަޤީޤަތް އެނގިއްޖިއްޔާ ޒިބާންދެކެ މަންޝާ ރުޅި އަންނާނެކަން އޭނާއަށް އެނގޭތީއެވެ. މަންޝާގެ ހުއްދަނެތި އޭނާވަނީ ވަރަށް ބޮޑު ގޯހެއް ހަދާފައެވެ. “އެއްޗެކޭ ނޫން…” ޒިބާން އިތުރަށް އެވާހަކަ ބުނަން ޖެހިލުންވިއެވެ. ބަދަލު ހިފުމުގެ ނިޔަތުގައި އައިސް ހުރި ޒިބާނަށް އަންނަަން ފެށި ބަދަލުތަކުން ޚުދު ޒިބާންވެސް ހައިރާންވިއެވެ. މަންޝާގެ ރަނގަޅުކަމާއި، ރީތިކަމާއި، ހިތްހެޔޮކަމާ މިފަދަ ސިފަތަކުން ޒިބާންގެ ހިތުން މަންޝާއަށް ހާއްސަ މަގާމެއް ދެވުނެވެ. މަންޗާއަށް ދެރައެއް ދޭން ޒިބާން ބޭނުމެއް ނޫނެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން…. ޒިބާން… އަަހަރެންނަށް އިނގޭ މީ ގޯހެއްކަން… އެކަމަކު އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުން މިދަނީ… އަހަރެންނަށް… އަހަރެންނަށް ޒިބާން ވަރަށް ކަމުދޭ…. އަހަންނަކަށް ނޭނގެ މިވާ ގޮތްތައް ކިޔައިދޭންވެސް….” މަންޝާ ކައިރިއަށް ޒިބާން ޖެހިލަމުން މަންޝާގެ ތުންފަތުގައި އަތް ޖައްސާލިއެވެ. މަންޝާ ވާހަކަ މެދުކަނޑާލަމުން ޒިބާނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. މަންޝާގެ ލޮލަށް ބަލަން ހުރި ޒިބާން މަސައްކަތް ކުރަމުން ދިޔައީ މަންޝާ ދައްކަން އުޅޭ ވާހަކަ ދެނެގަންނާށެވެ. އެއީ ޖިންނިންނަށް ލިބިފައި ބާރެކެވެ.

“އަބަދު އަަހަރެން ފެނޭތޯ މަންޝާ އިންތިޒާރު ކުރާކަން އަހަރެންނަށް އެނގޭ…. އަހަރެންގެ ޚަބަރެއް ނުވުމުން އެކަމާ މަންޝާ ވަރަށް ދެރަވިކަންވެސް އެނގޭ…. މަންޝާ… އަހަރެންވެސް….” ޒިބާންގެ ލޮލުތެރެއިން ވިދަމުން ދިޔަ ކަރުނަތައް މަންޝާއަށް ފެނުނެވެ. އޭރުވެސް މަންޝާގެ ހަށިގަނޑަށް ވަމުން ދިޔަ ގޮތް ތަކުން މަންޝާ ކެތްކޮށްގެން އެހުރީ ހަމަ ކިރިޔާއެވެ. ދެއަތް މުށްކަވާލައިގެން ހުރި މަންޝާ އޭނާގެ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެެވެ. ޒިބާންގެ ހަށިގަނޑުގައި ބައްދާލަން ބޭނުމެވެ. ހިތް ފުރެންދެން ޒިބާންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޯން ބޭނުމެވެ. މަންޝާގެ ހިތަށާ ސިކުނޑިއަށް ވަމުން މިދާ ގޮތްތަކުން އޭނާގެ ބޯ ހަލާކުވާ ވަރު ވެއްޖެއެވެ. ޒިބާން އާ އެކުގާ ވާން އޭނާ ބޭނުމެވެ. ޒިބާނާ ކުރިން ދިމާވި ނަމައޭ ހިތަށް އެރިއެވެ.

އެވަގުތު ގެއިން ކަރަންޓު ކެނޑުނެވެ. މަންޝާގެ ހިތުން ޒިބާނަށް ވަނީ ހާއްސަ ޖާގައެއް ދެވިފައިކަން ޒިބާނަށް ނަގައިގަނެވުނެވެ، ޒިބާންގެ ހަށިގަނޑުގައި މަންޝާ ބައްދާލީ ކަރަންޓު ދިޔުމުން އެކަމާ ބިރުންނެވެ. ކުޑަ އިރުކޮޅެއް ފަހުން މަންޝާ ދުރަށް ޖެހިލަމުން މައާފަށް އެދުނެވެ. ޒިބާން ކުރިއަށް ޖެހިލަމުން މަންޝާގެ އަތުގައި ހިފާ ގެނެސް ޒިބާންގެ ގައިގައި ލަށް ކޮށްލިއެވެ. އިސްޖަހައިގެން ހުރި މަންޝާގެ މޫނުގައި ހިފާ އިސް އުފުލާލިއެވެ. އެވަގުތު އެ ދެމެދުގައި އެއްވެސް ދުރުކަމެއް ނުވާ ފަދައެވެ. އެ ވަގުތު ކޮޅު އަޒީމްގެ މަތިން މަންޝާ ހަނދާން ނެތުނު ކަހަލައެވެ.

*** *** *** *** *** ***

އަޒީމާ ރިޒްވީއާ ދެމީހުން ތިބީ ދެވަނަ ބުރީގައި އަޒީމަށް ދިން ކޮޓަރީގައި ވާހަކަ ދައްކާށެވެ. އަޒީމްގެ ޚިޔާލު ރިޒްވީއަށް ވަރަށް ކަމުދެއެވެ. އެހެންވެ އެ މަސައްކަތަށް އަޒީމަށް ފެންނަ ރަނގަޅު އަގެއް ކިޔަން ރިޒްވީ ހުށައެޅިއެވެ. އަޒީމް ބޭނުންވީ ވިސްނާލާފަ އެކަމަށް ޖަވާބެއް ދޭށެވެ. ދެމީހުން ވާހަކައިގައި ތިއްބާ ރިޒްވީއަށް ފޯނެއް އައެވެ. އެ ގުޅީ ހުޅުމާލޭގައި ހިންގާ ރިޒްވީގެ ފިހާރައިންނެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު ރިޒްވީ އެނދުމަތިން ތެދުވިއެވެ. “އަޒީމް.. ވަރަށް ބޮޑަށް ސޮރީ… ފިހާރަ ކަމެއްގަ އަހަރެން އެބަޖެހޭ އެކޮޅަށް ދާން… އެކޮޅުން ނިމުނުހާ އަވަހަކަށް އަންނާނަން… މިރޭ ވަރަށް ވިއްސާރަ ދޯ.. ސޯ އެހެން ދުވަހަކުން ޓެރަސްގެ ކުރެހުން ޕްލޭން ކުރާނީ… ދެން ދަނީ އިނގޭ… ކަމަކު ބޭނުން ވެއްޖިއްޔާ ޒޭބާ ކައިރީ ބުނޭ…” ރިޒްވީ ކޮޓަރިން ނުކުތުމުން އަޒީމް އެ އަންހެން ކުއްޖާގެ ނަން ތަކުރާރު ކޮށްލިއެވެ. “ޒޭބާ….”

އަޒީމް އިނީ ޑްރެސިންގް ޓެބަލް ގޮނޑީގައި އިށީނދެގެންނެވެ. ތެތް ޝޯޓާއެކީ އެނދުގައި އިށީނދެއްޖެނަމަ ގޮދަޑި ތެމިދާނެތީއެވެ. ކުއްލިއަކަށް އަޒީމް އޭނާގެ ފޯނު މަތިން ހަނދާން ވެގެން ބަލާލިއެވެ. ޝޯޓުގެ ޖީބު މަތިން އަތް ޖައްސާލިއެވެ. ކޮޓަރި ތެރެ ބަލަން ފެށީ ޖީބުގައި ފޯނު ނެތުމުންނެވެ. ފަސްވަނަ ބުރީގައި ހުރި ހަރުގަނޑު މަތީގައި ފޯނު ބޭއްވުނު މަތިން ހަނދާން ވިއެވެ. އެހެންކަމުން އަޒީމް އަވަހަށް މައްޗަށް ދިޔުމަށް ސިޑިން އެރިއެވެ.

ފަސްވަނަ ބުރިއަށް ގޮސް ފޯނު ނަގާ ބަލާލިއެވެ. ފޯނަށް މިސްޑް ކޯލެއް ނޫނީ މެސެޖެއް އައިސްފައި ވޭތޯއެވެ. އޭރުވެސް ފުދޭވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އަޒީމް ސިޑިން ފައިބަން ދިޔަ ވަގުތު ކުޑަކޮށް ހުޅުވިފައިވާ ޓެރަސްގެ ދޮރު ފެނުމުން މަޑު ޖެހިލިއެވެ. ޒޭބާ އެތާ ހުރިތޯ ބަލާލަން ހިތަށް އެރިއެވެ. ޓެރަހަށް ނުކުތް އިރު އެތާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރުމަށްފަހު ތިރިއަށް ދާން އެނބުރިލި ވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުމުން އަޒީމް ފަސް އެނބުރި ބަލާލިއެވެ. ޕޫލް ތެރޭ ހެދިފައިވާ ފެންގަނޑު ތެރެއިން ބޯ ދިއްކޮށްގެން ހުރި ޒޭބާ އައިސް ޕޫލް ކައިރި ފަށުގައިވާ ގާ ގަނޑުމަތީ އަތް ވިއްދާލައިގެން ބަލަން އިނެވެ. ޒޭބާގެ ދޮން މޫނު ހުރީ ހުދުވެފައެވެ. ތުންފަތުގެ ފިޔާތޮށިކުލަ ގަދަކަމުން ހިވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. މިހާރު ޕޫލްގެ ފެންގަނޑު އިސްކޮޅު ނުޖެހޭ ވަރަށް ވަނީ ބޮޑުވެފައެވެ.

އަތުގެ އިޝާރާތުން އައުމަށް ޒޭބާ އެދުނެވެ. އަޒީމް ޓެރަސްގެ ދޮރު ކައިރީ ހިޔާކޮށްފަ ހުރި ތަނަށް ދިޔައީ ޓީޝާޓު ބާލަމުންނެވެ. އެތާ ހުރި ފާރުބުރިއެއް މަތީ ޓީޝާޓާ ފޯނު ބޭއްވުމަށްފަހު އަޒީމް ޕޫލަށް ދިމާލަށް އައިސް ޑައިވެެއް ޖަހާލިއެވެ. ޕޫލުގެ ތެރެއަށް އަޒީމް ފުންމާލުމުން ޒޭބާ ހިނިގަނޑެއް ޖަހާލިއެވެ. ޒޭބާގެ ތޫލި އަޑު މުޅިތަނުގާ ގުގުމާލިއެވެ. ފެންގަނޑު މައްޗަށް އަޒީމް އަރަމުން ލޯ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް މައްޗަށް އަރުވާލިއެވެ.

“ރިޒްވީ ބުނި ޒޭބާގެ ވާހަކަ… އަސްލު އަހަރެން އެހީ ތީ ކޮން ކުއްޖެއްހޭ… ބުނެބަލަ ޒޭބާ ކޮންރަށެއްތަ؟…” ޒޭބާއާ ބެހޭ މަޢުލޫމާތުތައް އޮޅުން ފިލުވަން އަޒީމް ބޭނުންވިއެވެ.

“އަަހަރެެން މީ އައްޑޫ ކުއްޖެއް….” ޒޭބާ ޕޫލުން މައްޗަށް އަރަމުން ޖަވާބު ދިނެވެ. ޒޭބާ ޕޫލް ތެރެއަށް ފައި ބާލައިގެން ޕޯލޮ ކައިރީގައިވާ ގާމަތީ އިށީނދެގެން އިނީ އަޒީމާ ދިމާލަށް ބަލާށެވެ.

“އޯ… ގަދަ… މާސް އައްޑޫ… ކޮބާ ޒޭބާގެ ޕޭރަންޓްސް..” (އޯގަދަ… މަވެސް އައްޑޫ… ކޮބާ ޒޭބާގެ ޕޭރަންޓްސް..) ޒޭބާ އަށް ދިމާލަށް ދާން އަޒީމް ފަލި ޖަހާލިއެވެ.

” ޕޭރަންޓްސްގެ ވާހަކަ ނިދައްކަ… ޕްލީސް… އިޓް ސްޕޮއިލްސް މައި މޫޑް… ޓޯކް ސަމްތިންގް އެލްސް…” (ޕޭރަންޓްސްގެ ވާހަކަ ނުދައްކާ… ޕްލީސް.. އިޓް ސްޕޮއިލްސް މައި މޫޑް… ޓޯކް ސަމްތިންގް އެލްސް…) ދެކޮނޑު އަރުވާލަމުން ޒޭބާ ވާހަކަ ދެއްކީ ފޫހި ގޮތަކަށެވެ.

“އޯކޭ… ދެން ކިއެންކައު ކޭއްވީ…” (އޯކޭ… ދެން ކީކޭ ކިޔަންވީ….) އަޒީމް ޒޭބާގެ އަތުގައި ހިފާ ޕޫލް ތެރެއަށް ދަމައިގަތެވެ. ނުވިސްނާ ހުރުމުން ޒޭބާއައިސް ގުޅަވަރަކަށް ފެންގަނޑު ތެރެއަށް ވެއްޓުނެވެ. ވާރޭ ތުނި ކޮށްލައިފިއެވެ. ނަމަވެސް ވައި ގަދަކަމުން ހީވަނީ ބީޗްގައި ހުރި ގަސްތައް މުލުން ލުހިގެން ވަޔާ ހިނގައި ދާނެހެންނެވެ.

“ޒޭބާ ހީއަސް ނިކަރުވަނިއްޔާ… މަމިކޯ ތުރުތުރު އެޑާށް ފަށަގަ…” (ޒޭބާ… ހީވެސް ނުކަރުވާތަ؟… އަހަރެން މިހާރު ތުރުތުރު އަޅަން ފަށައިފި…) އަޒީމް ޕޫލުން އަރަން ގޮސް ސިޑިކައިރީ މަޑުކޮށްލިއެވެ. އަޒީމްގެ ފަހަތުން އައިސް އެނާގެ އުނަގަނޑުގައި ޒޭބާ ހިފަހައްޓާލިއެވެ.

ފަސް އެނބުރެމުން އަޒީމް ޒޭބާގެ މޫނަށް ބަލާލިއެވެ. އެއީ ހާދަ ފުރިހަމަ ކުއްޖެކޭ އަޒީމްގެ ހިތަށް އެރިއެވެ. ޒޭބާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރަނގަޅު ކޮށްލިއެވެ. ކުއްލިއަކަށް އަޒީމްގެ އަތުގައި ޒޭބާ ހިފެހެއްޓިއެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ ކަންފަތު ބުޑުން ތިރިއަށްވާގޮތަށް ޒޭބާގެ ކަރުދޮށުގައި ވާ ބޮޑު ލަކުނެވެ.

“އޮއި.. މަޑޮކޮށްފެލަ… އެބޭނިއްޔާ؟…” (ހެއި މަޑުކޮށްބަލަ… ދަނީތަ؟…) ޒޭބާ ޕޫލުން އަރައިގެން ޓެރަސްއިން ނުކުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. އަޒީމްވެސް ޕޫލުން އަރައިގެން ޒޭބާ ފަހަތުން ދުއްވައިގަތެވެ.

“ބެނަފެލަ… އޭ ކޮން ލަކުނަށް؟… އޭ ކެހެނަކަށް ވެފެއި ހިށި ތާން…” (ބުނެފާނަންތަ.. އެއީ ކޮން ލަކުނެއް…. ކިހިނެއް ވެފައި ހުރި ތަނެއް އެއީ…) އަޒީމްގެ ހިތުގައި ހުރި ސުވާލުތައް އެއް ފައްޗަކަށް ބަންޑުން ކޮށްލިއެވެ.

އެއް އަތުން ހެދުމުގެ ކަރުވަޅުގައި ހިފައިގެން އަނެއް އަތުން އިސްތަށިގަނޑު ގެނެސް އެ ލަކުނު ހުރި ފަރާތަށް ވައްޓާލަމުން ޒޭބާ އަޒީމްގެ މޫނަށް ބަލާލިއެވެ. އެ ސުވާލު ކުރުމުން ޒޭބާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފިކަން އެނގިއްޖެއެވެ. ކުރަންނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީކަން އަޒީމަށް އެނގުމުން އެކަމާ އަޒީމް ހުރީ ބޯ ސަކަރާތްވެފައެވެ. ޒޭބާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ޖަވާބެއް ނުދީ ޓެރަސްއިން ނުކުންނަން ޒޭބާ ހިނގައިގަތެވެ.

“ސޮރީ.. ޒޭބާ… ޒޭބާ… ރިޑިއެރީއްޔާ؟…”  (ސޮރީ.. ޒޭބާ… ޒޭބާ… ރުޅިއައީތަ؟…) އަޒީމް ދައްކަމުން ދިޔަ ވާހަކައަށް ފަރުވާލެއް ނުބަހައްޓާ ޒޭބާ ޓެރަސްއިން ފައިބައިގެން ސިޑިން ތިރިއަށް ދުއްވައިގަތެވެ.

އަޒީމް އޭނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. “ޝިޓް… ޝިޓް…” ޒޭބާ ހިތުގައި ޖެހޭ ފަދަ ދެ ސުވާލެއް ކުރެވުނީތީ އަޒީމް އެކަމާ ވަރަށް ދެރަވިއެވެ. އަޒީމްގެ ޓީޝާޓާ ފޯނު ނެގުމަށްފަހު މުށްކަވާފައި އެ ފާރު ބުރި މަތީގައި ޖެހިއެވެ. ޒޭބާ ހިތުގައި ޖެހޭ ކަހަލަ ސުވާލެއް ކުރެވުނީމަ އަޒީމްގެ ހިތަށް ތަދުވިއެވެ.

 (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ވާނޭހެ ގުނިޔޭގާ (4)

Next

ކުއްޅަވަށްފާ2

Next
May 26, 2016

ކުއްޅަވަށްފާ2

Previews
May 26, 2016

ވާނޭހެ ގުނިޔޭގާ (4)

22 Comments!

  1. mary says:
    May 26, 2016 at 8:28 pm

    Meeraage bai varah sweet…. ???
    Mansha n zibaan Ge bai dhen varah ROM…????
    Azeem n zeyba Ge kanthah gandeh kuriyah EBA oiy Dhw… Heevanee zeybage family eynayah aniyaa kureehen… Poor her….

  2. same says:
    May 26, 2016 at 8:46 pm

    V reethi mi vaahaka. Thanks shax. Next part kon irakun?

  3. zibaan says:
    May 26, 2016 at 8:51 pm

    Monday n Thursday ga dho vaahaka nerenee…. Varah reethi…. I like that girl zeybaaaa…

  4. Appy says:
    May 26, 2016 at 9:04 pm

    ?kihineh mi vanyy xeyba n xibaan ….mulhi family nukume eulheny

  5. ? says:
    May 26, 2016 at 9:21 pm

    Wooooooaaaa mi nunimeyne nama

  6. Zully says:
    May 26, 2016 at 9:58 pm

    Mi story dhuvaheh dhuvaheh interesting vaneee…. Wow… Shazlyn ur amazing writer

  7. sjjsjsjs says:
    May 26, 2016 at 10:09 pm

    ahcheeeee..mihaa hadi stry eh adhi nudheken

  8. 4426 says:
    May 26, 2016 at 11:21 pm

    azeemaa mansha aky moya dhe meehun

    1. hahaha says:
      May 27, 2016 at 12:16 am

      Hingaa Dhw guraidhoo ah fonuvaalan… Moya lamun dho fennahaa meehakaa hithaavaanee… Lol

  9. ken? says:
    May 26, 2016 at 11:37 pm

    omg…..? wats gonna happn next….feelong soòoo curious ???

  10. Anonymous says:
    May 26, 2016 at 11:59 pm

    Wow… Speechless… I know shaz Ge vaahakaiga Jeeves nukuraa kahala twist thakeh annaanekan… Hama varah habeys…. Varah ufaavey shaax Ge dhevana vaahakaeh adhi ehaame reethi vaahakaeh kiyaalan libuneema…. Ur doing grt… Thanks a lot….

    1. Anonymous says:
      May 27, 2016 at 12:00 am

      Heeves nukuraa kahala twist

  11. Mar Sha Marsha says:
    May 27, 2016 at 12:12 am

    Oh no!! Zeyba n Azym… Mansha n Zibaan… something bad is gonna hpn dhooo.. n r Zibaan Zeyba siblings?? N i m beginning to really not like Myra.. dunno y.. hyvany eyna rangalhu noon hen… btw story vvvv rythi. Waiting for next ep.. on monday…

  12. oooh yeah says:
    May 27, 2016 at 12:19 am

    Sifakuruntha hama habeys… Dhn vaany kihinehbaa … Varah interesting .. Omg omg … Can’t wait for the next episode… ?? oooh yeaah ?

  13. Shahi says:
    May 27, 2016 at 12:31 am

    Salhi vaahakaeh
    Keevarakah kiyaahihvany

  14. kudu says:
    May 27, 2016 at 12:44 am

    Effaharun mivaahaka ekkoh mikiyaalee. 20 episodes ehdhuvahun mi kiyaalee. Vaahakaige shauguverikamuge bai varah furihamayah gengulhen ingeykan faahaga kollan. Varah dhuvas koffa dhivehi fakkaa vaahakaeh mikiyunee. Ur habeys. I love this. Next episode mondayga Dhw. Haadha dhuvaheh eba othey. Am a huge fan shaz. Am a huge fan.

  15. Mohammed says:
    May 27, 2016 at 12:54 am

    Oooh kihineh this hedheee. Azym ah mansha ah vureh reethi kujjeh fenuneema veegoiy dho… Mansha falavefa zeyba hikiveema dhw….mansha kalhuvefa zeyba dhonveema. Anyways story hama varah habbu. Great work ey buneveynee. Varah dhuvas koffa mi commented vattaalee. Ur way of thinking is very different compared to other writers. Varah unique. I love this story girl. ?

  16. Inaa says:
    May 27, 2016 at 12:58 am

    Haadha kuch kuch ey. Mansha n zibaan ge parts varah salhi. Mee gadha vaahakaeh vaa.

  17. shahu says:
    May 29, 2016 at 12:53 pm

    i think mansha is pregnent dhw ..waiting for next episode , bytheway the story is very intresting i love it

  18. Mansha says:
    May 29, 2016 at 12:58 pm

    Azeem ahves ehn biteh libunydhoa. Mann ah OK vihyya. I have new boy too :*

  19. lal says:
    May 30, 2016 at 12:50 pm

    mee konkahalei addu baha.. heheh roa nibei koh nuny meeny leyfei.. mah ekani feel vey gothee enakko?

    1. nimi says:
      May 30, 2016 at 7:21 pm

      I don’t think nubai hene. Its hulhudhoo baeh… Adduge ves Eki rahrashumeehun Ge vaahaka dhekkun thafaathuvaane… heeveni OK hen

Comments are closed.

Next Episodeމަންޝާ (އެކާވީސްވަނަ ބައި)←


All Right Reserved!