
ވާތީ ހިތަކު ލޯބި މަންމަންވެފާ – 89

މިކްޔާގެ މޫނު މައްޗަށް އެ އެރި އަސަރު ފެނިފައި އެޒިކިއެލްގެ ހިތުގައި ރިއްސައިގަތެވެ. ކޮޓަރިއާއި ދިމާލަށް ދެވެން އުޅުނީ މިކްޔާ ހަމައަކަށް އަޅުވާށެވެ. މަޢާފަށް އެދޭށެވެ. އެހެން ވިޔަސް އަނެއްކާވެސް އޭނާއަށް ސިފަ ވެލީ އެ ފެނުން ފޮޓޯތަކެވެ. ދަތްކުނޑި ވިކައިލަމުން އެޒިކިއެލް ގޮސް، ފަލަކްގެ ކޮނޑުގައި ހިފާ ފާރުގައި ތަތް ކޮށްލިއެވެ. އެއް އަތުން ފަލަކުގެ އުނަގަނޑުގައި ހިފަމުން، އަނެއް އަތުން ފަލަކުގެ ހާމައަށް އޮތް މޭމަތީގައި ބީހެން ފެށީ ފަލަކްއަށް ބޮހެއް ދެމުންނެވެ.
(89 ވަނަ ބައި)
2 ވަރަކަށް މިނިޓް ފަހުން އެޒިކިއެލްގެ މޭމަތީގައި އަތް ޖައްސާލަމުން ފަލަކް އޭނާ ދުރުކޮށްލިއެވެ. “ހޫމްމް.. އެޒީ ހާދަ ބަނޑުހައިވެފަ އޭ ދޯ ތިހުރީ؟” މާ ނޭވާ ލެވެމުން ދިޔަ އެޒިކިއެލްގެ މޫނަށް ބަލައިލަމުން ފަލަކް އަހައިލިއެވެ.
“ހެހެހެ. އޯކޭ އިނގޭ.. މިރޭ ހިނގާބަ ރެސްޓޯރެންޓަކަށް ކާންދާން؟” އެޒިކިއެލްގެ އަތުގައި އެލި ގަންނަމުން ފަލަކް ބުނެލިއެވެ.
“ޔާ.. ހިނގާ ދާން.. ގެނޭ ނަންބަރު.. ހަބަރެއް ވެލާ ނަން” ފޯނު ދިއްކޮށްލަމުން އެޒިކިއެލް ބުނެލިއެވެ.
“ނޫން، ނޫން، ނޫން… މަގޭ ދަރި… ނޫން ނޫން… ޒެން… ހެޔޮނުވާނެ… އެންބިއުލާންސަށް ގުޅާބަލަ…” ރޮމުން ރޮމުން މަޒީނާ ތެދުވެ އިށީނެވެ. އެމަންޒަރު ފެނި ޒެންގެ ހިތަަކަށް އަސަރެއް ނުކުރިއެވެ. އޭނާ ފެށީ ހޭށެވެ.
“މަވީ ދެންވެސް އެންބިއުލާންސަކަށް ގުޅަން؟؟ މަށަށް މާ ރަނގަޅު ތި އެތިގަނޑު މަރުވިއްޔާ” ބަނޑުގައި އަތް އަޅައިގެން ހުރެ ޒެން ހެމުން ބުންޏެވެ. އަދި ވޮލެޓު ހިފައިގެން އޭނާ ކޮޓަރިން ނިކުތެވެ. އަޒީން ކޮޓަރިއަށް ވަދެ، އެކުއްޖާ ސަލާމަތް ވެދާނެތީވެ، އޭނާ ނިކުމެ، ބޭރުން ކޮޓަރި ތަޅުވެސް ލިޔެވެ.
ވަގުތު ކުޑަ ވަނީއޭ މަޒީނާގެ ހިތް ބުނެލިއެވެ. ދަށްބަނޑުގައި އަތް އަޅައިގެން ހުރެ ފިރުކެމުން ކަހަލަ ގޮތަކަށް އޭނާ ގޮސް އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ތިރީ ތުންފަތުގައި ދައި ގަންނަމުން މަޒީނާ ގުޅައިލީ އަޒީނަށެވެ.
ނަސީބު ކަންދިމާ ކުރި ގޮތުން އޭނާ އޭރު އޮތީ ގޭގައެވެ. އޭނާގެ މޭމަތީގައި ބޯ އަޅާލައިގެން ޒާލާ އިނެވެ. “ބުނެބަލަ.. ކޮން އިރަކުންތަ އަހަރެމެން ކައިވެނި ކުރާނީ؟؟” އަޒީންގެ އަތުގައި ފިރުމާލަމުން ޒާލާ އަހައިލިއެވެ.
“އަހަރެން ކަހަލަ މީހަކާ އިންނަން ޒާލާ ހަމަ ބޭނުންތަ؟ ޒާލާގެ މަންމަމެން ނުވެސް ރުހޭނެ ކަންނޭނގެ…” އިސްޖަހައިލި އަޒީންގެ މޫނުމަތީގައިވީ ހިތާމައެވެ. އޭނާ ޒާލާއާއި ކައިވެނި ކުރަން ބޭނުމެވެ. އެކަމަކު އޭނާ އެކައިވެނި ކުރާނީ ކިހިނެތް ހެއްޔެވެ؟
“ޒީން މަސްތުވާތަކެތި ބޭނުން ކުރުން އެއީ ޒީންގެ ކުށެއް ކަމަކަށް އަހަރެން ނުދެކެން.. އެއީ ނުހައްގުން ޒީންއަށް ލިބުން އަނިޔާއެއް.. ޒީން އަހަރެންދެކެ ލޯބިވޭ.. އެހާ ދުހު އެކުގައި އުޅުން އިރުވެސް އަކްނާންގެ ފަރާތުން ނުލިބުން ކިތަންމެ އެއްޗެއް އަހަންނަށް ޒީންގެ ފަރާތުން ލިބިއްޖެ.. އަހަރެން މިއަދު މިހުރީ އުފަލުގަ.. އަހަރެންގެ އުފާވެރިކަމަށް ވުރެ ބޮޑަށް މަންމަ ބޭނުންވާނެ އެއްޗެއް ނުހުންނާނެ…” އަޒީންގެ ކޯތާފަތުގައި ޒާލާ ފިރުމައިލިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި އަޒީންގެ ނަޒަރު ފޯނަށް ބަދަލުވީ، ފޯނު ރިންގުވާން ފެށުމުންނެވެ. “ދޮންތި؟ ކީއްވެބާ މިގުޅަނީ..؟” ހިތާ ހިތުން މިހެން ބުނެލަމުން އަޒީން ފޯނު ނެގިއެވެ.
“ކޮއްކޯ… ހެޔޮނުވާނެ… ވަރަށް އަވަހަށް އާދެބަ.. ދޮންތަ… ލޭ އާދޭ އެބަ.. ކޮއްކޯ ހެޔޮނުވާނެ.. ދޮންތަ ގައިން ލޭ އާދެޔޭ އެބަ.. ޒެން އެ ދިޔައީ ކޮޓަރި ދޮރުވެސް ތަޅުލާފަ… ދެން…” މަޒީނާއަށް ބުނެވުނީ އެވަރަށެވެ.
“ހަލޯ؟؟ ހަލޯ؟؟” އަޒީނަށް ތެޅި ގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިން ނިކުތެވެ. މަޒީންގެ ކޮޓަރީގައި ޓަކި ދިން އިރު ދޮރު ހުރީ ތަޅުލާފައެވެ. “ދޮންތާ.. ދޮރު ހުޅުވަބަލަ.. ހެޔޮނުވާނެ..” އަޒީން އަށް ރޮވުނެވެ.
“ޒީން.. ކިހިނެއްތަވީ..؟” ފަހަތުގައި ހުރި ޒާލާ ހުރީ ވާނުވާގައެވެ.
“ލާލާ… ނިކުމެ ބަލަ ބޭރަށް.. ދޭބަލަ އެހީއަށް ގޮވަން..” އެކޮޓަރީގެ ތަޅުދަނޑިއެއް އޭނާގެ އަތަކު ނޯންނާނެއެވެ. ދޮރު ވައްޓާލެވޭ ނެހާ ވަރެއް އޭނާގެ ހަށިގަނޑުގައި މިހާރަކު ނުހުންނާއެވެ. އޭނާ އެހާ ދެރަވީ އެހެން ވެގެންނެވެ. ވާނުވާ ނޭނގިފައި ހުރި ނަމަވެސް ޒާލާ ދުވަމުން ކަހަލަ ގޮތަކަށް މަގުމައްޗަށް ނިކުތެވެ.
މަޒީނާގެ ގޭ މަގުން ސައިކަލުގައި ޝަރަފްއަށް މިދެވުނީ މިއަދުވެސް މިހާރު 15 ވަނަ ފަހަރެވެ. މިހާރު އެހެން އެގޭ ދޮށުގައި މުގޯލި އަޅާތާ ވެސް މަހެއްހާ ދުވަސް ވެދާނެއެވެ. އެހެން ވިޔަސް އޭނާ މަޒީނާ ދެކެ ލޯބިވާކަން ހާމަ ކުރާކަށް އަދިވެސް އޭނާއަކަށް ނުކެރެއެވެ. ކުރާނީވެސް ކިހިނެތް ހެއްޔެވެ؟ އެއީ މީހެއްގެ އަންބެކެވެ.
“ޕިސް… ދެން އަހަރެން މިތާ ކީއްތަ މިކުރަނީ.. މީހުންގެ އަނބިން ފަހަތުން ދުވާކަށް ނުވާނެ.. ދެމަފިރިންގެ ދެމެދަށް ވަދެގެން ކޮން އުފަލެއް ލިބޭނީ..؟” ހިތާ ހިތުން މިހެން ބުނެލަމުން ޝަރަފް އުޅުނީ ސައިކަލު ދުއްވާލާށެވެ. ނަމަވެސް އެވަގުތު މީހަކު އެހީއަށް ގޮވާ އަޑު އިވެން ފެށިއެވެ.
“މީހެކޭ… މީހެކޭ…”
އެ އަންހެން ކުއްޖާ ނިކުތީ މަޒީނާގެ ގެއިންނެވެ. ސައިކަލު ހުރިތަނަށް ދޫކޮށްލާފައި ޝަރަފް ދުވެފައި ގޮސް އޭނާ ކުރިމަތީގައި ހުއްޓުނީ އެހެން ވެގެންނެވެ.
ލޯގަނޑު ކުރިމަތީގައި ތައްޔާރު ވާން ހުރި ލަޝްކާގެ މޫނަށް ބަލަން ކައިރީގައި ދާއިޔަލް އިނެވެ. ޝޯލް އަޅަން އިނދެގެން އިރު އިރު ކޮޅުން ލަޝްކާ ވެސް ދާއިޔަލްގެ މޫނަށް ބަލައިލެވެއެވެ. “ދޭންންންންނނނ ދާއި ހާދަވަރަކަށް ތި ބަލަނީ؟؟” ތުންކޮޅު އޫކޮށްލަމުން ލަޝްކާ މޫނުމަތީގައި އަތް އަޅަމުން މޫނު ފޮރުވައިލިއެވެ.
“މި ހިތަށް އަރަނީ ހަމަ ހާދަ ރީއްޗޭ.. ބަނޑުބޮޑުވީ ފަހުން އަދި މާ ލޯބި..” ލަޝްކާގެ ކޯތާފަތުގައި ދާއިޔަލް ފިރުމާލިއެވެ.
“ހުސް ދޮގު ހަމަ.. ބަލަ މިހާރު ލަޝް ފަލަކަން..” ތުންކޮޅު އޮޅާލަމުން ލަޝްކާ ބުނެލިއެވެ.
“ދާއިއަށް މިހާރު ލަޝް މާ ލޯބި.. އެހެންނޭ ނުން ވާނީވެސް ދޯ ލަޝްގެ ހަށިގަނޑަށް ތި އައި ބަދަލު ތަކަކީ ދާއިގެ ލޯބިލޯބި ދެ ފުރާނަ ދުނިޔެއަށް އުފަން ކޮށްދިނުމަށް އައި ބަދަލު ތަކެއް. މުޅި އުމުރަށް ވެސް ލަޝްއަށްޓަކައި ދާއި ފަޙުރުވެރި ވާނަން” ލޯބިން ފުރިގެންވީ ބެލުމަކުން ލަޝްކާއާއި ދިމާލަށް ބަލަން އިނދެ ދާއިޔަލް ބުނެލިއެވެ.
“ހެހެ… އޯންންނ… ހޫމް.. ދެން ލަދު ނުގަންނަވަ ހިނގާ ދާން..” ދާއިޔަލްގެ އަތުގައި ހިފާލަމުން ލަޝްކާ ކޮޅަށް ތެދުވެލިއެވެ. ހިނިތުންވެލަމުން ދާއިޔަލް ވެސް ތެދުވެ ލަޝްކާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.
ދެމަފިރިން އެކުގައި އެގެއަށް ދިޔަ އިރު އެޒިކިއެލްމެން ގެއަށް ވައިން އިރު ޖޯލި ފަތީގައި އެޒިކިއެލް އޮތެވެ. “އައްސަލާމު އަލައިކުމް” ހިނިތުންވެލަމުން ދާއިޔަލް ސަލާމް ގޮވައިލިއެވެ.
“ވާލައިކުމް ސަލާމް.. އަންހާ.. ކޮބާ.. ކިހިނެތްތަ؟؟” އެޒިކިއެލް ތެދުވެގެން އައިސް ދާއިޔަލްއަށް ސަލާމް ކޮށްލިއެވެ.
“ރަނގަޅު، އަލްހަމްދުލިއްލާހި.. އެލާރާގެ ދަރިފުޅު ދެކިލާ ހިތުން މިއައީ” ދާއިޔަލް ބުނެލިއެވެ.
“ތެދެއް. މީ ދަރިފުޅަށް ގެނައި ހަދިޔާ ކޮޅެއް. ކޮބާ ކޮން ކަމެއްތަ ކިޔަނީ ކުއްޖާއަށް؟” އަތުގައި އިން ކޮތަޅު އެޒިކިއެލްއަށް ދިއްކޮށްލަމުން ލަޝްކާ ބުނެލިއެވެ.
“އެހެންތަ؟ ހާދަ ރަނގަޅޭ.. އަލައިރާ ކިޔަނީ.. މަރިޔަމް އަލައިރާ. ލޯބިން، އަލައި” ހިނިތުންވެލަމުން އެޒިކިއެލް ބުނެލިއެވެ.
“އަޅޭ ހާދަ ލޯބި ނަމެކޭ.. ހިނގާބަ އަވަހަށް ދާން.. މިހާރުވެސް އަލައި ދެކޭ ހިތުން ކެތްމަދު ވެފަ” ހީލަމުން ލަޝްކާ ދާއިޔަލްގެ އަތުގައި ހިފާލިއެވެ. އަދި ތިންމީހުން އެކުގައި އެތެރެއަށް ވަނެވެ.
(ނުނިމޭ)
ނުވަދިހަވަނަބައިގެ ތެރެއިން:
“ދާއި.. ކިހިނެއްތަވީ؟؟ ހަމަ ޖެހިބަލަ..” ނޭވާ ނުލެވިގެން ތެޅި ފޮޅެމުން ދިޔަ ދާއިޔަލް ހަމައަކަށް އަޅުވަން އެޒިކިއެލްއާއި ޔައުލާން މަސައްކަތް ކުރަމުން ދިޔަ އިރު، ރޮވިފައި ހުރި ލަޝްކާ ހަމައަކަށް އެޅުވޭތޯ މިކްޔާ މަސައްކަތް ކުރަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
love this story. patiently waiting for the next part….
This means sooo muchh brownbear 🥺🩶
In sha allah next episode maadhamaa🩶