
ވާތީ ހިތަކު ލޯބި މަންމަންވެފާ – 90

“އަޅޭ ހާދަ ލޯބި ނަމެކޭ.. ހިނގާބަ އަވަހަށް ދާން.. މިހާރުވެސް އަލައި ދެކޭ ހިތުން ކެތްމަދު ވެފަ” ހީލަމުން ލަޝްކާ ދާއިޔަލްގެ އަތުގައި ހިފާލިއެވެ. އަދި ތިންމީހުން އެކުގައި އެތެރެއަށް ވަނެވެ.
(90 ވަނަ ބައި)
“ކި.. ކިހިނެތްވީ..؟” ހާސްވެފައި ހުރި އެ އަންހެން ކުއްޖާ ހަމައަކަށް އެޅުމަށް އަތުން އިޝާރާތް ކޮށްލަމުން ޝަރަފް ބުނެލިއެވެ.
“އާދެބަލަ.. މާބަނޑު އަންހެނެއް.. އޭނާ އޮތީ ކޮޓަރީގަ ތާށި ވެފަ.. ދޮރު ހުޅުވޭނެ އެއްވެސް ގޮތެއް ނެތް.. އާދެބަލަ.. ދޮރު ވައްޓާލިޔަސް އޯކޭ..” ޒާލާ އަވަސް އަވަހަށް ކިޔައިދިނެވެ.
ޝަރަފް ބަރުހެލި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަނެވެ. އޭރުވެސް އޭނާގެ ހިތް ބުނަމުން ދިޔައީ އެކޮޓަރީގައި އޮތް މާބަނޑު އަންހެން މީހާއަކީ މަޒީނާ ކަމަށެވެ. އެހެން ވިޔަސް އެއީ މަޒީނާއަށް ނުވޭތޯ އޭނާ ދިޔައީ ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
މާ ގިނަ އިރު ތަކެއް ނުވެ ޝަރަފް ކޮޓަރި ދޮރު ވައްޓާލިއެވެ. ބިންމަތީގައި ލެއިން ތަތްތެޅިފައި އޮތް މަޒީނާ ފެނި ޝަރަފްއަށް ރޮއެ ގަނެވުނެވެ. “ނޫން، ނޫން، ނޫން…” ރޮމުން ރޮމުން ޝަރަފް ކޮޓަރިއަށް ވަނެވެ.
“އަވަހަށް އެންބިއުލާންސަށް ގުޅާބަލަ” މިހެން ބުނެ އަޒީންވެސް ކޮޓަރިއަށް ވަނެވެ. އެންބިއުލާންސް އަންނަންދެން އިންތިޒާރު ކުރާ ޙިޔާލެއް ޝަރަފްގެ ނެތެވެ. އޭނާ މަޒީނާ އުރާލައިގެން ދުއްވައިގަތެވެ. އޭނާގެ ސައިކަލު ގޭ ދޮށުގައި ހުރިކަން އޭނާގެ ހަނދާނުގައި ވެސް ނެތެވެ. ހަށިގަނޑަށް ލެވުނު ހާ ބާރެއް ލާފައި ޝަރަފް ދިޔައީ ދުވެފައެވެ. އޭނާ ފަހަތުން ޒާލާއާއި އަޒީންވެސް ދުއްވައިގަތެވެ.
އަވަސް ފަރުވާ ދޭ ކޮޓަރި ތެރޭގައި މަޒީނާ އޮތް އިރު ޒާލާ ވެސް ވީ އެތެރޭގައެވެ. ބޭރުގައި ތިބީ އަޒީން އާއި ޝަރަފްއެވެ. އޭނާގެ މޫނުމަތީގައިވީ ހާސްކަމުގެ އިތުރުން، އިރުއިރު ކޮޅުން ދެލޯ ފުހެލާ ތީވެ، މަޒީނާގެ އެ ހާލަތުގެ ސަބަބުން އޭނާ ހިތާމަ ކުރާކަން އަޒީން އަށް އެނގި ޔަގީންވިއެވެ. މަޒީނާއާއި މި ޒުވާނާގެ އޮތީ ކޮން ގުޅުމެއް ބާއެވެ؟
މަޒީނާގެ ހާލު ބަލާފައި ޑަކްޓަރު ދިޔަތާ މިހާރު 20 މިނިޓް ވެއްޖެއެވެ. އޭނާ ގާތުގައި މިހާރު އިނީ ޒާލާއެވެ. އޭނާ ވިސްނަމުން ދިޔައީ އެހަބަރު އަޒީނަށް ދޭނެ ގޮތަކާއި މެދުއެވެ. އެވާހަކަ އޭނާ އަޒީން ގާތުގައި ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ކިހިނެތް ހެއްޔެވެ؟
“ލާލާ…؟” އެހިޔާލު ތަކުން ޒާލާއަށް ނިކުމެވުނީ މަޒީނާ އޭނާއަށް ގޮވާލުމުންނެވެ. ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލައިގެން އޮތް މަޒީނާގެ ދެލޯ އެކި ދިމަދިމާލަށް ދައުރުވަމުން ދިޔައީ ވާނުވާ އެނގެން ބޭނުން ވެފައި ވުމުންނެވެ. “އަހަންނަށް ކިހިނެތްވީ…؟”
“ދޮންތާ… ކެތް ކުރައްޗޭ… ހިތްވަރު ކުރައްޗޭ… ދޮންތަ… ދަރިފުޅު… ގެ… ފުރާނަ ސަލާމަތެއް ނުކުރެވުނު…” ޒާލާ އިސް ޖަހައިލީ ކުށްވެރިއެއް ފަދައިންނެވެ. އެދަރިފުޅު ސަލާމަތް ނުކުރެވުނީތީ އޭނާގެ ހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ.
“ކި… ކީކޭ…” ހިނދުކޮޅަކަށް މަޒީނާގެ މޫނު މަތީގައި ހިތާމައިގެ އަސަރުތައް ވިއެވެ. އެހެން ވިޔަސް އެ އަސަރުތައް ބަދަލު ވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ.
“ކޮބާ އަޒީން…؟” ފުންނޭވާއެއް ދޫކޮށްލަމުން މަޒީނާ އެހިއެވެ. މިހާރު އެމޫނުމަތީގައި ހިތާމައިގެ އަސަރެއް ނެތެވެ. މިހާރު އެމޫނުމަތީގައިވި ބަދަލު ހިފުމުގެ ރޫހެވެ.
އަލައިރާގެ ނެޕީ ބަދަލު ކުރަން މިކްޔާ ހުރި އިރު ކައިރީގައި ޔައުލާން ވެސް އިނެވެ. އެހެން ވިޔަސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މިހާރު އެކަން ޔައުލާން އަށްވެސް އެނގޭނެކަން ހުދު މިކްޔާ އަށްވެސް އެނގެއެވެ. ކަމުގެ ހަގީގަތް ބަލަން މިކްޔާއަށް ސުވާލު ކޮށްލަންވެސް ޔައުލާން ހިތަށް އެރިއެވެ. އެހެން ވިޔަސް އެ ސުވާލު ދުލާއި ހަމައަށް ގެންނާކަށް އޭނާއަކަށް ނުކެރުނެވެ.
ކޮޓަރި ތެރޭގައިވީ ހަމަ ހިމޭންކަން ފިލައިގެން ދިޔައީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޔައުލާންވެސް ދުލުގައި އޮތް ބަސް ދިރުވާލާފައި ދޮރާއި ދިމާލަށް ބަލައިލީ އެހެން ވެގެންނެވެ.
“އަސްތާ… ކޮބާ… ކޮން ބުރެއް؟” ޔައުލާން ތެދުވެ ދާއިޔަލްއަށް ސަލާމް ކޮށްލިއެވެ.
“މިއައީ ހަމަ އަލައި ދެކިލަން ވެގެން.. ކިހިނެތްތަ؟” ޔައުލާންގެ ކޮނޑުގައި މަޑުމަޑުން ދާއިޔަލް ޖަހައިލިއެވެ.
“ދެން… ރަނގަޅެއް ނޫން… ދެން ނޭނގެ ދުވަހަކުވެސް ރަނގަޅުވާނެ ކަމެއްވެސް.. އެކަމަކުވެސް… އަހަރެން… ކެތްކުރާނަން.. އަލައި އަށްޓަކައި…” މިކްޔާގެ އުނގުގައި އޮވެ އެކުޑަކުޑަ އިނގިލިތައް އަނގަޔަށް ލައިގެން އޮތް އަލައިރާއާއި ދިމާލަށް ބަލައިލި ޔައުލާންގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.
ހަމްދަރުދީން ފުރިގެންވީ ބެލުމަކުން ޔައުލާން އާއި ދިމާލަށް ބަލަން ހުރެފައި ދެން ދާއިޔަލް ބަލައިލީ މިކްޔާގެ އުނގުގައި އޮތް އަލައިރާ އަށެވެ. އެލޯބި މޫނު ފެނިފައި ހިނިތުންވުމެއްގެ ބަދަލުގައި ދާއިޔަލްގެ މޫނަށް ވެރިވީ ބިރުވެރިކަމެވެ. ސިހުމެވެ. ދެލޯ ބޮޑުވީ އިރު ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. ހިން ދިރުވާ ލެވުން އިރު ފެނުން ވެސް ފުސް ވާކަހަލަ ގޮތެއް ވިއެވެ. ކޮޓަރި ތެރޭގައި އިވެމުން ދިޔަ އަޑުތައް ފަނޑުވެ، ތޫލި އަޑެއް އިވެން ފެށިއެވެ. މެޔަށް އެރި ތޫނު ތަދާއި އެކު ނޭވާ ކުރުވާން ފެށިއެވެ. ދެންމެ ދެންމެ ނޭވާ އުފުރިގެން ހިނގައިދާނެހެން ހީވާ ފަދައެވެ. ހަށިގަނޑުގައި ނެތް ހިތްވަރު ލައިގެން ވެސް ދާއިޔަލް ކޮޓަރިން ނިކުތެވެ.
ސިޓިންރޫމަށް އޭނާއަށް ކިރިޔާ ނިކުމެ ވުން ކަމެވެ. ބިންމައްޗަށް ވެއްޓި ގަންނަމުން ހަޅޭއް ލަވައިގަނެވުނެވެ. އޭނާއަށް ސިފަ ވަމުން ދިޔައީ ހަމަ އެ ފޮޓޯގަނޑެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާއަށް އަނެއްކާވެސް ހަޅޭއް ލަވައި ގަނެ ވެއެވެ.
މި މަންޒަރު ފެނި އެޒިކިއެލް އާއި ލަޝްކާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތެވެ. އަލައިރާ ރޯން ފަށައިފާނެ ތީވެ، އެނދުގައި އަލައިރާ ބާއްވާފައި މިކްޔާވެސް ނިކުތެވެ. އަދި ދޮރު ލައްޕާލީ، އޭރުން އެއަޑު އަލައިރާއަށް އިވޭލެއް މަޑު ވާނެތީވެއެވެ.
“ދާއި…” ލަޝްކާ ރޮމުން ރޮމުން ދާއިޔަލް ގާތަށް ތިރިވާން އުޅުނެވެ. އެކަން ހުއްޓުވީ މިކްޔާއެވެ. މިއަދު ލަޝްކާ އެހުރީ އެކަހަލަ ހާލެއްގައެއް ނޫން ވީމައެވެ.
“ދާއި.. ކިހިނެއްތަވީ؟؟ ހަމަ ޖެހިބަލަ..” ނޭވާ ނުލެވިގެން ތެޅި ފޮޅެމުން ދިޔަ ދާއިޔަލް ހަމައަކަށް އަޅުވަން އެޒިކިއެލް އާއި ޔައުލާން މަސައްކަތް ކުރަމުން ދިޔަ އިރު، ރޮވިފައި ހުރި ލަޝްކާ ހަމައަކަށް އެޅުވޭތޯ މިކްޔާ މަސައްކަތް ކުރަމުން ދިޔައެވެ.
ލަޝްކާ ރޮމުން ދިޔަ އަޑާއި، އެޒިކިއެލް ދައްކަމުން ދިޔަ ވާހަކަ ދާއިޔަލްއަށް އިވޭހެން ވެސް ހިޔެއް ނުވެއެވެ. އޭރުވެސް އޭނާ ނޭވާ ނުލެވިގެން ހަމަ ތެޅި ފޮޅެނީއެވެ. ޔައުލާން އާއި އެޒިކިއެލް ވެގެން ދާއިޔަލް ސޯފާގައި ބޭންދިއެވެ. އަދި ލަޝްކާ ގޮވައިގެން އެތަނުން ދިއުމަށް އެޒިކިއެލް އިޝާރާތް ކުރިއެވެ.
“ދާއިޔަލް… ހަމަ ޖެހިބަލަ… ވާހަކަ ދައްކަބަލަ… ކިހިނެއްތަވީ..؟” ފަނޑު ގޮތަކަށް ދާއިޔަލްއަށް އެޒިކިއެލް ކުރި ސުވާލު އަޑު އިވުނެވެ.
ތިރީ ތުންފަތުގައި ދައި ގަންނަމުން ދާއިޔަލް މޭގައި ފިރުމާލިއެވެ. ފުންކޮށް ދެތިން ނޭވާ ލަމުން ‘އައިމް އޯކޭ’ އޭ ބުނެލިއެވެ. އެގޮތަށް އޭނާ ކަން ކުރާތާ 2 ވަރަކަށް މިނިޓް ވީ އިރު އޭނާ ހުރީ ހަމައަކަށް އެޅިފައެވެ.
“ދާއި… ކިހިނެއްތަވީ..؟” ޔައުލާން ލަސް ލަހުން އަހައިލިއެވެ.
“އެއްލޫ… ޔައު… މަށަށް އެނގިއްޖެ ކަންނޭނގެ އެލާރާއަށް އަނިޔާވެރިވީ މީހަކީ ކާކުކަން…!”
(ނުނިމޭ)
ނުވަދިހައެއްވަނަބައިގެ ތެރެއިން:
“ދާއިޔަލް މިހާރު ހާދަ ދުރޭ ދޯ؟ ގައިމު އެއްކޮށް ވިއްޔާ ބޮޑުވީ” ދާއިޔަލްގެ ކޮނޑުގައި ޖަހާލަމުން އަކިޔަލް ބުނެލިއެވެ. އަކިޔަލް ހުރީ ހިނިތުންވެލައިގެން ނަމަވެސް، ދާއިޔަލްގެ ލޮލުގައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
DHAIYALLL AH ENGUNYY??? HE SUSPECTS WHOOO???.OMGMGMG
Cannot waittt to read the nextttt ep
🥹🥹🥹😭🫶🏻
Anyway mi ep vss vrhhhh lwwbii Masha’Allah keep it up lwbs
Jazaakillah khair loviee 🥹🫀
Hehe yess .. in sha allah ingeyne eii kaaku kan veryyyy soooon🩶
Luv it!✨MA!
Yass mazeena now go kill that xen!! Aslu e nulafa xen ge dhari maruveema I’m so Happyyy🙊
Alai resembles dhiyaan tha alhe? So curious to k what’s gonna happen next!!
Lysm
Jazaakillah khair your fav bab 🥹🫀
Hehe yess .. 😭😭😭
Welll.. lets see dhww.. Alai ge bappa aky kaaku kan ingeyne varah avahah
Ily🩶