Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 88

Listen to this story Audio · 7:28 Powered by Esfiya Voice
0:00 7:28

އެޒިކިއެލްގެ މޫނުމަތީގައި ހުރި އަސަރުތަކުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގުނު ކަން އެ އަންހެން ކުއްޖާއަށް އެނގުނެވެ. އެކަން އެނގުމުން އޭނާ ތުންކޮޅު އޮޅާލިއެވެ. “އައުޗް… ވަރަށް ދެރަވެއްޖެ.. އެޒީއަށް ފަލަކް ފެނުނީމަ ނުވެސް އެނގުން ދޯ؟” ތުއި ވެލަމުން ފަލަކް ބުނެލިއެވެ.

(88 ވަނަ ބައި)

ޖީބަށް އަތް ޖަހައިލަމުން އެޒިކިއެލް ފަލަކްގެ މޫނަށް ރީތިކޮށް ބަލައިލިއެވެ. ދަންނަ ވައްތަރެއް ޖެހިއެވެ. އެހެނަސް އެއީ ކާކުކަމެއް ބުނާކަށް އޭނާއަކަށް ނޭނގުނެވެ. “ފަލަކް…؟” އެއްބުމަ ހިއްލާލަމުން އެޒިކިއެލް މަޑުމަޑުން ބުނެލިއެވެ. “އާހްހްހްހް ފަލަކް ދޯ؟؟ ސުބްޙާނައްﷲ ހާދަ ތާފަތު ވެއްޖޭ މިހާރު.. ކުރީގަ ގެންގުޅުން ނާރޑީ ގޮތްގަނޑު ދުއްވާލީމަ ކިހިނެތްތަ އިނގޭނީވެސް؟؟ ކުރީގަ އަދި އިލޮއްޓެއް ހެން ވިއްޔާ ހުރީވެސް.. ހެހެ” ފަލަކް އަކީ ސުކޫލު ދައުރުގައި އެޒިކިއެލްއާއި އެއް ކުލާހުގައި އުޅުނު ކުއްޖެކެވެ. އެޒިކިއެލްގެ ފުރަތަމަ ލޯބިވެރިޔާ ވެސްމެއެވެ. އެދެމީހުންގެ ގުޅުން ކެނޑިގެން ދިޔައީ 11 ، 12 ކިޔަވަން ފަލަކު މާލެ ބަދަލު ވުމުންނެވެ.

“ކިހިނެތްވީ؟ ހަޑިިތަ މިހާރު؟” ހެދުމުގެ މޭމަތީގައި ހިފާ ތިރިކޮށްލަމުން، ބޮޑަށް މޭމަތި ދައްކާލަމުން ފަލަކް އަހައިލިއެވެ.

“ހަހަ.. ނޫނޭ.. ވަރަށް ސެކްސީ މިހާރު.” ދަތްދޮޅީގައި އަތް ހިންގާލަމުން އެޒިކިއެލް މަސްތީ ރާގެއްގައި ބުނެލިއެވެ. “ހަހަ.. ހޫން.. ކޮންތާކު އުޅި ފަތަ ތިއައީ؟”

“ހޫންން.. ދެން އޭރު ދިޔަ ގޮތަށް މާލެގަ މިއުޅުނީ. އެލާ ނިޔާވި ޙަބަރު ލިބިގެން މިއައީ.. ކިހިނެތްތަ.. ޔޫ އޯކޭ..؟ މިހާރު އެނގިއްޖެތަ އެއީ ކާކުގެ ކުއްޖެއްކަން؟” ފަލަކްގެ ސުވާލާއި އެކު އެލާރާގެ ހަނދާންތައް އަނެއްކާވެސް އެޒިކިއެލްގެ ސިކުނޑީގައި އާލާ ވެލިއެވެ. އެހަނދާންތައް އައު ވުމުން އޭނާއަށް އިސްޖަހައިލެވުނެވެ. ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.

“ނޫން… ނޭނގޭ އަދި… ޑީ އެން އޭ ޓެސްޓު ހަދަން ދާނަން މާދަމާ.. އޭރަށް އެނގޭނީ…” އިސްޖަހާލައިގެން ހުރެ އެޒިކިއެލް ބުނެލިއެވެ.

“އަޅޭ.. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ކޮބާތަ ބޭބީ؟ އަހަރެން ބޭނުން ބޭބީ ދެކިލަން” ފަލަކް ބުނެލިއެވެ.

“ހަހަ .. ހިނގާ ދާން ގެއަށް” ފަލަކްގެ އަތުގައި ހިފާލަމުން އެޒިކިއެލް ބުނެލިއެވެ.

ސޯފާގައި އިށީނދެލައިގެން އިން މިކްޔާގެ ކޯތާފަތުގައި ތާޒާ ކަރުނަތިކިތައް ހުއްޓެވެ. އަދި އޭނާ ކައިވެނި ކުރިތާ ހަފުތާވެސް ނުވެއެވެ. އެޒިކިއެލް އާއި އެކު އުފަލާއި ލޯބިން އުޅެން އޭނާ ނުހަނު ފޮނި އުއްމީދު ތަކެއް ކުރިއެވެ. އެހެން ވިޔަސް ހުރިހާ ކަމެއް ވިއްސި ވިހާލި ވެގެން އެ ދިޔައީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހިތަށް މިއަދު ވަރަށް ތަދު ވެއްޖެކަން މުޖައްރިބެވެ.

ގޭ ދޮރާށި ހުޅުވާލި އަޑު އިވުމުން މިކްޔާ އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. ކޮޅަށް ތެދުވެލީ އެއައީ އެޒިކިއެލް ކަން އެނގުމުންނެވެ. އެއްޗެކޭ ބުނަން ވެގެން އަނގަ ހުޅުވާލި މިކްޔާގެ ދެލޯ އަނެއްކާވެސް ކަރުނުން ފުރި ބާރުވީ އެޒިކިއެލްގެ ހަށިގަނޑާއި ތަތް ވެގެން ހުރި އަންހެން ކުއްޖާ ފެނިފައެވެ.

“ކޮބާ އަލައި؟ ކޮބާ މަންމަމެން؟” މިކްޔާ ހުރި ހާލާއި މެދު ވިސްނާވެސް ނުލާ އެޒިކިއެލް އަހައިލިއެވެ.

“ކޮ… ކޮޓަރީގަ… ޔައު އެބައިން ކައިރީގަ… މަންމަމެން ދިޔައީ އެލައި އަށް އެއްޗެހި ކޮޅެއް ގަނެލަން…”

މިކްޔާ އެހެން ބުނުމުން އިތުރަށް އެހެން އެއްޗެއް ނުބުނެ ފަލަކުގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެޒިކިއެލް ގޮސް ކޮޓަރިއަށް ވަނެވެ. އެމަންޒަރު ފެނި މިކްޔާއަށް ތުންފިއްތާލެވުނެވެ. އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ މިކްޔާ މަތިން އޭނާ ހަނދާން ނައްތާލީ ހެއްޔެވެ؟ އެމީހުން ފަހަތުން ގޮސް ޔައުލާންގެ ކޮޓަރި ދޮރުގައި ކަންފަތް ޖައްސާލީ އެ އަންހެން ކުއްޖާއާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލާށެވެ.

އަލައިރާ ގޮވައިގެން އިން ޔައުލާން ދޮރާއި ދިމާލަށް ބަލައިލީ ދޮރު ހުޅުވުމުންނެވެ. ކޮޓަރިއަށް ވައިން އެޒިކިއެލް ފެނުމުން ހިނިތުންވެލި ޔައުލާންގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައީ އޭނާގެ ފަހަތުން ވައިން އަންހެން ކުއްޖާ ފެނިފައެވެ.

“އެއްލޫ؟” ޔައުލާން އެއްބުމަ ހިއްލާލަމުން ގޮވައިލިއެވެ. އެވަގުތު އެއްލި ކަޅި އަކުން ކުޑަ ކުޑަކޮށް ދޮރު ހުޅުވާލި މިކްޔާ ޔައުލާންއަށް ފެނުނެވެ.

“މީ އަލައިރާ.. އެލާރާގެ ދަރިފުޅު” އަލައިރާ އުރާލަމުން އެޒިކިއެލް ބުނެލިއެވެ. ދުރުގައި އެމަންޒަރު ބަލަން ހުރި މިކްޔާ ހުރީ ހިތް ފުނޑުފުނޑު ވާ ހާލުގައެވެ.

“އަޅޭ ހާދަ ލޯބިއޭ.. އާދެބަ ދައްތި ކައިރިއަށް” އަލައިރާ އުރާލަމުން ފަލަކް އެނދުގައި އިށީނެވެ.

“މީ ކޮން ކުއްޖެއްތަ އެއްލޫ؟” ހިނިތުންވެލަމުން ޔައުލާން އަހައިލިއެވެ.

“މީ ފަލަކް.. ފުރަތަމަ ލޯބި ހަހަ.. ސެކްސީ ދޯ؟” އެޒިކިއެލްގެ ޖަވާބު އިވި މިކްޔާގެ ހިތް ހުއްޓުނު ފަދައެވެ. ތުންފިއްތާލަމުން ރޮމުން ރޮމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނެވެ.

“މަށަށް މި ދުނިޔެއިން ރީތީ ހަމަ އެކަނި އެލާ” އިސްޖަހާލައިގެން ހުރެ ޔައުލާން ބުނެލިއެވެ.

“ހަހަ. މަ ތިކަމާ މި އެއްބަސްމިވީވެސް އެލާ އެއީ މަގޭ ކޮއްކޮ ވީމަ.. އެހެން ނޫން ނަމަ އެއްބަހެއް ނުވީސް.. އަންހެނުންނަކީ ޖާނާ ފުރާނަ ދޭވަރުގެ ބައެއް ނޫން.. އެއީ މަކަރުވެރި، އަނިޔާވެރި ބައެއް” އެޒިކިއެލް ބުނެލިއެވެ. ރައްދުގައި ޔައުލާން ދެން އެއްވެސް އެއްޗެކޭ ނުބުންޏެވެ.

ބައި ގަޑި އިރެއް ހާއިރު ފަހުން ފަލަކް ގޮވައިގެން އެޒިކިއެލް ކޮޓަރިން ނިކުތެވެ. އަދި ވަރަށް ލޯބިން އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. “ވަރަށް އުފާވެއްޖެ ދިމާވީމަ” ފަލަކްގެ ނޭފަތުގައި ހިފާލަމުން އެޒިކިއެލް ބުނެލިއެވެ.

“މިއަދު ހިފާނީ ނޭފަތުގައި ތަ؟ އެހެންޏާ ވިއްޔާ އަބަދުވެސް ނުފެނި ހުރެފަ އަލަށް ފެންނަ ދުވަހު ދެނީ ދޮނެއް..” ތުންކޮޅު އޮޅާލަމުން ފަލަކް ބުނެލިއެވެ. ހިނިތުންވެލީ އެޒިކިއެލް ހުރީ ފާޑަކަށް ލަދުގަނެފައެވެ. މިކްޔާ ނޫން އެހެން އަންހެނަކާއި އެކު އޭނާ އެކަހަލަ ގުޅުމެއް ހިންގާކަށް ބޭނުމެއް ނުވިއެވެ. އެހެން ވިޔަސް އަނެއްކާ ވެސް މިކްޔާދެކެ އޭނާ އައިސްފައި ހުރި ރުޅި ޝައިތާނާ ހަނދާން ކޮށްދިނެވެ. މިކްޔާއަށް އެހެން އުޅެންޏާ އޭނާއަށް ވެސް އެހެން އުޅެވޭނެ ކަމެވެ.

މިކްޔާ މަތިން ހަނދާން ނައްތާލާފައި އެޒިކިއެލް ފަލަކްގެ ކޯތާފަތުގައި ހިފާ އޭނާގެ މޫނާއި މޫނު ކައިރި ކޮށްލީ ދޮނެއް ދޭށެވެ. އެޒިކިއެލްގެ ތުންފަތް ފަލަކްގެ ތުންފަތުގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާ ދޮރު ހުޅުވާލި އަޑު އިވުމުން އެޒިކިއެލްއާއި ފަލަކް ދުރުވެލިއެވެ. ކޮޓަރިން ނިކުން މިކްޔާ ފެނި އެޒިކިއެލްއަށް ޗުސް ތަޅުވާ ލެވުނެވެ.

އެމަންޒަރު ފެނުން މިކްޔާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. އެޒިކިއެލްގެ ހިތުގައި އަދިވެސް ފަލަކް އަށްޓަކައި ލޯބި ވަނީ ހެއްޔެވެ؟ ދެން އޭނާއާއި އެކު އެޒިކިއެލް އެ ކުޅުނީ ކޮން ޑްރާމާއެއް ހެއްޔެވެ؟ އިސްޖަހާލަމުން މިކްޔާ ކޮޓަރިއަށް ވަނެވެ. ފިރިމީހާ ކުރިމަތީގައި ބަސް ބުނަން އޭނާ ބޭނުން ނުވީއެވެ.

މިކްޔާގެ މޫނު މައްޗަށް އެ އެރި އަސަރު ފެނިފައި އެޒިކިއެލްގެ ހިތުގައި ރިއްސައިގަތެވެ. ކޮޓަރިއާއި ދިމާލަށް ދެވެން އުޅުނީ މިކްޔާ ހަމައަކަށް އަޅުވާށެވެ. މަޢާފަށް އެދޭށެވެ. އެހެން ވިޔަސް އަނެއްކާވެސް އޭނާއަށް ސިފަ ވެލީ އެ ފެނުން ފޮޓޯތަކެވެ. ދަތްކުނޑި ވިކައިލަމުން އެޒިކިއެލް ގޮސް، ފަލަކްގެ ކޮނޑުގައި ހިފާ ފާރުގައި ތަތް ކޮށްލިއެވެ. އެއް އަތުން ފަލަކުގެ އުނަގަނޑުގައި ހިފަމުން، އަނެއް އަތުން ފަލަކުގެ ހާމައަށް އޮތް މޭމަތީގައި ބީހެން ފެށީ ފަލަކްއަށް ބޮހެއް ދެމުންނެވެ.

(ނުނިމޭ)

އައްޑިހަނުވަވަނަބައިގެ ތެރެއިން:

“ނޫން، ނޫން، ނޫން… މަގޭ ދަރި… ނޫން ނޫން… ޒެން… ހެޔޮނުވާނެ… އެންބިއުލާންސަށް ގުޅާބަލަ…” ރޮމުން ރޮމުން މަޒީނާ ތެދުވެ އިށީނެވެ. އެމަންޒަރު ފެނި ޒެންގެ ހިތަަކަށް އަސަރެއް ނުކުރިއެވެ. އޭނާ ފެށީ ހޭށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. MaZy

    UGHHH THAT ZENN… HOPE NOTHING BAD HAPPEN TO MAZEENA’S BABY🥺🥺🥺

    1. shihaamaa ali
      MaZy

      Lets see dhww..🥺🩶

  2. Kaka

    This illu vs dhw. Mikya ah ehen hadhaakah nuvaane viyya. I feel bad for mikya. Now probably he is cheating on jer

    1. shihaamaa ali
      Kaka

      Yapp.. men n their ego 😵‍💫
      Aslu vess dhww.. i mean he didnt even listen to her , once.. wellll.. lets see dhw how it goess😓 in sha allah next tmrw stay tuned 🩶🩶🩶

Comments are closed.