Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 86

Listen to this story Audio · 7:17 Powered by Esfiya Voice
0:00 7:17

“އިއްޔެ އިނގޭތަ ދާއިޔަލް ހައްޔަރުން ސަލާމަތް ކޮށްދިން ފުލުސް މީހާގެ ކޮއްކޮ ނިޔާވި… ވަރަށް ގުޅިން ޖަނާޒާއަށް ދާން.. ކޮންތާކު އިއްޔެ އުޅުނީ؟” ޔޫޒާ ކޮށްލި ސުވާލުން ދިޔާން ކޮށި އެރިއެވެ. “ކިހިނެތް ވީ..؟”  ޔޫޒާ ދިޔާންގެ ކޮނޑުގައި ފިރުމާލިއެވެ. “ތަންކޮޅެއް ހޫނީ..” ކަރުކެހިލަމުން ދިޔާން ބުނެލިއެވެ.

(86 ވަނަ ބައި)

ސައިބޮއެ ނިމިގެން ދިޔާން ދިޔައީ އޭނާގެ ގެގަނޑަށެވެ. ލަސް ހިނގުމުގައި ގޮސް އެތަނުގައި އިން ސޯފާގައި އޭނާ އިށީންދެލިއެވެ. ސިނގިރޭޓެއް ތުނބުގައި ޖަހައިލަމުން ދިޔާން މައްޗައް ބަލައިލިއެވެ. އޭރު އެދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.

“މަންމާ… މަންމާ… މަންމަ ކީއްވެ އަޅުގަނޑު ދޫކޮށްލާފަ ދިޔައީ؟ މަންމަ ދަމުން އަޅުގަނޑުވެސް ގޮވައިގެން ދިޔަ ނަމަ..؟ ދޮންމަންމަގެ ސަބަބުން އަޅުގަނޑުގެ މުޅި ދިރިއުޅުން ހަލާކުވީ…” ތުންފިއްތާލަމުން ދިޔާން ރޯން ފެށިއެވެ. ކަރުގައިގެ އެ ފުސްކަން މަތީގައިވެސް އޭނާއަށް ފެންނަމުން ދިޔައީ މީގެ 15 އަހަރު ކުރީގެ ހަނދާނަކަށެވެ.

*** 15 އަހަރު ކުރިން ***

ހެނދުނު ހޭލައިގެން ކޮޓަރިން ނިކުން ދިޔާން ހުރީ ބަނޑުހައި ވެގެން ހާންތި ވާވަރު ވެފައެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލި އިރު ދިޔާންގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. އޭނާގެ މަންމަ ޔޫނާ ނިޔާވީ ފަހުން ޖިޒާލް ރިސޯޓުގައި އުޅޭ އިރު ދިޔާންގެ ކަންތައްތައް ބެލެހެއްޓީ ޖިޒާލްގެ ދޮންތަ ޖުނައިނާއެވެ. ނަމަވެސް ޖިޒާލްގެ ‘ގޮމާ ފުޅު’ އަޝާނާ ވަޑައިންނެވި ފަހުން ދިޔާންއަށް ކާލާނެ އެއްޗެއް ވެސް ނުލިބެއެވެ. އެއްދުވަހު ކެއްޔާ އަނެއް ދެދުވަހު އެހުންނަނީ ނުކައެވެ. އެހެން ވިޔަސް ޖިޒާލް ހުންނަ އިރު ހީވާނީ އެހެން ފަދަ ކަމެއް ހެންނެވެ. ކުރުކޮށް ބުނާނަމަ ‘ލޯބިން ފައިދަށަށް ވެއްޓިފައެވެ.’

ލަސް ލަހުން ކާގެއަށް ވައިން ދިޔާންއަށް މޭޒުމަތީގައި ހުރި ކާއެއްޗެހިތައް ފެނި، ކެތެއް ނުކުރެވުނެވެ. ބަނޑުން އަޑު ގޮވައިލިއެވެ. ބަނޑުހައިވެފައި ހުރި ވަރުން ކެތް ނުވެގެން ކާން އިށީނެވެ.

“ދަރިފުޅާ. ކޮބާ އަދިވެސް ނުނިމޭތަ؟؟” ފާހާނާ ދޮރުގައި ޓަކި ދެމުން އަޝާނާ ގޮވައިލިއެވެ.

“މިނިމެނީ މަންމާ..” އެތެރެއިން ދާއިޔަލް ބުނެލީ އަޑު އިވުނެވެ. ދާއިޔަލް އެހެން ބުނުމުން އަޝާނާ ގޮސް އެނދުގައި އިށީނެވެ. ކުޑަ ހިނދުކޮޅެއް ފަހުން ތާޒާ ވެލައިގެން ދާއިޔަލް ނިކުތެވެ.

“ކޮބާ.. ހިނގާ ސައިބޯން.. ދޮންބެ ސައިބޮއެފިތަ..؟” ދާއިޔަލް ހިނިތުންވެލަމުން އަހައިލިއެވެ.

“ދާއިޔަލް!! ކިތައް ފަހަރުތަ ބުނާނީ އެއީ ދާއިޔަލްގެ ދޮންބެއެއް ނޫނޭ؟ ދާއިޔަލްގެ ބައްޕާ ފުޅާ ހުރެ ދެމީހުންގެ ނަން ވައްތަރު ކޮށްފަ ހުއްޓަސް ތީ ދޮންބެ އަކާއި ކޮއްކޮއެއް ނޫން. ކިތަށް ފަހަރުތަ މިހެން ބުނަންވީ؟؟؟” ހިތް ހަމަ ނުޖެހިފައި އަޝާނާ ދާއިޔަލްގެ ކަންފަތު ފޫޅަށް ފިތާލިއެވެ.

އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ދާއިޔަލް ކޮޓަރިން ނިކުތެވެ. ކާ މޭޒު ދޮށުގައި ކާން އިން ދިޔާން ފެނި ދާއިޔަލް އުފާވިއެވެ. ދެން އޭނާގެ ދޮންބެއާއި އެކު އެކުގައި އުޅެވޭނެއޭ ހިތަށް އެރިއެވެ. ދިޔާން ގާތުގައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ދާއިޔަލްގެ އަނގަ ލެއްޕުނީ ފަހަތުން އިވުނު އަޝާނާގެ އަޑާއެކުއެވެ.

“އޭ!! ކާކުތަ ބުނީ ކަލޭ ކައިރީގަ ކާން އިށީންނާށޭ؟؟؟” އަޝާނާ ކުއްލިއަކަށް އެހެން ބުނި އަޑު އިވުމުން ދިޔާން ދިޔައީ ސިއްސައިގެންނެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި އަޝާނާ ގޮސް ދިޔާންގެ ކަންފަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“މީ މަގޭ ދާއިޔަލްއަށް ކާން ހަދާފަ ހުރި އެއްޗެހި. މި އެއްޗެހި ކެއުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެ” ދަތްކުނޑި ވިކައިލަމުން އަޝާނާ ބުންޏެވެ.

***

“ވަޓް؟؟ އެކަމަކު ހާދަ ހީނުވޭ މިކްޔާ ތިކަހަލަ ކަމެއް ކޮށްފާނެހެން…” އެޒިކިއެލްގެ ވާހަކަ އަހާފައި ޔައުލާން އިނީ ކޮސް ވެފައެވެ.

“މިހާރު ކާކަށް އިތުބާރު ކުރެވޭނީ؟ ޔައު އެލާ ދެކެ ލޯބިވީ ހެންނެއް މިހާރު މީހުންނެއް ލޯބި ނުވެޔޭ. މަ ހިތަށް އަރާ ޔައު ވެސް ތީ އޭ އައި އެއް ބާއޭ” އެޒިކިއެލް އެހެން ބުނެ ލުމާއި އެކު ޔައުލާން އަށް ހެވުނެވެ.

“ދެން… އެއްލު ކިހިނެތް ހަދަން ތި ވިސްނަނީ؟” ސީރިޔަސް ވެލަމުން ޔައުލާން އަހައިލިއެވެ.

“ތެދަށް ބުނަންތަ؟ އަހަރެން މިހާރަކު ބޭނުމެއް ނޫން މިކްޔާއާއި އެކު އުޅޭކަށް.. އެކަމަކު… މިދުވަސްކޮޅު ދެން އަހަރެން މިކްޔާ ވަރި ކޮށްފިއްޔާ ނޭނގެ މަންމަމެންނަށް ވާނެ ގޮތް ވެސް…” އިސްތަށިގަނޑުގައި އެޒިކިއެލް އަތްފުނާ އަޅައިލިއެވެ.

“އަލައި ވެސް މިއޮތީ ނިދިފައޭނުން؟ ހިނގާ ބޭރަށް ނިކުމެ ލަމާ..؟” ކައިރީގައި ލޯބިކޮށް ނިދިފައި އޮތް އަލައިރާގެ ބޮލުގައި ފިރުމާލަމުން ޔައުލާން އަހައިލިއެވެ.

އެޒިކިއެލް ބޯ ޖަހައިލިއެވެ. “ޔައު… އެކަމަކު.. މިވާހަކަ އަދި ސިއްރެއްގެ ގޮތުގައި ބާއްވަ ދެއްޗޭ އިނގޭ…؟” ޔައުލާން އެޒިކިއެލްގެ އެދުމަށް އާނބަސް ދިނެވެ.

ދެ އެކުވެރިން އެކުގައި ދިޔައި ‘އޮރެންޖެ ޑެކް’ އަށެވެ. ދޮރުން ވަނުމާއި އެކު ފުރަތަމަ ވެސް އެމީހުނަށް އެރުނީ ރުޒައިކް ކުރިމައްޗަށެވެ. “އަންހާ.. ދެކުދިން.. ކިހިނެތްތަ؟” ދެމީހުނަށް ވެސް ރުޒައިކް ސަލާމް ކޮށްލިއެވެ.

“ރަނގަޅު ދޯ ދެން..؟ ޒައިކް ކިހިނެތްތަ؟؟” އެޒިކިއެލް އަހައިލިއެވެ.

“ނޭނގެ… ލަވް ސިކް ވެގެން މިއުޅެނީ” ބަނޑުގައި އަތް ހާކާލަމުން ރުޒައިކް އޯކަށް ދެމިލިއެވެ. އެއާއި އެކު އެޒިކިއެލް އަދި ޔައުލާން އަށް ވެސް ހެވުނެވެ.

“ކަލޭ ކުއްޖަކު ދެކެ ލޯބި ވެވުނީތަ؟؟ ތިން މީހުން އެކުގައި މޭޒެއްގައި އިށީންނަމުން ޔައުލާން އަހައިލިއެވެ.

“އާނ… ލޯބިވެވިއްޖެ.. ވަރަށް ބޮޑަށް… އެކަމަކު… އަހަންނަކަށް ނެތް އޭނަ ލިބޭކަށް…” ދުރު ބަލައިލަމުން ރުޒައިކް ބުނެލިއެވެ.

“އެއީ ކީއްވެ ނުލިބެންވީ..” އެޒިކިއެލް އަހައިލިއެވެ.

“އެއީ.. އެއީ… އެއީ ހެހެ… އެކުއްޖާ އެހެން މީހަކު ދެކެ ލޯބިވާތީ.. އެމީހާ ވެސް އެކުއްޖާދެކެ ލޯބިވާތީ… އެއީ އަހަރެންގެ ވަރަށް ގާތް ރަހުމަތް ތެރިއެއް.. އަޒީން ކިޔަނީ… އެކުއްޖާގެ ލޯބި ލިބުނީ އަޒީން އަށް.. އެކަމަކު… އަޒީން އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.. އެދެމެދަށް އަހަރެން ނުވަންނާނަން.. ހެޔޮ ހިތުން އަހަރެން އެކުއްޖާ އަޒީނަށް ދީފިން…” އިސްޖަހާލަމުން ރުޒައިކް ބުނެލި ވާހަކަ އެތަނުގައި ހުރި އެހެން މީހަކަށްވެސް އިވުނެވެ. އެއީ ކާކުބާއެވެ؟

ޑިއުޓީ ނިންމާފައި ދާއިޔަލް އައިސް ކޮޓަރިއަށް ވައިން އިރު ލަޝްކާ އިނީ ދޮވެފައި ހުރި އޭނާއަށް ލިބެން އުޅޭ ދެކުދިންގެ ހެދުންކޮޅުތައް ފަށްކޮށް ތަރުތީބު ކުރާށެވެ. ދާއިޔަލް ފެނުމުން ލަޝްކާގެ މޫނުމަތި އަލި ވެލިއެވެ.

“ހޭ ލަޝް.. ކެއީތަ؟” އެނދުގައި އިށީނދެލަމުން ދާއިޔަލް އިސްޓާކީނު ބޭލިއެވެ.

“އާން.. އަސްލު ހުރީ ދާއި އައީމަ ދާއި އާއި އެކު ކާން ކަމަށް. އެކަމަކު މި ކުދިންކޮޅު ބަނޑުހައި ވެގެން ކޮއްޓާ ވަރުން ހެހެހެ” ބަނޑުގައި ފިރުމާލަމުން ލަޝްކާ ހީލިއެވެ.

“ހަހަ.. ލަޝް ދައްކާ ވާހަކަ.. ލަޝް ކައިރީ ބުނީމޭ ނުން ކުދިން ކޮޅާއި ލަޝް ބަނޑުހައިވީމަ ހަމަ ކާން ވީއޭ ދާއި ނެތަސް.. ލަޝް ނުކެޔަސް ލަޝްއަށް އިނދެވޭނޭނުން ދާއި ކާ އިރު ކައިރީގަ” ލަޝްކާގެ އަތުގައި ދާއިޔަލް ފިރުމާލިއެވެ.

“ހެހެ ޔާ… އަމް… ދާއި… އެއްޗެއް އަހާލަންތަ..؟ ދެންމެ ލަޝް ކާން އިންދަ ދޮންބެ ދައްތަ ދައްކައިފި ވަރަށް އެހެން ކަހަލަ ވާހަކައެއް…” ސީރިޔަސް ވެލަމުން ލަޝްކާ ބުނެލިއެވެ.

(ނުނިމޭ)

އައްޑިހަހަތްވަނަބައިގެ ތެރެއިން:

“ހެޔޮނުވާނެ ޒެން… މަށަށް ޓަކާ ތިހިތުގައި ރަހުމެތް ނެތް އިރު މި ދަރިފުޅަށްޓަކައިވެސް ތި ހިތުގައި ކުލުނެއް ހަމަ ނެތީތަ؟؟ ހެޔޮނުވާނެ ތިހާ ހިތްހަރު ވާން…” މަޒީނާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ.

Comments (1)

  1. MaZy

    Masha’Allah mi part vs vrh lwwbii

Comments are closed.