Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 21 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
May 25, 2016 14 Mins Read
13 Comments

“ރުޅި އައިސްފަތަ؟” އަބްޔާން ޖަންނަތުއާއި ނުހަނު ގާތަށް އައިސް ހުއްޓެމުން އެހި އެވެ. ޖަންނަތު ބޯ ހޫރާލަމުން އިސްޖެހި އެވެ. އަބްޔާން ޖަންނަތުގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލި އެވެ. ޖަންނަތުގެ ލޮލުގައިވީ ޖާޒުބީ ވިދުވަރަށް އަބްޔާންއަށް ބަލަން ހުރެވުނީ އެވެ. އަދި ހަމަ އެ ޖަޒުބާތުގައި ހުރެ ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލެވުނެވެ. ޖަންނަތުއަށް އަބްޔާންގެ މަސްތީ ދެލޯފެނި މުޅިގައިން ވާގިދޫވި ކަހަލަ އެވެ. ލޯމަރާލެވުނީ ބޭ އިހުތިޔާރުގަ އެވެ.

ޖަންނަތުގެ ނިތުގައި އަބްޔާން ބޮސްދިނެވެ. ޖަންނަތުގެ މުޅި ގަޔަށް ކަރަންޓް އައި ކަހަލަ އިހުސާސްއެއް ކުރެވުމާއި އެކު އަބްޔާންގެ މޫނުގައި ޖަންނަތުއަށް މަޑުމަޑުން ފިރުމާލެވުނެވެ. އެހިނދު އަބްޔާން ކުއްލިއަކަށް ޖަންނަތު ނަގާ އަތްދަނޑި މައްޗަށް އުފުލާލި އެވެ. ޖަންނަތުއަށް ވެސް ވަރުދޫކޮށްލެވުނު ވަގުތު އަބްޔާން ގެންގޮސް ޖަންނަތު އެނދުގައި ބޭއްވި އެވެ. ޖަންނަތުގެ ގައިމަތީ އަބްޔާންއަށް އޮށޯވެވުނު ވަގުތު ދެ ލޯބިވެރިންގެ ނަޒަރު ސީދާވެފައި ހުއްޓެވެ. ޖަންނަތުގެ މޫނުގެ އެތަން މިތާ އަބްޔާން ބޮސްދެމުން ދާން ފެށި އެވެ. ދެމީހުންގެ ހިތްވެސް ބާރަށް ތެޅެމުން ދިޔައެވެ. ލޭހޫނުވެފައި ވާފަދައިން ވިންދުވެސް ވަނީ އަވަސް ވެފަ އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ދެ ޖިސްމު މަސްހުނިވަމުން ދާން ފެށި އެވެ. ފިރުމުންތަކާއި އެކު އެނދުމަތީގައި އެކަތިގަނޑެއްހެން ވެފައި ވަނިކޮށް، އަބްޔާންގެ އަތުގެތެރެއިން ސަލާމަތްވެގެން ޖަންނަތު ދުރަށް ޖެހިލި އެވެ. އަދި އަވަސް ވެފައިވާ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ފެށި އެވެ. ޒައީމާ ދެއްކި ވާހަކަ ކުއްލިއަކަށް ޖަންނަތު ހަދާން ވީ އެވެ.

ނޯ އަބީ… މީ ރަގަޅު ކަމެއްނޫން…” ކޮޅަށް ތެދުވެ ހުރި ޖަންނަތު އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލި އެވެ. އޭރު އަބްޔާން ވެސް ތެދުވެ އެނދުގައި އިށީންނަނީ އެވެ. އަބްޔާން ދެއަތުން މޫނުގައި އަތް ހާކާލުމާއެކު އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލި އެވެ.

“ސޮރީ..”

“އިޓްސް އޯކޭ… އަބީ މަންމަ ކާން ހަދާފަ އެހެރީ އަބީ ދާންވީނު ކާން… އަހަރެން އަލަމާރީ ހުރި އެއްޗިހި ކުޑަކޮން ހަމައަކަށް އަޅުވާލާނަން.” ޖަންނަތުގެ އަޑުގައި ވީ ތުރުތުރު ހަމައަކަށް އަޅުވަމުން ޖަންނަތު ބުނެލި އެވެ. އަބްޔާން ވެސް ފުންނޭވާއެއް ލަމުން ބޯ ޖަހާލި އެވެ. އަދި ހަރުގަނޑުގައި އަޅުވާފައި އިން ޓީޝާރޓް ލަމުން ކޮޓަރިން ބޭރަށް ނިކުތެވެ.

 

ޖަންނަތު ހުރިހާ ކަމެއް ނިންމާލާފައި ނުކުތް އިރު އަބްޔާން ވެސް ކައި ނިމިގެން ބަދިގެއިން ނިކުންނަނީ އެވެ.

“އަބީ، އަހަރެން މިދަނީ ގެއަށް. އަބީ މަންމަ ބުނީ ދަމުން ގެ ތަޅުލާފަ ބޮޑުބެ ފިހާރައަށް ތަޅުދަނޑިލާށޯ…. ކިހިނެއް ހަދަންވީ.” ޖަންނަތު ބުންޏެވެ. އަބްޔާން ޖަންނަތު ކައިރިއަށް އައިސް ހުއްޓުނެވެ.

“ކީއްކުރަން ތިހާ އަވަހަށް ތި ދަނީ؟ މިގޭގަ އެކަކުވެސް ނެތް. މިކަހަލަ ވަގުތެއްގައި ދަނީތަ؟” އަބްޔާން ޖަންނަތުގެ އަތުގައި ހިފަމުން ބުންޏެވެ.

“އެހެންވެޔޭ މިދަނީ… މީހަކު ނޫޅެންޏާ ދެންމެ ދިމާވާން އުޅުން ކަހަލަ ކަމެއް ދިމާވެދާނެ. މިފަހަރު އަހަންނަށް މަނާ ކުރެވުނަސް ދެން ފަހަރަކުން ވާނެ ގޮތެއް ނޭގޭ… އަހަރެން ބޭނުމެއް ނޫން ކައިވެނީގެ ކުރިން އެކަހަލަ ގުޅުމެއް ހިންގާކަށް.” ޖަންނަތު ސާބިތު ކަމާއެކު ބުންޏެވެ.

“އެހެންވެޔޭ މަގޭ ޖަންނަ މަށަށް ކަމުދަނީ… ލެޓްސް ބީ ކެއަރފުލް…” އަބްޔާން ޖަންނަތު ގެނެސް އަބްޔާންގެ މޭގައި ޖައްސާލި އެވެ. “ހިނގާ މެރީ ކުރަން.”

“އަބީ މަންމަ ގާތު ބުނެފިންތަ މިހާރު… އެވާހަކަ ދައްކަން ވީނު.” ޖަންނަތު އަބްޔާންގެ މޭގައި ބޯ އަޅާލައިގެން ހުރެ ވާހަކަ ދެއްކި އެވެ.

“އާން… ދައްކަންވީ… ބައްޕަ ބުނުއްވީ މަންމަ ގާތު އެވާހަކަ ދައްކަވާނަމޭ. އެހެން ބުނުއްވާފައި އޮއްވައި އަހަރެން މަންމަ ގާތު ބުނެފިިއްޔާ ކަމަކު ނުދާނެނު.” އަބްޔާން ޖަންނަތުގެ ބޮލުގައި ފިރުމާލި އެވެ. އަބްޔާން ކުއްލިއަކަށް ޖަންނަތުއާއި ދުރަށް ޖެހިލީ އެގެއަށް ބަޔަކު ވަންހެން ހީވެގެންނެވެ. އެވަގުތު ދޮރުން އާލިޔާއާއި ތަނާ ވަދެގެން އައެވެ.

 

“އަބީބޭ… ދަތުރުތައް ރާވާފަ މިއައީ… ދާން ވާނެނު.” އާލިޔާ ނިކަން ހެވިފާ އައިސް ބުންޏެވެ. “މުޒޭއާ ނޫރުއާ ޔާނުބެޔާ އެންމެން ވެގެން ދަތުރު ރޭވީ.” އަބްޔާން އެއްޗެއް ނުބުނުމުން އާލިޔާ ބުންޏެވެ.

“އެމީހުން މަހަށް ގޮއްސަ އައީތަ؟” އަބްޔާން އަހާލި އެވެ.

“އާން.. އަތިރިމަތީ އެބަތިބި.. ޒައިމާއްތައާ މަންމައާ ވެސް އެތާ އެބައުޅޭ.” އާލިޔާ ބުނެލި އެވެ.

“ބައިވަރު މަސް ބޭނިދޯ… ދަތުރު ރޭވީ އެތާ ތިބެގެން ދޯ.”

“އާން! މާދަމާ ތުނޑިއަށް ދަނީ. މިގޭ މީހުނާ ޒައީމާއްތަ މެނާ ޝީޔާމާއްތަ މެނާ.” އާލިޔާ ބުނެލި އެވެ. “ދެން އަނެއް ދުވަހު ދަނީ ފަޅު ރަށަށް. ހަމަ އެންމެން. ވީކެންޑް ވީމަނޫންހޯ ދެވޭނީ ޒައީމާއްތަ ބުނީ.” އާލިޔާ ހެވިލާފައި ބުނެލި އެވެ. “ޖަންނާ… ޖަންނަ ވެސް ދާން ވާނެ އިނގޭ.” އާލިޔާ ޖަންނަތުއަށް ބުންޏެވެ. ޖަންނަތު ހިނިތުން ވެލި އެވެ.

“ބޭބްސް ވެސް ދާން ވާނެ.” އަބްޔާންގެ އަތުގައި ހިފާލަމުން ތަނާ ބުނެލި އެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ކުއްލި އަކަށް ތަނާގެ އަތް ފޮޅުވާލި އެވެ. “ލޯބީ.. ކީއްވެތަ ތިހެން ތި އުޅެނީ؟” ތަނާ އަނެއްކާވެސް އަބްޔާންގެ އަތުގައި ހިފާލި އެވެ.

“ބޭރަށް ދާން ވެއްޖެ…” އަބްޔާން ވީ ފޫހިން އަނެއްކާ ވެސް ތަނާގެ އަތް ފޮޅުވާލަމުން ދޮރާ ދިމާލަށް ހިގައި ގަތެވެ. “އާލިޔާ، މަންމަ އައުމުގެ ކުރިން ބޭރަށް ދަންޏާ ތަޅުދަނޑި ގެންގޮސް އަލިމަކުބޭ ފިހާރައަށް ލައްޗޭ.” އަބްޔާން އެހެން ބުނެފައި ދޮރުން ނިކުމެގެން ހިގައްޖެ އެވެ.

“އާލިޔާ… މަވެސް ދަނީ އިނގޭ.” ޖަންނަތު ވެސް ދާން ދޮރާ ދިމާއަށް އެނބުރުނެވެ.

“ޖަންނާ… އަހަރެން ބުނަންތަ ވާހަކައެއް ޖަންނަ ކައިރީ.” ތަނާ ޖަންނަތު ކުރިމައްޗަށް އައިސް ހުއްޓިލަމުން ބުންޏެވެ. ޖަންނަތު އާލިޔާއަށް ބަލައިލާފައި ތަނާއަށް ބަލައިލި އެވެ. އާލިޔާ ހުރީ ތަނާ ބުނަން އުޅެނީ ކޮން ވާހަކައެއް ކަމެއް ނޭގޭތީ ތަނާއާއި ދިމާލަށް ބަލާށެވެ.

“ޖަންނަ ހީނުކުރައްޗޭ އަބީ ދުވަހަކުވެސް ޖަންނަ ދެކެ ލޯބި ވާނެ ކަމަށް. އަބީ އަބަދުވެސް ޖަންނަ ދެކެނީ ފްރެންޑެއް ގޮތަށް…” ތަނާގެ އަޑުގައި މަޑު ތުރުތުރެއް ހުރިކަން ފާހަގަ ވި އެވެ. “ސޯ ބީ ލައިކްއަ ފްރެންޑް.” ތަނާ ޝަހާދަތް އިނގިލި ޖަންނަތުއާއި ދިމާލަށް ނިކަން ހަރުކަށި ގޮތަކަށް ދިއްކޮށްލަމުން ބުނެލި އެވެ. އާލިޔާ ހައިރާން ވެފައި ދެމީހުނަށް ބަލައިލި އެވެ. އާލިޔާއަށް ހީވީ ތަނާއަށް ނޭގެނީ ހެނެވެ. ޖަންނަތުއާއި އަބްޔާންގެ އެކުވެރިކަމާ މެދު ތަނާ ޝައްކު ކުރަނީހެން އާލިޔާއަށް ހީވި އެވެ.

“އޯހ ކަމޯން ތަނާ… ކީކޭތަ ތިކިޔަނީ؟ ޖަންނަ ނޫޅެޔޭ އަބީބެ ދެކެ ލޯބިވެގެންނެއް. މިރަށު އެންމެނަށް ވެސް އިނގޭނެ އެއީ ބެސްޓް ފްރެންޑްސް ކަން. ތަނާ… ކަމް.” އާލިޔާ ތަނާ އަތުގައި ހިފައިގެން އާލިޔާގެ ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ. ޖަންނަތު ވެސް އަވަހަށް އެގެއިން ނިކުމެގެން ދިޔައީ އެވެ.

“ތަނާ… ޖަންނައާ ދިމާލަށް އެހެން ކީއްވެތަ ތި ބުނީ.. ތީ ވަރަށް ބޮޑު މިސްއަންޑަރސްޓޭންޑިންއެއް އިނގޭ.”

“އާލިޔާއަކަށް އެކައްޗެއްވެސް ނޭގޭނު. ރޭގަ އަބީ ތަނާ ކައިރީ ބުނި ހުރިހާ ވާހަކަ އެއް.”

“ކޮން ހުރިހާ ވާހަކައެއް؟”

“އަބީ ޖަންނަދެކެ ލޯބިވާ ވާހަކަ… ޖަންނަވެސް އަބީ ދެކެ ލޯބިވާ ވާހަކަ… ދެމީހުން މެރީ ކުރަން އުޅޭ ވާހަކަ.” ތަނާއަށް ރޮވެން ފެށި އެވެ. އާލިޔާ ހުރީ ގަބޫލު ނުކުރެވިފަ އެވެ.

“ތީ ހުސް ދޮގު… އަބީބެ ޖަންނައާ މެރީ ކުރަންށޭ؟ ތީ އަބީބެ ތަނާއާއި ދުރަށް ދާން ވެގެން ދައްކާ ވާހަކައެއް ކަމަށް ވާނީ… މަށަކަށް ހިޔެއް ނުވޭ ތީ ހަގީގަތެއް ހެނެއް.”

“އާލިޔާ އަހާބަލަ… އަހާބަލަ އަބީގެ ފްރެންޑެއް ކައިރީ.. ނޫނީ ޖަންނަގެ ވިޔަސް.”

“އަބީބެ އެގޮތަށް ބުނީމަ ދެން ތަނާ އަދިވެސް ކީއްވެތަ އަބީބެއާ ރުޅި ނުވާން ތި އުޅެނީ؟ އަބީބެ އެހެން ބުނާނީ ތަނާއާ ދެން ގުޅެން ބޭނުން ނުވާތީނު.” އާލިޔާ ހިތްހަމަ ނުޖެހިފައި އެހި އެވެ.

“ތަނާއަށް ވެސް ގަބޫލު ނުކުރެވޭތީޔޭ…” ތަނާ ލޯފޮހެލި އެވެ. “އަބީ ބުނަނީ ތަނާ ދެކެ ލޯބި ނުވާކަމަށް… ޖަންނަ ދެކެޔޯ ލޯބިވަނީ… އެހެން އަދި ބުންޏަސް ގަބޫލެއް ނުކުރެވޭނެނު.” ތަނާ އެނދުގައި އިށީނެވެ. އޭރު ތަނާއަށް އަނެއްކާވެސް ރޮވެން ފެށި އެވެ. އާލިޔާ ތަނާގެ އަތުގައި ހިފާލަމުން ތަނާގާތު އިށީނެވެ.

“ތިވާނީ އަބީބެ ހަމަ ހަދަހަދައިން ދެއްކި ވާހަކައަކަށް… އައި ކާންޓް ބިލީވް.” އާލިޔާ ވިސްނާލަން އިނދެ ބުންޏެވެ.

 

ޖަންނަތު ޖޯލީގައި އިނީ އަބްޔާންގެ އިންތިޒާރުގަ އެވެ. ޖަންނަތު އިނީ ފިކުރެއްގަ އެވެ. ޖަންނަތު ވިސްނަމުން ދަނީ ތަނާއާއި ދޭތެރޭ އެވެ. އެހެން އިންދާ ޒައިދާންގެ މެސެޖެއް ފޯނަށް އައެވެ.

“ޖަންނާ… މާދަމާ ހެދުނު އޮފީހަށް އައިސްދެއްޗޭ.. މީރާ ކަންތައް ނިންމާލަދޭން.”

“އާން އޯކޭ… ހެދުނު ދާނަން.” ޖަންނަތު ވެސް މެސެޖަށް ޖަވާބެއް ފޮނުވާލި އެވެ.

އަބްޔާން އައުމުން ޖަންނަތު ހިނިތުން ވެލި އެވެ. އަބްޔާން އައިސް ޖަންނަތުއާއި ޖެހިގެން އިށީނެވެ.

“އަބީ! ތަނާ… ކިހިނެއް އަބީ ތަނާއަށް ވިސްނަ ދެނީ؟ ކީއްވެތަ އޭނަ ޤަބޫލު ނުކުރަނީ؟ އަބީ، އަހަރެންނަށް ވަރަށް އުނދަގޫވޭ.” ޖަންނަތު ހިތްހަމަ ނުޖެހިފައި އިނދެ ބުންޏެވެ.

“ޖަންނާ.. ތަނާގެ ގޮތް ޖަންނައަށް އަދި ނޭގެނީޔޭ! ޝީ އިޒް ރިއަލީ ކްރޭޒީ ގާރލް.”

“އާން އަބީ، މަށަކަށް ނޭގެ ތަނާގެ ގޮތެއް. އެކަމަކު މަށަށް އިނގޭ އެއްޗަކީ އޭނަގެ ވިސްނުން އެހުރި ގޮތުން އަހަރެން ހިތްހަމައެއް ނުޖެހެޔޭ. އަހަރެންނަށް ވެސް އެއްޗެއް ނުބުނެ ހުރެވޭނީ ވަކި ވަރަކަށް އަބީ.”

“އައި ނޯ ޖަންނާ!” އަބްޔާން ޖަންނަތުގެ އަތުގައި ހިފި އެވެ. “ޖަންނަ އަހަންނަށް ޓްރަސްޓް ކުރަމެއްނު.”

“ދެން އަބީއަށް ޓްރަސްޓް ކުރުމާ ތަނާގެ ވިސްނުމާ ކޮން ގުޅުމެއްތަ އޮތީ؟ އަހަރެން އަބީއަށް ޓްރަސްޓް ކުރަމޭ.”

“ތިހެންވިއްޔާ ތި ނިމުނީ. ތަނާގެ ވިސްނުން ކޮންމެ ގޮތަކަށް އޮތަސް ޖަންނަ ދެރަވާ ކަހަލަ ކަމެއް އަހަރެން ނުކުރާނަމޭ. އައި ޕްރޮމިސް.” އަބްޔާން ޖަންނަތުގެ އަތައް ފިތާލަމުން ބުންޏެވެ. ފުން ނޭވާއެއް ލަމުން ޖަންނަތު އަބްޔާންގެ ކޮނޑުގައި ބޯ އަޅާލި އެވެ.

“އަހަރެން ތަންކޮޅެއް އަވަހަށް ދާން ޖެހޭނެ މިރޭ.” އަބްޔާން އެހެން ބުނުމުން އަބްޔާން ކޮނޑުން ބޯ ނަގާ ޖަންނަތު ބަލައިލި އެވެ. ނޫރުމެން އެބައުޅޭ ދަތުރު ތައްޔާރު ކުރަން. މަންމަ ބޭނުންވަނީ މާދަމާ މެންދުރަށް ކައްކައިގެން ދާން. އެހެންވެ މިރޭ އެއްޗިހި ގަނެ ހަމަކުރަން ޖެހޭނެނު.”

“އަބީ! އަހަންނަށް ދެވޭނެހެނެއް ހިޔެއްނުވޭ.”

“އެއީ ކީއްވެ؟”

“މާދަމާ އޮފީހުގަ މަސައްކަތެއް އެބައޮތް. އެހެންވެ.”

“އޯހް! އެހެންތަ! އެކަމަކު ޒައިދާންވެސް ދޭ ކަންނޭގެ. ޒައިދާން އެބައިން ޔާނުމެނާ އެކީ ގޭދޮށު ޖޯލީގަ. ޑްރިންކްސް އާ ހަވާލޭ ބުނި އަޑު ވެސް އެހިން.”

“އެހެންތަ؟ އެކަމު…” ޖަންނަތު ވިސްނާލަން އިނެވެ. “އަބީ އަޅެ ގުޅާލާފަ އަހާލަބަލަ.”

އަބްޔާން ޒައިދާންއަށް ގުޅި އެވެ. އަދި ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލަމުން ޖަންނަތުއާއި ދިމާއަށް އަބްޔާން އެނބުރުނެވެ.

“ޒައިދާން ބުނީ ނޭގެޔޯ ދެވޭނެ ކަމެއް. މާގިނަ މަސައްކަތް އެބައޮތޯ.” އަބްޔާން ދެރަވެލާފައި ބުންޏެވެ. ޖަންނަތު ވެސް ތުންކޮޅު އޫކޮށްލަމުން ޖޯލީގައި އޮށޯތެވެ.

“އަބީމެން ދެން މަޖާކޮށްލާ… އެހެންވެސް ވާނެނު.”

“ޖަންނާ، ޖަންނަ ނުލާ އަހަންނަށް އެންޖޯއިއެއް ނުކުރެވޭނެ.”

“އޯ ކަމޯން އަބީ! ނޫރުއާ ޔާނުއާ ވެސް އެތިބީނު..”

“އެއީ ޖަންނައެއް ނޫނެއްނު. ޖަންނަ މިސްވާނެ.” އަބްޔާން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ. ޖަންނަތު ހިނިތުން ވެލި އެވެ.

 

ދަތުރުދިއުމަށް ތައްޔާރުވަމުން ދިޔަ ޒައީމާމެނަށް އެހީވާން ޖަންނަތު އުޅުނެވެ. ހުރިހާ ކަމެއް ހަމަޖެހުމުން ޖަންނަތު ތައްޔާރު ވެގެން ނުކުތީ އޮފީހަށް ދިއުމަށެވެ. އޭރު ޝިޔާމާ މެންގޭ ދޮށުގައި އޮތް ލޮރީއަށް އެންމެން އަރަނީ އެވެ. ޖަންނަތުއަށް އެންމެން ގޮވަން ފެށި އެވެ. ޖަންނަތު ނުދާކަން އިނގުމުން ބައެއް މީހުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ އެވެ. ޖަންނަތު އެންމެނަށް ހަނާ އަޅަމުން އޮފީހާ ދިމާލަށް ހިގައިގަތެވެ.

 

ޖަންނަތުއާއި ޒައިދާން ވަރަށް ބުރަކޮން އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އެވެ. މެންދުރަށް ޖަންނަތުގެ މަސައްކަތް ނިމުމަކަށް އައެވެ. ނަމަވެސް ގެއަށް ނުދާން މަޑުކޮށްލައިގެން އިނީ ގެއަށް ގޮސް ވަކި ކުރާނެ ކަމެއް ނެތީމަ އެވެ. އާޔަތުއާއި އަޒަތާއި ވައިބަރ އިން ވަހަކަ ދައްކާލާފައި، ފޭސްބުކްއަށް ނުވަންނަތާ ވެސް ގިނަ ދުވަސް ވެފައި ވުމުން އެ ހާވަން ޖަންނަތު އިނެވެ. ޒައިދާން ދެފަހަރަކު ބޭރަށް ނިކުމެލާފައި އެތެރެއަށް ވަންތައް ފެނުނެވެ. ހީވަނީ ޒައިދާންގެ ވެސް މަސައްކަތްތައް ނިމުމަކަށް އައީ ހެނެވެ.

“ޖަންނާ؟ ނުނިމޭތަ؟” ޒައިދާން ކެބިން އިން ނިކުންނަމުން އަހާލި އެވެ.

“ނިމިއްޖެ. ޕްރިންޓް ކޮށްލަން ޖެހޭނީ.” ޖަންނަތު ޒައިދާންއަށް ބަލައިލަމުން ބުންޏެވެ.

“ތިހެން ވިއްޔާ ޕްރިންޓް ކޮށްލަންވީނު. މިތާ ތިބޭނެ ކަމެއް ނެތެއްނު. އަހަރުމެންނަށް އަދި އެމީހުނާ ޖޮއިން ކޮށްލާނެ ވަގުތު އެބައޮތެއްނު.” ޒައިދާން ހިނިތުން ވެލަމުން ބުންޏެވެ.

“އަސްލުތަ!” ޖަންނަތު ވީ އުފަލުން ފުންމައިން ތެދުވަމުން ބުނެލި އެވެ.

“ހަހަހަ.. އާން އަސްލު. އަވަސް ކުރޭ.” ޒައިދާން ހީލަމުން ބުންޏެވެ.

 

ދެމީހުން ގެއަށްގޮސް ތައްޔާރުވެގެން ތުނޑިއާއި ދިމާއަށް ދިޔައީ ޒައިދާންގެ ސައިކަލުގަ އެވެ. އެދެމީހުން ދާ ވާހަކަ އެކަކު ކައިރީ ވެސް ނުބެނެ އެވެ. ބޭނުމަކީ އެންމެން ހައިރާން ކޮށްލުމެވެ.

 

ވަކި ހިސާބަކު ސައިކަލު ބަހައްޓާފައި ދެމީހުން އަތިރިއާއި ދިމާއަށް ހިގަން ފެށިއެވެ. އެމީހުން އުޅޭ ހިސާބަށް ދެވުމުން ދެމީހުން ވެސް މަޑުކޮށްލި އެވެ. އެވަގުތު އެއްޗިހިތައް ބަހައްޓާފައި ހުރި ތަނުގައި އެކަކު ވެސް ނެތެވެ. އެންމެން އުޅެނީ އަތިރި މަތީގައާއި މޫދުގަ އެވެ. ސާރާއާއި މުޒައްފަރު ގަސްތަކުތެރޭން ނިކުތީ ހެމުން ހެމުން ނެވެ.

“ޖަންނާ!” ސާރާއާށް ޖަންނަތު ފެނުމުން ދުވެފައި އައިސް ޖަންނަތު ގައިގައި އޮޅުލައި ގަތެވެ. “ޖަންނައަށް އާދެވުނީމަ ހާދަ އުފާ ވެއްޖެޔޭ.” ސާރާ ބުންޏެވެ. މުޒައްފަރު ވެސް ހިނިތުން ވެލި އެވެ.

“އަހަރެން މިއައީ ކާން. ވަރަށް ހައިވެއްޖެ.” ޒައިދާން ބުންޏެވެ.

“ހިންގާ ކާން.” ސާރާ އަވަހަށް ޒައިދާންއަށް ކާން ހަދައިދޭން އުޅުނެވެ. “ޖަންނާ، ޖަންނަވެސް ކާން ވީނު؟ ސާރާ އަހާލި އެވެ. ޖަންނަތު ވެސް ޒައިދާންއާއި އެކު ކާން އުޅުނެވެ. ކައިނިމިގެން ތަށި ޑަސްބިނަށް ލާފައި ޒައިދާންއާއި ޖަންނަތުއާއި ސާރާއާއި މުޒައްފަރު ތިބީ އަމިއްލަ ވާހަކައެއްގަ އެވެ.

“އެތިބަ އުޅެނީ ގުރޫޕު.” ޒައިދާންއަށް ނޫރުމެން ފެނިގެން ބުންޏެވެ. އެންމެން އެދިމާލަށް ބަލައިލި އެވެ. އޭރު ނޫރުއާއި އަހްޔާން ތިބީ ތަންކޮޅެއް ކުރީގަ އެވެ. އެމީހުން ދިޔައީ އެމީހުންގެ ފަހަތުން އައި ތިން މީހުންގެ ފޮޓޯ ނަގަމުންނެވެ. އެމީހުން ފަހަތުން އައީ އަބްޔާން އެވެ. އަބްޔާން ފަހަތުން އައީ އާލިޔާއާއި ތަނާ އެވެ. ކުއްލި އަކަށް ތަނާ ދުވެފައި އައިސް އަބްޔާންގެ ބުރަކައްޓަށް އެރި އެވެ. އަބްޔާން ހުޝިޔާރު ކަމާ އެކު ތަނާގެ ފައިގައި ހިފަހައްޓާލި އެވެ. އެމަންޒަރު ފޮޓޯ ނަގަން ވަރަށް ވެފައި ނޫރުއާއި އަހްޔާން އުޅެ އެވެ. އާލިޔާ ހެމުން ހެމުން އެމީހުން ފަހަތުން އާދެ އެވެ. އިރުކޮޅަކުން ފެނުނީ އަބްޔާން ކަންފަތުގައި ތަނާ ދަތް އެޅި މަންޒަރެވެ. އަބްޔާން ތަދުވެގެން ތަނާ ވައްޓާލި އެވެ. ތަނާ ވެއްޓުމާއި އެކު ތެދުވެފައި އަބްޔާން ފަހަތުން ހެމުން ހެމުން ދުވަން ފެށި އެވެ. އަބްޔާން ވެސް ހެމުން ދުވަން ފެށި އެވެ. ނަމަވެސް އިރުކޮޅަކުން ހުއްޓުނެވެ. ތަނާ އައިސް އަބްޔާންގެ ގައިގައި އޮޅުލައި ގަތެވެ.

އެމަންޒަރު ފެނުމުން ސާރާ ހާސްވެފައި ޒައިދާންއަށް ބަލައިލާފައި ޖަންނަތުއަށް ބަލައިލި އެވެ. މުޒައްފަރުއަށް ވެސް ބަލައިލެވުނީ ޖަންނަތުއާއި ދިމާލަށެވެ. ޒައިދާން ވެސް ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. ޖަންނަތު ކަޅި ޖަހާނުލާ އަބްޔާން މެނާ ދިމާލަށް ބަލަން ހުއްޓެވެ.

“ޖަންނާ!” ޒައިދާން ޖަންނަތުއަށް ގޮވާލި އެވެ. ޖަންނަތު އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ. “ބައެއް ފަހަރު ލޮލުން ފެންނަ މަންޒަރު އެއީ ހަގީގަތަކަށް ނުވެދާނެ.” ޒައިދާން ބުންޏެވެ. “އެގޮތަށް ފެންނަ ކަންތައް އަދި ގަބޫލު ކުރާކަށް ނުވާނެ.”

“ތެދެއް ޖަންނާ…” ސާރާ ވެސް އަވަހަށް ބުނެލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ހިގައި ގަތީ ފެން ފުޅިތައް ބަހައްޓާފައި ހުރި ދިމާލަށެވެ. އަދި ތައްޓަކަށް ފެން އަޅަން ފެށި އެވެ.

“އައި ކާންޓް ބިލީވް އިޓް.” ޖަންނަތު ދުރަށް ދިއުމުން ސާރާއަށް ބުނެވުނެވެ.

“އަބީ ޖަންނަ ދެކެ ވަރަށް ލޯބިވޭ. އަހަރެން ގައިމު ވެސް އެވީ ކަންތައް ގަބޫލެއް ނުކުރާނަން.” ޒައިދާން އެހެން ބުނެލަމުން އެދިމާލަށް ހިގައި ގަތެވެ.

 

ޒައިދާން ގޮސް އެމީހުން ގާތު ހުއްޓުމުން އެންމެން ޒައިދާންއަށް ބަލައިލި އެވެ.

“އޭ، ޒައިދާން، ކަލޭ އައީތަ؟” ނޫރު ބުނެލި އެވެ.

“ކޮބާ ޖަންނަ؟” އަބްޔާން ތަނާ ގައިން ދޫކޮށްލަމުން ޒައިދާން ގާތު އަހާލި އެވެ. ޒައިދާން އެއްގަމާ ދިމާލަށް އިޝާރާތް ކޮށްލި އެވެ. “ޖަންނަ ގޮވައިންތަ ތިއައީ؟” އަބްޔާން ނިކަން އުފާ ވެފައި އަހާލި އެވެ. ޒައދިާން ހިނިތުން ވެލަމުން ބޯ ޖަހާލި އެވެ. އަބްޔާން އެއްގަމަށް ދުއްވައި ގަތެވެ.

 

“ޖަންނާ، ވާހަކަ ދައްކަބަލަ… ޕްލީސް.” ޖަންނަތު ކައިރީ ސާރާ ހުރެގެން ކިޔަ އެވެ. “ތިހިން ހުރެގެން ވިސްނިޔަސް އަހަރުންނަކަށް ނޭގޭނެ ޖަންނާ. ވާހަކަ ދައްކަ ބަލަ.”

“ޖަންނާ!” އެވަގުތު އަބްޔާން އައިސް ގޮވާލި އަޑަށް ދެމީހުން އެއްފަހަރާ އަބްޔާންއަށް ބަލައިލި އެވެ. “އަހަރެން ހިތަކަށް ވެސް ނާރާ ޖަންނަ އަންނާނެ ކަމަކަށް. ބިގް ސަރޕްރައިސްއެއް ތި ދިނީ.” އަބްޔާން ނިކަން އުފާވެފައި ހުރެ އައިސް ޖަންނަތުކައިރީ ހުއްޓުނެވެ. ޖަންނަތު އަނގައިން ނުބުނެ ހުރެފައި ގަދަކަމުން ހިނިތުން ވެލި އެވެ. ސާރާ އެދެމީހުންނަށް ވަގުތު ދެމުން އަވަހަށް އެތަނުން ދުރަށް ޖެހިލި އެވެ.

“ޖަންނާ، ހިނގާ މޫދަށް.” އަބްޔާން ޖަންނަތު އަތުގައި ހިފާލަމުން ބުންޏެވެ.

“އަބީ، ….  އަބީ ދޭ. އަހަރެން ދެންމެ ކެއީ. އެހަށް އަހަރެން މަޑުކޮށްލާނަން.” ޖަންނަތު ބުންޏެވެ. އަބްޔާން ވަރަށް ރަގަޅަށް ޖަންނަތުއަށް ބަލައިލި އެވެ.

“އާރ ޔޫ އޯކޭ ޖަންނާ؟” އަބްޔާންއަށް ޖަންނަތު ހުރިގޮތުން އަހާލެ ވުނެވެ.

“އާން… އޯކޭ.” ޖަންނަތު އަވަސް އަވަހަށް ބުނެލި އެވެ. “މިއަދު ވަރަށް ބިޒީކޮން އުޅުނީމަ ވަރަށް ވަރުބަލި ވެފަ މިހިރީ.” އަބްޔާން ބަލަން ހުރުމުން ޖަންނަތު އަވަހަށް ބުނެލި އެވެ. އަބްޔާން ހިނިތުން ވެލަމުން ޖަންނަތު ކޮލުގައި ފިރުމާލި އެވެ.

“ތިހެން ވިއްޔާ އަހަރެން މިދަނީ މޫދަށް. ފަހުން ޖަންނަ އަންނައްޗޭ.” އަބްޔާން އެހެން ބުނެފައި އަތިރިއަށް ދުއްވައި ގަތެވެ.

ޖަންނަތު އައިސް ގަހެއްހެ ބުޑުގައި އިށީނެވެ. ޖަންނަތު އަތިރި މައްޗަށް ބަލައިލި އެވެ. އަބްޔާން ކައިރިއަށް ދުވެފައި ތަނާ އައެވެ. އަދި އަބްޔާން ގައިގައި އޮޅުލައި ގަނެގެން މޫދާ ދިމާލަށް ދާތަން ޖަންނަތުއަށް ފެނުނެވެ. ޖަންނަތު ވިސްނަން އިނެވެ. ހުރިހާ ކަމެއް ފެންނަ އިރުވެސް ހަމަޖެހިފައި އަހަރެން އިންނަން ވީ ހެއްޔެވެ. އެންމެން އަހަންނަށް ވިސްނަ ދެމުން ދިޔަސް އަހަންނަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ. އަބީއަށް އެންމެ ފަހަރަކުވެސް ތަނާއާއި ދުރަކަށް ނުދެވޭ ހެއްޔެވެ. ތަނާ އައިސް ގައިގައި އަތްލާ އޮޅު ލިޔަސް އަބީއަށް މަނާވެސް ނުކުރެވޭ ހެއްޔެވެ. މިވަރުން ވެސް އެއްޗެއް ނުބުނެ ހުންނަން ވީ ހެއްޔެވެ. އަބީ އަހަރެން ދެކެ ލޯބިވާކަން އަހަންނަށް ވެސް އިނގެ އެވެ.

 

“އަހަން، ޖަންނާ!” މޫދަށް އެރިފައި އައި ހިދާޔާއަށް ޖަންނަތު ފެނުމުން ހައިރާން ވެފައި ގޮވާލި އެވެ. “ކޮން އިރަކު އެކޮއެ އައީ؟”

“އިރުކޮޅެއް ވެއްޖެ. ޒައިދާންއާ އެކީ އައީ.”

“އެހެންތަ؟ ކައިފިންތަ؟”

“އާން، ކައިފިން.” ޖަންނަތު ހިނިތުން ވެލި އެވެ.

“މޫދަކަށް ނޭރެންތަ؟ އެންމެން އެ އުޅެނީ މޫދުގަ.”

“ވަރަށް އެރޭ ހިތުން އައީ… އެކަމު މިހާރު މީނީ އެރޭހިތް ނުވެފަ.”

“އާން.. މޫދު މިއަދު ކަމަކު ނުދޭ. ރާޅެއް ވެސް ނެތް.” ހިދާޔާ ބުންޏެވެ. އަދި ދެމީހުން އެއްކޮން މޫދާ ދިމާލަށް ބަލައިލި އެވެ. އޭރު އަބްޔާންއާއި ގައިގޯޅި ވެގެން ތަނާ އުޅޭތަން ފެނުނެވެ.

“މި ދަތުރު އާދެވުނު މޮޔަ ހިތައް އަރާފަ މަ މިހިރީ! މާދަމާ ފަޅުރަށު ދަތުރެއް މަށެއް ނުދާނަން…. އާ އެހެންޏަ… ލަދުން ބޯ ފަޅައިގެން ދާވަރުވޭ… އަބީއާ އެއުޅޭ މަންޖެޔާ އެތިބީ ދެވަން ވެފަ.” ހިދާޔާ އެދިމާލަށް ބަލަން ހުރެ ބުންޏެވެ. “ލަދުގެ ކަންފުޅެއްވެސް ނެތީޔޭ. އެ އަންހެން ކުއްޖާއަށް ހެޔޮ މިތާ ކޮންމެ މީހަކު ހުއްޓަސް، އައިސް އަބީ ގައިގައި އޮޅުލާއިރު.” ހިދާޔާ ނުރުހިފައި ހުރިކަން މޫނުމަތިން އިނގެ އެވެ.

ޖަންނަތު އެއްޗެއް ނުބުނެ ހިދާޔާއާއި ދިމާއަށް ބަލައިލާފައި އިނެވެ. އެވަގުތު ޝިޔާމާ ވެސް އެތަނަށް އައެވެ. ޝިޔާމާ ވެސް ދެއްކީ އެދެމީހުންގެ ވާހަކަ އެވެ.

“ހިދާޔާ ތި ބުނީ ތެދެއް. އެދެމީހުން އެތިބީ ހައްދުފަށަށް އަރާފަ. އެމީހުން އަވަހަށް ދެވާ. އެ އަންހެން މަންޖެ އުޅޭ ގޮތުން ހިޔެއް ނުވޭ އަބީއަށް ކެތްކުރެވޭނެ ހެނެއް. އެކުއްޖާ ބޮޑިއެއް ބޮއެފާނެ.” ޝިޔާމާ ލަފާ ދިނެވެ.

“މަ އެކަމު ހާދަ ފޫއްސެއް ވެޔޭ އެވައްތަރަށް އުޅޭ ކުދިން ދެކެ. އެކަމަކު އަބީއަށް ކަމުދަންޏާ އަހަރެން އެކަމަށް ހުރަސް އަޅަންވީ ކީއްކުރަންދޯ. އޭނަގެ ދިރި އުޅުން ވިއްޔަ.” ހިދާޔާ ބުނެލި އެވެ. ޝިޔާމާއާއި ދެމީހުން އަދިވެސް އިތުރަށް އެވާހަކަ ދައްކަމުން ދިޔަ އެވެ. ޖަންނަތު އެތަނުން ތެދުވެ ތަންކޮޅެއް ދުރުގައި ދޮން ވެލިގަނޑު މަތީ އިށީނީ މޫދުވެސް ނުފެންނަ ގޮތަށެވެ.

އެވަގުތު އެތަނަށް އަޙްޔާން އައިސް ކޯކާކޯލާ ތައްޓެއް ހިފައިގެން އައިސް ޖަންނަތު ކައިރީ ބިންމަތީ އިށީނެވެ. ޖަންނަތު އަހްޔާންއަށް ބަލައިލި އެވެ. އަހްޔާން ޖަންނަތުއަށް ބަލައިލާފައި ހިނިތުން ވެލި އެވެ.

“މޫދަށް ނުގޮސް ތީނީ ކީއްވެފަ؟” އަހްޔާން އަހާލި އެވެ.

“ޔާންއަކަށް ނުފެނޭތަ؟” ޖަންނަތު ރުޅި އައިސްފައި ބުނެލި އެވެ. “އަހަރެން މޫދަށް ގޮސް އޮންނަންވީތަ އެދެމީހުން އުޅޭ ވައްތަރު ބަލަން؟ އެމީހުނަށް ހީވާ ކަހަލަ އެދެމީހުން އެކަންޏޭ މިރަށުގަ އުޅެނީ… އެހެން މީހުން ކިޔާނެ އެއްޗަކަށް ދައްކާނެ ވާހަކައަކަށް ވެސް ބަލަނީއެއްނޫން. އުޅޭ ވައްތަރުން ހީވަނީ މެރީ ނުކޮށް ނޫޅެވިގެން އުޅޭ ބައެއްހެން… ރޫމްއަކަށް ވައްދަން ވެފަ އެތިބީ… އާން އެހެންޏަ… އެންމެ އިރުކޮޅަކު ވެސް ދުރުގަ ތިބޭތަނެއް ނުފެނޭ… އަހަރެން ދެންމެ މިއައީ… އަދި އަހަރެން މިތަނަށް އަިއތާ ގަޑިއެއްގެ އިރު މިވީ… މަށަށް ވެސް ކިހާ މަންޒަރެއް މިފެނުނީ. އަދި މިއަދު ހަތަރު ދަމު ކިހާ ގޮތަކަށް އުޅެވިފަ ހުންނާނީ… މިތަނަށް ނައިސް ގޭގަ އޮވެވުންނަމަ މާރަގަޅު ވީސް.” އެއް ފައްޗަކަށް ހުރިހާ ވާހަކަތަކެއް ނޭވާއަކަށް ވެސް ހުއްޓާނުލާ ޖަންނަތު އަމުނާލި އެވެ. އަދި ދުރު ބަލަން އިނީ ވަރަށް ރުޅި އައިސްފައިކަން އިނގެ އެވެ.

“ޖަންނާ… އަހަރެން ބުނީމެއްނު ޖަންނަ ކައިރީ، މީ ހައްތަހާވެސް ފެންނާނެ ކަންތަކޭ.” އަހްޔާން ބުންޏެވެ.

“ޔާން… ފެނިދާނެ ކަމެއް… އެކަމަކު މީ ބޮޑުވަރު. މިވަރުން ދެން ވެސް އަހަރެން ހަމަ ހުންނަންވީތަ؟ އަބީއަށް އެއްފަހަރުވެސް ދުރަކަށް ނުދެވޭތަ؟ ތަނާ އައިސް ގައިގައި ނުޖެހޭ ވަރަށް ދުރުގައި އަބީއަކަށް ނުހުރެވޭތަ؟ ތަނާ އައިސް ހަގްކޮށްލީމަ އަބީވެސް ތަނާގައިގައި ހިފަހައްޓާލައިގެން އުޅޭތަން މަށަށް ފެނުނީ..” ޖަންނަތުއަށް ރޮވެން ފެށި އެވެ. ޖަންނަތުއަށް ދެން އިތުރަށް ކެތް ނުކުރެވުނީ އެވެ.

“ޖަންނާ، ޖަންނަތީ ތިހާ ފިޑި ކުއްޖެއް ނޫނެއްނު… ހާދަ އަވަހަކަށް ތި ރޮނީ.”

“އަހަރެންނަށް ވެސް ވަކި ވަރަކަށްނު ކެތްކުރެވޭނީ. އަހަންނަކީ އިންސާނެކޭ.”

“އޯހް! އިންސާނެއްތަ ތީ؟” އަހްޔާން ސަމާސާ ރާގަކަށް އެހެން ބުނެލި އެވެ. މިހާރަކަށް އައިސް އަހްޔާން ވަހަކަދައްކާ އިރު ހީވަނީ އަބްޔާން ހެނެވެ. އަބްޔާންހެން ކުޑަކޮން ސަމާސާ ވެސް ކޮށްލަ އެވެ. ޖަންނަތު ރުޅި އައިސްފައި އަހްޔާންއަށް ބަލައިލި އެވެ.

“ނޮޓް ފަނީ!” ޖަންނަތު ބުނެލި އެވެ. އަދި ކަރުނަތައް ފޮހެލި އެވެ. “ޔާން، ޔާން މަންމަވެސް ޝިޔާމާއްތަ ވެސް ދެއްކީ އަބީމެން އުޅޭ ގޮތުގެ ވާހަކަ. ތަނާ އެހެން އުޅުނޭ ކިޔާފަ އަބީ ނުޖެހެ ދޯ އެކަމަށް އިޖާބަ ދޭކަށް.”

“ޖަންނާ… އެއީ ޖަންނަގެ މައްސަލައެކޭ!” އަހްޔާން ބުނެލި އެވެ.

“އަހަރެންގެޔޭ!” ޖަންނަތު އަހްޔާންއަށް ބަލައިލި އެވެ.

“އާން!”

“އަހަރެންގެ؟ ކިހިނެއް؟”

“ޖަންނަ ތަނާއަށް އެ ފުރުސަތު ދީގެން ދުރުގަ ތި އިންނަނީ އެމީހުން އުޅޭ ގޮތް ބަލަން.”

“ވަޓް ޑޫ ޔޫ މީން؟”

“ޖަންނާ!” އަހްޔާން ޖަންނަތް އާއި ދިމާއަށް އެއްކޮން އެނބުރިލަމުން ޖަންނަތުގެ މޫނަށް ބަލައިލި އެވެ. “އަބީ ޖަންނަ ދެކެ ވަރަށް ލޯބިވޭ… އަބީ ކައިރީ ޖަންނަ ހުންނަ ނަމަ ތަނާއަކަށް އަބީއާ ކައިރިއެއް ނުވެވޭނެ. އަބީ ހުންނާނީ ޖަންނައަށް އެއްކޮން. މިހާރު ވާގޮތަކީ ތަނާއަކީ ފާޑެއްގެ ކުއްޖެއް. އަބީއަށް ދުރުވާކަށް ބަހަނާއެއް ނުއެއްދެއްކެ. ތަނާ އެހުންނަނީ ވިއްދާފަ. ޖަންނައަށް އެކަން ހުއްޓުވޭނީ… ”

“މަށަކަށް ނޭގެ ޔާން ތިކިޔާ އެއްޗެއް.” ޖަންނަތު ރުންކުރުކޮން ބުންޏެވެ. “ތީ ހުސް އެއްވައްތަރަކަށް ވިސްނާ ބައެއް. ތަނާ ގޯސް ނުކުރާތި… ހުރިހާވެސް ބްލޭމްއެއް އަހަންނަށް. އަހަރެން އެއްކަމެއް ނުކުރިޔަސް ހެޔޮ.”

“ދެޓްސްދަ ޕޮއިންޓް ޖަންނާ! ޖަންނަ އެއްކަމެއްވެސް ނުކުރާތީއޭ މައްސަލައަކީ.”

“ދެން، މަވެސްވީ ތަނާ އުޅޭ ވައްތަރަށް އުޅެން؟ އެހެންތަ ތި ބުނަނީ؟”

“އެކްސެކްޓްލީ!” އަހްޔާން ހިނިތުން ވެލަމުން ބުނެލި އެވެ.

“ޔާން… އަހަރެންމީ ތަނާއެއް ނޫނޭ… އެވައްތަރަށް މަށަކަށް ނޫޅެވޭނެ.” ޖަންނަތު ކުއްލިއަކަށް ތެދުވި އެވެ. “އަދި އަމުދުން އަބީ މަންމަމެން އައިސް އުޅޭ ދަތުރެއްގަ މަށަށް ލާހިކެއްނޫން އަބީއާ އެހާ ކްލޯސްކޮން އުޅޭކަށް. އަހަރެން އެގޮތަށް އުޅޭކަށް ބޭނުމެއްވެސް ނޫން.” ޖަންނަތު ތެދުވެ އަހްޔާން ކައިރިން ދުރަށް ހިގައިގަތީ އިތުރަށް އަހްޔާން ދައްކާ ވާހަކަ ގަބޫލު ނުކުރަން ވެގެނެވެ.

 

ހިދާޔާ މެނާއެކު ހަވީރުގެ ސައި ހަދަން ޖަންނަތު އުޅުނެވެ. ޒައީމާވެސް އައިސް އެމީހުނާ އެކު އުޅެން ފެށި އެވެ. ކުޅި ފާރޮށި މޮޑެން ހިދާޔާ ހުރި އިރު ޖަންނަތު ޝިޔާމާ ހުރީ ހިދާޔާއަށް އެހީވާށެވެ. ޒައީމާއާއި ޖަންނަތު އުޅެނީ ސައި ކެއްކުމުގެ ކަންތަކުގަ އެވެ.

“ޖަންނާ! ވާހަކައެއް އަހާލަންތަ؟” ޒައީމާ ނިކަން މަޑުން ޖަންނަތުއާއި ވާހަކަ ދެއްކީ ހިދާޔާ މެނަށް އަޑު އިވިދާނެތީ އެވެ.

“ކޮން ވާހަކައެއް؟”

“ޖަންނައާ އަބީއާ މައްސަލަ ޖެހިގެންތަ ތި އުޅެނީ؟” ޒައީމާ އަހާލި އެވެ.

“ނޫން…” ޖަންނަތު ޒައީމާއާއި ދިމާއަށް ބަލައިލި އެވެ. “އެކަމަކު އިތުރަށް ދެން ޒައީމާއްތަ ނާހައްޗޭ.” ޖަންނަތު އިސްޖަހާލަމުން ބުންޏެވެ. ޒައީމާ ޖަންނަތުއަށް ބަލަން ހުއްޓެވެ. ނަމަވެސް އިތުރު އެއްޗެއް ޒައީމާ ނުބުނެ އެވެ.

 

ސައިގަޑި ޖެހުމުން އެންމެން ސައިބޯން އައެވެ. އަބްޔާން ވެސް އައިސް ތައްޓަށް އެއްޗިހި އަޅައިގެން ނޫރު ކައިރީ ވެލިގަނޑު މަތީ އިށީނެވެ. އަބްޔާން ފަހަތުން އަހްޔާން ވެސް އައިސް އިށީނެވެ.

“ޖަންނަ ކައިރިއަށް ދޭބަލަ… ހީވަނީ ދެރަވެފަ އިން ހެން.” އަހްޔާން ބުންޏެވެ.

އަބްޔާން އަހްޔާންއަށް ބަލައިލި އެވެ. އަހްޔާން ބޯޖަހާލަމުން ލޮލުން އިޝާރާތެއް ކޮށްލި އެވެ. އެދެމީހުންގެ އިޝާރާތް ތަކަށް ނޫރު ބަލަން އިނެވެ.

“ކަލޭމެން ޓްވިންސް ވީމަ ސިކުޑިންނާ ލޮލުން ވެސް ވާހަކަ ދައްކަން ދޯ.” ނޫރު ބުނެލި އެވެ. އަހްޔާން ނޫރުގެ ބޮލުގައި ޖަހާލި އެވެ. އަބްޔާން ތެދުވެގެން ޖަންނަތު ކޮބައިތޯ ބަލައިލި އެވެ. އެންމެނާ ދުރުގައި އަކަނިމާ އެކަނި ގޮނޑުދޮށުގައި ވެލިގަނޑުމަތީ އިށީދެލައިގެން ޖަންނަތު އިނެވެ. އަބްޔާން އިތުރަށް ތައްޓަށް އެއްޗިހި އަޅާލި އެވެ. އަދި އިތުރު ސައިތައްޓެއް ހިފައިގެން ގޮސް ޖަންނަތު ކައިރީ އިށީނެވެ.

“އޭ ޖަންނާ.” އަބްޔާން ގޮވާލުމުން ޖަންނަތު އެނބުރުން ވަގުތު ޖަންނަތުގެ ލޮލުގައިވާ ކަރުނަ އަބްޔާންއަށް ފެނުނެވެ. ޖަންނަތު އަވަހަށް އަނެއްފަރާތައް އެނބުރި ކަރުނަ ފޮހެލި އެވެ. “އޭ، ޖަންނާ…” އަބްޔާން ވަރަށް ދެރަވެފައި ގޮވާލި އެވެ. “ރޮނީތަ؟”

“ނޫން.” ޖަންނަތު އަބްޔާންއާއި ދިމާއަށް އެނބުރެމުން ފަނޑު ހިނިތުން ވުމެއް ދިނެވެ. އަބްޔާން ޖަންނަތުއަށް ސައިތަށި ދިއްކޮށްލި އެވެ. ޖަންނަތު ސައިތަށީގައި ހިފި އެވެ.

“ކައިބަލަ.” އަބްޔާން ކުޅި ފާރޮށި ތަށި ދިއްކޮށްލަމުން ބުންޏެވެ.

“ނޫން އަބީ… އަބީ ކާލާ.”

“ކީއްވެ ނުކަނީ؟ ރުޅިއައިސްފަތަ؟” އަބްޔާން ޖަންނަތުއާއި ދިމާލަށް އަރިވެލަމުން އަހާލި އެވެ.

“ނޫން… އަހަރެން ބަންޑުހައެއް ނުވެޔޭ… މިތަނަށް އައި ފަހުން މެންދުރު ކެއީ… އެހެންވެ.” ޖަންނަތުގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.

“އެކަމު އަހަރެން ޖަންނައަށް ލައިގެން މި އައީ އަޅައިގެން. މި އެއްކޮން އަހަންނަށް ނުކެވޭނެނު.” އަބްޔާން ތަށި ދިއްކޮށްލަމުން ބުންޏެވެ. ޖަންނަތު އޭގައި އޮތް ސަމްސާ ނަގާ އެތިކޮޅެއް އަނގައަށް ލިޔެވެ. އަބްޔާން ހިނިތުން ވެލި އެވެ. އަދި ޖަންނަތު އަތުން ސަމްސާ އަތުލާއިގެން އަބްޔާން ވެސް އެތިކޮޅެއް ކާލި އެވެ. އެއް ސަމްސަލުން ދެމީހުން ކާން ތިބީ ހަމަހިމޭން ކަމާ އެކު އެވެ.

“އޭ، ޖަންނާ…” ހަމަހިމޭން ވަގުތު ކޮޅަކަށްފަހު އަބްޔާން ގޮވާލި އެވެ.

“ހޫނ؟”

“ރުޅި އައިސްސަތަ؟”

“އުހޫނ.”

“ކީއްވެތަ ވާހަކަ ނުދައްކަނީ؟”

“އަބީ ވެސް ނުދައްކަމެއްނު؟” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު މޫދާދިމާ ދުރު ބަލަން އިނެވެ.

“ޖަންނާ! ކޯޗެއްތަ ތި ހިތުގަ ބަހައްޓައިގެން ތި އިންނަނީ! ބޭރުކޮށްބަލަ.” އަބްޔާން ބުންޏެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އަދި ހިންދިރުވާލަމުން އިސްޖަހާލި އެވެ. “އޭތް މަގޭ ޖަންނާ، ކޯޗެއްތަ ތި ވިސްނަނީ؟”

“އަބީ… އަހަންނަށް ކެތްކުރެވޭނީ ވަކި ވަރަކަށް… މާ ގިނައިން އެކަހަލަ ކަންތައް ފެންނަންޏާ މަށަށް މަޑަކުން ނުހުރެވޭނެ.”

“ކޮން ކަމެއްތަ؟ ޖަންނައަށް ކޮންކަމެއް ފެނުނީތަ؟” އަބްޔާން އިނީ ނުވިސްނިފަ އެވެ. ޖަންނަތު އެކިޔާ އެއްޗެއް އަބްޔާންއަކަށް ނޭގުނެވެ.

އެވަގުތު ކުއްލިއަކަށް ތަނާއައިސް ދެމީހުން ދޭތެރެއަށް ޖެހިގަތެވެ. ލިބުނު ސިހުމާއި އެކު ޖަންނަތުއަށް ދުރަށް ޖެހިލެވުނެވެ. އެވަގުތު ތަނާ އެދޭތެރެއަށް ދެމިގަތެވެ.

“އަބީ! ކިހާ ވަރަކަށް އަބީ ހޯދައިފިން.” ތަނާ އެހެން ބުނެފައި އަބީގެ ކޮލަށް ދޮނެއް ދިނެވެ. އެމަންޒަރު ފެނުމުން ޖަންނަތު ފުންމައިގެން ތެދުވި އެވެ. އަދި ފަޔަށް ބާރުލާފައި އެހެން މީހުން ތިބި ދިމާލަށް ހިގައި ގަތެވެ.

“ތަނާ!” އަބްޔާން ތަނާއަށް އަޑުލީ ނިކަން ރުޅިއައިސްފަ އެވެ. އަބްޔާންއަށް ކަންތައް ބޮޑުވީ ޖަންނަތު ރުޅިއައިސްގެން ދިޔަތަން ފެނުމުންނެވެ. “ޔޫ ޖަސްޓް…” އަބްޔާން ދަތްކުނޑި ވިކާލަމުން ތަނާއާއި ދިމާއަށް އެއްޗިހި ކިޔައިގަންނަން އުޅެފައި ވެސް ތެދުވެގެން ޖަންނަތު ފަހަތުން ހިގައި ގަތެވެ.

“ޖަންނާ! ޖަންނާ! މަޑުކޮށްބަލަ.” ޖަންނަތު ފަހަތުން ދަމުން އަބްޔާން ގޮވަމުން ދިޔަ އެވެ. ޖަންނަތު އެދިޔަ ބާރުމިނުގައި ގޮސް ހުއްޓުނީ އެއްޗިހިތައް ބަހައްޓާފައި ހުރި އަށި ކައިރީ އެވެ. އަދި އެތާ ހުރި ފެން ފުޅިން ތައްޓަކަށް ފެންއަޅައިގެން ބޯން ފެށި އެވެ. އޭރު އެތާގައި ޒައިދާންއާއި ނޫރު ތިއްބެވެ. ތަންކޮޅެއް ދުރުގައި އަހްޔާންއާއި ސާރާ ވެސް ތިއްބެވެ. އެހެން މީހުން ތިބީ މާދުރުގަ އެވެ.

“ޖަންނާ… އަޑުއަހާބަލަ.” އަބްޔާން ޖަންނަތު ކައިރީ ހުއްޓެމުން ބުނި އަޑަށް އެތާތިބި އެންމެންގެ ސަމާލުކަން އެދިމާލަށް އެނބުރުނެވެ.

“އަހަރެން އަބަދުވެސް އަޑު އަހަންވީ… އަހަރެން އަބަދުވެސް ހުންނަންވީ އަންޑަރސްޓޭންޑް ވެގެން އަބީއަށް ޓައިމް ދީގެން… އަހަރެން ހުންނަންވީ މަޑުމަޑުން ހުރިހާކަމެއް ބަލަން… ލޯ ކުރިމަތީ ވަމުންދާ ކަންތައް ފެންނަ އިރުވެސް ނުފެންނަކަމަށް ހަދައިގެން، އަހަރެން ހުންނަންވީ…” ޖަންނަތު ހުރީ ވަރަށް ރުޅި އައިސްފަ އެވެ. އަބްޔާން ހުރީ ޖަންނަތު ކިޔާނެ އެއްޗެއް ކިޔަންދެން އަނގައިން ނުބުނާށެވެ. ޖަންނަތު ރުޅިއައިސްގެން އެހާވަރަށް އެއްޗިހި ކިޔާތަނެއް އަބްޔާންއަކަށް މީގެ ކުރިން ނުފެނެ އެވެ. އަބަދުވެސް ރުޅިއައިމަ އަނގައިން ނުބުނެ ދާނީ ދުރަށެވެ. “އަބީ، އަހަންނަށް ދެން އިތުރަކަށް ތިކަންތައްތައް ބަލަހައްޓައިގެން ނުހުރެވޭނެ. ކޮންމެސް އެއްގޮތަކަށް އަބީ ވެސް އުޅެންވީނެ. މަށަށް ހީވަނީ މާރަގަޅު ވީސްހެން އަހަރެންނާ އަބީ ރައްޓެހި ނުވިނަމަވެސް. އާ އެހެންޏާ… މިހާރު މިހިން ކަންތައް ވިޔަސް އަހަރެން މިހާ ދެރައެއް ނުވީސް ކަންނޭގެ.” ޖަންނަތުގެ ލޮލަށް ކަރުނަ ގިނަވަމުން ދިޔަ އެވެ. “އަބީއަށް ޓަކާ އަހަރެން އުމުރު ދުވަހުވެސް ހުންނަން ބޭނުން. އެކަމަކު އަހަންނަކީ ކެތްކޮށްގެން ކޮންމެކަމެއް ވަރިހަމަ ވެގެން ހުންނަ ވައްތަރުގެ މީހެއްނޫނޭ. ބައެއް ކަންތަކުގަ އަހަރެން އެގޮތައް ކަންތައް ކުރިއަސް އަހަންނަށް މިކަމުގަ ދުލެއް ނުދެވޭނެ. އަދި އަމުދުން ތަނާ ކަހަލަ އަންހެނަކަށް ޓާކާ އަހަރެންގެ ލޯތްބެއް ޤުރުބާނެއް ނުކުރާނަން. އަބީއަށް އިނގޭތަ އަހަރެން އަބީދެކެ ލޯބިވީ ކޮން އިރަކުން ފެށިގެންކަން… އަބީއަށް ޓަކާ އަހަރެން އިންތިޒާރު ކުރީ ކިހާދުވަހަކުކަން އަބީއަށް އިނގޭތަ…؟” ޖަންނަތުގެ ލޮލުން ކަރުނަތައް ކޯތާފަތްމައްޗައް ފައިބައިގަތް ވަގުތު އަމިއްލައަށް އަވަސް އަވަހަށް ޖަންނަތު މޫނު ފޮހެލި އެވެ. “އަބީ ތިހެން އުޅުންޏާ އަހަންނަށް އިތުރަށް ކެތެއް ނުކުރެވޭނެ. އަހަންނަށް ހީވަނީ މިހިސާބުން މިގުޅުން ނިންމާލަން ވީހެން… ދެމީހުން ދުރުވިއްޔާ މާރަގަޅުވާނެ ކަންނޭގެ.” ޖަންނަތު މޫނުގައި އަތް ހާކަލަމުން އިސް ޖަހާލި އެވެ.

ކައިރީ ތިބި އެންމެން ވެސް ހައިރާންވެފައި ޖަންނަތުއަށް ބަލަން ތިއްބެވެ. އަބްޔާން ޖަންނަތުއަށް ބަލަން ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އަދި އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔަ އެވެ. ޖަންނަތުގެ ހިތަށް ކުރާނެ އިހުސާސް އަމިއްލައަށް އިހުސާސް ކުރެވުނެވެ. އަބްޔާން ފެންކަޅި ވެފައި ވާ ހާލުގައި ޖަންނަތުއާއި ކައިރި ވެލި އެވެ.

“ޖަންނާ… ތިހިން ނުބުނޭ.” އަބްޔާން ޖަންނަތުގެ އަތުގައި ހިފި އެވެ. ޖަންނަތު އަތް ފޮޅުވާލީ އެވެ. “އައި އޭމް ސޮރީ ޖަންނާ… އައި އޭމް ރިއަލީ ސޮރީ.” އަބްޔާން އަނެއްކާ ވެސް ޖަންނަތުގެ އަތުގައި ހިފާލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އަބްޔާންގެ ލޯ ފެންކަޅިވެފައި ހުރިތަން ފެނުމުން ޖަންނަތުގެ ހިތް މަޑުވި އެވެ. ނަމަވެސް އެކަން ދައްކާކަށް ޖަންނަތު ބޭނުމެއް ނުވި އެވެ. އަނެއްކާވެސް އަތް ފޮޅުވާލާފައި އަނެއްފަރާތައް އެނބުރުނެވެ.

“އަބީ.. ދޭ މިތަނުން… އަހަރެން އެކަނިވެލަން ބޭނުމީ.” ޖަންނަތު މަޑުމަޑުން ބުނެލި އެވެ.

“ޖަންނާ… ޕްލީސް… އައި އޭމް..”

“އަބީ! ޖަސްޓް ލީވްމީ އެލޯން.” ޖަންނަތު ތަންކޮޅެއް ބާރަށް ބުނެފައި އެތަނުން ދުރަށް ޖެހިލި އެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަން ހުރެލާފައި އަނެއްފަރާތައް އެނބުރި ގޮނޑުދޮށާ ދިމާއަށް ދުއްވައި ގަތެވެ. އަބްޔާން ފަހަތުން ނޫރު ވެސް ދުއްވައި ގަތެވެ.

ޖަންނަތު ކައިރިއަށް ސާރާ އައިސް ހުއްޓި ޖަންނަތު ކޮނޑުގައި އަތްޖައްސާލި އެވެ. ޖަންނަތު ސާރާއަށް ބަލައިލާފައި ޖަންނަތުއަށް ރޯން ފެށުނެވެ. އަދި ސާރާ ގައިގައި ބައްދާލެވުނެވެ. އަހްޔާންއާއި ޒައިދާންއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި އެއްޗެއް ނުބުނެ އެތާ ތިއްބެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(12 ވަނަ ބައި)

Next

ހީލާފާނުދޭ ލޯބިވާ… (3 ވަނަބައި)

Next
May 25, 2016

ހީލާފާނުދޭ ލޯބިވާ… (3 ވަނަބައި)

Previews
May 24, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(12 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

13 Comments!

  1. Maree says:
    May 25, 2016 at 8:53 am

    Alheyyy….don’t hurt jahnaa.abhi hadha gohey.. Thaanaaa I hate u..vvvv reethi mi part vs…keep it up…thanks…dhigu koh up koh dhynyma

  2. Appy says:
    May 25, 2016 at 9:03 am

    Aby aa yaanu aa change kohlaaa thanaa gandah neyngey gothah …..janna vx aby kamah rulhi aixfa hutta dhn ingeyniyyo e ee yaanu kan thanaa aa ehkn e ulheny

  3. Aphy says:
    May 25, 2016 at 9:09 am

    Alhey haadha reethi vaahakekey…janna nd aby ingey…nt thanaa…nxt part ah waitting..,

  4. Shaai says:
    May 25, 2016 at 9:13 am

    V foohi dhen abadhu thanaa yah dhoodhigen Janna akah ves nuhure veyne dhw…

  5. Shinaa says:
    May 25, 2016 at 10:14 am

    Aan mihaaru eba ragalhuvey… Janna madun hunnaane kameh neith. Thi abee eh kairin break up vegen gos ehen meehaka indhey.

  6. aff says:
    May 25, 2016 at 10:35 am

    varugadha thanaa ekey mee.. story reethi.. ☺☺☺

  7. Faathun says:
    May 25, 2016 at 1:09 pm

    Alhe abee and janna gulhuwahchey please..

  8. Faathima says:
    May 25, 2016 at 2:13 pm

    Dhn plxxxx anehbai avahah upload kohdheyyba … Upload kuraaleii haadha slowww eyyy … V v v v reeethi mi vaahaaka js love it …

  9. Elsa says:
    May 25, 2016 at 5:16 pm

    Jannah and aby gulhuwachey varah reethi mi bai

  10. ny says:
    May 25, 2016 at 5:34 pm

    V v v reethi.ny a heevany dhn Jana gulhaanan v zaidaa eyrun v v reethivaane

  11. elsa says:
    May 25, 2016 at 8:21 pm

    Vara Nala vaahaka

  12. ssss says:
    May 26, 2016 at 9:17 am

    Janna aa zaidhaan emme salhi vaany

  13. Sana says:
    May 30, 2016 at 2:05 pm

    Ehen ulheytha ehenmeee dheke loabivaairu ..ehaa close koh ..thaakun rhaaku nujehe..vosnaaleema ves ingeyne DW dheravaanekan gf ahaairu

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 22 ވަނަ ބައި←


All Right Reserved!