Skip to content
އެސްފިޔަ

ތަޤުދީރު – 30

Listen to this story Audio · 15:55 Powered by Esfiya Voice
0:00 15:55

ގޮނޑިބަރީގައި ނިދިޖެހިފައި އިން ޔުވާން އަށް ހޭވެރިކަންވީ  އައިސީޔޫގެ ދޮރު ހުޅުވުނު އަޑަށެވެ. ހެނދުނު ޑިއުޓީއަށް ނަރުހުންނާއި ޑޮކްޓަރުން އައިސް އައިސީޔޫއަށް ވަންނަ އަޑެވެ. ޔުވާން މޫނުގައި އަތް ހާކާލަމުން މޯޅިއަކަށް ދެމިލައި އާފުރިލަމުން ދެކޮޅަށް ބަލާލިއިރު ކައިރީ އިން ގޮނޑީގައި ލިއަމްވެސް އިނީ ނިދިފައެވެ. ޖެހިގެން ހުރި ގޮނޑިބަރީގައި އަޒާން އިނީ ދެ ކަކުލުގައި އަތް ވިދެލައިގެން އިސްޖެހިފައެވެ.

”ބްރޯ ނުވެސް ނިދަންތަ؟“ ޔުވާން ގޮސް އަޒާން ކޮނޑުގައި އަތް ބާއްވާލިއެވެ. އަޒާން އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އެ އިންގޮތަށް އިނީއެވެ. އޭރު ގަޑިން 7:30 ވެއްޖެއެވެ. ޔުވާން އައިސް އަނެއްކާވެސް ގޮނޑީގައި އިށީނެވެ.

”ދޮންބޭ!“ އަޑުއައި ދިމާއަށް އަޒާންއަށް ބަލާލެވުނެވެ. ހިނިތުންވެލައިގެން ޔަލްވީއާއި މަހީރް ގާތުގައި ހުރީ ހައިކާއެވެ. އަޒާން އައިސް ހައިކާ ގައިގާ ބައްދާލިއެވެ. ހީވީ އެހިތުގައިވާ ޝުއޫރުތައް ހިފަހައްޓަން ދަތިވެފައި ހުރިހެނެވެ. އެކަން ދެނެގަނެ އަޒާންގެ އަތުގައި ހިފައިގެން ހައިކާ ހިނގައިގަތީ ކުޑަދޮރުތަކާ ދިމާއަށެވެ.

”ހައި ކީއްކުރަނީ މިތާގަ؟ ކާކު އާ އެކީ އައީ؟ ދޮންބެއަށް ގުޅާލިނަމަ އޭރުން ބަލާދިޔައީމުސް“ އެއް ނޭވައިން ޔުވާން ސުވާލުތައް އަމުނާލިއެވެ.

”ދޮންބޭ ކާމް ޑައުން…..ހައި މިއައީ ހައިގެ ބެސްޓްފްރެންޑް ކައިރިއަށް…..އާޔޫ އެހާ ޙާލުގައި އޮތްކަން އެނގުމުން ކެތް ނުވީ…..އެހެންވެ  ޔަލްވީއަށް މެސެޖް ކުރީ އިންސްޓާއިން…..ސިންސް އައި ޑޯންޓް ހޭވް ހާ ކޮންޓެކްޓް…..އެމީހުން ހެނދުނު އަންނަ ވާހަކަ ބުނީމަ ހައި ބުނީ ހައި ގޮވައިގެން ދާން…..މިހާ ހެނދުނާ ނުވާނެއެއްނު ދޮންބެއަށް ވެސް އުނދަގޫ ކުރަން“ ހައިކާ ހިނިތުންވެލިއެވެ.

”ހައު އާ ޔޫ ދޮންބޭ….އައިނޯ ޔޫ ލައިކް ހާ ސޯ މަޗް….ވަރަށް ހާޓްވެފަ ކަން ވެސް އެނގޭ ތިހުރީ…..ދޮންބެ އެކަމް ނުވެސް ކައި ދޯ ތިހުރީ….. އެނގޭ ނުކާނެކަން….އިއްޔެވެސް އެވަރަށް ގުޅީ ދޮންބެ އޯކޭ ތޯ ބަލަންވެގެން…. ޔޫ ހޭވް ޓު ބީ ސްޓްރޯންގް ފޯ ހާ….އޭރުން އެއްނު އާޔޫ ކައިރީ ހުރެވޭނީ ވެސް“ ހައިކާ ހުރީ އަޒާންގެ ހާލަތު ފެނި ދެރަވެފައެވެ. އަޒާން އެކޭ މިލާފައި ހުރި ގަހެކޭ ތަފާތެއް ނެތެވެ. އެއްވެސް އަސަރެއް އެމޫނުމަތީގައި ނެތްއިރު މޫނުގެ ކުލަވެސް އެއްކޮށް އޮއްސިފައިވާ ކަހަލައެވެ.

”ހައި…..ދެން ކިހިނެއް ހަދާނީ…. އައި ކުޑުންޓް ޕްރޮޓެކްޓް ހާ….އަމް ސަޗް އަ ބޭޑް ޕާސަން ދޯ….އަހަރެންނަށް ލޯބިނުވެވުނު ނަމަ މިހެން ނުވީސް….އަމް ސަޗް އަ ބޭޑް ލަކް…..އެމް އައި ކާރސްޑް؟ އައި ވޯޒް ސޯ ކެއާފުލް ޓު ނޮޓް ފޯލް އިން ލަވް….ދެރަގޮތެއް ވެދާނެކަމުގެ ބިރު އަބަދުވެސް އޮވޭ….އެންޑް ލުކް ވަޓް ހެޕެންޑް….އަހަންނާ ހެދި ޝީ އިޒް ސަފަރިން…. އައި ހޭޓް ދިސް…..އަހަންނާ ހެދި ހައި ވެސް….“ އަޒާން ބުނަން އުޅުނު އެތި ހުއްޓުވީ ހައިކާ އަތުގެ އިޝާރާތުންނެވެ. ކުރިއަށް އެންމެ ލަފްޒެއްވެސް ބުނުން މަނާކުރިއެވެ.

”ދޮންބޭ… ވައި އާޔޫ ބްލޭމިން އެވްރީތިން އޮން ޔޯ ސެލްފް….ދޮންބެ ތީ އެކްސިޑެންޓް ވިއިރު އެތާގައި ހުރި މީހެއްވެސް ނޫން….އެންޑް ނޯ ޔޫ އާ ނޮޓް ކާރސްޑް….. އެކަހަލަ އެއްޗެހި ކިޔާކަށް ވެސް ނުވާނެ…. އެކަލާނގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ވާނީ….. ވަޓް ހެޕެންޑް ޓު އާޔޫ ވޯޒް ނޮޓް ޔޯ ފޯލްޓް…. ތަޤްދީރުގެ ނިޔާ އަހަރުމެނަކަށް ބަދަލެއް ނުކުރެވޭނެ….އަހަރުމެނަށް އޮންނާނީ ދުޢާ ކޮށް އަވަސް ޝިފާއެއް ދެއްވާތޯ އެކަލާނގެ ހަޟްރަތުގައި ދެންނެވުން…..ދޮންބެ އާ ހެދި އެއް ނޫން އަހަންނަށް މިހެންވީ….ސްޓޮޕް ބްލޭމިން އިޓް އޮން ޔޯ ސެލްފް ފޯ އެވްރީތިން….. ތިންކް ޕޮޒިޓިވް ކޮށް…..ދޮންބެ އުމުރު ދުވަހު ގިލްޓީވެފަ ހުންނާކަށް އަހަރެން ނޭދެން“ ހައިކާ އަޒާން ގައިގާ ބައްދާލިއެވެ.

އަޒާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ހައިކާގެ ކޮނޑުމައްޗަށް ފޭދިގެން ދިޔައެވެ. އަޒާންއަށް ކުޑަކޮށްވެސް ލުއިވި ހެން ހީވީ ހައިކާ އާ ވާހަކަ ދައްކާލެވުމުންނެވެ. ކުޑައިރުންސުރެ އެދެމެދުގައި ވަނީ ގާތް ގުޅުމެކެވެ. އެކަކު އަނެކަކަށް ހިއްސާ ނުކުރާ ވާހަކައެއް މަދުވާނެއެވެ. އަޒާން ހަމައަކަށް އެޅުމުން ހައިކާ އާއެކު ޔުވާންމެން ގާތަށް ދިޔައެވެ.

”ދެން ތި 3 ކުދިން ދޭ ގެއަށް އަރާމް ކޮށްލަން…..ބޭބެމެން މަޑު ކުރާނަން….ރޭ ހަތަރުދަމު ތިކުދިން މިތާ ކޮޅަށް ތިބީ…..ވަރުބަލިވެސް ވާނެ އެއްނު“ އަދީލް ބޭނުންވީ އެމީހުން ގެއަށް ފޮނުވާލާށެވެ. ހަޤީޤަތުގައި އޭނާވެސް ގެއަށް ދިޔަސް ނިދޭ ގޮތެއް  ނުވިއެވެ. ދަރިފުޅު އެޙާލުގައި އޮއްވާ ނިދޭނީވެސް ކިހިނެއްހެއްޔެވެ.  ޒީނާގެ ވެސް ޙާލަކީ އެއީ އެވެ. ފަތިސް ވީއިރުވެސް ނިދޭ ގޮތެއް ނުވިއެވެ.

”ދޮންބޭ…… ޑޮކްޓަރު ރައުންޑްސް ނިންމާފަ ބުނާ އެއްޗެއް ބަލާފަ ގެއަށް ދާނަން“ ޔުވާން ބޭނުންވާ ގޮތް ބުނެލިއެވެ. އޭނާވެސް ހުރީ އަރާމް ކޮށްލަން ބޭނުން ވެފައެވެ. މުޅީ ރޭ ކޮޅަށް އިނުމުން ގައިގަ ވެސް ރިއްސައެވެ. އަނެއްކޮޅުން މެހެކްގެ ފަންސާހަކަށް މިސްކޯލު ވެސް އައިސްފައި ވެއެވެ. ފޯނު ނަގާފައި ވީގޮތް ކިޔާދިނުމުން ވެސް މެހެކް އަމުރު ކުރީ ވަގުތުން އޭނާ ގާތަށް ދާށެވެ. މެހެކް ދެކެ ކިތަންމެ ލޯބިވީ ކަމުގައި ވިޔަސް އާއިލާއަށް އެހާ ބޮޑު ކަމެއް ދިމާވެގެން އުޅޭއިރު އެމީހުން ދޫކޮށްފައި ޔުވާންއަށް ދާކަށް ނުކެރުނެވެ. އެހެންކަމުން މުޅި ރޭ ފޯނު ސައިލެންޓަށް ލާން މަޖުބޫރުވީއެވެ.

އައިސީޔޫ ދޮރުން ނުކުމެގެން އައި ޒުވާން ޑޮކްޓަރަކާއި ނަރުހަކު އައިސް އެދުނީ އާޔަތުގެ އެހީތެރިއެއް ޑޮކްޓަރުގެ ކޮޓަރިން ބައްދަލު ކޮއްލުމަށެވެ. ޔުވާން އާއެކު ޑޮކްޓަރު ކޮޓަރިއަށް ދިޔައީ އަދީލް އެވެ.

”ޕޭޝަންޓްގެ ޙާލު އިއްޔެއަށް ވުރެ މިއަދު ރަނގަޅުހެން ހީވަނީ….. މިހާރު އަޅުގަނޑުމެން މިދަނީ ކޮންމެ ގަޑިއިރަކުން ސެޑޭޝަން ދައްކުރަމުން…..މެންދުރު ފަހު ހޭ އަރަމުންދާނެ…..އިތުރަށް ގޯސް ނުވަންޏާ ވެންޓިލޭޓަރުން ނެގޭނެ…..އެއްކޮށް ހޭއެރީމަ ދެން ވަކި އެއްޗެއް ބުނެވެން އޮތީ“ އާޔަތުގެ ޙާލަތު ތަފްސީލުކޮށް ޑޮކްޓަރު ކިޔާދިނެވެ. އަދީލް އާއި ޔުވާންގެ މޫނުމަތި އުޖާލަވިއެވެ. ޑޮކްޓަރުގެ ވާހަކަ ތަކުން ކުޑަނަމަވެސް ހިތްވަރެއް ލިބިގެން ދިޔައެވެ. ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު އަދީލްއާއި ޔުވާން އެތަނުން ނުކުތީ ހިތްހަމަޖެހިފައި ތިބެއެވެ. އޭރު އާޔަތުގެ ޙާލު އެނގެން ކެތްމަދުވެފައި އެންމެން ތިއްބެވެ. ޑޮކްޓަރު ބުނިގޮތަށް އަދީލް އެމީހުނަށް ކިޔާދިނެވެ. އަޒާން ފުން ނޭވާއެއް ބޭރުކޮށްލަމުން ގޮނޑީގައި އިށީނެވެ. ހީވަނީ ނަފްސަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބުނުހެނެވެ.

ޑޮކްޓަރާއި ވާހަކަ ދެއްކުމަށްފަހު ޔުވާން ގެއަށް ދިޔައީ ފެންވަރާ ތާޒާވެލައިގެން އަރާމްކޮށްލުމަށެވެ. އަޒާން ގޮތްދޫނުކޮށް ހޮސްޕިޓަލުގައި މަޑުކުރަން ބޭނުންވީ އާޔަތު އާއި ދުރަށް ދިޔުމަށް ހިތް ނޭދޭތީއެވެ. ނަމަވެސް ހައިކާ އާއި ލިއަމްގެ އެތަކެއް އާދޭހާއެކު އެންމެފަހު އަޒާން ގެއަށް ދިޔައީ މެންދުރު ފަހު އަންނާނެ ކަމަށް ބުނެފައެވެ. ހޮސްޕިޓަލުގައި މަޑުކުރީ އަދީލްއާއި ޒީނާގެ އިތުރުން ޔަލްވީއާއި މަހީރްއެވެ. ލިއަމްވެސް ގެއަށް ދިޔައީ ކަމެއްވެއްޖެނަމަ ވަގުތުން ގުޅުމަށް ޔަލްވީގާތު ބުނެފައެވެ.

………………………………

ފެންވަރާލައިގެން އުނަގަނޑުގައި ތުވާލި އޮޅާލައިގެން ޔުވާން ފާހަނާއިން ނުކުތެވެ. ފޯނު ވައިބްރޭޓުވާ އަޑަށް ގޮސް ބެލި އިރު ގުޅަނީ މެހެކްއެވެ. ރެއިންފެށިގެން މެހެކްގެ ފޯނަށް ޖަވާބެއް ނުދެވޭކަން ޔުވާން ހަނދާންވިއެވެ. ފޯނު ނެގިއިރު ކޯލު ކެނޑިއްޖެއެވެ. އެހެންކަމުން ޔުވާން އަލުން މެހެކްއަށް ގުޅިއެވެ. މެހެކް އެކޮޅުން ޖަވާބު ދިނުމުން ސްޕީކަރަށް ލައި ފޯނު އެނދުމަތީގައި ބޭއްވީ އެއްޗެހި ލާށެވެ.

”ޔުވާން ކިހިނެއް ވެގެންތަ ތިއުޅެނީ އަހަރެން ގުޅީމަ ފޯނު ނަގާކަށް ނޭގޭތަ؟ މިހާރު 50 އަށްވުރެ ގިނަފަހަރު ގުޅިއްޖެ“ މެހެކް ހުރީ ރުޅިއައިސްފަކަން އަޑުންވެސް އެނގެއެވެ.

”ބޭބް….ބުނީމެއްނު އާޔޫ އެކްސިޑެންޓެއް ވެގެންނޭ…..ކިހިނެއް އެވަގުތު ފޯނު ނަގާނީ؟“ ޔުވާން ބެލީ މެހެކްއަށް ވިސްނަދެވޭތޯއެވެ.

”ހަމަ މިހާރު އާދޭ އަހަރެން ކައިރިއަށް…..ޔުވާން އަހަރެން ދެކެ ލޯބި ނުވަނީތަ…..އަހަރެން ދެރަ ވެފަ ހުންނަ އިރުވެސް ހިތަކަށް އެއްޗެއް ނާރާތަ؟“ މެހެކްގެ އަޑު ބާރެވެ.

”އޯކޭ ގިވްމީ 10 މިނެޓްސް….މިދަނީ“ ވަރުބަލިވެފައި ހުއްޓަސް ޔުވާންއަށް މުހިންމުވީ މެހެކް ހަމައަކަށް އެޅުވުމެވެ.

މީހުން އޮފީސްތަކަށް ދާން ނުކުމެ އުޅޭ ގަޑިއަށް ވުމުން މަގުމަތި ބާރުބޮޑުވާނެކަން އެނގޭތީ ޔުވާން ދިޔައީ ސައިކަލުގައެވެ. މެހެކްމެންގެ ގޭގެ ކުރިމަތީ ސައިކަލު ޕާކުކޮށް އެތެރެއަށް ވަނީ ގޭގައި ގެންގުޅޭ މަސައްކަތު މީހަކު ދޮރު ހުޅުވުމުންނެވެ. ޔުވާން އެގެއަށް އައި މީ ދެވަނަ ފަހަރެވެ. ފުރަތަމަ އައީ މެހެކްގެ ބައްޕައާއި ބައްދަލު ކުރާށެވެ. ލިއަމްއާއެކު އެހާދުވަހު އުޅުނު އިރުވެސް އެގެއަށް ދެވިފައެއް ނެތެވެ. އަބަދުވެސް މަޖާކޮށް ވަގުތު ހޭދަކޮށްލުމަށް ދަނީ ޔުވާންގެ ގެއަށް ނޫނީ އަޒާންގެ އެޕާޓްމެންޓަށެވެ. މަސައްކަތު މީހާ ދެއްކި ކޮޓަރީގައި ޔުވާން ޓަކި ދިނެވެ. އިރުކޮޅެއްފަހުން ދޮރު ހުޅުވީ މެހެކްއެވެ. ޔުވާން އެތެރެއަށް ވަނުމުން މެހެކް ދޮރު ލައްޕާ ތަޅުލިއެވެ.

”ކީއްކުރަން ތަޅުލީ؟ ބައްޕަ ކީކޭ ހީކުރާނީ ދެން“ މެހެކް ތަޅުލުމުން ޔުވާން ކަންބޮޑުވިއެވެ.

”ބައްޕަ ނުބެހޭނެ އަހަރެން އުޅޭގޮތަކާ….އެހެންނޫނަސް ކޮބާ މައްސަލައަކީ؟ ބައްޕަ ރުޅި އައިސްފާނެތީތަ އަދިވެސް ތިއުޅެނީ….އަހަރެން ރުޅި އައިސްފާނެތީ އެއްޗެއް ހިތަކަށް ނާރާތަ؟“ މެހެކް ގޮސް އެނދުގައި އިށީނެވެ.

”ލުކް ބޭބް….ބުނިން ދޯ ސޮރީ އޭ….އެކަހަލަ ވަގުތަކު ކިހިނެއް އަހަރެން އަންނާނީ…..އާޔޫ އޮތީ ވަރަށް ހާލު ދެރަކޮށް….ފެމެލީ އެންމެންވެސް ވަރަށް ހާސްވެގެން އުޅެނީ…..އަނެއްކާ އެކަހަލަ ދަނޑިވަޅެއްގަ ފެމެލީއަށް ބޭނުންވާނެ ދޯ އަހަރެންގެ ސަޕޯޓްވެސް…. އިގްނޯ ކުރާކަށް ނޫނޭ ފޯނު ނުނެގީ….އައި ވޯޒް ނޮޓް ވެލް އެގަޑީގަ“ ރީތިވާ މޭޒު ކައިރީ ހުރި ގޮނޑި ހިފައިގެން އައިސް ޔުވާން މެހެކް ކުރިމަތީ އިށީނެވެ. އަދި މެހެކްގެ ދެއަތުގައި ހިފާލިއެވެ.

”އާޔަތު….އާޔަތު….އާޔަތު…އެންމެން ދެން ވަރަށް އާޔަތު ވެފަ…އެންޏާދެން ޔަލްވީ ވެފަ….ކިހިނެއް ވެފަތަ ޔުވާން ތިހުންނަނީ؟ ނުވިސްނެނީތަ އެމީހުނަށް ޔުވާން މުހިންމެއް ނޫންކަން؟…. ޤަބޫލު ނުކުރެވެނީތަ އަހަރެން ދައްކާ ވާހަކަ؟……ވިސްނާލަބަލަ ޔުވާންގެ ކައިވެނި ލަސްކުރީ ފެމެލީ އަށް ދެރަ ގޮތެއް ވެގެންނޭ ކިޔާފަ….އެކަމް ބަލާބަ ޔަލްވީގެ ކައިވެނި ފިކްސް ކުރަން އެންމެން ތެޅޭވަރު….އެމީހުން ހަނދާންނެތުނީތަ ޔުވާންގެ ކައިވެނި މަތިން؟ އެވާހަކަ ނުވެސް ދައްކާ މިހާރު….. އެވަރުގެ ބަޔަކާ މޮޔަވެގެން ތިއުޅެނީ“ މެހެކް ހުރީ ރުޅިއައިސް ރަތްވެފައެވެ.

”މެހެކް!! ދެޓްސް ޓޫ މަޗް….މިހާރު މާ މައްޗަށް ތިދަނީ…އަހަރެންގެ ފެމެލީއޭ ކިޔައިގެން އެއްޗެހި ނުކިޔާތި“ ޔުވާންގެ އަޑު ބާރުވެލިއެވެ.

”ސީ…މިހާރުވެސް ތިހުރީ ބްރެއިން ވޮޝްވެފަ ހުރިވަރު….އަހަރެންދެކެވެސް ޔުވާން ފޫހިވެފަ ތިހުރީ….ޔަލްވީގެ ކަންތަކޭމީ…..އޭނަ ޔުވާންގެ ވިސްނުމާ އެކުޅެނީ“ މެހެކް ވެސް ހަޅޭއްލަވަން ފެށިއެވެ.

ޔުވާން ބޮލުގައި ހިފަހައްޓާލީ ކެތްނުކުރެވިގެންނެވެ. ވަމުންދާ ކަންތައް އޭނާ އަށްވެސް ފެނެއެވެ. އާއެކެވެ. މެހެކް އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އާއިލާ އެންމެން ވެސް ޔުވާންގެ ކަންކަމުގައި ފަރުވާ ކުޑަކުރަނީއެވެ. ޔުވާންގެ ކައިވެނި ވެސް އެންމެފަހުން ފަސްކުރަން މަޖުބޫރު ކުރީއެވެ. ޔަލްވީގެ ކައިވެނީގެ ވާހަކަ ދެއްކުމުން އެންމެންވެސް އެކަމާ ޤަބޫލުވި ގޮތް ޔުވާންގެ ހަނދާނަށް އައެވެ. މެހެކް އާއި ޔުވާން ދުރު ކުރުމަށް ޔަލްވީ ވާހަކަތަކެއް ހަދައިގެން ވެސް ދައްކައިފިއެވެ. މެހެކް ކިތަންމެ ރުޅި ގަދަ ވިއަސް މީހަކަށް ދެރައެއް ނުދޭނެކަން ޔުވާންއަށް ވެސް އެނގެއެވެ. އޭނާގެ އުފާތަކަށް ހުރަސް އަޅަން މަސައްކަތް ކުރަނީއެވެ. ޔުވާން ދެއަތުން މޫނު ފޮރުވާލިއެވެ.

”ލުކް ބޭބީ….އައި ރިއަލީ ލަވް ޔޫ….އަބަދު މިހެން މި ކިޔެނީ ވެސް ލޯބިވާތީ….ކެއާ ކުރެވޭތީ….އަހަރެން ވަރަށް ވިސްނަން ޔުވާން އާ ދޭތެރޭ…. އެހެންވެ މިކަހަލަ އެއްޗެހި މިބުނަނީވެސް….ކޮންމެހެން ޔުވާންގެ ފެމެލީއާ ދުރު ކުރާކަށް ނޫން….އަމް ސޯ ސޮރީ ރުޅި އާދެވުނީމަ“ މެހެކްގެ ދެލޯ ފެންކަޅި ވިއެވެ.

”ނޯ ބޭބް…ދެން ނުރޮއެ…. އަމް ސޮރީ ޓޫ….ބާރަށް ވާހަކަ ދެއްކުނީ….ދެން އެހެން ނުވާނެ…. އައި ނޯ ޔޫ ރިއަލީ ކެއާ އެބައުޓް މީ….އައި ލަވް ޔޫ ޓޫ“ ޔުވާން މެހެކް ގައިގަ ބައްދާލިއެވެ. މެހެކް ލޯ ކައިރި ފޮހެލަމުން ޔުވާންގެ މޭގައި ލައްވެލިއެވެ. މެހެކްގެ ތުންފަތުގައިވީ ވިހަ ހިނިތުން ވުމެކެވެ. އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

………………………….

މެންދުރުގެ ހޫނު ވަގުތެވެ. އަޒާން ސައިކަލުގައި މިސްރާބު ޖެހީ ހުޅުމާލެއަށެވެ. އެންމެންގެ ބުނުމަށް ހެނދުނު ގެއަށް އަޔަސް އަޒާންއަށް ލޮލުފިޔަވެސް ޖަހާނުލެވުނެވެ. އާޔަތު އެހާލުގައި އޮއްވާ އޭނާއަށް އަރާމްކޮށް ނިދޭނީ ކިހިނެއް ހެއްޔެވެ. ހައިކާގެ އެތައް އާދޭހަކުން ކާން އެއްބަސް ވިއިރު އަރުތެރެއިން ދިރުނީ ދެތިން ބަތް ސުވާއެވެ. އަޒާން ކާ ހިތްވެސް ނުވަނީއެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ އާޔަތު އާއި ބައްދަލު ވާނެ އިރަކަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫ ވެއިޓިން އޭރިއާއަށް އަޒާން ގޮސް ވަނެވެ. އަޒާން ވަނުމާއެކުހެން މަހީރް ހިނިތުން ވެލައިގެން ހުރެ އަޒާން ގާތަށް އައެވެ.

”ޒާންބޭ….އާޔޫ ހޭއަރައިފި…ޑޮކްޓާރ ބަލާފަ ރޫމް އަށް ޗޭންޖް ކުރަން އެބައުޅޭ“ ހެވިފައިހުރެ މަހީރް ބުންޏެވެ.

ފުރަތަމަވެސް އަޒާން  الله އަށް ހަމްދު ކުރިއެވެ. އަދި މަހީރްއަށް ހިނިތުން ވުމެއް ދިނެވެ. އޭރު ޔަލްވީއާއެކު ލިއަމް އައިސް އެތަނަށް ވަންނަނީއެވެ. އާޔަތުއަށް ބޭނުންވާނެ ބައެއް ތަކެތި ގެއިން ހިފައިގެން ޔަލްވީ އައެވެ.

”ކޮބާ ޔުވާން؟“ އަޒާން އެހީ ލިއަމް ގާތުގައެވެ.

”ނޭގެ ފޯނެއް ނުނަގާ އަހަރެން ވަރަށް ގުޅިން އާޔަތު ހޭ އެރި ޙަބަރު ދޭން….އެގެއަށް ގޮސްފަ މިއައީ ނެތް ރޫމް އަކުވެސް“ ލިއަމް ބުންޏެވެ.

އިންތިޒާރު ކުރާތާ 20 ވަރަކަށް މިނެޓް ފަހުން ނަރުސް ކުއްޖަކު ނުކުމެ ބުނީ އާޔަތު ކޮޓަރިއަކަށް ބަދަލު ކުރަން ތައްޔާރުވި ވާހަކައެވެ. އެންމެން އައިސީޔޫ ދޮރުމަތީގައި މަޑުކޮއްލީ އާޔަތު ނެރޭ ވަގުތު ބައްދަލު ކޮއްލާށެވެ. އަޒާން މަޑުކުރީ ދުރުގައެވެ.

އާޔަތު ބަދަލު ކުރެވުނީ ޕްރައިވެޓް ކޮޓަރިއަކަށެވެ. ބަލިމީހާ އޮންނަ އެނދާއެކު ދިގު ސޯފާއެއް ހުއްޓެވެ. އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރަން އަދި ފިޓު ނޫން ކަމަށް ޑޮކްޓަރު ބުނީ އެލް ޖޭ މެޑް ހޮސްޕިޓަލަށް ބަދަލު ކުރާ ވާހަކަ ބުނުމުންނެވެ.

އެންމެން އާޔަތު ގާތު މަޑުކޮއްލައިގެން ތިބިއިރު ފަހަރަކު މީހަކަށް އާޔަތު ބަލަމުން ދިޔައީ ދެލޯ ބޮޑުކޮއްލައިގެން އޮވެއެވެ. ޒީނާ އާޔަތުގެ ބޮލުގައި ފިރުމާލަމުން އެއީ ހޮސްޕިޓަލެއް ކަމަށް ބުނެދިނެވެ. އަދި ވީގޮތް ކުޑަކޮށް ކިޔާލަދިނެވެ.

އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒީނާ އާއި އަދީލް ގެއަށް ދިޔައީ ފެންވަރާ ތާޒާ ވެލުމަށެވެ. އާޔަތު ހަމައަކަށް އެޅުނުކަން އެނގުމުން އެންމެން ވެސް ތިބީ ހިތްހަމަ ޖެހިފައެވެ. މީރުއެއްޗެއް ކައްކައިގެން ގެނެސްދޭނެ ވާހަކަ ބުނެފައި ޒީނާ އާއި އަދީލް ގެއަށް ދިޔައީ ލިއަމް އާއެކު ކާރުގައެވެ.

”އަޒާން ތަ؟“ އާޔަތު ވަށައިގެން ހޯދަންފެށުމުން ޔަލްވީއަށް ވަގުތުން އެނގުނެވެ. އާޔަތު އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އާޔަތުގެ އަތުގައި ހިފާލައިގެން މަހީރް އިނެވެ.

”އެބަ ހޯދާ“  ޔަލްވީ ކޮޓަރިން ނުކުމެ ބޭރުގައި ހުރި ގޮނޑިބަރީގައި އިން އަޒާން ގާތު ބުންޏެވެ.

އަޒާން ބޯ ޖަހާލަމުން ޔަލްވީގެ ފަހަތުން އެތެރެއަށް ވަންނަން ދިޔައެވެ. ”މިންމި ހިނގާބަ މިތާ ބޭރުގަ އިން ކެފޭއިން ކޮފީއެއް ގަންނަން….ވަރަށް ކޮފީ ބޯހިތް ވެއްޖެ“ ޔަލްވީ ބޭނުންވީ އާޔަތު އާއި އަޒާންއަށް އެކަހެރިކޮށް ވަގުތުކޮޅެއް ދޭށެވެ.

”ހެއި“ ޔަލްވީ އާއި މަހީރް ބޭރަށް ނުކުތުމުން އަޒާން އައިސް އާޔަތު ގާތު ގޮނޑިއެއްގައި އިށީނެވެ.

”ހައި“ އާޔަތު ހިނިތުން ވެލިއެވެ.

”ސްމައިލް ލުކްސް ގުޑް އޮން ޔޫ“

”އައި މިސްޑް ޔޫ ލިލީ“ އަޒާން އާޔަތުގެ ކޮލުގައި ފިރުމާލިއެވެ.

”އައި ތޯޓް…. ޔޫ ވިލް ބީ ހެޕީ އޭ….ދެޓް އެނޮއިން ގާރލް އެއް ނުހުންނާނެ އެއްނު ޔޯ ލައިފްގަ“ އާޔަތު ސަމާސާ ރާގަކަށް ބުންޏެވެ.

”ޑޯންޓް ސޭ ދެޓް އެވާ އެގެއިން….އައި ވޯޒް ސޯ ވޮރީޑް…..ޕްލީޒް ޑޯންޓް އެވާ ލީވްމީ“ އަޒާންގެ ދެލޮލުގައިވި ސީރިއަސްކަން އާޔަތުއަށް ފެނުނެވެ. އާޔަތު ހަމައެކަނި ހިނިތުންވެލީއެވެ. އެހެންޏާ ޒުވާބު ކުރާހެން ޒުވާބު ކުރާނެ ވަރެއް ނެތުމުން އާޔަތު ހިޔާރު ކުރީ ހިމޭން ކަމެވެ. ކުރީގެ އާޔަތު ނަމަ މިހާރު ޖެއްސުމަށް ދެތިން އެއްޗެއް ބުނެލާނެއެވެ.

” ކީއްކުރަން ތެދުވަން ތިއުޅެނީ…..ޔޫ ހޭވް ޓު ރެސްޓް….ތެދުވެ ހިނގާކަށް ނުވެއޭ އަދި…..ހިނގާކުޅި“ މިފަހަރު އަޒާންވެސް އާޔަތުއަށް ޖެއްސުން ކޮއްލީ އާޔަތު ހެއްވާލާށެވެ.

”ދެން އެހެންވީރު މިތަނަށް ލާންވީތަ…..އައި ހޭވް ޓޫ ޕީ“ އާޔަތު ލޯ އަޅާލިއެވެ. އަޒާން ހިނިތުންވެލަމުން އާޔަތުއަށް އެހީވާން އުޅުނެވެ.

”ކިހިނެއްވީ؟“ އާޔަތު މަޑު ޖެހުމުން އަޒާން އެހިއެވެ.

”އައި ކާންޓް…..އައި ކާންޓް މޫވް މައި ލެގްސް“ އާޔަތު ދެން ބުނިއެތިން އަޒާންގެ ހިނިތުންވުން އެއްކޮށް ފިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.