
ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 34

ދުރުގައި ހުރި އައިކަނަށް އެމަންޒަރު ވަރަށް ވެސް ރީތިކޮށް ފެނުނެވެ. ޒިވްޔާ އިޒިކިއަލާއި ދިމާއަށް މޫނު ކުނިކޮށްލި ގޮތެވެ. ލޯ އަނބުރާލި ގޮތެވެ. ހިނިތުންވުމެވެ. އައިކަންގެ ކަތުރުކަށިގަނޑު ވާންވެގެން ދިޔައެވެ. އެހެންނަމަވެސް އޭނާ މަޑުކުރީ އިޒިކިއަލް ދަންދެކަށެވެ. ހަމަ އިޒިކިއަލް ދިޔުމާއެކު އޭނާ ގޮއްސަ ޒިވްޔާ އާއި އަރާހަމަ ކުރިއެވެ. “ޔޫ ހޭވް ބީން ބިޒީ.”
========================
ޒިވްޔާ އިސްއުފުލައި އައިކަނަށް ބަލާލިއެވެ. “ވިތު؟”
“ހިމް.” އައިކަން ބަލާލީ ދުރަށް ހިނގާފައި ދިޔަ އިޒިކިއަލާއި ދިމާއަށެވެ. ޒިވްޔާ ވެސް އެދިމާއަށް ބަލާލިއެވެ. އޭރު އިޒިކިއަލް ގޮސް ލިފްޓަށް އަރަނީއެވެ. “ހީ އިޒް އެނޯއިން.”
އައިކަން ހަށަން ބަނދެލިއެވެ. “އަހަރެން ޒިވްޔާއަށް އެނޯއި ކުރާތާ މިހާރު އެތައް މަހެއް ވެއްޖެ.”
“ހުމް.”
“ސޯ ވައި އިޒް ހީ ދި އޮންލީވަން ހޫ ގެޓްސް އޭން އައި ރޯލް؟” އައިކަން ޒިވްޔާ އާއި ދިމާއަށް ދެލޯ ހަނިކޮށްލިއެވެ. ޒިވްޔާ ހައިރާންވެފައި އެސްފިޔަ ޖަހާލިއެވެ.” ކީކޭ؟”
“ޒިވްޔާ މިހާރު އަހަރެންނާއި ދިމާއަށް ބަލާވެސް ނުލާ.”
ޒިވްޔާ އޭނާގެ އަތުގައި އޮތް ހައިލައިޓަރުގައި ބާރަށް ހިފަހައްޓާލިއެވެ. “އައި ހޭވް ވޯކް.”
“އަހަރެންވެސް.”
ޒިވްޔާ އިން ތަނުން ތެދުވިއެވެ. “އައި ހޭވް ކްލާސް.”
“ޑޯންޓް ޔޫ އޯލްވޭސް؟”
ޒިވްޔާ ކުޑަކޮށް މަޑުޖެހުނެވެ. އަދި މަޑުމަޑުން ބުނެލިއެވެ. “އާން.” އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ހިނގައިގަތެވެ. އެއާއެކު އައިކަން ފުންނޭވާއެއް ދޫކޮށްލަމުން ޒިވްޔާއަށް ގޮވިއެވެ. “ޒިވްޔާ.” ނަމަވެސް ޒިވްޔާއެއް ނުހުއްޓުނެވެ. ސަބަބަކީ އެވަގުތު ޒިވްޔާ ހުއްޓިއްޖެނަމަ އޭނާއަށް އައިކަނާއި ދިމާއަށް އެނބުރި ބަލާލެވޭނެތީއެވެ. އަދި އެހެން ވެއްޖެނަމަ އޭނާގެ ހިތަށް އައިކަނާއި ދުރުވާން އިންތިހާއަށް ދަތިވާނެތީއެވެ.
………………………
“ޕާސް!” ބާސްކެޓްބޯޅަ ކުޅެން ތިބި ޒުވާނުންގެ ތެރެއިން އެކަކު ގޮވި އަޑު އިވުނެވެ. އެއްލި ބޯޅަ ނުހިފި ގޮސް ވެއްޓުނެވެ.
“ނައިސް ވަން.”
“ޝަޓް އަޕް.” އެންމެން ހޭ އަޑު އިވުނެވެ.
ދާނިޝް ބޯޅަ ބަލައި ދުވެފައި ދިޔައެވެ. އެވަގުތު އެހެން ކުޅުންތެރިޔެއް އޭނާގެ ގައިގައި ޖެހުނެވެ. “ތަން ދައްކާ.”
“ޔުއަ ފޯލްޓް.”
“ވަޓެވާ.”
ދުރުން ޝަޔާލް އައިސް ޝަހުދަށް ފެންފުޅިއެއް އެއްލިއެވެ. “އޯއި. ކަލޭ ވާނެ ދަޅު ދޭން ޕްރެކްޓިސް ނިންމާފަ.”
“އިން ޔުއަ ޑްރީމްސް.” ޝަހުދު އެ ފެންފުޅި ހިފިއެވެ. އެއާއެކު އެތަނަށް އައި ވިޝާލް ހިނިގަނޑެއް ޖަހާލިއެވެ. “ކަވާޑް.”
………………..
ފަސްވަނަ ފްލޯއަށް ލިފްޓު ހުއްޓުމާއެކު ޒިވްޔާ ލިފްޓުން ނުކުތެވެ. އޭނާ ދަބަސް ހިފައިގެން ދަނިކޮށް ވަރަށް އަވަސް އަރުވާލާފައި އައި މީހަކު އޭނާގެ ކޮނޑުގައި ޖެހުނެވެ. މާ އަވަސް އަވަހަށެވެ. ކުއްލިއަކަށެވެ. ޒިވްޔާ ވަގުތުން ގަނޑުވި ކަހަލައެވެ. ހިނދުކޮޅަކަށް އެ ކޮރިޑޯ އަނދިރިގަނޑަކަށް ބަދަލުވިއެވެ. މީހަކު އޭނާގެ ފަހަތުގައި ހުރިހެން ހީވިއެވެ. ޒިވްޔާ އަވަސް އަވަހަށް ފަސް އެނބުރި ބަލާލިއެވެ. އަނދިރިގަނޑު އަނބުރާ ކޮރިޑޯއަށް ބަދަލުވިއެވެ.
އޭނާގެ ފަހަތުގައި ހުރީ އަންހެންކުއްޖެކެވެ. “ސޮރީ.” އެކުއްޖާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ބިންމައްޗަށް ވެއްޓިފައި އޮތް ޒިވްޔާގެ ފޮތް ދިއްކޮށްލިއެވެ. “އިޓްސް އޯކޭ. ތޭންކްސް.” ޒިވްޔާ އެފޮތުގައި ހިފާލުމުން އެކުއްޖާ ހިނިތުންވެލުމަށް ފަހު އަވަސް އަވަހަށް ގޮސް ލިފްޓަށް އެރިއެވެ.
އޭގެ ފަހުން ވެސް އިރުކޮޅެއް ވަންދެކަށް ޒިވްޔާ ހުރިގޮތަށް ހުރީއެވެ. އޭނާގެ ވިންދު ހަމައަކަށް އެޅެން ދެކަށެވެ. އެއަށްފަހު އޭނާ ހިނގައިގަތެވެ. ކުލާހާއި ދިމާއަށެވެ. ނަމަވެސް އޭނާ ހިނިތުންވެލިއެވެ. އޭނާ އަމިއްލަ މީހާ ހަމައަކަށް އަޅުވާލެވުން ގޮތާއި މެދު ވިސްނާފައެވެ. ހަރުފަތަކަށް ފަހު ހަރުފަތެކެވެ. އޭނާގެ ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައެވެ.
…………………………
ޒިވްޔާ އިނީ ކުލާހުގައެވެ. ފޮތުގައި ނޯޓު ނަގަން އިން ޒިވްޔާ ކުއްލިއަކަށް ހުއްޓުން އެރިއެވެ. އޭނާގެ ކުރިމަތީގައި އެއްކަލަ މޫނު ފެނުނުހެން ހީވިއެވެ. ހަނދާން ނުނެތެނީސް ޒިވްޔާ އަވަސް އަވަހަށް އެމޫނު ކުރަހަންފެށިއެވެ. އޭނާގެ ނޯޓުތައް މަތީގައެވެ. އޭނާއަށް މިހާރު ލެކްޗަރާގެ އަޑު ވެސް ނީވެއެވެ.
އޭނާ ކުރުހަމުން ދިޔައީ މޫނެކެވެ.
ކަތުރުކަށިގަނޑެވެ. ނޭފަތެވެ. އަނގަޔެވެ. ނަމަވެސް ލޮލާއި ހަމައަށް ދެވުމާއެކު އޭނާ ކުރެހުން ހުއްޓާލިއެވެ. އެ މޫނު ހަނދާންވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ވިސްނި ވަރަކަށް އެމޫނު އިތުރަށް ވިއްޔާވީ ފުހެވެ. ޒިވްޔާގެ ދެބުމަ ގޮށްޖެހުނެވެ. އިތުރަށް ސަމާލު ވެވޭތޯއެވެ. އޭނާގެ ސިކުނޑީގައި އެމޫނު އަދިވެސް އެބައިނެވެ. އެހެނަސް ވަރަށް ވެސް ނުސާފުކޮށެވެ. އޭރު ޒިވްޔާގެ އަތް ތުރުތުރު އަޅަމުން ދިޔަ ކަން ހުދު އޭނާއަށް ވެސް ނޭނގެއެވެ.
“ޒިވްޔާ.”
“ޒިވްޔާ؟” ދުރުދުރުން މީހަކު ގޮވާހެން ހީވިއެވެ.
“ޒިވްޔާ އަޒްހިރް!” ޒިވްޔާ ސިހުނީ ލެކްޗަރާގެ އަޑު ފުދޭވަރަކަށް ބާރަށް އިވުމުންނެވެ. “ޔެސް، ސަރ؟”
“އެވްރީތިން އޯކޭ؟”
“ޔެސް.” ޒިވްޔާ އަވަށް އަވަހަށް ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ސިކުނޑިން އޭނާ އާއި ދިމާއަށް ބުނަންފެށި ކަހަލައެވެ. ‘ދޮގު. ދޮގު. ދޮގު! ދޮގު!! ހުސް ދޮގު!!!!’
ކްލާސް ނިމުމާއެކު ކުދިންތައް އަވަސް އަވަހަށް ނުކުންނަން ފެށިއެވެ. ޒިވްޔާ ލަސްލަހުން ޕެކް ކުރަމުން ދިޔައީ ކިޔަވާ ކުދިންގެ ބައިބޯ ކަން ކުޑަކޮށް މައިތިރި ވުމުން ނުކުންނަންށެވެ. އިރުކޮޅެއް ފަހުން ޒިވްޔާ ނުކުތެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރެއެވެ. ހިނގާފައި ދިޔަ ޒިވްޔާގެ ފިޔަވަޅުތައް މަޑުޖެހުނީ ފާރުގައި ލެނގިލައިގެން، ފޯނާއި ކުޅެން ހުރި ޒުވާނާ ފެނިފައެވެ. ދާނިޝެވެ.
އޭނާ ހުއްޓިގެން ހުރި ގޮތެވެ. އަރިމަތިން ބަލާއިރު ޖަހާ ވައްތަރެވެ. ފޯނު ޖީބަށްލީ ގޮތެވެ. އޭނާގެ ސިކުނޑި ބުނަންފެށިއެވެ. މިއީ އޭނާއަށް ކުރިން ފެނިފައި ވާ މަންޒަރެކެވެ. ޒިވްޔާގެ ނޭވާ ތާށިވާހެން ހީވިއެވެ. އޭނާގެ ދެލޯ ކުރިމަތީގައި މަންޒަރެއް ފެނުން ކަހަލައެވެ. މީހެއްގެ ކޮނޑެވެ. އެނބުރި ޒިވްޔާއަށް ފުރަގަސް ދިން ގޮތެވެ. ބޯ އަރިކޮށްލާފައި އެނބުރި ބަލާލިގޮތެވެ.
ދާނިޝް އިސްއުފުލައި ޒިވްޔާއަށް ބަލާލިއެވެ. ޒިވްޔާގެ ދެލޯ އަމާޒުވެފައި ވަނީ އޭނާއަށް ކަން އެނގުމުން ތުންފަތްމަތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. “ޔޫ އޯކޭ؟”
ޒިވްޔާއަށް އޭނާގެ ހަނދާންތަކުން ބޭރުވެވުނެވެ. ހީވީ މީހަކު އޭނާގެ ގައިގައި އަޅާ ކޮށްޕާލީހެނެވެ. ހަނދާންތަކުން ބޭރަށެވެ. ދާނިޝްގެ އަޑު އިވިފައި ޒިވްޔާގެ ބަނޑު ތެރެއަށް ގޮތެއް ވިއެވެ. ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެކަން ދާނިޝަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. ދާނިޝް އޭނާގެ ހަށިގަނޑު ސީދާކޮށްލަމުން ފާރާއި ދުރަށް ޖެހިލިއެވެ. އަދި އެއްކޮށް ޒިވްޔާ އާއި ދިމާއަށް އެނބުރުނެވެ.
“އައި…” ޒިވްޔާގެ ދުލުން އެއަށްވުރެ އިތުރަށް އެންމެ ބަހެއް ވެސް ބޭރެއް ނުވިއެވެ. އޭނާއަށް އަނެއްކާވެސް ފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ. ދާނިޝާއި ދުރަށެވެ. އޭނާގެ ސިކުނޑި ތެރޭގައި ރަތްކުލައިގެ ބޮއްކެއް ދިއްލިފައި ނިވޭހެން ހީވިއެވެ. ބަރުގޮނު އަޅާ ކަހަލަ އަޑެއްވެސް އިވޭހެން ހީވިއެވެ. އޭނާގެ ސިކުނޑި ގައިހުރި ބާރެއްލާފައި ދުއްވައި ގަންނާށޭ ބުނަންފެށި ކަހަލައެވެ.
ޒިވްޔާ އަވަސް އަވަހަށް ފަސް އެނބުރި ހިނގައިގަތެވެ. ގައި ހުރި ބާރެއްލާފައެވެ. އޭރު އޭނާގެ ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ. އޭނާގެ މުޅި ހަށީގަނޑު ތުރުތުރު އަޅަންފަށައިފިއެވެ.
ދާނިޝްގެ ދަތްކުނޑި ވިކިގެން ދިޔައެވެ. އޭނާ ހުރިގޮތަށް ހުރީއެވެ. ޒިވްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެނެވެ. އޭނާގެ ދެއަތް މުށްކެވިގެން ދިޔައެވެ.
“އޯއި، މޭން.” ދަންނަ އަޑެއް އިވިގެން ދާނިޝް ދިމާ އިދިކޮޅަށް ބަލާލިއެވެ. އެދިމާގައި ހުރީ ރަޒާނެވެ. “އަންނަނީތަ ތި؟” ރަޒާން އަހާލިއެވެ. ދާނިޝް އެނބުރި ޒިވްޔާ ދިޔަ ދިމާއަށް ހިނދުކޮޅަކަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ރަޒާން ހުރި ދިމާއަށް ހިނގައިގަތެވެ. “އާން. ހިނގާ ދާން.”
ދުރުގައި ހުރި ކްލާސްރޫމެއް ތެރޭގައި ހުރި އިޒިކިއަލަށް އެމަންޒަރު ފެނުނެވެ. އެއްކޮށެއް ނޫނެވެ. ނަމަވެސް ގޯހެއް އުޅޭކަން އެނގޭ ވަރަށެވެ. ޒިވްޔާ ދާނިޝާއި ދިމާއަށް ބަލާތަން އޭނާއަށް ފެނުން މީ މިހާރު ތިން ވަނަ ފަހަރެވެ. ކޮންމެ ފަހަރަކު ވެސް ޒިވްޔާގެ މޫނުމަތިން ފެންނަނީ ވަރަށް ވެސް ތަފާތު ޖަޒުބާތު ތަކެކެވެ. ބައެއް ފަހަރު ބިރެވެ. ހާސްކަމެވެ. ހައިރާން ކަމެވެ. މިހެން ގޮސް އެތައްއެތައް ޖަޒުބާތެކެވެ.
އިޒިކިއަލްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ފަހަރުގައި އެއީ އިއްތިފާގަކަށް ވެސް ވެދާނެއެވެ. ނަމަވެސް އިޒިކިއަލަށް މިކަހަކަ ކަންތައް ނުފެންނަ ކަމަށް ހަދައި އަޅާނުލާ ހުރުމަކީ މިހާރު ވާނޭ ކަމެއް ނޫނެވެ. ޒިވްޔާއަށް ހިނގާދިޔަ އެ ހާދިސާއަށް ފަހު.. އެރެއަށް ފަހު އެއީކީ އިޒިކިއަލަށް އޮޅުވާލެވޭނެ ކަމެއް ނޫނެވެ. އޭނާ ވަނީ ޒިވްޔާއަށް ހިނގާ ދިޔަ ހާދިސާގެ ހުރިހާ ކަމެއް ހޯދަން ނިންމައިފައެވެ. އެއީ މުޅި ރާއްޖެ ވަށާ އަތުފުނާ އަޅަން ޖެހުނު ކަމުގައި ވިޔަހެވެ.
އިޒިކިއަލް އޭނާގެ ފޯނު ނަގައި މީގެ އެތައް ހަފްތާއެއް ކުރިން އޭނާ ސޭވް ކޮށްފައިވާ ފޯލްޑާ ހުޅުވާލިއެވެ. އޭގައި އެކި ނޯޓު ތަކާއި ސްކްރީންޝޮޓްތައް ހުއްޓެވެ. އެކި ޗެޓް ތަކުގައެވެ. ނަންތަކެވެ. ގަނޑި ތަކެވެ. އެރޭ އެކި މީހުން ހުރި ކަމަށް ބުނާ ތަންތަނެވެ. އިޒިކިއަލް އެއިން ކޮންމެ ނޯޓަކާއި މެސެޖެއް ވަކިވަކިން ކިޔަންފެށިއެވެ. ފަހަރުގައި އޭނާއަށް އެއްޗެއް އޮޅުނީ ބާވައެވެ. ނޫނީ އޭނާއަށް ފާހަގަ ނުވާ ކަމެއް އިނީ ބާވައެވެ.
އޭނާ ހުއްޓާލީ ދާނިޝްގެ ނަން ފެނުނު ހިސާބުންނެވެ. އަދި ވަރަށް އަވަހަށް އެބައިގައި ހުރި މައުލޫމާތުތައް ކިޔަން ފެށިއެވެ. އިރުކޮޅެއް ފަހުން އިޒިކިއަލް އޭނާގެ ފޯނު ލައްޕާލިއެވެ. އަދި މަޑުމަޑުން އަމިއްލަ ނަފްސަށް ބުނެލިއެވެ. “ނޯ ކޮންކްލޫޝަންސް. ނޮޓް ޔެޓް.”
………………….
އިޒިކިއަލް އަނބުރާ ބާސްކެޓްބޯޅަ ކޯޓަށް ދިޔައިރު ޕްރެކްޓިސް ފަށައިފިއެވެ. އެހެންކަމުން އިޒިކިއަލް ބެންޗުގައި އިށީނދެލައިގެން އިނީއެވެ. އޭނާގެ ލޯ އަމާޒުވެފައި ވަނީ ދާނިޝް އަށެވެ. “މިކޮޅަށް!” ކުޅުންތެރިޔަކު ގޮވާލިއެވެ. ނަމަވެސް އެއްލި ބޯޅަ މިސްވީއެވެ. އެއާއެކު ހުރިހާ ޒުވާނުން އެއްފަހަރާ ގޮވައިގަތެވެ. “ޝަހުދްދްދް!!!”
ވިޝާލް އައިގޮތަށް އައިސް ޝަހުދުގެ ބޮލުގައި ޖަހާލިއެވެ. “ސްޓޮޕް ޑޭޑްރީމިން.”
އައިމް ލިޓެރަލީ ޕްލެއިން!” ޝަހުދު ބޮޑާ ހާކާ ރާގަކަށް ބުނެލިއެވެ.
“ކިރިޔާ.” ދާނިޝް މޫނުމައްޗަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ޝަހުދުއަށް އެކަނި އަޑުއިވޭނޭ ވަރަށެވެ. ޝަހުދު އެނބުރި ދާނިޝަށް ބަލައިލިއެވެ. “އައިމް ޓްރައިން، އޯކޭ؟”
……………….
އެދުވަހުގެ ހަވީރުގެ ވަގުތެވެ. ޒިވްޔާ އޭނާގެ އެނދުމަތީގައި އިށީނދެލައިގެން އިނެވެ. އަތުގައި އޮތީ ނޯޓުފޮތެކެވެ. އޭނާ އިނީ އެޞަފްޙާއަށް ބަލަހައްޓައިގެނެވެ. ޒިވްޔާ ބެލި ވަރަކަށް އޭގައި ކުރަހާފައިވާ ދެލޯ ނެތް މޫނު ވެސް އަނބުރާ އޭނާ އާއި ދިމާއަށް ބަލާހެން ހީވިއެވެ.
ޒިވްޔާ އޭނާގެ ދެލޯ މަރާލިއެވެ. އެމޫނު ފެނޭތޯއެވެ. އަދި އަވަސް އަވަހަށް ލޯ ހުޅުވާލުމަށް ފަހު އެއްލޯ ކުރުހާލިއެވެ. އޭނާގެ އަތް މަޑުޖެހުނެވެ. މީހަކު އޭނާގެ ހިތުގައި ހިފާ ފިއްތާލިހެން ހީވިއެވެ. އޭނާގެ ސިކުނޑީގެ ތެރޭގައި މީހެއްގެ އަޑު އިވޭހެން ހީވިއެވެ. ކިޔާ އެއްޗެއް ސާފެއް ނުވިއެވެ. ނަމަވެސް އެ އަޑު.. އެއީ އޭނާ ދަންނަ އަޑެކެވެ. ކުއްލިއަކަށް އެއަޑުގެ ތެރެއަށް އެއްކަލަ ރިންގްޓޯންގެ އަޑު ފޭދެން ފެށިއެވެ. ދެއަޑު އެއްވާހެން ހީވިއެވެ. ޒިވްޔާގެ އަތުން އޭނާގެ ގަލަން ދޫވިއެވެ. ގަލަން އެނބުރެމުން ގޮސް ވެއްޓުނީ ބިންމައްޗަށެވެ. ނަމަވެސް އެ ގަލަން ނަގާކަށް ޒިވްޔާއެއް ނޫޅުނެވެ.
އޭގެ ބަދަލުގައި އޭނާގެ ދެލޯ ހުއްޓިފައިވަނީ އޭނާގެ ނުނިމި އޮތް ކުރެހުމަށެވެ. އެމޫނަށެވެ. ފުރަތަމަ ފަހަރަށް އެރޭގެ ހަނދާން ނުވުމަށް ވުރެ ބޮޑު ބިރެއް ޒިވްޔާގެ ހިތުގައި އުފެދުނެވެ. ހަނދަންވުމެވެ. އާއެކެވެ. އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން އެއިން މޫނު ފެނިފައި އޭނާ އެންމެ ބިރުގަތީ އޭނާގެ ހަނދާންތައް އަންނަން ފެށީތީއެވެ. ސަބަބަކީ އެއީ އޭނާ ދަންނަ މޫނަކަށް ވާތީއެވެ. ޒިވްޔާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
……………………………..
ޒިވްޔާ ލައިބްރަރީގައި އިނީ ކުރަހާށެވެ. އޭނާގެ މޫނު ފޮތާއި އެހާ ކައިރިކޮށްގެން އިނދެ، ފަންސޫރުގައި އެހާމެ ބާރަށް ހިފަހައްޓައިގެން އިނދެ ކުރަހަމުން ދިޔައިރު އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ ކުރަހާ ކުރަހާ ގޮސް އަތުގެ ހުޅުގައި އަޅަމުން ދިޔަ ވޭން ވެސް އޭނާއަށް އިހުސާސް ނުވާ ކަހަލައެވެ.
އެވަގުތު އެތަނަށް ވަދެގެން އައި އައިކަނަށް ޒިވްޔާ ފެނުނީ ހަމަ ކިރިޔާއެވެ. އޭނާ ޒިވްޔާގެ ފަހަރުގައި ހުއްޓުނީ ޒިވްޔާގެ އަތުގައި އިން ފަންސޫރު ފެނިފައެވެ. އަވަސް އަވަހަށް ކުރަހަމުން ދިޔަ ޒިވްޔާ ފެނިފައި އައިކަން ހައިރާންވިއެވެ. ޒިވްޔާ ކުރަހަން ފެށީ ކޮންއިރަކު ހެއްޔެވެ؟ އައިކަން ޒިވްޔާގެ ކޮނޑުމަތިން ބޯދިއްކޮށްލިއެވެ.
“ކީއްތަ ތިކުރަނީ؟”
ސިހިފައި ޒިވްޔާ އަވަސް އަވަހަށް އޭނާ ކުރަހަން އިން ޞަފްހާ މަތީގައި އަތް އެޅިއެވެ. “ކަމެއް ނުކުރަން.” އައިކަން ޒިވްޔާ އާއި ދިމާއަށް އެއްބުމަ އަރުވާލިއެވެ. “ދެޓް ލުކްޑް ލައިކް ސަމްތިން.”
“އިޓް އިޒްންޓް.”
އައިކަން އަނެއްކާވެސް ބަލާލަން އުޅުނެވެ. ޒިވްޔާ އަވަސް އަވަހަށް އެ ފޮތް ލައްޕާލައި އައިކަނާއި ދުރަށް ޖައްސާލިއެވެ. “އެއްޗެއް ފޮރުވަނީތަ ތި؟” ޒިވްޔާ ބޯ ހޫރާލިއެވެ. “ނޫން.”
“ޔޫ މައި ލިޓްލް ޑަރލިން އާ އެ ޓެރިބަލް ލަޔާ.” އައިކަން އެހެން ބުނެލީ ވަރަށް ވެސް މަޑުމަޑުންނެވެ. އެއަޑުން ޒިވްޔާގެ ގައިން ހީބިހި ނަގައިގަތެވެ. “އެން ޔޫ އާ އެނޯއިން އޭޒް ހެލް.” ޒިވްޔާ ދަތްކުނޑި ވިކާލަމުން އައިކަނާއި ދިމާއަށް އެނބުރުނެވެ.
އައިކަންގެ މޫނުމަތި ވަގުތުން އަލިވެގެން ދިޔައެވެ. އެތައް ދުވަސްތަކެއް ފަހުން އޭނާއަށް ކުރީގެ ޒިވްޔާ ފެނުނީއެވެ. “ފައިނަލީ.” އޭނާއަށް އެހެން ބުނެވުނުއިރު އޭނާގެ ތުންފަތްމައްޗަށް ނިކަން ފިރިހެންވަންތަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒިވްޔާ ވަގުތުން ދުރަށް ބަލާލިއެވެ.
==========================
މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދުކުރަން.
ޝައިމްސް.
Comments (3)
Comments are closed.
Whhoa. What a plot twist. Didn’t see it coming at all
This is really nice. I like how the story is being paced. Really liked this episode. Can’t wait for the next🤎
Bruh dhaanish knew everything this whole time and was pretending? I hope Izikial sends him to the hospital with a bloodied face or someh