Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 33

Listen to this story Audio · 13:14 Powered by Esfiya Voice
0:00 13:14

“ކަލޭ ދުށީމެއްނު އެރޭ އޭނާ އޮތް ގޮތް. މަށަށް ޔަގީން އެއިން އެންމެ ހަނދާނެއް ވެސް ސަހަލަ ނުވާނެ ކަން. ޒިވްޔާ އުޅެން ޖެހޭނީ އަދި މާ ވޭނުގަ އޭނާއަށް ހަނދާން ވެއްޖެއްޔާ.” އެޒުވާނާ އަވަސް އަވަހަށް ޖަވާބު ދިނެވެ. ވިޝާލް ވިސްނާލިއެވެ. “ހުމް.. އައި ގެސް ދެޓް މޭކްސް ސެންސް…… އެކަމަކު އޭރުން ކަލްޕްރިޓް ވިލް ބީ އައުޓް ދެއަ ސްޓިލް ދޯ. އައި ވޯންޓް ހިމް ބިހައިންޑް ދި ބާސް.” ވިޝާލް އެހެން ބުނެލިއެވެ.

އެޒުވާނާ ވިޝާލާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. “ޔެއަ، ދި ކަލްޕްރިޓް… ހީ ޝުޑް- ހީ އޮރް ޝީ.. ހުއެވާ އިޓް އިޒް ޝުޑް ޕޭ ފޯ ދި ކްރައިމް.”

==========================

 

ނިދިފައި އޮތް ޒިވްޔާގެ މުޅި މޫނުމަތިން ވަނީ އޮށް ދާ ހިއްލާ ފައެވެ. އަވަސް އަވަހަށް ނޭވާ ލަމުން ދިޔައިރު، އޭޏާގެ މުޅި ހަށިގަނޑު ދިޔައީ ރޫރޫ އަޅާމުންނެވެ. ފުން ނިދީގައި އޮވެ ދެފަރާތް ދެފަރާތަށް ބޯ ހަލުވަމުން ދިޔަ ގޮތުން އޭނާގެ ހުވަފެނުގައި އެފެންނަނީކީ ރަނގަޅު މަންޒަރެއް ނޫންކަން ޔަގީނެވެ.

އެއީ ހަމަ އެ ހުވަފެނެވެ. ނަމަވެސް އެހެން ފަހަރުތަކާއި ބަލާފައި ތަފާތެވެ. ޒިވްޔާ އޮތީ ބިންމަތީގައެވެ. އޭނާގެ ދެއަތް ބަނދެފައި ވާއިރު އެމީހާ އޭނާގެ ވަށައިގެން ހިނގަމުން ދިޔައެވެ. އެމީހާ ގުދުވެލާފައި ޒިވްޔާގެ މޫނާއި ކައިރިވެލިއެވެ. ނަމަވެސް އެމޫނު ސާފެއް ނޫނެވެ. ހީވަނީ މޫނުމައްޗަށް ފުސް ގަނޑެއް އަރާފައި ހުރި ހެނެވެ. ނަމަވެސް އެއީ އޭނާ ދަންނަ މޫނެއްހެން ހީވިއެވެ. ޒިވްޔާ އޭނާގެ ދެލޯ ހަނި ކޮށްލާފައި އެމޫނު ރަނގަޅަށް ފެނޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރި ވަރަކަށް އެމީހާގެ މޫނު އަނދިރީގެ ތެރެއަށް ގަނބައިގަންނަ ކަހަލައެވެ. އޭނާއަށް ހޭއަޑު އިވުނެވެ. ކުއްލިއަކަށް އަރިމަތިން އިތުރު މީހެއް ވެސް ފެނުނެވެ. އެމީހާގެ ވެސް މޫނު ހުރީ ނުސާފު ކޮށެވެ. އެދެމީހުން ވާހަކަ ދައްކާ މަންޒަރު ފެނުނެވެ. ނަމަވެސް ކިޔާ އެއްޗެއް ސާފެއް ނުވިއެވެ.

ޒިވްޔާ ތެޅިގަތީ ފުރަތަމަ މީހާ އައިސް ޒިވްޔާގެ ބަނޑުގައި އޭނާގެ ބޫޓުން ބާރަށް ޖެހީމައެވެ. ޒިވްޔާއަށް ހީވީ އޭނާގެ ނޭވާ އުފުރިގެން ދިޔަ ހެނެވެ.

 

ޒިވްޔާ އެނދުން ތެދުވެވުނު ލެއް އަވަސް ކަމުން ހީވީ މުޅި ދުނިޔެ އެއްކޮށް އެނބުރިގަތް ހެނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ހީވަނީ ރޯމަހެއް ތެޅޭ ހެނެވެ. އެ ހަމަހިމޭން ކޮޓަރީގައި ހިފާލީ ޒިވްޔާގެ ފުންނޭވާ ލުމުގެ އަޑެވެ. ޒިވްޔާ އޭނާގެ އެނދުގެ އަރިމަތީގައި އިށީނދެލައިގެން އިނދެ އޭނާގެ ބޮލުގައި އަތް ހިންގާލިއެވެ. އެހިނދު އޭނާގެ ދުލުން ބޭރުވި ބަސްތަކަކީ ‘އައި ނޯ ޔޫ’ އެވެ.

އެބަސްތައް ޒިވްޔާޣެ ދުލުން ބޭރުވީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް ހަޤީގަތުގައި އެއީ ކާކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް އޭނާއަށް އެއްކަމެއް ޔަގީންވިއެވެ. އޭނާއަށް އެމީހަކު މިވަގުތު ނޭނގުނަސް، އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި އެމީހެއްގެ މޫނު ވެއެވެ. ފަރުދާއެއްގެ ފަހަތުގައެވެ. ނަމަވެސް މިހާރު އޭނާގެ ސިކުނޑި އެމަސައްކަތް ކުރަނީ އެމޫނު ޒިވްޔާއަށް ހާމަ ކުރާށެވެ.

ޒިވްޔާއަށް އެހުވަފެން ފެންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ކޮންމެ ފަހަރަކު ވެސް އެމީހާގެ މޫނު ސާފުވޭތޯ މަސައްކަތް ކުރާއިރަށް އިތުރަށް ފުސްވުން ނޫންކަމެއް ނުވެއެވެ.

————-

 

ޒިވްޔާއަށް މިހާރު ކޮލެޖު ތެރޭގައިވާ އަޑުތައް އެތައް ގުނަޔަކަށް ގަދަހެން ހީވާން ފެށިއެވެ. މުޅި އިން ތެރޭގައި ގުގުމާލާފައިވަނީ އެކި މީހުން މުޢާމަލާތުކޮށް ސަކަރާތްޖަހާ އަޑުންނެވެ. ކޮންމެވެސް ދިމާއަކުން ބަޔަކު ހޭ އަޑު އިވޭނެއެވެ. އަނެއް ދިމާއަކުން ޒުވާބު ކުރާ އަޑު އިވޭނެއެވެ. ކޮންމެ މީހަކުވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދަނީއެވެ. ނަމަވެސް ޒިވްޔާއަށް އިހުސާސްވީ އޭނާއަށް ހުރެވުނީ އެއް ހިނދުކޮޅެއްގައި ތާށީވެފައި ހެނެވެ. އެހެން އެންމެން ކުރިއަށް ދާއިރު އޭނާ އެހުރީ އެރޭގެ ހާދިސާގެ ތެރޭގައި ބަންދުވެފައެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅި ފައެވެ.

މައްސަލަ އަކީ އެރޭގެ ހާދިސާވެސް އޭނާއަށް ހަނދާން ނުވާތީއެވެ. އޭނާ ވަނީ ކަޅު އަނދިރި ކޮޓަރިއެއްގައި ބަންދު ކުރެވިފައި ކަހަލައެވެ. އެހެންނަމަވެސް މިފަހަކަށް އައިސް އެކޮޓަރީގެ އެކި ދިމަދިމާއިން އަލިކޮޅުކޮޅު ފެނަން ފަށައިފިއެވެ. އެކޮޓަރީގެ ފާރުގައިވާ ކުރެހުންތައް ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ.

 

ޒިވްޔާ ސިއްސައިގެން ދިޔައީ ބަޔަކު ހަޅޭލަވައިގަތް އަޑަށެވެ. އެއަޑު އައި ދިމާއަށް ބަލާލުމުން ވެގެން އުޅޭގޮތް އެނގިގެން ދިޔައެވެ. ބާސްކެޓްބޯޅަ ކުޅެމުން ދިޔަ ޒުވާނުން އެއްލި ބޯޅައެއް އަންހެންކުއްޖެއްގެ ގައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.

ޒިވްޔާ އިންތަނުން ތެދުވެލަމުން އޭނާގެ ކޮނޑުގައި ދަބަސް އަޅުވާލިއެވެ. ދަބަހުގެ ވާގަނޑު ރަނގަޅުކޮށް ލާފައި އިސްއުފުލާލި ވަގުތު ޒިވްޔާގެ އަތްފައި ފިނވެގެން ދިޔައެވެ، އޭނާއަށް ފެނުނީ އެއްކަލަ ޒުވާނާއެވެ. އޭނާ ހުރީ ބާސްކެޓްބޯޅަ ކޯޓު ކައިރީގައި ދެތިން ޒުވާނުންނާއި ވާހަކަ ދައްކާށެވެ. ހީހީފައި ވާހަކަ ދައްކަމުން ދިޔަ ގޮތުން އެއްވެސް މައްސަލައެއް ޒިވްޔާއަކަށް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް އޭނާގެ ހިތް އޮބި ނޯވެ ތެޅެމުން ދިޔަގޮތުން އޭނާގެ ސިކުނޑީގެ ކަނަކުން ސިގްނަލް ދޭންފެށިއެވެ. އޭނާއަށް ނުފެނުނަސް ގޯހެއް އެބައުޅެއެވެ.

ޒިވްޔާއަށް ކުރެވުނުހާ ވެސް ކަމަކީ އެޒުވާނާއަށް ބަލަހައްޓައިގެން ހުރުމެވެ. އެޒުވާނާ އެހާ ދަންނަ ވައްތަރު ޖަހަނީ ކީއްވެ ހެއްޔެވެ؟ އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރިގޮތެވެ. އަޑެވެ.

“ދާނިޝް!”

ޒިވްޔާގެ ދެބުމަ ގޮށް ޖެހުނެވެ. އެޒުވާނާ ފަސްއެނބުރި އެ އަޑާއި ދިމާއަށް ބަލާޅި ގޮތް ވެސް އެއީ ޒިވްޔާއަށް ފެނިފައިވާ މަންޒަރެއް ހެން ހީވިއެވެ. “ދާނިޝް..” ޒިވްޔާއަށް އެ ނަން ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. އާއެކެވެ. އެނަން ވެސް އޭނާ ދަންނަ ނަމަކާއި ވައްތަރެވެ. އަޖާއިބެކެވެ.

 

ޒިވްޔާ އެދިމާއަށް ބަލާލި ވަގުތުވީ އެޒުވާނާ- ދާނިޝް ވެސް އިސްއުފުލައި ބަލާލި ވަގުތަށެވެ. އެހިނދު އެދެމީހުންގެ ދެލޯ ބައްދަލުވިއެވެ. ޒިވްޔާއަށް ހީވީ އޭނާގެ މޭގައި މީހަކު އެތިފަހަރެއް އަޅާލި ހެނެވެ. އޭނާގެ ލޯ ކުރިމަތީގައި ދެމީހަކު އެކަކު އަނެކަކުގެ ގައިގައި އަޅާ ކޮށްޕާ މަންޒަރު ފެނުނުހެން ހީވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެދެ ހިޔަނި ވެސް ގެއްލިއްޖެއެވެ. ޒިވްޔާ އޭނާގެ އެސްފިޔަތައް ތަޅުވާލިއެވެ. ހަމައަކަށް އެޅިލަންށެވެ. އޭރުވެސް ދާނިޝް ހުރީ ބަލަހައްޓައިގެނެވެ. ސީދާ ޒިވްޔާ އާއި ދިމާއަށެވެ. ޒިވްޔާ އަވަސް އަވަހަށް މޫނު އަނބުރާލައި ހިނގައިގަތެވެ. ދުރަށެވެ.

ޒިވްޔާއަށް ނޭނގުނު ކަމަކީ އެދެމީހުންގެ ދޭތެރޭގައި ހިނގައި އެދިޔަ މަންޒަރު އިތުރު މީހަކަށް ފެނުނު ކަމެވެ.

ބާސްކެޓްބޯޅަ ކުޅެން ހުރި އިޒިކިއަލަށް ޒިވްޔާ ފެނުނެވެ. ނަމަވެސް އޭނާއަށް ޒިވްޔާ އެދިމާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ޒިވްޔާގެ ނަޒަރު އަމާޒުވެފައި ހުރި ދިމާއަށް ބަލާލިއެވެ. ޒިވްޔާގެ ނަޒަރު އަމާޒުވެފައި ވީ ދާނިޝް އާއި ދިމާއަށެވެ. އިޒިކިއަލް އަނބުރާ ޒިވްޔާއަށް ބަލާލިއެވެ. ޒިވްޔާގެ މޫނުމަތީގައި ވީ ކުލަ ވަރު ވަރަށް ރަނގަޅަށް އިޒިކިއަލަށް ފެނުނެވެ.

އިޒިކިއަލް ޝަޔާލަށް ބޯޅަ އެއްލުމަށްފަހު އެބައަންނަމޭ ކިޔައި ދުއްވައިގަތެވެ. ޒިވްޔާ ދިޔަ ދިމާއަށެވެ. ނަމަވެސް އޭނާ ގޮސް ހޯލަށް ވަން އިރު ޒިވްޔާ ފެންނާކަށް ނެތެވެ. ދެބުމަ ގޮށް ޖަހާލަމުން އިޒިކިއަލް އަނބުރާ ކުޅެން ދިޔައެވެ، އޭނާ ބަލާލީ ދާނިޝާއި ދިމާއަށެވެ. އޭރުވެސް ދާނިޝް އޭނާގެ ރައްޓެހިންނާއި އެއްކޮށް ވާހަކަ ދައްކަ ދައްކާފައި ހެނީއެވެ. އާދަޔާ ޙިލާފު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ އިތުރަށް އަޅައެއް ނުލިއެވެ.

—————-

 

މެންދުރު އަތަށް އެޅިއިރު ޒިވްޔާ ހުރީ އޭނާގެ ލެކްޗަރާ އަކާއި ބައްދަލު ކުރަން އޮފީހުގެ ބޭރުގައި މަޑުކޮށް ލައިގެނެވެ. އެކުގައި ޔަޝްމީ އާއި ހަޔާލް ވެސް ހުއްޓެވެ. ޔަޝްމީ ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު، ހަޔާލްގެ ދެލޯ އަމާޒުވެފައި ވަނީ ޒިވްޔާގެ މޫނަށެވެ. ބަލާބެލުމަށް ޔަޝްމީ ދައްކަމުން ދިޔަ ވާހަކައަކަށް އޭނާގެ ފަރުވަލެއްވެސް ނެތެވެ.

ޒިވްޔާ އޭނާގެ އަތުގައި ހުރި ޕޭޕަރުތައް ގުނާ ލިއެވެ. އެވަގުތު އެތަނުން ދިޔަ ބަޔަކު ހެމުން ވާހަކަ ދައްކަމުން ދިޔައެވެ. “އިޒިކިއަލް ހާދަ މޮޅޭ ދޯ އަސްލު. އައި ވިޝް އައިކަން އަދިވެސް ކުޅޭ ނަމައޭ އަހަރެންނާއެކު.” އެކަކު ބުނެލި އަޑު އިވުނެވެ.

އައިކަންގެ ނަން އިވުމާއެކު ޒިވްޔާ އެދިމާއަށް ބަލާލިއެވެ. ބޭއިޚްތިޔާރުގައެވެ.

“އާން. ރަޒާން ކުރިން ދުވަހު އޭނަ ކައިރި ބުނަން ވެސް ބުނި ދެން ހަމަ ޓީމަށް ޖޮއިން ނުކުރާނަން ހެއްޔޭ. އައިކު ބުނީ ހަމަ ނޫނެކޭ.” ދެން ހުރީ ޒުވާނާ ޖަވާބުގައި ބުންޏެވެ.

“ހުމް. އިޒިކިއަލް ހުރިހާ ހިނދަކު އައިކަނެއް ނާރާނެ އަހަރެމެނާ އެއްކޮށް ކުޅޭކަށް. ލާހިކެއް ނޫން. ކަލޭ މެނަށް ފެނެއެއްނު އެދެމީހުން މިހާރުވެސް ދޭތެރެ ދޭތެރެއިން ތަޅާފޮޅައި ގަނެގެން އުޅޭ ވިއްޔަ.” ޝަހުދު ބުނެލިއެވެ.

 

ޒިވްޔާއަށް ޖެހުނީ އަނެއްކާވެސް އޭނާގެ އަތުގައި ހުރި ޕޭޕަރުތައް ގުނާށެވެ. އެހިނދު ހަޔާލް މަޑުމަޑުން ބުނެލި އަޑު އިވުނެވެ. “ވައި ހިމް…؟”

ޔަޝްމީ ހަޔާލާއި ދިމާއަށް ބަލާލިއެވެ. “ވަޓް؟”

ހަޔާލަށް އޭނާގެ ބަސްތައް ބުނެވުނީ ބާރަށް ކަން އެނގުނީ ދެނެވެ. “ހުމް؟”

“ދެންމެ އެއްޗެކޭ ބުނިހެން ހީވީމަ.” ޔަޝްމީ ކޮނޑު އަރުވާލިއެވެ.

“ނަތިން.”

ޔަޝްމީ ދެލޯ ހަނި ކޮށްލާފައި ހަޔާލަށް ބަލާލިއެވެ. “ލަޔާ.” ހަޔާލް އޭނާގެ ލޯ އަބުރާލިއެވެ. “އައި ވޯޒް ޓޯކިން ޓު މައިސެލްފް.”

“އެބައުޓް؟”

“ނަތިން އިމްޕޯޓޭންޓް.” އެހެން ބުނުމަށްފަހު ހަޔާލް އަވަސް އަވަހަށް މައުލޫ ބަދަލުކޮށްލިއެވެ. އެހެންކަމުން ޔަޝްމީ ވެސް ސުވާލު ކުރިން ހުއްޓާލިއެވެ.

ނަމަވެސް އޭރު ޒިވްޔާއަށް ހުރެވުނީ އޭނާގެ އަތުގައި ހުރި ޕޭޕަރުތަކަށް ބަލަހައްޓައިގެނެވެ. ހުސް ޕޭޖަކަށް ބަލަހައްޓައިގެނެވެ. ހިނދުކޮޅަކަށް އެޕޭޖުގައި އޭނާއަށް މޫނެއް ފެނުންހެން ހީވިއެވެ. އާއެކެވެ. އެއީ އޭނާއަށް މިހާރު އަބަދު ފެންނަ މޫނެކެވެ. ނަމަވެސް ދުވަހަކުވެސް އެމޫނު އެއްކޮށް ސާފެއް ނުވެއެވެ. އޭނާ ގަލަމުން އެ މޫނު ކުރަހަން ވެސް މިހާރު އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. އޭނާ އެމޫނުގެ ދެލޯ ކުރަހަން އުޅޭ އިރަށް، ނުވަތަ އަނގަ ކުރަހަން އުޅޭ ކޮންމެ ފަހަރަކު އެ މޫނު ގެއްލެއެވެ.

————————–

 

ނަފްސާނީ ގޮތުން ލިބޭ އަނިޔަލާއި، ވޭނުން ފަސޭހަ ވުމަކީ ވަރަށްވެސް ތަފާތު ކަމެކެވެ. އެއީ ހަމަ ހުރެފައި އެއްރޭ މަތިން ވާކަމެއް ނޫނެވެ. އެއީ އެކިއެކި ކުދި ކުދި ކަންކަމުން ފެށޭ ކަމެކެވެ. ޒިވްޔާއަށް އެއީ ކޮލެޖުގެ ގޭޓުން ވަދެގެން އަންނައިރު އަނބުރާ ނުކުމެގެން ނުދިޔުމެވެ. ކުލާހުން އެންމެ ފަހަރަކު ވެސް ނުނިކުމެ ލެކްޗަރެއް އެއްކޮށް އަޑުއަހާ ނިންމާލުމެވެ. ލަންޗް ގަނޑީގައި ކެއުމެވެ. ދުވާލަކު އެއްފަހަރު ހީލުމެވެ. ޒިވްޔާ އޭނާގެ ބަލިމަޑު ކަމުން އަރައިގަތުމަށް އެ ހުރަސް ކުރެވޭ ކުދިކުދި ފިޔަވަޅުތައް ގުނަން ފެށިއެވެ. އެއިން ކޮން ކަމަކީ އޭނާގެ ލަނޑުދަނޑި އާއި ހަމައަށް ވާސިލު ވުމަށް އެޅޭ ހަރުފަތްތަކެވެ.

އިޒިކިއަލަށް ޒިވްޔާ ފެނުނީ ބެންޗެއްގައި އިންތަނެވެ. އޭނާ އިނީ އޭނާގެ ފޮތުގެ އެއް ޖުމްލައެއްގައި ހައިލަޓް ކޮށްލަ ކޮށްލައެވެ.

“ޔޫ އާ މާޑަރިން ދެޓް ހައިލައިޓާ.” އިޒިކިއަލް ޒިވްޔާ އާއި ކުޑަކޮށް ދުރުގައި އިށީނދެލިއެވެ. “ވަޓް؟” ޒިވްޔާ އިސްއުފުލައި ބަލާލިއެވެ.

“ޔޫ ހޭވް ހައިލައިޓެޑް ވަން ސެންޓެންސް އިނަފް ޓައިމްސް ޓު މޭކް އިޓް ފޭމަސް.”

ޒިވްޔާ އޭނާގެ ނޯޓުފޮތަށް ބަލާލިއެވެ. ތެދެކެވެ. އޭނާ ހިޔާލުގައި އިނދެ ހަމަ އެއް ޖުމްލައެއްގައި އެތަކެއް ފަހަރު ހައިލައިޓް ކޮށްފިއެވެ. “އޮހް.”

އިޒިކިއަލް އޭނާގެ ޖީބުން އިތުރު ހައިލައިޓަރެއް ނެގިއެވެ. ވަރަށް އަލިކަން ގަދަ ފިޔާތޮށި ކުލައެއްގެ ހައިލައިޓަރެކެވެ. “ޓްރޭޑް؟”

ޒިވްޔާގެ ނިތްކުރިއަށް ރޫ އަރައިގެން ދިޔައެވެ. “ތީ ޕިންކު ކުލައެއްނު.”

“އެހެނޭ.

“އައި ޑޯންޓް ލައިކް ޕިންކް.”

“އެނގެޔޭ އެކަން.”

“ދެން ވަޓް މޭކްސް ޔޫ ތިންކް ދެޓް އައި ވުޑް ޓްރޭޑް؟” ޒިވްޔާ އޭނާގެ ދެބުމަ އުފުލާލީ އިޒިކިއަލް މޮޔެހޭ ބުނާފަދަ ގޮތަކަށެވެ.

އެހިނދު އިޒިކިއަލްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. އެހިނިތުންވުން ފުރިފައިވަނީ ލާނެތް ކަމުންނެވެ. “ކެރެކްޓާ ޑެވެލޮޕްމެންޓް.”

ޒިވްޔާ އިނީ އިޒިކިއަލާއި ދިމާއަށް ބަލަހައްޓައިގެނެވެ. “ނޯ.”

“ވޯތު އެ ޓްރައި.” އިޒިކިއަލް ހެމުން އެ ހައިލައިޓަރު ދުރަށް އެއްލާލިއެވެ.

 

ސުވާލެއް ކުރަންތަ؟”

ޒިވްޔާ އިޒިކިއަލަށް ބަލާލިއެވެ. “ތި އެހީނު.”

އިޒިކިއަލް އަމިއްލަ ބޮލުގައި ޖަހާލިއެވެ. “ބައިލަ.”

“ކޯއްޗެއް؟”

ޔޫ ހޭވް ބިކަމް ފަނިއާ.”

“އައި ހޭވް އޯލްވޭސް ބީން ފަނީ.” ޒިވްޔާ އޭނާގެ މޫނުމައްޗަށް ގޮތެއް ހަދާލިއެވެ.

“ދޮގެއްތީ.”

ޒިވްޔާ އޭނާގެ ދެލޯ އަނބުރާލިއެވެ.

“ދެއާ.: އިޒިކިއަލް ޒިވްޔާ އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. “ޔޫ ރޯލްޑް ޔުއަ އައިޒް.”

“ދެން ކީއްވީ؟”

“ޔޫ އާ ރިކަވަރިން.”

 

އިޒިކިއަލްގެ ބަސްތައް އިވިފައި ޒިވްޔާ ގަނޑުވި ކަހަލައެވެ. އިޒކިއަލަށް ވެސް ބުނެވުނު އެއްޗެއް ރޭކާލީ ދެނެވެ. އިޒިކިއަލް އޭނާގެ އަމިއްލަ ކަރުގެ ފަހަތުގައި އަތް ހިންގާލިއެވެ. “މިބުނީ..” އޭނާ ދުރަށް ބަލާލިއެވެ. “ޔުއަ ޕާސަނާލިޓީ.”

ހިނދުކޮޅަކަށް ޒިވްޔާގެ ފަރާތުން އެއްވެސް އަޑެއް ނުއިވުނެވެ. ނަމަވެސް އިރުކޮޅެއް ފަހުން “އައި ނޯ” އޭ ބުނެލި އަޑު އިވުނެވެ. އިޒިކިއަލަށް ހަމަ ޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. “ގުޑް.” އެއަށްފަހު ދެމީހުންކުރެ އެކަކު ވެސް އެވާހަކަ އިތުރަކަށް ނުދައްކައެވެ.

ދުރުގައި ހުރި އައިކަނަށް އެމަންޒަރު ވަރަށް ވެސް ރީތިކޮށް ފެނުނެވެ. ޒިވްޔާ އިޒިކިއަލާއި ދިމާއަށް މޫނު ކުނި ކޮށްލި ގޮތެވެ. ލޯ އަނބުރާލި ގޮތެވެ. ހިނިތުންވުމެވެ. އައިކަންގެ ކަތުރުކަށިގަނޑު ވާންވެގެން ދިޔައެވެ. އެހެންނަމަވެސް އޭނާ މަޑުކުރީ އިޒިކިއަލް ދަންދެކަށެވެ. ހަމަ އިޒިކިއަލް ދިޔުމާއެކު އޭނާ ގޮއްސަ ޒިވްޔާ އާއި އަރާހަމަ ކުރިއެވެ. “ޔޫ ހޭވް ބީން ބިޒީ.”

============================

 

Hope you enjoyed this episode as well. What do you think of the story so far?

Love

Shyyyms.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. reeeeem

    Varah reethi but maa kuree genes dheyleh

  2. Toyd

    ވަރަށް ރީތި

  3. Hhhhh

    So it wasn’t Hishaam guy. It was Dhaanish all along. What a bitch. Varah salhibmi bai. Really enjoyed it. Especially how you gave us some flash backs from Zivya

  4. Risht

    Mivaahaaka varah kiyaa hih vey. Varah avahah update kohdhyba. Varah curious about what happens next. Also are we confirming that Hayal is up to no good?

  5. Ishwa

    Story nimentha midhany mihaaru? Haadha heevey. It feels yesterday I started reading about kiyaan and Saara. Now Zivya and Aikan dho❤️

  6. QUEEN-BEE

    i think i guess correctly i am really excited to see him go to jail by the way y would
    he do that to a innocent girll y tho
    anyways it is really gud hama vrh reethi
    last nigth i told my sis about this story so she read it and say y i am reading this story i ssy idk and ssy bec it is really guddddd
    ly

Comments are closed.