ކޮންމެ ވިންދެއްގައި… (3 ވަނަ ބައި)
އަހަރެންގެ މި ކަޅުއަނދިރި ހަޔާތް ބަދަލުކޮށްލީ ނާއިލްއެވެ. އެހެންބައިވެރިންނާ މުޅިން ތަފާތުކޮށް އޭނަ އަހަންނާ ދިމާވީވެސް އެފްބީ އިންނެވެ. އެހެންނަމަވެސް އެހެން އެއްވެސް މީހެއްގެ ފަރާތުން ނުލިބޭ އޯގާތެރިކަން އަހަންނަށް ނާއިލްގެފަރާތުން ލިބެން ފެށިއެވެ. އެހެންމީހަކު އަހަރެންދެކެ ލޯބިވާކަމުގެ އިހުސާސް އަހަންނަށް ނާއިލް ފުރަތަމަފަހަރަށް އިހުސާސް ކޮށްދީފިއެވެ. ރަހުމާ ކުލުނާއި ލޯބިންފުރިގެންވި ހިތްހެޔޮ މާތް ހިތެކެވެ. އަހަރެންގެ ހިތުގައި ނާއިލްގެ މަގާމު އިތުރަށް ހާއްސަވީ ނާއިލް ދީނީ ކަންކަމަށް ދޭ ސަމާލުކަން ފެނިފައެވެ. ނާއިލްއަށްޓަކައި ހިތުގައި އޮތް ލޯބި އިތުރުވީ ދީނުގެ ކަންކަން އަހަންނަށް ހަނދާންކޮށްދީ އެކަންކަމަށް ބާރުއަޅާތީއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ކޮންމެ ނަމާދެއްގެ ވަގުތުގައި ހަނދާން ކޮށްދިނުމަށް ގުޅާތީއެވެ. އަހަރެން އެކަންކަން ބަރާބަރަށް ކުރަމުން އަޔަސް ނާއިލް އަބަދު ހަނދާންކޮށްދޭތީ ހިތައް ލިބެނީ ބަޔާންކުރަން ދަތި އުފަލެކެވެ. ނާއިލްގެ އެ އަޚްލާޤަށްޓަކައި އަހަރެންގެ ހިތް ނާއިލްއަށް އިޚްތިރާމުން ފުރި ބަންޑުންވިއެވެ. ހަގީގީ ހަޔާތުގެ ބައިވެރިޔަކީ އެއީކަމުގައި ގަބޫލުކުރީމެވެ. އިންތިހާއަށް ލޯބިވީމެވެ.
ނާއިލްއާއެކީގައި އަހަރެން ދުވަސްތައް ގުނަމުންދިޔައީ އުފަލުން ފޮޅިފަހުރެއެވެ. ނާއިލް ގެ ކޯލްތައް ގަޑިޔަކު އެއްފަހަރު ކަހަލަ ގޮތަކަށް އަހަންނަށް ލިބެއެވެ. އޯގާތެރިކަމުގެ އިންތިހާއެވެ. އެއީ އަހަރެންގެ ހަޔާތެވެ. މުޅި ދިރިއުޅުމެވެ. ކުރާ ހަގީގީ ހަމައެކަނި އުންމީދެވެ. ނާއިލް ގެ ހައްގަކަށް ވެވުމަށްފަހު އަހަރެން މި ދުނިޔެ ވެސް ބޭނުމެއްނޫނެވެ. އެހާވެސް އަހަރެން ލޯބިވެއެވެ. އެދުވަހަކަށް އަބަދު އިންތިޒާރު ކުރަމެވެ. އެންމެ އުފާވަނީ އަހަންނަށް ނާއިލް ހަމަލޮލުން ފެނިފަނުވިޔަސް ނާއިލް އަހަރެންދެކެވާ އިންތިހާ ލޯބި އަހަންނަށް އެހާ ރަނގަޅަށް އިހުސާސްކުރެވޭތީއެވެ. އަހަންނަށް ކުޑަކުޑަ ކަމެއްވެދާނެތީވެސް އަބަދު ކަންބޮޑުވާނެވެ.
މިހާރު ކުރެވޭ އުންމީދަކީ ބައްދަލުވުމެވެ. ފޮނި އިންތިޒާރެއް ކުރަމުން އައީމެވެ. ނާއިލްގެވެސް އަބަދުގެ ޝަކުވާއަކީ އެއީއެވެ. އެހެނަސް މިހާރު ނާއިލް އެވާހަކަ ދައްކާލެއް ކުރިޔަށްވުރެ ގިނަވެއްޖެއެވެ. ގުޅައިގެން ހުންނައިރު ބައްދަލުވެވޭނެ އިރެއްގެ އިންތިޒާރުގައި ހުރި ވާހަކަ އިރުއިރުކޮޅުން ބުނެލާނެވެ. އަހަރުމެންގެ ފުރަތަމަ ބައްދަލުވުމުގައި އަހަންނަށް ނާއިލްގެ ފަރާތުން ވަރަށް ބޮޑު ސަޕްރައިޒެއް އޮތް ވާހަކަ ބުނާނެއެވެ. އަހަރެންގެ ހިތައަވަސްވަމުންދިޔައީ އެ ސަޕްރައިޒް ބަލާލުމަށެވެ. އެހެނަސް އަހަންނަށް ނާއިލްގެ ކައިރިއަށް މާލެ ދެވެން އައީ ފުރަތަމަޓާމް ބަންދުވީމައެވެ. ޓާމްޓެސްޓްއަށް ދެ ހަފްތާއަށް ވެފައިވާއިރު އަހަރެންގެ ދަރިވަރުންނަށް އަހަރެން ވަރަށް މުހިންމުވާނެއެވެ. އެހެންކަމުން ކިތަންމެ އުނދަގޫވިޔަސް ޖެހުނީ ކެތްކުރާށެވެ.
ނާއިލްވެސް އެދުވަހަށް އިންތިޒާރުކުރަމުން ދިޔައީ ވަރަށް އުނދަގޫކަމާއެކީގައިކަން އަހަންނަށް ނާއިލްގެ ވާހަކަތަކުން އެނގެއެވެ. މިހާރަކަށް އައިސް އަބަދު ދައްކާ ވާހަކައަކީ އެއީކަމުގަ ވެއްޖެއެވެ. ބައްދަލުވާ ދުވަހުގެ ވާހަކައެވެ. ފުރަތަމަ ފެންނައިރު ކުރެވޭނެ ފޮނި އިހުސާސްތަކުގެ ވާހަކައެވެ. އަހަރެން ނާއިލްއާ ބައްދަލުވާ ފުރަތަމަ ދުވަހަކީ އަހަރެންގެ މުޅި އުމުރުގައިވެސް އަންނާނެ އެންމެ ހަނދާންނައްތާލަން އުނދަގޫ ވާނެ ވަގުތުކޮޅު ކަމުގައި ހަދާދޭނެ ވާހަކަ ނާއިލް ބުނާނެއެވެ.
ދުވަސްތައް ލަސްލަހުން ފާއިތުވަމުން ގޮސް ޓާމްޓެސްޓް ފެށިއްޖެއެވެ. މިހާހިސާބުން އަހަރެން މާލެ ދާނެ ދުވަސް ނިންމައިފީމެވެ. ނާއިލްއާއި ވާހަކަދެއްކުމަށްފަހު ރިޕޯޓްފޯމްތައް ހަވާލުކުރާ ދުވަހު އަހަރެން ފުރަން ހަމަޖެއްސީމެވެ. އަހަރުމެން ބައްދަލުކުރާނެ ތަނާއި ގަޑިވެސް ނިންމީމެވެ. އެދުވަހު އެތައް އިރަކު ވާހަކަދެއްކުނެވެ. ދެމީހުންމެ ކެތްމަދުވެފަވީމެވެ.
އަހަރެންގެ އާއިލާއާއި ނާއިލް އާއި އަދި ގުޅުމެއް ނެތްކަމުގައިވިޔަސް ނާއިލްގެ ބޭބެ އާއި އަހަރެން ބަރާބަރަށް ވާހަކަދައްކަމެވެ. ނާއިލް އާއި އަހަރެންގެ ހުރިހާވާހަކައެއް ކަހަލަ ގޮތަކަށް ނާއިލް ބޭބެއަށް ކިޔައިދެއެވެ. އެގޮތުން އަހަރުމެން ބައްދަލުކުރަން ނިންމި ގަޑިޔާއި ތަންވެސް ނާއިލްވަނީ ބޭބެއާއި ޝެއަރ ކޮށްފައެވެ. ނާއިލްއާއި އަހަރެން އެންމެ އިތުބާރުކުރާ މީހަކަށް ނާއިލްގެ ބޭބެ ވަނީ ވެފައެވެ. އެކުވެރިޔެއްގެ މަގާމަށްވެސް އެވަރެއްނެތެވެ.
ކެތްމަދުވެފަހުރެ އަހަރެން ގުނަމުން އައި ދުވަސްތައް ފާއިތުވެގޮސް މާދަމާ މީ އަހަރެން ފުރާދުވަހެވެ. އަހަރެންގެ ހިތް އަވަސްވަމުންދަނީ ވަކި ގޮތެއްބަލާފައެއް ނޫނެވެ. އުފަލުންގޮސް ނަށާލެވޭ ކިތަންމެ ވަގުތެއްދިޔައެވެ. އެހެންނުވާނީވެސް ކީއްވެހެއްޔެވެ؟ ނާއިލް އެއީ އަހަރެންގެ މުޅިދިރިއުޅުމެވެ. އަހަރެންގެ ހަމައެކަނި އުންމީދެވެ. އަހަންނަށް އޯގާވެދިން ހަމައެކަނި އިންސާނާއެވެ. އެލޯތްބައްޓަކައި އަހަރެން ފެންބޮވައިގެންފަވީމެވެ. އިރާދަކުރެއްވިއްޔާ މާދަމާރޭ އަހަންނާއި އަހަރެންގެ ނާއިލް ދިމާވާނެއެވެ. އަހަރެންގެ ހުރިހާ ހުވަފެންތައް ހަގީގަތަކަށްވާނެއެވެ. އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނެއެވެ. އުފާވެރިކަން އަހަރެން ވަށާލާނެއެވެ. އަހަރެންގެ ނާއިލްވެސް ވަނީ އަހަންނަށް ހަނދާނުން ނުފިލާނެވަރުގެ ދުވަހަކަށް އަހަރެމެން ފުރަތަމަ ބައްދަލުވާދުވަސް ހަދާދޭނެކަމަށް ބުނެފައެވެ.
އިރުއެރީއްސުރެ އަހަރެން ވަރަށް ބުރަކޮށްއުޅެން ޖެހުމުން ނާއިލްއާއި ގުޅައިގެން އެހާ ވާހަކައެއް ނުދެއްކުނެވެ. ފަތިހު މެސެޖްކޮށްލީމެވެ. ހެނދުނުގެ ރަސްމިއްޔާތުގައި ސްކޫލުގައި އުޅުމަށްފަހު 10 ޖެހިއިރު ގެޔަށްއައިސް އަހަރެން ޕެކްކުރަންފެށީމެވެ. އަހަންނަށް ޓިކެޓް ލިބުނީ 2:30 ގެ ފްލައިޓުން ކަމަށްވުމުން އެއާޕޯޓް އޮންނަ ރަށަށްދާން ފުރަންއޮތީ 1 ޖަހާއިރުއެވެ. އަވަސްވެފައިވާ ހިތަކާއިގެން ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާލީމެވެ. އަހަރެންގެ ބައްޕަ އަހަރެން މާލެ ދިޔުމަށް އެހާފަސޭހައިން ހުއްދަދިނީ މާލޭގައި އަހަރެންގެ ދޮންތައުޅޭތީއެވެ. އަހަރެން ބަލާ އެއާޕޯޓަށް އަންނާނެވާހަކަ ދޮންތަ އޮތީ ބުނެފައެވެ.
ތިމަރަފުށީގައި އަހަރެންގެ ފައިތިލަ ޖެހުމާއެކު އަހަރެންގެ އަވަސްވެފައިވާ ހިތް ދެގުނަ އަވަސްވިހެން ހީވިއެވެ. ގައިން ހީބިހި ނަގައި ދެފައިން ވާގިދާން އުޅޭ ކަހަލަ އިހުސާސްއެއް ކުރެވެން ފެށިއެވެ. ނަމަވެސް އަހަރެންގެ ނާއިލްއާ ދޭތެރޭގަ ވިސްނާލަމުން ހިނިތުންވެލީމެވެ.
ފަތިހު މެސެޖްކުރިފަހުން ނާއިލްގެ ޚަބަރެއް އަދި ނުވެއެވެ. ހިތްނުތަނަވަސް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ތުންފަތައް ހިނިތުންވުން ވެރިވީ ނާއިލް އުޅޭނީ އަހަންނަށް ދޭންބުނި ސަޕްރައިޒް ތައްޔާރުކުރުމުގައި ކަމަށް ހިތައް އެރުމުންނެވެ. އެކި ޚިޔާލުގައި ހުރެ ގަޑި ޖެހުމުން ފްލައިޓަށް އަރާ ހަމަޖެހިލަމުން މޭގައި އަތް އަޅާލެވުނެވެ. ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުންދިޔަ އަހަރެންގެ ހިތްހަމަޖެހިލާތޯއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.



Ma first v reethi ekam haadha kurey hope next part dhigu vaane kamah. …..
Thnkyu zee,, In Sha Allah next part miyahwure dhigu kohlaanan,,
Varah nice ingey miadhuge part vx. ☺
Thnkx cute mimmi,, 🙂
r u frm thimarafushi…i mean de author
btw nice story
Nuney ken, bt frm thaa atoll,, thnkyu,, 🙂
mee too….m.also frm same atoll..?✌
:-):-)
wow! haadha salhi eyy dhw. hama antharees vejje. thankolheh kuru. Kon iraku next part mishal. And question eh
Are u girl or a boyy?
girl eh vejjiyyaa mal kiyas k tha?
Boy eh vejjiyyaa alhaa nulaa
Thnkyu alot Shaai,, In Sha Allah next part saturday ga,, I’m a girl,, labba hama okay ehen kiyas,, thnkyu,, 🙂
Mi part ves v salhi..v kiyaahithun hutta e nimunee…
Thnkx dhonthy,, ❤:-)
V v nice mi vaahaka vx avahah nxt part up kohlahchey
Thnkx,, In Sha Allah saturday ga up kohdheynan inge Xoya,, 🙂
Mi part ves v salhi.. next part ves miah vure reethi vaane kamah heekuran.. 🙂
Thnkyu for the sweet comment Pwincess,, 🙂
varah reethi hurihaa baeh vex…. time nulibigen nukeefa hurefa miadu mi kayaalevunee…. hama varah varah varah reethi…. waiting fo da nxt prt… 🙂
Thnkx alot meesha,, 🙂
Saabaheyy… Vaahaka adhives kury.. V salhi..
Thnkx Zac,, 🙂
Haadha salhiey mi pry. Hope nxg prt thankolheh dhigu vaane kama
Thnkyu pinky,,