Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 51

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 25, 2026 4 Mins Read
0 Comments

ބަދިގޭ ކައުންޓަރު ކައިރީގައި މިންހާ އިނީ ފިޔާކޮށާށެވެ. ފިޔައިން އަރަމުން ދިޔަ ދިލައިން މިންހާ ލޮލުންނާއި ނޭފަތުން ފެން ފައިބަމުން ދިޔައެވެ. ނުއަތުން ލޯފުހެމުން ދެން ވެެސް ފިޔާ ކޮށުމައިގެން ކުރިއަށް ދިޔައެވެ. ލޮލުން ނަގަމުން ދިޔަ އާވީގެ ސަބަބުން އެރިކް ނުކުތްކަން ވެސް އޭނާއަށް ރޭކައިނުލައެވެ.

 

މިންހާ ފަހަތުން އައިސް އެރިކް ވަޅީގައި ހިފިއެވެ. ކުޑަކޮށް ސިހިފައި މިންހާ މޫނު އަނބުރާލިއެވެ. އެރިކް ފެނުމުން ކަރުނައިގެ ތެރެއިން ވެސް މިންހާއަށް ހީނލެވުނެވެ. މިންހާ އަތުން ވަޅިއާއި ކަޓިން ބޯޑު އެރިކް އަތުލިއެވެ. އެއަށްފަހު މިންހާ އުނގަނޑުގައި ހިފައި އުފުލާލާފައި ކައުންޓަރު މަތީ ބޭންދިއެވެ. ވަރަަށް ލޯބިން ފަރުވާތެރިކަމާއެކު މިންހާގެ މޫނު ފުހެދިނެވެ. އެއަށްފަހު ކުޑަބޯތަށްޓަކަށް ފެން އަޅައިގެން އައިސް ކައުންޓަރު މަތީ ބައިންދާފައި ފިޔާ ކޮށަންފެށިއެވެ. ކަޅި ވެސް ޖަހާލުމެއް ނެތި މިންހާއަށް އެރިކްއަށް ބަލަން އިނދެވުނެވެ. ހަމައެކަނި ސޯޓެއްލައިގެން އިނުމުން އެރިކްގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. ފިޔާ ކޮށަމުން ދިޔައިރު އެރިކްގެ އަތުގައިވި ނާރުތައް ރީތިކޮށް އަތަށް އަރާފައި ހުއްޓެވެ. “މިންހާ…” މިންހާ ބަލަން އިންކަން އެނގިގެން އެރިކް ގޮވާލިއެވެ. އެއަޑުގައިވި އަސަރުން މިންހާގެ އެންމެ ހިމަ ނާރަަށް ވެސް އަސަރު ކުރިއެވެ. އެރިކްގެ ސަމާލުކަން ކޮށަމުން ދިޔަ ފިޔާއަށް ހުރިކަމުގައި ވިއަސް ލަދުން މިންހާއަށް އިސްޖަހައިލެވުނެވެ. “ފިޔާ ކޮށާއިރުގެ ކައިރީގައި ފެންތަށްޓެއް ބެހެއްޓީމަ ލޮލަށް ކުރާ އަސަރު ކުޑަވާނެ…މަށަށް މި އުކުޅު ދަސްކޮށްދިނީ އާރޗީ” ފިޔާ ކޮށައި ނިންމާފައި، މިންހާ ކޮށަން ނަގާފައި ހުރި ތަރުކާރީތަށް ވެސް އެރިކް ކޮށައިދިނެވެ. އެކަން ކުރާކަށް މާ ގިނައިރެއް އެރިކް ނުނަގައެވެ. މިންހާއަށް ވުރެ އެއްޗިހި ކޮށުމައް އެރިކް ފަރިތައެވެ. އެރިކްގެ ފިރިހެންވަންތަކަށް ކުރިއަށް ވުރެއް ވެސް އިތުރުވިހެން ހީވިއެވެ. “އެންމެ ފުރަތަމަ ލަންޑަނަށް ގޮއްސަ އެކަނި އުޅެން ޖެހުނީ…އެހެންވެ އަމިއްލައަށް ކާއެއްޗިހި ހަދަން ދަސްކުރީ” އާޝޯޚުވެފައި މިންހާ ބަލަން އިނުމުން އެރިކް ބުނެލިއެވެ.

އެރިކް ކެއްކުމުން ތަށިތައް ދޮވެދިނީ މިންހާއެވެ. މެންދުރު ނަމާދަށް ގޮވަން ވާއިރަށް ފެންވަަރައިގެން އެރިކް ދިޔައީ ނަމާދަށެވެ. އެރިކް ނަމާދުން އަންނަން ވާއިރަށް މިންހާ ވެސް ކުޑަ ގޮތަކަށް ތައްޔާރުވެލިއެވެ.

އެގަޑީ ލާން އޭނާ ޚިޔާރު ކުރީ ކަކުލާ ހަމައަށް އަންނަ ކަޅު ކުލައިގެ އަތް ކެނޑި ހެދުމެކެވެ. ހެދުން މިންހާ ގަޔަށް ހިފާފައި ހުރުމުން ހަށިގަނޑުގެ ބައްޓަން އެނގެން ހުއްޓެވެ. މޫނުގައި ލުއި މޭކަޕެއްކޮށްފައި ހުރި އިރު ކޮނޑާހަމައަށް އޮތް އޭނާގެ އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އެރިކް ހަދިޔާއަށް ދިން ސެންޓު ފުޅިން ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމަށް ފަހު ކޮޓަރިން ނުކުތެވެ.

މެންދުރުގެ ވަގުތައް ވިޔަސް، ދޮރުފޮތިތައް ދަމާފައި ހުރުމާއެކު އެޕާޓްމެންޓްތެރެ ފެންނަނީ އަނދިރިކޮށެވެ. ސިޓިން ރޫމް އޭސީ ޖައްސާފައި ހުރުމުން ހެޔޮވަރު ވަރެއްގެ ފިނިކަން މުޅި ތަނަށް ވެރިވެފައި ހުއްޓެވެ. ކާމެޒު މަތީގައި ފްރައިޑް ރައިސް ތަށްޓަކާއީ އެއާއެކު ކާން ކުކުޅު އަދި ސެލެޑް ނަގާފައި ހުއްޓެވެ. މޭޒު ދޮށުގައި މިންހާ އިނީ އެެރިކްގެ އިންތިޒާރުގައެވެ. އިރު އިރުކޮޅާ ފޯނުގެ ކެމެރާއިން އޭނާގެ މޫނު ހުރީ ރީއްޗަށްތޯ ބަލާލައެވެ.

 

ރަތް ފިނިފެންމާ ބޮނޑިއެއް ހިފައިގެން އެރިކް ގެއަށް ވަނެވެ. އޭނާގެ އިންތިޒާރުގައި ހުރި މިންހާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ. ވައަތް ގެންގޮސް އޭނާ މޭމަތީ ޖައްސާލުމަށްފަހު ދެލޯ މަރާލިއެވެ. ލަދު ރަކިކޮށް ހީނލާފައި މިންހާ އިސްޖަހައިލިއެވެ. މާބޮނޑި މިންހާ އަތަށް ދީފައި މިންހާ ނިއްކުރީގައި ބޮސްދިނެވެ. އެއަށްފަހު ލޯބިވާ ވާހަކަ ބުނެލިއެވެ.

**

ބަދިގޭގައި ޒާޔާ އުޅުނީ މެންދުރުގެ ކެއުން ތައްޔާރު ކޮށެވެ. އޭނާގެ އިސްތަށިގަނޑު ހޭވިފައި ހުރިއިރު ލައިގެން އިން ޓީޝާޓުވަނީ ތެމިފައެވެ. ގެއަށް ވަން އަހާންއަށް ޒާޔާ ފެނުމުން

ފުރަތަމަ ވެސް ފެށީ ހޭށެވެ. އޭނާ ހުނުން ހުއްޓާލީ ޒާޔާ ލޯ އަޅާލުމުންނެވެ. “ޒީ މަ ބުނިން ދޯ އޯކޭއޭ ޒީ ކައްކަން ނޫޅުނަސް..މަންމަމެން ގެއިން ނޫނީ އޯރޑާރ ކޮއްގެން ކާނީއޭ..” ޒާޔާ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އަހާން ރީތިކޮށްލަދިނެވެ. އަހާން ބަލަބަލާ ހުއްޓާ ޒާޔާ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. “އޯކެއޭ އަހަރެން ކައްކާ އެއްޗިހި ކާންބޭނުންނޫނިއްޔާ..ދޭ މީރުކޮށް ކައްކާ މީހެއް ހޯދަން..” އަހާން ބުނި ބަހުގެ މާނަ ޒާޔާ ނެގީ މުޅިން ނުބައި ކޮށެވެ. އަމިއްލަ ނަފްސުގެ ދިފާޢު ކުރަން އަނގަ ހުޅުވާލާފައި އަހާން ހިމޭންވީ ދެން ބުނާ އެއްޗަކުން ޒާޔާ އިތުރަށް ރުޅި ހަދާފާނެތީއެވެ. ދެފަރާތަށް ބޯ ހޫރާލަމުން އަމިއްލަ ނަފްސަށް ހިނިތުންވެލާފައި އަހާން ޒާޔާ އަތުގައި ލުތްކެއް ޖަހާފައި އޭނާއަށް ދިމާއަށް ގެނައެވެ. އަހާންގެ އެއަމަލުން ޒާޔާ ހިތަަށް އެނގުންވީނަމަވެސް ރުޅި މޫނު ދައްކައިގެން އިނެވެ. އަހާންއާ ދިމާއަށް ނުބަލަންވެގެން އެކި ދިމާއަަށް ކަޅި ހިންގިއެވެ. “ހޫމް..ތެދެއް ތިބުނީ..އަހަރެން މީރު އެއްޗިހި ކާން ބޭނުންނަމަ އެހެން ކުއްޖަކާ އިންނާނީ…އެ ގޮތް ބޭނުންނުވާތީއެއްނު ޔޯޔޯއާ މެރީ ކުރީ..މުޅި އުމުރަށް އަނދާފަ އެއްޗިހި ކާން އެއްބަސް ވެގެން..ތިއަތުން ހަދާފަ ޒަހަރު ދިނަސް އުފަލުން ކާނަން…އެހާވެސް ލޯބިވޭ” ޒާޔާ އަތްތިލާގައި އަހާން ބޮސް ދިނެވެ. ޒާޔާއަށް އިތުރަށް ރުޅިވެރިކަން ދައްކައިގެންނެއް ނުހުރެވުނެވެ. ލޯ އަނބުރާލުމަށްފަހު ހިނިތުންވެލިއެވެ. “ޔޫ އާރ ސޯ އެނޯޔިން އަހާން” ކައިވެންނަށް ދެމަސް ވާން ކައިރިވިއިރު ކުރިއެކޭ ވެެސް އެއްފަދައިން ދެމީހުންގެ މަޖާ އަރާރުންތައް ގިނައެވެ. އެދެމީހުންގެ ލޯބީގެ ބަހަކީ އެއީއެވެ. އެއާ އެއްވަރަށް ދެމީހުން އެކަކު އަނެކަކަށް ލޯބިވާ ވަރު ވެެސް ހާމަކޮށްދެއެވެ. ދުލުން ބުނުމަށް ވުރެ ގިނައިން އަމަލުން އެކަން ދައްކައެވެ.

 

**

މިއާގެ އާއިލާ އުޅޭތީވެ، މާގިނަ ވަގުތު މިލީ ބަލާކަށް އިޝަލް އަދި މިއާއަކަށް ނުޖެހެއެވެ. އެމީހުން އަތަށް އެކުއްޖާ ލިބެނީ ނިންދަވާ ގަޑިއަށެވެ. މިލީ ފެންވަރުވާ ރީތިކޮށް ކާންދީ ހަދަނީ ކާރާ އާއި އިޝްމާއެވެ. ހަވީރު ގަޑީ އެކުއްޖާ ގޮވައިގެން އުޅެނީ އަކްމަލް އާއި ބެހްރަދްއެވެ. އެ ފުރުސަތުގެ ބޭނުން އިޝަލް ހިފިއެވެ. ކައިވެންޏަށް އަހަރެއް ނުވަނީސް މިލީ ލިބުމުން، އިޝަލް އާއި މިއާއާ އެކަނި މާގިނަ ދުވަސް ހޭދަކުރާކަށް ނުލިބެއެވެ. ކައިވެންނަށް ފަހު ‘ޑޭޓް’އަކަށް މިއާ ގޮވައިގެން އިޝަލްއަށް ދެވިފައި ހުރީ އަތުން ގުނާލެވޭހާ މަދުންނެވެ. އެކަމާ މިއާ ޝަކުވާ ނުކުރިއަސް، އިޝަލް ދެރަވެއެވެ.

 

މިއާ ގޮވައިގެން އިޝަލް ދިޔައީ ގްރީން ބެލް ރެސްޓޯރަންޓަށެވެ. މާލެ މެދުގައި ހުންނަ ތަނަކަށް ވެފައި، އެތަނުގެ ރަހަތައް މީރު ވުމުން ފުދޭވަރަކަށް މީހުން ވެސް ގިނައެވެ. ގިނަ ބަޔަކަށް އިޝަލް ވަކި ކުރަން އެނގުނު ނަމަވެސް، ކައިރިއަށް އައިސް ފޮޓޯ ނޫނީ އޮޓޮގްރާފް ހޯދާކަށް ނޫޅެއެވެ. ރިސެޕްޝަންގައި ހުރި ކުއްޖާ ގާތު އޭނާގެ ނަން ބުނުމާއެކު، މިއާ އަދި އިޝަލް ގޮވައިގެން ރެސްޓޯރަންޓްގެ ވީ އައި ޕީ ބަޔަށް ދިޔައެވެ. އެތަން ހުންނަނީ އެތެރެ ނުފެންނަ ބިއްލޫރި ޖަހާފައެވެ. އިޝަލް އާއި މިއާ ގޮސް އިށީނީ ބޭރު މަގު ފެންނަން ހުރި މޭޒުގައެވެ. ކާއެއްޗިއްސަށް އޯޑަރު ދީ ހަމަޖެހިލާފައި، ފުން ނަޒަރަކުން އިޝަލް މިއާއަށް ބަލާލިއެވެ. އެއީ އާކަމަކަށް ނުވި ނަމަވެސް މިއާ ލަދުގަންނަ ގޮތްވިއެވެ. މޫނުގައި އަތް އަޅާލަމުން އޭނާއަށް ނުބަލަން އިޝަލް ގާތު ބުންޏެވެ. “ހާދަ ހެއްވައޭ ދޯ…އަހަރެން ބޭނުން ވަރަކަށް މިއާއަށް ބަލާކަންނު ކައިވެނި ކުރީ…” މިއާ އިތުރަށް ލަދުގަންނަވާލުމުގެ ބޭނުމުގައި އިޝަލް ބުނެލިއެވެ. މިއާގެ ދޮން މޫނު ޓޮމާޓޯއެއްހާ ރަތްވެގެން ދިޔައެވެ.

އެދެމީހުން ފެންނަ މީހަކަށް ހީވަނީ އެއީ އަލަަށް ލޯބިވެގެން އުޅޭ ދެޒުވާނުންހެންނެވެ. ޕިއްޒާގެ މީރު ވަސް ޖެހުމާއެކު މިއާއަށް ބަނޑުހައިކަން އިހުސާސް ކުރެވުނެވެ. ވިލާތުން ލިބެން ހުންނަ ޕިއްޒާއަށް ވުރެ ރާއްޖޭގެ ޕިއްޒާ މާބޮޑަށް ވެސް މިއާއަށް ކަމުދިޔައެވެ. “ގްރީން ބެލް ޕިއްޒާ އެއީ ހަމަ އެއްވަނަ…މަންމަމެން ޅައިރުގައި ވެސް މިތަން ހުރޭ..ފަންފެކްޓް..ބައްޕަ މަންމަގާތު ލޯބިވާކަން ވެސް ހާމަ ކުރީ މިތަނުގައި..ނާޔާ ދައްތަ އަތުގައި ވީޑިއޯވެސް އިންނާނެ..މަށާ ދޮންތި ވަރަށް ގިނައިން އެބަލަން ކުރީގަ” ގްރީން ބެލްއާއި ގުޅިފައި ހުރި ކުރީގެ ހަނދާންތައް އިޝަލް އާކޮަށްލިއެވެ. އޭނާ މިއާ ގޮވައިގެން އެތަނަށް އަންނަން ބޭނުންވި އެއް ސަބަބަކީ ވެސް އެއީއެވެ. ކާއެއްޗިގި މީރު ވުމުގެ އިތުރަށް، އަކްމަލް އާއި އިޝްމާގެ ގުޅުން ރަސްމީކޮށް ފެށުނު ތަނަކީ ވެސް އެތަނަށް ވުމުންނެވެ. ރާއްޖެއިން ބޭރުގައި އުޅެފައި، ރާއްޖެ އަންނަ ކޮންމެ ފަހަރުކުވެސް އިޝަލް އާއި އަލައިކާ ގޮވައިގެން އެތަނަށް އިޝްމާ އަދި އަކްމަލް އަންނާނެއެވެ. ދިހަ ވަރަކަށް އަހަރު ކުރިން ގްރީން ބެލް ބަނގުރޫޓުވެގެން ހުއްޓާލަން އުޅޭކަމުގެ ޚަބަރު ލިބުމުން އަކްމަލް ވަނީ ރެސްޓޯރަންޓް އެއްކޮށް ގަނެފައެވެ. އެތަނުގެ ޚާއްސަ ކަމުގެ ސަބަބުން ނަން ބަދަލު ނުކޮށް ކުރީގައި ވެސް ތިބި މުވައްޒަފުން ލައިގެން، ކުދި ބަދަލުތަކާއެކު އެތަން ހިންގަން ފެށިއެވެ.

 

މިއާ އާއި އިޝަލްއަށް މާގިނައިރު ބޭރުގައި ނޫޅެވުނެވެ. މިއާ ހޭލައިގެން ރޯތީވެ ކާރާ ގުޅިއެވެ. ވަރަށް އަވަސްކޮށްލާފައި މިއާ ގޮވައިގެން އިޝަލް ގެއަށް ދާން މިސްރާބު ޖެހިއެވެ.

 

މިލީ ހަމައަކަށް އެޅުނީ އެރިކް އައިސް އުރުމުންނެވެ. އެރިކް އަނގައިން އެކި އަޑު އަޑު ނެރިގެން މިލީ ހެއްވާލިއެވެ. މިލީ އުރައިގެން އެރިކް އިނީ ސޯފާގައެވެ. ސޯފާ ކުރިމަތީ ގޮނޑިއެއް ބަަހައްޓައިގެން މިންހާ އިނެވެ. އެރިކް ފައިމަތީ މިއާ ބައިންދައިގެން ފައި ހަލުވަމުން ދިޔައެވެ. މިންހާ އިނީ ކުޑަ ބޯޅަ ހިފައިގެން މިލީއަށް އެއްލާށެވެ. ކޮންމެ ފަހަރަކު ބޯޅަ އަތަށް ލިބުމުން މާދުރަށް މިލީ އެ އެއްލާލައެވެ. “މިލްސް ހާދަ ބާރުވެސް ގަދައޭ ދޯ…ޑަޑާއާ ކަހަލަ މޮޅު ކީޕަރަކައްތަ ވަނީ” މިންހާ ހިމައަޑަކުން މިލީއާ ވާހަކަ ދައްކަމުން ދިޔައެވެ. މިލީ ވެސް އަޑުލައްވަމުން ދިޔައިރު ހީވީ މިންހާ ދައްކާ ވާހަކައަށް ރައްދު ދެމުން ދިޔަހެންނެވެ. މާ ގިނައިރެއް ނުވެ، އިޝަލް އާއި މިލީ ވެެސް އައެވެ. މަންމަ ފެނުމުން ދެން އިތުރަށް އެރިކް ގާތު އިންނާކަށް މިލީ ބޭނުމެއް ނުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވާނަން އުމުރަށް ލޯބިން

Next

ގާތުގާ… 57

Next
September 25, 2026

ގާތުގާ… 57

Previews
September 25, 2026

ވާނަން އުމުރަށް ލޯބިން



All Right Reserved!