Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 55

Anaq Level 310 Stories
September 14, 2026 6 Mins Read
0 Comments

ކިޔުންތެރިންގެ ސަމާލުކަމަށް:- ހުކުރު ދުވަހުގެ ޕާޓް ފަހަރެއްގައި އަޅުގަނޑަށް ގެނެސް ނުދެވިދާނެ ވާހަކަ ވަރަށް މައާފާއިއެކު ކިޔުންތެރިންނަށް އަންގަން…. އެހެންކަމުން ކުޑަކޮށް މި ޕާޓް ދިގުކޮށްލާފައި ވާނެ… ނަމަވެސް ކުރިއަށް އޮތް ހަފްތާގެ ހޯމަ ދުވަހުގެ ޕާޓް ގެނެސްދޭނަން އިންޝާﷲ.

********************

” މައްސަލައެއް ނެތް… ތިލަކޮށްލަ ދީދާނަން… ބުނަން މިއުޅެނީ ރުހާމް ބަސްޓު ކޮށްލުމުގެ އަޑީގަ ހުރީ ނަވީންކަން އަހަރެންނަށް އެނގެއޭ… އެހެންވީމަ މީގަ އަހަރެމެން ދެމިހުން އެކައްޗެއް ކިޔުމުގަ ކޮބައިހޭ މައްސަލައަކީ… މަށަށް އެނގޭ ނަވީން އަތުގަ ރުހާމް ބައްދައިލެވޭހާ އެއްޗެހި ހުންނާނެކަން… އަދިވެސް ހޯދާނެކަންވެސް… އެއީ ތިއީ ޔޫސުފް ޖަލީލްގެ ދަރިއެއް…  އޭނާގެ ގޮތް އޭނާގެ ދަރިންގެ ގައިގަ ވެސް ހުންނާނެ… ހާއްސަކޮށް ނަވީންގެ ގައިގަ…. ” ހާމިދު ސީދާ ޕޮއިންޓަށް ދިޔައެވެ. އަހަރެންގެ ކައިރީގައި ހުއްޓިލި އާކިފްއަށްވެސް ހާމިދު ދެއްކި ވާހަކަތައް ސާފުކޮށް އަޑު އިވުނެވެ.

” އަހަންނަކީ ސިޔާސީ މީހެއް … އެތެރޭގެ ކަންކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ… ޕާޓީގެ  ހަމައެކަނި ރުހާމްއަށް އެނގޭނެ ބައެއް ސިއްރުތައް އަހަރެންނަށް ހޯދިދާނެ… ހަމައެކަނި މަ ބޭނުންވަނީ ފަރުދާއެއް. އެއީ ނަވީން… ” ހާމިދު ބުނެލިއެވެ. އަހަރެން ވިސްނައިލަމުން ދުރު ބަލައިލީމެވެ.

އަހަރެން ބޭނުންވަނީ ޕާޓިން ރުހާމްގެ މަޤާމާއި އޭނަ ކިބައިން ޝެލީން މިނިވަން ކުރަން…. ނަވީން ބޭނުންވަނީ ބަދަލު ހިފަން… އެހެންވީމަ މިއީ ރަނގަޅު ޑިލް އަކަށް ވާނަން.. ކީކޭ ބުނަނި…” ހާމިދު ބުނެލިއެވެ.

*****

 

” ފަހުން ވިސްނާލާތި….!!!” ވަކި ޖަވާބެއް ނުދީ އަހަރެން ހުންނަން ފެށުމުން އަހަރެންގެ ކޮނޑުގައި  ޖަހައިލަމުން ހާމިދު ދިޔައެވެ. ކައިރީގައި ހުރި އާކިފްއަށް އަހަރެން ބަލައިލީމެވެ. ބޯ ޖަހައިލަމުން އާކިފް ދިޔައީ އަހަރެންގެ އެދުން ފަހުމް ވެގެންނެވެ.

**********

 

 

ޗެޕްޓާ 19

ޒާނާ

 

އަހަރެންގެ ތުންފަތް ކައިރީގައި ހޭކިފައި ހުރި ލިޕްސްޓިކްތައް ރީތިކޮށްލަ ދިނުމަށް ޖަނާ އަވަސް ވިއެވެ.

” އައްދޭ…. ހާދަ ކެތްތެރިކަމެއް ނެތޭ ދޯ…..” މަސައްކަތް ކުރިއަށް ގެންދަމުން ޖަނާ ދިމާކޮށްލިއެވެ.

” މިރޭ ކިހާ ވަރަކުން ދާނެބާ ދޯ…..” ޖަނާ ބުނެލިއެވެ.

” ޖަނާއަށްވެސް މިވަރުވާނެ ދޯ ހަމަ… ލިއަމް އުޅުނީ އެހެނެއް ނޫންތަ ހަމަ…” އަހަރެންވެސް ދެރަ ނުވާންވެގެން ރައްދު ދިނީމެވެ.

” އެކަމަކު މިވަރެއް ނޫން ކަންނޭނގެ. ޕާޓީ ނިމި ކޮޓަރިއާއި ހަމައަށް ދެވެންދެން ލިއަމްވެސް ކެތް ކުރިއޭ…..” ދިމާކޮށްލުމަށްޓަކައި ހިނގަނޑެއް ޖަހައިލަމުން ޖަނާ ބުނެލިއެވެ.

” އޯކޭއޭ ދެން… އަވަސް ކޮށްގެން ހިނގާ ދާން ދެންވެސް… މިހާރު ހަތެއް ޖަހަނީ އެއޮއް…. މީހުންތައް އަންނަން ފަށާފާނެ…” އަހަރެން ހީލަމުން ބުނީމެވެ.

” އައްދޭ ކީއްވެތަ ނުބުނީ ފިރިމީހާ ދެކިނުލައި ކެތް ނުވެގެންނޭ….” ޖަނާ އަނެއްކައިވެސް ދިމާކޮށްލިއެވެ. އަހަރެންވެސް ހީލަމުން ޖަނާގެ ގައިގާ ބޮނޑިއެއް އަޅަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ.

ހަފްލާ އޮތް ހޯލަށް ފޭބުމާއިއެކު އަހަރެންގެ އިންތިޒާރުގައި ހުރި ނަވީން އަހަރެންގެ ލޮލުގައި އަޅާއި ގަތެވެ. ހުދުކުލައިގެ ސޫޓްގައި އެއްއަތް ޖީބަށް ޖަހާލައިގެން އަނެއް އަތުން ފޯނު ހިފަހައްޓައިލައިގެން ފޯނުން ކޮންމެވެސް އެއްޗެއް ބަލަން ހުރިއިރު ނުހަނު ފިރިހެންވަންތައެވެ. ކޮނޑު މަތީގައި އެތުރިފައިވީ ނަވީންގެ ދިގު އިސްތަށިގަނޑުގެ ސަބަބުން އިތުރުވެފައިވީ ފިރިހެންވަންތަ ކަމުގެ ސަބަބުންވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވާ ގޮތް ވިއެވެ.

ނަވީންގެ ލާނެތް ސަމާސާތަކުން ރަކިވެގެން ހަލާކު ވެދާނެފަދަ އެތައް ސަމާސާ ތަކެއް މިރޭވެސް އޭނާ އަހަރެންނާއި ކޮށްފިއެވެ. އެ ހިޔާލްތަކުން އަހަރެން ރަކިވާ ގޮތް ވިއެވެ. އަދި އަހަރެންނާއި އެކު ކޮޓަރީގައި އެކަނިވުމުން ކިހާވަރެއް ހުންނާނެބާއެވެ. މިހާރު ނަވީންގެ އަމަލުތައް ހުންނާނެ ގޮތެއް އަންދާޒާ ކޮށްލަންވެސް ދައްޗެވެ. އެ ހިޔާލްތަކުން އަހަރެން އިތުރަށް ރަކިވާ ގޮތް ވިއެވެ.

ހަފްލާއަށް ރޭގަނޑު ދައުވަތު ދެވިފައިވީ މެހެމާނުންތައް އަންނަން ފެށިއެވެ. އިސާހިތަކު މުޅި ހޯލްތެރެ ފުރެން ފެށިއެވެ. އަހަރެމެންނަށް މަރުހަބާ ކިޔުމަށް ފަހު އެންމެންވެސް ކާއެއްޗެއްސަށް އިންސާފު ކުރަމުން ދިޔައެވެ. ގިނަބަޔަކު އަހަރެންގެ ހެދުމަށް ތައުރީފް ކުރިއިރު ބައެއް މީހުން ތަން ޒީނަތްތެތި ކޮށްފައި އޮތް ގޮތް ރީތިވެގެން އުޅުނެވެ.

ނަވީން އަހަރެންގެ ގާތުގައި ހުރެ އިރުއިރުކޮޅައި އަހަރެންގެ ގައިން ކޮންމެވެސް ތަންކޮޅެއްގައި ހިފާލާނެއެވެ. ނުވަތަ ކަންފަތް ބުޑުގައި ލާނެތް އެއްޗެއް ބުނެލާނެއެވެ. ކިތަންމެ ފަހަރަކަށް މިހާރު މި މަންޒަރުތައް ޔޫސުފް ޖަލީލްއަށްވެސް ފެނިއްޖެއެވެ. ކޮންމެ ފަހަރަކުވެސް ނުފެންނަ ކަމަށް ހަދައި ނުލަފާ ހިންޏެއް އައިސް ހުރެގެން ދަނީއެވެ. އަހަރެން ހުރީ ލަދުން ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އަރާފައެވެ. ނަމަވެސް މިރޭ ނަވީންގެ އަންބަކަށް ވެވުމުން އަހަރެން ހުރީ  ބުނެދޭން ނޭނގޭހާ އުފާވެސް ވެފައެވެ. މިއީ އެތައް ދުވަހެއް ވާންދެން ކުރި އުއްމީދެކެވެ. އަދި ހަމަ ކަންކަން ވެގެން ދިޔަ ގޮތުން އަންނާނެ ކަމަށް އުއްމީދު ކުރި އުފާވެރި ދުވަހެއްވެސް ނޫނެވެ.

ހަފްލާ ނިމުމަކާއި ގާތް ވިއެވެ. އަންނަމުން ދިޔަ މީހުންތައް އެކަށް މަދުވެ މިހާރު ހޯލްތެރޭގައި ތިބީ އާއިލާގެ ވަރަށް ގާތް މީހުންނެވެ. ނަމަވެސް އަހަރެމެން އަލަތު ދެމަފިރިންނަށް އަދިވެސް ރޭގަނޑު ކުރިއަށް އޮތީއެވެ. މިރެއަކީ ދިގު ރެއަކަށް ވާނެކަން ކަށަވަރެވެ. މާކުރިން ނަވީން ވަނީ ލޯބިވެތި އިންޒާރެއްވެސް ދީފައެވެ. އެހިޔާލްތަކުން އަހަރެންގެ ހިތުގެ ވިންދު އަވަސް ކުރުވާ ގޮތް ވިއެވެ. އަލަތު ކައިވެނީގެ ރެޔަކީ ކޮންމެ ދެމަފިރިއެއްގެވެސް ހިތުން ނުފިލާނެ ރެއެކެވެ.

ނަވީންގެ ބައްޕައާއި ނަވީންގެ ކުޑަ މަންމަ އަހަރެމެންނަށް އަލްވަދާއު ކިޔުމަށްޓަކައި އަހަރެމެންގެ ގާތަށް އައެވެ.

” މިއީ ކައިވެނީގެ އުފަލުގަ ބައްޕައާއި ކުޑަ މަންމަގެ ފަރާތުން ދޭ ހަދިޔާއެއް އިނގޭ… މިރޭ ދަރިފުޅުމެން ތިބުމަށް ބައްޕަގެ ޔޮޓް އޮންނާނެ ހަމަ ޖައްސާފަ. ކޮންމެހެން ބޭނުންވާނެ ދެތިން މީހުން އެކަނި ޔޮޓްގައި ތިބޭނީ މިރޭ … އެ ނޫން އެއްވެސް މީހެއް ނޫޅޭނެ އިނގޭ…. ބައްޕަ ނަވީން ގާތުވެސް ތަންކޮޅެއް ކުރިން ބުނެފަ އޮންނާނީވެސް…” ޔޫސުފް ޖަލީލް ނަވީންއަށް ބަލައިލަމުން ބުނެލިއެވެ. އަހަރެން ނަވީންގެ މޫނަށް ބަލައިލީމެވެ. އެވަގުތު ނަވީންވެސް އަހަރެންގެ  މޫނަށް ބަލަހައްޓައިގެން ހުރީ އަހަރެންގެ ހުއްދައަށް އެދޭ ފަދައިންނެވެ. އަހަރެން މަޑުމަޑުން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލީމެވެ. ބަފައިބެ ދިން ކައިވެނީގެ ހަދިޔާ ގަބޫލު ކުރީމެވެ. އެންމެ ފަހު ފަހަރަށް ބަލައިލާފަދަ ގޮތަކަށް ޔޫސުފް ޖަލީލް އަހަރެންނަށް ބަލައިލއެވެ.

” އދިވެސް އެއްފަހަރު ޝުކުރިއްޔާ އިނގޭ….” މައުނަވީ ގޮތަކަށް ޔޫސުފް ޖަލީލް ބުނެލިއެވެ. ފެންކަޅިވި ދެލޮލާއިއެކު ހިނިތުންވެލަމުން ފަސްއެނބުރި ދިއުމަށްޓާކައި ޔޫސުފް ޖަލީލް ހިނގައިގަތެވެ.

” ނަވީންގެ މަންމައާއި މިރޭ ޒާނާ ވަރަސް ވައްތަރު… ބައްޕަ ވަރަށް އުފާވެފަ އަސްލު މިރޭ އެހުރީ….” ނަވީންގެ ކުޑަމަންމަ އަހަރެންނަށް އޮޅުން ފިލުވައި ދިނެވެ.

” އަސްލުވެސް ހަމަ މައުރާއާއި ހާދަ ވައްތަރޭ….” ނަވީންގެ ކުޑަ މަންމަ އަހަރެންގެ ބޮލުގައި ފިރުމައިލަމުން ޖަޒުބާތީ ވެފައި ބުނެލިއެވެ.

” ނަވީން… ޒާނާއަށް ބަލައްޗޭ އިނގޭ… ކުޑަ މަންމައަށް އެނގޭ ވަރަށް ރަނގަޅު އަންބަކަށް ޒާނާ ވާނެކަން… ” ނަވީންއާއި ދިމައަށް އެބުރިލަމުން ނަވީންގެ ކުޑަމަންމަ ބުނެލިއެވެ. ނަވީން ހިނިތުންވެލަމުން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

އާއިލާގެ މީހުންނާއި ރައްޓެހިންނަށް ރޭގަނޑުގެ ސަލާމް ކުރުމަށްފަހު އަހަރެމެން ކާރަށް އެރީ ޔޮޓްއަށް ދިޔުމަށެވެ.

ފާލަމާއި ކާރު ގާތް ކުރިއިރު ލޯންޗް އޮތީ އަހަރެމެންގެ އިންތިޒާރުގައެވެ. އަހަރެންގެ ބޮޑު ވެޑިން ޑްރެސްއާއިއެކުގައި އަހަރެންނަށް ލޯންޗަށް އަރަން އުނދަގުވާނެތީ އަހަރެން ލޯންޗަށް އެރުވީ ނަވީން އުރާލައިގެންނެވެ.  އަދި ޔޮޓްއަށްވެސް އެރުވީ ހަމަ އެގޮތުގައެވެ.

ޔޮޓްއިން އަހަރެމެންނަށް މަރުހަބާކީ ކުރޫ ދެ މެންބަރުންނެވެ. ޔޮޓްގައި އަހަރެމެން ދެމީހުން ނޫން އެހެން އެއްވެސް ބަޔަކު ނުވެއެއެވެ. ޔޫސުފް ޖަލީލް ބުނި ގޮތަށް ޔޮޓް އޮތީ އަހަރެމެންނަށް ހިތަކަށް ލިބިފައެވެ.

ނަވީން އަހަރެންގެ އަތުގައި ހިފައިގެން އައިސް އަހަރެމެން ތިބެން ހަމަޖެހިފައިވީ މާސްޓާ ބެޑް ރޫމަށް ވަނެވެ. ކަޅާއި ހުދުން ޒީނަތްތެރި ކުރެވިފައިވީ އެ ކޮޓަރި ނުހަނު ބޮޑުވެފައި ހިތްގައިމެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މުއްސަނދިކަމެވެ. ކިންގް ސައިޒުގެ އެނދުގައި އަލަތު ދެމަފިރިންނަށް މަރުހަބާ ޖަހާފައިވީ އިރު އެއްފަރާތުގައި ބަހައްޓާފައިވީ ހުދު ސޯފާތަކުގެ ބިއްދަށުގައިވީ ބޮޑު ބިއްލޫރިގަނޑުން ރޭގެ ފުރާ ފުރިހަމަ ވެފައިވީ ހުޅެވި ހަނދުހުރީ ފެންނާށެވެ. ހިތްގައިމު މަންޒަރަކަށް އެކަން އަހަރެންނަށް ވިއެވެ. ވަޔާއި ވިހުރެމުން ދިޔަ ދޮރު ފޮތިތަކުގެ ސަބަބުން އަދި އިތުރަށް އެ މަންޒަރު ވަނީ ހިތްގައިމު ކުރުވާފައެވެ.

ކަމުދޭ…..؟” ފުރަގަހުން ގާތް ވެލަމުން ނަވީން އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އެ ގާތް ކަމުން އަހަރެންގެ ހިތަށް ގޮތެއް ވެލިއެވެ. މުޅި ގައިން ހީބިހި ހިލުވައިލިއެވެ. ނަމަވެސް އިހުސާސްތައް ހިފަހައްޓައިލަމުން  ހިތްވަރު ކޮށްފައި އަހަރެން ބޯ ޖަހައިލީމެވެ.

އަހަރެންގެ އަތުގައި ހިފައި ނަވީންއާއި ދިމާއަށް އަހަރެން އަނބުރައިލިއެވެ. އަދި ދެއަތުން އަހަރެންގެ މޫނުގައި ހިފަމުން އަހަރެންގެ މޫނަށް ފުންކޮށް ބަލައިލިއެވެ.

” ހާދަ ހާދަ ރީއްޗޭ މިރޭ….މާޝާﷲ…. އެސްފީނާ ނުޖައްސަވާށި…..” އަހަރެންގެ މޫނަށް ގެއްލިފައި ހުރި ފަދަ ގޮތަކަށް ހުރެ ނާވީން ބުނެލިއެވެ. ނަވީންގެ އެ އަމަލުން އަހަރެން ރަކިވެގެން އިސްޖަހައިލީމެވެ.

” ވަރަށް އުފާ ވެއްޖެ މިރޭ.. މުޅި އުމުރަށް ޒާނާ މިލްކުވީ….” ނަވީން އުފާވެލާފައި ބުނެލިއެވެ.

” އަހަރެންވެސް…..” ނަވީންގެ މޭގައި މޫނު ފޮރުވައިލަމުން އަހަރެން ބުނީމެވެ. އަހަރެންގެ ގައިގާ ނަވީންގެ ދެއަތް ވަށުވައިލަމުން އަހަރެންގެ ގައިގާ ބައްދައިލިއެވެ. ނަވީންގެ ހައްޤަކަށް ވެވުމުން ހަޤީޤަތުގައިވެސް އަހަރެން ހުރީ އުފާވެފައެވެ.

އެވަގުތު ނަވީންގެ ފޯނު ރިންގުވާން ފެށިއެވެ. އެހުރި ގޮތުގައި ހުރެ ޖީބުން ނަވީން ފޯނު ނަގާފަގައި ގުޅަނީ ކާކުތޯ ބަލައިލިއެވެ. އަދި ފޯނު ސައިލެންޓަށް ލަމުން މޭޒުމަތީގައި ފޯނު ބޭއްވިއެވެ. އަހަރެންނަށް ނަވީންގެ ހުރިހާ ސަމާލުކަމެއް އަނބުރައިލިއެވެ.

” ލަދުންތަ ތިހުރީ….؟” ހެދުމުގެ ޒިބު ފަހަތުން ކަހައިލަމުން ލާނެތް ހިންޏެއް އައިސް ހުރެ ނަވީން އަހައިލިއެވެ. ލަދުން އިސްޖަހައިލަމުން އަހަރެން ހެދުމުގެ މޭމަތީގައި ހިފަހައްޓާއިލީމެވެ.

ނަވީން ލައިގެން ހުރި ކޯޓު ބާލަމުން ކައިރީގައި ހުރި ސޯފާ މައްޗަށް އެއްލިއެވެ. އަދި ދަށަށް ޖަހާފައިވީ ހުދު ގަމީސް ނައްޓާއިލަމުން އަހަރެންގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވައިލިއެވެ. ކެތްތެރިކަން ކުޑަވެފައި ހުރިކަމުގެ އަސަރުތައް ރީއްޗަށް އެމޫނުން ފެންނަން ހުއްޓެވެ.

އަހަރެންގެ ތުންފަތަށް ނަޒަރު ހުއްޓާއިލަމުން ނަވީން ހިންދިރުވައިލިއެވެ. ކެތްތެރިކަމުގެ އެންމެ ފަހު ހަރުފަތް ގިރާ ކުރަމުން ދަނީއެވެ.

ނަމަވެސް ދުރަށް ޖެހިލަމުން ނަވީން އަލަމާރި ކައިރިއަށް ޖެހިލިއެވެ. ކުރަން އުޅޭ ކަމެއް ނޭނގި ސުވާލު އުފެދިފައި އަހަރެން ހުރީމެވެ. އަލަމާރިން ނެގި ޕާރްސަލް ނަވީން އަހަރެންގެ އަތަށް ގެނެސް ދެމުން ހިނިތުންވެލިއެވެ.

” މިއީ ކޯއްޗެއް…؟” އަހަރެން ސުވާލު އުފެދިފައި ހުރެ ނަވީންގެ މޫނަށް ބަލައިލަމުން އަހައިލީމެވެ.

” ބަލާބަ ކަނޑާފަ… އޭރުންނޭނުން އެނގޭނީ….” ނަވީން ލާނެތް ހިނިތުންވުމެއް ދެމުން ބުނެލިއެވެ. އެނދުގައި އިށީނދެލަމުން އަހަރެން ޕާރްސަލް ކަނޑަން ފެށީމެވެ. ނަވީން ހިނގާލާފައި ގޮސް އިށީންދެލީ އެނދާއި މާ ދުރު ނޫން ހިސާބެއްގައި ހުރި އެކަކަށް އިށީނދެވޭނެހެން ހުރި ސޯފާގައެވެ. ސޯފާއަށް ކަންނެތް ގޮތަކަށް ހަށިގަނޑު ދޫކޮށްލަމުން ސޯފާގެ ދެއަތްގަނޑުގައި އަތް އަޅުވައިލަމުން ސީދާ އަހަރެންގެ މޫނަށް ބަލަން ނަވީން އިނެވެ. އެ ދެލޮލުން ސިއްރުވުމެއް ނެތި މަސްތުކަން އަހަރެންނަށް ފެންނަމުން ދިޔައެވެ.

ޕާރުސަލް ކަނޑާއިލުމާއިއެކު އޭގައި އޮތް އެއްޗެއް އަހަރެން ބަލައިލީމެވެ. ފެތުރިގެން ދިޔަ ހުދު ފޮތިކޮޅަކީ ހުދު ސެޓިން ފޮއްޗާއި ލޭސް ފޮތި ހިމެނޭނެ ގޮތަށް ވީ ނައިޓި ކޮޅެކެވެ. އަތުގެ ބަދަލުގައި އޭގައިވީ ހިމަ ދެ ވާކޮޅެވެ. ހެދުން ކޮޅުގެ ފަހަތު ކަރެއް ނެތޭ ބުނާހާ ބޮޑެވެ. ހަމަ ގައިމުންވެސް އަހަރެން އެ ލައިގެން ހުންނައިރު ގައިން އެއްވެސް ތަނެއް ނިވައެއް ނުވާނެއެވެ. އެއަށް ވުރެން އެއްޗެއް ނުލައި ހުއްޓަސް މާ ރަނގަޅު ވާނެއެވެ. އަދި ނަވީންގެ ބޭނުމަކީ އެއީކަންވެސް އަހަރެންނަށް ފަހުމް ވިއެވެ.

ލަދުން ހަލާކުވާވަރު ވެފައި އިނދެ އަހަރެން ކުރިމަތީގައި އިން ނަވީންއަށް ބަލައިލީމެވެ. ލާނެތް ހިނޏެއް އައިސްފައި އިނދެ ނަވީން އެއްލޯ މަރައިލިއެވެ. އަދި ލާށޭ ބުނާފަދަ ގޮތަކަށް ލޮލުން އިޝާރާތް ކޮށްލިއެވެ. ލަދުން ނުކެރިފައި އިނދެ އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރައިލީމެވެ. އެހިނދު ނުލަފާ ހިންޏެއް އައިސްފައި ހުރެ ނަވީން ސޯފާއިން ތެދުވެގެން އަހަރެންގެ ގާތަށް އަންނަން ފެށިއެވެ. އަހަރެންގެ އެ އަމަލަށް ނަވީން އުއްމީދުކޮށްގެން ހުރި ކަހަލައެވެ.

” އަހަރެން ލައްވަ ދޭންވިތަ….؟ ” އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން އަހަރެންގެ ދަތް ދޮޅީގައި ހިފައި އިސް އުފުލުވައިލަމުން ނަވީން އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން އަހައިލިއެވެ. އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނީ ނަވީން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެނގުމުންނެވެ. ނޫނެކޭ ބުނެ ބޯ ހޫރައިލަމުން އަވަސް އަވަހަށް އަހަރެން ނައިޓީ ހިފައިގެން ފާހަނައާއި ދިމާއަށް ދުއްވައިގަތީމެވެ.

ފާހާނާގެ ދޮރު ތަޅުލުމާއިއެކު ސިންކާއި ދިމާ ފާރުގައި ހަރުކޮށްފައިވީ ލޯގަނޑުން އަހަރެން މޫނު ބަލައިލީމެވެ. މިރެއާއި އަހަރެން ކުރިމަތިލާން ޖެހޭނެކަން މާކުރިންވެސް އަހަރެންނަށް އޮތީ އެނގިފައެވެ. ދެން އޮތީ ހިތްވަރުކޮށްފައި ކުރިމަތިލުމެވެ.

ބޮލުގައި ޖަހާފައިވީ މާގަނޑު ނައްޓާއލުމާއިއެކު ސިންކުމަތީގައި ބާއްވައިލަމުން އަހަރެންގެ ދިގު އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އޮމާންކޮށްލީމެވެ. ލައިގެން ހުރި ބޮޑު ވެޑިން ޑްރެސް ބޭލުމާއިއެކު އަހަރެން ފާހާނާގައި ތުވާލު އަޅުވާ ބުޅިގަނޑު ކައިރީގައި ހުރި ކަބަޑުމަތީގައި ރީތިކޮށް ބާއްވައިލީމެވެ. އެއީ ނަވީންގެ މަންމަގެ ހެދުމެއްކަން އަހަރެން ކުޑަކޮށްވެސް ހަނދާން ނައްތައި ނުލަމެވެ. އަދި އެއީ ޔޫސުފް ޖަލީލްގެ އެތައް ހަނދާން ތަކަކާއި ގުޅިފައިވީ އަމާނާތެއްކަންވެސް އަހަރެން ހަނދާން ނައްތައެއް ނުލަމެވެ.

ފުދޭވަރަކަށް ފާހާނާ ބޮޑުވުމުން އަހަރެން ބޭނުންކަމެއް ކުރުމަށް ނުހަނު ފަސޭހަވިއެވެ.

ކުޑަކޮށް ގައި ދޮވެލަމުން އަހަރެން ގައި ހިއްކައިލަމުން ނަވީން ދިން ނައިޓީ ލީމެވެ.

ލައިގެން ހުރި ކުރު ނައިޓީ ކޮޅަށް އަހަރެން ބަލައިލީމެވެ. ގަޔަށް ފުދޭވަރަކަށް ހިފާފައިވީ ސިލްކު އެ ނައިޓީކޮޅުން އަހަރެންގެ ބުޑު ރަނގަޅަށް ނިވާ ނުވެއެވެ. މޭމަތިން ބޮޑުބައެއް ހާމައަށް އޮތް އިރު އަހަރެންގެ ބައްޓަން އެއްވެސް ފޮރުވުމެއް ނެތި ހާމައަށް ފެންނަން ހުއްޓެވެ. ނަވީންގެ މިޒާޖަކީ އަދި ސްޓައިލަކީ އެއީކަން އަހަރެންނަށް މާކުރިންވެސް އެނގި ދަސްވެފައިވެއެވެ. އެއަކު އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އަހަރެންވެސް ގަޔާވި ހިތްކީ ކަންކަމަށް ނަވީންގެ އެ އާދަތައް ވަނީ ވެފައެވެ.

ފުރަގަހަށް އެނބުރިލުމާއިއެކު ހާމައަށް އޮތް ބުރަކަށްޓަށް އަހަރެން ނަޒަރު ހިންގައިލީމެވެ. އަހަރެންގެ ދިގު އިސްތަށިގަނޑު ފަހަތަށް އެއްލުމާއިއެކު ބުރަކަށި ނިވާވެގެން ދިޔައެވެ. ދެން އަހަރެން އިސް ޖަހައިލަމުން ހާމައަށް އޮތް ފަޔަށް ނަޒަރު ހުއްޓައިލީމެވެ. ނަފްސު ހަމައަކަށް އަޅުވައިލަމަށް ފުންކޮށް ދެތިން ނޭވާއެއް ލަމުން އަހަރެން ފާހާނާގެ ދޮރު ހުޅުވައިލީމެވެ.

ކެތްތެރިކަން ކުޑަވެފައި އެއްފައި މައްޗަށް އަނެއްފައި އަރުވައިލާ ފައި ތަޅުވާލަ ތަޅުވާލަ އެނދުގައި ފުރަގަހަށް ވާ ގޮތަށް ދެއަތް ވިއްދާލައިގެން ނަވީން އިނެވެ. ގަމީހުގެ މޭމަތިން ގޮށްތައް ނައްޓާއިލެވިފައި ވީއިރު އިސްތަށިގަނޑުވަނީ ތަރުތީބުކަން ގެއްލިފައެވެ.

އަހަރެން ފެނުމާއިއެކު ހުއްޓުން އަރާފައި ބަލަން ފެށިއެވެ. އިސާހިތަކު ލާނެތްކަމުން އެ ދެލޯ ވިދައިގަތެވެ. މަސްތީ ގޮތަކަށް ބަލަންފެށި ނަވީންގެ ނަޒަރު އަހަރެންގެ މޫނުން ފެށިގެން ތިރިއަށް ދަމުން ގޮސް އަހަރެންގެ ފަޔާއި ހަމައަށް ކުއްލިއަކަށް ހުއްޓުނެވެ. އިސާހިތަކު އެ ދެލޮލުގައި ވިދަވިދައި ހުރި ލާނެތްކަމާއި މަސްތުކަން ފިލައި ސީރިއަސްކަން ވެރިވިއެވެ. އެތަން ފެނުމުން އަހަރެންނަށް އިސް ޖަހައިލެވުނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 310 Stories

Other Articles

Previous

އަވައްޓެރިޔާ! – 11

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 27

Next
September 14, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 27

Previews
September 14, 2026

އަވައްޓެރިޔާ! – 11



All Right Reserved!