Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-48

Zidu
Zidu Level 210 Stories
September 17, 2026 4 Mins Read
2 Comments

*”ދޮންތީ. އެއްޗެއް އަހާލަންތަ؟” އިންގޮތަށް އިނދެ މާޔާ އަހައިލި އެވެ.*

“ހިމް. ކިހިނެއްވީ؟” މިންހާ ޝައުގުވެރިވެފަިއ އަހައިލިއެވެ.

“ނުލިބޭނެކަން އެނގިހުރެ މީހެއްދެކެ ލައިކް ވެވިއްޖެއްޔާ ވާނީ ކިހިނެއް؟” މާޔާ އަހައިލި އެވެ. އެއަޑުގައި އެއްވެސް ދިރުމެއް ނެތެވެ.

“ކޮންކަހަލަ ސުވާލެއްތިކުރީ؟” މިންހާ ހައިރާން ވެފައި އަހައިލި އެވެ.

“ދޮންތި އަށް އެނގޭނެ މިބުނީ ކީކޭކަން.” މާޔާ ބަލައިލި ސީދާ މިންހާގެ މޫނަށެވެ.

“ހިމް. އެނގޭ.”

“ދެން ވާނީ ކިހިނެއް؟ ކިހިނެއް އަހަރެން ހަދަންވީ؟”

“އަނެކަކުގެ ހިތުގަ އޮތް އެއްޗެއް ނޭނގެންޏާ ނޫނީ ދެމީހުންނަށް އެކިގަ ފިއުޗާ އެއް ނެތްކަން އެހެންޏާ އެކަން ކުރިއަށް ނުގެންދިއުން ރަނގަޅުވާނީ.” މިންހާ ވިސްނައިދޭ ރާގެއްގައި ބުންޏެވެ.

“އަދިޔަން ވެސް އަހަރެން ދެކެ ލައިކް ވޭތަ؟ ދޮންތި އަށް ހީވަނީ ކިހިނެއް؟” ދެއަތް ދެއަތާ މޮޑުކަމުން މާޔާ އަހައިލި އެވެ.

“ވެލް…ތިހެން ނޭނގެ ބުނާކަށް. ބަޓް އިޓް ސީމްސް ލައިކް ހީ ކެއަރސް އެބައުޓް ޔޫ. މިރޭ ވެސް އައިސް އެހި މާޔާ ކިހިނެއްހޭ.”

“މިތާ ދޮރު ކައިރީ ވަރަށް ގިނައިރު ހުރެފަ ދިޔައީ.”

“ބަޓް ޑޯންޓް ކީޕް ޔޯރ ހޯޕްސް ހައި. އެޓްލީސްޓް އަދިޔަންގެ ހިތުގަ އޮތް އެއްޗެއް އެނގެންދެން.”

“އޯކޭ. ޓެންކްސް. ދެން ދޮންތި ވެސް ދޭ ނިދަން. މާދަން ހޮސްޕިޓަލަކަށް ނުދަންތަ؟”

“ހިމް. ނުދަން. މާޔާ މީތި ހުސްކުރަން ވާނެ.” މާޔާގެ އަތަށް ތަށި ލައިދެމުން މިންހާ ބުންޏެވެ.

“އޯކޭ ދެން ދޭބަލަ.” މިންހާގެ ކޮނޑުގައި ހިފައި ކުޑަކޮއް ކޮއްޕާލަމުން މާޔާ ބުންޏެވެ. މިންހާ ހީލައިފައި ނުކުމެގެން ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ގޭގެ އެންމެން ތިބީ ހެދުމުގެ ނާސްތާ އަށް އިންސާފުކުރުމަށް މޭޒު ދޮށުގައެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މިއަދު އެކަކު އަނެކަކާ ވާހަކަ އެއް ނުދައްކާ އެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ ހިތްހަމަނުޖެހުމެވެ.

އިރުކޮޅަކުން ވަދެގެން އައީ ޒައިދު އެވެ. އޭނާ ގޮސް އިށީނީ މަރިޔަމް އާއި އެންމެ ގާތަށް ހުރީ ގޮނޑީގައެވެ.

“ދަރިފުޅާ ޒައިދު. ރަނގަޅަށް ސައިބޯން ވާނެ. މިއަދު މިހުރީ މަންމަ އަމިއްލަ އަށް ސައިހަދައިފަ.” އުފާވެރި ހިނިތުންވުމަކާއި އެކު މަރިޔަމް ބުންޏެވެ.

“ވަރަށް ވެސް ރަނގަޅު. މަންމަގެ އަތުން ހަދާފަ ހުރި އެއްޗެއް ނުކުތާ ވަރަށް ދުވަސްވެއްޖެ.” މަލާމަތުގެ ހިނިތުންވުމަކާއި އެކު ޒައިދު އެންމެންނާއި ދިމާލަށް ބަލައިލި އެވެ.

ކުއްލިއަކަށް މާޔާ ތެދުވި އެވެ. އޭނާ ހުރީ ރުޅިއައިސްފަ އެވެ.

“މާޔާ. ސައިބޮއި ނިންމަބަލަ.” މަރިޔަމް ބުންޏެވެ.

“އަހަރެންގެ ބަޑި ފުރިއްޖެ. އެހުރި ޖަނަވާރަކަށް ކާންދެވޭތޯ ބަލާބަލަ.” މިހެން ބުނެފައި މާޔާ ބާރު ބާރަށް ހިގައިފައި އެތަނުން ނުކުމެގެން ދިޔައެވެ. އަދިޔަން ހުރީ ވަރަށް ރަނގަޅަށް މާޔާގެ ހަރަކާތްތަކަށް ބަލާށެވެ.

“ރިޝްފާ. މާޔާ ކިހިނެއް އެވާހަކަ ދެއްކީ. އެއީތަ އެކުދިންގެ ބޮޑުބޭބެ އާއި މުހާތަބު ކުރާނެ ގޮތަކީ.” މަރިޔަމް ހުރީ ހިތްހަމަޖެހިފައެވެ.

“މާޔާ ވާހަކަ ދެއްކި ގޮތް ރަނގަޅައް ނޫން. ދެން އެކަމަކު ކިއްކުރަންވީ؟” ރިޝްފާ ރައްދުގައި ބުންޏެވެ.

“މާޔާ އަށް ވިސްނައިދީ. އެއީ އުޅެންވާ ގޮތެއް ނޫން.” އިރުކޮޅަކު ހުރުމަށް ފަހު މަރިޔަމް ބުންޏެވެ.

“މަންމަ ވެސް ދެން އެހާ ބޮޑު ކަމަކަށް ނުހަދާ ބަލަ. މީ ކޮން ކުއްޖެއްތަ؟” އަދިޔަން އަށް އިޝާރާތް ކުރަމުން ޒައިދު ބުންޏެވެ.

“އެއީ އަދިޔަން. މީނީ އަހުމަދު. އެމީހުން ވިޔަފާރީ ކަމަކު އައިސް އެއުޅެނީ. އަދިޔަން އަކީ އަހުމަދުގެ ހުރި ހަމަ އެކަނި ދަރި.” މަރިޔަމް ކިޔައިދިނެވެ.

“މިއީތަ މިންހާ އާއި ކައިވެނި ކުރަން އުޅޭ ކުއްޖަކީ؟ ކައިވެނީގެ ކުރިން އެއްގެއެއްގަ ދެކުދިން އުޅުން ކިހާ ހުތުރު.” ޒައިދު ދެފަރާތަށް ބޯހޫރަމުން ބުންޏެވެ.

އަދިޔަން އައް ދަތްކުޑިވިކައިލެވުނެވެ. މިންހާ ވެސް ނުރުހުމުގަ ނަޒަރަކުން މަރިޔަމް އަށް ބަލައިލި އެވެ.

“މަޢާފް ކުރައްވާ. ތިޔަ ހީވީ ނުބައިކޮށް. އަހަރެން މިރަށަށް އައީ މީހަކާ އިންނާކަށް ނޫން. ވިޔަފާރީގެ ކަމެއްގައި. އެކަމަކު އަހަރެން އެނބުރި މާލެ ދާނީ މިންހާގެ ކައިވެންޏަށް ފަހު.” އަދިޔަން މަޑުމަޑުން ގޮނޑިން ތެދުވި އެވެ. “އެސްކިއުޒް މީ.”

“ބޭބެ އަށް ނޭނގުނީ. އެހެންނެއްނު ވާނީ. ކުރިން ރީހާން ވެސް އަބަދު އުޅޭނީ މިގޭ ތެރޭގަ ވިއްޔާ. ދެން ހީވާނީ އެހެންނެއްނު.” އަދިޔަން ދިއުމުން ޒައިދު ބުންޏެވެ.

ޒައިދުގެ ވާހަކަތަށް ހުރި ގޮތުން އަހުމަދު ވެސް އިނީ އުނގަދޫވެފައެވެ. ނަދީމް ހީވަނީ ދެންމެ ގޮސް ޒައިދުގެ ކަރުގައި ހިފައިގެން ހެންނެވެ.

“ދެން އެވާހަކަ ބާއްވާ. މިންހާ އިންނަން އުޅެނީ ކާކާތަ؟” ދެން ވެސް ވާހަކަ ދެއްކީ ޒައިދު އެވެ.

“މާމާ. އެމީހާ ކައިރީ ބުނޭ މިގޭގަ އުޅެންޏާ ނުބެހޭ ކަންކަމާ ނުބެހި ހުންނާށޭ.” މިންހާ ރުޅި އައިސްފައި ބުންޏެވެ.

“ބަލަ ބޭބެ އަށް ވެސް އެނގެން ޖެހޭ ކަންކަމޭ އެއީ. ބޭބެ ކައިރީ ބުނުމަކުން ކޮބާ ދެރައެއް.” މަރިޔަމް ވިސްނައިދޭ ފަދައިން ބުންޏެވެ.

“ހެވޭ މަށަށް. އެމީހާ އަކަށް ނުޖެހޭނެ އެނގޭކަށް.” އިތުރަށް އެތާގައި މަޑުނުކޮއް މިންހާ ވެސް ނުކުމެގެން ދިޔައީ އެވެ.

މާޔާ ނުކުމެގެން ދިޔަ ގޮތަށް އޮތީ ބޭރު އަނބުގަހުގައި އެލުވައިފައި ހުރި އޮދޯލިތަކުގައެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބެ އެވެ. ރުޅި އައިސް ގެންނެވެ. ދެރަވެގެންނެވެ. އެއްއިރެއްގައި އޭނާގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅުނު މީހަކާއި އެއް ފުރާޅެއްގެ ދަށުގައި އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ. އަބަދު ބިރާއި ޝައްކެއްގެ މަތީގައެއް ނޫޅެވޭނެ އެވެ.

އިރުކޮޅަކުން ބާރު ހިނގުމެއްގައި ގެއިން ނުކުމެގެން އައީ އަދިޔަން އެވެ. މާޔާ ކަރުނަ ފުހެލިތަން ފެނިފައި އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ނަމަވެސް މާޔާ ބަލައިލި އިރަށް އޭނާ އަނެއްކާ ވެސް ހިނގައިގަތީ ދޮރާއްތާއި ދިމާލަށެވެ. މާޔާ ހުރީ ހައިރާން ވެފަ އެވެ. އަދިޔަން އެގޮތަށް ނުކުމެގެން ދިޔަ އީ ކީއްވެބާއެވެ؟

ގިނައިރެއް ނުވެ މިންހާ އައިސް މާޔާ ކައިރީ ހުރި އޮދޯޏެއްގައި އިށީނެވެ. އޭނާ ހުރީ ރުޅި މޫނު ހަދައިލައިގެންނެވެ.

“ބޭބެ؟” މާޔާ އަހައިލި އެވެ. މިންހާ “ހިމް” އޭ ބުނެލި އެވެ.

“އަދިޔަން ކުއްލިއަކަށް ނުކުމެގެންދިޔައީ ކީއްވެ؟” އިރުކޮޅަކު ވިސްނާލުމަށް ފަހު މާޔާ އަހައިލި އެވެ.

“ބޭބެ އާއި ހެދި. ދެން އެނޫން ކޮންކަމަކާ؟ މިގޭތެރޭ ދެން ވާކަމެއް ވާނީ ބޭބެ އާއި ހެދި.”

“އެއްޗެކޭކީތަ؟ ކީކޭކީ؟”

“ނޭނގެ މަށަކަށް. އަދިޔަން އާއި އަހުމަދުބެ ހުންނައިރު ވެސް ވިސްނާނުލާ ވާހަކަ ދައްކާނީ. ގޭގަ އުޅޭ ގެސްޓުންނަށް ވެސް އެއްވެސް ރެސްޕެކްޓް އެއް ނުކުރެ.”

“ކީކޭތަކީ؟”

“އަހަނީ އަދިޔަން އަކީހޭ މިންހާ އިންނަން އުޅޭ ކުއްޖަކީ. ކައިވެނީގެ ކުރިން އެއްގެއެއްގަ އުޅުމަކީ ހުތުރު ކަމެކޯ. ހީވަނީ ތިމާ މީ މާ މާތް މީހެއްހެން.” މިންހާގެ އަޑުން ވެސް އޭނާ ނުރުހިފައި ހުރި ވަރު އެނގެއެވެ.

“ދެން؟ އެހެންމީހުން ރިއެކްޓް ކުރީ ކިހިނެއް؟”

“މާމަ އަކަށް ނުކެރޭނެ ބޭބެ އާއި ދިމާލަށް އެއްޗެކޭ ބުނާކަށް. އެހެން މީހަކަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަދިޔަން ވާހަކަ ދައްކައިފި.”

“އަސްލު ވެސްތަ؟ ވަރަށް ގޯސްވީ ތިހެން ވީރު. އަދިޔަން ކީކޭތަ ބުނީ؟” މާޔާގެ ދެލޯ ބޮޑުވި އެވެ.

“އޭނާ ބުނީ ތިހީވީ ނުބައިކޮށޭ. އޭނަ މިރަށައް އައީ މެރީ ކުރާކަށް ނޫނޭ ބިޒްނަސް ގެ ކަމަކުއޭ. ވަރަށް ޕޮލައިޓް ކޮއް ވާހަކަ ދެއްކީ. އަހުމަދުބެ ވެސް އިނީ ބޭބެ އާއި ހެދި ލަދުގަނެފަ. އަދި އަދިޔަން އެހެން ބުނީމަ ވެސް ބުނީނު ރީހާން ވެސް ކުރިން މިގެއަށް އަންނާތީ ހީވިގޮތެކޭ.”

“ހިމް. އަހުމަދުބެ ވެސް ލަދުގަންނާނެ ދޯ ބޭބެ އެގޮތަށް ވާހަކަ ދެއްކީމަ.”

“އަދިޔަން ހުރީ ވަރަށް ހިތްހަމަނުޖެހިފައި. މާޔާ. އަމް ނޮޓް ޝުއަރ ބަޓް…އައި ތިންކް ހީ ނޯސް ވަޓް ހެޕެންޑް އިން ދަ ޕަރސްޓް.”

“އިޓް ވޮޒަންޓް މައި ފޯލްޓް. އެކަމަކު މީހުން ވަރަށް އަވަހަށް ޖަޖް ކުރާނެ އެކަހަލަ ކަމެއް ވީމަ.” މާޔާގެ ލޮލަށް ކަރުނަ ޖަމާވި އެވެ.

“އައި ނޯ. އަދިޔަން އަށް އެނގުނަސް އައި ޑޯންޓް ތިންކް ހީ ވިލް ޖަޖް ޔޫ ފޯ ދެޓް.”

“ދެމީހުން މަ ނުލާ ކޮންވާހަކަ އެއް؟” އެކުދިން ކައިރީ އަށް ހުއްޓިލަމުން ރީހާން ސަމާސާ ކޮއްލި އެވެ.

“މިއޮއް އައީ ގޮސިޕް ކުރާ ބޮޑުމީހާ.” މިންހާ ދިމާކޮށްލިއެވެ.

“މަ މިދަނީ މައި ބޯ އަނބުރާތީ އުޅޭތީ ބޭސްގަންނަން. އެއްވެސް އެއްޗެއް ބޭނުން؟ މާޔާ؟ އައިސްކްރީމް؟” ރީހާން އަހައިލިއެވެ.

“ބަލާލަ. މަ ވެސް މިތާ އެބަހުރީމޭ. މާޔާ ކައިރީ އެކަނިތަ އަހަނީ؟” މިންހާ ތުންދަމާލަމުން ބުންޏެވެ.

“އެކުއްޖާ އިއްޔެ ވެސް ނުކައި އުޅުނީ. އެހެން ނޫނަސް މިން ތިއުޅެނީ ދުވަސްކޮޅަކުން ދާކަށްނު. އެހެންވެ.” ރީހާން ހެމުން ބުންޏެވެ.

“ކަލޭ ބޭނުމީ މަ މީގެއިން އަވަހަށް ދާން ދޯ؟” މިންހާ ދެބުމަ ގޮއްޖަގައިލަމުން ބުންޏެވެ.

“ހަހަ…އާނ.” ރީހާން ހޭންފެށިއެވެ. އަދި ނުކުންނަށް ދާން ހިނގައިގަތެވެ.

“މަޑުކޮއްބަލަ. ބޭސް ނުގަނެ ތިއްތަ ގޮވައިގެން ޑޮކްޓަރ އަށް ދައްކާލަން ދޭބަލަ.” މިންހާ ބުންޏެވެ.

“މިން. މަޖައެއް ނޫނޭ. އެވަނީ މާ ބޮޑަށް ސްޓްރެސް ވީމަ ކަމަށް.” ރީހާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“މަޖަލަކަށް ނޫނޭ މިބުނީ. ވަރަށް ސީރިއަސްކޮށް. ބޯއަނބުރަނީ ސްޓްރެސް ވީމަ ކަމަށް ވެސް ވެދާނެ. އެކަމަކު ލާސްޓް މަންތް ގަ ވެސް ތިއްތަ ބުނި ޕީރިއަޑް މިސްވި އޭ.” މިންހާ ވިސްނައިދޭ ރާގެއްގައި ބުންޏެވެ.

ވިސްނަން ހުރެފައި ރީހާން އައިސް އެކުދިން ކައިރީ އޮދޯއްޔެއްގައި އިށީންނެވެ.

“ތި ވެސް ތެދެއް. އެކަމަކު ސްޓްރެސްގެ ސަބަބުން ވެސް އެހެން ވެދާނެ އެއްނު.” އިރުކޮޅަކުން ރީހާން ބުންޏެވެ.

“ރީހާން. ރީހާން. ކަލޭގެ މައްސަލައަކީ ކޮބާތަ؟ ވެދާނެ އެހެން ވެސް. އެކަމަކު ނޭނގި ހުރެ ޕެއިން ކިލާ ކެއުމަށް ވުރެ ގޮސް ޓެސްޓުތައް ހަދާލީމަ މާ ރަނގަޅުވާނެ.” މިންހާ ބުންޏެވެ.

“ތިއްތަބެ އަކަށް ނުވިސްނޭނެ.” މާޔާ ވެސް ހުރީ ބޮލަށް އުނދަގޫވެފައެވެ.

“ދެން މަށާ ދިމާލަށް ދެމީހުން އެއްޗެހި ނުކިޔަސް ހެވޭ. ދާނަމޭ މައި ގޮވައިގެން ޑޮކްޓަރަށް ދައްކަން. އެކަމަކު މިން ތިހުރީ ގޭގައެއްނު.” ރީހާން ދެމީހުންނާއި ދިމާލަށް ލޯއަޅައިލަމުން ބުންޏެވެ.

“ޕްލީޒް. އިހަށް މިތަނުން ދޭ.” ރީހާން އާއި ދިމާލަށް މާޔާ ބުންޏެވެ.

-ނުނިމޭ-

Share Article

Zidu
Follow Me Written By

Zidu

Level 210 Stories

Other Articles

Previous

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – 2 ވަނަބައި

Next

މަންޒިލް 49

Next
September 18, 2026

މަންޒިލް 49

Previews
September 17, 2026

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – 2 ވަނަބައި

2 Comments!

  1. AaMI says:
    September 17, 2026 at 10:23 pm

    VARAH REETHI

    1. Zidu Zidu says:
      September 18, 2026 at 9:04 am

      Thank you dear 🩷

Comments are closed.



All Right Reserved!