Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-45

Zidu
Zidu Level 210 Stories
August 27, 2026 4 Mins Read
4 Comments

*މާޔާގެ ހަޅޭކުގެ އަޑު އިވުނީ ގެއަށް ވަދެގެން އައި ރީހާން އަށެވެ. އޭނާ އަށް އެއީ މައިހާމެންގެ ކަމެއްކަން އެނގުނެވެ. އަވަސް އަވަހަށް ގޮސް އޭނާ މާޔާގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. މާޔާ ވަގުތުން ހުޅުވި އެވެ. އެތެރެއަށް ބަލައިލި ގޮތަށް ރީހާން ހޭން ފެށިއެވެ.*

“މީ ކޮންކަމެއް؟” މާޔާ ހިތްހަމަނުޖެހިފައި އަހައިލި އެވެ.

“އެއްވެސް ކަމެއް ނުވޭ.” މައިހާ ހިނިއައިސްފައި ހުރެ ބުންޏެވެ.

“މިތާ ކީއްތިކުރަނީ؟” މާޔާ އަނެއްކައިވެސް އެހިއެވެ.

“މިތިބީނު. މާޔާ އަންނަންދެން.” މައިހާ ބުންޏެވެ.

“އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ. ރެސްޓް ކޮއްލަން ބޭނުން ވެފަ. އެންމެން ނުކުމޭ.” މާޔާ ބުންޏެވެ.

“ކޫއްތަ ކޮންތާކަށް ގޮއްސަ ތިއައީ؟ ހަނާ ބޭރަށް ދާހިތުން ކޫއްތަ އަށް ހާދަ ހޯދީމޭ.” ދެރަވާކަމަށް ހެދެމުން ހަނާ ބުންޏެވެ.

“ތެދެއް. މާޔާ އެކަނި ކޮންތާކަށް ދިޔައީ؟” މިންހާ ހިނިއައިސްފައި ހުރެ އެހިއެވެ.

“ހިނގާލަން ދިޔައީ.” ނޫން ކަމަށް ހެދިފައި މާޔާ ބުންޏެވެ.

“އެކަނިތަ ދިޔައީ؟” ރީހާން އަހައިލިއެވެ.

“ކިހިނެއްވީ؟ ކަލޭމެން އެންމެން އަހަރެން ދިޔަތަނަކާ ދިޔައީ ކާކާ އެކީތޯ ބަލާ ހިތުން ތިއުޅެނީ ކީއްވެތަ؟” މާޔާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

“ހާދަ ރުޅިއެއް. ހަމަ އަހާލީ.” މިހެން ބުނެފައި ރީހާން ދިޔައެވެ.

“ނިކުންނަންވީ!” މައިހާ މިންހާ އަދި ހަނާ އަދިވެސް ތިބުމުން މާޔާ ބުންޏެވެ.

“އަދިޔަން އާއި ވާހަކަ ދެއްކުނީމަ އަހަރެމެންނާ ރުޅިހާދައިލީ.” ނުކުންނަމުން މިންހާ މަޑުމަޑުން ބުންޏެވެ. މާޔާ އަށް ވެސް އަޑުއިވުނެވެ.

“ކީކޭ؟” މާޔާ އަހައިލި އެވެ.

“އެއްޗެކޭ ނޫން. އަވަހަށް ރެސްޓް ކޮއްލާ.” މިހެން ބުނެފައި ހެމުން މިންހާ ނުކުމެގެން ދިޔައެވެ.

“އަނެއްކާ އެމީހުން ދެއްކީ ކޮން ވާހަކަ އެއްބާ؟” މިންހާ މުހާތަބު ކުރީ މައިހާ، ހަނާ އަދި ރީހާން އާއި އެވެ.

“އަހަރެން ވެސް ހިތަށް އަރަނީ ތިހެން.” މައިހާ އެއްބަސް ވިއެވެ.

“ތިހާ އެނގެން ބޭނުމިއްޔާ ކައިރިއަށް ގޮސް އަޑުއެހި ނަމަ.” ޖެއްސުމުގެ ރާގަކަށް ރީހާން ބުންޏެވެ.

“މިހާރު ތިހެން ބުނޭ. އަހަރެމެން އެންމެންނަށް ވުރެ ބޮޑަށް ރީހާން އެނގެން ބޭނުންވެފާ ހުންނާނީ ވެސް.” މިންހާ ރައްދުގައި ބުންޏެވެ.

“މަ މީ ފިރިހެނެއް. ފިރިހެނުން ކަލޭމެންހެން ގޮސިޕް ކުރާކަށް ނޫޅޭނެ.” ރީހާން ފަހުރުވެރި ވެފައި ބުންޏެވެ.

“ހިމް ހިމް. އެނގެއޭ. ދެން ހެވޭ މަ ނޫޅެން މިގަޑީ ކަލޭ އާއި ވާހަކަ ދައްކާކަށް. އެދެމީހުން ދެއްކި ކޮން ވާހަކަ އެއް ކަން ހޯދޭނެ ގޮތެއް އެނގިއްޖެ.” މިންހާ ބުންޏެވެ.

“ކިހިނެއް؟” ހަނާ ޝައުގުވެރިވެފައި އަހައިލި އެވެ.

އެއްރެއެވެ. މިންހާ ދޮރުއަށިދޮށުގައި ހުރީ ނާއިލްގެ އިންތިޒާރުގައެވެ. އެހެން ހުއްޓައި އަދިޔަން އަށް އާދެވުނެވެ.

“ހައި…” އަދިޔަން ބުނެލިއެވެ.

“އޯހ. ހައި.” މިންހާ ޖަވާބުގައި ބުންޏެވެ.

“މިގަޑީ މިތާ އެކަނި ކީއްކުރަނީ؟ މީހަކަށް މަޑު ކޮށްގެންތަ؟”

“ހިމް.”

“މީ…މާޔާ އެކަނިތަ ބޭރަށް ދަނީ؟ މިބުނީ ހަވީރުގައި ބޭރަށް ނުކުމެލާ ހަދަނީ އެކަނިހޭ؟” ދެ ހިޔާލެއްގައި ހުރެފައި އަދިޔަން އަހައިލި އެވެ.

“ބައެއްފަހަރު.”

“އާންމުކޮށް އަންހެން ކުދިން އެކަނި ނޫޅޭތި.”

“ބޯހަމަޖައްސައިލަން އެކިނި ވެސް ނުކުމެލަން ވާނެއެއްނު. އެއީ އެހާ ބޮޑު މައްސަލައެްް ނޫން. މަންމަމެން ވެސް އަޅައެއް ނުލާނެ. ކިހިނެއްވީ؟”

“ހަމަ އަހާލީ. ގޯސްކޮށް ނުވިސްނާތި. ޖަސްޓް ކިއުރިއޮސިޓީ.”

“ހެހެ. އިޓްސް އޯކޭ. އަދިޔަން އާއި މާޔާ ކުރީ ދުވަހު ކޮންތާކަށް ދިޔައީ؟” ލިބުނު ފުރުސަތުގެ ބޭނުން މިންހާ ހިފިއެވެ.

“ރަށުތެރޭ ހިނގާލަން. މަ ފޫހިވެގެން ނުކުމެލީރު ފެނުނީ މާޔާ އެކަނި ނުކުންނަތަން. ދެން މާޔާ އާއި އެކު ދިޔައީ.”

“މާޔާ ބުނިތަ؟ ވާހަކަ ދެއްކިތަ؟”

“އަހަރެން އަހާލީމަ ބުނީ އޯކޭ އޭ އަންނާށޭ. އާނ. ވަރަށް ވާހަކަ ދެއްކި.”

“މާޔާ ކޮންމެހެން މަޖުބޫރު ވެގެން ނޫނީ ފިރިހެން ކުއްޖަކާ ވާހަކަ އެއް ނުދައްކާނެ.”

“އަސްލުވެސްތަ؟ މަށާ ވަރަށް ވާހަކަ ދެއްކި.” ހައިރާން ވެފައި އަދިޔަން ބުންޏެވެ.

“ހިމް. ކީކޭތަ މާޔާ ކީ؟”

“މަ ބުނީ މަށަށް ކަމުދާ ކުއްޖެއް މިރަށުން ފެނިއްޖޭ. އެކުއްޖާ އާއި ބެހޭ ގޮތުން ސުވާލު ކުރީ. އިތުރު އެއްޗެކޭ ނުކިޔަ.”

“އަނެއްކާ ކޮން ކުއްޖެއްތަ؟” މިންހާ ހީލި އެވެ.

“އަދި ނުބުނެވޭނެ. އެކުއްޖާގެ ހިތް ވެސް އެނގުނީމަ ބުނާނަން.” އަދިޔަން ޔަގީންކަން ދިނެވެ.

“އަހަރެންނަށް ހީވަނީ އެކުއްޖަކީ މާޔާ ހެން. ނޫންތަ؟” ލާނެތް ގޮތަކައް ހީލަމުން މިންހާ ބުންޏެވެ.

އަދިޔަން އަށް އެއްޗެކޭ ބުނެވުމުގެ ކުރިއަށް ނާއިލް އަށް އާދެވުނެވެ.

“އެއޮއް އައީ އިންތިޒާރު ކުރާ މީހާ. މަ ދިޔައީ.” އަދިޔަން އަވަސް އަވަހަށް ގޮސް ގޭތެރެއަށް ވަނެވެ. މިންހާ ގާތަށް ހިނި އައެވެ.

މިންހާ އާއި ނާއިލް ދިޔައީ އަތިރިމައްޗަށެވެ. ދިޔަ މަގުމަތީގައި ނާއިލް ވާހަކަ އެއް ނުދައްކައެވެ. މިންހާ ބުނާ އެއްޗަކަށް ވެސް ދެނީ ވަރަށް ކުރު ޖަވާބެކެވެ.

“ކަމެއް ވީތަ؟ މިރޭ ހާދަ ފާޑަކަށް ތިހުރީ.” އެންމެ ފަހުން މިންހާ ސުވާލުކުރިއެވެ.

“އެއީ ކާކު؟” ނާއިލް އަހައިލީ ހަމަ އެކަނި މިހެންވެ.

“އެއީ؟ އެއީ އަދިޔަން. ތުއްތަބެގެ ފްރެންޑް އެއްގެ ދަރި.” މިންހާ ކިޔައިދިނެވެ.

“މިންހާގެ ގޭގަތަ އުޅެނީ ވެސް؟”

“ހިމް. ބައްޕަ ބޭނުން ނުވީ އެމީހުން އެހެން ތާކު ތިބެން.”

“އެމީހުންނޭ؟”

“އަދިޔަން އެންޑް ހިޒް ޑޭޑް.”

“މިން ހީވޭ ވަރަށް ފްރެންޑް ހެން…”

“އަދިޔަން އެއީ ވަރަށް ފްރެންޑްލީ ސޮރެއް. އެންޑް ވީ އަރ ސޭމް އޭޖް އިވެން.”

“ހިމް.” ނާއިލް އަޑުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އެނގެއެވެ. މިންހާ އަށް އެކަން ފާހަގަވިއެވެ.

“ނާއީ…؟”

“ކީކޭ؟”

“އަރ ޔޫ ޖެލެސް؟” ނާއިލް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މިންހާ އެހިއެވެ.

“ނޯ. ކޮންކަމަކާ؟” ނާއިލް ދުރުބަލައިލިއެވެ.

“ނާއީ؟”

“އޯކޭ. މިން އެހެން ފިރިހެން ކުއްޖަކާ ކްލޯޒް ކޮށް ވާހަކަ ދައްކާތަން ފެނުނީމަ ޖެލެސް ވީ.” އެންމެ ފަހުން ނާއިލް އެއްބަސްބި އެވެ.

މިންހާ ފެށީ ހޭށެވެ.

“ކިހިނެއްވީ؟ ނޭނގެއެއްނު އޭނަގެ ހިތުގަ އޮތް އެއްޗެއް.” ނާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ.

“ނާއީ ޖެލެސް ވާކަށް ނުޖެހޭނެ. ހީ ލައިކްސް މާޔާ. އޭނަ ހަމަ އެކަނި މާޔާގެ ވާހަކަ އޭ އަހަރެން ކައިރީ ދައްކަނީ.” ހުނުން ހުއްޓައިލުމުން މިންހާ ބުންޏެވެ.

“މިން އަށް ކިހިނެއް އެނގެނީ އެކަން؟ އޭނަ ބުނީތަ؟” ނާއިލް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

“ނުވެއް ބުނެ. ބަޓް އައި ނޯ.”

“ނުބުނަންޏާ ކިހިނެއް އެނގެނީ؟ މިން އާއި ވާހަކަ ދައްކަން އޭނާ ދައްކާ ބަހަނާ އަކަށް ވެސް ވެދާނެ އެއްނު.”

“ވަޓް އިސް ރޯންގް ވިތް ޔޫ؟ މިބުނީނު އަދިޔަން ލައިކް ވަނީ މާޔާ ދެކެ އޭ.”

“މިން އަށް އަންޑަސްޓޭޑް ނުވަނީއޭ. އޭނަ މިން ދެކެ ލައިކް-”

“ލައިކް ވަންޏާ ވެސް އޭނަ އަށް ކީއްކުރެވޭނީ؟ އޭނަ އަށް އެނގެއޭ ނެކްސްޓް މަންތް ގަ އަހަރެމެންގެ ވެޑިން އޮންނަަކަން ވެސް.” ނާއިލްގެ ވާހަކަ މެދުކަޑައިލަމުން މިންހާ ބުންޏެވެ. އޭނާ ގާތަށް ހުރީ ކުޑަ ކޮއް ރުޅި ވެސް އައިސްފައެވެ.

“އޯކޭ. ސޮރީ. ދެން ރުޅި މަޑުކޮއްބަލަ. ކުރިންވީ ކަންތަކުން. އައިމް ޖަސްޓް ވޮރީޑް އެބައުޓް ޔޫ.”

“އެންމެން އެއްގޮތެއް ނުވާނެއްނު.” މިންހާގެ އަދިވެސް ރުޅި މަޑު ނުވެ އެވެ.

“މިން؟ ހާދަ ރުޅި އެއް ތިއަންނަނީ. ސޮރީ އޭ ބުނެފީމެއްނު.” މިންހާ ރުޅި އައިސްފައި ހުރުމުން ނާއިލް ހައިރާން ވިއެވެ.

“ނާއީ އަބަދުވެސް ވިސްނާނީ އެންމެ ގޯސްގޮތަށް.”

“އަހަރެންނަށް ހީވަނީ އެހެން ކަމެއް ވެގެންހެން ތިއުޅެނީ. ބުނެބަލަ.” ވިސްނަން ހުރެފައި ނާއިލް ބުންޏެވެ.

“އަހަރެން ރުޅި އައީމަ އެއީ އަހަރެންގެ މައްސަލައެއް ދޯ؟ ނާއިލް ކުރި އެއްވެސް ކަމެއް ނޯންނާނެ.” މިންހާ ގާތަށް އިތުރަށް ރުޅި އައެވެ.

“މިން؟” ނާއިލް އޯގާތެރި ކަމާއެކު މިންހާގެ މޫނުގައި ދެއަތުން ހިފައިލިއެވެ. “އަހަރެން ނުބުނަމެއްނު މިންގެ މައްސަލައެކޭ. އެގޮތަކަށް މާނަ އެއްވެސް ނުކުރަން. އައިމް ސޮރީ މިން އަށް އެގޮތަށް ވިސްނުނީމަ. އައި ނޯ ޔޫ ވެލް. ވަޓްސް ރޯންގް؟”

މިންހާ ވަގުތުން ރުޅިމަޑުވިއެވެ. އޭނާގެ ދެލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ.

“ސޮރީ. ބިޒީ ކަމުން މާބޮޑައް ސްޓްރެސް ވީ. ރުޅިއެއް ނާންނަން.”

“އައި ނޯ. އިޓްސް އޯކޭ.” ނާއިލް ރީތި ހިނިތުންވުމަކާއި އެކު ބުންޏެވެ.

ރީހާން ގެއަށް ވަދެގެން އައިރު އޮދޯލީގައި އޮތް މާޔާ ފެނުނެވެ. އޭނާ ހީވަނީ ހިޔާލަކަށް ގެއްލިފައި އޮތް ހެންނެވެ. ރީހާން ކައިރީގައި ހުރި އޮދޯލީގައި އިށީނީރުވެސް ނޭނގެއެވެ.

“އާހ…ރީހާން. ކޮންއިރަކު އައީ؟ އަންނައިރު މީހުންނަށް އެނގޭ ގޮތައް އައިނަމަ؟” މާޔާ އޮދޯލީގައި އޮވެފައި އެނބުރިލި ވަގުތު ރީހާން ފެނިފައި ސިހުނެވެ.

“އާދައިގެ އިންސާނުން އަންނަހެން އެނގޭ ގޮތައް އައީ. އެހެން ދުނިޔެއެއްގައި އުޅޭ މީހުންނަކަށް ނޭނގޭނެ ވާނުވާއެއް. ކިހިނެއްވީ؟”

“އާ…ކަމެއް ނުވޭ…” މާޔާ ފަސް ޖެހުނެވެ.

“އަދިޔަން؟”

“ނޯ…”

“ބުނެފާނަން ވާހަކަ އެއް. އަދިޔަން އަކީ ރަނގަޅު ކުއްޖެއް. މާޔާ އަށް ކަމުދިއުމާކީ މައްސަލަ އެއް ނޫން. މާޔާ ފީލިންގސް ތިގޮތަށް ފޮރުވައިގެން ހުރުމަކީ ކުށެއް ނޫން.” ރީހާން ވިސްނުންތެރިކަމާ އެކު ބުންޏެވެ.

ރީހާންގެ ފަހު ޖުމްލައިން، މާޔާ ސުވާލުގެ ނަޒަރަކުން ރީހާން އަށް ބަލައިލިއެވެ.

“އަދިޔަން މިރަށަށް އައީ އޭނަގެ ވޯކް ގެ ކަމަކު. ދުވަސްކޮޅަކުން ދާނެ. އެހެންވީމާ މާޔާ ބޭނުން ނުވެދާނެ ބުނަން އިޓްސް އޯކޭ. އެގޮތް ރަނގަޅު ވެސް ވާނީ. އަދިޔަންގެ ހިތުގަ އޮތް އެއްޗެއް، އޭނާގެ އިންޓެންޝަންސް އެއް އަހަރެމެންނަކަށް ނޭނގޭނެ.”

މާޔާ ހުރީ ވިސްނާށެވެ.

“އިފް ޔޫ ވޯންޓް ޓު ޓޯކް ވީ އަރ ހިއަރ. އޯކޭ. ދެން ވަދޭ އެތެރެއަށް ވަރަށް ދަން ވެއްޖެ.” އިރުކޮޅަކުން ރީހާން ބުންޏެވެ.

ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން މާޔާ ގޮސް ގެއަށް ވަނެވެ. ފަހަތުން ރީހާން ވެސް ވަނެވެ.

ރީހާން އާއި މާޔާގެ ދެމެދު ދެކެވުނު ހުރިހައި ވާހަކަ އެއް ދުރުގައި ހުރި އަދިޔަން އަށް އަޑު އިވުނެވެ. އޭނާގެ މޫނުމައްޗައް ވަނީާޔޫސްކަން ވެރިވެފަ އެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ބަންދުދުވަހެއް ކަމުން އެންމެން ވެސް އުޅުނީ ގޭގައެވެ.

މިންހާ އޮތީ އޮދޯލީގައި ފޯނު ހިފައިގެންނެވެ. އިރުކޮޅަކުން އަދިޔަން އައެވެ.

-ނުނިމޭـ

Share Article

Zidu
Follow Me Written By

Zidu

Level 210 Stories

Other Articles

Previous

ވައިސޫރަ – 3

Next

ވާނަމޭ ލޯބިން އުމުރަށް- ޗެޕްޓާރ 1&2

Next
August 27, 2026

ވާނަމޭ ލޯބިން އުމުރަށް- ޗެޕްޓާރ 1&2

Previews
August 27, 2026

ވައިސޫރަ – 3

4 Comments!

  1. amsha19 says:
    August 27, 2026 at 10:23 pm

    Oh my god zidu i missed you and your lovely story
    haadha inthizaareh kohffeemey
    i love mi part vx vrh bodah maasha allah
    when is next part??? can’t waitt

    1. Zidu Zidu says:
      August 28, 2026 at 6:15 am

      Thank you 😊
      vrh try kurin like veytho but vrh busy dhuvas kolhah
      next part vx veehaa vx avahah liyeveytho balaanan

  2. Amu says:
    August 27, 2026 at 10:24 pm

    oh mu god i missed you and your lovely story
    Zidu rangalhu thr??
    i love mi sorty ge mi part vx vrh bodah maasha allah
    when is next part??

    1. Zidu Zidu says:
      August 28, 2026 at 6:17 am

      Thank you 😊
      Alhahamdhulillah I’m good.
      insha’Allah vrh avahah next part vx kiyaalan libeyne

Comments are closed.



All Right Reserved!