Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު-25

Vaahaka_by_Az
Vaahaka_by_Az Level 110 Stories
September 12, 2026 5 Mins Read
2 Comments

ރީތިވާ އެއްޗެހި ބަހައްޓާފައި ހުންނަ މޭޒުކައިރީ ހުރި ލޯގަނޑުން އާޔަތު އެންމެ ފަހު ފަހަރަށް ފަރި ބަލާލަމުން  ’ލޯންގް ޗޭމްޕް މިނީ‘ އަތް ދަބަސް އަޅުވާލައިގެން ކޮޓަރިން ނުކުތެވެ. މަލީހް ގަޑި ކިޔާފައި އޮތީ 9 ޖަހާއިރަށެވެ. އޭރު ގަޑިން 9 ޖަހަން އަދި 5 މިނެޓް އޮތެވެ. ފައިވާން ހަރުން ބްރައުން ކުލައިގެ ސްލައިޑެއް ލައިގެން ނުކުތީ ތިރީގައި ކަމަށް ބުނެ މަލީހް މެސެޖް ކުރުމުންނެވެ. އާޔަތުގެ ރީތިކަމަށް މަލީހް ތައުރީފް ކުރިއެވެ. ހިނިތުން ވެލަމުން އާޔަތު ސައިކަލު ފަހަތަށް އެރުމުން މަލީހް ސައިކަލު ދުއްވާލިއެވެ.

މަގުގެ އެއްފަރާތުގައި ސައިކަލު ޕާކު ކޮއްލާފައި ދެމީހުން ގޮސް ވަނީ މެންގޯ ޓްރީ ރެސްޓޯރެންޓަށެވެ. ދެބުރިއަށް ނަގާފައި ހުރި އެ ރެސްޓޯރެންޓުގައި ފުދޭވަރަކަށް މީހުން އޮތެވެ. މެދު ތެރެއިން ފެނުނު ހުސް މޭޒެއްގައި  ދެމީހުން ގޮސް އިށީނެވެ. ވެއިޓަރު އައުމުން މަލީހް ނެގީ ލަވާޒާ ބްލެކް އެކެވެ. އާޔަތު ނެގީ ޕީޗް އައިސް ޓީ އެކެވެ.

އޯޑަރު ދީފައި  އެއްލިކަޅިއަކުން އާޔަތުއަށް ފެނުނީ މީކައިލްއެވެ. ކޮންމެވެސް އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން ހެވިފައިހުރެ އާޔަތުމެނަށް ފުރަގަސްދީ ރެސްޓޯރެންޓުން ނުކުންނަން ދަނީއެވެ. މީކައިލްއަށް ގޮވުމަށް އާޔަތުގެ ހިތަށް އެރިއެވެ. ނަމަވެސް ވަގުތާއި ތަނުގެ ގޮތުން އާޔަތު ނިންމީ ފަހުން މީކައިލް އާ ބައްދަލު ކޮއް ވާހަކަ ދެއްކުމަށެވެ.

”ކޮފީ އެއް ނުބޮންތަ؟“ މަލީހް އެހިއެވެ. ”ޔާ….އަމް ނޮޓް އަ ކޮފީ ޕާސަން….ވަރަށް މަދުން ކޮފީ ބޮނީ“ އާޔަތު ބުންޏެވެ.

”އޯހް….އައި މިސްޑް ޔޫ ސޯމަޗް….އިޓްސް ބީން ޓޫ ވީކްސް އާޔަތު ނުފެންނަތާ“ މަލީހް މޭޒުމަތީގައި އޮތް އާޔަތުގެ އަތް ތިލައިގައި ހިފާލިއެވެ. މަލީހްގެ އަތު ތެރެއިން އާޔަތު އަތް ދަމައިގަތީ ނުހަނު އަވަހަށެވެ.

”އަސްލު މީޓް ކޮއްލަން މިބުނީ ވާހަކައެއް ދައްކާލަން ވެގެން…..ކުރިން ވެސް ބުނަން ބޭނުންވި އެކަމް ތަންކޮޅެއް އަވަސްހެން ހީވާތީ މަޑު ކޮއްލީ“ މަލީހް ހިނިތުން ވެލިއެވެ. އާޔަތު ނިއް އަރުވާލީ ކޮން ވާހަކައެއްހޭ އަހާލާ ފަދައިންނެވެ.

”ވެލް….. އައި ރިއަލީ ލައިކް ޔޫ….ޔޫ އާ ރިއަލީ ޕްރިޓީ…..ލެޓްސް ޑޭޓް؟“ ކަރުކެހިލަމުން މަލީހް ހިތުގައިވާ ޖުމްލަ އާޔަތު ގާތު ބުންޏެވެ.

”ވަޓް؟….ޔޫ އާ މައި ބޮސް…. އައި ކާންޓް ޑޭޓް ޔޫ….ކޮމްޕެނީ ރޫލްސް އާ ވެސް ޚިލާފް ކަމެއް އެއީ……އެހެން ނޫނަސް އައި ޑޯންޓް ޑޭޓް“ އާޔަތު ގެ މޫނުން ހިތްހަމަ ނުޖެހުން ފާޅުވޭވޭ ހުއްޓެވެ.

” ހެއި ޔޫ ޑޯންޓް ހޭވް ޓޫ ވޮރީ އެބައުޓް ކޮމްޕެނީ ރޫލްސް…. އައިވިލް ހޭންޑްލް ދެޓް….އެހެން ނޫނަސް ކާކަށް އެނގޭނީ ދެޓް ވީ އާ ޑޭޓިން ކަމެއް؟….ކަމޯން ޓްރައި މީ“ މަލީހް ހުރީ އާޔަތު އާއެކޭ ބުނޭތޯ އާދޭސް ކުރަން ޖެހުނަސް އެކަން ވެސް ކުރަން ތައްޔާރަށެވެ.

އޯޑަރު ކުރި އެއްޗެހި އައުމުން މަލީހް ހިމޭން ވިއެވެ. އާޔަތު އިތުރު އެއްޗެކޭ ނުބުންޏެވެ. ” ކޮންތާކަށް؟“ ކުއްލިއަކަށް އާޔަތު ގޮނޑިން ތެދުވުމުން މަލީހްވެސް ތެދުވިއެވެ. ” ގެއަށް ދާން ބޭނުމީ…..އައި ލޮސްޓް މައި އެޕަޓައިޓް“ އާޔަތު ދަބަސް އަޅުވައިގެން ނުކުނަން ދިޔައެވެ. މަލީހް ފަހަތުން ދިޔައީ ގެއަށް ލައިދޭނެ ކަމަށް ބުނަމުންނެވެ. އާޔަތު އެގޮތް ބޭނުމެއް ނުވިއެވެ. ޓެކްސީއެއް ލިބޭތޯ  މަގުމައްޗަށް ނުކުތެވެ. އޭރުވެސް އާޔަތު ގާތު ހުރެ މަލީހް އާދޭސް ކުރަމުން ދިޔައީ ސައިކަލަށް އެރުމަށެވެ. އެހިނދު އާޔަތު ކުރިމަތީ މަޑު ކޮއްލީ ކަޅުކުލައިގެ ބެންޒް އެކެވެ. ބިއްލޫރިގަނޑު ތިރިކޮއްލިއިރު އޭގައި އިނީ އަޒާންއެވެ. ވަގުތުން ކާރުން ފައިބައިގެން އައިސް އާޔަތު އެރުމަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ. އާޔަތު ކާރަށް އެރުމުން އަޒާން ދޮރު ލައްޕާލަމުން ކައިރީ ހުރި މަލީހް އަށް ފިނި ނަޒަރެއް ދީފައި ގޮސް ކާރަށް އެރިއެވެ.

ކާރު ދުއްވާލިއިރުވެސް މަލީހް ހުރިތާގައި ގުޑިވެސް ނުލާ ހުއްޓެވެ. ދަތްކުނޑި ވިކާލަމުން ސައިކަލު ޕާކު ކޮއްފައި ހުރި ދިމާއަށް މަލީހް ދިޔައީ ބޮލުތެރޭގައި މޮޅު ރޭވުމެއް ރާވަމުންނެވެ.

……………………….

”ޑާލިން އާ ޔޫ އޯކޭ؟“ ކާރު ދުއްވަމުން އާޔަތުގެ ކޮލުގައި އެެއް އަތުން އަޒާން ފިރުމާލިއެވެ. އާޔަތު މަޑުމަޑުން ބޯ ޖަހާލިއެވެ.

” ހައު ޑިޑް ޔޫ ނޯ އައި ވޯޒް ދެއާ……ހައު ޑިޑް ޔޫ ފައިންޑް މީ“ އާޔަތު އަޒާން އަށް ބަލާލަމުން ނިއް އަރުވާލިއެވެ.

” ތެދަށް ބުނަންޏާ….އައި ވޯޒް ވޯކިން ލޭޓް….އޮފީހުގަ އިނދެފަ ހިތަށް އެރީ ބޯހަމަ ޖައްސާލަން ނުކުންނަން…..ދުއްވަމުން ދަނިކޮށް ލަވް ފެނުނީ…..މޫޑް އޮފް ވެފަ ހުރިގޮތުން އެނގިއްޖެ ކަމެއް ވެެއްޖެކަން….އެހެންވެ އަވަހާ ކައިރިކުރީ….. ބުނެބަލަ އޭނަ އެއްވެސް ކަމެއް ކުރިތަ…ޑިޑް ހީ ޓަޗް ޔޫ؟“ އަޒާންގެ މޫނު ބަދަލުވިތަން އާޔަތުއަށް ވެސް ފެނުނެވެ. މަލީހްގެ ވާހަކަ ދެއްކިއިރު އެ މޫނު މަތިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.  އާޔަތު ދެފަރާތަށް ބޯހޫރުވާލީއެވެ.

”އަހަރެން ހީކުރީ އަޒާންމެން ކަހަލަ މީހުން ސްޓްރެސް އެއް ނުވާނެ ކަމަށް….. ކޮން ކަމެއްތަ ވީ އެހާ ސްޓްރެސްވާ…. ދެޓް ޔޫ ހެޑް ޓު ވޯކް ސޯ ލޭޓް؟“ އާޔަތުބޭނުންވީ ވާހަކަ އޮޅުވާލާށެވެ. މަލީހްއާއި ދެމެދު ހިނގި ކަންތައް އެއްވެސް މީހަކަށް ކިޔާދޭން އާޔަތު ބޭނުން ނުވީއެވެ.

ފުން ނޭވާއެއް ދޫކޮއްލަމުން އަޒާން ފަރުވާތެރިކަމާއެކު އާޔަތުގެ މޫނަށް ބަލާލިއެވެ. ” އާ ޔޫ ޝުއާ ދެޓް ޔޫ ވޮނަ ނޯ އެބައުޓް އިޓް“

އާޔަތު ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

”ވެލް….. އައި ކާންޓް ސްޓޮޕް ތިންކިން އެބައުޓް ދިސް ވަން ގާލް…..ޝީ އިޒް ސޯ ޕްރިޓީ މާޝާ الله …… އައި ކީޕް ތިންކިން ދެޓް އިފް ޝީ އިޒް ސޭފް…..ވަޓް ޝީ މައިޓް ބީ ޑުއިން ތުރޫ އައުޓް ދަ ޑޭ….އެންޑް ސޯ އޮން“ އާޔަތުގެ މޫނަށް އަރާފައިބަމުން ދާ ކުލަވަރު އަޒާން އަށް ފެނުނެވެ. ބުމަ ގޮއް ޖަހާލަމުން އާޔަތު ބަލަން އިނީ ކޮން ކުއްޖެއް ކަން އެނގެން ބޭނުން ވެފައި ކަހަލައެވެ.

” ތީ އެކުއްޖަކީ…..ތިކުއްޖާ އާ ދޭތެރޭ މާބޮޑަށް ވިސްނެނީ…. އައި ކެއާ އެބައުޓް ޔޫ“ މިފަހަރު އަޒާން އިނީ މަގަށް ބަލާށެވެ. ކަންތައް ވީ ވެސް އަޒާން ހީކުރި ގޮތަށެވެ. މުޅި ދަތުރުގައި ވެސް އާޔަތު އިނީ ހިމޭން ވެފައެވެ. ގެއާ ހަމަށް ދެވެންދެން ވެސް ދެމީހުން ދޭތެރޭގައި އޮތީ ހިމޭން ކަމެވެ. އާޔަތު އިނީ ދެއަތް ޖޯޑުކޮއްލައިގެން އިސް ޖެހިފައެވެ. ކާރުގޮސް އާޔަތުމެން ގޭގެ ކުރިމައްޗަށް މަޑުކޮއްލުމުން ކާރުން ފައިބައިގެން ގެއަަށް ވަނީ އަޒާންއަށް ބަލާވެސް ނުލައެވެ.

”އާހްހްހްހް ވައި ޑިޑް އައި އިވެން ސޭ އޯލް ދެޓް……ޝީ ވޯންޓް އިވެން ޓޯކް ޓު މީ ދެން“ ކާރުގެ ހުންގާނުގައި އަޒާން އެއްއަތުން ޖަހާލިއެވެ.

……………………..

”ހެއި އާޔޫ އާދޭ ކާން…..ރާމެން ކައްކަން މިއުޅެނީ“ އާޔަތު ގެއަށް ވަނުމުން ޔަލްވީ ގޮވިއެވެ. މަހީރް އާއި ޔަލްވީ އުޅުނީ ރާމެން ކައްކާށެވެ. ޔުވާން ސޯފާގައި އިނީ ކޯލެއްގައެވެ. އާޔަތު ކޮޓަރިއަށް ވަދެގެން ދިޔައީ އިރުކޮޅަކުން އަންނާނެ ކަމަށް ބުނެފައެވެ. މިރޭ އެ ހިނގައި ދިޔަ ކަންތަކުން އާޔަތުގެ ބޮލުތެރޭގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ.

މަހީރް ރާމެން ކައްކަމުން ދިޔައީ ކޮންމެ ޕެކެޓެއް ވަކިންނެވެ. ފަހަރަކު ޕެކެޓެއް ކައްކައި ތަށިތަކަށް އަޅަމުން ދިޔައެވެ. މަހީރް ބުނާގޮތުގައި އެހެން ކެއްކުމުން ރަހަ ނުގެއްލޭނެއެވެ. ޔަލްވީ އުޅުނީ މަހީރްއަށް އަތް ގާތް ކޮއްދިނުމުގައެވެ. އޭރު އެއްޗެހި ބަދަލު ކޮއްގެން އާޔަތު ވެސް ނުކުމެއްޖެއެވެ. ކުޅި ރާމެން އާއި ފިހެފައި ހުރި ސޮސެޖް އަދި ކޯކް ތަށިތައް ހިފައިގެން އެންމެން ޓީވީ ކައިރިއަށް ދިޔައީ ފިލްމު ބަލާށެވެ. އެކުގައި ވަގުތު ހޭދަ ކޮއްލުމަށް އާންމުކޮށް ކޮންމެވެސް އެއްޗެއް ކައްކައިގެން ފިލްމެއް ބަލައި ނޫނީ އެންމެން އެކުގައި ގޭމް ކުޅުމަކީ އާދައެކެވެ.

ފިލްމު ބެލުމުގެ ތެރެއިން ވެސް ޔުވާންގެ ސަމާލުކަން ވަނީ ގިނަ ވަގުތު ފޯނަށް ހުއްޓިފައެވެ. ކޮންމެވެސް މީހަކަށް މެސެޖު ކުރުމުގައި ގެއްލިފައި އިންނަލެއް މަދެއް ނޫނެވެ. ފަހަކަށް އައިސް ޔުވާން އަށް އައިސްފައިވާ ބަދަލު އެންމެނަށް ވެސް ފާހަގަ ވެއެވެ. ނަމަވެސް އެކަކުވެސް އެކަމާ އެއްޗެކޭ ނުބުނެއެވެ. ޙާއްސަކޮށް މެހެކް އާއި ރައްޓެހިވީ ފަހުން ޔުވާން މުޅިން ބަދަލު ވެއްޖެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ޔަލްވީއަށެވެ. މެހެކްގެ ހަޤީޤަތަކީ ހަމައެކަނި ޔަލްވީއަށް އެނގޭ ބޮޑު ސިއްރެކެވެ. އެތައް ފަހަރަކު މީހަކަށް އެވާހަކަ ކިޔައިދޭންވެސް ޔަލްވީ ބޭނުންވިއެވެ. ނަމަވެސް އާއިލީ ގުޅުމަށް ވިސްނާފައި ޔުވާން ދެރަ ނުކުރުމަށް އެވާހަކަ ދައްކަން ނުކެރެނީއެވެ. ފަހަކަށް އައިސް އެ އާއިލާއަށް ކުރިމަތިވީ ޙާދިސާ ތަކަކީވެސް އިއްތިފާގެއް ކަމަށް ޔަލްވީއަށް ޤަބޫލުކުރަން ދައްޗެވެ. އެއްފަހަރާ އެތައް ކަމެއް ހިނގާނީ ކިހިނެއް ހެއްޔެވެ. ވިސްނި ވަރަކަށް ޔަލްވީގެ ބޯ ހާސްވުން ވީ އިތުރެވެ. އެހެން ކަމުން ޔަލްވީ ނިންމީ ޔުވާން އަށް އެ ވާހަކަތައް ކިޔާދޭށެވެ. އެނުބައި އަންހެނާގެ ކިބައިން ޔަލްވީގެ ބޭބެ ސަލާމަތް ކުރާށެވެ.

”ދޮންބޭ…..ވާހަކައެއް ދައްކާލަން ބޭނުން“ ޔަލްވީ ވާހަކަ ފެށީ ދުރު ދުރުންނެވެ. ޔުވާން ހޫމް ލައްވާލިއެވެ. އޭރުވެސް ޔުވާންގެ ސަމާލުކަންވީ ފޯނަށް ދެވިފައެވެ.

”ދޮންބެ މެހެކް އާ ގުޅުނީ ބެކްގްރައުންޑް ޗެކް ކޮއްފަތަ؟….އިޒް ޝީ އަ ގުޑް ވަން؟“ ޔަލްވީ ނުކެރި އިނދެފައި ބުންޏެވެ.

”ވަޓް ޑޫ ޔޫ މީން؟“ ޔުވާންގެ ސަމާލުކަން ޔަލްވީއަށް ލިބުނެވެ.

”މި ބުނީ….ޑޫ ޔޫ އިވެން ނޯ ހޫ ޝީ އިޒް؟….ދޮންބެއަށް ހީ ނުވޭތަ ލޭޓްލީ ފެމެލީ ތެރޭގަ އެ ހިނގި ހާދިސާތަކަކީ އިއްތިފާގެއް ނޫނޭ….ލުކް ވެން ވީ ތިންކް އެބައުޓް އިޓް….މެހެކް އައުމުގެ ކުރިން ހުރިހާ ކަމެއް ވެސް އެހާ ސްމޫތު ކޮއް ދިޔައީ….ބަޓް ވެން ޝީ ކޭމް…. މާމަ ވެއްޓުނު ހާދިސާ….ފަރީ ދޮންތަގެ އަތް ފިހުނު އިރުވެސް އެތާގައި ހުރީ މެހެކް އެކަނި….ދެން ފެކްޓްރީގަ އަލިފާން…. އަފްޓާ ދެޓް އިޒޫ…. އަމް ނޮޓް ސޭއިން ޝީ ޑިޑް އޯލް ދެޓް….އެކަމް ކޮންމެ ކަމެއް ވާއިރުވެސް މެހެކް ހުރޭ އެތަނަކު“ ޔަލްވީ ވާހަކަ ނިމުނުއިރު ޔުވާންގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ.

” ވަޓްސް ޔޯ ޕްރޮބްލެމް….ވައި ޑޫ ޔޫ ބްލޭމް ހާ؟…. ހަމަ އެހެން މީހުންވެސް ތިބި ދޯ އެތާގަ…..ސްޓޮޕް ދިސް ބްލޭމްގޭމް“ ޔުވާން އެހެން ބުނެލިއިރު ހުރީ ދަތްކުނޑި ވިކާލައިގެނެވެ.

” ރީޒަން އެއް ނެތި އެއް ނޫން މި ބްލޭމް ކުރަނީ….ދޮންބެއަށް އެނގޭތަ އެރޭ އަހަރެން ކިޑްނެޕް ކުރީ ކޮންބައެއް ކަން؟؟…. ހާޒިމް އެންޑް ހިޒް ޑޭޑް އެކަންޏެއް ނޫން މެހެކް ވޯޒް އިންވޯލްވްޑް ޓޫ….ޝީ ބީޓެޑް މީ ސޯ ބޭޑް…އަ…..“ ޔަލްވީގެ ވާހަކަ މެދު ކެނޑުނީ މެޒުމަތީގައި ހުރި ރާމެން ތަށި ގޮސް ފާރުގައި ޖެހި ތެޅުނު އަޑުފައްގަނޑުންނެވެ. ޔުވާން ހުރީ ރުޅިއައިސް ރަތްވެފައެވެ. ކާންއިން ތަށި އަތުކޮޅަށް ހޫރާލީއެވެ.

”ޔޫ….%#** ޑޯންޓް އިވެން ޑެއާ ޓު ސޭ ދެޓް އެވާ އެގެއިން“ ޔަލްވީއާ ދިމާއަށް އިނގިލި ދިއްކޮއްލައިގެން ހުރެ ޔުވާންއަށް ކިޔޭ ނުކިޔޭ އެއްވެސް ނޭގޭ ކަހަލައެވެ. ދެން އިވުނީ ޔުވާން ކޮޓަރިއަށް ގޮސް ބާރަށް ދޮރު ޖެހި އަޑެވެ. ސިހިފައި ހުރި ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. މަހީރްވެސް ބިރުން ގުޑިލަން ނުކެރިފައި އިނެވެ. އާޔަތު ދެލޯ ބޮޑުކޮއްލައިގެން އިނީ ޔުވާންގެ ދުވަހަކުވެސް ނުފެންނަ ސިފައެއް މިރޭ ފެނުމުންނެވެ.

އެކުދިންގެ ލޯބިވާ ދޮންބެގެ އެ ރަހުމް ކުޑަ ސިފަ ފެނިފައި އެންމެން ވެސް ތިބީ ޖެހިލުންވެފައެވެ. ޔަލްވީގެ ލޮލުން ފެންފައިބަން ފެށީ ހިތުގައި ޖެހުނުވަރުންނެވެ. އެއީ ދުވަހަކުވެސް ދޮންބެ ކަންތައް ކުރި ގޮތެއް ނޫނެވެ. ހިތްހަމަ ނުޖެހުނަސް ދުވަހަކުވެސް ރުޅި އިސްކޮއްފައި ނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

އާއެކޭ ލޯބިވޭ ފަސްދޮޅަސްފަސްވަނަބައި ( ވޭނާއި ރިހުންދިން ލޯބި)

Next

ވާނަން ލޯބިން އުމުރަށް

Next
September 12, 2026

ވާނަން ލޯބިން އުމުރަށް

Previews
September 12, 2026

އާއެކޭ ލޯބިވޭ ފަސްދޮޅަސްފަސްވަނަބައި ( ވޭނާއި ރިހުންދިން ލޯބި)

2 Comments!

  1. Vaahaka_by_Az Vaahaka_by_Az says:
    September 12, 2026 at 4:12 pm

    Apologies for the delay! I wasn’t feeling well in the past few days, so I couldn’t upload the new episode earlier. Hope you all like the new episode 🤍

  2. Anonymous says:
    September 12, 2026 at 5:45 pm

    ahleyyy mehek hama rangalhah e huree yuaan ge bolaa kulhefa kannaynge ..i hate mehek so much… i also have a feeling that mehek is doing all of this…
    anyway,its okay balives vaane hehe..i was also sick lol.
    lysm
    when next?

Comments are closed.

Next Episodeތަޤުދީރު – 3←


All Right Reserved!