Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު-26

Vaahaka_by_Az
Vaahaka_by_Az Level 110 Stories
September 16, 2026 7 Mins Read
0 Comments

އެކުދިންގެ ލޯބިވާ ދޮންބެގެ އެ ރަހުމް ކުޑަ ސިފަ ފެނިފައި އެންމެން ވެސް ތިބީ ޖެހިލުންވެފައެވެ. ޔަލްވީގެ ލޮލުން ފެންފައިބަން ފެށީ ހިތުގައި ޖެހުނުވަރުންނެވެ. އެއީ ދުވަހަކުވެސް ދޮންބެ ކަންތައް ކުރި ގޮތެއް ނޫނެވެ. ހިތްހަމަ ނުޖެހުނަސް ދުވަހަކުވެސް ރުޅި އިސްކޮއްފައި ނުވެއެވެ.

ދެފައިން ވާގިދޫވާ އިހްސާސެއް ވީހިނދު ޔަލްވީ ސޯފާގައި އިށީނެވެ. އާޔަތު އައިސް ކައިރީ އިށީނަމުން ޔަލްވީ ގެނެސް ކައިރި ކޮއްލިއެވެ. މަހީރްވެސް އައިސް ޔަލްވީގެ އަނެއް ފަރާތުގައި އިށީދެގެން އިނދެ ޔަލްވީ ގައިގާ ބައްދާލިއެވެ. ”ކީއްވެ ދޮންބެ އެހާ ޗޭންޖުވީ…..ދެޓްސް ނޮޓް އަވާ ލަވިން ދޮންބެ…..ހީ ކުޑް ނެވާ ޑޫ ދިސް“ މަހީރް ރޮމުން ބުނެލިއެވެ. ޔުވާން ކަންތައް ކުރި ގޮތުން އެކުދިންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ޔުވާން ކަހަލަ ހިތްހެޔޮ އާއިލާދެކެ އެހާ ލޯބިވާ މީހަކު އެގޮތަށް ކަންތައް ކޮއްފާނޭ  ހިތަށް ވެސް އަރުވާލަން ނޭގޭނެއެވެ.

”ޔައްލު ދެންމެ ތިބުނީ ހަމަ ތެދެއްތަ؟ ކިޑްނެޕިންގަ މެހެކްވެސް ބައިވެރިވީތަ؟“ އާޔަތު ޔަޤީން ކޮއްލާ ފަދައަކުން ޔަލްވީއަށް ބަލާލިއެވެ. ޔަލްވީ ބޯ ޖަހާލިއެވެ. އެރޭ މެހެކް ކަންތައް ކުރި ގޮތާއި ކީއެއްޗެހި ވެސް އާޔަތު އަށް ކިޔާދިނީ އަކުރެއް ފިއްޔެއްވެސް ވައްޓާނުލައެވެ. ޔަލްވީގެ ވާހަކަތައް އަޑުއަހަން އިނދެފައި އާޔަތު ފުންކޮށް ވިސްނާލިއެވެ. އަދި ރުއިން ހުއްޓާލާފައި މޫނު ދޮވެލަން ޔަލްވީ ގާތު ބުނެފައި ފޯނު ނަގައި ނަންބަރަކަށް މެސެޖެއް ފޮނުވާލިއެވެ. އިރުކޮޅެއް ފަހުން ފެނުނީ ޔުވާން ކޮޓަރިން ނުކުމެގެން އައިސް ގެއިންވެސް ނުކުމެގެން ދިޔަ ތަނެވެ.

………………………..

މެންދުރު ފަހު އޮފީސް ނިންމާލާފައި އާޔަތުއަށް ނުކުމެވުނު އިރު 3 ޖަހާ ބޮޑުވެއްޖެއެވެ. ހައިކާއަށް މެސެޖެއް ކޮއްލަމުން އާޔަތު ޓެކްސީއަކަށް އަރައި ދާންވީތަން ބުންޏެވެ. މާފަންނު ފްލޮރެންސް ކުރިމައްޗަށް ޓެކްސީ މަޑުކޮއްލުމުން އާޔަތު ގޮސް އެގެއަށް ވަނެވެ. ބޮޑު ކޮޓަރި ހުރަސްކޮށް ހައިކާގެ ކޮޓަރީގައި ޓަކި ދިނުމުން ދޮރުހުޅުވީ ނުހަނު އަވަހަށެވެ. އާންމުކޮށް އަނދިރިކޮށް އޮންނަ ކޮޓަރީގެ ބޮކި ދިއްލާފައި ހުއްޓެވެ. އާދަޔާ ޚިލާފަށް ކޮޓަރި ސާފުކަން ވެސް އާޔަތުއަށް ފާހަގަވިއެވެ. ދޮރު ކައިރިއަށް ނިވާވެލައިގެން ހުރި ހައިކާ ފެނުނީ ދެނެވެ. ހައިކާއަށް އައިސްފައި ހުރި ބަދަލުން އާޔަތު އަންތަރީސް ވިއެވެ. އެހެންޏާ ޓީޝާޓުކޮޅަކާއި ހަރުވާޅެއްލައިގެން އުޅޭ ހައިކާ މިއަދު އެހުރީ ނޫ ކުލައިގެ ޖިންސަކާއި  ކަކުލަށްވުރެ ތިރިއަށްދާ ދެ އަރިމަތިން ފަޅާފައިހުރި ހުދުކުލައިގެ ކުރުތާއެއް ލައިގެނެވެ. މަޑު ފިޔާތޮށި ކުލައިގެ ދިގު ޝޯލަކުން މޫނުގެ އެއްބައި ނިވާވާހެން ބޮލުގައި އަޅާފައި އޮތެވެ. އަނެއްފަޅިން އިސްތަށިގަނޑު އެއްފަރާތަކަށް ވައްޓާލާފައި އޮތެވެ. ހައިކާގެ ރީތިކަން ފެނި ތައުރީފު ކޮށްނުލާ އާޔަތަކަށް ނުހުރެވުނެވެ. އެ ދޮންމޫނާއި ދިގު އިސްތަށިގަނޑު އެއީ ހައިކާގެ ރީތިކަމުގެ ހެއްކެވެ. ހަށިގަނޑުގެ އެއްފަޅީގައިވާ ފިހިފައިވާ ބަޔާއި ބޮލުގެ އިސްތަށި މަދު  ފަޅި ވަނީ ފޮރުވާލެވިފައެވެ.

”ހައި ސީރިއަސްލީ އަމް ސްޕީޗްލެސް….ޔޫ ލުކް ސޯ ޕްރިޓީ“ އާޔަތު އުފަލުން ހައިކާ ގައިގަ ބައްދާލިއެވެ. ހެވިފައި ހުރެ ހައިކާ ދެން ބުނެލީ ބޭރަށް ނުކުނަން ބޭނުންވާ ވާހަކައެވެ. އެކަންވެސް ވީ އާޔަތު އަށް ހައިރާން ކަން ލިބުނު ކަމަކަށެވެ. ދުވަހަކު ގެއިން ބޭރަށް ނުކުނަން ބޭނުން ނުވާ ހައިކާ މިއަދު އަމިއްލައަށް ފެނިގެން ބޭރަށް ދިއުމަށް އެދުނީއެވެ. އެކަންވީ އާޔަތުއަށް ބޮޑު އުފަލަކަށެވެ. ދެކުދިން ބޭރަށްދާން ނުކުތްއިރު ބޮޑު ކޮޓަރީގައި ނަސްރާއިނެވެ. ހައިކާ ބޭރަށްދާ ވާހަކަ ބުނުމުން ނަސްރާއަށް ވެސް ލިބުނީ ބޮޑު ސިހުމެކެވެ. ހައިކާގެ ބޮލުން ފެށިގެން ތިރިއަށް ނަސްރާ ބަލާލީ ހައިރާން ކަމާއެކުއެވެ. ގޭގައި އުޅޭ މަސައްކަތު މީހާ ގާތު ބުނެގެން ހައިކާ ވަރަށް ގިނަ އަންނައުނާ ގަހަނާ ގަތްކަންވެސް ނަސްރާއަށް އޮތީ އެނގިފައެވެ. އޭނާ ހީކުރީ ހައިކާ ވެސް އެ އުމުރުގެ އަންހެން ކުދިންހެން ރީތިވުމަށް އެ އެއްޗެހި ގަތީ ކަމަށެވެ. އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުކުންނާނޭ ހިއެއްނުކުރެއެވެ. ނަސްރާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހައިކާއަށް އައިސްފައި ހުރި ހެޔޮ ބަދަލުފެނި އުފާކުރިއެވެ. އެދަރިފުޅު ބޭރަށް ނުކުމެލާ އެހެން ކުދިންހެން އާދައިގެ ދިރިއުޅުމެއް އުޅޭތަން ދެކުމަކީ ނަސްރާގެ ވަރަށް ބޮޑު އުންމީދެކެވެ. ބަލައިގެން އުޅުމަށް ބުނެފައި އެދެކުދިން ގެއިން ނުކުންނަންދެން ދޮރުކައިރީ ނަސްރާ ބަލަން ހުއްޓެވެ.

އާޔަތު އާއި ހައިކާ ނުކުމެ ކާރަކަށް އެރީ ހުޅުމާލެ ދިއުމަށެވެ. މާލޭގެ ހަލަބޮލި މާހައުލަށް ވުރެ ހުޅުމާލެ ހިތްފަސޭހަވާނެތީއެވެ. ހުޅުމާލޭގެ ފޭސް 1 ގެ މޫދުއޮންނަ ފަރާތަށް ކާރު މަޑުކޮއްލުމުން އާޔަތުއާއި ހައިކާ ފޭބިއެވެ. ގޮނޑު ދޮށަށް ފައިބާ ރާޅު ޖަހާފަށަށް އައިސް ދެމީހުން މަޑުކޮއްލިއެވެ. ހައިކާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ރާޅުއައިސް ދޮންވެލިގަނޑަށް ބީއްސާލާ ގޮތުން ހައިކާ ހުރީ އެމަންޒަރަށް ގެއްލިފައެވެ. ޖިންސް ގެ ފައިކުރި އޮޅާލަމުން ރާޅުތެރެއަށް ފައި ބީއްސާލަމުން ލޯ މަރާލީ ހިތަށް ލިބުނު ފިނިކަމުންނެވެ. ހައިކާ އެންމެފަހުން މޫދެއް ކައިރިއަށް އައީ ވަރަށް ކުޑައިރުއެވެ. ގޭގައި ބަންދުވެގެން އެކަނި އޮންނަނީ ބޭރަށް ނުކުންނަ ހިތް ނުވާތީއެއް ނޫނެވެ. މީހުންގެ ކުރިމައްޗަށް ނުކުންނަން ޖެހިލުން ވަނީއެވެ. މީހުންގެ ރަހުމް ކުޑަ ބަސްތައް އަޑުއަހަން ކެތް ނުވަނީއެވެ. އެތައް ހިތްވަރެއް ކޮއްފައި މިއަދުވެސް ގެއިން ނުކުތީ ޖެހުލުންވެ ހުރެއެވެ.

އިރުކޮޅަކު އެހެން ތިބުމަށްފަހު ދެމީހުން އެއްގަމަށް އައިސް ބެންޗެއްގައި އިށީނީ މޫދުފެންނަ ފަރާތަށް ކުރިމަތި ލައިގެން ތިބެއެވެ.

”އަމް ސޯ ހެޕީ ހައި…… ފައިނަލީ ޔޫ ޑިޑް އިޓް…..އަމް ސޯ ޕްރައުޑް އޮފް ޔޫ“ އާޔަތު ހައިކާގެ އަތުގައި ހިފާ ފިއްތާލިއެވެ.

”ވަރަށް ހިތްވަރު ކޮއްފަ މިވަރުވެސް މިވީ….މިހާރުވެސް ހިތްތެޅެނީ ވަރަށް ބާރަށް…..ވަރަށް ބިރުގަނޭ……މިދިޔަ ދެހަފްތާ ތެރޭ ވަރަށް ބޮޑަށް ޓްރައިކޮއްގެން ކިރިޔާވެސް ހިތްވަރެއް ލިބުނީ….. ނީލޫ ކައިރީ ބުނެގެން ޝޮޕިން ކޮއްގެންވެސް ގެނައީ….. އައި ވޯންޓެޑް ޓު ގިވް ޔޫ އެންޑް ދޮންބެ އަ ސަޕްރައިޒް“ ހިނިތުން ވެލަމުން ހައިކާ ބުންޏެވެ. އެލޮލުގައި ވަނީ އިންތިހާއަށް ޖެހިލުންވުމެވެ. މިހުރިހާ ދުވަހު ބަންދު ކޮޓަރިއެއްގައި ހުރެފައި މީހުންގެ ތެރެއަށް ނުކުނަން ހައިކާ ކުރި ހިތްވަރު އާޔަތުއަށް އަންދާޒާ  ކޮއްލަން ވެސް ނޭގެއެވެ. މި ނިކަމެތި ކުއްޖާގެ އެއްވެސް ކުށެއް ނެތި ތަހައްމަލް ކުރަން ޖެހުނު ވޭން ނިކަން ދެކިބަލާށެވެ. ކުޑައިރުގެ އެންމެ މަޖާ ކުރަންވީ ދުވަސްތައް އެކަނި އަނދިރީގައި ވޭތުކުރަން ޖެހުމަކީ ކިހާ ހިތްދަތި ކަމެއްހެއްޔެވެ.

”ހައި ބުނި ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަކަ…..ސޯ ޓެލްމީ ނައު“ އާޔަތު ހުރީ ހައިކާ ބުނަން އުޅޭ އެއްޗެއް އަޑު އެހުމަށް ކެތް މަދުވެފައެވެ.

”އަމްމްމް…..އައި ލައިކް ސަމްވަން….އަސްލު ލައިކްއަށް ވުރެ ބޮޑަށް….އައި ތިންކް އަމް އިން ލަވް ވިތް ހިމް“ އެހެން ބުނެލިއިރު ލަދުން ހައިކާ އިސް ޖަހާލައިފިއެވެ. އާޔަތުގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެމޫނު އުޖާލާވި ގޮތުން ހައިކާއަށް ހިނިތުންވެލެވުނެވެ. އާޔަތު ކުރުނުކޮށް ކާކުތޯ އަހަންފެށީ ދެނެވެ.

”ޔޫ ނޯ ހިމް ސޯވެލް…. އަސްލު އިޓްސް ބީން ސޯ ލޯންގް… އައި ރިއަލީ ލައިކް ހިމް….އެކަމް ކިހިނެއް މީހަކު ކައިރީ ވެސް ބުނާނީ…..އެންޑް ނޭގެ އޭނަ އަހަރެން ދެކެ ލައިކް ވާނެ ކަމެއް ވެސް….. އަމް ނޮޓް ނޯމަލް ލައިކް އަދާ ޕްރިޓީ ގާލްސް“ ދެރަވެލާފައި ހައިކާ ބުނެލިއެވެ.

”ނޯ ވޭ ހައި….. ޔޫ އާ ސޯ ޕްރިޓީ….އެހެންނޫނަސް މީހުން ހުންނަ ސިފައަށް ބަލާފަ ލޯބިވަންޏާ ދެން މުސްކުޅިވެ ގައިގަ ރޫގިނަ ވީމަ ވީތަ ދޫކޮއްލާފަ އެހެން މީހެއް ހޯދަން….ޑަޒަންޓް މޭކް އެނީ ސެންސް“ އާޔަތު ބުނި ގޮތުން ހައިކާ ގާތަށް ހިނިއައެވެ.

”ދެން އެކަމް އެނގޭ ދޯ އަބަދުވެސް ކޮންމެތާކުވެސް ބިއުޓީ ސްޓޭންޑާޑްއެއް އޮންނަކަން“

އާޔަތު ދެކޮނޑު އަރުވާލަމުން ބޯ ހޫރާލިޔަސް އެއީ އާޔަތުއަށް ވެސް އެނގޭ ކަމެކެވެ. ޙާއްސަކޮށް ރާއްޖޭގައި ދޮންކަޅު އަދި ފަލަ ހިމަ އަކީ އަބަދުވެސް އެންމެންގެ ދުލު ކުރީގައި އޮންނަ ބަހެކެވެ. ދޮން ވުމަކީ ރީތިވުން ކަމަށް އޮންނަނީ ޤަބޫލުކުރެވިފައެވެ. ސިއްޙަތު ރަނގަޅަށް ހުރެއްޖެނަމަ އެއީ ފަލަވީއެވެ. މާގިނައިން ކަނީ ކަމަށް ބުނެ ގޮތް ނިންމާނެއެވެ. ހިކިކޮށް ހުންނަ ކުއްޖެއްނަމަ އެއީ ކާން ނުލިބި ދެފުށް ތަތްލަނީ އެވެ. މިފަދަ ތަހުޒީބު ޒަމާނެއްގައިވެސް އަދިވެސް މީ ހިނގާ ކަންކަމެވެ. މީހުން ހުންނަ ސިފައަށް އެއްޗެހި ކިޔައި އައިބުތަކަށް މަލާމާތް ކޮށް ހަދަނީ ކުޑަކޮށްވެސް ވިސްނާނުލައެވެ. ބުނެލާ ބަހަކުން މީހެއްގެ ދިރިއުޅުން ހަލާކުވެގެން ދާނޭ ހިތަށްވެސް ނާރަނީ ހެއްޔެވެ. ބުނެލާ އެންމެ ވިހަގަދަ ބަހަކުން ވެސް މީހެއްގެ ނަފްސާނީ ހާލަތު ގޯސްވެ އެބަސްތަކަށް ކެތް ނުވެގެން އަމިއްލައަށް ފުރާނަ ދުއްވާލަނީ ކިތައް ޒުވާނުން ހެއްޔެވެ. މުޖުތަމައުގައި ވިސްނަން ޖެހޭ ކަންކަމެވެ. މަޖަލަކަށް ނަމަވެސް މީހެއް ހުންނަ ގޮތަށް އެއްޗެހި ކިޔުމަކީ ތިމާ ހެއްދެވި ފަރާތަށް ކުރެވޭ މަލާމާތެކެވެ. އިންސާނާ ހައްދަވާފައި ވަނީ އެންމެ ރިވެތި ސޫރައިގައި ކަން މީހުން ޤަބޫލު ނުކުރަނީހެއްޔެވެ.

އާޔަތު އާއި ހައިކާ ތެދުވެ ހިނގައިގަތީ މަގުމަތި ފަރާތަށް ވާގޮތަށް ހުންނަ ކުދި ކެފޭ ތަކާ ދިމާއަށެވެ. އެތަނުން ކުޑަ ކެފޭއަކަށް ވަދެ ފިނި އެއްޗެއް ބޯލުމަށެވެ. އެގޮތުން ދެމީހުންވެސް ބޭނުންވީ ’އައިސް ޓޯ‘ އަށް ވަދެ އައިސްކްރީމް ބޯށެވެ. އާޔަތު ނެގީ ދޮންކެޔޮ ކަޖޫ އައިސްކްރީމެވެ. ހައިކާ ނެގީ ޗީޒްކޭކް އައިސް ކްރީމެވެ. އެތަނުން މަގުމައްޗަށްވާ ގޮތަށްހުރި މޭޒު ކައިރީ ދެމީހުން އިށީނެވެ.

”އަދިވެސް ނުބުނެވޭ އެއީ ކާކު ކަމެއް….ދެން އަވަހާ ބުނެބާ އަމް ސޯ ކިއުރިއަސް“ އާޔަތު ހުރީ ކެތްތެރިކަން ކޮޅުން ލާފައެވެ.

”ހެހެހެހެ….އިޓްސް ޔުވާން….އާޔޫގެ ދޮންބެ….އަހަރެންގެ ދޮންބެ އާއެކީ ވަރަށް ގިނައިން އަންނާނެ ގެއަށްވެސް…. ހީ އިޒްދަ އޮންލީ ވަން ހޫ ސޯ މީ ލައިކް ދިސް…..އެންޑް ހީ ނެވާ ޖަޖްޑް މީ….ވަރަށް ކައިންޑް އެންޑް ކެއަރިން ވާނެ…..ނުވެސް އެނގި ހުއްޓާ އައި ފެލް ފޯ ހިމް….އެވަރަށް ފިލަން އުޅޭއިރުވެސް ޔުވާން ވަރަށް އަންޑަސްޓޭންޑިން ވާނެ…. ވަރަށް ލައިކްވޭ އެ ސިފަތައް….އެކަމް ނޭގެ ވަޓް ހީ ތިންކް އޮފް މީ“ ހައިކާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. އާޔަތުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހައިކާ ޔުވާންދެކެ އެހާ ގަޔާވާކަމެއްގެ ހިލަންވެސް ވެފައި ނުވެއެވެ. ޔުވާން މެހެކްއާއި ކައިވެނި ކުރަން އުޅޭކަން ހައިކާއަށް އެނގިއްޖެނަމަ ދެންވާނެ ގޮތެއްވެސް ހިތަށް އަރުވާލަންވެސް ނޭގެއެވެ. ހައިކާގެ ހިތްކުދިކުދިވާ ތަން ބަލަން އާޔަތުއަކަށް ކެތެއް ނުވާނެއެވެ. މިވީ މަދު ދުވަސްކޮޅުގައިވެސް ހައިކާ ވަރަށް ހާއްސަވެއްޖެއެވެ. އާޔަތު ހައިކާދެކެވަނީ ކޮއްކޮއެއް ދެކެވާހާ ލޯތްބެވެ. ޔުވާންގެ އުޅުމަށް އައިސްފައިވާ ބަދަލަށް ފަހު ޔުވާންއާ ވާހަކަދައްކަން ވެސް އާޔަތު ޖެހިލުންވެއެވެ. ނަމަވެސް ހައިކާއަށްޓަކައި އާޔަތު ޔުވާންއާ ވާހަކަ ދައްކާނެއެވެ. ޙާއްސަކޮށް މެހެކްގެ ހަޤީޤަތް އެނގުނު ފަހުން އާޔަތު ބޭނުންވަނީ އެނުބައި އަންހެނާގެ ކިބައިން އޭނާގެ ދޮންބެ ސަލާމަތް ކުރާށެވެ. އާޔަތު ޙިޔާލަކަށް ގެއްލިފައި އިންދާ ހައިކާ ގޮވާލިއެވެ.

”ކިހިނެއްވީ…. ޔޫ ޑިޑިންޓް ލައިކް ދަ ނިއުސް؟“

”ނޫން ވަރަށް ހެޕީ ވެއްޖެ ފައިނަލީ ހައި ވެސް މީހަކުދެކެ ލޯބި ވެވުނީމަ….އަދި އެވެސް މައި ދޮންބެ….ކުރިން ބުނެލި ނަމަ ދޯ އޭރުންނެއްނު އަވަހާ ފަހަރިއަކަށް ހެދޭނީ……ހެހެހެހެ“ އާޔަތު ހިނިތުންވެލީ ހާސްކަން ފޮރުވާލަމުންނެވެ.

………………………

މަހީރް ޑިއުޓީ އިން އައިސް ސޯފާގައި ފޯނު އަތަށް ލައިގެން އިނީ ހިތްހަމަ ނުޖެހިފައެވެ. މީކައިލްއަށް ގުޅަން މަސައްކަތް ކުރާތާ އެތައް އިރެއް ވެއްޖެއެވެ. ހެނދުނު ޑިއުޓީއަށް ދަމުން ކުރި މެސެޖު އަދިވެސް ނުބަލައެވެ. ވިއްސަކަށް ފަހަރު ގުޅަން މަސައްކަތް ކުރެވިއްޖެއެވެ. ކޮންމެފަހަރަކުވެސް ރިންގުވެފަ ކެނޑެނީއެވެ. ފުޓުބޯޅަ މުބާރާތް ފަށަން އުޅޭތީ ބިޒީވާނެ ވާހަކަ އޮތީ މީކައިލް ބުނެފައެވެ. ނަމަވެސް ދުވާލު ހަތަރުދަން ވޭތުވެ ދާއިރު މެސެޖެއް ކޮއްލާފައި ބިޒީ ވާހަކަ ބުނެލެވޭނޭ މަހީރް ހިތާހިތުން ކުދިކިޔަމުން ދިޔައެވެ. އެވަގުތު މަހީރްގެ އެކުވެރި މިޝްއަލް ބޭރަށް ގޮސްލަން ބުނެ މެސެޖު ކުރިއެވެ. ވެފައި ހުރި ފޫހިކަމާއި ގޭގައި އޮންނަން ބޭނުން ނުވާތީ މަހީރް ބޭރަށް ދާން އެއްބަސް ވިއެވެ. ހަތަރު އެކުވެރިންގެ ގުރޫޕުގައި ތިބެނީ ދެ އަންހެން ކުދިންނާއި  ދެ ފިރިހެން ކުދިންނެވެ. ސްކޫލު އިރުންފެށިގެން އެކުގައި އުޅޭ ގާތް ރަހްމަތްތެރިންނެވެ.

އިރުއޮއްސި 6 ޖެހިއިރު ނަޒާލް ހުރީ ސައިކަލުގައި މަހީރް ބަލާ އައިހެވެ. ދެން އިން ސައިކަލުގައި  އިނީ ވިޒާން އާއި މިޝްއަލްއެވެ. އިރުއޮއްސޭ މަންޒަރު ބަލާލުމަށްފަހު ހަތަރު އެކުވެރިން ދިޔައީ މޭރީ ބްރައުންއަށް ކާށެވެ. އެއްޗެހި އޯޑަރު ކޮއްގެން އައިސް ހަތަރު އެކުވެރިން އިށީނީ އެއްފަރާތެއްގައި ބޭރުފެންނަހެން ހުރި މޭޒެއްގައެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް މިޝައަލް ފެށީ ލޯބީގެ ވާހަކަ ތަކެވެ. އެމީހުނާއެކު ސްކޫލުގައި އުޅުނު ކުދިންތައް އެކި މީހުނާއި ރައްޓެހި ވާ ވާހަކައެވެ.

”މަހީރް ނޫޅެންތަ ބޯއިފްރެންޑެއް ނަގަން؟“ ވާހަކައިގެ ތެރެއިން މިޝްއަލް އަހާލިއެވެ.

”މީނީ އެއްނު ޒާލްވެސް….މަހީރް އާ ދެމީހުން ނުލާހިކު ގުޅޭ….ތިމީހުން އުޅެބަ ޑޭޓް ކުރަން“ ވިޒާން ހިނިގަނޑެއް ޖަހާލިއެވެ.

”ނޫން މަވާ ސަލާމް….މަހީރްގެ ބޯއިފްރެންޑް އައިސް އަހަރެންގެ ކައްޓާ މަހާ ވަކި ކޮއްފާނެ…..އަމް ފައިން އޭޒް އަ ފްރެންޑް“ ނަޒާލް  އަވަހަށް ދެއަތް ހިއްލާލަމުން އަމާން ދިނެވެ.

”އެބުނާހެން އެއީ ކާކުތަ….ނުވެސް ބުނޭ އަހަރުން ކައިރީ…. ގައިމު މީ ބެސްޓް ފްރެންޑްސް އޭ ބުނާނެ….. ޒާލް ބުންޏޭ އަހަރުން ކައިރީ މަހީރްގެ ބޯއިފްރެންޑް އެއާޕޯޓުގައި ކަންތައްކުރި ގޮތުގެ ވާހަކަ…. ބުނެބަލަ އެއީ ކާކުތަ؟“ މިޝްއަލް ކުރިއަށް ޖެހިލަމުން ހަމަޖެހިލާފައި މަހީރްއަށް ސަމާލުކަން ދިނީ އަޑުއަހަން ތައްޔާރޭ ބުނާފަދައިންނެވެ.

”ޗިލް ގާއިޒް….އަދި ނުވޭ ތިވަރު ވާކަށް….ހީ އިޒް ނޮޓް މައި ބީއެފް އަދި….އޮފިޝިއަލީ ވީމަ ބުނާނަމޭ އެއީ ކާކުކަން“ ހެމުން މަހީރް ބަލާލީ ބޭރުފެންނަން ހުރި ކުޑަދޮރާ ދިމާއަށެވެ.

މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮއްފައި އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން އެ އަންނަނީ މީކައިލް ނޫން ދެވަނަ މީހެއް ނޫނެވެ. ވަގުތުން މަހީރްގެ މޫޑު ގޯސްވިއެވެ. މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. މޭފިތޭ ކަހަލަ ގޮތެއް ވެގެން ދިޔައެވެ. ދެލޯ ފެންކަޅި ވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

”އާޔޫ އޯކޭ؟“ މަހީރްއަށް ކުއްލިއަކަށް އައި ބަދަލުން މިޝްއަލް އިނީ ކަންބޮޑު ވެފައެވެ. ބޯ ޖަހާލަމުން މަހީރް ބުނީ ގެއަށް ދާން ބޭނުންވާ ވާހަކައެވެ. ޠަބީއަތު ގޯސްވާން ފެށުމުން އެންމެ ހިނދުކޮޅަކުވެސް އެތާގައި މަޑުކުރަން މަހީރް ބޭނުމެއް ނުވިއެވެ.

…………………………

ޗުއްޓީއަށްފަހު ހޮސްޕިޓަލަށް އެނބުރި އައި ފުރަތަމަ ދުވަހަށް ވުމުން ޔަލްވީ ކުރަންހުރި މަސައްކަތް ގިނަވިއެވެ. އެތައް ބަލިމީހެއްގެ ކޭސްތަކާ ހަވާލުވާން ޖެހުނެވެ. ނަރުހުންގެ އިސް މެނޭޖަރަކަށް ހޮވާފައިވުމާއެކު ކުރަން ހުރި ކަންތައްވީ އިތުރެވެ. ހަވީރު ޑިއުޓީއަށް އައިގޮތަށް ނިމުނީ ދަންވަރު 1 ޖަހަނިކޮށްށެވެ. ވެފައިހުރި ވަރުބަލި ކަމާއެކު ޔަލްވީ ކެބިންއަށް ވަނީ ގެއަށް ދިއުމަށް ދަބަސް ނަގާށެވެ. ކެބިންއަށް ނުވަދެވެނީސް ކުއްލިއަކަށް މީހަކު ޔަލްވީގެ އަތުގައި ހިފައި ގެންގޮސް ފާރާ ލައި ހައްޔަރު ކޮއްލިއެވެ. ދަންވަރުގެ  ވަގުތަށް ވުމުން މުޅިތަން އޮތީ އަނދިރިކޮށްށެވެ. ލިފްޓު އިންނަ ދިމާލުގައި އިން ބޮކީގެ އަލިކަން އެ ކެބިންއަށް ފޯރަނީ ކިރިޔާއެވެ. ކުއްލިއަކަށް ލިބުނު ސިހުމުން ޔަލްވީއަށް ކުޑަކޮަށް ހަޅޭއްލަވައި ގަނެވުނެވެ. އެމީހަކު ޔަލްވީގެ އަނގަމަތީ އަތްއެޅީ ނިކަން އަވަހަށެވެ. ޔަލްވީގެ އަޑު ކެނޑުނީ ދުވި ފިރިހެންވަންތަ ’މަސްކީ‘ ވަހުންނެވެ. އަނދިރީގައި ނުފެނުނަސް އެއީ ކާކުކަން ވަކިކުރަން އެވަހުން ޔަލްވީއަށް އެނގުނެވެ.

”ހޫމްމްމް…..ގްރަމްޕީ ބޮސް މާބޮޑަށް މިސްވީދޯ ނުފެނި ގިނައިރުވުމުން“ ޔަލްވީ ހިނިތުން ވެލަމުން އިތުރަށް ގާތްވެލިއެވެ.

”ޔެސް…..އައި މިސްޑް ޔޫ ސޯ މަޗް ޕްރިންސެސް“ ޔަލްވީގެ ކަރުގައި މޫނު ފޮރުވާލަމުން ލިއަމް ފުން ނޭވާއެއް އެތެރެކޮއްލިއެވެ.

”އައްޗީ ދެން ލިއަމް….އަމް ސްވެޓީ….ނުބައި ވަސް ދުވާނެ“ ޔަލްވީ ލިއަމްގެ މޭގައި ހިފައި ދުރުކުރަން މަސައްކަތް ކުރިއެވެ.

” ނޯ ޔޫ ޑޯންޓް ސްމެލް ބޭޑް…..ޔޫ ސްމެލް ލައިކް ފްލާވާޒް….ސޯ ގުޑް…..އަހްހްހްހް“ ލިއަމް އިތުރަށް ޔަލްވީއާ ގާތް ވެލިއެވެ. ޔަލްވީގެ ހުނުމުގެ އަޑު މުޅިތަނުގައި ހިފާލިއެވެ.

” އައި ހޭވް ސަމްތިންގް ޓު ޝޯ ޔޫ….ވަރަށް މުހިންމު ވާހަކައެއްވެސް ދައްކަން އެބަ ޖެހޭ….. މާދަމާ ރޭ 8 ޖަހާއިރު ތައްޔާރު ވެލައިގެން ހުންނައްޗޭ ބަލާ އަންނާނަން“ އެހެން ބުނެފައި ލިއަމް ހިނގައިގަތީ ކެބިންއިން ބޭރަށެވެ. ޔަލްވީ ދަބަސް ނަގައިގެން ލިއަމް ފަހަތުން ދިޔައީ ކޮން ވާހަކައެއްތޯ އަހަމުންނެވެ. ލިއަމް ހިނިތުން ވެލައިގެން ހުރީ ޔަލްވީގެ ކެތްތެރިކަމެއް ނުހުނާނެކަން އެނގޭތީއެވެ. އެކަން އެނގޭތީ އެހެން ބުނީ ވެސް  ޖެއްސުން ކޮއްލުމުގެ ގޮތުންނެވެ.

ހޮސްޕިޓަލްގެ ޕާކިން ޒޯންގައި އޮތް ލިއަމްގެ ކާރަށް އަރަމުންވެސް ޔަލްވީ އަހަމުން ދިޔައީ ކޮން ވާހަކަ އެއްތޯއެވެ. ލިއަމްއަށް ޔަލްވީ ތެޅުވުން ވީ މަޖާ ކަމަކަށްށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ލޯބިވޭ އަނަންތަކަށް… – 1

Next

ނަފްރަތު(10)

Next
September 16, 2026

ނަފްރަތު(10)

Previews
September 16, 2026

ލޯބިވޭ އަނަންތަކަށް… – 1



All Right Reserved!