Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 27

Shyyyms
Shyyyms Level 610 Stories100 Login100 Comments100 Stories
September 14, 2026 6 Mins Read
0 Comments

އައިކަންގެ ދަތްކުނޑި ވިކިގެން ދިޔައެވެ. ނޫނެކެވެ. އެހެން ވެގެނެއް ނުވާނެއެވެ. އޭނާ ހިތްވަރު އަދި އެލުވައެއް ނުލާނެއެވެ. އޭނާ ޒިވްޔާ ހޯދާނެއެވެ. އޭނާގެ ރާނީއަށް ހަދާނެއެވެ. ޒިވްޔާ ކިތަންމެ ވަރަކަށް އައިކަން ދެކެ ނަފްރަތު ކުރިޔަސް ވެހެވެ. އާއެކެވެ. އައިކަންގެ ހިތުގައި ވެސް ޒިވްޔާއަށް ވަނީ ހާއްސަ މަގާމެއް ދެވިފައެވެ.

އައިކަން ޓެލެންޓް ފެސްޓިވަލް އޮތް ދުވަހު ޒިވްޔާ ގާތު އާޓް ސްޓޫޑިއޯއަށް އަންނަން ބުނީވެސް އެހެންވެއެވެ. އޭނާ ޒިވްޔާއަށް ހާއްސަކޮށް ކުރުހައި ފެންކުލަ ޖެއްސި ތަސްވީރު ދައްކާށެވެ. އޭނާގެ ހިތުގެ ހާލު ބުނެދޭށެވެ. ނަމަވެސް ޒިވްޔާ އެދުވަހު ނުވެސް އާދެއެވެ. ޒިވްޔާ ހުރީ އިޒިކިއަލްގެ ޝޯ ބަލަންށެވެ. އެކަންވެސް އައިކަނަށް އެނގެއެވެ. އަނެއްކާ ޒިވްޔާގާތު އައިކަންގެ ހަގީގަތް އިޒިކިއަލް ބުނީ ބާވައެވެ؟ އައިކަނަށް ހެވެވެ. ޒިވްޔާއަށް ހަގީގަތް އެނގުނިއްޔާ އެނގުނީއެވެ. އޭގެ ސަބަބުން އައިކަންގެ ހިތުގައި ޒިވްޔާއަށް ވީ އިހުސާސްތަކަށް ބަދަލެއް އަންނަންވީ ސަބަބެއް ނެތެވެ.

އާއެކެވެ. އޭނާ ޒިވްޔާ ހާސިލް ކުރާނެއެވެ. އެއީ އޭނާގެ ވަޢުދެވެ.

================

 

ކުލާހުން ކުދިންތައް ނުކުމެގެން ދިޔައިރުވެސް ޒިވްޔާ އިންގޮތަށް އިނީއެވެ. އޭނާ ދަބަސް ޕެކް ކުރަމުން ދިޔައީ ވަރަށް ވެސް މަޑުމަޑުންނެވެ. ކުއްލިއަކަށް އައި ނައި ދިމާއެއް ނޭނގެ އައިކަން އައިސް ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ނޫނެކެވެ. ވެއްޓިގަތީއެވެ.

ޒިވްޔާ ސިހިފައި އައިކަނަށް ބަލާލިއެވެ. އޭނާ ހައިރާންވީ ޒިވްޔާ އިނީ މިކުލާހުގައި ކަން އައިކަނަށް އެނގުނީތީއެވެ. ޒިވްޔާ އަވަސް އަވަހަށް ދަބަސް ޕެކް ކުރަން ފެށިއެވެ. އަބަހަށް އައިކަންގެ ކައިރިން ސަލާމަތް ވުމަށެވެ. ނަމަވެސް އެކަން ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެން ކަމުން ކުޑަކޮށް ހަމަޖެހިލިއެވެ. އައިކަންގެ ގޮތް އެނގޭތީއެވެ. އައިކަން ދުރުކުރަން އޭނާ އުޅޭ ވަރަކަށް އައިކަން އުޅޭނީ ކައިރި ވާށެވެ. ހަގީގަތަށް ބުނަންޏާ ޒިވްޔާއަށް އައިކަން ކަމުދާން ފެށީވެސް އެ ސަބަބާއި ހުރެއެވެ. ނަމަވެސް މިހާރު އޭނާ އަކީ އެ ޒިވްޔާއެއް ނޫނެވެ. އޭރުގެ ޒިވްޔާ ވަނީ ދިރިހުއްޓައި ވަޅުލައި ކަފުން ކޮށްފައެވެ.

“ސޯ~~” އައިކަން އެ ބަހަށް ދަމާލަމުން ބުނެލިއެވެ. އައިކަންގެ އަޑު އިވިފައި ޒިވްޔާގެ ގައިން ހީބިހި ނަގައިގަތެވެ. “ބިޒްނަސް މެނޭޖްމެންޓް؟”

“ހުމް.” ޒިވްޔާ ރުންކުރު ގޮތަކަށް ބުނެލިއެވެ.

“ކޮންއިރަކު ބިޒްނަސް ކަމުދިޔައީ؟” އައިކަން ހައިރާންވެފައި އަހާލިއެވެ.

“ނައު.” ޒިވްޔާ އައިކަނާއި ދިމާއަށް ބަލާވެސް ނުލިއެވެ. އެހެންކަމުން އައިކަންގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އައިކަން ހުރީ ގޮތްދޫކުރާކަށް ނޫނެވެ.

“ސީރިއަސްކޮށްތަ؟ ބިޒްނަސް؟” އައިކަން ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.

“ހުމް.” ދެންވެސް ޒިވްޔާގެ ޖަވާބަކަށް ވީ އެޔެވެ.

“ދެން.. ވާހަކަ ލިޔުމޯ؟” އެންމެފަހުން އައިކަންގެ ހިތުގައިވީ ސުވާލު ދުލާހަމައަށް ގެނައެވެ. އެސުވާލު އިވިފައި ޒިވްޔާ ކުޑަކޮށް މަޑުޖެހުނެވެ. ވާހަކަ ލިޔުމަކީ ޒިވްޔާގެ ފަރުދާއެވެ. އޭނާގެ ވިންދެވެ. އޭނާގެ ކުލަގަދަ ހުފެނެވެ. މުސްތަގުބަލެވެ… ނޫނެކެވެ. އޭނާގެ ވެއްޔާއި މޮޑެވިފައިވާ މުސްތަގުބަލެވެ. ފިސްފިސް ވެފައިވާ ވިންދެވެ. ވީދާލެވިފައިވާ ފަރުދާއެވެ. ދެވަނަ ސިކުންތުގައި އެއްވެސް ކަމެއް ނުވާފަދައިން ފޮތްތައް ނަގަން ފެށިއެވެ.

“ހުއްޓާލީ.” ޒިވްޔާގެ އަޑު އައީ ވަރަށް ވެސް މަޑުންނެވެ.

“ޒިވްޔާ އަޒްހިރް ވާހަކަ ލިޔުން ހުއްޓާލީ؟” އައިކަންގެ ގާތަށް އައީ ހިންޏެވެ. ގަބޫލު ނުކުރާފަދަ ގޮތަކަށެވެ.

“އެހެންނު މިބުނީ.”

“އެހެން ސައިޓެއްގަ ނޫނީ އެހެން ނަމެއްގަ ލިޔަން ފެށީދޯ؟ ބިކަޒް އައި ފައުންޑް އައުޓް ޔުއަ ސީކްރެޓް.” އައިކަނަށް ހަމަ ގަބޫލު ނުކުރެވެނީއެވެ.

“އައި. ސްޓޮޕްޑް. ރައިޓިން.” ޒިވްޔާގެ އަޑުގައި ހަރުކަށިކަމެއްވިއެވެ. ޔަގީންކަމެވެ. އައިކަންގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އަސްލުގައި ވެސް ޒިވްޔާ ލިޔުން ހުއްޓާލީކަން ޔަގީން ވުމުންނެވެ. “ކީއްވެ؟”

 

“އައި ޑޯންޓް..”

“ޑޯންޓް ވަޓް؟” އައިކަން އެނގެން ބޭނުންވިއެވެ. ޒިވްޔާ ވާހަކަ ލިޔުން ހުއްޓާލަންވީ ސަބަބެއް ނެތެވެ.

“..ރައިޓް.”

 

އައިކަން ރަނގަޅަށް ޒިވްޔާ އާއި ދިމާއަށް އެނބުރުނެވެ. މިއީ ހަމަ އޭނާގެ ޒިވްޔާ ހެއްޔެވެ؟ “ކުރި ސުވާލަކަށް ނޫނެއްނު ތި ޖަވާބު ދިނީކީ.” އައިކަން އެހެން ބުނެލީ ޒިވްޔާ އާއި ދިމާއަށް ދެލޯ ހަނިކޮށްލަމުންނެވެ. އެހެނަސް ޒިވްޔާގެ ޖަވާބެއް ނުލިބުނެވެ. ދެންވެސް އައިކަން ކޮށްލީ ސުވާލެކެވެ. “ރައިޓާސް ބްލޮކް؟”

“މޭބީ.” ޒިވްޔާ އިން ތަނުން ތެދުވިއެވެ. އަދި ކޮނޑުގައި ދަބަސް އަޅައި ހިނގައިގަތެވެ.

“ވިއަރޑް.” އައިކަން އެހެން ބުނި އަޑު އިވިފައި ޒިވްޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު އައިކަން ވެސް އިނީ ޒިވްޔާއަށް ބަލަހައްޓައިގެނެވެ. އެދެލޮލުގައި ތަފާތު ވިދުވަރެއް ވިއެވެ.

“ވަޓް؟” ޒިވްޔާގެ ގޮށްޖެހިގެން ދިޔައެވެ.

“ޔޫ. ޔޫ އާ ބީއިން ވިއަރޑް.” އައިކަން އިން ތަނުން ތެދުވިއެވެ. އަދި ބޮޑުތި ފިޔަވަޅު އަޅަމުން ޒިވްޔާ އާއި ދިމާއަށް ހިނގައިގަތެވެ. “ޔޫ ޑިސެޕެއަރޑް ފޯ 2 މަންތުސް، އަނބުރާ އައިރިރު ހީވަނީ މުޅިން ތަފާތު ޒިވްޔާއެއްހެން.” އައިކަން ހުއްޓެލީ ކުޑަކޮށް ދުރުގައެވެ. “ޗޭންޖްޑް ޔުއަ ކޯސް. ސްޓޮޕްޑް ރައިޓިން. އެން ނައު..” އައިކަން ބޯ އަރިކޮށްލިއިރު ހީވަނީ ޒިވްޔާގެ މޭފަޅާފައި ހިތުގެ ތެރެއަށް ބަލާލަން އުޅުން ހެނެވެ. ޒިވްޔާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނީ އެހެންވެއެވެ. “ޔޫ އާ އެކްޓިން ލައިކް އައި ޑޯންޓް އީވެން އެގްޒިސްޓް.”

 

ޒިވްޔާގެ ނޭވާ ތާށިވާހެން ހީވިއެވެ. އޭނާ ދަބަހުގައި ވާ އަތް އިތުރަށް ބާރުކޮށްލިއެވެ. އައިކަނަށް އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދޭން ބޭނުންވިއެވެ. އައިކަންގެ ނަމާއި، އައިކަނާއި އެކުގައިވި ކޮންމެ ހަނދާނެއްވެސް އެހިތުގެ އެންމެ ފުނަށް ބިންވަޅު ނެގިފައިވާ ކަމެވެ. އޭނާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެހިތަކުން އައިކަން ފިލުވާނުލެވޭނެ ކަމެވެ.

އެއީކީ އެކަންޏެއް ވެސް ނޫނެވެ. އޭނާ އައިކަނަށް ފާއިތު ވެގެން ދިޔަ 2 މަހުގެ ހަގީގަތް ބުނެދޭން ބޭނުންވިއެވެ. އެކަމަކު ހަގީގަތަކީ ކޮބާ ހެއްޔެވެ؟ ހުދު ޒިވްޔާއަށް ވެސް ހަގީގަތެއް ނޭނގޭ ވިއްޔާއެވެ. އޭނާ އައިކަނަށް މިހެން ކަންތައް ކުރަން މިޖެހުނީ ބޭނުން ވެގެނެއް ނޫނެވެ. އޭނާގެ އަމިއްލަ ހިތް ވެސް ލޭކޮށާލަމުން އެހެން ކަންތައް ކުތަން މިޖެހުނީ މަޖުބޫރު ވެގެނެވެ. އާއެކެ. އޭނާއަށް އިތުރު ގޮތެއް ނެތެވެ.

“ޔޫ އާ އެވޮއިޑިން މީ.” ޒިވްޔާ އޭނާގެ ހިޔާލުތަކުން ބޭރު ވެވުނީ އައިކަންގެ އަޑު އަނެއްކާވެސް އިވުމުންނެވެ.

“ނޯ.”

“ޔޫ އާ.”

“ނޯ.”

 

“ޔޫ ހޭޓް މީ ނައު؟” އައިކަން އޭނާގެ ހިތް އަތުގެ މުށުތެރެއަށް ލަމުން ބުނެލިއެވެ.

ޒިވްޔާ ސިހިފައި އައިކަނަށް ބަލާލިއެވެ. ނަމަވެސް ވަގުތުން މޫނު އަނބުރާލަން މަޖުބޫރުވީ އައިކަންގެ ދެލޮލުގައި އެވާ އިހުސާސްތައް ފެނިފައެވެ. އޭނާއަށް އެފެނުނީ ކޮން ޖަޒްބާތެއް ހެއްޔެވެ؟ އަނެއްކާ އައިކަން ވެސް ޒިވްޔާ ދެކެ ލޯބިވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވާންވީ ސަބަބެއް ނެތެވެ. އެހެން ވެގެނެއް ވެސް ނުވާނެއެވެ. އޭނާ ގަބޫލެއް ނުކުރާނެއެވެ. އައިކަން އެއުޅެނީ ހަމަ ޖެއްސުން ކުރަންށެވެ.

“ނޯ.”

“ދެން ކީއްވެ؟”

ޒިވްޔާ ޖަވާބެއް ދިނުމެއް ނެތި ދޮރާއި ދިމާއަށް އަނެއްކާވެސް އެނބުރި ހިނގައިގަތެވެ.

“ސޯ.. ވަންސް އެގެއިން.. ދެޓްސް އޯލް އައި ގެޓް؟” އައިކަންގެ އަޑު އިވުނެވެ. އެއަޑުގައި މޮޅިވެރިކަމެއްވިއެވެ.

ޒިވްޔާގެ ފިޔަވަޅުތަކަކަށް ބަދަލެއް ނާދެއެވެ. “ޔެސް.” އެ ބަސް ޒިވްޔާގެ ދުލުން ބޭރުވިއިރު ޒިވްޔާ ދޮރާއި ހިސާބަށް އަރައިފިއެވެ. އަދި އިތުރަށް މަޑުކުރުމެއް ނެތި ނުކުމެގެން ދިޔައެވެ.

 

އައިކަންގެ ގާތަށް އައީ ހިންޏެވެ. އެ ހުނުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. “ވަޓް ދި ފަ*؟” އައިކަންގެ އަތް މުއްކެވިގެން ދިޔައެވެ. ޔަގީނެވެ. އިޒިކިއަލް ޒިވްޔާ ގާތު ކޮންމެވެސް އެއްޗެކޭ ކީއެވެ. އައިކަން އެތަނުން ގޮނޑިއެއްގައި ބާރަށް ފައިން ޖަހައި ވައްޓާލިއެވެ. “އިޒިކިއަލް.. ފަ*!!!” އަދި އަވަސް ހިނގުމެއްގައި ދޮރުން ކުލާހުން ނުކުމެގެން ދިޔައެވެ. އޭރު އެދެލޮލުން ފެންނަނީ ރުޅިވެރިކަމެވެ. އިންތިހާއަށެވެ. ހަމަޔަގީނުން ވެސް އެ ލޮލުން ބުރަމުން ދިޔަ ދިލަކަންޏެއްގައި ޖެހުނު މީހަކު ފިއްސާލާނެއެވެ.

……………………….

 

ބާސްކެޓް ބޯޅަ ދަނޑުގައި އިޒިކިއަލާއި، ވިޝާލް ދިޔައީ ފޯރީގައި، ވާދަވެރި ކަމާއެކު ކުޅެމުންނެވެ. ދުރުދުރުން އަންހެން ކުދިން ފޯރީގައި ގޮވާ އަޑު ވެސް އިވެމުން ދިޔައެވެ. “އިޒިކިއަލް ވިޝާލަށް ލާނެތް ހިނިތުންވުމެއް ދެމުން ހޫޕަށް ބޯޅަ އެއްލިއެވެ. އެބޯޅަ ހޫޕްގެ ތެރެއަށް ވެއްޓުމާއެކު އަންހެން ކުދިންގެ ފޯރި ދިޔައީ އިންތިހާއަށް ގަދަ ވެގެނެވެ.

އެތަނުން ކުއްޖަކު ދުވެފައި އައިސް އިޒިކިއަލަށް ފެންފުޅިއެއް ދިއްކޮށްލިއެވެ. އެކުއްޖާގެ މޫނުމަތީގައި ވީ ލަދުރަކި ކަމެކެވެ. އިޒިކިއަލް ގާތަށް އައީ ހިންޏެވެ. އެހެންކަމުން އެ ފުޅި އަތުލަމުން ވިޝާލަށް އެއްލިއެވެ. ވިޝާލް އެފުޅި ހިފައި ބުމަ އަރުވާލީ ވާނުވާ ނޭނގިފައެވެ. އެކުއްޖާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ޔޫ ލުކް ލައިކް ޔޫ ނީޑް އެ ޑްރިންކް، ލޫޒާ.” އިޒިކިއަލް އިތުރަށް އެކުއްޖާ އާއި ދިމާއަށް ބަލާލުމެއް ވެސް ނެތި އެނބުރި ހިނގައިގަތެވެ. “ސޮރީ.” ވިޝާލް އެކުއްޖާއަށް ހިނިތުންވުމެއް ދެމުން އެފެންފުޅިން ކޯވަރެއް ބޯލިއެވެ. އެއާއެކު އެކުއްޖާގެ މޫނު އެއްކޮށް ރަތްވެގެން ދިޔައެވެ. ލަދުންނެވެ. އިޒިކިއަލް އެފެންފުޅި ބަލައިނުގަތީމައެވެ. ވަގުތުން އެނބުރި ދުއްވައިގަތީ އިތުރަށް އެތާ ހުންނަން ނުކެރިގެންނެވެ.

އިޒިކިއަލް އަނެއްކާވެސް އެބޯޅަ ނެގިތަނާ ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހުފާ އެނބުރާލިއެވެ. އަދި ގިރުވާނުގައި ހިފާ ދަމައިގަތެވެ. އިޒިކިއަލްގެ ނޫކުލައިގެ ދެލޯ އައިކަންގެ އަޅި ކުލައިގެ ދެލޮލާއި ބައްދަލުވީ ހިނދު އިޒިކިއަލްގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ވެލް އިޒްންޓް ދިސް ރޮމޭންޓިކް؟”

ދެން ފެނުނީ އައިކަންގެ މުށްކެވިފައިވާ އަތް އިޒިކިއަލްގެ ކޮލުކަށިގަނޑަށް އަރައިގެން ދިޔަ މަންޒަރެވެ. ވިއްސައިގެން ގޮސް އިޒިކިއަލް ވެއްޓުނީ ބިންމައްޗަށެވެ. އޭރު އޭނާގެ ތުންފަތުން ލޭވެސް އައިސްފިއެވެ. ނަމަވެސް ރުޅި އައުމުގެ ބަދަލުގައި އިޒިކިއަލް ފެށީ ހޭށެވެ. “ވޯޒް ދެޓް އެ ކިސް؟ އައި ލަވް ޔޫ ޓޫ، އައިކަން.”

އެމަންޒަރު ފެނިފައި ވިޝާލް ދުވެފައި އައެވެ. “ވަޓް ދި ފަ*، މޭން؟ ތީ ދެން ކޮންކަމެއް؟”

“އާސްކް ހިމް.” އައިކަން ރުޅިވެރިކަމާއެކު ބުނީ އިޒިކިއަލަށް އިޝާރާތް ކުރަމުންނެވެ.

“މީ؟” އިޒިކިއަލްގެ ހުނުން ވިއްޔާވީ އިތުރަށް ގަދައެވެ. “ގޯޑް. އައިކަން. ހަމަ އެހާ އަހަރެން ދެކެ ލޯބިވޭތަ؟ ޝުޑް ވީ ޕްލޭން އަވާ ހަނީމޫން؟”

އައިކަންގެ ރުޅިގަނޑު އުތުރު އަރައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ދިޔަ ގޮތަށް ގޮސް އިޒިކިއަލްގެ ގައި މައްޗަށް އަރައި އަނެއްކާވެސް އަތް މުށްކަވާފައި ޖަހަން ދިމާކުރިއެވެ. ނަމަވެސް މިފަހަރު އިޒިކިއަލް ހުށިޔާރު ކަމާއެކު އެ އަތް މަތަކުރީ އޭނާގެ އުޅަބޮށިންނެވެ. “ލަވް، ވީ އާ އިން ޕަބްލިކް. ޕީޑީއޭ.” އިޒިކިއަލް ބޭނުންވީ އިތުރަށް އައިކަން ރުޅި އަރުވާށެވެ.

“އިޒިކިއަލް ސްޓޮޕް އިޓް!” އެ މަންޒަރު ފެނިގެން ޝަޔާލް ވެސް ދުވެފައި އައެވެ. އަދި އައިކަނާއި އިޒިކިއަލް ދުރުކުރަން އުޅުމުން ވިޝާލް ހުރަސް އެޅިއެވެ. “ޑޯންޓް. ޔޫ ނޯ ހައު ދޭ އާ.. ޔޫ ވިލް އޮންލީ ގެޓް ހާޓް.”

އެއީ ތެދެކެވެ. މީގެ ކުރިން ވެސް އެދަނޑުގައި އިޒިކިއަލާއި އައިކަން އެތަކެއް ފަހަރު ތަޅާފޮޅިއެވެ. އައިކަން ބާސްކެޓްބޯޅަ ޓީމުން ކެނޑެން މަޖުބޫރު ވީ ވެސް އެހެންވެއެވެ.

 

“ކަލޭ ކީކޭ ބުނީ ޒިވްޔާ ގާތު؟! ބުނޭ ހަމަމިހާރު؟” އައިކަން އަނެއްކާވެސް އިޒިކިއަލްގެ މޫނުގައި ޖަހަން އުޅުނެވެ. މިފަހަރު އިޒިކިއަލަށް އެ ހަމަލާ ހުއްޓާނުލެވުނީ ޒިވްޔާގެ ނަން އިވިފައެވެ. އިޒިކިއަލްގެ މޫނުމަތިން ފެންނަމުން ދިޔަ ލާނެތްކަން ވަގުތުން ފިލައިގެން ދިޔައެވެ. “ޒިވްޔާ؟ ވަޓް ޑޫ ޔޫ މީން؟” އިޒިކިއަލް އައިކަންގެ ގިރުވާނުގައި ހިފައި ބާރުކޮށްލަމުން ކައިރިއަށް ދަމައިގަތެވެ.

“ޔޫ!” އައިކަން އަނެއްކާވެސް ޖަހަން އުޅުނެވެ. ނަމަވެސް އިޒިކިއަލް އެ ހަމަލާ ހުއްޓުވައި ފުރޮޅިލިއެވެ. މިހާރު އައިކަންގެ މަތީގައި އޮތީ އިޒިކިއަލެވެ. “ވަޓް. އެބައުޓް. ޒިވްޔާ؟” އިޒިކިއަލްގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

 

ޒިވްޔާގެ ނަން އިވިފައި ވިޝާލާއި ޝަޔާލް ވެސް ހައިރާންވިއެވެ. އޭރު އެތަނަށް އެތައް ބަޔަކު އެއްވެފައި އޮތެވެ. މިއީ ޒިވްޔާގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގުމުން ޝަޔާލާއި ވިޝާލް އެންމެން ކައިރީ އެތަނުން ދިޔުމަށް އަމުރު ކުރަން ފެށިއެވެ. އޭގެ ފަހުން ވެސް ނުގޮސް ތިބި މީހުނަށް ނުރައްކާތެރި ނަޒަރެއް ދިނުމުން އެމީހުން ވެސް ދާނެ ފެށިއެވެ.

“ބުނޭ ހަމަމިހާރު.” އިޒިކިއަލް އައިކަންގެ ގިރުވާނުގައި ހިފާ ބާރުކޮށްލިއެވެ.

“ވަޓް ޑިޑް ޔޫ ޓެލް ހާ؟!!!” އައިކަން ހަޅޭލަވައިގަތެވެ. އިޒިކިއަލަށް ރޭކާލީ އެހިސާބުންނެވެ. “ލުކް އައިކަން. އަންލައިކް ޔޫ.. އައިމް ނޮޓް އެ ސްނިޗް. އައި ޑިޑްންޓް ޓެލް ހާ ޝި*.” އިޒިކިއަލް ބުނެލިއެވެ.

“ދެން ވައި އިޒް ޝީ އެކްޓިން ލައިކް ދެޓް؟” އައިކަން ވެސް އިޒިކިއަލްގެ ގިރުވާނުގައި ހިފާ ބާރުކޮށްލިއެވެ.

“ޝީ އިޒް.. ހިޔާ؟” އިޒިކިއަލް ހައިރާންވިއެވެ. އަދި އަވަސް އަވަހަށް ވިޝާލަށް ބަލާލީ އެއީ ތެދެއްހޭ ބުނާ ފަދަ ގޮތަކަށެވެ. ވިޝާލް ބޯ ޖަހާލިއެވެ.

“އާން. ޒިވްޔާ އައިއްސި. އެން ޝީ އިޒް އިގްނޯރިން މީ. ޝީ އިޒް އެކްޓިން ލައިކް އައި ޑޯންޓް އީވެން އެގްޒިސްޓް!” އައިކަން ހަޅޭލަވައިގަތެވެ. އިޒިކިއަލް އައިކަނާއި ދިމާއަށް ބަލާލިއެވެ. ވާނުވާ ރަނގަޅަށް އެނގުނީ އެހިސާބުންނެވެ. އޭނާގެ ހިތުގައި ރިއްސާލިއެވެ. އެރޭ ޒިވްޔާ އޮތްގޮތް ހަނދާން ވުމުންނެވެ.

“ލީވް. ހާ. އެލޯން.” އިޒިކިއަލްގެ އަޑުގައި ވަނީ އިންޒާރެކެވެ. “ޑޯންޓް މެސް އެރައުންޑް ވިތު ހާ. އެން އައި ޑިޑްންޓް ޓެލް ހާ ޔުއަ ސީކްރެޓް.” އިޒިކިއަލް ލޯ އަޅާލަމުން އަނެއް އަތުން އައިކަންގެ އަތް އަމިއްލަ ގިރުވާނުން ނައްޓާލައި ހޫރާލިއެވެ. އަދި އައިކަންގެ ގިރުވާނުން އަތް ދޫކޮށްލަމުން ތެދުވެ ދާން ހިނގައިގަތެވެ. “ޔޫ އާ ޕެތެޓިކް.” އެހެން ބުނުމަށްފަހު ފަސް އެނބުރި ބަލާލުމެއްވެސް ނެތި އިޒިކިއަލް އެތަނުން ދިޔައެވެ.

ޝަޔާލް ވަގުތުން އައިކަން ނަގައިދޭން އަތް ދިއްކޮށްލިއެވެ. ނަމަވެސް އެއަށް އަޅާނުލައި އައިކަން ތެދުވެގެން ހިނގައިގަތެވެ. އައިކަން އެތަނުން ދިޔުމުން ޝަޔާލް އެނބުރި ވިޝާލަށް ބަލާލިއެވެ. “ޝީ އިޒް ބެކް؟”

“ޔެއަ. ޝީ އިޒް..”

 

====================

 

 

Hope you enjoyed this episode as well.

Love,

Shyyyms

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 610 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ގާތުގާ… 55

Next

މި ލޯތްބާއި ތި ވަޢުދު (36)

Next
September 14, 2026

މި ލޯތްބާއި ތި ވަޢުދު (36)

Previews
September 14, 2026

ގާތުގާ… 55



All Right Reserved!