Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 26

Shyyyms
Shyyyms Level 610 Stories100 Login100 Comments100 Stories
September 10, 2026 5 Mins Read
3 Comments

އައިކަންގެ ދެބުމަ ގޮށް ޖެހުނެވެ. އެހެންކަމުން އަނެއްކާވެސް ޒިވްޔާގެ ކުރިމައްޗަށް އެރިއެވެ. “ދެޓްސް އިޓް؟ ރައްދެއް ވެސް ނުދޭނަން މިއަދު؟ ނޯ، ޝަޓް އަޕް އައިކަން؟” އައިކަން އެއްބުމަ އަރުވާލިއެވެ.

ޒިވްޔާއަށް ހީވީ މީހަކު އޭނާގެ މޭފަޅައި އަތްކޮށްޕާފައި އޭނާގެ ހިތުގައި ހިފާ ފިއްތާލި ހެނެވެ. އާއެކެވެ. އެފަކީރުގެ ހިތް ރަނގަޅަށް ވެސް ކުދިކުދިވިއެވެ. އޭނާގެ ހިތުގައި އައިކަނާއި މެދު އެތަކެއް އިހުސާސެއްވިއެވެ. އާއެކެވެ. ލޯތްބެވެ. އެކަން ޒިވްޔާއަށް ކަށަވަރުވީ 2 މަސް ފަހުން އައިކަންގެ އެ ފިރިހެންވަންތަ އަޑު އިވުމުން އޭނާގެ ހިތް ރޯލި ގޮތުންނެވެ. އޭނާއަށް ވަނީ އައިކަން ދެކެ ލޯބިވެވިފައެވެ. ނަމަވެސް އެ ލޯތްބަކީ އެއްވެސް ކުރި މަގެއް އޮތް ލޯތްބެއް ނޫނެވެ.

==============================

 

އޭނާ އައިކަނަށް ބުނަން ބޭނުންވާ އެތައް ލަފްޒުތަކެއް އެ ހިތުގެ އެންމެ އަޑީގައި ބިންވަޅު ނެގިފައި ވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ވާ ރިހުން ވިއްޔާވީ އިތުރަށް ގަދައެވެ.

 

ދެންވެސް ޒިވްޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އައިކަން މާޔޫސްވިއެވެ. ނަމަވެސް އައިކަން ހުރީ ގޮތް ދޫކުރާކަށް ނޫނެވެ. “ވަޓް؟ ވާހަކަ ދައްކަންވީ ގޮތް ހަނދާން ނެތުނީތަ؟”

ޒިވްޔާ މަޑުމަޑުން ބޯ ހޫރާލިއެވެ. ޖަވާބެއް ނުދީ ހުންނަން އޭނާއަށް ކެތްނުވީ ކަންނޭނގެއެވެ.

“ވެއަ ހޭވް ޔޫ ބީން؟” އައިކަން ޒިވްޔާ އާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

“އަވޭ..” ޒިވްޔާގެ ތުންފަތް ފޫއަޅުވާލާފައި ބޭރުވީ މޮޅިވެފައިވާ އަޑެކެވެ. އައިކަން ހައިރާންވިއެވެ. މީހަމަ ޒިވްޔާ ހެއްޔެވެ؟ އައިކަން ފެންނަ އިރަށް ހަޅޭލަވާ، ކުދި ކިޔާ ޒިވްޔާ އަކީ ހަމަ މިއީ ހެއްޔެވެ؟

“2 މަސް ވަންދެން؟”

“ހުމް..”

އައިކަނަށް ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހައިރާންވެ އަންތަރީސްވެފައެވެ. ނަމަވެސް ޒިވްޔާގެ ކަޅި އަމާޒުވެފައި ވަނީ އަމިއްލަ ބޫޓަށެވެ. އޭނާއަށް އައިކަނާއި ދިމާއަށް ބަލަން އުނދަގޫވީއެވެ.

އޭނާގެ އަމިއްލަ ނަފްސަށް އެހާ ބޮޑު ބަދަލެއް އައިސްފައިވާއިރު، މިހާރު އޭނާއަށް ފެންނަ އައިކަނަކާ މީގެ 2 މަސް ކުރިން ދިމާވި އައިކަނަކާ އެއްވެސް ތަފާތެއް ނެތީމައެވެ. ހަމަ އެ ފިރިހެންވަންތަ މޫނެވެ. އެ އަޑެވެ. ޒިވްޔާގެ ހިތް މިލްކު ކުރި އެ ލާނެތް ހިނިތުންވުމެވެ. އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. މި 2 މަސް ތެރޭގައި ބަދަލު ވީ މީހަކީ ހަމަ ޒިވްޔާ އެކަންޏޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ އިތުރަށް ދެރަވީ އައިކަން ފެނުމުން އޭނާގެ ހިތް ނަށާލި ގޮތެވެ. މި ދެމަސް ތެރޭގައި އޭނާ ކުރިމަތިލި ވޭން އެއީ ނުވެސް ވާ ކަމެއް ފަދައިނެވެ. އެއާއެކު އޭނާ އަމިއްލަ ނަފްސު ދެކެ ފޫހި ވެވުނެވެ.

“ޔޫ ހޭވް ގޮޓެން ބޯރިން.” އައިކަން އެހެން ބުނެލީ ޒިވްޔާ ރުޅި އަރުވާލާށެވެ. ނަމަވެސް ޒިވްޔާގެ ފަރާތުން ހަމައެކަނި ލިބުން ޖަވާބަކަށްވީ ކޮނޑު އަރުވާލުމެވެ. އައިކަން އަނެއްކާވެސް ދެބުމަ ގޮށްޖަހާލިއެވެ. އޭނާ ދަންނަ ޒިވްޔާ މިހާރު ނަމަ އައިކަން އެބުނި ޖުމްލައަށް އެކަނި ވެސް ހަ ބަސް ބުނާނެއެވެ. އޭނާއަށް ހޭނިފައިވަނީ ޒިވްޔާގެ ރައްދު ތަކަށެވެ. ‘އައި ރޯލް’ ތަކަށެވެ. ކުދި ކިޔުމަށެވެ. ރުޅި އައިސްގެން ބުނެލާ ބަސްތަކަށެވެ. ދެމީހުންގެ ކޫސަނި ޒުވާބު ތަކަށެވެ. އެހެނަސް މީކީ އެ ޒިވްޔާއެއް ނޫނެވެ.

“ކަމް އޮން. އައި ނޯ ޔޫ މިސްޑް މީ.” އައިކަން އެއްމިޔަ ކަނުން ހީލިއެވެ. ގަދަކަމުންނެވެ.

އައިކަންގެ ބަސްތައް އިވިފައި ޒިވްޔާއަށް ހިންދިރުވާލެވުނެވެ. އާއެކެވެ. އެއީ ތެދެކެވެ. ނަމަވެސް އޭނާގެ ހިތަށް އެތަކެއް ޕިންތަކެއް ހަރައި ވީދާލަމުން ޒިވްޔާ ބުނެލީ ހަމަ އެންމެ ބަހެކެވެ. “ނޯ.” އެވެ. ބޮޑު ވެގެންވާ ދޮގެކެވެ.

 

ޒިވްޔާގެ އެ ބަސް އައިކަންގެ ކަންފަތުގައި އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ވަގުތުން އެ ލާނެތް ހިނިތުންވުން ފިލައިގެން ދިޔައެވެ. “ނޯ؟”

“ނޯ.” ދެންވެސް ޒިވްޔާ ހެދީ ހުދު ބުހުތާނު ދޮގެވެ.

އައިކަންގެ ގާތަށް އައީ ހިންޏެވެ. “ދެޓްސް ރޫޑް، ޑާލިން.”

 

އައިކަން ޒިވްޔާއަށް ޖެއްސުމަށް އަބަދު ކިޔާ އުޅުން ‘ޑާލިން’ އެބަސް އިވިފައި ޒިވްޔާއަށް އައިކަނާއި ދިމާއަށް ބަލާލެވުނެވެ. އޭނާއަށް ހީވީ އޭނާގެ މެޔަށަ ހޫނު ފެން އެއްޗެއް އޮއްސާލި ހެނެވެ.  އެހެންނަމަވެސް ހިތްވަރުކޮށްފައި އައިކަން ވަށާލައި ދާން ސ=މަސައްކަތް ކުރިއެވެ. އައިކަން ވެސް އައިސް އަރާ ހަމަ ކުރިއެވެ.

“އާ ޔޫ ސީރިއަސްލީ އެވޮއިޑިން މީ؟”

“ނޫން.”

“ދެން ލުކް އެޓް މީ.” އައިކަން އެހެން ބުނެލިއިރު އެ އަޑުގައި ކޮންމެވެސް ވަރަކަށް ހަރުކަށި ކަމެއްވިއެވެ. ޒިވްޔާ އިސްއުފުލައި އައިކަނަށް ބަލާލިއެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔައެވެ. އެ ބައްދަލު ވުމުން އައިކަންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައިރު ޒިވްޔާގެ ހިތަށް ލިބިގެން ދިޔައީ އަނިޔާއެވެ. ޒިވްޔާ ވަގުތުން ދުރަށް ބަލާލީ އެހެންވެ ކަމަށް ވެސް ވެދާނެއެވެ؟ އޭރު އޭނާގެ ހިތް  ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭނާގެ އަރިކަށި ފަޅާފައި ނިކުންނަން އުޅޭ ފަދައެވެ.

އައިކަންގެ ހިތަށް ހަމަ ރަނގަޅަށް ވެސް ހަންޖަރެއް ހެރުނެވެ. އެ ހަންޖަރު އެހިތުގެ އެންމެ ފުނަށް ހެރުމަށްފަހު އަނބުރާލި ފަދަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. ޒިވްޔާ ވަގުތުން ދުރަށް ބަލާލި ގޮތުންނެވެ. މިފަހަރު އޭނާ ކުރި ސުވާލުގައި އެއްވެސް ލާނެތް ކަމެއް ނެތެވެ.

“ވަޓްސް ރޯންގް ވިތު ޔޫ؟”

އެ އަޑުގައިވީ ހައިރާންކަމެވެ. ޝަކުވާއެވެ. ހިތްހަމަ ނުޖެހުމެވެ. ޒިވްޔާ އޭނާއަށް ނަފްރަތު ކުރަނީ ބާވައެވެ؟

“ނަތިން.” ޒިވްޔާގެ ޖަވާބަކަށް ވީ އެޔެވެ.

އައިކަންގެ އަނގައިން ބޭރުވީ ހުނުމެކެވެ. އެ ހުނުމުގައި އެއްވެސް އަސަރެއް ނެތެވެ. “ނަތިން؟”

“ނަތިން.” ޒިވްޔާ އެބަސްތައް ތަކުރާރު ކޮށްލިއެވެ.

އައިކަން އޭނާގެ ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ޒިވްޔާއަށް ރަނގަޅަށް ބަލާލިއެވެ. އޭރުވެސް ޒިވްޔާ ހުރީ ދުރަށް ބަލަ ހައްޓައިގެނެވެ. “ކީއްވެ އަހަރެންނާ ދިމާއަށް ރަނގަޅަށް ނުބެލެނީ؟”

“ޒިވްޔާ.” ޒިވްޔާގެ ޖަވާބެއް ނުލިބުމުން އައިކަން ގޮވާލިއެވެ.

“އައި ޑިޑް ލުކް..”

“ޔޫ ލުކްޑް އަވޭ.”

“އައި. ޑިޑް. ލުކް.”

“ދެން ލުކް އެޓް މީ. އެގެއިން.” އައިކަން ޒިވްޔާގެ އިސްކޮޅާއި ހަމައަށް ތިރިވެލަމުން ކައިރިވެލިއެވެ. އޭނާގެ ލޮލާއި ލޯ ސީދާ ވާނެ ވަރަށެވެ.

ޒިވްޔާ ދިޔައީ ސިހިގެނެވެ. ވަގުތުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއެކު އައިކަން ވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒިވްޔާގެ ހިތް އޮބިނޯވޭ ވަރަށް ތެޅެން ފެށިއެވެ. ހަމައެކަނި އެއީ އައިކަން އަށް ވީތީ އެއް ނޫނެވެ.

އައިކަން އަޅާލި ކޮންމެ ފިޔަވަޅަކަށް ޒިވްޔާ ފަހަތަށް ފިޔަވަޅު ނަގަމުން ދިޔައެވެ. އެންމެފަހުން ޒިވްޔާ ގޮސް ލައްވީ ފާރުގައެވެ. އައިކަންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ޒިވްޔާ ކިތަންމެ ވަރަކަށް އައިކަން ދުރު ކުރަން އުޅުނަސް އައިކަން ހުރީ ގޮތް ދޫކުރާކަށް ނޫނެވެ.

ޒިވްޔާ އެނބުރި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް އައިކަން ހުށިޔާރު ކަމާއެކު ޒިވްޔާގެ އަތުގައި ހިފާ ގެނެސް އަނބުރާ ފާރުގައި ލައްކޮށްލައި އަނެއް އަތުން ފާރުގައި ވިއްދާލިއެވެ. ޒިވްޔާ ފާރާ ލައި ބަންދުކޮށްލިއެވެ. އައިކަނަށް ނޭނގުނު ކަމަކީ އައިކަނަށް އެ ކުޅެވެނީ ޒިވްޔާގެ ޒަހަމްތަކާއެވެ. ޒިވްޔާގެ އަމިއްލަ ހަނދާނުން ވެސް ފިލާފައިވާ ޒަހަމް ތަކާއެވެ.

 

އައިކަން ޒިވްޔާގެ އަތުގައި ހިފުމާއެކު ޒިވްޔާއަށް ހީވީ އޭނާގެ ހިތް ފަޅައިގެން ދިޔަ ހެނެވެ. ފާރުގައި އަނބުރާ ގެނެސް ލައްކޮށްލިއިރު ޒިވްޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ޒިވްޔާގެ އެ ކުޑަކުޑަ ހަށިގަނޑު އެއްކޮށް ތުރުތުރު އަޅަން ފެށިއެވެ. ޒިވްޔާގެ ސަލާމަތަށް އޮތް އަތުން ޒިވްޔާ އޭނާގެ މޭގައި އަތް އަޅާލީ ކެތްކުރެވޭތޯއެވެ. އައިކަނަށް އެ މަންޒަރު ދައްކަން ބޭނުން ނުވާތީއެވެ.

ޒިވްޔާއަށް ވީގޮތް ފެނިފައި އައިކަން ވަގުތުން ޒިވްޔާގެ އަތުން އަތްދޫކޮށްލިއެވެ. ފާރުގައިވާ އަތްވެސް ތިރިކޮށްލަމުން އައިކަން ދުރަށް ޖެހުނެވެ. “ޒިވްޔާ؟” އައިކަން ޒިވްޔާއަށް ގޮވާލިއެވެ. ޒިވްޔާ ހަމަ އެހާ އައިކަންދެކެ ނަފްރަތު ކުރަނީބާވައެވެ؟

 

ޒިވްޔާ ފުން ނޭވާއެއް ލުމަށްފަހު އައިކަނާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އައިކަންގެ ދެލޮލުން ފެނުނު ކުލަވަރުން ޒިވްޔާއަށް އުނދަގޫވިއެވެ. ބުނަން ބޭނުންވިއެވެ. އައިކަންދެކެ ނަފްރަތެއް ނުކުރަމެވެ. އައިކަންގެ މޭގައި ބޮނޑިވެލައި ރޯން ބޭނުންވިއެވެ. ނަމަވެސް އައިކަން ޒިވްޔާ އާއި ކައިރި ވާކަށް ބޭނުމެއް ވެސް ނުވިއެވެ. އޭނާގެ ސިކުނޑި އާއި ހިތް ދިޔައީ ހަނގުރާމަ ކުރަމުންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އައިކަން އޭނާ އާއި ދުރަށް ނުދާށެވެ. ސިކުނޑި ބުނަމުން ދިޔައީ… އަހަރެންނާއި ކައިރި ނުވާށޭއެވެ. އަތް ނުލާށޭއެވެ. ދުރުވާށޭއެވެ. ތިހެން ނުހަދާށޭއެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް ހުދު ޒިވްޔާއަކަށް ވެސް ނޭނގުނެވެ.

“އައިކަން..” ޒިވްޔާގެ ކަރުގައި އޭނާގެ ނޭވާ ތާށިވި ކަހަލައެވެ. ނޫނެކެވެ. އައިކަނަށް ޒިވްޔާ ނަފްރަތު ކުރާކަމަށް ހީވުން އެއީ ފަހަރުގައި އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ވެދާނެއެވެ. އެހެންވީއިރު އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އޭނާގެ ހިތުގައި އައިކަނަށް ކިތަންމެ ލޯތްބެއް ވިޔަސް އެ ލޯބި އައިކަނަށް އަންގާދެވޭކަށް ނެތެވެ. އޭނާއަށް ވެސް އަދި އައިކަނަށް ވެސް އެންމެ ރަނގަޅު ވާނީ އެކަން ނޭނގުނިއްޔާއެވެ. އޭނާގެ ހިތުގައި މިހާރުވަނީ ތޭރި ޖަހައި ބަންދުކޮށްފައެވެ. އޭގެ ތަޅުދަނޑިވެސް ވަނީ ޒިވްޔާގެ ހަނދާންތަކާއެކު ގެއްލިފައެވެ.

 

ޒިވްޔާ އަމިއްލަ ގައިގައި އަތްވަށާލަމުން އެނބުރި ދާން ހިނގައިގަތެވެ. ޒިވްޔާ މަޑު ހިނގުމެއްގައި ގޮސް ލިފްޓަށް އަރައި ލިފްޓުގެ ދޮރު ލެއްޕުން އިރުވެސް އައިކަނަށް ހުރިތާނގައި ހުރެވުނީއެވެ. ގަބުއަރާފައެވެ. ޒިވްޔާގެ ލޮލުގައި އެވާ އަލިފާންކަނި ފެނިފައެވެ. އެ އަލިފާން ކަނިން އައިކަނަށް ދޭހަވީ ރުޅިވެރިކަމެވެ. ނަފްރަތެވެ. އައިކަން ދެކެ ހެއްޔެވެ؟ ނޫނީ ދުނިޔެ ދެކެއެވެ. ނަމަވެސް އެދެލޯ އެވަގުތު އަމާޒުވެފައި ވީ ސީދާ އައިކަނަށް ނޫން ހެއްޔެވެ؟

 

އައިކަނަށް ނޭނގުނު ކަމަކީ ޒިވްޔާގެ ލޮލުން ފެނުނީކީ އަލިފާނުގެ ކަންޏެއް ނޫން ކަމެވެ. އަނދަ އަނދާ ހުރި ބޮޑު ވަމުން ދިޔަ އަލިފާންގަނޑެކެވެ. އެހެނަސް އެ އަލިފާންގަނޑު އަމާޒުވެފައި ވަނީ އައިކަނަކަށް ނޫނެވެ. މުޅި ދުނިޔެއަށެވެ. އެ އަލިފާންގަނޑަކީ އޭނާގެ ޝަކުވާއެވެ. ދިލަ ވޭނެވެ. ކުށެއް ނެތް އޭނާއަށް އެހާ ބޮޑު ސަޒާއެއް ދިނީތިއެވެ. މުޅި ދިރިއުޅުން ބަނގުރޫޓު ކޮށްލީތީއެވެ. ދުނިޔޭގެ އުފާތަކުން.. ލޯބީގެ ފޮނި އިހުސާސުން ވެސް އޭނާ މަހުރޫމް ކޮށްލީތީއެވެ. ލޯބީގެ މީރު ކަމުގެ ރަހަ އަރުތެރޭގައި ލާނެ ފުރުސަތު ވެސް ނުދީއެވެ.

 

އައިކަންގެ ދަތްކުނޑި ވިކިގެން ދިޔައެވެ. ނޫނެކެވެ. އެހެން ވެގެނެއް ނުވާނެއެވެ. އޭނާ ހިތްވަރު އަދި އެލުވައެއް ނުލާނެއެވެ. އޭނާ ޒިވްޔާ ހޯދާނެއެވެ. އޭނާގެ ރާނީއަށް ހަދާނެއެވެ. ޒިވްޔާ ކިތަންމެ ވަރަކަށް އައިކަން ދެކެ ނަފްރަތު ކުރިޔަސް ވެހެވެ. އާއެކެވެ. އައިކަންގެ ހިތުގައި ވެސް ޒިވްޔާއަށް ވަނީ ހާއްސަ މަގާމެއް ދެވިފައެވެ.

އައިކަން ޓެލެންޓް ފެސްޓިވަލް އޮތް ދުވަހު ޒިވްޔާ ގާތު އާޓް ސްޓޫޑިއޯއަށް އަންނަން ބުނީވެސް އެހެންވެއެވެ. އޭނާ ޒިވްޔާއަށް ހާއްސަކޮށް ކުރުހައި ފެންކުލަ ޖެއްސި ތަސްވީރު ދައްކާށެވެ. އޭނާގެ ހިތުގެ ހާލު ބުނެދޭށެވެ. ނަމަވެސް ޒިވްޔާ އެދުވަހު ނުވެސް އާދެއެވެ. ޒިވްޔާ ހުރީ އިޒިކިއަލްގެ ޝޯ ބަލަންށެވެ. އެކަންވެސް އައިކަނަށް އެނގެއެވެ. އަނެއްކާ ޒިވްޔާގާތު އައިކަންގެ ހަގީގަތް އިޒިކިއަލް ބުނީ ބާވައެވެ؟ އައިކަނަށް ހެވެވެ. ޒިވްޔާއަށް ހަގީގަތް އެނގުނިއްޔާ އެނގުނީއެވެ. އޭގެ ސަބަބުން އައިކަންގެ ހިތުގައި ޒިވްޔާއަށް ވީ އިހުސާސްތަކަށް ބަދަލެއް އަންނަންވީ ސަބަބެއް ނެތެވެ.

އާއެކެވެ. އޭނާ ޒިވްޔާ ހާސިލް ކުރާނެއެވެ. އެއީ އޭނާގެ ވަޢުދެވެ.

=================

 

Hope you enjoyed this episode as well.

Love,

Shyyyms

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 610 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ޒާރާ ސީޒަން 2 (5)

Next

މި ލޯތްބާއި ތި ވަޢުުދު (35)

Next
September 10, 2026

މި ލޯތްބާއި ތި ވަޢުުދު (35)

Previews
September 10, 2026

ޒާރާ ސީޒަން 2 (5)

3 Comments!

  1. Lara_@ says:
    September 10, 2026 at 8:46 pm

    Gurl…. just make her life gud and let all the pain go and make her the same
    Plsss😭 like when u write u can make it say 2 or 1 yr letter so at that time she will be done school and the same as before
    Plssssssss😭 and vrh reeeethi Masha Allah ❤️💋✨

    1. Shyyyms Shyyyms says:
      September 11, 2026 at 10:57 am

      We’ll have to see what happens next😅
      Thank u🩷

  2. Anonymous says:
    September 11, 2026 at 12:22 pm

    When’s nextttt?

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 25←


All Right Reserved!